ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/351
ކްރެމަރ ޖީއެމްބީއެޗް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް، 2022/HC-A/351
Kremar Jeeembeeech v. Ministry of Tourism 2022/HC-A/351 (2022/HC-A/351, High Court of the Maldives, 27 February 2023)
ކްރެމަރ ޖީއެމްބީއެޗް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް
މައިގަނޑު ސުވާލު
ރިސޯޓު ތަރައްޤީކުރުމަށް ބިޑް ހުށަހެޅި ފަރާތުގެ ބިޑް ޑިސްކޮލިފައިކުރުމާ ގުޅިގެން، ރަށް އެހެން ފަރާތަކަށް ދޫނުކުރުމަށް ދައުލަތުގެ މައްޗަށް ވަގުތީ އަމުރު ނެރެ ނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅުތޯ؛ ލެޓަރ އޮފް އެވޯޑް ދޫނުކޮށް ހުރި ޙާލަތުގައި ވަގުތީ އަމުރުގެ ފުރަތަމަ ޝަރުޠު ފުރިހަމަވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ވަގުތީ އަމުރު ނެރެ ނުދިނުމަށް ދަށުކޯޓުން ނިންމި ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ވަގުތީ އަމުރު ނެރެވެނީ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ކަމުން، ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ވަގުތީ އަމުރަކަށް އެދޭއިރު، އެދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ކޮން ނަންބަރެއްގެ ދަށުގައިވާ އަމުރެއްކަން ސާފުވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- މުދަލުން 'ތަޞައްރަފު' ކުރުމާއި 'މުޢާމަލާތު' ކުރުމަކީ އެއްމާނައެއްގައި ބޭނުންކޮށްފައިވާ ބަސްތަކެވެ؛ ވަކިކަމެއް ނުކުރުމަށް އަންގައި ކުރާ އަމުރެއްގެ (242(ށ)(2)) ދަށުން މުދަލުން ތަޞައްރަފު ނުވަތަ މުޢާމަލާތު ކުރުން ހުއްޓުވުމަށް އެދޭނަމަ، 244 ވަނަ މާއްދާގެ (ނ) އާއި 337 ވަނަ މާއްދާގެ (ހ) ގެ (2) ގެ ދަށުން އެދެންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ؛ ދައުލަތުގެ ރަށެއް ދޫނުކުރުމަށް އެދުމަކީ އެފަދަ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 24)
- އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހަޅާފައި ނުވިޔަސް، ވަގުތީ އަމުރަށް އެދޭ ހުށަހެޅުމާއެކު ބާރުދޭ ކިތާބީ ހެކި ހުށަހަޅާފައިވާނަމަ، އަމުރު ނެރެންޖެހޭތޯ ކަނޑައެޅުމަށް އެ ހެކިތައް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ތިން ޝަރުޠަކީ: (1) ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން، (2) ވަގުތީ އަމުރެއް ނެތި އަސްލު ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، (3) އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިޞިއްޔަތު ލިބިގެންވާ ފަރާތަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާކަމުގައި ބެލޭނީ، އެ ޙައްޤު ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް (legal rule) އޮތުމުގެ އިތުރުން، ހުށަހަޅާ ވާޤިޢާތަކަކީ އެފަދަ ޙައްޤެއް އޮތުމުގެ އިޙްތިމާލު ޤާއިމުވާކަމަށް ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވާޤިޢާތަކަށް ވުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- ބިޑަށް ހުޅުވާލުމަކީ ޢާންމު އުޞޫލުން ހުށަހެޅުމަކަށް ދެވޭ ދަޢުވަތެކެވެ؛ ބިޑް ޕްރޮސެސްގައި ހުޅުވާލާ ފަރާތާއި ބިޑަށް ކުރިމަތިލާ ފަރާތާ ދެމެދު ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ބިޑް ބަލާނެކަމުގެ 'ޕްރޮސެސް ކޮންޓްރެކްޓެއް' ޟިމްނީގޮތުން އުފެދެއެވެ؛ ނަމަވެސް ލެޓަރ އޮފް އެވޯޑް ދެވިފައި ނުވާއިރު ފުރަތަމަ ނަޒަރުން އަސްލު ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ނުބެލެވޭތީ، ފުރަތަމަ ޝަރުޠު ފުރިހަމަ ނުވެއެވެ؛ ބިޑް ޤަބޫލުކުރުމުގެ ހެޔޮ އިޖުރާއަތަކީ ކޮބައިކަމަކީ މައުޟޫޢީ މައްސަލައިގައި ބަލާނެ ކަމެއް ކަމުން ވަގުތީ އަމުރާ ގުޅިގެން އޭގައި ގޮތެއް ނުކިޔެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 29، 30)
- ފުރަތަމަ ޝަރުޠު ފުރިހަމަ ނުވާނަމަ، ވަގުތީ އަމުރު ނެރުމާމެދު އެހެން ޝަރުޠުތަކަށް އިތުރަށް ބަލަންޖެހޭ ކަމެއް ނޯވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
ޝަހީދު ތާޢީދުކުރެއެވެ.) މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓު ގެ ނަންބަރު B16/VN/2022/02-144 (25 އޮގަސްޓް 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ކްރެމަރ ޖީއެމްބީއެޗް / ޕޮލިޓިކަލް ކޮމިއުނިޓީ އޮފް ވިލާޗް، އޮސްޓްރިއާ (ރަޖިސްޓްރޭޝަން ނަންބަރު 49096a) މީގެ ފަހުން ("އިސްތިއުނާފކު ރ ފަރާތް" ނުވަތަ "ކްރެމަރ ޖީއެމްބީއެޗް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) މީގެ ފަހުން ("އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް")ގެ މައްޗަށެވެ.
3ޓޫރިސްޓް ރިސޯޓް ކުއްޔަށްހިފައި، ތަރައްޤީކޮށް، އޮޕަރޭޓްކޮށް އަދި މެނޭ ޖްކުރުމަށ ބިޑް ހުށަހެޅުމުގެ ފުރުސަތު 31 އޮކްޓޫބަރު 2021 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އައި.އެފް.ބީ ނަންބަރު: PS/88/2021/88-(IUL)88 އިއުލާނުން ހުޅުވާލުމާއި، ގުޅިގެން މި ހުޅުވާލި ފުރުސަތުގައި ހިމެނިފައިވާ ރަށްތަކުގެ ތެރެއިން ތ.ކާއްޑޫއަށ ބިޑް އެޕްލިކޭޝަންއއް ކްރެމަރ ޖީ.އެމް.ބީ.އެޗް ގެ ފަރާތުން ހުށަހެޅިއެވެ. ކްރެމަރ ޖީ.އެމް.ބީ.އެޗްއަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދީފައިވާ ބިޑް ނަންބަރު PS/88/2021/41-(EST)88 (26 ޑިސެންބަރު 2021)
4ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން ހުށަހެޅި ބިޑް، އެންމެހާ ލިޔެކިޔުންތަކާއެކު ހަމައަށް ލިބިފައިވާކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރައްވާ 22 މާރިޗް 2022 ގައި ލިޔުމުން ދީފައިވެއެވެ. އޭގެ ފަހުން، 20 އޭޕްރީލް 2022 ގައި ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން ހުށަހެޅި ބިޑް ޑިސްކޮލިފައިވެފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުންފުންޏަށް އެންގިއެވެ. ކްރެމަރ ޖީ.އެމް.ބީ.އެޗގް ބިޑް ޑިސްކޮލިފައިކޮށްފައިވާ ސަބަބެއްކަމަށް މިސިޓީގައި ބަޔާންކޮށްފައިވަނީ އައި.ޓީ.ބީގެ (c) 10.1 އާއި ހަވާލާދީ، އެކުންފުނީގެ ފަރާތުން ޕްރޫފް އޮފް ފަންޑްސްގ ގޮތުގައެ ހުށަހަޅާފައިވާ ލިޔުމަކީ، ބޭންކް ސްޓޭޓްމަންޓެއްގ ނުވަތެ ބޭންކް ގެރެންޓީއެއް ސިފަތައް އެކުލެވޭ ލިޔުމެއްކަމަށް ނުވާތީއެވެ.
5މިނިސްޓްރީ އޮފް ޓޫރިޒަމގް މިނިންމުމާއި ގުޅިގެން، ކްރެމަރ ޖީ.އެމް.ބީ.އެޗގް ފަރާތުން އެކަމަށް އިޢުތިރާޟްކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ކްރެމަރ ޖީ.އެމް.ބީ.އެޗް އާ ދެމެދު ސިޓީ ބިޓީ ބަދަލުކޮށްފައިވެއެވެ. މައިގަނޑު ޝަކުވާއަކީ ޕްރޫފް އޮފް ފަންޑްގ ގޮތުގައެ ހުށަހެޅި ލިޔުން ބޭންކް ގެރެންޓީއެއްކަމުގައ ބަލައިނުގަތުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅު ނޫންކަމަށް ދެކޭ ސަބަބުތަކެވެ.
6މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނިންމުން ބަދަލު ނުކުރުމުން، 31 އޮކްޓޫބަރު 2021 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިންވިޓޭޝަން ފ ބިޑްސް (އައި.ޓީ.ބީ) ނަންބަރު PS/88/2021/88-IFB No: (IUL) 88 އިޢުލާނުގެ ދަށުން ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ތ.ކއްޑޫއަށ ބިޑް ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު PS/PRIV/2021/832-88 (20 އޭޕްރީލް 2022) މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު PS/PRIV/2022/950-88 (24 މެއި 2022) އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު -88 PS/PRIV/2022/1331 (19 ޖޫން 2022) ސިޓީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު PS/PRIV/2022/1330-88 (23 ޖޫން 2022) ސިޓީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު PS/PRIV/2022/1489-88 (21 ޖުލައި 2022.) ހަމައެކަނި ފަރާތްތަކަމުގައވި ކްރެމަރ ޖީ.އެމް.ބީ.އެޗް އިން ހުށަހަޅާފައިވާ ބިޑް ޑޮކިއުމަންޓް، މިނިސްޓްރް އޮފް ޓޫރިޒަމް އިން ޑިސްކޮލިފައިކޮށްފައިވަނީ އައި.ޓީ.ބީ ގެ މާއްދާތަކާ ޚިލާފަށްކަމަށް ކަނޑައަޅާދީ، ކްރެމަރ ޖީ.އެމް.ބީ.އެޗް ގެ ފަރާތުން ތ.ކާއްޑޫ އަށް ހުށަހެޅި ބިޑަކީ ސައްޙަ ބިޑެއްގ ގޮތުގައެ ބަލައިގަތުމަށާއި، ބިޑް ޑޮކިއުމަންޓްގެ ޝަރުތުތަކާ އެއްގޮތަށް ލެޓަރ އޮފް އެވޯޑް ދޫކުރުމަށާއި، އަދި ތ.ކާއްޑޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމުގެ ފުރުސަތު ކްރެމަރ ޖީ.އެމް.ބީ.އެޗއަށް ދިނުމް ށ މިނިސްޓްރީ އޮފް ޓޫރިޒަމްގަ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި ކްރެމަރ ޖީ.އެމް.ބީ.އެޗއިން 08 އޮގަސްޓް 2022 ގައި ދަޢުވާކުރިއެވެ. މިމައްސަލަ ބަލަނީ ސިވިލް ކޯޓުގެ ނަންބަރު:2871/Cv-C/2022 ޤަޟިއްޔާއިންނެވެ.
7އަދި ސިވިލް ކޯޓުން މައްސަލަ ބަލައި، ޙުކުމް ކުރުމުގެ ކުރިން ތ.ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫނުކުރުމަށާއި، އެފަދަ ބޭނުމަކަށް ދޫކުރާ ރަށެއްގެ ގޮތުގައި ތ.ކާއްޑޫ އެކަށަނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދނުމަށް އެދި ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނެވެ.
8ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރާއި ގުޅިގެން ނިންމާފައިވަނީ، ކްރެމަރ ޖީ.އެމް.ބީ.އެޗް ގެ ފަރާތުން ނެރެދިނުމަށް އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިނިންމުމެވެ. ސިވިލް ކޯޓުން ވަގުތީ އަމުރާއި މެދު ނިންމިގޮތް:
9ސިވިލް ކޯޓުގެ ނަންބަރު B16/VN/2022/02-144 (25 އޮގަސްޓް 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" އިން ނިންމާފައިވަނީ، "އިސްވެ ބަޔާންކުރެވުނު ކަންކަމަށް އެގޮތުގައި ހުރުމާއެކު، ކްރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމީމެވެ". މިފަދައިންނެވެ.
10ސިވިލް ކޯޓުގެ ނަންބަރު B16/VN/2022/02-144 (25 އޮގަސްޓް 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރި ފަރާތުން ހށަހަޅާފައިވަނު 03 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ: .110 އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމްވެފައިނެތްކަމަށ ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛ .201- އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ މައުޟޫޢީ ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިޔަށް، ތ.ކާއްޑޫއާ ގުޅޭގޮތުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެދުމުގެ ޞިފަތު ނުވަތަ ހައިޞިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރ 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ .301- ނެކްސްބިޒް ލިމިޓެޑް ވ އެންޓި ކޮރަޕްޝަން ކޮމިޝަން (ސުޕްރީމް ކޯޓުގް ނަންބަރު 2012/SC-A/21) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެފައިވާއިރު، ސިވލި ކޯޓުން ވަގުތީ އަމުރު ނެރެދެއްވާފައިނުވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއާ ޚިލާފަށް އަދި ޤާނޫނގު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
11އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމް ވފައިނެތްކަމަށެ ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އައި.ޓީ.ބީގެ ދަށުން ލެޓަރ އޮފް އެވޯރޑް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިސްތިއުނާފުކުރާ ފަރާތަށް ދޫކޮށްފައިނުވާތީ، ތ.ކާއްޑޫގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤެއް އުފަންވެފައިނުވާތީކަމަށެވެ. ނަމަވެސެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޝަރުތުތަކުގެ ތެރެއިން ފުރަތަމަ ޝަރުތު ފުރިހަމަކުރުމަށްޓަކައި، ތ.ކާއްޑޫގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤެއް މިހިނދަށް އުފަންވެފައިވުނި ލާޒިމެއް ނޫންކަމަށެވެ. އެޝަރުތުގައި ބަޔާނކުރަނ ވަގުތީ އަމުރަށް އެދް ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެފައި އޮންނަންވާނެކަމަށެވެ. އެހެންކަމުން މައުޟޫޢީ ޤަޟިއްޔާ ނިމޭ ގޮތަކުން އިސްތިއުނާފުކުރާ ފަރާތް އެދިފައިވާ ފަދައިން ތ.ކާއްޑޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމަށް އިސްތިއުނާފުކުރާ ފަރާތަށް އެވޯޑް ލެޓަރ ދޫކުރުމުގެ އިޙްތިމާލު އޮތްކަމަށްވާނަމަ، މި ޝަރުތު ފުރިހަމަވާކަމަށެވެ. އަދި މީގެ ކުރިން ސިވިލް ކޯޓުން މިފަދަ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެފައިވާކަމަށެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިއުލާނުކޮށްފައިވާ އައި.ޓީ.ބީ ގެ ޝަރުތުތަކާއި އެއްގޮތަށް ތ.ކާއްޑޫއަށ ބިޑް ހުށަހެޅް ފަރާތަކީ އިސްތިއުނާފުކުރާ ފަރާތްކަމަށާއި، މިބިޑް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޑިސްކޮލިފައިކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެންނޫންކަމަށާއި، ތ.ކާއްޑޫއަކީ އިސްތިއުނާފުކުރާ ފަރާތަށް އެވޯޑުކުރެވެންޖެހޭނެ ރަށަކަށް ވުމުން، އިސްތިއުނާފުކުރާ ފަރާތުން ނެރެދެއްވުމަށް އެދުނުފަދަ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިޞިއްޔަތު ލިބިގެންވާކަމަށެވެ. މިގޮތުން ވަގުތީ އަމުރު ނެރުމަކއާ ނުލައި، މައުޟޫޢީ ޤަޟިއްޔާ އާދައިގެ އިޖުރާއަތުން ކުރިއަށްގޮސްފިނަމަ، ތ.ކާއްޑޫގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވުމުގެ އިޙްތިމާލު އޮތްކަމަށާއި، އެފަދައިން އެކަން ހިނގައިފިނަމަ އިސްތިއުނާފުކުރާ ފަރާތަށް ތަދާރުކު ނުކުރެވޭފަދަ ގެއްލުންތަކެއްވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެހެންކަމުން މިތަދާރުކު ނުކުރެވޭފަދަ ގެއްލުމަކުން މިންޖުވުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތަކީ ތ.ކާއްޑޫއާ ގުޅޭގޮތުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެދުމުގެ ޟިފަތ ނުވަތު ހައިޞިއްޔަތު ލިބިގެންވާ ފަރާތެއްކަމަށެވެ.
13އިސްތިއުނާފީ ތިން ވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފއިވަނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ތިން ޝަރުތުގެ ތެރެއިން 2 ޝަރުތު އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ފުރިހަމަވާކަމަށެވެ. އެއީ ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 1A/2-2012/SC ޤަޟިއްޔާ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވުމާއި، އަދި ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމުގެ 3 ވަނަ ޝަރުތުކަމުގައިވ ވަގުތާ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން. މިޝަރުތަށް ބަލާއިރު، މިޝަރުތާއ ގުޅިގެނި ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ އިސްމާޢީލް ރަޝީދު ޤަޟިއްޔާގައި ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އެނގެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށްވާއިރު، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިސްތިއުނާފުކުރާ ފަރާތަށް ލިބިދާނެ ތަދާރުކުނުކުރެވޭ ގެއްލުން ވަޒަންކުރަންޖެހޭނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ތ.ކާއްޑޫއަށ ބިޑް ހުށަހަޅާފައިވަނީ އެރަށަކީ އިސްތިއުނާފުކުރާ ފަރާތުގެ ތަސައްވުރާ އެއްގޮތަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް އެންމެ އެކަށޭނެ ރަށް ކަމަށްވާތީކަމަށެވެ. އެ ރަށް ތިންވަނަ ފަރާތަކަށް ދޫކޮށްފިނަމަ އެރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ގެއްލިގެންދާނެކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންދަނީ ތަދާރުކު ނުކުރެވޭފަދަ ގެއްލުމަކަމަށެވެ.
14އިސްތިއުނާފުކުރާ ފަރާތނު އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B16/VN/2022/02-144 (25 އޮގަސްޓް 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" އެއީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ޤަޟިއްޔާ އަމުރެއްކަމުގައި ކަނޑައަޅައިދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރުއްވަންޖެހޭކަމަށް ކަނޑައަޅައިދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފޯމުގެ 9 ވަނަ ނަންބރުގަ 2 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
15ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަން މިހިނދަށްނެތްކަމަށް ކަނޑައަޅެމުގައި ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާއި ޚިލާފުވެފައިނުވާކަމަށާއި އަދި ހުށަހެޅިފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިވާކަމަށް ދައުލަތުން ޤަބޫލުކުރާކަމަށެވެ. މިގޮތުން ދައުލަތުން އިސްތިއުނާފުކުރާ ފަރާތަށް އައި.ޓީ.ބީގެ ދަށުން ލެޓަރ އޮފް އެވޯޑް ދޫކޮށްފައިނުވާނެކަމަށެވެ. އެހެންކަމުން މިހާލަތުގައި ތ.ކާއްޑޫއާއ ގުޅިގެނި އިސްތިއުނާފުކުރާ ފަރާތަށް އެއްވެސް މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތްކަމަށެވެ. އަދި ތ.ކާއްޑޫއާ ގުޅޭގޮތުން ފިޔަވަޅެއް ނޭޅުމަށް އެދި ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުމުގެވެސ މައުޟޫޢް ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ކަމަށް ބުނެވިދާނެފަދަ ޙާލަތެއް ނެތްކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކަށް ފުރިހަމަޔަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާއިރު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް 16 ލިޔުމެއް ވަގުތީ އަމުރަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާއިރު، އިސްތިއުނާފީ ނުކުތާގައި އަދި ތަފްސީލްގައި ފުރިހަމައަށް ރިޢާޔަތްނުކުރަނީ ސީދާ ކޮން ހެކިތަކަކަށްކަމެއް ބުނެދީފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވީނަމަވެސް، ރިޢާޔަތްކޮށްފައިނުވަނީ ކޮން ހެކިތަކަކަށްކަމާއ އިސްތިއުނާފުކުރި ފަރާތުން އެބުނާ ގޮތް އެގޮތަށް ރަނގަޅުވަނީ ކީއްވެގެންކަން ބުނެދީފައިނުވާތ މިނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމަންޓް 9 8 ކޯޕަރޭޝޭން ލިމިޓެޑް ޤަޟިއްޔާ އަދި އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލް ޙަމީދު ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ބަލާއިރު ބަލައިގަނެވިދާނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށެވެ.
16ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާ ތުން ވަގުތީ އަމުރަށް އެދުމުގެ ޟިފަތ ނުވަތު ހައިޞިއްޔަތު ލިބިގެންވާކަމަށް ޤަބޫލުކުރާ މައިގަނޑު ސަބަބަކީ އެވޯޑް ލެޓަރ ދޫކުރުމަކީ މިނިސްޓްރީގެ މައްޗަށް ލާޒިމްކަމެއްކަމުގައި ދެކިގެންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތަށް ވަގުތީ އަމުރަށް އެދުމުގެ ޟިފަތ ނުވަތު ހއިސިއްޔަތަ ލިބިގެންނުވާ ސަބަބު ސިވިލް ކޯޓުގެ ނިންމުމުގެ 31 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވެއެވެ. އަދި އައި.ޓީ.ބީގެ 25.1 ވަނަ މާއްދާގެ ދަށުން ލެޓަރ އޮފް އެވޯޑް ދޫކުރުމާއި ނުކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށެވެ. އަދި އެފަދައިން މނިސްޓްރީނ ކަނޑައަޅް ގޮތަކާ ގުޅާ ގޮތުން ކޯޓަށި ހުށަހެޅުން ނުވަތަ އެނޫންވެސް އެފަދަ ކަމެއް ބިޑް ހުށަހެޅި ފަރާތަށް ނުކުރެވޭނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ތ.ކާއްޑޫގެ މައްޗަށް ވަގުތީ އަމުރަށް އެދޭ ފަރާތަށް ޙައްޤެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ އުފަންވެގެންދަނީ މިނިސްޓްރީން ލެޓަރ އޮފް އެވޯޑް ދޫކުރާ ހިސާބުން ފެށިގެންކަމަށެވެ. އެހެންކަމުން ލެޓަރ އެވޯޑް ދޫކޮށްފައިނުވާ ހާލަތުގައި ތ.ކާއްޑޫއ ގުޅާ ގޮތުން ވަކިކަމެއް ކުރުމަށް ނވު ތ ނުކުރުމަށް އެދުމުގަ ޞިފަތު ނުވަތަ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންނުވާކަމށ ސިވިލް ކޯޓުން ނިންމާފއިވަނަ ރަނގަޅަށްކަމަށް ދައުލަތުން ދެކޭކަމަށެވެ.
17ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތިން ޝަރުތުގެ ތެރެއިން ފުރަތަމަ ޝަރުތު އަދި ތިންވަނަ ޝަރުތު އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ފުރިހަމަނުވާ ސަބަބުތައް އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެކަމަށެވ. އަދ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދެވަނަ ޝަރުތު ކަމުގައިވާ ވަގުތީ އަމުރު ނެރުމަކާއި ނުލާ އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ ޝަރުތު މިމައްސަލައިގައި ފުރިހަމް ނުވާކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުގައި ހަދާފައިވާ ގޯހެއް ނުވަތަ ރިޢާޔަތްކޮށްފައިނުވާ ހެއްކަކީ ކޮބައިކަމެއް ބަޔާންކޮށްދީފައިނުވާކަމަށާއި، އެހެންކަމުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގެ ތަފްސީލްގައި ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށް މިނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށް ދައުލަތުން ފާހަގަކުރާކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމުގެ ގޮތުގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ތަސައްވުރާ އެއްގޮތަށް ތ.ކާއްޑޫ ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ނުކުރެވުންކަމަށާއި، އެރަށަކީ އިސްތިއުނާފުކުރާ ފަރާތުގެ ތަސައްވުރާ އެއްގޮތަށް ތަރައްޤީކުރުމަށް އބމ އެންމެ އެކަށޭނެ ރަށްކަމަށްވުންކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތަށް ތ.ކާއްޑޫ ޓޫރިސްޓު ރިސޯޓެއް ތަރައްޤީ ކުރުމަށް ނުދެވުނު ނަމަވެސް ދައުލަތަކީ އެރަށް ފިޔަވައި އެހެން ރަށެއް އެކަށީގެންވަ އަވަސް މިނެއްގައި ދިނުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމަށްވުމުން، މިހާލަތަކ ވަގުތީ އަމުރެއް ނެރުމުން އިސްތިސްނާކޮށް ވަގުތީ އަމުރު ނުނެރުމަށް ބެލެވޭ އެކަށީގެންވާ ޙާލަތެއްކަމަށެވެ. އެހެންކަމުން، ވަގުތީ އަމުރަށް އެދޭ ފަރާތަށް ބަދަލުގެ ގޮތުގައި ދެވޭ ރަށުގައި އެފަރާތުގެ ތަސައްވުރާ އެއްގޮތަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްޤީކުރުމަށް ދަތިވާނަމަ، ދެން ބަލަންޖެހޭ ކަމަކަށް އޮންނާނީ ތ.ކާއްޑޫގެ ބަދަލުގައި ދެވޭ ރަށުގައި ތޮބީޢީ ސިފައާއި އޮތް ލޮކޭޝަންކަމަށްވީއިރު، އެކަމަކީ ބަދަލު ދިނުމުގައި ހަމަކުރުމަށް ފައިސާގެ މިންވަރުން ނުވަތަ މުއްދަތުގެ ގޮތުން އޭގެ ބަދަލު އަޅުވައި ހަމަޖެއްސޭނެ ކަންކަމަށްވާތީ ވަގުތީ އަމުރަށް އެދޭ ފަރާތަށް ތަދާރުކު ނުކުރެވޭ ގެއްލުމެއް ނެތްކަން ދައުލަތުން ފާހަގަކުރާކަމަށެވެ.
18އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ B16/VN/2022/02-144 (25 އޮގަސްޓް 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ވަގުތީ އަމުރަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވައި މިމައްސަލަ ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގައި ނިންމަވާދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
19މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު B16/VN/2022/02-144 (25 އޮގަސްޓް 2022) ވަގުތީ އަމުރާމެދު ނިންމިގޮތަށާއި، އެ ނިންމުން އިސްތިއުނާފުކުރުމަށް ކެރެމަރ ޖީ.އެމް.ބީ.އެޗްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
20ޕްރިސިޑެންސް 1ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") އާއި އެޤާނޫނުގެ ދަށުން، ސިވިލް ކޯޓުން ހަދާފައިވާ ގަވާއިދު ނަންބަރު 105-R2022/ "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" ގައި ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ.
21ޕްރިސިޑެންސް 2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަގުތީ އަމުރުގެ ގޮތުގައި ނެރެދިނުމަށް އެދެވިދާނެ ތަފާތު ބާވަތްތަކުގެ އަމުރުތަކެއް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކަށް އެދި ހުށަހަޅާއިރު، އެހުށަހަޅަނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 422 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކުރާ ކޮން ނަންބަރެއްގެ ދަށުގައި ބަޔާންކުރާ އަމުރެއްކަން ސާފުވާންޖެހެއެވެ. މީގެ އެއްސަބަބަކީ، ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު (މާއްދާ 242ގެ (ށ) ގެ (2)) އަދި މުދަލުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރެއް (މާއްދު 242ގެ (ށ) ގެ (6)) އަށް އެދެވިދާނެކަން އެނގޭއިރު، 244 ވަނަ މާއްދާގެ
(ނ) ގައި "ފައިސާއިން ނުވަތް މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް...އެދި ހުށަހަޅަންވާނީ ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ). ގަވާއިދު ނަންބަރު 2022/105-R "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު "ގެ 111 ވަނަ (ހ) އަދި (ށ). އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ." މިފަދައިން ބަޔާން ކުރާތީއެވެ.
22ޕްރިސިޑެންސް 3މުދަލުން "ތަޞައްރަފު" (disposal) ކުރުން ނުވަތަ މުދަލުން "މުޢާމަލާތްކުރުން" (transaction) މިދެބަސް މުދަލާއި ގުޅުވައި ބޭނުން ކޮށްފައިވަނީ އެއްމނައެއްގައާ ކަމަށި ބެލެވެއެވެ. ނުވަތަ މުދަލާއި ގުޅިގެން މިދެކަންތަކުގައިވެސް އެއްނަތީޖާއެއް ހިމެނެއެވެ. އެއީ މުދަލުގެ މިލްކުވެރިޔާގެ މިލްކުވެރިކަމުން ނުވަތަ އަތުގެވެރިޔާގ ހިޔާޒަތުގެ ދަށުން އެހެން ފަރާތެއްގެ ބާރުވެރިކަމުގެ ދަށަށް އެމުދަލެއް ބަދަލުވުމުގެ ނަތީޖެ އެވެ. ވަގުތީ އަމުރަކުން އެދެނީ އެކަން ހުއްޓުވުމަށެވެ. ވީމާ ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް (މާއްދާ 242 (ށ) ގެ (2)) ގެ ދަށުން އެދޭ އަމުރަކީ މުދަލަކުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރެއް ނޫނީ މުދަލަކުން މުޢާމަލާތު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްނަމަ، އެފަދަ އަމުރަކަށް އެދެންވާނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައިކަމަށ ޤާނޫނުގް ނައްޞުގައި ބަޔާން ކުރެއެވެ. އަދި ހަމައެހެންމެ،މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ހ) ގައި "އަންނަނިވި ޙާލަތްތައް ތަކުގައި ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން ހެކި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށެވެ." މިފަދައިން ބަޔާން ކޮށް، އެމާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާން ކުރަނީ " ބަލައި ފާސްކުރުމުގެ އަމުރަކަށް ނުވަތަ މުދަލުން ތަޞައްރަފުކުރުން ހުއްޓުވުމުގެ އަމުރަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ބިމަކަށް އެހެން ފަރާތަކުން ވަނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވުން." މިފަދައިންނެވެ. އެދިފައިވާ ވަގުތީ އަމުރު:
23މިމައްސަލައިގައި ދަށު ކޯޓުގައި އެދިފައިވާ އަމުރަކީ؛
1.23 . ތ.ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަށް ދޫނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން؛
1.23. ތ.ކާއްޑޫ ޓޫރިޒަމްގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫކުރާ ރަށްތަކުގެ ލިސްޓުގައި ނުހިމެނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް؛
2.23. ތ.ކާއްޑޫ ދައުލަތް ހިމެނޭހެން އެއްވެސް ފަރާތެއްގެ ބޭނުމަށް ދޫކުރާ ރަށެއްގެ ގޮތުގައި އެކަށަނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން؛ މިފަދައިންނެވެ.
24އެހެން ޢިބާރާތަކުން ބުނާނަމަ، މިއީ، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ ތ.ކާއްޑޫ އާމެދު ދައުލަތުން ތަޞައްރަފުކުރުން ނުވަތަ އެރަށާއިމެދު ދައުލަތުން މުޢާމަލާތު ކުރުން ވަގުތީ އަމުރެއްގެ ދަށުން ހުއްޓުވައި ދިނުމަށް އެދޭ އެދުމެކެވެ. އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގެ ދަށުން، މިއަމުރަށ އެދް ފަރާތުން އަމުރަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާން ކުރާގޮތުން މިއީ އެފިޑެވިޓް ހުށަހަޅަންޖެހޭނެ ޙާލަތެއްކަމަށް ބަލަން ޖެހެއެވެ. ވީމާ، ދަށު ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅިފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތާއިބެހޭ ގަވާއިދުގައި ބަޔާންކުރާ 32 ނަންބަރު ފޯމުން ކަމަށްވިޔަސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން މިއަމުރަށް އެދުނުއިރު ފުރިހަމަ ކޮށްފައިވާކަމަށް ނުފެނެއެވެ. ކިތާބީ ހެކިތައް:
25ޕްރިސިޑެންސް 4މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހަޅާފައި ނެތްނަމަވެސް، ވަގުތީ އަމުރު ނެރެދޭންޖެހޭކަމަށް ބަޔާންކޮށް، ކިތާބީ ހެކިތަކެއް ހުށަހަޅާފައިވެއެވެ. ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމާއިއެކު، އެކަމަށް ބާރުދޭ ހެކި ހުށަހަޅާފައިވާ ޙާލަތުގައި، އެކަން ބަލަންޖެހޭކަމަށް ދެކެމެވެ. އެހެންކަމުން، ހުށަހެޅުނު ކިތާބީ ހެކިތަކަށް މިއަމުރު ނެރެންޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި ބަލާފައިވާނެއެވެ. ވަގުތީ އަމުރެއް ނެރުމުގައި ބަލާ މައިގަނޑު ތިން ޝަރުޠު:
26ޕްރިސިޑެންސް 5ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ބަލަންޖެހޭ ޢާންމު ތިން ޝަރުޠެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގއަ ބަޔާނި ކޮށްފައިވެއެވެ. އެއީ؛
1.26. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން.
2.26. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން.
3.26. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައިވުން.
27ޕްރިސިޑެންސް 7ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް މަތީގައިވާ ޝަރުޠުތަކުގެ ތެރެއިން ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް އެބައޮތްތޯ ބަލާއިރު، މިއީ ބިޑް ހުށަހެޅުމަށް ދިން ދަޢުވަތަކާއި ގުޅިފައިވާ މައުޟޫޢުއެކެވެ. މި ބިޑް ހުށަހެޅުމާއި ގުޅިގެން، ލެޓަރ އޮފް އެވޯޑް ދެވިފައި ނުވާކަމަށް ދައުލަތުން ބުނާތީ، އިސްތިއުނާފު ކުރާ ފަރާތާއި ދައުލަތާއި ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައި އޮތްކަމަކަށް ފުރަތަމަ ނަޒަރުން ބަލާއިރު ބުރަވެވޭކަށް ނެތެވެ. ސަބަބަކީ، ދަށު ކޓަށޯ ހުށަހެޅް ލިޔުންތަކުގެ ތެރޭގައި ހިމެނޭ ބިޑް ޑޮކިއުމެންޓްގެ ސެކްޝަން II ގައި ބަޔާންކުރާ އިންސްޓްރަކްޝަންސ ޓް ބިޑާރސް (އައި.ޓީ.ބީ) ގެ "ދ އެވޯޑް އޮފް ކޮޓްރެކްޓް" މިސުރުޚީގެ ދަށުގައިވާ 24 ވަނަ މާއްދާގައި؛
24. Award Criteria
24.1 The Government will choose the Bidder whose Bid has been determined to be the Highest Evaluated Bid from amongst the Substantially Responsive Bids as the Highest Bidder and shall issue a Letter of Award to the same. މިފަދައިން ބަޔާން ކުރާތީއެވެ.
28ޕްރިސިޑެންސް 6ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާކަމުގައި ބެލޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރު ޤާނޫނީ ޤާޢިދާއެއް (legal rule) އޮތުމުގެ އިތުރުން، ވަޤުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢު (facts) ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތއަ ވުމެވެ.
29މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުގެ ބިޑް ދައުލަތުން ޤަބޫލުނުކުރީ، އިސްތިއުނާފުކުރާ ފަރާތަކީ، "ސަބްސްޓޭންޝިއަލީ ނޮން ރެސްޕޮންސިވް" ފަރާތަކަށްވާތީ ކަމަށް ބުނެއެވެ. އެހެން ދައުލަތުން ބުނާ ސަބަބަކީ، ޕްރފޫ އޮފް ފައިނޭނޝް ލ ކެޕޭސިޓ ހުށަހެޅީ ގޮތި (ފޯމް) ދައުލަތަށް ޤަބޫލު ނުކުރެވޭތީއެވެ. މިކަމާއި ގުޅޭ ގޮތުން، ބިޑް ޤަބޫލު ކުރުމުގައި އޮތް ހެޔޮ އިޖުރާއަތަކީ ކޮބާތޯ ބެލުމަކީ ދަށު ކޯޓުގައި އޮތް މައުޟޫޢީ މައްސަލައާ ގުޅޭ ކަމެކެވެ. އެމަޢުޟޫޢުގައި ވަގުތީ އަމުރާއި ގުޅިގެން މިކޯޓުން ގޮތެއް ކިޔުމަކީ ކުރެވިދާނެ ކަމަކަށް ނުދެކމެ ވެ. ބިޑް ހުށަހެޅުމަށް ހުޅުވާލާ ދަޢުވަތާއި ގުޅިގެން، ޢާންމު އުޞޫލަކީ އެއީ ހުށަހެޅުމަކަށް ދެވޭ ދަޢުވަތެއް ކަމުގައި ވުމެވެ. ނަމަވެސް ބިޑް ޕްރޮސެސް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން، ބިޑަށް ހުޅުވާލާ ފަރާތާއި ބިޑަށް ކުރިމަތި ލާފަރާތާއ ދެމެދި "ޕްރޮސެސް ކޮންޓްރެކްޓް" އެއް ޟިމްނީ ގޮތުން އުފެދިފައި އޮންނާނެ ކަމަށް ބެލެވެއެވެ. އެއީ، ބިޑް ބަލައި ގަތުމުގައި ކަނޑައެޅިފައވި ހެޔޮ އިޖުރާއަތާއި އެއްގޮތަށް ބިޑް ހުށަހެޅި ފަރާތުން އެކަންކުރާނ ކަމަށެ ވެވޭ އެއްބަސްވުމެކެވެ. ޙަޤީޤަތުގައެ ދަށުކޯޓުގައި އޮތް ޚުޞޫމާތަކީވެސ ބިޑް ޕްރޮސެސް ކުރުމުގައި ޢަމަލުކުރުމާއި ގުޅޭ ކަމެކެވެ.
30ޕްރިސިޑެންސް 8މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންނެއް ނުވެއެވެ. ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ކުރާ މަސައްކަތަކީ، އެފަދަ ޙައްޤެއް އޮތްކަން ޝަރީޢަތަށް ސާބިތު ކުރުމުގެ މަސައްކަތެވެ. އެހެންކަމުން، މިމައްސަލައިގައި، ވަގުތީ އަމުރެއް ނެރުމާއިމެދު އިތުރަށް ބަލަންޖެހޭ ކަންކަމުގެ މައްޗަށް ބަލަންޖެހޭ ކަމަކަށް ނުދެކެވެ.
31ބަޔާނވް ދިޔަ ސަބަބުތައް އެހެން ހުރުމުން، ދަށު ކޯޓުން ވަގުތީ އަމުރު ނެރެ ނުދިނުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ބުރަވެއެވެ. ފަނޑިޔާރާ މުޙައްމަދު ފައިޞަލްގެ ރައުޔު:
32ފަނޑިޔާރު މުޙައްމަދު ނިޔާޒް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ޙުސައިން ޝަހީދުގެ ރައުޔު:
33ފަނޑިޔާރު މުޙައްމަދު ނިޔާޒް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
34މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާ ނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ) (ޚާއްޞަކޮށް (ށ) ގެ (2) އަދި (6))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 337 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ، 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 111 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ (2012/SC-A/21)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޒަޔާން ޢަބްދުﷲ، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް