ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/07
2016/HC-A/07، 2016/HC-A/07
2016/HC-A/07 (2016/HC-A/07, High Court of the Maldives, 21 February 2016)
2016/HC-A/07
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ސޮއިކުރި ލިޔުމުގެ ކިތާބީ ހެކީގެ މައްޗަށް މަދަނީ މިންގަނޑުން ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ފައިސާ 3 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑުން އަނބުރާ ދައްކާގޮތަށް ޢަބްދުލްމަޖީދު މާހިރަށް އެކިފަހަރު މަތިން ދިން 321,231 ރުފިޔާ އަނބުރާ ނުދައްކާތީ ދަޢުވާކުރިއެވެ. ދަޢުވާލިބޭ ފަރާތް އިންކާރުކުރި ނަމަވެސް، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް 2014 ޖޫން 25 ގައި އެއްބަސްވެ ސޮއިކުރި ލިޔުމަށް އިންކާރު ނުކުރެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުނުކޮށް ޙުކުމްކުރި ކަމަށާއި، ޙުކުމް ބިނާކުރި ލިޔުމަކީ މަދަނީ މިންގަނޑުން ދަރަންޏެއް ސާބިތުކުރުމަށް ފުދޭވަރަށްވުރެ ބަލިކަށި ހެއްކެއް ކަމަށެވެ.
މައިގަނޑު ސުވާލު
ދަރަނި އިންކާރުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމަކާއި، އެ ލިޔުމުގައި ސޮއިކުރިކަމަށް ކޯޓުގައި ވި އިޢްތިރާފަކީ މަދަނީ މިންގަނޑުން ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެއްކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ލިޔުމުގައި ސޮއިކުރިކަމަށް ދަށުކޯޓުގައި އިޢްތިރާފުވެ، އިޤްރާރު ޞައްޙަވުމާމެދު ސުވާލެއް ނުއުފައްދާތީ، އެ އިޤްރާރަކީ ދަޢުވާ ސާބިތުކުރުމަށް ފުދޭ ކާފީ ދަލީލެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިޢްތިރާފު ނުވަތަ އިޤްރާރަކީ އިސްލާމީ ޝަރީޢަތުގައި ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ބޮޑު ބުރަދަނެއް ދެވޭ އަދި އެންމެ މަތީ ދަރަޖަ ދެވިފައިވާ ވަސީލަތެވެ. އިސްލާމީ ފިޤްހުގައި ސާބިތުކުރުމުގެ މި ވަސީލަތަށް [ﺳﻴِّﺪُﺍﻷﺩﻟﺔ] ގެ ލަޤަބު ދެވިފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އިޢްތިރާފު ނުވަތަ އިޤްރާރު ޞައްޙަވުމުގެ ޝަރުތުތައް ފުރިހަމަވާގޮތަށް އެމީހާގެ އަމިއްލަ ނަފުސުގެ މައްޗަށްވެފައިވާ އިޤްރާރަކީ އޭގައި އެހެން މީހެއްގެ ޙައްޤެއް އެކުލެވޭ ގޮތަށް ވެފައިވާ އިޤްރާރެއް ކަމުގައި ވަނީނަމަ، އެ އިޤްރާރަކީ އިޤްރާރުވި މީހާގެ މައްޗަށްވާ ޤަޠްޢީ ހުއްޖަތަކަށްވާއިރު، އެ އިޤްރާރުން ރުޖޫޢަ ނުވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމަކީ އޭނާ ސޮއިކޮށްފައިވާ ލިޔުމެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢްތިރާފުވެ، އެ އިޤްރާރު ޞައްޙަވުމާމެދު ދަށުކޯޓުގައި އަދި ހައިކޯޓުގައިވިޔަސް ސުވާލެއް އުފައްދާފައިނުވާނަމަ، އެލިޔުމުގައި ހިމެނިފައިވާ ކަންކަމާއި އެލިޔުމުގައި ސޮއިކުރުމުގެ މައްޗަށް ވެފައިވާ އިޤްރާރަކީ ދަޢުވާ ސާބިތުކުރުމަށް ފުދޭ ކާފީ ދަލީލެއްގެ ގޮތުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް