ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/235
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކޮށްފައި، 2023/HC-A/235
Prosecutor General v. Name withheld 2023/HC-A/235 (2023/HC-A/235, High Court of the Maldives, 7 June 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކޮށްފައި
މައިގަނޑު ސުވާލު
ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ ކުރިން ސުވާލު ނާއުފައްދާ ހުރިއިރު، ޝަރީޢަތުގެ އަޑުއެހުންތައް ނިމުނު ފަހުން ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް ތަޙްޤީޤާއި ދަޢުވާކުރުމުގެ މުއްދަތުގެ މައްސަލަ ނަގައި ގޮތެއް ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާ ޚިލާފު ކަމެއް ހެއްޔެވެ؟ އަދި 94 ވަނަ މާއްދާގެ ތަޙްޤީޤު/ދަޢުވާކުރުމުގެ މުއްދަތު ގުނަންވީ ގޮތާއި، މި މައްސަލައިގައި އެ މުއްދަތު ފަހަނައަޅާފައިވޭ ހެއްޔެވެ؟
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 (ހ) ގައިވާ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައިވަނީ އަދި އެ ފުރުޞަތު ދޫކޮށްލައިފިނަމަ ގެއްލިގެންދަނީވެސް ޚަޞްމުންނަށެވެ؛ އެ މާއްދާއިން ފަނޑިޔާރުގެ ބާރު ހަނިކޮށްފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11، 14)
- ޚަޞްމަކު ފާހަގަ ނުކުރި ނަމަވެސް ފާޅުކަން ބޮޑު ޤާނޫނީ އޮޅުމެއް ނުވަތަ ކުށެއް ފަނޑިޔާރަށް ފާހަގަވެއްޖެނަމަ، ޚަޞްމުން ދެކޭގޮތް ހޯދައި ޖަދަލުކުރުމުގެ ފުރުޞަތު ދިނުމަށްފަހު އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ؛ ޚަޞްމަކު ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ބުނެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެއެވެ (2020/SC-A/44). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-14، 18)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 (ޅ) ގެ ދަށުން، ޚުލާޞާ ބަޔާނާއެކު އަޑުއެހުންތައް ނިމުމަށްފަހު ޙުކުމްކުރުމުގެ ކުރިން ކޮންމެހެން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމަށް އިތުރު އަޑުއެހުމެއް ބޭއްވުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ؛ އެގޮތަށް ޢަމަލުކުރުމަކީ 119 ވަނަ މާއްދާގެ އިޖުރާއަތު ތަކުރާރުކުރުމެއް ނުވަތަ އެއާ ޚިލާފުވުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-17)
- 94 ވަނަ މާއްދާގެ ތަޙްޤީޤުގެ 30 ދުވަހުގެ މުއްދަތު ގުނަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 (ހ) ގެ މަތިން، ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-23)
- ޕްރޮސިކިއުޓަރ ޖެނެރަލުން ތަޙްޤީޤުގެ މުއްދަތު އިތުރުކުރުމުގައި ބަލާނީ މުއްދަތަށެވެ، އިދާރީ ފަސޭހައަށް ޖަހާ ތާރީޚުތަކަކަށް ނޫނެވެ؛ އިތުރުކުރާ މުއްދަތު ފެށޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތަޙްޤީޤުގެ މުއްދަތު ހަމަވާ ތާރީޚުންނެވެ؛ ދެފަހަރު އިތުރުކުރާނަމަ ޖުމްލަ އިތުރުކުރެވޭނީ 30 ދުވަހެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24، 26)
- މި މައްސަލައިގައި ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 8 މޭ 2022 ކަމުން، 7 މޭ 2022 ގައި ހުށަހެޅުމަކީ މުއްދަތުގެ ތެރޭގައި ހުށަހެޅުމެކެވެ؛ އެހެންކަމުން މުއްދަތާ ގުޅޭ އިޖުރާއީ ގޯހެއް ނުހިނގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 27-28)
މައްސަލައިގެ ތަޢާރަފު:
1މި މައްސަލައަކީ، ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########### ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އާ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތކަ *************** *********** އެވެ.
2*************، 2021 ވަނަ އަހަރުގެ ދުވަހެއްގެ ރޭގަނޑު ވަގުތެއްގައި، މީނާގެ ދޮންދަރި، ###### #####ގެ މީނާ ދިރިއުޅޭ ކޮޓަރީގެ އެނދުގައި އޮތްވައި، މީނާ ކުއްޖާގެ އުރަމަތީގައާއި ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލާފައިވާތީއާއި، 2021 ވަނަ އަހަރުގެ އެކި ދުވަސްމަތިން މީނާ ކުއްޖާގެ އުރަމަތީގައި އަތްލައި، ކުއްޖާގެ ކުރިމަތިފަރާތަށް އިނގިލި ކޮއްޕާފައިވާތީ، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު، ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ***********ގެ މައްޗަށް ދައުލަތުން ކުރިއެވެ . އައިޑީކާޑު ނަންބަރު […] ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓު ނަންބަރު ########### ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
3ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########### ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން، ************************** (ދރއ ކާޑު ނަންބަރު: […]) ގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ޝަރީޢަތުން ބެލިއިރު، މި މައްސަލައަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 94 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ތަޙްޤީޤު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގެން ދަޢުވާ ކޮށްފައިވާ މައްސަލައެއް ކަމުގައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ، ދަޢުވާކުރާ ފަރާތުގެ ރިފަރަންސް ނަންބަރު: ########### ދަޢުވާ ހށަހަޅު ފޯމުން **************************ގެ މައްޗަށް އުފުލާފައިވާ ކުޑަ ކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ، ކުށުގެ ދަޢުވާއަކީ، މައުޟޫޢީ ގޮތުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި، މި ދަޢުވާ ފޯމު ބާޠިލްކޮށް، *************އަކީ މި ކޯޓުގެ ނަންބަރު ############# ކޯޓުގެ އަމުރުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައިހުރި މީހަކަށްވާތީ، ************ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް މިގޮތުގެމަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމައެވެ." އިސްތިއުނާފީ ނުކުތާތައް
4ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########### ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ:
1.4- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 119 ވަނަ މާއްދާއާ އެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމފައާ ވާ ނިންމި މ އެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5އިސްތިއުނާފުކުރާފަރާތުން ދައްކާފައިވާ ވާހަކަތަކުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
1.5- މި މައްސަލައާ ގުޅިގެން ފަނޑިޔާރު އުފައްދާ ސުވާލަކީ 22 އެޕްރީލް 2022 ދުވަހުގެ 13:48 އިން ފެށިގެން 23 އެޕްރީލް 2022 ދުވަހާ ހަމައަށް ************ ހުރި ޙާލަތެއް އެނގެންނެތް ކަމާއި، 22 އެޕްރީލް 2022 ދުވަހުގެ 13:48 އަށް މުއްދަތު ހަމަވިއިރު، 23 އެޕްރީލް 2022 ދުވަހުން ފެށިގެން ތަޙްޤީޤު ކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރުކޮށްދީފައިވަނީ، މުއްދަތު ފާއިތުވި ފަހުން ކަމެވެ. މިކަން ޝަރީޢަތަށް ފާހަގަ ކުރެވިފައިވަނީ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ނިމި ޚުލާސާ ބަޔާންވެސް ހުށަހަޅައި، ޙުކުމް ކުރުމަށްޓަކައ ދިރާސާކުރަމުން ގެންދަނިކޮށް ކަމެވެ.
2.5- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ގެ ދަށުން 6 ކަމެއް ލިސްޓުކޮށް އެ ލިސްޓުގައިވާ ކަންކަމަކީ ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެއް ކަމާއި، ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައާ ނުވާހއަ ހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށހަޅާފައަ ނުވާނަމަ އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީ ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި، އޭގެ ތެރޭގައި (1) ދަޢުވާ އުފުލުމުގައި އަދި/ނުވަތަ ދަޢުވަ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން، (2) ދަޢުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢު ހިމެނޭކަމާއި، މި މައްސަލަ ކޯޓަށް ހުށަހެޅުނު މުއްދަތާ ގުޅޭ ގޮތުން އެއްވެސް ކަމެއް ބަޔާންކޮށް މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމެވެ. އެހެންކަމުން ފަނޑިޔާރުގެ އަމިއްލަ އިސް ނެގުމަށް މައްސަލައިގެ ޝަރީޢަތގު ހުރިހާ މަރުހަލާއެއް ނިމުނު ފަހުން އެކަމާގުޅޭ ގޮތުން ގޮތެއް ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާ ޚިލާފު ކަމކެ ވެ.
3.5- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީއާއި ޝަރުޢީ ނިޒާމު އެޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމްގެ އަސާސީ ސިފަތަކުގެ މައްޗަށް ކަމާއި، އިންކިއުސްޓޯރިއަލް ނިޒާމުގެ ސިފަތަކާ އެއްގޮތްކަމަށް ބެލެވޭ އިޖުރާއީ ޤާނޫނު ނެތްއިރު، އިންކުއިސްޓޯރިއަލ ނިޒާމް އެއްގޮތަށް ޢަމަލު ކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ދަލާލަތުކޮށްދޭ އެއްވެސް ޤާނޫނެއް ނެތް ކަމާއި، ފަނޑިޔާރުގެ ޒިންމާއަކީ ޢަދުލު އިންސާފު ގާއިމް ކުރުން ކަމާއި އެކަން ކުރުމުގައި ރިޢާޔަތް ކުރަން ޖެހޭނީ ޤާނޫނުތަކަށް ކަމެވެ. މި މައްސަލައިގައ ބަހުސް ކުރެވޭ މަޢުޟޫއުގައި ޤާނޫނުގައި ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަ ކުރެވެން އޮތް ކަމަކީ، ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއެއް ނޫން ކަމާއި، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) އާއި، އެ އަކުރުގެ 2 ވަނަ ނަންބަރަކީވެސް ފައުޅުވ އޮތެ މާއްދާއެއް ކަމާއި، އެ މާއްދާގައި އޮތީ ޤާނޫނު ވަކި ކަމަކާ ގުޅިގެން ޤަބޫލުކުރާ ގޮތެވެ. ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގައި ބުނާ އަވަހަށް ތަޙްޤީޤުކޮށް، އަވަހަށް ދަޢުވާ ކުރުމުގެ ޙައްޤު ތަންޒީމު ކުރާ އެއް މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤނޫނުގާ 94 ވަނަ މާއްދާކަމުގައި ވީނަމަވެސް އެއީ މުޠުލަޤު ހައްޤުތަކެއް ނޫން ކަމާއި، ހަމަ އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) އާއި، އެ އަކުރުގެ 2 ވަނަ ނަންބަރުން އެ ޙައްޤުގެ ހުދޫދާއި އެ ޙައްޤު ބޭނުން ކުރެވޭނެ ގޮތް ތަންޒީމުކޮށް ގައިދުކޮށްފައިވާ ކަމެވެ.
4.5- މި މައްސަލަ ކޯޓަށް ހުށަހެޅިފައިވަނީ މުއްދަތު ފަހުންތޯ ނުވަތަ މުއްދަތު އިތުރުކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންތޯ ބަލާއިރު، ފުލުހުން ހުށަހެޅި ފޯމުގައި ************ ބަންދު ކުރެވުނީ 24 މާރިޗު 2024 ދުވަހުން ފެށިގެން ކަމަށް ލިޔެފައި އޮތުމުން އެ ލިޔުމަށް ބަލައި، ތަޙްޤީޤުގެ މުއްދަތު އިތުރުކޮށްފައިވާ ކަމާއި، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނުގައި، ޤާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތު ގުނުމުގައި ބަލަންޖެހެނީ އެދެކަމެއް ހިނގާ ދުވަސް ނުހިމަނާ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ.
5.5- ދަޢުވާލިބޭ މީހާ ބަންދުކޮށްފައިވަނީ 23 މާރިޗު 2022 ދުވަހުގެ 16:00 ގައި ކަމާއި، 30 ދުވަސް ހަމަވާނީ 22 އެޕްރީލް 2022 ދުވަހުގެ 16:00 އަށްވާއިރު، އެވަގުތުން ފެށިގެން 15 ދުވަސް ހަމަވާ ތާރީޚަކީ 07 މއ 2022 ދުވަހުގެ 16:00 އެވެ. މި މައްސަލަ ޕީޖީ އޮފީހަށް 07 މޭ 2022 ގެ 13:14 ގައި ބަލައިގެންފައިވާނެ ކަމަށް ދަށު ކޯޓުގައި ވަކާލާތުކޮށްފައިވާނެ ކަމާއި، އެހެންކަމުން މި މައްސަލައިގައި ދަޢުވާ އުފުލާފައިވާނީ ޖިނާއީ އިޖްރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަމެވެ.
6އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########### ޤަޟިއްޔާއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ޤަޟިއްޔާއެއް ކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި މައްސަލައަކީ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކޮށް ދިނުމަށެވެ.
7އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން މައިގަނޑު ގޮތެއްގައި އަންނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
1.7- މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާ ކަމަކީ ދަޢުވާ ކުރުމަށް ހުރަހަކަށް ވާނެ ދިފާޢެއް ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައި ނުވަނީސް، މައްސަލަ ބައްލަވާ ފަނޑިޔާރުގެ އަމިއްލަ އިސް ނެންގެވުމަށ އެފަދް ކަމެއް ފާހަގަކޮށް މައްސަލަ ނިންމުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަޢުވާ ކުރުމަށް ހުރަހަކަށްވާނެ ދިފާޢަކީ ހަމައެކަނި ޝަރީޢަތުގެ ކުރީގެ މަރުޙަލާއަށްފަހު ނެގޭނެ ދިފާޢއްނޫނެ ކަމެވެ.
2.7- ފުލުހުން ހުށަހަޅާފައިވާ ފޯމުގެ ފުރަތަމަ ޞަފުހާގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރި ތާރީޚް ލިޔެފައިވާއރި ތުހުމަތު ކުރެވޭ ފަރާތާ ގުޅޭ މަޢުލޫމާތު ބައިގައި ލިޔެފައިވަނީ، 22 މާރިޗު 2022 ގައި ކަމާއި، ތުހުމަތުކުރެވޭ މީހުންގެ ބަންދުގެ ތާރީޚްތަކުގެ ތަފްސީލްގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރި ތާރީޚގ ގޮތުގައެ ލިޔެފައިވަނު 23 މާރިޗު 2022 މި ތާރީޚު ކަމާއި އަދި ބަންދުކުރި ތާރީޚުގެ ގޮތުގައު ލިޔެފައިވަނީ 24 މާރިޗު 2022 ކަމަށެވެ. ހަމައެއާއެކު އެފޯމުގައި ތަޙްޤީޤު މުއްދަތު އިތުރުކޮށް ދިނުމަށް އެދޭ ސަބަބުގެ ގޮތުގައި، ފުލުހުން ލިޔެފައިވަނީ މައްސަލައިގައި ކުއްޖާގެ ޖެންޑަރ އެސެސްމެންޓް ރިޕޯޓު ލިބިފައިނުވާތީއާއި މައްސަލާގައި 1 ހެކިވެރިއެއްގެ ބަޔާން ނުނެގި އޮތުމުންނާއި، ޕީޖީ މަޝްވަރާއަށ ގެންދިއުމުން މަޝްވަރާގައި އެދިފައިވާ ކަންކަން އިސްލާޙު ކުރެވިފައިނުވާތީ މި ކަންކަމުގެ މައްޗަށް ބިނާކޮށް ތަޙްޤީޤު މުއްދަތު އިތުރުކޮށް ދިނުމަށެވެ. މިކަމުން ސާފު ވެގެންދާ ކަމަކީ މައްސަލައިގައި ތަޙްޤީޤު މުއްދަތު އިތުރު ކުރުމަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅމުގު ކުރިން އެމައްސަލައަކީ ޕްރޮސިކިއުޝަނާއެކު މަޝްވަރާ ކުރެވފައިވި މައްސަލައެއް ކަމެވެ. އަދި ޕްރޮސިކިއުޝަނަށް މައްސަލައިގެ ލިޔުންތައް ލިބި މައްސަލަ ދިރާސާ ކުރުމަށް ޕްރސިކިއުޝަނަށޮ ފުރުސަތު ލިބިފައިވީނަމަވެސް އެކަން ނުކުރައްވައި ފުލުހުން ހުށަހެޅި ފޯމުގައި ހުރި މަޢުލޫމާތުގެ މައްޗަށް އެކަނި ބުރަވެ ނުބައި ތާރީޚަކުން ފެށިގެން މުއްދަތު އިތުރުކޮށް ދީފައިވާ ކަމެވެ.
3.7- މި މައްސަލައިގައި، ************ގެ މައްޗަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޙްޤީޤު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވި މުއްދަތުގެ ތެރޭގައި ފުލުހުން ހޯދާފައިވާ އެންމެހައި ހެއްކާއި ޤަރީނާއަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޤާނޫނާ ޚިލާފް އަދި ބާޠިލް ހެކިތަކެއް ކަމެވެ. ސަބަބަކީ އެހެކިތައް ތަޙްޤީޤަށް ހޯދާފައިވަނީ ޤާނޫނުއަސާސީން ************އަށް ކަށަވަރުކޮށް ދީފައިވާ ހައްޤު ނިގުޅައި ގަތުމަށްފަހު ކަމުގައި ދެކޭކަމު ވެ.
4.7- މި މައްސަލައިގައި ************ގެ މައްޗަށް ހިންގުނު ތަޙްޤީޤުގައި ޕްރޮސިކިއުޝަނުން ޢަމަލު ކުރައްވާފައިވާ ގޮތުން އެފަރާތުގެ އަސާސީ ޙައްޤަށް އުނިކަން ލިބިފައިވާ ކަމާއި، ތަޙްޤީޤުގެ މުއްދަތު އިތުރު ކުރުމާގުޅޭ އިޖުރާއަތަކީ، އެ އިޖުރާއަތް އަލުން ފުރިހަމަކޮށް ކުރިއަށް ގެންދެވޭނެ އިޖުރާއަތެއް ނޫން ކަމެވެ. އހެންކަމުނެ މި މައްސަލައިގައި ހެދިފައިވާ އިޖުރާއީ ގޯހަކީ އެކަމުގެ ސަބަބުން މުޅި މައްސަލައަށް އޭގެ އަސަރުކުރާފަދަ ގޯހެއް ކ މެވެ.
5.7- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤޞް ދުތަ ކ ގ ގޮތުގައެ ކުށުގެ ތުހުމަތުގައިވާ މީހާގެ ހައްޤަކަށް އުނިކަން ނާންނަ ގޮތެއްގެ މަތިން ޖިނާއީ ކުށުގެ ތަޙްޤީޤު ހިންގުމާއި، ދަޢުވާ އުފުލުމަށް ބާރުއަޅާފައިވުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު މާނަ ކުރަންވާނީ ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނަ ގޮތެއްގެ މަތިންނެވެ.
6.7- މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދަޢުވާލިބޭ ފަރާތުން ސުވާލު އުފައްދާފައި ނުވަނީސް މައްސަލަ ބައްލަވާ ފަނޑިޔާރަށް އެކަން ރިޢަޔާތްކުރެވިދާނެތޯ ބަލާއިރު، ސުޕްރީމް ކޯޓުގެ ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ސުވާލު އުފެދިފައިވާ ޗެކެއްގެ ނަންބަރާމެދު މައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމަކު ސުވާލު އުފައްދާފައި ނުވަނީސް، މައްސަލާގައި ގޮތެއް ނިންމުމަށް ފަނޑިޔާރުން އެ މައްސަލަ ދިރާސާ ކުރައްވަމުން ގެންދިޔަ މަރުޙަލގާ އ ފަނޑިޔާރުންނަށް އަމިއްލަފުޅަށ އެކަން ފާހަގަ ކުރެވިގެން އެކަމާއި ގުޅިގެން ފަނޑިޔާރުން މައްސަލައިގެ ޚަސްމުންނަށް ސުވާލުކުރި ކަމއާ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުންވެސް ފަނޑިޔާރެއްގެ ކުރި މައްޗަށް މައްސަލައަކާއި ގުޅިގެން އެއް ޚަސްމަކު ހުށަހަޅާފައިވާ ލިޔުމެއް، އެއީ މައްސަލައިގައި ބަލައިނުގަނެވޭނެ ލިޔުމެއް ކަމަށް ފަނޑިޔާރު ނިންމަވާފައިނުވާ ޙާލަތުގައި އެ ލިޔުމަށް ރިޢާޔަތްކޮށް މައްސަލައިގައި ފަނޑިޔާރު ގޮތެއް ނިންމުމަކީ ފަނޑިޔާރަށް ލިބިދޭ ތަޤްދީރީ ބާރެކެވެ.
8އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########### ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށ މައްސަލް ނިންމައި ދ ނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން މެޖިސްޓްރޭޓް އަމިއްލަ އިސްނެގުމުގައި ފާހަގަކުރާ ކަންކަން
9މި މައްސަލއިގައަ އިސްތިއުނާފުކުރާ ފަރާތުގެ ބަހުސު ބިނާކޮށްފައިވާ މައިގަނޑު ނުކުތާއަކީ، މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި ޙުކުމް ކުރުމާ ހަމަހައަށް ގޮސްފައިވަނިކޮށް، މައްސަލަ ދިރާސާކުރުމުގެ ތެރޭގައި، މައްސަލަ ތަޙްޤީޤު ކުރުމާއި ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން ދަޢުވާލިބޭ ފަރާތުން ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހަޅާފައިނުވާއިރު، މައްސަލަ ބެލި މެޖިސްޓްރޭޓް އަމިއްލަ އިސްނެގުމަށް އެނުކުތާ ނަގައި ދަށު ކޯޓުގެ މެޖިސްޓްރޭޓަށް އެކަމުގައި ގޮތެއް ނުނިންމޭނެ ކަމަށެވެ. އިސްތިއުނާފު ރައްދުވާފަރާތުން ދެކެނީ ދަށު ކޯޓުގެ މެޖިސްޓްރޭޓް ނިންމި ނިންމުން ރަނގަޅުކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެގޮތަށް ބުނާ ސަބަބަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގައި 'މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެ' ކަމަށް އޮންނާތީއެވެ.
10ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއަކީ އެ ޤާނޫނުގެ 117 ވަނަ މާއްދާއިން އެކަށައަޅާފައިވާ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ބަޔާންކުރަނީ؛ ޝަރީއަތުގެ ކުރިން 119 (ހ) އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުންތަކެކެވެ. މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.
11ޕްރިސިޑެންސް 1މި މާއްދާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށއެޅަމުގެ ފުރުޞަތު ލިބިދީފައި އޮންނަނީ ޖިނއާ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނަށެވެ. އަދި މި ފުރުޞަތު ދޫކޮށްލައިފިނަމަ، މި ހުށަހެޅުންތައް ހުށައެޅުމުގެ ފުރުޞަތު ގެއްލިގެން ދަނީވެސް ޖިނާއީ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނަށެވެ.
12ޕްރިސިޑެންސް 2މި މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ (2020/SC-A/44) ޤަޟިއްޔާއަށް ނަޒަރު ކުރާއިރު، ފަނޑިޔާރުންގެ ދައުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުން ކަމަށާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލު ކުރަންޖެހެނީ ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ކަމުގައި ވާއިރު، އެކަމަކީ މައްސަލައިގެ ޚަޞްމަކު ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ބުނެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަ ނުކުރާ، އެހެން ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ފަނޑިޔާރަށް ފހަގާ ކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން،އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދައި، ޚަޞްމުން އެދޭނަމަ އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް ތައުނު ކުރުމުގެ ފުރުޞަތު ދެވެންވާނޭ ކަމުގައި ކަނޑައަޅާފައިވެއެވެ.
13ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންނަށް ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށް ޢަމަލު ކުރުން ލާޒިމުކުރާއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނޭ ކަމުގައި ބަޔާންކޮށްފައި ވެއެވެ.
14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރުންގެ ބާރު ހަނިކޮށްފައެއް ނުވެއެވެ. އެހެންކަމުން، މައްސަލައިގައި ހިމެނޭ ޚަޞްމަކަށް ޤާނޫނުން ދީފައިވާ ފުރުޞަތު ދޫކުރުމަކީ، ފާޅުކަން ބޮޑު ޤާނޫނީ ކަމެއް ފާހަގަ ކުރެވޭ ޙާލަތުގައި ޤާނޫނާ ޚިލާފަށް ޙުކުމް ކުރުމުގެ ފުރުޞަތު ފަނޑިޔާރަށް ލިބިދޭ ޙާލަތެއް ނޫނެވެ.
15ޕްރިސިޑެންސް 3ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ޚުލާޞާ ބަޔާން ހުށަހަޅާ ނިމމު އެކު ޝަރީޢަތުގާ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނޭ ކަމުގައި ބަޔާން ކުރެއެވެ. މިމާއްދާގެ (ޅ) އިން ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން، އެ މައްސަލައާ ގުޅޭ ގޮތުން ކޮންމެހެން ސާފު ކުރުން މުހިއްމު ކަމެއްވާނަމަ، އެ ކަމެއް ސާފުކުރުމަށް އިތުރު އެއް އަޑުއެހުން ބޭއްވުމުގެ އިޚްތިޔާރު ފަނޑިޔަރަށް ލިބިދީފައިވެއެވެ.
16ދަށު ކޯޓުގައި މި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ޢަމަލު ކޮށްފައިވަނީ މި މާއްދާއާ އެއްގޮތަށެވެ. މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހެޅުމަށްފަހު މައްސަލަ ނިންމުމުމަށް ދިރާސާ ކުރަމުން ދަނިކޮށް، ސާފު ކުރުން ކޮންމެހެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 68 އަދި 69 ވަނަ ޕެރެގްރާފްގައި. މުހިއްމު ކަމެއް ފާހަގަ ކުރެވުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޑުއެހުމެއް ތާވަލު ކުރިއެވެ. މިކަމުގައި މައްސަލައިގައި ހިމެނޭ ދެ ޚަޞްމުންވެސް ދެކޭ ގޮތް ސާފުކޮށްފައިވެއެވެ.
17ދަށު ކޯޓުގެ މެޖިސްޓްރޭޓް ޢަމަލުކުރި އިޖުރާއަތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތު ތަކުރާރު ކުރުމެއް ނޫނެވެ. އަދި އެ މާއްދާއާ ޚިލާފަށްވެސް ޢަމަލު ކުރީއެއް ނޫނެވެ. އެއާޚިލާފަށް ޖިނާއީ އިޖުރާއަތގު ޤާނޫނުގެ 151 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްގެ ބޭނުންކުރީއެވެ. އެއީ، ފަނޑިޔާރުގެ ދައުރު އަދާކުރުމަށް، މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ.
18އެހެންކަމުން، އިސްވެ ބަޔާންކުރި ނުކުތާތަކުގެ އަލީގައި، މައްސަލައެއްގައި ޚަޞްމަކު ފާހަގަ ނުކުރި ނަމަވެސް، އެ ކަމެއްގައި ފާޅުކަން ބޮޑު ޤާނޫނީ އޮޅުމެއް ނުވަތަ ކުށެއް ވާނަމަ، އެކަމާ މެދު ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގެ ކުރިން ޚަޞްމުން ދެކޭ ގޮތް ހޯދުމަށްފަހު، އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ނުދެކެމެވެ.
19މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށު ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، 2022 މާރިޗު 22 ވަނަ ދުވަހުގެ 19:03 ގައި ފުލުހުން ހައްޔަރުކޮށްފައިވެއެވެ . އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދި 2022 މާރިޗު 23 ދުވަހު ކކކކކކ މެޖިސްޓްރޭޓް ކޯޓަށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު ހުށައަޅާފައިވެއެވެ. ރިފަރެންސް ނަންބަރު 000000MF/ ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު ޝަރީޢަތުން އިތުރު ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފުރައްދުވާ ފަރާތް ބަންދުކުރުމަށް އަމުރުކޮށު ފައިވަން 2022 މާރިޗު 23 ވަނަ ދުވަހުގެ 16:00 ގައެވެ.
20ޕްރިސިޑެންސް 4ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ނިޔާކުރާ ގޮތަކީ އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރާ ޙާލަތެއްގައި 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމެވެ.
21މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ "************ ހާޟިރުކޮށް ބަންދު މަޖިލިސް ފެށިފައިވަނި 23 މާރިޗު 2022 ދުވަހުގެ 13:48 ގައެވެ. އަދި ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމާ، ޝަރީޢަތުން އިތުރު ގޮތެއް ކަނޑައަޅަންދެން ************ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އެދުވަހު 16:00 ގައި ކޯޓުން އަމުރުކޮށްފައިވެއެވެ. ************ގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއް ކުރި މައްޗަށް ޙާޟިރު ކުރެވުނު ގަޑިއަކ ބަންދީ މަޖިލިސް ފެށުނު ގަޑި ކަމުގައި ބަލައިގެން ކުރިއަށްދާނަމަ، މި މައްސަލަ ތަޙްޤީޤު ނިންމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ހަމަވާނީ، 22 އެޕްރީލް 2022 ވަނަ ދުވަހުގެ 13:48 އަށެވެ." މިފަދައިންނެވެ.
22ޤާނޫނު ނަންބަރު: 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނ ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެ ހިނދެއްގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައި ވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށެވެ. ކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ############## ކޯޓު އަމުރު 17 ޑިސެންބަރު 2024 ގައި ޤާނޫނު ނަންބަރު 2024/34 ]ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު[ އިން 94 ވަނަ މާއްދާ އިޞްލާޙުކޮށްފައި . އަލަށް ގެނެވުނު އިސްލާޙުގެ ދަށުން 94 ވަނަ މާއްދާގެ ބޭނުމަށްޓަކައި ތަޙްޤީޤު ފުރިހަމަކުރުމަށާއި ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނުމުގައި، ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބެލެވޭނީ، ތަޙްޤީޤު ފުރިހަމަކުރުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިދޭ މުއްދަތާއި ދަޢުވާކުރުމާމެދ ގޮތެއު ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ މުއްދަތާއި މި ދެ މުއްދަތު ޖުމްލަކޮށް ހަމަވެފައިވާނަމައެވެ.
23ބުނެވުނު އުސޫލާ އެއްގޮތަށް މި މައްސަލައިގައި ފުލުހުން ތަހްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމަށް އޮންނަ މުއްދަތު ގުނާކަމުގައި ވަނީނަމަ، އެ މުއްދަތު ހަމަވާ ތާރީޚަކީ 2022 އެޕްރީލް 23 ވަނަ ދުވަހެވެ.
24ޕްރިސިޑެންސް 5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙުޤީޤު ފުރިހަމަ ކުރުމަށް މުއްދަތު އިތުރުކޮށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށައެޅުމުގެ ފުރުސަތު ލިބިދީފައިވެއެވެ. މިފަދައިން މުއްދަތު އިތުރު ކުރާނަމަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އިތުރުކޮށް ދެވެނީ ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
25ޕްރިސިޑެންސް 6މިމައްސަލައިގައި ތަޙުޤީޤު މުއްދަތު އިތުރުކޮށް ދިނުމަށް އެދި 2022 އޕްރީލެ 04 ވަނަ ދުވަހު ފުލުހުން ހުށައަޅާފައިވެއެވެ. މި ގޮތަށް ހުށައެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 15 (ފަނަރަ) ދުވަހުގެ މުއްދަތު އިތުރުކޮށް ދީފައިވެއެވެ. އެއީ 2022 އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން 2022 މޭ 07 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު، ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަވާނީ 2022 މއ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ޤާނޫނު ނަންބަރު: 2011/4 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލު ތަޠުބީޤު ކުރުމުން ނެވެ. މި ކަންކަމަށް ބަލާއިރު، މައްސަލައިގައި މުއްދަތާ ގުޅިގެން އެއްވެސް އިޖުރާއީ ގޯހެއް ހިނގާފައިވާކަމަށް ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.
26މުއްދަތު އިތުރުކޮށްފައިވަނީ ރަނގަޅަށްކަން ވަޒަންކުރާއިރު ބަލާނީ މުއްދަތަށެވެ. އިދާރީ ފަސޭހަތަކަށް ޖަހާފައިވާ ތާރީޚުތަކަކަށް ނޫނެވެ. ޤާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދީފައިވާ ބާރަކީ މުއްދަތު އިތުރު ކުރުމުގެ ބާރެވެ. އެ އިތުރުކުރާ މުއްދަތު ފެށިގެންދާނީ ތަޙުޤީޤު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލް، އެ މައްސަލައެއްގެ ތަޙުޤީޤު ފުރިހަމަ ކުރުމަށް 15 (ފަނަރަ) ދުވަސް އިތުރު ކުރުމަށް ނިންމާފައިވާނަމަ، އެ 15 (ފަނަރަ) ދުވަސް ގުނާނީ ތަޙުޤީޤުކުރުމަށް ޤާނޫނުގއަ ކަނޑައަޅާފައިވާ މުއްދަތަ ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި އިތުރު 15 (ފަނަރަ) ދުވަސް ތަޙުޤީޤު ފުރިހަމަ ކުރުމަށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ޙާލަތެއްގައި މި 15 (ފަނަރަ) ދުވަސް ގުނާނީ ތަޙުޤީޤު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަ ހަމަވާ ތާރީޚުން ފެށިގެން ފުރަތަމަ އިތުރު ކުރި 15 (ފަނަރަ) ދުވަހާއި ދެވަނަ ފަހަރަށް އިތުރުކުރި 15 (ފަނަރަ) އާއެކު، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 35 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން، މި ދެކަން ހިނގާ ދެ ދުވަސް ނުހިމަނާ، އެ ދެމެދަށް ޖުމުލަ 30 (ތިރީސް) ދުވަސް އަންނާނޭ ގޮތަށެވެ.
27މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދިނުމާއެކު، މި މައްސަލައިގައި ތަޙްޤީޤު ނިންމުމަށް ފުލުހުންނަށް 45 ދުވަސް ލިބިގެންދެއެވެ. މި 45 ދުވަސް ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލު ތަޠުބީޤުކޮށް މުއްދަތު ގުނާކަމުގައިވާނަމ މައްސަލައިގަ ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 08 މއ 2022 އެވެ. ދައުލަތގު ބަހުން ތަޙްޤީޤު ފުރިހަމަކޮށް މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށަ 07 މއ 2022 ގެ 13:14 ގައި ހުށައަޅާފައިވާކަން އެނގެން އޮވެއެވެ.
28އެހެންކަމުން، އިސްވެ ބަޔާންކުރި ސަބަބުތަކަށް ރިއާޔަތްކޮށް، ތަހުގީގު ނިންމުމާއި ދަޢވާކުރުމުގައު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ މުއްދަތު ފހަނައަޅާފައިވަ ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތަތީ، ކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: ########### ޤަޟިއްޔާގައި، ދަޢުވާ ކުރުމުގެ މުއްދަތާ ގުޅިގެން ނިންމާފައިވާ ނިންމުން ބާޠިލްކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، މި މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙްވީލު ކުރަންޖެހޭ ކަމުގައި ދެކެމެވެ.
29ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، 94 ވަނަ މާއްދާ (ހ) އަދި (ރ)، 117 ވަނަ މާއްދާ، 119 ވަނަ މާއްދާގެ (ހ)، 151 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 34/2024 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު) - 94 ވަނަ މާއްދާ އިޞްލާޙުކުރުން (ފުޓްނޯޓު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) (ދަޢުވާ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓު 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)، ޕެރ. 68-69
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުލްމާނިޢު ޙުސައިން، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް