ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/361
ސިވިލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު އަޝްރަފް ޢަލީ، 2022/HC-A/361
Civil Service Commission v. Mohamed Ashraf Ali 2022/HC-A/361 (2022/HC-A/361, High Court of the Maldives, 29 April 2025)
ސިވިލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު އަޝްރަފް ޢަލީ
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅައި، ވަޒީފާއަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ނިންމިއެވެ؛ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވިކަމަށް ކަނޑައެޅިއެވެ.
ސްކޫލެއްގެ އިސްލާމް މުދައްރިސެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ވާހަކައަކަށް ރައްދުދެމުން، އެ ފަރާތް ސިކު މުރުތައްދެއްކަމަށާއި ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭކަމަށް ފޭސްބުކްގައި ޕޯސްޓުކޮށް، ފަހުން އެ ޕޯސްޓު އިޞްލާޙުކުރިއެވެ. ތަޙްޤީޤަށްފަހު ނޯޓިސް ނުދީ ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއިން ވަކިކުރިއެވެ.
ކޮމިޝަނުން ބުނީ ޢަމަލަކީ ކުޑަކުދިންނަށް ކިޔަވައިދޭ މުދައްރިސެއްގެ އަޚްލާޤާ ޚިލާފު، އިތުބާރު ގެއްލޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށެވެ. މުވައްޒަފުން ބުނީ ޕޯސްޓު އިޞްލާޙުކޮށް މާފަށް އެދުނުކަމަށާއި ނަސޭޙަތް ލިބުނުކަމަށާއި އެއީ ނޯޓިސް ނުދީ ވަކިކުރެވޭވަރުގެ ޢަމަލެއް ނޫންކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ އިސް މަޤާމެއްގައި ހުރި ފަރާތެއް މުރުތައްދެއްކަމަށް ގޮވައި މަރާލަން ޖެހޭކަމަށް ފޭސްބުކްގައި ޕޯސްޓުކުރި އިސްލާމް ޓީޗަރަކު ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވިތޯ.
ނިންމި ގޮތް
ޓްރައިބިއުނަލުގެ ނިންމުން ބާޠިލު
ނަމޫނާ ދައްކަންޖެހޭ އިސްލާމް މުދައްރިސަކު މީހަކު މުރުތައްދުވެއްޖެކަމަށް ކަނޑައަޅައި އަދަބު ދިނުމަށް ގޮވާލުމަކީ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭ ޢަމަލެކެވެ؛ އިޞްލާޙީ ނަސޭޙަތެއް ދީފައިވާކަން ނޭނގެއެވެ؛ އެހެންކަމުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައުޟޫޢީ ޢަދުލުވެރިކަމަކީ ވަޒީފާއިން ވަކިކުރުން ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާވުމެވެ؛ އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރާ އިޖުރާއަތު ޢަދުލުވެރިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ނޯޓިސް ނުދީ ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 (ހ)، (ށ) ގައިވާ ޢަދުލުވެރި ސަބަބެއް (ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލު ނުވަތަ ޚިޔާނާތް) އޮވެގެންނެވެ؛ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލަކީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭވަރުގެ ސީރިއަސް ޢަމަލެއް: އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، ދެފަރާތުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22)
- ނޭދެވޭ ޢިބާރާތަކުން ކުރެވޭ ކޮންމެ ސޯޝަލް މީޑިއާ ޕޯސްޓަކީ ވަކިކުރުމުގެ އެކަށީގެންވާ ސަބަބަކަށް ނުވެދާނެއެވެ؛ އެއީ ވަކިވަކި ޙާލަތަށް ބަލައި ކަނޑައަޅަންޖެހޭ ކަމެކެވެ؛ ކުޑަކުދިން ތަރުބިއްޔަތުކުރާ، ނަމޫނާ ދައްކަންޖެހޭ އިސްލާމް ޓީޗަރެއްގެ ޢަމަލުތައް އިދާރާގެ ތެރޭގައާއި ބޭރުގައި ބަހައްޓަންޖެހޭނީ ޚާއްޞަ ފަރުވާތެރި މިންގަނޑެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ކަމުގެ ޢިލްމު ލިބިގެންހުރި މީހަކު، މީހަކު މުރުތައްދުވެއްޖެކަމަށް ކަނޑައަޅައި އެމީހަކަށް އަދަބު ދިނުމަށް ރައްޔިތުންނަށް ގޮވާލާ ޕޯސްޓަކީ، އިޞްލާޙުކުރުމަށްފަހުވެސް ނުރައްކާތެރި މާނައެއް ދޭހަކުރާ، އިސްލާމް މުދައްރިސެއްގެ ކިބައިން ބަލައިނުގަނެވޭނެ ޢަމަލެކެވެ؛ އެއީ ވަޒީފާގެ ގުޅުމުގެ މައިގަނޑު ސިފަ ކަމަށްވާ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭ، މުދައްރިސެއްގެ އިލްތިޒާމުތަކާ ޚިލާފު، ނޯޓިސް ނުދީ ވަކިކުރެވޭނެ ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-32)
- ޢަމަލާ ގުޅިގެން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން ނަސޭޙަތް ދީފައިވާކަން ނޭނގޭ ޙާލަތުގައި، ޢަމަލާއި މުވައްޒަފުގެ ހައިސިއްޔަތާއި ވަށައިގެންވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްނުކޮށް މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅުން ރަނގަޅެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- އިސްތިއުނާފުކޮށްފައިނުވާ ބައެއް (އިޖުރާއީ ޢަދުލުވެރިކަމުގެ ބައި) އިސްތިއުނާފުގައި ނުބެލެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 254/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލ ސަރވިސް ކޮމިޝަނިގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މ ޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކާ ހދ.ކުމުންދޫ، މަޑަވެލގ، މުޙައްމަދު އަޝްރަފް ޢަލީ އެވެ.
2މުޙައްމަދު އަޝްރަފް ޢަލީ އަކީ ނ. ކުޑަފަރީ ސްކޫލުގެއިސްލްމާ މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ.
3މީސްމީޑިއާގެ ވަސީލަތެއްކަމަށްވާ ފޭސްބުކްގައި 16 އެޕްރީލް 2021 ދުވަހުމުޙައްމަދު އަޝްރަފް ޢަލިކުރި ޕޯސޓެއްގައްދައުލަތުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ އަބުރުފުޅަށް ހުތުރުވާގޮތަށް "ސިކު އަދި މުރުތައްދު" މީހެއްކަމަށް ގޮވުމާއި އެފަރާތް މަރާލަން ގޮވާފައިވާތީކަމަށް ބަޔާންކޮށް، މިމައްސަލައިގ އިދާރީ ތަޙްޤީޤަށް މުޙައްމަދު އަޝްރަފް ޢަލީ، 8މޭ 2021 ދުވަހުން ފެށިގނެ 30 )ތިރީސް( ދުވަހުގެ މުއްދަތަށް މުސާރަ ލިބޭގޮތަށް ސަސްޕެންޑްކޮށްފައިވެއެވެ. . ދރއ. މި މައްސަލައިގައި ހުށަހެޅުނު ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއިން ވަކިކުރި ޗިޓް )3 އޮގަސްޓު 2021( . މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު D/22/2021/71-(SC)22 )8މޭ 2021( "މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން"
4އެއަށްފަހު ސަސްޕެންޝަން މުއްދަތު އިތުރު 30 )ތިރީސް( ދުވަހުގެ މުއްދަތަށް ދަންމާލާފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ.
5އެފަދައިން އިދާރީ ތަޙްޤީޤެއް ކުރުމަށްޓަކައ 60 )ފަސްދޮޅަސް( ދީވަހަށްމުޙައްމަދު އަޝްރަފް ޢަލ ސަސްޕެންޑކޮށ، ތަޙްޤީޤަށްފަހު ނޯޓިސް ދިނުމަކާ ނުލައި 3 އޮގަސްޓު 2021 ދުވަހުމުޙައްމަދު އަޝްރަފް ޢަލ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
6އިސްވެ ބުނެވުނު ފަދައިން ވެޒީފައިން ވަކިކޮށްފައިވާތީ، މުޙައްމަދު އަޝްރަފް ޢަލީގެ ފަރާތުން އ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
7އގޮތުނެ ހުށަހެޅް މައްސަލައަކީ، މުޙައްމަދު އަޝްރަފް ޢަލިނ.ކުޑަފަރީ ސްކޫލްގެ ޓީޗަރެއްގެ މަޤާމްގައ 20 ފެބްރުވަރީ 2019 އުނި ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޤިޞާޞް ހިފުމުގެ ޙުކުމަށް ފުރައްސާރަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރްގެ މެންބަރު މުޙައްމަދު ވަޙީދު ކެމްޕެއިނެއްގައި ދައްކާފައިވާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުނ 16 އެޕްރީލް 2021 ވ ހުކުރު ދުވަހުގެ ރޭފޭސްބުކްގައި ލިޔެފައިވާ ލިޔުންކޮޅަކ ގުޅިގެނާ އިދާރީ ތަޙްޤީޤުކރުމަށްޓަކައި ދެފަހަރެއްގެ މަތިން ސަސްޕެންޑްކުރުމަށް ފަހު، ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، މުޙައްމަދަ އަޝްރަފް ޢަލާވަޒީފާއަށ ނުކުތުން މަނާކޮށްފައިވަނީ ކނޑައެޅިފައިވ . މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރ D/22/2021/80-(SC)22 )6 ޖޫން 2021( "މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން"( . މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު D/22/2021/71-(SC)22 )8މޭ 2021( "މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުނު " އަދުމިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރ -D/22/2021/80(SC)22 )6 ޖޫން 2021( "މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" . މި މައްސަލައިގައި ހުށަހެޅުނު ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއިން ވަކިކުރި ޗިޓް )3 އޮގަސްޓު 2021( ޤާނޫނީ ހަމަތަކާ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަ ޅައިދިނުމަށާއި،އެ ފިޔަވަޅު ބާޠިލްކަމަށް ކަނޑައޅައިދިނުމީ ށާއި، މުޙައްމަދު އަޝްރަފް ޢަލްވަޒަފާއިން ވަކިކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށީ ނޫންކަމަށް ކަނޑައަޅައިދީ، މުޙައްމަދު އަޝްރަފް ޢަލްކުރިނ ހުރް މަޤާމްއަނބުރާ އިއާދަކޮށްދިނުމަށް އަމުރުކޮށްދިނުމް ށާއި، ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތަށް ދޭންޖެހޭ މުސާރަ އާއި ޢިނާޔަތްތައް ދިނުމަށް އަމުރުކޮށްދިނުން އެދި 02 ނޮވެންބަރު 2021 ގައި ވަޒީފާއާބހެ ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރ 254/VTR/2021 މައްސަލައެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 254/VTR/2021 މިއްސަލަގައީނިންމާފައިވަނީ މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާ ކަމަށާއިނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށެވެ. އެ ޓްރައިބިއުނަލނު ނިންމާފައިވަން މުޙައްމަދު އަޝްރަފް ޢަލީގ ވަޒީފާ ރުޖޫޢަކުރުމަށެވެ. އެ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލާ ހުށަހެޅަ ފަރާތުންނާއި މައްސަލި ރައްދުވަ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލައިގައ ޙާޟިރުކުރި ހެކިންގެ ހެކިބަހަށާއި، މައްސަލައިގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދީފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް ބެލިއިރު، މުޙައްމުދު އަޝްރަފް ޢަލީ )މަޑަވެލި( )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ،(ނ.ކުޑަފަރީ ސްކޫލްގެ ޓީޗަރެއްގެ މަޤާމްގައ 20 ފެބްރުވަރީ 2019 އުނި ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޤިޞާޞް ހިފުމް ގެ ޙުކުމަށް ފުރައްސާރަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކެންޕެއިނެއްގައި ދައްކާފައިވާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުނ 16 އެޕްރީލް ވީ ހުކުރު ދުވަހުގެ ރ މައްސަލޭ ހުށަހެޅަ ފަރާތުން ފޭސް ބުކްގައް ލިޔެފައިވާ ލިޔުންކޮޅަކ ގުޅިގެނާ އެފަރާތަށް އިދާރް ތަޙްޤީޤުކުރުމަށްޓަކައި ދެފަހަރެއްގެ މަތިން ސަސްޕެންޑްކުރުމަށްފަހު، ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، އެފަރާތް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކާ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އ ފިޔަވަޅު ބާޠިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މައްސަލަ ހުށަހެޅި ފަރާތްވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނި ހަމަތަކާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވައި،މައްސަލަ ހުށަހެޅަ ފަރާތި ކުރިން ހުރް މަޤާމަށް އަނބުރާ އިއާދަކޮށަދިނުމަށް އަމުރުކޮށްދެއްވުމަށާއި، ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތަށް ދޭންޖެހޭ މުސާރަ އާއި ޢިނާޔަތްތައް ދިނުމަށް އަމުރުކޮށްދެއްވުމަށް އެދި 02 ނޮވެންބަރު 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ޤަވާއިދު 2014ގެ 273 ވަނަ މާއްދާގެ )ށ( އަދި )ކ( އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 47 ވެނ މާއްދާގަ )ނ( ގ 3 ވަނަ ނަންބަރުގެ ދަށުންކަމާއި، ވަޒީފާއިންވަކިކޮށްފައިވަނީ ޤާނޫނާއި ޤަވް އިދާ އެއްގޮތްވާގޮތުގެ މަތިން އަދި ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުކަމަށ ބަޔާންކޮށް މައްސަލަ ރައްދުވި ފަރާތުން ޖަވާބުދާރީ ވީނަމަވެސް، މައްސަލް ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ރައްދުވި ފަރާތުން މަޢުޟޫޢީ ޢަދުލުވެރިކަނީ fairness) (substantive ޤާއިމުކޮށްފައިނުވާކަމަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 29 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު އަޝްރަފް ޢަލީ އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅައާ،މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް އަނބުރު އިޢާދަކުރާ ދުވަހާ ހަމައަށް މުޙައްމަދު އަޝްރަފް ޢަލީ މައްސަލަ ރައްދުވި ފަރާތް ގެ ވަޒީފާގައި ހުރިނަމަ އޭނާއްށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށުކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ޤާނޫނ ނަންބަރ 2007/5 )ސިވިލ ސަރވިސް ކޮމިޝަނުގެ ޤާނޫނު( އާއި ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2014 ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްވެދެންނެވުނު އެންމެހައި ކަންކަން މިއަދު )16 ޖޫން 2022( އިން ފެށިގެން ރަސްމީ ބަންދުނޫން
21 )އެކާވީސް( ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛު ކުރުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން
03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަރައްދުވ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."
9މިނިންމުމާމެދު ހިތްހަމަނުޖެހިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުންވަޒީފާއާބެހ ޓްރައިބިއުނަލގް ނަންބަރ 254/VTR/2021 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 254/VTR/2021 މައްސަލައިސްތިއުނާފުކުރަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުނ އަންނަނިވި 03 )ތިނެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: އިސްތިއުނާފީ ރައްދުވޭފަރާތާ ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫއާ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމާއި، އަދި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނި މާއްދާގަ ދަށުން ނޯޓިހެއް ދިނުމަކާ ނުލައެ ވަޒީފާއިން ވަކިކުރެވޭނެފަދަ ޢަމަލަކާ ލައިގެން ނޫންކަމަށް ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 254/VTR/2021 މައްސަލަ ނިންމާފައިވަނީ، ވަކި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްއިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑަޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމާއި، އަދި އެފަދއިނ ނިންމާފައިވަން ޤާނޫނީ ނަންބަރު 2007/5 )ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު( ގ 37 ވަނަ މާއްދާއާއި، 47 ވަނަ މއްދާއަދ ދިވެހި ސިވިލް ސަރވިސް ޤަވއިދުގާ 273 ވަނަ މާއްދާގަ )ށ( އަދި )ކ( އާ ޚިލާފަށްކމަށ ބުން ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:އިސްތިއުނާފ ރައްދުވު ފަރާތާ ސޯޝަލް މީޑިއާގައި މީހަކު މަރަން ގޮވިކަމަށް އިޢުތިރާފްވެފައިވާއިރު، މި ޢަމަލުގެ ސަބަބުން ގެއްލުންވަނީ ކިހިނެއް ކޮން ގޮތަކުންކަން ސިވިލ ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފުރައްދުވ ފަރާތަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ދަރިވަރުންނަށް ހެވާއ ނުބައި އޭނގަންނައިދ ޓީޗަރަކަށްވުމަށް ރިޢާޔަތްކުރުމަކާނުލައި އަދި އެފަދައިން ގެއްލުންވާ ގޮތް ކޮމިޝަނުން ކިޔައިދީފައިވަނިކޮށް އެ ކަންކަމަށް ރިޢާޔަތްކުރުމަކާނުލައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރާއި ޚިލާފަށް އަދި މިފަދައިން މީހަކު މަރާލުމުށް ބިރުދެއްކުމަކީ ޖިނާޢަ ކުށެއްކަމުގައި ޤާނޫނު ނަންބަރ 2010/17 )ބިރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު( ގ 2 ވަނަ މާއްދާއާ އަދި ޤާނޫނު ނަންބަރު 2015/32 )ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު( ގެ 4 ވަނަ މާއްދާގެ 2 އަދި 3 ވަނި ނަންބަރުގައި ކަނޑައަޅާފައިވާ ވުމަށް ރިޢާޔަތްކުރުމަކާނުލައ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިނވަން ނުކުތަ އަކީ:އިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ މއުޟޫޢަ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމުގައު ބަޔާންކޮށް، އެފަރާތް އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 254/VTR/2021 މައްސަލަ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2020/HC-A/35 ޤަޟިއްޔާއާއި، ދުވެހރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/35 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
11އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާތަކާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މައިގަނޑުގޮތެއްގައީފާހަގަކޮށްފައިވަނީ މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން އެފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނި މުޙައްމަދު ޢަޝްރަފް ޢަލީގެ ފަރާތުން، ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ހިނގާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައ ސިވިލް ސަރވިސް ކޮމިޝަނުނޭސާބިތުކޮށްދީފައިވަނިކޮށް ކަމަށެވެ. އެގޮތުނީކުޑަކުދިންނަށް ކިޔަވައިދޭ މުދައްރިސެއްގެ އަޚްލާޤީ މިންގަނޑާ ޚިލާފަށް ސޯޝަލް މީޑިއާގައި މީހަކު މަރާލަން މުޙައްމަދު ޢަޝްރަފް ޢަލ ގޮވާލާފައިވާކަމަށެވެ. އަދި މުޙައްމަދު ޢަޝްރަފް ޢަލީ ކުރި ޕޯސްޓު އެޑިޓްކުރުމަށްފަހުވެސް، އެ ޕޯސްޓުގ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށެވެ.މީގެ އިތުރުން މުޙައްމަދު ޢަޝްރަފް ޢަލީ ކުރި ޢަމަލާ ގުޅިގެން ނަސޭހަތްދެވުނުކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ފާހަގަކުރިނަމަވެސް ސިވިލް ސަރވިސްގެ ގަވާއިދު އެއްގޮތަށް މުޙައްމަދު ޢަޝްރަފް ޢަލީ އަށް ނަސޭހަތް ދެވިފައި ނުވާކަމަށެވެ. އެގޮތުން ކަން ހިނގައިދިޔަގޮތް ސާފުކުރުމުގެ ތެރޭގައި ނަސޭހަތ ދިން ކަމަށް ބަޔާންކޮށްފައިވަނީކަމަށެވެ.މުޙައްމަދު ޢަޝްރަފް ޢަލީ ކުރި ޢަމަލާ ގުޅިގެން އެޅުނު ހަމައެކަނި ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުން ކަމަށެވެ. މިކަންކަން މިހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައެޅި ކަނޑައެޅުން ގޯސް ކަމަށެވެ.
12މީގެ އިތުރުން ވަޒީފާ އިއާދަކުރުމާގުޅޭގޮތުނ ހުށަހެޅް ތިންވަނަ އިސްތިއުނާފީ ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވަނީމި މައްސަލައިގައްމުޙައްމަދު ޢަޝްރަފް ޢަލީގެ ވަޒީފާ އިއާދަކޮށްދިނުމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް، މުޙައްމަދު ޢަޝްރަފް ޢަލީއާމެދ އޮތު އިތުބާރު އެއްކޮށް ގެއްލިފައިވާ ހާލަތުގައި ކަމަށެވެ. އަދި އެފަރާތުން ކުރި ޢަމަލަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
13ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވަނީ މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމނު ބާޠިލްކޮށްދީ، މުޙައްމަދު ޢަޝްރަފް ޢަލ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
14ޖަވާބުގައި މުޙައްމަދު ޢަޝްރަފް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ވަޒީފާއިން ވަކިކުރަންޖެހުނ ސަބަބު ކަމަށު ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކުރާ "މީހަކު މަރާލަން ގޮވިކަމަށ އިއުތިރާފުވިކަމަށް" ސިވިލް ސަރވިސް ކޮމިޝަނުން އެ ފާހަގަކުރަނީ ރނގަޅަށ ނޫން ކަމަށެވެ.ސޯޝަލް މީޑިއާގައި ފޭސްބުކްގައި "މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަންޖެހޭ. ދީނަކ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!" މުފަދައިންޕޯސްޓ ކުރިކަމަށް މުޙައްމަދް ޢަޝްރަފް ޢަލީ އިންކާރުނުކުރާ ކަމަށާއި ނަމަވެސް އެ ޕޯސްޓުގައި ބަސްމަގު ހުރިގޮތުން އެހެނެ މާނައެއް ދޭހަވާކަމަށް ބެލެވިގެން ދެ ތިން ފަހަރަކު މުޙައްމަދު ޢަޝްރަފް ޢަލީ އެ ޕޯސްޓު އެޑިޓ ކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ ފަހުން ލިޔް ފައިވާން"މި ސިކު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަނ ނުކޮށްފިނަމަ އިސްލާމީ ޝަރީޢަތުގައިވާ އަދަބު ތަންފީޛްކުރަންޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ" މިފަދައިން ކަމަށެވެ.މި ޕޯސްޓުގިއި ބަސްމަގު ހުރީ ރަނގަޅަށަ ކަމަށް ނުވާތީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެ މުޙައްމަދު ޢަޝްރަފް ޢަލީ މަޢާފަށް އެދިފައިވާކަމަށާއ އެ ޕޯސްޓު އެޑިޓްކޮށްފައިވާތީ، މިއީ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން އެކަށީގެންވާފަދަ ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ޤަބޫލުނުކުރާކަމަށެވެ. އަދި މިކަމާ ގުޅިގެން މުޙައްމަދު ޢަޝްރަފް ޢަލީ އަށް ނަސޭހަތްވެސް ދީފައިވާކަމަށެވެ. އެއް ޢަމަލަކާމެދު ދެ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.އެހެންކަމުން މުޙައްމަދު ޢަޝްރަފް ޢަލީވަޒީފާއިން ވަކިކުރުމުގައި މައުޟޭޢ ޢަދުލުވެރިކަން ޤާއިމް ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.
15މީގެ އިތުރުންވަޒީފާ އިއާދަނުކޮށްދެވޭ މިންވަރަށް އިތުބާރު ގެއްލިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާއިރު، ޙަޤީޤަތުގައި މުޙައްމަދު ޢަޝްރަފް ޢަލީއާ ގުޅޭ ފަރާތަކީ ސްކޫލް ކަމަށާއި ސިވިލ ސަރވިސް ކޮމިޝަން ނޫން ކަމަށެވެ. އެގޮތުން މުޙައްމަދު ޢަޝްރަފް ޢަލީ އާމެދު އިތުބރ ގެއްލުނު ގޮތެއު މި މައްސަލައިގައި ސާފު ނުވާކަމަށެވެ.
16މުޙައްމަދު ޢަޝްރަފް ޢަލީ އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
17މ މައްސަލައިގައި ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވިޤާނޫނީ ސުވާލުތަކާ މެދުގައެވެ.
17.1. މުޙައްމަދު ޢަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤޯ އިމްނުވާކަމަށާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟
17.2. މައުޟޫޢީ ޢަދުލުވެރިކަން ޤީ އިމްކޮށްފައިނުވާނަމަ،މުޙައްމަދު ޢަޝްރަފް ޢަލގޯވަޒީފާ އިއާދަކުރުމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ؟ މިއެވެ. ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން؛
18ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހެއެވެ. އެގޮތުން މަޢުޟޫޢީ ޢަދުލުވެރިކަމަކަމުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީޢަދުލުވެރ ނުވަތި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެންވުނ ކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިނުފުރިހަމަކޮށްފައިވ އިޖުރާއަތަކާ ޢަދުލުވެރި އިޖުރާއަތަކަށްވްނެކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ.
19ޕްރިސިޑެންސް 2މީގެ އިތުރުން މުވައްޒަފަކު ނޯޓިސް ދިނުމަކާނުލައި ވާޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަން މާއްދާގަ )ހ( އާއި )ށ( ގައި ބުނެފައިވާފަދަ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި، ޢަދުލުވެރި ސަބަބެއް އޮތެ ކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން ނުވަތަ ޚިޔާނާތެއްވެފައިވާ ޙާލަތުގައި ކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން 10 9 ލިމިޓެޑި މައްސަލައިގައ އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ މުވައްޒަފަކު ކުރި ޢަމަލަކީ ދެފަރާތުގެ މެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށ ވާނަމަ ކަމަށް ބަޔާންކުރައްވާ، އެފަދަ ޢަމަލުތަކަކީ އަންނަނިވި ޢަމަލުތައް ކަމަށް ބަޔާންކުރައްވާފައިވެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ )ސަންލޭންޑ ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ.އަންޖަލީން މޭރީ ނާޒިއު( . ޤާނޫނު ނަންބަރު 2008/2 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާ )1(ދެފަރާތުގެ މެދުގައި ވެފައިވާއެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވުން، ނުވަތަ )2( އާ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފު ދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވުން، ނުވަތަ )3(އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވުން، މިއެވެ. މުޙައްމަދު ޢަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރެވުނު ސަބަބު
20މި މައްސަލައިގައި މީސްމީޑިއާގެ ވަސީލަތެއްކަމަށްވާ ފޭސްބުކްގައި 16 އެޕްރީލް 2021 ދުވަހު މުޙައްމަދު އަޝްރަފް ޢަލިކުރި ޕޯސުޓަކ ގުޅިގެނާ އިދާރް ތަޙްޤީޤެއްކުރުމަށްފަހު ނޯޓިސް ދިނުމަކާ ނުލައްމުޙައްމަދ އަޝްރަފް ޢަލ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ )ށ( އަދި )ކ( އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގެ ދަށުން" އިސްވެބަޔާންކޮށްފައިވާ ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ންގ( 3 ވަނަ ނަންބަރުގައި އޮތީ އަންނަނިވި ފަދައިންނެވެ.
47 )ނ( ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ. )3( މިޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން. މުޙައްމަދު އަޝްރަފް ޢަލީވަޒީފާއިން ވަކިކުރި ސަބަބުގައި ޙަވާލާދީފައިވާ ސިވިލް ސަރވިސްގެ ގަވާއިދުގެ މާއްދާތަކުގައި އޮތީ އަންނަނިވި އިބާރާތެވެ. 273 "މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްނޫންކަމަށ ކޮމިޝަނަށް ފެނިއްޖެ ނަމަ، މި ގަވާއިދުގެ 272 ވަނަ މާއްދާގެ )ށ( ގެދަށުނ ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަކާ ނުލައި މުވައްޒަފެއް ވަޒީފާއިން ވަކި ކުރެވޭނެއެވެ. މުވައްޒަފެއްގެ ޢަމަލު އެކަށީގެން ނުވާ ކަމަށް ބެލެވޭނީ އަންނަނިވ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ... )ށ( ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެނުން... )ކ( އެ މުވައްޒަފަކީ އެ މުވައްޒަފަކަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ އޮފީހަށް ހުރި ނުރައްކަލަކަށްވުން." މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ސަބަބު
21މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކަށް ބިނާކޮށެވެ.
21.1. މުޙައްމަދު އަޝްރަފް ޢަލީ ފޭސްބުކްގައި ކުރި ޕޯސްޓަކީ އެފަދަ ގޮތަކަށް ކޮށްފައިވާ ފުރަތަމަ ޕޯސްޓު ކަމަށް ވުން
21.2. މުޙައްމަދު އަޝްރަފް ޢަލީ ހަރުކަށި ފިކުރަށް ހިތްވަރުދޭކަނ ނުވަތް ތާއީދުކުރާކަން ދޭހަވާ އެހެން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވުނ . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ 8.9.5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން
21.3. އ ލިޔުން ފޭސްބުކްގައި ޕޯސްޓުކުރުމަށްފަހު، އެ ޕޯސްޓުން ދޭހަކޮށްދޭން ބޭނުންވި މާނަ ނޫން އެހެން މާނައެއް ދޭހަވާކަނ އެންގުމުން އެ ލިޔުންކޮޅް އިސްލާހުކޮށް، އެޑިޓްކޮށްފައިވާކަމަށ ބުރަވެވުން
21.4. މުޙައްމަދު އަޝްރަފް ޢަލީވަޒީފާގައި ބަހައްޓައިފިނަމަ، ސިވި ލ ސަރވިސް ކޮމިޝަނަށް ގެއްލުން ވަނީ ކިހިނެތް ކޮން ގޮތަކުންކަން ސާބިތުކޮށްނުދެވުނ
21.5. މުޙައްމަދު އަޝްރަފް ޢަލީ ކުރި ޕޯސްޓަކީ އިސްލާހީފިޔަވަޅެއް އެޅޭނެފަދަ ޕޯސްޓެއްކަމަށް ބުރަވެވުނު ނަމަވެސް، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވިދާނެފަދަ ޢަމަލެއްކަމަށް ބުރަ ނުވެވުން، މިއެވެ. މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ؟
22އިސްވެ ފާހަގަކުރެވުނު ފަދައިން މުވައްޒަފަކީ ނޯޓިސް ދިނުމަކާނުލައި ވާޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގަ )ހ( އާއި )ށ( ގައި ބުނެފައިވާފަދަ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި، ޢަދުލުވެރި ސަބަބެއް އޮތް ކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން ނުވަތަ ޚިޔާނާތެއްވެފައިވާ ޙާލަތުގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑިމައްސަ ލައިގައ އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ 8.9.5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން . ޤާނޫނު ނަންބަރު 2008/2 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާ ކަމަށް ބެލެވޭނީ މުވައްޒަފަކު ކުރި ޢަމަލަކީދެފަރާތުގެ މެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމަ ކަމަށ ބަޔާންކުރައްވާ، އެފަދަ ޢަމަލުތަކަކީ އަންނަނިވި ޢަމަލުތައް ކަމަށް ބަޔާންކުރައްވާފައިވެއެވެ. )1(ދެފަރާތުގެ މެދުގައި ވެފައިވާއެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވުން، ނުވަތަ )2( އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވުން، ނުވަތަ )3(އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވުން، މިއެވެ.
23މ މައްސަލައަށް ބަލާއިރު، މުޙައްމަދު އަޝްރަފް ޢަލީ ފޭސްބުކްގައި ކުރި ޕޯސްޓަކީ ގުޅިގެނާ ނޯޓިސް ދިނުމަކާ ނުލައި މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކޮށްފައިވާއިރު، މުޙައްމަދު އަޝްރަފް ޢަލ އަދާކުރަމުންދިޔަ ވަޒީފާއަކީ ކޑަކުދިންނަށ އިސްލާމް އާއް އަރަބި ކިޔަވައިދިނުނ ކަން މައްސަލައިގައް ހުށަހެޅިފައިހުރި ލިޔުންތަކަށް ބެލުމުން އެނގެއެވެ.
24މުޙައްމަދު އަޝްރަފް ޢަލީ،ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނިސްބަތްކޮށުފޭސްބުކްގައި އެންމެ ފުރަތަމަ ކުރި ޕޯސްޓު، އަދި އެ ޕޯސްޓަކަށ ބިނާކޮށް މުޙައްމަދް އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރި ޕޯސްޓް އޮތީ އަންނަނިވި ފަދައިންނެވެ. "މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަންޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!" . ތަޙްޤީޤް ރިޕޯޓު އަދި މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރި ޗިޓް
25މި ޕޯސްޓު މިފަދައިން ކުރަކި މަށް އެއްބަސްވެ، އެ ޕޯސްޓުގައިވާ އިބާރާތުން ދޭހަކޮށްދޭން ބޭނުންވާ މާނަ ނޫން އެހެން މާނައެއް ދޭހަވާކަމަށް ޤަބޫލުކުރެވިގެން އެ ޕޯސްޓު ދެ ތިން ފަހަރަށް ބަދަލުކޮށްފައިވާނެކަމާއ އެންމެ ފަހުން ކުރި ޕޯސްޓު އޮތީ އަންނަނިވި ފަދައިންކަމަށ މުޙައްމަދް އަޝްރަފް ޢަލީ ބުނެފައިވާކަން ތަޙްޤީޤު ރިޕޯޓަށް ބެލުމުން އެނގެއެވެ. "މި ސިކު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ އިސްލާމީ ޝަރީޢަތުގައިވާ އަދަބު ތަންފީޛްކުރަންޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ"
26މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، މި ޕޯސްޓު މިފަދައިން އެޑިޓްކޮށް، ތަޙްޤީޤުގައި މާފަށް އެދިފައިވަނިކޮށްކަނ ތަޙްޤީޤް ރިޕޯޓަށް ބެލުމުން އެނގެއެވެ.
27މުޙައްމަދު އަޝްރަފް ޢަލީގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރާ ކަމަކީ އެ ޕޯސްޓަކީ އެންމެ ރަނގަޅު އިބާރާތުން އޮތް ޕޯސްޓެއްކަމަށް ޤަބޫލުނުކުރާ ކަމަށާއި ނަމަވެސް އެއީ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ މިންވަރުގެ ޣައިރު ސުލޫކީ ޢަމަލެއް ނޫން ކަމަށެވެ. ހަމައެހެންމެ އެ ޕޯސްޓާ ގުޅިގެން މުޙައްމަދު އަޝްރަފް ޢަލީއަށް ނަސޭހަތް ދީފައިވާކަމަށެވެ.
28ސިވިލ ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވަނީ އެ ޕޯސްޓަކީ ކުޑަކުދިންނަށް ކިޔަވައިދޭ އިސްލާމް މުދައްރިސެއްގެ ކިބައިން ފެނިގެން ނުވާނެ ފަދަ ޣައިރު ސުލޫކީ، އަދި އިތުބާރު އެއްކޮށް ގެއްލިގެންދާފަދ ޢަމަލެއް ކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓާ ގުޅިގެނެގަވާއިދުގައިވާ ގޮތުގެ މަތިނި އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި މުޙައްމަދު އަޝްރަފް ޢަލީ އަށް ނަސޭހަތް ދީފައިނުވާނެ ކަމަށާއި ކަންވީގޮތް ސާފުކުރުމުގެ ތެރޭގައި ނަސޭހަތް ދީފައި އޮތީ ކަމަށެވެ.
29މި މައްސަލައަށް ބަލާއިރު، މުޙައްމަދު އަޝްރަފް ޢަލީ އަކީ ކުޑަކުދިންނަށް ކިޔަވައިދެމުން އައި "އިސްލާމް" މުދައްރިސެކެވެ. ކަމުގެ ފަންނި ޢިލްމު އުނގެ ނ ގ ން އެ މަސައްކަތް ކުރަމުން އައި ފަރާތެކެވެ. ދަރިވަރުންނާއި ބެލެނިވެރިންވެސް ނަމޫނާއަކަށް ބަލާނެ، ނަމޫނާއަކަށް ވާންޖެހޭ ފަރާތެކެވެ. އަދި ޚާއްސަކޮށް ހަރުކަށި ފިކުރުތަކާއި ނޭދެވޭ ޤަބޫލުކުރުންތަކާއި މާނަކުރުންތައ ދޭން ކަންކިމަށ ހަދައިގެން އުޅޭ ދުވަސްވަރެއްގައި، ދަރިވަރުންނަށް ސައްޙަ ޢިލްމު އުނގަންނައިދ ރަނގަޅީ ނަމނ ދައްކަންޖެހޭ މަޤާމެއްގައި ހުރި ފަރާތެކެވެ.
30ޕްރިސިޑެންސް 3ތެދަކެވެ. ނޭދެވޭ ޢިބާރާތަކުން ކުރެވޭ ކޮންމެ ކޮންމެ ސޯޝަލް މީޑިއާ ޕޯސްޓަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބަކަށް ނުވެދާނެއެވެ. ނަމަވެސް މިކަމަކީ ވކަ ވަކި ހާލަތްތަކަށް ބަލައި ވަކި ވަކިނ ރިޢާޔަތްކޮށް ގޮތް ކަނޑައަޅަންޖެހޭ ކަމެކެވެ.ވަޒީފާގެ މާހައުލުގައޭއާންމު ރައްޔިތުންނާ މާބޮޑު ގުޅުމެއް ބާއްވަންނުޖެހާމުވައްޒަފަކު ނޭދެވޭ އިބާރާތަކުން ޕޯސްޓެއް ކުރުމާއި، ކަމުގެ ޢިލްމާއި ހުނަރު ލިބިގެން ހުރި، ނަމޫނާ ދައްކަންޖެހޭ، މުއްސަސާއެއްގައި މަސައްކަތްކުރުއިސްލާމް ޓީޗަރެއްފަދަމުވައްޒަފަކާއެފަދ އިބާރާތަކުނ ޕޯސްޓް ކުރުމާ އެއްފަދަ ނުވާނެއެވެ.އިސްލާމް ދީނުގައިވާ ޚައްޞާޞީ ޙުކުމްތަކާއި އެ ޙުކުމްތަކަށް ޢަމަލުކުރެވޭ ޤާނޫނުތަކާމެދ ޤައުމުގެ ކުޑަކުދިން ތަރުބިއްޔަތުކުރާ މަޤާމެއްގައި ހުރި އިސްލާމް ޓީޗަރެއްގެ ޢަމަލުތައް މަސައްކަތުގެ އިދާރާގެ ތެރޭގަ އާއި ބޭރުގައިވެސް ބަހައްޓަންޖެހޭނީ ޚާއްސަ ފަރުވާތެރި މިންގަނޑެއްގައެވެ.
31ޕްރިސިޑެންސް 4އާންމު ރައްޔިތަކު ނޭދުވޭ މެސެޖެއް ލިބިދޭ އިބާރާތެއް ޕޯސްޓު ކުރުމާއި، ކަމުގެ ޢިލްމު ލިބިގެންހުރި، ބަސްވިކޭ މީހަކާ،އިސްލާމީ ޝަރީޢަތްއި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އަނެކާއަކީ މުރުތައްދެއްކަމަށ ކަނޑައަޅައި، ރައްޔިތުން ނުކުމެ މީހަކު މަރާލަންޖެހޭކަމަށިމެސެޖެއ ސޯޝަލްމީޑިއާގައާ ޕޯސްޓު ކުރުމުން ނުކުމެދާނެ ނަތީޖާ ހާސް ތަފާތެވެ. މި މައްސަލައިގައި"މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަންޖެހޭ. ދީނަކ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެނ ނުވާނެ!" މިފަދައިން ޕޯސްޓު ކުރުމާއި، އެ ޕޯސްޓު އެޑިޓްކޮށް"މި ސިކު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިންމަ އިސްލާމީ ޝަރީޢަތުގައިވާ އަދަބު ތަންފީޛކުރަންޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ" މިފަދައިން މުޙައްމަދު އަޝްރަފް ޢަލީ ކުރި ޕޯސްޓަށް ބަލާއިރުވެސް، އިސްލާމީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށެމީހަކު މުރުތައްދުވެއްޖްކަމަށް ގޮވުމާއެރައްޔިތުނ ނިކުމްއެމީހަކުށް އަދަބު ދިނުމަށް ގޮވާފައިވާކަމީ ދެބަސްނުވެވޭނެ ހަޤީޤަތެކެވެ. އެ ޕޯސްޓް އިސްލާހުކުރުމަށްފަހުވެސް "...ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަނ ބަލަން މުސްލިމް ޤައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ" މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމަށް ބަލާއިރު،ކަމުގެ ޚާއްސަ ޢިލްމު ނެތް،އާންމު ރައްޔިތުންނަށް މި އިބާރާތުން ނުރައްކާތެރްމާނއެއަ ދޭހަކުރެވެއެވެ. މިއް ދީނުގެ ޙުކުމަކާމެދު، ދީނީ ޢިލްމު އުނގެނިގެނ ހުރް "އިސްލާމޮ" މުދައްރިސެއްގެ ޢަމަލުތައްއެއްގތަކަށްވެސިބަހައްޓައިގެންވާނެ ގޮތެއް ނޫނެވެ. އަދ މިއީ "އިސްލާމް" މުދައްރިސެއްގެ ކިބައިންއެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.މިއީ ނަސޭހަތްދ މިފަދަ ކަމެއްތަކުރާރު ނުކުރުމަށް އެންގި ނަމަވެސް، މކަމުނި ނުކުމެދާނެނޭދެވޭ ނަތީޖާ ކޮންޓްރޯލް ކުރެވޭން ބާވަތުގެ ކަމެއް ކަމުގައިވެސެއަހުރެނ ނުދެކެމެވެ.
32އަހުރެންނަށް ޤަބޫލުކުރެވެނީ ކުޑަކުދިންނަށް ކިޔަވައިދެމުން އައި "އިސްލާމް" މުދައްރިސެއްގެ ހައިސިއްޔަތުގައ ހުރި މުޙައްމަދު އަޝްރަފް ޢަލީ ކުރި އެ ޕޯސްޓަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފެދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދާމެދުގައި އޮންނަންޖެހޭ އިތުބާރއ އަމާނާތްތެރިކަން ގެއްލޭފަދަކަމެއްކަމަށޭވެ. އަދ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާވެސ ޚިލާފް ކަމެއު ކަމަށެވެ.އަދި އެ ޢަމަލަކީ ނޯޓިސް ދިނުމަކާނުލައި ނުވަތަ އިތުރު އެހެން ފިޔަވަޅެއް އެޅުމަކާ ނުލައި ވަޒީފާއިން ވަކިކުރަންޖެހޭނެ ޢަމަލެކެވެ. އެފަދައިން ކަންކުރާ މީހުންއިސްލާމް ޓީޗަރުންގެ ނަމުގައި ސިކޫލުތަކުގެ ވަޒީފާތަކުގައި ބޭތިއްބުމުނ ދަރިވަރުން އެ ވައްޓާލެވެނީ ނުރައްކެތެރ ހާލަތަކަށެވެ. އެފަދަ މީހް އްގެ ފަރާތުން ކިޔަވައިގެން ނެކުންނަ ދަރިވަރުނި ގެ ވިސްނުމާ ފިކުރު ހުންނާނީ ގޮތަކާމެދު ސުވާލުއުފެދެއެވެ. އެހެންކަމުން މިފަދަ ކަންކަމަކީ އާދައިގެ ކުދިކުދި ކަންކަމަށް ހަދައި ވަރިހަމަކޮށލައި ދޫކޮށްގެން ތިބެގެންނުވާނެއެވެ.
33ޕްރިސިޑެންސް 5ހަމައެހެންމެމުޙައްމަދު އަޝްރަފް ޢަލެފާހަގަކުރ ގޮތާ ޚިލާފަށް، މުޙައްމަދު އަޝްރަފް ޢަލްކުރި އ ޕޯސްޓް ގުޅިގެނާ އިސްލާހީ ފިޔަވަޅެއްގެ ގޮތުނ ނަސޭޙަތްދީފައިވާކަން މި މައްސަލައިގައިއެނގޭކަށް ނެތެވެ. އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު،މި މައްސަލައިގައިމުޙައްމަދު އަޝްރަފް ޢަލ ވަޒީފާއިން ވަކިކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށ އަހުރެންނަށް ބުރަވެވެއެވެ.އެހެންކަމުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، މުޙައްމަދު އަޝްރަފް ޢަލީ ކުރި ޢަމަލަށާއި، މުޙައްމަދ އަޝްރަފެޢަލީ އަދާކުރަމުންއައް ވަޒީފާގެ ހައިސިއްޔަތަށާއި މައްސަލައިގެ ވަށައިގެންހުރި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކަމުގައި އަހުރެން ނުދެކެމެވެ.
34މ ނުކުތާގައި މިފަދައިން ކަނޑައެޅިގެންދިއުމުން، ވަޒީފާ ރުޖޫޢަ ކުރުމާގުޅޭގޮތުނ ހުށަހެޅް ތިންވަނަ އިސްތިއުނާފީ ނުކުތާއަށް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.
35ޕްރިސިޑެންސް 6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 254/VTR/2021 މައްސަލައިގެ ރިޕޯޓުގެ 9.3 ވަނަ ނުކުތާގައި މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށ ބުރަވެވޭކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭ ބައި އިސްތިއުނާފުކުރެވިފައި ނުވެއެވެ.އިސްތިއުނާފުކުރެވުނީ މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާ މައުޟޫޢީ އަދުލުވެރިކަމާ ގުޅިބަޔާއި ނަގައިދެވުނު ފަރުވާގެ ބައެވެ. އެހެންކަމުން މ އިސްތިއުނާފުގައި އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭ ބައި ބެލިފައިނުވެއެވެ.
36އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،މ މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، މުޙައްމަދު އަޝްރަފް ޢަލީ ވަޒީފާއިން ވަކިކުރުމުގައިމައުޟޫޢީ ޢަދުލުވެރިކނަ ޤާއިމްނުވެކާމުގެމައްޗަށުވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 254/VTR/2021 މައްސަލައިގައި ނިންމާފައިވާ ނިންމުންތައް ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔު ރ ދީބާނާޒް ފަހުމީގާ ރައުޔު؛
37ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
38ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
39މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށްބިނާކޮށްވެސ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)(1) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ)(3)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ށ) އަދި (ކ)
- 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- 2014/SC-A/27، 2014/SC-A/30 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- 2020/HC-A/35
- 2019/SC-A/35
- ބެންޗު
- ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް