ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/308
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަރުދީ، 2023/HC-A/308
Prosecutor General v. Ali Varudhee 2023/HC-A/308 (2023/HC-A/308, High Court of the Maldives, 24 April 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަރުދީ
މައްސަލައިގެ ޚުލާޞާ
ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުކޮށް އުމުރު ދުވަހަށް ޖަލަށްލުމާއި 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައަޅައި، ފައިސާ ދައުލަތަށް ނެގުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅިއެވެ.
ތުހުމަތުކުރެވޭ ފަރާތް އުޅޭ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ޑައިމޯފިން ހިމެނޭ ޕެކެޓުތަކާއި، އޭނާ ނިދާ ކޮޓަރިން 29,925 ރުފިޔާ ފެނިފައިވެއެވެ. ފައިސާ ހޯދިގޮތް ބުނެދެވިފައި ނުވާތީ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން އެދުނެވެ.
ޕްރޮސިކިއުޝަނުން ބުނީ ފައިސާއާމެދު ހެކި ހުށަހަޅައި ޝައްކު އުފައްދާފައިވާއިރު އެއީ ޙަލާލް ފައިސާކަން ތުހުމަތުކުރެވޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 160 ވަނަ މާއްދާގެ ދަށުން ނަގަންޖެހޭނެ ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ އެއީ ގޭމީހުންގެ ފައިސާ ކަމަށެވެ.
މައިގަނޑު ސުވާލު
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި ތުހުމަތުކުރެވޭ ފަރާތުގެ ކޮޓަރިން ފެނުނު ފައިސާ ދައުލަތަށް ނުނެގޭނެކަމަށް ދަށުކޯޓުން ކަނޑައެޅީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާއާ އެއްގޮތަށްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ފައިސާ ދައުލަތަށް ނުނެގޭނެކަމަށް ކަނޑައެޅި ބައި ބާޠިލުކޮށް، 29,925 ރުފިޔާ ދައުލަތަށް ނަގަން ކަނޑައެޅި
މަސްތުވާތަކެތި ބަންދުކުރާ އާލާތްތައް ފެނުމާއި ކުށް ސާބިތުވުމުން ފައިސާއާމެދު އެކަށީގެންވާ ޝައްކު އުފެދުނުއިރު، އެނޫން ގޮތަކަށް ހޯދި ފައިސާކަން ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދީފައި ނުވާތީ، ތަޙްޤީޤުގައި ނެގި މަންމަގެ ބަޔާނަށް އެކަނި ބުރަވެ ދަށުކޯޓުން ކުރި ނިންމުން ރަނގަޅެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާގެ ދަށުން، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާއަކީ އެނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާހިނދަކު، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- މަސްތުވާތަކެތީގެ ވިޔަފާރީގެ ދަޢުވާ ސާބިތުވެ، އެ މީހާ އިޢުތިރާފުވެ، ފައިސާ ފެނުނު ކޮޓަރިން މަސްތުވާތަކެތި ބަންދުކުރާ އާލާތްތައް ފެނިފައިވާނަމަ، އެ ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާކަމަށް ބެލެވުމުގެ އެކަށީގެންވާ ޝައްކު އޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ދައުލަތުން ހެއްކާއެކު ފައިސާއާމެދު ޝައްކު އުފައްދައިފިނަމަ، އެއީ އެނޫން ގޮތަކަށް ހޯދި ފައިސާކަން ސާބިތުކޮށްދޭންޖެހެނީ ތުހުމަތުކުރެވޭ ފަރާތުންނެވެ؛ އެކަން ސާބިތުކޮށްދީފައި ނުވާއިރު، ތަޙްޤީޤުގައި ނެގިފައިވާ ގާތްތިމާގެ މީހެއްގެ (މަންމަގެ) ބަޔާނަށް އެކަނި ބުރަވެ، އެ ފައިސާއަކީ 160 ވަނަ މާއްދާގައި ބުނާ ފައިސާއެއް ނޫންކަމަށް ކަނޑައެޅުން ރަނގަޅެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 15)
- 160 ވަނަ މާއްދާގެ ދަށުން ކުށްކޮށްގެން ހޯދި ފައިސާކަމަށް ބެލެވޭ ފައިސާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 158 ވަނަ މާއްދާގެ (ހ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނަގައިދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ވަކީލަކު އައްޔަންކުރުމަށް ތަކުރާރުކޮށް އެކަށީގެންވާ ފުރުޞަތު ދީފައިވާނަމަ، ވަކީލަކު އައްޔަނުނުކުރި ނަމަވެސް ޝަރީޢަތް ކުރިއަށް ގެންގޮސް މައްސަލަ ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12 ގެ ފުޓްނޯޓް)
1ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގ 105 ވަން މާއްދާގަ )ހ( ގެ ދަށުން ސ.ފޭދޫ، […] ޢަލީ ވަރުދީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށ ކަނޑައަޅައި،
2ޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގ 105 ވުނ މާއްދާގަ )ނ( ގެ ދަށުން، ޢަލީ ވަރުދީ، އުމުރު ދުވަހަށް ޖަލަށްލުމާއެކު 100,000/- )އެއްލައްކަ( ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅައި،
3ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރއަތުގ ޤާނޫނު( ގެ 186 ވަނަ މާއްދާއެ ޙަވާލާދީ މިމައްސަލައިގެ ޙުކުމް ކަނޑައެޅުމުގެ ކުރިން ޢަލީ ވަރުދީ ބަންދުގައި ހޭދަކުރި މުއްދަތު، ޢަލީ ވަރުދީގ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައި،
4ޢަލީ ވަރުދީ ދިރިއުޅޭ ކޮޓަރިން ފެނުނު 29925 )ނަވާވީސްހާސް ނުވަސަތޭކަ ފަންސަވީސް( ރުފިޔާ ދައުލަތަށް ނެގުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި،
5ޢަލީ ވަރުދީގެ މައްޗަށް ކަނޑައެޅުނު ޖޫރިމަނާގެ އަދަބުގައި ބަޔާންކުރާ 100,000/- )އެއްލައްކަ( ރުފިޔާ، މިއަދު )02 ޖުލައި 2023( އިން ފެށިގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޢަލީ ވަރުދީއަށް އަންގައި، މިގޮތުގެމަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ."
5. އެ ޤަޟިއްޔާގެ ޙުކުމުގައި ޢަލީ ވަރުދީ ދިރިއުޅޭ ކޮޓަރިން ފެނުނު 29,925/-ރ.)ނަވާވީސްހާސް ނުވަސަތޭކަ ފަންސަވީސ ރުފިޔާ( ދެއުލަތަށ ނެގުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށި އެކޯޓުން ކަނޑައެޅި ކަނޑައެޅުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
6އައްޑުއަތޮޅު ފޭދު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރ 20/S4C/2023 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނ ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ: އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގް ނިންމުމަކީޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗބެހޭ ޤާނޫނު( ގ 160 ވަނަ މާއްދއާޚިލާފު ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދައުލަތުން ފާހަގަކުރި ކަންކަން
7އިސްތިއުނާފީ ނުކުތީއާ ގުޅިގެނާ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގާއ ފާހަގަކޮށްފައިވަނ ޢަލީ ވަރުދީ ދިރިއުޅޭ ކޮޓަރިން ފެނުނު 29,925/-ރ.)ނަވާވީސްހާސް ނުވަސަތޭކަ ފަންސަވީސ ރުފިޔާ( ދެއުލަތަށ ނެގުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށައް ކޯޓުނާ ކަނޑައީ ޅ ފައިވަނ ޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗބެހާ ޤާނޫނު( ގ 160 ވަނަ މާއްދއާޚިލާފަށް ކަމަށެވެ. އެގޮތުނާކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާ އަކީ އެނޫންގޮތަކަށ ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސި ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނަކަމަށް އެ މާއްދާގައި އޮންނަ ކަމަށެވެ. މ މައްސަލައިގައި ޢަލީ ވަރުދީގެ ކޮޓޭރިނ ފެނުން ފައިސު އަކާ ކުށްކޮށްގެން ހޯދި ފައިސ ކަމަށް ޝައްކުކުރެވޭ ސަބަބު އެނގނ ހެކި ދަށު ކޯޓަށް ހުށަހެޅި ކަމަށެވެ. އެގޮތުންއެ ކޮޓަރިން މަސްތުވާތަކެތި ފެނުމާއި، މަސްތުވާތަކެތި ބަންދުކުރާ ތަކެތި ފެނުމާއި މިކަންކަން ދަށު ކޯޓަށް ހުށަހެޅި ކަމށާއި،މ ފައިސި އަކާ ކުށް ކޮށްގެން ހޯދި ފައިސ ނޫން ކަން ޢަލީ ވަރުދީ އަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.އެގޮތުން ޢަލީ ވަރުދީ ސިންގ ދެއްކި ވާހަކައާއި ތަޙްޤީޤްގައ ދެއްކި ވާހަކަ ފުށުއަރާކަމަށާއި، އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާ ނޫންކަން ސާބިތުކޮށްދިނުމަށ ޢަލީ ވަރުދީގެ ފަރާތުން ދަށު ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
8އެހެންކަމުން ދަށު ކޯޓުން އެ ފައިސާއާމެދު ކަނޑައެޅި ކަނޑައެޅުން ބާޠިލްކޮށްދީ،އެފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައިދިނުމާއެކު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 158 ވަނަ މާއްދާގެ )ހ( އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަން މާއްދާގަ ދަށުން އެ ފައިސާ ދައުލަތަށް ނެގުމަށް އަމުރުކޮށްދިނުން އެދޭ ކަމަށެވެ.
9މ މައްސަލައިގައި ޤާނޫނި ވަކީލަކު އައްޔަންކުރުމަށް ތަކުރާރުކޮށް ފުރުސަތު ދެވުނު ނަމަވެސް، އ ފުރުޞަތުގައި ޢަލީ ވަރުދީގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަން ކޮށްފައި ނުވެއެވެ.
10ޢަލީ ވަރުދީގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވަމުން ފާހަގަކޮށްފައިވަނީ ޢަލީ ވަރުދީގެ ކޮޓަރިން ފެނުނު ފައިސާއަކީ އޭނާގެ ގޭމީހުންގޭފައިސާ ކަމަށއާ އެހެންކަމުން ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުން އެދޭ ކަމަށެވެ.
11މ އިސްތިއުނާފުގައި ގޮތި ކަނޑައަޅަންޖެހެނީ، ޢަލީ ވަރުދީގެ ކޮޓަރިން ފެނުނު ފައިސާ ދައުލަތަށް ނުނެގޭނެކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟ މި ސުވާލާމެދުގައެވެ.
12ޕްރިސިޑެންސް 2ޕްރިސިޑެންސް 5ދށަ ކޯޓުގައު ޢަލީ ވަރުދީގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު،މ މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ޢަލީ ވަރުދީގެ ތަކެތި ކަމަށް ބުނެ ޢަލީ ވަރުދީ އިއުތިރާފުވެފައިވެއެވެ. ހަމައެހެންމެ ޑައިމޯފިން ޓްރެފިކިންގގެ އެ ދައުވާ ޢަލީ ވަރުދީގެ މައްޗަށްވަނީ ސާބިތުވެފައެވެ.މީގެ އިތުރުން މަސްތުވާތަކެތި ފެނުނު ކޮޓަރިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށާއި، މަސްތުވާތަކެތި ބަންދުކުރުމަށް . މި މައްސަލާގައި ޤާނޫނީ ވަކީލަކު އައްޔަނުކުރަން އެދޭނަމަ އެކަން ކުރުމަށް 23 އޮކްޓޯބަރު 2023 ގައި ޢަލީ ވަރުދީއަށް އެންގިފައިވެއެވެ. ނަމަވެސް ވަކީލަކު އައްޔަނުކޮށްފައި ނުވެއެވެ. ހަމައެހެންމ 30 ސެޕްޓެންބަރު 2024 ގައި ބޭއްވުނު ފުރަތަމަ އްޑުއެހުމުގައި އަމިއްލަގޮތުން ޤާނޫނީ ވަކީލަކު އައްޔަނުކުރަން ފުރުޞަތެއް ބޭނުންވާކަމަށް ޢަލީ ވަރުދީ ޝަރީޢަތުގައި އެދިފައިވާތީ އެފަދައިން 10 ދުވަހުގެ ފުރުޞަތެއް ދިނުމުންވެސް ވަކީލަކު އައްޔަނުކޮށްފައި ނުވެއެވެ. އަދި ހަމައެހެންމ 19 ނޮވެންބަރު 2024 ގައި ބޭއްވުނު ދެވަނަ އަޑުއެހުމުގައި އަމިއްލަގޮތުން ޤާނޫނީ ވަކީލަކު އައްޔަ ނުކުރަނަ އިތުރު ފުރުޞަތެއް ބޭނުންވާކަމަށް ޢަލީ ވަރުދީ ޝަރީޢަތުގައި އެދިފައިވާތީ އެފަދައިން ޤާނޫނީ ވަކީލަކު އައްޔަނުކުރަން އިތުރު ފުރުޞިއެއ ދިނުމުންވެސް ވަކީލަކު އައްޔަނުކޮށްފައި ނުވެއެވެ. އަދި މި މައްސަލައާ 3 ވަނީ އަޑުއެހުމަށްވެސް ޢަލީ ވަރުދީގެ ފަރާތުން ޤާނޫނި ވަކީލަކީ އައްޔަނުކޮށްފައި ނުވާތީ އެކަށީގެންވާ ވަރަށް ފުރުޞަތު ޢަލީ ވަރުދީ އަށް ދެވިއްޖެކަމަށް ބަލައި 3 ވަނަ އަށް މައްސަލަ ޝެޑިއުލް ކުރި ދުވަހު 23 ޖަނަވަރީ 2025 ގައި އަޑުއެހުން ކުރިއަށް ގެންގޮސް މައްސަލަ މައުޟޫއީގޮތުން އަޑުއެހުން ނިމިފައިވެއެވެ. ބޭނުންކުރާ އާލަތްތައ ފެނިފައިވާކަން މައްސަލައިގައް ހުށަހެޅުނު ހެކިތަކުން އެނގެން އެބައޮތެވެ.އަދި އެތަކެއްޗަކ ޢަލީ ވަރުދީ މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތަކެތި ކަމަށް ބުރަވެވޭކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވެއެވ.އެހެންކަމުނ ދައުލަތުން ފާހަގަކުރާފަދައިން ޢަލީ ވަރުދީގެ ކޮޓަރިން ފެނުނު ފައިސ އަކީ ޢަލީ ވަރުދީ ކަށ ކޮށްގެން ހޯދި ފައިސާކަމަށް ބެލެވުމުގެ އެކަށީގެންވާ ޝައްކު އެބައޮތެވެ.
13ޕްރިސިޑެންސް 3ދށަ ކޯޓުނު އެ ފައިސާ ދައުލަތަށް ނުނެގޭނެ ކަމަށާއި އެފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމާމެދު އެކަށީގްންވ ޝައްކާ އުފެދޭކަމަށް ކަނޑައަޅާފައިވަނީ، އެ ފައިސާ އަކީ ޢަލީ ވަރުދީގ މަންމަގެ ފައިސާ ކަމަށ ދަލާލަތުކޮށްދޭ ބަޔާނެއް ހުށަހެޅިފައިވާކަމަށް ބަޔާންކޮށެވެ. އެ ބަޔާނަކީ ޢަލީ ވަރުދީގެ މަންމަ ތަހުޤީޤަށް ދިން ބަޔާންކަނ ދަށް ކޯޓުގު ރިޕޯޓުގެ 103 ވަނަ ނުކުތާއަށް ބެލުމުން އެނގެން އޮވެއެވެ.
14ޕްރިސިޑެންސް 1މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާއަށް ބަލާއިރު،ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާ އަކީ އެނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައި އެޤާނޫންގު ބޭނުމަށްޓަކައި ބެލެވޭނެކަން އެނގެއެވެ.
15ދަށާ ކޯޓުގައު ދައުލަތުނ އެފަދައިން އެ ފައިސާއާ މެދު، ހެއްކާއެކު ޝައްކު އުފައްދާ، އެ ފައިސާ ނަގައިދިނުމަށް އެދިފައިވާއިރު، އެއީ އެނޫންގޮތަކަށް ހޯދި ފައިސާކަން ސާބިތުކޮށްދިނުމަށްޢަލީ ވަރުދީގެ ފަރާތުން ދަށު ކޯޓަށް އެއްވެސްހެއްކެއް ހުށަހަޅާފައިނުވެއެވި. އެހެންކަމުން އެއްއެނޫންގޮތަކަށް ހޯދި ފައިސާކަން ޢަލީ ވަރުދީ ދަށު ކޯޓުގައި ސާބިތުކޮށްދީފައި ނުވަނީސް، ތަހްޤީޤުގައި ނެގިފައ އޮތި ޢަލީ ވަރުދީގެ މަންމަގެ ބަޔާނަށް އެކަނި ބުރަވެ، އެ ފައިސާ އަކީ މަސްތުވާތަކެއްޗާބެހ ޤާނޫނުގެ 160 ވަނަ މާއްދާގައި . ދަށު ކޯޓުގެ ރިޕޯޓުގެ 112 ވަނަ ނުކުތާ ބަޔާންކުރާ ގޮތުގެމަތިން، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ޝައްކުކުރެވޭ ފައިސާ ނޫންކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމުގައި އަހުރެން ނުދެކެމެވެ.
16ޕްރިސިޑެންސް 4އަހުރެންނަށ ބުރަވެވެން އެފައިސާ އަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 158 ވަނަ މާއްދާގެ )ހ( އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަން މާއްދާގަ ދަށުން ދައުލަތަށް ނަގައިދޭންޖެހޭ ފައިސާ ކަމަށެވެ. އެހެންކަމުނިމި ނުކުތާއާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުން ބާޠިލްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
17އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،އައްޑުއަތޮޅު ފޭދު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 20/S4C/2023 ޤަޟިއްޔާގެ ޙުކުމުގައި ޢަލީ ވަރުދީ ދިރިއުޅޭ ކޮޓަރިން ފެނުނު ފައިސާ ދައުލަތަށް ނެގުމަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، މި މައްސަލައިގައި ޢަލީ ވަރުދީ ދިރިއުޅޭ ކޮޓަރިން ފެނުނު 29,925/-ރ. )ނަވާވީސްހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ( އަކީ ދައުލަތަށް ނަގަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، މިގޮތުގެ މަތިން މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރުމުޙައްމަދު ނިޔާޒގ ރައުޔު؛
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވަ .
19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 160 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 158 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 192 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އަދި (ނ) (ދަށުކޯޓުގެ ޙުކުމުގައި)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (ދަށުކޯޓުގެ ޙުކުމުގައި)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް