ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/481
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޝިނާޙް ޢާމިރު، 2019/HC-A/481
Prosecutor General v. Shinaah Aamir 2019/HC-A/481 (2019/HC-A/481, High Court of the Maldives, 12 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޝިނާޙް ޢާމިރު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ޝަރީޢަތުގައި އިޢުތިރާފުވެ މުޅި ޒިންމާ ނެގި އަނެއް ފަރާތުގެ މައްޗަށް ކުށް ސާބިތުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ.
ދެ މީހަކު ގެއެއްގެ 6 ވަނަ ފަންގިފިލާއަށް ވަދެ ރ. 170،000 އާއި 10،000 ބާތާއި ކެމެރާއެއް ވަގަށް ނެގިކަމުގެ ދަޢުވާ އުފުލިއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ތަޙްޤީޤުގައި ތަފްޞީލުކޮށް އިޢުތިރާފުވެ، ޝަރީޢަތުގައި އިންކާރުކުރިއެވެ.
ޕީޖީ ބުނީ ތަޙްޤީޤު އިޢުތިރާފާއި ރުޖޫޢަވުމާ ގުޅޭ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ (ޤާނޫނުއަސާސީގެ 143 (ރ))، އިޢުތިރާފަށް ބާރުލިބޭ ހެކި ލިބިފައިވާއިރު ދަޢުވާ ސާބިތުނުވާކަމަށް ނިންމީ 51 (އ) އާ ޚިލާފަށް ކަމަށެވެ. ރައްދުވާ ފަރާތުން ހައިކޯޓުގައި ބުނީ ތަކެތި ގަތީ ޓޫރިސްޓުން ފިހާރައަށް ގެންދިޔުމުން ލިބުނު ކޮމިޝަނުން ކަމަށާއި، ލުއި އަދަބަކަށް އެދުނެވެ.
މައިގަނޑު ސުވާލު
ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވެ ޝަރީޢަތުގައި އެ އިޢުތިރާފުން ރުޖޫޢަވި ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް، ތަޙްޤީޤު ބަޔާނަށް ބާރުލިބޭ އެހެން ހެކި ޤަރީނާއަށް ބަލައި ވައްކަމުގެ ދަޢުވާ ސާބިތުވޭތޯ؛ އަދި އެއް ތުހުމަތުކުރެވޭ ފަރާތަކުން ކުށުގެ މުޅި ޒިންމާ ނެގުމަކީ އަނެއް ފަރާތް ކުށުން ބަރީއަވާ ސަބަބެއްތޯ، އަދި އަދަބު ކަނޑައަޅަންވީ ކޮން ޤާނޫނެއްގެ ދަށުންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބަދަލުކޮށް ދަޢުވާ ސާބިތުކޮށް، 2 އަހަރު 4 މަސް 24 ދުވަހުގެ ޖަލު ޙުކުމް
އެކަކު ޒިންމާނެގުމުން އަނެކަކުގެ ހެކި ތަޤްޔީމުކުރުމުގެ ވާޖިބު ނުނިމޭކަމާއި، ތަނުގެ ސިފައާއި ފޯނާއި ކެމެރާ ފެނުމާއި ވީޑިއޯ އެނަލިސިސްއާއި ފިލަން މަސައްކަތްކުރުމާއި ގަތް ތަކެތީގެ އިންވޮއިސްތަކުން ތަޙްޤީޤު ބަޔާނަށް ބާރުލިބޭތީ ދަޢުވާ 51 (އ) ގެ މިންގަނޑުން ސާބިތުވާކަމަށް ކޯޓުން ނިންމިއެވެ. ޤާނޫނުއަސާސީގެ 59 (ހ) ގެ ދަށުން 9/2014 ގެ ލުއި އަދަބު ކުށުގެ ރެކޯޑަށް ދަރަޖަ މަތިކޮށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 143 (ރ) ގެ ދަށުން، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތައް ތަބާވާން ޖެހޭނެއެވެ. އެއީ ދުސްތޫރީ މަބްދައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން، ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފެއް ހެއްކެއްކަމުގައި ނުބެލެވޭނެއެވެ. ތަޙްޤީޤުގައިވާ އިޢުތިރާފެއްގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ތަޙްޤީޤު މަރުޙަލާގައި މަޖުބޫރުކަމެއް ނެތި ވެވޭ އިޢުތިރާފަށް ބާރުލިބޭ ގުޅިފައިވާ ހަރުދަނާ އެހެން ހެކި ޤަރީނާ ހުރެއްޖެނަމަ، އެ އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވިދާނެއެވެ. ޝަރީޢަތުން ބޭރުގައި ވި އިޢުތިރާފުން ޝަރީޢަތުގައި ރުޖޫޢަވެއްޖެނަމަ، ރުޖޫޢަވުމާއި އޭގެ ސަބަބުތައް ޝަރީޢަތުން ވަޒަންކޮށް ތަޤްޔީމުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-12، 15)
- ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ ކުށެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން އެކަކު ކުށުގެ މުޅި ޒިންމާ ނެގުމަކީ އަނެއް ފަރާތްތަކުގެ ކިބައިން ތުހުމަތު ނެތިދާނެ ކަމެއް ނޫނެވެ. އެ ޙާލަތުގައި ފަނޑިޔާރަށް ލާޒިމުވަނީ ދެން ހިމެނޭ ފަރާތްތަކުގެ މައްޗަށް ހުށަހެޅިފައިވާ ހެކި ޤަރީނާ ތަޤްޔީމުކޮށް ކުށް ސާބިތުވޭތޯ ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ތަޙްޤީޤު ބަޔާނުގައިވާ ތަފްޞީލުތަކާ (ތަނުގެ ސިފަ، ވަގަށްނެގި ފައިސާއިން ގަތް ތަކެތި، ފިލަން މަސައްކަތްކުރުން) ފުލުހުންގެ ހެކިބަހާއި ސީން އޮފް ކްރައިމް ރިޕޯޓާއި އިންވޮއިސްތަކާއި ވީޑިއޯ އެނަލިސިސް ފަދަ ހެކި ދިމާވާނަމަ، އެއީ އިޢުތިރާފަށް ބާރުލިބޭ ހަރުދަނާ ޤަރީނާއެވެ. އަދި ފައިސާ ހޯދި ގޮތުގެ ކުރިން ހާމަނުކުރާ އަލަށް ދައްކާ ވާހަކައަކަށް ބަރޯސާ ނުވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28)
- ޤާނޫނުއަސާސީގެ 59 (ހ) ގެ ދަށުން، ކުށްކުރުމާއި ޙުކުމްކުރުމާ ދެމެދު ޤާނޫނަށް ގެނައި ބަދަލަކުން ކުށުގެ އަދަބަށް ލުޔެއް ދީފައިވާނަމަ، ދޭންވާނީ ލުއި އަދަބެވެ. އެހެންކަމުން ކުރީގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރި ކުށެއްގެ އަދަބު ކަނޑައަޅަންވާނީ ޤާނޫނު ނަންބަރު 9/2014 ގެ ދަށުން، އެ ޤާނޫނުގެ ދަރަޖަކުރުމާއި 1002 ވަނަ މާއްދާގެ އަސާސީ މިންގަނޑާއި 1100 ވަނަ ބާބުގެ ކުށުގެ ރެކޯޑާ ގުޅޭ ދަރަޖަ މަތިކުރުމަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-34)
ތާއީދުކުރައްވައެވެ . މައްސަލައިގެ ޚުލާޞާ : 1- މިއީ، ކުރިމިނަލް ކޯޓު ގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] ޝިނާޙް ޢާމިރު އެވެ . މައްސަލައިގައި ކަން ހިނގާފައިވާގޮތް : 2- 2013 ޑިސެންބަރު 29ވަނަ ދުވަހުގެ ވަގުތެއްގައި، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީ އާއި، […] ޝިނާޙް ޢާމިރު، […] 06 ވަނަ ފަންގިފިލާއަށް ވަދެ އެ ފަންގިފިލާގައި ހުރި ކަބަޑެއްގައިހުރި -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އެ ކަބަޑުގައި ހުރި -/170000ރ. )އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އާއި، އެ ތަނުގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑުގެ ޑިޖިޓަލް ކެމެރާ )މޮޑެލް ނަންބަރު : ޑީ.އެސް .ސީ -ޑަބްލިޔު 520( ވަގަށްނަގާފައިވާތީ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ޗެޕްޓަރ 4 ގެ 131ވަނަ މާއްދާގެ )ހ( އާއި، 132ވަނަ މާއްދާ އާ އ، 136ވަނަ މާއްދާއާއި، 138ވަނަ މާއްދާގެ ދަށުން، ޝައްފާން ލުޠުފީއާއި ޝިނާޙް ޢާމިރުގެ މައްޗަށް ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަން ކުރުމުގެ ދަޢުވާ، 2015 ޑިސެންބަރު 13ވަނަ ދުވަހުގެ ތާރީޚުގައި އުފުލިއެވެ . 3- އެ މައްސަލަ ކުރިމިނަލް ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާއިންނެވެ . ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް : 4- ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ، ]ދެންފަހެ، ދައުލަތުން ތ. މަޑިފުށި / އެދު ރުގެ، ޝައްފާން ލުޠުފީއާއި، މާލެ ޢާމިރުގެ މައްޗަށް ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޝައްފާން ލުޠުފީއާއި ޝިނާޙް ޢާމިރު، 29 ޑިސެމްބަރު 2013 ވަނަ ދުވަހުގެ ވަގުތެއްގައި، […] 06 ވަނަ ފަންގިފިލާއަށް ވަދެ އެ ފަންގިފިލާގައި ހުރި ކަބަޑެއްގައިހުރި -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އެކަބަޑުގައި ހުރި -/170000ރ. )އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އާއި، އެތަނުގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑުގެ ޑިޖިޓަލް ކެމެރާ )މޮޑެލް ނަންބަރު : ޑީ .އެސް .ސީ -ޑަބްލިޔު 520( ވަގަށްނަގާފަ އިވާނޭކަމަށް ބުނެ ދައުލަތުން މި ދެމީހުންގެ މައްޗަށް ކޮށްފައިވާ މި ދަޢުވާއަށް ޝައްފާން ލުޠުފީ ޝަރީޢަތުގެ މަޖިލީހުގައި އިޢްތި ރާފުވެފައިވާތީ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ )ހ( އާއި، 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން، ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުން ޝައްފާން ލުޠުފީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ 211 ވަނަ މާއްދާގެ )ހ( އާއި، 210 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ )ހ( ގެ ދަށުން، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީ، 01 )އެކެއް ( އަހަރާއި، 07 )ހަތެއް ( މަހާއި، 06 ދުވަހަށް ޖަލަށްލުމަށާއި، މި ޤަޟިއްޔާގައި ދަޢުވާލިބޭ މާލެ ޝިނާޙް ޢާމިރު، ދަޢުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުތައް ކޮށްފައި ވާކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ މިންވަރަށް ޝަރީޢަތަށް ހެކިލިބިފައިނުވާތީއާ އ، އަދި ދަޢުވާގައި ބުނާ ވަގަށްނެގި ތަކެތީގެ ޒިންމާ ދަޢުވާލިބޭ ޝައްފާން ލުޠުފީ އަމިއްލައަށް ނަގާފައިވާތީ މާލެ ޢާމިރު ގެ މައްޗަށް ދައުލަތުން ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ[. އެ ޤަޟިއްޔާ ކުރިމިނަލް ކޯޓުން ނިންމަވާފައިވަނީ 14 ޖުލައި 2019 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން : 5- ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައިގައި ދައުލަތުން 2 )ދޭއް ( މީހެއްގެ މައްޗަށް، ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަން ކުރުމުގެ ދަޢުވާކޮށްފައިވެއެވެ . އެއީ، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީ އާއި، […] ޝިނާޙް ޢާމިރުގެ މައްޗަށެވެ . 6- ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ބުނެދިޔަ ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި، ދަޢުވާރައްދުވި އެއްފަރާތްކަމުގައިވާ […] / މާލެ، ޝިނާޙް ޢާމިރުގެ މައްޗަށް އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމެވެ . އެހެންކަމުން، އިސްތިއުނާފީ މިދަޢުވާގައި ހައިކޯޓުން ބަލާފައިވާނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި، […] / މާލެ، ޝިނާޙް ޢާމިރުގެ މައްޗަށް ނިންމި ނިންމުމެވެ .
1ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގެ ޙުކުމް .
2ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ […] ޝިނާޙް ޢާމިރގެ މައްޗަށް ދައުލަތުންކުޅަ ދަޢުވާގައި، ދަޢުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުތައް ކޮށްފައިވާކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ މިންވަރަށް ޝަރީޢަތަށް ހެކިލިބިފައިނުވާތީއާއި، އަދި ދަޢުވާގައި ބުނާ ވަގަށްނެގި ތަކެތީގެ ޒިންމާ ދަޢުވާލިބޭ ޝައްފާން ލުޠުފީ އަމިއްލައަށް ނަގާފައިވާތީ މާލެ ޢާމިރެގު މައްޗަށް ދައުލަތުން ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ އެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 7-ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި، ދަޢުވާލިބުނު […] / މާލެ، ޝިނާޙް ޢާމިރުގެ މައްޗަށް އެ ކޯޓުން ނިންމި ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުންއަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވ .
7.1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގައި މަތީ މަރު ޙަ ލާގެ ކޯޓު ތަކުން ނިންމާ ނިންމުމަށް ދަށު މަރުޙލާގަ ކޯޓުތަކުން ތަބާވާންޖެހޭނެކަމަށް ބޔަ ންކޮށްފައި އޮންނަ އޮތުމާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
7.2- ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާއިން، މާލެ، ޝިނާޙް ޢާމިރުގެ މައްޗަށް ދައުލަތުން ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ލިބިފައިވީނަމަވެސް، ދަޢުވާ ސާބިތުވާ މިންވަރަށް ހެކިލިބިފައި ނުވާކަމަށް ކަނޑައަޅައި މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 8- މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ޝައްފާން ލުޠުފީއާއި، ޝިނާޙް ޢާމިރު، 29 ޑިސެންބަރު 2013 ވަނަ ދުވަހުގެ ވަގުތެއްގައި، […] 06 ވަނަ ފަންގިފިލާއަށް ވަދެ އެފަންގިފިލާގައި ހުރި ކަބަޑެއްގައިހުރި -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އެކަބަޑުގައި ހުރި -/170000ރ. )އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އާއި، އެތަނުގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑުގެ ޑިޖިޓަލް ކެމެރާ )މޮޑެލް ނަންބަރު : ޑީ .އެސް .ސީ -ޑަ ބްލިޔު 520( ވަގަށްނަގާފައިވކަމަށާ ބުނެ މި ދެމީހުންގެ މައްޗަށް ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާގައި ޝިނާޙް ޢާމިރު، ދަޢުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުތައް، ކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ، މިންވަރަށް ޝަރީޢަތަށް ހެކިލިބިފައިވާތީ، މާލެ، ޝިނާޙް ޢާމިރު ގެ މައްޗަށް ދައުލަތުން ކުޅަ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ މި ދަޢުވާޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައިދނުމަށވެ . އިސްތިއުނާފީ ބ ޙޘާއި އެމައްޗަށްޝަރީޢަތުން ރްޢާޔަތްކުރކުރުނ: 9- މަތީ މަރުޙަލާގެ ކޯޓު ތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރު ޙަ ލާގެ ކޯޓުތަކުން ތަބާވާންޖެ ހޭނެއެވެ . އެއީ، ދުސްތޫރީ މަބްދައުއެކެވެ . ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވަނީ، ]މަތީ މަރޙު ލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާނެއެވެ [. މިފަދައިންނެވެ . 10- ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާ އިސްވެ ބުނެދިޔަ ދުސްތޫރީ މަބްދައުއާ ޙަ ވާލާދީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ތަޙްޤީޤުމަރުޙަލާގައި މުއްތހުމުގަ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތަށް، މުއްތަ ޙަމވާ އިޢުތިރާފާއި އަދި ޝަރީޢަތުގައި އެ އިޢުތިރާފުން ރުޖޫޢަވުމާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށެވެ . މަތީ މަރުޙަލާގެ ނިންމުންތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18 ޤަޟިއްޔާ އާއި،
3އާދަމް ޝަރީފް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/94 ޤަޟިއްޔާއާއި، ނަންބަރު 2012/HC-A/14 ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރ 2009/HC-A/274 ޤަޟިއްޔާ ފާހަގަކޮށްފައިވެއެވެ . 11- ބުނެވި ދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18 ޤަޟިއްޔާއާ ޙަވާލާދީ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ތަޙްޤީޤު މަރުޙަލާއެއްގައި މުއްތަހަމު މަޖުބޫރު ކަމެއް ނެތި ދޭ ބަޔާނެއްގައި، ކުށަކާމެދު ވާ އިޢުތިރާފަށް ބާރު ލިއްބައިދޭ ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ، ތަޙްޤީޤު މަރުޙަލާގައި ކުށް ކުރިކަމުގެ މައްޗަށް ވެވޭ އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާ އެއްގެ ގޮތުގައި ބަލައިގަނެވިދާނެކަމަށެވެ . 12- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/94 ޤަޟިއްޔާއާއި، ނަންބަރު 2012/HC-A/14 ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރު 2009/HC-A/274 ޤަޟިއްޔާއާ ޙަ ވާލާދީ ދައުލަތުން ފާހަގަކޮށްފައިވަނީ، ތޙްޤީޤަ މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި، އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާ ޤަރީނާތަކުގެ މައްޗަށް ބަލައި، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައިވާ މިންގަނޑު ން، އެ މީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެ މީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް ބާރުލިއްބައިދޭ ފަދަ ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެ މީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުކުރެވިދާނެކަމަ ށެވެ . އަދި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު މީހާ ކުށަށް އިޢުތިރާފުވުމަށް ފަހު ޝަރީޢަތުގެ މަޖިލީހުގައި އެއިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އިޢުތިރާފުން ރުޖޫޢަވުމާއި އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްޔީމު ކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށެވެ . 13- އިސްވެ ފާހަގަކުރި މަތީ މަރުޙަލާގެ ނިންމުންތަކަށް ރިޢާ ޔަތްކޮށް ދައުލަތުން ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާއިން، […] / މާލެ ޝިނާޙް ޢާމިރުގެ މައްޗަށް ދައުލަތުން ކުޅަ، ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވަނީ، ޖަމާޢަ ތްހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރި ކަމަށް ޝިނާޙް ޢާމިރު އިޢުތިރާފުވެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، އެ ބަޔާނަށް ބާރުލިއްބައިދޭ ނުވަތަ ގުޅުވާލެވޭ އެހެނިހެން ހަރުދަނާ ހެކި ޤަރީނާތަކުގެ މައްޗަށް ކަމުގައިވާތީ، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝިނާޙް ޢާމިރު ދަޢުވާއަށް އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންނަކީ ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައިވާ ކަންތައްތަކަކީ ތެދު ޙަޤީޤަތް ކަމަށް ބާރުލިބިދޭ އަދި އެ ބަޔާނާ ގުޅުވާލެވޭ ކަންތައްތަކެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންކަމަށް ވެފައި، ހެކިންގެ ހެކިބަހުން ޝިނާޙް ޢާމިރުގެ ތަޙްޤީޤު ބަޔާނާ ގުޅުވާލެވޭ ޤަރީނާތައް ލިބިފައިވާކަން އެނގެން އޮންނަކަމަށެވެ . ނަމަވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާ ނިންމިއިރު އެ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވުމަކީ، ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ތަޙްޤީޤް މަރުޙުލާގައި ކުށަށްއިޢުތިރާފުވެ ޝަރީޢަތުގެ މަރޙލާގައި އެ އިޢުތިރާފުން ރުޖޫޢަވުން : 14- ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެ ން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ . މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތުން ކޮށްގެންވާނޭ ކ ންކަމެ އ ނޫނެވެ . އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެއެވެ . މިއީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52ވަނަ މާއްދާގައި އިޢުތިރާފާއި އަދި ޤާނޫނާ ޚިލާފަށް ހޯދާ ހެއްކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތެވެ. އެހެންކަމުން، އަޞްލަކީ ތުމަތުކުރެވޭ ފަރާތް ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވެ ދޭބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ނޫންކަމެވެ . އަދި ތަޙްޤީޤު ގައިވާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ކުށް ސާބި ތުނުކުރެވޭނެކަމެވެ . 15- ތަޙްޤީޤު މަރުޙލާގައަ ކުށުގެ މައްޗަށް ވެވޭ އިޢުތިރާފަކީ ހެއް ކެއކަމުގައި ނުވިނަމަވެސް، އިސްވެ ބަޔާންކުރެވުނު ފަދައިން، ތަޙްޤީޤު މަރުޙަލާގައި މުއްތަހަމު މަޖުބޫރުކަމެއް ނެތި، އެ ފަރާތުގެ މައްޗަށް ތުހުމަތުކު ރ ވ ކުށަކާމެދު ވާ އިޢުތިރާފަށް ބާރު ލިބިދޭ ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަ ރީ ނާތަކެއް ހުރެއްޖެނަމަ، ތަޙްޤީޤު މަރުޙަލާގައި ކުށްކުރި ކަމުގެ މައްޗަށް ވެވޭ އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާ އެ އްގެ ގޮތުގައި ބަލައިގަނެވިދާނެ އެވެ . ހަމަ އެއާއެކު، އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާ ޤަރީނާތަކުގެ މައްޗަށް ބަލައި، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް ސާބިތުކުރެވިދާނެ އެވެ . އަދި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ކުށަށް އިޢުތިރާފުވުމަށް ފަހު ޝަރީޢަތުގެ މަޖިލީހުގައި އެއިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އިޢުތިރާފުން ރުޖޫޢަވުމާއި އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް، ޝަރީޢަތުން ވަޒަންކޮށް ތަޤްޔީމު ކުރަންޖެހޭނެއެވެ . އިސްތިއުނާފުރައްދުވާ ޝިނާޙް ޢާމިރުތަޙްޤީޤށް ދީފައިވާ ބަޔާން: 16- މައްސަލައާ ގުޅިގެން ޝިނާޙް ޢާމިރު މޯލްޑިވް ޕޮލިސް ސަރވިސް ގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައިވަނީ، ]2013 ޑިސެމްބަރު 29 ވަނަ ދުވަހު 13:00 ހާއިރު އަޅުގަނޑާއި އެއްބަނޑު ކޮއްކޮއެއް ކަމުގައިވާ ތ. މަޑިފުށި/ އެދުރުގެ، ޝައްފާން ލުޠުފީ ހޯދުމަށް އޭނާ ދިރިއުޅެމުންދާ ކ. މާލެ 214 އަށް ދިޔައީމެވެ . އަދި ބަނޑޭރިކޮށިން އޭނާ އާއި ދިމާވެގެން އޭނާ ގޮވައިގެން ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ ގޯޅިގަނޑެއްގައި އުޅޭ އަޅުގަނޑުގެ ރައްޓެއްސެއް )ނަމާއި އެޑްރެސް ނޭނގޭ ( ކައިރިއަށް މަސްތުވާތަކެތި ގަންނަން ދިޔައީމެވެ . އަދި މަސްތުވާތަކެތި ގަތުމަށްފަހު އަޅުގަނޑާއި ޝައްފާން ލުޠުފީ އާއި ދެމީހުން އަޅުގަނޑު
4މައްސަލައާ ގުޅިގެން 2014 ޖަނަވަރީ 26 ދުވަހު، ޝިނާޙް ޢާމިރު މޯލްޑިވް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާން . ދިރިއުޅެމުންދާ ކ. މާލެ ދެމީހުން މަސްތުވާތަކެތި ބޭނުންކުރީމެވެ . އަދި މަސްތުވާތަކެތި ބޭނުންކުރުމަށްފަހު ބުރެއްޖަހާލުމަށް ދެމީހުން ބޭރަށް ނިކުތީމެވެ . ބޭރަށް ނިކުމެ ކަމަކާ އުޅެން ހިނގާށޭ ޝައްފާން ލުޠުފީ ގާތުގައި އަޅުގަނޑު ބުނީމެވެ . މިހެން ބުނުމަށްފަހު ހެންވޭރުގައި ހުންނަ ގެއަކަށް )ތަޙްޤީޤުން އެނގުނު ގޮތުގައި […] ( ޝައްފާން ލުޠުފީ ގޮވައިގެން ވައްކަންކުރަން އަޅުގަނޑު ދިޔައީމެވެ . […] އަޅުގަނޑު ދިޔައިރު އެގެއަށް ވަންނަ ދޮރު ހުރީ ހުޅުވާފައެވެ . މިހެންކަމުން އެގެއަށް ވަނުމަށްފަހު އެގޭ ލިފްޓުން އެންމެ މައްޗަށް ދެމީހުން އެރީމެވެ . އަޅުގަނޑަށް ބޮޑަށް ބެލެވޭ ގޮތުގައި އެގޭ ލިފްޓުން އެރެނީ 05 ވަނަ ފަންގިފިލާއަށެވެ . އަދި ލިފްޓުން ފޭބުމުން މައްޗަށް އެރެން އިތުރު ފްލޯއެއް އިންކަން އެނގިގެން ސިޑިން ގޮސް އެގޭ އެންމެ މައްޗަށް އެރީމެވެ . އަދި ސިޑިގޮޅީގައި އިން ކުޑަދޮރެއް ހުޅުވާފައި ހުރުމުން އެ ކުޑަ ދޮރުން ގޮސް އެގޭ ޓެރަސްއަށް އަޅުގަނޑު ވަނީމެވެ . އޭރު ޝައްފާން ލުޠުފީ ހުރީ ސިޑި މަތީގައި މަޑުކޮށްގެންނެވެ . އަދި ޓެރަސް އަށް ވަނުމުން އެޕާރޓްމަންޓަށް ވަދެވޭ ސްލައިޑް ދޮރެއް ހުޅުވާފައި ހުރުމުން އެޕާރޓްމަންޓް ތެރެއަށް ވަނީމެވެ . އެޕާރޓްމަންޓް ތެރެއަށް ވަނުމުން އަޅުގަނޑަށް ވަދެވުނީ އޮފީހެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށްކަން އެންގުނެވެ . އަދި އެތާތެރެ ބަލަނިކޮށް އެތަނުގައިހުރި މޒެއްގޭ ކައިރީގައި ހުރި ކަބަޑެއްގެ އެންމެ މަތީ ވަތްގަނޑުގައި ބާރަށް ހިފާލުމުން ވަތްގަނޑު ހުޅުވުނެވެ . އަދި ވަތްގަނޑު ތެރެއިން ގިނަ ޢަދަދެއްގެ ދިވެހި ރުފިޔާއާއި ބޭރު ފައިސާތަކެއް ފެނިގެން އަޅުގަނޑު ނަގައި އަޅުގަނޑު ލައިގެން ހުރި ބޮކްސާރ ތެރެއަށް އެފައިސާތައް ލީމެވެ. އަދި އެޕާރޓްމަންޓް ތެރެއިން ބޮޑުދޮރެއް ހުޅުވައި ޝައްފާން ލުޠުފީ އަށް ގޮވައި އަޅުގަނޑު ހުރި ތަނަށް އައުމަށް ބުނީމެވެ . އަދި ޝައްފާން ލުޠުފީއަށްވެސް ބޮކްސާރ ތެރެއަށްލީ ފައިސާތައް އަޅުގަނޑު ދެއްކީމެވެ . އަދި މޭޒްމަތީގައި އޮތް ސޮނީ ބްރޭންޑްގެ ޑިޖިޓަލް ކ މެރާއެއް ނެގީ މެވެ . އަދި މިތަކެތި ނެގުމަށްފަހު އަޅުގަނޑު އެޕާރޓްމަންޓުން ނިކުމެގެން ދިޔައީމެވެ . އަދި އަޅުގަނޑުގެ ފަހަތުން ޝައްފާން ލުޠުފީވެސް ނިކުތެވެ . އަޅުގަނޑުމެން 02 މީހުން ދިޔައީ އަޅުގަނޑު ދިރިއުޅެމުންދާ އެޕާރޓްމަންޓަށެވެ . އަދި އެޕާރޓްމަންޓަށް ގޮސް ޝައްފާން ލުޠުފީއަށް އިސްވެދެންނެވުނު ކެމެރާ ދީ ގެއަށް ފޮނުވާލުމަށްފަހު ވަގަށްނެގި ފައިސާތައް ގުނި އިރު ގާތްގަނޑަކަށް -/150000ރ )އެއްލައްކަ ފަންސާސް ހާސް ރުފިޔާ ( އޮތެވެ. އަދި މީގެ އިތުރުން ވެސް ބޭރު ފައިސާތައް ބޮނޑިއަކަށް ހުރުމުންނާއި އެފައިސާއަކީ ކޮންގައުމެއް ގެ ފައިސާ ތަކެއްކަން ނޭނގޭތީ އެފައިސާ ނުގުނައި އަޅުގަނޑު ބެހެއްޓީމެވެ . އަދި އެއަށްފަހު އަޅުގަނޑު ބޭރަށް ނިކުމެ -/6500ރ )ހަހާސް ފަސްސަތޭކަ ރުފިޔާ ( ގެ މަސްތުވާތަކެތި އެރޭ ބުއިމަށްޓަކައި ގަތީމެވެ . އަދި ޗާންދަނީމަގުގައި ހުންނަ ފިހާރައަކުން )ނަންނޭނގޭ ( ސެމްސަން ގ ބްރޭންޑްގެ S3 05 ފޯން ގަތީމެވެ . މިދެންނެވުނު ފޯންތަކަށް ގާތްގަނޑަކަށް -/35000ރ )ތިރީސްފަސްހާސް ރުފިޔާ ( އެރިއެވެ . އަދި މިތަކެތި ގަތުމަށްފަހު ޝައްފާން ލުޠުފީއާއި އެކު އަންނައުނު ވިއްކާ ފިހާރަތަކަށް އަޅުގަނޑަށް އަންނައުނު ގަތުމަށް ދިޔައީމެވެ . މިގޮތުން ޖަމާލު އްދީން ސްކޫލް ކައިރީގައި ހުންނަ ފިހާރައަކުން 02 ގަމީސް އަޅުގަނޑު ގަތީމެވެ . މި ދެ ގަމީހަށް ގާތްގަނޑަކަށް -/1000ރ )އެއްހާސް ރުފިޔާ ( އެރިއެވެ . ދެންދިޔައީ މަޖީދީމަގުގައި ހުންނަ ވޭލާ ފިހާރަކައިރީގައި ހުންނަ އަންނައުނު ވިއްކާ ފިހާރަ )ފިހާރައިގެ ނަންނޭނގޭ ( އަށެ ވެ . މިފިހާރައިން 03 އަތްކުރު ގަމީހާ 03 ފަޓްލޫނާއި 01 ޖިންސް ގަތީމެވެ . މި ތަކެއްޗަށް ގާތްގަނޑަކަށް -/3869ރ )ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ( އެރިއެވެ . އަދި ޝައްފާން ލުޠުފީ ލެޕްޓޮޕެއް ގަންނަން ބޭނުން ކަމަށް ބުނުމުން އޭނާއަށް -/10000ރ )ދިހަހާސް ރުފިޔާ ( އާއި މިބަޔާނުގައި އަޅުގަނޑު ކުރިން ބުނެފައިވާ 05 ފޯން )ސެމްޝަންގ އެސް03( ތެރެއިން 01 ފޯން ދިނީމެވެ . އަޅުގަނޑު މިފޯންތައް ގަތީ އާއިލާ މީހުންނަށް ހަދިޔާއަށް ދިނުމަށެވެ . އަދި ފޯންތައް ގަތުމަށްފަހު އަޅުގަނޑު ގެއަށް ގޮސް ނިދީމެވެ . އަދި އަޅުގަނޑު ފައިސާތައް ގެންގުޅުނީ އަޅުގަނޑުގެ އަންހެނުން ކ. މާލެ / ދަފްތަރު. ނަންބަރު ރސ 8791 ނަސީމާ ޢަލީ އަށް ވަގަށެވެ . އަދި 2013 ޖަނަވަރީ 30 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި އަޅުގަނޑުގެ މަންމަ )ދަފްތަރު ނަންބަރު ރސ 7877، ފާޠިމަތު ނާޡިމާ ( އަށް ގުޅައި ސައިކަލެއް ގަތުމަށް ބުނީމެވެ . އަދި މަންމަ ދިރިއުޅެމުންދާ ކ. މާލެ 214 އަށް ގޮސް އަޅުގަނޑު ސައިކަލް ގަންނަ ވާހަކަ ދެއްކުމަށްފަހު ސައިކަލު ރަޖިސްޓްރީ ކުރަންބޭނުންވަނީ މަންމަގެ ނަންމަތީގައި ކަމަށާއި މަންމަގެ އައިޑީކާރޑް ހިފައިގެން އައުމަށް ބުނީމެވެ . އަދި ސައިކަލު ގަންނަނީ ބައްޕަ )އާމިރު މުޙައްމަދު ( ދިން ފައިސާއިންކަމަށް ބުނެ މަންމަ ގާތުގައި ދޮގުހެދީމެވެ . އަދި މަންމަ އައިޑީކާރޑް ހިފައިގެން އައުމުން ނިރޮޅުމަގުގައި ހުންނަ ޝީޝާ ޝޯރޫމަށްގޮސް ހޮންޑާވޭވް 110 އައި ސައިކަލެއް ބެލުމަށްފަހު އެސައިކަލަށް -/53050ރ )ފަން ސާސް ތިންހާސް ފަންސާސް ރުފިޔާ ( އަޅުގަނޑު ދެއްކީމެވެ . އަދި މަންމަ ނަންމަތީގައި ސައިކަލު ރަޖިސްޓްރީ ކުރުމަށާއި ފައިސާ ދެއްކިކަމުގެ ލިއުން ތައްޔާރުކުރަން ކައުންޓަރުގައި ތިބި މީހުންގެ ކައިރީގައި ބުނީމެވެ . އަދި އަޅުގަނޑު މިހެން ބުނުމުން ސައިކަލުގެ ރަޖިސްޓްރީ ކަންތައް ހަމަޖެހުމުން ސައިކަލު ބަލާ އައުމަށް ގުޅާނެކަމަށް ބުނެ ސައިކަލަށް ފައިސާ ދެއްކިކަމުގެ ލިޔުން ދިނުމުން އަޅުގަނޑާއި އަޅުގަނޑުގެ މަންމަ އެތަނުން ދިޔައީމެވެ . 2014 ޖަނަވަރީ 01ވަނަ ދުވަހު އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ފަރީދީމަގުގައި ހުންނަ ޕާރކްވޭއަށް ގޮސް ދެބެޑްރޫމް ސެޓާއި ޑައިނިންގްޓޭބަލް ގަތީމެވެ. މިތަކެއްޗަށް ފައިސާ ދެއްކީ އަޅުގަނޑުގެ އަންހެނުންނެވެ . އަޅުގަނޑުގެ އަންހެނުންނަކީ އޭނާއަށް ލިބިފައިވާ ފްލެޓް ކުއްޔަށް ދީގެންނާއި އަމިއްލަ ވިޔަފާރި ކޮށްގެން ފައިސާ ހޯދާމީހެކެވެ . އަޅުގަނޑުމެން ދެމީހުން މިތަކެތި ގަންނަން ދިޔައީ […] ގެއިން އެ ޕާރޓްމަންޓެއް 2014 ޖަނަވަރީ 01ވަނަ ދުވަހު ކުއްޔަށް ހިފުމާއި ގުޅިގެންނެވެ . މި އެޕާރޓްމަންޓްގެ އެޑްވާންސް ފައިސާއާއި މަހުގެ ކުއްޔަށް ވާ -/32000ރ )ތިރީސް ދެހާސް ރުފިޔާ ( ދެއްކީ އަޅުގަނޑުގެ އަންހެނުންނެވެ . އަދި އެޕާރޓްމަންޓް ކުއްޔަށް ހިފީވެސް އަންހެނުންގެ ނންމަތީގައެވެ . 2014 ޖަނަވަރީ 01ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި އަންހެނުންނާއި އެކު އަޅުގަނޑު ގޮސް މޮނަލާލްސް އިން ސުޕަޖެނެރަލް ބްރޭންޑްގެ ދޮންނަ )އަގު ނޭނގޭ ( އާއި ޝާޕް ބްރޭންޑްގެ އެލްސީޑީ ޓީވީއެއް -/5000ރ )ފަސްހާސް ރުފިޔާ ( އަށް ގަތީމެވެ. އަދި މީގެ އިތުރުން އަޅުގަނޑު އެކަނިގޮސް ޕާރކްވޭ ކައިރީގައި ހުންނަ ފަރުނީޗަރު ވިއްކާ ފިހާރައަކުން -/3000ރ )ތިންހާސް ރުފިޔާ ( ގެ އަގުހުރި ސޯފާ ބެޑަކާއި -/600ރ )ހަސަތޭކަ ރުފިޔާ ( ގެ އަގުހުރި ޓީވީ ރެކް ގަތީމެވެ . އަދި ބަދިގެ ސާމާނު ވިއްކާ ފިހާރައަކުން -/1200ރ )ބާރަސަތޭކަ ރުފިޔާ( ގެ އަގުހުރި ތެލި ސެޓެއް ގަތީމެވެ . އަދި މީގެ އިތުރުން މުލިއާގެ ކައިރީ ހުރި ފިހާރަ )ނަންނޭނގޭ ( އަކުން ނިކާއި ބްރޭންޑްގެ ބްލެންޑަރަކާއި ނިކާއި ބްރޭންޑްގެ ފެންކައްކާ ޖަގަކާއި ނިކާއި ބްރޭންޑްގެ ރައިސްކްކަރެއް )އަގު ނޭނގޭ ( ގަތީ މެވެ . އަދި މިދެންނެވުނު ތެލިސެޓާއި ދޮންނަ މެޝިނާއި ޓީވީއާއި ޓީވީ ރެކާއި ސޯފާސެޓް އަޅުގަނޑު ގަތީ […] އިން ވަގަށްނެގި ފައިސާއިންނެވެ . އަދި އަޅުގަނޑުގެ އަތުގައި ހުރި ދިވެހި ފައިސާތައް ހުސްވުމުން […] ނެގުނު ބޭރުފައިސާތައް މަޖީދީމަގުގައި ހުންނަ ލަގްޒަރީ ފިހާރައަށް ގޮސް މާރުކުރީމެވެ . މިފައިސާތައް މާރުކުރުމުން އަޅުގަނޑަށް -/29000ރ )ނަވާވީސް ހާސް ރުފިޔާ ( ލިބުނެވެ . އަދި އަޅުގަނޑު ކުރިން ދެންނެވި 05 ފޯނުގެ ތެރެއިން 03 ފޯނެއް މަސްތުވާތަކެތި ގަތުމަށްޓަކައި ލާރި ހޯދަން ވިއްކީމެވެ . އަދި އަނެއް ފޯނު ގޭގައި ބޭއްވީމެވެ . މިފޯންތައް ވިއްކައިގެން -/6000ރ )ހަހާސް ރުފިޔާ ( ލިބުނެވެ . އަޅުގަނޑު ބޭރު ފައިސާތައް މާރުކޮށްގެން ލިބުނު ފައިސާ އާއި ފޯން ވިއްކައިގެން ލިބުނު ފައިސާތައް ހުސްވީ މަސްތުވާތަކެތި ގަތުމަށް ޚަރަދުކޮށްގެންނެވެ . 2014 ޖަނަވަރީ 04 ވަނަ ދުވަހުގެ 10:30 ހާއިރު […] އަޅުގަނޑު ހުއްޓާ ފުލުހުން އަޅުގަނޑު ހޯދަން އައިކަން އެންގުނެވެ . އަދި އަޅުގަނޑުގެ އަންހެނުން ދޮރުހުޅުވަން އ ޅެން ފެށުމުން ދޮރުނުހުޅުވުމަށް އަޅުގަނޑު ބުނީމެވެ . އަދި ފުލުހުންނަށް ފިލަންވެގެން އެޕާރޓްމަންޓްގެ އިރަށް ހުންނަ ކޮޓަރީގެ ބޭ ރުގައި ހުރި އޭސީގެ އައުޓްޑޯ ޔުނިޓަށް އެރިތަނުން އައުޓްޑޯ ޔުނިޓް ފުރޮޅާލުމުން ޖެހިގެން ހުރިގޭ ފުރާޅުގައި ޖެހިފައި ގޯޅިގަނޑުގެ ތެރެއަށް އަޅުގަނޑު ވެއްޓުނެވެ . އަދި ވެއްޓުމާއެކު އަޅުގަނޑު ހޭނެތުނެވެ . ދެން އަޅުގަނޑު ހޭއެރީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި އޮއްވައެ ވެ . އަދި އަޅުގަނޑުގެ އަންހެނުންގެ ފަރާތުން އެނގުނު ގޮތުގައި އިސްވެ ދެންނެވުނު 05 ފޯންގެ ތެރެއިން ބާކީ އޮތް ފޯނާއި އަޅުގަނޑުގެ ވޮލެޓް ތެރޭގައި އޮތް -/1633ރ )ސޯޅަ ސަތޭކަ ތިރީސް ތިން ރުފިޔާ ( އާއި ޝައްފާން ލުޠުފީ އަށް އަޅުގަނޑު ދިން އިސްވެދެންނެވުނު ކެމެރާ އާއި އަދި އަޅުގަނޑު ފައިސާ ދިނުމުން ޝައްފާން ލުޠުފީ ގަތް ލެޕްޓޮޕް ފުލުހުން ގެންދިޔަކަން އެންގުނެވެ . މިދެންނެވުނު ލެޕްޓޮޕާއި ކެމެރާއަކީ ޝައްފާން ލުޠުފީ އަތުން ހޯދައިގެން އަޅުގަނޑުގެ އަންހެނުން ގެއަށް ގެނެސްފައިވާ ތަކެއްޗެވެ [. މި ފަދައިންނެވެ . 17- ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ޝިނާޙް ޢާމިރުގެ އިތުރުން އަދި އިތުރު ފަރާތެއްގެ މައްޗަށްވެސް ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަން ކުރުމުގެ ދަޢުވާ، ދައުލަތުން ކޮށްފައިވެއެވެ . އެއީ، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީގެ މައްޗަށެވެ . އެހެންކަމުން ޝައްފާން ލުޠުފީގެ ތަޙްޤީޤު ބަޔާނަށްވެސް ބަލައިލުން މުހިންމުކަމުގައި ދެކެ މެވެ . 18- މައްސަލައާ ގުޅިގެން، ޝައްފާން ލުޠުފީގެ ތަޙްޤީޤީ 02 )ދޭއް ( ބަޔާން ނެގިފައިވެއެވެ . އޭގެ ތެރެއިން، ޝައްފާން ލުޠުފީ މޯލްޑިވް ޕޮލިސް ސަރވިސްއަށް ދީފައިވާ ފުރަތަމަ ބަޔާނުގައިވަނީ، ]2013 ޑިސެމްބަރު 29 ވަނަ ދުވަހުގެ 13:00 ހާއިރު އަޅުގަނޑު ދިރިއުޅެމުންދާ ގެކަމުގައިވާ ކ. މާލެ 214 ގައި އިންދާ އަޅުގަނޑުގެ އެއްބަނޑު ބޭބެއެއްކަމުގައިވާ ޝިނާޙް ޢާމިރު، […] އައިސް އަޅުގަނޑު ކައިރީގައި ތަނަކަށް ޖައްސާލަން ހިނގާށޭ ބުންޏެވެ . މިހެން ބުނުމުން އަޅުގަނޑުމެން ދެމީހުން އެކުގައިގޮސް ޖަމާލުއްދީން ސްކޫލް ކައިރީ ގައި ހުންނަ ކުޑަ ގޯޅި ކައިރިއަށްގޮސް ޝިނާޙް ޢާމިރު މަސްތުވާތަކެތީގެ ޕެކޭޖެއްގަތެވެ . ނަމަވެސް ގަތީ ކިހާވަރަކަށް އަޅުގަނޑަކަށް ނޭނގެއެވެ . އަދި އެޕެކޭޖް ހިފައިގެން ސޯސަންމަގު
5މައްސަލއަ ގުޅިގެން 2014 ޖަނަވަރީ 03 ދުވަހު، ޝައްފާން ލުޠުފީ މޯލްޑިވް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާން. ސީ .ޕީ ކައިރީގައި ހުންނަ ޝިނާޙް ޢާމިރުގެ އެޕާރޓްމަންޓަކަށް )ގޭގެނަން ނޭނގޭ ( ގޮސް ދެމީހުން އެކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން އަޅުގަނޑުމެން ދެމީހުން އެކުގައި ބޭރަށް ނުކުތީމެވެ . އަޅުގަނޑުމެން ދެމީހުން ބޭރަށް ނުކުތުމަށްފަހު ޝިނާޙް ޢާމިރު އަޅުގަނޑު ކައިރީގައި ކަމަކާ އުޅެން ހިނގާށޭ އަޅުގަނޑު ކައިރީގައި ބުންޏެވެ . މިހެން ބުނެފައި އަޅުގަނޑުމެން ދެމީހުން އެކުގައިގޮސް ގެއަކަށް )ކޮންގެއެއްކަން ނޭނގޭ ( ވަނުމަށްފަހު އެގޭގެ ލިފްޓުން އެގޭގެ ހަތަރުވަނަ ފްލޯއަށް ފޭބީމެވެ . އަދި ހަތަރުވަނަ ފްލޯއަށް ފޭބުމަށްފަހު އަޅުގަނޑުމެން ދެމީހުން އެކުގައި ސިޑިން ހިނގާފައިގޮސް އަޅުގަނޑު ހަނދާންވާގޮތުން ދެފްލޯއެއްހާ މައް ޗަށް އެރުނު ހަނދާން އަޅުގަނޑުވެއެވެ . އަދި އިރުކޮޅެއް ފަހުން ޝިނާޙް ޢާމިރު އަޅުގަނޑުގެ ގައިގައި ހިފާފައި ތަޅުވާލުމުން އެޅުގަނޑަށް ހޭވެރިކަން ވިއެވެ . އަދި އެވަގުތު އަޅުގަނޑުމެން ދެމީހުންނަށް ތިބެވުނީ ކޮޓަރިއެއްގެ ތެރޭގައިކަން އަޅުގަނޑަށް އެނގެއެވެ . އަދި އަޅުގަނޑަށް ގޮވިވަގުތު ޝިނާޙް ޢާމިރު އޭނާ ލައިގެންހުރި ޖިންސާއި ބޮކުސާއާއި ދޭތެރެއަށް އެއްޗެއް ލަނިކޮށް އަޅުގަނޑަށް ފެނުނެވެ . އަޅުގަނޑަށް ބެލެވޭގޮތުގައި އޭނާ އެދޭތެރެއަށްލީ ފައިސާއެވެ . އަދި އޭނާ އެދޭތެރެއަށް އަތްލައިގެން ހުރީ އެދޭތެރެއަށް ލާފައިހުރި އެއްޗެއް ވެ އްޓިދާނެތީ ކަމަށް އަޅުގަނޑަށް ބެލެވެއެވެ . އަދި އަޅުގަނޑުމެން ދެމީހުން އެއަށްފަހު އެގޭސިޑިން ތިރިއަށް ފައިބައިގެން މަގުމަތިން ދަނިކޮށް މަޖީދީމަގު ރެޑްވޭވް ކައިރިން ޝިނާޙް ޢާމިރު ލައިގެންހުރި ޖިންސްގެ ފައިކުރީގެ ތެރެއިން މަގުމަށްޗަށް -/500 ރުފިޔާ )ފަސްސަތޭކަ ރުފިޔާ ( ގެ ނޫޓުތަކެއް ފައިބަނިކޮށް އަޅުގަނޑަށް ފެނުނެވެ . މިކަމާއި ގުޅިގެން އަޅުގަނޑު ޝިނާޙް ޢާމިރުއާއި ސުވާލުކުރުމުން އެކަމާއި އަޅާނުލުމަށް ބުންޏެވެ . އަދި އެއަށްފަހު އަޅުގަނޑުމެން ދެމީހުން ދިޔައީ އަނެއްކާވެސް ސޯސަންމަގުގައި ހުންނަ ޝިނާޙް ޢާމިރުގެ އެޕާރޓް މަންޓަށެވެ . އެޕާރޓްމަންޓަށް ދިޔުމަށްފަހު އަޅުގަނޑު ދިޔައީ ގެއަށެވެ . އަޅުގަނޑު މަސްތުގެ ހާލުގައި ހުރުމުން އަޅުގަނޑުމެން ދެމީހުން ސޯސަންމަގުން ވަތް ގެއަށް ދެވުނު ގޮތެއް ހަނދާނެއް ނެތެވެ . އަދި 2013 ޑިސެމްބަރު 30 ނުވަތަ 31 ވަނަ ދުވަހު އަޅުގަނޑު ގޭގައި ހުއްޓާ އައިސް އެޕާރޓްމަންޓެއް -/32000 ރުފިޔާ )ބައްތިރީސްހާސް ރުފިޔާ ( ދައްކާފައި ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކައިރީގައި ހުންނަ ގެއަކުން )ކޮންގެއެއްކަން ނޭނގޭ ( ހިފިކަމަށް އަޅުގަނޑު ކައިރީގައި ޝިނާޙް ޢާމިރު ބުންޏެވެ . އަދި 2014 ޖަނަވަރީ 01 ވަނަ ދުވަހުގެ 15:00 އާއި 18:00 އާއި ދެމެދުގެ ވަގުތެއްގައި ޕާރކްވޭ )ފަރީދީމަގު ( އަށްގޮސް ދެބެޑްރޫމް ސެޓާއި ޑައިނިންޓޭބަލްއެއް ޝިނާޙް ޢާމިރު ގަތެވެ . ނަމަވެސް އެތަކެތި ގަތުމަށް ދިޔައީ ކިހާވަރެއްކަން އަޅުގަނޑަކަށް ނޭނގެއެވެ. އެއީ ފައިސާ ދެއްކީ ޝިނާޙް ޢާމިރުކަމުގައިވާތީއެވެ . އަދި 2014 ޖނަވަރަ 02 ވަނަ ދުވަހުގެ 14:30 ހާއިރު އަޅުގަނޑާއި ޝިނާޙް ޢާމިރު އާއި ދެމީހުން ޖަމާލުއްދީން ސްކޫލް ކައިރި ލޮނުޒިޔާރަތްމަގު ވާތްފަޅީގައިހުރި އަންނައުނު ވިއްކާ ފިހާރައަކުން ދެގަމީސް ޝިނާޙް ޢާމިރު ގަތެވެ. ނަމަވެސް އެއަށް އެރިވަރެއް އަޅުގަނޑަކަށް ނޭނގެއެވެ . އަދި އެއަށްފަހު މަޖީދީމަގު ވޭލާ ކައިރީގައި ހުންނަ އަންނައުނު ވިއްކާ ފިހާރައަކުން -/3869 ރުފިޔާ )ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ނުވައެއް ( ގެ އަންނައުނު ޝިނާޙް ޢާމިރު ބޭނުންކުރުމަށް ގަތެވެ . އިސްވެ ދެންނެވުނު އަދަދު އެރިކަން އަޅުގަނޑަށް އެނގެނީ އަޅުގަނޑު ބަލަންހު އްޓާ ފައިސާ ދައްކާފައިވާތީއެވެ . އެއަށްފަހު އަޅުގަނޑު ދިޔައީ ގެއަށެވެ . އަދި ޝިނާޙް ޢާމިރު ދިޔައީ އޭނާ ހިފާފައިހުރި އެޕާރޓްމަންޓަށެވެ . އަދި އެއަށްފަހު 2014 ޖަނަވަރީ 03 ވަނަ ދުވަހުގެ 09:00 ހާއިރު އަޅުގަނޑު ގޭގައި އޮއްވާ ފުލުހުން އައިސް ކޯޓް އަމުރެއްގެ ދަށުން އަޅުގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ . އަދި ފުލުހުން އަޅުގަނޑު ހޯދުމަށް ގެއަށްދިޔައިރު އަޅުގަނޑު އޮތް ކޮޓަރީގައި ޗާރޖަށް ޖަހާފައިއޮތް ސަމްސަންގް ގެލެކްސީ އެސް
03 )އައި .އެމް .އައި :359040055082880( ފޯނަކީ އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް މީގެ ދެދުވަ ސްކުރިން ގަނެދިން ފޯނެކެވެ. އަޅުގަނޑު ފިންގަޕުރިންޓް […] ވައްކަންކޮށްފައިވާ ބައިގައިހުރުން އެކަށީގެންވެއެވެ . އެއީ އަޅުގަނޑާއި ޝިނާޙް ޢާމިރު އާއި ދެމީހުން 2013 ޑިސެމްބަރު 29 ވަނަ ދުވަހު ގެއަކަށް ވަދެވުނު ހަނދާންވާތީއެވެ . ނަމަވެސް ވަދެވުނު ގެއެއް ކަނޑައެޅިގެން ނޭނގެނީ އެއީ އަޅުގަނޑު އެދުވަހު މަސްތުގެ ހާލުގައި ހުރުމުންނެވެ . […] އަޅުގަނޑު ގޮސްއުޅޭ ގެއެއްނޫނެވެ . އަދި އަޅުގަނޑުމެން ދެމީހުން މަސްތުގެ ހާލުގައި ހުރެގެން ވަދެވުނު ގެ ފެނުމުން އަޅުގަނޑަށް އެނގޭނެއެވެ . އަދި އަޅުގަނޑު އަތުގައި މިވަގުތު އެއްވެސް ފައިސާއެއްނެތެވެ. ޝިނާޙް ޢާމިރު އާއްމުކޮށް އަޅުގަނޑަށް ގުޅާ ނަންބަރަކީ 7441419 އެވެ [. މިފަދައިންނެވެ . 19- މައްސަލައާ ގުޅިގެއް ޝައްފާން ލުޠުފީގެ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ 2ވަނަ ބަޔާ ނުގައިވަނީ، ]2013 ޑިސެމްބަރު 29 ވަނަ ދުވަހުގެ 13:00 ހާއިރު އަޅުގަނޑު ދިރިއުޅެމުންދާ ގެކަމުގައިވާ ކ. މާލެ 214 ގައި އިންދާ އަޅުގަނޑުގެ އެއްބަނޑު ބޭބެއެއްކަމުގައިވާ ޝިނާޙް ޢާމިރު، […] އައިސް އަޅުގަނޑު ކައިރީގައި ތަނަކަށް ޖައްސާލަން ހިނގާށޭ ބުންޏެވެ . މިހެން ބުނު މުން އަޅުގަނޑުމެން ދެމީހުން އެކުގައިގޮސް ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ ކުޑަ ގޯޅި ކައިރިއަށްގޮސް ޝިނާޙް ޢާމިރު މަސްތުވާތަކެތީގެ ޕެކޭޖެއްގަތެވެ . ނަމަވެސް ގަތީ ކިހާވަރަކަށް އަޅުގަނޑަކަށް ނޭނގެއެވެ . އަދި އެޕެކޭޖް ހިފައިގެން ސޯސަންމަގު ސީ .ޕީ ކައިރީގައި ހުންނަ ޝިނާޙް ޢާމިރުގެ އެޕާރޓްމަންޓަކަށް )ގޭގެނަން ނޭނގޭ ( ގޮސް ދެމީހުން އެކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން އަޅުގަނޑުމެން ދެމީހުން އެކުގައި ބޭރަށް ނުކުތީމެވެ . އަޅުގަނޑުމެން ދެމީހުން ބޭރަށް ނުކުތުމަށްފަހު ޝިނާޙް ޢާމިރު އަޅުގަނޑު ކައިރީގައި ކަމަކާ އުޅެން ހިނގާށޭ އަޅުގަނޑު ކައިރީގައި ބުންޏެވެ . މިހެން ބުނެފައި އަޅުގަނޑުމެން ދެމީހުން އެކުގައިގޮސް ގެއަކަށް )ކޮންގެއެއްކަން ނޭނގޭ ( ވަނުމަށްފަހު އެގޭގެ ލިފްޓުން އެގޭގެ ހަތަރުވަނަ ފްލޯއަށް ފޭބީމެވެ . އަދި ހަތަރުވަނަ ފްލޯއަށް ފޭބުމަށްފަހު އަޅުގަނޑުމެން ދެމީހުން އެކުގައި ސިޑިން
6މައްސަލއަ ގުޅިގެން 2014 ޖަނަވަރީ 23ވަނަ ދުވަހު، ޝައްފާން ލުޠުފީ މޯލްޑިވް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާން. ހިނގާފައިގޮސް އަޅުގަނޑު ހަނދާންވާގޮތުން ދެފްލޯއެއްހާ މައްޗަށް އެރުނު ހަނދާން އަޅުގަނޑުވެއެވެ . އަދި އިރުކޮޅެއް ފަހުން ޝިނާޙް ޢާމިރު އަޅުގަނޑުގެ ގައިގައި ހިފާފައި ތަޅުވާލުމުން އެޅުގަނޑަށް ހޭވެރިކަން ވިއެވެ . އަދި އެވަގުތު އަޅުގަނޑުމެން ދެމީހުންނަށް ތިބެވުނީ ކޮޓަރިއެއްގެ ތެރޭގައިކަން އަޅުގަނޑަށް އެނގެއެވެ . އަދި އަޅުގަނޑަށް ގޮވިވަގުތު ޝިނާޙް ޢާމިރު އޭނާ ލައިގެންހުރި ޖިންސާއި ބޮކުސާއާއި ދޭތެރެއަށް އެއްޗެއް ލަނިކޮށް އަޅުގަނޑަށް ފެނުނެވެ . އަޅުގަނޑަށް ބެލެވޭގޮތުގައި އޭނާ އެދޭތެރެއަށްލީ ފައިސާއެވެ . އަދި އޭނާ އެދޭތެރެއަށް އަތްލައިގެން ހުރީ އެދޭތެރެއަށް ލާފައިހުރި އެއްޗެއް ވެއްޓިދާނެތީ ކަމަށް އަޅުގަނޑަށް ބެލެވެއެވެ . އަދި އަޅުގަނޑުމެން ދެމީހުން އެއަށްފަހު އެގޭސިޑިން ތިރިއަށް ފައިބައިގެން މަގުމަތިން ދަނިކޮށް މަޖީދީމަގު ރެޑްވޭވް ކައިރިން ޝިނާޙް ޢާމިރު ލައިގެންހުރި ޖިންސްގެ ފައިކުރީގެ ތެރެއިން މަގުމަށްޗަށް -/500 ރުފިޔާ )ފަސްސަތޭކަ ރުފިޔާ ( ގެ ނޫޓުތަކެއް ފައިބަނިކޮށް އަޅުގަނޑަށް ފެނުނެވެ . މިކަމާއި ގުޅިގެން އަޅުގަނޑު ޝިނާޙް ޢާމިރުއާއި ސުވާލުކުރުމުން އެކަމާއި އަޅާނުލުމަށް ބުންޏެވެ . އަދި އެއަށްފަހު އަޅުގަނޑުމެން ދެމީހުން ދިޔައީ އަނެއްކާވެސް ސޯސަންމަގުގައި ހުންނަ ޝިނާޙް ޢާމިރުގެ އެޕާރޓްމަންޓަށެވެ . އެޕާރޓްމަންޓަށް ދިޔުމަށްފަހު އަޅުގަނޑު ދިޔައީ ގެއަށެވެ . އަޅުގަނޑު މަސްތުގެ ހާލުގައި ހުރުމުން އަޅުގަނޑުމެން ދެމީހުން ސޯސަންމަގުން ވަތް ގެއަށް ދެވުނު ގޮތެއް ހަނދާނެއް ނެތެވެ . އަދި 2013 ޑިސެމްބަރު 30 ނުވަތަ 31 ވަނަ ދުވަހު އަޅުގަނޑު ގޭގައި ހުއްޓާ އައިސް އެޕާރޓްމަންޓެއް -/32000 ރުފިޔާ )ބައްތިރީސްހާސް ރުފިޔާ ( ދައްކާފައި ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކައިރީގައި ހުންނަ ގެއަކުން )ކޮންގެއެއްކަން ނޭނގޭ ( ހިފިކަމަށް އަޅުގަނޑު ކައިރީގައި ޝިނާޙް ޢާމިރު ބުންޏެވެ . އަދި 2014 ޖަނަވަރީ 01ވަނަ ދުވަހުގެ 15:00 އާއި 18:00 އާއި ދެމެދުގެ ވަގުތެއްގައި ޕާރކްވޭ )ފަރީދީމަގު ( އަށްގޮސް ދެބެޑްރޫމް ސެޓާއި ޑައިނިންޓޭބަލްއެއް ޝިނާޙް ޢާމިރު ގަތެވެ . ނަމަވެސް އެތަކެތި ގަތުމަށް ދިޔައީ ކިހާވަރެއްކަން އަޅުގަނޑަކަށް ނޭނގެއެ ވެ. އެއީ ފައިސާ ދެއްކީ ޝިނާޙް ޢާމިރުކަމުގައިވާތީއެވެ . އަދި 2014 ޖަނަވަރީ 02 ވަނަ ދުވަހުގެ 14:30 ހާއިރު އަޅުގަނޑާއި ޝިނާޙް ޢާމިރު އާއި ދެމީހުން ޖަމާލުއްދީން ސްކޫލް ކައިރި ލޮނުޒިޔާރަތްމަގު ވާތްފަޅީގައިހުރި އަންނައުނު ވިއްކާ ފިހާރައަކުން ދެގަމީސް ޝިނާޙް ޢާމިރު ގަތެވެ. ނަމަވެސް އެއަށް އެރިވަރެއް އަޅުގަނޑަކަށް ނޭނގެއެވެ . އަދި އެއަށްފަހު މަޖީދީމަގު ވޭލާ ކައިރީގައި ހުންނަ އަންނައުނު ވިއްކާ ފިހާރައަކުން -/3869 ރުފިޔާ )ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ނުވައެއް ( ގެ އަންނައުނު ޝިނާޙް ޢާމިރު ބޭނުންކުރުމަށް ގަތެވެ . އިސްވެ ދެންނެވުނު އަދަދު އެރިކަން އަޅުގަނޑަށް އެނގެނީ އަޅުގަނޑު ބަލަންހުއްޓާ ފައިސާ ދައްކާފައިވާތީއެވެ . އެއަށްފަހު އަޅުގަނޑު ދިޔައީ ގެއަށެވެ . އަދި ޝިނާޙް ޢާމިރު ދިޔައީ އޭނާ ހިފާފައިހުރި އެޕާރޓްމަންޓަށެވެ . އަދި އެއަށްފަހު 2014 ޖަނަވަރީ 03ވަނަ ދުވަހުގެ 09:00 ހާއިރު އަޅުގަނޑު ގޭގައި އޮއްވާ ފުލުހުން އައިސް ކޯޓް އަމުރެއްގެ ދަށުން އަޅުގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ . އަދި ފުލުހުން އަޅުގަނޑު ހޯދުމަށް ގެއަށްދިޔައިރު އަޅުގަނޑު އޮތް ކޮޓަރީގައި ޗާރޖަށް ޖަހާފައިއޮތް ސަމްސަންގް ގެލެކްސީ އެސް
03 )އައި .އެމް .އައި:359040055082880( ފޯނަކީ ޝިނާޙް ޢާމިރު އަޅުގަނޑަށް ދީފައިވާ ފޯނެކެވެ . އަދި ވަގަށްނެގި ފައިސާއިން އަޅުގަނޑަށް ލިބުނު -/10000ރ )ދިހަހާސް ރުފިޔާ ( އިން 2013 ޑިސެމްބަރު 29 ވަނަ ދުވަހުގެ 22:50 ހާއިރު މަޖީދީމަގުގައި ހުންނަ ކްލިކް ކޮމްޕިއުޓަރސް ފިހާރައިން އެސަރ ބްރޭންޑްގެ ލެޕްޓޮޕެއް )S/N:NXMDCSM0023340A5F66600( ގަނެފައިވާނެވެ . އަޅުގަނޑު މިލެޕްޓޮމް ގަތީ އަޅުގަނޑުގެ ރައްޓެއްސެއްކަމަށްވާ ކ. މާލެ، ޙުސައިން ސިޔާޒު ނަމުގައެވެ . އެއީ ލެޕްޓޮޕް ގަތް ވަގުތު އަޅުގަނޑު އަތުގައި އައި .ޑީ ކާރޑް ނެތުމުންނެވެ . އަދި ޝިނާޙް ޢާމިރު އަޅުގަނޑަށް ވައްކަންކޮށްގެން ނެގި ފައިސާތައް ދިންއިރު އަޅުގަނޑުގެ އަތަށް ދިން ސޮނީ ބްރޭންޑްގެ ޑިޖިޓަލް ކެމެރާއާއި އެކު އިސްވެދެންނެވުނު ލެޕްޓޮޕް ޝިނާޙް ޢާމިރު ދިރިއުޅޭ […] ގެއަށް ގެންގޮސްފައިވާނެވެ . އަޅުގަނޑު ފިންގަޕުރިންޓް […] ވައްކަންކޮށްފައިވާ ބައިގައިހުރުން އެކަށީގެން ވެއެވެ . އެއީ އަޅުގަނޑާއި ޝިނާޙް ޢާމިރު އާއި ދެމީހުން 2013 ޑިސެމްބަރު 29ވަނަ ދުވަހު ގެއަކަށް ވަދެފައިވާތީއެވެ . ނަމަވެސް ވަދެވުނު ގެއެއް ކަނޑައެޅިގެން ނޭނގެނީ އެއީ އަޅުގަނޑު އެދުވަހު މަސްތުގެ ހާލުގައި ހުރުމުންނެވެ . […] އަޅުގަނޑު ގޮސްއުޅޭ ގެއެއް ނޫނެވެ . އަދި އަޅުގަނޑުމެން ދެމީހުން މަސްތުގެ ހާލުގައި ހުރެގެން ވަދެވުނު ގެ ފެނުމުން އަޅުގަނޑަށް އެނގޭނެއެވެ . އަދި އަޅުގަނޑު އަތުގައި މިވަގުތު އެއްވެސް ފައިސާއެއްނެތެވެ . ޝިނާޙް ޢާމިރު އާއްމުކޮށް އަޅުގަނޑަށް ގުޅާ ނަންބަރަކީ 7441419 އެވެ [. މިފަދައިންނެވެ. 20- އިސްތިއުނާފުރައްދުވާ ޝިނާޙް ޢާމިރުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައި ގައި، އެ ފަރާތުން މޯލްޑިވްސް ސަރވިސްއަށް ދީފައިވާ އިސްވެ ބަޔާންކުރެވުނު ތަޙްޤީޤުބަޔާނުގައި، ޝިނާޙް ޢާމިރުގެ މައްޗަށް ތުހުމަތުކުރެވުނު ކުށަށް އިޢުތިރާފުވެ، އެކުށް ކޮށްފައިވާގޮތާއި، އަދި ވަގަށްނެގި ފައިސާއާމެދު ޢަމަލުކުރި ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ . ނަމަވެސް، ޝަރީޢަތުގެ މަރުޙަ ލާގައި، އެފަރާތުގެ މައްޗަށް ތުހަމަތުކުރެވުނު ކުށަށް އިންކާރުކޮށް، ތަޙްޤީޤު ބަޔާނުން ރުޖޫޢަވެފައިވެއެވެ . އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާއާއި ގުޅިގެން، 2016 ފެބްރުއަރީ 7 ގައި ޝަރީޢަތުގެ މަޖިލީހުގައި ޝިނާޙް ޢާމިރު ދީފައިވާ ބަޔާނުގައިވަނީ؛
7މައްސަލައާ ގުޅިގެން 2014 ޖަނަވަރީ 26 ދުވަހު، ޝިނާޙް ޢާމިރު މޯލްޑިވް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ޝިނާޙް ޢާމިރުގެ މައްޗަށް ތުހުމަތުކުރެވުނު ކުށަށް އިޢުތިރާފުވެ، އެކުށް ކޮށްފައިވާގޮތާއި، އަދި ވަގަށްނެގި ފައިސާއާމެދު ޢަމަލުކުރި ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ.
8ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާއާއި ގުޅިގެން، 2016 ފެބްރުއަރީ 7 ގައި ޝިނާޙް ޢާމިރު ދީފައިވާ ބަޔާނު ` ކްރިމިނަލް ކޯޓު މާލެ ދިވެހިރާއްޖެ ނަމާއި އެޑްރެސް: […] 21- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން، އިސްތިއުނާފު ރައްދުވާ ޝިނާޙް ޢާމިރު ދަޢުވާއަށް އިންކާރުކޮށް، ތަޙްޤީޤު ގައި އަމިއްލަ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުން ރުޖޫޢަ ވެފައިވާއިރު، އިސްތިއުނާފު ކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި ދަޢުވާލިބުނު އަނެއްފަރާތް ކަމުގައިވާ، ޝައްފާން ލުޠުފީވެސް މައްސަލައާގުޅިގެން ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި ދަޢުވާއަށް އިންކާރު ކުރުމާ ގުޅިގެން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީ ނާތަކު ގެ ތެރޭގައި؛
21.1- ސިއްރު ހެކިންގެ ގޮތުގައި 03 ފަރާތެއް .
21.2- ދަޢުވާލިބޭ ޝައްފާން ލުޠުފީއާއި، ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާން .
21.3- މާލެ، މުޙައްމަދު މަނިކު .
21.4- މާލެ / މމޚ.ދަފްތަރު 7877، ފާޠިމަތު މަނިކު .
21.5- މާލެ، ޙުސައިން ސިޔާޒު .
21.6- ޕޮލިސް ކޯޕްރަލް ބިލާލް ޢަބްދުލްހާދީ )ސ.ނ:1801(
21.7- ޕޮލިސް ސަރޖަންޓް ބަދުރުއްސަލާމް އާދަމް )ސ.ނ: 1509(
21.8- ޕޮލިސް ލ.ކޯޕްރަލް ޙަސަން ޙަމީދު )ސ.ނ: 4406(
21.9- ޕޮލިސް ކޯޕްރަލް އަޙްމަދު އަބޫބަކުރު )ސ.ނ: 3522(
21.10- ޕޮލިސް ލ.ކޯޕްރަލް ޙަސަން ރަޝީދު )ސ.ނ: 4431(
21.11- ކޮމްޕިއުޓަރ ފޮރިންސިކް ރިޕޯޓް.
21.12- ފިންގަރޕްރިންޓް ކޮމްޕެރީސަން ރިޕޯޓް .
21.13- ވީޑިއޯ އެނަލިސިސް ރިޕޯޓް .
21.14- ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް، އަދި
21.15- ފޮޓޯ ރިޕޯޓް، ހުށަހަޅާފައިވެއެވެ . 22- ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ ކުރިއަށް ދަނިކޮށް، މައްސަލައިގައި ދަޢުވާލިބުނު އެއްފަރާތް ކަމުގައިވާ ޝައްފާން ލުޠުފީ ދަޢުވާއަށް އިޢުތިރާފުވެ، ދަޢުވާކުރެވޭ ހާދިސާގެ މުޅިޒިންމާ އެފަރާތުން ނ ގާފައިވެއެވެ . އަދި އެގޮތުގެ މަތިން އެ ފަރާތުގެ މައްޗަށް ދަޢުވާ ސާބިތުވިއިރު، މިމައްސަލައި ގައި އިސްތިއުނާފު ރައްދުވާ ޝިނާޙް ޢާމިރުގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވެއެވެ . 23- ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ޝިނާޙް ޢާމިރުގެ މައްޗަށް އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބު ބަޔާންކޮށްފައިވަނީ އެރިޕޯޓުގެ 19 )ނަވާރަ ( ވަނަ ނަންބަރުގައެވެ . އެނަންބަރުގައި ވަނީ، ]މިދަޢުވާއަށް ދަޢުވާލިބޭ ޝިނާޙް ޢާމިރު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާކަމަށާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީނާއަށް ބަލާއިރު، ޝައްފާން ލުޠުފީއާއި، ޝިނާޙް ޢާމިރު 29 ޑިސެމްބަރު 2013 ވަނަ ދުވަހުގެ ވަގުތެއްގައި، […] 06 ވަނަ ފަންގިފިލާއަށް ވަދެ އެފަންގިފިލާގައި ހުރި ކަބަޑުގައި ހުރި -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އެކަބަޑުގައި ހުރި -/170000ރ) .އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އާއި، އެތަނުގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑުގެ ޑިޖިޓަލް ކެމެރާ )މޮޑެލް ނަންބަރު : ޑީ .އެސް .ސީ -ޑަބްލިޔު 520( ވ ގަށްނަގާފަ އިވާނޭކަމަށް ބުނެ ދައުލަތުން މި ދެ މީހުންގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި، ޝައްފާން ލުޠުފީ ވަގަށްނެގި ތަކެތީގެ މުޅި ޒިންމާ ނަގައި، ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިޢްތިރާފުވެފައިވާތީއާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީ ނާއިންވެސް ޝިނާޙް ޢާމިރުގެ މައްޗަށް މި ދަޢުވާ ސާބިތުނުވާތީއާއި، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުނުކުރެވޭނަމަ، އެ މީހަކީ ކުށެއް ނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮންނާތީ، ޝިނާޙް ޢާމިރުގެ މައްޗަށް ދައުލަތުން މިކުޅަ ޖަމާޢަތްހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަންކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަން އެނގެން އޮވެއެވެ [. މިފަދައިންނެވެ . ގިނަބަޔަކު ބައިވެރިވެގެން ހިންގާ ޖިނާއީ ކުށުގެ ޢަމަލުގައި އެއްފަރާތަކުން މުޅިކުށުގެ ޒިންމާނެގުން : 24- ގިނަބަޔަކު ބައިވެރިގެން ހިންގާ ޖިނާއީ ކުށެއްގެ ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން އެކަކު، އެ ކުށުގެ މުޅި ޒިންމާނެގުމަކީ، ދެންތިބި މީހުންގެ ކިބައިން، ކުށުގެ ތުހުމަތު ނެތިގެން ދާނެކަމެއް ނޫނެވެ . އެއް ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ދަޢުވާކުރެވޭ ޙާ ލަތުގައި، ކުށުގެ ޢަމލުގަ ޒިންމާ އޭގެ ތެރެއިން އެކަކު އުފުލައިފި ޙާ ލަތެއްގައި، ދެން މައްސަލަ ބަލާ ފަނޑިޔާރަށް ލާޒިމުވެގެންވަނީ، މައްސަލައި ގައި ދެން ހިމެނޭ ފަރާތްތަކުގެ މައްޗަށް ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ މައްޗަށް ބަލައި، އެ ފަރާތްތަކުގެ މައްޗަށް ތުހުތަމުކުރެވޭ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯބެލުމެވެ . އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި، ޝަރީޢަތު މަޖިލީހުގައި ދަޢުވާލިބުނު އެއް ފަރާތް ކުށުގެ ޒިންމާ އުފުލުމާ ގުޅިގެން، މައްސަލައިގައި ދަޢުވާލިބުނު އަނެއް ފަރާތް ކަމުގައިވާ ޝިނާޙް ޢާމިރުގެ މައްޗަށް ހުށަހަޅާފައިވާ ހެކި ޤަރިނާ ތަޤްޔީމްކޮށް އެ ފަރާތުގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަ ކީވެސް ޝަރީޢަތުން ކުރަންޖެހޭނެ ކަމެކެވެ.އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި، އެކަން ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރެވި ފައިވާކަން އެނގެން ނެތެވެ . ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑު : 25- އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާތީ، މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ޤަރީނާ ލިބިފައިވާނަމަ އެ މީހެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވާކަމަށް ކ ނޑައަޅަންޖެހޭނެކަން އެނގެ އެވެ . 26- ކުރިން ބަޔާންކުރެވުނު ފަދައިން، އިސްތިއުނާފު ރައްދުވާ ޝިނާޙް ޢާމިރު ދަޢުވާއަށް އިންކާރުކޮށް، ތަޙްޤީޤު ގައި އަމިއްލަ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުން ރުޖޫޢަ ވެފައިވެއެވެ . ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި ޤަރީނާ ތަކުގެ މައްޗަށް ނަޒަރުކޮށް، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ މިންގަނޑުން، ދަޢުވާ ސާބިތުވާފަދަ އަދި ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް ބާރު ލިއްބައިދޭ ފަދަ ހަރުދަނާ ހެކި ޤަރީނާ ލިބިފައިވޭތޯ ބަލާއިރު؛
26.1- ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައި ވާ ބަޔާނުގައި […] 06ވަނަ ފަންގިފިލާ ހުރިގޮތް ކިޔާދީފައިވާގޮތާއި […] ނގުމާގޭގެ ވެރިފަރާތުގެ ތަޙްޤީޤު ބަޔާނުގައި އެ ފަންގިފިލާ ހުރިގޮތް ކިޔާދީފައިވާ ގޮތާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ]ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް [ ގައި ހިމެނޭ އެ ފަންގިފިލާގެ ފޮޓޯތަކަށް ބަލާއިރު، އިސްވެ ދެންނެވުނު ފަރާތްތައް އެ ތަން ސިފަކޮށްދީ ކިޔައިދީފައިވާ ގޮތާ
9ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ވަނީ، ]އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ[. މިފަދައިންނެވެ .
10މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯރޓް ނަންބަރު K(a)/SCOR/2014/0099 ރިޕޯޓް . ދިމާވެއެވެ . މި ކަމަކީ އެ ތަނަށް ނުދާމީހަކަށް ކުރެވޭނެ ކަމެއްކަން ޤަބޫލުނުކުރެވޭއިރު، ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނަށް މި ކަންކަމުން ބާރުލިއްބައިދޭކަން އެނގެއެވެ .
26.2- ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޕޮލިސް ކޯޕްރަލް ބިލާލް އަބްދުލްހާދީ އަދި ޕޮލިސް ސަރޖަންޓް ބަދުރުއްސަލާމް އާދަމް ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހުގައި މިމައްސަލައާ ގުޅިގެން ޝިނާޙް ޢާމިރުގެ އިތުރުން އޭނާގެ އެއްބަނޑު ކޮއްކޮ ދިރިއުޅޭ ގެވެސް ބަލާފާސްކުރިކަމަ ށާއި، އެގޮތުން، ޝިނާޙް ޢާމިރުގެ ކޮއްކޮ ތ. މަޑިފުށި / އެދުރުގެ ޝައްފާން ލުޠުފީ ދިރިއުޅޭ ކޮޓަރީގެ ޑްރެސިންގ ޓޭބަލް މަތީގައި ބާއްވާފައި އޮތް ސެމްސަންގ ބްރޭންޑްގެ އެސް 3 ފޯނެއް ފެނިގެން އެ ފޯނަކީ ކާކުގެ ފޯނެއްތޯ ސުވާލުކުރުމުން، އެއީ އޭނާގެ ބޭބެ ޝިނާޙް ޢާމިރުގެ އެއްޗެއްކަމަށް ޝައްފާން ލުޠުފީ ބުނެފަ އިވާކަމަށް ހެކިބަސްދީފައިވެއެވެ . ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މިމައްސަލައި ގައި ވަގަށްނެގި ފައިސާތަކުގެ ތެރެއިން ގާތްގަނޑަކަށް -/35000ރ. )ތިރީސްފަސްހާސް ރުފިޔާ ( ޚަރަދުކޮށްގެން ޗާންދަނީމަގުގައި ހުންނަ ފިހާރައަކުން ސެމްސަންގ އެސް 3 ބްރޭންޑްގެ 05 )ފަހެއް ( ފޯނު ގަތްކަމަށާއި މި 05 )ފަހެއް ( ފޯނުގެ ތެރެއިން ފޯނެއް ޝިނާޙް ޢާމިރުގެ ކޮއްކޮ ޝައްފާން ލުޠުފީއަށް ދިންކަމަށް ބުނެފައިވެއެވެ . ޝައްފާން ލުޠުފީ 23 ޖަނަވަރީ 2014 ގައި ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ޝައްފާން ލުޠުފީ ދިރިއުޅޭ ކޮޓަރިން ފެނުނު ސެމްސަންގ އެސް 3 ބްރޭންޑްގެ ފޯނަކީ ޝިނާޙް ޢާމިރު އޭނާއަށް ދިން ފޯ ނެއްކަމަށް ބުނެފައިވެއެވެ .
26.3- ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޕޮލިސް ކޯޕްރަލް ޙަސަން ޙަމީދުގެ ހެކިބަހުގައިވެސް މި މައްސަލައާ ގުޅިގެން ޝައްފާން ލުޠުފީ ދިރިއުޅޭ ގޭގައި ހުރި ކޮޓަރިއެއްގެ ތެރެއިން ފޯނެއް ފެނުނުކަމަށް ބުނެފައިވެއެވެ . ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ކ. މާލެ ދަފްތަރު ނަންބަރު ރސ 7877 ފާޠިމަތު ނާޡިމާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައިވެސް ޝައްފާން ލުޠުފީގެ
11ޕްރިސިޑެންސް 3ސަރވިސް ނަންބަރު 1509
12ސަރވިސް ނަންބަރު 4406 ކޮޓަރިން ފުލުހުންނަށް ފޯނެއް ފެނުނުކަމަށާއި އެ ފޯނަކީ ޝިނާޙް ޢާމިރު ދީފައިވާ ފޯނެއްކަމަށް ޝައްފާން ލުޠުފީ އެ ވަގުތު ބުނިކަމަށް ބުނެފައިވެއެވެ . ބުނެވިދިޔަ ހެކިންގެ ހެކިބަހަކީ ޝިނާޙް ޢާމިރު ވަގަށްނެގި ފައިސާއިން ގަތް ފޯނުތަކުގެ ތެރެއިން ފޯނެއް، އޭނާގެ ކޮއްކޮ ޝައްފާން ލުޠުފީއަށް ދިންކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބާރު ލިއްބައިދޭ ހަރުދަނާ ހެކި ޤަރީނާއެއްގެ ގޮތުގައި ބެލެވެއެވެ .
26.4- މި މައްސަލައިގައި ޙަވާލާދޭ ޙާ ދިސާގައި […] ހަވަނަ ފަންގިފިލާގެ މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑްގެ ޑިޖިޓަލް ކ މެރާވެސް ވަގަށް ނަގާފައިވެ އެވެ . ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޕޮލިސް ލާންސް ކޯޕްރަލް ޙަސަން ޙަމީދު 2016 މާރިޗު 16ވަނަ ދުވަހު، ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހުގައި ޝިނާޙް ޢާމިރު ދިރިއުޅޭ މާލެ، […] ގެ ބަލާފާސްކުރިއިރު ކެމެރާއެއް ފެނުނުކަމަށާއި، އެ ކެމެރާ […] ވެރިފަރާތަށް ދެއްކުމުން، އެއީ، އެ ގެއިން ގެއްލިފައިވާ )ވަގަށް ގެންގޮސްފައިވާ ( ސޮނީ ބްރޭންޑްގެ ޑިޖިޓަލް ކެމެރާކަން ކަށަވަރުކޮށްދީފައިވާކަމަށް ބުނެ، ހެކިބަސް ދީފައިވެއެވެ . މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯރޓް ނަންބަރު : K(a)/SCOR/2014/0099 ]ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު[ އިން ވެސް ޝިނާޙް ޢާމިރު ދިރިއުޅޭ […] ގެއިން ސޮނީ ބްރޭންޑްގެ ޑިޖިޓަލް ކެމެރާއެއް ފެނިފައިވާކަން އެނގެން އޮވެއެވެ . މި ކަންކަމުން ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ޙަވާލާދޭ ކެމެރާއަކީ ޝިނާޙް ޢާމިރުއާއި ޝައްފާން ލުޠުފީ، […] ވަގަށްނެގި ކެމެރާއެއްކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބާރު ލިއްބައިދޭ ހަރުދަނާ ހެކި ޤަރީނާއެއް ކަމުގައި ބަލަންޖެހެއެވެ .
26.5- ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޝިނާޙް ޢާމިރުގެ މަންމަ މާލެ، ދަފްތަރު ނަންބަރު ރސ 7877 ފާޠިމަތު ނާޡިމާ 2016 މެއި 11ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައި، ޝައްފާން ލުޠުފީގެ ކޮޓަރިން ފުލުހުންނަށް ފޯނެއް ފެނުނުކަމަށާއި، އެ ފޯނަކީ ޝައްފާން
13ސަރވިސް ނަންބަރު 1509 ލުޠުފީއަށް ޝިނާޙް ޢާމިރު ދީފައިވާ ފޯނެއްކަމަށް ޝައްފާން ލުޠުފީ ބުނިކަމަށާއި، މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގި ދުވަސްވަރު ޝިނާޙް ޢާމިރާއެކު ސައިކަލެއް ގަންނަން ބޯޅަދަނޑު ކައިރީގައި ހުންނަ ޝީޝާއަށް ދިޔަކަމަށާއި، ސައިކަލަށް ފައިސާ ދެއްކީ ޝިނާޙް ޢާމިރުކަމަށް ބުނެ، ހެކިބަސްދީފައިވެއެވެ . މައްސަލައި ގައި ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ]ވީޑިއޯ އެނަލިސިސް ރިޕޯޓު[ ގައި ޝީޝާ ޝޯރޫމުގައި ހުރި ޑީވީއަރ އިން ނަގާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ސައިކަލު ގަންނަން ހުރި މީހާއާ ޝިނާޙް އާމިރުއާ އަޅާ ކިޔުމުން، ވީޑިއޯއިން ފެންނަ ފަރާތާ ޝިނާޙް ޢާމިރުއާ އެއްގޮތް ހަތަރުސިފަ އެކު ލެވޭ ކަމަށް ބަޔާންކޮށްފައި ވެއެވެ .
26.6- ޝިނާޙް ޢާމިރުގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ތެރެއިން ޕޮލިސް ކޯޕްރަލް ޙަސަން ޙަމީދުއާއި ޕޮލިސް ކޯޕްރަލް އަޙްމަދު އަބޫބަކުރު އަދި ޕޮލިސް ސަރޖަންޓް ބަދުރުއްސަލާމް އާދަމް ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހުގައި، ދަޢުވާގައި ބަޔާންކޮށްފައި ކުށުގެ ހާދިސާއާ ގުޅިގެން ޝިނާޙް ޢާމިރު ދިރިއުޅޭ ގެ މާލެ / ޔޫލިއަން ބަލާ ފާސްކުރުމަށް ގޮސް އެޕާރޓްމަންޓް ދޮރުގައި ޓަކިޖަހައި ފުލުހުންކަމަށް ބުނުމުން ދޮރު ނުހުޅުވައި ގިނައިރުތަކެއް ފަހުން ޝިނާޙް ޢާމިރުގެ އަންހެނުން ދޮރު ހުޅުވުމަށްފަހު ޝިނާޙް ޢާމިރު ފިލަން އުޅެނިކޮށް ކުޑަދޮރުން ވެއްޓުނުކަމަށް ބުނިކަމާއި، ފުލުހުން ގޮސް ބެލިއިރު ޝިނާޙް ޢާމިރު އޮތީ ތިރިއަށް ވެއްޓިފައިކަމަށް ބުނެފައިވެއެވެ . ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، 04 ޖަނަވަރީ 2014 ވަނަ ދުވަހުގެ 10:30 ހާއިރު، […] ފުލުހުން އޭނާ ހޯދަން އައުމުން ޝިނާޙް ޢާމިރުގެ އަންހެނުން ދޮރު ހުޅުވަން އ ޅުމުން، ދޮރު ނުހުޅުވުމަށް އަންހެނުން ކައިރީގައި ޝިނާޙް ޢާމިރު ބުނިކަމަށާއި ފުލުހުންނަށް ފިލަންވެގެން އެޕާރޓްމަންޓްގެ އިރަށް ހުންނަ ކޮޓަރީގެ ބޭރުގައި ހުރި އޭސީގެ އައުޓްޑޯ ޔުނިޓަށް އެރުމުން، އައުޓްޑޯ ޔުނިޓް ފުރޮޅާލައިގެން ޖެހިގެން ހުރިގޭގެ ފުރާޅުގައި ޖެހިފައި ގޯޅިގަނޑު ތެރެއަށް އޭނާ ވެއްޓުނުކަމަށް ބުނެފައިވެއެވެ .
14ޕްރިސިޑެންސް 2މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : K(b)089/VAR/2014 )23 ޖުލައި 2014( ރިޕޯޓް އެހެންކަމުން، ޝިނާޙް ޢާމިރު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފުލުހުން ދިއުމުން ޝިނާޙް ޢާމިރު ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައި ވާކަން ފުލުހުންގެ ހެކިބަހުންނާއި ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައި ވާ ބަޔާނުން އެނގޭއިރު، ފިލަން މަސައްކަތްކުރި ސަބަބާގުޅޭގޮތުން ދަށުކޯޓުގައި ވާހަކަ ދައްކާފައިނުވެއެވެ . އެ ކަމާ ގުޅިގެން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝިނާޙް ޢާމިރުއާ ސުވާލުކުރުމުން، ފުލުހުން އޭނާ ދިރިއުޅޭ ގެއަށް އައުމުން، ފުލުހުންނަށް ފިލަން މަސައްކަތްކުރީ، އޭރު ޝިނާޙް ޢާމި ރުއަކީ މަސްތުވާތަކެތީގެ މައްސަލައި ގައި ރިހެބަށް ފަރުވާ ހޯދަން ފޮނުވާފައިވާ ފަރާތަކަށް ވެފައި، އޭރު ޝިނާޙް ޢާމިރު މާލޭގައި ހުރީ ސެންޓަރަށް ފިލައިގެން ކަމަށްވާތީ، އޭނާއަށް ގަބޫލުކުރެވުނީ ފުލުހުން އެގެއަށް އައީ އޭނާ އަނބުރާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންދިޔުމަށް ކަމަށް ބެލެވޭތީއާއި އަދި އެ ވަގުތު އޭނާގެ އަންހެނުން ދޫކޮށްލާފައި އެނބުރި ސެންޓަރަށް ދާން ބޭނުންނުވާތީ، ފުލުހުންނަށް ފިލަން މަސައްކަތްކުރީ ކަމަށެވެ. ބުނެވިދިޔަ ބުނުމުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރިއިރު، ޙުކުމްތަންފީޛު ކުރާ ފަރާތްތަކާއި ރިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ ފަރާތްތަކާގުޅޭ ކަންކަން ބަލަހައްޓާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ނޫންކަން އެނގެން އޮންނާތީ، ޝިނާޙް ޢާމިރު ދިރިއުޅޭ […] ފުލުހުން ދިޔުމުން، ޝިނާޙް ޢާމިރު ފުލުހުންނަށް ފިލަން މަސައްކަތްކޮށްފއިވަ ނ، […] ވައްކަން ކުރުމުގެ ހާދިސާއާ ގުޅިގެން ކަމަށް ބެލެވެއެވެ .
26.7- ޝިނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ވައްކަންކޮށްގެން ހޯދާފައިވާ ފައިސާއިން ގަތްތަކެތި ކަމަށް އިޢުތިރާފުވި އެއްޗެހީގެ ގިނަ ޢަދަދެއްގެ ތަކެތި، ޝިނާޙް ޢާމިރު ދ ރިއު ޅ ގެއިން ފެނިފައިވެއެވެ . ޝި ނާޙް ޢާމިރު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ވަގަށްނެގި ފައިސާ ގުނިއިރު -/150000ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ ( އޮތްކަމަށާއި އެ ފ އިސާއިން، ޝައްފާން ލުޠުފީއާއެކު ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ ފިހާރައަކުން ގާތްގަނޑަކަށް -/1000ރ )އެއްހާސް ރުފިޔާ ( ގެ އަގުހުރި 02 ގަމީސް ގަތްކަމާއި، މަޖީދީމަގުގައި ހުންނަ ވޭލާ ފިހާރަކައިރީގައި ހުންނަ އަންނައުނު ވިއްކާ ފިހާރަ )ފިހާރައިގެ ނަންނޭނގޭ ( އަކުން 03 އަތްކުރު ގަމީހާ 03 ފަޓްލޫނާއި 01 ޖިންސް ގަތްކަމާއި، އެ ތަކެއްޗަށް ގާތްގަނޑަކަށް -/3869ރ )ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ( އެރި ކަމާއި، އަދި 2014 ޖަނަވަރީ 01ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި ޝިނާޙް ޢާމިރުގެ އަންހެނުންނާއެކު މޮނަލާލްސް އަށް ގޮސް އެތަނުން، ސުޕަޖެނެރަލް ބްރޭންޑްގެ ދޮންނަ މެޝިނަކާއި )އަގު ނޭނގޭ ( އާއި ޝާޕް ބްރޭންޑްގެ އެލްސީޑީ ޓީވީއެއް -/5000ރ )ފަސްހާސް ރުފިޔާ ( އަށް ގަތް ކަމަށާއި، އޭގެ އިތުރުން ޝިނާޙް ޢާމިރު އެކަނިގޮސް ޕާރކްވޭ ކައިރީގައި ހުންނަ ފަރުނީޗަރު ވިއްކާ ފިހާރައަކުން -/3000ރ )ތިންހާސް ރުފިޔާ ( ގެ އަގުހުރި ސޯފާ ބެޑަކާއި -/600ރ )ހަސަތޭކަ ރުފިޔާ ( ގެ އަގުހުރި ޓީވީ ރެކް ގަތްކަމަށާއި، އަދި ބަދިގެ ސާމާނު ވިއްކާ ފިހާރައަކުން -/1200ރ )ބާރަސަތޭކަ ރުފިޔާ ( ގެ އަގުހުރި ތެލި ސެޓެއް ގަތކަމަށާއި، މުލިއާގެ ކައިރީ ހުރި ފިހާރަ )ނަންނޭނގޭ ( އަކުން ނިކާއި ބްރޭންޑްގެ ބްލެންޑަރަކާއި ނިކާއި ބްރޭންޑްގެ ފެންކައްކާ ޖަގަކާއި ނިކާއި ބްރޭންޑްގެ ރައިސްކްކަރެއް )އަގު ނޭނގޭ ( ގަތް ކަމަށާއި ބުނެދިޔަ ތަކެތި ޝިނާޙް ޢާމިރު ގަތީ […] ގެ އިން ވަގަށްނެގި ފައިސާއިންކަމަށް ތަޙްޤީޤުގައި ބުނެފައިވެއެވެ . ޝިނާޙް ޢާމިރުގެ އެ ބުނުމުގެ މައްޗަށް ބާރު ލިއްބައިދޭ ހެކި ޤަރީނާ ހުރިތޯ ބަލާއިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޕޮލިސް ލާސް ކޯޕްރަލް ޙަސަން ޙަމީދު ކްރިމިނަލް ކޯޓަށް 2016 މާރިޗު 07ވަނަ ދުވަހު ދީފައިވާ ހެކިބަހުގައި، ޝިނާޙް ޢާމިރު ދިރިއުޅޭ އެޕާރޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި އަންނައުނާއި ޓީވީއަކާއި ހިފާ ގެންގުޅޭ ތަކެތި ފެނިފައިވާކަމަށް ބުނެފައިވެއެވެ. ޕޮލިސް ކޯޕްރަލް ޙަސަން ރަޝީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2016 މާރިޗު 16ވ ނ ދުވަހު ދީފައިވާ ހެކިބަހުގައި، ޝިނާޙް ޢާމިރު ދިރިއުޅޭ ގެ ބަލާފާސްކުރިއިރު އެޕާރޓްމަންޓުގައި ހުރި އަލަމާރީގެ ތެރެއިން ގަމީހަކާއި )ޓެގާއެކު(، ލެޕްޓޮޕަކާއި، ބެޑްރޫމްސެޓަކާއި، ބަދިގެ ސާމާނާއި، ޓީވީ ފަދަ އެއްޗެހި ފެނުނުކަމަށާއި، އެ ތަކެއްޗާބެހޭ ގޮތުން ޝިނާޙް ޢާމިރުގެ އަންހެނުން ނަސީމާ ޢަލީއާ ސުވާލުކުރުމުން، އެއީ ޝިނާޙް ޢާމިރު ގެނެސްފައިހުރި އެއްޗެހިކަމަށް ބުނެފައިވާކަމަށް ހެކިބަސްދީފައިވެއެވެ .
15ސަރވިސް ނަންބަރު 4406
16ސަރވިސް ނަންބަރު 4431 ޕޮލިސް ސަރޖަންޓް ބަދުރުއްސަލާމް އާދަމް ކްރިމިނަލް ކޯޓަށް 2016 މެއި 11ވަނަ ދުވަހު ދީފައިވާ ހެކިބަހުގައި، ޝިނާޙް ޢާމިރު ދިރިއުޅޭ އެޕާރޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި ބަދިގޭ ސާމާނާ، ޓީވީއަކާއި، ސޯފާ ސެޓަކާއި އަދި އަންނައުނު ފެނިފައިވާކަމަށާއި، އެޕާރޓްމަންޓުން ފެނުނު ތަކެއްޗާ ގުޅޭގޮތުން ޝިނާޙް ޢާމިރުގެ އަންހެނުން ނަސީމާ ޢަލީއާ ސުވާލުކުރުމުން، އެއީ، އެ މީހުން ގަނެފައިވާ އެއްޗެހިކަމަށް ބުނެފައިވާކަމަށާއި، ޝިނާޙް ޢާމިރުގެ ތަޙްޤީ ޤުބަޔާނުގައި ވައްކަންކޮށްގެން ހޯދާފައިވާ ފައިސާއިން ގަތްތަކެތި ކަމަށް އިޢުތިރާފުވި އެއްޗެހި ގަތްކަމަށް ޝިނާޙް ޢާމިރު ބުނި ފިހާރަތަކުން އެއާގު ޅ އިންވޮއިސްތައް ފެނިފައިވާކަމަށް ބުނެފައިވެއެވެ . ޝިނާޙް ޢާމިރު ތަޙްޤީޤު ބަޔާނުގައި ގަތްކަމަށް ބުނާ އެއްޗިއްސާއި އެ ތަކެތި ގަތްކަމަށް ބުނާ ތަންތަނާއި އެ އިންވޮއިސްތަކާ ދިމާވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ]ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް [ އިން ވެސް ޝިނާޙް ޢާމިރު ދިރިއުޅޭ […] ގެއިން ފެނިފައިވަނީ އިސްވެ ފާހަގަކުރި ތަކެތިކަން އެނގެން އޮވެއެވެ . މި ހެކި ޤަރީނާތަކަކީ ޝިނާޙް ޢާމިރުގެ މައްޗަށް ތ ހ މ ތުކުރެވުނު މައްސަލައި ގައި […] ވަގަށްނަގާފައިވާ ފައިސާއިން ގަތްތަކެތި ކަމަށް އިޢުތިރާފުވެ ތަޙްޤީޤުގައި ބުނެފައިވާ ބުނުމުގެ މައްޗަށް ބާރުލިއްބަ އ ދޭ ހަރުދަނާ ހެކި ޤަރީނާކަން ޝަރު ޢީ ޤާ ނޫނީ ހަމަތަކުން ބަލަންޖެހެއެވެ . 27- އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝިނާޙް ޢާމިރު ގަނެފައިވކަމަށް ބުނާ ބަޔާންކުރެވުނު ތަކެއްޗާ ގުޅޭގޮތުން ޝަރީޢަތުން ސުވާލުކުރުމުން، އެ ތަކެތި ނުގަންނަކަމަށް ޝި ނާޙް އާމިރު ބުނެފައިނުވެއެވެ. އަދި އެ ތަކެތި ގަތުމަށް ފައިސާ ހޯދިގޮތާ ގުޅޭގޮތުން ޝަރީޢަތުން ސުވާލުކުރުމުން ޝިނާޙް ޢާމިރު ބުނެފައިވަނީ، އޭނާ އެ ތަކެތި ގަންނަން ފައިސާ ހޯދީ، އޭނާގެ ތިމާގެ މީހެއްގެ ފިހާރައަށް ކަސްޓަމަރުންގެ ގޮތުގައި ޓޫރިސްޓުން ގެންގޮސްގެން ކަމަށެވެ . ޝިނާޙް ޢާމިރު ފިހާރައަށް ގެންދާ ޓޫރިސްޓުންކުރާ ވިޔަފާރިން ކޮންމެ ޔޫ .އެސް ޑޮލަރަކުން -/2ރ. )ދޭއް ( ރުފިޔާ ޝިނާޙް ޢާމިރުއަށް ލިބޭކަމަށެވެ .
17ސަރވިސް ނަންބަރު 1509
18މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : K(a)/SCOR/2014/0099 ރިޕޯޓް . ޝިނާޙް ޢާމިރުގެ ބުނެވިދިޔަ ބުނުމުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރާއިރު، ޝިނާޙް ޢާމިރަކީ
12 )ބާރަ ( އަހަރު ގެ ޖަލު ބަންދު ޙުކުމެއް ތަންފީޛުކުރަމުންދާ ފަރާތެކެވެ . މި މައްސަލައިގައި ހިމެނޭ ހާދިސާ ހިނގި ދުވަސްވަރު އޭނައަކީ، ރިހިބިލިޓޭޝަން ސެންޓަރުގައި މަސްތުވާ ތަކެއްޗަށް ފަރުވާ ހޯދުމަންދާ ފަރާތެއްކަމަށް ހުދު ޝިނާ ޙް ޢާމިރުވެސް ބުނެފައިވެއެވެ . މައްސަލައިގައި ޙަވާލާދޭ ގިނަ ޢަދަދެއްގެ ފައިސާގެ އަގުހުރި ތަކެތި ޝިނާޙް ޢާމިރު ގަނެފައިވަނީ، […] ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނެގި ތާރީޚުން ފެށިގެން ހިނގާފައިވާ ހަތަރު ފަސްދުވަހުގެ ތެރޭގައެވެ . އެ ފައިސާ ހޯދި ގޮތާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަކީ ކުރިން ހާމަކޮށްފައިވާ ވާހަކައެއް ނޫނެވެ . ޝިނާޙް ޢާމިރުގެ ތަޙްޤީޤު ބަޔާނުގަޔާއި ޝަރީޢަތުގެ މަޖިލީހުގައި އެ ތަކެތި ގަތްކަމަށް އެއްބަސްވެފައިވާ ތަކެތި ޝިނާޙް ޢާމިރު ގަނެފައިވަނީ، އޭނާގެ ތިމާގެ މީހެއް ހިންގާ ސުވެނިއަރ ފިހާރައަށް، ޝިނާޙް ޢާމިރު ގެންދާ ޓޫރިސްޓުންކުރާ ވިޔަފާރިން ކޮމިޝަންގެ ގޮތުގައި ޝިނާޙް ޢާމިރަށް ލިބި ފައިވާ ފައިސާ އިން ކަމަށް ބެލުމަށް ވުރެ ބޮޑަށް އެ ފައިސާއަކީ، 2013 ޑިސެންބަރު 29ވަނަ ދުވަހުގެ ވަގުތެއްގައި، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީ އާއި، […] ޝިނާ ޙް ޢާމިރު، […] 06ވަނަ ފަންގިފިލާއަށް ވަދެ އެފަން ގިފިލާގައި ހުރި ކަބަޑެއްގެ ތެރެއިން ނަގާފައިވާ -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އަދި -/170000ރ. )އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އިން، ޝިނާޙް ޢާމިރު ގަތް ތަކެތިކަމަށް ބެލެވެއެވެ . 28- އިސްވެ ބަޔާންވެދިޔަ ހެކި ޤަރީނާތަކަށް ބެލުމުން، 2013 ޑިސެންބަރު 29ވަނަ ދުވަހުގެ ވަގުތެއްގައި، ތ. މަޑިފުށި / އެދުރުގެ، ޝައްފާން ލުޠުފީއާއި، […] ޝިނާޙް ޢާމިރު، […] 06ވަނަ ފަންގިފިލާއަށް ވަދެ އެ ފަންގިފިލާގައި ހުރި ކަބަޑެއްގައިހުރި -/10000 ބާތު )ދިހަހާސް ބެންކޮކް ބާތު ( އާއި، އެ ކަބަޑުގައި ހުރި -/170000ރ) .އެއްލައްކަ ހަތްދިހަހާސް ރުފިޔާ ( އާއި، އެތަނުގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ސޮނީ ބްރޭންޑުގެ ޑިޖިޓަލް ކެމެރާ )މޮޑެލް ނަންބަރު : ޑީ.އެސް.ސީ -ޑަބްލިޔު 520( ވަގަށްނަގާފައިވާތީ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ ޗެޕްޓަރ 4 ގެ 131ވަނަ މާއްދާގެ )ހ( އާއި، 132ވަނަ މާއްދާއާއި، 136ވަނަ މާއްދާއާއި، 138ވަނަ މާއްދާގެ ދަށުން، ދައުލަތުން ޝައްފާން ލުޠުފީއާއި ޝިނާޙް ޢާމިރުގެ މައްޗަށް ކޮށްފައިވާ ޖަމާޢަތް ހަދައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ވައްކަން ކުރުމުގެ ދަޢުވާ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ މިންގަނޑުން، ޝިނާޙް ޢާމިރުގެ މައްޗަށް ސާބިތުވެއެވެ . 29- މި މައްސަލައިގައި ޝިނާޙް ޢާމިރު ގެ ފަރާތުން އެދިފައިވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ . ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ޝިނާޙް ޢާމިރުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ ޗެޕްޓަރ 4 ގެ 131ވަނަ މާއްދާގެ )ހ( އާއި، 132ވަނަ މާއްދާއާއި، 136ވަނަ މާއްދާއާއި، 138ވަނަ މާއްދާގެ ދަށުން ކަމަށާއި، ޤާނޫނުއަސާސީގެ 59ވަނަ މާއްދާގެ )ހ( އަށް ބަލާއިރު، ކުށެއްކުރުމާއި، އެކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައި ބަޔާންކުރާ އަދަބުކަމަށް ބަޔާންކޮށްފައިވާތީ، ޝިނާޙް ޢާމިރު ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މި ކުށަކީ މިހާރު ޢަމަލުކުރަމުންދާ، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ ދަށުން ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށެއްކަމަށާއި، އެ ގޮތުން އެއީ، އެ ޤާނޫނުގެ 211ވަނަ މާއްދާގެ )ހ( އާ އ، 210ވަނަ މާއްދާގެ )ށ( ގެ )2(ވަނަ ނަންބަރުގެ ދަށަށް ފެތޭ ވައްކަން ކުރުމުގެ ކުށަކަށް ވާތީ، އެ މާއްދާގެ ދަށުން މިއީ ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށެއްކަމަށާއި، މި ކުށަށް ކަނޑައެޅިފައިވާ އަދަބަކީ 01 )އެކެއް ( އަހަރާއި، 07 )ހަތެއް ( މަހާއި، 06 )ހަޔެއް ( ދުވަހަށް ޖަލަށްލުންކަން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002ވަނަ މާއްދާއިން އެނގޭކަމަށާއި، މި އަދަބު ބޮޑުވާ ސަބެއް އޮތްތޯ ބަލާއިރު، ޝިނާޙް ޢާމިރުގެ ކުށުގެ ރެކޯޑަށް ބަލާއިރު 2013 އިން ފެށިގެން ފާއިތުވި 6 )ހައެއް ( އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތުގެ މައްޗަށް ޖިނާޔަތު އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވެފައިވާތީ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 2 )ދޭއް ( ދަރަޖަ މަތިވުމުން އަންނާނީ، 2 )ދޭއް ( އަހަރާއި، 4 )ހަތަރެއް ( މ ހާއި، 24 )ސައުވީސް ( ދުވަހަށް ޖަލަށްލުމުގެ އަދަބުކަމަށެވެ . 30- މި މައްސަލައިގައި ޝިނާޙް ޢާމިރުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ޗެޕްޓަރ 4 ގެ 131ވަނަ މާއްދާގެ )ހ( އާއި، 132ވަނަ މާއްދާއާއި، 136ވަނަ މާއްދާއާއި، 138ވަނަ މާއްދާގެ ދަށުން ނެވެ . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59ވަނަ މާއްދާގެ )ހ( އަށް ބަލާއިރު، ކުށެއްކުރުމާއި، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ލުއި އަދަބުކަމަށް ބަޔާންކޮށްފައިވެއެވެ . މި މައްސަލައި ގައި ޙަވާލާދޭ ޙާދިސާ ހިނގިއިރު، ޢަމަލުކުރަމުންދިޔަ، ޤާނޫނު ނަންބަރު 68/10 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( އަށްވުރެ، ފަހުން ޢަމަލު ކުރަންފެށި، އަދި މިހާރު ޢަމަލު ކުރެވެމުންދާ، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( އިން، ޝިނާޙް ޢާމިރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަށް ކަނޑައެޅިފައިވާ އަދަބު ކުޑައެވެ . އެހެންކަމުން ޝިނާޙް ޢާމިރުގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭނީ، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން ކަން އެނގެއެވެ . 31- ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން އަދަބު ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، މިއީ، އެ ޤާނޫނުގެ 211ވަނަ މާއްދާގެ )ހ( އާއި، 210ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެކެވެ . މި ކުށް ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގައި ދަރަޖަކުރެވިފައިވާ ގޮތަށް ބަލާއިރު، މިއީ ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށެއްކަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210ވަނަ މާއްދާގެ )ށ(ގެ )2( ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ . 32- ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާނަމައެ ކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަކީ 01 )އެކެއް ( އަހަރާއި، 07 )ހަތެއް( މަހާއި، 06 )ހަޔެއް ( ދުވަހަށް ޖަލަށް ލުމެވެ. އެކަން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002ވަނަ މާއްދާގައި އޮންނަ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުން އެނގެއެވެ . 33- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1100ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރި ކަން ސާބިތުވާ ޙާލަތުގައި ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަށް ބަދަލު ގެނެސް، އަދަބު ބޮޑުކޮށް އަދި ލުއިކުރެވޭނެ ޙާލަތްތަކެއް ވާކަން އެނގެއެވެ . އެ ގޮތުން، ކުށުގެ ރެކޯޑަށް ބަލައި، ކުށުގެ ރެކޯޑެއް އޮތުމުގެ ސަބަބުން، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑަ އެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދަރަޖަ މަތިވާނެކަން އެނގެއެވެ . 34- ޝިނާޙް ޢާމިރުގެ ކުށުގެ ރެކޯޑަށް ބަލާއިރު 2013 އިން ފެށިގެން ފާއިތުވި 6 )ހައެއް ( އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތުގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވެފައިވެއެވެ . އެހެންކަމުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 2 )ދޭއް ( ދަރަޖަ މަތިވާނެއެވެ. ވުމާއެކު، ޝިނާޙް ޢާމިރަށް ކަނޑައެޅޭނެ އަދަބަކީ، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 1104ވަނަ މާއްދާގެ )ހ( ގެ )2(ވަނަ ނަންބަރާ ޙަވާލާދީ، 2 )ދޭއް ( އަހަރާއި، 4 )ހަތަރެއް ( މަހާއި، 24 )ސައުވީސް ( ދުވަހަށް ޖަލަށްލުން ކަން އެ ނގެއެވެ . 35- ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 779/Cr-C/2015 ޤަޟިއްޔާގައި ޝިނޙާ ޢާމިރުއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހެއެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، 2013 ޑިސެންބަރު 29ވަނަ ދުވަހުގެ ވަގުތެއްގައި، ތ. މަޑިފުށި / އެދު ރުގެ، ޝައްފާން ލުޠުފީއާއި، […] / މާލެ، ޝިނާޙް ޢާމިރު، […] 06ވަނަ ފަންގިފިލާއަށް ވަދެ އެ ފަންގިފިލާގައި ހުރި ކަބަޑެއްގައިހުރި -/10000 )ދިހަހާސް( )ބެންކޮކް( ބާތު އާއި، އެ ކަބަޑުގައި ހުރި -/170000ރ) .އެއްލައްކަ ހަތްދިހަހާސް
19ޝިނާޙް ޢާމިރުގެ ކުށުގެ ރެކޯޑް N 00\---._~u <---._~ r'"lr-- I .\ " \QC)\'' C)+,"-H,(r\''\"'\"~ ~ ""'"-H~ " OQ )( ()~)(' \ \\"()',, ' '"'" ~'\ 1\ \"'"\\It, "\ ,,,'--"'''\ " i -, -, !' 'l.J~-H ~ \~l \\~ ., Q ~' ~ X! \ \ ' ~'' ~\ \ ~ \ ' " 0 1\0~&~"'' ~'!\ ~i"\'' ~'lJ~ ,.\\----,........0 \000 "\\Q ai,, "\"'~"'l ,, \ ''"''\ o\\ \ '-"tnN 0 "'\ OQ\.,J 0 "'\ "' '\• \ '"'1- "'' ' \ ~\ \ ~ ~ ~' ~ \ ~ :'\' I l • l .,J \ ~ ~ ~ ""'''\a,''",, \~__..trJ00 ,,,,,, a \\ \\\0..,- r'l\0 ,,,,,~a'''\ \\'0.......-("'")0-l ,, '-" ----""',, 0'\\\1\' ~~- ""''"'f" \Qj():"\"\ ' \ i ~\a~'l. '\ '\ ~ '\\ 5 ' \ \ -, \ • \ \ a "\ C)~""'' ':...'\ ,,.,, \ '' \ a\)( a\"It,,..~~ a\\'\a,'"' "\" ,, a~,, \\\ " 1\+, a;'\\\ a,,,1 O\"\' \ '\~~ \ '' '\ 'lJ ~ ~\ ~ :\ "'' '\ ,. 'i 1. ,1 \\ :'\~~ "} '\ 'J.. ~ :\ \ \ a\,, a~ \"'1,,~... ':... ""'" 1\ ""'"'\"\ ~ \:1.a \~ a\ ~\\\,.. \ :\ () ,,,, " a ,, \ \ at._":I.,,'It, ~"'"\ "''\ ~ '' , . \ ~ ~ \ '\ ~ ,. "~o '\ \ ~ \ l \ \\ i - \\\' \ , \Q"\""'"'\ 1\1\at._ ,,~ ~'\ a O\"It,)("' ; ''\ ,,,a'i''\ \"1,, a ' ' ~0\~r ' -----u ('.J0 ........VI "\\Qa\ ,i ""''"lJ~ '\ " \ ,, ~\ \ ~ i ~ "'' 'l. ) '\ '\ '\ ·L "' h I :\ ~ \ \ _ \ \ " ''\a,'''\ \\\~tn.....- ""' ,, \ "\~ \\:"1 '' ~ ""' 1\l"~ '"" ... "& ~~ \ ~ a\\'\a\\ ""''"\ ,, a'i''\ ~~"'!\ '' "' l~ l ' \ ~'\· :.., ' ' :..,,~ , ' :'\~ '\ "' ,. l ,1 ~ ~ ~\Q \ \ ' \ ""':l'l.Ja,''\\"o{ '"' ,,\-H \ ~~\~ ~ ,.. ~ ~l a\\'\a\\'\ ""' "\ ~ ~ 1 a " ' a\ ~\~ "& '"'~ ~~ \ '). ~ ,, \ ~ ' .,~ II '\ ,. ~ ~ \ .,; \ i "'~ "'' '' \ \ \ \ 0\~0 ~-.::t' "\ ~\\i "\~ '''"'' 0)(:~. a~~ a\,, ~~ "\\\ a ,, '' \ lr)0\ " '' \ "\~\~"'' ""''''S:. a\'"\~'\" & :\ \ _) " '\ \ "' ' '\ ~ "' l l '\ ' 'lJ · \ ~''II \ \~ '--"N ~""'' '--"~""''''\()',, ' \~('.J~0 ' ,,..'-"~ ""'~,,.,_a, ,, \ \ ~ .-- " '-"" ' ~"''"\a~i"\''""~ ""'"V... a ''\\\ ..,\\~ \ \ '\ \ ~ \\' \ '\ \ ~ "' ~ '\· '\ ~. ~ " "\... 1\~ "\a\)(~a~'" ,,, a \'' a\,, '\\ '-"N ~""' ~~""' ,, a\,, ~ - ........ 2; " ">1\ "i'''"'~ "\ ,,~\\"''i ''\\Qa\' "' , i ' "' \\ ~ II ~ \ '\ ~ "' i '\ .;..~"\ \ _ 0 a "\\ \\~-.::t' ''\~~ '--"0 "'l.~N "\ ,, ~ ~\ "\''"' ~ \ \ a "\'\ ""' ~~ ""''''\()'\''"''' ~0 0 N ~ ~\ ,, ~ ~, '\ 'i 'l.) ~ ~ ' ~ '\ \ 'l. i \ \ \ " "\ '"' "& \"1 "lJ~~ \ \ " ~~() ,, " ,,~() ' ' at\ " a' \ \'\J ~\\ "'l.'--"a "'\'l,-., ~ \\\' "'' '!\\\V\"' \\ ,, ' "'' \ \'II{''l. "' . l "'' '\ ~' ~\.. ~ \ ~ -~ l c.,~ ~ \\ '\ \ \ \ "~"'\ a\)(~a'\" "' '"'\ \<1 \~ ai"""~ ,,~,a\ ""'ai·"\''S:. ' :--.~ ~ ' '\ \ '\ '\ \\ '\ .,;\\ :\ \ ~ "~Cl'\":1."'i '!\\' ~,Q 1\"'' \ .. '\\ '\ "' ~ \ .. "\. ~ ,, "\~ \<~ \ ". ~ ' "\ '~ "\~'l ,,. \ ) ,, l' \ '\ ~ ;'\ '\ .,; '\ \~ ~ \ \ , l 10 - 10~ C ') "" ~ r-- ·l ~ ~ ~ 3 r <s; ?, -- · ~ :-.. , ~ ~\''""'\ ' - ~ ''" , ,~~ ~ ~ ·~' ~ ,..,' ' -~· ~ : ' ~ '"'' \ ~ ~.~' " \\,, ~'\J~~ ''- ~ \ , ' 7 ~ .~\ • &' ·2S ~-§, ·~' ;:; ~ ;:; ~ 0E §;, >0: > l "' c ' ~ - g, ; ~ _\ ~ ' '
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ)، 132، 136، 138 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ (2)، 211 ވަނަ މާއްދާގެ (ހ)، 1002 ވަނަ މާއްދާ، 1100 ވަނަ ބާބު، 1104 ވަނަ މާއްދާގެ (ހ) ގެ (2)
- ސުޕްރީމް ކޯޓުގެ 2009/SC-A/18 (އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ 2011/HC-A/94
- ހައިކޯޓުގެ 2012/HC-A/14
- ހައިކޯޓުގެ 2009/HC-A/274
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް