ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/09
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ވިސާމް، 2026/HC-B12/09
Prosecutor General's Office v. Hussain Visaam 2026/HC-B12/09 (2026/HC-B12/09, High Court of the Maldives, 12 April 2026)
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ވިސާމް
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތެއް، ބަންދު މުރާޖަޢާކުރުމުގައި އަސްލު މައްސަލައިގެ ހެކީގެ ބުރަދަނަށް ބަލައި ޝަރުޠުތަކާއެކު ދޫކޮށްލި މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި 143 (ރ) އާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ބަންދު މުރާޖަޢާކުރުމުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކާމެދު ބަހުސްކޮށް، ހެކިތަކުން ދޭހަވާގޮތާއި ހެކީގެ ބުރަދަން ބަޔާންކުރުމަކީ ޝަރީޢަތުގެ ނަތީޖާ ކުރިން ހާމަކޮށް އަސްލު މައްސަލައަށް އަސަރުކުރާ ކަމަކަށްވާތީ، އެގޮތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18؛ ޢިރުފާން ތަޤިއްޔު <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_v_irufaan_thaqiyu_2024_SC_A_09/"><bdi class="salj-latin" dir="ltr">[2024] SC 14</bdi></a>)
- ޤާނޫނުއަސާސީގެ 48 (ރ) އާއި 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރެވޭނީ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރެ، 49 ވަނަ މާއްދާގެ ހާލަތެއް ވުޖޫދުވެގެންނެވެ؛ އެފަދަ ބަންދުން ވީއްލޭނީ އެ ހެކި ހުރިކަމަށް ބަލައިގަތް ސަބަބު ނެތިގެން، ނުވަތަ ވުޖޫދުވި ހާލަތު ނަފީވެގެން، ނުވަތަ ޤާނޫނު ހުއްދަކުރާ އެހެން ސަބަބަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20؛ ޝަހީބް އިބްރާހީމް <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/shaheeb_ibrahim_v_prosecutor_general_s_office_2020_SC_A_93/"><bdi class="salj-latin" dir="ltr">2020/SC-A/93</bdi></a>)
- ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރެއް ނިމުމަކަށް ގެންނަނަމަ، ހެކި ނެތިދިޔަ ގޮތް ނުވަތަ ވުޖޫދުވި ހާލަތު ނަފީވި ގޮތް ސާފުކޮށް ބަޔާންކުރަންޖެހެއެވެ؛ ބަންދުކުރިއިރު އެނގެން އޮތް ޙަޤީޤަތްތަކަށް (ހެކިބަސްދޭނީ ފުލުހުންނާއި އާންމުން ކަމަށްވުން) ބަދަލެއް ނައިސް އޮއްވާ އެއީ ދޫކޮށްލުމުގެ ސަބަބަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 21-23)
1މިއީ، ލ. ގަނެމެޖިސްޓްރޭޓް ކޓުގޯ ނަންބަރ 659-CA/47/2026 ކޯޓު އަމުރު)މީގެ ފަހުން "އިސްތިއުނާފުކޮށްފައިވ އަމުރު(" އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2026/HC-B12/09 ގަޒިއްޔާއިން ބެލި އިސްތިއުނާފު )މީގެ ފަހުން "އިސްތިއުނާފު"( ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ"ދައުލަތް"( އެވެ.އިސްތިއުނާފު ރައްދުވަނީ ޙުސައިން ވިސާމް )މީގެ ފަހުން "އިސްތިއުނާފ ރައްދުވާ ފަރާތް" ނުވަތަ "ޙުސައިން ވިސާމް"( އަށެވެ.
3ލ. ގަމުގައ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން 13 ނޮވެންބަރު 2025 ގައިޙުސައިނ ވިސާމް ހައްޔަރުކުރިއެވެ.
4މި ހައްޔަރަށްފަހުބަންދާމެދ ގޮތެއު ކަންޑއެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށްޙުސައިން ވިސާމްބަންދުގައި ބެހެއްޓުމަށް އަމުރކުރއެވެ. ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/107/2025-659 ކޯޓު އަމުރުގެ ދަށުން ލ.ގަން މެޖިސްޓްރޭޓް ކޯޓުގް ނަންބަރު CA/115/2025-659 ކޯޓު އަމުރު 5މި. 10 ދުވަހަށްފަހުބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓށަ އަލުން ހާޒިރުކުރުމުން، 23 ނޮވެންބަރު 2025 އިން ފެށިގނެ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
6އެ ފަހުން، 08 ޑިސެންބަރު 2025 ގައި ޝަރުތުކޮށިޙުސައިން ވިސާމް ބަންދުން ދޫކޮށްލިއެވެ.
7ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމަށް ކުރި މި އަމުރުމި ކޯޓެ ގައު އިސްތިއުނާފުކުރުމުނ މި ކޯޓުގ ނަންބަރު 2025/HC-B12/44 ގަޒިއްޔާ އެ އިސްތިއުނާފު ބަލައި، އެ އަމުރު ބާތިލުކޮށް 08 ޖަނަވަރީ 2026 އިން ފެށިގނެ 7 ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގްބަންދާމެދ ގޮތެއު ކަނޑައެޅުމަށްކޯޓަށ ހށަހަޅައިފިނަމާއެ ގަޒިއްޔާގައި ކަނަޑައަޅްފް އިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަމުރުކޮށް ހުކުމްކޮށްފައިވެއެވެ.
8އެހުކުމަށްފަހު، ސަރިޔަތ ނިމެންދެން ޙުސައިން ވިސާމް ބަންދުކޮށްދިނުމަށް އެދްހުށަހެޅުމުން ސަރިޔަތ ނިމެންދެން ބަންދުގައި ބެހެއްޓުމަށް 12 ފެބްރުއަރީ 2026 ގައި ލ.ގަން މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.
9މިއަށްފަހު،ބަންދު މުރާޖައާކުރުމަށް ދައުލަތުން ހުށަހެޅުމުންޝަރުތުކޮށ ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމަށް އަމުރުކޮށް 05 މާރިޗު 2026 ގައި،ލ. ގަން މެޖިސްޓްރޭޓާކޯޓުނުއިސްތިއުނާފުކޮށްފައިވ ކޯޓު އަމުރުނެރުނެވެ. ޝަރުތުކޮށްފައ ވަނި ސަރިޔަތަށް އެއްބާރުލުމަށާއި، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުމަށެވެ.
10އިސްތިއުނާފި ކޮށްފައި ވަނު ދަށުކޯޓުގެ މ އަމުރެވެ. ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/121/2025-659 ކޯޓު އަމުރުން ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 ކޯޓު އަމުރުން ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/40/2026-659 ކޯޓު އަމުރު އިސްތިއުނާފީ ބަހުސް
11އިސްތިއުނާފީ ކުރު ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ އެއް ނުކުތާއެވެ.
12އެ ނުކުތާގައި ފާހަގަކޮށްފައި ވަނީ،އިސްތިއުނާފު ކޮށްފައިވާ ކޯޓު އަމުރަކީ ގާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެގ ނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނު"(ގ 60 ވެނ މާއްދާގަ )ވ( އާއި، ގާނޫނުއަސާސީގެ 143 ވަނަ މިއްދާގެ )ރ( އާ ޚްލާފަށް ނިންމަވާފައިވާ ނިންމމެއ ކަމަށެވެ.
12.1. މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މި ބަޔާންކުރަނީއެވެ.
12.1.1. ދްއުލަތނުފާހަގަކުރަނީ،"ޝަރީޢަތް ނިމެންދެނި " ޙުސައިން ވިސާމް ބަންދުކޮށްފައި ވަނިކޮށް، އިސްތިއުނާފު ކުރާ އަމުރުގެ ދަށުން ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމުގައި ކޯޓުން ރިއާތްކޮށްފައ ވަނި ގާނޫނީ ގޮތުން ގޯސްކޮށް ކަމަށެވެ.
12.1.2. މިގޮތުން،ބަންދުން ދޫކޮށްލާ ސަބަބިއާ ގެ ގޮތުގައި ..." ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ވެށިން ނަގާފައިވާ ތަކެއްޗާ އެހެނ ފަރާތަކުން ހަވާލުވެފައި އޮތުމުން، ޖިނާއީ މިންގަނޑަކުން ބަލާއިރު، ކުރެވިފައިވާ ތުހުމަތަށް ދަޢުވާލިބޭ ފަރާތުން ޝުބހަ އުފައްދާފައިވުން" މި ފަދައިން ބަޔާންކޮށްފައި ވާތީ، އެފަދައިން ރިއާޔަތް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
12.1.3. އަދި، ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި، މި މައްސަލާގައި ހެކިބަސް ދޭން ތިބި ފުލުހުންނަކު ".... ދައުލަތުގެ ބެލުމުގެ ތެރޭގައި ހިމެނޭ ބައެއްކަމުގައި ވުމުން ދަޢުވާލިބޭ ފަރާތުން މ ފަރާތަތްތަކުގެ މައްޗަށް ނުފޫޒު ހިންގުމުގެ ބާރުވެރިކަމެއް އޮތުމަށްވުރެ، އެ ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަ" ކަމަށް ފާހަގަކޮށްފައިވާތީ އެކަމާމެދު ވެސް ސުވާލު އުފައްދާފައިވެއެވެ. ދައުލަތުނަ ފާހަގަކުރްނ ފުލުހުންގެ އިތުރުން އާންމުން ވެސް މި މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައި ވާނެ ކަމަށެވެ.
12.2. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މ ބަޔާންކުރަނީއެވެ.
12.2.1 ޙުސައިން ވިސާމްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބަހުސްގެ ބޭނުމަށް ބެލިކަމުގައިވިއަސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުވެފައިނުވާކމަށެވެ.
12.2.2 ޙުސައިން ވިސާމްއަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއް ނޫން ކަމަށާއި،ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އާއިލާއެއ ބަލަހައްޓަމުން އަންނަ ފަރާތެއްކަމަށި ދަށު ކޯޓުގައިފަހަގަކުރ ކަމަށއާ، ޙުސައިން ވިސާމްގެ ސަބަބުންމުޖުތަމައަށް ނުރައްކާވާ ހާލަތެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ.
13މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ،
13.1އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރަކީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖެނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ )ވ( އާއި، އެ ގާނޫނުގެ 59 ވަނަ މއްދޭއާއި، ޝަރީއަތްކުރުމާބެހ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އާއި، ގާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި، ޙުސައިން ވިސާމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި 03 )ތިނެއް( ދުވަހުގެ ތެރގައޭ ކޯޓަށި ހުށަހެޅުމުން އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދެއްވައި، ކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅުއްވަންދެނ ޙުސައިން ވިސާމް ބަންދުކުރުމަށް އަމުރުކޮށްދިނު މަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުންއެދިފައި ވަނީ،އިސްތިއުނާފުކޮށްފައިވެއަމުރ ބާތިލުކުރާނ ތަނެއް ނެތްކަމަށް ކަނޑައެޅުމަށެވެ.
15މ އިސްތިއުނާފުގައި ދައުލަތުން އުފައްދާފައިވާ މައިގަނޑު ބަހުސް ބިނާކޮށްފައި ވަނަ، ޙުސައިން ވިސާމް "ޝަރީޢަތް ނިމެންދެން" ބަންދުކޮށްފައި ވަނިކޮށް، އިސްތިއުނާފު ކުރާ އަމުރުގެ ދަށުން ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމުގައި ރިއާޔަތްކުރި ގޮތް ގާނޫނާ ޚިލާފުކަމުގެ މައްޗަށެވެ.
16މިގޮތުން،ބަންދުން ދޫކޮށްލާ ސަބަބއްގެގޮތުގައިއިއަމުރުގައަބަޔާންކޮށްފައިވ ދ ..."ޢެވާލިބޭ ފަރާތުނ ހުށަހަޅާފައިވާ ހެކިތަކުގިތެރޭގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ވެށިން ނަގާފައިވާ ތަކެއްޗާ އެހެން ފަރާތަކުން ހަވާލުވެފައި އޮތުމުން، ޖިނާއީ މިންގަނޑަކުން ބަލާއިރު، ކުރެވިފައިވާ ތުހުމަތަށް ދަޢުވާލިބޭ ފަރާތުން ޝުބުހ އުފައްދާފައިވުން" މި ސަބަބާމެދު ސުވާލު އުފައްދާފައިވެއެވެ.
17ޕްރިސިޑެންސް 1ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ބަންދު މުރާޖައާ ކުރުމުގައި، ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރިއަތުގައ ހުށަހެޅި ހެކިތަކުން ހާމަވާކަންކަމަށް ރިއާޔަތްކޮށްގެނ ނުވާން ކަމަށާއި، މުއްތަހަމު ބަންދުން ދޫކޮށްލާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރިއަތުގައި ހިނގަމުންދާ އަސްލު މްއްސަލައިގެ ހެކިތަކާމެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، ޝަރިއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހުކުމް އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރިއަތުގައި އޮންނަ މައްސަލައަށް އަސަރުކުރީނ ކަމަށާއި، މިގޮތަށް ނިންމާ ނިންމުންތަކުގެ ނަތީޖާއަކަށް ވާނީ، ހުށަހަޅާފައިވާ ވަކިވަކި ހެކިތަކާ ހަވާލާދީ މައުލޫއީ މައްސަލައިގެ ހެކިތަކާބެހޭ ގޮތުން ކޯޓުން ފާހަގަކުރާ ނުކުތާ ނަފީކޮށް ޕްރޮސިކިއުޝަނުން ޝަރިއަތަށ ހުށަހަޅާފައިވާ ހެކިތަކުގެ ވަރުގަދަކަން އިސްތިއެނާފީ ކޯޓުގައި ހާމަކޮށް އެ ހެކިތަކާބެހޭ ގޮތުން އިސްތިއުނާފ ކޯޓުތަކުގައި ބަހުސް ހިނގުން ކަމަށާއި، މި ގޮތަށް މިކަންކޮށް އެހެ ކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތްކެނޑި، މުޅި ޝަރިއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރު ވާނެ ކަމަށް،ސުޕްރީމް ކޯޓުގު ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު [2024] SC 14 ގަޒިއްޔާ )މީގެފަހުން "ޢިރުފާން ތަޤިއްޔު ގަޒިއްޔާ"( ގައި ފަނޑިޔާރު ޙުސުނުއްސުޢޫދު ފާހަގަކުރައްވާފައިވެއެވެ.
18ވީމާ،ދަށު ކޯޓުގައު ހިންގަމުންދާސަރިޔަތުގައ ޙުސައިން ވިސާމް ހުށަހެޅިހއްކެއްގެސަބަބުނާކަރެވިފައިވ ތުހުމަތަށް ޝުބުހްއުފެދޭކަމަށިބަންދު މުރާޖައާގެ ތެރެއިނިއިސްތިއުނާފުކޮށްފައިވާ އަމުރުގައްކަނޑައަޅައ އެކަމުގެ މައްޗަށ ރިއާޔަތްކރުމަކީ،ޢިރުފާންތަޤިއްޔާގަޒިއްޔާގައ ބަޔާންކޮށްފައިވުފަދައިން،ބަންދު މުރާޖައާކުރުމުގައާ، ހުށަހަޅާފައިވެއަސްލ ދައުވާގެ ހެކިތަކާމެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި، ހެކިތަކުން ހާމަވާ ކަންކަމާއި،ހެކިތަކުގެ ބުރަދަން ބަޔާންކުރުންކަމުގައި ވާތީ، މި ކަމގައު ކޯޓުނ ރިއާޔަތްކޮށްފައި ވަނީ ރަނގަޅަށް ކަމުގައި ނުފެނެއެވެ.
19ޕްރިސިޑެންސް 3ދައުލަތުން ދެން ސުވާލު އުފައްދާ ނީ،މި މައްސަލެގައި ހެކިބަސް ދޭން ތިބި ފުލުހުންނަކަ".... ދައުލަތުގެ ބެލުމުގެ ތެރޭގައި ހިމެނޭ ބައެއްކަމުގައި ވުމުން ދާޢްވޫލިބޭ ފަރާތުން މި ފަރާތް ތަކުގެ މައްޗަށް ނުފުޒު ހިންގުމުގެ ބާރުވެރިކަމެއް އޮތުމަށްވުރެ، އެ ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަ" ކަމަށި، ޙުސައިން ވިސާމް ބަންދުން ދޫކޮށްލި ސަބަބެއްގް ގޮތުގައި ފާހަގަކޮށްފައިވާ ތީއެވެ. މިކަމުގައި ދައުލަތުން ފާހަގަކުރާ އެއްކަމަކީ،ފުލުހުންގެ އިތުރުން އާންމުން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައި ވާނެ ކަމަށެވެ.އެނގެން އޮތް ހަގީގަތަކީ،މި މައްސަލާގްއީހެކިބަސްދޭނ ފުލުހުންނާއި އާންމުން ތިބިކަން އެއީ، ޙުސައިން ވިސާމް ސަރިޔަތ ނިމެންދެން ބަންދުކުރި އިރުގައި ވެސް އެނގެން އޮތް ހަގީގަތް ކަމެވެ. އެ ހަގީގަތަށް އައި ބަދަލެއް ނެތެވެ.
20ޕްރިސިޑެންސް 2ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ )ރ( އަދި 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަދި ސުޕްރީމް ކޯޓުގް ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2020/SC-A/93 ގުޒިއްޔާގައ ކަނޑައަޅާފައިވި އުސޫލަތަކަށްމެ ރއާޔަތްކުރާއިރި، މީހަކު ސަރިޔތަ ނިމެންދެން ބަންދުކުރެވޭނީ، އެމީހގެ މައްޗަށ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރެފައި، ގނޫނުއަސާސީގާ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތްތަކުން ހާލަތެއް ވުޖޫދުގައިވުމުނ ކަމަށް ވީހިނދު،ސަރިޔަތް ނިމެންދެން މީހކަ ބަންދުކުރުމަށް އަމުރުކުރުމަށްފަހުއެ މީހަކު އަލުން ބަންދުން ވީއްލޭނީ، ތުހުމަތްކުރެވޭ މިންވަރުގެ ހެކިހުރިކަމަށ ބަލައިގަތް ސަބަބުނެތިގޮސާ ގެން، ނުވަތަ ގނޫނުއަސާސީގ 49 ވަނަ މާއްދއިނާ ވުޖޫދުވިކަމަށް ކަނޑައެޅި ހާލަތު ނަފީވެއްޖެ ހިނދެއްގައި، ނުވަތަ އެހެން ވެސް ގާނޫނު ހުއްދަކުރާ ސަބަބަކަށް ޓަކައެވެ.
21ވީމާ، ސަރިޔަތ ނިމެންދެން ބަންދުކޮށްފައިވާ އަމުރއެ ނިމުމަކަށް ގެންނަ ނަމަ، ތުހުމަތު ކުރެވޭ މިންވަރުގެ ހެކ ނެތިދިޔަ ގޮތެއް، ނުވަތަ ވުޖޫދުވި ހާލަތު ނަފީވި ގޮތެއް ސާފުކޮށް ބަޔާންކުރަން ޖެހޭނެއެވެ.
22ޙސައިނު ވިސާމް ސަރިޔަތް ނިމެންދެން ބަންދުކުރި އަމުރަށް ބަލާއިރު،ޙުސައިން ވިސާމް ސަރިޔަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "2025 ނޮވެމްބަރ 13 ވަނަ ދުވަހު ލ.ގަންތުނޑި ލެންސް، ޙުސައިން ވިސާމް މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށ ފެންނާތީއާއިހެކިބަސްދޭނ ހުރް ފަރާތަކަށް ނުފޫޒުފޯރުވޭ ނުވަތާ ހެކި ނައްތާލާފާނެކަމަށ ފެންނާތީ" ކަމަށެވެ.
23ޙުސައިން ވިސާމްބަންދުނ ދޫކޮށްލުމަށް ނެރްފައިވާ، އިސްތިއުނާފު މި ކުރެވޭ އަމުރުގައި، ޙުސައިން ވިސާމް ސަރިޔަތ ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ދެ ހާލަތު ވެސް، އެހެނީ،މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިގެންދނ ކަމަށެ ބެލެވުނިހާލަތު އަދްހެކިބަސްދޭނ ހުރް ފަރާތަކަށް ނުފޫޒު ފޯރުވައ ހެކި ނައްތާލަފާނ ކަމަށެ ބެލެވުން ހާލަތު، ބަދަލުވީ ކޮން ގޮތަކަށް ކިހިނެއްކަން، ގާނޫނު އަސާސްތަކުގެ އަލީގައި އެކަށީގެންވާ ގޮތަކަށް ބަޔާންކޮށްދެވިފައިވާ ތަނެއް ނުފެނެއެވެ.
24އިސްވެ މި ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމުން، އަހުރެންނަށް ފެންނަނީ، އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރު ބާތިލުކަމުގައި ކަނޑައަޅާށެވެ. ލ.ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ CA/40/2026-659 ކޯޓު އަމުރު ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ ރައުރު
25މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
26މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާގެ (ވ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (01-REG-SC-2021) ގެ 13 ވަނަ މާއްދާ
- ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު [2024] SC 14
- ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2020/SC-A/93)
- 2025/HC-B12/44 (ކުރީގެ ބަންދުން ދޫކުރުމުގެ އަމުރު ބާޠިލުކުރި ޤަޟިއްޔާ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު މީޝާ، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، ޢަބްދުއްރައޫފް އިބްރާހީމް، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް