ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/18
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޚާބިލް ޚާލިދު، 2026/HC-B12/18
Prosecutor General v. Ahmed Khaabil Khaalidhu 2026/HC-B12/18 (2026/HC-B12/18, High Court of the Maldives, 27 August 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޚާބިލް ޚާލިދު
މައިގަނޑު ސުވާލު
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ތުހުމަތުގައި ބަންދުގައި ތިބި މީހަކު ޝަރުޠާއެކު ބަންދުން ދޫކުރި މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ނިންމުމުގެ ސަބަބު ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ބަޔާންކޮށްފައިވޭ ހެއްޔެވެ؟ އަދި ބަންދުން ދޫކުރުމުގައި މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށްފައިވޭ ހެއްޔެވެ؟
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 2 ދުވަހުގެ ތެރޭގައި ޕީޖީން ހުށަހަޅައިފިނަމަ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުގެ 2020/SC-A/100 ގައި ބަޔާންކުރާ ފުންމިނުގެ ސަބަބު ބަޔާންކުރުމުގެ މިންގަނޑަކީ މައުޟޫޢީ ގޮތުން ބަލައި މައްސަލަ ފައިޞަލާކުރާ ޙުކުމްތަކަށް ޚާއްޞަވާ އުޞޫލެކެވެ؛ ނިންމާ ކަމެއްގެ ބާވަތުން ސަބަބު ބަޔާންކުރުމުގެ ފުންމިނަށް ތަފާތު އައިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ހެކި ހުރި މިންވަރާއި ނިންމުމުގެ ސަބަބު ހާމަކުރަން ލާޒިމުވަނީ އިޖުމާލީ ގޮތެއްގައެވެ؛ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ޙާލަތްތައް ފުރިހަމަވާ ނުވާ މިންވަރު އިޖުމާލީ ގޮތެއްގައި ބަޔާންކުރުން ފުދެއެވެ؛ ނަމަވެސް އިސްތިއުނާފީ ބޭނުމަށްޓަކައި ނިންމުމަށް ވާޞިލުވި ސަބަބު ނޭނގޭހައި ނިންމުން ޚުލާޞާވެގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-22)
- ބަންދުގައި ބެހެއްޓުމާމެދު ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހެނީ: (1) ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި (2) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުވެދާނެތޯ އެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުވޭތޯ ކަނޑައެޅުމުގެ މިންގަނޑަކީ ކުށް ސާބިތުކުރުމުގެ މިންގަނޑު ނޫނެވެ؛ ހުށަހަޅާ ކަންކަމަށް ބަލާއިރު އެފަދަ ސަބަބެއް ވުޖޫދުވުން ނުވުމަށްވުރެ ގާތްކަން ބޮޑުނަމަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ކަނޑައެޅިދާނެއެވެ؛ މި ބެލުން ކުރަނީ ކޮންމެ މައްސަލައެއްގެ ތަފްސީލާއި ވަށައިގެންވާ ޙާލަތަށް ބަލައި ވަކިވަކިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ޓްރެފިކިންގ މިންގަނޑަށް ވާޞިލުވާ މަސްތުވާތަކެތި، ޖަލަށް މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރާފަދަ ޑްރޯން، އިންޓެލިޖެންސް މަޢުލޫމާތާއި ފޯނުގެ ޕާސްވޯޑު ދިނުމުގެ އަމުރާ ޚިލާފުވުން ފަދަ ކަންކަން ހުށަހެޅިފައިވާއިރު، ހަމައެކަނި ކުށުގެ ރެކޯޑެއް ނެތުމަށް ރިޢާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 (ށ) (1)-(4) ގެ ސަބަބެއް ނެތްކަމަށް ނިންމުމަކީ މައްސަލައިގެ ވަށައިގެންވާ ހުރިހާ ޙާލަތަކަށް ރިޢާޔަތްކޮށްގެން ނިންމާ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31)
- މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތްކޮށްފައި ނެތުމަކީ ދަށުކޯޓުގެ އިޚްތިޔާރީ ނިންމުމެއްގެ ތެރެއަށް އިސްތިއުނާފީ ކޯޓަށް ވަދެވިދާނެ ޙާލަތެކެވެ (ސުޕްރީމް ކޯޓު، ޕީޖީ ވ. އޚމ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
1މިއީ،މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/MA/2026/22 "ކޯޓު އަމުރު" )ބަންދުން ދޫކުރުން( އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "އިސްތިއުނާފުކުރ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި މިކޯޓުގެ ނަންބަރު 2026/HC-B12/18 ޤަޟިއްޔާއެކެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތަކީ، ކ.ކާށިދޫ / ފެންޒީވިލު، އަޙްމަދު ޚާބިލް ޚާލިދު )މީގެ ފަހުން "އަޙްމަދު ޚާބިލް ޚާލިދު " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބުނެފައި( އެވެ. މައްސަލައިގެ ފަސްފަހަތް:
3އަޙްމަދު ޚާބިލް ޚާލިދު އާއި އިތުރު މީހަކާއެކު ކ.މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ކ.މާފުށި، […] ގައ އެތަކެތި ރައްކާތެރިކޮށް، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށ ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެނ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/HA/2026/12 "ކޯޓު އަމުރު" ގެ ދަށުން 12 ޖުލައި 2026 ވަނަ ދުވަހު ހައްޔަރުކޮށްފައިވެއެވެ.
4އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، 13 ޖުލައި 2026 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުންމާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓށ ޙާޟިރުކުރުމުން، 08 )އަށެއް( ދުވަހުގެ މުއްދަތަށް ބަންދުކުރިއެވެ.
5މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރ 597/MA/2026/19 "ކޯޓު އަމުރު" އިން އަޙްމަދ ޚާބިލް ޚާލިދެބަންދުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ދރކ ނަންބަރު 355056A ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވުނ މާއްދާގަ )ބ( އަށް ރިޢާޔަތްކޮށް އަޙްމަދ ޚާބިލް ޚާލިދު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށްނުރައްކަލެއް ކުރިމަތިވެދާނީކަމަށ ފެންނާތކަމަށީއެއަމުރުގައި ބަޔާންކޮށްފައިވެއެވެ.އަދި މިޙާލަތު އޮތްކަމަށް ދެކޭ ސަބަބަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރާއި )2( ވަނަ ނަންބަރާއި އެމާއްދާގެ )ނ( ގެ )2( ވަނަ ނަންބަރާއި )4( ވަނަ ނަންބަރާއި )5( ވަނަ ނަންބަރާއި )6( ވަނަ ނަންބަރުގައިބަޔާންކުރ ކަންކަނާ ފުރިހަމަވާކަމަށް ބެލެވޭތީކަމަށ އެއަމުރުގައި ފާހަގަކޮށްފައިވެއެވެ.
6އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި 08 )އަށެއް( ދުވަހުގެ މުއްދަތު 21 ޖުލައި 2026 އަށް ހަމަވާތީ، އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދެދިވެހ ފުލުހުންގެ ޚިދުމަތުންފަރާތުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓށ ހުށަހެޅިއެވެ.މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/MA/2026/21 "ކޯޓު އަމުރު" އިން 21 ޖުލައި އިން ފެށިގެން 09 )ނުވައެއް( ދުވަހުގެ މުއްދަތްށާ ބަންދުކުރުމަށެނިންމފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގެ )1( އަދި )2( ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަ ވާކަމަށް ބެލެވޭތީ، އަޙްމަދް ޚާބިލް ޚާލިދު ބަންދުން ދޫކޮށްލައިފިނަމަ، ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށ މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި، އެޤަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ )4( ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީކަމަށް އެއަމުރުގައި ބަޔާންކޮށްފައިވެއެވެ.
7އޭގެ ފަހުން، ތިންވަނަ ފަހަރަށް އަޙްމަދު ޚާބިލް ޚާލިދުގ ބަންދުގެ މުއްދަތު އިތުރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅުމުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/MA/2026/22 "ކޯޓު އަމުރު" އިން އަޙްމަދު ޚާބިލް ޚާލިދު ޝަރުޠުކޫ ށ ބަންދުން ދކޮށްލުމަށ އަމުރުކޮށްފައިވެއެވެ.
8މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރ 597/MA/2026/22 "ކޯޓު އަމުރު" ގައި އަޙްމަދު ޚާބިލް ޚާލިދު ބަންދުން ދޫކޮށްލި ސަބަބުކަމަށް ބަޔާންކޮށްފައިވަނައަންނަނިވ ފަދައިންނެވެ. " މީނާ އާއި ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައި ވީނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރު ނަންބަރުތަކުގައި ބަޔާންކުރި ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ނުފެންނާތީ، ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް"
9މި އިސްތިއުނާފީ ޤަޟިއްޔާއަކީ ބުނެވިދިޔަ ކޯޓު އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން ބެލެވޭ ޤަޟިއްޔާއެކެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާއި ތަފްސީލް:
10މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/MA/2026/22 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 02 )ދޭއް( ނުކުތާއެވެ. އެއީ؛
10.1.ފުރަތަމަ ނުކުތާއަކީ؛ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 597/MA/2026/22 )30 ޖުލައި 2026( ކޯޓު އަމުރުން އަޙްމަދު ޚާބިލް ޚާލިދުބަންދުގައިބަހައްޓަންޖެހޭފަދަ ޙާލަތެއް ނެތްކަމށަ ބަޔާންކޮށް އަޙްމަދް ޚާބިލް ޚާލިދު ބަންދުން ދޫކުރުމަށް އަމުރެކުރައްވާފައިވަނ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ( އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/100 )އަޙްމަދު އިސްމާޢީލަވް. ލަޠީފާ ޢާ ލީ ޙަސަން( ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ އުޞޫލާ ޚިލފަށްކަމުގައިވުންކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.
10.1.1.މިނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ،މަތީ މަރުހަލާގެ ނިންމުންތަކަށް ދަށުމަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ބަޔާންކޮށްފައިވާއިރު،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލ ޙަސަނުޤަޟިއްޔާގައ ފަނޑިޔާރި ނިންމުމަށް ވާސިލްވި ސަބަބު ބަޔާންކުރުމުގެ މުހިންމުކަން ބަޔާންކުރުމަށްފަހު އެކަން މުހިންމުވާ ސަބަބުވެސް ބަޔާންކޮށްފައިވަނިކޮށް ދަށުކޯޓުން އަޙްމަދ ޚާބިލް ޚާލިދު ސަބަބު ބަޔާންނުކޮށް ބަންދުން ދޫކޮށްފައިވަނީ އެޤަޟިއްޔާގައި ކަނޑައަޅާފައވ އުސޫލާ ޚިލާފަށްކަމަށެވެ.
10.2. ދެވަނަ ނުކުތާއަކީ؛މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 597/MA/2026/22 )30 ޖުލައި 2026( ކޯޓު އަމުރުން އަޙްމަދު ޚާބިލް ޚާލިދުބަންދުގައި ބަހައްޓަންޖެހޭ ފަދަ ޙާލަތެއް ނެތްކަމަށެ ބަޔާންކޮށް އަޙްމަދް ޚާބިލް ޚާލިދު ބަންދުން ދޫކުރުމަށް އަމުރުކުރައްވާފައިވަނ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ )ރ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އަށް ރިޢާޔަތްނުކޮށް ނެރުއްވާފައިވާ އަމުރަކަށްވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
10.2.1. މިނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ،ޖިނާއީ ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ބަހައްޓަންޖެހޭފަދަ ސަބަބެއް އޮތްތޯ ބެލުމުގައި ބަލަންޖެހޭ ކަންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގަ އާއި މަތީ މަރުހަލާގެ ނިންމުންތަކުގައި ކަނޑައަޅާފައިވާކަމަށާއި، އަޙްމަދު ޚާބިލް ޚާލިދު ގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށެއްކަމަށާއި، އަޙްމަދު ޚާބިލް ޚާލިދިގ ހިޔާޒަތުގެ ދަށުން ޓރެފިކްކުރެވޭ މިންގަނޑަށް މަސްތުވާތަކެތި ފެނިފައިވާކަމަށާއި،އަޙްމަދު ޚާބިލް ޚާލިދު ގެ ބަންދު ދެފަހަރު މަތިން އިތުރުކޮށްދީފި އިވަނީވެސ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެތީއާއި، މުޖުތަމައުގެ ސަލަމާތާއ ރައްކަލަށްޓަކައ ކަނި އެނގުކަމަށާއި،އަޙްމަދު ޚާބިލް ޚާލިދު ގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެއްޗާއްޑްރޯންތައ ހުރް ގޮތަށި ބަލާއިރު، އެއީ ފުލުހުން ފާހަގަކުރާ ފަދައިން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރަން ގެންގުޅޭ ތަކެތިކަމަށް ބެލެވޭއިރު،ކުށް ކުރިކަމަށް ތުހުމަތުކުރެވެމިންވަރިގެ ހުކުލިބިފައިވާ ޙާލަތުގައި، މިމައްސަލައިގެ ޙާދިސާގެ ކުރިން އަޙްމަދ ޚާބިލް ޚާލިދާ ހައްޔަރިއަދި ކުށުގެ ރެކޯޑެއް ނެތުމަކީ، އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތްތޯ ވަޒަންކުރުމުގައިރިޢާޔަތްކުރަންޖެހޭ ކަމެއް ކަމަށް ނޫންކަމަށާއި،އަދ އެއި ހަމައެކަނި އެކަމަށް ރިޢާޔަތްކޮށް ބަންދުން ދޫކުރެވޭނެ ސަބަބެއްވެސް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
11ދައުލަތުން ފާހަގަކުރާ ފަދައިންސުޕްރީމ ކޯޓުގް އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައ ކަނޑައަޅާފައިވި ފަދައިން ސަބަބު ބަޔާންކުރަންވާނެކަމަށާއި، ފަނޑިޔާރުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެބޭނުމަށ ކުރިން އޮތް ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮވެފައި މިހާރު ނެތްކަމުގައިވާނަމ، އެކަން ބަޔާންކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭކަމަށާއި، ނަމަވެސެޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނީ މާއްދާގަ )ރ( އެކްޓިވޭޓް ވާ މިންވަރަށް ހެކި އެވަގުތު ނެތްނަމަ، އެމާއްދާއާއި ޙަވާލާދީ ބަންދުން ދޫކޮށްލުން އަދި އެދޫކުރި ސަބަބު ހޯދުމަށް ކޯޓަށް އައުމަކީވެސ ޤާނޫން ގޮތުން ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވެނ މާއްދާގަ )ށ( ގ ދަށުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެއި ބުނަ ކަންތައްތައް ފުރިހަމަވާނަމަ މީހަކު ޝަރީޢަތް ނިމެންދެން ބަންދަށް ޖެހިދާންކަމަށ ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް މިމައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށީހެކި ހުރިކަމަށް ދައުލަތުން ބުނެފައިވަނެފުރަތަމަ ފަހަރަށް ހައިކޯޓުގައި ކަމަށާއި، ދަށު ކޯޓުގެ ބަންދާމެދު ގޮތެއް ނިންމުމުގެ 3 އަޑުއެހުމުގައިވެސް ހެކީގެ މިންވަރަކީ ކޮންމެވެސް މިންވަރެއްކަމަށ ކަނޑައަޅާފައިވާކަމަށާއި، އަދި ހެކީގެ މިންވަރު ގޯސްކަމަށް ދެކިގެން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާކަމަށެވެ. ތުހުމަތު ކުރެވެނީ ބޮޑު ކުށަކަށް ވެގެން މީހެއްގެ މިނިވަންކަމެއް ނިގުޅައި ނުގަނެވޭނެކަމަށާއި، އޭނައާއި އެކުށާ ގުޅުވައިލެވޭ އެކަށީގެންވާ ހަރުދަނާ ހެކި ހުންނަން ޖެހޭނެކަމަށެވެ. ސުޕްރީމް ކޯޓުގް ޝަހީބް އިބްރާހީމް ވ. ދައުލަތްޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސައްމާޙް ފަތުޙްޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައިދެ ސުވާލަކަށް ޖަވާބު ދޭންޖެހޭކަމާއި، އެގޮތުން ފުރަތަމަ އޮޅިއަކ ބާރުދީ ހެކި ހުރިތޯ ބެލުންކަމާއި، އަދި މިއޮޅި ގިރާވެއްޖެނަމެދެން ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް ވުޖޫދުވޭތޯ ކަމަށެވެ.އިންޓެލް ރިޕޯޓުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކް މަށްކަމާއި، މާފުށީ ޖަލު ގުޅާ ވާހަކައެއް އެއްވެސ އަމުރެއްގައި ނުވާކަމަށާއި،މާފުށީ ޖަލުގެ ވާހަކައަކީ އަޙްމަދު ޚާބިލް ޚާލިދު އެހެން ބަޔަކާއެކު ދިރިއުޅެމުންދިޔަ ކޮޓަރިން ޑްރޯންތަކެއް ފުނުމުނ މައްސަލައިގެ ޙައްސާސްކަން އިތުރުކުރުމުގެ މަޤްސަދުގައި ފުލުހުން ފަހުން އިތުރުކޮށްފައިވާ ތުހުމަތެއްކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަން މާއްދާގަ )ބ( ގައި ބަޔާންކުރާ "ކޮންމެވެސް މިންވަރެއްގެ ހެކި" އެކުލެވޭކަން ހަމައެކަނި އިންޓެލް ރިޕޯޓުން ސާބިތު ނުކުރެވޭނެކަމަށެވެ. ދަށު މަރުހަލާގައި ބަންދާމެދު ގޮތެއް ނިންމި މަޖްލީހުގައި، މައްސަލައިގައް ހުރި ހެކިތަކާއި ތުހުމަތުކުރެވި ފަރާތާއި އެފަރާތުން ކުށްކުރިކަމާއި،ހުރި ގުޅުން ތައުނުކޮށް، ފުލުހުންގެ ފަރާތުން ހުށަހެޅި ހެކިތަކާއި ތުހުމަތު ކުރެވޭ ފަރާތާއި ގުޅުން ނެތްކަމަށް ބުނީ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާނެކަމަށާއި، ދަށު މަރުހަލާގައި ފާހަގަކުރި ކަންކަމަކީ، މަސްތުވާތަކެތި ފެނުނީ ތުހުމަތުކުރެވޭ މީހާ އެކަނި ދިރިއުޅޭ ކޮޓަރިއަކުން ނޫންކަމާއި، އެފެނުނު ތަކެއްޗަކީ ތުހުމަތުކުރެވ މީހާގެ ތަކެތި ނޫންކަމާއި މެދުގައި ކަމަށާއި، އެކަންކަމާއި ގުޅިގެން ފާހަގަކުރި ކަންކަމަށް ފުލުހުންގެ ފަރާތުން އެއްވެސް ރައްދެއް ދީފައިނުވާކަމަށެވެ. އެދޭ ގޮތް:
12ދައުލަތުނ އެދޭގޮތް ކަމަށް ބުން ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
12.1. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 597/MA/2026/22 )30 ޖުލައި 2026( ކޯޓު އަމުރުނ އަޙްމަދް ޚާބިލް ޚާލިދު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ޙާލަތެއް ނެތްކަމަށް ބަޔާންކޮށް އަޙްމަދ ޚާބިލް ޚާލިދު ބަންދުން ދޫކުރުމަށް އަމުރުކުރައްވާފައިވަނީ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ )ރ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމަށް ކަނޑައަޅައި ؛
12.2. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 597/MA/2026/22 )30 ޖުލައި 2026( ކޯޓު އަމުރު ބާޠިލްކޮށްދެއްވައި ؛
12.3. އަޙްމަދު ޚާބިލް ޚާލިދު ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލު އޮތްކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމަށް ކަނޑައަޅައި ދެއްވައި، އަޙްމަދ
12.4. ޚާބިލް ޚާލިދު ބަންދާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް އަމުރުކޮށްދިނުން؛ މިއެވެ.
13އަޙްމަދު ޚާބިލް ޚާލިދގެ ފަރާތުން އެދޭގޮތް ކަމަށު ބުނެ ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
13.1. ދަށުކޯޓުގެ ފަނޑިޔާރުމ މައްސަލައިގައި ލިބިފައިވި ހެކީގެ މިންވަރަކީ "ކޮންމެވެސް މިންވަރެއްގެ ހެކި" ކަމަށް ނިނމާފައް ވާ ނިންމުމުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ ހަރުދަނާ ސަބަބެއް ދެއްކިފައި ނުވާކަމުގައި ކަނޑައަޅައިދިނުން؛
13.2. ތްހުމަތ ކުރެވު ފަރާތް ބަންދުކުރުމަށް ހެއްކާއެކު އަލުން ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށް އޮތަތީ، ދަށު މަރުހަލާގައި ފާހަގަކޮށްފައިނުވާ ކަންކަމަށް ރިޢާޔަތްކޮށް އިސްތިއުނާފީ ކޯޓުނ ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމުގެ "އެދޭ ގޮތް" ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަށް ނިންމުމެއް ނިންމަންޖެހޭ ޝަރުޢީ އަދި ޤާނޫނ ހަމައެއް ނެތްކަމުގައި ކަނޑައަޅައިދިނުން؛ މިއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :
14މި އިސްތިއުނާފުގައި، މި ކޯޓުން ޖަވާބު ދޭންޖެހޭ ސުވާލަކީ، އިސްތިއުނާފު ރައްދުވާ ފަރާތް، ޝަރުޠާއެކު ބަންދުނ ދޫކޮށްލުމަށް އަމުރުކުރި ސަބަބު ޤާނޫނީ އޯޞލުތަކާ އެއްގޮތަށް ބަޔާންކުރެވިފައިވޭތި އެއާ އިސްތިއުނާފަ ރައްދުވު ފަރާތާ ބަންދުން ދޫކޮށްލާފައިވަނީ ދައުލަތުން ޙ ވާލާދޭ ނައްސުތަކާ ޚިލާފަށްތޯ އެވެ.
15ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނ،މަތީ މަރުޙެލާގެ ނިންމުންތަކަށް ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާއިރު،އިސްތިއުނާފު ކުރެވިފައިވާ ނިންމުމުގައި އަޙްމަދު ޚާބިލް ޚާލިދްބަންދުގައި ބަހައްޓަންޖެހޭފަދަ ޙާލަތެއް ނެތްކަމަށް ބަޔާންކުރައްވައި އޭގެ އިތުރު އެއްވެސް ތަފްސީލެއީ ބަޔާންކޮށްފައިނުވތ، ސުޕްރީމް ކޯޓުގެ އަޙްމަދް އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން3 ޤަޟިއްޔާގައ ކަނޑައަޅާފައިވި ސަބަބާ ބަޔާންކުރުމުގެ އާޞުލ ޚިލާފުކަމަށެވެ.
16ޕްރިސިޑެންސް 1ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލ ޠ ފ ޢަލީ ޙަސަނެޤަޟިއްޔާގައި، ޤާނޫނުއަސާސީގެ 42 ވަން މާއްދާގަ ދަށުން އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު މާނަކުރަ މުން،މުއްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހަނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާބެހ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުނ ފަނޑިޔާރް ބަޔާންކުރަންވާނކަމަށް ބަޔާންކޮށްފައިވެއެވެ.4F
17ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަނާޤަޟިއްޔާގައި ސަބަބު ބަޔާންކުރުމަށް ލާޒިމުވާ މިންގަނޑަކީ، މައުޟޫއީ ގޮތުން ބެލުމަށްފަހު މައްސަލައެއް ފައިޞަލާކުރަނިވި ޙުކުމަކުން ނިންމި ޙާލަތުގެ މައްޗަށް ޚާއްޞަވާ އުޞޫލެއް ކަމުގައިވާތީ،ފަނޑިޔާރު ގޮތު ނިންމް ކަމެއްގެ ބާވަތުން، ސަބަބު ބަޔާންކުރުމުގައި އެމައްސުލައިގައ ބަޔާންކުރި ފުންމިނަށް ބަޔާން ނުކުރެވިދާނެކަމާއ އަދި އެބަޔާންކުރ ފުންމިނަށް އެކަންކަން ބަޔާން ނުކުރެވޭނެ ޙާލަތެއްވެސް އޮވެދާނެކަމ މަތީ މަރްޙިލާގެ ނިންމުންތަކުން ބަލައޫގަނެފައިވާ އޞލެކެވެ.
18ސުވާލަކީ ބަންދާ މެދު ގޮތެއް ނިންމާ ނިންމުމުގައެ، ސ ޕްރީމް ކޯޓުގ އަޙްމަދު އިސްމާޢީލް ވ. ލާޠް ފ ޢަލީ ޙަސަން ޤަޟިއްޔާގައިމިމިންވަރަށ ހެކް ވަޒަންކޮށް ސަބަބު ބަޔާންކުރުން ފަނޑިޔާރަށް ލާޒިމުތޯއެވ؟
19ބަންދާމެދު ގޮތެއު ނިންމުމުގެއަސާސީ އ ޞާލުތައް ބަޔާންކުރާ ޤަޟިއްޔާއެއް ކަމުގައިވެ ސުޕްރީމް ކޯޓުގ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ތަފްސީލު ބުނެދިނުމާއި ނިންމުމުގެ ސަބަބު ހާމަކުރުން މިސުރުޚީގެ ދަށުން ފާހަގަކޮށްފައިވަނީ،މިފަދަ ކޮންމެ ނިންމުމެއްގައި، ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހިށާހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމި ގޮތާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި، ފަނޑިޔާރު ނިންމު ނިންމުން ބިނާކަ ރ ޤާނޫނި ނައްޞު ސާފުކޮށުއެނގެން އޮންނަންވާނެކމަށެވ. މިކޯޓުގެ ނިކޮލަސް ބޯމެންޑިލް އަދި އިތުރު ފަރާތެއް ވ. ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް ޤަޟިއްޔާގެ ޕްރެގްރާފް 42
20ޕްރިސިޑެންސް 2ބަންދާމެދު ގޮތެއު ނިންމާމަރެޙްލާގައި ހަކިހުރި މިންވަރު ހާމަކުރަން ލާޒިމުވަނީ އިޖުމާލީ ގޮތެއްގައި، ކަން އެޤަޟިއްޔާގެ 26 އިން 29 ވަނަ ޕެރެގްރާފްގައި ސަބަބާއެކު ބަޔާންކޮށްފައިވާ ކަންތައްތަކުން އެނގެއެވެ. އެގޮތުން ހާމަކުރެވޭ ހެއްކެއްގެ ސަބަބުންއެހެކީގެ ބުރަދަނަށް އަސަރުކޮށްފާނެކަމަށް ނުވަތަ އެހެއްކެއްގެ މައްޗަށް ނުރަނގަޅު ބާރެއް ފޯރުވުމުގެ އެޙިތިމާލް ތުހުމަތުކުރެވޭ މީހާއަށް ލިބުމާއި ހެކީގެ ބޭނުން ނެތުމުގެ އ ޙެތިމާލގ މައްޗަށް ބެލުން މުހިއްމުކަމަށް ފާހަގަކޮށްފައިވެއެވެ.އެހެންކަމުން، މިއިޞލުން، ފަނޑިޔާރުގެ ނިންމުން ވާސިލުވުމުގައި ސަބަބު ބަޔާންކުރުމުގައި ވެސްމިމިންގަނޑަށް ރުޢޔަތްކުރުން މުހިއްމުކަން ސާފެވެ.
21މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޔާމީން11 ޤަޟިއްޔާގައި، ބަންދާމެދ ގޮތެއު ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާ ތަޠްބީޤުކުރަމުން ބަޔާންކޮށްފައިވަނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ އަކުރުތަކުގައިވްޙިލަތުތައ ފުރިހަމަވާކަން ނުވަތް ނޫންކަމާއި، އޭގެ މިންވަރަށް ރްޢުޔަތްކުރުމަށފަހެ އިޖުމާލީ ގޮތެއްގައި ބަޔާންކުރުމާއެކު، ބަންދުގެ މުއްދަތު ކަނޑައަޅާނީ ކަމަށެވެ.
22ބުނެވިދިޔަ އިޞުލުތަކަށް ބަލާއިރު، ބަންދާމެދު ގޮތެއް ނިންމުމުގައެސުޕްރީމ ކޯޓުގް އަޙްމަދ އިސްމާޢީލް ވ. ލ ޠ ފ ޢަލީ ޙަސަނެ ޤަޟިއްޔާގައި ބަޔާންކުރާ މިންވަރަށް ބަންދާމެދު ގޮތެއް ނިންމާ ނިންމުން ތަފްސީލްވުނ ލާޒިމެއް ނޫނު ވެ. އެއީ މައްސަލައިގެ ކުރިއަ ށ އޮތް މަރެޙ ލާތަކަށް ކޮށްފާނެ އިސްވެ ބުނެވުނު ޤާނޫނީ ނުރަގަނޅު އަސަރުގެ އިތުރުން،ބަންދާމެދު ގޮތެއު ނިންމް މަޖިލީސ ހިނގާގޮތުންނާއި އެކަމަށް ކަނޑައެޅިފައިވާ ވަގުތާއި ޢަމަލީގޮތުން ހުރި ގޮންޖެހުމުގެ ސަބބާއެކުވެސްމެއވެ. އެހެންނަމަވެސް، މިފަދަ ނިންމުމުން، އިސްތިއުނާފީ ބޭނުމަށްޓަކައި، މައްސަލައިގެ ނިންމުމަށް ވާސިލުވި 2024/HC-B12/19 ސަބަބުނޭނގޭހައ ނިންމުނި ޙލާސާވެގެންނުވާނެއެވެ.މި ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޔާމީން ޤަޟިއްޔާގައި ބަޔާންކުރާ މިންވަރަށް އެފަދަ ނިންމުމެއް ސާފުވުމުން ފުދޭނެއެވެ.
23އިސްތިއުނާފ ކުރެވު މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 597/MA/2026/22 ކޯޓު އަމުރުގައިބަންދުނ ދޫކޮށްލުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. "މީނ އާއާ ތުހުމަތުކުރެވި ކުށާ ގުޅުވާލެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައި ވީނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4 ( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ނުފެންނާތީ، ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް"
24އަދި މައްސަލައިގެ އިތުރު ބްޔާނުގައި، ބަންދުން ދޫކޮށްލާފައިވަނީ ޝަރުޠުކުރުމަށް ފަހު ކަމަށާއި، މިމައްސަލަ ފިޔަވައި އިތުރު ކުށުގެ ރެކޯޑެއް ނެތްކަމަށާއި، މިމައްސަލައާ ގުޅޭ އެހެނެފަރާތެއް ޝަރުޠާއެކު ބަންދުންދޫކޮށްލާފައިވާކަމަށް ބަޔާންކޮށްފައިވއެވެ.
25ސަބަބު ބަޔާންކުރުމާ ގުޅޭގޮތުން، އިސްވެ ބަޔާންކުރެވުނު އޞުލުތައ މިމައްސަލައަށް ތަޠްބީޤުކުރާއިރު، ބަންދުނ ދޫކުރުމަށް އުމުރުކުރ ސަބަބާއި އަމުރުގެ އިތުރު ބަޔާނުގައި، މިފަދަ މައްސަލައެއްގައި ތަފްސީލީ ބަޔާންކުރަންޖެހޭ މިންވަރަށް ތަފްސީލު ބަޔާންކުރެވިފައިވާކަމަށް ފެނެއެވެ.
26ޕްރިސިޑެންސް 3ޖިނާއީ އިޖުރާއަތުގެ ޤާނޫނގު 60 ވަނަ މާއްދާގައިވާއުޞޫލުތަކަށް ބެލުމުން، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވ މީހަކާ ބަންދކޮށްފައިވަނ ޤާނޫނީ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން 2024/HC-B12/19 ކަނޑައަޅައި، އެމީހަކު އިތުރަށް ބަންދުގައި ބ ހެއްޓުމާމެދ ގޮތެއު ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރެ ޖަވާބު ހޯދަންޖެހެނީ އަންނަނިވ 2 ސުވާލަށެވެ. އެއީ؛ )1(ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމާއި؛ )2(ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކނ ؛ މިއެވެ.
27ޕްރިސިޑެންސް 4ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަތުބީޤުކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުކުރުމަށް ބަލާ މިންގަނޑެއް ނޫންކަމަށާއި،އެޙާލަތުގައި ފަނޑިޔާރި ބަލަންވާނީ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުކުރުމަށ އެދް ފަރާތުނ ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބެއް ވުޖޫދުވުން އެފަދަ ސަބަބެއް ވުޖޫދްނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށްކަމަށާއި، މިފަދައިން ބަލާ ބެލުމުގައި އެފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށެފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެކަމަށް ސުޕްރީމް ކޯޓުގް ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
28އިސްވެ ފާހަގަކުރެވުނު ފަދައިން، މިމައްސަލައިގައި ބަނދުނ ދޫކުރުމަށް އަމުރުކުރި ސަބަބަކީ، ކުށާއި މުއްތަހަމާއި ގުޅުވައިދޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނގު 60 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ސަބަބެއް އޮތް ކަމަށް ޝަރީޢަތަށް ނުފެންނާތީ، އެޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނި މާއްދާގަ )ރ( އަށް ރ ޢު ޔަތްކޮށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނނ ގެ 60 ވަނަ މާއްދާގެ )ށ(ގެ )1( ވަނަ ނންބަރުނަ 4 ވަނަ ނަންބަރަށް ހުރި ޙާލަތްތަކަކީ )1- ހެކިފޮރުވުމަށް/ ނުފޫޒުފޯވުމަށ މަސައްކަތްކޮށްފާނެކަމަށް ބެލެވުން، 2-ކޯޓަށް ހާޒިރުނުވާނެކަމަށް ބެލެވުން، 3- ފިލައިފާނެކަމަށް ބެލެވުން، 4- މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއ އޮވެދާނެކަމަށް ބެލެވުން( ޤާނޫނުއަސސީގ 49 ވަނަ މާއްދާގައި ބަޔާންކުރާޙލަތްތައްވެސ މެއެވެ.ޤާ ނޫނުއަސާސީގ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ކަނޑައެޅުމުގައި ބަލާނީ އެ މައްސަލައެއްގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅޭ ކަންކަމުގެ ތަފްސީލަށާއ ޙާލަތާއި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ކޮންމެ މައްސަލައަކަށް ވަކިވަކިން ކަނު ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމިން ރަޝީދު18F ޤަޟިއްޔާއިން އެނގެއެވެ.
29އަޙްމަދު ޚާބިލް ޚާލިދު ބަންދުގައި ބަހައްޓައިދިނުމަށް އެދި ދައުލަތުން އެދެނީ ދެ ސަބަބެއްގެ މައްޗަށް ރިޢް ޔަތްކޮށެވެ. އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އުޙްތިމާލ އޮތ ކަމަށް ބަޔާންކޮށެވެ.
30ޕްރިސިޑެންސް 5ބަންދާމެދ ގޮތެއު ނިންމައިދިނުމަށް އެދް ދިވެހި ފުލުހުންގެ ފަރާތުން މިމައްސަލައިގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު،އަޙްމަދު ޚާބިލް ޚާލިދުބަންދުކުރަނ އެދް މައްސަލައަކީ ކ.މާފުއްޓަށ މަސްތުވްތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތެއްކަން އެނގެއެވެ. މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރެވޭ މައްސަލައެއްކަމަށ ފޯމުގައި ބަޔާންކޮށްފައިވެއެވެ.ތަޙްޤީޤަށް ފެނިފައިވާ ތަކެތީގެ ތެރޭގައި، ވަގުތީ ބަރުދަނުގައި ޓްރެފިކިންގ މިންގަނޑަށް ވާސިލްވާ، 3 ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.އަޙްމަދ ޚާބިލް ޚާލިދިދިރިއުޅޭ ކޮޓަރިން ޑްރޯނ އާއް ޑްރޯންގެ ބެޓެރީ އަދި ޑްރޯނ ދުއްވަން ބޭނުންކުރާ ރިމޯޓ ފެނިފައިވާކަމަށާއި، ޑްރޯންތަކުގެ ނެވިގޭޝަން ލައިޓްތަކުގައި ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އަޅައި އަލި ނުފެންނަގޮތަށާހަދާފައި ހުރިކަމަށާއި، މިއީ ކ.މާފުށީ ޖަލަށް ޑްރޯނ ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި ފެނިފައިވަގޮތަށ ހުރް ޑްރޯންތކެއްކަމަށ ފާހަގަކޮށްފައިވެއެވެ.އަދި، މިތަނުނ ފެނުން މަސްތުވާތަކެތި ޖަލުން ގެންނަ ޕެކޭޖްތައް ފަދައިން ބަންދުކޮށްފައިކަމަށް [2025] SC 12 ފާހަގަވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.ބަންދު މަޖިލީހަށް ހުށަހެޅުނު ބަޔާންތަކް ގައި މިކަން ފާހަގަކޮށްފައިވާއިރު، އިތުރު ބަޔާންތަކުނާ، ޑްރޯންތަކަކީ އަޙްމަދު ޚާބިލް ޚާލިދުގެ ޑްރޯންއެއްކަމަށ ބުނެފައިވެފައިވކަން އެނގެއެވް.އަޙްމަދު ޚާބިލް ޚާލިދުމަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅުން އޮންނަކަމަށް އިންޓެލިޖެންސުން މައުލޫމާތު ލިބިފައިވާކަމަށވެސުބަޔާންކޮށްފައިވެއެ ވެ. އަދި، ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހައްޓައި ޕާސްވޯޑު ދިނުމަށް އެންގުމުން އަމުރި ޚިލާފުވެފައިވާކަމަށ ބަޔާންކޮށްފައވާކަނ މައްސަލައް ގުޅާ ލިޔެކިޔުންތަކުން އެނގެއެވެ.
31ބ ނެވުނު އެންމެހައި ކަންތައްތައް ބަންދު މަޖިލީހަށް ހުށަހެޅުނު އިރު،ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދގ 13 ވަނަ މާއްދާގައި ބަޔާންކުރާކުށުގެ ރެކޯޑު ނެތުމުގެ ހާލަތަށިއެކަނި ރ ޢޔަތްކޮށީ،ޖިނާއު އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ޝަރީޢަތުން ނިންމަވާފައިވަނ،މިމައްސަލައިގެ ވަށައާގެންވާ އެންމެހައްޙިލަތްތަކަށ ރްޢޔަތްކުރެވިގެނ ކަމުގައި ނުދެކެމެވެ.
32ޕްރިސިޑެންސް 6މިއީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ.އޚމްޤަޟިއްޔާގައި ބަޔާންކުރާ، ދަށު ކޯޓުގެ އިޚްތިޔާރީ ނިންމުންތަކުގެ ތެރެއިނާއިސްތިއުނާފީ ކޯޓަށް ވަދެވިދާނެޙލަތްތަކުގެ ތެރެއިނި،މައްސަލައިގެ ވާޤިއާތަކަށް ރޢި ޔަތްކޮށފައާނެތުމުގެ ޙްލަތެއ ކަމުގައް ފެންނާތީ، ޝަރުޠާއެކު ބަންދުން ދޫކުރުމށ ދަށުކޯޓުން ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
33އިސްވެ ބަޔާންކުރެވުނު ކަންކަމަށިބަލއުރު،މިމައްސަލައިގައި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކުރެވިފައިވީނަމަވެސް، އެސަބަބުތައް ވާސިލުވުމުގައި ރާޢިޔަތްކުރަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރޢޔަތްކޮށްފައިވ ކަމަށާ ނުފެންނާތީ،އަޙްމަދު ޚާބިލް ޚާލިދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ، މިމައްސަލައިގައި އިސްތިއުނާފު ކުރެވުނު، ދަށު ކޯޓުގެ ނަންބަރ 597/MA/2026/22) 30 ޖުލައި 2026( ކޯޓު އަމުރު ބާޠިލްކުރަންޖެހކަމަށް ފެނެއެވެ.
34ހަމައެހެންމެ، މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްއަޙްމަދު ޚާބިލް ޚާލިދު ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު ޚާބިލ ޚާލިދަބަންދުކުރުމަށް އެދްމާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓށ މިއަދ) 27 އޮގަސްޓް 2026( އިން ފެށިގެން 02 )ދޭއް( ދުވަހުގެ ތެރޭގައިހުށަހަޅައިފިނަމަ، އެ ހުށްހެޅުމަކަ މެދު ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ.
35ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ) (1)-(4) އަދި (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ)
- ސުޕްރީމް ކޯޓު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)، ޕެރ. 33
- ސުޕްރީމް ކޯޓު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)، ޕެރ. 31
- ސުޕްރީމް ކޯޓު [2025] SC 12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމިން ރަޝީދު)
- ސުޕްރީމް ކޯޓު [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ)
- ހައިކޯޓު 2024/HC-B12/19 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޔާމީން)
- ހައިކޯޓު: ނިކޮލަސް ބޯމެންޑިލް އަދި އިތުރު ފަރާތެއް ވ. ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް، ޕެރ. 42
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޝާން ޞާލިޙް މުޙައްމަދު
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް