ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/67
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޝަމީމް، 2021/HC-B12/67
Prosecutor General v. Ahmed Shameem 2021/HC-B12/67 (2021/HC-B12/67, High Court of the Maldives, 25 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޝަމީމް
މައްސަލައިގެ ޚުލާޞާ
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، ދޫކުރި ފަހުން މުޖުތަމަޢަށް ނުރައްކާވާ ޢަމަލެއް ނުފެނުމާއި ހެކި ޤަރީނާއަށް ބަލައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ނެތުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ސަބަބެއް ނެތް ކަމަށެވެ.
ދަގަނޑު ބުރިއަކުން މީހެއްގެ ގައިގައި ޖަހައި އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤު މަރުޙަލާގައި ދޫކުރުމުން، އެ އަމުރު ހައިކޯޓުގެ 2021/HC-B12/55 އިން ބާޠިލުކޮށް، ހައިކޯޓުގެ ކަނޑައެޅުންތަކުގެ އަލީގައި ބަންދާމެދު ނިންމުމަށް ދަޢުވާ ހުށަހެޅި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ފުރުޞަތު ދިނެވެ. ދައުލަތުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާ އުފުލައި ޝަރީޢަތް ނިމެންދެން ބަންދަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 އާއި 143 (ރ)، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 އަދި 2020/SC-A/93 އާ ޚިލާފު، 2021/HC-B12/55 ގެ ތަރަހައިން ބޭރު އަމުރެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ޖަދުވަލު 1 ގެ ފޯމަކީ ތަޙްޤީޤު މަރުޙަލާގެ ފޯމެއް ކަމަށާއި ދޫވެފައިވާ މީހެއްގެ ބަންދަށް އެ ފޯމުން ނޭދެވޭނެ ކަމަށާއި، ހާދިސާއަށް އަހަރެއް ވެފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާ އުފުލާފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުމުން، ހައިކޯޓުގެ 2021/HC-B12/55 ގައި ކަނޑައެޅި ކަންކަމާ ޚިލާފަށް، ބަންދުން ދޫކުރި ފަހުން ނުރައްކާތެރި ޢަމަލެއް ނުފެނުމަށް ބިނާކޮށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ނެތްކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުން ޤާނޫނާ އެއްގޮތްތޯ؛ އަދި ބަންދުން ދޫކޮށްފައިވާ މީހެއްގެ ބަންދާމެދު ޖަދުވަލު 1 ގެ ފޯމުން ހުށަހެޅޭތޯ.
ނިންމި ގޮތް
މެޖިސްޓްރޭޓް ކޯޓުގެ އަމުރު ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅި (ނިންމުމުގެ ބައި ފައިލުގައި ނެތް)
ހައިކޯޓުގެ 2021/HC-B12/55 ގައި ޢަމަލުގެ ބާވަތާއި ބޭނުންކުރި އާލާތަށް ބަލައި މުޖުތަމަޢަށް ނުރައްކާވުމުގެ އިޙްތިމާލު އޮތްކަމަށް ކަނޑައަޅާފައިވާއިރު، ދޫކުރި ފަހުން ޢަމަލެއް ނުފެނުމަކީ އެ އިޙްތިމާލު ނެތްކަމަށް ބެލޭނެ ސަބަބެއް ނޫން ކަމަށާއި، ދަށުކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 49 އާއި 143 (ރ) އާއި އިޖުރާއަތުގެ ޤަވާޢިދާ ޚިލާފު ނިންމުމެއް ކަމަށެވެ. ގަވާއިދުގެ 8 (ނ) ގައި ދޫކޮށްފައިވާ މީހުންނާއި ބަންދުގައި ތިބި މީހުން ތަފާތުކޮށްފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބެހެއްޓިދާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ސަބަބުތަކަށް، އެއީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް، ކޯޓަށް ޙާޟިރުނުވެދާނެ ކަމަށް، ފިލައިފާނެ ކަމަށް، ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ބަންދާމެދު ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލަކީ، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތްތަކުން ޙާލަތެއް ވުޖޫދުވެދާނެތޯ ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ސަބަބެއް ވުޖޫދުގައިވޭތޯ ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑަކީ، އެފަދަ ސަބަބެއް ވުޖޫދުވުމުގެ ގާތްކަން ވުޖޫދުނުވުމަށްވުރެ ބޮޑުވުމެވެ؛ އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ޙާލަތްތަކުގެ އިތުރަށް އިތުރު ކަންކަންވެސް ބަންދަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި، ބަންދާއި ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޢަމަލުގައި ބައިވެރިވި ގޮތާއި، ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި އަނިޔާވެރިކަމާއި، ޖަމާޢަތެއްގެ ގޮތުގައި ކުރުން ފަދަ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކުރި ފަހުން އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކާވާފަދަ ޢަމަލެއް ނުފެނުމަކީ، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ އިޙްތިމާލު ނެތްކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ހައިކޯޓުން ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި ބަންދާމެދު ގޮތެއް ނިންމުމަށް ދަށުކޯޓަށް ފޮނުވުމުން، އެ ކަނޑައެޅުންތަކާ ޚިލާފަށް ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާއާއި ގަވާއިދުގެ 13 (ނ) ގެ ކަންކަމަށް ރިޢާޔަތްނުކޮށް، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންވާނެ ކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ އުޞޫލާ ޚިލާފަށް ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
- ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅަންވާނީ ޖަދުވަލު 1 ގެ ފޯމުން ކަމަށާއި، އެ މާއްދާގައި ބަންދުން ދޫކޮށްފައިވާ މީހުންނާއި ބަންދުގައި ތިބި މީހުން ތަފާތުކޮށްފައި ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28.1)
1މިއީ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/CA/25/2021 ކޯޓުއަމުރު އިސްތިއުނާފުކުރުމަށ އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.ފޮނަދޫ / ދިލްކުސާގެ، އަޙްމަދު ޝަމީމް )ދ.ރ.( އެވެ.
2އަޙްމަދު ޝަމީމް، 2021 އޮގަސްޓު 03 ވަނަ ދުވަހުގެ 21:13 ހާއިރު ތ.ވިލުފުށި / ހުސްނޫހީނާގެ،މަސްޢޫދު ޙިލްމގިގައިގއަ ދަގަނޑު ބުރިއަކުން ޖަހައި އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކޯޓު 2 1 އަމުރެއްގެ ދަށުން 2021 އޮގަސްޓު 04 ވަނަ ދުވަހު ހައްޔަރުކޮށްމުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެތ، 04 އޮގަސްޓު 2021 ގެ 14:05 އިން ފެށިގެން 11 އޮގަސްޓު 2021 ގެ 14:04 ގެ ނިޔަލަށް 7 )ހަތެއް( ދުވަހުގެ މުއްދަތަށް އަޙްމަދު ޝަމީމް ބަންދުކުރުމަށް އެކޯޓުން އަމުރެކުރިއު ވ.
3އެ އަމުރުގެ މުއްދަތު ހަމަވުމުން އަޙްމަދު ޝަމީމް، އިތުރު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުނ 11 އޮގަސްޓް 2021 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ގައި އެދުމުނައިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެންނަށް ކަމަށް ބަޔާންކޮށް،ޝް ރުޠކޮށ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/HA/2021/20 ކޯޓު އަމުރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ ފޯމު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/21 ކޯޓު އަމުރު އަޙްމަދު ޝަމީމް ބަންދުން ދޫކުރުމަށް 11 އޮގަސްޓް 2021 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/22 ކޯޓު އަމުރު ނެރުނެވެ.
4އަދި އަހްމަދު ޝަމީމޮބަންދެން ދޫކު ށްލުމާއި ގުޅިގެން އ އަމުރުއިސްތިއުނާފެ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނަހައިކިޓްށް ހުށަހަޅާފައވަނިކޮށ، އަޙްމަދު ޝަމީމުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އްނާގޭ މައްޗަށެދަޢު ވާ ކުރުމަށް އީމައްސަލަ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓކޯޓް ށ ހުށަހެޅުނެވެ.
5ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/22 ކޯޓުއަމުރާއި ގުޅޭ މައްސަލަ ހައިކޯޓުގެ ނަންބަރ 2021/HC-B12/55 ޤޟިއްޔަ އިން ބަލައި، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/MA/2021/22 ކޯޓު އަމުރު ނެރު މުގައ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ އިތުރުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13ވަނަ މާއްދާގެ )ނ(ގެ ދަށުން،ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރެވިފައް ނެތި ކަމަށް ކަނޑައަޅއަ އ އަމުރު ބާޠިލުކޮށްފައިވެއެވެ. އަދ އަޙަމަދު ޝަމީމް ގެ މި އްޗަށް ތުހުމަތު ކުރެވޭ މައްސަލައް ގައި ދަޢުވާ އުފުލުމަށިހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށެ ހުށަހެޅަ ފައިވާތީވާއެމައްސަލއ ގުޅިގެން ބަންދުގައި ބެހެއްޓުމަށް އެދޭނަމަ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް 2021 ސެޕްޓެންބަރު 29އިން ފެށިގެން 03 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅައިފިނަމަ، ލިބިފައިވާ ހެކިތަކާއި އ މައްސަލް އ ގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ބަންދާމެދު ގޮތެއް ނިންމަންޖެހޭކަމަށައެ މައްސަލައިގައ ކަނޑައަޅއފައިވެއެވެ.
6އެ ނިންމުމުގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައިއި ޙް މަދު ޝަމީމުގެ މައްޗަށް ތުހުމަތު ކުރެވޭ ޢަމަލާއި ގުޅިގެންދައުލަތުނ އަޙްމަދު ޝަމީމުގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއު ބޭނުންކޮށްގެން މާރާމާރީ ހިންގި މުގެ ކުށުގެ ދަޢުވާގެ މައްސަލައިގެ ޝަރީޢަތް ނިމެން ދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނަހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓި ގ އ އެދުމުން، އަޙްމަދު ޝަމީމް ޝަރީޢަތް ނިންމެންދެން ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކ ޓުގ ނަންބަރ O8C/CA/25/2021 ކޯޓު އަމުރުގައި ކަނޑައަޅާފައިވެއެވެ. މ ޤަޟިއްޔާގައި ބަލާފައިވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/CA/25/2021 ކޯޓު އަމުރުގެ އިސްތިއުނާފެވެ.
7ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/CA/25/2021 ކޯޓު އަމުރުގައި އަޙްމަދު ޝަމީމް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމުގައި ބަޔާންކޮށްފައި ވަނީ؛ " ހައިކޯޓު ގެ ނަންބަރ 2021/HC-B12/55 ޤަޟިއްޔާ ހިނގަމުންދިޔައިރުވެސް އަޙްމަދު ޝަމީމް ހުރީ ބަންދުން ދޫވެފައާކަމަށްވެފައި، އަދި ބުނެވިދިޔ ހައިކޯޓުގެ ޤަޟިއްޔާއާ އެއްގޮތަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ދައުލަތުން އެދުނުއިރުވެސް އަޙްމަދު ޝަމީމް ހުރީ ބަންދުން ދޫވެފައިކަމަށްވީހިނދު މިމުއްދަތުގެ ތެރޭގައް އަޙްމަދު ޝަމީމްގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސ ޢަމަލެއ ފެނިފައިނުވާތީއާއި، ހުށަހެޅިފައިވު ހެކި ޤަރީނާއަށް ބަލައި، ޤާނޫނު ނަންބަރ 2016/12 )ޖ ނާއި އިޖުރާއަތުގެ ޤާނޫނު(ގ 59ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު ޤާނ ނ އަސާސީގެ 49ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް މިހިނދުގައި އޮތްކަނެ އެނގެންނެތަތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހު )ދައުލަތު( ގުފަރާތުނ އެދިފައިވާގޮތަށް ޤާނޫނު ނަންބަރ /201612 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 60ވަނަ މާއްދާގެ )ކ( އާ އެއްގޮތަށް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭފަދީސަބަބެއް އޮތްކަމަށް ނުފެންނާތީ " ކަމަށް އެއަމުރުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފީ ނުކުތާތަކާއި ތަފްސީލުގައި ދެއްކި ވާހަކަތައް
8ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/CA/25/2021 ކޯޓު އަމުރު އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި 2 )ދޭއް( ނުކުތާ ހުށަހަޅާފައިވެއެވެ.
8.1. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/CA/25/2021 ކޯޓު އަމުރެ ކ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ތަކާ ޚިލާފަށް ނެރެފައިވ އަމުރެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.2. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/CA/25/2021 ކޯޓު އަމުރެ ކ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމާ ންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އސޫލުތަކާ ޚިލާފަށް ނެރެފައިވ އަމުރެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9މި ނުކުތާތަކުގެ ތަފްސީލުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފު މިކުރެވޭ ކޯޓު އަމުރުން އަޙްމަދު ޝަމީމް ބަންދުން ދޫކޮށްލުމަށް އަމުރު ކުރިއިރު، އަޙްމަދ ޝަމީމް ބަންދުން ދޫކުރުމަށް 11 އޮގަސްޓް 2021 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/22 ކޯޓުއަމުރު އިސްތިއުނާފް ކުރުމުން ބަލާފައިވާ ހައިކޯޓުގެ ނަންބަރު 2021/HC-B12/55 ޤަޟިއްޔާގައި،އެ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވ ނ މާއްދާއާއި، 60ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް އަދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގައި ކަނޑައަޅާ ފައިވ އުސޫލުތަކާ ޚިލާފަށާ ނެރެފައިވ އަމުރެއްކަމުގައި ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 03 )ތިނެއް( ދުވަސްތެރޭ އަލުން ބަންދުކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅައިފިނަމަ، ދަށު ކޯޓުން ގޮތެއް ނިންމް ނ ވާނެ ކަމަށ އެޤަޟިއްޔާގައި ނިންމާފައިވާއިރު،މ މައްސަލާގައި އީ ޙްމަދު ޝަމީމުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވަނ އ ޤަޟިއޔާގް އ ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް އަލުން ހުށަހެޅުމަށް ފުރުޞަތު ދީފައިވާތީ ކަމަށާއި، އެހެންކަމުން އަޙްމަދު ޝަމީމުގެ ބަންދާއިމެދު ގޮތެއް ނިންމަން ޖެހޭނީ ހައިކޯޓުގެ ނަންބަރ 2021/HC-B12/55 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ކަމަށްވާއިރު، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/22 ކޯޓު އަމުރނު ޝަރުޠުތަކަކާއެކު އަޙްމަދު ޝަމީމް ބަންދުން ދޫކޮށްލުމުގެ އަމުރު ނެރްނއިރު ހުރި ހެކިތައައަދި އެ ޙާލަތު މި މައްސަލއިގައ އޮތްއިރު، އިސްތިއުނާފުކުރެވިފައި މިވާ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/CA/25/2021 ކޯޓު އަމުރުން އަޙްމަދ ޝަމީމެ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ހައިކޯޓުގ ނަންބަރ 2021/HC-B12/55 ޤަޟިއޔާގް ތަރަހައިން ބޭރނ ކަމުގައެވެ.
10ބުނެވުނު ނުކުތާތައް ހުށަހަޅައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައި ގައި ދިވެހިރާއްޖޭގ ހައިކޯޓުގައި އެދިފައިވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/CA/25/2021 ކޯޓު އަމުރު ބާޠިލުކޮށް، އަޙްމަދު ޝަމީމް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.
11އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޝަމީމުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މި މައްސަލައިގައި އަޙްމަދު ޝަމީމް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށެ އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ ހުށަހަޅާފައިވަނާ،ޖިނެ އީ އިޖުރާއަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ )ކ( ގެ ދަށުން ކަމަށް މުއްދަތު މަޖިލީހުގައި ބުނެފައިވާ ކަމަށާއި، އަޙްމަދު ޝަމީމުގެ މައްޗަށް ދަޢުވާ ހުށަހެޅިފައިވަނިކޮށީ ޖިނާއީ އިޖުރެ އަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( ގެ ދަށުން އަޙްމަދު ޝަމީމުގ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައ ހުށަނޭޅޭނެ ކަމަށާއި އަދި އެ މާއްދާ ގެ ދަށުން ހުށަހަޅަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށެވެ.
12އަދިޝަރީޢަތް ނިމެންދެން އަޙްމަދު ޝަމީމަބަންދުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދިފާއިވަނ ޝަރީޢަތްކުރުމާބެހޭ ޖިނައެ އިޖުރާއަ ތުގާގިވެ އދުގ 8ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ ޖަދުވަލު 1 ގައިވާ ފޯމުން ކަމަށާއި، ޖަދުވަލު 1 ގައިވާ ފޯމަކީ ތަޙްޤީޤު މަރުޙަލާގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދުތަޙްޤީޤުކުރ ފަރާތުނ ހުށަހަޅަން އޮންނަ ފޯމެއްކަމަށާއި، އަޙްމަދު ޝަމީމުގެ މައްޗަށް ދަޢުވާ އުފުލިފައު ވާއިރު،އަޙްމަދ ޝަމީމު މިނިވަނެއްގެ ގޮތުގައާދޫވެފައި ހުއްޓީއި، ޝަރީޢަތްކުރުމާއި ބެހޭ ޖިނަ އެ އިޖުރާއަތުގެ ގަވާއދުގ 8ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ ޖަދުވަލު 1 ގައިވާ ފޯމުން، އަޙްމަދު ޝަމީމް ބަންދުކުރުމަށް ދައުލަތަށް ނޭދެވޭނެކމުގައެވެ.
13އަޙް މަދު ޝަމީމުގެ ފަރާތުން މުޖުތަމައުގާސަލާމަތަށް ނުރައްކާ ވެދާނެ ޙާލަތެއް އޮތްކަމަށް ބުނެ ދައުލަތުން އަޙްމަދު ޝަމީމއި މ މައްސަލައި ގައި އަނިޔާ ލިބުނު ކަމަށް ބުނާ މީހާއާ ދެމެދު ސިލްސިލާ ގޮތެއްގައި މާރާމާރީ ހިންގަމުންދާކަމަށ ފާހަގަކުރާއިރު އެފަދައިން ބުނަނީ އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތުގެ ކްރުގައި ރޯކޮށްލާ އަޙްމަދު ޝަމީމް ކަމަށް ތުހުމަތުކޮށް ކަމަށާއި، އެހެންނަމަވެސް އެކަމަށް އަޙްމަދު ޝަމީމް އިންކާރުކުރާކަމަށާއި އެހާދިސާ ހިނގިފަހުން 01 އަހަރު ދުވަސްވެފައި ވާއިރު އަޙްމަދު ޝަމީމް ބަންދުކޮށްފައި ނުވާއިރު އެމައްސަލައިގައި ދަޢުވާއެއްވެސް ކޮށްފައި ނުވާކަމަށެވެ.
14އެހެންކަމުން އަޙްމަދު ޝަމީމުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމުގައެވެ.
15އިސްތިއުނާފު މިކުރެވޭ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/CA/25/2021 ކޯޓު އަމުރަށް ބަލާއިރު އެ އަމުރުގައި އަޙްމަދު ޝަމީމް ޝަރީޢަތް ނިމް ނ ދެންބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފައިވާއިރު، އެ ނިންމުމަށް ވާސިލުވުމުގައިރިޢާޔަތްކޮށްފައިވަނީ އނެ ން ނިވި ކަންކަމުގެ މައްޗަށެވެ. 1- ހައިކޯޓުގެ ނަންބަރު 2021/HC-B12/55 ޤަޟިއްޔާ ހިނގަމުން ދިޔައިރު ވެސް އަޙްމަދު ޝަމީމް ހުރީ ބަންދުން ދޫވެފައި ކަމަށްވެފައި، އަދި ހައިކޯޓުގެ ޤަޟިއްޔާއާ އެއްގޮތަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ދައުލަތުން އެދުނުއިރު ވެސް އަޙްމަދު ޝަމީމް ހުރީ ބަންދުން ދޫވެފައިކަމަށްވީހިނދު މިމުއްދަތުގެ ތެރޭގައި އަޙްމަދު ޝަމީމް ގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށުނުރައްކާވާފަދަ އެއްވެސ ޢަމަލެއް ފެނިފައިނުވާތ؛ 2- ހުށަހެޅިފައިވާ ހެކި ޤަރީނާއަށް؛ 3- ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 59ވަނަ މާއްދާގައިބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރާއިރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާފަދަޙާލަތެއް މިހިނދުގައި އޮތްކަން އެނގެން ނެތުމުން.
16އިސްތިއުނާފު މިކުރެވޭ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ O8C/CA/25/2021 ކޯޓު އަމުރަކީ އަޙްމަދު ޝަމީމް ބަންދުން ދޫކުރުމަށް 11 އޮގަސްޓް 2021 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ން ނެރެފައިވ ނަންބަރު O8C/MA/2021/22 ކޯޓުއަމުރު ހައިކޯޓުން އިސްތިއުނާފް ކުރުމުނު ބެލި ހައިކޯޓުގެ ނަންބަރ 2021/HC-B12/55 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި އެޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އަޙްމަދު ޝަމީމުގެ ބަންދާއިމެދު އަލުން ގޮތެއް ކަނޑައަޅައި ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ އެދުމުން ނެރެފައިވާ އަމުރެކެވެ.
17ބުނެވުނު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O8C/MA/2021/22 ކޯޓު އަމުރު ން އަޙްމަދ ޝަމީމް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ އިތުރުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13ވަނަ މާއްދާގެ )ނ(ގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭ ކ ންކަމަށް ރިޢާޔަތް ކުރެވިގެން ނޫންކަމަށާއި އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި ރިޢާޔަތްކުރަންޖެހޭ ކަނީކަމަށް ރިޢާޔަތްކުރެވީގެން ކަމުގައި ނުވާތީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓު ގ ނަންބަރ O8C/MA/2021/22 ކޯޓު އަމުރު ހައިކޯޓުގެ ނަންބަރު 2021/HC-B12/55 ޤަޟިއްޔާއިން ބާޠިލްކޮށްފައިވެއެވެ. އަދްއަޙމަދު ޝަމީމް ބަންދުގައި ބެހެއްޓުމަށް އެދޭނަމަ އެ މައްސަލަ، އަޙްމަދު ޝަމީމުގ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ދަޢުވާ ހުށަހެޅިފައިވާ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް 29 ސެޕްޓެންބަރު 2021 އިން ފެށިގެން 03 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅައިފިނަމަ، އެމައްސަލައި ގައު ލިބިފައިވާ ހެކިތަކާއި ހައިކޯޓުގެ ނަންބަރ 2021/HC-B12/55 ޤަޟިއްޔާގައ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ބަންދާމެދު ގޮތެއް ނިންމަންޖެހޭކަމަށ އެޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.
18އަޙްމަދު ޝަމީމުގެ ބަންދާއިމެ ދ ގޮތެއް ނިންމުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށއ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، އެ މައްސަލަ ހައިކޯޓުގައި ހިނގަމުން ދަނިކޮށް އަޙްމަދު ޝަމީމުގެ މައްޗަށަ ތުހުމަތު ކުރެވޭ މައްސަލެއ ގައި ހޯދުނު އިތުރު ހެކިތަކާއި އެކު ދަޢުވާ އުފުލުމަށް އ މައްސަލަ 02 ސެޕްޓެންބަރު 2021 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގި ފަރާތުން ފާހަގަކޮށްފައިވުމުން ކަމަށް އެޤަޟިއްޔާގައ ފާހަގަކޮށްފައިވެއެވެ.
19ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 59ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތް ނިންމުމަށްޓަކައ ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، މައްސަލާ ގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކުގެ އިތުރުން ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވ މާއްދާއެވެ. އަދި އ ޤާނޫނުގެ 60ވަނަ މާއްދާގައި،ބަންދާމެދު ނިންމާ ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ނިންމާ ނިންމުން ނުވަތަ އަމުރު ނެރޭނެގޮތް ބަޔާންވެގެންވެއެވެ.
20ޕްރިސިޑެންސް 1ކުށެއްކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ބަންދުގައި ބެހެއްޓިދާނެ ސަބަބުތައް ދިވެހިރާއްޖޭ ގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފަ އިވާއިރު، އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރޫ ނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދެކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެއެފަދަ ފަރާތްތައް ބަންދުގައި ބެހެއްޓިދާނެކަން އ މާއްދާއިން އެނގެއެވެ.
21ޕްރިސިޑެންސް 2ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތް ބަންދުކުރެވިފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައަޅައި އެފަރާތް ބަންދުގައި އިތުރަށް ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭކަންކަން ބަޔާންކޮށް، މިފަދަ މައްސަލަތަކުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ؛
1. ފުރަތަމަ ސުވާލަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ.
2. ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފއިވަ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.
22ޕްރިސިޑެންސް 3ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމުގައި، ބޭނުން ހިފިދާނެ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލިއަގައި ބަޔާންކޮށްފައވާއިރ، ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދގާ އ ބަޔާންކޮށްފައިވްޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްކަމަށް ބުނެދިނުމުގެ އިތުރަށް،އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުނ ހުށަހެޅިދާނެކަމަށް އެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 49ވަނަމާއްދާ ގާއިވ ސަބަބެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑަކީ، ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުވުންކަނވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވި.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލާގައް ފާހަގަކޮށްފައިވެއެވެ.
23ޕްރިސިޑެންސް 4ކުށެއްގެ ތުހުމަތުގައިވާ ފަރާތެއް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން ގަވާއިދު ނަންބަރ 2021-SC-REG-01 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 ޤަޟިއްޔާ. )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގެ 13 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފއަ ވެއެވެ. އެމާއްދާގައި ބަޔާންކޮށްފައިވަނީ؛ )1( ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރު ރެކޯޑުތަކާއި، ކުށުގެ ރެކޯޑު. )2( ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތް. )3( ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް. )4( ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަ ބޮޑުމިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން. )5( ކށުގު ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތައް. )6( ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމުގައިވުން. މިފަދައިންނެވެ.
24މިމައްސަލައަށް ބަލާއިރު، އަޙްމަދު ޝަމީމް މީހެއްގެ ގައިގައަދަގަނޑު ބުރިއަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލއިގައ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު 2010/17 )ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު(ގެ 9ވަނަ މާއްދާގެ ) ހ( އާ ޙަވާލާދީ އެ މާއްދާގެ )ށ(ގެ ދަށުންތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
25އަޙްމަދު ޝަމީމުގެ މައްޗަށް ދައުލަތުން ދީ ޢާ ވާކުރާ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވެ ގެ މައްސަލއިގީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސަބަބަކީ، މިމައްސަލައިގައި ބަޔާންކޮށްފައިވާ ޢަމަލު ހިނގާފައިވް ގޮތާއި، އަޙްމަދު ޝަމީމް ބަންދުން ހުއްދުންމަތަ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 74/08C/2021 ޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަންދާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅި ފޯމު ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުކުރުމުގެ ފުރުޞަތު އޮތުމުންނާއި، އޭނާގެ ފަރާތުން މުޖުތަމުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެތީއާއި އަދި ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށްޓަކައި ކަމަށް ފާހަގަކޮށްފައިވާއިރު، އ ހުށަހެޅުމުގައި އެ މައްސަލައާއި ގުޅޭ ގޮތުން ލިބިފައިވާ ހެއްކާއި ޤަރީނާތަކަކީ ކޮބައިކަންބަޔާނ ކޮށްފައިވެއެވެ.
26ޕްރިސިޑެންސް 5ޕްރިސިޑެންސް 6މި ބުނެވިދިޔަ ސަބަބުތަކަކީ ކުށެއްކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ބަންދުގައި ބެހެއްޓިދާނކަމަށ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގޭ 49 ވަނަމާއްދާގައްބުނާފަދަ ސަބަބުތު ކެއކަން އެނގެން އޮތްއިރު، މިކަންތައްތަކަކީތަހުޤީޤު މަރުހަލާގައްއަޙްމަދު ޝަމީމް ބަންދުގެ މުއްދަތު އިތުރުކުރުމަށް 11 އޮގަސްޓް 2021 ގައި ދިވެހްފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ވެސެ ފާހަގަކޮށްފައިވާ ކަންކަނި ކަމު ވެ. އަދ ބުނެވުނި ސަބަބުތަކުގެ އިތުރަށް މައްސަލެ ގައި އަޙްމަދު ޝަމީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޢަމަލާއއ ޢަމަލު ހިންގާފައިވާ ގޮތްއި އެ ޢަމަލު ހިންގުމުގައި ބޭނުންކޮށްފައިވާ އާލަތަށާ ރިޢާޔަތްކޮށް، އަޙްމަދު ޝަމީމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމެ އުގަ ސަލާމަތަށް ގެއްލުންލިބިދާނެ ކަމުގެ އިހުތިމާލު އޮތްކަމަށު ހައިކޯޓުގ ނަންބަރ 2021/HC-B12/55 ޤަޟިއްޔާގައިކަނޑައަޅާފައިވާއިރު، އަޙްމަދު ޝަމީމެބަންދުން ދޫކުރި ފަހުން އޭނާގް ފަރާތުން މުޖުތަމައަށް ނުރައްކައިވް ފަދާ ޢަމަލެއެފެނިފައި ނުވުމަކީ އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު ނެތްކަމަށް ބަލަންޖެހި ފަދޭ ސަބަބެއް ނޫނެވެ. އެހެންކަމުން މިމައްސަލާގައ ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައިބަޔާންކޮށްފައިވާފަދަ ޙު ލަތެއް ވުޖޫދުގައި ނެތްކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓުގެ ނަންބަރ 2021/HC-B12/55 ޤަޟިއްޔގައާ ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށެވެ.
27އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2021/HC-B12/55 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި އަޙްމަދު ޝަމީމުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އަޙްމަދު ޝަމީމްބަންދުން ދޫކުރި ފަހުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކީ ވާ ފަދަ ޢަމަލެއް ފެނިފައި ނުވާތީ އޭނާގެބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފައިވަނ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާގެ އިތުރުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13ވަނަ މާއްދާގެ )ނ(ގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔުތް ކުރަންޖި ހ ކަންކަމަށް ރިޢާޔަތްކެ ރުމަކާއި ނުލައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"ކަމަ ށ ބަޔާންކޮށްފައިވ އުސޫލާ ޚިލާފަށް ކަމުގައި ދެކެމެވެ.
28ޕްރިސިޑެންސް 7އަޙްމަދު ޝަމީމް މީހެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލއިގައ އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވުމުނަބަންދާއިމެދު ގޮތެއް ނިންމުމަށް އެދި ދައުލަތުގެ ފަރާތުން ހުށޭހަޅާފައިވަނ ޝަރީޢަތްކުރުމާބެހ ޖިނާއީ އިޖުރާއަތުގެގަވާއިދު ގ 8ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ އެ ގަވައިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. އަޙްމަދު ޝަމީމުގެ ފަރާތުން ބުނެފައިވަނީ ޖަދުވަލު 1 ގައިވާ ފޯމުން ހުށަހަޅަންޖެހޭނީ ބަންދުގައި ތިބޭމީހުންގެބަނދާމެދު ގޮތެއް ކަނޑައެޅުމަށް ކަމަށާއި،މިމައްސަލާގައި އ ފޯމނު ހުށަނޭޅޭނެ ކަމަށެވެ. މ ފޯމާއި ގުޅޭ ނުކުތާއަކީ އިސްތިއުނާފު މިކުރެވޭ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ O8C/CA/25/2021 ކޯޓު އަމުރުގައި އަޙްމަދު ޝަމީމްބަންދުން ދޫކޮށްލުމަށް ބިނާކުރި ސަބަބުތަކުގެ ތެރޭގައި ހިމެނކަމެއި ނޫނެވެ. އެހެންނަމަވެސްމް އިސްތިއުނާފުގެ ރައްދުގައި އަޙްމަދު ޝަމީމުގެ ފަރާތުނ މިނުކުތާ ފާހަގަކޮށްފައިވާތީ އެނުކުތާއަށް ރިޢާޔަތްކުރުމުގެ ގޮތުން ބަލާއިރު؛
28.1. ދަޢުވާ ހުށަހެޅިފައިވާ ނުވަތަ ޝަރީޢަތުގެ މަރުޙަލާގައިވް މީހުންގެ ބަންދާއިމެދުގޮތެއް ކަނޑައެޅުމަށް ހުށަހަޅންޖެހ ގޮތުގެ އުސޫލު ބަޔާންކޮށްފައިވަނީ ޝެ ރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަ ގ 8ވަނަ މާއްދާގެ )ނ( ގިއވެ. އެމާއްދާގައ ބަޔާންކޮށްފައިވަނީ؛ " ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުންތައް ބަލައިގެންފައިވާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި، ދަޢުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ، ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާނެ ޕްރޮސިކިއުޓަރ ޖެނެރަލްއެވ. މިގޮތަށް ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 01 ގައިވާ ފޯމުންނެވެ". މިފަދައިން ކަމަށެވެ. މިބުނެވުނު މާއްދާއަށް ބަލާއިރު އެއީ ބަންދުން ދޫކޮށްލާފައިވަ ޙުލަތްތެއްތޯ ނުވަތަ ބަންދުގައި ހުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމާ ޙާލަތތ ތަފާތު ކޮށްފައިނުވެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)، 8 ވަނަ މާއްދާގެ (ނ) އަދި ޖަދުވަލު 1
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހައިކޯޓުގެ 2021/HC-B12/55
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ބެންޗު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް