ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/512
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޢަބްދުﷲ، 2019/HC-A/512
Prosecutor General v. Mohamed Abdhuﷲ 2019/HC-A/512 (2019/HC-A/512, High Court of the Maldives, 13 December 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ ތަޙްޤީޤުގެ އިޢުތިރާފާ ގުޅުވާލެވޭ ހަރުދަނާ ޤަރީނާއެއް ނެތުމުން (ފިންގަރޕްރިންޓް ތިޖޫރީން ނުފެނުމާއި ވީޑިއޯގައި ފެންނަނީ އޭނާ ކަމަށް ނުބުނުމުން) ދަޢުވާ ސާބިތު ނުވާކަމަށެވެ.
2011 ނޮވެމްބަރު 16 ގެ ފަތިހު ފިހާރައެއްގެ ދޮރު ހަލާކުކޮށް ވަދެ ތިޖޫރީ ނަގައި 3,000 ރުފިޔާ ވަގަށް ނެގިކަމަށް ބުނެ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 131(ހ)، 137 އަދި 138 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވުނެވެ. ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤުގައި އިޢުތިރާފުވެ ޝަރީޢަތުގައި އިންކާރުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ހެކިތަކުން ދަޢުވާ ސާބިތުވާއިރު ދަށުކޯޓުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާއި 2009/SC-A/18 ގެ އުޞޫލު ރަނގަޅަށް ތަޠްބީޤު ނުކުރާ ކަމަށެވެ. ދިފާޢުން ބުނީ ބަޔާން ދިނީ ފުލުހުން ބިރުދައްކައި ޕްރެޝަރކޮށްގެން ކަމަށެވެ.
މައިގަނޑު ސުވާލު
ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވެ ޝަރީޢަތުގައި އެ އިޢުތިރާފުން ރުޖޫޢަވި ތުހުމަތުކުރެވޭ ފަރާތެއްގެ އިޢުތިރާފަށް، ފިންގަރޕްރިންޓް އާއި ސީސީޓީވީ ފަދަ ޤަރީނާއާއެކު ބުރަދަން ދެވި، ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން ވައްކަންކުރުމުގެ ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވޭތޯ؛ އަދި ސާބިތުވާނަމަ ކަނޑައަޅަންވީ އަދަބު.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ކުށް ސާބިތުކޮށް 32,400 ރުފިޔާއިން ޖޫރިމަނާކުރި
މަޖުބޫރުކުރިކަމަށް ބުނާ ސަބަބު ޤަބޫލުކުރެވޭ ސަބަބެއް ނޫނެވެ؛ ކައުންޓަރުގެ އެތެރޭން ފެނުނު އިނގިލީގެ ނިޝާނާއި، ސީސީޓީވީގެ ސިފަތަކާއި، ފައިސާގެ ޢަދަދު އެއްގޮތްވުމުން އިޢުތިރާފަށް ބާރުލިބި 131(ހ) އާއި 137 ގެ ކުށް ސާބިތުވިއެވެ. ލުއި ލިބޭ ފަހުގެ ޤާނޫނުން ކަނޑައެޅޭ 5 މަހާއި 12 ދުވަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ ފަރާތް ދަޢުވާއަށް އިންކާރުކުރާ މައްސަލައެއްގައި ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުކުރުމުގެ ބުރަ އޮތީ ދައުލަތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- ތަޙްޤީޤުގައިވާ އިޢުތިރާފަކުން ޝަރީޢަތުގައި ރުޖޫޢަވެއްޖެނަމަ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ އުޞޫލުން އެ އިޢުތިރާފު އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ފަނޑިޔާރަށް އިޤްތިނާޢުވެއްޖެނަމަ އެއަށް އެއްވެސް ބުރަދަނެއް ނުދެވޭނެއެވެ؛ އެހެން ޙާލަތްތަކުގައި، އިޢުތިރާފުވި ކަންކަން ޙަޤީޤަތެއްކަމަށް ބުރަދަން ދޭ އިތުރު ދަލީލުތަކާއި ވާޤިޢާތައް ހުރިނަމަ، އެ އިޢުތިރާފު ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ތަޙްޤީޤުގައިވި އިޢުތިރާފަކުން ރުޖޫޢަވެއްޖެނަމަ، އެއަށް ޤަރީނާގެ ދަރަޖަ ދިނުމުގެ ކުރިން، އެއީ އަމިއްލަ އިޚްތިޔާރެއްނެތި ވެފައިވާ އިޢުތިރާފެއްތޯ ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ތުހުމަތުކުރެވޭ ފަރާތް ކުށުގެ ވެށީގައި އުޅޭ، ގިނަ ފަހަރު ހައްޔަރުކުރެވިފައިވާ މީހެއް ކަމުގައިވާއިރު، ބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށް ފުލުހުން ބުނިކަމަށް ބުނުމަކީ ކުށަށް އިޢުތިރާފުވުމަށް މަޖުބޫރުވާންޖެހޭ މަޤްބޫލު ސަބަބެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
- ތަޙްޤީޤުގައިވި އިޢުތިރާފުގައިވާ ތަފްޞީލުތަކަށް (ކަން ހިނގި ގޮތާއި ވަގަށް ނެގި ފައިސާގެ ޢަދަދު) ވައްކަންކުރި ތަނުން ފެނުނު އިނގިލީގެ ނިޝާނާއި، ސީސީޓީވީގައި ފެންނަ މީހާގެ ސިފަ އެއްގޮތްވުމާއި، މުދަލުގެ ވެރިފަރާތުގެ ބަޔާނުން ބާރުލިބޭއިރު، ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑަށް ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ފިހާރައަކީ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ މާއްދާގައިވާ މީހުން ދިރިއުޅޭ ތަނެއްގެ މަފްހޫމަށް ނުފެތޭތީ، ފިހާރައަކުން ވައްކަން ކުރުމުން އެ މާއްދާގެ ކުށް ސާބިތު ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ކުރީގެ ޤާނޫނާއި މިހާރުގެ ޤާނޫނުލްޢުޤޫބާތުގެ ތެރެއިން ކުށްވެރިޔާއަށް ލުއި ލިބޭ ޤާނޫނުން އަދަބު ކަނޑައަޅަންވާނެއެވެ؛ ގިނަ ކުށްތަކެއް ސާބިތުވާއިރު 1006 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އަދަބު ކަނޑައަޅަންވާނެއެވެ؛ އަދި ޖަލު އަދަބެއް 1005 ވަނަ މާއްދާގެ ތާވަލަށް ރިޢާޔަތްކޮށް ޖޫރިމަނާ ފަދަ އެހެން އަދަބަކަށް ބަދަލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-30)
މުޙައްމަދު ފައިޞަލް ތާއީދުކުރެއެވެ. މައްސަލައިގެ ތަޢާރުފު:
1ރ.ކަނދޮޅދު / ގުލްހަޒާރުގެ މުޙައްމަދު ޢަބްދުﷲ 16 ނޮވެމްބަރ 2011 ވަނަ ދުވަހުގެ 03:00 ހާއިރު، ސިރިއަސް 2 ފިހާރަ ކައިރިއަށް ގޮސް އެފިހާރައިގެ ދޮރު މަތާލައިގެން ހުޅުވައި، މީނާ ފިހާރައަށް ވަދެ ފިހާރާގައި ހުރި ތިޖ ރީ ނަގައިގެން ގޮސްފައިވާތީއާއި، އެތިޖ ރީ ހަލކުކޮށްލައިގެން ތިޖޫރީގައި އޮތް ގާތްގަނޑަކަށާ -3000/ ރ. (ތިންހާސްރުފިޔާ) ވަގަށް ނަގާފައިވާތީ، ޤާނޫނުލްޢުޤބާތުގާ 131 ވަނަ މާއްދާގެ (ހ) އާއި، 137 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ތަނެއް ޙަލާކުކޮށްލައިގެން، ފިހާރައަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ މުޙައްމަދު ޢަބްދު ﷲ ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާއިން ބެލުނެވެ.
2މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކޮށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު އެ ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާގައި ނިންމާފައިވަނީ " ސިރިއަސް 2 ފިހާރަ ކައިރިއަށް ގޮސް، އެފިހާރައިގެ ދޮރުމތާލައިގެން ހުޅުވައި، އެފިހާރައަށް ވަދެ ފިހާރާގައި ހުރި ތިޖރީ ނަގައިގެން ގޮސް، އެތިޖރީ ޙަލާކުކޮށްލައިގެން ތިޖޫރީގައި އޮތް ގާތްގަނޑަކަށް -3000/ރ. (ތިންހާސް ރުފިޔާ) ވަގަށް ނަގާފައިވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާތީ، ދައުލަތުން ރ.ކަނދޮޅުދޫ/ ގުލްހަޒާރުގެ، މުޙައްމަދު ޢަބްދުﷲގެ މައްޗަށް ކުޅު ތަނެއް ހަލާކުކޮށްލައިގެން، ފިހާރައަކުން ވައްކަން ކުރުމުގެ ކުށުގެ މިދަޢުވ ޝަރީޢަތަށް ސާބިތު ނުވާކަމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ ." މިފަދައިންނެވެ.
3މިޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާ އެ ގޮތުގައި ނިމުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގުލްހަޒާރުގެ ޢަބްދުﷲ އެވެ.
4ކްރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 2 ނުކުތާއެވެ. އެ ގޮތުން ހުށަހަޅާފައިވޮ ނުކުތާތަކަކީ؛
4.1 ކްރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާއިން ރ.ކަނދޮޅދު /ގުލްހަޒާރުގެ، މުޙައްމަދު ޢބްދަ ﷲ ގެ މައްޗަށް ކުޅަ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ލިބިފައި ވީނަމަވެސް،ދަޢުވާ ސާބިތުވާ މިންވަރަށް ހެކިލިބިފައި ނުވާކަމަށް ކަނޑައަޅައި މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
4.2 ކްރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާ ގެ ޙުކުމަށް ވާޞިލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18 ޤަޟިއްޔާގައި ކަނޑައަޅުއްވާ ފައިވާ އުޞ ލ މިމައްސަލައަށް ތަޠުބީޤު ކުރައްވާފައިވަނީ އެންމެ ރަނގަޅަށް ކަމުގައި ނުވުނކަމަށް ބުން ހުށަހެޅި ނުކުތާއެވެ. ދަޢުވާ ސާބިތުކުރުމަށް މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކި ތަކާއި ދިފާޢުގައި ހުށަހެޅި ހެކި
5ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން މި ދަޢުވާ ސާބިތުކޮށްދިނުމަކީ ދައުލަތުގެ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. އެހެނީ މި ދަޢުވާއަކީ، މި ދަޢުވާއަށް މުޙައްމަދު ޢަބްދުﷲ ކްރިމިނަލް ކޯޓުގައި އިންކާރު ކޮށްފައިވާ ދަޢުވާއަކަށްވާތީއެވެ.
6މުޙައްމަދު ޢަބްދު ﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ، ތަނެއް ހަލާކު ކޮށްލައިގެން ފިހާރައަކުން ވައްކަން ކުރުމުގެ ދަޢުވާއަށް އޭނާ އިންކާރު ކުރުމުން މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ތިރީގައި މިވާ ހެކި ޤަރީނާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
(ހ) މުޙައްމަދު ޢަބްދުﷲ ތަޙްޤީޤަށް ދީފައިވާ ބަޔާން؛
(ށ) ސިރިއަސް 2 ފިހާރައިގެ ސީސީޓީވީ ފ ޓޭޖާއި، އެފުޓޭޖުގެ އެނަލިސިސް ރިޕޯޓާއި އެރިޕޯޓު ތައްޔާރުކުރެ ފަރާތް؛
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ C6(c)/FCR/2011/115 ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް؛
(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު C6(b)/CSER/2011/2109 ކްރައިމް ސީން އެގްޒެމިނޭޝަން ރިޕޯޓު މިއެވެ.
7މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އޭނާގެ ދިފާޢުގައި ހުށަހަޅާފައިވާ ހެއްކަކީ، […] /އިބްރާހިމް ޖުނައިދެވެ. މީނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ފުލުހުންނަށް މުޙައްމަދު ޢަބްދުﷲ ބަޔާނެއް ދިނީ ފުލުހުން މަޖްބރު ކުރުވައިގެންކަމަށް ބުނާ ބުނުން ސާބިތު ކުރުމުގެ ގޮތުންނެވެ. ހުށަހެޅުނު ހެކިތައް ކްރިމިނަލް ކޯޓުން ވަޒަންކޮށު އެ ހެކިތަކަށް އެ ކޯޓުން ދީފައިވާ ބުރަދަން
8މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އިސްވެ ބުނެވުނު ހެކިތައް ވަޒަންކުރުމަށްފަހު ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ކުޅަ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުވާންނެތްކަމަށެވެ. މި ގޮތުން، ކުށްކުރިކަމަށް ބުނެ މުޙައްމަދު ޢަބްދުﷲ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި މެދު ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅާފައިވަނީ، މުޙައްމަދު ޢަބްދުﷲ ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވިނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އެ ބަޔާނަށް އިންކާރުކޮށްފައިވާކަމަށެވެ. ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވިނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އެ އިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި އެއީ ހެއްކެއްކަމަށް ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށާއި، ތަޙްޤީޤުގައިވާ އިޢުތިރާފަށް ބާރު ލިއްބައިދޭ އެހެނިހެން ހެކި ޤަރީނާ ހުރިނަމަ ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަކީ މައްސަލަ ސާބިތުކުރަން ފުދޭ ޤަރީނާއެއްގެ ގޮތުގައި ބެލިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނަ ނިންމާފައި އޮންނާތީ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ނިންމުން މި މައްސަލައިގެ މައްޗަށް ތަޠުބީޤު ކުރާއިރު، އިޢުތިރާފާއި ގުޅުވާލެވޭ ފަދަ ހަރުދަނާ ޤަރީނާއެއް ނެތްކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18 ޤަޟިއްޔާ
9ތަޙްޤީޤުގައިވާ އިޢުތިރާފުން ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވުމުން ތަޙްޤީޤުގައިވެފައިވާ އެއިޢުތިރާފަށް ޤަރީނާއެއްގެ ބާރު ދިނުމުގައި ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތައް މި މައްސަލައިގައި ހުށަހެޅިފައިވާކަން ނުވަތަ ނޫންކަން ބަލައި އެކަން މިމައްސަލ އަށަ ތަޠުބީޤު ކރަމުނު ކްރިމިނަލް ކޯޓުން ބުނެފައިވަނީ، މުޙައްމަދު ޢަބްދުﷲ ގެ ފިންގަރޕްރިންޓް ފެނިފައިވަނީ ފައިސާ ރައްކާކުރަން ހުރި ތިޖޫރީން ނޫންކަމަށާއި،ފައިސާ ރައްކާކޮށްފައި ހުރި ތިޖ ރީ އާއި މުޙައްމަދު ޢަބްދުﷲ އަށް ގުޅުވާލެވެންނެތްކަމަށެވެ. ސިރިއަސް 2 ފިހާރައިގެ ސީސީޓީވީ ފ ޓޭޖްއާ ގުޅޭ ގޮތުން ބުނެފައިވަނީ، ވީޑިއޯ ފުޓޭޖުން ފެންނަ ފަރާތަކީ މުޙައްމަދު ޢަބްދުﷲ އާއި އެއްގޮތް ސިފަތަކެއް ހުރި ފަރާތެއްކަމަށް ފާހަގަކުރިނަމަވެސް އެ ވީޑިއޯ އިން ފެންނަނީ މުޙައްމަދު ޢަބްދުﷲ ކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ބުނެފައި ނުވާކަމަށެވެ. މ ދެސަބަބު ފާހަގަކުރުމަށްފަހު ކަނޑައަޅާފައިވަނީ ވައްކަމާއި ގުޅިގެން މުޙައްމަދު ޢަބްދުﷲ ތަޙްޤީޤުގައި ދައްކާފައިވާ ވާހަކަތަކަށް ބާރު ލިއްބައިދޭ އެހެން ޤަރީނާއެއް ނެތްކަމަށެވެ.
10ޕްރިސިޑެންސް 2ތަޙްޤީޤުގައިވާ އިޢުތިރާފަކުން ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވެއްޖެނަމަ، ރުޖޫޢަވި ސަބަބު ވަޒަންކޮށް ތަޤްޔީމް ކުރާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ އުސ ލުން މުއްތަހަމް ތަޙްޤީޤުގައި އިޢުތިރާފްވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަމަށް ފަނޑިޔާރަށް އިޤްތިނާޢު ވެވއްޖެނަމަ، އެފަދަ އިޢުތިރާފަށް އެއްވެސް ބުރަދަނެއް ދެވިގެން ނުވާނެއެވެ. އެ ނޫން ޙާލަތްތަކުގަ ވަޒަންކުރާއިރު އިޢުތިރާފުން ރުޖޢަވިކަމުގައިވިޔަސް، ތަޙްޤީޤުގައި މުއްތަހަމު އިޢުތިރާފުވެފައިވާ ކަންކަމަކީ ޙަޤީޤަތެއްކަމަށް ބުރަދަނެއް ދެވިދާނެ އިތުރު ދަލީލުތަކާއި ވޤިޢާތައާ ހުރިނަމަ، ކޮންމެ މައްސަލައެއްގައިވެސް ކަންހިނގާފައިވާ ގޮތަށް ބަލައި އިންސާފު ޤާއިމު ކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގައި އެފަދަ ކޮންމެ އިޢުތިރާފެއް މައްސަލަ ބަލާ ފަނޑިޔާރަށް ބަލައިގަނެވިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެންރަލްގެ އޮފީސް ވެ.ޢަބްދުލްމުހައިމިނ އާދަމް [2021] SC 32 މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމަ މި މޭރުމުން އެ ކޯޓުގެ ނަންބަރު 2009/SC-A/18 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުން ފާޅުވާން ހުރި ޙަޤީޤަތްތައް
11ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި 30 ނޮވެމްބަރ 2011 މި ތާރީޚުގައި، މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނެއް ހުށަހަޅާފައިވެއެވެ. 30 ނޮވެމްބަރ 2011 މި ތާރީޚުގައި މުޙައްމަދު ޢަބްދުﷲ ގެ ފަރާ ތުން ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލިއިރު، އެ ބަޔާނުގައި 2011 ނޮވެމްބަރ 16 ވަނަ ދުވަހުގެ ފަތިހު 3:00 ހާއިރު، އޭނާއާ […] /އިބްރާހިމް ޖުނައިދުއާ ދެމީހުންވެގެން ސިރިއަސް 2 ފިހާރައިގެ ދޮރު ހަލާކު ކޮށްލައިގެން އެ ފިހާރައަށްވަދެ އެ ފިހާރައިގައި ހުރި ތިޖރީ ހުޅުވާ، ތިޖ ރީގައި ހުރި 3000 ރުފިޔާ ވަގަށް ނެގިކަމަށް ސާފު ބަހުން އެއްބަސްވެފައިވާތީ ފެންނަން އެބައޮތެވެ. މި ބަޔާން މި ގޮތަށް ދިންކަމާއި މެދު މުޙައްމަދު ޢަބްދުﷲ ޝަރީޢަތުގެ މަޖިލީހުގައި އިންކާރެއް ނުކުރެއެވެ. ބަޔާނާއި ގުޅިގެން ބުނެފައިވަނީ މިއީ ފުލުހުން ބިރު ދައްކައިގެން ދީފައިވާ ބަޔާނެއްކަމަށެވެ.
12ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް މޯލްޑިވްސް ޕޮލިސް ސަރވިސގް ނަންބަރ )/FCR/2011/115cC6( ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓާއި އެ ރިޕޯޓު ތައްޔާރު ކުރެއްވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ޝިބާޙު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ފިންގަރ ޕްރިންޓް ކޮމްޕެރިސނަ ރިޕޯޓުގެ ނިންމުމުގައި " ސިރިއަސް 2 ފިހާރައިން ކޮށްފައިވާ ވައްކަމާއި ގުޅިގެން ލިފްޓް ކުރެވުނު ލޭޓެންޓް ޕްރިންޓް ތަކުގެ ތެރެއިން އެފިހާރައިގެ ކ އުންޓަރުގެ އެތެރެ ފަރާތުން ނަގާފައިވާ އިނގިލީގެ ނިޝާނާއި، ރ.ކަނދޮޅުދު / ގުލްހަޒާރުގެ މުޙައްމަދު ޢަބްދުﷲ ގެ ވައަތު ބޮޑުވާ އިނގިލީގެ ނިޝާން ދިމާވާކަމުގައި ނިންމަމެވެ." މިފަދައިން ބުނެފައި އެބައޮތެވެ. އަދި އެރިޕޯޓު ތައްޔާރުކުރެއްވެ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޕޮލިސ ކޯޕްރަލް މުޙައްމަދ ޝިބާޙު (ސަރވިސް ނަންބަރ 2026) ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު، މުޙައްމަދު ޝިބާޙު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިބަސްދެމުން ބުނެފައިވަނީ ފިހާރައިން ފެނުނު ފިންގަރޕްރިންޓާ މުޙައްމަދު ޢަބްދުﷲ ގެ ފިންގަރޕްރިންޓާ ދިމާވާކަމަށާއި ހުށަހަޅާފައިވާ ފިންގަރޕްރިން ކޮމްޕެރިސަން ރިޕޯޓަކީ ޞައްޙަ ރޕޯޓެއްކަމަށެވެ.
13ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިރިއަސް 2 ފިހާރައިގެ ސީސީޓީވީ ފުޓޭޖާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު )/VAR/2013/054bK( ވީޑިއޯ އެނަލިސިސް ރިޕޯޓް ހުށަހަޅާފައިވެއެވެ. ދެންނެވުނު ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި ސިރިއަސް 2 ފިހާރައިގެ ވައްކަން ކުރާކަމަށް ސީސީޓީވީ ފުޓޭޖުން ފެންނަމީހާއާ މުޙައްމަދު ޢަބްދުﷲ އާ އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ފުޓޭޖުން ފެންނަ މީހާ އާއި މުޙައްމަދު ޢަބްދުﷲ ގެ މނުގެ ބައްޓަމާއި ހަށިގަނޑުގެ ރފައާއި ބޮލުގެ އިސްތަށިގަނޑު އަދި ކަންހުޅިއާ ތުނބުޅީގެ ސްޓައިލް އެއްގޮތްކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
14ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ސިރިއަސް 2 ފިހާރައިގެ ސީސީޓީވީ ފުޓޭޖަށް ބަލާއިރު ސިރިއަސް 2 ފިހާރައިން ވައްކަންކުރާ ފަރާތް ފިހާރައަށް ވަދެ ފިހާރައިގެ ކައުންޓަރ ތެރެއަށްވަދެ އެތެރެފަރާތުގައި ބަހައްޓާފައިހުރި ތިޖ ރީ ނަގާ މަންޒަރު ފެންނަކަން އެނގެން އެބައޮތެވެ. މުޙައްމަދު ޢަބްދުﷲ ގެ ފިންގަރޕްރިންޓް ލިފްޓުކުރެވިފައިވަނީވެސް ދެންނެވުނު ކައުންޓަރުގެ އެތެރެފަރާތުންކަން ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓަށް ބެލުމުން އެނގެއެވެ.
15ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، ސިރިއަސް 2 ފިހާރައިގެ ޙިއްސާ އޮންނަ ފަރާތެއްގެ ޙައިސިއްޔަތުން […] އަޙް މަދު ނަސީމް ތަޙްޤީޤަށް ދީފައިވާ ބަޔާނެއް ހުށަހަޅާފައި އެބައޮތެވެ. ބުނެވުނު ބަޔާނަށް ބަލާއިރު، ސިރިއަސް 2 ފިހާރައިގެ ތިޖޫރީގައި ހުރީ ގާތްގަނޑަކަށް ތިންހާސްރުފިޔާކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޢަބްދުﷲ ގެ ފަރާތުންވެސް ތަޙްޤީޤުގައި ބުނެފައިވަނީ ތިޖޫރީގައި ހުރީ އެ ޢަދަދުގެ ފައިސާކަމަށެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާއި ގުޅިގެން މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ދީފައިވާ ރައްދު
16މި ދަޢުވާއަށް އިންކާރުކުރަމުން މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނަގަމުންދިޔަ ދިފާޢަކީ، ފުލުހުންގެ ތަޙްޤީޤަށް ދިން ބަޔާނަށް އިންކާރުކުރާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އަދި ކްރިމިނަލް ކޯޓަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީވެސް، މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ތަޙްޤީޤަށް ދިން ބަޔާނަކީ މަޖު ބރުކޮށްގެން ބިރު ދައްކައިގެން ނަގާފައިވާ ބަޔާނެއްކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ. ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، […] /އިބްރާހިމް ޖުނައިދުއާއި އިސްމާޢީލް ސަމޙު ކިޔާ މީހެކެވެ. މިދެމީހުންނަކީ، މުޙައްމަދު ޢަބްދުﷲ އާއިއެކު އެއްގޮޅީގައި އޮތް ދެމީހުން ކަމަށް ބުނެފައިވެއެވެ. މި ދެމީހުންގެ ތެރެއިން ހެކީގެ ފުރިހަމަ މަޢުލޫމާތު މުޙައްމަދު ޢަބްދުﷲ އަށް ސާފުކޮށްދެވުމުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރު ކުރެވި ހެކި ބަސް ނެގިފައިވަނީ އިބްރާހިމް ޖުނައިދުގެ ހެކިބަސް އެކަންޏެވެ.
17މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ތަޙްޤީޤަށް ދިން ބަޔާނަށް އިންކާރުކުރުން ފިޔަވައި މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް އަދި ޤަރީނާއަކާއިމެދު މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އިޢުތިރާޟެއްކޮށް ސުވާލެއް އުފައްދާފައެއް ނުވެއެވެ. މި ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި ރިޕޯޓަކަށްވެސް އަދި ރިޕޯޓާއި ގުޅިގެން ޙާޟިރުކުރެވުނު ހެއްކެއްގެ ހެކިބަހަށްވެސް އެއްވެސް އިޢުތިރާޟެއް މުޙައްމަދު ޢަބްދް ﷲ ގެ ފަރާތުނ ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާތީއެއް ފެންނާކަށްނެތެވެ. މުޙައްމަދު ޢަބްދް ﷲ ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވަނީ އަމިއްލާއިޚްތިޔާރުގައި ނންކަމަށްއޭނ ބުނާ ބުނުން
18ޕްރިސިޑެންސް 3ތަޙްޤީޤުގައި މުއްތަހަމު ކުށަށް އިޢުތިރާފްވެފައިވަނީ، އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބެލެވޭނެ ސަބަބުތަކެއް ފެންނަން ހުރިނަމަ ތަޙްޤީޤުގައިވެފައިވާ އެ އިޢުތިރާފަށް އެއްވެސް ބުރަދަނެއް ދެވިގެނެއް ނުވާނެއެވެ. މިހެންކަމުން ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަކުން ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވެއްޖެނަމަ، އެ އިޢުތިރާފުގެ މައްޗަށް ޤަރީނާގެ ދަރަޖަ ދިނުމުގެ ކުރިން، އެ އިޢުތިރާފަކީ އަމިއްލަ އިޚުތިޔާރެއްނެތި މުއްތަހަމު ވެފައިވާ އިޢުތިރާފެއްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ދެކެމެވެ.
19ޕްރިސިޑެންސް 4މުޙައްމަދު ޢަބްދު ﷲ ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވީ ފުލުހުން ޕްރެޝަރކޮށް ބިރުދައްކައިގެންކަމަށް މުޙައްމަދު ޢަބްދުﷲ ބުނެއެވެ. އަދި ކުރި ޕްރެޝަރަކީ ބަންދުގެ މުއްދަތު އިތުރުކޮށް ދުލެއް ނުދޭނަމޭ ފުލުހުން ބުނި ބުނުންކަމަށްވެސް ބުނެއެވެ. އެ ނޫން ސަބަބެއް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައެއްނުވެއެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަކީ ފުލުހުންގެ ފަރާތުން ކުރާ ގޮތަށް އޮންނަކަމެއް ނޫންކަމުގެ އިތުރަށް މުޙައްމަދު ޢަބްދުﷲ ގެ ކުށުގެ ރެކޯޑަށް ބަލާއިރު، މުޙައްމަދު ޢަބްދުﷲ އަކީ 2010 ވަނަ އަހަރުން ފެށިގެން ކުށުގެ ވެށީގައި އުޅޭ އަދި ފުލުހުންގެ ބަންދަށްވެސް ތަފާތު އެތައް ފަހަރެއްގެ މަތިން ގެންދެވިފައިވާ ފަރާތެއްކަން ދިވެހި ފުލުހުންގެ ފަރާތުން ޙިއްސާކުރި މުޙައްމަދު ޢަބްދުﷲ ގެ ކުށުގެ ރެކޯޑު އެނގެން އެބައޮތެވެ. މި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މުޙައްމަދު ޢަބްދުﷲ ގެ ކުށުގެ ރެކޯޑް ގެނެވުނު ތާރީޚާއި ހަމައަށް އެކު ޖުމްލަ 12 28 އޮގަސްޓް 2019 ގައި ކްރިމިނަލް ކޯޓަށް ދިން ބަޔާން ފަހަރު އެކި މައްސަލަތަކުގައި މުޙައްމަދު ޢަބްދާﷲ ހައްޔަރު ކުރެވިފައިވާކަން އެނގެން އެބައޮތެވެ. އެ ރެކޯޑުތަކުގ ތެރޭގައި ވައްކަމުގެ ކުށްތައްވެސް ގިނަކަން ފާހަގަވާން އެބައޮތެވެ.
20މުޙައްމަދު ޢަބްދު ﷲ އަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއްކަން އެނގެން އޮވެފައި، އޭނާ ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވާ ޢަދަދުތަކާއި ފުލުހުންގެ ފަރާތުން ބުނިކަމަށް މުޙައްމަދު ޢަބްދުﷲ އެ ބުނާ ކަންކަމަކީ، މުޙައްމަދު ޢަބްދުﷲ ކުށަށް އިޢުތިރާފް ވުމަށް މަޖުބ ރުވާންޖެހޭފަދަ މަޤްބޫލު ސަބަބެއްކަމުގައި ބެލެވޭކަށްނެތެވެ. މިހެންކަމުން މި މައްސަލައިގައި ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޢަބްދުﷲ ތަޙްޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވީ އަމިއްލަ އިޚްތިޔާރެއްނެތިކަމަށް އެ ބުނާ ސަބަބަކީ ހަމަޖެހޭ ސަބަބެއްކަމުގައި ބެލެވޭކަށްނެތެވެ. މުޙައްމަދު ޢަބްދުﷲ ތަޙްޤީޤުގައި ކުށަށް ވެފައިވާ އިޢުތިރާފަށް ބާރު ލިއްބައިދޭ ހަރުދަނާ ޤަރީނާ ހުށަހެޅފައިވޭ.
21ޕްރިސިޑެންސް 5މުޙައްމަދު ޢަބްދުﷲ ތަޙްޤީޤުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ކަމުގައިވާ ސިރިއަސް 2 ފިހާރައިން ވައްކަން ކުރިކަމަށް ތަޙްޤީޤުގައި އެއްބަސްވެފައި އެބައޮތެވެ. މި ވައްކަން ކުރުމުގައި ކަން ކުރި ގޮތާއި، ވަގަށްނެގި ފައިސާގެ ޢަދަދުވެސް މުޙައްމަދު ޢަބްދުﷲ ތަޙްޤީޤަށް ކިޔައިދީފައި އެބައޮތެވެ. ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަރީނާތަކުގެ ތެރޭގައި، ވައްކަން ކުރި ފިހާރައިން މުޙައްމަދު ޢަބްދުﷲ ގެ އިނގިލީގެ ނިޝާން ފެނުނު ކަން އެނގެން އެބައޮތެވެ. އިނގިލީގެ ނިޝާން ފެނިފައިވަނީ ވަގަށް ނެގި ތިޖރީ ބަހައްޓާފައިވާ ކައުންޓަރުގެ ދަށުންކަން އެނގެން އެބައޮތެވެ. ސިރިއަސް 2 ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ މީހާއާއި މުޙައްމަދު ޢަބްދުﷲ ގެ ސިފައާއި އެއްގޮތް ސިފަތަކެއް ހުރިކަން ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައި އެބައޮތެވެ. މުޙައްމަދު ޢަބްދުﷲ ވަގަށް ނެގިކަމަށް ތަޙްޤީޤުގައި އެއްބަސްވި ފައިސާގެ ޢަދަދާއި، ތިޖރީ ވަގަށްނެގިއިރު ތިޖ ރީގައި ހުރި ފައިސާގެ ޢަދަދަކީ އެއް ޢަދަދެއްކަން މުޙައްމަދު ޢަބްދުﷲ ގެ ތަޙްޤީޤު ބަޔާނުންނާއި ފިހާރައިގެ ޙިއްސާދާރެއްކަމަށް ބުނާ […] އަޙްމަދު ނަސީމްގެ ފަރާތުން ދީފައިވާ ބަޔާނުން އެނގެން އެބައޮތެވެ. މި ބުނެވުނު ކަންކަން މި ފަދައިން ހުރުމުން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ ވާޤިޢާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑަށް ދައުލަތަށް ސާބިތުކޮށްދެވިފއިވާތީ ފެންނަން އެބައޮތެވެ. މުޙައްމަދު ޢަބްދް ﷲ ގެ މައްޗަށ ސާބިތުވާ ކުށާއި ކަނޑައެޅޭނެ އަދަބު
22މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ، ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 68/10 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤބާތުގެ 131 ވަނަ މާއްދާގަ (ހ) އާއި އެ ޤާނޫނުގެ 137 ވަނަ މާއްދާ އަދި 138 އަށް ވަނަ މާއްދާއަށް ޙަވާލާދެމުންނެވެ. - ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) ގައި ބުނަނީ " ވައްކަން،ޓެކުން،ޚިޔާނަތްތެރިވުމާއި،މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 06 މަސްދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނ ން މުއްދަތަކަށް،ދެވަނަ ފަހަރު 2 އަހަރަށް،ތިންވަނަފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށެވެ. މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ އުސ ލުންނެވެ. އަދި މި ޤާނޫނުގެ 132،134،135،136،137،138،139،140،141،142،143،144،145،146،147،148 މި މާއްދާތަކުގެ ދަށުން ޢަމަލުކުރެވޭނެއެވެ." - ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 137 ވަނަ މާއްދާގައި ބުނަނީ " މީހަކަށް ނުވަތަ ބަޔަކަށް އެއްވެސް ކަހަލަ ބިރު ދެއްކުމަކާއި ނުލައި، ޢިމާރާތެއް ނުވަތަ އެއްޗެއް ހަލާކު ކޮށްލައިގެން ވައްކަން ކޮށްފި މީހެއްގެ ޢުޤޫބާތަކީ މި ޤާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ޢުޤޫބާތުގެ އިތުރަށް 1 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ." - ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 138 ވަނަ މާއްދާގައި ބުނަނީ" މީހުން ދިރިއުޅޭ ގޯތިގެދޮރާއި ބަނޑަހަފަދަ ތަންތަނާއި،މީހުން ތިބޭގޮތަށް ހަމަޖެހިގެން މީހުން އުޅެމުންދާ ހޮޓާ،ފިހާރަފަދަ ތަންތަނަށް ވަދެގެން ނުވަތަ މީހުންތިބި،ކަނޑުގައި ފުރާދުއްވާ އުޅަނދަކަށް އަރައިގެން ވައްކަންކޮށްފި ނުވަތަ ފޭރި ހަދައިފި މީހެއްގެ ޢުޤޫބާތަކީ މިޤާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ޢުޤޫބާތުގެ އިތުރަށް 6 މަސްދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ."
23ޕްރިސިޑެންސް 6ދައުލަތުގެ ފަރާތުން މުޙައްމަދު ޢަބްދު ﷲ ގެ މައްޗަށް ހުށަހެޅި ހެކިޤަރީނާތަކުގެ މައްޗަށް ބެލުމުން ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) ގައި ބުނާ ވައްކަންކުރުމާއި 137 ވަނަ މާއްދާގައި ބުނާ ތަނެއް ނުވަތަ އެއްޗެއް ހަލާކުކޮށްލައިގެން މުޙައްމަދު ޢަބްދުﷲ ވައްކަން ކުރިކަން އެކަށީގެންވާ ޝައްކެއްނެތް މިންގަނޑަކުން ސާބިތުވާން އެބައޮތެވެ. އެހެންނަމަވެސް ޤާނޫނުލްޢުޤބާތުގެ 138 ވަނަ މާއްދާގައި އެ ބުނާ، މހުނީ ދރިއުޅި ތަނަކުން ވައްކަން ކުރުމުގެ އެ މަފްހ މްގެ ތެރެއަށް މުޙައްމަދު ޢަބްދުﷲ ކުޅަ ކުށް އެ މާއްދާގައި ބުނާ ގޮތުގެ މައްޗަށް ބަލާއިރު ފެތެން ނެތުމުން ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 138 ވަނަ މާއްދާގައި ބުނާ ކުށް މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ސާބިތެއް ނުވެއެވެ.
24ޕްރިސިޑެންސް 7މުޙައްމަދު ޢަބްދު ﷲ ގެ މައްޗަށް ސާބިތުވި ކުށަށް، ކުރީގައި ޢަމަލުކުރެވެމުންދިޔަ ޤާނޫނު، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިން އަދަބު ކަނޑައަޅާނަމަ ކަނޑައާ ޅެން އޮތް އަދަބަކެ އެޤާނޫނުގެ 131 ވަނަ މާއްދއާއާ 137 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 1 އަހަރާއި 6 މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.
25މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ސާބިތުވެފައިވާ ކުށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢޤބާތުގު ދަށުން ތަޖުރީމް ކުރެވޭ ގޮތަށް ބަލާއިރު، ޤާނޫނު ނަންބަރ 68/10 ގެ 131 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް މިހާރު ފެތިގެންދަނީ ޤާނޫނު ނަންބަރ 2014/9 ގެ 211 ވަނަ މާއްދާއަށެވެ. އަދި އެ ކުށް ދަރަޖަކުރެވެނީ ޤާނޫނުލްޢުޤބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ދަށުން ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ޤާނޫނު ނަންބަރު 2014/9 ގެ 1002 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ރިޢާޔަތްކޮށް މިކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުންކަން އެނގެއެވެ.
26މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް، ޤާނޫނު ނަންބަރު 68/10 ގެ 137 ވަނަ މާއްދާގެ ދަށުން ސާބިތުވި ކުށް މިހާރު ފެތިގެންދަނީ ޤާނޫނު ނަންބަރު 2014/9 ގެ 220 ވަނަ މާއްދާގެ (ހ) އަށެވެ. އެކުށް މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ސާބިތުވި ނިސްބަތުން ދަރަޖަކުރެވެނީ ޤާނޫނުލްޢުޤބާތުގެ 220 ވަނަ މާއްދާގެ (ރ) ގެ 5 ވަނަ ނަންބަރުގެ ދަށުންނެވެ. މިއީ ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. ޤާނޫނު ނަންބަރު 2014/9 ގެ 1002 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ރިޢާޔަތްކޮށް މިކުށުގެ އަދަބަކީ 1 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
27މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ސާބިތުވެފައި އެވަނީ އެއްކުށަކަށްވުރެ ގިނަ ކުށް ކަމުގައިވާތީ، ޤނނުލާ ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، އިސްވެ ދެންނެވުނު 220 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ 220 ވަނަ މާއްދާގެ (ރ) ގެ 5 ވަނަ ނަންބަރުގެ ދަށުން ކަނޑައެޅޭ އަދަބު (ޖުނަޙްގެ 3 ވަނަ ދަރަޖައިގެ އަދަބަށް ކަނޑައެޅިފައިވާ 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމް) ބަދަލުވެގެންދާނީ 18 ދުވަހުގެ މުއްދަތަށްޖަލުޙުކމަކަށެވެ. މިހެންކަމުން މުޙައްމަދު ޢަބްދޭ ﷲ ގެ މައްޗަށް ސާބިތުވެފައިވާ ދެ ކުށަށް ކަނޑައެޅި ޖުމްލަ އަދަބަކީ 5 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މުޙައްމަދު ޢަބްދުﷲ އަށް އަދަބު ކަނޑައެޅެން އޮތް ކުރީގެ ޤާނޫނުލްޢުޤބާތާއި މިހާރުގެ ޤާނޫނުލްޢުޤބާތަށް ބަލާއިރު މި ދޤާނޫނުގެ ތެރެއިން މުޙައްމަދު ޢަބްދުﷲ އަށް ލުއި ލިބެން އޮތް ޤާނޫނަކީ ފަހުގެ ޤާނޫނުލްޢުޤޫބާތު ކަމުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަސްލަޙަތު އޭނާއަށް އޮތީ ފަހުގެ ޤާނޫނުލްޢުޤބާތުން އަދަބު ކަނޑައެޅުމުންކަން އެނގެއެވެ.
28މުޙައމަދް ޢަބްދުﷲ ގެ މައްޗަށް ކަނޑައެޅިދާނެ އދަބާއަ މެދު ވާހަކަ ދެއްކުމުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް އަދަބު މަތިވެގެންދާނެ އަދި އަދަބު ލުއިވެގެންދާނެ ޙާލަތެއް ނެތްކަމަށެވެ. އެހެންނަމަވެސް މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އޭނާއަށް ކަނޑައެޅޭ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމާއިމެދު ދައުލަތުގެ ފަރާތުން އިޢުތިރާޟް ނުކުރާކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޢަބްދުﷲ ވެސް އެދިފައިވަނީ އޭނާގެ ޙާލަތުގެ މައްޗަށާއި މިހާރު ކުށުގެ ވެށިން ދުރުވެފައިވާކަ މަށް ބުނެ އޭނާގެ ޖަލު އަދަބު ޖ ރިމަނާއަކަށް ބަދަލު ކޮށްދިނުމަށެވެ.
29ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބެއް، ޤާނޫނުލްޢުޤބާތުގައި ހުއްދަކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން އެ ޤާނޫނުގެ 1005 ވަނަ މާއްދާގައި ބުނާ އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވާލުގައި ބުނާ ގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގޭގައި ބަންދުކުރުމުގެ އަދަބަކަށް ނުވަތަ ޖ ރިމަނާ ކުރުމުގެ އަދަބަކަށް ނުވަތަ މުޖްތަމަޢުއަށް ޚިދުމަތް ކުރުން، އުޅޭ ނ ޅ ގޮތް ބެލުން އަދި ޕްރޮބޭޝަން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެކަނަ އެނގެއެވެ.
30މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ސާބިތުވެފައިވާ ދެ ކުށަށް ކަނޑައެޅޭ ޖުމްލަ އަދަބަކީ 5 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުންކަމުން އެ މުއްދަތު ޤާނޫނުލްޢުޤބާތުގެ 1005 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޖ ރިމަނާއަށް ބަދަލު ކުރުމުން ކަނޑައެޅޭ އަދަބުގެ މިންވަރަކީ، 32,400ރ. (ތިރީސް ދެހާސް ހަތަރު ސަތޭކަ ރުފިޔާ) ކަން އެނގެއެވެ.
31މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އަދަބާއި ބެހޭގޮތުން ވާހަކަ ދައްކަމުން ފާހަގަކޮށްފައިވަނީ، އޭނާއަކީ މިހާރު ކުށުގެ ވެށިން ދުރުވެފައިވާ މީހެއްކަމަށާއި، އަދަބު ލުއިކޮށް ދިނުން އެދޭކަމަށާއި އެގޮތުން މަހަކު -5000/ރ. (ފަސްހާސް ރުފިޔާ) ޖ ރިމަނާގެ ގޮތުގައި ދެއްކިދާނެކަމަށެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު 1215/Cr-C/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމް ބާޠިލްކޮށް، ދައުލަތުގެ ފަރާތުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ކޮށްފައިވާ ޤާނޫނުލްޢުޤބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 137 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ދަޢުވާގައި ހިމެނޭ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ އަދަބެއްގެ ގޮތނު 32,400ރ. (ތިރީސް ދެހާސް ހަތަރު ސަތޭކަ ރުފިޔާ) އިން މުޙައްމަދު ޢަބްދުﷲ ޖޫރިމަނާކޮށް އެފައިސާ މިއަދު 13 ޑިސެމްބަރު 2021 އިން ފެށިގެން 6 (ހައެއް ) މަސްދުވަހުގެ ތެރޭގައި މަސްހަމަކޮށް ކޮންމެ މަހަކު -/5400ރ. (ފަސްހާސް ހަތަރު ސަތޭކަ ރުފިޔާ) އަށްވުރެން މަދުނޫން ޢަދަދެއްގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ 32,400ރ. (ތިރީސް ދެހާސް ހަތަރު ސަތޭކަ ރުފިޔާ) މި ޖޫރިމަނާ ފައިސާ ދައްކާ ޚަލާސްކުރުމަށް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ (ލިޔުމުގައި "(އ)")
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 131 ވަނަ މާއްދާގެ (ހ)، 137 ވަނަ މާއްދާ އަދި 138 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) އަދި (ރ) ގެ 5 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1005 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1006 ވަނަ މާއްދާގެ (ށ)
- 2009/SC-A/18
- [2021] SC 32 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް