ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/38
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި، 2025/HC-B12/38
Prosecutor General v. Name withheld 2025/HC-B12/38 (2025/HC-B12/38, High Court of the Maldives, 23 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި
މައިގަނޑު ސުވާލު
ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާއެއްގައި، ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ ކުޑަކުދިން ތުހުމަތުކުރެވޭ ފަރާތުގެ ދިފާޢީ ހެކިންގެ ގޮތުގައި ބަލައިގަތުމަށް ދަށުކޯޓުން ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ނިންމި ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަކީ ޝަރީޢަތް ފެށުމުގެ ކުރިން ހެކި ބަލައިގަތުމުގެ (admissibility) މަފްހޫމާ ގުޅޭ މާއްދާއެވެ. ހެކި ބަލައިގަތުމުގެ ޖައުހަރީ އުޞޫލަކީ ޝަރީޢަތަށް ބަލައިގަނެވޭނީ ގުޅުން އޮތް (relevant) ހެއްކެއް ކަމަށްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13–15)
- ހެއްކާބެހޭ ޤާނޫނުގެ 33 އާއި 114 ވަނަ މާއްދާގެ ދަށުން، ގުޅުން ހުރުމަކީ ސާބިތުކުރަން ބޭނުންވާ ވާޤިޢާއާއި ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމެވެ. ޚަޞްމަކު ހުށަހަޅާފައިވާ، ގުޅުންހުރި، ހެއްކާބެހޭ ޤާނޫނުން ހުއްދަކުރާ ހެއްކެއް ކޯޓަށް ބަލައިގަނެވޭނެއެވެ. އަދި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ގުޅުންހުރި ހެއްކަކީ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަލައިގަނެވޭ ހެއްކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16–18)
- ނުގަވާއިދުން ހެއްކެއް ބަލައިގެންފައިވާ ނުވަތަ އެއްކިބާކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން، އެކަމުގެ އިތުރުން އެކަމުގެ ސަބަބުން ޢަދުލުއިންޞާފު އެއްކޮށް ގެއްލިފައިވާކަން ދައްކައިދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 24)
- ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެއްކެއް ބަލައިގަތުމަކީ އެ ހެއްކެއްގެ ޞައްޙަކަން ކަނޑައެޅުމެއް ނޫނެވެ. އެއީ ޕްރައިމާ ފޭޝީ ނިންމުމެއް ކަމުން، ފަނޑިޔާރު ކަނޑައަޅާނީ ހެއްކެއް ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސްކުރެވިދާނެ ހެއްކެއްތޯ ކަމެވެ؛ ދެފަރާތުގެ ޤާނޫނީ ޚިޔާލުތަފާތުތަކުގައި އެ މަރުޙަލާގައި ގޮތެއް ނިންމާކަށް ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–21)
- ދައުލަތުން ހުށަހެޅި ހެކިން ދިފާޢީ ހެކިންގެ ގޮތުގައި ހުށަހެޅުމުން އެ ހެކިން ބަލައިގަތުން މަނާކުރާ ޞަރީޙަ ޤާނޫނީ ނައްޞެއް ނެތެވެ. ދިފާޢުން އެ ހެކިން ހާޒިރުކުރަން އެދޭ ސަބަބަކީ ދައުލަތުން ހެކިން ހުށަހަޅާފައިވާ ދާއިރާއާ ތަފާތު ދާއިރާއަކުން ސުވާލުކޮށް ވާޤިޢާ ކަށަވަރުކުރުން ކަމުގައިވާނަމަ، އެ ހެކިން ބަލައިގަތުމަށް ނިންމުމަކީ ބަދަލުގެންނަންޖެހޭ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 28)
- ދަށުކޯޓުގައި ހުށަނާޅާ ބަހުސެއް (މިސާލަކަށް ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާ ބިނާކޮށް ކުއްޖާގެ މަޞްލަޙަތާ ގުޅުވައިގެން ކުރާ ބަހުސް) ކޯޓުތަކުގެ ޤާނޫނުގެ 43 އާއި 45 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގައި އާ ބަހުސެއްގެ ގޮތުގައި ހައިކޯޓުން ގޮތެއް ކަނޑައަޅާނެ ކަމެއް ނޫނެވެ. ވަކި ޙާލަތްތަކަށް ނިސްބަތްވާ މާއްދާތަކެއް (ހެއްކާބެހޭ ޤާނޫނުގެ 108(ށ) އާއި 111) އެ ޙާލަތެއް މެދުވެރިވެފައި ނުވާ ހިނދު ތަޠުބީޤުވާނެކަމަށް ބަލައި ގޮތެއް ނިންމާކަށް ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–27)
1މިއީ ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު )މީގެ ފަހުން "ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު" ނުވަތަ "ދަށު ކޯޓު"( ގެ ނަންބަރު N11C/SHN(20/N11C/2023)2025/02 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" )މީގެ ފަހުން "ދަށު ކޯޓުގު ނިންމުން"( ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށ އެދް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެ ފަހުން "އިސްތިއުނާފުކުރ ފަރާތް" ނުވަތަ"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ ތ. ވޭމަންޑޫ، […] ޢަބްދުލްވައްހާބު ޢަބްދު ﷲ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( މީގެފަހުން "އިސްތިއުނާފު ރައްދުވަ ފަރާތް" ނުވަތު"ޢަބްދުލްވައްހާބު ޢަބްދުﷲ "( ގެ މައްޗަށެވެ.
3ޢަބްދުލްވައްހާބު ޢަބްދުﷲ ގ މައްޗަށް، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްޞަ އޞލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 9 ވާނަ މާއްދާގަ )ހ(އާ ޙަވާލާދީ، އެ މާއްދާގެ )ށ( ގެ ދަށުން ކުޑަކުއްޖަކު އިތުބރުކުރަންޖެހ މަޤާމެއްގައި ހުރި މީހަކު، - މީގެފަހުން "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަ ޢެވާ، ދައުލަތުގުފަރާ ތަން ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެއެވެ.
4މި ދަޢުވާ ބަލަމުން ގެންދަނީ، ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/N11C/2023 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރިއިރު، ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 02 )ދޭއް( ކުޑކުއްޖެއ، ދިފާޢީ ހެކިންގެ ގޮތުގައި ޢަބްދުލްވައްހާބު ޢަބްދު ﷲ ގެ ފަރާތުން ހުށަހެޅުމާ ގުޅިގެން، 2025 ފެބރުވަރު 23 ވަނަ ދުވަހު، ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށްދައުލަ ތުގެ ފަރާތުނ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.
5އެ ހުށަހެޅުމަކީ، ޢަބްދުލްވައްހާބު ޢަބްދެﷲ ގ ދިފާޢުގައި ހުށަހެޅި ހެކި ނަންބަރު 7 އާއި، ހެކި ނަންބަރ 8 ގައި ބަޔާންކޮށްފައިވާ ޝަފހީހެކިންނކަޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައަޅައދިނުމަށ އެދް ޤާނޫނި ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމެކެވެ.
6އެ ހުށަހެޅުމާ ގުޅިގެން ދަށު ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ތ. ވޭމަންޑޫ، […] ޢަބްދުލްވައު ހުބ ޢަބްދެ ﷲގ މައްޗަށު ދައުލަތުން ކުޅަ ކުޑަކުއްޖަކު އިތުބުރކުރަންޖެހޭ މަޤާމެއްގައި ހުރި މީހކަ،އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގ ކުށުގެ ދަޢުވާއާ ގުޅިގެން، ދ އލަތުގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމު - މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި، ނުގަތުމަށް ނިންމައި، ގަވައިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު( ގ 119 ވުނ މާއްދާގަ )ހ( އަށް ރިޢޫޔަތްކޮށާ މި މައްސަލައަކީ މައެ ޟީޢީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ނިންމމވެ."
7މި އިސްތިއުނާފީ ޤަޟިއްޔައަކ ނިންމުން އިސްތިއުނާފުކުރުމށް އެދް ދައުލަތުގެ ފަރާތުނ ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ.
8ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު N11C/SHN(20/N11C/2023)2025/02 )19 އޮކްޓ ބަރް 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛
8.1. ދަށު ކޯޓުގެނިންމު މަކ ޤާނޫނީ ނަންބަރު 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( ގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( ގެ 108 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 111 ވަނަ މާއްދާގެ ރޫޙާ ޚިލާފު، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ( އާއި، - މީގެފަހުން "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި، - މީގެފަހުން "ހެއްކާބެހޭ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި، ޤާ ނޫނު ނަންބަރ 2010/13 )ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ނިންމާފައިވާ ނިންމު މެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.2. މި ނުކުތާގެ ތަފްޞީލުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގަ ދަށުން ކުޑަކުދިންނަކީ ޚާއޞް ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށްވާއިރު، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަން މާއްދާގަ )ހ( ގއ ބަޔާންކޮށްފައިވާ ގޮތުން ޝަރުޢީ ކޯޓުތައީ ހިމެނޭގޮތަށް ކޮންމެ އިދާރާއަކުންވެސް ކުޑަކުއްޖަކާ ގުޅޭކަންކަން ނިންމުމުގައި އެންމެ އިސްކަމެއްދޭންވާނ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމަށް ވީހިނދު، ދަށު ކޯޓުގަނިންމުމުގެ ސަބަބުން ކުއްޖާގެ މަޞްލިޙެތަށް އުނިކަން އަންނާނެކަމަށވެ.
8.3. ޝަރީޢަތަށް ހުށަހެޅިފައިއޮންނަ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ޢމުރުނ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކިބަސް ނަގަންޖެހިއްޖެނަމަ އެކަން ކުރަންވާނީ އެ ކުއްޖާގެ ހެކިބަސ ނެގުމަށް ކޮންމެހެން މުހިންމުކަމަށް ވާނަމަކަމަށ ގަވާއިދް ނަންބަރ 01-REG-SC-2021 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދ" ގެ 127 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާކމަށެވެ.
8.4. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް ޢަބްދުއްރަޙްމާން( ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 26 ވަނަ - މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި، - މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބަޔާންކުރެވިފައި، ނުކުތާގައި،ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއޞް އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގަ )ކ( ގައި ކަނޑައަޅާފައިވާ މަޤްޞަދުތަކަށް ވިސްނާނަމަ، މިބާވަތުގެ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝރީޢަތަށ ޙްޟިރުކުރުމަކާ ވަރަށް އިސްތް ސްނާ މަދު ޙާލަތެއްގައި އެ ނޫނަގޮތެއ ނެތިގެން ކުރުމަށް އޮންނަ ކަމެއްކަން ދޭހަވާކާ މަށް ފާހަގަކޮށްފައިވި އިރު، ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުޑަކުދިންތަކެއްގެ ހެކިބަސް ދެފަހަރަށް ނަގަންޖެހޭގޮތަށ ދަށް ކޯޓުނު ނިންމް ނިންމުމަކީ ކުޑަކުދިންގެ މަޞްލަޙަތަށް ގެއްލުންބޮޑު ކަމެއްކަމުގައި ނޫނީ ނުވާނެކަމަށެވެ.
8.5. ހެކިބަސް ބަލައިގަތުމުގް އާންމު އެއެއުޞޫލަކީ، ދައުލަތުގެ ހެކިންގެ ގޮތުގައި ތަޙްޤީޤު މަރުޙަލާގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން ސާބިތުވާކަމެއް، އެ ނޫންގޮތަކަށް ހަމަ އ ހެކިންގެ ފަރާތުން ސާބިތުކުރެވޭނެކަމަށް އެ ހެކިން ދިފާ ޢާހެކީންގެ ގޮތުގައި ހުށަނޭޅޭނެކަމުގެ އުޞޫލުކަމަށާއި، ދިފޢްހެކި ންގެ ގޮތުގައި ހުށަހަޅާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ސަބަބުތަކާ އިދިކޮޅު ކަންތައްތަކެއް ސާބިތުކުރުމަށް ކަމަށްވާތީ، ޢަބްދުލްވައްހާބު ޢަބްދުﷲ އަށް،މި ހެކީން މެދުވެރިކޮށް ސާބިތުކޮށްދޭން ބޭނުންވާ ކަންކަމާ ގުޅިގެން މި ހެއްކާ ސުވޮލކޮށް، ހެއްކަށް ތަޢުން ކުރުމުގު ފުރުޞަތު އޮންނާނެކަމަށެވެ.
8.6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/01 )ޢަބްދުއްރަޝީދު މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔގައާ " ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ ނުވަތަ މުއްތަހަމުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ، އެ މީހާގެ މައްޗަށ ކުރެވިފައިވ ތުހުމަތާ ނަފީކުރެވޭފަދަ ނުވަތަ އެމީހާގެ މައްޗަށް ކުރެވު ފައިވާ ތުހމަތ ސާބިތުވުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާމެދު އެކަށީގެންވާ ވަރުގެ ޝައްކުތަކެއް އުފެދުމުގެ ފުރްޞތ އޮތު ހެކް ނުވަތި ހެކިތަކަކަށް ވާންޖެހޭކަމަށ" ކަނޑައަޅާފައިވާއިރު، ދައުލަތުން ހެކެހުށަހެޅި ސަބަބު ސީދާ ނަފީވާގޮތަށް ދިފާއީ ހ އްކެއްގ ގޮތުގައެ ހަމަ އެ ހެކާހުށަހަޅާފައިވަނ އެ ޤަޟިއްޔާގައި އެ ބަޔާންކުރައުޞޫލާ ޚިލާފަށްކަމަށެވެ.
8.7. ވާކިކަމެއ އޮތް ދައުލަތުގެ ހެކިން ބުނާ ގޮތަށް ނޫންކަމުގައިވާނަމަ، އެކަމާ ސުވާލުކުރަންޖެހެނީ ކްރޮސް އެގްޒަމިނޭޝަންގައި ކަމަށާއި، ހެކިން ތަޖުރިބާކޮށްފައިވ ކަންތައްތައަ ހެކިން ކިޔައިދީ، އެ ބަޔާންތަކުގައި އެ މީހުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާއިރު، ތ ޙަޤީޤަށް ސާބިތުވެފައިވް ޙުޤީޤަތ ޚިލާފަށާ ކަންކަން ސާބިތުކުރަން ޢަބްދުލްވައްހާބު ޢަބްދް ﷲ ގެ ފަރާތުނަމި ހެކިން ހުށަހަޅާފައިވާ ސަބަބަކީ ބަލައި ގަނެވޭނ ސބަބެއް ނޫންކަމަށެވެ.
8.8. ޢަބްދުލްވައްހާބު ޢަބްދު ﷲ ގެ ފަރާތުން މި ހެކީން ދިފާޢީ ހެކީންގެ ގޮތުގައި ހުށަހަޅާފަވުމުން، ދިފާޢީ ހެކިންގެ ގޮތުގައި މި ހެކީންގެ ހެކިބަސް ނެގޭނީ، ދައުލަތުން ޙާޟިރުކުރާ އެންމެހައި ހެކީންގެ ހެކިބަސް ނަގައި ނިމުމުންކަމަށްވާތީ، މި ހެކީން ދިފާޢު ހެކީންގ ގޮތުގައެ ބަލައިގަތުމުންމި ހެކީންގެ ހެކިބަސް ދެފަހަރަށް ނަގަންޖެހޭނެކަމަށާއި، މިއީ ޝަރީޢަތުގެ ވަގުތު ބޭކާރުވެ، ހެކީންގެ ތެރޭގައި ހިމެނޭ އަނިޔާލިބުނު ކުއްޖާ ރ- ވިކްޓިމައިޒްވުމަށް ހުށަހެޅިގެންދާނެ ފުރުޞަތަކަށް ނޫނީ ނުވާނެކަމަށެވެ.
8.9. ވީމާ، ދައުލަތގު ދެ ހެކިން ދިފޢ ހެކީންގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމު މަކ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ( އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގައި މަތީމަރުޙަލާގެ ކޯޓުތަކުން ނިންމަނިންމުންތަކަށް ތަބާ ޢެވާންވާނެކަމަށ އޮތް އުޞޫލް ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަށވެ.
9ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު N11C/SHN(20/N11C/2023)2025/02 )19 އޮކްޓޫބަރު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިން ނިންމާފައިވެ ނިންމުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދގާ ރޫޙާ ޚިލާފު، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ( އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައޅައިދިނުމަށާއި، އެ ނިންމުނުބާޠިލްކޮށްދނީމަށާއި، ދައުލަތުގެ ހެކާ ންގެ ގޮތުގައި ތަޙުޤީޤު މަރުޙަލާގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބީހުން ސާބިތުވާ ކަމެއް، އެ ނޫން ގޮތަކަށް ހަމަ އެ ހެކާންގެ ފަރާތުން ސާބިތުކުރެވޭނެކަމަށް އެ ހެކީން ދިފޢ ހެކީންގެ ގޮތުގައި ބަލައިގަތުމަކީ، ހެއްކާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، އަދި އެ ޤާނޫނުގެ 111 ވަން މާއްދާގަ ރޫޙާ ޚިލާފު ކަމެއް ކަމަށް ކަނޑއަޅައިދިނުމަށެވެ.
10ޢަބްދުލްވައްހާބު ޢަބްދުﷲ ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާއަކީ،ދިފާޢުވުމަށް ހެކި ހުށަހެޅުމަކީ ޢަބްދުލްވައްހާބު ޢަބްދުﷲއަށީޤާނޫނުއަސާސނ ލިބިދޭ ޙައްޤެއް ކަމަށާއި، ދިފާޢުވުމަށް ހެކީންނާ ކުރަންޖެހޭ ސުވާލުތައް ކުރުމުގައި ދައުލަތުން ހެކި ހުށަހަޅާފައިވާ ދާއިރާއިން ބޭރުވާކަމަށްބުނެ ދައުލަތުން އިޢުތިރާޟްހުށަހެޅުމުން ހެކީންގެ ކިބައިން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް ހުރަސްއެޅިގެންދާކަމަށުއި، އެހެންކަމުން ދައުލަތުން ހުށަހެޅި ހެކީންގެ ކިބައިން ސާބިތުކުރުމަށް ޢަބްދުލްވައްހާބު ޢަބްދް ﷲ ގ ފަރާތުން ބޭނުންވާ ކަންތައް ސާބިތުކުރުމަށް ހަމަ އެ ހެކީން ދިފާޢީ ހެކީންގެ ގޮތުގައި ހުށަހެޅުމަކީ ޢަބްދުލްވައްހާބު ޢަބްދު ﷲ އަށް ލިބިގެންވާ ޙައްޤެއްކަމަށެވެ.
11ޢަބްދުލްވައްހާބު ޢަބްދުﷲ ގެ ފަރާތުނ އެދެނީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ، އެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
12މި މައްސަލައިގައި ދައުލަތުން އުފައްދީޢާއްމ ޖަދަލަކީ ދައުލަތުގެ ހެކީންގެ ގޮތުގައެ ތަޙުޤީޤު މަރުޙަލާގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން ސާބިތުވާ ކަމެއް، އެ ނޫން ގޮތަކަށް ހަމަ އ ހެކީންގެ ފަރާތުން ސާބިތުކުރމަށްޓަކައް އެ ހެކީން ދިފާޢީ ހެކީންގެ ގޮތުގައި ބަލއިނުގަނެވޭނެކަމަށަ ބުނެ އުފައްދާ ޖަދަލެކެވެ. އަދި މި މައްސަލައިގައި ދައުލަތުން އުފައްދާ ޚާއްޞަ ޖަދަލަކީ، އަނިޔާލިބުނު ކުއްޖާ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނިކޮށް، ދިފާޢީ ހެއްކެއްގެ ގޮތުގައި އެ ކުއްޖާ ހުށަހެޅުމުން، އެ ކުއްޖާގެ ހެކިބަސް ނެގޭނެ، ދައުލަތުން ޙާޟިރުކުރާ އެންމެހައި ހެކީންގެ ހެކިބަސް ނަގައި ނިމުމުންކަމަށްވީހިނދު، ދިފާޢީ ހެއްކެއްގެ ގޮތުގައި އެ ކުއްޖާގެ ހެކިބަސް ދެފަހަރަށް ނަގަންޖެހޭގޮތްވުމަކީ އެ ކުއްޖާ ރ- ވިކްޓިމައިޒްވުމަށް މަގުފަހިވާނެ ކަމެއްކަމުގައިވާތީ، އެއަކުއްޖާގެ މަޞްލް ޙްތަށ އުނިކަން އަންނާނެކަމެއްކަމަށ ބުން އުފައްދާ ޖަދަލެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހެކިން ބަލައިގަތުމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށްތޯ
13ޕްރިސިޑެންސް 1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަން ނަންބަރުގައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެހެއްކެއ ކަމުގައް ކަނޑައަޅައިދިނުމަށ އެދި ހުށަހެޅުމެއް ހުށަހެޅިދާނެކަމަށެވެ.މިއީ ޝަރީޢަތް ފެށުމުގެ ކުރިއަށް ހކޭ ބަލއިގަތުމާގުޅަ (admissibility of evidence) މަފްހޫމާ ގުޅޭ މާއްދާއެވެ.
14ހެކި ބަލައިގަތުމުގެ މަފްހޫމަކީ ވަކި ހެކިތަކަކީ ޝަރީޢަތުގެ މަރުޙަލާގައި ބޭނުންކުރުމަށް ކޯޓުން ބަލައިގަންނާނެ ހެކިތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބޭނުންކުރާ އުޞޫލުތައް ތަޠުބީޤުކުރެވޭ މަފްހޫމެކެވެ. ހެކި ބަލައިގަތުމުގެ މަފްހޫމުގައި ހިމެނޭ ޖައުހަރީ އުޞޫލަކީޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކަކީ ގުޅުން އޮތް (Relevant) ހެއްކެއްކަމަށްވުމެވެ.
15މައްސަލައިގައި ގޮތެއްކަނޑައަޅަންޖެހޭ މައިގަނޑު ވާޤި ޢިއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާޤެޢާއަކީވެސް ގުޅުންހުރި ވާޤިޢއެކެވ. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 )މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް( ޤަޟިއްޔާގެ 25 ވަނަ ނުކުތާ
16ޕްރިސިޑެންސް 2ހެއްކާބެހޭ ޤާނޫނުގެ 33 ވަނަމާއްދާއަށް ބަލާއިރު، ގުޅުން ހުރުމަކީ މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤު ޢއަކާއި، އެ ވާޤިއާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމެވެ.ވަކި ވާޤީޢިއަކއު އަދި ވަކް ހެއްކަކާމެދީގުޅުންހުރިކަމަށ ބެލެވޭނީ، ޤާ ނޫނީގޮތުނިގުޅުނ ހުރް ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤި ޢއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ. މިއީ ހެއްކާބެހޭ ޤާ ނޫނުގ 33 ވަނަ މާއްދާއާއި 114 ވަނަ މާއްދާގައި ގުޅުންހުރި ހެކި ކަމަށް ބެލެވޭ އަސާސެވެ.
17އެ ހެއްކަކީ ގުޅުންހުރި ހެއްކެއްގެ އަސާސް ފުރިހަމަވާ ހެއްކެއްނަމަ، އ ހެކި ބަލައިގަތުމަކީ ޢާއެމ ހަމައެވާ.އަދ އަންނަނިވި ޝަރުޠުތެއަ ފުރިހަމަވާނަމަ، އްހއްކެއެ ކޯޓަށް ބަލައިގަނެވޭނެއެވެ. )ހ( އެ ހެކި ޚަޞްމަކު ހުށަހަޅާފައިވުން، )ށ( އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށްވުން )ހެއްކަކީ، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާޤިޢާ ނުވަތަ ދަޢުވާ ސާބިތިވުމއް ނުވުމަށ ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ހެއްކކަށްވުން(، ހެއްކާބެހޭ ޤާނޫނުގެ 114 ވަނަ މާއްދާ )ނ( އެ ހެކި ޤާނޫނީ ޓެސްޓުން ފާސްވުން )މާނައަކީ އެ ހެއްކަކީ ހެއްކާބެހޭ ޤާނޫނުން ހުއްދަކުރާ ހެއްކަކަށްވުން(
18ހެއްކާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ގުޅުންހުރި ހއްކަކެކޯޓަށް ބަލައިގަނެވެނ ހެއްކެއްކަން އެ ޤާނޫނުގެ 116 ވަނަ މާއްދާގެ )ހ( އިން އެނގެން އޮވެއެވެ. މާނައަކީ އެ ހެއްކަކީ admissible )ބަލައިގަނެވޭ( ހެއްކެކެވެ.
19ޕްރިސިޑެންސް 3ނުގަވައިދުނ ހެއްކެއް ބަލައިގެންފައިވާކަމަށް ބުން ނުވަތެ ނުގަވައިދުން ހެއްކެއް އެއްކިބާކޮށްފައިވާކަމަށ ބުން އިސްތިއުނާފުކުރެ ޙާލަތުގައި، އެ މައްސަލަ ކާމިޔާބުކުރުމަށްޓަކައި، ނުގަވައިދުނ ހެއްކެއް ބަލައިގެންފައިވާކަމަށް ނުވަތް ނުގަވައިދުނ ހެއްކެއް އެއްކިބާކޮށްފައިވާކަމަށ ބުނުމުގެ އިތުރުން، އެ ކަމުގެ ސަބަބުން އެ މައްސަލައިގައި ޢަދުލުއިންޞާފު އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުނ ދައްކައިދޭންޖެހޭނެއެވެ.
20ޕްރިސިޑެންސް 4ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ގޮތެއް ކަނޑައެޅިގެންދަނީ ހެއްކެއްބަލައިގަތުމ ގޮތުންނެވެ. ހެއްކެއް ޝަރީޢަތަށް ބަލައިގަތުމަކީ އެ ހެއްކެއްގެ ސައްޙަކަން ކަނޑައެޅުމެއްނޫނެވެ. ވަކި ހެއްކެއް އެއް ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ހެއްކެއް އެއީ އޮޓޮމެޓިކުނަޞއްޙ ހެއްކަށް ވުމެއް ނޫނެވެ. އެހެންކަމުންއެ ހެއްކަކާ މެދު ބަހުސްކުރުމުގެ ފުރުޞަތު ހަނިވެގެނއް ނުދާނެއެވެ. އެހެނީ ޝަރީޢަތުގެ ކުރިން ހުށހެޅަ ހުށަހެޅުންތަކަކީ މައުޟޫޢީ ގޮތުން ބެލުމަކާނުލައި އެއާމެދު ގޮތް ނިންމަންޖެހޭ ކަންކަމަށްވާންޖެހޭތީއެވެ. މިއީ - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2023] SC 20 ޤަޟިއްޔާ ނިމުނުގޮތުގެ 23 ވަނަ ޕެރެގްރާފް - އބމ ގެ 27 ވަނަ ޕެރެގްރާފް ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ޤަބޫލުކުރެވޭ ހެއްކެއްކަމަށް ކަނޑައެޅުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އ ސްމާޢީލ އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލެވެ.
21ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރޭގައި އެ މަރުޙަލާގައި ހެކި ބަލައިގަތުމުގުޅޭ ގޮތުން ގޮތެއް ކަނޑައަޅާއިރި،ނަޒަރިއްޔާތު ބަހައްޓަންޖެހޭ މިންވަރާ ގުޅޭ ގޮތުންއސްމާޢީލ އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީ ސ ޤަޟިއްޔާގައި ބަޔާންކުރަނީ ޝަރީޢަތް ފެށުމުގެ ކުރިން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން ނިންމާ ނިންމުމަކީ ޕްރައިމާ ފާސ facie) (prima ނިންމުމެއްކަމިށއ، އެމަރުޙަލާގައ މައްސަލި ބަލަ ފަނޑިޔާރާ ކަނޑައަޅާނީ ވަކި ހެއްކެއް އެއީ ޝަރީޢަތަށް ހުށަހަޅައި އެއާމެދު ބަހުސް ކުރެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދުގައިކަމށެވެ. ޝަރީޢަތްކުރުމެއ ނެތް ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި،ދ ފަރާތުގެ ދެމެދު ޤާނޫނީ ގޮތުނާޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދެނެކަމުގައި ނުދެކޭކަމށެވ.
22އަހުރެންގެ ކުރިމަތީގައި އޮތް މި މައްސަލައަށް ބަލާއިރު، އަހުރެންގެ ކުރިމަތީގައި އޮތީ، ހެކިންގެ ހެކިބަސް ނެގުމާ ގުޅޭ އިޖުރާއަތާ ގުޅޭ ސުވާލެއް ނޫނެވެ. އޭ ހުރެންގަ ކުރިމަތީގައި އޮތީ، ޝަރީޢަތުގެ ކުރީގެ މަރުޙަލާއެއްގައި ހެއްކެއް ބަލައިގަތުމާ ގުޅޭ ސުވާލެކެވެ. - ނަންބަރު 2022/SC-A/75 ޤަޟިއްޔާ އބމ އބމ ގެ 42 ވަނަ ޕެރެގްރާފް
23ޕްރިސިޑެންސް 5ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންތަކެއް، ދިފާޢީ ހެކިންތަކެއްގ ގޮތުގައެ ހުށަހެޅުމުން، ދަށު ކޯޓުން އެ ހެކިން ބަލައިގަތުން މަނާކުރާ ޞަރީޙަ އެއްވެސް ޤާނޫނީ ނައްޞަކާ ދައުލަތުގެ އިސްތިއުނާފުގައި ޙަވާލާދީފައެއް ނުވެއެވެ.
24އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންތަކެއް، ދިފާޢީ ހެކިންތަކެއްގެ ގޮތުގައި ހުށަހެޅުމުންދަށ ކޯޓުނައެ ހެކިން ބަލައިގަތުމުގެ ސެބަބުން ޢަދުލުއިންޞާފު އެއްކޮށް ގެއްލިދާނެކަމަކަށް ދައުލަތުގެ ވަކާލާތަކުނ އަހުރެންނަށް އިޤުތިނާޢެއް ނުވެވުނވެ.
25ޕްރިސިޑެންސް 6މީގެ އިތުރުން، ދަށު ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމގ ޤާނޫނުގެ 8 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައި މި އިސްތިއުނާފުގައި ދައުލަތުން ބުނެފައިވއެވެ.މ ނުކުތާގައި ދައުލަތުން ދެކެނީ، ދަށު ކޯޓުގެނިންމުމަކީ އެ ނިންމުމުގެ ސަބަބުން ކުއްޖާގެ މަޞްލަޙަތަށް އުނިކަން އަންނާނެ ނިންމުމެއް ކަމަށެވެ.
26މިކަން ދަށު ކޯޓުގައި ދައުލަތުން ފާހަގަކޮށްފައިވޭތޯ ބަލާއިރު، މި މޭރުމުން ދައުލަތުން މި ބަހުސް ދަށު ކޯޓުގައާގެނެސްފައިވާ ތަނެއް ނުފެނެއެވެ. ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު"ގައި ހަމައެކަނި ފ ހަގަކޮށްފައިވަނީ، ދ ފަހަރަށީހެކިނ ކޯޓަށް ޙާޟިރުކޮށް، ދިފޢީހެކީގ ގޮތުގައެ ހެކިބަސް ނެގުމުގެ ބައި ކުރިއަށް ގެންދިޔުމަކީ ޝަރީޢަތުގެ ވަގުތު ބޭކާރުވެ، މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ރ- ވިކްޓިމައިޒްވުމަށް ހުށަހެޅިގެންދާނެ ފުރުޞަތަކަށް މެނުވީ ނުވާނެކަމަށެވެ. މި އިސްތިއުނާފުގައި ދައުލަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޙަވާލާދީ ކުޑަކުދިންގެ މަޞްލަޙަތާ ގުޅުވައިގެން އުފައްދާފައިވާ ބަހުސަކީ މި މޭރުމުން ދަށުކޯޓަށް ހުށަހަޅައި ކުރިއަށް ގެންގޮސްފައިވާ ބަހުސަކަށް ނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 43 ވަނަ މާއްދާއާއި 45 ވަނަ މާއްދާގައިވާ ގޮތުގެ މަތިން،ދައުލަތުން ދަށް ކޯޓުގައު ހުށަހަޅާފައިނުވާ ބަހުސް ކ މެދު މިކޯޓުނ ގޮތެއްކަނޑައެޅޭނެކަމަށް ނުދެކެމެވެ.
27ދަށު ކޯޓުގެ ނިންމުމަކީ، ހެއްކާބެހޭ ޤާނޫނުގެ 111 ވަނަ މާއްދާއާއި، އ ޤާނޫނުގެ 108 ވަނަ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގެ ރޫހާ ޚިލާފު ނިންމުމެއް ކަމުގައި ދައުލަތުން ބުނެފައިވާއިރު، މި މާއްދާތަކަކީ، ވަކި ޙާލަތްތަކަށް ނިސްބަތްވާ މާއްދާތަކެއް ކަމުގައިވެ ފައި،އެފަދަ ޙާލަތއެ މި ހިނދު މެދުވެރިވެފައިނުވާއިރު، އަދި އެފަދަ ޙާލަތެއް މެދުވެރިވުމުގެ އެއްވެސް ފުރުޞަތެއް މި ހިނދު ނެތްއިރު، އ މާއްދާތައް މި ވަގުތަށް ތަޠުބީޤުވާނެކަމަށް ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.
28ޢަބްދުލްވައްހާބު ޢަބްދެ ﷲ ގ ފަރާތުން ދަށު ކޯޓަށް "ލިޔުމުން ޝަފަހީ ހެކި ހުށަހަޅާ ފޯމު"ގައި ހުށަހެޅި ހެކިވެރިޔާ 7 އަދި 8 ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް، އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސިޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލުގެ އަލީގައި ރިޢާޔަތްކުރާއިރު، ޢަބްދުލްވައްހާބު ޢަބްދެﷲ ގ ފަރާތުން އެ ދެ ހެކިން ޙާޟިރުކުރުމަށްއެދޭ ސަބަބުތަކަކީ ދައުލަތުނު އެދހެކިނ ހުށަހަޅާފައިވް ދާއިރާއާއި ތަފާތު - ޤާނޫނު ނަންބަރު 22/2010 - ކޮރޮސް -އެގްޒެމިނޭޝަން މަރުޙަލާއަށް ޚާއްޞަވާ - ނަންބަރު 2022/SC-A/75 ޤަޟިއްޔާ ދާއިރާއަކުން ސުވާލުކޮށް ވާޤިޢާ ކަށަވަރުކުރުމުގެ ބޭނުމަށްކަމަށް މިހިނދަށް ބުރަވެއެވެ. އެހެންކަމުން، އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ޢަބްދުލްވައްހާބު ޢަބްދެﷲ ގ ފަރާތުން ހުށަހެޅް ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުނ ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭކަމަށް ނުދެކެމެވެ.
29ބުނެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،ދަށު ކޯޓުގު ނިންމުން ބާޠިލުކުރްންޖެހ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
30ފަނޑިޔާރު ޢަބްދް ﷲ ޖަމީލާ މޫސގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
31ފަނޑިޔާރު ޢަބްދާﷲ ޖަމީލް މޫސަގެރއުޔަށ އަހުރެން ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 116 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) ގެ 1، 2 ވަނަ ނަންބަރު އަދި 111 ވަނަ މާއްދާ (ތަޠުބީޤު ނުވާކަމަށް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 އަދި 45 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2022/SC-A/47 (މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް) ޤަޟިއްޔާގެ 25 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ [2023] SC 20 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގެ 23، 27 ވަނަ ޕެރެގްރާފް
- ސުޕްރީމް ކޯޓުގެ 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 42 ވަނަ ޕެރެގްރާފް
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް