ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/91
ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މަޙްމޫދު، 2024/HC-A/91
Vilaa Ear Private Limited v. Mohamed Mahmood 2024/HC-A/91 (2024/HC-A/91, High Court of the Maldives, 3 September 2026)
ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މަޙްމޫދު
މައިގަނޑު ސުވާލު
ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގެ މައްޗަށް ތަޙުޤީޤު ކޮމިޓީއެއްގެ ރިޕޯޓަށް ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ޓްރައިބިއުނަލުން ނިންމީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ؛ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 6 މަހުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ ބަދަލުގެ މިންވަރު ކަނޑައަޅާ ހަމަތަކާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައި އޮންނަން ޖެހޭނެއެވެ؛ މައުޟޫޢީ އަދުލުވެރިކަމަކީ ވަކިކުރުން އެކަށީގެންވާ އަދި އަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 32)
- ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ؛ އެކަން ސާބިތުކުރަންޖެހޭނީ ބޮޑަށް ބުރަވެވޭ (މަދަނީ) މިންގަނޑުންނެވެ؛ ސާބިތުނުކުރެވިއްޖެނަމަ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމުގެ ސަބަބުން ވަކިކުރެވޭނީ، އެކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅައި، އެހެން ނަމަވެސް މުވައްޒަފު ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- ނޯޓިސް ނުދީ ވަކިކުރުން ހުއްދަވަނީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ނުވަތަ ޚިޔާނާތެއް ހިނގައިފިނަމައެވެ؛ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކުން ނޯޓިސް ނުދީ ވަކިކުރުން ހުއްދައެއް ނުވެއެވެ؛ ފާޅުކަން ބޮޑު ޢަމަލަކީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
- ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިނގިތޯ ކަނޑައަޅާނީ ވަށައިގެންވާ ހުރިހާ ޙާލަތަކަށް ރިޢާޔަތްކޮށް، ސަލާމަތް ބުއްދި ހުރި މީހަކަށް ޖިންސީ ނިޔަތެއް ދޭހަވާނެ މިންގަނޑުންނާއި، މަދަނީ މިންގަނޑުންނެވެ؛ ޤާނޫނުގެ 22 ވަނަ މާއްދާގެ ފިޔަވަޅު އެޅޭނީ ޝަކުވާ ރައްދުވާ ފަރާތުގެ މައްޗަށް ޢަމަލު ސާބިތުވެއްޖެނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-49)
- ސިއްރުގައި ހިނގާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި ހަމައެކަނި ޝަކުވާކުރާ ފަރާތުގެ ބަސް ބޮޑަށް ބުރަވެވޭކަމަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވެދާނެއެވެ؛ ނަމަވެސް އެ ބަހަށް ބާރުދޭ ކޮރޮބޮރޭޓިވް ހެކި/ޤަރީނާ ހުރިނަމަ ނުވަތަ ތަޙުޤީޤު ރިޕޯޓެއްގައި ޝަކުވާއަށް ބާރުދޭ ކަންކަން ބަޔާންކޮށްފައިވާނަމަ އެ ރިޕޯޓު ކޮރޮބޮރޭޝަނެއްގެ ގޮތުގައި ބެލެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50)
- ޢަމަލު ސާބިތުވާކަމަށް ނުވަތަ ޝަކުވާއަށް ބާރުދޭ ކަމެއް ފާހަގަނުކޮށް ހަމައެކަނި ބަޔާންތަކުގެ ފުށުއެރުންތައް ފާހަގަކޮށްފައިވާ، ބަޔާންތައް ނުހިމެނޭ ތަޙުޤީޤު ރިޕޯޓެއް، މުވައްޒަފު ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގިކަން މަދަނީ މިންގަނޑުން ސާބިތުކުރުމަށް ފުދޭ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-54، 62)
- ކުރިން ދީފައިވާ އިންޒާރެއްގައިވާ ޢަމަލު ތަކުރާރުވިކަމަށް ބަލައި ފިޔަވަޅު އަޅާނަމަ، ފުރަތަމަ އަލުން ހިނގިކަމަށް ބުނާ ޢަމަލު ސާބިތުވާން ޖެހޭނެއެވެ؛ އެކަން ސާބިތުނުވެ ކުރީގެ އިންޒާރަށް ބިނާކޮށް ވަކިކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62، 75، 77)
- އިޖުރާއީ އަދުލުވެރިކަމުގެ ދަށްމިނުގައި ތުހުމަތު އެންގުން، ޖަވާބުދާރީވުމުގެ ފުރުޞަތު، އިދާރީ ތަޙުޤީޤު، އަދި ސަބަބުތަކާއެކު ނިންމުން އެންގުން ހިމެނެއެވެ؛ 21 ވަނަ މާއްދާގެ ދަށުން ވަކިކުރާނަމަ ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި މުއްދަތާއި، ރަނގަޅުނުކޮށްފިނަމަ ވަކިކުރެވިދާނެކަން އަންގައި، އިތުރު ފުރުޞަތެއް ދޭންވާނެއެވެ؛ އިޖުރާއީ އަދުލުވެރިކަން ވަޒަންކުރަނީ ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތަކަށް ވަކިން ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65-70، 76)
- އެކަށީގެންވާ ސަބަބެއްނެތި ވަކިކުރުމުގެ އެންމެ އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުމެވެ؛ ބަދަލު ކަނޑައަޅާއިރު 2019/SC-A/27 ގައިވާ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ؛ އެހެން މައްސަލަތަކުގައި ކަނޑައަޅާފައިވާ ބަދަލުގެ ޢަދަދުތަކަކީ ހުރިހާ މައްސަލައަކަށް ތަޠުބީޤުކުރެވޭނެ އެއްގޮތް އާންމު އުޞޫލެއް ނޫނެވެ؛ މި މައްސަލައިގައި 6 މަހުގެ މުސާރައާއި އިނާޔަތްތަކަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފު ބަދަލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81-82، 85-87)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލނު ނިންމާފައިވަން ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެމައްސަލ އިސްތިއުނާފުކުރުމަށް އެދި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓަރީ ނަންބަރ C-47/1997( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ވިލާ އެއަރ" ނުވަތަ "ކުންފުނި"( ގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއކވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ އދ. މާމިގިލި، ނޫވިލު މުޙައްމަދު މަޙްމޫދު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު މަޙްމޫދު"ގެ( މައްޗަށެވެ.
3މުޙައްމަދު މަޙްމޫދުއަކީ 11 ފަބްރީވު ރ 2019 އިން ފެށިފެން، ވިލާ އެއަރގައި 1” Gr Assistant Operations “Ground ގެ މަޤާމުގައި މަސައްކަތްކުރަމުން ދިޔަ ފަރާތެކެވެ.
4މުޙައްމަދު މަޙްމޫދު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ 6 ޖަނަވަރީ 2023 ގައި ހުށަހެޅުނު މައްސަލަ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ތޙުޤީޤކުރުމަށްފަހު، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމައި، 01 )އެކެއް( މަސް ދުވަހުގެ ނޯޓިހުގެ ބަދަލަށް މުސާރަދީ، 08 މާރިޗް 2023 ގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ.
5މުޙައްމަދު މަޙްމޫދު 11 ފުބަރުވރ 2019 އިނެ ފެށިގެން ވިލް އެއަރގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ފުރައްސާރަ ކޮށްފައިވާކަމަށް ތުހުމަތުތަކަށް އެއްވެސް ހެއްކެއްނެތި، ވަކީލެއްގެ އެހީތެރިކަމަށް އެދުމުން، އެ ފުރުޞަތުވެސް ދިނުމަކާ ނުލައި، 08 މާރިޗް 2023 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމުގެ ސަބަބުން މުޙައްމަދު މަޙްމޫދުއަށ ލިބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރައާއި އެލަވަންސްތަކާއެކ 10,200/-ރ.)ދިހަހާސް ދުއިސައްތަ ރުފިޔާ( ގ ރޭޓުން ޖެހޭ ފައިސާ ދިނުމަށާއި، މުޙައްމަދ މަޙްމޫދު އެކު މީހުންގެ އަތުން ނެގި ފައިސާ ދެއްކުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވ ލޯނާ ދެއްކުމަށްޓަކައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ނަގައިދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ރަނގަޅުކޮށްދިނުމަށް އެދި، ވިލާ އެއަރއަށ ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.
6މ މައްސަލައިގެ ރައްދުގައި ވިލާ އެއަރގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު މަޙްމޫދު ވަކިކުރެވިފައިވަނީ، މުޙައްމަދު މަޙްމޫދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކޮށްފައިވާކަމަށ ބުން މައްސަލައިގައި، 'ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގުކޮމިޓީ' އިން މައްސަލައިގެ ފުރަތަމަ ތަޙުޤީޤް ހިންގައި، މުޙައްމަދު މަޙްމޫދުއ މެދާ އަޅަން ފެންނަ ފިޔަވަޅެއްގެ ގޮތުގައި މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ކޮމިޓީއިން ކަނޑައަޅުފައިވާތީކަމަށާއި، މުޙައްމަދު މަޙްމޫދުގެ މައްޗަށް ހުށަހެޅުނު ޖިންސީ ފުރައްސާރަކުރުމުގ މައްސަލައިގައި މުޙައްމަދު މަޙްމޫދުއަށް ޖަވާބުދާރީވުމަށާއި، މައްސަލައިގެ ވަކީލަކިޢއްޔަންކުރުމަށާއ ހެކި ހުށަހެޅުމަށް ފުރުޞަތު ދެވުނުކަމަށާއި، މުޙައްމަދު މަޙްމޫދު ލިޔުމުން ޖަވާބުދާރީވިކަމަށާއި، މުޙައްމަދު މަޙްމޫދުގެ މައްޗަށް އެ ބާވަތުގެ 02 )ދޭއް( ޝަކުވާއެއ ކުރިން ހުށަހެޅުނުކަމަށާއި، މިއީ މިފަދަ ޢަމަލެއްގެ ތުހުމަތުކުރެވުނު ތިންވަނަ ފަހަރުކަމަށާއި، މި މައްސަލަ ބަލައި ތެޙުޤީޤކޮށް، މީގެ ކުރިން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅިފައިވާތީ، އެކަމުގެ މައްޗަށް ރިޢާޔަތްކުރެވުނުކަމަށާއި، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލިވެރިކަނީ ޤް އިމުކޮށްފައިވާކަމަށާއި، އަދި އިޖުރާއީ އަދުލުވެރިކަނ ޤއިމުކޮށްފައިވާކަނ ލިޔުންތަކުން އެނގެން އޮންނަކަމުގައެވެ.
7މި މައްސަލައިގައި ޝަފަހީ ހެކިން ހުށަހެޅުމަށް ދެ ފަރާތަށް ދެވުނު ފުރުޞަތުގައި، ދެ ފަރާތުންވެސް ޝަފަހީ ހެކި ހުށަހަޅާފައެއްނުވެއެވެ.
8މި މައްސަލައިގައި މުޙައްމަދު މަޙްމޫދުގެ ފަރާތުން ހުށަހެޅި ފޯމާއެކު އޭނާ ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއި، ތަޙާޤީޤުގައި ސުވާލުކުރެވުނު ފަރާތުގެ އިޤްރާރުއާއި، އޭނާ 08 ޖަނަވަރީ 2023 ގައު ދީފައިވާ ބަޔާން ހުށަހަޅާފައިވެއެވެ. ވިލާ އެއަރގެ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅާފައިވަނީ ތަޙްޤީޤު ކޮމިޓީގެ ރިޕޯޓާއި، މުޙައްމަދ މަޙްމޫދުއަށް ނަސޭހަތްދީފައިވާ ލިޔުމެވެ.
9ހެކި ލިސްޓާއެކު ވިލާ އެއަރގެ ފަރާތުން ވަޒީފާގެ އެއްބަސްވުމާއި، ވިލާ އެއަރގެ ފަރާތުނ ތައްޔާރުކޮށްފައިވާ ތަޙްޤީޤު ރިޕޯޓާއި، މުޙައްމަދު މަޙްމޫދުގެ މައްޗަށް އިޞްލާޙީ ފިޔަވަޅު އަޅާފައިވާކަން އެނގޭނެ ލިޔުން ހުށަހަޅާފައިވެއެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ނިންމާފައިވަނީ މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބުރަނުވެވޭތީ، މުޙައްމަދު މަޙްމޫދު ވިލާ އެއަރގ ވަޒީފައިން ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި، ޤާނޫނު ނަންބަރ 2008/2) ވަޒީފާއާބެހޭ ޤާނޫނ( )މީގެ 06 އޮގަސްޓް 2023 ގައި ވިލާ އެއަރގެ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ތަފްޞީލް ފަހުން "ވަޒީފާއާބެހޭ ޤާނޫނު"( ގއ ކަނޑައަޅާފައިވި ހަމަތަކާ ޚިލާފު އަންފެއަރ ޑިސްމިސަލްއެއް ކަމުގައި ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނީ މައްދާގެ )ރ( އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މަހަކު ލިބެމުންދިޔަ 10,200/-ރ.)ދިހަހާސް ދުއިސައްތަ ރުފިޔާ( ގެ ނިސްބަތުން 06 )ހައެއް( މަސްދުވަހުގެ އުޖޫއަރަށްވ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސ 27 ޑިސނެ ބަރް 2023 އިން ފެށިގެން )ރަސްމީ ބަންދުނޫން( 30 )ތިރީސް( ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒުކުރުމަށާފަހް އެކަން ހަމަޖެހޭތާ 03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވިލާ އެއަރގެ މައްޗަށް އަންގައި އަމުރުކޮށެވެ.
11މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ޙަޤީޤަތްތަކަށް ރިޢާޔަތްކޮށްފައިވެއެވެ.
11.1. މުޙައްމަދ މަޙްމޫދު ވަޒީފާއިން ވަކިކުރެވިފައިވަނީ މުޙައްމަދު މަޙްމޫދު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނީ 06 ޖަނަވަރީ 2023 ގައި ހުށަހެޅުނު މައްސަލަ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ތުޙް ޤީޤުކުރުމަށްފަހުކަނ މުޙައްމަދް މަޙްމޫދުއަށް ދީފައިވާ "ވަޒީފާއިން ވަކުކުރި ކަމުގެ ނޯޓިސް" އިން އެނގޭކަން
11.2. ވިލާ އެއަރއަށ ހުށަހެޅުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ގުޅޭ މައްސަލައާ ގުޅިގެން ޖ ންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބެލުމުން އަންނަނިވި ކަންކަން ފާހަގަވާކަނ
11.2.1. އެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައިގައިވާ ގޮތުން 01 ޖަނަވަރީ 2023 ވަނަ ދުވަހާ ވިލާ އެއަރގ މާލެ ލައުންޖުގައ މަސައްކަތްކުރި އަންހެނާ މުވައްޒަފަކަށް މަސައްކަތުގެ މާހައުލުގައި، ވިލާ އެއަރ ގްރައުންޑްސް އޮޕަރޭޝަންގައ މަސައްކަތްކުރި މުޙައްމަދް މަޙްމޫދު ޖިންސީ ފުރައްސާރަކޮށް، އެ މުވައްޒަފުގެ ނުރުހުމުގައި ގަދަކަމުން ޖިންސީ ޢަމަލު ހިންގުމަށް މަސައްކަތްކޮށްފައިވާކަން ބަޔާންކޮށްފައިވާކަނ
11.2.2. ރިޕޯޓުކޮށްފައިވާގޮތުން ހާދިސާ ހިނގާފައިވަނީ 01 ޖަނަވަރީ 2023 ގެ ހަވީރު 17:00އާ 17:20 އާ ދެމެދުގެ ވަގުތެއްގައިކަން
11.2.3. އެ މުވައްޒަފު ލައުންޖުގެ ޑިޝްވޮޝަރ ކައިރީގައި ހުއްޓާ މުޙައްމަދު މަޙްމޫދު ފާޚާނާއަށް ވަދެ، އެ މުވައްޒަފަށް ގޮވައި ހެދިކަމަށާއި، އެ މުވައްޒަފު އެއްވެސ ޖަވާބެއްނުދިނުމުނ މުޙައްމަދް މަޙްމޫދު އެ މުވައްޒަފު ގައިގައި ފަހަތުން ބައްދައި ގަދަކަމުން ލައުނެޖ ގުފާޚާނާއަށް ވެއްދިކަމަށާއި، އެއަށްފަހު އެ މުވައްޒަފުގެ ޖިންސީ ގުނަވަނުގައި އަތްލާ ބޮސްދީ ހެދިކަމަށާއި، މުޙައްމަދު މަޙްމޫދުގ އެ ޢަމަލޭތުކަށ އިންކާރުކޮށް ނޫނެކ ބުނެ، މުޙައްމަދު މަޙްމޫދުގެ ނަން ބާރަށް ގޮވައި "މިތާކ ނޫނު ދ" އޭ ބުނުމުން މުޙައްމަދ މަޙްމޫދު އެ މުވައްޒަފުގެ އަތުން ދޫކޮށްލާފައި ލައުންޖުން ނުކުތީކަމަށް އެ މުވައްޒަފު ތަޙޤީޤަށ ދިން ބަޔާނުގައި ފާހަގަކުރިކަނ
11.2.4. އ ދުވަހު އެ މުވައްޒަފުގެ އަތުގައި ހިފައި ބާރަށް ދެމުމުގެ ސަބަބުން އަތުގެ ހުޅު ނެއްޓި އަނިޔާވިކަމަށް ފާހަގަކުރިނަމަވެސް، އެ ދުވަހުގެ ސެކިއުރިޓީ ފްޓޭޖުނ ފެންނަގޮތުގައި، އެ ގަޑީގެ ފަހުން އެ މުވައްޒަފުގެ އަތަށް އެއްވެސް ގޮތެއް ވެފައިވާކަން ފާހަގަނުކުރެވޭކަނ
11.2.5. މައްސަލަ ހިނގިކަމަށް މުވައްޒަފު ފާހަގަކުރި ގަޑިކަމުގައިވާ 17:00އާ 17:20 އ މެދާ ވަގުތުގައި މުޙައްމަދު މަޙްމޫދު ލައުންޖަށް ވަދެފައިނުވާކަން ސެކިއުރްޓީ ފިޓޭޖުނ ހާމަވާކަމަށާއި، އެހެންނަމަވެސް، މުވައްޒަފު އެކަނި ލައުންޖުގައ ހުއްޓައި 18:46 ގައި މުޙައްމަދު މަޙްމޫދު ލައުންޖަށް ވަދެ، 18:48 ގައި ލައުންޖުން ނިކުންނަ މަންޒަރު ފެނުނުކަމަށާއި، އޭގެ ފަހުން 18:58 ގައް ލައުންޖަށް ދެވަނަ ފަހަރަށް ވަންނަ މަންޒަރު ފެންނަކަން
11.2.6. އެ ދުވަހުގެ 19:04 ގައި މިންހާ އަޙްމަދ ލައުންޖަށް ވަންއިރ މުޙައްމަދު މަޙްމޫދު ލައުންޖުގެ ކައުންޓަރ ކައިރީގައި ހުރި ގޮޑިއެއްގައި އިނީ އިށީދެލައިގެންކަމުގައި އ ފަރާތުން ބަޔާންދިންއިރު ފާހަގަކުރިކަނ
11.2.7. ދެވަނަ ފަހަރަށް މުޙައްމަދު މަޙްމޫދު ލައުންޖަށ ވަނުމުން މުވައްޒަފު ބިރުން ފާޚާނާއަށް ވަދެ ތަޅުލައިގެނ ހުރިކަމަށް ބުނިނަމަވެސް، މިންހާ އަޙްމަދ ލައުންޖަށް ވަންއިރު، މުވައްޒަފު ހުރީ ލައުންޖު ސާފުކުރަންކަމަށާއި، މުޙައްމަދު މަޙްމޫދު އިނ ލައުންޖުގެ ކައުންޓަރ ކައިރީގައި ހުރި ގޮޑިއެއްގައި އިށީދެގެންކަމުގައި ބަޔާންކުރިކަނ
11.2.8. ތީޙުޤީޤުގައ ސުވާލުކުރި ގިނަ މުވައްޒަފުން ލައުންޖާއި ޖެހިގެން ހުންނަ ފްލައިމ އޮފީހުގައި ތިބޭއިރު، ލައުންޖުގެ ފާޚާނާ ސަރަހައްދުގެ އަޑު އޮފީހުގެ ތެރެއަށް އިވޭނެކަނ ފާހަގަކުރިކަމަށާއި، ނަމަވެސް ހާދިސާ ހިނގިކަމަށް ލަފާކުރެވޭ ގ ޑިގައި އެ ވަގުތު އޮފީހުގައި ހުރްމުޙައްމަދު މާނިއ ރަޝީދުއަށް އެއްވެސް އަޑެއް އިވިފައިނުވާކަމަށް އޭނާ ފާހަގަކުރިކަނ
11.2.9. 19:09 ގައި މުޙައްމަދު މަޙްމޫދު ލައުންޖުން ނިކުމެ، އޮފީސް ދޮރުމަތީގައި މަޑުކޮށްގެން ހުންނަކަމއި،ށ 19:10 ގައަ މުވައްޒަފު ނިކުމެ ދޮރު ތަޅުލައި، މުޙައްމަދު މަޙްމޫދު މުވައްޒަފާއެކު ހިނގާފައިދަމުން ވާހަކަދައްކާ މަންޒަރު ފެންނަކަމްށުއި، ނަމަވެސް މުވައްޒަފު އެއްވެސް ޖަވާބެއްނުދޭކަން ސެކިއުރިޓީ ފޓޭޖުނ ފެންނަކަން
11.2.10. 18:48 ގައަ މުޙައްމަދު މަޙްމޫދު ލައުންޖުން ނިކުތުމަށްފަހު، މުވައްޒަފާއި އޭނާއާ މެދާ ކުރިނު ފެނުން ގާތްކަން ނުފެންނަކަމަ ށއި، އެހެންކަމުން، 18:46 އާއި 18:48އާ ދެމެދު ދެ މީހުން ދެމެދު ކޮންމެވެސް މައްސަލައެއް ހިނގާދިޔަކަން
11.2.11. މުޙައްމަދު މަޙްމޫދުއ މެދާ އަޅަން ފެންނަ ފިޔަވަޅެއްގެ ގޮތުގައި، އޭނާއަކީ ކުރިންވެސް ޖިންސީ ފުރައްސާރައްގެ މައްސަލައަކާއި ގުޅިގެން ލިޔުމުން އިންޒާރުދީފައިވ ފަރާތަކަށްވާތީ، މި މައްސަލައިގައި އޭނާގެ ފަރާތުން ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، ވިލާ އެއަރގ މުވައްޒަފެއްގެ ގޮތުގައެ ހުރެއްޖެނަމަ، އެކަމުގެ ސަބަބުން އެހެނ މުވައްޒަފުންނަށް މުސްތަޤުބަލުގައްއެފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ، އަދި މަސައްކަތުގެ މާހައުލުގައި ހުރިހާ މުވައްޒަފުންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން ކުޑަވެދާނެކަމަށް ފެންނާތީ މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ފެންނަކަން
11.3. މަވައްޒަފިކު ވަޒީފައިން ވަކިކޮށްގެން ހުށަހެޅޭ މައްސަލައެއްގައި، މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރި ނިންމުމަކުންތޯ ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ބެލުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބަލަންޖެހޭނެކަން
11.4. މުޙައްމަދު މަޙްމޯދޫ އަދާކުރަމުންދިޔަ ވަޒީފައިން ވަކިކޮށްފައިވަނީ އެ ފަރާތާމެދު ތުހުމަތުކުރެވިފައިވާފަދަ ޢަމަލެއް ހިންގައިގެންތް އާއި، އެ ފަރާތުގެ ޢަމަލުތައް އިޞްލާޙުނުކޮށް ތަކުރާރުކޮށްފައިވާތީތޯ ބަލަންޖެހޭކަން
11.5. 15 އެޕްރީލް 2019 ގައި މުޙައްމަދު މަޙްމޫދުއަށ ލިޔުމުން ދިން ފުރަތަމް އިންޒާރަށް ބެލުމުން، އެ އިޞްލާޙީ ފްޔަވަޅަކީ، މަންތާ އެއާރގެ މުވައްޒަފަކާމެދު މުޙައްމަދު މަޙްމޫދު މަސައްކަތުގެ މާހައުލުގައި ބޭއަދަބީކޮށޢަމަލުތައް ބެހެއްޓުމުގެ ސަބަބުން އެކަމުގެ ޝަކުވާ ހުށަހެޅުމުން، އެކަން ބެލުމަށްފަހު ދީފައިވާ އިންޒާރެއްކަން އެނގޭކަމްށއި، އެފަދަ ޢަމަލުތަކުން ރައްކާތެރިވުމަށްޓަކައި މުޙައްމަދު މަޙްމޫދުގެ ޢަމަލުތައް ބަހައްޓަންޖެހޭގޮތުގެ އިރުޝާދުވެސް ދީފައިވާކަން އެނގޭކަމީށިއި، އަދި އެކަން ތަކުރާރުވެއްޖެނަމަ އިޞްލާޙުފަ ޔަވަޅ އެޅިގެންދާނެކަމުގައި ބަޔާންކޮށްފައިވާކަމިށު އ، އެހެންނަމަވެސް، ލިޔުމުން ދީފައިވާ މީއިންޒާރ ދީފައިވަނީ 14 އެޕްރީލް 2019 ގެއި ކަމުން، ހުށަހެޅިފައިވާ މި މައްސަލަ ހިނގާފައިވަނީ އޭގަ
03 )ތިނެއް( އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވިފަހުންކަމުގައިވާތީއާއި، އެ ދެމެދުގެ މުއްދަތުގައި މުޙައްމަދު މަޙްމޫދުގެ ފަރާތުން އެފަދަ ޢަމަލެއް ހިންގައިގެން އެއްވެސް ކަހަލަ އިޞްލާޙު ފިޔަވަޅެއް އަޅާފައިވާކަން އެނގެނުނެތުމުން، މި ލިޔުމުން ދިން އިންޒާރުގެ މައްޗަށް ބިނާކޮށް، އެއް ގުޅުވައިގެން ހުށަހެޅިފައިވާ މައްސަލައިގައި މުޙައްމަދު މަޙްމޫދުގެ މައްޗަށް ފިޔަވަޅު އެޅިދާނެކަމުގައި ނުދެކޭކަނ
11.6. ވިލާ އެއަރގެ 16 ޑިސނެ ބަރް 2019ގެ ‘action record form’ އަށް ބެލުމުން، އެ ފޯމަކީ އެއްވެސް ޙާލެއްގައި އިޞްލާޙީ ފިޔަވަޅެއް ނުވަތަ އިންޒާރެއްގ ގޮތުގައެ ބެލިދާނެ ލިޔުމެއްނޫންކން ސާފުވެގެންދާކަނ
11.7. މުވައްޒަފަކު ވަޒީފައިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
11.7.1. މުޙައްމަދ މަޙްމޫދު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ފަރާތަށް ރައްދުވާގޮތަށް ހުށަހެޅުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލައަކާ ގުޅިގެން، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ މައްސަލަތައް ބަލާ ކޮމިޓީއިން އެކަން ތަޙުޤީޤުކުރުމަށްފަހު، މުޙައްމަދު މޙްމޫދުއަށ 01 )އެކެއް( މްސްދުވަހުގ ނޯޓިހުގެ ބަދަލަށް މުސާރަ ދިނުމަށްފަހު، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީކަނ މުޙައްމަދް މަޙްމޫދުއަށ ދިން ނޯޓިހަށް ބެލުމުން އެނގޭކަން
11.7.2. ޤާނޫނު ނަންބަރު 2014/16 )ޖިންސީ ފުރައްސާރަ ކުރުމާއި ގޯނަކުރުނ ހުއްޓުވުމުގެ ޤާނޫނ( )މީގެ ފަހުން "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނަކުރުން ހުއްޓުވުމުގެ ޤާނޫނު"( ގ 38 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލީތައްކަމުގައި ބެލިދާނެކަންކަންކަމަށާއި، އ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން އެހެން ކަމެއްވެސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއްކަމުގައި ބެލިދާނެކަނ
11.7.3. މ މައްސަލައިގައި މުޙައްމަދު މަޙްމޫދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް އެ ފަރާތުން ހިންގާފައިވޭތޯ މަދަނީ މިންގަނޑުން ސާބިތުވޭތޯ ބަލާއިރު، އެ ޝަކުވާ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ
1. ފޮށުމުގެ ގޮތުން ތުނބުން ފުމުން .
2. އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން .
3. ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން.
4. ބެއްދުން.
5. ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން .
6. އޮރިޔާން ކާޑު ނުވަތަ ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން .
7. ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން .
8. ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުޞަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ ޢަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.
2. )ހ( މާ ޤާނޫނުގި ބޭނުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނުޤަބޫލުގައި އެހެން މީހަކު އެނާއ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުމަށެވ. )ށ( މި މާއްދާގެ )ހ( ގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ ޢަމަލު ހިންގާ މީހާ ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުނ ނުވަތް ތަސްވީރަކުނ ނުވަތް އިއްވާ އަޑަކުން، ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ކުރާ ޙަރަކާތަކުނ ނުވަތް ބަލަ ބެލުމަކުން ކުރާ އެނޫންވެސް ޢަމަލެއްގެ ސަބަބުން އެ ޢަމަ ލ އެމީހަކު ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެނ ނުވަތް ވިސްނިގެނ ނުވަތް ދޭހަވެގެނ ނުވަތް އެނގިގެން ދިއުމަށެވެ. )ނ( މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފ ކަމަށި މި މާއްދާގެ ބޭނުމަށްޓަކައި ކަނޑައެޅުމުގައް ބަލާނެ މިންގަނޑު ކަމުގައް ވާނީ، އެ ޢަމަލު ހިންގުމުގައި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރުމާއެކު، އެ ޢަމަލުގެ ސަބަބުނަ، އެ ޢަމަލު ރައްދުވާ ފަރާތަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެނ ނުވަތް ވިސްނިގެނ ނުވަތް ދޭހަވެގެނ ނުވަތް އެނގިގެން ހިނގައިދާނެ ކަމަށް މުޖުތަމަޢުގައި އުޅޭ ސެލާމަތް ބުއްދި ހުރި މީހަކަށް ޤަބޫލުކުރެވޭ މިންގަނޑެވެ. )ރ( މ މާއްދާގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމުގެ ޢަމަލެއް މި މާއްދާގައިވާ ގޮތުގެމަތިން ހިންގިކަމުގައި ކަނޑައަޅާނީ، މަދަނީ މިންގަނޑުންނެވެ. ކަންތައްތަކުގައި ގިނަ ފުށުއެރުންތަކެއްހެ ރިކަން ތަޙުޤީޤު ރިޕޯޓުގައި ފަހާގަކޮށްފައިވާކަމަށާއި، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އ ފަރާތުނ ކޮށްފައިވް ކޮން ޢަމަލެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަން ސާފުނުވާކަމަށާއި، ވިލާ އެއަރގެ ފަރާތުން ހުށަހެޅެ ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަން ސާބިތުކޮށްދިނުމުގެގޮތުން، ވިލާ އެއަރގެ ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭތީއާއި، އ ތަޙުޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަމައެކަނި އެ ރިޕޯޓަށް ރިޢާޔަތްކޮށް، ކަން ހިނގާދިޔަގޮތް ސާބްތުކުރެވިދާނެ އެކަށީގެންވާ ހެއްކެއް ކަމުގައި ބުރަނުވެވޭކަމަށްޓަކައި، މުޙައްމަދް މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބުރަނުވެވޭކަނ
11.8. މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ވަޒަންކުރާއިރު،މުޙައްމަދު މަޙްމޫދުގެ މައްޗަށް ހުށަހެޅުނު ޝަކުވާ އިދާރީގޮތުން ތަޙުޤީޤުކޮށްފައިވާކަމށެއި، އެ ފަރާތަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ ކޮބައިކަން ކިޔައިދީ، އަދާ އެކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތުވެސް ދީފައިވާކަން އެނގެން އޮތްނަމަވެސް، އ ފަރާތުގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށްޓަކައި ކުރެވިދްނ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެ ފަރާތަށް ކިޔައިދީފައިވާކަނ އެނގެންނެތަތީއާއި، އެކަންކަން ރަނގަޅުކުރުމަށް އެ ފަރާތަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެ ފަރާތް ވަޒީފާއިން ވަކިކުރުމްގެ ފުރުޞަތު އޮތްކަން އެ ފަރާތަށް އަންގާފައިވާކަން އެނގެން ނެތަތީ، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބުރަނުވެވޭކަނ
11.9. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގަ )ރ( އަށް ރިޢާޔަތްކޮށް، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު މަޙްމޫދުގ ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބެމުންދިޔަ ފައިސާގެ ނިސްބަތުން 06 )ހައެއް( މަސްދުވަހުގެ އުޖޫރައަށްވާ ފައިސާއަކީ އަދުލުވް ރިކަނެ ބަދަލެއްކަން
11.10.މުޙައްމަދު މަޙްމޫދުގެ ފަރާތުން މޯލްޑިވްސް އިސްލާމިކް ބޭނުންކުން ނެގި ލޯނު ދެއްކުމަށް ޚަރަދުވި ފައިސާ ނަގައިދިނުމަށާއި، އެ ފަރާތުން ވަޒީފާއިން ކަނޑައިލިކަމުގެ ލިޔުން ރަނގަޅުކޮށްދިނުމަށ އެދިފައިވާކަން ފާހަގަކުރެވޭހިނދު، އެކަންކަން ސާބިތުކުރުމުގެ ބުރަ އޮތ އެ ފަރާތަށްކަނ އެނގެން އތްނަމަވެސް،އެ ފަރާތުން ނެގި ލޯނާއި ގުޅިގެން އެ ފަރާތަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމުގެ ގޮތުންނާއި، އެ ފަރާތަށް ދީފައިވާ ވަޒީފާއިން ކަނޑައިލިކަމުގ ލިޔުން އިޞްލާޙުކުރަންވީގޮތް ސާބިތުކޮށްދިނުމުގެ ގޮތުން، އެ ފަރާތުނ ބުނާބުނުން ފްޔަވައި، އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ މައްސަލައިގައި އެ ފަރާތުން އެދިފައިވާ ފަދައިން ވިލާ އެއްރގެ ކިބައިން ނަގައިދެވޭނެކަމަށް ނުދެކޭކަނ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތިޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 04 )ހަތަރެއް( ނުކުތީއ ވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
12.1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިމީއަޟޫޢ އ ދުލުވެރިކަނ ޤާއިމުވެފައިނުވާކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދުޤަޟިއްޔާގައ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު މިންގަނޑ ރަނގަޅު ނުވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގަ )ހ( ބަޔާންކޮށްފައިވާ،އްދުލުވެރ ނުވަތި އެކަށީގެންވާ ސަބަބެއްކަމަށް ބެލެވޭނެކަމެއްކަމަށ ކަނޑައަޅާފައިވް އުޞޫލާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއާއި،
12.2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިއިޖުރއާ އ ދުލުވެރިކަނ ޤާއިމުވެފައިނުވާކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/323 ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަސްލަމްޤަޟިއްޔާގައާކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތާއި ޙާލަތު ތަފާތުވާނެތީ، އިޖުރއާއަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބެލުމުގައި ކޮންމެ މައްސަލައެއްވެސް ވަކިން އެ މައްސަލައިގެ ޙަޤީގަތ ވަޒަން ކުރަންވާނެކަމަށް ކަނޑައަޅާފައިވް އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
12.3. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށް އާހިމާލުވުމއްގުޅިގެން އެފަދަ މުވައްޒަފަކާ އިޞްލާޙު ކުރުމަށްޓަކައި ނަޞޭހަތާ އިންޒާރުދީ ހެދުމުންވެސް އިޞްލާޙުނުވެ އެކަނ ތަކުރާރުކުރުމއޭގުޅިގެނ ވަޒީފާއިން ވަކިކުރަން ނިންމުމުން، އެ ނިންމުން އެއީ ހަރުދަނާ އަސާސެއްނެތި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/03 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރިމާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
12.4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިގެއްލުމުގެ ބަދަލުގެ ގޮތުގައި 06 )ހައެއް( މަސް ދުވަހަށްވާ އުޖޫރަ ނަގައިދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/27 ޢަލީ ވަޙީދު ވ. ދައުލަތް )މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ( ޤިޟިއްޔާއަދުދިވެހިރާއްޖޭގްސު ޕރީމ ކޯޓުގް ނަންބަރ 2019/SC-A/36 އަސްފާޤު ވަޙީދު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ވިލާ އެއަރގެ ފަރާތުންބުނެފައިވަނީމުޙައްމަދ މަޙްމޫދު ވަޒީފާއިން ވަކިކުރިކަން އަންގައި 08 މާރިޗް 2023 ގައި ފޮނުވި ވަޒީފާއިން ވަކިކުރި ކަން އަންގާ ނޯޓިސްގައި، "މުޙައްމަދ މަޙްމޫދު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނީ 06ޖަނަވަރީ 2023 ގައު ހުށަހެޅުނު މައްސަލަ ކުންފުނީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ތަޙޤީގ ކުރުމަށްފަހު ނިންމާފައިވަނީ މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ކަމަށްވާތީ، 1 މަސް ދުވަހުގެ ނޯޓިހުގެ ބަދަލަށް މުސާރަދީ މިއަދުން ފެށިގެން ވަޒީފާއިން ވަކިކޮށްފީމެވް ". މިފަދައިނާ ބަޔާންކޮށްފައިވުމުން، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކޮށްފައވި ސަބަބު ސާފުކޮށް އެނގެން އޮތް ކަމުގައެވެ.
14ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7ވ ނ މާއްދާގައި މަސައްކަތުގެ މިހާ އުލުގައ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިނގާކަމަށް ވަޒީފާދޭ ފަރާތަށް އެނގިއްޖެނަމަ ނުވަތަ އެފަރާތުގެ ސަމާލުކަމަށް އެފަދަ ކަމެއް ގެނެވިއްޖެނަމަ އެ ޢަމަލެއް އެމީހަކާމެދު ހިންގުނު ފަރާތަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ އެފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން ފިޔަވަޅުއަޅަންވާނެކަމަށާއި، ވަޒީފާ އަދާކުރާ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިނގާކަން އެނގިހުރެ އެފަދަ ޢަމަލު ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާނަމަ، އެކަމުގެ ސަބަބުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ތުހެއްމަލ ކުރަންޖެހުނު ފަރާތށަ ލިބް ގެއްލުމަށް ވަޒީފާދޭ ފަރާތުން ޒިންމާ އުފުލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނީ މާއްދާގަ )ހ( ގެ ދަށުންޖިންސ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތް ވަޒީފާއިން ވަކިކުރުން އެއީ ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާތީ،ކެންފުނީގ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ނިންމި ނިންމުމަކީ ޤާނޫނުގެ ތަރހއިގެ ތެރެއިން ނިންމި ނިންމުމެއް ކަމުގައި ބަލަންޖެހޭ ކަމުގައެވެ.
15މ މައްސަލައިގައި މުޙައްމަދު މަޙްމޫދުވަޒީފާއިން ވަކިކުރުމުގެ ކުރީން ފުރިހަމަވާންޖެހޭ މީއަޟޫޢ އީދުލުވެރިކަން ޤާއިމެކޮށްފައި ނުވާކަމަށް ކަނޑައަޅާފައިވަނުދިވެހިރާއްޖޭގުހައިކޯޓގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދުޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ޤާނޫނީ އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ވެފައިވަނިކޮށްކަމަށާއި، މިގޮތުން މުޙައްމަދު މަޙްމޫދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޖިންސީ ފުރައްސާރަކުރުމާއ ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އިން މައްސަލައިގެ ފުރިހަމަ ތަޙުޤިޤުއް ހިންގާފައިވާކަމަށާއި، މ ރިޕޯޓު ޓްރައިބިއުނަލްއަށް ހުށަހެޅުނުކަމަށާއި، މި މައްސަލައާ ގުޅިގެން ތަޙުޤީޤު ކުރެވުނު މައިގަނޑު ޝަކުވާއަކީ މުޙައްމަދު މަޙްމޫދު ޝަކުވާކުރި ފަރާތުގެ ގައިގައި ފަހަތުން ބައްދައި ގަދަކަމުން ފާޚާނާއަށް ވައްދައި އެއަށްފަހު ޝަކުވާކުރަފަރާތުގެ ޖިންސީ ގުނަވަން ތަކުގައި އަތްލާ ބޮސްދ ހެދިކަމަށް ބުން ހުށަހެޅި ޝަކުވާކަމަށާއި، ތަޙުޤީޤު ކުރެވުނު ޝަކުވާގެ ތަބީޢަތަށް ބަލާއިރު އެފަދަ ޢަމަލަކީ ސިއްރިއްޔާތުގައި މީހުންނަށް ނޭނގޭގޮތަށް ކުރާނެފަދަ ޢަމަލެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތްކަމަށާއި، އެހެންކަމުން، ސިއްރުން ކުރާކަމެއްގެ ހެކި ނެތުމަކީ އެފަދަ ހެކި ލިބިފައި ހުރުމަށްވުރެން ނުވުން ކައިރިކަމެއްކަމަށާއ އަދި އެތަން ފެނިފައިތިބި މީހުން ނެތުން ނުވަތަ ކަމެއް ހިނގި އަޑު އެހެނ ބަޔަކަށް ނުއިވި އޮތުމަކީވެސ ވުން އެންމެ ގާތް ގޮތްކަމަށާއި، މިފަދަ ވާހަކަތަކާމެދު ކުދި ބަދަލު އައުން ބަޔާންތަކުގައި ފުށުއެރުން ހާރުމަކީ ވެދާނޭކަމެއ ކަމުގައް ބަލަންޖެހޭނެކަމަށއި، އެފަދަ ކަންކަމަކީ ފުށުއެރުމެއްކަމަށ ބަލައިގެން ނުވާނެކަމުގައެވެ.
16އެފަދް ކުދި ކުދި ފުށުއެރުންތަކުން އުފެދިދާނެ ޝައްކުތައް އެހެން ހެކިތަކުން ނަފީވެގެން ދާނެ ކަމުގައި ދެކޭކަމަށާއި، އެގޮތުން ސީ.ސީ.ޓީ.ވީ ފުޓޭޖް ބެލުމުން ދެފަރާތުގެ ދެމެދުގައި އެފަދަކަމެއް ނުހިނގުމަށްވުރެ ހިނގައިގެނ އުޅޭކަން ކޮމިޓީގެ ރިޕޯޓު ބެލުމުން ދޭހަވާކަމުގައެވެ.
17ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގެ ނިންމުމުގެ 16.4.1ގެ ފަހު ޕެރެގްރާފްގައި، "...މައްސަލަ ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކުރުމަށް މައްސަލް ރައްދުވަ ފަރާތުނ ނިންމާފައިވަން އެ ފަރާތުން ކޮށްފައިވާ ކޮން ޢަމަލެއްގެ މައްޗަށް ކަމަށް ސާފުކޮށްދެވިފައި ނުވާކަމަށް ބަޔާންކޮށްފައިވާއިރު، ހުށަހެޅުނު ޝަކުވއެ ގުޅިގެން ބެލުނު މައްސަލައިގެ ތަބީޢަތަށް ބަލާއިރު، އެއީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 38 ވަން މާއްދާގެ )ހ( ގައި "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޢަމަލުގެ މާނައިގެ" ތެރޭގައި ހިމެނޭ އެއީ ޢަމަލަށްވުރެ ގިނަ ޢަމަލު ހިމެނޭ މައްސަލައެއްކަމުގައެވެ. އަދި ޝަކުވާކުރި ފަރާތާ މުޙައްމަދު މަޙްމޫދު އާ ދެމެދު އެދުވަހު )01 ޖެނުއަރީ 2023( ގެ ކުރީގެ ވަގުތުތަކުގައިފެނުނު ގާތްކަން އޭގެ ފަހުން ނުފެންނަކަމަށާއި، އެހެންކަމުނ 18:46 އާއި 18:48 ދެމެދު ޝަކުވާކުރި ފަރާތާ މުޙައްމަދު މަޙްމޫދު އެކަނި ލައުންޖުގައ ތިބި ވަގުތު އެ ދެމީހުންގެ ދެމެދުގައި ކޮންމެވެސް މައްސަލައެއް ހްންގާދިޔަކަނ ފާހަގަ ކުރެވޭކަމަށް ބަޔާންކޮށްފައި އޮތުމުން އެފަދަ ޢަމަލެއް ހިނގާފައިވާކަން އެއީ ނުވުމަށްވުރެނ ވުން ކައިރި ކަމެއް ކަމުގައި ބަލަން ޖެހޭކަމުގައެވެ.
18މީގެ އިތުރުން، މުޙައްމަދު މަޙްމޫދުއަކީ އޭނާގެ މައްޗަށް މި ބާވަތުގެ ދެ ޝަކުވާއެއް ކުރނި ހުށަހެޅިފާއިވާ ފަރާތެއްކަމަށާއި، ޤާނޫނީ ނަޒަރަކުން ވިސްނާއިރު ސަބަބުވެރި އިންސާނަކަށް ބޮޑަށް ބުރަވެވޭނީ، މުޙައްމަދު މަޙްމޫދުއަކީ އެފަދަ ޢަމަލެއް ކޮށްފާނެ މީހެއް ކަމުގައި ކަމަށެވެ.
19ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން ވިލާ އެއަރގެ ފަރާތުނ ބުނެފައިވަނީވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 60/VTR/2023 އިން ބެލުން މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ މުޙައްމަދު މަޙްމޫދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށީބުނާ މައްސަލައެއްގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓު އިން މައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ހިންގައި، ކޮމިޓީން މުޙައްމަދު މަޙްމޫދު އާއި މެދު އަޅަން ފެންނަ ފިޔަވަޅެއްގެ ގޮތުގައި، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ފެންނަކަމަށް ކަނޑައަޅައި އެކަން ކުންފުންޏަށް އެންގުމާ ގުޅިގެން، އެ ނިންމުން ދިރާސާކޮށް ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު މަޙްމޫދު 08 މާރިޗް 2023 ގައި ވަޒީފާއިން ވަކިކުރުމުން އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ހުށަހެޅުމުން ބެލުނު މައްސަލައއްކަމަށާއި، މި ބާވަތުގެ 02 )ދޭއް( ޝަކުވާއެއް ކުރި ންވެސ ހުށަހެޅިގެން އ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅިފައިވނެކަމަށާއި،އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 60/VTR/2023 މައްސަލައިގެ ނިންމގެމު 17.3 ވަނަ ނުކުތް ގައާ ފާހަގަކޮށްފައިވާ ކުރުމަކީ ރަނގަޅު ފާހަގަ ކުރުމެއް ނޫންކަމުގައެވެ.
20މިގޮތުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު VA/HR-01/WL/2019 )14 އޭޕްރީލް 2019( ގެ ސިޓީއަށް ބެލުމުން އެހެން އެއަރ ލައިނެއް ކަމަށްވާ މަންތާ އެއަރގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލައް،ޖިންސީ ފުރައްސާރަ ކުރުމަކީ ކުންފުނިން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއްކަން ބަޔާންކޮށީ،އެކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާމެދު އެފަދަ ޢަމަލެއް ނުހިންގުމަށް ނަޞޭހަތްދ، އެފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ ހަރުކަށި ފިޔަވަޅު އެޅޭނެކަމުގެ އިންޒާރު ދީފައިވާކަން،އެ ލިޔުމަށް ބެލުމުން އެނގެން އޮންނަކަމަށާއި، ނަމަވެސް،ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިއިރު، 14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ،"...އިސްވެ ދެންނެވުނު ލިޔުމުންދޭ އިންޒާރު ދީފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގައިކަމުން،ހުށަހެޅިފައިމިވާ މައްސަލަ ހިނގާފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް އެ އިންޒާރު ދިން ފަހުން 03 )ތިނެއް( އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ކަމުގައިވާތީއާއް،އ ދެމެދުގެ މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތުނ، އިސްވެ ދެންނެވުނު ފަދަޢީ މަލެއ ހިންގައިގެން އެއްވެސް ކަހަލަ އިޞްލާޙު ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތަތު،އިސްވެ ދެންނެވުނު ލިޔުމުން ދިން އިންޒާރުގެ މައްޗަށް ބިނާކޮށ އެއް ގުޅުވައިގެން ހުށަހެޅިފައިމިވާ މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތަށް ފިޔަވަޅު އެޅިގެނ ދާން ކަމުގައި ނުދެކމެވ." މިފަދައިންކަމުގައެވެ.
21ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިއިރު، 14 ވަނީ ނުކުތާގައި ބަޔާންކޮށްފައިވާ ކުރުމަށް ނަޒަރު ކުރުމުން ދޭހަވަނީ، އިޞްލާޙުވާނ އިންޒާރެއް ދިނުމުން އެކަން ތަކުރާރުނުކޮށް 03 )ތިނެއް( އަހަރު ފާއިތުވެއްޖެނަމަ،އަލުން ހަމަ އެފަދަ ސުލޫކީ އަދި އަޚްލާޤީ މައްސަލައެއްގައި މުވައްޒަފާމެދު ފިޔަވަޅު އެޅުމުގައި އޭގެ 03 )ތިނެއް( އަހަރު ކުރިނު ދިން އިންޒާރަށް ރިޢާޔަތް ނުކުރެވޭނެކަމގައެވެ. މިއީ އެއްވެސް ޤާނޫނެއްގައި ނުވަތަގިވާއިދެއްގައ ނުވަތި މަތީ މަރުޙަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގައަވިޔަސް ފާހަގަކޮށްފައިވާ މުއްދަތެއް ނުވަތަ ޤާނޫނީ އުޞޫލެއް ނޫންކަމުގައެވެ.
22ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިއިރު، 15 ވަނަ ނުކުތާގައި ވިލާ އެއަރގ VA/ARF/2019/02 ) 16 ޑިސންބަރެ 2019( Form’ Record ‘Action އަކީ ކަންހްނ ގާދިޔަގޮތް ބަޔާންކުރުމުގެ ގޮތުން ފުރާފައިވާ ފޯމެއްކަން ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަކަމަށާއި،މި ފޯމަކީ އެއްވެސް ޙާލެއްގައި އިޞްލާޙީ ފިޔަވަޅެއް ނުވަތަ އިންޒާރެއްގ ގޮތުގައެ ބެލިގެންދާނެ ލިޔުމެއް ނޫންކަމުގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މ ލިޔުމަށް ރިޢާޔަތްނުކުރަން ނިންމުމުގެ ނަތު ޖާއަކ އެއީ ހިނގާފައިވާ ކަމެއްކަމަށް ވެސް ނުބެލެވންކަމަށާއި، ނަމަވެސް، އެ ފޯމުގައިވާ ކަންކަމަށް ބެލުމުން،މުޙައްމަދު މަޙްމޫދުގެ ފުށުން ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ތަކުރާރުވަމުންދާކަނ މަދަން މިންގަނޑު ސާބިތުވާކަމިށއް،ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެކަންކަން އިޞްލާޙު ކުރުމަށް ތަކުރާރުކޮށް އޭނާއަށް އަންގަމުން ގެންގޮސްފައިވާކަނ އެނގެން އޮތްކަމުގައެވެ.
23ތިންވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުންވިލާ އެއަރގެ ފަރާތުން ބުނެފައިވަނުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/03 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރިމާޙް ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ )ޅ( ގައި ބުނެފައިވަނީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގއަ އާއި ވަޒީފާއަށް ނުކުތުމުގައި ފަރުވާކުޑަކޮށް އާ ހުމާލިވުމއާގުޅިގެނ އެފަދް މުވައްޒަފަކު އިޞްލާޙު ކުރުމަށްޓަކައި ނަޞޭހަތާ އިންޒާރުދީ ހެދުމުންވެސް އިޞްލާޙުނުވެ އެކަން ތަކުރާރުކުރުމއ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ކަމުގައެވެ. ހުށަހެޅިފައި މިވާ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ވިލާ އެއަރގެ ނަންބަރ VA/HR-01/WL/2019 )14 އޭޕްރީލް 2019( ސިޓީއަށް ބެލުމުން އެހެން އެއަރ ލައިނެއް ކަމަށްވާ މަންތާ އެއަރގެ އަންހެނ މުވައްޒަފަކަށް ޖިންސް ފުރައްސާރަ ކުރި މައްސަލައެއް ބަލައި، ޖިންސީ ފުރައްސާރަ ކުރުމަކީ ކުންފުނިން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއްކަން ބަޔާންކޮށް، އެކުގައި މަސާ އްކަތްކުރ އަންހެނާ މުވައްޒަފުންނާމެދު އެފަދަ ޢަމަލެއް ނުހިންގުމަށް ނަޞޭހަތްދީ، އެފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، އަދި ވިލާ އެއަރގެ ނަންބަރ VA/ARF/2019/02 )16 ޑިސންބަރެ 2019( Form’ Record ‘Action ފޯމުގައިވާ ކަންކަމަށް ބެލުމުން، މުޙައްމަދު މަޙުމޫދުގް ފުށުން ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ތަކުރާރުވަމުންދާކަނ މަދަން މިންގަނޑނާސާބިތުވާކަމްއި،ށ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެކަންކަން އިޞްލާޙުކުރުމަށް ތަކުރާރުކޮށް އޭނާއަށް އަންގަމުން ގެންގޮސްފައިވާކަނ އެނގެން އޮންނަކަމިށއ، 01 ޖަނަވަރީ 2023 ގައް ހިންގި ޢަމަލަކީ މުޙައްމަދު މަޙްމޫދު އިޞްލާޙުވާން ފުރުޞަތުދީ އިންޒާރު ދީފައިވަނިކޮށް ހިންގި އެ ސިލްސިލާގެ ޢަމަލެއްކަން އެނގެން އޮންނަކަމީށްއ މައްސަލި ހުށަހެޅަ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކޮށްފައިވާކަމަށ ބުނު މައްސަލައެއްގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އިން މައްސަލައިގެ ފުރިހަމަ ތަޙެ ޤުޤައް ހިންގައި، ކޮމިޓީން މުޙައްމަދު މަޙްމޫދު އާމެދު އަޅަން ފެންނަ ފިޔަވަޅެއްގެ ގޮތުގައި، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ފެންނަ ކަމަށް ކަނޑައަޅައް އެކަނި ކުންފުންޏަށް އެންގުމާ ގުޅިގެން، އެ ނިންމުން ދިރާސާކޮށް ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް މުޙައމަދް މަޙްމޫދު 08 މާރިޗް 2023 ގައި ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/03 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރިމާޙްޤަޟިއްޔާގައަކަނޑައަޅާފައިވ އުޞޫލާ އެއްގޮތަށް، މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގއ އާއި ވަޒީފާއަށް ނުކުތުމުގައި ފަރުވާކުޑަކޮށްއިހުމާލު ވުމއ ގުޅިގެނާ އެފަދް މުވައްޒަފަކު އިޞްލާޙު ކުރުމަށްޓަކައި ނަޞޭހަތާ އިންޒާރުދީ ހެދުމުންވެސް އިޞްލާޙުނުވެ އެކަން ތަކުރާރުކުރުމއާގުޅިގެނ ވަޒީފާއިން ވަކިކުރަން ނިންމް ނިންމުމެއް ކަމަށްވާތީ، އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ، މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވިލް އެއަރަގެ ފަރާތުނ ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
24ހަތަރުވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން ވިލާ އެއަރގެ ފަރާތުން ބުނެފައިވަނީމައްސަލަ ހުށަހެޅި ފޯމުގައި، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ "އަޅުގަނޑަށް ރަނގަޅީ އަޅުގަނޑަށްވ ގެއްލުމުގ ގޮތުގައެ ބަދަލެއް ދިނުން. ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމަށް އަޅުގަނޑުގެ މުސާރައަ އެލަވަންސް އާއެކު Rf 10,200 ރޭޓުން ދީފަ އަދި މޯލްޑިވްސް އިސްލާމިކ ބޭންކުން ނަގާފައިވާ ޑިއު ދައްކަން މީހުންގެ އަތުން ނެގި އެކި ފައިސާ ދެއްކުމަށް ނެގި ލޯނު ދެއްކުމާއެކ Rf 150,000 ރުފިޔާ ހޯދަ ދިނުމަށް" މިފަދައިންކަމުގައިވާއިރު،މި މައްސަލައާ ގުޅިގެނ 14 އ ގަސްޓ 2023 އަދި 18 ސެޕްޓނެ ބަރް 2023 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދޭ މިންވަރަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އެކި ގޮތްގޮތުން ސުވާލު ކުރުމުންވެސް، އެއާމެދު ސާފު ޖަވާބެއް ދީފައިނުވާކަމަށާއި، އަދި ބަދަލުގެ ގޮތުގައި
06 )ހައެއް( މަސް ދުވަހުގެ އުޖޫރައަށްވ ފައިސާ ނަގައިދިނުމަށް އެދިފައި ނުވާކަމުގައެވެ.
25ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް އެ ކޯޓުގެ ނަންބަރ 2019/SC-A/27 ޢަލީ ވަޙީދު ވ. ދައުލަތް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އެ ހަމަތަކަކީ،ވަޒީފާއާބެހޭ ޓްރައިބިއުނަލޭއިނ މައްސަލަތައް ނިންމުމުގައި ތަބވާންޖެހާ އުޞޫލުތޭ އްކަމުގައެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 06 )ހައެއް( މަހުގެ އުޖޫރަ ނަގައިދިނުމަށް ނިންމިއިރު އެ ބަދަލު މިންވަރު ކަނޑައެޅުމުގައި ބަލަންޖެހޭނެކަމަށް އިސްވެ ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އެއްވެސ ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
26ގްއްލުމުގ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެނެ ވަޒީފާއެއް އަދާކުރެވިދާނެތޯ ބަލަން ޖެހޭނެކަމަށްދިވެހިރާއްޖޭގ ސުޕްރީމް ކޯޓުނ ކަނޑައަޅާފައިވާއިރު،މުވައްޒަފު އެހެން ވަޒީފާއަކަށް ދިޔަކަން ނުވަތަ ނޫންކަން ވަޒީފާއާބހެ ޓްރައިބިއުނަލް އިން ބަލާފައނުވާކަމަށާއި، މުވައްޒަފު އެދިފައިވާގޮތަށް ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފށްކަމުގައެވެ.
27އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 60/VTR/2023 މައްސަލައިގައި މައްސަލި ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށާއ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގެ ނިންމުން ބާޠިލުކޮށް މައްސަލަ ނިންމައިދިނުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 60/VTR/2023 މައްސަލައިގައި މައްސަލި ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފި ހިނދެއްގައަ،ގެއްލުމުގެ ބަދަލު ނަގީ އ ދީފައިވަނީ، މާލީ ބަދަލުގެ މިންވަރު ނަގައިދިނުމަށް ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތ، މައްސަލައިގް އެބައި ބާޠިލިކޮށު ދިނުމަށާއް،މިފަދަ މައްސަލަތަކުގައި މާލީ ބަދަލުގެ މިންވަރު ނަގައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅައި، މައްސަލަ ނިންމައިދިނުމަށެވެ.
28މުޙައްމަދު މަޙްމޫދުގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިނުވި ނަމަވެސް،މ މައްސަލައި ގުޅިގެނާ މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު މަޙްމޫދުގެ ފަރާތުން ޖަވާބުގައި މައިގަނޑު ގޮތެއްގައ ބުނެފައިވަނި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދިޔައިރު ވަޒީފާއެއްގައިތޯ ހުރީ ސުވާލުކުރިކަމަށާއި،އެފަރާތުން ހުރް ވަޒީފާއެއްގައި ނޫންކަމަށާއި، މހާރުވެސި ވަޒީފާއެއް އަދާކުރަމުންނުދާކަމަށާއި، ލައުންޖު ހުންނަނީ އޮފީހާ ޖެހިގެންކަމަށާއި، ނަމަވެސް އެއްވެސް އަޑެއް އެއްވެސް ފަރާތަކަށް އިވިފައިނުވާކަމގައެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
29ވިލާ އެއަރގެ ފަރާތުން ކުޅަ އިސްތިއުނފުގާ އަލީގައި، މި މައްސަލައިގައި ޖަވާބުދޭންޖެހޭނ އަންނަނިވި ސުވާލުތަކަށެވެ. މިގޮތުން،
29.1. މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގއަމައުޟޫޢީ އަދުލުވެރިކަން ޤާއިމކޮށްފައިނުވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުނުނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވޓެ ލިމިޓެޑް ވ. އަޙްމަދު މުޙައްމަދުޤަޟިއްޔާގައ ކަނޑައަޅާފައިވި ޤާނޫނާ އުޞޫލާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއޭ، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ހަރުދަނާ އުޞޫލެއްނެތި، ޤާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
29.2. މުޙައްމަދް މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށު ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/323 ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މި މައްސަލައާ ގުޅިގެން 05 ޖުލައި 2026 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މިފަދައިން ބުނެފައިވެއެވެ. އަސްލަމް ޤަޟިއްޔާގައި ކަނޑައަޅާފައިވި ޤާނޫނާ އުޞޫލާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، އަދ
29.3. ވަޒީފާއާބެހް ޓްރައިބިއިނަލުއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމި ނިންމުމަކާ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯއެވެ. މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްތޯ
30ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވޭ ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި އެކުލަވިލެވިފައިވ އުޞޫލަކާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި fairness) (substantive އިޖުރާއީ އަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައި އޮތުމެވެ. މިއީ ވަޒީފާއާގުޅޭ މައްސަލަތަކުގައި މިހާރު އިސްތިޤްރާރުވެފައިވާ ހަމައެކެވެ.
31ޕްރިސިޑެންސް 2މުވައްޒަފަކު ވަޒީފާއިން ވަކިކުރުމއާގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއ ކަމުގައް ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރި އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ. މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި މިކަންވަޒީފާއާބެހޭ ޤާނޫނގ 27 ވަނަ މާއްދާގައި ބަޔާންކުރެއެވެ.މިކަންވަޒީފާއާގުޅޭ އާންމު ކަންކަން ތަންޒީމުކުރަމުން އަންނަ އ.ދ ގ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 )ނަންބަރު 158( ގެ 9 ވަނަ މާއްދާގެ ) ( 2 ވަނަ ނަންބަރުގެ (a) ގައި އަންނަނިވި އިބާރާތުން ބަޔާންކުރެއެވެ. ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
32މައުޟޫޢީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި އަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ.
33މ މައްސަލައިގައި މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަށް ބަލާއިރު،އެއެމުޙައްމަދ މަޙްމޫދު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނީ 06 ޖަނަވަރީ 2023 ގައި ހުށަހެޅުނު މައްސަލަ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން ތަޙުޤީޤުކުރުމަށްފަހ މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީކަމުގައި ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިހުގައި ބަޔާންކުރެއެވެ.
34މ ނޯޓިހުގައި ޙަވާލާދީފައިވަނީކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން ތަޙުޤީޤުކޮށްފައިވާ ޖިންސީ ފުރައްސާރއިގ މައްސަލައަށެވެ. އެ ކޮމިޓީއިން ކޮށްފައިވާ ތަޙުޤީޤު ރިޕޯޓު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވެ.
35މައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން ތަޙުޤީޤުކޮށްފައިވާ ފުރައްސާރައިގެ މައްސަލައަކަށް ބިނާވާ މައްސަލައެއްކަމުގައިވާތީ މިމައްސަލ ބިނާވަނުޖިންސީ ފރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެޤާނޫނު ގ މައްޗަށެވެ. މި ޤާނޫނަކީވަޒީފ އަދާކުރާ ތަންތަނާއި ތަޢުލީމު ދޭ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާޢީ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް “the burden of proving the existence of a valid reason for the termination as defined in Article 4 of this Convention shall rest on the employer” ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 )އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް( ޤަޟިއްޔާގެ 16 ވަނަ ނުކުތާ ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައ އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމއެގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ޤާނޫނެވެ. އަދިމ މައްސަލި ތަޙުޤީޤުކޮށްފައވަނީވެސް މިޤާނޫނުގެ ދަށުން އުފައްދން ލާޒިމުކުރާ ކޮމިޓީއކުންނެވެ.
36މައުޟޫޢީ އަދުލުވެރިކަމާއި ގުޅުވައިގެން ވިލާ އެއަރގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ވިލާ އެއަރގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިމއަޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވޓެ ލިމިޓެޑް ވ. އަޙްމަދު މުޙައްމަދުޤަޟިއްޔާގައި، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު ނުވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނި މާއްދާގަ )ހ( ގާއަބަޔާންކޮށްފައިވިއްދުލުވެރ ނުވަތަ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވޭނެކަމެއްކަމަށ ކަނޑައަޅާފައިވް އުޞޫލާ ޚިލާފަށާ ކަމުގައެވެ.އަދި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށް އާހިމާލުވުމއްގުޅިގެން އެފަދަ މުވައްޒަފަކު އިޞްލާޙުކުރުމަށްޓަކައި ނަޞޭހަތާ އިންޒާރުދީ ހެދުމުންވެސް އިޞްލާޙުނުވެ އެކަނ ތަކުރާރުކުރުމއޭގުޅިގެނ ވަޒީފާއިން ވަކިކުރަން ނިންމުމުން، އެ ނިންމުން އެއީ ހަރުދަނާ އަސާސެއްނެތި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައިނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/03 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރިމާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމުގައެވެ.
37އީސްވ ބަޔާންކޮށްފައިވެ ފަދައިން މައުޟޫ ޢުއަދުލުވެރިކަމަކ މުވައްޒަފަކީ ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުންކަމުގައިވާއިރ، މ އިސްތިއުނާފި ނުކުތާގައި ވިލާ އެއަރގެ ފަރާތުން ޙަވާލާދީފައިވާ ވަޒީފާއާބެހޭ ޤާނޫނުގީ 21 ވަނަ މާއްދާގެ )ހ( އިނ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ،ނުވަތަ އެ މުވައްޒަފެއް ވަޒީފާއަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވޭކަނ އެނގެއެވެ.
38ޕްރިސިޑެންސް 3ވިލާ އެއަރގެ ފަރާތުން ޙަވާލާދޭ މި ކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވޓެ ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާގައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ ގޮތުން، އެ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ 02 )ދޭއް( ޝަރުޠެއް ފުރިހަމަވެގެންކަމަށީއި، އެއް މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް ޤަބޫލުކުރެވޭ ޙާލަތުގައި؛
1. އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑުރަނގަޅުކުރުމަށް ފިޔަވަޅުއެޅުނ؛ އަދި 2އާ. ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމުއަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮތނ ކަން އެނގޭކަމަށާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ އެމުއްވައްޒަފަކާމެދު އެޅޭނެ އެޞި ލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމުގައެވެ.
39ޕްރިސިޑެންސް 4ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އަދުލުވެރި ސަބަބެއް އޮވެގެންކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މައްދާއިން ސާފެވެ. އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑ ޣައިރު ސުލޫކު ޢަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނީމައެވެ. މި މާއްދާގެ ދަށުން ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އާ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ކަމަކަށްނުވުން އެކަށީގެންވެއެވެ. މި މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް misconduct) (gross ކަމަށް ވާނަމައެވެ. ފާޅުކަނ ބޮޑް ޣައިރު ސުލޫކު ޢަމަލެއްކަމަށް ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރ ފަރާތުގާ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. މިގޮތުން ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގ ޖައުހަރީ ޝަރާޠިކއާޚިލާފުވެފައިވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކއްއަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވެފައިވާނަމަ، އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަވެދާނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލަކަށްވެދާނެއެވެ.ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢމަލެއްކޮށްފައިވާނަމ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދ މުވައްޒަފަކީ ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/14 )ބޭންކ އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް( ޤަޟިއްޔާ
40މ މައްސަލައިގައި އުފެދި ސުވާލަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަން،ޖިންސީ ފުރައްސާރަކުރުމާއ ގޯނާކުރުނ ހުއްޓުވުމުގެ ޤާނޫނުގެ އަލީގައި މި މައްސަލައިގައި މަދަނީ މިންގަނޑުން ސާބިތުވޭތޯ ނުވަތަ ނޫންތޯއެވެ.
41މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި މައުޟޢޫ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވަނީ،ވިލާ އެއަރގެ ފަރާތުން ހުށަހަޅާފައިވާ ތަޙުޤީޤު ރިޕޯޓުންނާއި މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރި ކަމުގެ ނޯޓިހުން، އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އޭނާ ކޮށްފައިވާ ކޮން ޢަމަލެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަމެއ ސާފުކޮށްދެވިފައިނުވާތީއާއި، ތަޙްޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކޮށްދިނުމުގ ގޮތުން، ވިލާ އެއަރގެ ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާތީ، އެ ތަޙުޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަމައެކަނި އެ ރިޕޯޓަށް ރިޢާޔަތްކޮށް، ކަން ހިނގދިޔަގޮތް ސާބިތުކުރެވިދާނެ އެކަށީގެންވާ ހެއްކެއްކަމުގައި ބުރަނުވެވޭތީ، މި ސަބަބަށްޓަކައިކަނ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުން އެނގެއެވެ.
42މިކަން ވިލާ އެއަރގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގެ ތެރެއިން ވަޒަންކުރާއިރު، މުޙައްމަދ މަޙްމޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށްކަމަށް ވިލާ އެއަރގ ފަރާތުނ ބުން ބުނުން، އަދި ޤާނޫނީ އިމުގެ ތެރެއިން އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތް ފަރާތެއްގެ ހައިސިއްޔަތުނ ވިލް އެއަރގެ ފަރާތުން ހުށަހަޅާފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅޭ ތަޙުޤީޤު ރިޕޯޓެވެ.
43މި ތަޙުޤީޤު ރިޕޯޓަށް ބަލާއިރު، މުޙައްމަދު މަޙްމޫދުގެ މައްޗަށް ހުށަހެޅުނު ޝަކުވާއަކީ، 01 ޖަނަވަރީ 2023 ގައި ވިލާ އެއަރގ މާލެ ލައުންޖުގައ މަސައްކަތްކުރި މުވައްޒަފަކަށް މަސައްކަތުގެ މާހައުލުގައި، މުޙައްމަދު މަޙްމޫދު ޖިންސީ ފުރައްސާރަކޮށް، އެ މުވައްޒަފުގެ ނުރުހުމުގައި ގަދަކަމުން ޖިންސީ ޢަމަލު ހިންގުމަށް މަސައްކަތްކޮށްފައިވާކަމުގެ ޝަކުވާއެވެ. މ ތަޙުޤީޤުގައިމައްސަލައިގައ ހިމެނި ދޭ ފަރާތުގެ އިތުރުން، އިތުރު ފަރާތްތަކާ ސުވާލުކޮށް ބަޔާންނެގިފައިވާކަން އެނގެއެވެ. މީގެ އިތުރުން، ލައުންޖުގެ ބޭރުގައި ހުރި ސެކިއުރިޓީ ފުޓޭޖް ބަލައި ޓައިމްލައިން ތައްޔާރުކޮށްފައިވާކަމާއި، ޝަކުވާ ހުށަހެޅި ފަރާތުން ހިއްސާކޮށްފައިވާ ކޯލް ލޮގްތައ ރިވިއުކުރިކަން މި ރިޕޯޓުގައި ބަޔާންކުރެއެވެ.
44މި ތަޙުޤީޤަށް ފާހަގަކުރެވުނު ކަންކަން ގޮތުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.
44.1. ދަ މީހުންގެ ގުޅުމާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވަނީ ގެސްޓުން ނުތިބޭ ވަގުތު ދެ މީހުން ކައިރީގައި އިށީނދެގެނ ވާހަކަދައްކަން ތިބޭ މަންޒަރު ފެންނަކަމަށް ސުވާލުކުރި ގިނަ މުވައްޒަފުން ފާހަގަކުރިކަމށއި، 01 ޖަނަވަރީ 2023 ގ ސެކިއުރިޓީ ފުޓޭޖަށްބަލާއިރުވް ސ ދެ މީހުން ދެމެދު ގާތް ގުޅުމެއް އޮންނަކަން ފާހަގަވާކަނ
44.2. ދެ މީހުން އެއްކޮށް ލައުންޖުފާޚާނާއިނ ނުކުތް މަންޒަރު އެކި ދުވަސް މަތިން ފެނިފައިވާކަމަށް ސުވާލުކުރެވުނު ބައެއް މުވައްޒަފުން ބުނެފައިވާކަމެށް އ، އެ ވަގުތުތަކުގައި ދ މީހުންގެ ފަރާތުންވެސް އެއްވެސް ކަހަލަ ނުތަނަވަސްކަމެއ ނުފެންނަކަމަށް ފާހަގަކޮށްފައިވާކަން
44.3. ރިޕޯޓުކޮށްފައިވ ގޮތުނާ ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ ހަވީރު 17:00އާ 17:20 ދެމެދުގެ ވެގުތެއްގައިކަމަށެއި، އެ ހަ ދިސާގެ ތެރެއިން އަތުގެ ހުޅު ނެއްޓި އަނިޔާވެ އެކަމުގެ ނިޝާންތަކެއ ހުރިކަމަށް މުވައްޒަފު ބުނިކުމަށާއި، މުވައްޒަފު ފާހަގަކުރި ވަގުތު، މުޙައްމަދ މަޙްމޫދު ލައުންޖަށް ވަދެފައިނުވާކަން ސެކިއުރިޓީ ފުޓޭޖުން ހާމަވާކަމށާއި، އެހެނަސް، މުވައްޒަފު އެކަނި ލައުންޖުގައ ހުއްޓި 18:46 ގައި މުޙައްމަދު މަޙްމޫދު ލައުންޖަށް ވދަ 18:48 ގައި ނުކުންނަ މަންޒަރު ފެންނަކަން
44.4. ރިޕޯޓުކޮށްފައިވ މައްސަލައާ ގުޅާ ގޮތުން މުވައްޒަފު ފާހަގަކޮށްފައިވާ ކަންތައްތަކުގައި ގިނަ ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވޭކަނ
44.5. ހާދިސާ ހިނގައިދިޔަކަމަށް މުވައްޒަފު ފާހަގަކޮށްފައިވާ ވަގުތަކީ ހަވީރު 17:00އާ 17:20 ދެމެދުގެ ވެގުތެއްގައިކަމުގައި ބުނިނަމަވެސް، އެ ވަގުތު މުޙައްމަދު މަޙްމޫދު ލައުންޖަށް ވަދެފައިނުވާކަނ
44.6. ގަދަކަމުނ ޖިންސް ޢަމަލީ ހިންގަން މަސައްކަތްކުރުމުގެ ތެރޭގައި، މުވައްޒަފުގެ އަތަށް ލިބުނުކަމަށ ބުން އަނިޔާގެ އެއްވެސް ނިޝާނެއް އިތުރު މުވައްޒަފަކަށް ފެނިފައިނުވާކަމަ އ،ށ އެ ނިޝާންތަކުގެ ފޮޓޯއެއްވެސް މުވައްޒަފު ތ ޙޤީޤަށް ހިއްސާކޮށްފައިނުވާކަނ
44.7. މުޙައްމަދ މަޙްމޫދު ދެވަނަ ފަހަރަށް ލައުންޖަށް ވަނުމުން، މުވައްޒަފު ފާޚާ ނާއަށަ ވަދެ ހުރިކަމަށް އޭނާ ބުނިކަމަށި އ، އޭނާ ފާޚުނާއިން ނީކތ މިންހާ އަޙްމަދުލައުންޖަށ ވަނުމުންކަމަށް ބުނިނަމަވެސް، މިންހާ އަޙްމަދު ބުނެފައިވަނީ އޮފީހަށް ވަދެފައި އައިސް ލައުންޖަށ ވަތް އިރު މުވައްޒަފު ހުރީ ލައުންޖު ސާފުކުރުމަށްކަމަށް އ، އަދި މުޙައްމަދު މަޙްމޫދު އިނީ ކައުންޓަރ ކައިރީ ހުންނަ ގޮޑީގައި އިށީދެގެންކަނ
44.8. ލައުންޖާއި ޖެހިގެން ހުންނަ އޮފީހުގައި ތިބޭއިރު ލައުންޖުގެ ފާޚުނަ ސަރަހައްދުގެ އަޑު އޮފީސ ތެރެއިން އިވޭކަމަށާއި، އެ ސަރަހައްދުގައ މުވައްޒަފެއްގެ ނުރްހްމުގައި ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަދި އެހީއަކަށް އަދި ހުއްޓާލުމަށް އެދި ގޮވައިފިނަމަ، އޮފީސް ތެރެއަށް އަޑުއިވޭނެކަމަށާއި، އެހެންނަމަވެސް ހާދިސާ ހިނގިކަމަށް ލަފާ ކުރެވޭ ގަޑީގައި، އެވަގުތު އޮފީހުގައި ހުރަމުޙައްމަދު މާނިއު ރަޝީދާއަށު އެފަދް އޑެއް އިވިފައިނުވާކަން އޭނާ ފާހަގަކުރިކަމަށާއި،ގަދަކަމުން ޖިންސް ގޯނާ ކުރަން މުޙައްމަދު މަޙްމޫދު މަސައްކަތްކުރި ވަގުތު، އެކަމަށް އިންކާރުކޮށް ހަރު އަޑުން މުޙައްމަދު މަޙްމޫދުގެ ނަން ގޮވާ ކަމަށި މުވައްޒަފު ފާހަގަކުރިނަމަވެސް، ހާދިސާ ހިނގިކަމަށް ބުނާ ސަރަހައްދާއި ޖެހިގެން ހުންނަ އޮފީސް ބަޔަށް އެފަދަ އަޑެއް އިވިފައިނުވާކަމަށް އެ ވަގުތު އޮފީހުގައި އިން މުވައްޒަފު ފާހަގަކުރިކަނ
44.9. ހާދިސާގެ މަޢެލުމާތު މައިންބަފައިންނާ ހިއްސާކުރިކަމަށް މުވައްޒަފު ބުނިނަމަވެސް، ތަޙުޤީޤުގެ ފަރާތުން އެކަން ސާފުކުރުމަށް މައިންބަފައިންނާ ސުވާލުކުރުމަށް އެދުމުން، އެކަމަށް މުވައްޒަފު އިންކާރުކުރިކަން
44.10.ހާދިސާ ހިނގައިދިޔަކަމަށ ބުން ދުވަހާ ދެ މީހުން އެކަނި ލައުންޖުގައި ހޭދަވި 02 )ދޭއް( މިނިޓަށް ފަހު )18:46 އާއި 18:48އާ ދެމެދު( ދެ މީހުންގެ ހަރަކާތްތައ ވަރަށް ބޮޑަށް ބަދަލުވެ، މުވައްޒަފު ކަމަކާ ހިތްހަމަނުޖެހިފައި ހުރިކަން ސެކިއުރިޓީ ފުޓޭޖްގެ މަންޒަރުތަކުނ ފާހަގަކުރެވޭކަމުށްއި، އެހެންކަމުން، އެ ވަގުތު ދެ މީހުން ދެމެދު ކޮންމެވެސް މައްސަލައެއް ހިނގާދިޔަ ކަމަށް ބެލެވޭކަން
44.11. މުޙައްމަދު މަޙްމޫދުއަކީ މީގެ ކުރިންވެސް ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ލިޔުމުން އިންޒާރުދީފައިވާ ފަރާތަކަށްވާތީ، މި މައްސަލައާ ގުޅިގެން މުޙައްމަދު މަޙްމޫދުގ ކިބައިން ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، ވިލާ އެއަރގްމުވައްޒަފެއްގ ގޮތުގައެ މުޙައްމަދ މަޙްމޫދު ދެމިހުރެއްޖެނަމަ އެކަމުގެ ސަބަބުން އެހެން މުވައްޒަފުންނަށް މުސްތަޤުބަލުގައި އެފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއާއި، މަސައްކަތުގެ މާހައުލުގައި ހުރިހާ މުވައްޒަފުންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން ކ ޑަވެދާނެކަމަށް ފެންނާތީ، މުޙައްމަދު މަޙްމޫދު ވަޒީފައިން ވަކިކުރުމަށް ފެންނަކަން
45އިސްވެ ބަޔާންކޮށްފައިވަނީ ހާދިސާއާ ގުޅުވައިގެން ތަޙާޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމެވެ. މި ބާވަތުގެ މައްސަލަތަކުގައި އަސާސީ އެއް ކަމެއްގެ ގޮތުގައި ބަލަންޖެހޭކަމަކީ، ހާދިސާއާ ގުޅުވައިގެން ހުށަހަޅާފައިވާ ކަންކަމުން، މި މައްސަލައިގައިނަމަ، ވިލާ އެއަރގެ ފަރާތުނ ހުށަހަޅާފައިވާ ރިޕޯޓުންޖިންސީ ފުރައްސާރަކުރުމއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގިކަން މަދަނީ މިންގަނޑުން ސާބިތުވޭތޯއެވެ.
46ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ ބޭނުމަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.އެއީ،މީހެއްގެ ނުޤަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުމެވެ. މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުންކަމުގައި ބެލޭނީ، އެ ޢަމަލު ހިންގާ މީހާ ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުނ ނުވަތް ތަސްވީރަކުނ ނުވަތް އިއްވާ އަޑަކުން، ނުވަތުކުރާ އިޝާރާތަކުން ނުވަތަ ކުރަ ޙަރަކާތަކުނ ނުވަތް ބަލަ ބެލުމަކުން ކުރާ އެނޫންވެސް ޢަމަލެއްގެ ސަބަބުން އެ ޢަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެނ ނުވަތް ވިސްނިގެނ ނުވަތް ދޭހަވެގެނ ނުވަތް އެނގިގެން ދޔުމަށެވެ.
47މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ އިސްވެ ބަޔާންކޮށްފައިވާ މާނަކުރުމުގެ ތެރޭގައި،ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ޝިކާރައަކަށްވާ ފަރާތުގެ ނުރުހުމުގައި ކުރާ އަންނަނިވ ކަންކަން ހިމެނެއެވެ.
1. ފޮށުމު ގެ ގޮތުން ތުނބުން ފުމުނ
2. އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން
3. ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން
4. ބެއްދުން
5. ސަލާމްކުރުމުގ ގޮތުނެ އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުނ ނުވަތް ކޮއްޓުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ )ހ(
6. އޮރިޔާން ކާޑް ނުވަތު ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން
7. ފްށުމުގ ގޮތުނެ ހަށިގަނޑުގެ ގުނަވަންތަކަށ ނިސްބަތްކޮށް ޖިންސް ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުނ
8. ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުޞަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުނ ނުވަތް ޖިންސީ ފުރައްސާރަކުރުމުގެ ންވަތަ ގޯނާކުރުމުގެ ޢަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.
48ޕްރިސިޑެންސް 5މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުކަމުގައިވް ނ، އެ ޢަމަލު ހިންގުމުގައި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރުމާއެކު، އެ ޢަމަލުގެ ސަބަބުން، އެ ޢަމަލު ރައްދުވާ ފަރާތަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެނ ނުވަތް ވިސްނިގެނ ނުވަތް ދޭހަވެގެނ ނުވަތް އެނގިގެން ހިނގައިދާނެކަމަށް މުޖުތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި މީހަކަށް ޤަބޫލުކުރެވޭ މިންގަނޑެވެ. މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމުގެ ޢަމަލެއް މި މާއްދާގައިވާ ގޮތުގެމަތިން ހިންގިކަމުގައި ކަނޑައަޅާނީ، މަދަނީ މިންގަނޑުންނެވެ.
49ވަޒީފާއަދާކުރާ ތަނުގައި މަސައްކަތްކުރާ ފަރާތަކުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ،އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގި ޤާނޫނުން ލިބިދޭއިރު، މި ޤާނޫނުން ޤާއިމުކުރުމަށް ލާޒިމުކުރާ ޖިންސީ ފުރައްސާރަކުރުމާއ ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓއިނީ އެ ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙުޤީޤުކުރުން ކޮމިޓީގެ މައްޗަށް ލާޒިމުކުރެއެވެ.މިގޮތުން، ވަޒީފާއާބެހޭ ޤާނޫނއާ ޚިލާފުނުވާނެހެނ މައްސަލައިގް ކުޑަބޮޑު މިނަށް ބަލައި ޝަކުވާ ރައްދުވާ ފަރާތާމެދެއ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމަށް ޤާނޫނު ތަންދެނީ، ޝަކުވާ ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމ ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމައެވެ.
50ޕްރިސިޑެންސް 6ޖިންސީ ފުރައްސާރަކުރުމާއިގޯނާކުރުމުގެ މައްސަލަތަކުގައި ނުވަތަ ވަޒީފާގެ މާހައުލުގައި ފުރައްސާރަކުރުމުގެ މައްސަލަތައް އާންމުކޮށް ހިނގަނީ ވަންހަނާ މާހައުލުތަކުގައ ނުވަތި ސިއްރިއްޔާތުގައި،މީހުން ނުތިބޭ، ނުވަތަ ކެމެރާ ނުހުންނަ ތަންތަނުގައިކަމުން، އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަކީ މުސްތަހީލުކަމެކެވެ.ހިނގާ މިފަދަ ޢަމަލުތައް ރިޕޯޓުކުރުމަށް ޖެހިލުންވަނީވެސް، އެކަން ހިނގަނީ ސިއްރިއްޔާތުގައި ކަމަށްވެފައި، އެ ޢަމަލުގެ ޝިކާރައަށްވީ ފަރާތުގަ ބަހުގެ އިތުރުން، ހެކި ޤަރީނާ ނެތުމުން، އެކަން ސާބިތުކުރުމުގެ ބުރަ ބޮޑުކަމުންނެވެ. ވަޒީފާގެ މާހައުލުގައި ހިނގާ މިފަދަ ޢަމަލުތަކާއި ގުޅިގެން ކުރެވޭ ޝަކުވާއާ ގުޅޭ ގޮތުން ތާޙޤީޤުކުރ ފަރާތަށް ދޭ ބަޔާނަކީ އެކަމާ ގުޅޭ ގޮތުން ވުޖޫދުގައި އޮތް ހަމައެކަނި ހެކި/ޤީރީނާ ކަމުގައިވާނަމަ، އެއަށް އެކަން ބިނާކޮށް، ފުރައްސާރައިގެ ޢަމަލެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭ ކަމަށް ބެލުމަކީ އެންމެ އިންސާފުވެރިގޮތަށް ނުވެދާނެއެވެ. އެހެނަސް، ފުރައްސާރައިގެ ޝިކާރައަކަށްވީ ފަރާތުނ އެކަންވީ ގޮތް ބަޔާންކުރާ އެ ފަރާތުގެ ސީދާ ބަހެއް އޮވެމެ، އެއަށް ބާރުދޭ ފަދައަކުން)ކޮރޮބޮރޭޝަން( އާ ޝަކުވާގެ މައްޗަށް ބިނާކޮށް އެފަދަ ކަމެއް ހިނގާފައިވާކަމަށް ތަޙުޤީޤަށް ބުރަވުތަޙިޤީޤް ރޭޕޯޓެއ އޮވެމެ، އެ ރިޕޯޓުގައި އެ ޝަކުވާއަށް ބާރުދަކަންކަން ބަޔާންކޮށްފައިވާނަމަ، އެ ރިޕޯޓެޤރީނާގ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ކޮމިޓީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ކޮމިޓީގެ ޒިންމާތަކާއި މަސްއ ލިއްޔަތުތައް ބަޔާންކުރާއިރު، މިކަން މި މާއްދާގެ )ރ(،)ބ(،)ޅ(،)ކ( އަދި )އ( ގައި ބަޔާންކުރެއެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ )ޅ( ގޮތުގައި ކޮރޮބޮރޭޓްކުރެވިގެންދެއެވެ.ކޮރޮބޮރޭޝަންއަކީ ކްރެޑިބަލ ހެއްކަކަށް ބާރުދޭ ނުވަތަ އެއަށް އިތުރށަތާއީދުލިބިދޭ އިތުރު ހެކި/ޤަރީނާއެވެ. މި އިތުރު ހެކި/ޤރީނާ ވާންވާނީ އަދުލުވެރި ހެކި ބުނީ ބަހަށް އިތުރު ކަށަވަރުކަމެއްދޭ، ބަރޯސާކުރެވޭފަދަ މުޢުތަބަރު ހެކި/ޤި ރީނާއަށެވެ. ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލަތަކުގައި ލިބިފައިވާ އެންމެހާ ހެކި ކޮރޮބޮރޭޓްކޮށ އެކަން ބަލައިގަތުމުގެ ބޭނުމަކީ، ފުރައްސާރައިގ ޢަމަލުތަކުގެ ޒާތަށް ބަލައި، ޝިކާރައަށްވާ ފަރާތަށް ކުރިމަތިވާ ކަންކަމުގެ މައްޗަށް ސީދާ ހެކި ހޯދުމަކީ ނާދިރުކަމަކަށްވާތީއާއި، ވަޒީފަގާ މާހައުލަކީ ފުރައްސާރައާއ ގޯނާކުރުމާއި އަނިޔާވެރި ޢަމަލުތަކުން މުވައްޒަފުންނަށް ރައްކާތެރިކަން ލިބިފައިވާ މާހައުލަކަށްވާންޖެހޭތީއެވެ.
51ޕްރިސިޑެންސް 7މި މައްސަލައިގއަ މުޙައްމަދު މަޙްމޫދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއ ގޯނާކުރުމުގެ ޢަމަލުތައް އެ ފަރާތުން ހިންގާފައިވާކަން ސާބިތުކުރުމުގެ ބޭނުމުގައި ވިލާ އެއަރގ ފަރާތުން ހުށަހަޅާފައިވަނީ ހަމައެކަނި ތަޙުޤީޤު ރިޕޯޓެވެ. އެ ތަޙިޤީޤ ރިޕޯޓާއެކު އެ ތަޙީޤީޤުގައ ނެގިފައިވާ ބަޔާންތައް އެއްކަރުދާސްކުރެވިފައެއްނުވެއެވެ. އެހެންކަމުން، ހަމައެކަނި ބަރޯސާވާންޖެހެނ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށެވެ. އެ ރިޕޯޓުގައި ޤާނޫނުގެ މާއްދާއަކާ ޙަވާލާދީ، ޖިންސީ ފުރައްސާރައިގެ ޢަމަލެއް އަދި ގޯނާގެ ޢަމަލެއް ފާހަގަކްށްފައެއްނުވެއެވެ. ޝަކުވާކުރި ފަރާތުނ ހުށަހަޅާފައިވި ޝަކުވާގައި އެ މާނައިގެ ތެރޭގައި ހިމެނޭ ޢަމަލުތައް ހިމެނޭހިނދު، އެފަދަ ޢަމަލެއް އެ ޝަކުވާކުރި ފަރާތާމެދު މުޙައްމަދު މަޙްމޫދު ހިންގިކަމަށް ބުރަވާ ސަބަބެއް އެ ރިޕޯޓުގައި ފާހަގަކޮށްފައެއްނުވެއެވެ.
52އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޝަކާވާކުރި ފަރާތުގެ ބަޔާނުގައި ހުރި ފުށުއެރުންތަކުގެ ވާހަކައެވެ. އެ ފަރާތުގެ ޝަކުވާއާ ގުޅޭ، ނުވަތަ އެކަން ހިނގިކަމަށް ބުރަވާނ ނުވަތެ އެކަމުގެ މައްޗަށ Muzaffar Syah Mallow, ‘Sexual Harassment at the Workplace and the Issue of Corroboration Evidence’ [2020] 1 ILJA ii. ބަރޯސާވެވޭފަދަ އިތުރު ފަރާތެއްގެ ބަހެއް، ނުވަތަ ސެކިއުރިޓީ ފްޓޭޖު ންވިޔަސް، އެފަދަ ކަމެއް ފާހަގަކޮށްފައެއްނުވެއެވެ.
53އެ ރިޕޯޓުގައިދެ މީހުން ދެމެދު "ކޮންމެވެސް މައްސަލައެއް ހިނގާދިޔަކަމަށް" ބެލެވޭކަމަށް ފާހަގަކުރިނަމަވެސް، އެއީ ޤާނޫނުގެ ތެރޭގައި ހިމެނޭ ޢަމަލެއްކަމަށް ޝައްކުވާކަނ ނުވަތް ބުރަވާކަނ ދޭހައެއްނުކުރެވެއެވެ. އެފަދަ ތުހުމަތެއް މި މައްސަލައިގައި ކުރެވޭ ސަބަބއެ ރިޕޯޓުގައި ފާހަގަކޮށްފައިނުވއިރާ، މި ހާދިސާއާ ގުޅުވައިގެން ކުރެވުނުތަޙު ޤީޤަށ އެފަދަ ކަމެއް މުޙައްމަދު މަޙްމޫދު ކޮށްފައިވާކަމަށްބުރަވެ ވ އެއްވެސް ސަބަބެއް ރިޕޯޓުގައި ފާހަގަކޮށްފައެއްނެތެވެ.
54މި ރިޕޯޓުގައިމުޙްއްމަދަ މަޙްމޫދުގެ މައްޗަށް ކޮށްފައިވާ ޝަކުވާ ތަޙުޤީޤުކުރުމުގެ ބޭނުމުގައި އ ވަގުތު އެ މަހައްލުގައި ތިބި މީހުން އަދި ކަމާ ގުޅޭ މީހުންގެ ބަޔާންތައް ނަގައި، އެ ފަރާތްތަކުނ ބުނާ ބުނުންތައް ރިޕޯޓުގައި ހިމަނާފައިވައިރި، ޝަކުވާއާ ގުޅުވައިގެން ޤާނޫނުގައި ބަޔާންކުރާފަދަ ޢަމަލެއް ހިންގކަމަށި ބާރުދޭކަމެއް އެ ބަޔާންތަކުން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައެއްނުވެއެވެ.ތެޙްޤީޤުގެ ބޭނުމަށް ބަޔާންތައް ނެގިފައިވާ ފަރާތްތަކުގެ ބަހުނެޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެޤާނޫނުގައި ބަޔާންކުރާފަދަ ޢަމަލެއް ހިނގާފައިވާކަން އިފްތިރާޟްކުރެވޭ ނުވަތަ ދަލާލާތުކޮށްދޭ، ނުވަތަ އެކަމަށް ބާރުދޭ ޙަޤީޤަތެއް ނެތެވެ. މ މައްސަލައިގައ އޮތި ހަމައެކަނި ރިޕޯޓުކަމުގައިވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް އޭގެ ޒާތުން ރިޢާޔަތްކުރާއިރު، ޝަކުވާ ކުރެވުނު ހާދިސާއްގުޅުވައިގި ނެޖިންސީ ފުރައްސާރަކުރުމާއ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާ ޢަމަލެއް ބޮޑަށް ބުރަވެވޭ މިންގަނޑުން މުޙައްމަދު މަޙްމޫދު ހިނގާފައިވާކަމަށް ބެލެވޭ ސަބަބެއްނެތެވެ.
55މުޙައްމަދ މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ފެންނަ ސަބަބުކަމުގައި ތަޙާޤީޤު ރިޕޯޓުގައިވަނީ، އޭނާއަކު މީގެ ކުރިންވެސް ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ލިޔުމުން އިންޒާރުދީފައިވ ފަރާތަކަށްވާތީ، މި މައްސަލައާ ގުޅިގެން މުޙައްމަދު މަޙްމޫދުގެ ކިބައިން ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، ވިލާ އެއަރގ މުވައްޒަފެއްގެ ގޮތުގައެ މުޙައްމަދު މަޙްމޫދު ދެމި ހުރެއްޖެނަމަ އެކަމުގެ ސަބަބުން އެހެން މުވައްޒަފުންނަށް މުސްތަޤުބަލުގައި އެފަދަކް މެއް ކުރިމަތިވެދާނެކަމަށ ބެލެވޭތީއާއި، މަސައްކަތުގެ މާހައުލުގައި ހުރިހާ މުވައްޒަފުންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން ކުޑަވެދާނެކަމަށ ފެންނާތީ ކަމުގައެވެ.
56މުޙައްމަދު މަޙްމޫދުއަށ ކުރިން ދީފައިވާ އިންޒާރުތައްކަމަށް ބުނެ 02 )ދޭއް( ލިޔުމެއް ވިލާ އެއަރގ ފަރާތުން ހުށަހަޅާފައިވެއެވެ. އެއް ލިޔުމަކީ، 14 އެޕްރީލް 2019ގެ warning” “firstމި ސުރުހީގެ ދަށުނާމުޙައްމަދު މަޙްމޫދުއަށް ދީފައިވާ އިންޒާރުގެ ސިޓީއެކެވެ. މި އިންޒާރަކީ މަންތ އެއަރގެ މުވައްޒަފަކާމެދު ބޭއަދަބީކޮށ ޢަމަލުތައް ބެހެއްޓުމުގެ ސަބަބުން އެކަމުގެ ޝަކުވާ ހުށަހެޅުމުން، އެކަން ބެލުމަށްފަހު ދީފައިވާ އިންޒާރެކެވެ. މި އިންޒާރުގައި އެފަދަ ޢަމަލެއް ތަކްރާރުވެއްޖެނަމަ، މުޙައްމަދު މަޙްމޫދުއާމެދު ހަރުކަށި އާޞީ ލޙ ފިޔަވަޅު އެޅިގެންދާނެކަމަށް ބަޔާންކުރެއެވެ.
57ދެވަނަ ލިޔުމަކީ 16 ޑިސނެ ބަރް 2019 އަށް ނިސްބަތްވާ “action record form” އެކެވެ. މި ފޯމަކީ މުޙައްމަދު މަޙްމޫދުއަށް ދެވިފައިވާ އިންޒާރެއްކަން މި ފޯމުން އެނގޭކަށްނެތެވެ. އަދ ވަޒިފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުމުގައްމި ފޯމަކީ އެއްވެސް ޙާލެއްގައި އާޞީ ލޙ ފިޔަވަޅެއް ނުވަތަ އިންޒާރެއްގ ގޮތުގައެ ބެލިގެންދާނެ ލިޔުމެއްނޫންކަން ސާފުވެގެންދާކަމުގައި ބަޔާންކޮށްފައިވެއެވެ.
58މުޙައްމަދު މަޙްމޫދުއާމެދު އަޅާފައިވާ އާ ޞިލ ޙީފިޔަވަޅާއ ގުޅިގެނި ވަޒީފާއާބެހް ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވަނީ ވިލާ އެއަރއިނ މުޙައްމަދް މަޙްމޫދު ވަޒފާއިނ ވަކިކުރުމަށް ނިންމާފައިވަން އޭނާ ކުރި ކޮން ޢަމަލެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަން ސާފުކޮށްދެވިފައިނުވާތީއާއި، 14 އެޕްރީލް 2019 ގައި ލިޔުމުންދޭ އިންޒާރުގެ ލިޔުމަކީ މި މައްސަލައާ ގުޅިގެން ރިޢާޔަތްކުރެވިދާނެ އިޞްލޙު ފިޔަވަޅެއްކަމުގައި ބުރނަ ވެވޭކަމުގައެވެ.
59ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށް އާހިމާލުވުމއާގުޅިގެނ އެފަދް މުވައްޒަފަކު އިޞްލާޙު ކުރުމަށްޓަކައި ނަޞޭހަތާ އިންޒާރުދީ ހެދުމުންވެސް އިޞްލާޙުނުވެ އެކަން ތަކުރާރުކުރުމއ ގުޅިގެނ ވަޒީފާއިން ވަކިކުރަން ނިންމުމުން، އެ ނިންމުން އެއީ ހަރުދަނާ އަސާސެއްނެތި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގައި ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމުގައި ވިލާ އެއަރގެ ފަރާތުން ބުނެފައިވެއެވެ.
60މި މައްސަލައިގައި މުޙައްމަދު މަޙްމޫދުއަށް 14 އެޕްރީލް 2019 ގައި ދީފައިވާ އިންޒާރަށް ބަލާއިރު، އެއީ މުވައްޒަފަކާމެދު ބޭއަދަބީ ޢަމަލެއް ހިންގާފައިވާކަމުގެ ޝަކުވާއެއްކަމާއި، އެކަމާ ގުޅިގެނ އޭނާއަށް އެންގި އެންގުމަކީ، އެފަދަ ޢަމަލެއަ ތަކުރރުވެއްޖެނަމާ nature) this of incidents (further މުޙައްމަދު މަޙްމޫދުއާމެދު ހަރުކަށި އާޞި ލޙ ފިޔަވަޅުތައް އެޅޭނެކަމުގައެވެ.
61މި ނިންމުމުގައި އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، މުޙައްމަދު މަޙްމޫދުގެ މައްޗަށް 01 ޖަނަވަރީ 2023 ގައި ހުށަހެޅުނު ޝަކުވާއާ ގުޅިގެން ކުރެވުނު ތަޙުޤީޤަށް އޭނާ އެފަދަ ޢަމަލެއް ނުވަތަ އެބާވަތުގެ ޢަމަލެއް ކޮށްފައިވާކަން ތަޙެޤީޤަށް ބުރަވެވޭކަން އެނގޭކަށްނެތެވެ. މިފަދައިން ފާހަގަކުރާ ސަބަބުތައް މި ނިންމުމުގެ 51 ވަނަ ނުކުތާއިން ފެށިގެން 54 ވަނަ ނުކުތާގެ ނިޔަލަށް ތަފްޞީލުކުރެވިފައި އެވަނީއެވެ.
62ޕްރިސިޑެންސް 8އެހެންކަމުން،ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާފަދަ ޢަމަލެއް މުޙައްމަދު މަޙްމޫދު ހިންގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާކަން އެނގޭހިނދު، އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި މައުޟޢްއަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ބެލެވެން ނެތްހިނދު، މުހައްމަދު މަޙްމޫދުއަށ 14 އެޕްރީލް 2019 ގައި ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް، އެހެނީ އެފަދަ ޢަމަލެއް ތަކުރާރުކޮށްފިނަމަ ހަރުކަށި އާޞީލޙ ފިޔަވަޅު އެޅޭނެކަމަށް އިންޒާރުގައި ބަޔާންކުރާކުރުމުގެ މައްޗަށް ބިނާކޮށް، 01 ޖަނަވަރީ 2023 ގ ޝަކުވާއާ ގުޅިގެން އެފަދަ ޢަމަލެއް ސާބިތުވާކަން އެނގެންނެތްހިނދު، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ޤާނޫނީގޮތުން ފުރުޞަތު ލިބިދެވޭކަމުގައި ނުދެކެމެވެ.
63މިކަންކަމުގެ އަލީގައި، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޢޫ އަދުލުވެރިކަނ ވިލް އެއަރއިނ ޤާއިމުކޮށްފައިވާކަމަށް ބުރަނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާނުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދުޤަޟިއްޔު އާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމުގައި ނުދެކެމެވެ. އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްތޯ
64އިޖުރާއީ އަދުލުވެރިކަންޤް އިމުކުރުމަކ މުވައްޒަފަކީ ވަޒީފާއިން ވަކިކުރުމަށް އަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 4A/2-2010/HC )ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒު( ޤަޟިއްޔާ
65ޕްރިސިޑެންސް 9އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު ޙާލަތްތަކުގައި ބެލެވޭނީ އެންމެ ކުޑަމިނުން އަންނަނިވި ފަދައިން ޢަމަލުކޮށްފައިވާނަމަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/208 އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެއީ:
1. މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު )އޭރަކު ދެވެން ހުރި ތަފޞލުތަކާއިއެކު( އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދީ،
2. އެ ތުހުމަތަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުމަށްފަހު،
3. އެ މައްސަލައެއް އިދާރީ ތޙަ ޤީޤުކުރުމަށްފަހު،
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގަ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭ ޝަރުޠު ފުރިހަމަވާކަމަށް އެ ތަޙްޤީޤަށް ފެނި، އެ މުވައްޒަފަކު ވަކިކުރުމަށް ނިންމައިފިނަމަ، އެ މުވައްޒަފަކު ވަކިކޮށްފައިވާކަން ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވާނަމައެވެ.
66ބަޔާނވެދިޔް ކަންކަމުގެ އިތުރުންވެސް، އެ މައްސަލައެއްގެ ޙާލަތު ނިޔާކުރާގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމުގައ އަންނަނިވި ގޮތުގެ މަތިން ޢަމަލުކުރަންވާނެއެވެ.
1. އެމުވައްޒަފެއްގ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް )އޭރަކު ދެވެން ހުންނަ ހުރިހާ ތަފުޞެލަކާއެކު( ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގ ފުރުޞަތު އެމުވައްޒަފަކަށް ދިނުން؛
2. އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީމިންގަނޑު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އްމުވައްޒަފަކަށް އެންގުން؛
3. އެކަންކަން ރަނގަޅުކުރުމަށް އެ މުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން އެމުވައްޒަފަކަށް އެންގުން؛
4. އެ މުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެނގުނު ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް އ މުވައްޒަފަކަށް ދިނުން؛
5. އެ މުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެ މުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް ނިންމުން؛ މި ކަންކަމެވެ.
67ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ސިވިލް ސަރވިސް ކޮމިޝަން )މޯލްޑިވްސ ކަރެކްޝަނަލް ސަރވިސް( ވ. އަޙުމަދު ވާޞިފްޤަޟިއްޔާގައި އިޖުރާއީ އަދުލުވެރިކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލަކީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމާއި، އެގޮތުން މުވައްޒަފެއްގެ މައްޗަށ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 )މޯލްޑިވްސ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު( ޤަޟިއްޔ ތުހުމަތުކުރެވިފައިވާ ކަމާގުޅޭ މަޢުލޫމާތު އެ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދިނުމަށްފަހު ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދޭންވާނެކަމެވެ.
68ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދަރީވުމަށް ފުރުޞަތު ދެވޭ މިންވަރު ކަނޑައެޅޭނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތަށް އަދ ކުރެވުނު ތުހުމަތުގެ ތަބީޢަތަށް ބަލައިގެންކަމުށެއި، ކޮންމެ ޙާލަތެއްގައި ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނު ކަމުގައި ވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލުކުރެވިދާނެކަމުގައި ދިވެހިރާއްޖޭގ ސުޕްރީމު ކޯޓުގް ނަންބަރ 2021/SC-A/20 ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
69އެހެންކަމުން، މުވައްޒަފެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކާ ގުޅޭ ގޮތުން، އެންމެ ކުޑަމިނުން، އެ މުވައްޒަފުގެ މައްޗަށް ތުހުމަތެއްކޮށްފައިވާކަން އެ މުވައްޒަފަށް އެނގުމާއެކު، އެކަމާ ގުޅޭ ގޮތުނ ތިޙޤީޤެއ ހިންގާކަން އެ މުވައްޒަފާއި މުޢާމަލާތުކުރުމާއިއެކު، އެ މުވައްޒަފާއިމެދ ކުރެވު ތުހުމަތާއި ގުޅޭ ގޮތުން އެ މުވައްޒަފާއި ސުވާލުކުރެވިފައި އޮންނަންވާނެއެވެ.
70އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމުގައި، ކޮންމެ މައްސަލައެއްވެސް ވަކިން، އެ މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރަންވާނެއެވެ. އެހެނީ، ކޮންމެ މައްސަލައެއްގައިވެސް އ މައްސަލައިގެ ކަން ހިނގާފައިވާ ގޮތާއި ޙާލަތު ތަފާތުވާނެތީއެވެ.
71މި އިސްތިއުނާފުގައި ވިލާ އެއަރގެ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލައިގެ ނިންމުމުގައި، މައްސަލަ ހުށަހެޅި ފަރާތުގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެފަރާތަށް ކިޔާދީފައިވާކަނ އެނގެން ނެތަތީއާއި، އެކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 )ސިވިލ ސަރވިސް ކޮމިޝަން )މޯލްޑިވްސ ކަރެކްޝަނަލް ސަރވިސް(( ވ. އަޙުމަދު ވާޞިފް( ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ މާއްދާގެ )ބ( ރަނގަޅުކުރުމަށް މައްސަލް ހުށަހެޅަ ފަރާތަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި އެ ކަނޑައެޅި މުއްދަތަކާއި، އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފީއިވާކަނ އެނގެން ނެތަތީ، އިޖރާއު އްދުލުވެރިކަން ޤާއިމޭވެފައިނުވާކަމަށްވަޒީފާއާބެހ ޓްރައިބިއުނަލްއިން ބުނެފައިވާއިރު، މުޙައްމަދު މަޙެމޫދ ކުރު ޢަމަލަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 38 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ޢަމަލެއްގެ އިތުރުން، ޖިނާއީ ޢަމަލެއް ގޮތުގައި ބެލެވޭނެ ޢަމަލެއުކަމުގައެވެ. އަދްމުޙައްމަދ މަޙްމޫދު ކުރި ޢަމަލަކީ އެކަން ނުކުރުމަށް އިތުރު ނަޞޭހަތެއް ދޭންޖެހޭ ޒާތުގެ ޢަމަލެއްވެސް ނޫނކަމުގައވެ.
72މ މައްސަލައިގައި އިދާރީ ތަޙުޤީޤެއް ހިނގާފައިވާކަމާއި، އެކަމާ ގުޅޭ މަޢުލްމާތު ޝަކުވާ ރައްދުވާ ފަރާތަށް ދީފައިވާކަމާއި، ޖަވާބުދާރީވުމުގެ ފުރުޞަތު އެ ފަރާތަށް ދީފައިވާކަމާމެދު އެއްވެސ ބަހުސެއްނެތެވެ.
73މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި އޭނާއަށް ކުރިން ދެވިފައިވާ އިންޒާރު އިސްކޮށްފައިވާތީ، އެއަށް ބަރޯސާވެވޭނެތޯ މި މައްސަލައިގައި ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
74މ މައްސަލައިގައި މުޙައްމަދު މަޙްމޫދު ކުޅަ ޢަމަލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގިޤާނޫނުގ ތަރަހައިގެ ތެރެއަށް ވަންނަ ޢަމަލެއްކަން ސާބިތުވާކަން ތަޙްޤީޤު ރިޕޯޓުގައު ފާހަގަކޮށްފައީ ނުވާހިނދު، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބިނާކޮށްފައިވަނީ 14 އެޕްރީލް 2019 ގައިދީފައިވާ އިންޒާރުގެ މައްޗަށެވެ. ކުރިންވެސް އިޝާރާތްކޮށްފައިވާ ފަދައިން މި އިންޒާރަކްއަންހެން މުވައްޒަފަކާމެދު ބޭއަދަބީ ޢަމަލެއް conduct) (inappropriate މުޙައްމަދު މަޙްމޫދުހިންގާފައިވާކަމުގެ ޝަކުވާއެކެވެ. އ އިންޒާރުގައިވަނީ އެފަދަ ޢަމަލެއް ތަކުރާރުވެއްޖެނަމަ (further incidents of this nature) މުޙައްމަދު މަޙްމޫދުއާމެދު ހަރުކަށި އާޞިލޙ ފިޔަވަޅުތައް އެޅޭނެކަމުގައެވެ.
75މ އިންޒާރަށް ބަރޯސާވެ މުޙައްމަދު މަޙްމޫދުގެ މައްޗަށް ފިޔަވަޅެއް އަޅާނަމަ، ފުރަތަމަ ކަމެއްގެ ގޮތުގައި މުޙައްމަދު މަޙްމޫދުގެ ފަރާތުން އަންހެން މުވައްޒަފަކާމެދު ބޭއަދަބީ ޢަމަލެއް ހިނގާފައިވާކަން ސާބިތުވާންވާނެއެވެ. ނުވަތެޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގި ޤާނޫނުގައިވާ ގޮތުގެ މަތާނ ޖިންސް ފުރައްސާރައިގެ ޢަމަލެއް ނުވަތަ ޖިންސީ ގޯނާގެ ޢަމަލެއް މުޙައްމަދު މަޙްމޫދުގ މައްޗަށް ސާބިތުވާންވާނެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަކީ، ވިލާ އެއަރގެ ފަރާތުން ކޮށްފައިވާ ތަޙޤީޤަށ، އެކަން ސާބިތުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިނުވާކަމެވެ. އަދި އެ ރިޕޯޓަށް ނަޒަރުކުރާއިރު، އެކަން ދަލާލާތުކޮށްދޭ ބިނާއެއްވެސް ނެތްކަމެވެ.
76މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ބުނެ އެކަން ތަކުރާރުވުމުގެ މައްޗަށް ވަޒީފާއިން ވަކިކުރުން ބިނާކުރާނަމަ،އެކަމާ ގުޅާ ސަބަބުތައް އަންގައި އެކަމާ ގުޅޭ ގޮތުނ ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، އެކަންކަން އާޞުލްޙިކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން އަންގައި، އެކަން އާ ޞުލިޙްކުރުމަށް މުހުލަތެއްދީ، އެކަން އާ ޞުލްޙުނުކޮށްފިނަމަ ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން މުވައްޒަފަށް އަންގަންވާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
7701 ޖަނަވަރީ 2023 ގައް މުޙައްމަދު މަޙްމޫދުގެ މައްޗަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން، އެކަން ތަޙުޤީޤުކޮށް، މުޙައްމަދު މަޙްމޫދުގެ މައްޗަށް ބޭއަދަބީ ޢަމަލެއް ނުވަތަ ޖިންސީ ގޯނާގެ ޢަމަލެއް ނުވަތަ ޖިންސީ ފުރައްސާރައިގެ ޢަމަލެއް ސާބިތުވާކަން އެ ތަޙްޤީޤުން އެނގެންނެތްހިނދު، މުޙައްމަދ މަޙްމޫދުއަށ 14 އެޕްރީލް 2019 ގެ އިންޒާރަށް ބިނާކޮށް، އެ އިންޒާރުގައިވާ ކަންކަން ތަކުރާރުވެފައިވާކަމަށް ބަލައި، މުޙައްމަދު މަޙްމޫދުއާމެދު ފިޔަވަޅެއް އެޅޭނެކަމަކަށް އަހުރެނ ނުދެކެމެވެ.
78މި ސަބަބަށްޓަކައި، މުޙައްމަދު މަޙްމޫދު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައވާކަމަށީބުރަނުވެވޭކަމަށް ވަޒުފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވަނީ މި ކޯޓުގެ ނަންބަރ 2011/HC-A/134 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާއާ ޚިލާފަށް ކަމުގައި ނުދެކެމެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމި ނިންމުމަކީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯ
79މ އިސްތިއުނާފި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ބަޔާންކިށް، އިސްތިއުނާފުރައްދުވ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 06 )ހައެއް( މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2019/SC-A/27 ޢަލީ ވަޙީދު ވ. ދައުލަތް )މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ( އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 އަސްފާޤު ވަޙީދު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ކަމުގައެވެ.
80ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައި ސާބިތުވާނަމަ، އެ ފަރާތަކަށް ލިބިދެވިދާނ 03 )ތިނެއް( ބާވަތެއްގެ ޙައްލެއް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ:
1. އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުނަ؛ ނުވަތަ
2. މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުނަ ؛ ނުވަތަ
3. ބަދަލު ދިނުން، މިއެވެ.
81ޕްރިސިޑެންސް 10އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުނ ނުވަތް އެނޫންވެސް އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމެވެ.މިކަން ކަނޑައެޅުމުގައިވަޒީފާއިނުވަކިކުރެވުނ ޙާލަތަށާއި، ވަޒީފާއިން ވަކިކުރުމަށް މެދުވެރިވީ މުވައްޒަފު ކުޅަ ޢަމަލެއްގެ ސަބަބުންކަމަށްވާނަމ، އެކަމުގައި އޭނާ ބައިވެރިވި މިންވަރަށް ރިޢާޔަތްކުރަންވާނެކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ށ( ގައި ބަޔްންކުރެއެވެ.މިކަންކަމުގެ އިތުރުން އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކު ވަޒީފާއަށް ރުޖޫއަކުރުމަށިނުވަތަ އެނޫންވެސް އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް ކަނޑައެޅޭނެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބަލައި، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށްއަލުނިރުޖޫއަކުރުމަށްހުރަސް އަޅާ ޙާލަތެއް ވުޖޫދުގައީވާކަނ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކްޢަމަލީގޮތުނ ކުރެވެން އޮތް ކަމެއކަމުގެ މައްޗަށ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު(ގެ 29 ވަނަ މާއްދާގަ )ށ( ގައި މިފަދައިން ބަޔާންކުރާއިރު، މިއީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ދެވިދާނެ އެންމެ އަސާސީ ހައްލުކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކެނޑައަޅާފައިވެއެވެ. މިގޮތުން ސުޕްރީމް ކޯޓުގ ނަންބަރު 2014/SC-A/27 )އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް( ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން( ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/36 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު( ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/67 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. މުޙައްމަދު ޢަބްދުﷲ( ޤަޟިއްޔާ ފާހަގަކުރަމެވެ. ރިޢާޔަތްކުރުމަށްފަހު، އިސްތިސްނާ ޙާލަތެއް ނުވަތަ ވަޒީފާ ދިނުމަށް ހުރަސް އަޅާ ޙާލަތެއް ނެތްނަމައެވެ.
82ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ ) (3 ވަނަ ނަންބަރްގައި ބަޔާންކޮށްފައިވާފަދ ބަދަލު ދިނުމުގައި ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ރިޢާޔަތްކުރެވިދާނެ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/27 ޢަލީ ވަޙީދު ވ. ދައުލަތް) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ( ޤަޟިއްޔާގައި ކަނޑައަޅައި އިސްތިޤްރާރުވެފައިވެއެވެ.
1. މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް؛
2. ވަޒީފާގައި ހޭދަކުރި މުއްދަތު؛
3. މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އަދި އިނާޔަތް؛
4. ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް؛
5. ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ އުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތ؛
6. ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ހިއްސާއެއް ނުވަތަ އިހުމާލެއް އޮވެގެންތޯ؛ މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/02-A-2015/HC )ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިސްމާޢިލް ޢަބްދުﷲ އަދި އިތުރު ފަރާތްތައް( ޤަޟިއްޔާގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 37,38A/36,-2018/SC )ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް( ޤަޟިއްޔާއިން އިސްތިއުނާފުކުރެވި، ދިވެހިރާއްޖޭގެ ހައިކޯޓުން އިޖުރާއީ އަދުލުވެރިކަމ ގުޅާ ގޮތުނ ނިންމި ނިންމުމަށް ތާއިދުކޮށްފައިވެއެވެ. މި އުޞޫލުވަނީ އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/22 )ޙސައިނު ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/75 )ޢަބްދުﷲ ޖާމިޢު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/67 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ( ޤަޟިއްޔާއާއި، އަދި ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/44 )ސަންލޭންޑ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު( ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި ތަޠުބީޤުކުރައްވައި، އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގައި ބެލުނު އެތަކެއް މައްސަލަތަކުގައި، މިންގނޑެއްގ ގޮތުގައެ ބޭނުންކުރެވިފައިވެއެވެ.
7. ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ، މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެނ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ؛
8. ވަޒީފާއަށް ރުޖޫއަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫއަކުރުމަކީ އަސާސީ ޙައްލުކަމާއ އަދި އެ ފަރާތަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްޤު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ؛
9. ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޯނުންކުރީތީވެކަން ސާބިތުވާހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ؛ މިއެވެ.
83މ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުނި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައނ ވާކަން ބަޔާންކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ރ( ގެ ދަށުން ބަދަލެއް ކަނޑައަޅާފައިވެއެވެ.
84އިސްވެ ބަޔާނކޮށްފައިވް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުނ ބަދަލު ކަނޑައެޅުމުގައި ސާފު މިންވަރެއް ކަނޑައެޅިފައެއްނުވެއެވެ. މަތީ މަރުޙަލާގެ ނިންމުންތަކަށް ބަލާއިރުވެސް، މައްސަލައިގެ ޙާލަތަށް ބަލައި މިންވަރު ތަފާތުކަން އެނގެއެވެ. މިސާލަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 )ސަންލޭންޑ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު( ޤަޟިއްޔާގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތ 4 މަސްދުވަހަށްވާ މުސާރައާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ 2 މަސްދުވަހަށްވާ ފައިސާއާއިއެކު ޖުމްލަ 6 މަސްދުވަހަށްވާ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާއިރު، ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/36,37,38 )ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް( ޤަޟިއްޔާގައި،ނޯޓިސްގެ މުއްދަތަށް ދީފައިވާ ފައިސާއާއި ރިޑަންޑްންސީ ޕޭމަންޓްގެ ގޮތުގައި ދީފައިވާ ފައިސާއަކީ އެކަށީގެންވާ ބަދަލެއް ކަމުގައި ކަނޑައަޅާފުއިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން( ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު
85ވަޒީފާއާބެހް ކޮންމެ މައްސަލައަކީވެސް ތަފާތުވާޤިއާތަކުގެ މައްޗަށް އަދި ތަފާތު ޙާލަތުތައް މެދުވެރިވެގެނ ހުށަހެޅް މައްސަލަތައް ކަމުގައިވާއިރު، އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭއިރު، ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އުފުލޭ ދަޢުވާތޭކުގައި، ބަދަލުގެ ގޮތުގައްވަޒީފާއާބެހެޓްރައިބިއުނަލުން އަދި ކޯޓުތަކުން ކަނޑައަޅާ ޢަދަދުތަކަކީ މި ބާވަތުގެ އެންމެހާ މައްސަލަތަކަށް ތަޠުބީޤުކުރެވިދާނެ އެއް ގޮތް ހަމައެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ފަދަ ޢާންމު އުޞޫލެއްކަމުގައި ނުދެކެމެވެ.
86މ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިނީބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/44 ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއުޤަޟިއްޔާއަށްކަންވަޒީފާއާބެހެޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.މި މައްސަލައަށް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުނުކުރެވޭނ ސަބަބެއިމި އިސްތިއުނާފުގައި ވިލާ އެއަރއަށް އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިވާކަމުގައ ނުދެކެމެވެ.
87މިކަންކަމަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިއިރު، މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ބަދަލެއްގެ ގޮތުގައި 06 )ހައެއް( 2019/SC-A/36 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު( ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލުގެ ގޮތުގައި 5 މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ. ދިވެހިރުއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/06 )މެގަ ގްލޯބަލް އެއަރ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ވ. )ނަން އުނިކުރެވިފައި( ޤަޟިއްޔާގައި ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރަކީ 01 )އެކެއް( އަހަރުގެ މުސަރައާއި އިނާޔަތްތައް ކަމުގައި ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/12 )އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ( ޤަޟިއްޔާގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަނިޤއިމުކޮށްފައިނުވާތީ ބަދަލެއްގެ ގޮތުގައި 06 )ހައެއް( މަސްދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާ ލިބިދިނުމަކީ އަދުލުވެރި ބަދަލެއްކަމުގައި ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/36 )އަޙްމަދ ރަޝީދު ވ. ވިލާ އެޑިއެކޭޝަނަލ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި، ބަދަލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ 09 )ނުވައެއް( މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކޮށްފައިވާ ޙުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/39 )ދިވެހި ދައުލަތް )މޯލްޑިވްސ ނޭޝަނަލް ޑިފެންސް ފޯސް( ވ. އަޙްމަދު ޙަސަން( ޤަޟިއްޔާގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތުގެ ނިސްބަރުނ
03 )ތިނެއް( މަސްދުވަހުގެ މުސާރައާއި އިނާޔަތާ އެއްވވަރުގެ އަދަދެއް ލިބިދިނުމަށް ކަނޑައަޅާފައިވެއެވެ. މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ، ބަދަލު ނަގައިދިނުމއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމުގައި ނުދެކެމެވެ. އަދ ވަޒީފާއާބެހް ޓްރައިބިއުނަލްގެ އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރ ފަރާތަށް ހުށަހެޅިފައިވާކަމުގައި އަހުރެން ނުދެކެމެވެ.
88އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 60/VTR/2023 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ވިލާ އެއަރގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލައިގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
89ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
90ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
91މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19، 21 (ހ)، 23، 27، 29 (ހ)(3)، (ށ)، (ރ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 2، 7، 17، 19، 22، 38 (ހ) ވަނަ މާއްދާތައް
- ILO Termination of Employment Convention 1982 (No. 158) ގެ 9 ވަނަ މާއްދާގެ (2)(a)
- 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ވ. އަޙްމަދު މުޙައްމަދު)
- 2021/HC-A/323 (ފިއުލް ސަޕްލައިސް މޯލްޑިވްސް ވ. އަޙްމަދު އަސްލަމް)
- 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް)
- 2010/HC-A/24 (ރީތި ރަށް ރިސޯޓް ވ. ޢަލީ މުޢާޒު)
- ހައިކޯޓުގެ 2015 ވަނަ އަހަރުގެ ޤަޟިއްޔާ (ނަންބަރު ސާފުނޫން؛ ކްރައުން ކޮމްޕެނީ ވ. އިސްމާޢީލް ޢަބްދުﷲ)
- 2013/SC-A/03 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ރިމާޙް)
- 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް)
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އަސްފާޤު ވަޙީދު)
- 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ވ. ފާޠިމަތު މަލީޙާ ޖަމާލް)
- 2014/SC-A/08 (ސިވިލް ސަރވިސް ކޮމިޝަން ވ. އަޙުމަދު ވާޞިފް)
- 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2019/SC-A/67 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. މުޙައްމަދު ޢަބްދުﷲ)
- 2018/SC-A/36,37,38 (ކްރައުން ކޮމްޕެނީ ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް)
- 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2019/SC-A/75 (ޢަބްދުﷲ ޖާމިޢު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ވ. އަންޖަލީން މޭރީ ނާޒިއު)
- 2017/SC-A/06 (މެގަ ގްލޯބަލް އެއަރ ސަރވިސަސް ވ. ނަން އުނިކުރެވިފައި)
- 2018/SC-A/12 (އާމިނަތު ޢަރޫޝާ ވ. މިލަދޫ ކައުންސިލްގެ އިދާރާ)
- 2022/SC-A/36 (އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް)
- 2024/SC-A/39 (ދިވެހި ދައުލަތް (އެމް.އެން.ޑީ.އެފް) ވ. އަޙްމަދު ޙަސަން)
- Muzaffar Syah Mallow, 'Sexual Harassment at the Workplace and the Issue of Corroboration Evidence' [2020] 1 ILJA ii
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް