ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/249
ޢަބްދުﷲ ރިޟާ ވ. ކ. މާފުށި ކައުންސިލް، 2018/HC-A/249
Abdhuﷲ Ridaa v. K. Maafushi Council 2018/HC-A/249 (2018/HC-A/249, High Court of the Maldives, 5 December 2018)
ޢަބްދުﷲ ރިޟާ ވ. ކ. މާފުށި ކައުންސިލް
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، ތަރިކަ ބެހުމާއި ގޯތީގެ މިލްކުވެރިކަމާ ގުޅޭ ދެ ޤަޟިއްޔާ ކުރިން މައުޟޫޢީ ގޮތުން ނިންމާފައިވާތީ، އަދި ސުޕްރީމް ކޯޓުގެ 2015/SC-SJ/09 އާއި 2015/SC-SJ/11 އަމުރުތަކަށް ބަލައި ދަޢުވާ ރަޖިސްޓްރީ ނުކުރުމަށް ނިންމިއެވެ.
މަރުޙޫމެއްގެ ނަމުގައިވާ ބަންޑާރަ ގޯތި ޝަރުޢީ ނިންމުމެއް ނެތި މަރުޙޫމުގެ ދަރިއެއްގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ، އެ ރަޖިސްޓްރީތައް ބާޠިލުކޮށް ގޯތި މަރުޙޫމުގެ ނަމުގައި އޮތް ގޯއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ސުޕްރީމް ކޯޓުގެ އެ ދެ އަމުރުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ނުބަލައި ދަޢުވާ ފޯމު ބަލައިނުގަތީ ކަމަށެވެ.
މައިގަނޑު ސުވާލު
ކުރިން މައުޟޫޢީ ގޮތުން ނިންމާފައިވާ ތަރިކަ ބެހުމާއި މިލްކުވެރިކަމުގެ ޤަޟިއްޔާތަކުގެ މައުޟޫޢާ ގުޅޭ ދަޢުވާއެއް ރަޖިސްޓްރީ ނުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކުރީގެ ދެ ޤަޟިއްޔާއަކީ ނިހާއީ ނިންމުންތަކަށްވެފައި، ހުށަހެޅި ދަޢުވާގެ މައުޟޫޢަކީވެސް އެ ޤަޟިއްޔާތަކުގެ މައުޟޫޢާ ގުޅޭ ކަމަކަށްވާތީ، އެ ދަޢުވާ ބެލުމަކީ ސުޕްރީމް ކޯޓުގެ އަމުރުތަކާ ޚިލާފު ކަމަކަށްވާ ކަމަށް ކޯޓު ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެއްވެސް މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ މައްސަލައެއް ހަމަ އެ މަރުޙަލާގެ އެހެން ކޯޓަކުން ނުވަތަ އެ ކޯޓުންވިޔަސް އަލުން ބެލުމާއި، ކުރީގެ ޙުކުމަށް އަސަރުފޯރާފަދަ މައްސަލައެއް ބެލުމަކީ ޤާނޫނުއަސާސީން ޤާއިމްކޮށްފައިވާ ޝަރުޢީ ނިޒާމުގެ އަސާސީ އުޞޫލުތަކާއި ޢަދުލު އިންޞާފުގެ ހަމަތަކާ ތަޢާރުޟުވާ ކަމެކެވެ. ނިންމުމެއް ރަނގަޅުނޫން ކަމަށް ދެކޭ ފަރާތަކުން ޢަމަލުކުރަންވާނީ މަތީ މަރުޙަލާއަކަށް އިސްތިއުނާފުކުރުމުގެ އުޞޫލުންނެވެ.
- ތަރިކަ ބަހައި ނިންމާފައިވާ އަދި ގޯތީގެ މިލްކުވެރިކަން ކަނޑައަޅާފައިވާ ނިހާއީ ޙުކުމްތަކުގެ މައުޟޫޢާ ގުޅޭ، އެ ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް މަރުޙޫމުގެ ނަމުގައި އޮތް ގޯއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ދަޢުވާއެއް ބެލުމަކީ ސުޕްރީމް ކޯޓުގެ 2015/SC-SJ/09 އާއި 2015/SC-SJ/11 އަމުރުތަކާ ޚިލާފު ކަމަކަށްވާތީ، އެފަދަ ދަޢުވާ ރަޖިސްޓްރީ ނުކުރުމަށް ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ނޫނެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/09 ކޯޓު އަމުރު
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/11 ކޯޓު އަމުރު
- މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/84/23-12-H ޤަޟިއްޔާ
- މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/94-12-41/H ޤަޟިއްޔާ
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް