ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/240
އަޙްމަދު މަމްދޫހު ވ. އަޙްމަދު ޢަލީ، 2021/HC-A/240
Ahmed Mamdhoohu v. Ahmed Ali 2021/HC-A/240 (2021/HC-A/240, High Court of the Maldives, 30 April 2024)
އަޙްމަދު މަމްދޫހު ވ. އަޙްމަދު ޢަލީ
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާތީ މިއީ އަންފެއަރ ޑިސްމިސަލްއެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފު ވަޒީފާއަށް ރުޖޫޢަކޮށް، ނުޙައްޤު މަންފާ ނުލިބޭގޮތަށް އެހެން ވަޒީފާއަކުން ލިބުނު މުސާރަ އުނިކޮށް ހައްޤުވާ މުސާރަ ދިނުމަށް ނިންމިއެވެ.
ރެސްޓޯރެންޓެއްގައި ވަޒީފާ އަދާކުރި މުވައްޒަފަކު، ވައްކަމާއި ފައިސާއަށް ޚިޔާނާތްތެރިވި ކަމަށްބުނެ 2019 ޑިސެމްބަރު 02 ގައި ނޯޓިސް ނުދީ ވެރިފަރާތުން ވަޒީފާއިން ވަކިކުރިއެވެ. ވަކިކުރުމުގެ ކުރިން އިދާރީ ތަޙްޤީޤެއް ނުކުރެވެއެވެ.
ވެރިފަރާތުން ބުނީ ވަކިކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރު ގެއްލޭ ޢަމަލެއްގެ ސަބަބުން ކަމަށާއި، ހެކިންގެ ހެކިބަސް ނުނަގާ ނިންމީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި، އެ ހެކިބަސް ހައިކޯޓުގައި ނަގައިދިނުމަށެވެ. މުވައްޒަފުގެ ފަރާތުން ބުނީ ތަޙްޤީޤެއް ނުކޮށް ހަމައެކަނި ފެންނަ ފެނުމަކަށް ވަކިކުރީ ކަމަށާއި ހެކިންގެ ބަޔާން ނަގާފައިވަނީ މައްސަލަ ހުށަހެޅުމަށްފަހު ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވައްކަމާއި ޚިޔާނާތުގެ ތުހުމަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ޓްރައިބިއުނަލުން ނިންމީ ރަނގަޅަށްތޯ؛ އަދި ޓްރައިބިއުނަލުން ހެކިބަސް ނުނެގި ހެކިންގެ ހެކިބަސް އިސްތިއުނާފީ މަރުޙަލާގައި ނެގޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް (2-1 އަޣުލަބިއްޔަތުން)
އަޣުލަބިއްޔަތުގެ ރައުޔުގައި، ތަޙްޤީޤެއް ނުކޮށް، ފައިސާއާ ހަވާލުވާ އެހެން ކޭޝިއަރުންވެސް ތިއްބާ، ވެރިފަރާތަށް ފެންނަ ފެނުމަކަށް ވަކިކުރީތީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ؛ ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދިނުމުން އިޖުރާއީ ޢަދުލުވެރިކަމެއްވެސް ނުވެއެވެ. ވަކިކުރުމަށްފަހު ނެގި ބަޔާންތަކުން ވަކިކުރުން ޞައްޙަ ނުކުރެވޭތީ އެ ހެކިން ހައިކޯޓުގައި ހާޒިރުކުރަން ނުޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަން ކަށަވަރުކޮށް، ވަކިކުރުމުގެ ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަށްފަހުގައެވެ؛ މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރުން ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާވުމެވެ، އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރާ އިޖުރާއަތު ޢަދުލުވެރިވުމެވެ.
- ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ (ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ) އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ؛ އަދި ވަކިކުރި ނިންމުން ބިނާކުރި ކަންކަމާއި ތުހުމަތުތައް ސާބިތުކުރަންވާނީ މަދަނީ މައްސަލަތަކުގެ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
- ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވޭނީ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ފަދަ ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ؛ އެއީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުން) ނުވަތަ ޚިޔާނަތެއް ހިނގާފައިވާ ޙާލަތެވެ.
- އިދާރީ ތަޙްޤީޤަކާ ނުލައި، ކަމާ ބެހޭ ފަރާތްތަކާ ސުވާލުވެސް ނުކޮށް، ހަމައެކަނި ވަޒީފާދޭ ފަރާތަށް ފެންނަ ފެނުމެއްގެ މައްޗަށް ބިނާކޮށް 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެއެވެ؛ އެފަދަ ވަކިކުރުމެއްގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ.
- އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން މުވައްޒަފަށް ތުހުމަތުގެ މަޢުލޫމާތު ދީ ދިފާޢުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެވެ؛ އެ ފުރުޞަތު ދެވިފައިނުވާނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައެއް ނުވެއެވެ (ILO ގެ Termination of Employment Convention 158 ގެ 4 އަދި 7 ވަނަ މާއްދާވެސް ބަލާފައި).
- ވަކިކުރުމަށް ނިންމި ފަހުން އަދި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްފަހު ނަގާފައިވާ ހެކިންގެ ބަޔާންތަކަކީ ވަކިކުރުމުގެ ކުރިން ކުރި ތަޙްޤީޤެއްގެ ބައެއް ނޫންކަމުން، ވަކިކުރުން ރަނގަޅުކަން ސާބިތުކުރުމަށް އެ ހެކިން ހައިކޯޓުގައި ހާޒިރުކުރަން ނުޖެހޭނެއެވެ؛ ޓްރައިބިއުނަލުގައި ހެކިބަސް ނުނެގި އޮތް ހެކިން އިސްތިއުނާފީ މަރުޙަލާގައި ހާޒިރުކުރުމަށް އިސްތިސްނާއީ ޙާލަތެއް ބުނެދޭންޖެހޭނެއެވެ.
- ޢަދުލުވެރި ބަދަލަކަށް އެދޭނަމަ ބަދަލަށް އެދޭ ކަމާއި ލިބުނު ގެއްލުމާއި ބަދަލު ނަގައިދޭންޖެހޭ ހަމަ ސާފުކޮށްދޭންޖެހޭނެއެވެ؛ ޓްރައިބިއުނަލުގެ ނިންމުމަކީ ޤާނޫނަކާ ނުވަތަ މަތީ މަރުޙަލާގެ ނިންމުމަކާ ޚިލާފު ނިންމުމެއް ނޫންނަމަ އެ އެދުމަށް ބަދަލެއް ނަގައިނުދެވޭނެއެވެ.
މައްސަލައިގެ ތަޢާރުފު:
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ޏ.ފުވައްމުލައް، މިސްކިތްމަގު. ފަހިދޫ، އަޙްމަދު މަމްދޫޙް (މީގެ ފަހުން "އަޙްމަދު މަމްދޫޙް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިސްތިއުނާފް ރައްދުވާ ފަރާތަކީ ޏ.ފުވައްމުލައް، ފުނާޑް.ރިޔާޟް، އަޙްމަދު ޢަލީ (މީގެ ފަހުން "އަޙްމަދު ޢަލީ" ނުވަތަ "އިސްތިއުނާފު ރައްދވު ފަރާތް") އެވެ.
3. އަޙްމަދު ޢަލީ އަކީ އަޙްމަދު މަމްދޫޙް ހިނގަމުންދިޔަ "ޗޮޕް" ރެސްޓޯރެންޓުގައި، 2019 މާރިޗު 28 ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާކުރަމުންދިޔަ ފަރާތެކެވެ.
2އަޙްމަދު އަލީ ޗޮޕް ރެސްޓޯރެންޓު ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ޗޮޕް ރެސްޓޯރެންޓުން ވައްކަންކުރުމާއި، އެ ރެސްޓޯރެންޓުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާތީ، ތަކުރާރުކޮށް ނަސޭހަތްދިނުމަށްފަހު، އެކަން ރަނގަޅުކޮށްފައިނުވާތީ ކަމަށްބުނެ، 2019 ޑިސެމްބަރު 02 ވަނަ ދުވަހުގައި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވެއެވެ.
1. އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ގަވއާ ދާއި ޚިލާފަށް ކަމަށް ގަބޫލުކުރެވޭތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިގޮތެއް ކަނޑައަޅަންދެން އަޙްމަދު ޢަލީ ވަޒީފާގައި ދެމިހުރި މުވައްޒަފެއް ކަމަށް ކަނޑައަޅާދިނުމަށާއި، އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ރުޖޫޢަކޮށްދިނުމާއި ހަމައަށް ރަޖިސްޓްރީ ނަންބަރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމުގެ 3 ވަނަ ނަންބަރު މުސާރައާއި އިނާޔަތްތައް ލިބިދިނުމަށްއެދި، ޗޮޕް ރެސްޓޯރެންޓަށް ރައްދުވާގޮތަށް އަޙްމަދު ޢަލީގެ ފަރާތުނ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުނާ މައްސަލަ ނިންމިގޮތް:
5ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 280/VTR/2019 މައްސަލައަށް ބެލިއިރު އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އަޙްމަދު އަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ އަށް 02 ޑިސެމްބަރު 2019 ވަނަ ދުވަހު ޏ.ފުވައްމުލަކު / ފަހިދޫ އަޙްމަދު މަމްދޫހް މައްސަލަ ހުށަހެޅި ފަރާތަށް ގުޅާފައި މިހާ ހިސާބުން އެ ފަރާތުގެ ވަޒީފާ ނިމުނީ ކަމަށާއި، އެގްރީމެންޓެއް، ކޮންޓްރެކްޓެއް ނެތްކަމަށާއި، އެހެންކަމުން މުސާރަ ކުރިއަށް ދޭންނުޖެހޭނެކަމަށާއި، ރޯދަ މަހުގެ އިނާޔަތްތައް ދިނުމަށް އެދުމުންވެސް އެ ފައިސާ ހަމަޖައްސާނެ ކަމަށާއި، ނަމަވެސް އެކަމަށް ލާރި ނެތްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށާއި، ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރުމަސް ގިނަ ދުވަސްތަކެއް ހޭދަވުމުންދިއުމާއި، ވަޒީފާ ނުލިބި ހުންނަ ދުވަސްތަކަށް މައްސަލަ ހުށަހެޅި ފަރާތާއި، އެފަރާތުގެ އާއިލާ ޚަރަދު ބަރަދު ބެލުން ހުއްޓިފައިވާކަމަށް ފާހަގަކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މައުޟޫއީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމަށްވާތީ، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއަކީ ޓްރައިބިއުނަލުން ވަކިގޮތެއް ކަނޑައަޅަންދެން ދެމިއޮންނާނެ ވަޒީފާއެއް ކަމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ރުޖޫޢަކޮށްދިނުމަށާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި 10 ޑިސެމްބަރު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މ ޢަ ޟޫއީ ޢަދުލުވެރިކަން (fairness substantive) އަދި އިޖުރާއީ ޢަދުލުވެރިކަން (fairness procedural) ޤާއިމުކުރެވިފައިވާކަމަށް ބުރަނުވެވޭތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ޤާނޫނު ނަންބަރު 3222/3 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair dismissal) އެއް ކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 3222/3 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކަށގެންވީ ސަބަބުން މުވައްޒަފަށް ލިބޭ ޤާނޫނީ ޙައްލުތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/555-HC2016/ ޤަޟިއްޔާއަށް ރިޢާ ޔަތްކޮށް، އިސްވެ ފާހަގަކުރެވުނު ފަދައިން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫއީ ޢަދުލުވެރިކަން އަދި އިޖރާއު ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، ޤާނޫނު ނަންބަރ 3222/3 (ވަޒީފާއާބެހޭ ޤާނޫނު) ގ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، މައްސަލަ ހުށަހެޅީ ފަރާތުން 27 މާރިޗު 2019 އިން 26 ޖޫން 2020 ގެ ނިޔަލަށް ޏ.ފުވައްމުލަކު މިސްކިތު މަސައްކަތު މުވައްޒަފުގެ(ކޮންޓްރެކްޓް) މަޤާމުގައި -/3100ރ. (ތިންހާސް އެއްސަތޭކަ ރުފިޔާ) ގެ މުސާރައިގައި ވަޒީފާ އަދާކޮށްފައިވާކަން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަންބަރ HR/INDIV/2020/155-468 (31 ޖުލައި 0202) ސިޓީއިން އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުޞަތު ނަފީކުރުމުގެ މަޤްސަދުގައި، ޗޮޕް ރެސްޓޯރެންޓުގެ މެނޭޖަރެއްގެ މަޤާމުގައި މައްސަލަ ހުށަހެޅި ފަރާތް ދެމިހުރިނަމަ އެފަރާތަށް ހައްޤުވާ މަހު އުޖޫރައިގެ ތެރެއިން، މައްސަލަ ހުށަހެޅި ފަރާތް 27 މާރިޗު 2019 އިން 26 ޖޫން 2020 މިސްކިތް މަސައްކަތު (ކޮންޓްރެކްޓް) މަޤާމު އަދާކުރި މުއްދަތު ނިޔަލަށް، ޗޮޕް ރެސްޓޯރެންޓުގެ މެނޭޖަރެއްގެ މަޤާމުގައި މައްސަލަ ހުށަހެޅި ފަރާތުން ހުރިނަމަ، އެފަރާތަށް ހައްޤުވާނޭ މަހު އުޖޫރައަށްވާ -/9000 (ނުވާހާސް ރުފިޔާ) ގެ ތެރެއިން، އިސްވެ ދެންނެވުނު މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާ މަހު އުޖޫރައަށްވާ -/3100ރ. (ތިންހާސް އެއްސަތޭކަ ރުފިޔާ) އުނިކުރުމަށް ކަނޑައަޅައި، އިސްވެ ބަޔާންކޮށްފައިވާ އެންމެހައި އުނިކުރުންތަކަށްފަހު، އަޙްމަދު ޢަލީއަށް ޙައްޤުވާ އަދަދުތަކުގެ ޖުމްލައަށްވާ ފައިސާއަކީ ޗޮފް ރެސްޓރަންޓުގެ ފަރާތުން އަޙްމަދު ޢަލީއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އިސްވެބަޔާންކޮށްފައިވާ އެންމެހައި ކަންކަން މިއަދު (36 މއ 3233 ) އިން ފެށިގެން 31 (ސާދަ) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތޭ 2 (ތިނެއް) ދުވަހުގެ ތެރަގައި ވަޒީފާއާބެހޭ ޓްރައިބިއުނަލިށ ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ޗޮޕް ރެސްޓޯރަންޓްއަށް އަންގާ އަމުރުކޮށް، މ މައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 280/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު މަމްދޫޙްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
6.3 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 280/VTR/2019 މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 3222/3 (ވަޒީފާއާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
6.3 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލަ ނިންމާފައިވަނީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
6.2 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލަ ނިންމާފައވަނި ޤާނޫނު ނަންބަރު 33/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3އަޙްމަދު މަމްދޫޙްގެ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށް ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާއާ ގުޅިގެން ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލު ތައް ޙުލާސާ ގޮތެއްގައި ބަޔާންކުރަމެވެ.
7.1 - ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މައިގަނޑު ގޮތެއްގައި އަޙްމަދު މަމްދޫޙގު ފަރާތުން ބުނެފައިވަނީ، އަޙްމަދު ޢަލ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށެވެ. އެހެނީ، ހުށަހެޅިފައިމިވާ މައްސަލައިގައި އަޙްމަދު ޢަލީ ކޮށްފައިވާ އަމަލަށް ބލާއިރަ އެ އަމަލަކީ މަސައްކަތުގެ އަޙްލާޤު އެކަށީގެންނުވާ ފަދަ ކަމަކަށްވެފައި، ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލި، އަދި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ޢަމަލެއް އަޙްމަދު ޢަލީ ކޮށްފައިވާތީ ކަމަށެވެ.
27.- ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މައިގަނޑު ގޮތެއްގައި އަޙްމަދު މަމްދޫޙުގެ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއީ އަންފެއަރ ޑިސްމިސަލް އެއް ކަމުގައި ކަނޑައަޅައި ޤާނޫނު ނަންބަރު /20082 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިންވަކިކުރިކަމަށް ބުނާއިރު، މައްސަލަ ރައްދުވި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޗޮޕް ރެސްޓޯރެންޓުގެ މެނޭޖަރެއްގެ މަޤާމުގއަ ހުރެ އެތަނުން ވައްކަންކުރމުންދާތަ ކަމަށެވެ. އަދި ރެސްޓޯރެންޓުން ފައިސާ ވަގށަ ނގެ ތަނި ދަށު މީހުން ހެކިބަސް ދޭން ތ އްބާ، އެމީހުންގެ ހެކިބަސް ނެގުމެއްނެތި އަދި މިއިން އެއްވެސް ކަމަ ކަށ ރިޢާޔަތްކުރުމެއްނެތި، މައްސަލަ ނިންމަވާފައިވަނ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށެވެ. .37- ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މައިގަނޑު ގޮތެއްގައި އަޙްމަދު މަމްދޫޙުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި އަޙްމަދު މަމްދޫޙް އާއި އަޙްމަދު ޢަލީ އާއި ދެމެދު ލިޔުމުން ކޮންޓްރެކްޓެއް ހެދިފައިނުވިނަމަވެސް، ދެފަރާތް ދެމެދު ދެކެވިފައިވާ ވާހަކައާއި އަޙްމަދު ޢަލީ ޚިލާފުވެ، ތަނަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބެ މުންދާތީ، ތަކުރާރުކޮށް އެންގުމަށްފަހު، ވަޒީފާއިން ވަކިކުރުމުގެ މުޢާމަލާތް އަޙްމަދު މަމްދޫޙްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ޤާނޫނު ނަންބަރު 22/2010 ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު މި މާއްދާގެ
(ށ) އާއި (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، އިސްތިއުނާފީ ފޯމުގެ ބަޔާންކުރާ ހެކީގެ ބަސް ނަންގަވައި ދެއްވުން އެދޭކަމަށެވެ. އަޙްމަދު މަމްދޫޙގެ ފަރާތުން އެދޭ ގޮތް:
2. މި މައްސަލައިގައި އަޙްމަދު މަމްދޫޙުގެ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލަ ބާޠިލްކަމަށް ކަނޑައަޅުއްވާދެއްވައި، ޢަދުލުވެރި ބަދަލެއް ނަގާދިނުމަށް ކަނޑައަޅުއްވާދެއްވާ، މި މައްސަލައިގެ ތަންފީޛުކުރުން ފަސްކޮށް ދިނުމުގެ އަމުރެއްކޮށްދިނުމަށެވެ. އަޙްމަދު ޢަލީގެ ފަރާތުނަ ދެއްކި ވާހަކަތައް:
3. އަޙްމަދު ޢަލީގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބަޔާންކޮށްފައިވާ ކަންކަން ޙުލާސާ ގޮތެއްގައި ބަޔާންކުރަމެވެ. މިގޮތުން؛
9.1- އިސްތިއުނާފީ ފުރަތަމަ ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލގް ރިޕޯޓުގައި ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އެއްގޮތްވާ ގޮތުގެ މަތިންކަން ބަލާފައިވާކަމަށެވެ . އަދި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ފައިސާ އަށް ޙިޔާނާތްތެރިވެފައިވާކަމަށް ބުނެ ކަމަށްވީއިރު، އެ އަމަލު ހިންގާފައިވޭތޯ ބެލުމަށް އެއްވެސް އިދާރީ ތަހް ޤީޤެއް ހިންގާފައިވާކަން އެނގެންނެތްކަމާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެހެކިންގެ ބަޔާނަކީ އަޙްމަދު ޢަލީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިފަހުން ނަގާފައިވާ ބަޔާންތަކެއްކަމާއި، ޗޮޕް ރެސްޓޯރެންޓުގެ ވަތްގަނޑުން ފައިސާނަގަނީ އަޙްމަދު ޢަލީ ކަމަށް ބުނާއިރު، އެ ފައިސާއަށް ޙިޔާނާތްތެރިވެފައިވާކަން ތަތުބީގުކުރި ހަމައަކީ ކޮބައިކަމާއި، އެތަތުބީގުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަން ލިޔުމުން ސާބިތުވާނިނެތްކަމަށެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބަލާފައިވެއެވެ. އެހެންކަމުން، އަޙްމަދު މަމްދޫޙް އަށް ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރެވިދާނެކަމަށް ނުފެންނާތީ، މި މައްސަލައިގެ މައުޟޫއީ ޢަދުލު ވެރިކަން ޤާއިމްކުރެވިފައިނުވާކަމަށާއި އަދި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަން އަޙްމަދު މަމްދޫޙް އަށް ސާބިތުކޮށްދެވިފައިނުވުމުގެ ސަބަބުން އަޙްމަދު އަލީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ .
9.2- އިސްތިއުނާފީ ދެވަނަ ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ މައްސަލަ ބެލުމުގައި ޢަމަލުކުރި ގޮތަކުން އެކަމާމެދު ހިތްހަމަނުޖެހޭ ފަރާތަކުން ކޯޓެއްގައި އިސްތިއުނާފުކުރާއިރު، ޙަވާ ލާދޭންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ ނުވަތަ ކަމާގުޅުންހުރި ޤާނޫނުތަކާއި މަތީ މަރުޙަލާގެ އުސޫލުތަކަށެވެ. ވުމާއެކު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ހަވާލާދީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގެ ނިންމުމަށް ބަދަލު އަތުވެދާނެ ޤާނޫނީ ބަހުސެއް އަޙްމަދު މަމްދޫޙްއަށް ދެއްކިފައިނުވާކަމަށެވެ.
9.3- އިސްތިއުނާފީ ތިންވަނަ ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ އަޙްމަދު މަމްދޫޙްގެ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގައި ދައްކާފައިވާ ވާހަކަތަކަކީ މައްސަލަ އިސްތިއުނާފުކުރުމުގެ އުޞޫލުތަކާ ޚިލާފަށް ކަމާ ގުޅުންނެތް ގޮތަށް ފާހަގަކޮށް ތަފްޞީލުކޮށްދީފައިހުރި ކަންކަންކަމަށެވެ. އެހެންކަމުން މިނުކުތާއަކ ޤާނޫނީ އެއްވެސް ބަހުސެއް އޮތް ނުކުތާއެއް ނޫންކަމަށާއި އަދި ޤާނޫނީ ނުކުތާއެއް ކަމުގައި ބެލެވިދާނެ ނުކުތާއެއްވެސް ނޫން ކަމަށެވެ. އަޙްމަދު ޢަލީގެ ފަރާތުން އެދޭގޮތް:
32އަޙްމަދު ޢަލީގެ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލއިގަ ނިންމުން ރަނގަޅު ނޫންކަމަށް އަޙްމަދު މަމްދޫޙުގެ ފަރާތުން އިސްތިއުނާފުކޮށްދިނުމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ދެއްކިފައިނުވާކަމަށް ކަނޑައަޅުއްވާދެއްވާ، އިސްތިއުނާފު ފޯމް ބާޠިލްކޮށް ދެއްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލަ އިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތް ކަމުގައި ކަނޑައަޅުއްވާދެއްވައި މި މައްސަލައާމެދު ފައި ސލާ ކުރަނިވި ޙުކުމެއަ ކޮށްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ކަންތައްތައް
33އަޙްމަދު މަމްދޫޙްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އެފަރާތުން އުފައްދާ ބަހުސަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މއ ޟުއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ނިންމާފައިވަނީ ރަނގަޅަށްނޫން ކަމުގައެވެ. އެހެންކަމުން މި މައްސަލައިގައި ޖަވާބުދޭންޖެހޭ ސުވާލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާއި ނުލައި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ މއ ޟުއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިގެނކަމުގައް ނުފެންނކަ މަށަ ޓްރައިބިއުނަލުން ނިންމާފައިވަނީ ރަނގަޅަށްތޯއެވެ. މިއެވެ.
33. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ވަޒީފާއިން ވަކިކުރަ ންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮތްކަން ކަށަވަރު ކުރަންޖެހޭނެކަމަށާއި އަދި (މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލު ވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހޭކަމަށާއި) ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީޢަދުލީ ވެރިކަން ޤާއިމުކުރަންޖެހޭނކަމ ބައިނަލްއަޤްވާމީ މުޢާޙަދާތަކުންވެސް އެނގެން އޮތް ކަމެކެވެ.
32. މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލު ވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަށްފަހގައިކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާއިން އެނގެން އޮވެއެވެ.
31. އެގޮތުން މައުޟޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެނކަމުގައިވުމެވެ. އަދި އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާ ތަކީ ޢަދުލު ވެރި އިޖުރާތަކަށްވުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ ގައި ބަޔާންކޮށްފައިވެއެވެ.
35މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް، ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ވަޒީފާއާބެހޭ ޤާނޫނު ގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނައިރު، މުވައްޒަފަކު . އިންޓަރނޭޝަލް ލޭބަރ އޯގަނައިޒޭޝަން (ILO) ގެ 1982 (No. 158) Termination of Employment Convention, 1 ވަނަ މާއްދާ އަދި 7 ވަނަ މާއްދާ ގައި އަންނަވިނި ފަދައިން ބަޔާންކޮށްފައިވެއެވެ .
4“The employment of a worker shall not be terminated unless there is a valid reason for such termination connected with the capacity or conduct of the worker or based on the operational requirements of the undertaking, establishment or service.”
7. “The employment of a worker shall not be terminated for reasons related to the worker's conduct or performance before he is provided an opportunity to defend himself against the allegations made, unless the employer cannot reasonably be expected to provide this opportunity.” ޤާނޫނު ނަންބަރު 2223/3 (ވަޒީފާއާބެހޭ ޤާނޫނު ) ވަކިކުރަން ވަޒީފާދޭ ފަރާ ތުން ސާބިތުކޮށޭދޭން ޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވވެ ގޮތުގެ މިންގަނޑުންކަމުގައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގެ 16 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
36މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ތެދުދޮގު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭ ން ޖެހޭނީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑުންކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމނާ ޤަޟިއްޔާ ގައި ކަނޑައަޅާފައިވެއެވެ.
27. މި މައްސަލައިގައި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމަށް އަޙްމަދު މަމްދޫޙް ބުނެއެވެ.
21. މުވައްޒަފަކު ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
(ހ) އާއި (ށ) ގައި ބުނެފައިވާ ފަދަ ޢަދުލުވެރި ސަބަބެއް އޮވެގެންކަމަށާއި، ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ، ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައިވާނަމަ، ނުވަތަ ޚިޔާނަތެއްވެފައިވާ ޙާލަތުގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވެއެވެ.
33. ހަމައެފަދައިން، ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ، މުވައްޒަފަކު ކުރި ޢަމަލަކީ، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށްވާނަމަ ކަމަށް ބަޔާންކުރައްވާ، އެފަދަ ޢަމަލކަ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާއި ޚިލާފުވާކަމެއް ކަމަށްވުން، ނުވަތަ އެކަމަކީ، ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަ ށްވުން، ނުވަތަ އެކަމަކީ، އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށްވުންކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
32. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބުކަމުގައި އަޙްމަދު މަމްދޫޙް ބުނފައެ ވަނީ، ޗޮޕް ރެސްޓޯރެންޓުގެ ވަޒީފާގައި ހުރެ އެތަނުން ވައްކަންކުރަމުންދާތީ ކަމަށެވެ.
33. މިކަން ހިނގިގޮތް ތަފްސީލުކުރަމުން އަޙްމަދު މަމްދޫޙް ބުނެފައިވަނީ، އަޙްމަދު ޢަލ ވަޒީފާއިން ވަކިކޮށްފައިވަނީ ޗޮޕް ރެސްޓޯރެންޓު ން ވައްކަން ކުރުމާއި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، ތަކުރާރުކޮށް ނަޞޭޙަތްދިނުމަށްފަހު، އެކަން ރަނގަޅުކޮ ށްފައިނުވާތީ، އަޙްމަދު ޢަލީ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ، އަޙްމަދު މަމް ދޫޙްއަށް އިޢާދަނުކުރެވޭފަދަ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެތީއާއި، އަޙްމަދު ޢަލީގެ ސަބަބުން އެހެން މުވައްޒަފުންނަށް ނޭދެވޭ އަސަރުކޮށްފާނެތީ، ވަޒީފާއާބެހޭ ޤާނޫނާއެއްގޮތަށް ކަމަށާއި، އަޙްމަދު ޢަލީގެ ފަރާތުން އެހެން މީހުންނަށް ނޭނގި ޗޮޕް ރެސްޓޯރެނޓުގެ ވަތްގަނޑުން ފައިސާ ނަގާކަމަށާއި، ރެސްޓޯރެންޓަށް ބޭނުންވާ ސާމާނު ގަންނަން ހަވާލުކުރާ ފައިސާއިން ވިޔަފާރިކުރުމަށްފަހު، ބާކީ ފައިސާ އަނބުރާ ނުގެނައުމާއި، ބައެއް ބިލުތައްވެސް ހަމައަށް ނުގެންނާތީ، އެތައް ފަހަރެއްގެ މަތިން ނަޞޭޙަތްދީފައިވާނެކަމަ ށާއި، އަދި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ، ޗޮޕް ރެސްޓޯރެންޓަށް ގެއްލުންތަކެއް ލިބިދާނެކަމަށް އަޙްމަދު މަމްދޫޙް އަށް ފެންނާތީކަމަށެވެ.
33. އެހެންކަމުން ސުވާލަކީ، އަޙްމަދު ޢަލީގެ މައްޗަށް ތުހުމަތު ކުރެވޭ މި އަމަލަކީ، ވަޒީފާއާބެހޭ ޤާނޫނުގީ 23 ވަނަ މާއްދާގެ ދަށަށް ފެތޭ ޢަމަލެއްތޯ އާއި މިކަން މިގޮތުގައި ހިނގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވޭތޯއެވެ.
32. މިތުހުމަތު މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ، މައްސަލަ އެކަ ށގެންވީ ގޮތެއްގައި ތަޙްޤީޤު ކުރެވިފައިވޭތޯއެވެ. އެގޮ ތުން، އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ޗޮޕް ރެސްޓޯރެންޓުގެ ފައިސާއަށް ޙިޔާނާތްތެރިވެފައިވާތީ، ތަކުރާރުކޮށް ނަސޭހަތްދިނުމަށްފަހު ކަމަށް ބަޔާންކޮށްފައިވީހިނދު، އެކަން ސާބިތުކުރުމަށްޓަކައި އެއްވެސް އިދާރީ ތަޙުޤީޤެއް ހިންގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެގެން ނެތުމާއި، ޗޮޕް ރެސްޓޯރެންޓުގައި މަސައްކަތްކުރާ 2 (ދޭއް) ކޭޝިއަރުންގެ ބަޔާނެއް ހުށަހަޅާފައިވީނަމަވެސް، ވަޒީފާއިން ވަކިކުރަން ނިންމިއިރު ތަޠްބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައަކަށް ވާންޖެހޭނެކަމަށާއި، ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށާއި، އަޙްމަދު ޢަލީގެ އިތުރުން 2 (ދޭއް) މުވައްޒަފަކު ކޭޝިއަރުންނަށް ތިބޭކަން އެނގެން އޮންނަ ހިނދު އެ ތަޠްބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަން ލިޔުންތަކުން ސާބިތުވާން ނެތްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުރެވޭ ތުހުމަތު ސާބިތުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
31. މިމައްސަލައަށް ބަލާއިރު، އަޙްމަދު ޢަލގީ އިތުރުން 2 (ދޭއް) މުވައްޒަފަކު ކޭޝިއަރުންނަށް ތިބޭކަން އެނގެންއޮތްއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރަން ނިންމުމުގެ ކުރީން، އެކަށީގެންވާ ތަހުޤީޤަ ކުން ޗޮޕް ރެސްޓޯރެންޓުގެ ވަތްގަނޑުން ފައިސާ މަދުވާ ގޮތް ބެލިފައިނުވާކަން ސާފެވެ. އަދި މައްސަލައާއި ގުޅިގެން ޗޮޕް ރެސްޓޯރެންޓުގައި މަސައްކަތްކުރާ 2 (ދޭއް) ކޭޝިއަރުންގެ ބަޔާނެއް ހުށަހަޅާފައިވީނަމަވެސް، އެ ބަޔާންތައް ނަގާފައިވަނީ އަޙްމަދު ޢަލީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/2019280/ މައްސަލަ ހުށަހެޅިފަހުންކަން ބަޔާންތައް ނަގާފައިވާ ތާރީޚުތަކަށް ބަލާއިރު އެނގއެވް. ހަމައެފަދައިން، އެއިން އެއްވެސް ބަޔާނެއްގައި، އަޙްމަދު ޢަލީ ވަޒީފާއިން ވަކި ކުރުމަށް ނިންމި ސަބަބާއި ގުޅިގެން، އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރުމަށް ނިންމުމުގެ ކުރީން އިސްތިއުނާފު ކުރާ ފަރާތުން، އެއިން ފަރާތަކާ (ބަޔާންދީފައިވާ ފަރާތްތަކާ) ސުވާލުކޮށްފައިވާކަމަށް، ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބު އެއިން ފަރާތެއްގެ ކިބައިން ސާފުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަމަށް ބަޔާންކޮށްފައިނުވާއިރު، އެ ބަޔާންތަކުން ޖުމްލަގޮތެއްގައި އެނގެން އޮތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އެފަރާތްތަކަށް އެނގޭކަމެވެ.
35. އެހެންކަމުން، ޗޮޕް ރެސްޓޯރެންޓުގެ ވަޒީފާއިން އަޙްމަދު ޢަލީ ވަކިކޮށް ފައިވަނީ، ހަމައެކަނި އަޙްމަދު މަމްދޫޙްއަށް ފެންނަ ފެނުމެއްގެ މައްޗަށްކަން އެނގެން އޮތުމުންނާއި، އަދި އެއީ އިދާރީ ގޮތުން ކުރެވުނު ތަހުޤީޤަކުން ނުވަތަ އެންމެ ކުޑަމިނުން އެކަން އެނގޭނެކަމަށް ބެލެވޭ ފަރާތްތަކަކާ އަނގަބަހުން ނުވަތަ އެނޫންވެސް ގޮތަކުން ވާހަކަދައްކައި ސުވާލުކޮށްގެން ލިބުނު މަޢުލޫމާތެއްގެ މައްޗަށް އާދެވުނު ނަތީޖާއެއް ވެސް ނޫންކަމުން، ހަމައެކަނި އަޙްމަދު މަމްދޫޙްއަށް ފެންނަ ފެނުމެއްގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެ ކަމުގައި ނުދެކެމެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއނަލު ގ ނިންމުމުގައި ކަނޑައަޅާފައިވާ ފަދައިން މިމައްސަލައިގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމުގައި ނުދެކެމެވެ.
36. އިޖުރާއީ ޢަދުލު ވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން ދިނުމާއެކު، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ މުވައްޒަފަކަށް ދިނުންކަމަށްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްފެނީ ލިމިޓެޑް ވ. އާދަމް ޒަމީލް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
33. މި މައްސަލައިގައި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަޙްޤީޤެއް ކޮށްފައިނުވުމާއި، ވަޒީފާއިން ވަކިކުރި ސަބަބު އެނގޭކަމަށް ބުނެފައިވާ އެއްވެސް ފަރާތެއްގެ ކިބައިން މަޢުލޫމާތެއް ހޯދުމުގެ ގޮތުން އަނގަބަހުންނަމަވެސް ސުވާލުކޮށް، ކަމުގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކޮށްފައިވާކަން އެނގެންނެތްއިރު، އަޙްމަދު ޢަލީގެ ދިފާޢުގައި ވާހަކަ ދައްކައި ޖަވާބުދާރީވާން އެ ފަރާތަށް ފުރުޞަތު ދެވިފަ އިނވާކުން، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާފައިވާ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމުން ދެނެގަނެވެން އޮތުމުން، މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ކަނޑައަޅާފައިވާ ފަދައިން މިމައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމުގައި ނުދެކެމެވެ. އިސްތިއުނާފު ފޯމުގައި އެދޭކަންކަމުގެ ގޮތުގައި، ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވުން
32. ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށް، އެދި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާއިރު، ބަދަލު ނަގައިދިނުމަށް އެދެނީ ކޮންކަމަކަށްކަމެ އ އަދި ލިބުނު ގެއްލުމަކީ ކޮބައިކަމެއް އޭގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ނުވެއެވެ. އަދި މި މައްސަލައަކީ ވަޒީފާއާގުޅޭ މައްސަލައަކަށްވާއިރު، މި މައްސަލަ ޓްރައިބިއުލައިން ނިމިފައިވަނީ އިސްތިއުނާފު ކުރާ ފަރާތާ ދެކޮޅަށްކަން އެނގެން އޮންނައިރު، އިސްތިއުނާފު ކުރާ ފަރާތަށް ބަދަލެއް ނަގައިދޭންޖެހޭ ހަމައަކީ ކޮބައިކަން ސާފުކޮށްދީފައިވެސް ނުވެއެވެ.
33. މި މައްސަލާގައި އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށްބަލާއިރު، މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަމާގުޅޭ ނުކުތާގެ މައްޗަށް ޓް ރައިބިއުނލުނަ ކަނޑައަޅާފައިވާ ގޮތަކީ، ޤާނޫނަކާ ނުވަތަ މަތީ މަރުހަލާގެ ނިންމުމަކާ ޚިލާފު ނިންމުމެއްކަން އެނގެން ނެތްއިރު، ޢަދުލުވެރި ބަދަލެއް އިސްތިއުނާފު ކުރާ ފަރާތަށް ނަގައިދޭންޖެހޭ ނުވަތަ މި ނުކުތާގައި ހައިކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމުގައި ނުދެކެމެވެ. ޓްރައިބިނަލަށް ހުށަހެޅި ނަމަވެސް، ހެކިބަސް ނަގާފައިނުވާ ހެކިންގެ ހެކިބަސް، ހައިކޯޓުގައި ނަގައިދިނުމަށް އެދިފައިވުން
22. އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދިޔައިރު، މި މައްސަލާގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވާކަން ސާބިތުކުރުމުގެ ގޮތުން، ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ގޮތުން، ހެކިން ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
23. ޓްރައިބިއުނަލްގެ ނިންމުމަށްބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހެޅުމާއެކު، ހެކިންގެ ބަޔާންތަކެއް ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ހުށަހެޅުނު ހެކިންގެ ބަޔާންތަކަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރުމަށް ނިންމި ފަހުން އަދި ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުނު ފަހުން ނަގާފައިވާ ބަޔާންތަކެއްކަން އެ ބަޔާންތަކުގައިވާ ތާރީޚުތަކުން އެނގެން އޮތުމުން، އެ ހެކިންނަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ސާފުކުރުމުގެ ގޮތުން އެ މަރުޙަލާގައި ބަޔާންނެގި ތަހުޤީޤެއްގައި ބައިވެރި ކުރެވުނު ފަރާތްތަކެއްކަންވެސް އެނގެން ނެތްއިރު، އާންމު . އިސްތިއުނާފު ފޯމުގެ 3.5 އނި 3.3 ވަނަ ނުކުތާ. . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/2019280/ މައްސަލައިގެ 5.3 ވަނަ ނުކުތާ މަދަނީ މައްސަލަތަކުގައި ވާޤިއާތައް ސާބިތުކުރުމަށް ހެކި ހުށަހަޅާ ބީދައިން، މި ހާލަތިގައ ހެކި ހުށަހަޅައި ބަލައިގަނެވިދާނެކަމުގައި ނުދެކެމެވެ.
23. ހަމައެހެންމެ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެ މައްސަލައިގެ އިދާރީ ތަހުޤީޤެއްކޮށްގެން ނޫންކަން އެނގެން އޮތްއިރު، އެފަދަ ތަހުޤީޤެއްގެ ބޭނުމަށް އެ މަރުޙަލާގައި ނަގަންޖެހޭ ހެކި ބަޔާންތަކެއް ނަގާފައިނުވާއިރު، ފަހުން އެފަދަ ހެކިން ޓްރައިބިއުނަލަށް ހާޒިރުކޮށް، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވޭތޯ ނުވަތަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ، އެހެކިންގެ ކިބައިން ސާފުކުރުމަކުން، އެއީ އިދާރީ ތަހުޤީޤެއްކުރުންކަމަށް ނުވަތަ، ވަޒީފާއިން ވަކި ކުރަން ކުރިން ނިންމީ ރަނގަޅަށްކަމަށް ކަނޑައެޅިދާނެ ސަބަބެއްކަމަށް މި މައްސަލާގައި ބެލެވެން ނެތްއިރު، އަދި އެފަރާތްތަކުގެ ކިބައިން ސުވާލުކޮށް އޮޅުން ފިލުވައިގެން އާދެވިފައިވާ ނަތީޖާއެއްގެ މައްޗަށްކަން އެބަޔާންތަކުން އެނގެން ނެތްއިރު، ޓްރައިބިއުނަލަށް އެ ހެކިން ހާޒިރު ނުކޮށް އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލާގައި އެހެކިން ހާޒިރުކުރަންޖެހޭކަމގައު ނުވަތަ ހާޒިރުކުރެވިދާނެކަމުގައި ނުދެކެމެވެ. އަދި އެފަދަ އިސްތިސްނއާ ހާލަތެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައިވާކަމުގައިވެސް ނުދެކެމެވެ.
22. އިސވް ބަޔާންކުރެ ވުނު ކަންކަން އެގޮތުގައި ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 280/VTR/2019 މައްސަލައިގެ ނިންމުން ބާތިލުކުރަންޖެހޭ ނުވަތަ ބަދަލު ކުރަންޖެހޭފަދަ ސަބަބެއް އޮތް ކަމުގައި ނުފެނެއެވެ.
21. މި މައްސަލާގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
25. ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި އެއްމެ އަސާސީ ކަމަކީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭ ސަބަބު އަންގައި ދިފާއުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެވެ. މި މައްސަލައިގައި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރަންޖެހުނީ، އަޙްމަދު މަމްދޫޙްގެ ނަމުގައި ރަޖިސްޓްރީކޮށް ހިނގަމުންދިޔަ "ޗޮޕް ރެސްޓޯރަންޓް" ގެ ފައިސާއިން އަޙްމަދު ޢަލީ ވައްކަން ކުރަމުން ނުވަތަ އެ ފައިސާއަށް ޚިޔާނާތްތެރިވަމުންގޮސްފައިވާތީ ކަމަށް އަޙްމަދު މަމްދޫޙް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެފައިވެއެވެ.
26. ނަމަ ވެސް ވަޒީފާއިން ވަކިކުރުމުގެ ކުރިން، އަޙްމަދު ޢަލީގެ މައްޗަށް ކުރެވުނު ތުހުމަތު އަޙްމަދު ޢަލީއަށް އަންގާ، ޖަވާބުދާރީވުމުގެ ފުރުސަތު ދެވުނުކަން މި މައްސަލައިގައި އެނގެން ނެތުމުން އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ވާކަމުގައި ބެލެވޭކަށްނެތެވެ.
23. ވަޒީފާއާބެހޭ މައްސަލަތަކުގައި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަން ޝަރީޢަތުގައި ސާބިތުކޮށްދިނުމަކީ ވަޒީފާދިން ފަރާތުގެ ޤާނޫނީ ޒިންމާއެކެވެ. ވަޒީފާދިން ފަރާތުން އެ ޒިންމާ އަދާކުރެވުނުކަމަށް ބެލެވޭނީ އެންމެ ދަށްވެގެން މަދަނީ މިންގަނޑުން އެކަން ސާބިތުކޮށްދެވިގެންނެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާ (ސިވިލް ސަރވިސް ކޮމިޝަން ވ. އަޙްމަދު ވާޞިފް) ޞަފްހާ 32، ނަންބަރު 2019/SC-A/23 ޤަޟިއްޔާ (މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން) ގެ 33 ވަނަ ނުކުތާ، ނަންބަރު 2019/SC-A/68 ޤަޟިއްޔާ (މޯލްޑިވްސް އެއަރޕޯޓްސް ކޮމްފެނީ ލިމިޓެޑް ވ. އާދަމް ޒަމީލް) ގެ 33 ވަނަ ނުކުތާ . ޤާނޫނު ނަންބަރު 3222/3 (ވަޒީފާއާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) ގެ 36 ވަނަ ނުކުތާ
22. ވަޒީފާއާބެހޭ މައްސަލައެއްގައި މުވައްޒަފާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރި އިޖުރާއާތު ގޯސްވިނަމަވެސް މައުޟޫއީގޮތުން އެ މުވައްޒަފަކާމެދު ފިޔަވަޅުއެޅި ސަބަބާއި އެޅި ފިޔަވަޅު ރަނގަޅުވެދާނެއެވެ. އަދި ހަމަ އެހެންމެ ފިޔަވަޅު އެޅުމުގެ ކުރިން ޢަމަލުކުރި އިޖުރާއާތު ރަނގަޅވެފައު މައުޟޫއީގޮތުން ފިޔަވަޅުއެޅި ސަބަބާއި އެޅި ފިޔަވަޅު ގޯސް ވެސް ވެދާނެއެވެ. އެގޮތުން ބަލާއިރު، މައްސަލައެއްގެ އިދާރީ ތަޙުޤީޤެއް ކޮށްފައި ނެތުމަކީ، ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ސަބަބެއް ނެތިކަމަށް ނުވަތަ ވަޒީފާއިން ވަކިކުރި ސަބަބު އަދި އެޅި ފިޔަވަޅު ގޯސްކަމަށް ކަނޑައެޅިދާނެ ހުއްޖަތެއްކަމުގައި ނުދެކެމެވެ. އަދި ހަމަ އެހެންމެ، މުވައްޒަފަކާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެ މައްސަލައިގެ އިދާރީ ތަޙުޤީޤެއް ކޮށްފައި ނެތުމަކީ، ވަޒީފާއިން ވަކިކުރި މައުޟޫއީ ސަބަބު ސާފުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ހެކި އާންމު އުސޫލުން ބަލައިނުގަނެވޭނެ ސަބަބެއް ނޫނެވެ.
23. މި މައްސަލައިގެ ޝަރީޢަތް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރ 36/31 (ހެއްކާބެހޭ ޤާނޫނު) އަށް ބަލާއިރު އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންވެގެންވަނީ "ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކެވެ." މި ޤާނޫނީ ހަމަ ތަޠުބީޤުކުރުމަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނު ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައިވެސް، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ޝަރީޢަތަށް ސާފުކޮށްދިނުމަށް ވަޒީފާދިން ފަރާތަށް ހުށަހެޅޭނެ ހެކި މަހުދޫދުކޮށްފައިނުވާތީ، އެ ސަބަބު ސާފުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހެޅޭ ހެކިތައް އާންމު އުސޫލުން ބަލައިގަނެވޭނެކަން އެނގެއެވެ. މި ޢާއްމު އުސޫލަށް އިސްތިސްނާ ޙާލަތެއް އޮވެގެން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން ހެކި ބަލައިނުގަތުމަށް ނިންމޭނީ މަޤުބޫލު ސަބަބެއް އޮވެގެންނެވެ. އަދި އެ މަޤުބޫލު ސަބަބު ޝަރީޢަތް ނިމުނު ރިޕޯޓުގައި ފަނޑިޔާރު ބަޔާންކުރަންވާނެއެވެ.
12. ބުނެވިދިޔަ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ވައްކަމުގެ ނުވަތަ ޚިޔާނާތުގެ ތުހުމަތުގައިކަމަށް އަޙްމަދު މަމްދޫޙްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެ އެސަބަބު އެގޮތުގައި އޮތްކަން ސާފުކޮށްދިނުމަށްޓަކައި، އަޙްމަދު މަމްދޫޙްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 3 މީހެއްގެ ބަޔާން ހުށަހަޅާފައިވެއެވެ. އަދި އެ 3 ބަޔާނަށް ބުރަދަން ނުދެވޭނަމަ، އެ 3 މީހުންގެ ހެކިބަސް ނަގައިދިނުމަށް އެދިފައިވާކަން އަޙްމަދު މަމްދޫޙުގެ ފަރާތުން 23 މާރިޗު 3233 ދުވަހު އެ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮވެއެވެ.
13. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ 3.6 ވަނަ ނުކުތާގައި، މި މައްސަލައިގައި މައުޟއޫ އަދުލުވެރިކަން ޤާއިމްކުރެވިފައިވޭތޯ ބެލުމަށްޓަކައި ރިޢާޔަތްކޮށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، މި މައްސަލައިގައި އިދާރީ ތަހުޤީޤެއް ކޮށްފައިނުވާކަމާއި، އަޙްމަދު މަމްދޫޙުގެ ފަރާތުން އެ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުނު ފަހުން އަޙްމަދު މަމްދޫޙުގެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ 3 ކޭޝިއަރުންގެ ބަޔާން ހުށަހަޅާފައިވީނަމަވެސް، ވަޒީފާއިން ވަކިކުރުމަށް ނިންމައި އެ ނިންމުމަށް ތަޠުބީޤުކުރި ހަމައަކީ ކޮބައިކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާން ނެތް ކަމަށް ބަޔާންކޮށް، ވަޒީފާދޭ ފަރާތަށް ފެންނަ ފެނުމެއްގެ މައްޗަށް ވަޒީފާއިން ވަކިނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ބުނެވުނު 3 ބަޔާނުގައި ހުރިކަންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގާ ރިޕޯޓުގެ 5.3 ވަނަ ނުކުތާގައި ފާހަގަކޮށްފައިވީ ނަމަވެސް މި މައްސަލައިގައި މައޟު އ އަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައެޅިއިރު، ބުނެވުނު 3 ބަޔާނުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް އެ ބަޔާންތަކަށް ބުރަދަން ދީފައި ނުވެއެވެ. މީގެ އިތުރުން އެ 3 ހެކީންގެ ހެކިބަސް ނަގާފައިވެސް ނުވެއެވެ.
13. މި މައްސަލައިގައި އަޙްމަދު ޢަލީ ވަޒީފާ އަދާކުރަމުން ގޮސްފައިވަނީ އަމިއްލަ ފަރުދެއްގެ ރެސްޓޯރެންޓެއްގައެވެ. އެފަދަ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޚްލާޤީ މައްސަލައެއް ދިމާވެއްޖެނަމަ، އެކަން އިދާރީގޮތުން . އަޙްމަދު މަމްދޫޙުގެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ 3 ކޭޝިއަރުންގެ ބަޔާން ތަޙުޤީޤުކޮށް ގޮތެއް ނިންމާނެ ސުލޫކީ ކޮމިޓީއެއް އޮތުން، ނުވަތަ އެކަން އިދާރީގޮތުން ތަޙްޤީޤުކުރާނެ އިޖުރާއަތެއް ޤާނޫނުން ނުވަތަ ގަވާއިދުން ލާޒިމްކޮށްފައިނުވާއިރު، އެފަދަ ތަނެއްގައި މުވައްޒަފުންގެ މަސައްކަތުގެ ސުލޫކާގުޅިގެނ އިދާރްތަޙްޤީޤުކޮށް، ބަޔާންނަގާ، ގޮތް ނިންމާނެ ކޮމިޓީއެއަހުރިހާ ޙާލަތެއްގައިވެސް އޮންނީ ންޖެހި ކަމަށް ބެލުމަކީ ޤާނޫނީގޮތުން އަދ ޢަމަލީގޮތުން ހަމަޖެހޭ ކަމެއް ކަމަށް ނުދެކެމެވެ.
12. އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަން ސާބިތުކޮށްދިނުމަށްޓަކައި، އަޙްމަދު މަމްދޫޙްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އެ ބަޔާންތައް ބަލައިނުގަނެ ނުވަތަ ބުރަދަންނުދީ އެއްފަރާތްކުރަންވީ ޤާނޫނީ ސަބަބެއް އަދި އެބަޔާންދިން 3 މީހުންގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށް ބަޔާންކުރާ ޤާނޫނީ މަސްދަރެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކޮށްދީފައިނުވެއެވެ. އެހެންކަމުން ވަޒީފއިނާ ވަކިކުރެވުނު ސަބަބު މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ހެކިތައް އެއްފަރާތް ކުރެވިދާނެ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ.
11. އެހެންކަމުން މި މައްސަލާގައި އަހުރެންނަށް ބުރަވެވެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު މަމްދޫޙްގެ ފަރާތުން ހުށަހެޅި 3 މީހުންގެ ބަޔާންތަކުގައި ހުރިކަންކަމަށް ރިޢާޔަތްކުރަންޖެހޭނެކަމަށެވެ. އަދި އެފަދައިން ރިޢާޔަތްކުރުމުގައި ހެކިބަސް ނަގަންޖެހޭކަމަށް ޝަރީޢަތަށް ފެންނަނަމަ ހެކިބަސް ނަގައި ވަޒަންކުރަންޖެހޭނެކަމުގައިވެސް ދެކެމެވެ. އަދި ބަޔާންކުރެވުނު ފަދައިން ޢަމަލުކޮށް، މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ޤާއިމްވެފައިވޭތޯ ވަޒަންކުރުމަށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހުވީލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
15. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
- ހެއްކާބެހޭ ޤާނޫނު (ޓްރައިބިއުނަލުގައި މައްސަލަ ހިނގިއިރު ޢަމަލުކުރި ޤާނޫނު؛ ނަންބަރު ލިޔުމުގައި "36/31" ގޮތަށް) ގެ 3 ވަނަ މާއްދާ (ޚިލާފު ރައުޔުގައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އަދި 42 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ILO Termination of Employment Convention, 1982 (No. 158) ގެ 4 އަދި 7 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 (ސިވިލް ސަރވިސް ކޮމިޝަން ވ. އަޙްމަދު ވާޞިފް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/23 (މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން)
- ހައިކޯޓުގެ ނަންބަރު 2016/HC-A/555 (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ޙުސައިން މަޒީދު