ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/265
2015/HC-A/265، 2015/HC-A/265
2015/HC-A/265 (2015/HC-A/265, High Court of the Maldives, 22 February 2016)
2015/HC-A/265
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ދަޢުވާ ސާބިތުވާވަރަށް ހެކި ލިބިފައިނުވާތީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް ދަޢުވާ ސާބިތުނުވާކަމަށާއި، އެކައުންޓްތަކުގައިވާ ފައިސާ ދައުލަތަށް ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިއެވެ.
ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ތުހުމަތުކުރެވޭ ދެމީހުން ޙަރަކާތްތެރިވި ސަރަޙައްދުގައި އޮތް ޕިކަޕެއްގެ ފުރޮޅު ކައިރިން ކެނެބިސް ހުރި ކޮތަޅެއް ފެނުނެވެ. ދައުލަތުން ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއާއެކު، އެ ދެމީހުންގެ ބޭންކް އެކައުންޓްތަކުގައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޙުކުމަކީ 2013/HC-A/221 ޤަޟިއްޔާގެ އުޞޫލާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 155 އާއި 158 ވަނަ މާއްދާއާ ޚިލާފް ޙުކުމެއް ކަމަށެވެ. ދިފާޢުން ކޯލް ޑީޓެއިލްސް ހޯދި ގޮތާއި ފައިސާއާ ބެހޭ ތަޙުޤީޤަށް ސުވާލު އުފެއްދިއެވެ.
މައިގަނޑު ސުވާލު
ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަކީ ހައިކޯޓުގެ 2013/HC-A/221 ޤަޟިއްޔާގެ އުޞޫލާ ޚިލާފް ކަމެއްތޯ، އަދި ތުހުމަތުކުރެވޭ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ ދައުލަތަށް ނަގައިނުދިނުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 155 އާއި 158 ވަނަ މާއްދާއާ ޚިލާފް ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކޯޓު އަމުރެއްނެތި ނެގި ކޯލް ޑީޓެއިލްސްއަށް ބުރަދަނެއް ނުދެވޭތީ، ބާކީ ހުރި ހެކިބަހުން ތުހުމަތުކުރެވޭ ފަރާތްތަކުގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާއިރު ހަމައެކަނި ސަރަޙައްދުގައި ހުރުމުން ޓްރެފިކްކުރިކަން ސާބިތު ނުވެއެވެ. ފައިސާ ލިބުނު ގޮތް ހެކިބަހުން ބަޔާންވެފައިވާތީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 އާއި 158 ވަނަ މާއްދާއާ ޚިލާފެއް ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނާ ޚިލާފަށް ހޯދާ ހެކިތައް ޝަރީއަތަށް ބަލައިނުގަނެވޭނެކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮތުމުން، އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެ މުއާޞަލާތެއް ހޯދައިފައިވަނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެންކަމުގައި ވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ކޯޓު އަމުރެއްނެތި ނަގާފައިވާ ފޯން ކޯލް ޑީޓެއިލްސް ޤަރީނާއެއްގެ ގޮތުގައި ބަލައި އެއަށް ބުރަދަންދިނުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފް ކަމެއްކަމުގައި ވާހިނދު، އެފަދަ ފޯން ކޯލް ޑީޓެއިލްސްއަށް ޝަރީޢަތުން އެއްވެސް ބުރަދަނެއް ދެވިގެންނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ)، 3(ރ))
- ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމަށް ކޮންމެހެން މަސްތުވާތަކެތި އަތުގައިހުރުމުގެ ކުށް ސާބިތުވުން ލާޒިމުނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ތުހުމަތުކުރެވޭ ދެފަރާތުން މުޢާމަލާތުގައި އެކުއެކީގައި ހަރަކާތްތެރިވެފައިވާއިރު، ދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެ މީހަކު ކުރާންއުޅޭ އަދި ކުރި ޢަމަލާބެހޭ މަޢުލޫމާތު ހެކީންގެ ބަޔާންތަކުންނާއި އެ މީހުން ޢަމަލުކޮށްފައިވާގޮތުން ސާފުކޮށް އެނގެންއޮތްނަމަ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ ޢަދަދަށް ހުރީ ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމަށް އެމީހެއްގެ އަތުގައި މަސްތުވާތަކެތި ހުރުން ލާޒިމުނުވިނަމަވެސް، މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކާއި ގުޅިފައިވާ ޤަރީނާތަކުން މަސްތުވާތަކެތި ޓްރެފިކްކުރިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ތުހުމަތުކުރެވޭ ފަރާތްތަކުގެ އަތުން މަސްތުވާތަކެތި ފެނިފައިނުވެ، މަސްތުވާތަކެތި ހުރި ކޮތަޅު ނަގަނިކޮށް ނުވަތަ އެއްލާލަނިކޮށް އެއްވެސް ހެއްކަކަށް ފެނިފައިނުވެ، އެ ކޮތަޅުން އެމީހުންގެ ފިންގަރޕްރިންޓް ލިބިފައިނުވާއިރު، އެމީހުން ސަރަޙައްދުގައި ޙަރަކާތްތެރިވެ އުޅުމާއި، އެ ސަރަޙައްދުގައި އޮތް ޕިކަޕެއްގެ ފުރޮޅު ކައިރިން މަސްތުވާތަކެތި ފެނުމުގެ މައްޗަށް ހަމައެކަނި ބިނާކޮށް، އެމީހުން މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނުކަން ސާބިތުކޮށްނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ފައިސާ ކިހިނަކުން ހޯދާފައިވާ ފައިސާއެއްކަމާމެދު ކުރެވުނު ތަޙުޤީޤުގެ އެއްވެސް ރެކޯޑެއްނެތި، އެ ފައިސާއާ ގުޅޭގޮތުން ދިފާޢުވުމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފުރުޞަތުދީފައިވާކަން އެނގެންނެތްނަމަ، ފައިސާ ހޯދި ގޮތް ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކިންގެ ހެކިބަހަކީ، ތަޙުޤީޤުގައި ބުނެދީފައިނުވާ ކަންކަމެއް ކަމުގައިވިޔަސް، ޝަރީޢަތުގައި ބަލައިގަނެވޭނެ ހެކި ކަމުގައި ވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ފައިސާ ހޯދި ގޮތް ބަޔާންކޮށްދޭ ހެކީންގެ ހެކިބަހަށް ރިޢާޔަތްކޮށް، އެކައުންޓްތަކުގައި ހުރި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 ވަނަ މާއްދާއާއި 158 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފް ކަމަކަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ (ޓްރެފިކްކުރުމުގެ މާނަ؛ ލިޔުމުގައިވާ ގޮތަށް)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގެ (ހ)، (ށ)، (ރ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 158 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2013/HC-A/221 ޤަޟިއްޔާ
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް