ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/118
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލޓޑ ވ. އާމިނަތު ތަސްލީމާ، 2018/HC-A/118
Island Eyvieyshan Services Ltd v. Aminath Thasleemaa 2018/HC-A/118 (2018/HC-A/118, High Court of the Maldives, 29 March 2021)
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލޓޑ ވ. އާމިނަތު ތަސްލީމާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރި ކަމަށް ކަނޑައަޅައި، ވަކިކުރި ނޯޓިސް ބާޠިލުކޮށް، ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށާއި ވަޒީފާއަށް ރުޖޫޢަކުރުމަށް ޙުކުމްކުރިއެވެ.
އައިލެންޑް އޭވިއޭޝަންގެ އިންފްލައިޓް ސުޕަވައިޒަރު، ބެންކޮކުން ފުރަން ހުރި ފްލައިޓެއް ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލަސްވިއިރު ފޯނުން ގުޅޭ ގޮތް ނުވުމުން ފްލައިޓް ލަސްވުމުގައި އިހުމާލު އޮތް ކަމަށް ބުނެ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
ކުންފުނިން ބުނީ އެކަށީގެންވާ ސަބަބުތައް ބަޔާންކޮށް ވަކިކުރި ކަމަށާއި ސިވިލް ކޯޓުގެ ނިންމުން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމަށެވެ. މުވައްޒަފުން ބުނީ ކެޕްޓަނުގެ ނިންމުމާ އެއްގޮތަށް އޭނާ ހުރީ ޤާނޫނީ އަރާމުގެ މުއްދަތުގައި ކަމަށާއި، އެންގި ގަޑީގެ ކުރިން އެނބުރި އައި ކަމަށެވެ.
މައިގަނޑު ސުވާލު
ފްލައިޓެއް ލަސްވުމުގައި އިހުމާލު އޮތް ކަމަށް ބުނެ ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ.
ނިންމި ގޮތް
ވަޒީފާއިން ވަކިކުރުމުގައި ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ކަނޑައެޅި (ނިންމުމުގެ ބައި ލިޔުމުގައި ނެތް)
ތަޙްޤީޤު ރިޕޯޓެއް ނުހުށަހަޅައި، މުވައްޒަފުގެ ބުނުން ނަފީކުރާ ޙުއްޖަތެއް ނުދައްކާ، އަރާމުގެ މުއްދަތުގައި ފޯނު ނުނެގުމަކީ އިހުމާލު ނޫންކަމުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވެއެވެ. ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިންކަން ނޭނގޭތީ އިޖުރާއީ ޢަދުލުވެރިކަމެއްވެސް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެންނެވެ. އެކަން ކަށަވަރުކުރާ ނިޒާމަކީ ޤާނޫނުގައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވޭނީ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ވެފައިވާނަމައެވެ. ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8-9، <bdi class="salj-latin" dir="ltr">2014/SC-A/27</bdi>)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަން (ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބު) އާއި އިޖުރާއީ ޢަދުލުވެރިކަން (ޢަދުލުވެރި އިޖުރާއަތު) ޤާއިމުކުރެވިފައިވާނަމައެވެ. ވަޒީފާދޭ ފަރާތަށް ގެއްލުން ލިބިދާނެ ކަމަށް ފެނުން ބިނާވާންވާނީ އެކަށީގެންވާ ހަމައެއްގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10-11)
- ވަޒީފާ އަދާކުރުމުގައި އިހުމާލު ސާބިތުކުރުމަށް، (1) ކުރުން މަނާ ކަމެއް ކުރުން ނުވަތަ ލާޒިމް ކަމެއް ނުކުރުން، (2) ވަޒީފާދޭ ފަރާތަށް ބޮޑު ގެއްލުމެއް ލިބުން، (3) އެ ގެއްލުމުގެ ސީދާ ނުވަތަ ކައިރި ސަބަބަކީ މުވައްޒަފުގެ ޢަމަލަށް ވުން، މި ތިން ޢުންސުރު ސާބިތުކޮށްދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތުންނެވެ. ތަޙްޤީޤެއް ކުރި ކަމަށް ބުނުން ފިޔަވައި، ޕެނަލް، ހޯދުނު ޙަޤީޤަތްތަކާއި ނިންމުން އެނގޭނެ ރިޕޯޓެއް ނުހުށަހަޅައިފިނަމަ އެ ބުރަ އުފުލިފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޤާނޫނީ ގޮތުން ޙައްޤުވާ އަރާމުކުރުމުގެ މުއްދަތުގެ ތެރޭގައި ފޯނު ނުނެގުމަކީ އިހުމާލެއް ކަމަށް ބަލަންޖެހޭ ޙުއްޖަތެއް ނޫނެވެ. އަދި ތުހުމަތުގެ މަޢުލޫމާތު ފުރިހަމައަށް ނުދީ، ތަޙްޤީޤަށް ހާޟިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީފިނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24)
1[…] ތަސްލީމާއަކީ، 27 ޑިސެމްބަރު 2010 އިން ފެށިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑގައު ވަޒީފި އަދާކުރަމުން ދިޔަ ފަރާތެކެވެ.
204 އޮކްޓބަރޯ 2016 ގައި ބެންކޮކުން ފުރަން ހަމަޖެހިފައި އޮތް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ނަންބަރު Q2 341 ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކއާ ގުޅިގެނި ގްރައުންޑް ކުރެވުން އެ ފްލައިޓ ފުރުން ލަސްވުމުގައި އާމިނަތު ތަސްލީމާގެ އިހުމާލު އޮތްކަމަށް އެ މައްސަލައާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުން ކުރް ތަޙްޤީޤަށް ފެންނާތީކަމަށް ބުނެ، 26 އޮކްޓބަރޯ 2016 ގައި އާމިނަތު ތަސްލީމާ އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިއެވެ. އޭރު އޭނާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާގެ މަޤާމަކީ، އިންފްލައިޓް ސުޕަވައިޒަރ (ގްރޭޑް 1) އެވެ.އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވސިސ ލިމިޓެޑްއާ އާމިނަތު ތަސްލީމާ އާދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 12.3 (a) އަށް ޙަވާލާ ދެމުންނެވެ. ވަޒީފާއިން ވަކި ކޮށްފައިވަނީ ނޯޓިސް ދިނުމެއްނެތި އެ ވެ.
3އާމިނަތު ތަސްލީމާ ވަޒީފާއިން ވަކި ކޮށްފައިވަނީ މައުޟޫޢީ ގޮތުންނާއި، އިޖުރާއީ ގޮތުން ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުނުކޮށް ކަމަށް ބުނެ އޭނާއަކީ ދުވަހަކުވެސް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާ ޔަތްތައ ހޯދުމަށް އެދި ސިވިލް ކޯޓަށް އާމިނަތު ތަސްލީމާގެ ފަރާތުން ދަޢުވާ ހުށަހެޅިއެވެ. ވެޒީފް އަނބުރާ ރުޖޫޢު ކޮށްދިނުމަށާއި ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުން ގެއްލުމުގެ ބަދަލު ނަގައި ދިނުމަށްއާމިނަތު ތަސްލީމާގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލ ކޯޓުނުބަލާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 14/Cv-C/2017 ޤަޟިއްޔާ އިންނެވެ.
4މިއީ، ސިވިލް ކޯޓުގެ ނަންބަރު 14/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުނއެދް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެ ވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އާމިނަތު ތަސްލީމާއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 14/Cv-C/2017 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،އައިލެންޑް އޭވިއޭޝަން ސަރވިސސ ލިމިޓެޑުން […] / މާލެ އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށ ބެލެވެން ނެތަތީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ނަންބަރު HR/MIS/2016/1871-IAS (26 އޮކްޓބަރޯ 2016) "ޓާމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންޓްރެކްޓް " ނޯޓިސްއަކީ ބާޠިލް ނޯޓިސްއެއް ކަމަށާއި، 06 އޮކްޓބަރޯ 2016 އިން ފެށިގެން 26 އޮކްޓބަރޯ 2017 ގެ ނިޔަލަށް އާމިނަތު ތަސްލީމާއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން 20/151،259ރ( .ދެލައްކަ ފަންސާސް ނުވަހާސް އެއްސަތޭކަ ފަންސާސް އެއްރުފިޔާ ވިހިލާރ) ލިބެންޖެހޭކަން ޢަދާލަތުގެ ހަމަތަކަށް ރިޢާޔަތްކޮށް މަދަނީ މިނގަނޑްތަކުނ ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 20/151،259ރ. (ދެލައްކަ ފަންސާސްނުވަހާސް އެއްސަތޭކަ ފަންސާސް އެއްރުފިޔާ ވިހިލާރ) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 26 އޮކްޓބަރޯ 2017 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށާއި، އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ނަންބަރު /2016/1871HR/MIS-IAS (16 އޮކްޓބަރޯ 2016) "ޓާމިނޭޝަނ އޮފް އެމްޕްލޯއިމަންޓް ކޮންޓްރެކްޓް" ނޯޓިސްގެ ދަށުން އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކުރިއިރު އާމިނަތު ތަސްލީމާ އަދާކުރަމުން ގެންދިޔަ ވަޒީފާއަށް 26 އޮކްޓބަރޯ 2017 އިން ފެށިގެން 07 (ހަތެއ) ދުވަހުގެ ތެރޭގައި އެފަރާތް ރުޖޫޢަކުރުމަށް ދަޢުވާލިބުނު އައިލެންޑް އޭވިއޭޝަން ސަރިވިސަސ ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
6ސިވިލް ކޯޓު ގެ ނަންބަރު 14/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
6.1 އެކަށީގެންވާ ސަބަބުތައް ބަޔާންކޮށް ވަޒީފާއިން ވަކިކޮށްފައިވާއިރު، އައިލެންޑް އޭވިއޭޝނަ ސަރވިސަސް ލިމިޓެޑުން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ކަމަށް ބެލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށްބުނެ ހުށހެޅަ ނުކުތާއެވެ. ވަޒީފާއިން ވަކިކުރުން ހުއްދަ ޙާލަތު އަދި ތަބާވުން ލާޒިމް އިޖްރއާ ތ
7ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، އެ މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައ ވެސި އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކި ކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރުމަށް ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖްރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ 1.
8ޕްރިސިޑެންސް 2ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ކަމާއި، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާ ކަމަށް ބެލޭނީ،
8.1.ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށ ނުވަތް ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން؛
8.2.ޚިޔާނާތެއް ވެފައިވުންކަން އެނގެއެވެ.
9ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް އޮތް ކަމަށް ބެލެވޭނީ، ދެ ޙާލަތެއްގައި ކަމަށާއި، އެއީ: ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއް ކުރުމާއި، ޚިޔާނާތެއް ވެފައިވުން ކަމަށާއި، ކޮންމެ ކޮންމެ ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކި ކުރިނު ހުއްދަ ނުވެދާނެ ކަމަށާއި ނަމަވެސް، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށާއި، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށްވާނީ، މުވައްޒަފުކުރި - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ 12 ވަނަ ނުކުތާ. - ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި. ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒް ފާގީ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢްމަލެއ ކަމަށްވާނަމެކަމަށާއި، ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި އ މުވއްޒަފަކަ ވަޒީފާއަދާކުރތަނުނާ ކުރާ މަސައްކަތް ނުވަތަ ވިޔަފާރީ ގެ ބާވަތާއި އެ މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ ޢަމަލު ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
10ޕްރިސިޑެންސް 3މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު ނުވުމަކީ ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއް ކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ނުވަތަ ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރަންޖެހޭ އިޖްރާއަތުތަކެއް ހުންނަ ކަމާއި، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން irness)fa (substantive އަދި އިޖްރއާ ޢަދުލުވެރިކަން fairness) (procedural ޤާއިމް ކުރެވިފައިވާނަމަ ކަމާއި، މައުޟޫޢީ ޢަދުލުވެރި ކަމަކީ، މުވައްޒަފަކު - ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 33 އަދި 34 ވަނަ ނުކުތާ. ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުން ކަމާއި، އަދި އިޖްރާޢީ ޢަދުލުވެރި ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރު މުގައި ޢަމަލުކޮށްފައިވާ އިޖުރާއަތަކީ، ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ.
11މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭތަނަށ ނުވަތް ވަޒީފާއަދާކުރާ ފަރާތަށް އިތުރަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޖާއިޒު ސަބަބެއްކަމުގައި ބެލެވުނު ނަމަވެސް، ވަޒީފާދިން ފަރާތަށް ނުވަތަ ވަޒީފާދޭ ތަނަށް ލިބިދާނެ ގެއްލުންތަކެއް ކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ފެނުން ބިނާވާން ޖެހޭނީ، އެކަށީގެންވާ ހަމައެއްގެ މައްޗަށް ކަމަށާއި، ވަޒީފާއިން ވަކި ކުރަންވާނީ ޢަދުލުވެރިކަމާ އެކުގައި ކަމަށާއި، ވަޒީފާއިން ވަކި ކުރުމުގައި ޝަކްލީ ގޮތުންނާއި އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވަޒީފާދިން ފަރާތުން ތަބައުވެފައިވޭތޯ ބަލަންޖެހޭނެ ކަމަށާއި އަދި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ޑިއު ޕްރސެސޮ ނުވަތަ ޕްރޮސީޖަރަލް ފެއަރނަސ ޤާއިމް ކުރެވިފައިވޭތޯ ޝަރީޢަތުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/24-/HC0201 ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
12އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގައި އާމިނަތު ތަސްލީމާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކި ކުރި ސަބަބަކީ ކޮބައިކަން ތަފްސީލު ކޮށްދެމުން، އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑު ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ "04 އޮކްޓބަރޯ 2016 ގައި ބެންކޮކުނ ފުރަން ހަމަޖެހިފައި އޮތް Q2 341 ފްލައިޓަށް - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/24-/HC0201 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާ ގެ (ޅ). ދިމާވި ޓެކްނިކަލް މައްސަލައަކީ ގުޅިގެން ފްލައިޓ ގްރައުންޑް ކޮށް، އެ މައްސަލަ ޙައްލްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު އަނުދާޒާކުރެވުނު ވަގުތަށްވުރެ ގިން ވަގުތު ހޭދަވާތީ ކރޫއިންނަށުއަރާމުކުރުމުގެ ފުރުސަތު ދެވި، ކ ރޫއިން ތިބޭ ހޮޓަލަށް ގެންގޮސްފައިވާއިރު، ހެނދުނުގެ ނާސްތާ ވަގުތުގައި އަލުން ބޯޓު ފުރަން ޖެހިދާނެކަމަށ ބޯޓުގެ ކެޕްޓަން އަންގު ފައިވާނެކަމަށާއި، ކުރޫންނަށް އަރާމު ކުރަން ވަގުތު ދިނުމުން އާމިނަތު ތަސްލީމް އާއާ އިތުރު ދެ ކުރޫއިން ހޮޓަލުނ ބޭރަށް ދިއުމަށް ނިންމިކަމަށާއި، އާމިނަތު ތަސްލީމާމެން ހޮޓަލުން ބޭރަށްދާނެކަމުގެ އިޝާރާތެއ ބޯޓުގެ ޕައިލެޓް-އިން -ކޮމާންޑަށް ދިންނަމަވެސަބޭރަށްދާންއިރް ކާއި ބޭރަށާ ދަނީ ކިހާވަގުތަކަށްކަނ އަންގާފައިނުވާކަމަށއ، ހޮޓަލުނ ބޭރަށް ދިޔައިރު އާމިނަތު ތަސްލީމާއާ ގުޅޭގޮތް އަންގާފައިނެތްކަމަށާއި، ބޯޓަށް ދިމާވި މައްސަލަ ޙައްލުކޮށް ފުރަން ތައްޔާރުވެގެން އާމިނަތު ތަސްލީމާއަށް ފޯނުކުރިއިރު އޭނާގެ ފޯނު ނވިފައި އޮތުމުން ގަޅު ގޮތް ވެފައިނެތް ކަމަށާއި، އާމިނަތު ތަސްލީމާވެސް ހިމެނޭ ގޮތުން ކިރޫއިންނަށް ގުޅޭނެގޮތް ނުވުމުގެ ސަބަބުން، ބޯޓު ފުރަ ން ލަފާކުރިގަޑިއަށ ބޯޓް ފުރުން ލަސް ކުރަން ޖެހުނުކަމަށާއި މިކަމުގައި އާމިނަތު ތަސްލީމާގެ އިހުމާލެއް އޮތަތީ އެކަމުގެ ސަބަބުން އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑަށް ގެއްލުން ވެފައިވާކަމަށެވެ. ނޯޓިސްއެއް ދިނުމެއްނެތި އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކުރި ސަބަބަކީ މި ބަޔާންކުރެވުނު ސަބަބުކަނ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ "ޓާމިނޭޝަނ އޮފް އެމްޕްލޯއިމަންޓް ކޮންޓްރެކްޓް" އަށް ބެލުމުން އެނގެން އޮވެއެވެ.
13އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ފަރާތުން ޙަވާލާދޭ، ޙާދިސާގައ ކަނި ހިނގި ގޮތާއި ގުޅޭ ގޮތުން އާމިނަތު ތަސްލީމާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ފްލައިޓް ބެންކޮކަށް ޖެއްސިއިރު، ފްލައިޓު ޑިއުޓީގެ މުއްދަތު ނިމުނީ ކަމަށް ނިންމާ، ފްލައިޓުން ޕެސެންޖަރުން ބޭލުމަށްފަހު، ކުރޫއަށ ޤާނޫން ގޮތުން ޙައްޤުވާ އަރާމުކުރުމުގެ މުއްދަތު އެ ހިސާބުން ފެށުނީކަމަށް، ފްލައިޓްގެ ޕައިލެޓް-އިން-ކޮމާންޑ ނިންމް ކަމަށެވެ. އަދި އެ އައިލެންޑް އޭވިއޭޝަން ސަރވި ސ ސ ލިމިޓެޑްގެ ނަންބަރު HR/MIS/2016/1871-IAS (26 އޮކްޓބަރޯ 2016) "ޓާމިނޭޝަނ އޮފް އެމްޕްލޯއިމަންޓް ކޮންޓްރެކްޓް" ނިންމުމާއި ގުޅިގެން ހަމަޖެހިފައިވާ އިޖުރާއި ތުގެ ދަށުން ފްލައިޓް ޑިއުޓީ މުއްދަތު ނިމުނުކަން ރެކޯޑް ކުރުމަށްޓް ކައި ސޮއިކުރަންޖެހޭ ސައިން އޯފް ޑޮކިއުމެންޓްގައި އާމިނަތު ތަސްލީމާ ސޮއިކޮށް އެ ޑޮކިއުމެންޓް ވާނީ ފްލައިޓްގެ ވޮޔޭޖ ރިޕޯޓުގައި ހިމަނާފައި ކަމަށެވެ. އަދ ފްލައިޓްގެ ޕައިލެޓް-އިން - ކޮމާންޑޭއެ ގޮތަށް ނިންމުމާއި ގުޅިގެން އާމިނަތު ތަސްލީމާއާއި އަނާއާ އެކުގައުމޫސައްކަތ ކުރް ކާރއިން ފްލައިޓުން ފައިބ، ހަމަޖެހިފައިވާ ހޮޓަލަށ ގޮސް ހެނދުނުގެ ނާސްތާކުރިކަމަށާއި، ދެން ފްލައިޓް ފރާނު 04 އޮކްޓބަރޯ 2016 ވަނަ ދުވަހު ރާއްޖެ ގަޑިން 19:30 ގައި ކަމަށް ފްލައިޓްގެ ޕައިލެޓް-އިނ- ކޮމާންޑް ކުރޫއިންނަށް އަނގަބަހުން އެންގިކަމަށެވެ. ހަމަ އެގޮތަށް ފްލައިޓް ފުރާނީ 19:30 ގައި ކަމަށް ފްލައިޓުގެ ޑިސްޕެޗަރ، އާމިނަތު ތަސްލީމާއަށް ވައިބަރ މެދުވެރިކޮށް އެންގިކަމަށެވެ. އަދި އެކަން އެހެން ކރުއިންނަށް އެންގުމަށާއި އަރާމުކުރަނ ލިބް މުއްދަތުގައި ރަނގަޅަށް އަރާމު ކުރެވޭނެކަމަށް އުއމީދުކުރާކަމަށް ބުނިކަމަށެވެ. މި ބުނެވުނު ގަޑީގެ ކުރިން އާމިނަތު ތަސްލީމާމެން މަދަނީ ބޭރަށް ކާއެއްޗެއް ގަތުމަށްކަމަށް ޕައިލެޓި - އިން-ކޮމާންޑަށް އެންގުމަށްފަހު ހޮޓަލުނ ބޭރަށް ދިޔަކަމަށެ ވެ. މިހެންކަމުން އާމިނަތު ތަސްލީމް ހުރާ އޭނާއަށް ޙައްޤުވާ އަރާމު ކުރުމުގެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، މިއީ އާމިނަތު ތަސްލީމާގެ ޑިއުޓީގ މުއްދަތުގެ ތެރެއަށް ފެތޭ ވަގުތަކަށް ނުވާނެކަމަށް އާމިނަތު ތަސްލީމާ ބުނެއެވެ. އަދި އެ ވަގުތުގެ ތެރޭގައި އާމިނަތު ތަސްލީމާއަށް ފޯނުން ގުޅޭނެ ގޮތެއް ނުވީކަމަށ ނިންމް ފްލައިޓ ފުރުން ލަސްވުމުގައި އާމިނަތު ތަސްލީމާގެ އިހުމާލެއް އޮތްކަމަށް ބެލެވިގެން ނުވާނެކަމަށް އާމިނަތު ތަސްލީމާގެ ފަރާތުން ބުނެފައިވެއެވެ.
14މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބެލުމުން،މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ، 04 އޮކްޓބަރޯ 2016 ގައި ބެންކޮކުނ ފުރަން ހަމަޖެހިފައި އޮތް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގެ ނަންބަރު 341 Q2 ފްލައިޓަށް ދިމާވި ޓެކްނިކަލް މ އްސަލައަކ ގުޅިގެނާ ގްރައުންޑް ކުރެވުނު ފްލައިޓ ފުރުން ލަސްވުމުގައި އާމިނަތު ތަސްލީމާގެ އިހުމާލެއް އޮތްކަން ނުވަތަ ނޫންކަމާއި މެދުގައިކަން އެނގެއެވެ. މިހެންކީ މުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން އޮތްކަން ނުވަތަ ނެތްކަން ބިނާވާނީ، ފްލައިޓް ފުރަން ހަމަޖައްސާފައި އޮތް ގަޑިއަށް ފުރިފައިނުވަނީ އާމިނަތު ތަސްލީމާގެ އިހުމާލުންކަން ސާބިތުވާ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
15ޕްރިސިޑެންސް 4މުވައްޒަފަކު ވަޒީފާ އަދާކުރުމުގައިވާ އިހުމާލު ސާބިތުކުރުމުގައި، އެ މުވައްޒަފުގެ މައްޗަށް ކުރުން މަނާވެގެންވާ ކަމެއް ކުރުން ނުވަތަ ކުރުން ލާޒިމްވެގެންވާ ކަމެއްކުރުމުން މަނާވެގަތްކަމ އާ މުވައްޒަފުގެ ބުނެވިދިޔަ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާދޭ ފަރާތަށް ބޮޑު ވެގެންވާ ގެއްލުމެއް ލިބުނުކަމއާ ބުނެވިދިޔަ ގެއްލުމުގެ ސީދާ ނުވަތަ އެއާ ކައިރި ސަބަބެއްކަމުގައި މުވައްޒަފުގެ އެ ޢަމަލުވުން، މި ތިން ޢުންސުރު ފުރިހަމަވެފައިވާކަން ސާބިތުކޮށްދޭންޖެހެއެވެ.
16ފްލައިޓް ލަސްވުމުގައި އާމިނަތު ތަސްލީމާގެ އިހުމާލު އޮތްކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ފަރާތުން ބުނާބުނުމަށް އާމިނަތު ތަސްލީމް އިންކާރާ ކުރެއެވެ. އެކަމުގައި އާމިނަތު ތަސްލީމާގެ ފަރާތުން ބުނާ މައިގަނޑު ވާހަކައަކީ، ފްލައިޓް ބެންކޮކަށް ޖެއްސިއިރު، ފްލައިޓު ޑިއުޓީގެ މުއްދަތު ނިމުނީ ކަމަށް ނިންމާ، ފްލައޓި ން ޕެސުންޖަރުން ބޭލުމަށްފަހު، ކުރޫއަށ ޤާނޫން ގޮތުން ޙައްޤުވާ އަރާމުކުރުމުގެ މުއްދަތު އެ ހިސާބުން ފެށުނުކަމަށް ފްލައިޓްގެ ޕައިލެޓް-އިން-ކޮމާންޑް ނިނމިކަމަށާއ އެކަނި އަނގަބަހުން ކްރޫއިންނަށް އެންގިކަމަށެވެ. އަދި ލިޔުންތަކުންވެސް އެކަން ހިނގީ އެފަދައިންކަ ނ އެނގެން އޮންނާނެކަމަށެވެ. އަދި ފްލައިޓ ދެން ފުރާނެ ގަޑިކަމަށް އެންގި ގަޑީގެ ކުރިއަށް އާމިނަތު ތަސްލީމާ އެނބުރި އައިކަމަށާއި، އަރާމުކުރުމަށް ދީފައި އޮތް ވަގުތެއްގައި ފޯނު ނުނެގުނުކަމީ އެކަމުގައި އާމިނަތު ތަސްލީމާގެ އިހުމާލެއް އޮތްކަމެއްކަމަށް ނުދެކޭކަމަށެވެ.
17އާމިނަތު ތަސްލީމާއަށ ޤާނޫން ގޮތުން ޙައްޤުވާ އަރާމ ކުރުމުގު މުއްދަތާއި ގުޅިގެން އާމިނަތު ތަސްލީމާގެ ފަރާތުން ޙަވާލާދެނީ، ސިވިލް އޭވިއޭޝަން ޤަވާޢިދު 1OPS-MCAR ގެ ސަބްޕާޓް Q އަށް އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ އޮޕަރޭޓިން މެނުއަލްގެ ޕާޓް –A ގެ ޗެޕްޓަރ 7 ގެ 7.1.4.3 ވަނަ މާއްދާއަށެވެ.
18ޕްރިސިޑެންސް 5މުވައްޒަފު ވަޒީފާއިން ވަކިކޮށްގެން މައްސަލައެއް ހުށަހެޅުމުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ވޒީފާދަ ފަރާތުންނެވެ. މި މައްސަލައިގައި އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބު ދެނެގަތީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ނަންބަރު Q2 341 ފްލައިޓް ލަސްވުމުގެ ޙާދިސާ އާއި ގުޅިގެން 03 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކުރެވުނު ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަތަކުން އެނގެއެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަޙްޤީޤެއް ކުރެވުނުކަމަށް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑު ގެ ފަރާތުން ބުނާ ބުނނު ފިޔަވައި އެފަދަ ތަޙްޤީޤެއް ހިންގިކަމުގެ މައްޗަށް ބާރު ލިއްބައިދޭ އެއްވެސް ލިޔުމެއް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ. މި ގޮތުން ބުނެވުނު ޕެނަލގައި ހިމެން ފަރާތްތަކަކީ ކޮބައިކަން ޕެނަލގް ނިންމުމަކީ ކ ބައިކަން، އެ ޕެނަލްއނ މައްސަލައް ގުޅިގެނާ ހޯދުން ޙަޤީޤަތްތަކަކީ ކޮބައކަނި އަދި ޕެނަލްއިނ އެފަދައިން ނިންމް ނިންމުމުގައި ޢަމަލުކުރި ނުވަތި ބެލުނު ކަންކަމަކީ ކޮބައިކަނފަދަ ކަންކަން އެނގޭފަދަ ރިޕޯޓެއް ނުވަތަ ޕެނަލގެ ނިންމުމެއްވިޔަސް ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ.
19މި މައްސަލައިގައި އާމިނަތު ތަސްލީމާގެ ފަރާތުން ދެއްކި ވާހަކަތަކުގައި، ފްލައިޓު ން ޕެސެންޖަރުން ބޭލުމަށްފަހު، ކުރޫއަށ ޤާނޫން ގޮތުން ޙައްޤުވާ އަރާމުކުރުމުގެ މުއްދަތު އެ ހިސާބުން ފެށުނީކަމަށް، ފްލައިޓްގެ ޕައިލެޓް-އިނ- ކޮމާންޑް ކެޕްޓަނު ޑޭވިޑް ގާރނުނިންމ ކަމަށާއި އެކަނި ހ ރިހާ ކ ރޫއިންނަށ ފްލައިޓްގެ ޕައިލެޓް-އިން -ކޮމާންޑ އެންގިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސްއާމިނަތު ތަސްލީމާ ބުނާގޮތަށި ކެޕްޓަން ޑޭވިޑް ގާރނީ އެފަދައިން އެންގިކަނ ނުވަތް ނޫންކަން ކެޕްޓަން ޑޭވިޑް ގާރނީ އާ ސުވާލުކޮށްގެން އައިލެންޑް އޭވިއޭޝަން ސަރވް ސުސ ލިމިޓެޑގ ފަރާ ތުން ހޯދާފައިވާކަން އެނގޭކަށްނެތެވެ. އަދި އާމިނަތު ތަސްލީމާގެ ފަރާތުން ކެޕްޓަން ޑޭވިޑް ގ ރނަ އާ ޙަވާލާދީ އެ ބުނާބުނުމި މެދު އައިލެންޑް އޭވިއޭޝަން ސަރވްސުސެ ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވެސް ނުވެއެވެ.
20ޕައިލެޓް -އިން-ކޮމާންޑްގެ ނިންމުމާއި ގުޅިގެން ހަމަޖެހިފައިވާ އިޖުރާއަތުގެ ދަށުން ފްލައިޓް ޑިއުޓީ މުއްދަތު ނިމުނުކަން ރެކޯޑް ކުރުމަށްޓަކައި ސޮއިކުރަންޖެހޭ ސައިން އޯފް ޑޮކިއުމެންޓްގައި އާމިނަތު ތަސްލީމާ ސޮއިކޮށް އެ ޑޮކިއުމެންޓް ވާނީ ފްލައިޓްގެ ވޮޔޭޖް ރިޕޯޓުގައި ހިމަނާފައިވާ ކަމަށް އާމިނަތު ތަސްލީމާގެ ފަރާތުން ބުނެފައިވެއެވެ. އަދި ފްލައިޓް ފުރާނީ 19:30 ގައި ކަމަށް ފްލައިޓުގެ ޑިސްޕެޗަރ، އާމިނަތު ތަސްލީމާއަށް ވައިބަރ މެދުވެރިކޮށް އެންގިކަމަށް އާމިނަތު ތަސްލީމާގެ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް އާމިނަތު ތަސްލީމާގެ މި ބުނުން ނަފީ ކުރުމަށްޓަކައި އެއްވެސް ޙުއްޖަތެއް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ.
21ހޮޓަލުނ ބޭރަށް ދިޔައީ ފްލައިޓުގެ ޕައިލެޓް-އިން-ކޮމާންޑްގެ ހުއްދއަ އެކުގައި ކަމަށާއި އަނބުރާ ހޮޓަލަށް އަންނަން އެންގި ގަޑީގެ ކުރިން އައިސްފައި ވާކަމަށް އާމިނަތު ތަސްލީމާގެ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް މިކަން ހިނގީ މި ގޮތަށްކަން ނުވަތަ ނޫންކަން ފްލައިޓުގެ ޕައިލެޓް-އިން-ކޮމާންޑ އާއް ސުވާލުކޮށްގެން ހޯދާފައި ނުވެއެވެ.
22ޕްރިސިޑެންސް 6މި މައްސަލައިގައި އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ކަންކަމަށާއި އެކަމުގެ ރައްދުގައި އާމިނަތު ތަސްލީމާގެ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބަލާއިރު، ދަޢުވާގެ ރައްދުގައި އާމިނަތު ތަސްލީމާގެ ފަރާތުން ހުށަހެޅި ކަންކަމުގެ އިދިކޮޅަށް އެއްވެސް ޙުއްޖަތެއް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑަށް ދެއްކިފައި ނެތުމުން މި މައްސަލައިގައި، ބޮޑަށް ބުރަވެވެނީ އާމިނަތު ތަސްލީމާގެ ފަރާތުން ބުނާ ގޮތަށް އޭނާ ފޯނު ނުނެގިކަމަށ ބުން ވަގުތާ ހިމެނެނީ އޭނާއަށް ލާޒިމްވާ އަރާމުކުރުމުގެ މުއްދަތުގެ ތެރޭގައިކަމެވެ. އާމިނަތު ތަސްލީމާއަށ ޤާނޫން ގޮތުން ޙައްޤުވާ އަރާމުކުރުމުގެ މުއްދަތުގެ ތެރޭގައި އޭނާއަށް ފޯނު ނުނެގި ދިޔަކަމަށްޓަކައި އެ ސަބަބަކީ، ފްލައިޓ ފުރަން އޮތް ގަޑިއަށް ނުފުރި ދިޔައީ އާމިނަތު ތަސްލީމާގެ އިހުމާލުން ކަން ބަލަންޖެހޭ ޙުއްޖަތެއް ނޫނެވެ. މިހެންކަމުން އާމިނަތު ތަސްލީމާ އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑގް ވަޒީފާއިން ވަކިކުރިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި އޮތްކަމަށް ބެލެވޭކަށްނެތެވެ.
23އާމިނަތު ތަސްލީމާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއާއި ދެކޮޅަށް ކުރެވިފައިވާ ތުހުމަތުގެ މަޢުލޫމާތު އާމިނަތު ތަސްލީމާއަށ އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑުން ފުރިހަމައަށް ދީފައިވާކަން އެނގޭކަށްނެތެވެ. އެކަމުގެ މައްޗަށް އައިލެންޑް އޭވިއޭޝަން ސަރވސަސި ލިމިޓެޑުން ހެކި ހުށަހަޅާފައި ނުވެއެވެ.
24މައްސަލަ ތަޙްޤީޤު ކުރެވުނު ކަމަށް އައިލެންޑް އޭވިއޭޝަން ސަރވސި ސ ލިމިޓެޑގް ފަރާތުން ބުނެފައިވާއިރު، ބުނެވުނު ތަޙްޤީޤަށް އާމިނަތު ތަސްލީމާ ޙާޟިރު ކުރުމަށް މަސައްކަތް ކުރެވުނުކަން އަދި ޖަވާބުދާރީވުމަށް ފުރުސަތެއް ދިންކަން އެނގޭކަށްނެތެވެ. އެކަމުގެ މައްޗަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ހެކި ހުށަހަޅާފައި ނުވެއެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- 2014/SC-A/27
- A/24-/HC0201 (ހައިކޯޓު؛ ނަންބަރު PDF ގައިވާ ގޮތަށް)
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް