ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/89
2015/HC-A/89، 2015/HC-A/89
2015/HC-A/89 (2015/HC-A/89, High Court of the Maldives, 17 October 2017)
2015/HC-A/89
މައްސަލައިގެ ޚުލާޞާ
ބޮޑުކުރި ކުލީގެ ރޭޓާއި ޖޫރިމަނާ ހިމަނައިގެން 2,778,075 ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދައްކައި ބިން ކައުންސިލާ ޙަވާލުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ.
1998 ގައި 5 އަހަރަށް ކުއްޔަށް ދިން ބިމުގެ އެއްބަސްވުމުގެ މުއްދަތު 2003 ގައި ހަމަވިއިރު، ބިން ހުސްކުރުމަށް އެތައް ފަހަރަކު އެންގިނަމަވެސް ބިން ހުސްނުކޮށް ކުރީގެ ކުލި ދައްކަމުން ދިޔައެވެ. އެއްބަސްވުން ނިމިފައިވާކަމަށް ކުރިން ކޯޓުތަކުން ޙުކުމްކުރުމަށްފަހު ކައުންސިލުން ޤަރާރަކުން ކުލި މަހަކު 67,500 ރުފިޔާއަށް ބޮޑުކޮށް ލަސްވާ ފައިސާއަށް 10% ޖޫރިމަނާ ކަނޑައެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބޮޑުކުރި ކުއްޔާއި ޖޫރިމަނާ ހިމެނީ ގޯސްކޮށްކަމަށާއި، ކައުންސިލްގެ އެންގުމަކީ ހުށަހެޅުމެއް ކަމަށާއި ނެގޯޝިއޭޓްކުރުމުން ކައުންޓަރ އޮފަރ ކަމަށާއި، ކުރީގެ ކުލި ބަލައިގަތުމުން ޢަމަލުން ޤަބޫލުކުރުން (implied acceptance) ވެފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ ބިން ހުސްކުރުމަށް އެންގުމަށްފަހުވެސް ބިން ބޭނުންކުރަމުން ދިޔަ ފަރާތުގެ މައްޗަށް ކައުންސިލުން ބޮޑުކުރި ކުލީގެ ރޭޓާއި ޖޫރިމަނާ ހިމަނައިގެން ފައިސާ ދައްކަން ޙުކުމްކުރުން ޤާނޫނާ ޚިލާފުތޯއާއި، ކުރީގެ ކުލި ބަލައިގަތުމުން ނުވަތަ އޮފަރ/ކައުންޓަރ އޮފަރގެ އުޞޫލުން އާ އެއްބަސްވުމެއް ވެވިފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުން ނިމި ބިމުގައި ޙައްޤެއް ނެތްކަން 2010/SC-A/22 އިން ކަށަވަރުވެފައިވާއިރު ބިން ބޭނުންކުރީ ވެރިފަރާތުގެ ނުރުހުމުގައެވެ. ކައުންސިލްގެ ޤަރާރަކީ ހުށަހެޅުމެއް ނޫނެވެ. ސަރަޙައްދުގެ ޢާންމު ރޭޓުން ބަދަލު ކަނޑައެޅުން ޤާނޫނާ ޚިލާފުކަން ދައްކާފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދެވިފައިވާ މުއްދަތު ހަމަވުމާއި ގުޅިގެން އެގްރިމަންޓް ނިމުމަކަށް އައިސް، އެ ތާރީޚުން ފެށިގެން އެ ބިމުގައި ކުއްޔަށް ހިފި ފަރާތަށް އޮތް ޙައްޤު ނިމުމަކަށް އަންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ކައުންސިލްގެ ޤަރާރަކުން ނިންމި ނިންމުމަކީ ހުށަހެޅުމެއް ނޫނެވެ؛ އަދި އެ ނިންމުމަށް ޢަމަލުކުރުމަށް އަންގާ ފޮނުވި ސިޓީއަކީވެސް ހުށަހެޅުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބިން ކުއްޔަށް ހިފި ފަރާތުން ބިން ބޭނުންކުރަމުން އައީ ބިން ހުސްކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިޖާބަ ނުދީ ބިމުގެ ވެރިފަރާތުގެ ނުރުހުމުގައިކަމަށްވާނަމަ، ކުރީގެ އެއްބަސްވުމުގެ ކުލި ބަލައިގަނެމުން އައުމުން ދެ ފަރާތު ދެމެދު އެއްބަސްވުމެއް ވެވިފައިވާކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އެއްބަސްވުން ނިމުމަކަށް އައިސް، ބިން ހުސްކުރުމަށް އެތައް ފަހަރަކު އަންގާފައިވީއިރު އެއްވެސް އެންގުމަކަށް އިޖާބަނުދީ ތަން ބޭނުންކުރަމުންދާ ހާލަތުގައި، ބަދަލެއްގެ ގޮތުން ޢާންމު އުޞޫލެއްގެ ގޮތުން ބިން ކުއްޔަށް ދޭ ރޭޓުން އަގެއް ކަނޑައަޅައި އެ އަދަދު ދެއްކުމަށް ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- 2010/SC-A/22
- 2008/HC-A/220
- ސިވިލް ކޯޓު (މަދަނީ ކޯޓު) 239/MC/2008
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް