ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/318
ސައިފުﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-A/318
Saifuﷲ Saeed v. Prosecutor General 2025/HC-A/318 (2025/HC-A/318, High Court of the Maldives, 16 July 2026)
ސައިފުﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާގައި މަސްތުވާތަކެތި ތަހުލީލުކުރި ހެކިވެރިޔާއަށް ދިފާޢުން ކުރި ބައެއް ސުވާލުތަކުގެ ޖަވާބު ނުދެވުމުން އެ ހެކިވެރިޔާގެ ހެކިބަހަށް ޚަބީރެއްގެ ދަރަޖަ ދީ ބުރަދަން ދިނުމަކީ ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، އަދި ތަންފީޛުކުރަންޖެހޭ ޖަލު އަދަބުން ބަންދުގައި ހޭދަކުރި މުއްދަތު ރަނގަޅަށް އުނިކޮށްފައިވޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ކުށް ސާބިތުވުން ޤާއިމް، ތަންފީޛުކުރަންޖެހޭ ޖަލު އަދަބު 19 އަހަރާއި 9 މަހާއި 11 ދުވަހަށް ބަދަލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ހެކިބަސް ވަޒަންކުރަންވާނީ މުޅި ހެކިބަހަށް ބަލައިގެންނެވެ؛ ހެކިބަހުގެ ވަކި ތަންތަންކޮޅު ނަގައި، ހެކިވެރިޔާ ދެންހުރި ކަންކަމާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ނުބަލައި ރިޢާޔަތްކުރުމަކީ ފަނޑިޔާރަކު ހެކި ވަޒަންކުރަންޖެހޭ ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ވަކި ސުވާލަކަށް ހެކިވެރިޔާ "ހަނދާނެއްނެތް" ކަމަށް ބުނުމަކީ އެކަމާ ގުޅިގެން ހެކިވެރިޔާ ދައްކާފައިވާ އެހެން ހުރިހާ ވާހަކައެއް ނަފީކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_s_office_v_khuzaimathu_naeem_2021_SC_A_87/"><bdi class="salj-latin" dir="ltr">2021/SC-A/87</bdi></a> ޤަޟިއްޔާގެ އުޞޫލު)
- މަސްތުވާތަކެތި ތަހުލީލުކުރި ޚަބީރަށް މެޝިނާ ގުޅޭ ބައެއް ޓެކްނިކަލް ސުވާލުތަކަށް ވަގުތުން ޖަވާބު ނުދެވުމަކީ ތަހުލީލުގެ އިޖުރާއަތާ ގުޅޭ ހެކިބަހުން ސާބިތުވާ ޙަޤީޤަތްތައް ނަފީކުރާ ނުވަތަ މަސްތުވާތަކެތީގެ ބަރުދަނަށް އަސަރުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ސުޕްރީމް ކޯޓުގެ 2019/SC-A/93 (ޠަލްޢަތު މުޙައްމަދު) ޤަޟިއްޔާގައި ހެކިބަހަށް ޚަބީރުގެ ހެކިބަހުގެ ދަރަޖަ ނުދީފައިވަނީ ތަހުލީލު ރިޕޯޓާ ސީދާ ޚިލާފު ހެކިބަސް ދިނުން ފަދަ އަސާސީ ފުށުއެރުންތައް ހުރުމުންނެވެ؛ އެފަދަ ފުށުއެރުމެއް ނެތް މައްސަލައަކަށް އެ އުޞޫލު ތަޠުބީޤު ނުކުރެވޭނެއެވެ. އަދި ދަށުކޯޓުން ޚަބީރުގެ ތަޢުލީމާއި ތަޖުރިބާ ވަޒަންކޮށްފައިވާނަމަ، ހެއްކާބެހޭ ޤާނޫނުގެ 122 (ށ) (2) ގެ ޝަރުތު ފުރިހަމަނުވާކަމަށް ބެލެވޭނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
- ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައިނުވާ މައްސަލައެއްގައި ކަނޑައެޅުނު އުޞޫލު (2020/HC-A/24)، އެ ފަރާތުގެ ހެކިބަސް ޝަރީޢަތުގައި ނަގާފައިވާ މައްސަލައަކަށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ތަންފީޛުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން، ޙުކުމްކުރުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތް ބަންދުގައި (ގޭބަންދު ހިމެނޭގޮތަށް) ހޭދަކުރި މުޅި މުއްދަތު ފުރިހަމައަށް ރިޢާޔަތްކޮށް އުނިކުރަންވާނެއެވެ؛ އެކަން ނުކޮށްފައިވާނަމަ ޙުކުމުގެ އެބައި ބަދަލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 17C/20-rC/658 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލ.ގަން، ތުނޑި. އަމްސާޕެލަސް، ސައިފުﷲ ސަޢީދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
2ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލ.ގަން، ތުނޑި. އަމްސާޕެލަސް، ސައިފުﷲ ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 658/Cr-C/2017 ޤަޟިއްޔާގައި ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރިއެވެ.
3މި ދައުވާ ކޮށްފައިވަނީ ސައިފުﷲ ސަޢީދު 20 މޭ 2017 ވަނަ ދުވަހުގެ 20:19 ހާއިރު، މާލެ، […] މުޙައްމަދު ރާއިފް ޚާލިދު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާ ޙަވާލުވާން ދާފަރާތެއ ހޯދުމަށް މާލެ، […] ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ސައިފުﷲ ސަޢީދު މާލެ، […] ގެ ކައިރިއަށް ގޮސް މުޙައްމަދު ރާއިފް ޚާލިދުގެ އަތުން ޕާރުސަލްއެއ ހިފައިގެން ދާން އުޅުން ވަގުތު މީނާ ފުލުހުންގެ، ބެލުމުގދަށަށެ . ދރއ ކާޑު ނަންބަރު: […] . މި ދައުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ނެވެ. ގެންގޮސް، މީނާގެ ހަށިގަނޑު ބަލާފާސްކުރިއިރު މީނާ ލައިގެންހުރި ސޯޓުގެ ކުރިމަތީ ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅުގައި 19.3495 ގްރާމް ކެނަބިސް ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ ކަމަށް ބަޔާންކޮށެވެ.
4ކްރިމިނަލް ކޯޓުން ޙުކުމްކުރީ އެ ދައުވާ ސާބިތުވާކަމަށެވެ. އެގޮތުން އެކޯޓުން ކުރި ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. ކްރިމިނަލް ކޯޓުގެ ޙުކުމް "ދެންފަހެ، ދައުލަތުން، ލ.ގަން، ތުނޑި/ އަމްސާޕެލަސް، ސައިފުﷲ ސަޢީދުގެ މައްޗަށް ކުޅަ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާއަށް ސައިފުﷲ ސަޢީދު އިންކާރުކުރުމުން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤާރީނާއިން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް މި ކުށް ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ލ.ގަން، ތުނޑި/ އަމްސާޕެލަސް، ސައިފުﷲ ސަޢީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތނު ޤާނޫން ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ލ.ގަން، ތުނޑި/ އަމްސާޕެލަސް، ސައިފުﷲ ސަޢީދު 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -100000/ (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދު (25 ޑިސެންބަރު 2023) އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ލ.ގަން، ތުނޑި/ އަމްސާޕެލަސް ސައިފުﷲ ސަޢީދުއަށް އަންގައި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، ލ.ގަން، ތުނޑި/ އަމްސާޕެލަސް ސައިފުﷲ ސަޢީދުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޒު ކުރަންޖެހޭ އަދަބަކީ 24 (ސައުވީސް) އަހަރާއި، 10 (ދިހައެއް) މަހާއި، 06 (ހައެއް) ދުވަސް ކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
5ކްރިމިނަލް ކޯޓުގެ ނަންބަރު 658/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ސައިފުﷲ ސަޢީދގު ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 658/Cr-C/2017 ޤަޟިއްޔާ ނިންމުމުގައި ކުށުގެ އެންމެހައި ރުކުންތައް ފުރިހަމަވާކަމަށް ކަނޑައަޅާފައިވަނީ، މަސްތުވާތަކެތި ތަޙްލީލުކުރި ޚަބީރުގެ ހެކިބަހުގައި އެކަށީގެންވާ ޝައްކު އުފެދިފައިވަނިކޮށް ކަމަށްވާތީ މިއީ، ޤާނޫނު ނަންބަރު 2220/11 (ހެއްކާބެހޭ ޤާނޫނު)ގެ 122 ވަނަ މާއްދާ އާއި، ޚަބީރުންގެ ހެކިބަސް ބަލައިގަނެ ބުރަދަން ދިނުމުގައި ފަނޑިޔާރުން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/93 ޤަޟިއްޔާ އާއި، މަތީ މަރުހަލާގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ އުޞޫލަށާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ނިންމުމެއާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 658/Cr-C/2017 ޤަޟިއްޔާގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޛުކުރަންޖެހޭ އަދަބަކީ 24 (ސައުވީސް) އަހަރާއި، 10 (ދިހައެއް) މަހާއި 06 (ހައެއް) ދުވަސް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވަނީ މައްސަލައިގެ ވާޤިއާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތި އަދި އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ހުރި މުއްދަތު ކަށަވަރުކުރުމެއް ނެތި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތު ޤާނޫނު)ގެ 186 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކައިގެ ޚުލާސާ
6އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
1.6. އިސްތިއުނާފުކުރާ ސައިފުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުނުއިރު ދިފާއުނ ކުރް މުހިންމު ސުވާލުތަކެއްގެ ޖަވާބު އެ ހެކިވެރިޔާ އަށް ދެވިފައި ނުވާކަމަށެވެ. އެގޮތުން މަސްތުވާކަތީގެ ބަރުދަން ބަލާފައިވާ ދަޅުގެ މެޓީރިއަލް އަކީ ކޮން މެޓީރިއަލްއެއްކަނ ބުނެދޭން ނޭނގުން ކަމަށާއި، ސާމްޕަލް ނެގުމަށް ބޭނުން ކޮށްފައިވަނީ ސީދާ ކޮން މެޓީރިއަލްއެއްގެ އެއްޗެއްކަންވެސ ބުނެދޭން ނޭނގުނުކަމަށެވެ. މި މައްސަލައިގައި މިދެކެވެނީ 6 ގްރާމްގެ ތަފާތެއްގެ ސަބަބުން މައްސަލައިގައި އިސްތިއުނާފުކުރާ ސައިފުﷲ ސަޢީދުއަށް އޮތު ޤާނޫނީ މަންފާއެއްގެ ވާހަކަ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ބަރުދަން 14 ގްރާމަށްވުރެ ދަށް ވެއްޖެނަމަ ފަރުވާގެ ފުރުސަތު ލިބެން އޮންނަ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޓްރެފިކިންގެ މިންގަނޑަށް ވާސިލުވެފައިވަނީ 6 ގްރާމްގެ ތަފާތަކުން ކަމުގައި ވާއިރު، އިސްވެ ފާހަގަކުރެވުނު ފަދައިން ސާމްޕަލް އަޅާފައިވާ ދަޅުގެ މެޓީރިއަލް އާއި އެ ދަޅުގެ ބަރުމިނާއި، ސާމްޕަލް ނެގުމަށް ބޭނުންކޮށްފައިވަނީ ކޮން އެއްޗެއްކަން ބުނެދޭން ނޭނގުނުއިރު، އެ ތަކެތީގައި އިމްޕިއުރިޓީސް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އަސާސީ މިފަދަ ކަންކަން ބުނެދޭން ނޭނގިފައިވާތީ އެ ހެކިވެރިޔާގެ ބަހަކީ ޚަބީރެއްގެ ހެކިބަހުގެ ދަރަޖައިން ދަރަޖަކުރެވޭނެ ހެކިބަހެއް ނޫންކަމަށެވެ.
2.6. ކަންމިހެން އޮތް އިރު، ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާގެ (ށ) ގައި ވާ ޝަރުތު އެ ހެކިވެރިޔާގެ ކިބައިގައި ފުރިހަމަވާކަމަށް ނުބެލޭނެކަމަށެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2019/SC-A/93) ޤަޟިއްޔާގައި، ޚަބީރެއްގެ ހައިސިއްޔަތުން ހާޟިރުވެ ހެކިބަސްދިން ފަރާތުގެ ހެކިބަސް ޚަބީރެއްގެ ހެކިބަހެއްގެ ގޮތުގައި ބަލައިނުގަތުމަށް ކަނޑައަޅާފައިވާ ހަމަތަކަށް ބެލުމުން ސާފުވާކަމަށެވެ. މީގެ އިތުރުން ޖިނާއީ މައްސަލަ ސާބިތުކުރަންވާނީ ފަނޑިޔާރު ހެކިތައް ވަޒަންކުރުމަށްފަހު ޔަޤީނާ ގާތަށް އިޤްތިނާއު ވެވިގެނ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ އާއި ޢަބްދުއްލަޠީފް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2015/SC-A/03,04) ޤަޟިއްޔާ ހިމެނޭހެން ގިނަ ޤަޟިއްޔާތަކެއްގައ ކަނޑައަޅާފައި ވާކަމަށެވެ.
7ދައުލަތުގެ ޖަވާބު
1.7. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ދަށުކޯޓުގައި ދިން ހެކިބަހަށް ބަލާއިރު، އެ ރިޕޯޓަކީ އެތައް އަހަރެއް ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށާއި އެހެންކަމުން ހެކިވެރިޔާ އަށް ޖަވާބުދެވިފައިނުވަނީ އިތުރު އެއްޗެއް ނުބަލައި ޖަވާބުނުދެވޭނެ ބާވަތުގެ ތަހުލީލުކުރި މެޝިން ގުޅާ ވަރަށް ޓެކްނިކަލް ސުވާލުތަތަކަށް އެކަނި ކަމަށެވެ. އެފަދަ ސުވާލުތަކަށް ޖަވާބުދިނުމުގައި ރިޢާޔަތްކުރާނެ މައުލޫމާތެއް ނެތި އެ މައުލޫމަތު ބުނެދިނުމަކީ ދަތި ކަމެއް ކަމަށެވެ. މި ނޫން އެހެން އަސާސީ ސުވާލުތަކަށް ހެކިވެރިޔާ ޖަވާބުދީފައިވާ ކަމަށެވެ. އެގޮތުން ތަހުލީލުކުރުމުގ ގޮތުނެ އެތަކެތި ކިރުމަށް analytical balance އެއް ބޭނުން ކުރާ ކަމަށާއި، zero calculation ގައި ކިރާފައިވާ ކަމާއި އެކަން ކުރީ ސީދާ ހެކިވެރިޔާ ކަމަށް ބުނެ ހެކިބަސް ދީފައިވާކަމަށެވެ. މީގެ އިތުރުން އެ surface ގައި އެއްވެސް އެއްޗެއް ނުޖެހޭކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި، މެޝިނަށް ލާ އެއްޗެއް ފިޔަވައި އިތުރު އެއްޗެއް introduce ވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ހެކިވެރިޔާ ބުނެފައިވާކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ބޭނުންކޮށްފައިވަނީ މެޓަލް އެއްޗެއްކަމާއި، ބޭނުންކުރާ މެޓަލ ސާފުނުކޮށް ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ހެކިބަސް ދީފައިވާކަމަށެވެ. ހަމައެހެންމެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ގޮތާ ޚިލާފަށް، ދަޅުގެ މެޓީރިއަލް އަކީ ޕްލާސްޓިކް ކަމާއި، ދަޅުގެ ބަރުދަނާއި މިން ބަލާފައިވާނީ ކަމަށެ ހެކިވެރިޔާ ހެކިބަސް ދީފައިވާކަމަށެވެ. ހަމައެހެންމެ elute process އާ ހަމައަށް ވާސިލުވުމާ ހަމައަށް އިޖުރާއަތު ހިންގާ ގޮތް ހެކިވެރިޔާ ތަފްސީލުކޮށް ބުނެދީފައިވާކަމަށެވެ. އަދި ހެކިވެރިޔާ ޢަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިންސްޓްރަކްޝަނާ އެއްގޮތަށް ކަމަށް ހެކިބަސް ދީފައިވާކަމަށެވެ.
2.7. މީގެ އިތުރުން ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު މި ނުކުތާގައި ސައިފުﷲ ސަޢީދުގެ ފަރާތުން ފާހަގަކުރާއިރު، ޚަބީރުގެ ތައުލީމާއި ތަޖުރިބާއ ގުޅިގެނާ ދަށުކޯޓުގައި ސައިފުﷲ ސަޢީދުގެ ފަރާތުން އެއްވެސް ސުވާލެއް އުފައްދާފައި ނުވާކަމަށެވެ. ދަށުކޯޓުން އެ ޚަބީރުގެ ހެކިބަހަށް ބުރަދަން ދިނުމުގެ ކުރިން ޚަބީރުގެ ތައުލީމާއި ތަޖުރިބާއަށް ބަލާފައިވާކަމަށެވެ.
3.7. ހަމައެހެންމެ، ޚަބީރަށް ބައެއް ސުވާލުތަކުގެ ޖަވާބު ނުދެވުނު ނަމަވެސް މަސްތުވާތަކެތީގެ ބަރުދަނަށް ބަދަލު އަންނާނެފަދަ ސުވާލަކަށް ޚަބީރުގެ ޖަވާބު ނުލިބި ނެތް ކަމަށެވެ.
4.7. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2020/HC-A/24) ޤަޟިއްޔާ އަކީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައިނުވާ މައްސަލައެއް ކަމަށެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ބިނާވީ އެކަމުގެ މައްޗަށް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެ ފަރާތުގެ ބަސް ޝަރީޢަތުގައި ނެގިފއިވާތ އެއީ މި މައްސަލައަށް ތަޠުބީޤުކުރެވަ މައްސަލައެއް ނޫން ކަމަށެވެ.
5.7. މީގެ އިތުރުން މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2019/SC-A/93) ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި ބަޔާންކުރާ އުސޫލުން ޚަބީރުގެ ތައުލީމާއި ތަޖުރިބާ ދަށުކޯޓުން ވަޒަންކޮށްފައިވާ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އެގޮތުން ދަށުކޯޓުގެ ރިޕޯޓުގެ 11 ވަނަ ނުކުތާއިން 16 ވަނަ ނުކުތާއަށް ބެލުމުން މިކަން އެނގޭ ކަމަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކައިގެ ޚުލާސަ
8އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
1.8. އިސްތިއުނާފުކުރާ ސައިފުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށުކޯޓުން ޙުކުމް ކޮށް އަދަބު ކަނޑައެޅިއިރު، ސައިފުﷲ ސަޢީދު ބަންދުގައިހުރި މުއްދަތު އުނިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. ސައިފުﷲ ސަޢީދު ގޭބަންދުގައިވެސ ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން 20 މޭ 2017 ދުވަހު މި މައްސަލައިގެ ތުހުމަތުގައި ސައިފުﷲ ސަޢީދު ހައްޔަރުކުރުމަށްފަހު، ޝަރީޢަތް ނިމެންދެން ބަންދުކޮށް، އެ ބަންދު ގޭ ބަންދަށް ބަދަލުކޮށް 7 އޮގަސްޓު 2022 އާ ހަމައަށް ހުރީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން އަދަބުގެ މުއްދަތުން ސައިފުﷲ ސަޢީދު ބަންދުގައި ހުރި 1905 (އެއްހާސް ނުވަސަތޭކަ ފަހެއް) ދުވަސް (5 އަހަރާއި 2 މަހާއި 18 ދުވަސް) އުނިކުރަންޖެހޭ ކަމަށެވެ. ކަން މިހެން އޮތްއިރު، ތަންފީޛްކުރަންޖެހޭ ޖަލު އަދަބުން އެ މުއްދަތު އުނިކުރަންޖެހޭ އިރު ދަށުކޯޓުން އެކަން ކޮށްފައިނުވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. . އިސްތިއުނާފު ފޯމުގައި މި ތާރީޚް ބަޔާންކޮށްފައިވަނީ 22 ނޮވެންބަރު 2019 ކަމަށެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން މައުލޫމާތު ސާފުކޮށް އެ މައުލޫމާތަށ ބިނާކޮށް މި ތާރީޚަކީ 7 އޮގަސްޓު 2022 ކަމަށް ސައިފު ﷲ ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
9ދައުލަތުގެ ޖަވާބު
1.9. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތާ ދެބަސްވުމެއް ނެތް ކަމަށެވެ. އެގޮތުން 20 މޭ 2017 ދުވަހު މި މައްސަލައިގެ ތުހުމަތުގައި ސައިފުﷲ ސަޢީދު ހައްޔަރުކުރުމަށްފަހު، ޝަރީޢަތް ނިމެންދެން ބަންދުކޮށް، އެ ބަންދު ގޭ ބަންދަށް ބަދަލުކޮށް 7 އޮގަސްޓު 2022 އާ ހަމައަށް ހުރީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ތަންފީޛްކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން ސައިފުﷲ ސަޢީދު ބަންދުގައި ހުރި 1905 (އެއްހާސް ނުވަސަތޭކަ ފަހެއް) ދުވަސް (5 އަހަރާއި 2 މަހާއި 18 ދުވަސް) އުނިކރަންޖެހު ކަމަށެވެ.
10އިސްތިއުނާފުކުރާ ސައިފުﷲ ސަޢީދުގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އެ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށުކޯޓުގެ ޙުކުމް ބާޠިލްކުރާނެ ހާލަތެއް ނެތް ކަމަށް ކަނޑައަޅާނަމަ، ދައުލަތުންވެސް އެއްބަސްވެފައިވާ ފަދައިން ތަންފީޛްކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން ސައިފުﷲ ސަޢީދު ބަންދުގައި ހުރި 1905 (އެއްހާސް ނުވަސަތޭކަ ފަހެއް) ދުވަސް (5 އަހަރާއި 2 މަހާއި 18 ދުވަސް) އުނިކޮށްދީ އެގޮތުގެ މަތިން ޙުކުމްކޮށްދިނުމަށެވެ. . ޖަވާބު ފޯމުގައި މި ތާރީޚް ބަޔާންކޮށްފައިވަނީ 22 ނޮވެންބަރު 2019 ކަމަށެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން މައުލޫމާތު ސާފުކޮށް އެ މައުލޫމާތަށ ބިނާކޮށް މި ތާރީޚަކީ 7 އޮގަސްޓު 2022 ކަމަށް ދައުލަތުންވެސް ފާހަގަކޮށްފައިވެއެވެ.
11އިސްތިއުނާފުރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ނަމަވެސް، ތަންފީޛްކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން ސައިފުﷲ ސަޢީދު ބަންދުގައި ހުރި 1905 (އެއްހާސް ނުވަސަތޭކަ ފަހެއް) ދުވަސް (5 އަހަރާއި 2 މަހާއި 18 ދުވަސް) އުނިކޮށްދ މައްސަލީ ނިންމައިދިނުމަށެވެ. ޝަރީޢަތުން ރިޢާޔަތްކުރިގޮތް މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރިފަރާ ތަށް ޚަބީރެއްގެ ދަރަޖަ ދިނުމާބެހޭ ނުކުތާ
12މި މައްސަލައިގައި ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާފަރާތުން ފާހަގަކޮށްފައިވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރިފަރާތަށް މުހިންމު ސުވާލުތަކެއްގެ ޖަވާބު ދަށުކޯޓުގައި ދެވިފައި ނުވި ނަމަވެސް، އެ ފަރާތަށް ޚަބީރެއްގެ ދަރަޖަ ދީ އެ ހެކިބަހަށް ރިޢާޔަތްކޮށް އަދި އެފަރާތުން ތަހުލީލު ރިޕޯޓުގައި ބަޔާންކުރި މަސްތުވާތަކެތީގެ ބަރުދަނަށް ރިޢާޔަތްކޮށް މައްސަލަ ސާބިތުވާކަމަށް ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2019/SC-A/93) ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި ބަޔާންކުރާ އުސޫލުން ޚަބީރުގެ ތައުލީމާއި ތަޖުރިބާ ވަޒަންކުރުމެއްނެތި ކަމަށެވެ.
13މ ނުކުތާގައި ދެފަރާތުން މައިގަނޑުގޮތެއްގައި ބަޔާންކުރި ކަންކަން އިސްވެ ފާހަގަކުރެވުނު ނުކުތާތަގައި ތަފްސީލުކޮށްފައި އެވަނީއެވެ. އެގޮތުން އެ ވާހަކަތަކަށް ބަލާއިރު މައިގަނޑުގޮތެއްގައި ޚަބީރުގެ credibility އާމެދު ސައިފުﷲ ސަޢީދުގެ ފަރާތުން ސުވާލު އުފައްދާފައިވަނީ މަސްތުވާތަކެތި އަޅާފައިވާ ދަޅާއި ސާމްޕަލް ދަޅުގެ މެޓީރިއަލް އާއި ބަރުދަން ހެކިވެރިޔާއަށް ބުނެދޭން ނޭނގުނު ކަމުގެ މައްޗަށާއި، ސާމްޕަލް ނެގުމަށް ބޭނުންކުރި އެއްޗެއް އަދި އެ އެއްޗެއްގެ މެޓީރިއަލް ހެކިވެރިޔއާށ ބުނެދޭން ނޭނގުން ކަމަށު ބުން އެކަމުގެ މައްޗަށެވެ. ދައުލަތުން ފާހަގަކޮށްފައިވަނީ މި ކަންކަން ހެކިވެރިޔާ ސާފުކޮށްދީފައިވާ ކަމަށެވެ.
14ދަށުކޯޓުގައި އެ ހެކިވެރިޔާ (މުޙައްމަދު އިނާސް ޢަބްދުއްލަޠީފް) ދިން ހެކިބަހަށް ބެލިއިރު، އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާ މައިގަނޑު ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.14. ހެކިވެރިޔާ ޢަމަލުކޮށްފައިވަނީ ވޯކް އިންސްޓްރަކްޝަނާ އެއްގޮތަށް ކަމަށާއި، "frame by frame rate" އަށް ހަނދނ ނެތް ކަމަށާއި، 5 އަހަރު ކުރިން ކުރި މަސައްކަތެއް ކަމަށްވާތީ ސީދާ އެދުވަހު ކަންކުރިގޮތ ހަނދާން ނެތް ނަމަވެސް ކަން ކުރް ވޯކް އިންސްޓްރަކްޝަނާ އެއްގޮތަށް ކަމަށާއި، ވޯކް އިންސްޓްރަކްޝަން ލެބޯރަޓަރީގައ ލިޔެވިފައި ހުންނާނެ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
2.14. ކިރުމުގައި ބޭނުންކުރަނީ Analytical balance އެއް ކަމަށާއި، zero calculation އަށް ގެނެސް ކިރާ ކަމަށާއި، ބެލެންސް އަށް ލާ އެއްޗެއް ނޫން އެހެން އެއްޗެއް introduce ވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
3.14. ސާމްޕަލްގެ ކޮންޓެއިނަރާއި އެވިޑެންސް ކޮންޓެއިނަ ރުގެ މެޓީރިއަލްއ ގުޅިގެނާ ދިފާއުނ ކުރް ސުވާލު "...ބޭނުން ކުރެއްވި ސާމްޕަލް ކޮންޓެއިނަރ އާއި މި ދޭތީގެ މެޓީރިއަލް އަކީ ކޮބައިތޯ؟" ގެ ޖަވާބުގައި "މެޓީރިއަލް އަކީ އަޅުގަނޑު ހަނދާނެއްނެތް. ނަމަވެސް އާންމުގޮތެއްގައި ހުންނާނީ ޕްލާސްޓިކް. އެހެންވީމާ ޕްލާސްޓިކް އަޅުގަނޑުމެން މިކަމަށް އަނެކަތި ކުރެވެނީ. ޔަޤީން ކުރެވެނީ މީގައި" މިފަދައިން ބުނުމުން ދިފާއުން "ލަފާތޯ؟ ޔަޤީންތޯ ؟" ކުރެވުނު ސުވާލުގެ ޖަވާބުގައި "ޔަޤީން" މިފަދައިން ހެކިވެރިޔާ ޖަވާބުދީފައިވެއެވެ. . މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ގެ ހެކިބަސް (މަހުޟަރު ސަފުހާ 66،67، ރިޕޯޓުގެ ސްކޭން ސަފުހާ 143،144(
4.14. ސާމްޕަލްގެ ކޮންޓެއިނަރާއި އެވިޑެންސް ކޮންޓެއިނރަ measure ކުރުމާގުޅޭގޮތުން ދިފާއުން ކުރި ސުވާލު "ކިހިނެއްތޯ މެޝަރ ކުރަނީ؟ ކާކުތޯ އެ މަސައްކަތް ކުރަން؟" ގެ ޖަވާބުގައި "އަޅުގަނޑު އެނަލިސްޓް... ބަލަން އޭގެ ހައިޓްސ އަކް ކިހާވަރެއްކަން ދޭތިން. ދޭތިދޭތި ޖައްސާފައި... ޑައިމީޓަރ ޗެކެއް ނުކުރަން. ނަމަވެސް އޭގެ measurement ހުރީ ކިހާވަރެއްކަން ހަމަ ދޭތިދޭތި ޖައްސާފައި އަޅުގަނޑު ބަލަން" މިފަދައިން ބުނެ ޖަވާބުދީފައިވެއެވެ.
5.14. ސާމްޕަލް ނެގުމަށް ބޭނުންކުރާ ވަސީލަތާ ގުޅޭގޮތުން ދިފާއުން ކުރި ސުވާލު "ބޭނުންކުރައްވަނީ ކޮން ވަސީލަތެއްތޯ؟ " ގެ ޖަވާބުގައި "ސްޕެޓިއުލާ ވެސް ހުންނާނެ. ދެން އަދި އަނެއްކަހަލަ އެއެއްޗެއް ރިއެކްޓް ނުވާ ކަހަލަ އާދައިގެ ކަރުދާސްކޮޅަކުންވެސް ނެގިދާނެ. އެ ސާމްޕަލްއަށް ރިއެކްޓް ނުވާ. ނަމަވެސް މި މައްސަލާގައި އަޅުގަނޑު ކެނަބިސް ކަމަށްވާތީވެ ފުދޭވަރަކަށ އެހެން އެއްޗެއްސަކަށް ރިއެކްޓް ވުމުގެ ކަން އިންނާތީ އަޅުގަނޑު ބޭނުންކުރަނީ މެޓަލް ހުންނަ އެއްޗެއް" މިފަދައިން ބުނެފައިވެއެވެ. އެ ޖަވާބާ ގުޅުވާ ދިފާއުން ކުރި ސުވާލު "މ މައްސަލައިގައި ބޭނުންކުރެއްވި އެއްޗެއް ހަނދުމަފުޅު އެބަހުރިތޯ؟ އެއީ އަނެއްކާވެސް ވިދާޅުވެއްޖެ 5 އަހަރުދުވަސް ހޭދަވެފައިވތީވެ" ގެ ޖަވާބުގައި "ހަނދާނެއްނެތް" މިފަދައިން ބުނުމުން ދިފާއުން އިތުރަށް ކުރި ސުވާލުތަކުތެރެއިން "ބޭނުންކުރައްވާ މެޓަލް އާލާތްތައް. އެ އާލާތްތައް ހުންނަނީ ކިހިނެއްތޯ؟ ކޮން ތަނެއްގަތޯ؟ " މި ސުވާލުގެ ޖަވާބުގައި "އެ އެއްޗެހި ހުންނާނީ ސާފުކުރެވިފައި. ކޮންޓަމިނޭޝަން ފްރީކޮށް ހުންނާނީ" މިފަދައިން ހެކިވެރިޔާ ޖަވާބުދީފައިވެއެވެ.
6.14. ތަހުލީލުކުރުމަށް ބޭނުންކުރެވޭ ތަކެތި ސާފުކުރ ގޮތާ ގުޅޭގޮތުން ދިފާއުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެމުން "އެ ސޯލްވަންޓަކީ އާންމުކޮށް ކުރާނީ މެތަނޯލް އިން...އޭގެ ހުންނަ އެއްވެސް ކަހަލަ ކޮންޓެމިނެންޓްތައް ރިމޫވް ކުރާނެ" މިފަދައިން ހެކިވެރިޔާ ބުނެފައިވެއެވެ. މި ޖަވާބާ ވިއްދާ ދިފާއުން ކުރި ސުވާލު "މ ހާދިސާގައި ބޭނުންކުރެއްވީ މެޓަލ އެއްޗެއްކަން ތިވިދާޅުވިހެން ޔަޤީންކަމާއެކު ވިދާޅުވާކަށް ނޭނގެއޭ. އެހެންވީމާ ސާފުކުރެއްވި ގޮތްވެސް ޔަޤީންކަމާއެކު ވިދާޅުވާން ނޭނގޭ ކަމަށް އަޅުގަނޑަށް ހަމަ ދެންނެވިދާނެތޯ" ގެ ޖަވާބުގައި "ނުބުނެވޭނެ. އަޅުގަނޑު ކޮންމެ އެއްޗެއް ސާފުކުރީ ހަމަ މެތަނޯލް އިން. އެ އިންނަ ރިއެކްޓ ނުވް ކަހަލަ އެއްޗެއް ސާފުކޮށްފައި އޮންނާނީ މެތަނޯލް އިން. ލެބޯޓްރީގައި އާންމުކޮށް ބޭނުންކުރާނީ. އެހެންވީމާ އެއިން ސާފުކޮށްފައި ހުންނާނީ." މިފަދައިން ބުނެފައިވެއެވެ. އަދި ދިފާއުނ އިތުރަށް މިކނަ ސާފުކުރުމަށް ސުވާލުކުރުމުން "ސާފުނުކޮށް ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށް ބުނެ ޖަވާބުދީފައިވެއެވެ.
7.14. އެލިއުޓް (Elute) އާ ގުޅިގެން ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި އެ ދިވެހި ބަހުން ބުނަން ނޭނގޭ ކަމަށާއި އެއީ technical term އެއް ކަމަށާއި generic term އިން ބުނާނަމަ ކިޔާނީ ކީކޭތޯ ދިފާއުނ ސުވާލުކުރުމުން ނޭނގޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އެއީ "ގިރުންތޯ" ކުރެވުނު ސުވާލު ޖެވާބުގައި އެވެސް ނޭނގޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މި ޖަވާބާ ވިއްދާ ދިފާއުން ކުރި ސުވާލު "އެހެންވީމާ އެއޮންނަ އުސޫލުން އެކަން ދާނީ ދެއްތ؟" ގެ ޖަވާބުގައި "އާދެ" މިފަދައިން ބުނެ ހެކިވެރިޔާ ޖަވާބުދީފައިވެއެވެ.
15އިސްތިއުނާފުކުރާ ސައިފުﷲ ސަޢީދުގެ ފަރާތު ނ ހެކިވެރިޔާއަށް ޚަބީރުގެ ދަރަޖަ ނުދެވޭނެ ކަމަށް ފާހަގަކޮށް މައިގަނޑު ގޮތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަ ކޮށްފައިވަނީ ކުރިންވެސް ފާހަގަކުރެވުނު ފަދައިން މަސްތުވާތަކެތީގެ ބަރުދަން ގުޅިގެނާ ކުރެވުން ސުވާލުތަކާ ގުޅިގެން ހެކިވެރިޔާ ދީފައިވާ ޖަވާބުތައް ސާފުނޫންކަމަށް ބުނެއެވެ. އެގޮތުން މަސްތުވާތަކެތި ހުރި ދަޅާއި ސާމްޕަލް ދަޅު އެއީ އެއް މެޓީރިއަލްއެއްކަން ކަށަވަރުކޮށްފައިނުވާކަމަށް ސައިފުﷲ ސަޢީދުގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރިއެވެ. އަދި ސާމްޕަލް ނެގުމަށް ބޭނުންކުރީ ކޮން ވަސީލަތެއްކަނ ހެކިވެރިޔާއަށް ބުނެދޭން ނޭނގުނުކަން ސައިފުﷲ ސަޢީދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކުރިއެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތި ތަހުލީލުކުރެވުނު އިރު contaminate ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.
16ޕްރިސިޑެންސް 1ސައިފުﷲ ސަޢީދގު ފަރާތުން ފާހަގަކުރާ ގޮތަށް މިސާލަކަށް ސާމްޕަލްގެ ކޮންޓެއިނަރާއި އެވިޑެންސް ކޮންޓެއިނަރުގެ މެޓީރިއަލްއ ގުޅިގެނާ ދިފާއުނ ކުރް ސުވާލު "...ބޭނުން ކުރެއްވި ސާމްޕަލް ކޮންޓެއިނަރ އާއި މި ދޭތީގެ މެޓީރިއަލް އަކީ ކޮބައިތޯ؟" ގެ ޖަވާބުގައި "މެޓީރިއަލް އަކް އަޅުގަނޑު ހަނދާނެއްނެތް... އާންމުގޮތެއްގައި ހުންނާނީ ޕްލާސްޓިކް." މިފަދައިން ބުނެފައިވާ ބުނުމަށް ނުވަތަ ސާމްޕަލް ނެގުމަށް ބޭނުންކުރާ ވަސީލަތް ގުޅިގެނާ ދިފާއުން ކުރި ސުވާލު "މ މައްސަލައިގައި ބޭނުންކުރެއްވި އެއްޗެއް ހަނދުމަފުޅު އެބަހުރިތޯ؟ އެއީ އަނެއްކާވެސް ވިދާޅުވެއްޖެ 5 އަހަރުދުވަސް ހޭދަވެފައިވާތީވެ" ގެ ޖަވާބުގައި "ހަނދާނެއްނެތް" މިފަދައިން ބުނެފައިވާ ބުނުމުނަށް ވަކިން ރިޢާޔަތްކުރާނަމަ، ހެކިވެރިޔާގެ ބަހުން އެކަންކަން ކަށަވަރުނުވާކަމަށް ބެލެވިދާނެއެވެ. ނަމަވެސް މިއީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ވަޒަންކުރަންޖެހޭ ގޮތެއް ނޫނެވެ. ހެކިބަހުގެ ވަކި ތަންތަންކޮޅު ނަގައި، ހެކިބަސް އަދާކުރި ވަކި ކަމކަ ގުޅޭގޮތުން ހެކިވެރިޔާ ފާހަގަކޮށްފައިވާ ދެންހުރި ކަން ކަމަށް ނުބަލައި ރިޢާޔަތްކުރަންވެއްޖެނަމަ، މުޅި ހެކިބަހުގެ އަސްލު މަންޒަރު ނުފެންނާނެއެވެ.
17ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް މައްސަލައަށް ބެލުމުން މިކަން އިތުރަށް ސާފުވެއެވެ. އެ މައްސަލައަކީވެސް މި މައްސަލައިގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތގު ހެކިބަސް ނެގިފައިވާ މައްސަލައެއްގެ އިސްތިއުނާފެކެވެ. އެ މައްސަލައިގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި ބަޔާންކުރާ ޖުމްލަ އަދަދު ގެނެވިފައިވާ ގޮތް ސާފުކޮށް އެއްގޮތަކަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/87 ޤަޟިއްޔާ މަސްތުވާތަކެތި ތަހުލީލުކުރާ ފަރާތުން ބުނެދީފައި އޮންނަ އޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ބޭނުމަށް ފުދޭ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ވަކި ސުވާލަކަށް "ލައްބަ" އޭ ބުނުމަކީ އޭގެ ކުރިން ހެކިވެރިޔާ ދައްކާފައިވާ ވާހަކަ ނަފީވާ ކަމެއް ނޫން ކަމަށެވެ. މި އުސޫލު މި މައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، ހަމައެކަނި ވަކި ސުވާލަކަށް "ހަނދާނެއްނެތް" ކަމަށް ހެކިވެރިޔާ ބުނެފައިވާ ބުނުމަކީ ހެކިވެރިޔާ އެކަމަކާގުޅިގެން ދައްކާފައިވާ އެހެން ހުރިހާ ވާހަކައެއް ނަފީކުރާ ކަމެއް ނޫނެވެ.
18ޕްރިސިޑެންސް 3މ މައްސަލައިގައި މަސްތުވާތަކެތި ހުރި ކޮންޓެއިނަރާއި ސާމްޕަލް ކޮންޓެއިނަރގެ މެޓީރިއަލް އަކީ ޕްލާސްޓިކް ކަމަށް "ޔަޤީން" ކޮށް ހެކިވެރިޔާ ބުނެފައިވެއެވެ. މީގެ އިތުރުން ކެނެބިސް ނެގުމަށް ބޭނުންކުރަނީ "މެޓަލް" ކަމަށް ޔަޤީން ކަމާއެކު ހެކިވެރިޔާ ހެކިބަސް ދީފައިވެއެވެ. އަދި އެފަދައިން ބޭނުންކުރެވޭ ތަކެތި ސާފުކުރަނީ އަބަދުވެސް މެތަނޯލ އިން ކަމާއި، ސާފުނުކޮށް ހުރުމުގެ ފުރުސަތެއް ނެތް ކަމަށް އެވަނީ ހެކިބަސް އަދާކޮށްފައެވެ. ހަމައެހެންމެ މަސްތުވާތަކެތި ތަހުލީލުކުރުމުގައި އިޖުރާއަތު ހިންގާ ގޮތް ތަފްސީލުކޮށް ހެކިވެރިޔު އެވަނީ ޝަރީޢަތުގައި ހެކިބަސް އަދާކުރަމުން ކިޔައިދީފައެވެ. މެޝިން ގުޅިގެނާ ކުރެވުން ޓެކްނިކަލް ބައެއް ސުވާލުތަކަށް ވަގުތުން ޖަވާބު ނުދެވުމަކީ އިސްވެ ފާހަގަކުރެވުނު ޙަޤީޤަތްތައް ނަފީކުރުވާ، ނުވަތަ މަސްތުވާތަކެތީގެ ބަރުދަނަށް އަސަރުކުރާފަދަ ކަންކަން ކަމުގައި ނުދެކެމެވެ.
19ޕްރިސިޑެންސް 4ދަށުކޯޓުގެ ރިޕޯޓާއި ބަޔާންތަކަށް ބެލިއިރު، މި ހެކިވެރިޔާގެ ތައުލީމާއި ތަޖުރިބާއަކީ ދިފާއުން ސުވާލު އުފެއްދި ކަމެއް ނޫނެވެ. ނަމަވެސް މިއީ ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރުތުހަމަވާ ހެކިބަހެއް ނޫންކަމުގެ މައްޗަށް ދިފާއުން ވާހަކަދައްކާފައިވެއެވެ. އެ ސުވާލު ދިފާއުން އުފައްދަނީ ހެކިވެރިޔާއަށް ދަށުކޯޓުގައި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބުނުދެވުނ ކަމަށު ބުން އެކަމުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2019/SC-A/93) . ޚުލާސާ ބަޔާން (މަޙްޟަރު ސަފްހާ 11,12 ސްކޭން ސަފްހާ 227، 228( ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި ބަޔާންކުރާ އުސޫލުން ޚަބީރުގެ ތައުލީމާއި ތަޖުރިބާ ދަށުކޯޓުން ވަޒަންކޮށްފައިވާކަމަށް ނުބެލެވޭނެ ކަމަށް ސައިފުﷲ ސަޢީދގު ފަރާތުން ފާހަގަކުރިނަމަވެސް، ދަށުކޯޓުގެ ރިޕޯޓުގެ 11 ވަނަ ނުކުތާއިން 16 ވަނަ ނުކުތާއަށް ހުރި ކަންކަމަށް ބަލާއިރު ދަށުކޯޓުން އެކަންކަން ވަޒަންކޮށްފައިވާކަން އެނގެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2019/SC-A/93) ޤަޟިއްޔާގައި ހެކިވެރިޔާ ދިން ހެކިބަހަކީ ޚަބީރެއްގެ ހެކިބަސް ކަމުގައި ބަލާފައިނުވަނ އަސާސީ ގިނަ ފުށުއެރުންތަކެއް ހެކިބަހުގައި ހުރުމުން ކަން އެ ޤަޟިއްޔާއަށެ ބެލުމުން ސާފުވެއެވެ. މިސާލަކަށް ތަހުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތ ސީދާ ޚިލާފަށާ ހެކިބަސް ދީފައިވުމާއި، ހެކިވެރިޔާ ޢަމަލުކޮށްފައިވަނީ ޚަބީރެއްގެ ހައިސިއްޔަތަށްވުރެ ބޮޑަށް އެހެން މީހަކު ދީފައިވާ ލަފަޔަކަށ ކަމަށް ބެލެވޭނެ ސަބަބުތައް ހިމެނެއެވެ. މި މައްސަލައިގައި އެފަދަ ފުށުއެރުމެއް ނެތެވެ. އެހެންކަމުން އެ މައްސަލައިގައި ބަޔާންކުރާ ޚަބީރުގެ ހެކިބަސް ބަލައިނުގަތުމުގެ އުސޫލު އެ މޭރުމުން މި މައްސަލައަށް ތަޠުބީޤުކުރެވިދާނެ ޤާނޫނީ ހަމައެއް ނެތެވެ.
20މީގެ އިތުރުން މި މައްސަލައިގައި ހެކިވެރިޔާއަށް ދިފާއުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުނުދެވުނު ކަމަށް ބަލައި ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 122 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ "ޚަބީރަކީ އޭނާގެ ޒާތުގައި ވަކި ތަޢުލީމެއ ނުވަތް ތަމްރީނެއް ނުވަތަ ތަޖުރިބާއެއްގެ ދާއިރާއެއްގައި އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ހުރި މީހެއް ކަމަށް ޤަބޫލުކުރެވެން އޮތުމާއި، އެފަދަ ތަޢުލީމާއި ތަޖުރިބާ ހުރުމުގެ ސަބަބުން އެ ރައުޔު ކޯޓަށް ދެވޭ ފެންވަރުގެ މީހެއް ކަމަށް ޤަބޫލުކުރެވެން އޮތުން ؛" މި ޝަރުތު ފުރިހަމަނުވާ ފަރާތެއްކަމަށް ބެލެވިދާނެ ސަބަބެއްވެސް މި މައްސަލައިގައި ނެތެވެ.
21ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2020/HC-A/24) ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ކަމުގައި ސައިފުﷲ ސަޢީދުގެ ފަރާތުން ވަކާލާތު ކުރި ނަމަވެސް، އެ މައްސަލައަކީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައިނުވާ މައްސަލައަކަށްވާއިރު، މި މައްސަލައިގައި އެ ފަރާތުގެ ބަސް ޝަރީޢަތުގައި ނެގިފައިވާތީ އެ މައްސަލައިގައި ކަނޑައެޅުނު އުސޫލެއް މި މައްސަލައަށް އެ މޭރުމުން ތަޠުބީޤުކުރެވިދާނެ ކަމުގައި ނުދެކެމެވެ.
22އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ބިނާކޮށް، ދަށުކޯޓުން ކުށް ސާބިތުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައެޅިދާނެ ޤާނޫނީ ސަބަބެއް ނެތެވެ.
23މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ސައިފުﷲ ސަޢީދގު ފަރާތުން ފާހަގަކޮށްފައިވަނީ ސައިފުﷲ ސަޢީދު ތަންފީޛްކުރަންޖެހޭ ޖަލު އަދަބުން، ސައިފުﷲ ސަޢީދު ބަންދުގައި ހުރި މުއްދަތު ދަށުކޯޓުން އުނިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން ތަންފީޛްކުރަންޖެހޭ ޙުކުމުގެ ގޮތުގައި ދަށުކޯޓުން ކަނޑައަޅާފައިވަނީ މާ ގިނަ ދުވަސް ކަމަށެވެ.
24ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ހިނގަމުން ދިޔަ އިރު، ސައިފުﷲ ސަޢީދގު ބަންދާގުޅޭ މައުލޫމާތު ސައިފުﷲ ސަޢީދު އާއި ދައުލަތުންވެސް ކްރިމިނަލް ކޯޓުން ސާފުކޮށް އެ ލިޔުންތައް ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން އެ ލިޔެކިޔުންތަކަށް ބެލިއިރު، މި މައްސަލައިގެ ތުހުމަތުގައި 20 މޭ 2017 ގައި ސައިފުﷲ ސަޢީދު ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ދަމަހައްޓަމުންގޮސް، ޝަރީޢަތް ނިމެންދެން ސައިފުﷲ ސަޢީދު ބަންދުކޮށްފައިވެއެވެ. އޭގެ ފަހުން 12 އޮގަސްޓު 2018 ގައި ސައިފުﷲ ސަޢީދު ގޭ ބަންދަށް ބަލުކޮށްފައިވެއެވެ. ޝަރުތުތަކާއެކު ސައިފުﷲ ސަޢީދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ 7 އޮގަސްޓު 2022 ދުވަހުގައެވެ. މި ނުކުތާއާމެދު ދެފަރާތުގެ ޚިލާފެއް ނެތެވެ. . ސައިފުﷲ ސަޢީދުގެ ޤާނޫނީ ވަކީލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު L/2026/04-145 (3 މޭ 2026( ސިޓީ އާއި އެ ސިޓީއާއެކު އެއްކަރުދާސ ކޮށްފައިވް ކޯޓާ އަމުރުތައް އަދި ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު P/196/2026/139-145 (25 މާރިޗު 2026( ސިޓީ
25އެހެންކަމުން ދެފަރާތުންވެސް ފާހަގަކޮށްފައިވާ ފަދައިން، ސައިފުﷲ ސަޢީދގު ޖަލު އަދަބުގެ މުއްދަތުން ސައިފުﷲ ސަޢީދު ބަންދުގައި ހޭދަކުރި 1905 (އެއްހާސް ނުވަސަތޭކަ ފަހެއް) ދުވަސް (5 އަހަރާއި 2 މަހާއި 18 ދުވަސް) އުނިކުރަންޖެހޭކަން އެނގެއެވެ. ދަށުކޯޓުން ބަޔާންކޮށްފައިވާގޮތުން ސައިފުﷲ ސަޢީދގު ޖަލު އަދަބުން އުނިކުރަންޖެހެނީ 1 (އެކެއް) މަހާއި 29 (އޮނަތިރީސް) ދުވަހެވެ. މިގޮތަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ މި މައްސަލައިގައި ދަށުކޯޓުން ޙުކުމްކުރުމުގެ ކުރިން ސައިފުﷲ ސަޢީދު ބަންދުގައި ހުރި މުއްދަތަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ކަމުގައި ނުދެކެމެވެ. އެހެންކަމުން ދަށުކޯޓުގެ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހެއެވެ.
26އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 17C/20-rC/658 ޤަޟިއްޔާގެ ޙުކުމުގައި ސައިފުﷲ ސަޢީދު ތަންފީޛްކުރަންޖެހޭ ޖަލު އަދަބަކީ 24 (ސައުވީސް) އަހަރާއި، 10 (ދިހައެއް) މަހާއި، 06 ދުވަސް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، ސައިފުﷲ ސަޢީދު ތަންފީޛްކުރަންޖެހޭ ޖަލު އަދަބަކީ 19 (ނަވާރަ) އަހަރާއި 9 (ނުވައެއް) މަހާއި 11 (އެގާރަ) ދުވަސް ކަމަށް ކަނޑައަޅައި ނިންމަން ފެނެއެވެ.
27ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 122 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ސުޕްރީމް ކޯޓުގެ 2019/SC-A/93 (ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2021/SC-A/87 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް) ޤަޟިއްޔާ
- ހައިކޯޓުގެ 2020/HC-A/24 (އަޙްމަދު ޝާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ (ތަފާތުކުރި)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފާޠިމަތު ޝުވައިނާ، ޙައްވާ ނާހީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް