ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A-02/2
އަޙްމަދު ތައުފީޤު ވ. ގަސްހިޔާ މޯލްޑިވްސް، 2022/HC-A-02/2
Ahmed Thaufeeq v. Gashiyaa Maldives 2022/HC-A-02/2 (2022/HC-A-02/2, High Court of the Maldives, 23 October 2022)
އަޙްމަދު ތައުފީޤު ވ. ގަސްހިޔާ މޯލްޑިވްސް
މައިގަނޑު ސުވާލު
މަސައްކަތުގެ އަގަކަށް ބިމުގެ ދެބުރި 5 އަހަރަށް ކުއްޔަށް ދިނުމަށް ހެދި ޤާނޫނީ ޚިދުމަތުގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ސިވިލް ކޯޓުން އަމުރުކުރީ އެއްބަސްވުމުގެ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބެލުމަކާ ނުލައިތޯ؛ އަދި ސުޕްރީމް ކޯޓުން މައުޟޫޢުގައި ބަލަން ފޮނުވުމުން، މައްސަލައިގެ ވާޤިޢާތައް ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމުގެ ދަށުން ބިމުގެ ބުރިތައް ޙަވާލުކުރަންޖެހެނީ ކުރީގެ ޢިމާރާތްކުރުމުގެ އެއްބަސްވުން ބާޠިލުކުރެވި ނުވަތަ ނިމުމަކަށް ގެނެވި ޢިމާރާތް ވެރިފަރާތުގެ ބެލުމުގެ ދަށަށް އައުމުން ކަމަށްވާއިރު، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަމުރުކުރުމުގެ ކުރިން، އެ ޝަރުޠު ފުރިހަމަވެ ޢިމާރާތް ވެރިފަރާތުގެ ބެލުމުގެ ދަށަށް އައިތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ބަލައި ގޮތް ކަނޑައަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24.1، 24.2)
- ޤާނޫނީ ޚިދުމަތެއް ކޮށްދިނުމަށް ހެދޭ އެއްބަސްވުމެއްގައި، އެ ޚިދުމަތުގެ އަގަކަށް މުވައްކިލުގެ މުދަލެއް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާނަމަ، އެއީ ލީގަލް ޕްރޮފެޝަންގައި ވެވިދާނެ އެއްބަސްވުމެއްތޯއާއި، އެ ދުވަސްވަރު ޤާނޫނީ މަސައްކަތުގެ ފީ ނެގުމާ ބެހޭ ޤަވާޢިދުތަކުގެ ދަށުން އެފަދަ ގޮތަކަށް ފީ ނެގުމަށް އެއްބަސްވެވިދާނެތޯއާއި، އެއީ ފީގެ އެއްބަސްވުމެއްތޯ ނުވަތަ ކުލީގެ އެއްބަސްވުމެއްތޯ ދަށުކޯޓުން ބަލައި ކަނޑައަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24.3، 24.4)
- މުވައްކިލުގެ ޞިއްޙީ ޙާލަތާއި ޚާއްޞަކޮށް މެންޓަލް ކެޕޭސިޓީއާ ބެހޭ ލިޔުންތައް ހުށަހެޅިފައިވާ ޙާލަތެއްގައި، ޤާނޫނީ ޚިދުމަތް ދޭ ފަރާތާއި މުވައްކިލާ ދެމެދު އޮންނަންޖެހޭ ފިޑިއުޝަރީ ގުޅުން ރައްކާތެރިކުރެވިފައިވޭތޯ، އެފަދަ އެއްބަސްވުމެއް ތަންފީޒުކުރުމުގެ މައްސަލައެއްގައި ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24.5)
- މައްސަލައިގައި ސާފުނުވާ ވާޤިޢާތަކާއި ދަށުކޯޓުން ޤާނޫނީ ގޮތުން ކަނޑައަޅަންޖެހޭ ކަންކަން ހުރިނަމަ، ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލައިގެ ވާޤިޢާ ކަށަވަރުކޮށް އަލުން ބެލުމަށް ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާ ގައި މާލެ، […] އަޙްމަދު ތައުފީޤް (ދރއ ގެ ފަރާތުން އިސްތިއުނާފުކުރުމުން އެ މައްސަލައިގެ މައުޟޫޢުގައި ގޮތް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުން، އެ ޤަޟިއްޔާ މާލެ، […] އަޙްމަދު ތައުފީޤގް ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން އެކޯޓުގެ ނަންބަރު 2021/SC-A/11 ޤަޟިއްޔާއިން އެމައްސަލަ ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރުމުން ބެލި ނަންބަރު 02/2-A-2022/HC ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ މާލެ، […] އަޙްމަދު ތައުފީޤއެވެ. އދ އިސްތިއުނާފުރައްދުވ ފަރާތަކާ ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ގަސްހިޔާ މޯލްޑިވްސް" ނުވަތަ "ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" މިފަދައިން ބަޔާންކުރެވިފައި، ރަޖިސްޓްރީ ނަންބަރު 792/2014-C) އެވެ.
3މާލެ، […] އަޙްމަދު ތައުފީޤްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ […] ކިޔާ ގޯތީގައި 05 (ފަހެއް) ބުރީގެ އައު އިމާރާތެއް ބ. އޭދަފުށި، ޕޭންޓްލޭންޑް، އަޙްމަދު ލަބީބގެ އަމިއްލު ޚަރަދުގައި ކުރުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި 28 މޭ 2007 ގައި ލިއުމުން އެއްބަސްވުމެއް ވެފައި ވެއެވެ. މި އެއްބަސްވުން ބާޠިލުކޮށް ނިމުމަކަށް ގެނައުމަށް އެދި އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1604/Cv-C/2015 ޤަޟިއްޔާ ހުށަހެޅިއެވެ. މި ޤަޟިއްޔާގައި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން މީހަކު ފޮނުވައިގެން އަޙްމަދު ތައުފީޤްގެ ބަދަލުގައި ޝަރީޢަތުގެ މަޖިލީހުގައި ދައްކަންޖެހޭ ވާހަކަ ދައްކައި ލިޔެކިއުން ތައްޔާރުކުރުމުގެ މަސައްކަތް ގަސްހިޔާ މޯލްޑިވްސްއާ ހަވާލުކޮށް އެކަމަށް މި ދެފަރާތުގެ ދެމެދުގައި 27 އޮގަސްޓް 2015 ގައި އެއްބަސްވުމެއް ވެވުނެވެ.
427 އޮގަސްޓް 2015 ގައި މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ގަސްހިޔާ މޯލްޑިވްސްއިން ކޮށްދޭ މަސައްކަތުގެ އަގުކަމުގައި ދެފަރާތުން އެއްބަސްވެފައިވަނީ، […] ކިޔާ ގޯތީގައިވާ އިމާރާތުގެ އެންމެ ތިރީ ދެ ބުރި ގަސްހިޔާ މޯލްޑިވްސްއަށް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީގެން އެ މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް ބެލެވޭ ކުލީގެ ފައިސާއެވެ.
527 އޮގަސްޓް 2015 ގައި ގަސްހިޔާ މޯލްޑިވްސއާއް އަޙްމަދު ތައުފީޤްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމަސައްކަތް ގަސްހިޔާ މޯލްޑިވްސްއާ ޙަވާލުކުރުމުން 28 އެޕްރީލް 2016 ގެ ނިޔަލަށް އެހުރިހާ މަސައްކަތެއް ފުރިހަމަކޮށް ނިމިފައިވަނިކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރާނކަމަށ އަޙްމަދް ތައުފެޤ ބުނާކަމަށް ބަޔާންކޮށް، އެ އެއްބަސްވުމާ އެއްގޮތަށް […] އެވެކިޔާ ގޯތީގެ ތިރީ ދެ ބުރި (ގްރައުންޑް އަދި ފަސްޓް) ގަސްހިޔާ މޯލްޑިވްސްއާ ޙަވާލުކުރުމަށް އަޙްމަދް ތައުފީޤށަ އަންގައިދިނުމަށް އެދި ގަސްހިޔާ މޯލްޑިވްސގް ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާ ގައި ދަޢުވާ ހުށަހެޅިއެވެ. . […] އަޙްމަދު ތައުފީޤް އަދި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 27 އޯގަސްޓް 2015 ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ 02 ވަނަ ނަންބަރު .
6ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާގައި އަޙްމަދު ތައުފީޤްގެ ފަރާތުން އިސްތިއުނާފު ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައިގެ މއ ޟު ޢޫމެދ ދިވެހިރާއްޖޭގު ހައިކޯޓުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރިއެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/620-019/HC2 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ ނަންބަރު 2021/SC-A/11 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، މައްސަލައިގެ މައުޟޫޢާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލޭ ކުރެވް ފައިވެއެވެ.
8މިއީ އެފަދައިން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލްކުރުމުން ބެލި ޤަޟިއްޔާއެވެ.
9ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން […] / މާލެ އަޙްމަދު ތައުފީޤްއާއި ގަސްހިޔާ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 27 އޯގަސްޓް 2015 ގައި ވެފައިވާ އެއްބަސްވުމަށް ދެފަރާތުން އިޙްތިރާމްކޮށް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދަޢުވާލިބޭ، […] / މާލެ އަޙްމަދު ތައުފީޤުއަށް އަންގައި، ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކތާތައު
10ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާ ގައި އިސްތިއުނާފުކުރަމުން މާލެ، […] އަޙްމަދު ތައުފީޤގް ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: އަޙްމަދު ތައުފީޤްއާއި ގަސްހިޔާ މޯލްޑިވްސްއާ ދެމެދު 27 އޮގަސްޓް 2015 ގައި ވެފައިވާކަމަށް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ބުނާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ގަސްހިޔާ މޯލްޑިވްސް އިން ފުރިހަމަ ކުރުމަކާނުލައި، އެކަންކަން ވަނީ 28 އެޕްރީލް 2016 ގެ ނިޔަލަށް ފުރިހަމަ ކޮށްފައި ކަމަށްބުނެ، ޙަޤީޤަތާ ޚިލާފަށް، ގަސްހިޔާ މޯލްޑިވްސގް ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 754/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމަށް އަޙްމަދު ތައުފީޤަށް އަންގައި ޙުކުމް ކުރިއިރު، އެއްބަސްވުމާ އެއްގޮތަށް ދަޢުވާކުރި ފަރާތުން ޢަމަލުކޮށްފައި ނުވާކަމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ދެފަރާތުން ފުރިހަމަ ކުރުން ލާޒިމުކުރާ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާއިރު އަދި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާ އެއްގޮތަށް އަޙްމަދު ތައުފީޤްގެ ފަރާތުން ކޮންޓްރެކްޓްގައިބުނާ އެއްވެސް ކަމެއް ފުރިހަމަ ކުރުމުގައި އެއްވެސް ދުލެއް ދީފައި ނުވަނީސް، އަދި ކޮންޓްރެކްޓްގައި ބުނެފައިވާ ކަންކަން ފުރިހަމަ ވެފައިވޭތޯ ބެލުމެއް ނެތި، ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: އަޙްމަދު ތައުފީޤްއާއި ގަސްހިޔާ މޯލްޑިވްސްއާ ދެމެދް 27 އޮގަސްޓް 2015 ގައި ވެފައިވާކަމަށް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ވަރަށް ބޮޑެތި އޮޅުވާލުންތަކާއ ޤާނޫނި އެތައް މައްސަލަތަކެއް ހުރި ތަންފީޒު ކުރެވެންނެތް އެއްބަސްވުމަކަށް ވާއިރު، އަދި މިހާރު ކޮންޓްރެކްޓް އެކަމަކަށް އެކުލަވާލެވުނު މަޤްޞަދު ހާސިލްކުރެވޭނެ އެއްވެސްގޮތެއް ނެތްއިރު، އެކަންކަން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށް ދެއްކި ވާހަކަތަކަށް ރިޢާޔަތްކް ރ މެއްނެތު އެއްބަސްވުމަށް ޢަމަލުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 754/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: […] ޢިމާރާތް ކުރުމާބެހޭގޮތުން އަޙްމަދު ލަބީބު އާއި އަޙްމަދު ތައުފީޤްއ ދެމެދާ ވެފައިވާ އެއްބަސްވުމަށް ނިމުން ގެނެސްދީ އަޙްމަދު ތައުފީޤްގެ ޙައްޤު ހޯދައިދިނުމަށް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެންމެހައި މަސައްކަތްތައް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކޮށްދިނުމުގެ ބަދަލުގައި އޮޅުވާލުމެއްގެ ތެރެއިން ގަސްހިޔާ މޯލްޑިވްސްގެ ނަމުގައި ގަސްހިޔާ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު، ދަފްތަރު ނަންބަރު 2894 / މާލެ، އިބްރާހީމް ތައުފީޤް، މަސައްކަތާ ހަވާލުވެފައިވާއިރު، އަދި ކޮންޓްރެކްޓާ ގުޅިގެނަ އެފަރާތަށް ލާޒިމްކޮށްފައިވާ ކަންކަން ޝަރީޢަތުގައި ފާހަގަކުރުމުންވެސ އެކަންކަމަށް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
11އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަޙްމަދު ތައުފީޤްގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ޢަމަލުކޮށްފައި ނުވާކަމަށާއި، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ) ދަށުން ދެފަރާތުން ފުރިހަމަ ކުރުން ލާޒިމުކުރާ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާއިރު އަދި (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާ އެއްގޮތަށް އަޙްމަދު ތައުފީޤްގެ ފަރާތުން ކޮންޓްރެކްޓްގައި ބުނާ އެއްވެސް ކަމެއް ފުރިހަމަ ކުރުމުގައި އެއްވެސް ދުލެއް ދީފައި ނުވަނީސް، އަދި ކޮންޓްރެކްޓްގައި ބުނެފައިވާ ކަންކަން ފުރިހަމަ ވެފައިވޭތޯ ބެއްލެވުމެއް ނެތި، ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށެވެ. އަދި ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ޤާނޫނީ މައްސަލަތަކެއް ހުރެ، ތަންފީޛްކުރެވެން ނެތް އެއްބަސްވުމަކަށްވާއިރު، މައްސަލައިގައި ޙުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.އަދި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން މަސައްކަތާ ޙަވާލުވެފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުން ކަމަށެވެ.
12ޖަވާބުގައި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގެ ޙުކުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަ މުން އެ ޙުކުމް ދަމަހައްޓައިދިނުން އެދޭކަމަށެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/620 ޤަޟިއްޔާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައި ބަޔާންކުރައްވާފައިވާ ކަންކަމަކީ މި މައްސަލައިގައި އަހުރެންވެސް ފާހަގަކުރަންހުރި ކަންކަން ކަމުގައިވާތީ، ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައި ބަޔާންކުރައްވާފައިވާ އަންނަނިވި ކަންކަން އެގޮތުގައި މި މައްސަލައިގައި ހިމަނާލަމެވެ.
14މާލެ، […] އަޙްމަދު ތައުފީޤް އާއި ބ.އޭދަފުށި، ޕޭންޓްލޭންޑް، އަޙްމަދު ލަބީބއާ ދެމެދު ވެވުނު އެއްބަސްވުން.
14.1. މަތީގައި ބަޔާން ކުރެވުނު އެއްބަސްވުމާއި އެއްގޮތަށް އަޙްމަދު ލަބީބު […] ހަދަން ބުނި 5 ބުރީގެ ޢިމާރާތުގެ ތެރެއިން 4 ވަނަ ބުރިއާއި 5 ވަނަ ބ ރ ނުނިންމި ހުރުމުގެ ސަބަބުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރިކަމަށް ބުނެ އަޙްމަދު ތައުފީޤްގެ ފަރާތުން 13 މާރިޗް 2008 ގައި މަދަނީ ކޓަށޯ މައްސަލް ހުށަހެޅިއެވެ. އެމައްސަލަ މަދަނީ ކޯޓުގެ ނަންބަރު: 536/MC/2008 . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާ - ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު ޤަޟިއްޔާ އިން ބަލައި ޙުކުމްކޮށްފައިވަނ 23 ފެބްރުއަރީ 2009 ގައެވެ. އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު: " ބ.އޭދަފުށީ/ޕޭންޓްލޭންޑް ([…] ) އަޙްމަދު ލަބީބުގެ މައްޗަށް، […] އަޙްމަދް ތައުފީޤް ކުޅި މިދަޢުވާގައި، 28 ޖޫން 2007 ގައި ދެފަރާތުގެ ދެ މެދު ވެވުނު އެއްބަސްވުމާއި އަޙުމަދު ލަބީބު ޚިލާފުވެފައިވާތީ، އެއެއްބަސްވުން ބާޠިލްކޮށް އަޙްމަދު ތައުފީޤަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވުނު މިދަޢުވާއަށް، ދަޢުވާލިބޭ އަޙްމަދު ލަބީބު އިންކާރުކޮށް 28 މެއި 2007 ގައި ވެ ވުނު އެއްބަސްވުމުގެ ދަށުން އަޙުމަދު ތައުފީޤުގެ މައްޗަށް ލާޒިމުވާކަންތައް ނުކުރުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވަނީކަމަށާއި، އެގޮތުން އެއްބަސްވުމުގެ 07 ވަނަ މާއްދާގައި ވާގޮތަށް ކުއްޔަށްހިފާފައިވާ ތަން ބޭންކުން ލޯނެއް ނެގުމަށްޓަކައި ރަހުނުކޮށްދީފައިނުވާކަމަށާއި، 28 މެއި 2007 ގައި އެއްބަސްވުމެއް ލިޔެ […] 04 ވަނަ ބުރި އާއި 05 ވަނަ ބުރި ނިންމަންހރި ފައިސާގެ ތެރެއިނު -20,000/ރ( .ވިހިހާސް ރުފިޔާ) އަޙްމަދު ތައުފީޤް ހޯދާފައިވާކަމަށާއި، 05 ވަނަ ބުރިއާއި 04 ވަނަ ބުރި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ނުނިމުނީ ނަމަވެސު މައްސަލައެއްނެތްކަމަށް އަޙުމަދު ތައުފީޤްއާއި އަޙުމަދު ލަބީބުއާއި ދެމެދު ވެވުނު އެއްވަސްވުމުން އެނގޭތީ، […] 05 ބުރީގެ ޢިމާރާތެއް ހެދުމަށް އޙަ މަދު ލަބީބު އާއި، އަޙްމަދު ތައުފީޤާއ ދެމެދި ވެވުނު އެއްބަސްވުމަށް ލުޔެއްދީފައިވާކަން އަޙުމަދު ތައުފީޤުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، އަޙުމަދު ތަޢުފީޤ އެދުނުފަދައިން އަޙުމަދު ލަބީބުއާއި، އަޙްމަދު ތައުފީޤުއާއި ދެމެދުވެވުނު އެއްބަސްވުން ބާޠިލްކޮށް، […] އަޙުމަދު ލަބީބުގެ ފަރާތުންތިބި މީހުންނެރެ، ތަންހުސްކުރުމަށ އަޙްމަދް ލަބީބަށް އަންގާނެތަނެއް ނެތްކަމަށް އަޙްމަދު ތައުފީޤަށް އަންގައި" ޙުކުމް ކޮށްފައިވެއެވެ.
14.2. މ ތީގައ ބަޔާނި ކުރެވުނު، މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، […] އަޙްމަދް ތައުފީޤުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ، 20 މެއި 2009 ގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/134 ޤަޟިއްޔާ 27 ނޮވެމްބަރު 2011 ގައި ނިންމާ ޙުކުމް ކޮށްފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު: 536/MC/2008 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އަންނަނިވި ގޮތަށެވެ؛ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 536/MC/2008 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، މަދަނީ ކޯޓުގެ ނަންބަރު 536/MC/2008 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މައްސަލަ އިސްތިއުނާފްކޮށްފައިވާ އަޙްމަދު ތައުފީޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، […] ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި، ބ. އޭދަފުށި / ޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ ތަކެތީގައި 5 (ފަހެއ) ބުރީގެ ޢިމާރާތެއްގެ ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި، އަޙްމަދު ތައުފީޤުއާއި އަޙމަދް ލަބީބުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެމަތިން، މިއަދު 27 ނޮވެމްބަރ 2011 އިން ފެށިގެން ގިނަވެގެން މީލާދީ 7 (ހަތެއް) މަސްދުވަހުގެތެރޭގައި، […] ހަދަން ފަށާފައިވާ އިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރި އާއި 5 (ފަހެއް) ވަނަ ބުރި ފުރިހަމަ (ކޮމްޕްލީޓ) ކުރުމަށްފަހު، […] އަޙްމަދު ތައުފީޤުއާ ޙަވާލުކުރުމަށް އަޙްމަދު ލަބީބުއަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވ".
15އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2012 ވަނަ އަހަރު ހުށަހެޅި ނަންބަރު: 1007/Cv-C/2012 ޤަޟިއްޔާ:
15.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2009/HC-A/134 ޤަޟިއްޔާ ނިންމިފަހުން، އަނެއްކާވެސް، […] އަޙްމަދް ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2012 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މިމައްސަލައިގައި، […] އަޙްމަދު ތައުފީޤްގެ ފަރާތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޙަވާލު ކޮށްފައިވަނީ، ޢުމަރު ޒާހިރު ޢަބުދުއްޞަމަދު އާއެވެ. ނަމަވެސް، އެމައްސަލަ 06 ސެޕްޓެމްބަރު 2015 ގައި ޙުކުމްކޮށްފައިވަނީ މައްސަލަ ހުށަހެޅި އަޙްމަދު ތައުފީޤް ކޯޓަށް ޙާޟިރުވެފައި ނުވާތީކަމަށް ބުނެކަން އނެ ގެއެވެ. އެމައްސަލައިގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބ.އޭދަފުށި/ ޕެންޓްލޭންޑ އަޙްމަދް ލަބީބުގެ މައްޗަށް […] އަޙްމަދް ތައުފީޤްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހިންގުމަށްޓަކައި، ދަޢުވާކުރާ […] އަޙްމަދް ތައުފީޤު އާއި ޙަވާލުކުރުމަށްޓަކައި ފޮނުވުނު މިކޯޓުގެ ނަންބަރު 1/2015/1235-CR-B2 (02 ސެޕްޓެމްބަރު 2015) ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުވެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް، މަޤްބޫލު އެއްވެސް ޢުޒުރެއްނެތި ދަޢުވާކުރާ ފަރާތުން ކޯޓަށް ހާޟިރު ވެފައި ނުވާތީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި، ޢަމަލުރަންވީ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މިމައްސަލަ ކުރިއަށގެންދާން ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ. "
16އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2012 ވަނަ އަހަރު ހުށަހެޅި ނަންބަރު: 1324/Cv-C/2012 ޤަޟިއްޔާ:
16.1. […] އަޙްމަދު ތައުފީޤްގެ ފަރާތުން، ބ.އޭދަފުށި، ޕެންޓްލޭންޑް، އަޙްމަދު ލަބީބުގެ މައްޗަށް އެއްބަސްވުމާމެދު ޚިލާފު އުފެދިގެން 2012 ވަނަ އަހަރު ދެވަނަ ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލައިގައިވެސް، އަޙްމަދު ތައުފީޤްގެ ފަރާތުން ވަކީލެއްގް ގޮތުގައި މަސައްކަތް ކުރީ، ހުށަހެޅުނު ލިޔުންތަކުން އނެ ގެން އޮތް ގޮތުގައި، ޢުމަރު ޒާހިރު ޢަބުދުއްޞަމަދވެ. ނަމަވެސް ޤާނޫނީ ވަކީލުގެ ފަރާތުން އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށް ތުހުމަތުކޮށް، 10 ޖަނަވރަ 2016 ގައި، އަޙްމަދު ތައުފީޤްގެ ފަރާތުން މައްސަލަ ބާޠިލު ކުރުމަށްއެދި ސިވިލް ކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން، 13 ޖަނަވރަ 2016 ގައި އެމައްސަލަ ބާޠލިކޮށ ސިވިލް ކޯޓުން ނިންމިއެވެ. އެޤަޟިއްޔާގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބ.އޭދަފުށީ /ފެންޓްލޭންޑ އަޙްމަދް ލަބީބް މައްޗަށް […] / މާލެ އަޙްމަދު ތައުފީޤްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މިހިނދު ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް މި މައްސަލަ ބާޠިލުކޮށްދެއްވުނ އެދް އަޙްމަދު ތައުފީޤް 10 ޖެނުއަރީ 2016 މި ތާރީޚުގައި ސިޓީއަކުން މިކޯޓުގައި އެދިފައިވާތީ، އެ ގޮތުގެ މަތީން މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް، މިމައްސަލަ އިތުރަށް ބަލައި ކުރިއަންގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވ".
17އަޙްމަދު ތައުފީޤްގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2015 ވަނަ އަހަރު ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާ:
17.1. […] އަޙްމަދް ތައުފީޤްގެފަރާތުން، އަޙްމަދު ލަބީބުގެ މައްޗަށް 2015 ވަނަ އަހަރު ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާއަކީ، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު: 754/Cv-C/2018 ޤަޟިއްޔާގައި ބަޔާނެ ކުރް މައުޟޫޢު ގުޅިފައިވާ މައްސަލައެވެ. ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާގައި، […] އަޙްމަދު ތައުފީޤްގެ ފަރާތުން ޤާނޫން މަސައްކަތް ކޮށްދިނުމަށް، އެއްބަސްވުމެއް ހަދައި ސޮއިކޮށްފައިވަނީ، އަޙްމަދު ތައުފީޤި އާއި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެމެދުގައެވެ.
17.2. ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] އަޙްމަދް ތައުފީޤަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެނ ކުރިއަށް ގެންދިޔަ ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކާއި، މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކާއި، ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، […] /މާލެ، އަޙްމަދު ތައުފީޤްގެ ފަރާތުން ޕޭންޓްލޭންޑް ލަބީބުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލައަކީ، މަދަނީ ކޯޓުގެ ނަންބަރު: 536/MC/2008 ޤަޟިއްޔާއިން […] /މާލެ އަޙްމަދު ތައުފީޤްގެ ފަރާތުން ޕޭންޓްލޭންޑް ލަބީބުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/134 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު 536/MC/2008 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް ޙުކުމެއް ކަނޑައަޅުއްވާފައިވާ މައްސަލައެއްކަމުގައި ވީހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-SJ/03 ކޯޓު އަމުރާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2009/HC-A/134 ޤަޟިއްޔާއާއި، މަދަނީ ކޯޓުގެ ނަންބަރު 536/MC/2008 ޤަޟިއްޔާގއަ ބަލައި ފައިސަލާ ކުރެވިފައިވާ މައުޟޫޢގު އ […] / މާލެ އަޙްމަދު ތައުފީޤް ހުށަހަޅާފައިވާ މަސައްލައަކަށްވާތީ، "ރެސްޖުޑިކާޓާ" (res judicata) ގެ މަފްހޫމްގެ ދަށުން މިހިނދުގައި، މި މައްސަލަ މިމައުޟޫޢުގައ ބަލައި ކުރިއަށްގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމް ކޮށްފީމެވ".
17.3. […] އަޙްމަދް ތައުފީޤު އާއި ބ.އޭދަށުފި، ޕޭންޓްލޭންޑް، އަޙްމަދު ލަބީބުއާ ދެމެދު ވެފައިވާ، […] އެވެ ކިޔާ ގޭގައި 05 ބުރީގެ ޢިމާރާތެއް އެޅުމުގެ އެއްބަސްވުން ބާޠިލު ކުރުމަށް އެދި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނުވާފައިވަނީ، ޤާނޫނީ ވަކީލު ޢުމަރު ޒާހިރު ޢަބުދުއްޞަމަދުކަން ހުށަހެޅުނު ލިޔުންތަކުން އނެ ގެއެވެ. ނަމަވެސް ކުރިން ބަޔާން ކުރިހެން ރެސްޖުޑިކާޓާގެ މަފްހޫމާ ޙަވާލާދީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކުރިއަށްގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
18މިހާހިސާބުން، […] އަޙްމަދު ތައުފީޤަށް ޤާނޫނީ މަސައްކަތް ކޮށްދިން ފަރާތްތަކުން، ޤާނޫނީ މަސައްކަތުގެ އަގުގެ ގޮތުގައި އެފަރާތްތަކާއި […] އަޙްމަދް ތައުފީޤު ދެމެދާ ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ލިބެންޖެހޭ ޙައްޤުތައް ހޯދުމުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅިގެން ދިޔައެވެ.
19ޢުމަރު ޒާހިރު ޢަބުދުއްޞަމަދުގެ ފަރާތުން […] އަޙްމަދު ތައުފީޤގް މައްޗަށް 03 އޮގަސްޓް 2017 ގައި ހުށަހެޅި ނަންބަރު: 2054/Cv-C/2017 ޤަޟިއްޔާ:
19.1. މިޤަޟިއްޔާއަކީ، އަޙްމަދު ތައުފީޤު ގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2012 ވަނަ އަހަރު ހުށަހެޅި ނަންބަރު: 1007/Cv-C/2012 ޤަޟިއްޔާ ގައި ޢުމަރު ޒާހިރު ޢަބުދުއްޞަމަދުގެ ފަރާތުން ކޮށްދިން ޤާނޫނީ މަސައްކަތުގެ އަގު ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ. ސިވިލް ކޯޓުގެ ނަންބަރު: 1007/Cv-C/2012 ޤަޟިއްޔާ އެކޯޓުން ބާޠިލު ކޮށްފައިވަނީ، ދަޢުވާ ކުރާ ފަރާތް ކޯޓަށް ޙާޟިރު ނުވެގެންކަން އނެ ގެން އޮވެއެވެ. 16 އޮކްޓބަރޯ 2018 ގައި ސިވިލް ކޯޓުން ބަޔާންވެދިޔަ ޤަޟިއްޔާ ނިންމާ ކޮށްފައވި ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ދަފްތަރު .ނަންބަރު 5378/މާލެ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން […] /މާލެ އަޙްމަދު ތައުފީޤގް މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފަރާތުން ބުނެފައިވާ ފަދައިން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާއާ ޙަވާލަދީ އެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންވެގެންވާ -260,000/ރ. (ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 16 އޮކްޓޯބަރު 2018 އިން ފެށިގެން 30 (ތިރީސ) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލޞްކުރުމަށާ ދަޢުވާލިބުނު […] / މާލެ އަޙްމަދު ތައުފީޤްއަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވ".
19.2. އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: 2054/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ޑރ. އިސްހާޤް ޝަފީޤު ދޫކޮށްފައިވާ މެޑިކަލް ލިޔުމަކާއިއެކު 26 އޯގަސްޓް 2019 ގައި ހައިކޯޓަށް ހުށަހެޅިއެވެ . ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާފައި ނުވާތީ، އެޤަޟިއްޔާ އިސްތިއުނާފް ކުރުމުގެ ހުއްދަ ހައިކޯޓުން ދީފައެއް ނުވެއެވެ. އެހެންކަމުން، ސިވިލްކޯޓުގެ ނަންބަރު: C/2017-054/Cv2 ޤަޟިއްޔާގައި ސާބިތުވެފައިވާ -260,000/ރ. (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އަކީ […] އަޙްމަދް ތައުފީޤު ދައްކަން އޮތް ދަރަންޏަކަށް ވެގެން ދިޔައެވެ.
20ޢުމަރު ޒާހިރު ޢަބުދުއްޞަމަދުގެ ފަރާތުން […] އަޙްމަދް ތައުފީޤުގެ މައްޗަށް 03 އޮގަސްޓް 2017 ގައި ހުށަހެޅި ނަންބަރު: 2053/Cv-C/2017 ޤަޟިއްޔާ:
20.1. މި ޤަޟިއްޔާއަކީ، އަޙްމަދު ތައުފީޤް ގެ ފަރާތުން އަޙްމަދު ލަބީބުގެ މައްޗަށް 2012 ވަނަ އަހަރު ހުށަހެޅި ނަންބަރު: 1324/Cv-C/2012 ޤަޟިއްޔާ ގައި ޢުމަރު ޒާހިރު ޢަބުދުއްޞަމަދުގެ ފަރާތުން ކޮށްދިން ޤާނޫނީ މަސައްކަތުގެ އަގު ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ. ސިވިލް ކޯޓުގެ ނަންބަރު: 1324/Cv-C/2012 ޤަޟިއްޔާ އެކޯޓުން ބާޠިލު ކޮށްފައިވަނީ، 13 ޖަނަވރަ 2016 ގައެވެ. މިޤަޟިއްޔާގައި ކުރި ޤާނޫނީ މަސައްކަތުގެ އަގު ނަގައިދިނުމަށް 25 ޖުލައި 2018 ގައި ސިވިލްކޯޓުގެ ނަންބަރު: 2053/Cv-C/2017 ޤަޟިއްޔާއިން ޙުކުމުން ކޮށްފައިވެއެވެ. އެ ޙުކުމުގައި އޮތީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ދެންނެވި ނުކުތާތަކަށް ރިޢާޔަތްކޮށް ދަފްތަރު.ނަންބަރު 5378/މާލެ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (ދ.ރ.ގެ ފަރާތުން […] /މާލެ އަޙްމަދު ތައުފީޤް (ދ.ރ.ގެ މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައިވާ -100,000/ރ( .އެއްލައްކަ ރުފިޔާ) އަކީ އަޙްމަދު ތައުފީޤްގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، އިސްވެ ބުނެވިދިޔަ ފައިސާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ލިބިދިނުމުގެ ގޮތުން މިއަދު (25 ޖުލައި 2018މ). ދުވަހުން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ […] /މާލެ އަޙްމަދު ތައުފީޤް (ދ.ރ.ކާޑު ނަންބަރ ) އަށް އަންގައި ޙުކުމްކޮށްފީމެވ".
20.2. އަޙްމަދު ތައުފީޤްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: 2053/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފް ކުރުމުގެ ހުއްދައަށއެދް ޑރ. އިސްހާޤު ޝަފީޤް ދޫކޮށްފައިވާ މެޑިކަލް ލިޔުމަކާއިއެކު 26 އޯގަސްޓް 2019 ގައި ހައިކޯޓަށް ހުށަހެޅިއެވެ . ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާފައި ނުވާތީ، އެޤަޟިއްޔާ އިސްތިއުނާފް ކުރުމުގެ ހުއްދަ ހައިކޯޓުން ދީފައެއް ނުވެއެވެ. އެހެންކަމުން، ސިވިލްކޯޓުގެ ނަންބަރު: 2053/Cv-C/2017 ޤަޟިއްޔާގައި ސާބިތުވެފައިވާ -100,000/ރ. (އެއްލައްކަ ރުފިޔާ) އަކީ […] އަޙްމަދު ތައުފީޤު ދައްކަން އޮތް ދަރަންޏަކަށް ވެގެން ދިޔައެވެ.
21ގަސްހިގާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] އަޙްމަދް ތައުފީޤްގެ މައްޗަށް ހުށަހެޅި ނަންބަރު: 261/Cv-C/2018 ޤަޟިއްޔާ:
21.1. މިއީ ގަސްހިޔާ މޯލްޑިވް ސްގެ ފަރާތުން އަޙްމަދު ތައުފީޤް ގެ މައްޗަށް އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކޮށްދިނުން އެދި ހުށަހެޅި ފުރަތަމަ މައްސަލައެވެ. މިމައްސަލަ ނިންމާފައިވަނީ ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ކޯޓަށް ހާޟިރުނުވުމުން 29 ޖނަވަރަ 2018 ގައި މައްސަލަ ބާޠިލުކޮށެވެ. އެމައްސަލައިގެ ޙުކުމުގައި އޮތީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، […] / މާލެ އަޙްމަދު ތައުފީޤް (އައިޑީގެ މައްޗަށް ގަސް ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 0792/2014-C)ނ ހުށަހަޅާފައިވް މިމައްސަލ ހިންގުމަށްޓަކައި، 29 ޖެނވަރީ 2018 ވަނަ ދުވަހުގެ 11:10 އަށް ދަޢުވާކުރާ ގަސް ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޙާޟިރުވުމަށް ފޮނުވުނު މިކޯޓުގެ ނަންބަރު: CR 3/2008/652-B1 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އާއި ޙަވާލުވެ، މަޤްބޫލު ޢުޛުރެއްނެތި، ގަސް ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީއާއި، ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދުގައި ވާ ގޮތުގެ މަތިން މައްސަލައިގެ ފޯމް ބާޠިލު ކުރުމަށް އެދި ދަޢުވާލިބޭ ފަރާތުން ބަޔާންދީފައިވާތީ، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު" ގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގެ ދަ ށުނ މައްސަލައިގް ފޯމް ބާޠިލުކުރުމުން މިމައްސަލަ ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައް ޙުކުމް ކޮށްފީމެވ".
22ގަސްހިގާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] އަޙްމަދް ތައުފީޤްގެ މައްޗަށް 19 ފެބުރުއަރީ 2018 ގައި ހުށަހެޅި ނަންބަރު: 754/Cv-C/2018 ޤަޟިއްޔާ:
22.1. މިއީ ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] އަޙްމަދު ތައުފީޤް ގެ މައްޗަށް އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކޮށްދިނުން އެދި ހުށަހެޅި ދެވަނަ މައްސަލައެވެ. މިމައްސަލަ ނިންމާފައިވަނީ ގަސްހިޔާ މޯލްޑިވްސް ޕްރއިވެޓަ ލިމިޓެޑްގެ ފަރާތުން އެދިފައިވާ ގޮތަށް 31 އޮކްޓބަރޯ 2018 ގައެވެ. އެމައްސަލައިގެ ޙުކުގައި އޮތީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، […] / މާލެ، އަޙްމަދު ތައުފީޤްއާއި ގަސްހިޔާ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 27 އޯގަސްޓް 2015 ގައި ވެފައިވާ އެއްބަސްވުމަށް ދެފަރާތުން އިޚްތިރާމްކޮށް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދަޢުވާލިބޭ، […] / މާލެ، އަޙްމަދު ތައުފީޤްއަށް އަންގައި، ޙުކުމްކޮށްފީމެވ".
22.2. ސިވިލް ކޯޓުގެ ނަންބަރު: 754/Cv-C/2018 ޤަޟިއްޔާ […] އަޙްމަދު ތައުފީޤް ގެ ފަރާތުން އިސްތިއުނާފް ކުރުމުގެ ހުއްދައަށްއެދި 18 އޯގަސްޓް 2019 ގައި ހުށަހެޅިއެވެ. އަޙްމަދު ތައުފީޤުގެ ފަރާތުން، ހުއްދައަށް އެދި ހުށަހަޅާފައިވަނީ ޑރ.އިސްހާޤް ޝަފީޤު، އަޙްމަދު ތައުފީޤްގެ ޙާލަތު ބަޔާންކޮށް ދޫކޮށްފައިވާ ޑޮކްޓަރީ ލިޔުމަކާއެކުގައެވެ. އެލިޔުމަކީ، ކުރިން ބަޔާން ކުރި އެހެން ޤަޟިއްޔާތަކާއެކުވެސ ހުށަހެޅުން ލިޔުމެކެވެ. ނަމަވެސް،އެލިޔުމުގެ އިތުރުން ގަސްހިޔި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނަހުށަހެޅ އިޖުރާއީ ނުކުތާއަށް ޖްވާބު ދިންއިރު، އަޙްމަދު ތައުފީޤްގެ ފަރާތުނެ، އުއިޖީއެމްޗެއްގ ނަންބަރ:4474189 (15 އޮކްޓބަރޯ 2017) ގެ މެމޯ އާއި ސިވިލް ކޯޓުގެ ނަންބަރު: 2/2017/10-CR-B3 ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމް ހުށަހަޅާފައިވެއެވެ. އަދި އެމެޑިކަލް ފޯމާއެކު ހުށަހަޅާފައިވާ ޑރ.އިސްހާޤު ޝަފީޤު 2017 ވަނަ އަހަރު ދޫކޮށްފައިވާ ލިޔުންވެސް ހުށަހަޅާފައިވެއެވެ.
23އިސްތިއުނާފް ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު: 754/Cv-C/2018 ޤަޟިއްޔާގައި ބަޔާން ކުރާ "މައްސަލަ ޙަވާލުކުރުމާއި،ޙަވާލުވުމާ ބެހޭއެއްބަސްވުން:
23.1. މަތީގައި ބަޔާން ކުރެވުނު އެއްބަސްވުމުގައި "ޙަވާލުކުރެވޭ މައްސަލަ" މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވަނީ؛ " […] ކިޔާގޯތީގައި (ފަހެއ) ބުރީގެ އިމާރާތެއް ކުރުމާއި ބެހޭގޮތުން […] އަޙްމަދު ތައުފީޤްއާއި، ބ.އޭދަފުށީ، ޕޭންޓްލޭންޑް އަޙްމަދު ލަބީބްއާއި ދެމެދު 28 މެއި 2007 ގައި ވެފައިވާ އެއްބަސްވުމާއި އަޙްމަދު ލަބީބް ޚިލާފުވެ ފައިވާތީ، އެދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލް ކުރމަށު ނުވަތް ނިމުމަކަށު ގެނައުމަށް އަޙްމަދު ތައުފީޤް ސިވިލް ކޯޓަށް ހުށަހަޅާ މައްސަލައިގައި "ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން މީހަކު ފޮނުވައިގެން މައްސަލައިގެ ޝަރީޢަތުގައި ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކުމާއި، އެމައްސަލައާއ ގުޅިގެނި ލިޔަންޖެހޭ ލިޔުންތައް ލިޔެ ތައްޔާރުކުރުން"
23.2. މަތީގައި ބަޔާން ކުރެވުނު މަސައްކަތުގެ އަގެއްގެ ގޮތުގައި އެއެއްބަސްވުމުގައި ބަޔާން ކޮށްފައިވަނީ؛ " މިއެއްބަސްވުމުގެ ދަށުން ޙަވާލު ކުރެވޭ މައްސަލައިގެ އަގެއް ކަމުގައި ދެފަރާތް އެއްބަސްވާ ޖުމްލަ އަގަކީ، […] ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ އެންމެ ތިރީދެބުރި (ގްރައުންޑް އަދި ފަސްޓްފްލ) 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީގެން 05 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ލިބޭނޭ ކަމަށް ބެލެވޭ ކުލީގެ ފައިސާއެވެ".
23.3. ބަޔާންވެދިޔަ ދެ ބުރި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރަންޖެހޭ ގޮތާއި އަދި ޙަވާލު ނުކުރެވިއްޖެނަމަ، ކަންތައް ވެގެންދާނެ ގޮތް ބަޔާން ކޮށްފައިވަނީ ބަޔާންވެދިޔަ އެއްބަސްވުމުގެ 3 އަދި 4 ވަނަ މާއްދާގައެވެ. އެދެމާއްދާގައ ބަޔާނި ކޮށްފައިވަނީ؛ " ]3[ މިއެއްބަސްވުމުގައ ބުނި އިމާރާތް އަޙުމަދު ތައުފީޤްގެ ބެލުމުގެ ދަށަށް އަންނަތާ ލަސްވެގެން 42 (ސައުވީސ) ގަޑިއިރުގެ ތެރޭގައި އެއިމާރާތުގ އެންމެ ތިރީ ދެބުރި (ގްރައުންޑް އަދި ފަސްޓް) ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ކުއްޔަށްދިން ފަރާތުން އެއްބަސް ވެއެވެ. ]4[ މިއެއްބަސްވުމުގައ ބުނި އިމާރާތް އަޙުމަދު ތައުފީޤްގެ ބެލުމުގެ ދަށަށް އަންނަތާ ލަސްވެގެން 24(ސައުވީސ) ގަޑިއިރުގެ ތެރޭގައި އެއިމާރާތުގ އެންމެ ތިރީދެބުރި (ގްރައުންޑް އަދި ފަސްޓް) ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ނުކުރެވިއްޖެނަމަ، މިއެއްބަސްވުމުގައި ދެފަރާތުން ސޮއިކުރި ތާރީޚުން ފ ށިގެނ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މިއެއްބަސްވުމުގައި ބުނާ 05 (ފަހެއ) އަހަރު ދުވަހުގެ ކުލީގެ ޖުމްލައިން ދުވަހަކަށް %5 (ފަހެއް ޕަސެންޓް) ފައިސާ (ކުލީގެ) އިތުރަށް ދިނުމަށް ކުއްޔަށްދޭ ފަރާތުން އެއްބަސްވެއެވެ".
23.4. މަތީގައި ބަޔާން ކުރެވުނު އެއްބަސްވުމުގެ ދަށުން ޙަވާލު ކުރެވުނު މައްސަލައަކީ، ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހުށަހެޅި ބަޔާނުން އނެ ގެން އޮތް ގޮތުގައި، ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާއެވެ. އެޤަޟިއްޔާ ނިމިގެންދިޔައީ، ރެސްޖުޑިކާޑާގެ އުޞޫލާ ޙަވާލާދީ، އެމައުޟޫޢު ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. މިމައްސަލައިގައި ސާފުނުވާ ބައެއް ވާޤިއާތަކާއި، ޤާނޫނީގޮތުން ދަށު ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
24ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ފެންނަން ހުރިއިރު، އަންނަނިވި ކަންކަން ދަށު ކޯޓުން ބަލައި އެކަންކަމާމެދު ދަށު ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.
24.1. […] އަޙްމަދް ތައުފީޤު އާއް ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، 24 ގަޑިއިރުގެ ތެރޭގައި، ތިރީ ދެބުރި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކ ރަންޖެހެނީ، […] އަޙްމަދު ތައުފީޤް އާއި ބ.އޭދަފުށީ، ޕޭންޓްލޭންޑު އަޙްމަދު ލަބީބުއ ދެމެދާ 28 މެއި 2007 ގައިވެފައިވާ އެއްބަސްވުން ބާޠިލު ކުރުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ސިވިލް ކޯޓަށް ހުށަހަޅާ މައްސަލައިގައި، އެބަހީ، ސިވިލް ކޯޓުގެ ނަންބަރު: C/2015-604/Cv1 ޤަޟިއްޔާގައި އެ އެއްބަސްވުން ބާޠިލު ކުރެވި ނުވަތަ ނިމުމަކަށްގެނެވި، އަޙްމަދު ތައުފީޤްގެ ބެލުމުގެ ދަށަށް ޢިމާރާތް އައުމުންތޯއާއި، އެހެން އެކަން އޮތްނަމަ އިސްތިއުނާފ ކުރް ފަރާތުން ބަޔާން ކޮށްފައިވާ ގޮތަށް، އެޤަޟިއްޔާގައި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، […] އަޙްމަދު ތައުފީޤް އާއި ބ.އޭދަފުށީ، ޕޭންޓްލޭންޑް އަޙްމަދު ލަބީބުއާ ދެމެދު 28 މެއި 2007 ގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ނެގެވި، ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޭނ ބުން ޢިމާރާތް […] އަޙްމަދް ތައުފީޤްގެ ބެލުމުގެ ދަށަށް އައިތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ބަލައި ގޮތް ކަނޑައަޅަންޖެހެއެވެ.
24.2. ސިވިލް ކޯޓުގެ ނަންބަރު: 1604/Cv-C/2015 ޤަޟިއްޔާއިން، […] އަޙްމަދު ތައުފީޤް އާއި ބ.އޭދަފުށީ، ޕޭންޓްލޭންޑް އަޙްމަދު ލަބީބުއާ ދެމެދު 28 މެއި 2007 ގައިވެފައިވާ އެއްބަސްވުން ބާޠިލު ކުރުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތުން އެކަން ކުރެވިފައި ނުވާނަމަ، […] އަޙްމަދް ތައުފީޤު އާއި ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޙަވާލު ކުރާނެ ތަނެއް އޮތްތޯ އެއީ ޝަރީޢަތުން ކަނޑައަޅަންޖެހޭނެ ކަމެކެވެ.
24.3. މީގެ އިތުރުން، ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި […] އަޙްމަދް ތައުފީޤް އާއި ދެމެދު ވެ ފައިވާ އެއްބަސްވުމަކީ، ލީގަލް ޕްރޮފެޝަންގައ ޤާނޫނި މަސައްކަތް ކޮށްދިނުމުގައި ވެވިދާނެ އެއްބަސްވުމެއްތޯ؟
24.4. ޤާނޫނީ މަސައްކަތުގެ ފީ ނެގުމާއި ބެހޭ ގޮތުން ޢަމަލު ކުރުމަށް އެދުވަސވަރް އެކަށައަޅާފައިވާ ޤަވާޢިދުތަކުގެ އަލީގައި އެފަދަ ގޮތކަށ ޤާނޫން މަސައްކަތުގެ ފީ ނެގުމަށް އެއްބަސްވމެއު ހެދިދާނެތޯ؟ އަދި މިހާރު އެއޮތް އެއްބަސްވުމަކީ، ޤާނޫނީ މަސައްކަތުގެ އަގު ނެގުމަށް ހެދުނު އެއްބަސްވުމެއްތޯ؟ ނުވަތަ ކުލީގެ އެއްބަސްވުމެއްތޯ؟
24.5. ހަމައެހެންމެ، މިބާވަތުގެ އެއްބަސްވުންތައް، ޤާނޫނީ މަސައްކަތް ކޮށްދޭ ފަރާތެއްގެ ހައިޞިއްޔަތުން، ޤާނޫނީ ޝަޚްޞަކާއެކ މުވައްކިލު އެއްބަސްވުމެއް ހެދުމުގެ ނަތީޖާއެއްގެ ގޮތުން، އަޙްމަދު ތައުފީޤަ ގ ޞިއްޙީ ޙާލަތު ޙާއްޞަކޮށް މެންޓަލް ކެޕޭސިޓީ އެދުވަސްވަރު ހުރިގޮތް ބަޔާން ކޮށް ޑރ. ދޫކޮށްފައިވާ ލިޔުންތަކުގެ އަލީގައި، (ދިވެހިރާއްޖޭގެ ސުޕްރީމް ކޓުނޯ ޙަވާލާދިފައިވާ އަޙްމަދު ތައުފީޤްގެ ޞިއްޙީ ޙާލަތާ ގުޅޭ ލިއުންތައް) އެފަދަ ޙާލަތެއްގައި ހުންނަ މީހަކާއި ޤާނޫނީ ވަކީލާ ދެމެދުއޮންނަންޖެހޭ ފައިޑޫޝިއަރީ ގުޅުން ރައްކާތެރި ކުރެވިފައިވޭތޯ މިމައްސަލައިގެ ތެރެއިން ބަލަންޖެހޭ ކަމަށް ބުރަވވެ އެވެ.
25ޕްރިސިޑެންސް 4ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، މިމައްސަލައިގއަ ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލައިގެ ވާގިއާ ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭކަމަށް އަހުރެންނަށް ބުރަވެއެވެ.
26ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
27ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
28މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރޚުނީ ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫ ނ) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/11 ޤަޟިއްޔާ (ހައިކޯޓުގެ ކުރީގެ ޙުކުމް ބާޠިލުކޮށް މައުޟޫޢުގައި ބެލުމަށް ފޮނުވި)
- ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާ (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައިވާ ވާޤިޢާތައް މި ޙުކުމުގައި ހިމަނާފައި)
- ބެންޗު
- ޙުސައިން މަޒީދު، ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް