ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/586
އަޙްމަދު ފިރުޝާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، 2019/HC-A/586
Ahmed Firushaan v. Maldives Airports Company Limited 2019/HC-A/586 (2019/HC-A/586, High Court of the Maldives, 28 November 2021)
އަޙްމަދު ފިރުޝާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ތުހުމަތު މަދަނީ ހެއްކުގެ މިންގަނޑުން ސާބިތުވާކަމަށާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްވާކަމަށެވެ.
އެއަރޕޯޓު ކާގޯގެ އިކުއިޕްމަންޓް އޮޕަރޭޓަރަކު، ޑިއުޓީ ދައްކަންޖެހޭ ތިން ފޮށިގަނޑު ފައިސާއަށްޓަކައި އުޞޫލާ ޚިލާފަށް ކާގޯއިން ބޭރުކުރުމުގައި ބައިވެރިވިކަމަށް ފުލުހުންނާއި ކުންފުނިން ތަޙްޤީޤުކުރުމަށްފަހު، ޑިސިޕްލިނަރީ ކޮމިޓީން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
މުވައްޒަފުން ބުނީ ފުލުހުންނަށް ދިން ބަޔާން ނަގާފައިވަނީ މަޖުބޫރުކޮށް ވަކީލުގެ ފުރުޞަތު ނުދީކަމަށާއި، ރިލީސް އޯޑަރ ބެލުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، 2016/HC-A/519 އާ ޚިލާފުކަމަށެވެ. ކުންފުނިން ބުނީ ފުލުހުންގެ ތަޙްޤީޤާއި އެހެން ތުހުމަތުކުރެވޭ މީހާގެ ބަޔާނާއި ކުންފުނީގެ ތަޙްޤީޤަށް ރިޢާޔަތްކޮށް ވަކިކުރީކަމަށެވެ.
މައިގަނޑު ސުވާލު
ކާގޯ މުދާ އުޞޫލާ ޚިލާފަށް ބޭރުކުރުމުގައި ބައިވެރިވިކަމަށް ބުނެ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި، ފުލުހުންގެ ތަޙްޤީޤަށް މުވައްޒަފު ދިން (މަޖުބޫރުކޮށްގެން ނަގައި، ވަކީލުގެ ފުރުޞަތު ނުދީ ނެގި ކަމަށް ބުނާ) ބަޔާނަށް ރިޢާޔަތްކުރެވިދާނެތޯ؛ އަދި ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
މަޖުބޫރުކުރިކަމުގެ ހެއްކެއް ނެތުމާއި ވަކީލުގެ ފުރުޞަތު ދޫކޮށްލީކަން މުވައްޒަފުގެ އަމިއްލަ ބަހުން އެނގުމާއި، އެހެން ތުހުމަތުކުރެވޭ މީހާގެ ބަޔާން އެއްގޮތްވުމާއެކު، ޢަމަލު ސާބިތުވާތީ އެއީ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގެ ގޮތުގައި ވަކިކުރުމަށް އެކަށީގެންވާ ސަބަބެކެވެ. 2016/HC-A/519 ގެ ވާޤިޢާތައް ތަފާތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކު ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާއި ލައިގެންނެވެ. ނޯޓިސް ނުދީ ވަކިކުރެވޭނީ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ވެފައިވާ ޙާލަތުގައެވެ. ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށް ވާނީ ދެފަރާތުގެ ވަޒީފާގެ ގުޅުން ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8-9)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިގެންނެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރި ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީޢަތުން ބޭރުގައިވާ އިޢުތިރާފު އިޢުތިރާފެއްގެ ދަރަޖައިގެ ހެއްކެއްގެ ގޮތުގައި ޤަބޫލުނުކުރެވޭނެ ނަމަވެސް، އެ އިޢުތިރާފަށް ބާރުދޭ ނުވަތަ ކަށަވަރުކޮށްދޭ ކަންކަން ހުރެއްޖެނަމަ ޤަރީނާގެ ދަރަޖައިގެ ހެއްކެއްގެ ގޮތުގައި ޤަބޫލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ބަޔާން ދީފައިވަނީ މަޖުބޫރުކޮށްގެންކަމަށް ހަމައެކަނި ބުނުމުން ނުފުދެއެވެ. މަޖުބޫރުކުރި ފަރާތާއި އެކަން ހިނގި ގޮތް ބަޔާންކޮށް ހެކި ނުވަތަ ޤަރީނާ ހުށަހަޅާފައި ނުވާނަމަ، ނުވަތަ ފުލުހުންގެ މައްސަލަ ބަލާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައި ނުވާނަމަ، އެ ދަޢުވާއަށް ބުރަދަނެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 އާއި 51 ވަނަ މާއްދާގެ ދަށުން ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤު ލިބިގެންވާ ނަމަވެސް، ފުލުހުން ވަކީލުގެ ފުރުޞަތު ދިނުމުން އެ ފުރުޞަތު ބޭނުންނުވާކަމަށް ސޮއިކޮށް ދޫކޮށްލާފައިވާނަމަ، ބަޔާނަކީ ވަކީލުގެ ފުރުޞަތު ނުދީ ނެގި ބަޔާނެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، ވަކިކުރީ އެކަށީގެންވާ ސަބަބަކާއިއެކުކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ. ބަޔާނަށް ރިޢާޔަތް ނުކުރެވޭނެކަމުގެ ދިފާޢު ސާބިތުކުރުމުގެ ބުރަ އޮންނަނީ އެ ދިފާޢު ނަގާ މުވައްޒަފުގެ މައްޗަށެވެ. ފައިސާއަށްޓަކައި އުޞޫލާ ޚިލާފަށް ކާގޯ މުދާ ބޭރުކުރުމުގައި ބައިވެރިވުމަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގެ ގޮތުގައި 23 ވަނަ މާއްދާގެ ދަށުން ވަކިކުރުމަށް އެކަށީގެންވާ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ވަޒީފާދޭ ފަރާތުން އަމިއްލަ ތަޙްޤީޤެއް ނުހިންގާ މުވައްޒަފުގެ ބަޔާނެއް ނުނަގާ ހަމައެކަނި ފުލުހުންގެ ތަޙްޤީޤު ރިޕޯޓަށް ބިނާކޮށް ވަކިކުރި 2016/HC-A/519 ގެ އުޞޫލު، ވަޒީފާދޭ ފަރާތުން އަމިއްލައަށް ތަޙްޤީޤުކޮށް ބަޔާން ނަގައި ފުލުހުންގެ ހޯދުންތަކަށްވެސް ރިޢާޔަތްކޮށް ވަކިކުރި ޙާލަތަކަށް ތަޠްބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
ފަރްހީޒާ ތާއީދުކުރެއެވެ.
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 11/VTR/2019 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް، […] / އަޙްމަދު ފިރުސާންގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އެވެ.
3[…] އަޙްމަދު ފިރުސާން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިކުއިޕްމަންޓް އޮޕަރޭޓަރ ގްރޭޑް 1 (ލެވެލް 4) ގެ މަޤާމުގައި ވަޒީފަ އަދާކުރަމުން ދަނިކޮށް، 30 އޮކްޓޫބަރު 2018 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ފިރުސނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަޙްމަދު ފިރުސާންއަށް ލިބުނު ގެއްލުމުގެ ބަދަލާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ ޚިދުމަތް ހޯދުމަށް އަޙްމަދު ފިރުސާން ޚަރަދުކުރި ފައިސާ ލިބިދިނުމަށް އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާ ގޮތަށް 28 ޖަނަވަރީ 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު ފިރުސާން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 11/VTR/2019 މައްސަލައިގައެވެ.
4އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރެވިފައިވަނީ ކާގޯގެ ގޮތުގައި އައިސްފައިހުރި އެހެން ބައެއްގެ މުދަލެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އުޞޫލުތަކާ ޚިލާފަށް ކާގޯއިން ބޭރުކޮށްފައިވާތީ، ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެ މި މައްސަލަރައްދުވި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖަވާބުދާރީވެފައި ވާއިރު، އަޙްމަދު ފިރުސާނާމެދު ތުހުމަތު ކުރެވުނު ކަންތައްތައް މަދަނީ އަދި އިދާރީ ފިޔަވަޅު އެޅުމުގައި ސާބިތުވާންޖެހޭ މިންގަނޑުން އަޙްމަދު ފިރުސާންގެ މައްޗަށް ސާބިތުވާ ކަމަށް ބުރަވެވޭތީއާއި، އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމަށް ނިންމުމުގެ ކުރީން އޭނާއާ މެދު ތުހުމަތު ކުރެވުނު ކަންތައްތަކަކީ ކޮބައިކަން އޭނާއަށް އަންގައި، އަޙްމަދު ފިރުސާނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީ އެ މައްސަލަ އިދާރީ ގޮތުން ތަޙްޤީޤުކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެން އޮންނާތީއާއި، އަޙމަދް ފިރުސާން ވަޒީފާއިން ވަކިކުރެވުނު ސަބަބު އޭނާއަށް އެނގިފައިވާ ކަމަށް ބުރަވެވޭތީ، މި މައްސަލަ ހުށަހެޅި އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރެވިފައި ވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކޮށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި، މި މައްސަލައިގައި އަޙްމަދު ފިރުސާންގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވާކަން އެނގެއެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 11/VTR/2019 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް އަޙްމަދު ފިރުސާނގް ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
1.5 ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
2.5 މުދާ ކާގޯއިން ބޭރުކުރާއިރު "ރިލީސް އޯޑަރ" އޮތްތޯ ބެލުމާއި، "ރިލީސް ލޮގް"ގައި އެ ދޫކުރާ މުދަލުގެ ރެކޯޑު ލިޔެކިޔުމުން ބެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ އިސްތިއުނާފުކުރާ ފަރާތުން އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމުގައި ނުވާއިރު، އަދި މުދާ ބޭރު ކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން "ކާގޯއިން މުދާ ބޭރުކުރުމާބެހޭ އުޞޫލު" އާއި ޚިލާފުވެފައިވާކަން ސާބިތުވާފަދަ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް އިސްތިއުނާފރައްދުވު ފަރާތުން ހުށަހަޅާފައި ނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާޢިދު 2015 ގެ 42 ވަނަ މާއްދާއާއި ހެކި ހުށަހެޅުމާއި ސާބިތު ކޮށްދިނުމުގައި ރިޢާޔަތްކުރާ ޝަރުޢީ ހަމަތަކަށް ރިޢާޔަތްނުކޮށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަން، އޭނާ ކޮށްފައިވާ ކަމަށް ބުރަވެވޭ ކަމަށާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3.5 ކާގޯ މުދާ ބޭރު ކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށް ވާއިރު، އެކަމަށް ރިޢާޔަތަ ނުކޮށް މައްސަލް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
6މި ނުކުތާތައް ހުށަހެޅުމަށްފަހު، އަޙްމަދު ފިރުސާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 04 ޖުލައި 2018 ގައި ނަގާފައިވާ ބަޔާނަށާއި އެމައްސަލައިގައި ތުހުމަތު ކުރެވުނު އިބްރާހީމް ރަޝީދުގެ ބަޔާނަށް ރިޢާޔަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 46 އަދި 51 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އުޞޫލުތަކާ ޚިލާފަށް އެހެން ބައެއްގެ މުދަލެއް އަޙްމަދު ފިރުސާން ކާގޯއިން ބޭރުކޮށްފައިވާކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ ހަމައަކުން ހެކި ޤަރީނާ ވަޒަންކުރެވިގެން ނޫން ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަދި ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރުމަކާ ނުލައި ކަމަށާއި، އަޙްމަދު ފިރުސާނަކީ އެއްވެސް ހާލެއްގައި ވަޒީފާއިނެ ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އިޢާދަކޮށްދިނުމަށް އަމުރުކޮށްދިނުމާއެކު އޭނާގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އަޙްމަދު ފިރުސާންގެ ފަރާތުން އެދިފައިވެއެވެ.
7މި މައްސަލައިގައި އަޙްމަދު ފިރުސާން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި އަދި އޭނާ ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާ ކަމަށާއި،މާ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކޮށްފައިވަނީ އޭނާ 04 ޖުލައި 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް އެކަނި ނޫންކަމަށާއި، އަޙްމަދު ފިރުސާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރުމަށްފަހު އެމް. އޭ. ސީ. އެލްއަށް ފޮނުވާފައިވާ ސިޓީގައި އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަޙްމަދު ފިރުސާން ކުރި ޢަމަލަކީ އެމް. އޭ. ސީ.އެލްގެ ސުލޫކީ ކަންކަމުގައި ފިޔަވަޅުއެޅުމާ ބެހޭ ސިޔާސަތުގެ 8.1 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އަޙްމަދު ފިރުސާން ވަޒީފާއިނަ ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމަށް ކަނޑައަޅައި، ވަޒީފާ ރުޖޫޢަ ކޮށްދިނުމާއި މުސާރައާއި ޢިނާޔަތް ދޭނެތަނެއް ނެތްކަމަށް ކަނޑަޅައި މި މައްސަލަ ނިންމައި ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމޓެޑުގި ފަރާތުން އެދިފައިވެއެވެ.
8ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، އެމުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައި ވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާ ކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކި ކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރުމަށް ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖްރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ ބެލުންކަމާއި1 ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ކަމާއި، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާ ކަމަށް ބެލޭނީ، (1) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން؛ (2) ޚިޔާނާތެއް ވެފައިވުންކަން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނ) ގެ 23 ވަނަމާއްދާގެ (ހ) އާއި (ށ) އިން އެނގެއެވެ.
9ނޯޓިހެއް ދިނުމަކާ ނުލއަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަމާއްދާގެ
(ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް އޮތްކަމަށް ބެލެވޭނެ ޙާލަތްތައް ތަފްސީލުކޮށް ދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، އިސްމާޢީލް މަސްޢޫދު ވ.ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައި ވަނީ، ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ ދެ ހާލަތެއްގައި ކަމަށާއި، އެއީ: ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް ކުރުމާއި، ޚިޔާނާތެއް ވެފައިވުމެވެ. އަދި ކޮންމެ ކޮންމެ ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުން ހުއްދަނުވެދާނެ ކަމަށާއި ނަމަވެސް، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށާއި، ފާޅުކަން ބޮޑު ޣައިރުސުލޫކީ - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ 12 ވަނަ ނުކުތާ . ޢަމަލަކަށް ވާނީ، މުވައްޒަފު ކުރި ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ ވަޒީފާގެ ގުޅުން އެއް ކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށްވާ ނަމަ ކަމަށެވެ.
10ޕްރިސިޑެންސް 2މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ނުވަތަ ވަޒީފާއިން ވކަ ކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަ ކަމާއި، އެގޮތުން ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، އ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން fairness) (substantive އާއި އިޖްރޢާ ޢަދުލުވެރިކަން fairness) (procedural ޤާއިމް ކުރެވިފައިވާ ނަމަ ކަމާއި، މައުޟޫޢީ ޢަދުލުވެރި ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުމީ ވެ.
11އަޙްމަދު ފިރުސާން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއަކީ، 'އިކުއިޕްމަންޓް އޮޕަރޭޓަރ' ގެ ވަޒީފާއެވެ. މި ވަޒީފާގެ މައިގަޑު މަގްސަދު (objective) އަކީ، ކާގޯގައި ގެންގުޅޭ އުޅަނދު އޮޕަރޭޓް ކުރުމާއި، ކާގޯގެ ގޮތުގައި ގެންނަ މުދާ މތިންދަ ބޯޓު (aircraft) އާއި ކާގޯ ގުދަނާއި ދެމެދު އުފުލުންކަން،އަޙްމަދު ފިރުސާންގެ ވަޒީފާގެ ބަޔާނަށް ބެލުމުން އެނގެއެވެ. އަޙްމަދު ފިރުސާނުގެ ވަޒީފާގެ މަސްއޫލިއްޔަތތަކުގެ ތެރޭގައި އަންނަނިވި ކަންކަނު ހިމެނިފައިވެއެވެ. Primary Responsibilities • Ensure to check the assigned cargo vehicle before starting the duty - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 33 ވަނަ ނުކުތާ . - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާ . • Check the fuel and other checks before starting operating the vehicle like tyres etc. • Maintain the cargo vehicles cleaning and to inform the Equipment in charge and Duty Manager if any damage is found • Take out all empty ULDs in import warehouse after tallying • Give special attention while driving the vehicle on the apron, and other areas of the airport • Ensure the speed limit is maintained, and all rules and regulations are followed at all times • Ensure all procedures, curculars and memorandums are strictly compiled • Complete the daily check sheet everyday • Work as per the instructions from the foreman’s • Bring the ULDs for cargo requirement and take out empty ULDs from cargo • Operate tow trucks at jetty side • Operate forklift when required • Remember to punch the card when reporting and leaving from duty
12މުދާ ކާގޯއިން ބޭރުކުރާއިރު 'ރިލީސް އޯޑަރ' އޮތްތޯ ބެލުމާއި 'ރިލީސް ލޮގް'ގައި އެދޫކުރާ މުދަލުގެ ރެކޯޑު ލިޔެކިޔުމުން ބެހެއްޓުމުގެ ގޮތު ން ކުރަންޖެހޭ ކަންކަން ކުރުމަކީ އަޙްމަދު ފިރުސާންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫންކަމަށާއި، އަޙްމަދު ފިރުސާން 'ކާގޯއިން މުދާ ބޭރުކުރުމާބެހޭ އުސޫލު' އާ ޚިލާފުވެފައިވާކަން ސާބިތުވާ ފަދަ އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއް ހުށަހަޅާފައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދގު 2015 ގެ 42 ވަނަ މާއްދާއާއި ހެކި ހުށަހެޅުމާއި ސާބިތުކޮށްދިނުމުގައި ރިޢާޔަތްކުރާ ޝަރުޢީ ހަމަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާ ކަމަށް އަޙްމަދު ފިރުސާންގެ ފަރާތުން ބނެފައިވު އެވެ. އަޙްމަދު ފިރުސާންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، 'ރިލީސް އޯޑަރ' އޮތްތޯ ބެލުމާއި، 'ރިލީސް ލޮގް'ގައި މުދަލުގެ ރެކޯޑު ލިޔެކިޔުމުން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން ނޯންނަކަމަށް މި މައްސަލައިގެ އިސްތިއުނާފުރައްދުވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުންވެސް އެއްބަސްވެއެވެ. ނަމަވެސް، އަޙްމަދު ފިރުސާން އަދާކުރާ ވަޒީފާގެ ގޮތުން، ކާގޯގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި އޭނާއާ ގުޅުން އޮންނާނެ ކަމަށާއި، އެހެންކަމުން އަޙްމަދު ފިރުސާންއަކީ، ކާގޯއިން މުދާ ބޭރުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން މެދުވެރިކޮށް، ކާގޯގެ އުޞލުތަކާއޫ ޚިލާފަށް ކަންކަން ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހެއްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ބުނެ ފައިވެއެވެ. އަޙްމަދު ފިރުސާންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެހެންބަޔަކާ ބައިވެރިވެގެން ގަވާއިދާއި ޚިލާފަށް ކާގޯ މުދާ ނެރުމުގައި ބައިވެރި ވެފައިވުންކަން އެނގެއެވެ.
13މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން އަޙްމަދު ފިރުސާނަށް ތުހުމަތު ކުރެވުނު މައްސަލައާއި ގުޅިގެން 28 އޯގަސްޓް 2018 ވަނަ ދުވަހު ސުވާލުކޮށް ބަޔާނެއް ނަގާފައިވެއެވެ. އެ ބަޔާނުގައި، އެނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާއި ގުޅިގެން ސުވާލުކުރި ފަރާތުން ބުނެފައިވަނީ، އެފަރާތުން އަޙްމަދު ފިރުޝާންއާ ބައްދަލުކޮށްލީ މިއަހަރުގެ ޖޫންމަހުގެ 18 ވަނަ ދުވަހު އެވަރެސްޓް ފުރުޓް ނަމގައު އައިސްފައި ހުރި ކާގޯތަކެއް، ކާގޯއިން ބޭރު ކުރުމުގައި އަޙްމަދު ފިރުސާން ވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީއާއި އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ތަޙުޤީޤު ކުރުމަށްފަހު،ރިޕޯޓެއް ފޮނުވާފައިވާތީ މި މައްސަލައިގައި އަޙްމަދު ފިރުސާން ބުނާ އެއްޗެއް ބެލުމަށްޓަކައި ކަމާއި، މި މައްސަލަ ތަޙުޤީޤުކުރުމަށް އަޙްމަދު ފިރުސާން ހާޒިރުކޮށް އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ ކޮބައިކަން ސާފުކޮށްދިނުމަށް ފަހު، އެކަމާގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމާއި އެގޮތުން ދިން ފުރުޞަތުގައި އަޙްމަދު ފިރުސާންގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އިންކާރުކޮށްފައިވާކަން އެނގެއެވެ.
14މި މައްސަލައިގައި އަޅާނެ ފިޔަވަޅެއް ނިންމުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީގެ ފަރާތުން 29 އޮކްޓޫބަރު 2018 ދުވަހު ބޭއްވުނު ބައްދަލުވުމުގައި، ތިން މުވައްޒަފުން ބައިވެރިވެގެން ކާގޯ ބޭރުކުރުމުގެ އުސޫލުތަކާއި ޚިލާފަށް ކާގޯ، އެމް.އޭ.ސީ.އެލް އިން ބޭރުކޮށްފައިވާ ކަމާއި އެކަމުގެ މުޤާބިލުގައި އެމީހުންނަށް ފައިސާ ލިބިފައިވާކަން ސާބިތުވާކަމާއި، "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު" ގެ އެނެކްސް 2 ގެ 2 ވަނަ ނަންބަރާއި 17 ވަނަ ނަންބަރާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަންބަރު 6/012HR/PLC/201-MACL "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު" ގެ އެނެކްސް 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "ޚިޔާނާތުގެ ޢަމަލެއް ހިންގުން ނުވަތަ އެފަދަ ޢަމަލެއް ހިންގުމަށް އެހީތެރިވުން" އަދި 17 ވަނަ ނަންބަރުގައި "މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާނެގުން" މިގޮތަށެވެ. އަދި އެކަންކަމުގައި އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެއެވެ. މި މައްސަލައިގައި އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމުމުގައި މި އަޙްމަދު ފިރުސާނާއި މި މައްސަލައިގައި ތުހުމަތުކުރެވޭ އިބްރާހީމް ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވޮ ސްއަށް ދީފައިވި ބަޔާނަށާއި، އަޙްމަދު ފިރުސާން އެޢމަލުގައި ބައިވެރިވެފައިވާކަނަ ސާބިތުވާ ކަމަށް ފުލުހުންގެ ފަރާތުން ބުނާ ބުނުމަށާއި، އެމް.އޭ.ސީ.އެލްއިން ހިންގާފައިވާ ތަޙްޤީޤުގެ މައްޗަށު ރިޢާޔަތްކޮށްފައވާކަނި އެކޮމެޓީގެ ޔައުމިއްޔާއަށް ބެލުމުން އެނގއެ ވެ.
15އަޙްމަދު ފިރުސާންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައާއި، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2018 ޖުލައި 04 ވަނަ ދުވަހު އޭނާ ދީފައިވާ ބަޔާނަކީ، އޭނާ ހައްޔަރުކުރުމަށްފަހު 10 (ދިހައެއް) ވަރަކަށް މީހުން ހުޅުމާލެ ޕޮލިސް ސްޓޭޝަން ބިއްދަށުގައި ހުރި އަނދިރިގަނޑަކަށް އޭނާ ގެންގޮސް އެބަޔާނުގައިވާ ގޮތަށް ކިޔައިދިނުމަށް ބުނުމުން އޭނާ ދީފައިވާ ބަޔާނެއް ކަމަށާއި، އެބަޔާނަކީ ޤާނޫނީ ވަކީލެއްގެ ފުރުސަތު ދޭން ބުނުމުންވެސް ވަކީލެއްގެ ފުރުސަތނުދު ފުލުހުން ސުވާލުކޮށް ނަގާފައިވާ ބަޔާނެއް ކަމަށާއި، ޤާނޫނީވަކީލު ފުރުޞަތު ބޭނުންނުވާކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހީ އެވަގުތު ބިރުގަނެފައި ހުރުމުގެ ސަބަބުން ކަމަށާއި، އަޙްމަދު ފިރުސާން 04 ޖުލައި 2018 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް ބަޔާންކޮށް 15 އޯގަސްޓް 2018 ވަނދުވަހަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އޭނާ ބަޔާނެއް ދީފައިވާނެ ކަމަށެވެ. އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމުގައި އެމްއޭސީއެލްއިން ރިޢާޔަތްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤަށް އޭނާ ދީފައިވާ ބަޔާނުގެ މައްޗަށް އެކަނިނޫން ކަމަށާއި އޭގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި މައްސަލަ ތަޙްޤީޤު ކުރުމަށްފަހު ފޮނުވާފައިވާ ސިޓީއާއި މި މައްސަލައިގައި ތުހުމަތު ކުރެވުނު އިބްރާހީމް ރަޝީދު 03 ޖުލައި 2018 ގައި ދީފައިވާ ބަޔާނަށާއި އަދި އެމައްސަލަ އެމްއޭސީއެލްއިން ކުރި ތަޙްޤީޤުގެ މައްޗަށް ރިޢާޔަތްކޮށްފައިވނެ ކަމަށާ އެމްއޭސީއެލްގެ ފަރާތުން ބުނެފައިވާކަން އެނގެއެވެ.
16މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޖިނާއީ ތަޙްޤީޤަށް 04 ޖުލައި 2018 ގައި އަޙްމަދު ފިރުސާން ބަޔާނެއް ދީފައިވެއެވެ. އެބަޔާނަށް ބަލާއިރު، 2018 ޖޫން 27 ނުވަތަ 28 ވަނަ ދުވަހު މީނާގެ ރައްޓެއސެއްކަމުގައިވާ ޖިލްވާޒުގެ މޯބައިލް ފޯނުން މީނާގެ މޯބައިލް ނަންބަރަށް ގުޅައި އެއަރ ކާގޯއަށް އައިސްހުރި އެއްޗެއް ނެރެވިދާނެތޯއާއި އެކަން ކޮށްދީފިނަމަ ފައިސާ ދޭނެކަމަށް ބުނިކަމަށާއި، އެއީ ކޮން އެއްޗެއްތޯ އެހުމުން އެއަށް ވަކި ޖަވާބެއް ނުދީ، އެއީ ވަރަށް ބޮޑު ޑިއުޓީއެއް ދައްކަންޖެހޭ އެއްޗެއް ކަމަށް ބުނިކަމަށާއި، އެތަކެތީގެ އެއަރވޭ ބިލް ނަންބަރު މީނާއަށް ފޮނުވުމުން މީނާ ޑިއުޓީއަށް ގޮސް ބެލިބެލުމުން އެއީ 03 (ތިނެއް) ފޮށިގަނޑުކަން އެނގުނު ކަމަށާއި، 2018 ޖޫން 30 ވަނަ ދުވަހު، ކާގޯގައި އުޅޭ މީނާ ދަންނަ ވަނަމަކަށް ސޭޓް ކިޔާ މީހެއްގެ ގާތުގައި އެތަކެތި ކާގޯ އޭރިއާއިން ޗެކިން އޭރިއާއަށް ޑެލިވަރީ ނޯޓަކާ ނުލައި ނެރެދިނުމަށާއި އަދި އެކަން ކޮށްދީފިނަމަ ލާރިދޭނެ ކަމަށް ބުނިކަމަށާއި، އަދި އެދުވަހު މީނާ ޑިއުޓީގައި އުޅެނިކޮށް ސޭޓްއާ ދިމާވެގެން އެތަކެތި ޗެކިން އޭރިއާގެ ކޫލްރޫމް ދޮރކުއިރީގައި ހުންނާނެ ކަމަށް ބުނމުނު މީނާ ގޮސް އެތަން ބެލިއިރު، އެ ތިން ފޮށިގަނޑވެސު އެތަނުގައި ހުރި ކަމަށާއި، އަދި ކާގޯގައި އެވަގުތު ސެކިއުރިޓީ ޑިއުޓީގައި ހުރި މީނާ ދަންނަ ވަނަމަކަށް "އިންޑޯ" ކިޔާ މީހެއްގެ ގާތުގައި ކޫލް ރޫމް ކައިރީގައި ހުރި ތިން ފޮށިގަނޑު ކާގޯއިން ނެރެދިނުމަށާއި އެކަން ކޮށްދީފިނަމަ ރަނގަޅު އެއްޗެއް ދޭނެ ކަމަށާއި އަދި އެތަކެތި ނެރެވޭ ގޮތްވުމުން މީނާއަށް ގުޅުމަށް ބުނިކަމަށާއި، އެރޭގެ 20:00 އެހައިކަށްހައިއިރު އިންޑީ މީނާއަށް ގުޅާފައި އެތިން ފޮށިގަނޑު ނެރެނީ ކަމަށް ބުނުމުން އެތަކެތި އެއަރޕޯޓް މިސްކިތްމަގުގައި ހުންނަ އެސްޓީއޯ ފިހާރަ ކައިރިއަށް ފޮނުވައިދިނުމަށް ބުނިކަމަށާއި، އޭރު މީނާ ހުރީ އެފިހާރަ ކައިރީގައި ކަމަށާއި، އެތަކެތި އައުން ލަސްވެގެން އިންޑީއަށް ގުޅުމުން ކުޑަތާށިކަމއެ ދިމާވެގެން ލަސްވެފައިވާ ކަމަށް ބުނުމުން އެތަކެތި ފިހާރަ ކައިރީގައި ބަހައްޓައި ދިނުމަށް އެންޑީ ގާތުގއަ ބުނުމަށްފަހު ހުޅުމާލެ ބަހަށް އަރައިގެން މީނާ ދިޔައީ ހުޅުމާލެއަށް ކަމަށާއި، މީނާ ހުޅުމާލޭގައި ގޭގައި އުޅެނިކޮށް އިންޑީ ގުޅާފައި އެތިން ފޮށިގަނޑު އެފިހާރަ ކައިރީގައި ހުންނާނެ ކަމަށް ބުނިކަމަށާއި އަދި އެތަކެތި ނެރުން ލަސްވާތީ މީނާ ޖިލްވާޒްއަށް ގުޅާފައި އެތަކެތި އެސްޓީއޯ ފިހާރަ ކައިރީގައި ހުންނާނެ ކަމަށް ބުނުމުން "އޯކޭ" ކަމަށް ބުނެ، ކޮންމެ ފޮއްޓަކަށް -/10,000ރ (ދިހަހާސް ރުފިޔާ) ދޭނެ ކަމަށާއި މީނާގެ އެކައުންޓް ނަންބަރު ފޮނުވުމަށް ބުނުމުން ވަޓްސް އެޕް މެދުވެރިކޮށް މީނާގެ ބއެމްއެލް އެކީ އަންޓް ނަންބަރު ޖިލްވާޒްއަށް ފޮނުވިކަމަށާއި އަދި އެރޭގެ ގާތްގަނޑަކަށް 23:00 ހާއިރު، ޖިލްވާޒް މީނާއަށް ގުޅާފައި ތިން ފޮށިގަނޑު ލިބިފައިވާ ކަމަށާއި އަދި އެއިގެ ފަހުން 2018 ޖުލައި 01 ވަނަ ދުވަހުގެ 00:15 އެހައިއިރު ޖިލްވާޒް މީނާއަށް ގުޅާފައި ލާރި ޖަމާކޮށްފައިވާނެ ކަމަށް ބުނިކަމަށާއި، އެވަގުތު މީނާގެ އެކައުންޓް ބެލިއިރު، -/30،000ރ (ތިރީސްހާސްރުފިޔާ) އެކައުންޓަށް ޖަމާކޮށްފައިހުރި ކަމަށާއި އެއަށްފަހު އިންޓަރނެޓް ބޭންކިންގއިން އިންޑީއަށް -/10,000ރ (ދިހަހާސް ރުފިޔާ) ފޮނުވުމަށްފަހު، އޭނާއަށް ގުޅާފައި ލާރި ފޮނުވި ވާހަކަ ބުނިކަމަށާއި، އަދި އެދުވަހުގެ ހެނދުނު މީނާ ޑިއުޓީއަށް ގޮސް އުޅެނިކޮށް ސޭޓއް ދިމާވުމުން "ސޭޓް"އަށް -/500ރ (ފަސްސަތޭކަ ރުފިޔާ) ދިން ކަމަށާއި، މިޢަމަލު މީނާ ކޮށްފައިވަނީ މިކަމަކީ ޢާންމުކޮށް ކާގޯގައި ހިނގާކަމަކަށް ވެފައި މީނާ އެވަގުތު ފައިސާ ބޭނުނވްފައިވާތީ ކަމަށް ބުނެފައިވެއެވެ. މަތީގައި ބަޔާންކޮށްފައިވާ ގޮތަށް އަޙްމަދު ފިރުސާން ބަޔާންދިނުމަށްފަހު، 15 އޮގަސްޓް 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި، މި މައްސަލައާ ގުޅިގެން 2018 ޖުލައި 04 ވަނަ ދުވަހު ފުލުހުންގެ ތަޙްޤީޤުގައި މީނާއާ ސުވާލު ކުރުމުން މައްސަލަ ހިނގާފައިވާ ގޮތްކަމަށްބުނެ ބަޔާނެއް ދީފައިވާނެ ކަމަށާއި އެބަޔާނަކީ އެދުވަހު މީނާ ހައްޔަރު ކުރުމަށްފަހު 10 (ދިހައެއް) ވަރަކަށް މީހުން މީނާ ހުޅުމާލެ ޕޮލިސް ސްޓޭޝަން ބިއްދަށުގައހުރި އަނދިރިގަނޑިކަށް ގެންގޮސް އެބަޔާނުގައިވާ ގޮތަށް ކިޔައިދިނުމަށް ބުނުމުން ދީފައިވާ ބަޔާނެއް ކަމަށާއި އަދި އެ ބަޔާނަކީ ޤާނޫނީ ވަކީލެއްގެ ފުރުޞަތު ދޭން ބުނުމުން ވަކީލެއްގެ ފުރުސަތު ނުދީ ނަގާފައިވާ ބަޔާނެއް ކަމުގައިވާތީ އެއީ ޞައްޙަ ބަޔާނެއް ނޫން ކަމަށް ބުނެ، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤށަ 04 ޖުލައި 2018 ގައި އަޙްމަދު ފިރުސާން ދީފައިވާ ބަޔާނުގައި ހުރި ވާހަކަތަކަކީ އެކަން ހިނގާދިޔަ ގޮތަށް ކިޔައިދީފައިވާ ވާހަކަތަކެއް ނޫންކަމާއި، އެއީ މީނާގެ ގާތުގައި (ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބިއްދަށަށް މީނާ ގެންދިޔަ ކަމަށް މީނާ ބުނާ މީހުން) އެގޮތަށް ބަޔންދިނުމަށާ ބުނުމުން ދީފައިވާ ބަޔާނެއް ކަމަށް ބުނެ އެއީ ޙަޤީޤަތާ އެއްގޮތަށް ދީފައިވާ ބަޔާނެއް ނޫންކަމަށް ދެއްކުމަށް އަޙްމަދު ފިރުސާންގެ ފަރާތުން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭކަމާއި، އަދި އެބަޔާން ދިނުމުގެ ކުރިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ފުރުޞަތު ލިބިދީފައިނުވތާ އެއީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖްރާއާތާ އެއްގޮތަށް ޞައްޙަ ގޮތުގައި ނަގާފައިވާ ބަޔާނެއް ނޫންކަމަށް އަޙްމަދު ފިރުސާންގެ ފަރާތުން ބުނެފައިވެއެވެ.
17އަޙްމަދު ފިރުސާންގެ މިވާހަކަތަކުގެ މައްޗަށް ބެލުމުން އެނގެނީ، އޭނާ މި މައްސަލައިގެ ތަޙްޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 04 ޖުލައި 2018 ގައި ދފައިވީ ބަޔާނަކީ އޭނާއަށް މަޖްބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމއާ އަދި އެބަޔާން ނެގުމުގެ ކުރިން ނުވަތަ ތަޙްޤީޤުގައި އޭނާއާ ސުވާލުކުރުމުން ކުރިން ޤާނޫނުގައިވާ ގޮތުގެމަތިން ޤާނޫނީ ވަކީލެއްގެ އެހީގައި ދިފާޢުވުމުގެ ފުރުޞަތު ލިބިނުދީ ނަގާފައިވާ ބަޔާނެއްކަމުގައިވާތީ އެބަޔާނަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ބަޔނެއާކަމާއި، އެހެންކަމުން، އެބަޔާނުގެ މައްޗަށް ބިނާކޮށް އަޙްމަދު ފިރުސާން އެމްއޭސީއެލްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމިނިންމުން ޞައްޙަ ނުވާނެކަމަށް އަޙްމަދު ފިރުސާންގެ ފަރާތުން ދެކޭކަމެވެ.
18ޕްރިސިޑެންސް 3ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތުން ޤަބޫލުކޮށްގެނެއް ނުވާނެއެވެ." މިފަދައިންނެވެ. މިމާއްދާއަށް ބަލާއިރު، ކުށއެ ގެ ތުހުމަތުގައިވާ މ ހ ގެ އިޢުތިރާފު ޤަބޫލުކުރެވޭނީ އެމީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުކަމާއި، ޝަރީޢަތުން ބޭރުގައިވާ އިޢުތިރާފު ހެއްކެއްގެ ގތުގައޮ ޤަބޫލުނުކުރެވޭނެއެވެ. އަދި މަޖްބޫރުކޮށްގެން ހޯދާ ބަޔާންތަކާއި ހެކި ޝަރީޢަތަށް ޤަބޫލުކުރުން މި މާއްދާއިން މަނާކޮށްފައިވާކަން އެނގެއެވެ. މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަ ތަޙްޤީޤަށް 04 ޖުލައި 2018 ގައި އަޙްމަދު ފިރުސާން ދީފައިވާ ބަޔާނުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް އިޢުތިރާފުވފައިވެއެވެ. ނަމަވެސް، އެބަޔާނަކީ ބަޔަކު މީހުން އޭނާގެ ގާތުގައި ބަޔާންދިނުމަށް އެދުނު ގޮތަށް ދީފައިވާ ބަޔާނއެ ކަމަށް އޭގެ ފަހުން، 15 އޮގަސްޓް 2018 ގައި އަޙްމަދު ފިރުސާން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަޙްމަދު ފިރުސާންގެ ބަޔާނަކީ އޭނާގެ ގާތުގައި ބަޔާންދިނުމަށް ބަޔަކު މީހުން ބުނި ބުނުމުގެ މައްޗަށް އެމީހުން ބުނި ގޮތަށް ދީފައިވާ ބަޔާނެއްކަމަށް ފަހުން ބުނެފައިވީނަމަވެސް، އޭނާގެ ގާތުގައި އެގޮތަށް ބަޔާން ދިނުމަށް ބުނީ ކޮން ބައެއް ކަމާއި، އެބަޔާން އެގޮތަށް ދިނުމަށް އެއްވެސް ކަހަލަ މަޖްބޫރު ކަމެއް އޮތްތޯއާއި އަދި އެގޮތަށް މަޖްބރޫ ކަމެއް އޮތްނަމަ އެއީ ކޮންގޮތަކަށް އޮތް މަޖްބޫރު ކަމެއްކަން އަޙްމަދު ފިރުސާންގެ ބަޔާނުން އެނގޭކަށް ނެތެވެ. އަދި އޭނާ ބުނާ ޙާދިސާއަކީ (ވަކިގޮތަށް ބަޔާންދިނުމަށް ބަޔަކު މީހުން އޭނާގެ ގާތުގައި ބުނިކަމަށް ބުނާ) އެގޮތަށް ހިނގި ހާދިސާއެއްކަން އެނގޭނޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވެސް އަޙްމަދު ފިރުސާންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަން ފާހަގަ ކުރެވު އެވެ. މީގެ އިތުރުން އޭނާއަށް މަޖްބޫރުކޮށްފައިވަނީ ނުވަތަ ވަކިގޮތަކަށް ބަޔާންދިނުމަށް އެދިފައިވަނީ އެމައްސަލަ ތަޙްޤީޤުކުރި ފުލުހުންގެ ފަރާތުން ކަމުގައިވާ ނަމަ، ފުލުހުން ޢަމަލު ކުރަންޖެހޭ ޤާނޫނާއި ޤަވާޢިދާއި އަދި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުނުކުރާ ފުލުހުންގެ މައްސަލަ ބެލުމަށް ޤާއިމްކޮށްފައިވާ ޕޮލިސް އިންޓެގްރެޓީ ކޮމިޝަނަށް އެ މައްސަލަ ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން އަޙްމަދު ފިރުސާންގެ ބަޔާނަކީ އޭނާގެ ގާތުގައި ބަޔަކު މީހުން ބުނިބުނުމެއްގެ މައްޗަށް ދީފައިވާ ބަޔާނެއް ކަމުގައި އޭނާ ބުނިކަމުގައިވީނަމަވެސް، އެކަން އެގޮތަށޭ ހިނގާފައިވާ ކަމަށް ބެލެވޭ ފަދަ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް އަޙްމަދު ފިރުސާންގެ ފަރާތުން ހުށަހަޅާފައިނުވާތީ އޭނާގެ އެވާހަކަތަކަށް ބުރަދަން ދެވޭނެ ތަނެއްއޮތްކަމަކަށް ނުފެނެއެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ ޝަރުޠުތައް/އިޖްރާއަތާ އެއްގޮތަށް، ކުށެއް ކުރި ކަމަށް ބުނެ އެކުށުގެ ތުހުމަތުގައިވާ މީހަކު ވާ އިޢުތިރާފަކީ އޭނާގެ މައްޗަށް އެކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފުދޭ ކާފީ ހެއްކެކެވެ. ކުށުގެ ތުހުމަތުގައިވާ މީހާ ތަޙްޤީޤުގައިވާ އިޢުތިރިފކީ އިޢުތިރާފެއްގެ ދަރަޖައިގެ ހެއްކެއްގެ ގޮތުގައަ ޤަބޫލު ނުކުރެވުނު ނަމަވެސް، އެ އިޢުތިރާފަށް ބާރުލިބޭ ނުވަތަ އިތުރަށް ކަށަވަރުކޮށްދޭ ކަންތައްތަކެއް ހުރެއްޖެނަމަ ޤަރީނާގެ ދަރަޖައިގެ ހެއްކެއްގަ ގޮތުގައި އެއިޢުތިރާފަށް ޤަބޫލުކުރެވިދާނެކަން ދިވެހިރާއްޖޭގެ މތީމަރުހަލާގަ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެއެވެ.
19މި މައްސަލައިގައި ތުހުމަތު ކުރެވުނު ޅ.ހިންނަވަރު/ނަސީމީވިލާ ހުޅަނގުބައި، އިބްރާހީމް ރަޝީދު 03 ޖުލައި 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، 2018 ޖޫން 29 ވަނަ ދުވަހުގެ އޭނާގެ ރައްޓެއްސެއްކަމުގައިވާ […] އަޙްމަދު ފިރުސާން މީނާގެ މޯބައިލް ފޯނަށް ގުޅައި - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/42 (ޕީޖީ ވ. ޢަބްދުލްމުހައިމިން) ޤަޟިއްޔާއާއި ނަންބަރު 2009/SC-A/18 (އާދަމް ޗަރީފް ވ. ޕީޖީ) ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/113-HC/2017 (ހުމައިދު ވަޙީދު ވ. ޕީޖީ) ޤަޟިއްޔާ. އެއަރޕޯޓު ކާގޯ ބައިގައިހުރި 03 ފޮށިގަނޑު ބޭރުކޮށްދިނުމަށް އެދުނުކަމަށާއި އެކަން ކޮށްދީފިނަމަ -/10،000ރ (ދިހަހާސްރުފިޔާ) ދޭނެ ކަމަށް ބުނިކަމަށާއި އެކަން ކޮށްދޭނެ ކަމަށް މީނާ ބުނުމުން އެތަކެތި ހުރި ތަން ބެލުމަށް ފަހު، ގުޅާނެ ކަމަށް އަޙްމަދު ފިރުސާން ބުނުމަށް ފަހު، 2018 ޖޫން 30 ވަނަ ދުވަހުގެ ހަވީރު ޑިއުޓީގައި މީނާ އުޅެނިކޮށް އަޙްމަދު ފިރުސާން ގުޅާފައި އެ03 ފޮށިގަނޑު ކާގޯ ކޫލް ރޫމް ކައިރީގައި ހުންނާނެ ކަމަށާއި އަދި އޭގައި ޖަހާފައިވާ ނަންބަރު ބުނި ކަމަށާއި މުދާ ކުލިއަރ ކުރަން އުޅޭ ބިދޭސީއަކު ލައްވައި އެތަކެތި އެއަރޕޯޓު މިސްކިތް ކައިރީގައި ހުންނަ އެސްޓީއޯ ފިހާރަ ކައިރިއަށް ފޮނުވުމަށް ބުނުމުން އެސަރަހައްދުގައި އެވަގުތު އުޅުނު ފޯވާޑިންގ ގްރޫޕެއްގެ މީހަކު ލައްވައި އެ3 ފޮށިގަނޑު އެއަރޕޯޓް ކާގޯއިން މުދާ ދޫކުރާ އުސޫލުތަކާ ޚިލާފަށް ނަގާ ޗޮކޭ އާއި ހަވާލާ ކުރުމަށް އެއަރ ޕޯޓް މިސްކިތް ކައިރީގައި ހުންނަ އެސްޓީއޯ ފިހާރަ ކައިރިއަށް ފޮނުވުމަށި ފަހު އަޙްމަދު ފިރުސާނަށް ގުޅައި އެވާހަކަ ބުނި ކަމަށާއި އޭގެ ކުޑޭ އިރުކޮޅެއް ފަހުން އޭނާ ގުޅައި މީނާގެ އެކައުންޓް ނަންބަރު ދިނުމަށް ބުނުމުން މީނާގެ އެކައުންޓް ނަންބަރު ދިން ކަމަށާއި، އޭގެ ކުޑަ އިރުކޮޅެއް ފަހުން މީނާގެ އެކައުންޓަށް އަޙްމަދު ފިރުސާން -/10،000ރ (ދިހަހާސް ރުފިޔާ) ޖަމާކޮށްދިން ކަމަށާއި އާފޮށިގަނޑުތައް ލިބިފައިވާ ކަމަށާއި އަދި ލާރ ޖަމާކޮށްފައިހުންނާނެ ވާހަކަ މީނާގެ ގާތުގައި ބުނާ ކަމަށް އިބްރާހީމް ރަޝީދު ބުނެފައިވާކަން އެނގެއެވެ. އިބްރާހީމް ރަޝީދުގެ ބަޔާނުގައި ހުރި ވާހަކަތަކަކީ މި މައްސަލައިގެ ތަޙްޤީޤަށް އަޙްމަދު ފިރުސާން ކިޔައިދީފައިވާ ކިޔައިދިނުމާ ދިމާވާ ވާހަކަތަކެއް ކަމުގައިވާތީ މިދެމީހުންގެ ތަޙްޤީޤު ބަޔާނުގައިވާ ގޮތަށް މިކަން ހިނގާފައިވާ ކަމަށް ޤަބޫލުކުރެ ވެއެވެ. އަދި އަޙްމަދު ފިރުސާން ބަޔާންދީފައިވަނީ އޭނާއަށް މަޖްބޫރު ކޮށްގެންކަން އެނގެން ނެތުމާއެކު އޭނާގެ ބަޔާނަށް ރިޢާޔަތްނުކޮށް ދޫކޮށްލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ.
20ޕްރިސިޑެންސް 5ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ނުވަތަ ހައްޔަރުކުރުމަކަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އޭނާގެ ވަކީލުގެ ހާޒިރުގައި މެނުވީ އޭނާއާ ފުލުހުން ސުވާލުކޮށްގެން ނުވާނެ ކަމަށް ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި އަދި އެޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައި، ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލާ ކުރާ ޙާލަތުގައި އޭނާއާ ސުވާލު ކުރަން ފެށުމުގެ ކުރިން އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ފޯނު ކުރުމުގެ ފުރުސަތު ދީ އޭނާ ހުރި ތަނެއް ބަޔާން ކުރުމުގެ ފުރުސަތު ދޭން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެމާއްދާގެ (ނ) ގައި، އޭނާއާ ސުވާލު ކުރެވޭއިރު ޤާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ޙައްޤު ލިބިގެންވާ ކަމާއި އަދި އެގޮތަށް އެދިއްޖެ ނަމަ އޭނާއަށް އެފުރުސަތު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު، މި މައްސަލައިގައި އަޙްމަދު ފިރުސާންގެ ތަޙްޤީޤު ބަޔާންނެގި އިރު، އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދީފައިނުވާކަމަށް އޭނާ ބުނެފައިވީނަމަވެސް، 15 އޮގަސްޓް 2018 ގައި އަޙްމަދު ފިރުސާން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަށް ބަލާއިރު،މި މައްސަލައިގައި އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ފުރުޞަތު ފުލުހުންގެ ފަރާތުން ދީފައިވާ ކަމާއި ނަމަވެސް އެފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާފައިވާކަން، "ވަކީލެއްގެ ފުރުޞަތު ބޭނުން ނުވާ ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހީ އެވަގުތު ބިރު ގަނެފައި ހުރުމުގެ ސަބަބުންނެވެ." މިގޮތަށް ބުނެފައި އޮތުމުން އެނގެއެވެ. އެހެންކަމުން މި މައްސަލައިގައި އަޙްމަދު ފިރުސާން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ފުރުސަތު އޭނާއަށް ލިބިނުދީ ނަގާފައިވާ ބަޔާނެއް ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ.
21ޕްރިސިޑެންސް 6ވަޒީ ފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ހުށަހަޅާ ކަމެއް ސާބިތު ކުރުމަކީ އެކަމެއް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމާއި އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 42 ވަނަ މާއްދާގެ (ހ) އާއި
(ށ) އަށް ބެލުމުން އެނގޭއިރު، މި މައްސަލައިގައި އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތު ކުރުމުގެ ބުރައަކީ އޭނާ ވަޒީފާއިން ވަކިކުރި އެމްއޭސީއެލްގެ މައްޗަށް އޮތް ޒިންމާއެއް ކަމާއި ހަމައެފަދައިން އަޙްމަދު ފިރުސާން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތް ކުރެވޭނެ ބަޔާނެއް ނޫންކަމަށް އޭނާގެ ފަރާތުން ފާހަގަކުރާ ދަފްޢު ސާބިތު ކުރުމުގެ ބުރަ އުފުލަން ޖެހޭނީ އަޙްމަދު ފިރުސާންކަން އެނގޭއިރު، މި މައްސަލައިގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން އަޙްމަދު ފިރުސާން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ އޭނާއަށް މަޖްބޫރުކޮށްގެން ނަގާފައިވާ ބަޔާނެއްކަން ސާބިތުކޮށްދެވިފައި ނުވުމާއި، އަދި އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ބެލެވޭ މިންވަރުގެ ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހެޅިފައިނުވުމއި، އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ތަޙްޤީޤުކުރާ ފަރާތުން ލިބިދީފައިވީނަމަވެސް އެފުރުޞަތު ދޫކޮށްލާފައިވާކަން އަޙްމަދު ފިރުސާންގެ އަމިއްލަ އިޢުތިރާފުން އެނގެން އޮތުމާއި، އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމުގައި އެ މައްސަލައިގައި ތަޙްޤީޤަށް އޭނާ ދީފައިވާ ބަޔާނަށް ރިޢާޔަތްކުރުން މަނާކުރާ ފަދަ އެކަށީގެންވާ ސަބަބެއް އޮތްކަން އަޙްމަދު ފިރުސާންގެ ފަރާތުން ދެއްކިފައނުވިއިރު، އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ބައިވެރިވެގެން އެއަރ ކާގޯގެ ގޮތުގައި އައިސްފައި ހުރި 03 (ތިނެއް) ފޮށިގަނޑު ކާގޯ ބޭރކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފށަ ކާގޯއިން ބޭރުކޮށްފައިވާކަން ސާބިތުވާތީ ކަމާއި، އަޙްމަދު ފިރުސާން އެމްއޭސީއެލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ކުރި އެ ޢަމަލަކީ ކުންފުނީގެ މައްޗަށް ޢާންމުންނާއި ކުންފުނިން ދޭ ޚިދުމަތް ހޯދާ ފަރާތްތަކުން ކުރާ އިތުބާރާއި ކުންފުނީގެ ރީތި ނަމަށް އުނިކަން އަންނާނެ ކަމެއް ކަމާއި އެފަދަ ޢަމަލަކީ މަސައްކަތުގެ އަޚްލާޤުން ބޭރު ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމާއަ އަދި އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް ޤަބޫލު ކުރެވެއެވެ.
22ޕްރިސިޑެންސް 7އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމަށް ފާހަގަ ކޮށްފައިވާއިރު، އެ ޤަޟިއްޔާގައި، ވަޒީފާއިން ވަކިކޮށްފައިވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤު ރިޕޯޓަށް އެކަނި ކަމާއި އެ މައްސަލައިގައި ހިމެނޭ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން، ތަޙްޤީޤެއް ހިންގުމަކާ ނުލައި އަދި މުވައްޒަފުގެ ބަޔާނެއް ވެސް ނެގުމާއި ނުލައި ކަމަށްވާއިރު، މި މައްސަލައިގައި އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ގެ ފަރާތުން ތަޙުޤީޤެއް ހިންގައި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤަށް އެ މައްސަލައިގއަ ހިމެނޭ މީހުން ދީފައިވާ ބަޔާނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ވެސް ރިޢާޔަތްކޮށްގެން ކަމުގައިވާތީ، އަޙްމަދު ފިރުސާންގެ ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތާއި، އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކުރުމުގައި ކަން ހިނގާފައިވާ ގޮތާއި އިޖްރާއަތު ތަފާތު ވާތީ އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލު މި މައްސަލައަށް ތަޠްބީޤު ކުރެވޭނެ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ.
23އެހެންކަމުން، މި މައްސަލައިގައި އަޙްމަދު ފިރުސާން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމާއި، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްވާ ކަމަށް ކަނޑައަޅައި، އަޙްމަދު ފިރުސާންގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ތަނއެ ނެތް ކަމަށް އިސްތިއުނާފުކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 11/VTR/2019 މައްސަލައިގައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ނުފެންނާތީ، އެ މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ. 2016/HC-A/519
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) އާއި (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 'ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު' ގެ އެނެކްސް 2 ގެ 2 އަދި 17 ވަނަ ނަންބަރު
- 2014/SC-A/27
- 2011/HC-A/134
- 2020/SC-A/42
- 2009/SC-A/18
- 2017/HC-A/113
- 2016/HC-A/519
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް