ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/3
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނާފިޢު މުޙައްމަދު، 2025/HC-B12/3
Prosecutor General v. Naafiu Mohamed 2025/HC-B12/3 (2025/HC-B12/3, High Court of the Maldives, 5 March 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނާފިޢު މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުންކަމަށް ބުނެ ދަޢުވާ ފޯމު ބާޠިލުކުރުމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވި، 15 ދުވަހުގެ ދެ ބަންދު އަމުރަށްފަހު ފުލުހުން ދޫކޮށްލި މީހެއްގެ މައްޗަށް ޓްރެފިކްކުރުމުގެ ދަޢުވާ 2021 ނޮވެމްބަރުގައި އުފުލިއެވެ؛ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ބާޠިލުކުރުމުން މައްސަލަ އަލުން ހުށަހެޅުނެވެ.
ދައުލަތުން ބުނީ ޖުނާން ޤަޟިއްޔާގެ މަތިން 94 (ށ) ހިނގާނެކަމަށާއި ދަޢުވާ މުއްދަތުގެ ތެރޭ އުފުލިކަމަށާއި، ދިފާޢުން ހުށަނާޅާ ނުކުތާއެއްގެ މައްޗަށް ފަނޑިޔާރު ނިންމީ 119/120 އާ ޚިލާފަށްކަމަށެވެ. ދިފާޢުން ބުނީ މުއްދަތު ފާއިތުވި ފަހުން ހުށަހެޅި މައްސަލައެއްކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދު ނުކުރެވި ދޫކޮށްލެވުނު މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ މުއްދަތުގެ ތެރޭގައިތޯ؛ އަދި ޚަޞްމުން ހުށަނާޅާ ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ދިފާޢެއްގެ މައްޗަށް ފަނޑިޔާރަށް ގޮތެއް ނިންމިދާނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ ދައުލަތުން 10 ދުވަހުގެ ތެރޭ އަލުން ހުށަހަޅައިފިނަމަ ޝަރީޢަތުގެ މަރުޙަލާއިން ކުރިއަށް ގެންދިޔުމަށް
ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައި ނުވާތީ 94 (ށ) ހިނގާނެއެވެ؛ އޭގެ މުއްދަތު ފަހަނައަޅާފައި ނުވެއެވެ. ފަނޑިޔާރު އެ ނުކުތާ ފާހަގަކުރުމަކީ ގޯހެއް ނޫނަސް ޚަޞްމުންނަށް ފުރިހަމަ ފުރުޞަތު ދިންކަމާ ސުވާލު އުފެދެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންޖެހޭނީ ދަޢުވާ ލިބޭ ފަރާތަކީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ފަރާތެއްނަމައެވެ؛ އެފަދައިން ބަންދުކުރަން ނިންމާފައި ނުވާނަމަ މުއްދަތު ގުނަންޖެހޭނީ 94 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ޝަރީޢަތް ނިމެންދެން ބަންދު ނުކުރެވި ދޫކޮށްލެވުނު ފަރާތެއްގެ މައްސަލައިގައި 94 ވަނަ މާއްދާގެ (ހ) ގެ 30+10 ދުވަހުގެ މުއްދަތަށް ބަލައި ދަޢުވާ މުއްދަތު ފަހަނައަޅައިދިޔަ ފަހުން އުފުލިކަމަށް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-21)
- ޚަޞްމުން ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ވިޔަސް، ވަކި ޙާއްޞަ ޙާލަތްތަކެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަންކަމުގައި، ޚަޞްމުން ދެކޭގޮތް ހޯދައި ޖަދަލުކުރުމުގެ ފުރުޞަތު ދިނުމަށްފަހު، ގޮތް ނިންމިދާނެއެވެ؛ ދަޢުވާ އުފުލި މުއްދަތާ ގުޅޭ ސުވާލަކީ ކޯޓުގެ އިޚްތިޞާޞާ ގުޅޭ ކަމަކަށްވާތީ ފަނޑިޔާރު އެކަމާ ސުވާލުކުރުމަކީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ފަނޑިޔާރު އަމިއްލައަށް ފާހަގަކުރާ ޤާނޫނީ ނުކުތާއެއްގެ މައްޗަށް ގޮތް ނިންމާނަމަ، އެ ނުކުތާގެ މިސްރާބު ޚަޞްމުންނަށް ސާފުކޮށްދީ، އެކަށީގެންވާ ގޮތެއްގެ މަތިން ޖަވާބުދާރީވެ ޖަދަލުކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8/SHN/(466-2022)/2025/03 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމު ން، މި ކޯޓުގ ނަންބަރު 2025/HC-B12/3 ގަޒިއްޔއިން ހިންގާ ސަރިޔަތ ނިންމް ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވ. އިސްތިއުނާފު ރައްދުވަނެ ކ. ތުލުސްދޫ، ބުލޫވޭލް، ނާފިޢު މުޙައްމަދަށވެ.
3މި ރިޕޯޓުގައި،ލަފުޒެއް ނުވަތް އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހނުވާހައ ހިނދަކު:
3.1. "އިސްތިއުނާފުކޮށްފައިވާ ނިންމުން" ކަމުގައި ބުނެފައި އެ ވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B8/SHN/(466-2022)/2025/03 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމަން" އަށެވެ.
3.2. "އިސްތިއުނާފކުރު ފަރާތް" ނުވަތަ "ދައުލަތް" ކަމުގައި ބުނެފައި އެ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.
3.3. "އިސްތިއުނާފު ރައްދުވާފަރާތް" ނުވަތަ "ނާފިޢު މުޙައްމަދު " ކަމުގައި ބުނެފައި އެ ވަނީ،ނާފިޢު މުޙައްމަދ އަށެވެ.
3.4. "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ގާނޫނު( އަށެވެ.
42021 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ 10:08 ހައިރ ނާފިޢު މުޙައްމަދު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގު އ އ ދުވަހު ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވެއެވެ. އެ އަމުރުގެ މުއްދަތު ހަމަވުމުން 27 ސެޕްޓެންބަރު 2021 ގައި އިތުރު 15 ދުވަހަށް ނާފިޢު މުޙައްމަދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. އ އަމުރުގެ މުއްދަތު ހަމަވާ ތާރީ ހ ކ 12 އޮކްޓޫބަރު 2021 އެވެ. ނަމަވެސް، 11 އޮކްޓޫބަރު 2021 ގައި ފުލުހުން ނާފިޢު މުޙައްމަދު ބަންދުން ދޫކޮށްލާފައިވެއެވެ.
5ދައުލަތުން ނާފިޢު މުޙައްމަދުގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދާ އ ވ 02 ނޮވެންބަރު 2021 ގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. ނަމަވެސް، އެދް އ ވާ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމިއެވެ. އެ ނިންމުން މުރާޖެ ކުރުމަށް އެދި ދައުލަތުން ހުށަހެޅުމުނާއ ކޯޓުގެ އިސްގާޒީ ރަޖިސްޓްރާރގެ ނިންމުމަށް ތްއާ ދުކޮށް އެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއާނެތްކަމަށް ކަނޑައަޅފައިވެއެވެ. މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނިންމާފައިވަނީ އެ ނިންމުން ބ ތާލުކޮށ ކްރިމިނަލް ކޯޓުގް ރަޖިސްޓްރާރގެ ނިންމުންތައް މުރާޖކުރުމަށް އ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމު. ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1918-145 ކޯޓު އަމުރު. ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/2011-145 ކޯޓު އަމުރު. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުން ދޫކުރި ކަމުގެ ލިޔުން. ކްރިމިނަލް ކޯޓުގެ ނަންބަރު L(RN)/2021/39-145 ރަޖިސްޓްރާރގެ ނިންމުން ) 08 ނޮވެންބަރު 2021.( ކްރިމިނަލް ކޯޓުގެ ނަންބަރު 145/RNM/2021/20 ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ގޮތެއް ނިންމުން )14 ޑިސެންބަރު 2021.( މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް އަލުން ބަލައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް އަންގައި އެވެ.
6އެ ގަޒިއަޔާ ނިމުނު ފަހުން ދ އުލަތުނ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރ 466/Cr-C/2022 ގަޒިއްޔާއިން އެ މައްސަލަ ބެލިފައިވެއެވެ. އަދި އާ ގަޒިއްޔަގެ އިބްތިދާއީ މަރުހަލާގައި ސަރިޔި ތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ނާފިޢު މުޙައްމަދުގެ ފަރާތުނ ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "މ ދަޢުވި ކުރުމަށާއި ދަޢުވާ މައުޟޫއީ ގޮތުން ކުރިއަށް ގެންދިޔުމަށް ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 117 ވަނަ މާއްދާ، 119 ވަނަ މާއްދާގެ )ހ( ގެ 2 ވަނި ނަންބަރު، އަދ 120 ވަނަ މާއްދާގެ )ހ(ގެ ދަށުން ހުރަހަކަށް ވެދާނެ ދިފާޢެއް އޮތް ކަމަށް ބެލެވެން އޮތުން" އަދާ މި ނުކުތާގެ ތަފްސީލުގައ ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ނިންމިތާ 3 މަހާއި 11 ދުވަސް ފަހުން ދައުވާ އުފުލައި ބަލައިގަނެފައާ ވަނީ ކޮން އަސާސެއްގެ ދަށުންކަން ސާފުނުވާކަމަށާއި، ދައުވާ ފަހުންވެސް އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށެވެ.
7މި ހުށަހެޅުމާ ގުޅިގެން ބަހުސްކުރުމުގެ ފުރުސަތު ދިނުމަށްފަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހ އިސްވެ ބަޔާންވެދިޔަ ކަންކަނު އެގޮތުގައި ހުރުމުން، ކ. ތުލުސްދޫ / ބްލޫވޭލް، ނާފިޢު މުޙައްމަދުގެ މައްޗަށް ދައުލަތުން ކުޅަ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފި ކުކުރުމުގެ ކ ށުގެ ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( އަށް 3 ވަނަ އިޞްލާޙު ގނައުމުގ ޤާނޫނުގެ 94 ވަނަ )ހ(ގައި ކަނޑައަޅާފައިވި މުއްދަތާ ފަހަނައަޅައިދިޔަ ފަހުންކަން މަދަން މިންގަނޑުން ސާބިތުވާތީ، މި ދަޢް ވާ މަވޟޫއީގޮތުނ ކުރިއަށް ގެންދާން ތަނެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/27 ގަޒިއްޔާ. ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އފީހުގޮ ރެފަރެންސް ނަންބަރ 1242/2021/CRC/427 )01 ނޮވެމްބަރު 2021( "ދަޢުވާ ހުށަހަޅާ ފޯމު" ބާޠިލްކޮށްފީމެވެ."
8އަސްތިއުނާފުކޮށްފައ ވަނި ކްރިމިނަލް ކޯޓުގެ ބުނެވިދިޔ ނިންމުމެވެ.
9އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ 2 )ދޭއް( ނުކުތާއެވެ.
10އިސްތިއުނާފީ ފުރަތަމަނުކުތީ ގ އ ފާހަގަކޮށްފައި ވަނަ، އިސްތިއުނާފުކޮށްފައިވ ނިންމުމަކާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/74 )ޢަބްދީﷲ ޖުނާން އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ގަޒިއްޔާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
10.1. މިނުކުތާގެ ތަފް ސްލުގައ ދައުލަތުނެ ބަޔާންކޮށްފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ހ( އާއި )ށ( މާނަކުރާނީ ގޮތެ ސުޕްރީމް ކޯޓުގް ޢަބްދް ﷲ ޖުނާން އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން ދައުވާލިބޭ މީހާ ސަރިޔަތ ނިމެންދެން ބަންދުކޮށް ބަންދުގައި ހުރި މީހެއް ނަމަ، ދައުވާކުރާނީ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި، ދައުވާލިބޭ މީހާއަކީ ބަންދުކޮށްފައިވާ މީހެއް ނޫންނަމަ އެ މީހެއްގެ މައްޗަށް ދައުވާކުރާނީ އެ މައްސަލައިގައި އ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ކަމަށެވެ. އިސްތިއުނާފުކުރެވޭ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/74 ގަޒިއްޔާ. ނިންމުމުގައި ދައަވާކުރުމުގެ މުއްދަތު ބަލާފައިވަން މި ގަޒިއްޔާއާ ހިލާފެ ށ ކަމަށާއި، ގާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( އާ ހިލާފަ ށ ކަމަށެވެ.
10.2. މި މައްސަލައިގައި ނާފިޢު މުޙައްމަދު ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ 12 ސެޕްޓެންބަރު 2021 ގައު ކަމަށާއި، އެދުވަހި ސަރިޔޭ ތ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ނުވާތީ ތަހުގީގުކުރުމަށ ލިބް 45 ދުވަސް ހަމަވާނީ 29 އޮކްޓޫބަރު 2021 ގައި ކަމަށާއި، ދައުވާކުރުމަށް ލިބިދޭ 10 ދުވަސް ހަމަވާނީ 4 ނޮވެންބަރު 2021 ކަމަށާއި އަދި ދައުވާކޮށްފައިވަނީ 1 ނޮވެންބަރު 2021 ގައި ކަމަށްވާތީ، ދައުވާ ހުށަހަޅާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ.
11އިސްތިއުނާފެ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރއާ، 120 ވަނަ މާއްދާއާ ހިލާފު ނިންމުމެއްކަމަށެވެ.
11.1. މި ނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކުރަނީ ދައުވާކުރުމުގެ މުއްދަތާ ގުޅިގެން ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަކީ ދައުވާލިބޭ ފަރާތުން ހުށަހަޅަންޖެހޭ ދިފާއެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާއިންނާއި އެ ގާނޫނުގެ 120 ވަނަ މާއްދާއިން އެނގޭ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ 117 ވަނަ މާއްދާގައި ދައުވާލިބޭ ފަރާތުން ސަރިޔޭ ތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ ފުރުސަތުގައި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާނަމަ އެކަމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާލިބޭ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވަނީސް، ފަނޑިޔާރު އަމިއްލައަށް އެފަދަ ހުށަހެޅުމެއް އޮތްކަމަށް ބުނި މުޅި މައްސަލަ އިޖުރާއީ ނުކުތާގެ މައްޗަށް ބިނާކޮށް ބޭރުކށްލާފައިވަނޮ ރަނގަޅަށް ކަމުގައި ނުދެކޭކަމަށެވެ.
12އިސްތިއުނާފި ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ބަޔާންކޮށްފައިވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށާއި، މާލީ ހާލަތު ތަންނުދޭތީ ވަކީލަށް ފައިސާ ނުދެއްކިގެން އަދި ހަމަ ނުޖެހޭ ކަމަށެވެ. މ ހުށަހެޅުމާގުޅިގެން، ވެ ކީލެއ އައްޔަން ކުރުމަށައެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ފެންނާތީ މައްސަލައިގެ ބާވަތް ށ ރިއާޔަތްކޮށް އިތުރު ފުރުސަތެއް ދެވެން ނެތްކަމަށް ސަރިޔަތުން ނިންމިއެވެ.އިސްތިއުނާފު ރައްދުވާ ފަރާތުން އިތުރަށް ފާހަގަކޮށްފައި ވަން މި މައްސަލައަކީ މުއްދަތު ފާއިތުވިފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްސަލައާމެދު ތަފާތުކުރާ ކަމަށެވެ. އެދުނު ގޮތް :
13މ އިސްތިއުނާފި ނިންމައިދިނުމަށް ދައުލަތުން އދ ފައި ވަން، އިސްތިއުނާފުކޮށްފައިވ ނިންމުނާ ބާތިލުކޮށް، މައްސަލް އޮތަ ހިސާބުން ކުރިއަށް ގެންދަންޖެހޭ ކަމަށ ކަނޑައަޅައި، މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމަށް ބަލާއިރު އެ ފަރާތުން އެދެނީ ދަށުކޯޓުގެ ނިންމުމަށް ތާއީދުކުރަންކަން ދޭހަވެއެވެ.
15މި އިސްތިއުނާފުގައާސަރިޔަތުނ ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ފެންނަނީ މައިގަނޑު ދެ ކަމަކަށެވެ. އެއީ، ދަށުކޯޓުގައި ދައުވާ އުފުލާފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މުހުލަތުގައިތޯ އާއި،ދައުވާ އުފުލާ މުހުލަތު ގުޅޭ ދިފާއު ސަރިޔަތަށް ހުށަހެޅިފައި ނެތީސް އެކަމާމެދު ގޮތެއް ނިންމިދާނެތޯއާ މެދުއެވެ. ދައުވާ އުފުލާފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މުހުލަތުގައިތޯ؟
16ދަށުކޯޓުން ނިންމެ ފައާ ވަނީ، ނާފިޢު މުޙައްމަދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ މ އްދު ތ ފަހަނައަޅައިދިޔަ ފަހުންކަމަށެވެ. ދައުލަތުން މި އިސްތިއުނާފުގައި ބަޔާންކުރަނީ އެ ގޮތަށް ކޯޓުން ނިންމާފައި ވަނަ ގޯސްކޮށް ކަމަށެވެ.
17މި މައްސަލައިގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 94 ވަނަ މާއްދާއަށް ހަވާލާދެނީ، ގާނޫނު ނަންބަރު 21/2020 )ގާނޫނު ނަންބަރު 12/2016 ) ޖިނާއީ އިޖުރާއަތުގެ ގާނޫނު( އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު( އިން ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައ އޮތި ގޮތަށް ރިއާޔަތްކޮށެވެ. އެ މާއްދް ގައެބަޔާނީ ވފައ ވަނި އަންނަނިވި ފަދައިންނެވެ. "94. )ހ( ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ ދަށުން ބަންދުކުރެވިފައެ ވި މީހެއްނަމަ، އޭނާ މި ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 )ތިރީސް( ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގާ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10 )ދިހައެއް( ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ. )ށ( ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނި މާއްދާގަ )ށ( ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒާ ރުކުރުމަށްފަހު އެ މާއްދާގެ )ނ( ނުވަތާ )ރ( ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 )ސާޅީސްފަހެއް( ދުވަހުގެ ތެރޭގައި އާ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10 )ދިހައެއް( ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ."
18ޕްރިސިޑެންސް 1ސުޕްރީމް ކޯޓުގެ ޢަބްދްﷲ ޖުނާން އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ދައުވާކުރުމުގެ މުއްދަތު ބެލުމުގައި ރިއާޔަތްކުރަންވީ ގޮތް ކަނޑައަޅާފައިވެއެވެ. އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ބަލާއިރު ދޭހަވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނީ މާއްދާގަ )ހ(އާ އެއްގޮތަށް މުއެ ދަތް ގުނަން ޖެހޭނީ، ދައުވާ ލިބޭ ފަރާތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގަ )ށ(ގެ ދަށުން ސަރިޔަތ ނިމެންދެން ބަންދުކުރަން ނިންމާފައިވާ ފަރާތެއް ނަމަ ކަމެވެ. އަދި، ދައުވާ ލިބޭ ފަރާތް ސަރިޔަތ ނިމެންދެން ބަންދުކުރަން ނިންމާފައި ނުވާނަމަ މުއްދަތު ގުންނަ ޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ށ(އާ އެއްގޮތަށް ކަމެވެ.
19ޕްރިސިޑެންސް 2ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ނާފިޢު މުޙައްމަދަކީ ސަރިޔަތ ނިމެންދެން ބަންދުކުރިފަރާތެއް ނޫންކަން އެނގޭހިނދު، ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިންމުމުގައި ބަޔާނެ ވެގެންވާ ގޮތުގެމަތިން ބަލާއިރު، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ހ(ގެ އިބާރާތަށް ބަލާއިރު ވެސް،ނާފިޢު މުޙައްމަދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުގައި ކަނޑައެޅިގެންވް މުހުލަތުގެ ތެރޭގައކަނި ކަނޑައެޅުމަށްޓަކައި، ޖިނާއީ އިޖުރާއަތގު ގާނޫނުގެ 94 ވަނި މާއްދާގަ )ހ( ގައް ބަޔާންވެގެންވާ މުއްދަތަށް ރިއާޔަތްކޮށ ގޮތް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/74 ގަޒިއްޔާ.
20މި މައްސަލާގައި ފާހަގަވާން އޮތް އަނެއް ހަގީގަތަކީ، ދައުވާ އުފުލި ތާރީހަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނި މާއްދާގަ )ށ( ގައާ ކަނޑައެޅިފައވ މުހުލަތު ފަހަނައަޅާފައި ވެސް ނުވާކަމެވެ.
21ވީމާ،ނާފިޢު މުޙައްމަދުގެ މައްޗަށް ދައުވެ އުފުލާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދުއާ އެއްގޮތަށްކަން ކަނޑައެޅމުގައް ދަށުކޯޓީ ނ ރިއާޔަތްކޮށްފައި ވަނި ރަނގަޅަށް ކަމުގައި ނުފެނެއެވެ. ދައުވާ އުފުލި މުހުލަތު ގުޅާ ދިފާއު ސަރިޔަތަށް ހުށަހެޅިފައި ނެތީސް އެކަމާމެދު ގޮތެއް ނިންމުން
22ދައުލަތުން ފާހަގަކުރަނީ، ދައުވާކުރުމުގެ މުއްދަތާ ގުޅޭގޮތުން ކޯޓުނ ގޮތް ނިންމާފައި ވަނީ އެފަދަ ދިފާއެއް ހުށަހެޅިފައި ނެތީސް އަމިއްލަ އިސްނެގުމަށް ކަމަށްވާތީ އެ ނިންމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާ އާއި 120 ވަނަ މާއްދާއާ ހިލާފުވާކަމަށެވެ.
23ނާފިޢު މުޙައްމަދުގެ ފަރާތުންހށަހެޅ، ސަރިޔަތުގ ކުރީގެ ހުށަހެޅުމަށް ބަލާއިރު، ދައުލަތުން ފާހަގަކުރި ފަދައިން،ދައުވާ އުފުލާ މުއްދަތާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނީ މާއްދާއާހަވާލާދ އެއްވެސް ކަމެއްފާހަގަކޮށްފައި ނުވެއެވެ. ނަމަވެސް، 31 އޮކްޓޫބަރު 2024 ވަނަ ދުވަހިކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާ ހަވާލާދީ ފަނޑިޔާރުއިސްވ ސުވާލުކރައްވްފައިވެއެވެ. މިގޮތުނީ "... ދައުލަތުން ސާފުކޮށްލަދެއްވަ ބައްލަވާ މިމައްސަލާގައި ނާފިޢު ދޫކޮށްލީ ކޮންއިރަކުތޯ؟ އޭރުގައި ދެން އެބަހުރިތާ ދެއްތޯ ގަވާއިދުގައި، މިދެންނެވ 94 މާއްދާ އޭރުއޮތް ނިސްބަތުން ކަންކަން ސާފުކޮށްލުމަށްޓަކައި މިހެން މިއަހާލަނީ އިނގތޯ. ދޫކޮށްލީ ކޮންއިރަކުތޯ؟ ކޮބައިތޯ ދޫކޮށްލި އަމުރު؟" މި އިބާރާތުން ދައުލަ ތުފަނޑިޔާރުސވާލކުރެއްވިއެވެ.
24ޕްރިސިޑެންސް 3ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ޚަޞްމުން ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ވިޔަސް، އެކަމާމެދު ޚަޞްމުން ދެކޭ ގޮތް ހޯދައި، އެއް ފަރާތުނ އަނެއް ފަރާތަށް ޖަދަލުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ވަކި ހާއްސަ ހާލަތްތަކެއްގައީ ފަނޑިޔާރަށް ފާހަގަކުރެވޭ ގާނޫނީ ކަންކަމުގައި އިސްވެ ގޮތް ނިންމުމަކީކުރެވިދާނެ ކަމެއް ގޮތުގައި ނުބެލުމަކީ "އިންސާފު ޤާއިމުކުރުމުގެ ރޫޙަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވި ގޮސްދާނެ" ކަމެއްގެ ގޮތގައު އިޝާރާތްކޮށްފައިވެއެވެ.
25މި މައްސަލާގައި ނާފިޢު މުޙައްމަދުގެ ފަރާތުން ހުށަހެޅި،ސަރިޔަތުގެ ކުރީ ގެ ހުށަހެޅުމުގައި، ދައުވާ އުފުލި މުއްދަތާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަން މާއްދާއާ ހަވާލާދީ ކަނޑައެޅިގެން ވަކި ކަމެއް ފާހަގަކޮށްފައި ނުވި ނަމަވެސް، އެ ފަރާތުން ހުށަހެޅި މައިގަނޑު ހުށަހެޅުމަކީ "ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް" އޮތް ކަމުގެ ހުށަހެޅުމެއް ކަމަށި ވެފައި،ތަފުސީލުގައި ހައިކޯޓުގެ ހުކުމުގެ ފަހުނި ދައުވާ އުފުލި މުގައ ހޭދަވި މުއްދަތާ ގުޅޭ ގޮތުނ ސުވާލު އުފައްދާފައިވާއިރު، އެއީ ނާފިޢު މުޙައްމަދާގެ މައްޗަށް ފުރަތަމަ ދައުވު އުފުލޭ މުއްދަތްގުޅ ހުށަހެޅުމެއް ކަމުގައި ނުވިޔަސި،ދ އުވަ އުފުލޭ ކަމަށ ދެކް މުއްދަތަކާމެދ އޮތު ކަންބޮޑުވުމެއް ކަމަށާ ވާތީ އާއި، ދައުވާ ފުރަތަމަ ހުށަހެޅިއިރު،ދައުވާ އުފުލާ މުއްދަތާ ގުޅުވައި ދައުވާ ބަލައިނުގަތުމަށް ކޯޓުނ ކުރިންނިންމާފައިވި މާއް، އެކަމާ ގުޅޭ ގޮތުން ހައިކޯޓުގައި ވެސްގަޒިއްޔާއެއ ހިނގާފައިވާކަން އެނގެން އޮތުމާއި، އެ ގަޒިއްޔާގެ ނިޔާގައިކަނޑައެޅިގެންވާ ކަންކަމާއި، ޖުމުލަކޮށް މައްސަލައިގައި ހިނގާދިޔަ މި އެންމެހައި ކަންކަމުގެ މައުލޫމާތު ފަހުން މިމައްސަލ ހިންގެވި ފަނޑިޔާރަށްމ ފޯރާފައީވާނެތއު އެކު، އަދި ހަމައެހެންމެ ދައުވާ އުފުލި މުއްދަތާމެދެ އުފެދޭ ސުވާލު ގޮސް ހުއްޓެނީ ކޯޓުގ އިހުތިސާސްގެ މައްޗަށްކަމަށް ވާތީއާވެސްއެކު، ދައުވާ އުފުލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ސުޕްރީމު ކޯޓުގެ ނަންބަރ 2020/SC-A/44 ގަޒިއްޔާ . ވަނަ މާއްދާއާ އެއްގޮތަށްތާދެނެގަތުމށް ސުވާލުކުރުނައެއީ ފޯނޑިޔާރި ގޯހުން ކުރެއްވި ކަމެއްގެ ގޮތުގައި އަހުރެން ނަށް ނުފެނެއެވެ.
26ޕްރިސިޑެންސް 4ނަމަވެސް، މި މައްސަލައިގަ މަޙްޟަރުތަކަށް ބަލާއިރު،ފނޑިޔާރަ ފާހަގަކުރި ގާނޫނީ ނުކުތާގެ މިސްރާބު ޚަޞްމުންނަށް އެންމެ ރަނގަޅަށް ސާފުކޮށްދެވި، އެކަށީގެންވާ ގޮތެއްގެ މަތިން އެ ނުކުތާއަށް ޖަވާބުދާރީވެ ޖަދަލު ހިންގުމަށް ޚަޞްމުންނަށްމަގު ދެއްކުނކަމާމެދު ސުވާލު އުފެދެއެވެ.
27މި ބަޔާންކރުކަނކަމަށް ބަލާއިރް ؛
27.1. ނާފިޢު މުޙައްމަދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދަގެ)ހ( ގައިކަނޑައަޅާފައިވ މުއްދަތާ ފަހަނައަޅައިދިޔަ ފަހުންކީ މަށް ބަޔާންކޮށް،މައުލޫއީ ގޮތުން ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދައުވާ ފޯމު ބާތިލުކަމަށް، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައިނިންމާފައިވާ ބައި ބާތިލުކަމުގައ ކަނޑައަޅައި،
27.2. ކްރިމިނަލް ކޯޓުގެ ނަންބަރު 466/Cr-C/2022 ގަޒިއްޔާއިން ބަލާއިފައިވާ ދައުވާ، މިމައްސަލަ ނިންމާ ތާރހުނ ފެށިގެން މަސައްކަތު 10 )ދިހައެއް( ދުވަހުގެތެރޭގައި، ދައުލަތުން އަލުން ހުށަހަޅައިފިނަމަ، އ މައްސަލަ ކޯޓުން ބަލައިގަނެ، އިބްތިދާއީމަރާހު ލްނިމުނކަމަށު ކަނޑައަޅައި، ޝަރީޢަތުގެމަރްހު ލާއިނ ފެށިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައި، މި އިސްތިއުނާފު ނިންމަންފެނެއެވެ.
28މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
29މި މައްސަލައިގައި ފަނޑިޔާރް ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) (ޤާނޫނު ނަންބަރު 21/2020 އިން އިޞްލާޙުކުރެވުނު ގޮތަށް)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2022/SC-A/74 (ޢަބްދުﷲ ޖުނާން އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)
- 2022/HC-A/27
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އާމިނަތު ޝާމާ ނަޞީރު، ޞަފާ އިބްރާހީމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް