ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/15
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އަޙްމަދު، 2024/HC-B12/15
Prosecutor General v. Ali Ahmed 2024/HC-B12/15 (2024/HC-B12/15, High Court of the Maldives, 28 April 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އަޙްމަދު
މައްސަލައިގެ ޚުލާޞާ
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 07 މާރިޗު 2024 ގައި ބަންދު މުރާޖަޢާކޮށް، ފޮތިކޮތަޅު އެއްލާލި ކަމަށްބުނާ ގޯތި މޭރީކެބިން ގެއާ އިންވެގެން ހުރި ގޯއްޗެއް ނޫންކަން ގޯތިތަކުގެ ޗާޓުން ފެނުމުން ޙާލަތު ބަދަލުވެފައިވާ ކަމަށް ބުނެ (އަދި ވަޞީލަތު ނެތުމުން ޝަރީޢަތް ލަސްވުމަށް ރިޢާޔަތްކޮށް) ބަންދުން ދޫކޮށްލަން އަމުރުކުރިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމާއި ބޭނުންކުރުމުގެ ދަޢުވާތައް ކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ 2021 ސެޕްޓެންބަރުގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވި، ބަންދު ދަމަހައްޓަމުން އައިސްފައިވެއެވެ.
ދައުލަތުން ބުނީ ބަންދުގެ މަޖިލިސްތަކަކީ ހެކީގެ ޞައްޙަކަމާ މެދު ގޮތް ނިންމާ މަޖިލިސް ނޫން ކަމަށާއި، ވަޞީލަތު ނެތުމުން ވާ ލަސްވުމަކީ ބަންދުގެ އުޞޫލުތައް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ފަހުން ހުށަހެޅި ޗާޓަށް ބިނާކޮށް ނިންމި ކަމަށާއި، ޤާނޫނުއަސާސީގެ 51 (ށ) ގެ ޙައްޤާއި އޭނާގެ ޙާލަތަށް ރިޢާޔަތްކުރަންވާނެ ކަމަށާއި، ދައުލަތުން އެދޭގޮތް ބަދަލުކުރީ ހައިކޯޓުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތެއް، މައުޟޫޢީ މައްސަލައިގެ ހެކިތަކާ ބެހޭ ވާޤިޢާއެއްގެ މައްޗަށާއި ކޯޓުގެ ވަޞީލަތްތައް ނެތުމުން ޝަރީޢަތް ލަސްވުމުގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ބަންދު މުރާޖަޢާކޮށް ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނާއި ސާބިޤާތަކާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދު މުރާޖަޢާގެ ނިންމުން ބާޠިލު؛ 7 ދުވަހުގެ ތެރޭ ދަށުކޯޓުން އަލުން ގޮތް ނިންމަންދެން ރިމާންޑް ޖަލުގައި ބަންދުކުރަން
ބަންދުގެ މަޖިލީހުގައި އަސްލު މައްސަލައިގެ ހެކި ވަޒަންކުރުމާއި ވާޤިޢާތަކާ މެދު ގޮތް ނިންމުން ނުކުރެވޭނެ ކަމަށާއި، ވަޞީލަތު ނެތުމުން ވާ ލަސްވުމުގެ ޙައްލަކީ ޙުކުމުން މުއްދަތު އުނިކުރުން ކަމަށް ކޯޓުން ނިންމިއެވެ. ބަންދުކުރި ޙާލަތަށް ބަދަލެއް ނައިސްފައިވާތީ ދޫކޮށްލި ނިންމުން ބާޠިލުކޮށް، 7 ދުވަހުގެ ތެރޭ ދަށުކޯޓުން އަލުން ގޮތް ނިންމަންދެން ރިމާންޑް ޖަލުގައި ބަންދުކުރަން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާ މެދު ގޮތް ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންވާނީ ދެ ސުވާލަކަށެވެ: ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވެދާނެތޯ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ބަންދު މުރާޖަޢާކުރުމުގައިވެސް މި ހަމަތައް ތަޠުބީޤުކުރަންވާނެއެވެ (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ބަންދު މުރާޖަޢާކުރުމުގައި ގޮތް ނިންމަންވާނީ ޝަރީޢަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް، ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމަކާ ނުލައެވެ؛ ބަންދުގެ މަޖިލިސްތަކަކީ ހެކި ފުނަށް ވަޒަންކުރާ، ނުވަތަ ދިފާޢުތަކާއި ސާބިތުކުރަންޖެހޭ ވާޤިޢާތަކާ މެދު ގޮތް ނިންމާ މަރުޙަލާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 17)
- ބަންދާ މެދު ގޮތް ނިންމުމަށް ބާއްވާ މަޖިލިސްތަކަކީ ދެފަރާތަށް ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު ގޮތް ނިންމަންޖެހޭ މަޖިލިސްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ކޯޓުގެ ވަޞީލަތްތައް ނެތިގެން މައްސަލަތައް ނިންމުން އާދަޔާ ޚިލާފަށް ލަސްވެދާނެ ކަމަށް ބަލައިގެން ބަންދާ ބެހޭ ގޮތުން ޤާއިމުވެފައިވާ އުޞޫލުތައް ދޫކޮށްނުލެވޭނެއެވެ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ދައުލަތުގެ ވަޞީލަތްތައް ނެތުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން ލިބުމުގެ ނަތީޖާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުގެ އިތުރަށް ތަންފީޒުކުރަންޖެހޭ ޙުކުމުން އިތުރު މިންވަރެއް އުނިކުރުމެވެ؛ އެއީ ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫނެވެ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަނީސް ޙިލްމީ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ބަންދުކުރި އަމުރުގައިވާ ޙާލަތަށް (މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަން) ބަދަލެއް ނައިސް، ބަދަލުވިކަމަށް ބުނާ ސަބަބަކީ މައުޟޫޢީ މައްސަލައިގެ ވާޤިޢާއެއް ނުވަތަ ކޯޓުގެ ވަޞީލަތުގެ ސަބަބުން ވާ ލަސްވުން ނަމަ، ބަންދުން ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 (ށ) ވަނަ މާއްދާއާއި 2021-SC-REG-01 ގެ 13 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17، 21)
މައްސަލައިގެ ތަޢާރުފު:
1މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B4/AM/(2024)/05S2C- )07 މާރިޗު 2024 ( "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވުފަރާތަކީ ސ.ހިތަދޫ، ރެޑްރޯސް، ޢަލީ އަޙްމަދ )މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ " ޢަލީ އަޙްމަދު"( އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2ސ.ހިތަދޫ މޭރީކެބިން ގޯތީގައި މަރާމާރީ ހިންގުމަށް ރޭވުމާއި ހަތިޔާރު ރައްކާކުރުމާއި މަސްތުވާތަކެތި ރައްކާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުނ 06 ސެޕްޓެންބަރު 2021 ގައި ޢަލީ އަޙްމަދު ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހް،ޢަލީ އަޙްމަދުގެ ޝަރީޢަތުނިމެންދެން ޢަލީ އަޙްމަދު ބަންދުގައި ބެހެއްޓުމަށް އެދި ހުށަހަޅާފައިވެއެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ " ޢަލީ އަޙްމަދ ދުވަފައިގޮސް އެއްލާލި ކޮތަޅން ގިނައަދަދެއްގް މަސްތުވާތަކެތި ފެނިފައިވާތީ ފެނިފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ޓްރެފިކިނ މްންގަނޑަށް ފެތޭތީ މީނާ މިވަގުތު ދޫކޮށްލާފިނަމަ މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބެލެވޭތީ" މިފަދައިންނެވެ. ދރކ . އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/HA/2021/297-S2C ކޯޓު އަމުރު )06 ސެޕްޓެންބަރު 2021.(
3ބުނެވިދިޔަ ހުށަހެޅުމާގުޅިގެން، 07 ސެޕްޓެންބަރު 2021 ދުވަހު، ޢަލީ އަޙްމަދުގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ S2C-298/MA/2021 ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ.މި އަމުރުގައި ބަންދުގައި ބަހައްޓަންޖާ ހަޙުލތއަދި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްކަމަށް ދެކޭސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ބަންދުގައި ބަހައްޓަންޖެހޭ ޙާލަތް: ޖިނާއީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 12/2016( ގެ 60 ވަނަ މާއްދާގެ )ށ( ގެ )4 ( ވަނަ ނަންބަރުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ. ބަންދުގައި ބަހައްޓަންޖެހޭ ޙާލަތް އޮތްކަމަށް ދެކޭ ސަބަބު: ހުށަހެޅިފައިވާ ސިއްރު އިންޓެލިޖެންސް ރިޕޯޓަށާއި މިމައްސަލާގައި މިހާތަނަށް ތަހްޤީޤަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ބަޔާންތަކާ ށާއި މީނާގެ ކުށުގެ ރެކޯޑަށް ރިޢާޔަތްކޮށް ބަލާއިރު، މީނާ މިކުށް ކުރިކަމަށް ބެލެވޭ އެކަށީގެންވާ ހެކި ޤަރީނާ ލިބިފައިވާތީ"
4މި މައްސަލައާ ގުޅިގެން، ދައުލަތުން، ޢަލީ އަޙްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 105 ވަނަ މާއްދާގެ )ހ( އާއި 136 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، 105 ވަނަ މާއްދާގެ )ނ( ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ހ( އާއި 138 ވަނަ މާއްދާގެ )ބ( އ ޙަވާލާދީ، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 118 ވަނަ މާއްދާގެ )ހ( އާއި 142 ވަނަ މާއްދާގެ )ރ( އާ ޙަވާލާދީ 118 ވަނަ މާއްދާގެ )ނ(ގެ ދަށުން ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( އާއި 148 ވަނަ މާއްދާ އާ ޙަވާލަދީ، 115 ވަނަ މާއްދާގެ )ށ(ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ދަޢުވާ، 05 އޮކްޓޫބަރު 2021 ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެއެވެ. އަދި މި ދަޢުވާތައް ބަލަމުންދިޔައީ އެ ކޯޓުގެ ނަންބަރު 395/S2C/2021, 396/S2C/2021, 397/S2C/2021, 398/S2C/2021 ޤަޟިއްޔާތަކުންނެވެ.
5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ(ގެ ދަށުން ޢަލީ އަޙްމަދު ބަންދުކުރުމަށް ނެރެފައިވާ އަމުރު އެކިފަހަރުމަތިން މުރާޖަޢާކޮށް ޢަލީ އަޙްމަދުގެ ބަންދު ދަމަހައްޓަމުން ގޮސްފައިވެއެވެ. އެގޮތުން ދަމަހައްޓަމުން ގޮސްފައިވީނަމަވެސް، 08 ފެބުރުވަރީ 2024 ގައި ދައުލަތުން ޢަލީ އަޙްމަދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ހުށަހެޅުމުން، ބަންދު މުރާޖަޢާކުރުމަށް ދެފަރާތަށް ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތު ދިނުމަށްފަހު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ B4/AM/(2024)/05S2C- )07 މާރިޗު 2024( ބަންދު މުރާޖަޢާކޮށް ނިންމިގޮތުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ވީމާ، ޝަރީޢަތުން މިފާހަގަ ކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމަށްފަހު، ދަޢުވާލިބޭ މަހީ ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް މީގެކުރިން މިކޯޓުން ނެރެފައިވ S2C-298/MA/2021 )07 ސެޕްޓެންބަރު 2021 ( ގެ ކޯޓު އަމުރު ނެރުނު އިރު އޮތް ހާލަތު މިހާރު ބަދަލު ވެފައިވާތީ، ދަޢުވު ލިބޭ ސ.ހިތަދޫ ރެޑްރޯސް ޢަލީ އަހްމަދު )އައި.ޑީ ކާޑު ނަމްބަރ ( މިހިނދުން ފެށިގެން ބަންދުން ދޫކޮށްލުމަށް އަންގައި އަމުރު ކޮށްފީމެވެ"
6އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓްކޯޓގު މ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1157/2021/S/40 ދަޢުވާ ހުށަހަޅާ ފޯމު )05 އޮކްޓޫބަރު 2021.( އިސްތިއުނާފީ ނުކތާތައު
7އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B4/AM/(2024)/05S2C- )07 މާރިޗު 2024( ބަންދު މުރާޖަޢާކޮށް ނިންމިގޮތްނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެނިންމުނ އިސްތިއުނާފު ކުރުމަށް 01 )އެކާ އ( ނުކުތާ ހުށަހަޅައާ އެނުކުތު އާ މެދެދިވެހިރާއްޖޭގް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އިގޮތުނ ހުށަހެޅ ނުކުތާއަކީ ؛
7.1. އިސްތިއުނާފުކުރެވޭ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު: 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގެ 13 ވަނަ މާއްދާގެ )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލު ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކު ރ ފަރާތުން އެދޭގޮތް:
8އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B4/AM/(2024)/05S2C- "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާޢަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރ 2021-SC-REG-01 )ޝަރީ ޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގ 13 ވަނަ މާއްދާގެ )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށީ ކަނޑައަޅައި، އެ އަމުރު ބާޠިލް ކޮށް، ޢަލ އަޙްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 07 )ހަތެއް( ދުވަހުގެ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ބަޔާން ކުރާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަށީގެންވާ އަވަސްމިނެއްގައި އަލުން ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދިނުމަށް އެދޭކަމަށ އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
9ނަމަވެސް، ދައުލަތުގެ ފަރާތުން މި މައްސަލައިގައި އެދޭގޮތް ބަދަލުކުރުމަށްހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައް އެދުމުން ޝަރީޢަތުން އެފުރުޞް ތ ދިނުމުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޢަލީ އަޙްމަދުގެ ބަންދާމެދު މި ޤަޟިއްޔާ ނިންމާދުވަހުނ ފެށިގެން 7 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޝަނުން ހުށަހެޅުމުން އެކަމާމެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅަންދެން ޢަލީ އަޙްމަދު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މި ކޯޓުން އަމުރުކޮށްދިނުމަށ އެދޭކަމަށް ބުނެފައިވެއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާ
10އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ދަށު ކޯޓުން ޢަލީ އަޙްމަދު ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަން އިސްތިއުނާފުކުރެވޭ ނިންމުމަށް ބެލުމުން އެނގޭކަމަށާއި، އެއް ޝަރީޢަތި ދިގުލައިގެން ދިޔުމާއި، މައުޟޫޢީ މައްސަލައިގައް ދެފަރާތުން ބަޚުސްކޮށްފައިވާ ވާޤިޢާއެއްގެ މައްޗަށް ބިނާކޮށް ބަންދުކުރި ޙާލަތު ބަދަލުވިކަމަށް 15 އެޕްރީލް 2024 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ބެލެވިގެންކަމަށެވެ. އެގޮތުން މި މައްސަލައިގެ ހާދިސާ ހިނގި ވެސްޓް އެލެސްކާ ގެއަކީ މެރީކެބިންގެއާ އިން ވެގެން ހުރި ގއެއްކަމާމެދު އުފެދުނު ބަޚުސާ ގުޅިގެން ދައުލަތުގެ ފަރާތުނ 26 އެޕްރީލް 2023 ގައި ހާދިސާ ހިނގި ގެތަކުގެ ޗާޓެއް ހުށަހަޅާފައިވާނެ ކަމަށާއި، އެ ޗާޓު ހުށަހެޅިފަހުންވެސް ޢަލީ އަޙްމަދުގެ ބަންދު ދަމަހައްޓަމުން އައިސްފައިވާކަމަށެވެ. މީގެ އިތުރުން ހައިކޯޓުގެ ނަންބަރ 2023/HC-B12/58 ޤަޟިއްޔާ އަދ 2023/HC-B12/45 ޤަޟިއްޔާގައި ބަންދާމެދު ގޮތެއް ކަނޑައަޅާ މަޖިލިސްތަކަކީ ހެކީގެ ސައްހަކަމާމެދު ގޮތެއް ކަނޑައަޅާ މަޖިލިސްތަކެއް ނޫންކަން އެނގެން އޮންނަކަމަށާޢި، ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ(ގެ އިތުރުން، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށާއި، ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ އުޞޫލާ އެއްގޮތުގެ މަތިން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާގެ 22 ވަނަ ނުކުތާއިން މިކަން އެނގެން އޮންނަކަމަށެވެ މީގެއިތުރުން އެ ޤާޟިއްޔާގައި ބަންދު މުރާޖައާކުރުމުގައި އަސްލު މައްސަލައިގެ ޝަރީއަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތްކޮށްގެން ނުވާނެކަމި ށ ބަޔާންކޮށްފައިވާކަމަށެވެ. މި މައްސަލައިގައި ޝަރީޢަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ޢަލީ އަޙްމަދު ބަންދުން ދޫކުރުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގެ ނަންބަރ 2023/SC-A/44 ޤަޟިއްޔާގެ 27 ވަނަ ނުކުތާގައި ކޯޓުގެ ވަސީލަތް ނެތިގެން މައްސަލަ ހިނގުން އާދަޔާ ޚިލާފަށް ލަސްވެގެން ހިނގައިދާނެކަމަށް ބަލައިގެން ބަންދުކުރުމަށް އެކަށައެޅިފައިވާ އުޞޫލުތައް ދޫކޮށްނުލެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
11އިސްތިއުނާފީ ނުކުތާގެ ރައްދުގައި ޢަލީ އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދައުލަތުގެ ފަރާތުން 26 އެޕްރީލް 2023 ގައި ހާދިސާ ހިނގި ގެތަކުގެ ޗާޓެއް ހުށަހަޅާފައިވާނެކަމަށް ބުނިނަމަވެސް، ޢަލީ އަޙްމަދުގެ ފަރާތުން އޭގެ ފަހުން ޗާޓެއް ހުށަހަޅާފައިވާނެ ކަމަށާޢި، އިސްތިއުނާފުކުރެވޭ ނިންމުން ނިންމާފައިވަނީ މ ޗާޓަށް ބިނާކޮށްގެން ކަމަށެވެ. އެގޮތުން ފަހުން ހުށަހެޅި ޗާޓުގައި މިންތައް ލިޔެވިފައިވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކުށުގެ ތުހުމަތުގައިވާ މީހާއާއި ދަޢުވާލިބޭ މީހާ ފަރަޤުކޮށްފައިވާ ކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުށުގެ ތުހުމަތުގައިވާ މީހާކަމަށެވެ. މި މ އްސަލައިގެ ނިންމުމުގައި އިބާރާތް ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށޤ ޤަބޫލު ނުކުރާކަމަށާއި، އެހެންނަމަވެސް، ބަންދުން ދޫކޮށްލުމުގައި ބަންދުގައި ހުންނަ މީހާގެ މައްސަލަހަތަށްވެސ ރިޢަޔަތްކުރަންވާނެ ކަމަށެވެ. އެގޮތުން، ޢަލީ އަޙްމަދު ބަންދުގައި ހުއްޓާ އޭނާގެ ބައްޕަވެސް ނިޔާވެފައިވާ ކަމަށެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ށ( އިން ކަށަވަރުކޮށްދީފައިވާ ޙައްޤަކީ ޢާލީ އަޙްމަދަށް ލިބެންޖެހޭ ޙައްޤެއް ކަމާޢި، ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަސާސީ ޙައްޤުތަކަށް އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށާއެ،ގިނަ ދުވަސް ވަންދެން ބަންދުގައި ހުރުމަށްފަހު، ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެ ޙާލަތެއްގައި އެ މީހަކަށް ދެންލިބޭނެ އިތުރު ފަރުވާއެއް ނެތްކަމަށެވެ. ސުޕްރީމް ކޯޓު ގެ ނަންބަރ 2023/SC-A/44 ޤަޟިއްޔާ މާނަކުރަންވާނީސުޕްރީމް ކޯޓުގް އިބްރާހީމް ޢަބްދުއްލަޠީފްވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރައްވާފައިވްފަދާ އިނ ކަމަށާ އ، ބަންދުމުރާޖަޢާ ކުރާއިރު ރިޢާޔަތްކުރަންޖެހެނީ އެންމެ ފުރަތަމަ ބަންދުކުރި ވަޞީލަތްތައް ކަމަށް ބުނިނަމަވެސް، އެ ޤާޟިއްޔާ އަކުރުން އަކުރަށް އެހާ ހަރުކަށިކޮށް މާނަ ނުކުރެވޭނެ ކަމަށެވެ. އަދި އެފަދައިން މާނަކުރާނަމަ ބަންދު މުރާޖަޢާކުރުމުގެ ބޭނުން ކެނޑިގެނި ދާނެ ކަމަށާއި، ބަންދު މުރާޖަޢާކުރުމުގެ ބޭނުމަކީ ބަންދުގައިހުރި ފަރާތް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުންކަމަށެވެ. އަދި ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި އެދޭގޮތް ބަދަލު ކޮށްފައިވަނީ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާގެ ނިންމުމަށް ބެލުމުން، ޢާންމު އުޞޫލުން ދަށު ކޯޓަށް އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރުޞަތު ދިން ނަމެ ވެސް ޚާއްސަ އުސޫލުން ޢަމަލުކުރާ އިޖުރާއަތުގެ ޤާނޫނުތަކުގެ ދަށުން މީހާ ބަންދުކުރަން ހުށަހަޅާ މައްސަލަތަކުގައި ބަންދުކުރެވިދާނެކަމަށް ކަނޑައަޅާފައިވާތީ، މި މައްސަލައިގައި އެންމެ ފުރަތަމަ ހުށަހަޅާފައިވާގޮތަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ނުދެކޭކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
12އިސްތިއުނާފު ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ދަށު ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމާފައިވާ ނިންމުމުމަށ ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
13މިމައްސަލައިގައި ޝަރީޢަތު ން ގޮތެއް ކަނޑައަޅްންޖެހޭ މައުޟޫޢު އަކީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ،ދައުލަތުން ހުށަހަޅާފައިވާ ފަދައިން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގު 60 ވަނަ މާއްދާގެ )ށ( އަދި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްތޯއެވެ؟
14ޕްރިސިޑެންސް 1ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކުބަންދުކޮށްފައިވަނ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބުހޯދަންވާނެކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރައްވާފައިވެއެވެ. އެ ދެ ސުވާލަކީ؛ ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަންއަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙާލަތްތަކުން ކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަނޫންކަ ނ، މިއެވެ.
15ޕްރިސިޑެންސް 2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ(ގެ ދަށުން ބަންދު މުރާޖަޢާކުރާ ޙާލަތުގައިވެސް، ތަޠުބީޤްކުރަންވާނ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވާ ހަމަތައްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފުން އެނގެންއޮވެއެވެ.އަދި ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގެ 28 ވަނަ ޕެރެގްރާފުގައި ވާފަދައިން، ބަންދީ މުރާޖަޢާކުރުމުގައި ބަންދާމެދު ގޮތެއް ނިންމަންވާން ޝަރީޢަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާމެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމަކާ ނުލައެވެ. ބަންދުގެ މަޖިލިސްތަކަކީ ހެކި ޤަރީނާ އޭގެ އެންމެ ފުނަށް ވަޒަންކުރާ މަރުޙަލާއެއް ނޫންކަން މީގެކުރިން މި ކޯޓުން ނިންމާފައިވު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދުއައިދ ސަޢީދު ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
16ޕްރިސިޑެންސް 6މި މައްސަލައިގައި އިސްތިއުނާފް ކުރެވު ނިންމުމް ގައި އިސްތިއުނާފު ރައްދުވާފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެކަމަށް ބުނެ ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދަޢުވާލިބޭ މީހާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޓްރެފިކް ކުރުމާއި ޖަދުވަލް 2 ގައިވާ މަސްތުވާއެއް ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާތަކެކެވެ. މިހުރިހާ ދަޢުވާތަކެއްގެ އަސާސް ބިނާވެގެންވާ އެއްޗަކީ ދަޢުވާލިބޭ މީހާ ސ.ހިތަދޫ މޭރީކެބިން ގޯއްޗާ އިންވެގެން ހުރި ސ.ހިތަދޫ ވެސްޓްއެލެސްކާ ކިޔާ ގޯތީގެ ތެރެއަށް އއްލާލިކަމަށ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/7 ޤަޟިއްޔާ. އިސްތިއުނާފުކުރެވޭ ނިންމުމުގެ 5.1 އަދި 5.2 ވަނަ ޕެރެގްރާފް. ބުނާ ފޮތިކޮތަޅުގައިވާ މަސްތުވާތަކެއްޗެވެ. މިފޮތި ކޮތަޅު ދަޢުވާލިބޭ މީހާ އެއްލާލީ، އޭނާ ނިކުމެގެން ދިޔަ މޭރީކެބިން ގެއާ އިންވެގެން ހުރި ސ.ހިތަދޫ ވެސްޓްއެލްސްކާ ގޭގެ ގޯތިގެތެރއަށް ކަމަށ ދަޢުވާގައި ބުނެއެވެ. ކުރިން ހީކުރެވެމުން ދިޔައީ ދަޢުވާގައޫ ވާ ގޮތަށް މިފޮތި ކޮތަޅު އެއްލާލި މޭރީކެބިންގެއާ އިންވެގެން ހުރި ވެސްޓުއެލެސްކާގޭގެ ގޯތިތެރެއަށް ކަމެވެ. ނަމަވެސް ސ.ހިތަދޫ ވެސްޓްއެލްސްކާގެ އަކީ ސ.ހިތަދޫ މޭރީކެބިންގެއާ އިންވެގެން ހުރި ގޯއްޗެއް ނޫންކަން ހުށަހެޅިފައިވާ ގޯތީގެ ޗާޓުން އެނގެން އޮވެއެވެ. ނަމަވޫ ސ މިހާރު ހެކީންގެ ހެކިބަސް ނަގަމުންދާއިރު އަދ ހުށަހެޅިފައިވާ ގޯތިތަކުގެ ބްލޮކް ހިމެނޭ ޗާޓަށް ބެލުމުން ފާޅުވާ ޙަޤީޤަތަކީ، ސ.ހިތަދޫ ވެސްޓްއެލެސްކާގެ އަކީ ސ.ހިތަދޫ މޭރީކެބިންގެއާ އިންވެގެން ހުރި ގޯއްޗެއް ނޫންކަމެވެ. އަދ ވެސްޓއެލެސްކާގެ އަކީ އެއަށްވުރެ ދުރގައިވާ ގޮއްޗެއްކަމެވެ."
17ޕްރިސިޑެންސް 3އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުސަކީ ބަންދުގެ މަޖިލިސްތަކަކީ ދެފަރާތުން ހުށަހަޅާ ކަންކަމަށް ރިޢާޔަތްކޮށްގެން ގޮތެއް ކަނޑައަޅަންޖެހޭ މަޖިލިސްތަކެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާފަރާތުގެ މި ބަހުސަށް އަހުރެންވެސް އެއްބަހެވެ. ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ މަޖިލިސްތަކަކީ ދެފަރާތުގެ ހުށަހެޅުންތައް ހުށަހަޅުމަށް ފުރުޞަތު ދިނުމަށްފަހު ގޮތެއް ކަނޑައަޅަންޖެހޭ މަޖިލީހެކެވެ.އެހެންނަމަވެސް، ކުރިން ބަޔާންކުރި ފަދައިނެއެ މަޖިލީހުގައި ޝަރީޢަތުގައި ހިނގަމުންދާ އަސްލު މައްސަލައިގަ ހެކިތަކާމެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމެއްނުވެއެވެ. ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ މަޖިލިސްތަކަކީ މައުޟޫޢީ މައްސަލައިގައި ހުށަހަޅާފައިވާ ދިފާޢުތަކާއި، މައުޟޫޢީ މައްސަލައިގައ ސާބިތުކުރަންޖެހޭ ވާޤިޢާތަކާމާ ދ ގޮތެއް ކަނޑައަޅާ މަޖިލީހެއް ނޫނެވެ. އިސްވެ ބަޔާންކުރެވުނު ނިންމުމުގައި ބަޔާންކޮށްފައިވީ ކަންކަމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމަށް ވީހިނދު، މއ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ 16 ވަނަ ޕެރެގްރާފް. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާގެ 28 ވަނަ ޕެރެގްރާފް. ބަންދުގެ މަޖިލީހުގައި ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކޮށް ގޮތެއް ނިންމިދާނެފަދަ ކަންކަމއ ނޫނެވެ.
18އިސްތިއުނާފުކުރެވޭ ނިންމުމުގައި ރިޢާޔަތީކޮށފައިވާ ދެވަނަ ސަބަބަކަ ކޯޓުގެ ވަޞީލަތްތައް ނެތުމުގެ ސަބަބުން ޝަރީޢަތް ހިންގުމަށް ހުރަސްއެޅިފައިވާކމ ވެ. އަދި މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާފަރާތުންވެސް، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބިންދުކޮށްފައިވާ ފަރާތެއްގެ ބަންދު ދެމެހެއްޓުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ށ( އަށް ރިޢާޔަތްކުރަންވާނެ ކަމަށްބުނެ ރައްދު ހުށަހަޅާފައިވެއެވެ.
19ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ފަދައިން ކޯޓުގެ ވަސީލަތްތައް ނެތިގެން މައްސަލަތައް ނިންމުން އާދަޔާ ޚިލާފަށް ލަސްވެގެން ހިނގައިދާނެ ކަމަށް ބަލައިގެން ބަންދުކުރުމާބެހޭ ގޮތުން މިހާތަނަށް ގާއިމުވެފައިވާ އުސޫލުތައް ދޫކޮށްލެވިދާނެ ކަމަށ ނުދެކެމެވެ.
20ޕްރިސިޑެންސް 5މީގެއިތުރުން،ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަނީސް ޙިލްމީ ޤަޟިއްޔާގެ 46 ވަނަ ނުކުތާގައި، ދައުލަތުގެ ވަޞީލަތްތައް ނެތުމުގެ ސަބަބުން، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަންލިބުނުކަން ނުވަތެ ނޫންކަމާއި، އުނިކަންލިބުނު ނިސްބަތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ނަތީޖާއަކަށްވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، އެ މީހަކު ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމިން އުނިކުރުމުގެ އިތުރުން، ކަނޑައެޅޭ ޖަލުއަދަބަށް ޤާނޫނު ހުއްދަކުރަނިވ އިތުރު ލުޔެއް އިސްތިއުނާފުކުރެވޭ ނިންމުމުގެ 4.3 ވަނަ ނުކުތާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/13 ޤަޟިއްޔާ. ދެވިދާނެ ޙާލަތެއްކަމަށް ބަލައި، ތަންފީޒުކުރަންޖެހޭ ޙުކުމުން އިތުރު މިންވަރެއް އުނިކުރުންކަމަށް ކަނޑައަޅާފައިވެއެވެ. އެއީ މީހަކު ބަންދުން ދޫކޮށްލެވޭނެ ސަބަބެއްނޫނެވެ.
21ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރ S2C-298/MA/2021 )07 ސެޕްޓެންބަރު 2021 ( ކޯޓު އަމުރުން އިސްތިއުނާފު ރައްދުވާފަރާތް ބަންދުކުރުމަށް ނިންމާފައިވާ ޙާލަތުކަމަށްވާ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުނު ޙާލަތަށް ބަދަލެއް އައިސްފައިވާކަމަށް ނުދެކެމެވެ. އެހެންކަމުން، ޢަލީ އަޙްމަދު ބަންދުން ދޫކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އަދި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ދެކެމެވެ.
22އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން؛
22.1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B4/AM/(2024)/05S2C- )07 މާރިޗު 2024( "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލު ކުރުމަށާއި، އަދި
22.2. މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތަކީ، މީނާގެ މައްޗަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދާ ޝަރީޢަތް ނޭމެންދެނ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މި ޙުކުމްކުރާ ތާރީޚުން ފެށިގެން 7 )ހަތެއް( ދުވަހުގެ ތެރޭގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުނ ކަނޑައަޅަންދެން،އިސްތިއުނާފު ރައްދުވާ ފަރާތް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަނޑައަޅަން ފެނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ) (ހިމެނޭ ގޮތުން (4)) އަދި (ވ)، އަދި 186 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓު: ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2020/SC-A/93 (ޕެރ. 16)
- ސުޕްރީމް ކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު 2024/SC-A/09 (ޕެރ. 22، 28)
- ސުޕްރީމް ކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް 2023/SC-A/44
- ހައިކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އައިދު ސަޢީދު 2024/HC-B12/7
- ހައިކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަނީސް ޙިލްމީ 2024/HC-B12/13 (ޕެރ. 46)
- ހައިކޯޓު: 2023/HC-B12/58 އަދި 2023/HC-B12/45 (ދައުލަތުން ޙަވާލާދީފައި)
- ސުޕްރީމް ކޯޓު: 2024/SC-A/13 އަދި 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް) (އިސްތިއުނާފު ރައްދުވި ފަރާތުން ޙަވާލާދީފައި)
- ބެންޗު
- މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް