ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/11
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޒުހީމް ސަޢީދު، 2025/HC-B12/11
Prosecutor General v. Azuheem Saeed 2025/HC-B12/11 (2025/HC-B12/11, High Court of the Maldives, 5 May 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޒުހީމް ސަޢީދު
މައްސަލައިގެ ޚުލާޞާ
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން، އެއަރޕޯޓު ސެކިއުރިޓީ ސަރަޙައްދަކީ އަމިއްލަ ތަނެއް ކަމަށާއި ލިޔުމުން ހުއްދައެއް ނުވަތަ ކޯޓު އަމުރެއް ނެތި ވަދެ ހެކި ނަގައި، ނެގި ތަނުގައި ސީލުނުކޮށް އުފުލި ކަމަށް ބުނެ، މާއްދީ ހެކި، ތަޙުލީލު ރިޕޯޓު އަދި ރިޕޯޓު ތައްޔާރުކުރި ހެކިވެރިޔާ ބަލައިނުގަނެ، ދަޢުވާ ބާޠިލު ދަޢުވާއެއް ކަމަށް ނިންމިއެވެ.
ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ޓްރެފިކްކުރުމުގެ ދަޢުވާ އުފުލުމުން، ގދ. ކާޑެއްދޫ އެއަރޕޯޓު ރަންވޭ މަތިން ފުލުހުން ހިފަހައްޓައި ނެގި މާއްދީ ހެކި ޤާނޫނާ ޚިލާފަށް ހޯދާފައިވާތީ ބަލައިނުގަތުމަށް ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިއެވެ.
ދައުލަތުން ބުނީ ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި މައުޟޫޢީ ގޮތުން އަޑިއަށް ފީނައި ނުބެލޭނެކަމަށާއި، ސީލުނުކުރުމާ ބެހޭ ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު ނުދިން ކަމަށެވެ. ދިފާޢުން ބުނީ ދަށުކޯޓުގައި ބަހުސްނުކުރާ ނުކުތާ ހައިކޯޓުގައި ހުށަނޭޅޭނެކަމަށާއި، ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާއެއްގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ މަރުޙަލާގައި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ކަމަށް ބުނެ މާއްދީ ހެއްކާއި ތަޙުލީލު ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ހެކިވެރިޔާ ބަލައިނުގަތުމަށް ދަށުކޯޓުން ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞޫލާ ޚިލާފު ނިންމުމެއްތޯއާއި، ދަށުކޯޓުގައި ބަހުސްނުކުރާ ނުކުތާއެއް ހައިކޯޓުގައި ހުށަހެޅޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ އަލުން ހުށަހަޅައިފިނަމަ ބަލައިގަނެ ޝަރީޢަތުގެ މަރުޙަލާއިން ކުރިއަށް ގެންދަން ނިންމި
ދަށުކޯޓުގެ ނިންމުމުން އުފެދުނު ނުކުތާއެއް ކަމުން ހައިކޯޓުން ބަލަން ޖެހެއެވެ. ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ނިންމުމަކީ ޕްރައިމާ ފޭޝީ ނިންމުމެއް ކަމުން ހެކީގެ ޤާނޫނީ ކަމާމެދު ޚިލާފުތައް ޝަރީޢަތުގައި ނިންމަންވާނެއެވެ. އަދި ދެފަރާތުން ފާހަގަނުކުރާ އިޖުރާއީ ގޯސްތަކަކަށް ބިނާކޮށް ބަސްބުނުމުގެ ފުރުޞަތު ނުދީ ނިންމާފައިވާތީ ނިންމުން ބާޠިލުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައިކޯޓުގައި ނުބެލުމަކީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ޢާންމު އުޞޫލު ނަމަވެސް، ހުށަހަޅާ ނުކުތާއަކީ ދަށުކޯޓުން މައްސަލަ ނިންމި ގޮތެއްގެ ސަބަބުން (ފަނޑިޔާރު ނިންމުމަށް ވާސިލުވުމުގައި ބިނާކުރި ކަންކަމުން) އުފެދުނު، އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިފައިވާ ނުކުތާއެއްނަމަ އެއީ އެ އުޞޫލުގެ އިސްތިސްނާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަކީ ހެކި ބަލައިގަތުމުގެ (admissibility) މަފްހޫމާ ގުޅޭ މާއްދާއެކެވެ؛ ހެކި ބަލައިގަތުމުގެ ޖައުހަރީ އުޞޫލަކީ ހެއްކަކީ ގުޅުންހުރި ހެއްކަކަށް ވުމެވެ؛ ގުޅުންހުރި ހެއްކެއްނަމަ ބަލައިގަތުމަކީ ޢާންމު ހަމައެވެ؛ ބަލަންޖެހެނީ ޚަޞްމަކު ހުށަހަޅާފައިވާ، ގުޅުންހުރި، ޤާނޫނީ ހަމަތަކުގެ ތެރެއިން ހުއްދަކުރާ ހެއްކެއްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-26)
- ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެއްކެއް ޤަބޫލުކުރުމަކީ އެ ހެއްކެއްގެ ޞައްޙަކަން ކަނޑައެޅުމެއް ނޫނެވެ؛ މި މަރުޙަލާގެ ނިންމުމަކީ ޕްރައިމާ ފޭޝީ ނިންމުމެއް ކަމުން، ފަނޑިޔާރު ކަނޑައަޅާނީ ހެއްކަކީ ޝަރީޢަތަށް ހުށަހަޅައި ބަހުސްކުރެވިދާނެ ހެއްކެއްތޯ އެކަންޏެވެ؛ ޝަރީޢަތުގެ ކުރިން، ދެފަރާތުގެ މެދުގައި ޤާނޫނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނުނިންމޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ހެއްކެއް ޤާނޫނާ ޚިލާފަށް ހޯދާފައިވާ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފުވެއްޖެނަމަ، އެކަމާމެދު ގޮތް ކަނޑައަޅާނީ ޝަރީޢަތުގެ ތެރެއިންނެވެ (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ ދަށުން ޠަޢުނުކުރުމުގެ ފުރުޞަތާއެކު)؛ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާ ގޮތަކަށް ނިންމިއްޖެނަމަ ޝަރީޢަތާ ނުލައި ޙުކުމަކަށް ވާސިލުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31)
- ޚަޞްމުން ފާހަގަނުކުރާ ކަމެއް މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަވެއްޖެނަމަ، އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޚަޞްމުން ދެކޭގޮތް އޮޅުންފިލުވައި، އެދޭނަމަ ޖަދަލުކޮށް ޠަޢުނުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ؛ މިއީ ނެޗުރަލް ޖަސްޓިސްގެ audi alteram partem އުޞޫލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-38)
- މާއްދީ ހެކީގެ ޗެއިން މެދުކެނޑުމާ ބެހޭ ކަންކަމާމެދު ދައުލަތަށް ބަސްބުނުމުގެ ފުރުޞަތު ނުދީ، އަދި ހެކީގެ ޞައްޙަކަމާއި ދުސްތޫރިއްޔަތާމެދު ޝަރީޢަތުގައި ބަހުސްކުރުމުގެ ފުރުޞަތު ނުދީ މައިގަނޑު ހެކި ބަލައިނުގަތުމަށް ނިންމުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 39-40)
1މިއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ )މީގެ ފަހުން "ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު"( ނަންބަރ Q10C/2025/1 )19 މާރިޗު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ނިންމާފައިވަން ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެނިންމުނ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީގދ. ހޯޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދުގެ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަޒުހީމް ސަޢީދު"( މައްޗަށެވެ.
3ދައުލަތުން، އަޒުހީމް ސަޢީދުގެ މައްޗަށް ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 111 ވަނަ މާއްދާގެ )ހ( އާއި، 140 ވެނ މާއްދާގަ )ށ( އާ ޙަވާލާދީ، އ ޤާނޫނުގެ 111 ވަނަ މާއްދާގެ )ނ( ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދަޢުވާއާއި،ޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 105 ވަނަ މާއްދާގެ )ހ( އާއި، 136 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، 105 ވަނަ މާއްދާގެ )ނ( ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ، 26މޭ 2024 ގައގދި. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު: 525/2024/Q10C/6 "ދަޢުވާ ހުށަހަޅާ ފޯމު"
4މި ދަޢުވާ ބަލަމުންދިޔައީ އެ ކޯޓުގެ ނަންބަރު 86/Q10C/2024 ޤަޟިއްޔާއިންނާއި، އެ ކޯޓުގެ ނަންބަރ 87/Q10C/2024 ޤަޟިއްޔާއިންނެވެ.
5މ ޤަޟިއްޔާގެ ތެރެއިން އަޒުހީމް ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެއީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"( ގ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނނުގ 119 ވަނަ މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރުގެ ދަށުން ހެކި ހާމަކޮށްދިނުމަށ އެދް ހުށަހެޅި ހުށަހެޅުމެކެވެ.
6މި ދެ ހުށަހެޅުމުގެ ތެރެއިން، މި މައްސަލައިގެ އިސްތިއުނާފުގައި ހިމެނެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ކަމުގުއިވާތީ، މި ނިންމުމުގެ ބޭނުމަށް ތަފްޞީލު މިކރަނީ އެ ބަޔާއި ގުޅިގެނ ހިމަނާފައިވާ ކަންކަމާއި، އެއާއި ގުޅޭ ގޮތުނޫގދް. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމެވެ.
7އަޒުހީމް ސަޢީދުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރާއި ޙަވާލާދީ، ހުށަހަޅާފައިވާ ހުށަހެޅުމުގެ ތަފްޞީލުގައި ބަޔާންކޮށްފައިވަނީ، މި ހުށަހެޅުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަން މާއްދާގައި ބަޔާންކް ށޮފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ އުޞޫލުތަކާ ޚިލާފަށް އަދި ކޯޓު އަމުރެއްނެތި، ޤާނޫނާ ޚިލާފު އިޖުރާއަތުތަކެއްގެ މައްޗަށް ހެޔޮ ނިޔަތެއްނެތި، މި މައްސަލައިގެ ހެކިގަރީނާ ހޯދުމުގައާއި، އަދި ފުލުހުންގިބެލުމުގެ ދ ށަށް އަޒުހީމ ސަޢީދު ގެނައުމުގައަ ހިފައި ހައްޔަރުކޮށް ބަންދުކުރުމުގައާއ 9 ފެބްރުއަރީ 2025ގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަޒްހީމު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމް" ގ 1 ވަނަ ނަންބަރުގެ ދަށުން ބަޔާންކުރި ހުށަހެޅުންތައް ބަލައިފާސްކުރުމުގައި ދިވެހި ފުލުހުން ޢަމަލުކޮށްފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލައިގައި ހޯދާފައިވާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅައި، އެ ހެކިތައް ބަލައިނުގަތުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކަމުގައެވެ.
8ބުނެވިދިޔަ ހުށަހެޅުމާއި ގުޅިގެން، އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ ބޭނުމަށްގދް.ތިނަދޫ މެޖިސްޓްރޭޓް ކޯޓުނާ ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކުރީމެވެ.
8.1. މާ މައްސަލައިގައި އަމިއްލަ ތަނަކަށް ވަދެފައިވަނީ އަމިއްލަ ތަނެއްގައި ހުރި މީހަކު ބަލާފިސްކުރުމުގ ބޭނުމުގައިކަމަށާއި، މިފަދަ ޙާލަތެއްގައި ކޯޓު އަމުރަކާ ނުލައި ނުވަތަ ވެރިފަރާތުގެ ހުއްދައާއި ނުލައި އެފަދަ ތަނަކަށް ވަނުމަށް ޤާނޫނުގައި ހުއްދަ ދީފައިވް އިސްތެސްނި ޙާލަތުގައި ފިޔަވައި އެހެނ ޙާލަތްތަކުގައި ތަނުގެ ވެރިފަރާތުގެ ހުއްދައެއް ނުވަތަ ކޯޓު އަމުރެއް އޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލާޒިމުކޮށްފައިވާކަން އެނގޭކަމާއި، މި ހުއްދަ ލިޔުމުން އޮންނަންޖެހޭކަން ޖިނާއީ މައްސަލަ ތަޙުޤީޤު ކުރުމުގައި ފުލަހުން ޢަމަލުކެރާނެ އިޖުރާއަތު ގވާއިދުގ 90 ވަން މާއްދާގަ )ހ( ގެ ނައްސަށް ބެލުމުން އެނގޭކަން
8.2. ކާޑެއްދޫ އެއަރޕޯޓު ރަންވޭ މައްޗަށް އެރުމަށ ނުވަތް ސެކިއުރިޓީ ކޮމާންޑުން ބަލަހައްޓާ ސަރަހައްދަށ ވަނުމަށް ހުއްދަދިންކަން އެ ހުއްދައެއް ދިން ފަރާތުގެ ބަހުން މެނުވީ ދާނެނުގަނެވޭނެކަމާއި، ނުވަތަ އެ ފަރާތުން ލިޔުމުން ދީފައިވެޑޮކިއުމެންޓަކުން މެނުވީ ދީނެނުގަނެވޭނެކަމާއި، ފުލުހުންގެ އޮފިސަރުން ހުއްދަދީގެންކަމަށް އަދާކުރާ ހެކިބަހަކުން އެ ހުއްދަ އޮތްކަމަކަށް ނުބެލެވޭނެކަމާއި، މިއީ common sense rule/ އާންމު އިންސާނެއްގެ ބުއްދީގެ ހަމައަށް ބެލުމުން އޮޅުން ނައަރާ މިންވަރަށް ސފުވާކަމެއްކަނ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2025/1 )19 މާރިޗު 2025 ( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގ 13 ވަނަ ނުކުތާއިން ފެށިގެން 21 ވަނަ ނުކުތާގެ ނިޔަލަށް
8.3. ހުއްދަ އޮތްކަން ސާބިތުކޮށްދިނުމުގެ ބޭނުމުގައި ދައުލަތުން ހުށަހަޅާފައިވާ ފޯލިއޯ 20 ހުށަހެޅުމާ ގުޅިގެން ހެކްރައްދ ކުރުމުގު ބަހުސްގެ ތެރޭގައި ދެފަރާތުން ފާހަގަކޮށްފައިނުވާ އިޖުރާއީ ގޯހެއް އޮތްކަނު ފާޅުވާކަމާއި، މާއްދީ ހެކީގެ ގޮތުގައި ބޭނުންކުރުމަށް ނެގޭ ތަކެތި ނަގާ ތަނުގައި ބަންދުކުރަންވާނެކަން ޖިނާއީ މައްސަލަ ތަހުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތު ގަވާއިދު 128 ވަނަ މާއްދާގެ )ހ( އަދި )ށ( އަށް ބަލާއިރު، އޮޅުމެއްނާރާ މިންވަރަށް ސާފުކަމެއި، ނަމަވެސް މި ތަކެތި ބަންދުނުކޮށް އިތުރު ތަނަކަށް ބަދަލުކޮށްފައިވާކަން ކާރެއްގ ނުވަތެ އުޅަނދެއްގެ ޝީޓުމަތީގައި ބާއްވައިގެން ނަގާފައިވާ ފޮޓޯއާއި މާއްދީ ހެކި ނެގިތަނުން އެބަހީ ރަންވޭ މަތީގައި ބަހައްޓާފައވަ ފޮޓޯތަކުން ސާފުކަނ
8.4. ފްހަރުގައ މާއްދި ހެކި ނަގާ ތަނަކުން އެތަކެތި ބަންދުކުރުމަކީ އިޖުރާއަތެއްނޫންކަމާއި، ލާޒިމުވާނީ ބަންދުކުރުނ ކަމަށް ބުނެ، އަދި މިއީ ޗެއިންއާއ ގުޅުންހުރި ކަމަކަށްވާތީ މައުޟޫއީ ކަމެއްކަމަށް ބުނި ބަހުސް ކުރުމަކީވެސް ކޮށްފާނެކަމެއްކަމަށާއި، މިފަދަ ބަހުސް ކުރް މަކީ ކުރެވޭނެ ކަމެއް ކަމުގައި ނުދެކޭކަނ
9ބަޔާންކުރަނިވި ކަންކަމުގެ އަލީގައި،ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އަންނަނިވ ފަދައިންނެވެ.
9.1. އަމިއްލަ ތަނަކަށް ކޯޓު އަމުރަކާ ނުލައި، ނުވަތަ އެތަނުގެ ވެރި ފަރާތުގެހުއްދައާ ނުލައި ވަދެވޭނީ ޤާނޫނުގައި އެފަދައަނ ވަނުން އިސްތިސްނާ ކޮށްފައިވާ ޙލަތުގައިކަމށާއި،މި މައްސަލައިގައި އެފަދަ އިސްތިސްނާއެއް ނެތްކަމަށާއި، އަމިއްލަ ތަންތަނަށް އިސްވެ ދެންނެވުނު އިސްތިސްނާނެތ ވަދެވޭނީ ކޯޓު އަމުރެއް ނުވަތަ އެތަނުގެ ވެރި ފަރާތުގެ ރުހުން ލިޔުމުން އޮވެގެން ކަމަށާއި، އަދ މި އިޖުރާއަތު ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ޝަރީޢަތަށް ގެންދިޔުމުގެ އިސްތިސްނާއެއް ދެވޭނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2025/1 )19 މާރިޗު 2025 ( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ތަހުޤީޤުމަރުޙަލާގައިއެ ހުއްދަދިން ފަރާތުގެ ބަޔާނެއް ނެގި އެ ފަރާތް މައްސަލައިގެ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިވާ ޙާލަތުގައި އެކަނކަނ
9.2. މ މައްސަލައިގައި ނަގާފައިވާ މާއްދީ ހެކި ހޯދައި، އެ ހެކި ހޯދުމަށް އަމިއްލަ ތަނަކަށް ވަދެ މީހަކު ހުއްޓުވައި ބަލައިފާސްކޮށް ހެކި ނަގައި، ނެގި ތަނުން އެ ހެކިތައް އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޖިނާއީ މައްސަލަ ތަޙުޤީޤުކުރުމުގައިފުލުހުނ ޢަމަލުކުރާން އިޖުރާއަތު ގަވާއިދުގެ 90 ވަނަ މާއްދާގެ )ހ( އާއި، 128 ވަން މާއްދާގަ )ހ( އާއި )ށ( އާއި ޚިލާފަށްކަން
9.3. މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރިލުއުލުއްޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަނ
10ބަޔާންކުރަނިވި ކަންކަމުގެ ނަތީޖާއަކީ،މި މައްސަލައިގެ މައިގަނޑު ހެކި ބަލައިނުގަތުމަށް ނިންމާފައިވާތީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާފައިވާ ނިންމުން މުރަޖަޢާކޮށްދިނުމަށް ޝަފަހާ ކޮށް މަޖިލީހުގައި ހުށަހަޅާފައިވް ހުށަހެޅުން ބަލައިގަނެ، އަދި މައިގަނޑު ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅުމާއި ގުޅިގެން މިހިނދަށް މަދަނީ މިންގަނޑަށް ކުރިއަށް ގެންދާނެ މައްސަލައެއް ނެތްކަމަށާއި ބާޠިލު ދަޢުވާއެއްކަމުގައި ކަނޑައެޅންކަމަށެވ.
11ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2025/1 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި މާއްދި ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރްލުއުލުއ ޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށ ނިންމި ނިންމުމަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2025/1 )19 މާރިޗު 2025 ( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނިންމުމެއް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ.
11.1. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ Q10C/2025/1 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި މާއްދި ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރީ ލުއުލުއ ޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75އ ސްމާޢީލ އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް ޤަޟިއްޔާގެ )މީގެ ފަހުން "އިސްމާޢީލް އިފްހާމް މުޙައްމަދް ޤަޟިއްޔާ"( 43 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގެ 40 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވުން
12މި ނުކުތާ ތަފްޞީލުކުރަމުން ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
12.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ނިންމުމާމެދު ދެވިފައިވާ މުހުލަތުތަކާއި، އެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މި މަރުހަލާގައި ހުށަހަޅާނީ ދ ފަރާތުގެ ދެމެދު ދެބަސްވާ ބޮޑު ޤާނޫނީ ބަހުސަކްށްދާ، އަދި މައްސަލައިގެ މައުޟ އަށްވެސް އަސަރުކުރާފަދަ ކަންކަމެއް ނޫންކަން
12.2. ހިއްކެއ ޝަރީޢަތަށް ޤަބޫލުކުރުމަކީ އެ ހެއްކެއްގެ ސައްހަކަން ކަނޑައެޅުމެއްނޫންކަމާއި،އަދެވަކ ހެއްކެއ އެއް ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއްކަމަށް ކަނޑައްޅުން ނޫންކަމާއި، މި މަރުހަލާގައި ހެއްކެއް އެއީ ބަލައިގަނެވިދާނެ ހެއްކެއް ކަމުގައި ކަނޑައެޅުމުގެ ނަތީޖާއަކީ، ޝަރީޢަތް ފެށިގެންދާއިރު، އެ ހެއްކެއް ޝަރީޢަތަށް ހުށަހެޅިދާނެކަމަށް ނިންމުންކަމާއި، މިއެއ ހެއްކެއްގެ ސައްޙަކަމާމެދު މުޠުލަޤަށް ނިންމާ ނިންމުމެއް ނޫންކަމާއި، އެފަދަ ހެއްކަކާމެދު މައްސަލައިގެ މައުޟޫއުގެ ތެރެއިން ގޮތް ކަނޑައަޅަންވާނެކަނ
12.3. މިކަންކަމީ އިސްމާޢީލް އިފްހާމް މުޙައްމަދިޤަޟިއްޔާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޤާނޫނާ ޚިލާފަށް ހެކި ހޯދާފައިވާކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމެއްގައި ގޮތް ނިންމުމުގައި ވަޒަންކޮށް ބަލަންޖެހޭ މިންގަނޑުކަމަށް ކަނޑައަޅާފައިވާ ކަންކަން ކަން
12.4. މ މައްސަލައިގައި، ގދ. ކާޑެއްދޫގައި އެއަރޕޯޓަކީ އަމިއްލަ ތަނެއްގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއްކަމަށް ބުނާއިރު، ދައުލަތުން ވަކާލާތުކޮށްފައިވަނީ ފުލުހުން އެއަރޕޯޓު ސަރަހައްދަށ ވަދެފައިވަނީ އެތަނުގެ ވެރި ފަރާތުގެ ހުއްދަ ހޯދައި، ކާޑު އަޅައި، އެ ސަރަހައްދުގްއ މަސައްކަތްކުރި އެއަރޕޯޓް މުވައްޒަފުންގެ ވެސްޓް ލައިގެންކަމަށާއި، އަދި ބަހުސްގެ ބޭނުމަށް، މި ސަރަހައްދަށ ވަނީ އެއަރޕޯޓު ސެކިއުރިޓީގެ ހުއްދަ ނުހޯދާކަމަށް ބެލިނަމަވެސް، އޭގެ ސަބަބުން ގެއްލުނީ އަޒުހީމ ސަޢީދުގެ ކޮން ޙައްޤެއްކަން ދިފާޢުން ބަޔާންކޮށްދޭންޖެހނެކަނ
12.5. މ މައްސަލައިގައި ކޯޓުން ގޮތެއް ނިންމިއިރު، އެއަރޕޯޓު ސަރަހައްދަށ ފުލުހުން ވަން ހުއްދަ ހޯދައިގެންކަނ ސީނަށް ދިޔަ ފުލުހުން ޝަރީޢަތަށް ޙާޟިރުކޮށްގެން ސާފުކުރެވޭނެކަމަށ ބުނާބުނުމާއި، ބަލައި ފާސްކޮށްފައިވަނީ ވެސްޓ ލައިގެން ހުރެކަން އެނގޭކަމަށް ބުން ބުނުމުން މިހިނދަށް އެ މިންވަރުން ނުފުދޭކަމުގައިނިންމާފައިވާއިރު،މި މަރުހަލާއަކީ ޝަރީޢަތުގެ ކުރީގެ މަރުހަލާކަމަށްވެފައި، މި މަރުހަލާގައި ގޮތެއް ނިންމާނީ އަޑިއަށް ފީނައި، މައުޟޢްމައްސަލައެއް ބަލު އުޞޫލުން ނޫންކަން އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާގައި ކަން ޑައަޅާފައިވާކަމުން، މި ނިންމުމަކީ މި ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލާ ޚިލާފު ނިންމުމެއްކަން
12.6 މި. މައްސަލައިގެ ލިޔެކިޔުންތަކާއެކު ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުންމަސްތުވާތަކެތި ނެގުމަށް ފަހު ސީލ ނުކޮށް ކާރު ސީޓެއްގެ މަތީގައި ބަހައްޓާފައި ހުރިކަން އެނގޭކަމަށާއި، ސީން ގައި ސީލް ކުރަނ ޖެހޭނެކަމަށް ބުނެ، މަސްތުވާތަކެތީގެ ޗެއިން މެދުކެނޑިފައި ނުވަނީސް، އަދި ސީންގައ ކަނެ ހިނގާދިޔަގޮތް ސާފުކުރުމަށް ހެކިން ޝަރީޢަތުގެ މަޖިލީހަށް ނުގެނެސް، މިމައްސަލައިގ ފޯލިއޯ 20 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން އަސާސީ ހެކި ބަލައިނުގަތުމަށް ޝަރީޢަތުން ނިންމާފައިވަނީ، މިކަން ސާފުކުރުމުގެ ބޭނުމުގައި އެއްވެސް ސުވާލެއް ނުކޮށްކަމާއި، މި ނިންމުމަކީ ފަނޑިޔާރު އަމިއްލައަށް ނިންމާފައިވާ ނިންމުމެއްކަން
12.7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގެ 40 ވަނަ ނަންބަރުގައި ކޯޓެއްގެ ނިންމުމަކީ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމާއި، ނެޗުރަލް ޖަސްޓިސްގެ މަފްހޫމްގެ ތެރޭގައި ހިމެނޭ audi alteram partem ނުވަތަ ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞޫލިޚިލާފަށް ނިންމާފައިވާ ނިންމުމެއްނަމަ، އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމުގައި ކަނޑައަޅާފައިވާއިރު، މި އުޞޫލު މ މައްސަލައަށް ތަޠުބީޤުކުރާއިރު، ހުށަހެޅުނު މާއްދީ ހެއްކާ ގުޅިގެން ފަނޑިޔާރަށް ފުހް ގަކުރެވުނ ކަންކަން ބަޔާންކޮށްފައިވަނީ ޙުކުމުގައިކަމާއި، އެކަމާ ގުޅިގެން ދައުލަތުގެ ބަހެއް ހޯދާފައިނުވާކަނ
13މ އިސްތިއުނާފުގައި ދައުލަތުން އެދިފައިވަނީގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ Q10C/2025/1 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި މާއްދި ހެއްކާއި، އ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރިލުއުލުއެޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި، މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމުނުކަމަށް ކަނޑައަޅައި، ޝަރީޢަތުގެ މަރުޙަލާއިން ފެށިގެން މައްސަލަ ކުރިއަށް ގެންދަންޖެހޭކަމަށް ކަނޑައެޅުމަށެވެ.
14ދައުލަތުން ކުޅަ މި އިސްތިއުނާފުގެ ޖަވާބުގައި އަޒުހީމް ސަޢީދު އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
14.1. މާ އިސްތިއުނާފުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ހިމަނާފައިވަވާހަކަތަކަކީ ދަށު ކޯޓުގެ މަރުޙަލާގައި އެ ނުކުތާގެ ބަހުސްގައި ދައުލަތުން ބަހުސްކޮށްފައިނުވާ ކަންތައްތަކެއްގެ މައްޗަށްކަން
14.2. އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ދިފާޢުން ހުށަހަޅާފައިވާ ހުށަހެޅުންބިނާކޮށްފައިވަނ އެއަރޕޯޓުގެ ރަންވޭ މަތިން އަޒުހީމް ސަޢީދު ހިފަހައްޓައި ހެކި ނަގާފައިވަނީ ޤާނޫނ ޚިލާފަށްކަމަށްވާތީ، އެ ހެއްކަކީ ބަލައި ނުގަނެވޭނެ ހެކި ކަމުގައި ކަނޑައެޅުމަށް ކަމަށްވާއިރު، މުޅި މި މައުޟޫއުގައި ދައުލަތުގެ ބަހުސް ބިނާކޮށްފައިވަނީ އެ ހެއްކަކެޤާނޫނާ އެއްގޮތަށް ނެގުނު ހެއްކެއްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކާއި، އެއަށް ބާރުދޭ ހެއްކާއި ކަންކަން ބަޔާންކޮށްދިނުމުގ މައްޗަށްކަން
14.3. މި މައްސަލައިގައި ސާފުކުރަން ބޭނުންވާ ކަންކަމާއިމެދ ފުޅު ދާއިރާއެއްގައި ސުވާލުކޮށްފައިވާކަމާއި، އަދި ބަހުސްކުރެވިފައިވާކަނ
14.4. އެހެނަސް، މިއާ ޚިލާފަށް ދައުލަތުގެ މުޅި އިސްތިއުނާފު ބިނާކެށޮފައިވަނީ ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި، މައުޟޢޫ ގޮތުން ބެލުމަކާއ ނުލައި ހެއްކާމެދ ގޮތެއު ނިންމަންޖެހޭ ކަމުގެ މައްޗަށްކަމާއި، މިއީ އެއްގޮތަކަށްވެސް ބަހުސް ކޮށްފައިނުވާ އަދި ދައުލަތުގެ ފޯމުގައިވެސް ބަޔާންކޮށްފައިވާ ކަމެއްނޫންކަމާއި، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/87 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމްޤަޟިއްޔާއާއި، ޤާނޫނު ނަންބަރ 2010//22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 32 ވަނަ މާއްދާގެ )ހ( އާ ޚިލާފު ކަމެއްކަން
14.5. އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާޤަޟިއްޔާއާ ޙަވާލާދީފައިވަނީ ޝަރީޢަތަށް އޮޅުވާލުމުގެ ބޭނުމުގައިކަމާއި، ހުށަހަޅާފައިވާ އިސްތިއުނާފުގައި މިކަމުގައް ޙަވާލާދޭ މައުޟޫއަށް ބަހުސްކޮށްފައިވާކަނ
14.6. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމާފައިވާގޮތް ބިނާވެފައިވަނީ ދެ ފަރާތަށް ބަހުސްކުރުމުގެ ފުރުޞަތު ދީ، ޝަރީޢަތުން ސާފުކުރަންޖެހޭ ކަންކަން ދެ ފަރާތާ ސުވާލުކޮށް ސާފުކުރުމަށް ފަހުގައިކަން
15އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީމ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަމުގައި ކަނޑައަޅައި،ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ Q10C/2025/1 ނިންމުމަށް ބަދަލުގެންނަންޖެހޭނ ޤާނޫނެ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
16މި މައްސަލައިގައި ދައުލަތުން އުފައްދާ ޖަދަލަކީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރެލުއުލުއިޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ އިސްމާޢީލް އިފްހާމް މުޙައްމަދެޤަޟިއްޔާގައ ބަޔާންކުރި އުޞޫލާއި ޚިލާފަށްކަމުގައެވެ. އަދި މި ނިންމުމަށް ވާސިލުވެ ފަނޑިޔާރު ގޮތް ނިންމާފައިވަނީ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞލ ޚިލާފަށްކަމުގެ ޖަދަލެވެ. މައްސަލަ ނިންމާފައިވަނީ އިސްމާޢީލް އިފްހާމް މުޙައްމަދުޤަޟިއްޔާގައ ބަޔާންކުރި އުޞޫ ލޯ ޚިލާފށްތަ
17ދެއުލަތުނ ހުށަހަޅާފައިވް މި އިސްތިއުނާފުގެ އަލީގައި، ދަށު ކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަޒުހީމް ސަޢީދުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމާ ގުޅިގެނެދައުލަތުން ރައްދު ދީފައިވެއެވެ. ދައުލަތުން ފުރަތަމަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނި މާއްދާގަ )ނ( ގައި ބަޔާންކުރާފަދ އަމިއްލަ ތަނެއް ގޮތަށް މާނަކުރެވޭ ތަނެއް ނޫންކަމުގައެވެ. އަދި ދަޢުވާލިބޭ ފަރާތް ހުއްޓުވި ތަނަކީ އ އަރޕޯޓު ސަރަހައްދުގެ ތެރެއިންކަމަށްވާއިރު، މިތަނަކީ އަމިއްލަ ތަނެއްގެ ގޮތުގައި ބެލިނަމަވެސް، މި ތަނަށް ވަދެފައިވަނީ ހުއްދަ ހޯދައިގެންކަމުގައެވެ. އަދި އެކަމީ ހެކިބަހުގެ މަރުޙަލާގައި ސާފުކުރެވޭނެ ކަންކަން ކަމުގައެވެ.
18މި ކަންކަމުގެ މައްޗަށެގދް.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ލުއުލުއީޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށާއި، މި މައްސަލައިގައި މައިގަނޑު ހެކި ހޯދާފައިވަނުޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅިގެން ދިޔުމާއި ގުޅިގެން މަދަނީ މިންގަނޑނިކުރިއަށ ގެންދާން މައްސަލައެއް ނެތްކަމާއީމި ދަޢުވާއަކެބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅައެވެ. އްނިންމުމަށް ވާސިލުވި ސަބަބތައުމި ނިންމުމުގެ 8 ވަނަ ނުކުތާގައި ތަފްޞީލު ކުރެވިފައިއެވަނީއެވެ.
19އެހެނަސް، ބަޔާންކުރަނިވި ނިންމުމުގެ ތެރެއިން، މި ނުކުތާގެ ބޭނުމަށްގދް.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ ކަންކަން ތަކުރާރުކުރީމެވ.
19.1. ޕްރޮސިކިއުޝަންގެ ބަހުން ގދ. ކާޑެއްދޫ އެއާޕޯޓް ރަންވޭ މައްޗާއި، ސެކިއުރިޓީ އޭރިއާއަކީ ވަކް ބައެއްގެ ހުއްދަ ލިބިގެން ވަކި އުޞޫލަކުން ވަދެ ނިކުމެވޭ ތަނެއްކަން އެނގެންއޮންނާތީ، އެތަނަކީ އަމިއްލަ ތަނެއްގެ ގޮތުގައި ބަލަންޖެހޭ ތަނެއްކަން މި ނިންމުމުގެ 7 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާ ހުށަހެޅުން ދައުލަތުގެ ފަރާތުން 23 ފެބުރުވަރީ 2025 ގައި ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމް"ގެ 1 ވަނަ ނަންބަރުގެ ދަށުން ބަޔާންކުރާ ކަންކަން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/2025/1 )19 މާރިޗު 2025 ( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު
19.2. އަމިއްލަ ތަނަކަށް ކޯޓު އަމުރަކާ ނުލައި ނުވަތަ އެތަނުގެ ވެރިފަރާތުގެ ހުއްދައާއި ނުލައި ވަދެވޭނީ ޤާނޫނުގައި އެފަދައިން ވަނުން އިސްތިސްނާކޮށްފައިވާ ޙާލަތުގައިކަމަށާއި، މ މައްސަލައިގައި އެފަދަ އިސްތިސްނާ ޙާލަތެއްނެތްކަނ
19.3. އަމިއްލަ ތަންތަނަށް އިސްތިސްނާއެއްނެތި ވަދެވޭނީ ކޯޓު އަމުރެއް ނުވަތަ އެތަނުގެ ވެރިފަރާތުގެ ރުހުނ ލިޔުމުން އޮވެގެންކަމަށާއި، މި އިޖުރާއަތު ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ޝަރީޢަތަށް ގެންދިޔުމުގެ އިސްތިސްނާއެއް ދެވޭނީ ތަހުޤީޤު މަރުޙަލާގައި އެ ހުއްދަ ދިން ފަރް ތުގެ ބަޔާނެއް ނެގި އެ ފަރާތް މައްސަލައިގެ ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިވާ ޙާލަތުގައި އެކަނިކަން
19.4. މ މައްސަލައިގައި ނަގާފައިވާ މާއްދީ ހެކި ހޯދައި، އެ ހެކި ހޯދުމަށް އަމިއްލަ ތަނަކަށް ވަދެ މީހަކު ހުއްޓުވައި ބަލައިފާސްކޮށް ހެކި ނަގައި، ނެގި ތަނުން އެ ހެކިތައް އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޖިނާއީ މައްސަލަ ތަޙުޤީޤުކުރުމުގެއަ ފުލުހުން ޢަމަލުކުރާނެ އިޖުރާއަތު ގަވާއިދުގެ 90 ވަނަ މާއްދާގެ )ހ( އާއި، 128 ވަން މާއްދާގަ )ހ( އާއި )ށ( އާއި ޚިލާފަށްކަން
19.5. މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރިލުއުލުއްޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަނ
20މ ނުކުތާގައި ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގައި ގޮތެއް ނިންމާފައިވާ މަރުޙަލާއަކީ ޝަރީޢަތުގެ ކުރީގެ މަރުޙަލާކަމަށްވެފައި، މި މަރުޙަލާގައި ގޮތް ނިންމަންވާނީ އެންމެ އަޑިއަށް ފީނައި، މައުޟޢޫ މައްސަލް ބަލަ އުޞޫލުން ނޫންކަމަށާއި، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާއިން އެނގޭކަމުގައެވެ.
21މީގެ ރައްދުގައި އަޒުހީމް ސަޢީދުގެ ފަރާތުން ބުނެފައިވަނީ މި ނުކުތާގައި ދައުލަތުން މައިގަނޑު ގޮތެއްގައި ދައްކާ ވާހަކަތަކަކީ، ދަށު ކޯޓުގެ މަރުޙަލާގައި އެ ނުކުތާގެ ބަހުސްގައި ދައުލަތުން ބަހުސްކޮށްފައިނުވ ކަންކަން ކަމުގައެވެ.
22ޕްރިސިޑެންސް 1މި ނުކުތާގައި ދައުލަތުން އުފައްދާ ޖަދަލަކީ ދަށު ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދިޤަޟިއްޔާއ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ އުފައްދާ ޖަދަލެކެވެ. ދައުލަތުން މި ޝަރީޢަތުގައި ފާހަގަކޮށްފައިވާ ފަދައިން، އަޒުހީމް ސަޢީދުގެ ފަރާތުން ވަކި ހެއްކަކީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެއްކެއް ކަމަށް ހުށަހެޅުމުން، އެ ހެއްކަކީ ޞައްޙަ ހެއްކެއްކަމަށް ނުވަތަ ބަލައިގަންނަންޖެހޭ ހެއްކެއްކަމަށް މަތިމަތިން ބަލައި އެކަން ޤަބުލުކުރެވޭނެ މިންވަރަށް ދައުލަތުން ޖަވާބުދީފައިވާކަނ ދައުލަތުން ދަށް ކޯޓަށު ހުށަހަޅާފައިވް ރައްދު ފޯމުން އެނގެއެވެ. އަދި މި ބަހުސް މިހާރު އުފަންވެފައިމިވަނީ ދަށު ކޯޓުގެ ފަނޑިޔާރު ނިންމުމަށް ވާސިލުވުމުގައު،އެ ނިންމުން ބިނާކޮށްފައިވާ ކަންކަމުނ ކަމުގައް ދައުލަތުން ބުނާ ބުނުމަށް އަހުރެން އެއްބަހެވެ. އެހެނީ، ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ގެ 32 ވަނަ މާއްދާގައި ހައިކޯޓުން މައްސަލަ ބެލުމުގެ ޢާންމު އުޞޫލު ބަޔާންކުރިނަމަވެސް، އެކަމުގެ އެއް އިސްތިސްނާއަކީ، ހުށަހަޅާ ނުކުތާއަކީ މައްސަލަ ނިންމި ގޮތެއްގެ ސަބަބުން އިސްތިއުނާފުކުރާ މއްސަލައ ސީދާ ގުޅިލާމެހިފައިވުމެވެ. ދައުލަތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ މި އިސްތިސްނާ ޙާލަތަށް ފެތޭ ނުކުތާއެއް ކަމުގައި ދެކެމެވެ.
23ޕްރިސިޑެންސް 2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދޭ ހުށަހެޅުމެއް ހުށަހެޅިދާނެކިމަށޭ ވެ. ތިލަކޮށް ބުނާނަމަ، މިއީ ޝަރީޢަތް ފެށުމުގެ ކުރިއަށް ހެކި ބަލައިގަތުމާއި ގުޅޭ (admissibility of evidence) މަފްހޫމާ ގުޅޭ މާއްދާއެކެވެ.
24ހެކި ބަލައިގަތުމުގެ މަފްހޫމަކީ ވަކި ހެކިތަކަކީ ޝަރީޢަތުގެ މަރުޙަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުޞޫލުތައް ތަޠުބީޤުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުޞޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 )ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް( ޤަޟިއްޔާގެ 10 ވަނަ ނުކުތާ ހެއްކަކީ ގުޅުން އޮތް ހެއްކެއްކަމަށްވުމެވެ. ގުޅުންހުރި ވާޤިއާއަކީ މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ވާޤިއާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާޤިއާއެކެވެ.
25ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( )މީގެ ފަހުން "ހެއްކާބެހޭ ޤާނޫނު"( އަށް ބަލާއިރު، ގުޅުން ހުރުމަކީ މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިއާއަކްއި، އެ ވާޤިއާއެއީ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދާ ގުޅުމެވެ.ވަކި ވާޤީއާއަކާ ވަކި ހެއްކަކާމެދު ގުޅުންހުރ ހެކި ކަމަށި ބެލެވޭނީ، ޤާނޫނީގޮތުން ގުޅުން ހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިއާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ.މިއީ ހެއްކާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާއާއި 114 ވަނި މާއްދާގައި ގުޅުން ހުރި ހެކި ކަމަށް ބެލެވޭނެ އަސާސެވެ.
26އ ހެއްކަކީ ގުޅުންހުރި ހެއްކެއްގެ އަސާސް ފުރިހަމަވާ ހެއްކެއްނަމަ، އެ ހެކި ބަލައިގަތުމަކީ އާންމު ހަމައެވެ. ހެކި ބަލައިގަތުމުގައި، އެ ހެއްކަކީ ޚަޞްމަކު ހުށަހަޅާފައިވާ ހެއްކެއްތޯ، އެ ހެއްކަކީ ގުޅުންހުރި ހެއްކެއްތޯ، އަދި އެ ހެއްކަކީ ޤާނޫނީ ހަމަތަކުގެ ތެރެއިން ހުއްދަކުރާ ހެއްކެއްތޯ ބަލަންޖެހެއެވެ.
27ޕްރިސިޑެންސް 3ޝަރީޢތުގަ ކުރީގެ މަރުޙަލާގައި ގޮތެއް ކަނޑައެޅިގެންދަނީ ހެއްކެއް ޤަބޫލުކުރުމާގުޅޭ ގޮތުންނެވެ. ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމަކީ އެ ހެއްކެއްގެ ސައްޙަކަން ކަނޑައެޅުމެއްނޫނެވެ. ވަކި ހެއްކެއް އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައެޅުމުގެ ނަތީޖީއަކީ އެ ހެއްކެއް އެއީ އޮޓޮމެޓިކުން ސައްޙަ އަދި އެ ހެއްކަކާ މެދު ބަހުސްކުރުމުގެ ފުރުޞަތުވެސް ހަނިވެގެންދާނެ ކަމެއްނޫނެވެ. އެހެނ ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކަކީ މައުޟޢޫ ގޮތުން ބެލުމަކާނުލައި އެއާމެދު ގޮތް ނިންމަންޖެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 )ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ޤަޟިއްޔާގެ 20 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 )މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް( ޤަޟިއްޔާގެ 25 ވަނަ ނުކުތާ ހެއްކާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާ ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ ކަންކަމަށްވާންޖެހޭތީއެވެ. މިއީ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އ ޤަބޫލުކުރެވި ހެއްކެއްކަމަށް ކަނޑައެޅުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް އިފްހާމް މުޙައްމަދްޤި ޟިއްޔާއިނަ ކަނޑައަޅާފައިވާ އުޞޫލެވެ. އަދި މިއަށް ފަހު މި މައުޟޫއުގައި ނިންމާފައިވާ ގިނަ ޤަޟިއްޔާތަކެއްގައ މި އުޞޫލަށް ޙަވާލާދީފައިވެއެވެ.
28ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރޭގައި އެ މަރުޙަލާގައި ހެކި ޤަބޫލުކުރުމާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާއިރު ނަޒަރިއްޔާތު ބަހައްޓަންޖެހޭ މިންވަރާއި ގުޅޭ ގޮތުން މި ޤަޟިއްޔާގައ ބަޔާންކުރަނީ ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލިނުކީރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން ނިންމާ ނިންމުމަކީ ޕްރައިމާ ފާސ facie) (prima ނިންމުމެއްކަމާއި، މި މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާނީ ވަކި ހެއްކެއް އެއީ ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސް ކުރެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދުގައިކަމެވެ. ޝަރީޢަތްކުރުމެއ ނެތި ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި، ދ ފަރާތުގާ ދެމެދު ޤާނޫނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދނެކަމުގައި ނުދެކޭކަމުގައެވެ.
29ގުޅުންހުރި ހެކި ބަލައިގަތުމަށް ފަހު، އެ ހެއްކާމެދު ޠަޢުނުކޮށް ޝަރީޢަތުގެ މަރުޙަލާގައި އެ ހެކި ބަލައިގަތުމާއ ގުޅި ގޮތުން ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ލިބިދޭކަން ބަޔާންކުރަނިވ އިސްމާޢީލް އިފްހާމް މުޙައްމަދު ޤަޟިއްޔާގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2023/SC-A/16,17 ޢަބްދު ﷲ ޔާމީން ޢަބްދުއްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއިންވެސް ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/16,17 )ޢަބްދުﷲޔާމީން ޢަބްދުއްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2023/SC-A/23 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސާމް އަދި އިތުރު 2 ފަރާތް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/85 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް( ޤަޟިއްޔ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢލީ އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް( ޤަޟިއްޔާގެ 42 ވަނަ ނުކުތާ
30ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/85 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙްޤަޟިއްޔާގައ ބަޔާންކުރި ފަދައިން، ޝަރީޢަތަށް ހެކި ޤަބޫލުކުރުމާގުޅޭ ގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ ތެރެއިންވެސް އެކަމާ ގުޅޭ ގޮތުނ އިތުރަށް ބަހުސްކުރެވި ގޮތެއް ނިންމޭނެ ކަންކަމެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުޙަލާގައި އެ ހެއްކެއް ޠަޢުނުކުރުމުގެ ފުރުޞަތުވެސް ލިބިދެވޭ ކަންކަމެވެ.
31ވަކި ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ދެ ފަރާތުގެ ދެމެދު ޚިލާފުވުން އުފެދިފައިވާނަމަ، އެކަމާ މެދާ ގޮތެއު ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިންނެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން މައްސަލައިގެ މައުޟޫއަށް ސީދެއަސަރުކުރާ ފަދަ މޭރުމަކުން ގޮތެއް ނިންމިދާނެކަމަށް ނުދެކެމެވެ. ސަބަބަކީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުޟޫއަށް ސީދާ އަސަރުކުރާފަދަ ގޮތަކަށް މައްސަލަ ނިންމާނަމް،މައްސަލައިގެ ޝަރީޢަތް ފެށެންވާއިރަށ ގޮތެއް ކަނޑައަޅާނެ ކަންކަން ނެތިދާނެތީއެވެ. ނުވަތަ ޝަރީޢަތާއި ނުލައި މައްސަލައިގެ ޙުކުމަކާ ހަމައަށް ވާސިލުވާނެތީއެވެ.
32މިކަންކަމަށް ރިޢާޔަތްކޮށް، މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިއަށް ހިނގާ މަރުޙަލާގައި، އެހެނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރްލުއުލުއެޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށ ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް އިފްހާމް މުޙައްމަދިޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެ ބަޔާންކުރާއުޞޫލުތކަ ޚިލާފަށް ކަމުގައި ދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާޙާ ޤަޟިއްޔާގައި ކަނޑާއަޅާފައިވާ ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞ ލ ޚިލާފުތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢލީ އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް( ޤަޟިއްޔާގެ 43 ވަނަ ނުކުތާ
33މި ނުކުތާގައި ދައުލަތުން ބުނެފައިވަނީ މައްސަލައިގެ ލިޔެކިޔުންތަކާއެކު ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން މަސްތުވާތަކެތި ނެގުމަށް ފަހު ސީލް ނުކޮށް ކާރު ސީޓެއްގެ މަތީގައި ބަހައްޓާފައި ހުރިކަން އެނގޭކަމަށާއި، ސީން ގައި ސީލް ކުރަން ޖެހޭނެކަމަށް ބުނެ، މަސްތުވާތަކެތީގެ ޗެއިން މެދުކެނޑިފައި ނުވަނީސް، އަދ ސީންގައ ކަނި ހިނގާދިޔަގޮތް ސާފުކުރުމަށް ހެކިން ޝަރީޢަތުގެ މްޖިލީހަށް ނުގެނެސް، މިމައްސަލައިގ އަސާސީ ހެކި ބަލައިނުގަތުމަށް ޝަރީޢަތުން ނިންމާފައިވަނީ، މިކަން ސާފުކުރުމުގެ ބޭނުމުގައި އެއްވެސ ސުވާލެއ ނުކޮށް ކަމުގައެވެ. އަދި މިކަމުގައި ބަސް ބުނުމުގެ ފުރުޞަތު ލިބިފައިނުވާތީ، އެކަމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާއާ ޚިލާފު ކަމެއް ކަމުގައެވެ.
34ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށާއި، އަދި އޭގެ ރައްދުގެ ގޮތުގައި ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 20 ވަނަ ނުކުތާއާއި 21 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމީ އެއްވެސް ފަރާތަކުން ފާހަގަކޮށްފައިވާކަމެއް ނޫނެވެ. އެކަން އެ ނިންމމުގައު ފަނޑިޔާރި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުނވެސ އެނގެއެވެ.މި ނުކުތާގައި ފަނޑިޔާރު ފާހަގަކޮށްފައިވާ ކަނާކމްގުޅޭ ގޮތުން ފަނޑިޔާރު ޚަޞްމުންގެ ކިބައިންމިކަންކަނ ސާފާކުރިތޯ ސުވާލުކުރުމުން، އެކަމާގުޅިގެން ސުވާލުނުކުރާކަމުގައި ދައުލަތުން ބުނެފައިވެއެވެ. އަޒުހީމް ސަޢީދު ބުނެފައިވަނީ ޝަރީޢަތުގައި އެއަރޕޯޓަށް ވަނުމުގެ ހުއްދައިގެ ވާހަކަ ދެކެވުނުކަމަށާއި، އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ނެތްކަމުގެ ވާހަކަ ދެކެވުނުކަމުގައެވެ.
35ޚަޞްމުންގެ މެދުގައި ޚިޔާލު ތަފާތުވާ ކަންކަމުގައި ދެ ފަރާތަށްބަސް ބުނުމުގެ ފުރުޞަތު ދިނމުގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ފޯލިއޯ 20 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން މި ނުކުތާގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ "...ފޯލިޔޯ 20 ހުށަހެޅުމާ ގުޅިގެން ހެކިރައްދ ކުރުމުގު ބަހުސްގެ ތެރޭގައި ދެ ފަރާތުން ފާހަގަކޮށްފައިނުވާ އިޖުރާއީ ގޯހެއް އޮތްކަން ފާޅުވެއެވެ..." ދިވެހިރާއްޖޭގެ ހައިކޯޓުގައި 28 އެޕްރީލް 2025 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ޝަރީޢަތުގެ ކުރިއަށް އަންނަ މަރުޙަލާގައި ޝަރީޢަތުގެ ތެރޭގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމަށް ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ، ޤާނޫނުން ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ބަހުސެއް ނުވަތަ ދިރާސާއެއް ނުކުރެވި، މައްސަލައިގެ މައުޟޢޮ ނުވަތަ ވާޤިއާތަކާއި ސީދާ ގުޅޭ ކަންކަމުގައިގެތ ކަނޑައެޅިގެންދިޔުންކަމަށާއި، ޝަރީޢަތްކުރުމެއ ނެތް ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި، ދެ ފަރާތު ދެމެދު ޤާނޫނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމުގައެވެ.
36ޕްރިސިޑެންސް 6މ މައްސަލައިގައި މިކަން ހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލައިން ފާޅުވާ ޙަޤީޤަތަކީ ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހުށަހަޅާފައިވާ ހުށަހެޅުމެއްގެ މައްޗަށި،މާއްދީ ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރްލުއުލުއާޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމެވެ. މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ރައްދު ދިނުމުގެ ފުރުޞަތު ދައުލަތަށް ލިބުނު ނަމަވެސް،ދައުލަތުން މި ނުކުތާގައި ފާހަގަކުރާ ކަންކމ ގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދީފައިވާކަމުގައި ބެލެވޭކަށްނެތެވެ.
37ޕްރިސިޑެންސް 5މީގެ އިތުރުން، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ނިންމާ ނިންމުމަކީ facie prima ނިންމުމެއްކަމަށްވެފައި، ވަކި ހެއްކަކާމެދު ދެ ފަރާތް ދެމެދު ޚިޔާލުތަފާތުވެފައިވާނަމަ އަޒުހީމް ސަޢީދުގެ މައްޗު ށ ކޮށްފައިވް ދަޢުވާގެ މައުޟުޢޭގެ ތެރެއިން، އެ ހެކީގެ ސައްޙަކަމާމެދު ނުވަތަ ދުސްތޫރިއްޔަތާމެދ ޝަރީޢަތުގައި ބަހުސްކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމުގައި ދެކެމެވެ. އަދި ޚާއްޞަކޮށް މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަކޮށްފައިނުވާ ކަމެއް މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަވާނަމަ، އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމާމެދު މައްސަލައިގެ ޚަޞްމުން ދެކޭ ގޮތް އޮޅުންފިލުވައި، ދައުލަތުގެ ފަރާތުން 23 ފެބުރުވަރީ 2025 ގައި ހުށަހަޅާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދޭ ފޯމް" އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އ ނެއ ފަރާތް ދައްކާ ވާހަކަތައް ޖަދުލުކޮށް، ޠަޢުނެކުރުމުގެ ފުރުޞަތު ދެވެންވާނެއެވ.
38މިއީ ނެޗުރަލް ޖަސްޓިސްގެ އުޞޫލެއްކަމުގައިވާ partem alteram audi މަފްހޫމްގެ ދަށުން ބަސްބުނުމުގެ ފުރުޞަތު ލިބިދިނުމެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/86,90 ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާއިން އެނގެއެވެ.
39މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި ނިންމުމުގެ 33 ވަނަ ނުކުތާގައިބިޔާންކުރަ ކަންކަމާއ ގުޅި ގޮތުން ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ބަސްބުނުމުގެ ފުރުޞަތު ލިބިނުދީ، އަދ ދެޢުވާގެ މައުޟޢުގ ތެރެއިން، ހެކީގެ ޞައްޙަކަމާމެދު ނުވަތަ ދުސްތޫރިއްޔަތާމެދު ބަހުސްކުރުމުގެ ފުރުޞަތު ލިބިނުދީކަމުގައި ދެކެމެވެ.
40ބުނެވިދިޔ ކަންކަނަ އެފަދައިން ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ Q10C/2025/1 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 46 ވަނަ ނުކުތގައާ މާއްދި ހެއްކާއި، އެ ހެކީގެ ތަހުލީލު ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރްލުއުލުއ ޢަލީ ހާޝިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
41މ މައްސަލައަކީ މި މައްސަލައިގެ މައިގަނޑު ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅިގެން ދިޔުމާއިގުޅިގެނ މަދަން މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށާއި، ބާޠިލު ދަޢުވާއެއްކަމުގައާހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓޫކޯޓުނ ކަނޑައަޅާފައިވް މައްސަލައެއްކަމުގައިވާތީ، މައުޟްޢގައި ގޮތެއް ކަނޑައެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 )އިސްމާޢީލް ސުޖާޢު ވ. ޔޫސުފް ރިޟާ( ޤަޟިއްޔާ މި މައްސަލި އަލުން އެ ކޯޓަށް ހުށަހަޅައފިނަމަ، މައްސަލަ ބަލައިގަނެ، އިބްތިދާއީ މަރުޙަލާ ނިމުނުކަމަށް ކަނޑައަޅައި، ޝަރީޢަތުގެ މަރުޙަލާއާއިނ ފެށިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ.
42ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދު ކުރަމެވެ.
43ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 145 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާ އަދި 114 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/SC-A/86,90 (ދައުލަތް ވ. ޙުސައިން ރިޝީފް ޠާހާ)
- 2023/SC-A/16,17 (ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2022/SC-A/85 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް)
- 2023/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސާމް އަދި އިތުރު 2 ފަރާތް)
- 2019/SC-A/57 (ކަފޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- 2022/SC-A/47 (މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް)
- 2020/SC-A/44 (އިސްމާޢީލް ސުޖާޢު ވ. ޔޫސުފް ރިޟާ)
- 2021/SC-A/87 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް