ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/8
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު، 2025/HC-A/8
Bank of Maldives PLC v. Mohamed Jaaveedhu 2025/HC-A/8 (2025/HC-A/8, High Court of the Maldives, 25 August 2025)
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު
މައިގަނޑު ސުވާލު
ރަހުނު ނުހިމެނޭ ލޯނުގެ ދައުވާއެއްގައި، އެއްބަސްވުމުގެ ދަށުން ލޯނު ފައިސާ ދޫކުރިކަން ސާބިތުކުރާނެ ހެއްކެއް ނެތުމުން ދައުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން ނިންމުމަކީ ހެކި ވަޒަންކުރުމުގައި ނުވަތަ އެއްބަސްވުން މާނަކުރުމުގައި ހެދި ޤާނޫނީ ގޯހެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދައުވާގެ ވާޤިޢާ ދައުވާކުރާ ފަރާތުން ބަޔާންކުރާ ގޮތަށް އޮތްކަން ދަށުކޯޓުގައި ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ދައުވާކުރާ ފަރާތުގެ މައްޗަށެވެ؛ ލޯނު ދޫކުރިކަން ނުވަތަ ކާޑު މެދުވެރިކޮށް ހަމަޖެއްސިކަން ދައްކާނެ ހެއްކެއް ހުށަހަޅާފައި ނުވާނަމަ، ދައުވާ ސާބިތުނުވާކަމަށް ނިންމުމަކީ ހެކިތަކުން ނުރަނގަޅު ދޭހައެއް ނެރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ލޯނަށް އެދުމުގެ ސެންކްޝަން ސިޓީގެ ތާރީޚުން 90 ދުވަހުގެ ތެރޭގައި ޑިސްބާރސްމަންޓަށް އެދެންވާނެކަމަށާއި ނޫނީ ސެންކްޝަން ބާޠިލުވާނެކަމަށް އެއްބަސްވުމުގައި އޮތްއިރު، އެގޮތަށް އެދުނުކަން ނުވަތަ ފައިސާ ދޫކުރިކަން ހެކިތަކުން ނޭނގޭނަމަ، ދޫކުރި ލޯނަކަށް ފައިސާ ނުދެއްކިކަމަށް ބުނެ ކުރާ ދައުވާ ސާބިތެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ފަނޑިޔާރު ޙުކުމްކުރާނީ ހުށަހެޅިފައިވާ ދައުވާއަށާއި ހެކިތަކަށް ބިނާކޮށެވެ؛ ކަންހިނގާފައިވާ ގޮތާ ދިމާއިދިކޮޅަށް ދައުވާ ބިނާކުރުމުން ނުވަތަ އަސާސީ ހެކިތައް ހުށަނާޅުމުން، ފެންނަން ހުރި ހެކިތައް އެއްކިބާކޮށް ދައުވާކުރާ ފަރާތް އެދޭ ދޭހައެއް ފަނޑިޔާރަށް ނުނެރެވުމަކީ ފަނޑިޔާރު ހެދި ޤާނޫނީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ )މީގެ ފަހުން "ބޭންކ އޮފް މޯލްޑިވްސް"( ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށުހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައ އިސްތިއުނާފ ރައްދުވާ ފަރާތަކީގއ.ގެމަނަފުށި، ސޯމާ، މުޙައްމަދު ޖާވީދ އެވެ.
2ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައި ހުށަހެޅުނު ދައުވާއަކީ ގއ.ގެމނަފުށ، ސޯމާ، މުޙައްމަދު ޖާވީދުގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް އިނ 354,200/17ރ. )ތިންލައްކަ ފަންސާސްހަތަރުހާސް ދުއްސައްތަ ރުފިޔާ ސަތާރަ ލާރި( ގެ ލޯނެއި މުޙައްމަދު ޖާވީދުއަށ ދޫކޮށްފައި ވާއިރު،އެއްބަސްވެފައިވާ ގޮތަށާ ދަޢުވާލިބޭ ފަރާތުން ލޯނުގެ ފައިސާ އަދާކޮށްފައި ނުވާކަމަށް ބަޔާންކޮށަ،މި ލޯނަށް ދައްކަންޖެހޭ އެންމެހާ ފައިސާ، އިންޓްރެސްޓާއި ޖޫރިމަނާއާއެކު އެކީ އެއްފަހަރާ ހޯދުމް ށ އެދް ބޭންކ އޮފް މޯލްޑިވްސގް ފަރާތުން މުޙައްމަދު ޖާވީދުގެ މައްޗަށ ހުށަހެޅި ދައުވާއެވެ. . ރަޖިސްޓްރީ ނަންބަރު 22/1982-C . ދރއ.ސިވިލް ކޯޓުގެ ޙުކުމް
3ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނެ އަންނަނިވި ފަދައިންނވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ގއ.ގެމަނަފުށީ، ސޯމ މުޙައްމަދާ ޖާވީދު )ދރއ.( ގެ މައްޗަށް ކުޅަ މިދަޢުވާގައި ހިމެނޭ އެއްބަސްވުމުގެ ދަށުން އެފަރާތަށް ލޯނެއް ދޫކުރިކަން ޝަރީޢަތަށް ސާބިތުކުރެވޭފަދ ހެއްކެއް ހުށަހަޅާފައި ނެތުމާއެކު، މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
4ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރަމުންބޭންކ އޮފް މޯލްޑިވްސްގެ ފަރާތުނ އަންނަނިވި 02 )ދޭއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔގާ ދަޢުވެ ޝަރީޢަތަށްސާބިތުނުވާކަމަށް ކަނޑައަޅޯއި، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ސިވިލަ ކޓުން ނެރެފައިވާ ދޭހައަކީ ރަނގަޅްދޭހައެއް ކަމުގައިނުވާތީ އާއި ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކ ޚިލާފަށާ ކަމުގައިވާތީ، އެ ކަންކަމުން ކުރެވޭ ނުރަނގަޅު ދޭހައެއްގެ މައްޗަށް ބިނާކޮށް އަދި އެ ހެއްކަށް އެކަށީގެންވާ ބުރަދަނެއްނުދ މައްސަލީ ނިންމާފައިވަނީ، ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ )1 ( ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:އެއްބަސްވުމުގެ ދަށުން ބޭންކުން ލޯނު ޑިސްބަރސްކުރަންޖެހޭނެ ކަމަށް ބަޔާންކޮށް، ބޭންކުން ފައިސާ ދޫކޮށްފައިވާކަން ސާބިތުކުރެވެނީ ނެތްކަމަށް ކަނޑައީޅފައިވަނ އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު )2021/SC-A/53( ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް )2019/HC-A/384 ( ޤަޟިއްޔާ އަދި މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފް )2015/HC-A/164 ( ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްބަސްވުނ މާނަކުރުމުގެ އުޞޫލާއި ޤާނޫނއަސާސީގ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
5މ އިސްތިއުނާފުގައި ބޭންކް އޮފް މޯލްޑިވްސްގެފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ބޭންކ އޮފް މޯލްޑިވްސް އިން ލޯނެއް ދޫކޮށްފައިނުވާކަމަށްދަށުކޯޓުން މާނަކޮށްދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ އެއްބަސްވުމާއި ހުށަހެޅިފައިވާ ހެކިތަކުން ނުރަނގަޅު ދޭހައެއް ނެރެގެން ކަމަށެވެ. އެގޮތުން އެއްބަސްވުނ ވެފައިވާ ހާލަތަށް ބަލާއިރު، ކޮވިޑް 19 ގ ހާލަތުގައި ޓެކްނިކަލް މައްސަލައަކާހެދި މަސްވެރިޔާ ކާޑުން، ކާޑުގައި ނެތް ފައިސްނެގޭ ގޮތްވީ ކަމަށާއި، އެދުވަސްވަރު މުޙައްމަދު ޖާވީދުގެ މަސްވެރިޔާ ކާޑުންވެސް ކާޑުގައި ނެތް 354,200/17ރ. )ތިންލައްކަ ފަންސާސްހަތްރުހާސަ ދުއިސައްތަ ރުފިޔާ ސަތާރަ ލާރި( ނަގާފައިވާކަމަށެވެ. އެހެންކަމުން އެ ފައިސާ ދެއްކުމުގެ ގޮތުން، ލޯނެއްގެ ގޮތަށް ރީސްޓްރަކްޗަރކޮށް ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށް، ލޯނު އެކައުންޓެއް ހުޅުވީކަމަށެވެ.ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގައިވެސް އެ އެއްބަސްވުން ވެފައިވަނީ މަސްވެރިޔާ ކާޑުނ އިތުރަށް ނެގުން ފައިސު ދެއްކުމުގެ ގޮތުން ކަމަށ ބަޔާންކޮށްފައިވާކަމަށެވެ.
6ފަނޑިޔާރުން ކުރި ސުވާލުތަކަށް ޖަވާބުދެމުންބޭންކ އޮފް މޯލްޑިވްސް އިން ބުނެފައިވަނީ މަސްވެރިޔ ކާޑުނ އިތުރަށް ފައިސް ނަގާފައިވާތީ އެ ފައިސާ ދެއްކުމުގެ ގޮތުން، އެ ކާޑުގެ ބެލެންސް ސެޓްލްކޮށް، ލޯނެއްގެ ގޮތަށް ރީސްޓްރަކްޗަރކޮށް ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށް، ލޯނު އެކައުންޓެއް ވަކިން ހުޅުވީކަމަށެވެ. ނަމަވެސް އެކާޑުގެ ބެލެންސް ސެޓްލ ކުރިކަން ސާބިތުކޮށްދިނުމަށް ދަށުކޯޓަށް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ. އަދި މަސްވެރިޔާ ކާޑުގެ ބޭންކް ސްޓޭޓްމަންޓް ދަށު ކޯޓަށް ހުށަހަޅާފައިނުވާނެ ކަމަށެވެ. އެގޮތުން ދަށުކޯޓުގައި މައްސަލަ ކުރިއަށްގެންދެވުނީ އެފަދައިން ދައުވާ ބިނާކޮށްގެން ނޫންކަމަށެވެ. ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުން ވެފައިވަނީ އިންޓްރެސްޓް ނުހިމެނޭގޮތަށް ކަމަށެވެ. އެއްބަސްވުމާ ގުޅިގެނ އޫރާނީ ހަމައެކަނި ޖުރުމާނާ ކަމަށެވެ. އަދި އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ދކުރަންޖެހ ކަމަށް އޮތް އޮތުމަކީ އޮޅުމެއް ކަމަށެވެ. މުޙައްމަދު ޖާވީދުގެ ފަރާތުން 90 )ނުވަދިހަ( ދުވަހުގެ ތެރޭގައި ލޯނަކަށް އެދިފައިނުވާނަމަ، ސެންކްޝަން ސިޓީ ބާޠިލްވާނެކަމަށ އޮތް މާއްދާއަކީވެސ އޮޅުމަކުން އޮތް މާއްދާއެއް ކަމަށެވެ. ހަމައެހެންމެ މުޙައްމަދު ޖާވީދުގެ އެދުމަކަށް ދޫކުރެވުނު ލޯނަކަށް ފައިސާ ދައްކާފައިނުވާކަމަށް ބަޔާންކޮށް ދަށް ކޯޓުގައު ދައުވާކުރެވުނީ އޮޅުމަކުން ކަމަށެވެ.މުޙައްމަދު ޖާވީދުގެ ފަރާތުނ އެފަދަ ލޯނަކަށް އެދިފައިނުވާކަމަށާއި ލޯނެއް ދޫކޮށްފައިނުވާކަމަށެވެ.ހަމައެހެންމ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު ފޯމުގައި އެދޭގޮތުގައި އިންޓްރެސްޓްނަގައިދިނުމަށް އެދިފައިވަނވެސީ އޮޅުމަކުން ކަމަށެވެ.މީގެ އިތުރުން މުޙައްމަދު ޖާވީދު މި ލޯނަށް ދެއްކި ފައިސާއަކީ ޖުރުމާނާއާއެކު ދެއްކި ފައިސާ ކަމަށާއި ބާކީ ފައިސާއަކީވެސް ޖުރުމާނާއާއެކު ހޯދަން އެދޭ ފައިސާ ކަމަށ ބޭންކް އޮފް މޯލްޑިވްސް އިނ ބުނެފައިވެއެވެ.
7މ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް އިން އެދިފައިވަންދަށ ކޯޓުނު ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ހެކިތަކުން ނުރަނގަޅު ދޭހައެއް ނެރެގެން ކަމަށ ކަނޑައަޅައިދިނުމާއެކު،އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާވާ ފާއިސ އާއާ އިތުރަށް އަރަމުންދާ ޖުރުމާނާ މުޙައްމަދު ޖާވީދުގެ ފަރާތުނ އެކީ އެއްފަހަރާ ބޭންކް އޮފް މޯލްޑިވްސް އަށް ދެއްކުމަށް މުޙައްމަދު ޖާވީދުގެ މައްޗަށް އަމުރުކޮށދިނުމަށެވެ.
8ޖަވާބުގައި މުޙައްމަދު ޖާވީދުގެ ފަރާތުން ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ދައުވާގައް ފާހަގަކުރި ފަދައިން ލޯނަކަށް އެދިފައިނުވާނެ ކަމަށާއި ލޯނެއް ލިބިފައިވެސް ނުވާކަމަށެވެ. މަސްވެރިޔާ ކާޑުން ނަގަމުން ދިޔަ ފައިސާއަކީ ކާޑުގައި ހުރިކަމަށް ދެއްކި ފައިސާ ކަމަށާއި ކާޑުގައި ނެތް ފައިސާއެއް ނުނަގާކަމަށެވެ. އެގޮތުން އެ ކާޑަށް މުޙައްމަދު ޖާވީދުވެސ ފައިސް ޓޮޕްއަޕް ކުރިކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ހޯދުމަށް އެދް އެންމެހައި ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ފައިސާކަން އެފަރާތުން ސާބިތުކޮށްދީފައި ނުވާކަމަށެވެ. އެކަމަށް އެދުމުންވެސް ސްޓޭޓްމަންޓް ދީފައިނުވާކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރީ ބޭންކް އޮފް މޯލްޑިވްސް އިން މަނީލޯންޑްރިންގ ގެ ދައުވާކުރާނ ކަމަށެ ބުނުމުން ކަމަށެވެ. ނަމަވެސް މިކަން އެއްވެސް އިދާރާއަކަށް ހުށަނާޅާ ކަމަށެވެ. އަދި ފުރަތަމަ 2 ޕޭމަންޓް އަމިއްލައަށް ދެއްކި ކަމަށެވެ.އެއީމުޙައްމަދ ޖާވީދ އަކީ ވިޔަފާރިވެރިއަކަށް ވެފައި އެކައުންޓްތައް ފްރީޒްކުރުމުން އެހެންގޮތެއ ނެތުމުން ކަމަށެވެ.ނަމަވެސް ފަހުނ ބޭންކް އޮފް މޯލްޑިވްސް އިނާމުޙައްމަދު ޖާވީދުގެ އެކައުންޓްތަކުން ފައިސްއނިކުރަމުނ ދިޔައީ ކަމަށެވެ.އެހެންކަމުން ދަށުކޯޓުގެ ނިންމުން ބާޠިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުން އެދޭ ކަމަށެވެ. އަދިމުޙައްމަދު ޖާވީދީ ގ ފަރާތުން އެއްބަސްވުމުގައިވާގޮތަށ ލޯނަކަށް އެދިފައިވެސް ނުވާތީ އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށެވެ. މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް އިން ހުށަހަޅާ ޤާނޫނީ ބަހުސް
9މި މައްސަލައިގައި ހުށަހެޅިފައިވާ 2 )ދޭއް( އިސްތިއުނާފީ ނުކުތާވެސް ބިނާކޮށްފައިވަނިބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ދޫކޮށްފައިނުވާކަމަށް ބަލައި ދައުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ހެކިތަކުން ރަނގަޅުނޫން ދޭހައެއް ނެރެގެން ކަމަށް ބުނެ އެކަމުގެމައްޗަށެވެ. އެގޮތުން ކަންހިނގާދިޔަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ހެކިވަޒަންކުރންޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ.
10މި މައްސަލައިގައި ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
10.1. އެއްބަސްވުމުގެ ފެށޭ ބައިގައި "03 އެޕްރީލް 2019 ގައް ތިޔަ ފަރާތަށް ދޫކުރެވިފައިވާ އޮޑިވެރިޔާ ކާޑު ބޭނުންކުރައްވައިގެން ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަންގަވާފައިވ ފައިސާ އަނބުރާ ދެއްކެވުމުގ އުސޫލުގެ ދަށުނ ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކާއި މި އެއްބަސްވުމުގެ ބައެއް ކަމުގައިވާ މި އެއްބަސްވުމްއެކު ދޫކުރެވިފައިވާ ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ އާންމު ޝަރުތުތަކުގެ މަތިން، ތިޔަފަރާތުގެ ކާޑުގައިވާ ޖުމްލަ ބާކީ ލޯނަކަށް ބަދަލުކޮށް އަންނަނިވިގޮތަށް ރީސްޓްރަކްޗަރ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
10.2. ލޯނުގެ އަދަދަކީ 354,200/17 ރ. )ތިންލައްކަ ފަންސާސްހަތަރުހާސް ދުއިސައްތަ ރުފިޔާ ސަތާރަ ލާރި( ކަމަށެއ އެއްބަސްވުމުގ 3 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އެއްބަސްވުމުގައި ފުރަތަމަ ފުރިހަމަކުރަންވީ ޝަރުތުތައް އެ އެއްބަސްވުމުގ 6 ވަން މާއްދާގައި ބަޔާންވެގެންވާއިރު، އެ މާއްދގައާ އޮތި ލޯނު ފައިސާ ބޭނުންކުރެވޭނީ އެއްބަސްވުމާއެކު ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ އާނމ ޝަރުތުތައް ޤަބޫލުކޮށް ސޮއިކުރުމުން ކަމަށެވެ.
10.3. އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ )ހ( ގައި ފައިސާދޫކުރެވޭނެ ގޮތް ބަޔާންކޮށް، އެ މާއްދާގެ )ށ( ގައި ސެންކްޝަން ސިޓީގެ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ޑިސްބާރސްމަންޓަށް އެދެންވާނެކަމާއި، އެފަދައިން އެދިފައިނުވާނަމަ ސެންކްޝަން ސިޓީ ބާޠިލްވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
11އެހެންކަމުނ ދަށް ކޯޓުގައު ދައުވާ އެމައްޗަށް ބިނާކުރި މި އެއްބަސްވުމަށް ބަލާއިރްބޭންކ އޮފް މޯލްޑިވްސް އިނ ލޯނެއް ދޫކުރަންޖެހޭ ކަމާއި، އެ ލޯނު ދޫކުރަންޖެހެނީ ސެންކްޝަން ސިޓީގެ ތާރީޚުން ފެށިގެން 90 )ނުވަދިހަ( ދުވަހުގެ ތެރޭގައިކަން އެނގެއެވެ. އެފަދައިން އެކަން ކޮށްފައިނުވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
12އިސްވެ ބުނެވުނުއެއްބަސްވުމުގެ ދަށުން ލޯނެއް ދޫކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ ހެއްކެއް ނެތުމާއެކު ދައުވުސާބިތުނުވާކަމަށ ސިވިލް ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.
12.1. އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ލޯނުނަގާ މަޤްސަދުގެ ގޮތުގައި ލޯނުނަގާފަރާތުގެ ނަމުގައިވާ އޮޑިވެރިޔ ކާޑުގައިވާ ޖުމްލަ ބާކީ ދައްކާ ޚަލާސްކުރުމަށް މިފަދައިން ބަޔާންކޮށްފައިވާއިރު މ މާއްދާގެ ދަށުން މުޙައްމަދު ޖާވީދުގެ ކާޑު އެކައުންޓަށް ފައިސްޖަމާކުރިކަން އެނގޭ ލިޔުމެއް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައި ނުވުން.
12.2. މުޙައްމަދު ޖާވީދުގެ ނަމުގައިވާ އޮޑިވެރިޔާ ކާޑު ބޭނުންކޮށްގެން އެކާޑުގެ ބާކީއަށްވުރެ އިތުރަށް ފައިސް ނަގާފައިވާކަމަށ ބޭންކް އޮފް މޯލްޑިވްސް އިން ބަޔާންކުރާއިރު އިތުރަށް ނަގާފައިވާ ފައިސާއަކީ ކޮންގޮތަކުން ނަގާފައިވާ ފައިސާއެއްކަން އަދި ފައިސާ ނަގާފައިވާނަމަ އެނގި މިންވަރެއް ޝަރީޢަތަށް ސާބިތުކޮށްދޭފަދަ ހެއްކެއް ހުށަހަޅާފައި ނެތުން. . ދަށުކޯޓުގެ ރިޕޯޓުގެ 8.3 ވަނަ ނުކުތާ . ދަށުކޯޓުގެ ރިޕޯޓުގެ 8.3 ވަނަ ނުކުތާ
12.3. ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ގުޅިގެން މުޙައްމަދު ޖާވީދުގެ ފަރާތުން ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވާއިރު އެ ފައިސާއަކީ މުޙައްމަދ ޖާވީދުގެ އެކި އެކައުންޓުތަކުން ބޭންކް އޮފް މޯލްޑިވްސް އިން އުނިކުރުފައިސާކަމަށ މުޙައްމަދް ޖާވީދު ބުނުމުން އެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން އިއުތިރާޟްކޮށްފައިނުވުނ، މިއެވެ. ދަށުކޯޓުން އެއްބަސްވުން މާނަކުރުމުގައި ޤާނޫނީ ގޯހެއް ހަދާފައިވޭތޯ؟
13އިސްވެ ބުނެވުނު ސަބަބުތައް ސިވިލް ކޯޓުން އެގޮތުގައި ފާހަގަކޮށްފައިވާއިރު، ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގައްބަޔާންކުރ ލޯނާ ފައިސު އަކާ އެއްބަސްވުމާ އެއްގޮތަށް ދޫކުރެވުނު ފައިސާއެއްކަން ސާބިތުކޮށްދިނުމަށް ދަށުކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭންކ އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ. އަދި އެއްބަސްވުމާއެއްގޮތަށް ލޯނެއް ދޫކޮށްފައިނުވާނ ކަމަށެ ބޭންކް އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ.އެގޮތުން މުޅި މުޢާމަލާތަކީ މަސްވެރިޔާ ކާޑުނ އިތުރަށް މުޙައްމަދު ޖާވީދު ނަގާފައިވާ ފައިސާތަކެއް ހޯދުމަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިނ ފާހަގަކުރާއިރް، މުޙައްމަދު ޖާވީދުގެ މަސްވެރިޔާ ކާޑުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ދައުވާގައި ބަޔާންކުރާ މިންވަރުގެ ފައިސާ އެކާޑުނ މުޙައްމަދް ޖާވީދު ނަގާފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިނުވާކަމަށް ބޭނި ކ އޮފް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
14ޕްރިސިޑެންސް 1އެހެންކަމުން، އެއްބަސްވުމުގ 4 ވަނަ މާއްދާގައި ބަޔާންކުރާ ލޯނު ދޫކުރެވުނުކަން އެނގޭނެ ހެއްކެއް ނުވަތަ އެ ލޯން،ކާޑު މެދުވެރިކޮށް ނަމަވެސް ހަމަޖެއްސިކަން އެނގޭނެ ހެއްކެއްދަށުކޯޓަށ ހުށަހަޅާފައިނުވާއިރް،ދަށުކޯޓުން އެއްބަސްވުން މާނަކޮށްފައިވަނީ އަދި ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ހުށަހެޅުނު ހެއްކަށް ރިޢާޔަތްނުކޮށް ކަމަށް ނުވަތަ ހުށަހެޅުނު ހެކިތަކުން ރަނގަޅުނޫން ދޭހައެއް ނެރެގެން ކަމަށ މާނަކުރެވޭނިޤާނޫނީ ހަމައެއްބޭންކ އޮފް މޯލްޑިވްސް އަށް މި އިސްތިއުނާފުގައި ބުނެދެވިފައިވާކަމުގައ އަހުރެން ނުދެކެމެވެ. މި މައްސަލައިގެ ވާގިއާ އޮތީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބަޔާންކުރާ ގޮތަށް ކަމަށް ވާނަމަ، އެކަން އެގޮތުގައި އޮތްކަން ދަށުކޯޓުގައި ސާބިތުކޮށްދިނުމުގެ ބުރަ ދައުވާކުރިބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް އޮތް އިރު،ދަށުކޯޓްގައު އެފަދައިން އެކަން ބޭންކް އޮފް މޯލްޑިވްސް އިން ސާބިތުކޮށްދީފައިނުވެއެވެ.
15ޕްރިސިޑެންސް 2މީގެ އިތުރުން އެއްބަސްވުމުގ 7 ވުނ މާއްދާގަ )ށ( އަށް ބަލާއިރު، ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ސެންކްޝަން ސިޓީގެ )އެއްބަސްވުމުގް( ތާރީޚުން ފެށިގެން 90 )ނުވަދިހަ( ދުވަހުގެ ތެރޭގައި، އ ސެންކްޝަން ސިޓީގައިވާ އެންމެހައި ލިއުންތައް ފުރިހަމަކުރުމަށް ފަހު ޑިސްބާރސްމަންޓަށް އެދެންވާނެކަމާއި، އެމުއްދަތުގެ ތެރޭގައި ޑިސްބާރސްމަންޓަށް އެދިފައިނުވާނަމަ އ ސެންކްޝަން ސިޓީބާޠިލުވާނެކަމަށް ބާޔަންކޮށްފައ އެބައޮތެވެ. ކަން މިހެން އޮތް ނަމަވެސް، އެފަދައްނ މުޙައްމަދް ޖާވީދު ޢަމަލުކޮށްފައިވާކަން އެނގެން ނެތެވެ. އެހެންކަމުނ އެއްބަސްވުމުގ 7 ވަނަމާއްދާއަށް ބަލާއިރުވެސް،މިއީ ބޭންކް އޮފް މޯލްޑިވްސް އިން އެދިފައިވާ ފަދައިން ދައުވާ ސާބިތުކުރެވެނީ އޮތް މައްސަލައެއް ނޫންކަން ސާފެވެ. އެހެންމީޙައްމަދު ޖާވީދުގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ކުރި ދައުވާއެއްކަމުގައި ބަޔާންކޮށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ )2010/SC-A/02( ޤަޟިއްޔާ - ފާހަގަކުރެވުނު ނުކުތާތައް )ނ( BML/VILB/MCOD-35/2020/001 ސެންކްޝަން ސިޓީ - 7 ވެނ މާއްދާގަ )ށ( އެމޭރުމުން ދަށުކޯޓުގައި މައްސަލަ ބިނާކޮށްފައިވާއިރު، މިއީ މި މައްސަލައިގައި ހުށަހެޅި ހެކިތަކުން ސާބިތުކުރެވެނީ އޮތް ކަމެއް ނޫނެވެ.މުޙައްމަދު ޖާވީދުގެ ފަރާތުން ލޯނަކަށް ނުވަތަ ކްރެޑިޓް ފެސިލިޓީއަކަށް އެދިފައވާކަންވެސ ހެކިތަކުން އެނގޭކަށް ނެތެވެ.
16ޕްރިސިޑެންސް 3މައްސަލައެއްގައ ފަނޑިޔާރި ޙުކުމު ކުރާން ހުށަހެޅިފައިވާ ދައުވާއަށާއި ހެކިތަކަށް ބިނާކޮށެވެ. ކަން ހިނގާފައިވާގޮތުގެ ދިމްއިދިކޮޅަށް ދައުވާ ބިނާކޮށް ދައުވާކުރުމުން، ނުވަތަ ކަމާގުޅޭ އަސާސީ ހެކިތައް ހުށަހަޅާފައިނުވުމުން، ފެންނަން ހުރި ސާފު ހެކިތައް އެއްކިބާކޮށް ދައުވާކުރާފަރާތުނ އެދް ދޭހައެއް ފަނޑިޔާރަށް ނުނެރެވުމަކީ ޤާނޫނީގޮތުން ފަނޑިޔާރު ހެދި ގޯހެއްކަމަށް ބަލަންޖެހޭ ޤާނޫނީ އަސާސެއް ނެތެވެ.
17އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރ 267-CVC-2024 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. ފ ނޑިޔާރ މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާ
- ދެފަރާތުގެ ސެންކްޝަން ސިޓީ / އެއްބަސްވުމުގެ 4 ވަނަ އަދި 7 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- 2021/SC-A/53، 2019/HC-A/384، 2015/HC-A/164 (އެއްބަސްވުން މާނަކުރުމާބެހޭ؛ އިސްތިއުނާފީ ނުކުތާގައި)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް