ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/140
ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އަލީ ތަމީމް، 2021/HC-A/140
Reinboa Construction Private Limited v. Alee Thameem 2021/HC-A/140 (2021/HC-A/140, High Court of the Maldives, 17 October 2024)
ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އަލީ ތަމީމް
މައިގަނޑު ސުވާލު
ސަބަބު އަންގައި ނުލައި ގާތްގަނޑަކަށް އެއް މަސްދުވަހު ވަޒީފާއަށް ހާޟިރުނުވިކަމަށް ބުނެ ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ޞައްޙަތޯ؛ އަދި ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް، ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމުމަކީ 2018/SC-A/49 ގެ އުޞޫލާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލަންޖެހެއެވެ؛ މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރުން ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށް ބިނާވުމެވެ؛ އަދި ވަކިކުރި ސަބަބު އެކަށީގެންވާ ސަބަބެއްކަން މަދަނީ މައްސަލަތަކުގެ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-22)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭނީ ސަބަބެއް އޮވެގެން، ޚާއްޞަކޮށް ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ވެފައިވާނަމައެވެ؛ އެއީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ޢަމަލެއް، އެބަހީ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، ދެފަރާތުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީ ގޮތުން ޚިލާފުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ހުއްދައާއި ނުލައި ސަބަބު ނާންގައި ވަޒީފާއަށް ހާޟިރުނުވުމަކީ އާންމު ޙާލަތުގައި ނޯޓިސް ނުދީ ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް (2013/HC-A/77) ނަމަވެސް، ހާޟިރުނުވީ ވަކިކުރުމުގެ ބާރު ލިބިފައިވާ އެޗް.އާރު މެނޭޖަރު ވަޒީފާއިން ވަކިކުރިކަމަށް މުޙާތަބުކުރުމުން ކަމަށާއި، މުވައްޒަފަކީ ވަކިކުރެވިފައިވާ މީހެއްކަމަށް އެކަށީގެންވާ ހަމައަކުން ޤަބޫލުކުރެވޭ ޙާލަތެއްގައި، އެ އާންމު އުޞޫލު އެގޮތަށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-34)
- ވަޒީފާއަށް ހާޟިރުނުވާ ސަބަބު ހޯދުމަށް ފޯނުން ގުޅުމަށް މަސައްކަތްކުރިކަމަށް ބުނާ ހެކިބަހަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށް، ސިޓީ، އީމެއިލް ނުވަތަ މެސެޖެއް މެދުވެރިކޮށް އޮޅުންފިލުވާފައި ނުވާކަމަށް ނިންމާފައިވާނަމަ، ހެކިތައް މަދަނީ މިންގަނޑުން ވަޒަންކޮށް ނިންމި އެ ނިންމުމަކީ ހެކިބަހަށް ރިޢާޔަތްނުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-39)
- އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރެވިއްޖެނަމަ ވަޒީފާއާބެހޭ ޤާނޫނުގެ 29 (ހ) ގެ ދަށުން ލިބޭ އެންމެ އަސާސީ ޙައްލަކީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމެވެ؛ ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކުގެ ތެރޭގައި އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް އިތުބާރު ގެއްލުން ހިމެނޭ ނަމަވެސް، ވަކިކުރުމުގެ ސަބަބަކަށް ނުވާ، ވަކިކުރިކަމުގެ ލިޔުމުގައި ނުހިމެނޭ، ފިޔަވަޅެއްވެސް ނާޅާ ކަމަކަށް ބިނާކޮށް އިތުބާރު ގެއްލިކަމަށް ބުނުމަކީ އަސާސެއް ނެތް ބުނުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-48)
- ވަޒީފާއަށް ރުޖޫޢަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމުގައި، ވަކިކުރުމަށްފަހު އެހެން ވަޒީފާއަކުން ލިބުނު އުޖޫރަ އުނިކޮށް ނަގައިދިނުމަކީ މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވޭ އުޞޫލާ އެއްގޮތް ގޮތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50-51)
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)، 27 ވަނަ މާއްދާ، 29 ވަނަ މާއްދާގެ (ހ) (1) އަދި (ށ)
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ) (އިސްތިއުނާފުގެ މުއްދަތު)
- ސުޕްރީމް ކޯޓު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓު 2017/SC-A/44
- ސުޕްރީމް ކޯޓު 2019/SC-A/23
- ސުޕްރީމް ކޯޓު 2017/SC-A/14
- ހައިކޯޓު 2013/HC-A/77
- ހައިކޯޓު 2010/HC-A/237
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް