ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/147
މުޙައްމަދު އަޙްމަދުފުޅު ވ. ރާމިޒު މުޙައްމަދު، 2022/HC-A/147
Mohamed Ahmadhufulhu v. Raamizu Mohamed 2022/HC-A/147 (2022/HC-A/147, High Court of the Maldives, 9 July 2026)
މުޙައްމަދު އަޙްމަދުފުޅު ވ. ރާމިޒު މުޙައްމަދު
މައިގަނޑު ސުވާލު
އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމެއް، އެ ކުލީގެ މުއްދަތު ނުނިމެނީސް އެތާ ޢިމާރާތްކުރުމުގެ ހުއްދަ ދޭ ގޮތަށް ހެދި އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާޠިލު އެއްބަސްވުމެއްތޯ، އަދި އިސްތިއުނާފީ ނުކުތާތައް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ފެތޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާޠިލު ކޮންޓްރެކްޓެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 25)
- އެހެން ފަރާތަކަށް ކުއްޔަށް ދެވިފައިވާ ބިމެއް، އެ މުއްދަތު ފާއިތުނުވަނީސް ނުވަތަ އެ އެއްބަސްވުން ބާޠިލުނުކޮށް ނުވަތަ ނިމުމަކަށް ނުގެނެސް، އެ މުއްދަތު ހިމެނޭހެން އެހެން ފަރާތަކާއެކު ޢަމަލުކުރަން ފަށާގޮތަށް ވެވޭ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ޢަމަލެއް ހިމެނޭ އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރެވޭނީ، ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާއި، ނިންމުމަށް އަސަރުކުރި އިޖުރާއީ ޢައިބެއް ހުރުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ ޖުމްލަ ގޮތެއްގައި ދަށުކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތު އަދާނުވާނެއެވެ؛ ނިންމުން ޚިލާފުވަނީ ކޮން ޤާނޫނީ އަސާސަކާ، ކިހިނެއްކަން ބަޔާންކޮށްދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27–30، 38، 42)
- އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއް ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެންނަންޖެހޭ ސަބަބެއް ނެތެވެ؛ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއިން އެއްބަސްވެގެން ނިމުމަކަށް ގެނެވިދާނެ ކަމަށް ބުނަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ވެފައިވާ އެއްބަސްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33–35)
1މިއީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޅ. ނައިފަރު/ ކަންމަތީގެ ނަންބަރު 2، މުޙައްމަދު އަޙްމަދުފުޅު (މީގެ ފަހުން މި ރިޕޯޓުގައި "މުޙައްމަދު އަޙްމަދުފުޅު" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލާފައިވަ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ. ނައިފަރު/ފިނިއުނިމާގެ، ރާމިޒު މުޙައްމަދު (މީގެ ފަހުން މި ރިޕޯޓުގައި "ރާމިޒު" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބަޔާންކުރާ )އެވެ.
3ރާމިޒުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ޅ. ނައިފަރު، […] ކިޔާ ގޯއްޗާއި، އެގޯތީގައި ވާނަމަ، ވާހައި ޢިމާރާތްތައް، 12 މެއި 2012 އިން ފެށިގެން 10 ( ދިހައެއް) އަހަރަށް ކުއްޔަށް ދޫކުރުމަށްޓަކައި ރާމިޒާ އާއު ޅ. ނައިފަރު/ ސާތީ، ޢަބްދުލްޣަނީ ޢަބްދުޣަފޫރުއާ ދެމެދު 12 މެއި 2012 ގައި އެއްބަސްވުމެއް ވެފައިވެއެވެ.
4ބުނެވުނު އެއްބަސްވުމުގެ ދަށުން ޢަބްދުލްޣަނީ ޢަބްދުޣަފޫރު ކުއްޔަށް ހިފާފައިވާ ތަން މުޙައްމަދު އަޙްމަދުފުޅަށް 01 ނޮވެންބަރު 2015 އިން ފެށިގެން 05 (ފަހެއް) އަހަރުގެ މުއްދަތަށް އަދި 01 ނޮވެންބަރު 2020 އިން ފެށިގެން 11 މެއި 2022 ގެ ނިޔަލަށް ކުއްޔަށް ދޫކޮށްފައިވެއެވެ.
5ޢަބްދުލްޣަނީ ޢަބްދުޣަފޫރު އާއެކު ރާމިޒު ހެދި އިސްވެ ބުނެވުނު އެއްބަސްވުން ބާޠިލުކޮށްދިނުމަށް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ. އެ ކޯޓުގެ ނަންބަރު 17/G2C/2021 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ނިންމާފައިވަނީ އެ އެއްބަސްވުން ބާޠިލުކޮށްދެވެން ނެތްކަމުގައެވެ. ދރއދރއ
6ރާމިޒާ އާއު ޢަބްދުލްޣަނީ ޢަބްދުޣަފޫރުއ ދެމެދާ ހެދފި އިވާ އިސްވަ ބަޔާންވެދިޔަ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ޢަމަލުކުރަން ފަށާގޮތަށް ފ ނިއުނިމާގެ ކިޔާ ގޯއްޗާއި، އެ ގޯތީގައިވާ ކުރެވިފައިވާ ޢިމާރާތްތައް، 12 މެއި 2022 އިން ފެށިގެން 10 (ދިހައެއް) އަހަރަށް މުޙައްމަދު އަޙްމަދުފުޅަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ރާމިޒާ އާއު މުޙައްމަދު އަޙްމަދުފުޅާ ދެމެދު އެއްބަސްވުމެއް ސޮއިކޮށް އެ އެއްބަސްވުން 2019 އަހަރު ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ.
7މުޙައްމަދު އަޙްމަދުފުޅއެކާ ރާމިޒު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި ރާމިޒގު ފަރާތުން 13 ފެބްރުވަރީ 2022 ގައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާއިންނެވެ.
8މިއީ، ބުނެވުނު ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އަޙްމަދުފުޅގެ ފަރާތުން ހުށަހެޅި އިސްތިއުނާފެވެ.
9މި އިސްތިއުނާފު ހުށަޅައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 30/G2C/2022 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް މުޙައްމަދު އަޙްމަދުފުޅުގެ ފަރާތުން މިކޯޓުގައި އެދުމުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް 09 މޭ 2022 ގައި މިކޯޓުން ނެރެފައިވެއެވެ.
10ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބެލިއިރު، ޅ.ނައިފަރު ފިނިއުނިމާގެ، ރާމިޒާ މުޙައްމަދް އާއު ޅ.ނައިފަރު، […] 2 މުޙައްމަދު އަޙުމަދުފުޅު އާ ދެމީހުންގެ މެދުގައި، ޅ.ނައިފަރު ފިނިއުނިމާގެ ކިޔާ ގޯއްޗާއި އެގޭގައި ކުރެވިފައިވާ އެންމެހާ އިމާރާތްތައް 10 (ދިހައެއް) އަހަރު ދުވަހުގެ ނަންބަރ B/2019/17-G2C މުއްދަތަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރިމެންޓް ބާޠިލް ކޮށްދެއްވުން އެދި 12 ރަޖަބު 1443 (13 ފެބްރުވަރީ 2022) ގައި ރާމިޒާ މުޙައްމަދް ހުށަހެޅުމުން ބެލުނު މިމައްސަލަ ޝަރީޢަތުން ބެލިބެލުމުން، މިއެއްބަސްވުން ބާޠިލްކުރަން ރާމިޒް ބޭނުންވާ އަސާސީ ސަބަބަކީ އޭނާގެ ދަރިން ވަންނާނެ އެއްވެސް ތަނެއް ނެތި އެކުދިން މަގުމަތިވެފައިވާތީކަނ ޝަރީޢަތަށް ސާބިތުވާތީ، މުޙައްމަދު އަޙުމަދުފުޅ އާއު ރާމިޒާ މުޙައްމަދް އާ ދެމީހުންގެ މެދުގައި 12 މެއި 2022 ގައި ޢަމަލު ކުރަންފަށ ގޮތަށާ އެއްބަސްވެފައިވާ އެއްބަސްވުމުގެ 07 ވަނަ މާއްދާގައި މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި ވެރިފަރާތުން ދިރިއުޅުމަށްޓަކައި ކުއްޔަށްދިން ޢިމާރާތުގެ އުތުރުފަރާތުގައިވާ ބިމުގައި 01 ކޮޓަރި ފާޚާނާއާއެކު ކައްކާކެވޭގޮތަށް އިމާރާތްކޮށް ދެފަރާތުން ސިމެންތިޖަހާ ކުލަލައި މުށިޖަހާ ސީލިންކޮށް ކަރަންޓްގުޅައި ކަރަންޓް ވައިރ ކުރުމަށްފަހު ކުއްޔަށް ހިފިފަރާތުން ވެރިފަރާތާ ޙަވާލު ކުރަންވާނެ ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކަން އެނގެންއޮތްހިނދު، ފިނިއުނިމާގެ އުތުރު ފަރާތުގައިވ ބިމަކާ ޅ.ނައިފަރު ސާތ ޢަބްދުލްޣަނީ ޢަބްދުލްޣަފޫރު އަށް 10 އަހަރު ދުވަހަށް ރާމިޒާ މުޙައްމަދް ކުއްޔަށް ދީފައިވާ ބިމަކަށްވާތީ އެމުއްދަތު ހަމަނުވަނީސް އެހެންމީހަކަށް އެތަނުގައި ޢިމާރާތެއް އެޅުމުގެ ހުއްދަ ދިނުމަކީ ޤާނޫނާ ޚިލާފް އެބަހީ ޣައިރު ޤާނޫނީ ޢަމަލެއްކަން އެނގެން އޮންނާތީ ޤާނޫނު ނަމްބަރ 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކުރާއިރު ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓެއްކަމަށް ކަނޑައަޅާފައިވާތީ ޅ.ނައިފަރު ސާތީ ޢަބްދުލްޣަނީ ޢަބްދުލްޣަފޫރުއ ރާމިޒާ މުޙައްމަދް އާ ދެމީހުންގެ މެދުގައިވާ އެއްބަސްވުން 12 މެއި 2022 ގައި ނިމޭއިރު ހަމަ އެދުވަހު ޢަމަލު ކުރަންފަށާގޮތަށް 2019 ވަނައަހަރު ރާމިޒާ މުޙައްމަދް އާ، ޅ.ނައިފަރު ކަންމަތީގެ މުޙައްމަދު އަޙުމަދުފުޅުއާ ދެމީހުންގެ މެދުގައި މިކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ނިޔާކަނޑައަޅައި ޙުކުމްކޮށްފީމެވެ".
11ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު އަޙްމަދުފުޅުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެ ނުކުތާތައް ތަފުސީލުކޮށްފައިވެއެވެ.
1.11 ފުރަތަމަ ނުކުތާއަކީ، ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކަމެއް އޮތްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް އެއްބަސްވުން ބާޠިލުކޮށްފައިވު މާއި؛
2.11 ދެވަނަ ނުކުތާއަކީ، އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ގޮތްކަމަށް ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނ) ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް އެއްބަސްވުން ނިމުމަކަށް ގެނެވިދާނެކަމަށް ކަނޑައަޅައިފައިވުމާއި؛
3.11 ތިންވަނަ ނުކުތާއަކީ، ކޮންޓްރެކްޓް ބާޠިލުކުރަން ބޭނުންވާ މައިގަނޑު ސަބަބުކަމަށް ޚަސްމު ފާހަގަކޮށްފައިވާ ކަމަށް ރިޢާޔަތްކުރުމުގެ ބަދަލުގައި، މައްސަލައިގެ އަސްލު މައުޟޫއިން ބޭރުން ކޮންޓްރެކްޓް ގައި ޣައިރު ޤާނޫނީ ޢަމަލެއްކުރަނ އޮތްކަމަށް ކަނޑައަޅައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައެވެ.
12އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.12 ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކަމެއް އޮތްކަމަށް ކަނޑައަޅައި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އާ އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް އެއްބަސްވުމުގައި ކުރެވިފައިވާ މުޢާމަލާތްތަކާއި ފެންނަންހުރި ހަޤީޤަތްތަކަށ ރިޢާޔަތްކުރުމެއް ނެތިކަމަށެވެ.
2.12 ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ކޮންޓްރެކްޓެއްގެ ބައިވެރިން އެއްބަސްވެގެން، ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް ނިމުމަކަށް ގެނެވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މިމައްސަލައިގައި އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވަނީ އެއްފަރާތުން ކަމަށް ވާއިރު، އަނެއް ފަރާތުގެ ޙައްޤަށް ރިޢާޔަތްކުރުމެއްނެތި އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ކަމަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އަދި އެއްބަސްވުމުގެ 8 ވަނަ މާއްދާގައި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންވި ނަމަވެސް ގެނެވޭނީ ކުއްޔަށް ހިފާފަރާތުން އެހާތަނަށް ޢިމާރާތަށް ކޮށްފައިވާ ޚަރަދު އެއްކޮށް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާއިރު އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެ މާއްދާއާ ޚިލާފަށްކަމަށެވެ. އަދި އެއްބަސްވުމަކީ ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަ ވެފައވި ޤާނޫނާ ގޮތުނި ޞައްޙަ އެއްބަސްވުމެއް ކަމަށާއި ހަމައެކަނި ދިރިއުޅުމުގެ ޙާލަތު އުޒުރަކަށް ދައްކައި އެއްބަސްވުން ނިމުމަކަށް ގެނައުމަކީ ޢަދުލުވެރި ގޮތެއް ނޫންކަމަށެވެ.
3.12 ކޮންޓްރެކްޓް ބާޠިލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު މައިގަނޑު ސަބަބުން އޮތްތޯ ބެލުމުގެ ބަދަލުގައި މައްސަލައިގެ އަސްލު މައުޟޫޢިނ ބޭރުން ހަމައެކަނި ކޮންޓްރެކްޓުގައި ޣައިރު ޤާނޫނީ ޢަމަލެއް ކުރަން އޮތްކަމަށް ކަނޑައަޅައި ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 30/G2C/2022 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި 12 މޭ 2022 ގައި ޢަމަލުކުރަން މުޙައްމަދު އަޙްމަދުފުޅ ރާމިޒާ މުޙައްމަދު ދެމެދާ ހަދާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމާއި އެ އެއްބަސްވުމަކީ އެއްބަސްވުމުގެ މުއްދަތު ފެށޭ ތާރީޚުން ފެށިގެން ނިމޭ ދުވަހާއި ހަމައަށް އެއްބަސްވުމުގެ ބައިވެރިން ޢަމަލު ކުރަންޖެހޭ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
14އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ، އެއްބަސްވުން ބާޠިލުކުރުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކޭކަމަށެވެ. އެ އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ އެއީ ކުއްޔަށް ދީފައިވާ ތަނެއް މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކަށް ވާތީ އެއީ ޤާނޫނާ ޚިލާފަށް ހަދާފައިވާ އެއްބަސްވުމަކަށް ވާތީ ކަމަށެވެ.
15އެފަރާތުން އެދިފައިވަނީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 30/G2C/2022 ޤަޟިއްޔާގއަ ކޮށްފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެ ވެ.
16އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނައިފަރު ފިނިއުނިމާގެ ކުއްޔަށް ދިނުމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ދެ ފަރާތަކާއެކު އެއްބަސްވުން ސޮއިކޮށްފައިވެއެވެ. އެއީ، 12 މެއި 2012 ގައި ޢަބްދުލްޣަނީ ޢަބްދުޣަފޫރއެކާ ވެފައިވާ އެއްބަސްވުމަކާއި، އިސްތިއުނާފު ކުރާ މުޙައްމަދު އަޙްމަދުފުޅާ އެކު 2019 ވަނަ އަހަރު ގައި ސޮއިކޮށްފައިވާ އެއްބަސްވުމެވެ.
17މި އިސްތިއުނާފުގައި އޮތީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލު ކޮށްފައިވާތީ ހުށަހަޅާފައިވާ ނުކުތާތަކެކެވެ.
18އެއްބަސްވނު ބާޠިލު ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ؛
1.18 އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިން ވަންނާނެ އެއްވެސްތަނެއް ނެތި، އެކުދިން މަގު މަތިވެފައިވާކަނ ޝަރީޢަތަށް ސާބިތުވާތީއާއި،
2.18 އިސްތިއުނާފ ކުރު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާދެމެދު 12 މެއި 2022 ގައި ޢަމަލުކުރަން ފަށާގޮތަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ 07 ވަނަ މާއްދާގައި، މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި ވެރިފަރާތުން ދިރިއުޅުމަށްޓަކައި ކުއްޔަށް ދިން ޢމާރާތާގި އުތުރު ފަރާތުގައިވާ ބިމުގައި 01 ކޮޓަރި ފާހާނާއާއެކު ކައްކާ ކެވޭ ގޮތަށް ޢިމާރާތްކޮށް، ދެފަރި ތުން ސިމެންތިޖަހައި ކުލަލައި މުށި ޖަހާ، ސީލިންގކޮށް، ކަރަންޓުގުޅައި ކަރަންޓު ވައިރު ކުރުމަށްފަހު، ކުއްޔަށް ހިފި ފަރާތުން ވެރިފަރާތާ ޙަވާލުކުރަންވާނެކަމަށ ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮތްހިނދު، އެ ބިމަކީ ޢަބްދުލްޣަނީ ޢަބްދުލްޣަފޫރުއަށް 10 އަހަރު ދުވަހަށް ކުއްޔަށް ދީފައިވާ ބިމަކަށްވާތީ، އެ މުއްދަތު ހަމަނުވަނީސް އެހެން މީހަކަށް އެތަނުގައި ޢިމާރާތެއް އެޅުމުގެ ހުއްދަ ދިނުމަކީ ޤާނޫނާ ޚިލފާ އަދި ޣައިރު ޤާނޫނީ ޢަމަލެއްކަން އެނގެން އޮންނާތީއާއި، ޣައިރު ޤާނޫނީ ގޮތަކަށް ޢަމލުކުރަންޖެހަ ކޮންޓްރެކްޓަކީ ބާޠިލު ކޮންޓްރެކްޓެއްކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއެވެ.
19ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމަށް ބަލާއިރު، އެއްބަސްވުމުގައި ޣައިރު ޤާނޫނީ ކަމެއް ކުރަންޖެހޭގޮތަށް އޮތް އޮތުމަކީ، ކޮބައިކަމާއި، އެފަދައިން ފަނޑިޔާރު ދެކޭ ސަބަބު ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.
20ޕްރިސިޑެންސް 1ދަށު ކޯޓުން ބަޔާންކޮށްފައިވާގޮތަށް، ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ބޠާ ލ ކޮންޓްރެކްޓެއް (contract void) ކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވެއެވެ.
21ސުވާލަކީ، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޣައިރު ޤާނޫނީ ގޮތަކަށް ޢމަލުކުރަންޖެހަ ޙާލަތެއް އޮތްތޯއެވެ.
22ދަށުކޯޓުން ފާހަގަކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވަނީ އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމެއް، އެތަން ކުއްޔަށްދިން މުއްދަތު ނުނިމެނީސް އެތަނުގައި ޢިމާރާތްކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ހުއްދަދއެވެ. އެކަނ އެއްބަސްވުމުގެ 7 ވަނަ މާއްދާގއަ ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
23ޕްރިސިޑެންސް 2އެހެންފަރާތަކަށް ކުއްޔަށް ދެވިފައިވާ ބިމެއް، އެ މުއްދަތު ފާއިތު ނުވަނީސް، ނުވަތަ އެ އެއްބަސްވުން ބާޠިލުނުކޮށް ނުވަތަ ނިމުމަކަށް ނުގެނެސް، އެހެން ފަރާތަކާއެކު އެއްބަސްވުމެއް ހަދައި، އެއަށް ޢަމަލު ކުރަން ނުފެށޭނެއެވެ. އެ މުއްދަތު ހިމެނޭހެން ޢަމަލުކުރަން ފަށާގޮތަށ އެއްބަސްވުމެއް ވެފައިވާނަމަ، އެވާނީ ޣައިރު ޤާނޫނީ ޢަމަލެއް ހިމެނޭ އެއްބަސްވުމަކަށެވެ.
24މި އިސްތިއުނާފުގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުސީލުގައި، ދަށު ކޯޓުގައި ކަންހިނގައިދިޔަ ގޮތާއި، މޢު މަލާތް ކުރުމުގައި ކަންހިނގާފައިވާ ގޮތް ބަޔާންކުރުމުގެ އިތުރުން، ޙަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ
(ނ) އާއި، އެ ޤާނޫނުގެ 4 ވަނަ މާއްދާއަށެވެ. އެއީ، ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ކަމެއަ އޮތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް ފާހަގަކުރި ކުރުމާއި، އަދި އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގައި ކުރެވިފައިވާ މުޢާމަލާތްތަކާއި ފެންނަންހުރި ހަޤީޤަތްތަކަށ ރިޢާޔަތްކުރުމެއް ނެތިކަމަށް ބުނެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކުރިކުރުމެވެ.
25ކޮންޓްރެކްޓާބެހޭ ޤާނޫނުގް 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ "ޣައިރު ޤާނޫނު ގޮތަކަށް ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ބާޠިލު ކޮންޓްރެކްޓެކެވެ." މިފަދައިންނެވެ. އަދި އެ ޤާނޫނުގެ 4 ވަނަ މާއްގައި ބަޔާންކުރަނީ " ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. " މިފަދައިންނެވެ.
26ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލް އަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ، މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތް ނަމައެވެ. އެއީ؛ (ހ) އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައ ވަނި ޤާނޫނީ ޚިލާފަށާ ކަމަށް ޤަބޫލުކުރެވޭ ސަބަބު ތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން އަދި،
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އިޖުރާއީ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ކަމަށެވެ.
27ޕްރިސިޑެންސް 4ބުނެވުނު ދެޙާލަތު އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލއިގައަ ފަނޑިޔާރު ޙުސްނުއްސުޢޫދު ތަފުސީލު ކޮށް ފާހަގަކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. "މައްސަލަ ބަލަ ފަނޑިޔާރާ ޤާނޫނު ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ."
28އަދި ޢި މާދ ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވަނީ؛ " ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ހަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚުސަކަށ ވީނަމަވެސް މެއެވެ"
29ބުނެވުނު ހަމަތަކުގެ އަލީގައި މިމައްސަލައަށް ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ބުނެވިދިޔަ މާއްދާތަކާ ޚިލާފަށް އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް ފާހަގަކުރިކުރުން ފިޔަވައި ދަށުކޯޓުން ނިންމި ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އާ ޚިލާފުވާ ގޮތެއް ނުވަތަ ޚިލާފުވަނީ ކިހިނެތްކަން މި އިސްތިއުނާފުގައި ބުނެދީފައި ނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ
30އެއްބަސްވުން ބާޠިލުކަމަށް ނިންމި ނިންމުން ބިނާކުރީ އެ އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދަ އެއްބަސްވުމަކަށް ވުމުން ކަމަށް ވާއިރު، މި އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމިނިންމުން ޚިލާފުވަނީ ކޮން ޤާނޫނީ އަސާސަކާ ކަމެއް، އަދި އެއީ ކިހިނެއްކަމެއް ނުވަތަ އެއްބަސްވުން ބާޠިލުކަމަށް ފަނޑިޔާރު ނިންމިނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް މި އިސްތިއުނާފުގައި ބަޔާންކޮށްދީފައި ނުވާހިނދު، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާ ޙާލަތަށް ފެތޭ އިސްތިއުނާފީ ނުކުތާއެއްކަމަށް ނުފެނެއެވެ.
31އިސްތިއުނާފީ ދެވަނަ ނުކުތާގައި އެއްބަސްވުމުގާ 8 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނގު 21 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ކަމަށެވެ.
32ކޮންޓްރެކްޓާބެހޭ ޤާނޫނގު 21 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. އެއްބަސްވުމަކުން ނިންމުން (ހ) ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސް ވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ.
(ށ) މިފަދަ ކޮންމެ އެއްބަސްވުމެއް އޮންނަންވާނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ.
33ޕްރިސިޑެންސް 5ކޮންޓްރެކްޓާބެހޭ ޤާނޫނގު 21 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ބަލާއިރު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވެފައިވާ އެއްބަސްވުމެއް ދެފަރާތުން އެއްބަސްވެގެން ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ.
34މިމައްސަލައަށް ބަލާއިރު މިދެފަރާތުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުން ދަށު ކޯޓުން ބާޠިލުކޮށްފައިވަނީ އެއީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށްވުމުންނެވެ. އެފަދަ ޤާނޫނު ނަންބަރު 22/2010 އެއްބަސްވުމަކީ އުފެދުމުގައ ވެސި ބާޠިލް އެއްބަސްވުމެވެ. އުފެދުމުގައި ބާޠިލު އެއްބަސްވުމެއް ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
35މި މައްސަލައިގައި އެއްބަސްވުން ބާޠިލުކަމަށް ކަނޑައެޅިއެޅުން ޤާނޫނާ ޚިލާފުވާ ގޮތެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދެވިނުވއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް މި އިސްތިއުނާފުގައި ބަޔާންކޮށްދީފައިވާ ކަމަށް ނުފެނެއެވެ.
36ހަމަ އެހެންމެ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ ޚަރަދާ ގުޅޭގޮތުން ފާހަގަކުރި ނުކުތާގެ މައްޗަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ކޮށްފައިވާ ޚަރަދާ ގުޅޭގޮތުން އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (d) އާ، ޙަވާލާދީ، ދަށުކޯޓު ފަނޑިޔާރު ނިންމި ނިންމުން ދަށުކޯޓުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމުގެ ފަސްވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
37އެ ގޮތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފުކުރާ ފަރާތާ ދެ މެދުގައި 12 މެއި 2022 ގައި ޢަމަލކުރަންފަށު ގޮތަށާ އެއްބަސްވެފައިވާ އެއްބަސްވުމުގެ 08 ވަނަ މާއްދާގެ d (ޑީ)ގައީ މިއެއްބަސްވުމުގެ 07 ވަނަ މާއްދާގެ a (އޭ) ގައި ބަޔާންކުރާ ޢިމާރާތް ނިންމާ ވެރިފަރާތް ޙަވލާކޮށްފައިވަނިކޮށ ކުއްޔަށް ދޫކުރެވިފައިވާ އިމާރާތް އަތުލާނަމަ އަތުލެވޭނީ ވެރިފަރާތުން ދިރިއުޅުމަށްޓަކައި ކުއްޔަށް ހިފާ ފަރތުނާ ޢި މާރާތަށ ކުއްޔަށް ހިފިފަރާތުން ކޮށްފައިވް ޚަރަދާ އެއްކޮށް ދިނުމަށްފަހުގައކިމަށް ބަޔާންކޮށްފައި ވީނަމަވެސް 12 މެއި 2022 ގެ ކުރިން އަބްދުލްޣަނީ ޢަބްދލު ޣަފޫރަށް ކުއްޔަށް ދީފައިވާ ބިމެއްގައި އަބްދުލްޣަނީ ޢަބްދުލްޣަފޫރު ނުވަތަ އޭނާގެ ފަރާތުން އޭނާ ކުއްޔަށްދޭ ސަބްކޮންޓްރެކްޓރަ ނޫނު އެހެން ފަރާތަކަށް އެއްވެސް ތަޞައްރުފެއް ކުރުމުގެ ޤާނޫނީ ޙައޞި އްޔަތި ލިބިގެން ނުވާކަން ޢަބްދުލްޣަނީ ޢަބްދުލްޣަފޫރު އާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވު މުން އެނގޭކަމަށާއި އަދި އެމުއްދަތުގައި ސަބްކޮންޓްރެކްޓަށް ދޫކުރެވިފައިވާ ފަރާތުން ކުރާ ކަމެއްގެ ޒިންމާ ކުއްޔަށް ދޫކުރެވިފައިވާ ފަރާތުން ނަގަންޖެހޭނެކަމަށް އެ އެއްބަސްވުމުގައި ބަޔާންކުރާ ކަމަށެވެ.
38ދަށުކޯޓުގެ ފަނޑިޔާރުގެ އެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ މިއިސްތިއުނާފުގައި އެއްވެސް ނުކުތާއެއް އަދި ތަފުސީލުގައި ވެސް އެމޭރުމުން ކަމެއް ފާހަގަކޮށްފައި ނުވެއެވެ.
39އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓް ބާޠިލުކުރނަ ބޭނުންވާ މައިގަނޑު ސަބަބުކަމަށް ޚަސްމު ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުގެ ބަދަލުގައި، މައްސަލައިގެ އަސްލު މައުޟޫއިނ ބޭރުން ކޮންޓްރެކްޓުގައި ޣައިރު ޤާނޫނީ ޢަމަލެއްކުރަނ އޮތްކަމަށް ކަނޑައަޅައް މައްސަލަ ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
40އެއްބަސްވުންބާޠިލުކަމަށް ކަނޑައެޅުމުގައި ދަށުކޯޓު ފަނޑިޔާރު ރިޢާޔަތްކުރިގޮތ މި ރައުޔުގެ 18 ވަނަ ނަންބަރުގެ ދަށުން ބަޔާންކުރެވިފައިވާތީ މިތާގައި އެވާހަކަ އިތުރަށް ތަކުރާރު ނުކުރާނަމެވެ.
41އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތާއެކު އިސްތިއުނާފުކުރާ ފަރާތުން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ. އެއްބަސްވުން ބާޠިލުކޮށް ދިނުމަށް އެދި ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އެއްބަސްވނު ހެދި އިރު އޭނާ ހުރި ޙާލަތާއި، އޭނާގެ ދަރިން ވަންނާނެ ތަނެއް ނެތި މަގުމަތި ވެފައި ވުމުގެ އިތުރުން، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ތަނަކީ ޢަބްދުލްޣަނީ ޢަބްދުޣަފޫރުއަށް އޭނާ ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެމުއްދަތު ނުނިމެނީސް އެތާގައި ޢިމާރާތްކުރުމުގެ ހުއްދަ ދެވޭނެ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށާއި އެއްބަސްވުމުގެ މާއްދާއެއް ޤާނޫނާ ޚިލާފުވާ ކަމަށްވާނަމަ އެއްބަސްވުން ބާޠިލު ކުރެވޭނެ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
42ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމަކީ މައްސަލައިގެ ދަށުކޯޓަށް ހުށަހެޅުނު އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލައިގެ މައުޟޫގައި ނިންމާފައިވާ ނިންމުމެކެވެ. އެފަދައިން ކަނޑައެޅުން ޚިލާފުވަނީ ޤާނޫނީ އަދި ޝަރުޢީ ކޮން އުޞޫލަކާ ކަމެއް އިސްތިއުނާފުގައި ބަޔާންކޮށްފައި ނުވެއެވެ.
43ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022C/G2/30 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، މުޙައްމަދު އަޙްމަދުފުޅުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
44މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲ ގެރައުޔަށް ތާއިދުކުރަމެވެ.
45މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
46ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު) – އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ސުޕްރީމް ކޯޓުގެ 2019/SC-A/09 – ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް