ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/70
2015/HC-A/70، 2015/HC-A/70
2015/HC-A/70 (2015/HC-A/70, High Court of the Maldives, 10 October 2017)
2015/HC-A/70
މައްސަލައިގެ ޚުލާޞާ
އެއްބަސްވުން ސާބިތުވާކަމަށާއި ލާޒިމްކުރި އިލްތިޒާމްތައް އަދާނުކުރާކަމަށާއި ދަޢުވާކުރި ޢަދަދަށް އިންކާރުނުކުރާތީ، އެ ފައިސާ 18 މަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ހުޅުމާލޭގެ ރޯހައުސްއެއްގެ ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކާ ފައިސާ ޒަމާނަތްދޭ ފަރާތުން ދައްކައި، އޭގެ ބަދަލުގައި އޭނާއާއި ޢާއިލާ އެގޭގައި ދިރިއުޅުމަށް ވި އެއްބަސްވުމާ ޚިލާފަށް ގޭގެ ވެރިފަރާތުން ނުކުތުމަށް އެންގުމުން، ދައްކާފައިވާ ފައިސާ އެއްފަހަރާ ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ.
އިސްތިއުނާފުގެ ނުކުތާއަކީ ޝަރީޢަތަށް ހުށަހެޅިފައިނުވާ ހެކިތަކާއި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެވޭ ހެކި ބޭނުންކޮށް މައްސަލަ ސާބިތުވާކަމަށް ނިންމި ކަމަށެވެ.
މައިގަނޑު ސުވާލު
ކުރީގެ އެހެން ޤަޟިއްޔާއެއްގައި ނެގުނު ހެކިބަސް ބޭނުންކޮށް އެއްބަސްވުން ސާބިތުވާކަމަށް ނިންމުމަކީ ކުށެއްތޯއާއި، އެއްބަސްވުމާ ޚިލާފަށް ރޯހައުސްއިން ނުކުތުމަށް އެންގުމުން ދައްކާފައިވާ ފައިސާ އަނބުރާ ދޭންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުރީގެ ޤަޟިއްޔާގައި އެއްބަސްވުމުގެ ހެކިންގެ ހެކިބަސް ނަގާފައިވާއިރު އެ ބަޔާންތަކަކީ މައުޟޫޢާ ގުޅޭ ބަޔާންތަކަށްވެ އޭގެ ބޭނުން ނުކުރެވޭނެ ސަބަބެއް ނުދައްކާތީއާއި، އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުން ދައްކާފައިވާ ފައިސާ އެއްފަހަރާ ދިނުމަށްފަހު މެނުވީ ގެއިން ނުނެރެވޭތީ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެހެން ޤަޟިއްޔާއެއްގައި ނެގިފައިވާ ބަޔާންތަކާ ވާހަކަތަކަކީ ހުށަހެޅިފައިވާ ޤަޟިއްޔާގެ މައުޟޫޢާ ގުޅުންހުރި ބަޔާންތަކެއްކަމަށްވާނަމަ، އެޤަޟިއްޔާއާއި އެޤަޟިއްޔާގައި ހުށަހެޅިފައިވާ ހެކިތައް ޝަރީޢަތުން ބޭނުންކުރުމަށް ހުރަސްއެޅޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ދައްކާފައިނުވާ ޙާލަތުގައި، އެ ހެކިތައް ބޭނުންކުރުމުގެ ސަބަބުން ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ސަބަބެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރުމަކީ އެކަމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަކަށް އޭގެ ފަރުވާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ރޫޅާލުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ބަލަންވާނީ ޢަމަލުކުރެވޭނެ ކަމަށް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ސިވިލް ކޯޓުގެ 1187/MC/2008 (ހެކީގެ ގޮތުގައި)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް