ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/266
ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްޞަމަދު އަޙްމަދު، 2021/HC-A/266
Vilaa Ediukeyshanal Services Private Limited v. Abdhusamadhu Ahmed 2021/HC-A/266 (2021/HC-A/266, High Court of the Maldives, 14 December 2021)
ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްޞަމަދު އަޙްމަދު
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ވަޒީފާއަށް އަނބުރާ ގެނައުން ޢަދުލުވެރި ނޫންކަމަށް ބަލައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން 1 އަހަރުގެ މުސާރައާއި ޢިނާޔަތަށްވާ 213,085.20ރ. ނަގައިދިނުމަށް ނިންމިއެވެ.
އިސްލާމް ޓީޗަރެއްގެ ގޮތުގައި 2012 އިން ފެށިގެން މަސައްކަތްކުރި މުވައްޒަފަކު 22 ނޮވެންބަރު 2018 ގައި ސަބަބެއް ނުދައްކައި، ނަޞޭޙަތެއް އިންޒާރެއް ނުދީ، ޗުއްޓީ ފެށުނު ދުވަހު ނޯޓިސް ދީ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
ވަޒީފާދޭ ފަރާތުން ބުނީ 1 އަހަރުގެ ބަދަލަކީ 2019/SC-A/27، 2019/SC-A/36 އާއި 2016/HC-A/586 ގެ ހަމަތަކާ ޚިލާފު، ނުޙައްޤު މުއްސަނދިކަމެއް ލިބޭ ބަދަލެއް ކަމަށެވެ. މުވައްޒަފުގެ ފަރާތުން ބުނީ ޤާނޫނުގައި ބަދަލު މަޙްދޫދުކޮށްފައި ނުވާތީ 1 އަހަރުގެ ބަދަލަކީ ޢަދުލުވެރި ބަދަލެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން 1 އަހަރުގެ މުސާރައާއި ޢިނާޔަތް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމި ނިންމުމަކީ، ސުޕްރީމް ކޯޓުގެ 2019/SC-A/27 އާއި 2019/SC-A/36 ޤަޟިއްޔާތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ހަމަތަކާއި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ އެއްގޮތަށް ކަނޑައަޅާފައިވާ ޢަދުލުވެރި ބަދަލެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ބަދަލު 1 އަހަރުން 9 މަހަށް ކުޑަކުރި)
ޤާނޫނުގައި ބަދަލުގެ ހަދެއް ނެތަސް، 2019/SC-A/27 ގެ ހަމަތައް ތަޠްބީޤުކުރާއިރު މުވައްޒަފުގެ ޢުމުރާއި އެހެން ވަޒީފާއެއް ހޯދުމުގެ ފުރުސަތާއި ޓިއުޝަނާއި އެހެން ވަޒީފާއެއް ހޯދައިގެން ގެއްލުން ކުޑަކުރިކަމާއި ނޯޓިސް މުއްދަތުގެ 3 މަހުގެ މުސާރަ ލިބުނުކަމަށް ބަލައި، ނުޙައްޤު މުއްސަނދިކަމެއް ނުލިބޭނެ ޢަދުލުވެރި ބަދަލަކީ 9 މަހުގެ މުސާރައާއި ޢިނާޔަތް (159,813.90ރ.) ކަމަށް ކަނޑައެޅިއެވެ. 2019/SC-A/36 އަކީ ބަދަލާމެދު ބަޙުސްނުކުރާ ޤަޟިއްޔާއަކަށްވާތީ ޤިޔާސް ނުކުރެވޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ހިންގޭނީ، އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި، ދައުލަތާއި އަމިއްލަ ދާއިރާގެ ހުރިހާ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.4)
- ވަޒީފާއާބެހޭ ޤާނޫނުގައި ގެއްލުމުގެ ބަދަލުގެ މިންވަރު މަޙްދޫދުކުރެވިފައި ނުވާތީ، ވަޒީފާދޭ ފަރާތުން އެދުނަސް، ޤާނޫނުން ބަދަލުގެ މިންވަރު މަޙްދޫދުކޮށްފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ފަދައިން ބަދަލުގެ މިންވަރު ވަކި މުއްދަތަކަށް މަޙްދޫދުކޮށް ނަގައިނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.5، 9.8.3)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ އަދި ޢަދުލުވެރިކަމަށް ފެންނަ ޢަދަދަކަށެވެ. އޭގައި ވަޒީފާދޭ ފަރާތުގެ ޢަމަލުން މުވައްޒަފަށް ސީދާ ލިބުނު ގެއްލުމާއި، ވަކިކުރުމަށް ދިމާވީ މުވައްޒަފުގެ ޢަމަލެއްގެ ސަބަބުން ނަމަ އެކަމުގައި އޭނާ ބައިވެރިވި މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.6)
- ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައެވެ. ޓްރައިބިއުނަލުން މި ކަންކަން ޤާއިމްނުކޮށް ވަކިކުރިކަމަށް ކަނޑައެޅުމާމެދު އިސްތިއުނާފުގައި ދެކޮޅުހަދާފައި ނުވާނަމަ، އެކަން ވަޒީފާދޭ ފަރާތުން ޤަބޫލުކޮށްފައިވާ ކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.8.3 (ރ)، 9.8.4)
- ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުވައްޒަފަކު ޗުއްޓީއެއްގެ ބޭނުންކުރަމުންދާ ދަނޑިވަޅެއްގައި، ޗުއްޓީގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.8.3 (ރ))
- އިސްތިއުނާފީ މަރުޙަލާގައި ބަދަލުގެ މިންވަރާމެދު ބަޙުސްކުރުމެއް ނެތި ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށްފައިވާ ޤަޟިއްޔާއެއް، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޤިޔާސްކުރެވޭނެ ސާބިޤާއެއްގެ ގޮތުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.8.2)
- ބަދަލުގެ މިންވަރު ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތަކަށް ބިނާކޮށް، ސުޕްރީމް ކޯޓުގެ 2019/SC-A/27 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް (ވަޒީފާގެ ބާވަތް، ހޭދަކުރި މުއްދަތު، މުސާރައާއި ޢިނާޔަތް، ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލު، ޢުމުރާއި އެހެން ވަޒީފާއެއް ހޯދުމުގެ ފުރުސަތު، މުވައްޒަފުގެ ޙިއްޞާ، ގެއްލުން ކުޑަކުރުމަށް ކުރި މަސައްކަތް) ރިޢާޔަތްކޮށް، ނުޙައްޤު މުއްސަނދިކަމެއް ލިބިނުދިނުމުގެ އުޞޫލަށް ބަލައިގެންނެވެ. މި މައްސަލައިގައި 9 މަސްދުވަހުގެ މުސާރައާއި ޢިނާޔަތަކީ ޢަދުލުވެރި ބަދަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.8.3، 9.8.4)
ސަމީރު ތާއީދުކުރެއެވެ .( މައްސަލައިގެ ޚުލާޞާ : 1- މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . 2- މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ފ. ނިލަންދޫ / އަތިރީގެ، ޢަބްދުއްޞަމަދު އަޙްމަދު އެވެ . މައްސަލައިގައި ކަންހިނގާފައިވާގޮތ: 3- ފ. ނިލަންދޫ/ އަތިރީގެ، ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގައި 2 މެއި 2012 އިން ފެށިގެން އިސްލާމް ޓީޗަރެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް 22 ނޮވެންބަރު 2018 ވީ ދުވަހު، އެއްވެސް ސަބަބަކާއި ނުލާ، ނަޞޭޙަތެއްއިންޒާރެއް ދިނުމެއްނެތި ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނީ، ޢަބްދުއްޞަމަދު އަޙްމަދު 6 )ހައެއް ( އަހަރަށްވުރެ ގިނަ ދުވަސްވަންދެން އަދާކުރަމުންދިޔަ ވަޒީފާއިން އެއްވެސް ސަބަބަކާއި ނުލާ ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ލިބިދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ވަޒީފާގައި ދެމިހުރުމަކީ ޢަބްދުއްޞަމަދު އަޙްމަދަށް ލިބިގެންވާ ޙައްޤެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، ޗުއްޓީ ފެށުނު . ރަޖިސްޓްރީ ނަންބަރު 915/2009-C .ދ.ރ.ކާޑު ނަންބަރު […] ދުވަހުގައި ވަޒީފާއިން ވަކިކުރާ ނޯޓިސް ދީފައިވުމަކީ ޤާނޫނާ ޚިލާފަށްކޮށްފައިވާ ކަމެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ޢަބްދުއްޞަމަދު އަޙްމަދުގެ ފަރާތުން ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 2019 ފެބްރުއަރީ 19ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައި ވެއެވެ . 4- ޢަބްދުއްޞަމަދު އަޙްމަދުގެ ފަރާ ތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ، އެ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލަ އިންނެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް : 5- އިސްތިއުނާފުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގެ ނިންމުމުގައި ވަނީ ]ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގައި 2 މެއި 2012 އިން ފެށިގެން އިސްލާމް ޓީޗަރެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް 22 ނޮވެންބަރު 2018 ގައި، އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ވަޒީފާގައި ދެމިހުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމުގައި ކަނޑައަޅައިދިނުމަށާއި، ޗުއްޓީ ފެށުނު ދުވަހުގައި ވަޒީފާއިން ވަކިކުރާ ނޯޓިސް ދީފައިވަނީ ޤާނޫނާއި ޚިލާފަށްކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައިގައި، މައްސަލަ ހުށަހެޅު ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އެކިއެކި ގޮތްގޮތުން މައްސަލަ ހުށަހެޅި ފަރާތާ ގުޅިގެން މެނޭޖްމަންޓްއަށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށްކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތުޙުމަތުކޮށްފައިވާ ކަންކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ހެކި ހުށަހަޅާފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އާ ޚިލާފަށް ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާ އަނބުރާ ލިބިދިނުމަށް އެދިފައިވީނަމަވެސް، އޭނާ ވަޒީފާއަށް ރުޖޫޢަކުރާނެފަދަ އަމުރެއް މި މައްސަލައިގައި ނެރެދިނުމަކީ، މިމައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ދެފަރާތުގެ މަސްލަޙަތަށް ބަލާއިރު އެންމެ ޢަ ދުލުވެރިގޮތްކަމަށް ނުފެންނާތީ، ޢަބްދުއްޞަމަދު އަޙްމަދަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށްވާތީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29 ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް، މާލީ ބަދަލުގެ ގޮތުގައި -/213,085.20 ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސް ރުފިޔާ ވިހި ލާރި ( މައްސަލަ ހުށަހެޅި ޢަބްދުއްޞަމަދު އަޙްމަދަށް ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސާ، މިއަދު )25 ފެބްރުއަރީ 2021( އިން ފެށިގެން )ރަސްމީ ބަންދުނޫން(
21 )އެކާވީސް ( ދުވަހުގެ ތެރޭ އޭނާއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ )ރަސްމީ ބަންދުނޫން( 05 )ފަހެއް ( ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައި ފީ މެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ . އެ މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، 2021 ފެބްރުއަރީ 25 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން: 6- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން 2021 އޮގަސްޓް 11ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . ހައިކޯޓުގެ ނަންބަރު 2021/HC-A/266 ޤަޟިއްޔާގެ ދަށުން އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 26 އޮގަސްޓް 2021 ގައެވެ . . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 9/VTR/20153 މައްސަލަ ނިމުނުގޮތުގެ ރިޕޯޓް. އިސްތިއުނާފީ ނުކުތާތައް : 7- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ . އެ ނުކުތާ އަކީ : ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 )އެކެއް ( އަހަރުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 8- އިސްތިއުނާފުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި، އިސްތިއުނާފުކުރާ ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި، މާލީ ބަދަލުގެ ގޮތުގައި،
01 )އެ ކެއް ( އަހަރުގެ މުސާރައާއި މާލީ އިނާޔަތަށްވާ 213,085.20 ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސް ރުފިޔާ ވިހި ލާރި ( ނަގައިދިނުމަށް ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، މައްސަލައި ގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައި ވާ އެބައި ބާޠިލުކޮށްދެއްވައި، ޢަދުލުވެރި މާލީ ބަދަލެއް ކަނޑައެޅުމަށްޓަކައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ތ ޙް ވީލުކޮށް ޙުކުމްކޮށްދެ އްވުމަށެވެ . ފާހަގަކުރެވުނު ނުކުތާތައް : 9- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަ ށާއި، އެ ނުކުތާއާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
9.1- ފ. ނިލަންދޫ / އަތިރީގެ، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކިއެކި ގޮތްގޮތުން ޢަބްދުއްޞަމަދު އަޙްމަދާ މެދު މެނޭޖްމަންޓަށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށްކަމަށް ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ބުނިނަމަވެސް، ޢަބްދުއްޞަމަދު އަޙްމަދުގެ މައްޗަށް ތ ހމަތުކޮށްފައިވާ ކަންކަން ސާބިތުވާ މިންވަރަށް ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހެކި ހުށަހަޅާފައިނުވާތީ، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާ އަނބުރާ ލިބިދިނުމަށް އެދިފައިވީނަމަވެސް، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއަށް ރުޖޫޢަކުރާނެފަދަ އަމުރެއް މި މައްސަލައިގައި ނެރެދިނުމަކީ، މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ދެ ފަރާތުގެ މަސްލަޙަތަށް ބަލާއިރު އެންމެ ޢަ ދުލުވެރިގޮތްކަމަށް ނުފެންނާތީ، ޢަބްދުއްޞަމަދު އަޙްމަދަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް، ޢަބްދުއްޞަމަދު އަޙްމަދު ވަކިކޮށްފައިވަނީ ވަޒީފާ އާބެހޭ ޤާނޫނާ ޚިލާފަށް ކަމަށްވާތީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް، މާލީ ބަދަލުގެ ގޮތުގައި -/213,085.20ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސް ރުފިޔާ ވިހި ލާރި ( ޢަބްދުއްޞަމަދު އަޙްމަދަށް ނަގައިދިނުމަށް ކަނޑަ އަޅައި، މި ފައިސާ، ރަސްމީ ބަންދުނޫން 21 )އެކާވީސް ( ދުވަހުގެ ތެރޭ އޭނާއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ )ރަސްމީ ބަންދުނޫން ( 05 )ފަހެއް ( ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވާކަން އެނގެން އޮވެއެވެ .
9.2- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 )އެކެއް ( އަހަރުގެ މުސާރައާ ޢިނާޔަތް ނަގައިދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ އާއި އަދި އެކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ އާ ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލަ އިސްތިއުނާފު ކުރަމުން، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . މި ނުކުތާގެ ތަފްޞީލުގައި ވިލާ އެޑިއުކޭޝަނލަ ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާ އާ ޙަ ވާލާދީ 01 )އެކެއް ( އަހަރު ދުވަހުގެ ގެއްލުމުގެ ބަދަލު ނަގައިދީފައިވާއިރު، އެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވަނީ، 06 )ހައެއް( މަސްދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ފައިސާކަމަށާއި 12 )ބާރަ ( މަސްދުވަހަށްވާ މުސާރައާއި ޢިނާޔަތްތައް ނޫންކަން އެ މައްސަލައިގެ ޙުކުމަށް ބެލުމުން އެނގޭކަމަށާއި، އެހެންކަމުން، އެ ޤަޟިއްޔާއާ ޙަ ވާލާދީ އިސްތިއުނާފު މިކުރެވޭ މައްސަލައިގައި 01 )އެކެއް ( އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް ނިން މި ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ އުޞޫލުތައް ޓްރައިބިއުނަލުން ތަޠްބީޤުކޮ ށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ . އަދި އޭގެ އިތުރުން؛ . ޢަލީ ވަޙީދު ވ ދައުލަތް )މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ( . މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ އަސްފާޤު ވަޙީދު . ޢާއިޝަތު ޢާޠިޔާ ނަޞީރު ވ ސިވިލް ސަރވިސް ކޮމިޝަން ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ހަމަތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު އެ ކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރ ޢާޔަތްކޮށްފައިނުވާކަމަށާއ، އެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި ތަބާވާންޖެހޭ އުޞޫލުތަކުގެ ގޮތުގައި، ރިއާޔަތްކުރެވިދާނެ ކަންކަމުގެ ތެރޭގައި؛ )ހ( މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް ؛ )ށ( ވަޒީފާގައި ހޭދަކުރި މުއްދަތުގެ ؛ )ނ( މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާ ޢިނާޔަތް ؛ )ރ( ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައްހުރިގޮތް؛ )ބ( ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތ؛ )ޅ( ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ ؛ )ކ( ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ . މީގެ ތެރޭ ގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލިދާނެއެވެ. )އ( ވަޒީފާއަށް ރުޖޫޢަ ކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމަކީ އަސާސީ ޙައްލުކަމާއި އަދި އެ ފަރާތަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްޤު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ. )ވ( ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރައާއި ޢި ނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި މިންވަރު ހިސާބު ކުރާނީތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރީތީވެ ކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ. ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި އެ ޓްރައިބިއުނަލުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 )އެކެއް ( އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށް ނިންމާފައިވަނީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތިކަމަށެވެ . އަދި އޭގެ އިތުރުން؛ ބަދަލުގެ މިންވަރު ކަނޑައެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށާއި، އިސްވެ ދެންނެވުނު ސުޕްރީމް ކޯޓުން ނިންމަވާފައިވާ މައްސަލައަކީވެސް، މަޢުޟޫއީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވިނަމަވެސް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހަމައެކަނި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅައި ނިންމަވާފައިވާ މައްސަލައެއް ކަމަށާ އ، އެ މައްސަލައި ގައި ޢަދުލުވެރި ބަދަލެއް ކަމަށް ކަނޑައަޅުއްވާފައިވަނީ 34,800.00 )ތިރީސް ހަތަރު ހާސް އަށްސަތޭކަ( ރުފިޔާކަމަށާ އ، އެއީ 3 )ތިނެއް ( މަސްދުވަހުގެ މުސާރައާ ޢިނާޔަ ތ ށްވާ ފައިސާ ކަމަށާ އ، އެހެންކަމުން، ހުށަހެޅިފައިވާ މި މައްސަލައި ގައި ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނ( ގެ 29ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް 12 )ބާރަ ( މަސްދުވަހަށްވާ މުސާރައާ ޢިނާޔަތަށްވާ 213,085.20ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސްރުފިޔާ ވިހި ލާރި ( މާލީ ބަދަލުގެ ގޮތުގައި މައްސަލަ ހުށަހެޅި ޢަބްދުއްޞަމަދު އަޙްމަދަށް ނަގައިދިނުމަށް ކަނޑައަޅުއްވާފައިވަނީ އެ ފަރާތަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ދިވެހިރާއްޖޭގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައި ދެ ކޭކަމަށާއި؛ ދ ވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/142 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އެއީ ވަޒީފާދޭ ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދެވޭ ބަދަލަކަށް ވެގެން ނުވާނެކަމަށާއި، އެއާ ޚިލާފަށް ބަދަލު ނަގައިދިނމުގު ބޭނުމަކީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ މުވައްޒަފަށް ލިބުނު ގެއްލުން ފޫބައްދައި ދިނުންކަމަށާއި އަދި މިގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުގެ ޢު މުރަށާއި، ވަޒީފާއިން ވަކިކުރެވުނުއިރު އެ މުވައްޒަފަކު ހުރި މަޤާމަށާއި، އެމަޤާމުގެ ޒިންމާތަކަށާއި، އެ މުވައްޒަފެއްގެ ތަޖުރިބާއަށާއި، އެ މުވައްޒަފެއްގެ ވަޒީފާގައި ހޭދަކޮށްފައިވާ މުއްދަތަށާއި، އެ މުވައްޒަފެއްގެ މަސައްކަތުގެ އަޚލާޤާބެހް ރެކޯޑަށް ރިޢާޔަތް ކުރަން ވާނެކަން ފާހަގަކުރައްވާފައި ވާކަމަށާއި، ނަމަވެސް އިސްތިއުނާފުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލަ ނިންމުމުގައި ޢަމަލުކުރައްވާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތުން އެދުނުޢަދަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށާއި މައްސަލަ އިސްތިއުނާފުކުރި ފަރާތަށް އަދަބެއް ދިނުމުގެ ގޮތުންކަން އިސްވެ ބަޔާންކޮށްފައި ވާ ކަންކަމަށް ބެލުމުން އެނގެ ން އޮންނަކަމަށެވެ .
9.3- އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ޢަބްދުއްޞަމަދު އަޙްމަދު ގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ؛ ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ ހަމަތައް ބަޔާންކުރައްވަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގެ 16ވަނަ ނުކުތާގައި ފާހަގަކޮށްފަ ވަނީ އިނގިރޭސި ވިލާތުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ބަދަލު ހިސާބު ކުރާނެގޮތާއި އަދި އެންމެ މައްޗަށް ބަދަލުގެ ގޮތުގައި ލިބޭނެ މިންވަރު ކަމަށާ އ، އަދި ހަމައެހެންމެ ބަދަލު ނަގައިދިނުމުގައި 12 )ބާރަ ( މަސްދުވަހުގެ މުސާރަ އެއީ ބަދަލުގެ މިންވަރު ހިސާބުކުރުމުގައި ބަލާ ފަންގިފިލާކަމުގައިވަނީ އެކަށައަ ޅުއްވާފައިކަމަށާ އ، އަދި އެބަދަލު ނަގައިދެވޭނީ މުވައްޒަފު ވަޒީފާއަށް ރުޖޫޢަ ނުކުރެވޭ ޙާލަތުގައިކަމަށއި، އޮސްޓްރޭލިޔާގައި ބަދަލުދިނުމުގައި . ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ ވ އިސްމާޢީލް މަސްޢޫދު ޢަމަލުކުރާ ބައެއްގޮތުގެ މިސާލުތަކަށް ބަލާއިރު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ބަދަލު ނަގައިދެވެނީ އެ މުވައްޒަފު ވަޒީފާއަށް ރުޖޫޢަނުކުރެވޭ ޙާލަތުގައި އެކަނި ކަމަށާ އ، އަދި ބަދަލު ނަގައދެވެނި 6 )ހައެއް ( މަސްދުވަހުގެ މުސާރަ ކަމަށާ އ، އޮސްޓްރޭލިއާގައި ބަދަލު ނަގައިދެވޭ މިންވަރު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް ވަނީ ޤާނޫނުގައި ބަޔާންކޮށްފަ އިކަމަށާ އ، ސައުތު އެފްރިކާގައި ޢަމަލުކުރާގޮތަށް ބަލާއިރު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު 12 )ބާރަ( މަސްދުވަހަށްވުރެ އިތުރު ނުވާގޮތަށް، ވަޒީފާއިން ވަކިކުރެވޭއިރު، ލިބެމުންދިޔަ މުސާރައާއި އެއްވަރުގެ ބަދަލެއް ނަގައިދޭކަމަށއި، ހަމަ އެ ޤަޟިއްޔާގެ 17 ވަނަ ނުކުތާގައިވަނީ ބަޔާންވެ ދިޔަ ގައުމުތަކުގައި ޢަމަލުކުރާގޮތަށް ބަލާއިރު އެ ފަދަ ޤައުމުތަކުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު ނަގައިދެވޭ ބަދަލު މަޙްދޫދު ކުރެވިފައިވަނީ އެ ޤައުމުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާތީކަ މަށް ފާހަގާކޮށްފައިވާކަމަށާ އ، ނަމަވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެ ނޫން ޤާނޫނެއްގައި ވެސް ބަދަލުގެ މިންވަރު މަޙްދޫދުކުރެވިފައި ނުވާތީވެ މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭހިނދު، ނަގައިދެވޭ ބަދަލު މަޙްދޫދުކުރެވިފައި ނުވާކަމަށް ބަލަން ޖެހޭކަމަށާ އ، އ ޤަޟިއްޔާގެ 19ވަނަ ނުކުތާގައި ބަޔާންކުރަ އ ވާފައިވަނީ ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން މުވައްޒަފަށް ލިބޭ ބަދަލުގެ މިންވަރާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދަނީ، ވަޒީފާއާބެހޭ ޤާނޫނު ގެ 29ވަނަ މާއްދާގެ )ރ( ގައި ވާ ގޮތުގެ މަތިންކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީބަދަލު ދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ޢަދުލުވެރިކަމަށްފެންނަ ޢަދަދަކަށް ކަމަށާއި، އެ ފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުން އެ މުވައްޒަފަކަށް ސީދާލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ، އެ ކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާ ޔަތް ކުރަންވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ވކަމަށާ އ، އަދި މުވައްޒަފަށް ބަދަލުދިނުމުގައި އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ހ( ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށްކަމަށް ވާނަމަ އެ ކަމަށްޓަކައި އެ މުވައްޒަފަކަށް އިތުރު ޢަދަދެއްގެ ފައިސާ ދިނުމަށް އަމުރުކުރެވިދާނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައި ވާ ކަމަށާއި،ޙަ ވާލާދޭ ސުޕްރީމް ކޯޓުގ ޤަޟިއްޔާގެ 22ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުން ޢަމަލުކުރާގޮތްކަމަށް ބަޔާންކޮށް ބަދަލު ޙައްޤުވާ ފަރާތުން އެ ކަމަށް އިންކާރުކުރާހިނދު ޤާނޫނުގައި ބަދަލުގެ މިންވަރު މަޙްދޫދު ކުރެވިފައި ނުވާތީ، ޤާނޫނުން ބަދަލުގެ މިންވަރު މަޙްދޫދުކުރެވިފައިވާ ޤައުމުތަކުގައި ޢަމަލުކުރާފަދައިން ވަކިމުއްދަ ތަކަށް ބަދަލުގެ މިންވަރު މަޙްދޫދު ނުކުރެވޭނެ ކަމަށާއި؛ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ފަނޑިޔާރުންގެ ބެންޗުން ފާހަގކުރަ އ ވާފައިވާ ކަންކަމަށް ނަޒަރުކުރާއިރު، އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގއަ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 )އެކެއް( އަހަރުގެ މުސާރައާއިޢި ނާޔަތް ނަގައިދިނުމަށް ނިންމާފައިވަނީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ފަނޑިޔާރުންގެ ބެންޗުން ފާހަގކުރަ އ ވާފައިވާ ކަންކަމަށް ނަޒަރުކޮ ށްގެން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށާއި، އޭގެ އިތުރުން؛ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާގެފާހަގަކުރުވެނު ކަންތައްތަކުގެ )ރ( ގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނ ނބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29ވަނަ މާއްދާއަށް ބަލާއިރު، ބަދަލު ނަގައިދިނުމުގައި އެކަށީގެންވާ އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ ޢަދަދަކަށް ބަދަލުގެ މިންވަރު ކަނޑައެޅިދާނެ ކަމަށާއި، އަދި އެ ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/280 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، ބަދަލު ނައިގައި ދިނުމުގައި ޓްރައިބިއުނަލުން ބަލަނީ ވަޒީފާއިން ވަކިކުރުމުގައި ވަޒީފާ ދޭ ފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން މ ވައްޒަފަށްލިބުނު ގެއްލުމަށް ކަމަ ށާއި، އެގޮތުން މުވައްޒަފަށް ސިދާލިބޭ ގެއްލުމަށާއި، ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މަންފާތަ ކަށް ރިޢާޔަތްކޮށްކަން އެނގެން އޮތްނަމަވެސް ބަދަލުނަގައިދިނުމުގައި ވަޒީފާއާބެހޭ ޤާނޫނުން ވަކި މިންވަރެއް މ ޙުދޫދުކޮށްފައި ނުވާކަމަށާ އ، ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ އެހެނިހެން ބައެއް މުޖުތަމަޢުތަކުގައި ބަދަލު ނަގައިދިނުމުގައި ޢަމަލުކުރާ އުޞޫލަށްބަލާއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނައިން ނގަ އިދެ ވިދާނެ މިންގަނޑެއް (Compensation cap) ކަނޑައަޅާފައިވާކަން އެނގޭކަމަށާއި، އެގޮތުން ބަލާއިރު އިނގިރޭސިވިލާތުގައި 124 and 123 section 1996 Act rights Employment ގައި އެންމެގިނައިން ނަގައިދެވޭނެ ބަދަލުގެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 އަހަރުގެ މުސާރަ ނުވަތަ ޤާނޫނުން ކަނޑައަޅާފައިވާ ޢަދަދު، މި ދެ ޢަދުންކުރެ މަދު ޢަދަދުކަން އެނގޭކަމަ ށ އ، އަދި އޮސްޓްރޭލިއާ (fair compensation) remedy 392 section 2009, Act work ގައި ބަދަލުގެ މިންގަނޑު (Compensation cap) ގެ ގޮތުގައި ކަނޑައަޅާފައިވަނީ 6 )ހައެއް ( މަސް ދުވަހުގެ މުސާރަ ނުވަތަ ޤާނޫނުން ކަނޑައަޅާފައިވާ ޢަދަދު، މި ދެ ޢަދަދުންކުރެ މަދު ޢަދަދުކަން އެނގޭކަމަ ށާއި މީގެ އިތުރުން ބުނެވުނު ޤައުމުތަކުގައި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަ ފަށްލިބޭ ގެއްލުމަށް ރިޢާޔަތްކުރުމުގައި ވަޒީފާއިން ވަކިކުރެވުނު ފަރާތަށްލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އޭނާގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް ރިޢާޔަތްކުރުން ލާޒިމުވެގެންވާކަން އެނގޭކަމށަ އ، އަދި މުވައްޒަފު ވަޒީފާއިން ވަކިކުރަންޖެހުނީ، އޭނާގެވެސް ކޮންމެވެސް މިންވަރެއްގެ ޙިއްސާއެއް އޮތްކަމެއްގެ ނުވަތަ ކޮންމެވެސް ވަރަކަށް އޭނާ ފަހިކޮށްދިން ކަމެއްގެ ސަބަބުންކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ނަމަ މުވައްޒަފުގެ ފަރާތުން އެކުރި ކަމަކާ އެކަށީގެންވާ މިންވަރަށް ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކުރެވިދާނެކަން އެނގޭކމަށާ އ؛ އެހެން ވަޒީފާއެއް ހޯދުމަށް 1 )އެކެއް ( އަހަރުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަމަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ބެއްލެވި މެމްބަރުންނަށް ޤަބޫލުކުރެވުނު ހިނދު ބުނެވުނު ޤައުމުތަކުގައި ޢަމަލު ކުރާގޮތަށް ރިޢާ ޔަތްކޮށް ދިވެހިރާއްޖޭގައިވެސް ބަދަލުގެގޮތުގައި އެންމެ ގިނައިން ނަގައިދެވޭނެ މިންގަނޑެއް ކަނޑައެޅުން މުހިންމުކަމަށއި، އެގޮތުން ބަދަލުގެ ގޮތުގައި 1 )އެކެއް ( އަހަރުގެ މުސާރައާއި ޢިނާޔަތަކީ އެކަށީގެންވާ ޢަދުލުވެރި މިންވަރެއްކަމަށް ޤަބޫލުކުރެވޭކަމަށއި؛ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަން ބަރު 35/VTR/2019 މައްސަލައިގެ ނިންމުމަށް ބަލާއިރު ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ނުރަނގަޅު ސުލޫކީ މައްސަލަތަކެއްގެ ސަބަބުންކަމަށް މައްސަލަ ރައްދުވިފަރާތުން ބުނިކަމުގައިވީނަމަވެސް މައްސަލަ ސާބިތުވާވަރަށް އެ ފަރާތް ބުނާ ބުނު ން ފިޔަވައި، މައްސަލަ ސާބިތުވާވަރަށް ހެކި ހުށަހަޅާފައި ނުވާކަމަށާއި، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަމްބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އާ ޚިލާފަށްކަމަށް ފާހަގަކޮށްފައި ވާ ކަމަށާއި، އަދި މުޅި މައްސަލަޔަށް ނަޒަރުކުރާއިރު މައްސަ ލ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން މުވައްޒަފަކު ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން އެއްވެސް މިންވަރަކަށް ނެތިކަން ޓްރައިބިއުނަލުގެ މުޅި މައްސަލައަށް ބެލުމުން އެނގެން އ ތުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 އަހަރުގެ މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށް ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ކަމުގައި ދެކޭކަމަށެވެ .
9.4- ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތަކާއި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބަޔާންކޮށްދީފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު( އެވެ . އެހެނެ ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތަށް ފިޔަވައި، ދައުލަތާއި އަދި އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެކަން އިޝާރާތްކުރެވުނު ޤާނޫނުގެ ފުރަތަމަ މާއްދާއާއި ދެވަނަ މާއްދާއިން އެނގެން އޮވެއެވެ .
9.5- ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ވަޒީފާއިން ވަކިކުރާ މުވައްޒަފަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި، ނެގޭނެ ބަދަލުގެ މިންވަރު، ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު( ގައި މަޙުދޫދު ކުރެވިފައި ނުވެއެވެ . އެހެން ކަމުން، ގެއްލުމުގެ ބަދަލު ދޭންޖެހޭ ޙާ ލަތުގައި އެ ބަދަލުގެ މިންވަރު މަޙުދޫދުކުރުމަށް ވަޒީފާދޭ ފަރާތުން ޓްރައިބިއުނަލުގައި ނުވަތަ ޝަރުޢީ ކޯޓުގައި އެދޭ ޙާލަތު ގައި، ޤާނޫނުން ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ފަދައިން، ބަދަލުގެ މިންވަރު މަޙުދޫދުކޮށް ނަގައި ނުދެ ވޭނެކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 22ވަނަ ނަންބަރުގައި ބަޔާންކޮށްފައިވއެވެ .
9.6- ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، މުވައްޒަފަށް ލިބިދެވޭ ބަދަލާ ގުޅޭގޮތުން، ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވަނީ، ބަދަލުދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި ޢަދުލުވެރިކަމަށް ފެންނަ ޢަދަދަކަށް ކަމަ ށެވެ . މި ފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެ ކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށެވެ . އަދި މުވައްޒަފަށް ބަދަލު ދިނުމުގައި އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ނ( ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމަށްވާނަމަ، އެ ކަމަށްޓަކައި އެ މުވައްޒަފަކަށް އިތުރު ޢަދަދެއްގެ ފައިސާ ދިނުމަށް އަމުރުކުރެވިދާނެ ކަމަށްވެސް މި މާއްދާގައި ބުނެފައިވެއެވެ .
9.7- ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްގެން ގެއްލުމުގެ ބަދަލު ނަގައިދޭ ޙާ ލަތުގައި އެ ނަގައިދެވޭ ބަދަލުގެ މިންވަރު، ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު ( ގައި ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައި ނުވާތީ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި އަދި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އަންނަނީ އެކި މައްސަލަތަކުގައި އެކި ގޮތަށެވެ . ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ނުވަތަ ބަދަލުގެ މިންވަރު ނަގައިދިނުމުގައި، އެއްގޮތް އުޞޫލުތަކެއް ހިފެހެއްޓިފައިވާތަނެއް ފެންނާކަށް ނެތެވެ . ނަމަވެސް، ޝަރުޢީ . ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/06 ޤަޟިއްޔާ މެގަ ގްލޯބަލް އެއަރ ސަރވިސަސް )މޯލްޑިވްސް( ވ) .ނަން އުނިކުރެވިފައި(، މި ޤަޟިއްޔާގައި، 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދެއްވާފައިވެއެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021]SC 10 2019/SC-A/17 ޤަޟިއްޔާ، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް، މި ޤަޟިއްޔާގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާތީ، 3 މަސްދުވަހުގެ މުސާރަ ބަދަލުގެ ގޮތުގައި ނަގައިދެއްވާފައިވެއެވެ . ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު [2021]SC 07 2017/SC-A/67 ޤަޟިއްޔާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ، މި ޤަޟިއްޔާގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްނުވާތީ 6 މަސް ދުވަހުގެ މުސާރަ ނަގައިދެއްވާފައި ވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާގައި، )ބޭންކް އޮފް މޯލްޑިވްސް ވ. ފާޠިމަތު މަލީޙާ ޖަމާލް( ވަޒީފާ އަނބުރާ އިއާދަކޮށްދިނުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިމުނު ދުވަހާއި ހަމައަށް މުސާރައާއި ޢިނާޔަތްތައް ނަގާދެއްވާފައިވެއެވެ . ގިނަ ޙުކުމްތަކެއްގައި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބެލެވިދާނެ ނުވަތަރި ޢާ ޔަތްކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ .
9.8- މި މައްސަލައިގައި ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ އިސްތިއުނާފީ ނުކުތާގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 )އެކެއް ( އަހަރު ނަގައިދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ .
9.8.1- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާއާ ޙަވާލާދީ ނިންމާފައިވާ ނިންމުން ތަޠްބީޤުކޮށްފައިވަނީ، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 06 )ހައެއް( މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް ނިންމާފައިވާތީކަން، އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އިރު، ޙަވާލާދޭ ހައިކޯޓުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ދުނިޔޭގެ ކުރިއަރާފައިވާ މުޖްތަމަ ޢު ތަކުގައި ޢަމަލުކުރާ އުޞޫލު ބަޔާންކުރުމަށްފަހު، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްގެން ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދޭ ޙާ ލަތުގައި، ގެއްލުމުގެ ބަދަލުގެ ފަންގިފިލާއެއްގެ ގޮތުގައި 01 )އެކެއް ( އަހަރު ދުވަހަށްވުރެ އިތުރު ނުވާގޮތަށް މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް ނިންމުމަކީ ޢަދަލުވެރި ބަދަލެއް ކަމުގައި ދެކޭކަމަށެވެ .
9.8.2- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2019 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ސަބަބަކީ، އެ މައްސަލައަކީވެސް މަޢުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދަލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަ ލައެއްކަމަށްވެފައި، އެ މައްސަލައި ގައި މުވައްޒަފު އިހުހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހަމައެކަނި ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމިއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވަނީ 03 )ތިނެއް ( މަހުގެ މުސާރައާއި ޢި ނާޔަތްތަ އ ކަމުގައިވާތީ އެސަބަބުގެ މައްޗަށް ކަން އެނގެން އޮންނަކަމާއި؛ ޙަވާލާދެވުނު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ -/34800ރ) .ތިރީސް ހަތަރުހާސް އަށްސަތޭކަ ރުފިޔާ ( ގެ ބަދަލުގެ މިންވަރަކީ، އެ މައްސަލައި ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރެއް ނޫނެވެ . އެބަދަލަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 60/VTR/2016 މައްސަލައިގައި އެ ޓްރައިބިއުނަލުން ކަނޑައެޅި ބަދަލެކެވެ . އެ ބަދަލާ ގުޅޭގޮތުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާއާއި އަދި ޙަވާލާ މިދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައިވެސް ވާހަކަ ދައްކާފައިނުވާކަން އެނގެން އޮވެއެވެ . ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑަ އަޅާފައި ހުންނަ ބަދަލާމެދު، އިސްތިއުނާފީ މަރު ޙަ ލާގައި އެ ބަދަލާމެދު ބ ޙު ސ ކުރުމެއްނެތި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށްފައިވެއެވެ . އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ވެސް ކަން ހިނގާފައިވަނީ އެމަގުންނެވެ . މިފަދަ މިސާލީ އެހެން ޤަޟިއްޔާއަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/17 ޤަޟިއްޔާ ފާހަގަކުރެވެއެވެ . އެ ޤަޟިއްޔާއަކީވެސް އިސްތިއުނާފުކުރާ ފަރާތުން . އަސްފާޤު ވަޙީދު ވ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް . ބޭންކް އޮފް މޯލްޑިވްސް ޕލކ ވ ފާޠިމަތު މަލީޙާ ޖަމާލް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ވަކިކުރުމުގައި މަޢުޟޫއީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ މައްސަލައެއްގެ ގޮތުގައި އިސްތިއުނާފީ ހުރިހާ މަރު ޙަ ލާއަކުންވެސް ކަނޑައަޅައި ނިމިފައިވާ މައްސަލައެކެވެ . އެމައްސަލައިގައި މުވައްޒަފު، ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެ ފަރާތުން އަދާކުރަމުން ދިޔަ ވަޒީފާގެ މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައި ދ ނުމަށް އެންގުމުގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުވެސް ނަގައިދީފައިވެއެވެ . އެގޮތުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާ އިޢާދަކުރާ ދުވަހާ ހަމައަށް މުވައްޒަފަށް ލިބޭ މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ޙަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ އިންވެސް ތާއީދުކޮށްފައިވެއެވެ . އެ މައްސަލައި ގައި މުވައްޒަފު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ނިމުމާ ދެމެދު 07 )ހަތެއް ( އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވެއެވެ . ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ސަބަބުން އެ މައްސަލައި ގައި ހިމެނޭ މުވައްޒަފަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 07 )ހަތެއް ( އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ލިބިފައިވެއެވެ . ނަމަވެސް ޙަ ވާލާދެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާމެދު، ބ ޙު ސްކޮށްފައި ނުވެއެވެ . އަދި ހައިކޯޓުގެ މަރުޙަލާގައިވެސް ގެއްލުމުގެ ބަދަލާ މެދު ބ ޙސްކުރެވިފައު ނުވެއެވެ . އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓް ރައިބިއުނަލު ގެ ނަންބަރު 35/VTR/2019 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފާހަގަކޮށްފައިވީނަމަވެސް އިސްތިއުނާފުކުރެވިފައިވާ މައްސަލަ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް ޤިޔާސްކުރެވިދާނެކަމަށް ނުފެނެއެވެ .
9.8.3- އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލަ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި، ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ނަޒަރުކުރާއިރު؛ ބޭއިންސާފުވެރި ގޮތެއްގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަދަލުގެ މިންވަރު ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު( ގައި މަޙުދޫދު ކުރެވިފައި ނުވެއެވެ . އެހެންކަމުން، ގެއްލުމުގެ ބަދަލު ދޭންޖެހޭ ޙާލަތުގައި އެ ބަދަލު ގެ މިންވަރު މަޙުދޫދު ކުރުމަށް ވަޒީފާދޭ ފަރާތުން ޓްރައިބިއުނަލުގައި ނުވަތަ ޝަރުޢީ ކޯޓުގައި އެދޭ ޙާލަތުގައި، ޤާނޫނުން ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ފަދައިން، ބަދަލުގެ މިންވަރު މަޙުދޫދުކޮށް ނަގައި ނުދެވޭނެކަން، ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 22ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވެއެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ ޢަދުލުވެރިކަމއާ، މައުޟޫޢީ ޢަދުލު ވެރިކަންޤާއިމުކުރެވިފައި ނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބި އުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ރިޢާޔަތް ކުރެވިދާނެ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ . އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތައް، އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައަށް ތަޠްބީޤުކުރާއިރު؛ )ހ( މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް : މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތަށް ބަލާއިރު، މި މައްސަލަ އިގައި ޢަބްދުއްޞަމަދު އަޙްމަދަ ކ، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ މެނޭޖްމަންޓްގެ ދަށުން ހިންގާ، ]ވިލާ އިންޓަރނޭޝަނަލް ސްކޫލް [ އާއި އަދި ]ވިލާ ކޮލެޖް [ ގައި ސާނަވީ ގްރޭޑްތަ ކުން ފެށިގެން ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީއާ ހަމައަށް އިސްލާމިކް ސްޓަރޑީޒް ކިޔަވައިދޭ މުދައްރިސެއް ނުވަތަ ލ ކްޗަރަރ އެއްކަން އެނގެއެވެ . މާދަމާގެ މުސްތަޤު ބަލު ކަމުގައި ވާ މިއަދުގެ ކިޔަވާ ކުދި ނ، ޤައުމުގެ ހުން ގާނުގައި ހިފަން ތައްޔާރު ވަމުންދާ، އެ ކުދިން ގެ ކާމިޔާބީގެ ދަތުރު، ބާއްޖަ ވެރި، އަމާން ދަތުރަކަށް ހަދައިދެނީ ސްކޫލުތަކުގެ މުދައްރިސުން ގެ ބޮޑު ދައުރެއް އޮވެގެންކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މުދައްރިސުންގެ ޚި ދުމަތްތަކަކީ މުޅި ޤައުމު ރޯޝަން ވެގެން ވިދާނޭފަދަ ޚި ދުމަތްތަކެއްކަން ޔަގީނެވެ . ދަރިވަރު ސްކޫލުގެ ގޭޓުން އެތެރެވުމާއެކު، ކޮންމެ ދަރިވަރަކަށްމެ މުދައްރިސުންގެ ފަރާތުން ލިބޭ ލޯތްބާއި ކުލުނު، މައިންބަފައިންގެ ކިބައިން ލިބޭ ލޯތްބާއި ކުލެނެކޭ ހަމަ އެއްފަދަ އެވެ . އެއްވެސް ބުރަކަމެއްނެތި، ދަރިވަރުންނަށް ފުރިހަމަ ގޮތުގައި ޢިލްމު އުނގަންނައި ދެވޭނެ މަގު ފަހި ކޮށްދޭން މަސައްކަތް ކޮށްދެނީ މުދައްރިސުންނެވެ . ރެއާއި ދުވާލުގެ ނިދި ނަގާލައި، ދަރިވަރުންގެ އ ޚް ލާ ޤު ބައްޓަންކުރުމަށް ހެޔޮ ފިލާވަޅު ދަސްކޮށްދިނުމުގައި މުދައްރިސުން ހޭދަ ކުރާ ވަގުތު ތަކަކީ، އެ ބަޔަކަށްޓަކައި މުޅި މ ޖްތަމު ޢު ގެ އ ޙްތިރާމާއި ޤަދަރު ޙައްޤު ވާ ބައެކެވެ . މުޖުތަމަ ޢަ ށ ނުކުންނަ ދަރިންތަކަކީ ރަނގަޅު ސުލޫކެއްގެ ވެރި، ޢިލްމު ޙސާ ލ ކޮށްފައިވާ ތަހުޒީބު ދަރިންތަކެއްގެ ގޮތުގައި ހެދުމަށް މުދައްރިސުން ވަމުންދާ ގުރުބާނީތަކަކީ ފައިސާއިން އެ ކަމުގެ އަގު ވަޒަންކުރެވޭނެ ކަމެއްނޫނެވެ . )ށ( ވަޒީފާގައި ހޭދަކުރި މުއްދަތު : ޢަބްދުއްޞަމަދު އަޙްމަދަކީ، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގައި 2 މެއި 2012 އިން ފެށިގެން ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތެކެވެ . 22 ނޮވެންބަރު 2018 ގައި ޢަބްދުއްޞަމަދު އަޙްމަދު ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގ ވަޒީފާއިން ވަކިކުރި އިރު، ވަޒީފާގައި 6 )ހައެއް( އަހަރާއި، 6 )ހައެއް ( މަހާއި، 20 )ވިހި ( ދުވަސް ހޭދަކޮށްފައިވާކަން އެނގެން އޮވެއެވެ . )ނ( މުވައްޒަފު ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތައް : ވިލާ އެޑިއުކޭޝަނަ ލ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢަބްދުއްޞަމަދު އަޙްމަދު، ވަކިކުރެވުނުއިރު މަހު މުސާރައިގެ ގޮތުގައި މަހަކު -/8000ރ. )އަށްހާސް ރުފިޔާ ( އާއި ޢިނާޔަތުގެ )އެލެވަންސް ( ގޮތުގައި މަހަކު 9757.10ރ) .ނުވަހާސް ހަތް ސަތޭކަ ފަންސާސް ހަތްރުފިޔާ ދިހަ ލާރި ( ލިބޭ ކަން އެނގެން އޮވެއެވެ . )ރ( ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރިގޮތް : މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކެއް ނުވަތަ ހަމަތަކެއް ހުރެއެވެ . ޢާންމު އުޞޫ ލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫ ޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމްކުރެވިގެންނެވެ . ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އަދި އިޖުރާއީ ޢަދުލު ވެރިކަން ޤާއިމުނުކޮށް ކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ . އެ ނިންމުމަށް އިސްތިއުނާފުކުރާ ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހައިކޯޓުގައި ޖަދަލުކޮށް ދެކޮޅު ހަދާފައިނުވެއެވެ . އެހެންކަމުން، ޢަބްދުއްޞަމަދު އަޙްމަދ، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި އަދި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްނުކޮށް ކަމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކޮށްފައިވާ ކަމަށް ބަލަންޖެހެއެވެ . ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ދީފައިވަނީ، ޢަބްދުއްޞަމަދު އަޙްމަދަށް ޙައްޤުވާ ޗުއްޓީއެއް ފެށުނު ދުވަހުގައި ކަމަށ، އެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައި ގައި ބަޔާންކޮށްފައިވެއެވެ . ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޖަވާބުދާރީވެފައި ނުވެއެވެ . ވަޒީފާ އާބެހޭ ޤާނޫނުގެ 22ވަނަ މާއްދާގެ )ށ( ގައި، މުވައްޒަފަކަށް ލިބިދެވޭ ޗުއްޓީއެއްގެ ބޭނުން މުވައްޒަފަކު ކުރަމުންދާ ދަނޑިވަޅެއްގައި، އެ ޗުއްޓީގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް އެ މާއްދާގެ )ހ( ގައި ބަޔާންކުރާ ނޯޓިހެއް ދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ . )ބ( ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ : ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކުރިއިރު އެ ފަރާތުގެ ޢުމުރަކީ 41 )ސާޅީސް އެކެއް( އަހަރެވެ . ދިވެހިރާއްޖޭގައި ވަޒީފާއިން ރިޓަޔަރކުރުން ލާޒިމް ޢުމުރަކީ
65 )ފަސްދޮޅަސްފަހެއް ( އަހަރެވެ . އެހެންކަމުން ޢަބްދުއްޞަމަދު އަޙްމަދު ގެ މި ޢުމުރަކީ އެހެން ވަޒީފާއެއް އަދާކުރެވިދާނެ ޢުމުރެއްކަމަށް ބެލިދާނެ ޢުމުރެކެވެ . )ޅ( ވަޒީފާއިން ވަކިކުރަންޖެހުނީއެ މުވައްޒަފެއްގެވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ : ޢަބްދުއްޞަމަދު އަޙްމަދު، ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަން، އިސްތިއުނާފުކުރާ ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ސާބިތުކޮށްދެވިފައިނުވެއެވެ . އަދި އެ ކަމުގެ މައްޗަށް ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ ނުކުތާއެއްވެސް ހުށަހަޅާފައި ނުވެއެވެ . )ކ( ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތު.މީގެ ތެރޭ ގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ: މި އަކުރު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޢަބްދުއްޞަމަދު އަޙްމަދު، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކޮށްފައިވެއެވެ . އެ ގޮތުން، ޓިއުޝަން ނަގައިދީގެން އާމްދަނީ ހޯދުމާއި އަދި ވަޒީފާއިން ވަކިކުރެވުނުތާ އަހަރު ދުވަހުގެ ފަހުން، އެހެން ވަޒީފާއެއް ހޯދާފައިވެއެވެ .
9.8.4- އިސްވެ ބަޔާންވެ ދިޔަ ކަންތައްތަކުގެ އަލީގައި ޢަބްދުއްޞަމަދު އަޙްމަދު، ވިލާ ހައިސްކޫލުގެ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29ވަނަ މާއްދާގެ )ރ( ގެ ދަށުން ޢަދުލުވެރި ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައި ކަމަށްވާއިރު، މި މައްސަލައިގައި ޢަބްދުއްޞަމަދު އަޙްމަދު، ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަން ވިލާ އެޑިއުކޭޝަނަލް ސަރވިސްއަށް ދެއްކިފައިނުވެއެވެ . އަދި އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައިނުވާކަން އެނގެ އެވެ . ޢަބްދުއްޞަމަދު އަޙްމަދަކީ ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގައި 6 )ހައެއް ( އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ . ޢަބްދުއްޞަމަދު އަޙްމަދު، ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިހުގެ މުއްދަތުގެ 3 )ތިނެއް ( މަހުގެ މުސާރައާއި ޢިނާޔަތްތައް ދީފައިވާކަން އެނގެންއޮވެއެވެ . ޢަބްދުއްޞަމަދު އަޙްމަދަކީ އިތުރު ވަޒީފާއެއް ހޯދައި އެވަޒީފާ އަދާކުރެވޭ ޢުމުރުގެ މީހެއްކަމުގައިވުމާއި، އޭނާއަށް އިތުރު ވަޒީފާއެއް ނުވަތަ އެ ފަދަ އެހެންވަޒީފާއެއް ހޯދުމުގެ ފުރުސަތު އޮތް މިންވަރަށާއި، ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ޢަމަލުކޮށްފައިވާ ގޮތަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ނުޙައްޤު މުއްސަދިކަމެއް ލިބިނުދިނުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއިން ވަކި ކުރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29ވަނަ މާއްދާގެ )ރ( ގެ ދަށުން 09 )ނުވައެ އ ( މަސް ދުވަހުގެ މުސާރައާއި ޢިނާޔަތްތަކާ އެއްވަރުގެ ޢަދަދެއް ނަގައިދިނުމަކީ ޢަދުލުވެރި ބަދަލެއްކަމުގައި ދެކެމެވެ .
9.9- ވިލާ ހައިސްކޫލުގައި ޢަބްދުއްޞަމަދު އަޙްމަދު އަދާކުރަމުން ދިޔަ ވަޒީފާގެ މުސާރައިގެ ގޮތުގައި -/000،8ރ )އަށްހާސް ރުފިޔާ ( އާއި އެލަވަންސްގެ ގޮތުގައި 10/757،9ރ )ނުވަހާސް ހަތްސަތޭކަ ނަވާރަ ރުފިޔާ ދިހަލާރި ( އާއެކު ޖުމްލަ 10/757،17ރ )ސަތާރަހާސް ހަތްސަތޭކަ ފަންސާސްހަތްރުފިޔާ ދިހަ ލާރި ( ޢަބްދުއްޞަމަދު އަޙްމަދަށް ކޮންމެ މަހަކު ލިބެއެވެ . 09 މަސް ދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށް އެކު ޖުމްލަ 90/813،159ރ )އެއްލައްކަ ފަންސާސް ނުވަހާސް އަށް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަލާރި( ވެއެވެ . . ޢަބްދުއްޞަމަދު އަޙްމަދުގެ 2018 ނޮވެމްބަރު މަހުގެ ސެލަރީ ސްލިޕް އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ޢަބްދުއްޞަމަދު އަޙްމަދު، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މާލީ ބަދަލެއްގެ ގޮތުގައި 213,085.20ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސް ރުފިޔާ ވިހި ލާރި ( އޭނާއަށް ނަގައި ދިނުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކެމެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެ ގޮތުގައި ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 35/VTR/2019 މައްސަލައިގައި، ޢަބްދުއްޞަމަދު އަޙްމަދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް، މާލީ ބަދަލެއްގެ ގޮތުގައި 213,085.20ރ. )ދެލައްކަ ތޭރަހާސް އަށްޑިހަފަސް ރުފިޔާ ވިހި ލާރި ( ނަގައިދިނުމަށް ނިންމާފައިވާ ނިންމުން ބާޠިލްކޮށް، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ޢަބްދުއްޞަމަދު އަޙްމަދު، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި،ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 29 ވަނަ މާއްދާގެ )ރ(ގެ ދަށުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދުއްޞަމަދު އަޙްމަދަށް 90/813،159ރ )އެއްލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތޭރަރުފިޔާ ނުވަދިހަލާރި ( ދޭންޖެހޭކަމަށް ކަނޑައަޅައި، މި ފައިސާ ޢަބްދުއްޞަމަދު އަޙްމަދަށް ލިބިދިނުމުގެ ގޮތުން މިއަދު )2021 ޑިސެންބަރު 14ވަނަ ދުވަހު ( އިން ފެށިން 14 )ސާދަ ( ދުވަހުގެ ތެރޭގައި، އެ ފައިސާ ޢަބްދުއްޞަމަދު އަޙްމަދަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 5 )ފަހެއް (
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ އަދި 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2019/SC-A/27
- ސުޕްރީމް ކޯޓުގެ 2019/SC-A/36
- ހައިކޯޓުގެ 2016/HC-A/586
- ހައިކޯޓުގެ 2016/HC-A/555
- ހައިކޯޓުގެ 2013/HC-A/142
- ހައިކޯޓުގެ 2012/HC-A/280
- ސުޕްރީމް ކޯޓުގެ 2017/SC-A/06
- ސުޕްރީމް ކޯޓުގެ 2019/SC-A/17
- ސުޕްރީމް ކޯޓުގެ 2017/SC-A/67
- ސުޕްރީމް ކޯޓުގެ 2017/SC-A/14
- ސުޕްރީމް ކޯޓުގެ 2017/SC-A/17
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް