ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/59
ޕްރޮސިކިއުޓަރ ޖެނެރަލް ވ. (ނަމާއި އެޑްރެސް އުނިކުރެވިފައި)، 2021/HC-B12/59
Prosecutor General v. (Name and Address omitted) 2021/HC-B12/59 (2021/HC-B12/59, High Court of the Maldives, 5 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. (ނަމާއި އެޑްރެސް އުނިކުރެވިފައި)
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ، ދަޢުވާގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) ގައިވާ ތަން ބަޔާންނުކުރާތީއާއި ދައުލަތުން ދަޢުވާ އިޞްލާޙުކުރަން ނޭދުނުތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށެވެ.
ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ ދަށުން، ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްފައިވެއެވެ. ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމެއްގައި ބުނީ ކުށް ކުރި ތަން ދަޢުވާގައި ބަޔާންކޮށްފައި ނުވާތީ ދަޢުވާ ޞައްޙަ ނޫން ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ދައުލަތުން ވަކީލަކު އައްޔަންކޮށް ނުދޭތީ ދަށުކޯޓުގެ ނިންމުން ޤާއިމުކުރުމަށެވެ.
މައިގަނޑު ސުވާލު
ކުށް ކުރިކަމަށް ބުނާ "ތަން" ދަޢުވާގައި ބަޔާންނުކޮށް އޮތުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި މައްސަލަ ނިންމުން ޤާނޫނާ އެއްގޮތްތޯ؛ އަދި ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް ދޭންވީ މުއްދަތު.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، ހުށަހެޅިފައިވާ ދަޢުވާގެ ޞީޣާގެ ދަށުން މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރި
ތަން ނުހިމެނުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 85 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރެވޭ ފަރާތަށް އޮޅުމެއް ނުވަތަ ބޭއިންޞާފެއް ނުވާ ކަމަކަށް ވުމާއި، ފޯމުގެ އުނިކަމަކީ ދަޢުވާކުރުމަށް ހުރަހަކަށްވާ ދިފާޢެއް ނޫންކަމުން ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުން ޤާނޫނާ އެއްގޮތް ނުވާކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް އޭނާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީ ލިބިގަތުމުގެ ޙައްޤު ލިބިގެންވާއިރު، ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެ، ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަން ނެތްނަމަ ދައުލަތުން ވަކީލަކު އައްޔަންކޮށްދޭންވާނެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހައިކޯޓަށް ހުށަހެޅޭ ޤަޟިއްޔާތަކުގައި ވަކީލަކު އައްޔަންކުރުމަށް ދެވޭނެ ވަކި މުއްދަތެއް ގަވާއިދުގައި ކަނޑައަޅާފައި ނުވާތީ އެކަން ދޫކޮށްލާފައިވަނީ މައްސަލައިގެ ޙާލަތަށް ބަލައި ފަނޑިޔާރުންގެ އިޚްތިޔާރަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 114 ވަނަ މާއްދާގައިވާ 10 ދުވަހަކީ ދަށުކޯޓުތަކުގައި ގިނަވެގެން ދެވޭނެ މުއްދަތު ކަމުން، ޙާލަތަށް ބަލައި އެއަށްވުރެ ކުރު މުއްދަތެއް ދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމާ ނިންމުމުގެ އިސްތިއުނާފު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން ހުށަހެޅޭތާ 7 ދުވަހުގެ ތެރޭގައި ނިންމަންޖެހޭތީ، މިބާވަތުގެ މައްސަލަތަކުގައި ވަކީލަކު ހޯދުމަށް ދޭ މުއްދަތު ޢާންމު އިސްތިއުނާފީ މައްސަލަތަކަށްވުރެ ކުރުކުރަންޖެހޭއިރު، 3 ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ޖިނާއީ ދަޢުވާއަކީ ތުހުމަތުކުރެވޭ ފަރާތުގެ ޢަމަލާއި އޭގެ ޤާނޫނީ ގޮތް ބަޔާންކޮށް އެ ދަޢުވާއަށް ޖަވާބުދާރީވުމަށް އަންގައިދޭ ނޯޓިހެއް ކަމުން، ދަޢުވާކުރެވޭ ކުށާއި ދަޢުވާ ބިނާކުރި ޙާދިސާ ސާފުކޮށް ދޭހަވާގޮތަށް ބަޔާންކުރަންވާނެއެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީ ކުށް، ޢަމަލު، ވަގުތާއި ތަން، އަދި ކުށް ހިންގުނު މީހާ ނުވަތަ އެއްޗެއްގެ ތަފްޞީލު ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގެ ދަށުން، ދަޢުވާގެ ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ ނުވަތަ ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ ދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫނެވެ. ނުހިމެނިވާ ކަމަކީ ކުށުގެ މުހިއްމު އުންޞުރެއް ނޫންނަމަ، ދިފާޢު ތައްޔާރުކުރުމުގެ ފުރުޞަތު ހަނިނުވާނަމަ ނުވަތަ ބޭއިންޞާފެއް ނުވާނަމަ، އެކަމުގެ މައްޗަށް ދަޢުވާ ބާޠިލުކުރެވޭނެ ނުވަތަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއްގައި މެނުވީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމޭނެ ކަމަށް ބުރަނުވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ދަޢުވާ ބަދަލުކޮށް ކުށެއް ނުވަތަ ތަފްޞީލެއް އިތުރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ބާރެއް ކަމުން، ދަޢުވާ ސާބިތުކުރުމަށް މުހިއްމު ކަމަށް ނުފެންނަ ތަފްޞީލެއް ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލާޒިމް ނުކުރެވޭނެއެވެ؛ ދަޢުވާ ހުށަހަޅާ ފޯމުގެ އުނިކަމަކާ ބެހޭ (119 ވަނަ މާއްދާގެ (ހ) ގެ (1)) ހުށަހެޅުމަކީ ދަޢުވާކުރުމަށް ހުރަހަކަށްވާ ދިފާޢެއް ނޫންކަމުން، ޙާދިސާ ހިނގި ތަން ނުހިމެނުމުގެ މައްޗަށް 120 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުމަކީ ޤާނޫނާ އެއްގޮތް ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
ފައިޞަލް ތާއީދު ކުރެއެވެ.
1ކްރިމިނަލް ކޯޓުގެ ނަންބަރު 645/Cr-C/2020 ޤަޟިއްޔާގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (އެކޯޓުގެ ނަންބަރު 2020)/2021/19-B7/SHN/(645-145) އކަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ (އިސްތިއުނާފު ރައްދުވި ފަރާތް)އެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާ:
3މި މައްސަލގައާ (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލގް ފަރާތުން ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މީހަކު، އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢވު އެވެ. އެދަޢުވާ ކުރި ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ،"(އިސްތިއުނާފު ރައްދުވި ފަރާތް) 07 ޖުލައި 2020 ދުވަހުގެ ހެނދުނު 06:00 އެހައިކަށްހާއިރު މީނާގެ އުފަންދަރިއެއް ކަމުގައިވާ (ކުޑަކުއްޖާގެ ނަމާއި އެޑްރެސް) (17އ) ނިދާފައި އޮތްވާ، މީނާ ކުއްޖާގެ ޖަންގިޔަލުގެ ތެރެއަށް އަތް ކޮއްޕާ، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވތާ " އެވެ.
4މި މައްސަލަ ކްރިމިނަލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 645/Cr-C/2020 ޤަޟިއްޔާގައެވެ. ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން:
5މި މައްސަލައިގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުޅަހެޅުން ހުށަހެޅުމުގެ ފުރުސަތު (އިސްތިއުނާފު ރައްދުވި ފަރާތް) އށަ ދިނުމުން 03 (ތިނއް) ކަމެއް (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެއީ:-
1.5 ފޯލިއޯ ނަންބަރު 74 ގައިވާ ލިޔުމުގައިވާ ޤާނޫނީ އިންޒާރުގެ ޤާނޫނީ ޙައިޞިއްޔަތު ފުރިހަމަވެގެން ނުވާތީ އެ ލިޔުމުގެ ޞައްޙަކަން ގެއްލިފައިވުމާއި؛
2.5 ފޯލިއޯ ނަންބަރު 2 ގައިވާ ބަޔާނަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ޅ) ގައިވާ އިޖުރާއަތު ދޫކޮށްލުމަށްފަހު ފުލުހުން ތައްޔާރުކޮށްފައިވާ ބަޔާނަކަށްވާތީ އެ ބަޔާނަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ބަޔާނެއްކަމަށް ބެލެވެން ނެތުމާއި؛ އަދި
3.5 ދަޢުވާގެ ތަފްޞީލު ނުވަތަ ސަބަބުތަކުގެ ބައިގާ ދަޢުވާގެ ތަފްޞީލީ ބައެއް އުންޞުރުތައް ފުރިހަމަ ނުވާތީ އެއީ ޞައްޙަ ދަޢުވާއެއް ކަމަށް ބެލެވެން ނެތުން، މިހުށަހެޅުންތަކެވެ.
6ބުނެވިދިޔަ ހުށަހެޅުންތަކުގެ ތެރެއިން 5.1 އަދި 5.2 ގައި ބަޔާންކޮށްފައިވާ ދެ ހުށަހެޅުން ޝަރީޢަތުން ބަލައިނުގަތުމަށް ނިންމާފައިވެއެވެ. އަދި 3 ވަނައަށް ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމިގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމިގޮތް:
7ކްރިމިނަލް ކޯޓުގެ ނަންބަރު 645/Cr-C/2020 ޤަޟިއްޔާގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (އެކޯޓުގެ ނަންބަރު 2020)/2021/19-B7/SHN/(645-145)ގައި ނިންމާފައިވަނީ، "މަތީގައި ފާހަގަ ކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދަޢުވާގެ ތަފްޞީލު ނުވަތަ ސަބަބުތަކުގެ ބައިގާ ދަޢުވާގެ ތަފްޞީލީ ބައެއް އުންޞުރުތައް ފުރިހަމަ ނުވާތީ އެއީ ސައްޙަ ދަޢުވާއެއްކަމަށް ބެލެވެން ނެތްކަމަށްބުނެ (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތާ ން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ފެންނާންހުރި ޙަޤީޤަތްތަކަށް ބަލާއިރު، ހުށަހެޅިފައިވާ ދަޢުވާގައި ބަޔާންކުރަންޖެހޭ ތަފްޞީލެއް މި މައްސަލާގައި ނުހިމެނި އޮތް ކަމަށް ދައުލަތުން އެއްބަސްވެފައިވާތީއާއި، އެތަފްޞީލަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު)ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތަށް ކުށް ކުރިކަމަށް ބުނާ ތަން ބަޔާން ނުކުރުންކަން ދައުލަތަށް އެނގޭއިރު، ދަޢުވާ އިޞްލާޙުކުރުމުގެ ހުއްދައަކަށް މިއަދާ ހަމައަށްވެސް ދައުލަތުގެ ފަރާތުން މިކޯޓުގައި އެދިފައި ނުވާތީއާއި، (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާ ދައުލަތުން މި ކޯޓަށް ހުށަހެޅިއިރު އޮތް ގޮތަށް ކުރިއަށް ގެންދާނަމަ އެކަމަކީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް އޮތް ދޢުވާއެއަ ޝަރީޢަތުން ކުރިއަށް ގެންދިޔުން ކަމުގައިވާނެތީއާއި، އަދި އެކަމުގެ ސަބަބުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަމާއްދާއާއި، އެޤާނޫނުގެ 91 ވަނަ މާއްދާގެ ބާރު ކެނޑިގެންދާނެތީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަމާއްދެ (ބ) އަށާއި، އެ ޤާނޫނުގެ 85 ވަނަ މާއްދާއަށާއި، އެ ޤާނޫނުގެ 91 ވަނަ މާއްދާއަށާއި، އެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ދައުލަތުން (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ދަޢުވާކޮށްފައިވާ މީހަކު، އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މިދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
8އިސްވެ ބަޔާންވެދިޔަ ނިންމުމަށް ވާސިލްވުމަށެ ކްރިމިނަލް ކޯޓުން ފާހަގަ ކޮށްފައިވަނީ، ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތެއް ނުވަތަ ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ ކަމެއް ނުހިމެނި އޮތމަކު ދިމާވެދާނެކަމެއް ކަމަށާއި، އެއީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ތަޞައްވަރުކޮށް، ބަލަގަނެފައިވާ ކަމެއްކަން ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ގެ 91 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށާއި، އިބްތިދާއީ އަޑުއެހުން ފެށުމުގެ ކުރިން ދަޢުވާގައި ހިމެނޭ ތަފްޞީލުތައް ބަދަލުކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށާއި، އިބްތިދާއީ އަޑުއެހުން ފެށުމަށްފަހުވެސް ކޯޓުގެ ހުއްދައާއެކު އެކަން ކުރުމުގެ ފުރުޞަތު ޤާނޫނުން ފަހިކޮށްދީފައިވާކަމޫށާއި، ދަޢުވާއާއި ގުޅޭ ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ އޭގެ ސަބަބުން ދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫންކަމަށް ދައުލަތުން ބުނިނަމަވެސް، އެކަން އެނގުމުން އެކަން ދޫކޮށްލާ މައްސަލައާއިގެން ކރިއަށު ދެވެން ނޯންނާނެ ކަމަށާއި، ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން 03 ފެބުރުވރަ 2021 ގައި ހުށަހަޅާފައިވާ ކަމަށާއި، އެހުށަހެޅުންތަކުގެ ރައްދު 17 ފެބުރުވަރީ 2021 ދުވަހު ދަޢުލަތުން ހުށަހަޅާފައިވާކަމަށާއި، އަދި 18 ފެބުރުވަރީ 2021 ގައި ބޭއްވި ޝަރީޢަތުގެ މަޖްލީހުގައި ތަފްޞީލީ ގޮތއްގައެ އެހުށަހެޅުންތަކާގުޅޭ ގޮތުން ވާހަކަ ދެއްކިކަމުގައި ވީނަމަވެސް، 07 ފެބުރުވަރީ 2021 އިން ފެށިގެން މިމައްސަލަ ނިންމި ދުވަސް (14 ސެޕްޓެމްބަރު 2021) އާ ހަމައަށް ވެސް ދަޢުވާ ފޯމު އިޞްލާޙު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިނުވާތީއާއި، ދަޢުވާ އިސްލާޙްކުރުމަށް ދައުލަތުން ކޯޓުގައި ނޭދޭހާ ހިނދަކު ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭނީ ހުށަހެޅިފައިވާ ދަޢުވާއަށް ކަމަށާއި، ދަޢުވާ އިޞްލާޙުކުރުމަށް ކޯޓުގައި އެދުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، އެއީ ޝަރީޢަތުން ފުރުސަތުދީގެން ނުވަތަ ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް ކުރަ ން އޮތްކަމެއް ނޫންކަމަށާއި، ދާ ޢަވާގައި ބަޔާންކުރަންޖެހޭ ތަފްސީލެއް މި މައްސަލައިގެ ދަޢުވާގައި ނުހިމެނިއޮތްކަމަށް ދައުލަތަ ނ އެއްބަސްވެފައިވާއިރު، އެތަފްސީލަކީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 82 ވަނަމާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތަށް ކުށް ކުރިކަމަށް ބުނާ ތަން ބަޔާންނުކުރުންކަން ދައުލަތަށް އެނގޭއިރު، ދަޢުވާ އޮންނަންވީ ގޮތް ކަމަށް އެޤާނޫނުގެ 82 ވަނަ މާއްދާގެ
(ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް މި މައްސަލަ ހުށަހެޅިފައިވާ ދަޢުވާ ފޯމު އިޞްލާޙުނުކޮށް އެދަޢުވާއެއް ޤާނޫނު ނަންބަރު 2016/12 ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގް 85 ވަނަ މާއްދާއަކީ އެޤާނޫނުގެ 91 ވަނަ މާއްދާއާ ވަކިން ކިޔޭނޭ ދެ މާއްދާއެއް ނޫންކަމަށެވެ.
9ކްރިމިނަލް ކޯޓުގެ ނަންބަރު 2020)/2021/19-B7/SHN/(645-145 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކރުމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. ނުކުތާ: މި ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ވުމެވެ.
10މި ނުކުތާތަށް ހުށަހެޅުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ ދަޢުވާ ފޯމް އިޞްލާޙުކޮށް އަލުން ހުށަހަޅައިފިނަމަ މި މައްސަލަ ބަލައި ގޮތެއް ނިންމުމަށް ކަމަށާއި، އިސްތިއުނާފު ކޮށްފައިވާ ނިންމުން ބާޠިލްކޮށްދިނުމަށް ކަމަށެވެ.
11މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން ބުނެފައިވަނީ، އޭނާއަށް ޤާނޫނީ ގޮތުން އެއްޗެއް ބުނެވޭނީ ޤާނޫނީ ވަކީލެއްގެ އެހީ ލިބިގެންކަމަށާއި އޭނާއަށް ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަން ލިބިފައިނުވާތީ އޭނާ އެދެނީ ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަންކުރުމަށް ކަމަށާއި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަށް އެދިފައިވީނަމަވެސް ޤާނޫނީ ވަކީލަކު އައްޔަންކޮށް ދީފައިނުވާ ކަމަށާއި އެހެންކަމުން، އޭނާގެ ފަރާތުން ބނަނު އޮތް ވާހަކައަކީ ދަށުކޯޓުން ނިންމާފައި އޮތް ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށެވެ. ޤާނޫނީ ވަކީލެއްގެ އެހީ ލިބިގަތުމުގެ ޙައްޤު:
12ޕްރިސިޑެންސް 1.ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާ ކަމާއި، ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާ ކަމާއި، އެމީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައިވެފައި އެމީހާއަކީ، ޤާނޫނީ ވަކީލެއް އައްޔަންކުރުމުގެ މާލީ ތަނަވަސްކަނނެތް މހަކީނަމަ، ދައުލަތުން އޭނާއަށް ޤާނޫނީ ވަކީލަކު އައްޔަންކޮށް ދޭންވާނެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. މިމައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ 19 ސެޕްޓެންބަރު 2021 ގައެވެ. މި މައްސަލަ މިކޯޓުގައި ރަޖިސްޓްރީ ކުރެވުނީ 26 ސެޕްޓެންބަރު 2021 ގައެވެ. މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާއިރު، ޤާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންވާނަމަ، ލިޔުމަކުން ހައިކޯޓަށް ހުށަހަޅާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަން ހަމަޖެއްސުމަށް (އިސްތިއުނާފު ރައްދުވި ފ ރާތް)އަށް ހަމަ އެދުވަހު ހައިކޯޓުން އަންގާފައިވެއެވެ. މައްސަލަ ރަޖިސްޓްރީވުމަށްފަހު، މައްސަލައިގައި އިދާރީ ފިޔަވަޅު އެޅުމުގެ ގޮތުން މައްސަލައިގެ ޚަސްމުންނަށް ހައިކޯޓުން އަންގާ އެންގުމުގައިވާ ކަންތައްތައް ފުރިހަމަކޮށް އެ އެންގުމުގައިވާ ގޮތުގެމަތީން ހައިކޯޓަށް ހުށަހަޅަންވާނެ ކަމަށާއި، އެއެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޝަރީޢަތް ހިންގައި ނިންމުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަން މިބާވަތުގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރުމށަ ހައިކޯޓުން އެކުލަވާލާފައިވާ އުސޫލުގެ4 ވަނަމާއްދާގެ (ށ) އާއި (ނ) އަށް ބެލުމުން - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ). - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އަދި (ށ). - ޤާނޫނުނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ). - ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަށް އަންގާފައިވާ އެންގުން. އެނގެއެވެ. މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް 28 ސެޕްޓެންބަރު 2021 ދުވަހުގެ 16:00 އަށް ތާވަލް ކުރެވުނެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި (އިސްތިއުނާފު ރައްދުވި ފަރާތް) ގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުމުން ޖެހިގެން އައި ދުވަހަށް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށް، އެ އަޑއެހުމަށު ޤާނޫނީ ވަކީލަކާއެކު ހާޒިރުވުމަށާއި އަދި ޤާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް ދީފައިވާ ފުރުޞަތު ދޫކޮށްލީ ކަމުގައި ބަލައި، މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދާނެކަން (އިސްތިއުނާފު ރައްދުވި ފަރާތް)އށަ އެންގުނެވެ. މި މައްސަލައިގައި ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަން އޭނާގެ ކިބައިގައި ނެތް ކަމަށާއި އޭނާ އެދެނީ ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށްދިނުމަށް ކަމަށާއި ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެ ކަމަށް (އިސްތިއުނާފު ރައްދުވި ފަރާތް) ބުނެފައިވެއެވެ. ނަމަވެސް، ޖެހިގެން އައި، 29 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށް (އިސްތިއުނާފު ރައްދުވި ފަރާތް) ހާޒިރުވިއިރު، އޭނާއަށް ޤާނޫނީ ވަކީލަކު ހަމަޖެހިފައި ނުވެއެވެ. ދައުލަތުގެ ފަރާތުން ބުނެފައިވަނީ (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަން ކުރުމަށް ހުށަހެޅި ލިޔުންތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބފައިވަނި 29 ސެޕްޓެންބަރު 2021 ދުވަހުގެ 13:00 އެހައިކަށްހައިއިރު ކަމަށެވެ. ނަމަވެސް، (އިސް ތިއުނާފު ރައްދުވި ފަރާތް) ގެ ފަރާތުން އެކަމަށް އެދި 28 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 18:00 އެހައިކަށްހައިއިރު އީ-މެއިލުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވނާ ކަމަށް ބުނެ ދައުލަތުގެ އެ ވާހަކތަކަށަ އިންކާރު ކޮށްފައިވެއެވެ. މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް) ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާތީ މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިވަނީ އޭނާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލަކު ނެތިއެވެ. - ޤާނޫނުނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލު.
13ޕްރިސިޑެންސް 2ހއިކޯޓަށަ ހުށަހެޅޭ ޤަޟިއްޔާތަކުގައި ވަކީލަކު ހަމަޖެއްސުމާއި ބަދަލުގައި މީހަކު ޤަބޫލުކުރުމުގައި ޢަމަލުކުރާނީ "ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ގަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ހައިކޯޓގު ޤަވާޢިދާ ގ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގަވައިދުގައި ވަކީލަކު އައްޔަންކުރުމަށް ދެވޭނެ ވަކި ދުވަހެއް ބަޔާންކޮށްފައެއް ނުވެއެވެ. އެކަން ދޫކޮށްލާފައިވަނީ، އެމައްސަލައިގެ ޙާލަތަށް ބަލައި އެމައްސަލަ ބަލާ ފަނޑިޔާރުންގެ އިޚްތިޔާރަށެވެ. މިބާވަތުގެ މައްސަލަތަކުގއަ ޤާނޫނީ ވަކީލެއް އައްޔަންކުރުމަށް ޢާންމު އުސޫލެއްގެ ގޮތުން ދެވެނީ 1(އެކެއް) ދުވަހުގެ މުއްދަތެވެ. ޖިނާއީ އިޖްރާޢަތުގެ ޤާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިބްތިދާއީ އަޑުއެހުމުގައި ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، ގިނަވެގެން 10(ދިހައެއް) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު ދަޢުވާ ލިބޭމީހާ އެކަށީގެންވާ ސަބަބަކާ ނުލައި ވަކީލަކު ހަމަޖައްސާފައިނުވާނަމަ، މައްސަލައިގައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށަ ގެންދަންވާނެ ކަމަށާއި، އަދި އޭގެ ފަހުން ވަކީލަކު އައްޔަންކުރި ކަމުގައި ވީނަމަވެސް، ޝަރީޢަތުގައި ނިމިފައިހުރި ކަންކަން އަލުން ކުރާކަށް ލާޒިމްނުވާނެ ކަމަށެވެ. މިއީ ދަށު ކޯޓުގައި ހިންގާ މައްސަލަތަކުގއަ ޤާނޫނީ ވަކީލަކު އައްޔަންކުރުމުގައި ޢަމަލުކުރެވޭ ގޮތް ބަޔާންކޮށްފައިވާ މާއްދާއެއް ކަމާއި އެމާއްދާގައި ބަޔާންކޮށްފައިވަނީ ގިނަވެގެން ދެވޭނެ މުއްދަތު ކަމާއި، އެހެންކަމުން، އެ މައްސަލައިގައި ޙާލަތާއި ވަކީލަކު ހޯދުމުގައި ލުއި ފަސޭހަތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް އެއަށްވުރެ ކުރު މުއްދަތެއް ދެވިދާނެއެވެ.
14ޕްރިސިޑެންސް 3ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤުލިބިގެންވެއެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމާ - ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ނިންމުން އިސްތިއުނާފުކުރުމަށާއި، އިސްތިއުނާފުން ނިންމުމަށް ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން މުއްދަތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެމާއްދާގައި އިސްތިއުނާފުން މައްސަލައިގައި ކޯޓަށް އެމައްސަލަ ހުށަހެޅޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހެއެވެ. އެހެންކަމުން، މިބާވަތުގެ މައްސަލަތަކުގައި ޤާނޫނީ ވަކީލެއް ހޯދުމަށް ފުރުޞަތު ދިނުމުގައި ޢާންމު އިސްތިއުނާފީ މައްސަލަތަކުގައި ޤާނޫނީ ވަކީލަކު ހޯދުމަށް ދެވޭ މުއްދަތަށްވުރެ ކުރުކުރންޖެހެއެވެ.
15މި މައްސަލައިގައި ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށަ (އިސްތިއުނާފު ރައްދު ވި ފަރާތް)އަށް އެކުޖުމްލަ 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދީފައިވީނަމަވެސް އެމުއްދަތުގެ ތެރޭގައި އޭނާއަށް ޤާނޫނީ ވަކީލަކު އައްޔަންކުރެވިފައިނުވެއެވެ. މިބާވަތުގެ މައްސަލަތަކަކީ ކޯޓަށް ހުށަހެޅޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައިވާތީއާއި ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާ ތ)އަށް ދީފައިވާ 3 (ތިނެއް) ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަމުގައި ދެކެމެވެ. އެހެންނަމަވެސް، ދައުލަތުގެ އެހީގައި ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ މީހަކަށް، ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް ކަނޑައެޅިފައި އޮންނަ އިޖްރާއަތު ފުރިހަމަކޮށް އެމުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެއްސި ހިނގައިދާނެކަމަށް ޤަބޫލުކުރެވެއެވެ. ދަޢުވާ އޮންނަންވީގޮތް:
16ޕްރިސިޑެންސް 4ޖިނާއީ ކުށުގެ ދަޢުވާއަކީ، އެދަޢުވާ އުފުލިފައިވާ މީހާގެ ޢަމަލާއި އެޢަމަލާގުޅޭ ގޮތުން ޤާނޫނުގައިވާ ގޮތް ބަޔާންކޮށް، އެދަޢުވާއަށް ޖަވާބުދާރީވުމަށް އެފަރާތަށް އަންގައިދޭ ނޯޓިހެކެވެ. ދަޢުވާ ކުރެވޭ ކުށާއި އެދަޢުވާ ބިނާކުރި ޙާދިސާ ސާފުކޮށް ދޭހަވާގޮތަށް ބަޔާންކުރަންވާނެއެވެ. އެހެނީ، ޖިނާއީ ކުށުގެ ދަޢުވާއިން ދިފާޢު ވުމަށް ނުވަތަ ދިފާޢު ހުށަހެޅު މަށް އެނގޭނީ އޭނާގެ މައްޗަށް ދަޢުވާކުރެވިފައިވާ ކުށާއި އޭގެ ތަފްސީލު - ޤާނޫނުނަންބަރު 2016/12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 198 ވަނަމާއްދާގެ (ބ). ބަޔާންކޮށްފައި އޮވެގެންނެވެ. މީހެއްގެ މައްޗަށް ކުރާ ޖިނާޢީ ދަޢުވާ އޮންނަންވީ ގޮތް ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 82 ވަނަ މއްދާގާ އެވެ. އެމާއްދާގައިވަނީ ޖިނާއީ ކޮންމެ ދަޢުވާއެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދަޢުވާކުރެވޭ ކުށް ބަޔާންކުރަންވާނެ ކަމަށާއި، ދަޢުވާގައި ކުށް ބަޔާންކުރަންވާނީ ޤާނޫނުގައި އެކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީ ކަމަށާއި، ޖިނާއީ ވަކި ކުށަކަށް ޤާނޫނެއްގައި ވަކި ޚާއްޞަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ޤާނޫނެއްގައި ވަކި ޚާއްޞަ ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެކުށް ބަޔާންކުރަންވާނީ، އެޤނޫނުގައާ ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށްކަމަށް ވެ. އަދި އޭގެ އިތުރުން ކުށުގެ ތުހުމަތުގައިވާ މީހާގެ ޢަމަލާއި، އޭނާ ކުށްކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެ ކަމަށާއި، އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ،އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަންވާނކަމަށެވެ.
17މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ހުށަހެޅި ދަޢުވާއަށް ބަލާއިރު، (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި "ކުށް" ބަޔާންކޮށްފައިވަނީ ޤާނޫނުގައި އެކުށަށް ދީފައިވާ ނަން/ޢިބާރާތުން، (މީހަކު ޢާއިލާގެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގަ ދަޢުވާ) ކަމާއި، އޭނގާ މައްޗަށް ދަޢުވާކުރެވުނު ޤާނޫނާއި ދަޢުވާކުރެވުނު ކުށަކީ، ޤާނޫނު ނަންބަރު 2009/12(ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނ) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކަމާއި، (އިސްތިއުނާފު ރައްދުވި ފަރާތް) ޖިންސީ ޢަމަލު ހިންގިގޮތަކީ، އެކުއްޖާގެ ޖަންގިޔަލުގެ ތެރެއަށް މީނާގެ އަތް ކޮއްޕާ، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލއިގެނަ ކަމާއި، އެވަގުތު އެކުއްޖާ އޮތް ޙާލަތަކީ ނިދފައިކަމާއި، އެޙާދިސާ ހިނގި - ޤާނޫނުނަންބަރު 2016/12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ހ). ޤާނޫނުނަންބަރު 2016/12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ށ). ޤާނޫނުނަންބަރު 2016/12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ރ). - ޤާނޫނުނަންބަރު 2016/12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ). ތާރީޚާއި ގަޑިއަކީ 07 ޖުލައި 2020 ދުވަހުގެ ހެނދުނުގެ 6:00 ގައި ކަމާއި، އަދި އެޢަމަލު ހިންގުނީ (އިސްތިއުނާފު ރައްދުވި ފަރާތް) އުފަންދަރިއަކާމެދުގައިކަން އެނގެއެވެ. އެހެންކަމުން، ޤާނޫނުގައި ދަޢުވާގައި ހިމަނަންޖެހޭ ތަފްސީލުތަކުގެ ތެރެއިން ޙާދިސާ ހިނގި "ތަން" ބަޔާންނުކުރުން ފިޔަވައި އެހެންކަންކަން ދަޢުވާގެ ޞީޣއިން އެނގެން އޮތްކަނާ ފާހަގަ ކުރެވެއެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން:
18ޖ ނާއ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުންތަކެވެ. އެއީ:- 1- ދަޢުވާ އުފުލުމުގައި އަދި/ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛ 2- ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ؛ 3- ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛ 4- އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ކުރާ ދަޢުވާއެއް ވަކި ކޮށްދިނުމަށް އެދުން ؛ 5- ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުން ؛ 6- ޖިނާއީ އިޖްރާޢަތުގެ ޤާނޫނު ގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް އެންގުމަށް އެދި ހުށަހަޅާ ހުށަހެޅުން
19މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި، ހުރި އުނިކަމެއްކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކުށް ކުރި ތަން ދަޢުވާގައި ބަޔާންކޮށްފައިނުވުމެވެ. ދަޢުވާގައި ކުށް ކުރި ތަން ބަޔާންކޮށްފައި ނވުމުނު އެދަޢުވާއަކީ، ޞައްޙަ ނޫން ދަޢުވާއެއްކަމަށް ބެލެވޭނެ ކަމަށެވެ. މިނުކުތާއާގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާގައި ބަޔާންކުރަންޖެހޭ ތަފްޞީލެއް ނުހިމެނި އޮތް ކަމަށާއި، ދަޢުވާއާގުޅޭ ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާއަ - ޤާނޫނުނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު)ގެ 119 ވަނަ މާއްދާގެ (ހ) ގައި ގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ އޭގެ ސަބަބުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ، ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ އެދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާއިން އެނގޭކަމަށާއި އެހެންކަމުން، ދަޢުވާގައި ހާދިސާ ހިނގި ތަން ބަޔާންނުކޮށް އޮތުމަކީ އެދަޢުވާއަކީ ޞައްޙަ ނޫން ދަޢުވާއެއް ކަމަށް ބެލެވޭނެ ކަމެއްނޫން ކަމަށެވެ. ދަޢުވާގައި ކ ށުގެ ޢަމަލު ހިނގި "ތަން" ބަޔާންކުރާ ން އަދި ނުކުރުމުން މައްސަލައަށް އަސަރުކުރާ ގޮތު :
20ޕްރިސިޑެންސް 5ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ތުހުމަތުކުރެވޭ ފަރާތާމެދު ތުހުމަކުރެވޭ ކުށް ދަޢުވާ ފޯމުގައި ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ ސަބަބުން ދަޢުވާލިބޭ ފަރާތުގާ މައްޗށަ ކުރެވިފައިވާ ދަޢުވާ، ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ، އެދަޢުވާއަށް އަސަރުކުރާނެ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ." މިފަދައިންނެވެ.
21މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހާދިސާ ހިނގި "ތަން" އެނގެން ނެތްކަން ފިޔަވައި އެހެންކަންކަން ބަޔާންކޮށްފައި އޮތްކަން ފާހަގަ ކުރެވެއެވެ. އެދަޢުވާގެ ޞީޣާގައި އެހާދިސާ ހިނގިތަން ބަޔާންކޮށްފައި ނުވިނަމަވެސް، ދަޢުވާގެ ތަފްސީލު ދެމުން އހާދިސެ ހިނގިތަން ސާފުކޮށްދެވިފައި ވާނެކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.މީހެއްގެ މައްޗަށް އުފުލޭ ދަޢުވާއެއްގައި ބަޔާނކޮށްފައް ހުންނާނީ އެކުށާގުޅޭ ގޮތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ މުހިއްމު ކަންތައްތަކެވެ. ދަޢުވާގެ ޞީޣާގައި ހިމަންނަންޖެހޭ ތަފްސީލުގެ މުހިންމުކަން ދަޢުވާ ކުރެވޭ ކުށުގެ ބާވަތުން ތަފާތުވެދާނެއެވެ. އެހެންކަމުން، ދަޢުވާގައި ނުހިމެނިވާ ކަމަކީ އޭނާގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށުގެ މުހިއްމު އުންސުރެއް ކަމުގައި ނުވާނަމަ، އަދި އެއީ ދަޢުވާގެ ދިފާޢު ތައްޔާރުކުރުމަށް ލިބޭ ފުރުސަތު ހަނިވެގެން ނުދާނަމަ ނުވަތަ ދަޢުވާލިބޭ ފަރާތަށް ބޭއިންސާފު ކަމެއްކަމުގައި ނުވާނަމަ، އެ މަޢުލޫމާތު ނުވަތަ ތަފްސީލް ނުހިމެނި އޮތުމަކީ އެކަމުގެ މައްޗަށް ބިނާކޮށް އެދަޢުވާ ބާޠިލްކަމަށް/ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅިދާނެ ސަބަބެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. މި މައްސަލައިގައި (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ދަޢުވާކޮށްފައިވަނީ 07 ޖުލައި 2020 ގައި ހިނގާފައިވާ ޙާދިސާއަކާ ގުޅިގެން ކަމާއި އެޙާދިސާއާގުޅޭ ގޮތުން އޮޅުން އަރާފަދަ ކަމެއް އޮތްކަން (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިނުވެއެވެ.
22ޕްރިސިޑެންސް 6ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާ ދަޢުވާތަކުގެ ތެރެއިން އޭނާގެ މައްޗަށް އެދަޢުވާ 16 15 ނުކުރެވޭނެ ކަމަށް ބުނެ، ހުށަހަޅާ ދިފާޢުތަކާއި، ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް ގައި މެނުވީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން އެދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި މައްސަލަ ނިންމިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޝާމިން ޤަޟިއްޔާގައި މިކޯޓުން ކަނޑައަޅާފައިވެއެވެ.
23ޕްރިސިޑެންސް 7މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލިފައިވާ ޖިނާޢީ ކުށުގެ ދަޢުވާއެއް ބަދަލުކޮށާ އިތުރު ކުށެއް ހިމެނުމަކީ ނުވަތަ ތަފްސީލެއް އިތުރުކުރުމަކީ ޕްރޮސިއުޓަރ ޖެނެރަލަށް ލިބިގެންވާ ބާރެކެވެ. ދަޢުވާގައި ހިމެނިފައިވާ ތަފްސީލަކީ އެދަޢުވާ ސާބިތުކުރުމުގައި މުޙިއްމުކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ކަންތައްތައްކަމައި އެތަފްސީލެއް ހިމެނުމަކީ މުޙިއްމު ކަމެއްކަމަށު ނުފެންނަ ޙާލަތުގައި އެކަމެއް ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމް ނުކުރެވޭނެ ކަމާއި، މި މައްސަލައިގައި ހާދިސާ ހިނގި ތަން ދަޢުވާގައި ބަޔާންކޮށްފައި ނުވަނީ އެއީ އެދަޢުވާ ސާބިތުކުރުމަށްޓަކައި މުޙިއްމު ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުފެންނާތީކަން އެނގެއެވެ. ޙާދިސާ ހިނގި ތަން ދަޢުވާގެ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ނ). ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު)ގެ 119 ވަނަ މާއްދާގެ (ހ) ގެ (2.) ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު)ގެ 120 ވަނަ މާއްދާގެ (ނ). ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/41 ޤަޟިއްޔާ. ތަފްޞީލުގައި ބަޔާންކޮށްފައި ނެތމަކު (އ ސްތިއުނާފު ރައްދުވި ފަރާތް)ގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން ދިފާޢުވުމަށް އޭނާއަށް ލިބިދީފައިވާ ފުރުޞަތު ހަނިވެގެންދާ ކަމެއް ނޫންކަމާއި، އަދި އެކަމުގެ ސަބަބުން އޭނާއަށް ބޭއިންޞާފެއް މެދުވެރިވެދާނެ ޙާލަތެއް އޮތްކަން އެނގޭކަށް ނެތެވެ. އެހެންކަމުން، މި ޙާލަތުގައި ކޯޓުގެ ދައުރަކަށް ވާންޖެހޭނީ ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢަށް ބަލައި ގޮތެއް ނިންމުންކަމަށް ޤަބޫލު ކުރެވެއެވެ. (އިސްތިއުނާފު ރައްދުވި ފަރާތް)ގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 119 ވަނަ މާއްދާގެ (ހ) ގެ (1) ނަންބަރުގެ ދަށުން އޭނާގެ މައްޗަށް ދަޢުވާ އުފުލުމުގައި އަދި/ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާކަމަށް ދެކިގެން ހުށަހެޅި ހުށަހެޅުމެއް ކަމާއި، އއ ދަޢުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށްނުވާތީ، މިމައްސަލައިގައި ހާދިސާ ހިނގި "ތަން" ޞީޣާގައި ބަޔާން ނުކޮށް އޮތް އޮތުމުގެ މައްޗަށް ބަލައި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނ) ގެ 120 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލައިގެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަކަށް ނޫނެވެ.
24އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2020)/2021/19-B7/SHN/(645-145 "ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ނިންމާފައިވާ ނިންމުން ބާޠިލްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 645/Cr-C/2020 ޤަޟިއްޔާގައި، (އިސްތިއުނާފު ރައްދުވި ފަރާތް)ގެ މއްޗަށަ ކޮށްފައިވާ ދަޢުވާގެ ސީޣާގެ ދަށުނު މި މައްސަލަ ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަޙްވީލަ ކުރަންޖެހޭކަމަށް ފެނެއެވެ. ޤާނޫނު ނަންބަރު 2016/12.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އަދި (ޅ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ހ)، (ށ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 85 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 114 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހައިކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާ
- ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ވަކާލާތުކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް ހުށަހެޅޭ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ނިންމާ ނިންމުމެއް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) އަދި (ނ)
- 2021/HC-B12/41 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޝާމިން)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް