ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/190
2016/HC-A/190، 2016/HC-A/190
2016/HC-A/190 (2016/HC-A/190, High Court of the Maldives, 18 April 2017)
2016/HC-A/190
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކާރުގެ އަގާއި ކުލި ނަގައިނުދެވޭނެކަމަށް ނިންމި ނަމަވެސް، މަރާމާތާއި މެއިންޓެނެންސް ޚަރަދުގެ ގޮތުގައި US$2128.74 ދައްކަން ޙުކުމްކުރި.
ދަޢުވާކުރި ފަރާތުގެ ނަމުގައިވާ ކާރެއް ގަންނާނެކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތް ގެންގޮސް 7 މަސްދުވަސް ބޭނުންކުރި؛ އަގު ނުދައްކާތީ ކުލިއާއި، އެކްސިޑެންޓުގެ މަރާމާތާއި މެއިންޓެނެންސް ޚަރަދު ހޯދުމަށް ދަޢުވާކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހުށަހެޅި ލިޔުމުގައި ގެއްލުމަކީ US$470 ކަމަށާއި ދަޢުވާއަށްވުރެ ބޮޑު ޢަދަދެއް ޙުކުމްކުރީ ކަމަށާއި، މުވައްޒަފެއްގެ ގޮތުގައި ކާރު ދުއްވިއިރު އިހުމާލެއް ނެތި ވި އެކްސިޑެންޓަށް ޒިންމާނުވާނެކަމަށެވެ.
މައިގަނޑު ސުވާލު
ކާރު އެކްސިޑެންޓްވެ މަރާމާތުކުރުމަށާއި މެއިންޓެނެންސަށް ޚަރަދުވިކަމަށް ބުނާ ފައިސާ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭކަމަށް ކަނޑައެޅުމަށް ފުދޭ ހެކި ދަށުކޯޓަށް ހުށަހެޅިފައިވިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކުރި (ޚަރަދުގެ ފައިސާ ދައްކަން އެންގި ބައި)
ދަޢުވާލިބޭ ފަރާތް ޚަރަދަށް އިންކާރުކުރާތީ ސާބިތުކުރުމުގެ ޒިންމާ އޮތީ ދަޢުވާކުރި ފަރާތުގައި ކަމަށާއި، ޚަރަދުވިކަމުގެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައިނުވާތީ އެބައި ބާޠިލުކުރަން ޖެހޭނެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކަމަކަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، ދަޢުވާގައި ހުށަހަޅާ އެންމެހައި ކަންކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ޒިންމާ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޚަރަދުވެފައިވާކަމަށް ބުނާ ފައިސާއެއް ޚަރަދުވެފައިވާކަން ސާބިތުވާނެ ހެކިތަކެއް އަދި ހަރުދަނާ ޤަރީނާތަކެއްވެސް ދަށުކޯޓަށް ހުށަހެޅިފައި ނެތްނަމަ، އެފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް