ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/463
2016/HC-A/463، 2016/HC-A/463
2016/HC-A/463 (2016/HC-A/463, High Court of the Maldives, 17 May 2017)
2016/HC-A/463
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، ކުއްޖާގެ ބޭސްފަރުވާގެ ޚަރަދަކީ ޢާއިލާއާބެހޭ ޤަވާޢިދުގެ 66 ވަނަ މާއްދާގެ ދަށުން ބައްޕަ ކުރަންޖެހޭ ޚަރަދެއްކަމަށް ކަނޑައަޅައި، ދަޢުވާކުރި މުޅި ޢަދަދު 3 މަސްދުވަހުގެ ތެރޭގައި ދިނުމަށް ބައްޕައަށް އެންގިއެވެ.
ކުއްޖާގެ ބޭސްފަރުވާއަށް މަންމަ ޚަރަދުކުރިކަމަށް ބުނާ ފައިސާ ބައްޕަގެ އަތުން ހޯދުމަށް މަންމަ ދަޢުވާ ކުރިއެވެ. ބައްޕަ ބުނީ ވަޒީފާގެ ސަބަބުން ދަރިންނަށް ހިލޭ ފަރުވާ ލިބެން އޮތުމާއެކު އޭނާއަށް ނޭނގި ކުރި ޚަރަދުތަކެއް ކަމަށާއި، ބިލްތަކުން އެއީ ކުއްޖާއަށް ކުރި ޚަރަދުކަން ސާބިތުނުވާ ކަމަށެވެ.
ބައްޕަ ބުނީ ސަރުކާރުން ހިލޭ ފަރުވާ ހަމަޖެހިފައިވާއިރު އޭނާއަށް ނޭނގި ކުރި ޚަރަދުގެ ޒިންމާ އަޅުވާފައިވާ ކަމަށާއި، ފަރުވާއަށް އެއްބާރުލުން ނުދީ އަމިއްލައަށް ކުރި ޚަރަދު ކަމަށާއި، ބިލްތަކަކީ ކުއްޖާގެ ފަރުވާއަށް ކުރި ޚަރަދުކަން ސާބިތުނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ ބޭސްފަރުވާއަށް މަންމަ ކުރިކަމަށް ބުނާ ޚަރަދު ބައްޕަގެ އަތުން ނަގައިދިނުމުގައި، އެ ޚަރަދު ކުއްޖާއަށް ކުރިކަން ސާބިތުވެފައިވޭތޯ އަދި ބައްޕަ ދައްކަންޖެހޭ މިންވަރަކީ ކޮބައިތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު އިސްލާޙުކުރި)
ހައިކޯޓުގައި ބައްޕަ އެއްބަސްވި ލިޔުންތަކުގައިވާ ޢަދަދު (9800 ރުފިޔާ) ދައްކަންޖެހޭ ފައިސާއެއްކަމުގައި ބެލެވޭނެ ކަމަށާއި، އިންކާރުކުރާ ބާކީ ލިޔުންތަކުން އެއީ ކުއްޖާއަށް ކުރި ޚަރަދުކަން ސާބިތުނުވާތީ އެ ފައިސާ ނަގައިދެވޭނެ ކަމަށް ސާބިތުނުވާ ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަރިންގެ ބޭސްފަރުވާގެ ކަންކަމުގައި ޚަރަދުކުރުމަކީ ޢާއްމު އުސޫލެއްގެ ގޮތުން ބައްޕަގެ ފަރާތުން ކުރަންޖެހޭ ޚަރަދެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ދަށުކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކުގައިވާ ފައިސާ ދެއްކުމާއި މެދު އިޢުތިރާޟެއް ނެތްކަމަށް ދަޢުވާ ރައްދުވާ ފަރާތުން އެއްބަސްވެފައިވާތީ، އެފައިސާއަކީ އޭނާގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމުގައި ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ހަމައެކަނި ލިޔުންތަކުގައިވާ ކަންކަމުގެ މައްޗަށް ބަލައި އެލިޔުންތަކުގައި ބަޔާންކުރާ ޚަރަދުތަކަކީ ދަރިފުޅަށް ކޮށްފައިވާ ޚަރަދުގެ ފައިސާއެއްކަން ސާބިތުވާން ނެތްނަމަ، އެފައިސާއެއް ދެއްކުމާއިމެދު އިންކާރު ކުރާ ފައިސާއަކީ އޭނާގެ އަތުން ނަގައިދެވެން އޮތް ފައިސާއެއް ކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުވާ ފައިސާއެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް