ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/42
އަޙްމަދު ހަފީޘު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/42
Ahmed Hafeethu v. Prosecutor General 2025/HC-B12/42 (2025/HC-B12/42, High Court of the Maldives, 14 December 2025)
އަޙްމަދު ހަފީޘު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (17/2010) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ތުހުމަތު، އެ ޤާނޫނު ޤާނޫނު ނަންބަރު 7/2025 ން އުވާލުމުން ނެތިގެންދޭތޯ؛ ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭ މިންގަނޑަކީ ކޮބައިތޯ؛ އަދި ދަށުކޯޓުން އާ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން އަލުން ބަންދުކުރުމަށް އަމުރުކުރުމަކީ ސަބަބު ބަޔާންކުރުމުގެ އުޞޫލާއި ރަޖުޢީކޮށް ޤާނޫނު ނުހިންގުމުގެ މަބްދައާ ޚިލާފުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލު (ކުރީގެ ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރަށް ބަދަލެއް ނައި)
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނެއް އުވުމުގެ ނަތީޖާ އެ ޤާނޫނުގެ ދަށުން އުފުލިފައިވާ ހުރިހާ ދަޢުވާއަކަށް އަންނާނެތީ، އެ ޤާނޫނުގެ ދަށުން ކުރެވިފައިވާ ތުހުމަތުތައް ޖުމްލަކޮށް ބަލައި ވަޒަންކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޤާނޫނެއް ބާޠިލުވުމުން، އެހެންގޮތަކަށް މާނަނުކުރެވޭހާ ހިނދަކު، އެ ޤާނޫނުގެ ދަށުން ހިންގާފައިވާ ތަޙްޤީޤު، ޤާނޫނީ މަސައްކަތާއި ޝަރުޢީ މަސައްކަތް ނެތިގެނެއް ނުދެއެވެ؛ ޤާނޫނު ވުޖޫދުގައިވަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ބަންދުކޮށްފައިވާ މީހެއްގެ ތުހުމަތަށް، ފަހުން ޤާނޫނު ބާޠިލުވުމުން ބަދަލެއް ނައެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33-36)
- ބަންދު މުރާޖަޢާކުރުމުގައި ފަނޑިޔާރު ތަޠުބީޤުކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބް) ގެ ހަމަތަކެވެ: ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެތޯއެވެ؛ ބަންދުކުރި ޙާލަތު ބަދަލުވެފައިވޭތޯ ބަލާނީ، ފުރަތަމަ ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު ވުޖޫދުވެފައިވާކަމަށް ހަވާލާދިން ޙާލަތްތަކަށް ބަދަލު އައިސްފައިވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-40)
- ބަންދު މުރާޖަޢާކުރުމުގެ މައިގަނޑު ބޭނުމަކީ ދަޢުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ނުތިބޭނެ ކަން ކަށަވަރުކުރުމެވެ؛ ދިގު މުއްދަތެއް ހޭދަވެފައިވާ މައްސަލަތައް އަވަހަށް ތާވަލުކޮށް ޙުކުމްކުރުމަކީ އޭގެ ޙައްލެވެ. ދިގު މުއްދަތެއް ހޭދަވިޔަސް މުޖުތަމަޢަށް ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ (2024/SC-A/09). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
- ބާޠިލުވި ޤާނޫނެއްގެ ދަށުން ކުރެވިފައިވާ ތުހުމަތު ފިލައިގޮސްފައި ނުވާނަމަ، ބަންދު މުރާޖަޢާކުރުމުގައި ކުރަންވާނީ ކުރީގެ ބަންދު އަމުރު ދެމެހެއްޓުމާ ނުވަތަ ނިމުމަކަށް ގެނައުމާމެދު ގޮތެއް ނިންމުމެވެ؛ އާ ޤާނޫނުގެ (7/2025 ގެ 58 ވަނަ މާއްދާ) ބަންދުކުރުމުގެ ޝަރުޠުތައް ވަޒަންކޮށް މުޅިން އާ ބަންދު އަމުރެއް ނެރުމަކީ ބަންދު މުރާޖަޢާކުރުމުގެ ޓެސްޓާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44، 49-50)
- ތުހުމަތު ވަޒަންކުރުމަށް އާ ޤާނޫނަށް ރުޖޫޢަވާންޖެހޭ ސަބަބެއް ނެތްއިރު، އެ ޤާނޫނަށް ރިޢާޔަތްކުރުން އޭގެ ޒާތުގައި ގޯސްވާތީ، އާ ޤާނޫނުގެ ކޮން އަކުރެއްގައި ކުށް ތަޖުރީމުކޮށްފައިވާކަން ބަޔާންނުކުރުމުގެ (ސަބަބު ބަޔާންކުރުމުގެ) ނުކުތާއަށް ވަކިން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47)
- ސުޕްރީމް ކޯޓުގެ 2011/SC-A/23 ގައި ބަޔާންކުރާ ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމުގެ އުޞޫލަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމާ ގުޅޭ އުޞޫލެއްކަމުން، ބަންދު މުރާޖަޢާކުރުމުގެ މަރުޙަލާއަށް އެ އުޞޫލު ތަޠުބީޤެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48)
1މިއީ، ××××××××××××××××××××××××× ކޯޓުގެ )މީގެފަހުން "ދަށުކޯޓު" ކަމަށް ބުނެފައި( ނަންބަރު AM/2025/02/xxx )13 ނޮވެންބަރު 2025( " ބަންދު މުރާޖަޢާކޮށް ނިންމިގޮތް" )މީގެފަހުން "އިސްތިއުނާފުކޮށްފައިވާ ނިންމުން" ކަމަށް ބުނެފައި( އަކާޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ،އެ ނިންމުނިއިސްތިއުނާފުކުރުމަށް އެދޭ ×××××××××، އަޙްމަދު ހަފީޡުގެ )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އަޙްމަދު ހަފީޡު" ކަމަށް ބުނެފައި( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށިހުށަހެޅުމުނ ބެލިޤަޟިއްޔާއެކެވެ.މްޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައި(އެ ވެ.
2އަޙްމަދު ހަފީޡު އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކާ މަރާލުމަށ މަސައްކަތްކޮށްފައިވާކަމަށް ބުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 08 އެޕްރީލް 2024 ގައި އަޙްމަދު ހަފީޡު ހައްޔަރުކޮށްފައިވެއެވެ. އަދި، 09 އެޕްރީލް 2024 ގައި ތަހްޤީޤު މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން ނުވަތަ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އަޙްމަދު ހަފީޡު ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަޙްމަދ ހަފީޡު ބަންދުކުރުމަށް ކޮށްފައިވާ އަމުރުގައި، ބަންދުގައި ބަހައްޓަންޖެހޭޙެލަތުކަމަށް ބަޔާންކޮށްފައިވަނ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 17/2010 )ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ދރކ ނަންބަރު xxxxxxA. ދަށުކޯޓުގެ ނަންބަރު HA/2024/02/xxx ކޯޓު އަމުރު. ދަށުކޯޓުގެ ނަންބަރު MA/2024/03/xxx ކޯޓު އަމުރު. ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު(ގެ 16 ވޫނ މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
3އަޙްމަދު ހަފީޡުގެ ފަރާތުން މި އަމުރު މުރާޖަޢާކޮށް ބަންދުން ދޫކޮށްލުމަށް އެދި ހުށަހެޅުމުން، އިސްތިއުނާފުކޮށްފައިވާ ނިންމުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
4ދައުލަތުން އަޙްމަދު ހަފީޡުގެ މައްޗަށް 4 )ހަތަރެއް( ދަޢުވާ އުފުލާފައިވެއެވެ. އެގޮތުން ތިރީގައިވާ ދަޢުވާތައް 05މޭ 2024 ގައި ދަށުކޯޓުގައި އުފުލާފައިވެއެވެ.
4.1. ޤާނޫނު ނަންބަރު 3/2012 )ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު(ގެ 35 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރާ ޙިލާފުވުމުގެ ދަޢުވާ.
4.2. ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު(ގެ 230 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ނ( ގ 2 ވަނަ ނަންބަރުގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ.
4.3. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ )ހ( އާއި )ނ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ.
4.4. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގ ބިރުދެއްކުމުގެ ދަޢުވާ. މީގަފަހުން "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު 2/xxx475/2024/ ދަޢުވާ ހުށަހަޅާ ފޯމުން.
5މ ދަޢުވާތަކުގެ ތެރެއިން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގަ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށ ގެއްލުމެއް ދީފާނެކަމުގ ބިރުދެއްކުމުގެ ދަޢުވެ ބަލަމުން ދަނީ ދަށުކޯޓުގެ ނަންބަރ 2024/xxx10/ ޤަޟިއްޔާއިންނެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވެނ މާއްދާގަ )ހ( އާއި )ނ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ ބަލަމުންދަނީ އ ކޯޓުގެ ނަންބަރު 2024/xxxx11/ ޤަޟިއްޔާއިންނެވެ. ބަންދު މުރާޖަޢާކުރަން ހުށަހެޅުމާއި، ބަންދު މުރާޖަޢާކޮށް ނިންމިގޮތް
6ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ )ށ( އަށް ރިޢަޔަތްކޮށް، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވިދާނ ކަމަށެ ބެލެވުމާއި، ހެކިބަސް ދޭންހުރި ފަރާތްތަތަކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނގ 16 ވެނ މާއްދާގަ )ހ( ގެ ދަށުން އަޙްމަދު ހަފީޡު ތަހްޤީޤު މަރުހަލާއާއި، ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް 09 އެޕްރީލް 2024 ގައި އަމުރުކޮށްފައިވެއެވެ.
7މާ އަމުރި މުރާޖަޢާކޮށް ބަންދުކުރިޙލަތު ބަދަލުވެއްޖެކަމަށް ބުނީ 3 )ތިނެއް( ކަމެއް ދަށުކޯޓަށް ހުށަހަޅާފައިވާކަން ދަށުކޯޓަށް ހުށަހަޅާފައިވާ "ކޯޓު މއ ރ މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" )12 އޮކްޓޫބަރު 2025( އިން އެނގެން އޮވެއެވެ. އެގޮތުން، އެ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޚުލާސާއެއް ތިރީގައި ބަޔާންކުރަމެވެ.
7.1. ދަށުކޯޓުގެ ނަންބަރު 2024/xxx10/ ޤަޟިއްޔާގައި އަޙްމަދު ހަފީޡުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ކުށުގެ އަދަބަކީ 18 )އަށާރަ( މަސްދުވަސް ކަމުގައިވާއިރު، މި މައްސަލައިގާ އޭނާ ބަންދުކުރި ތާރީޚުން ފެށިގެން 18 )އަށާރަ( މަސްދުވަސް ފާއިތުވެފައިވާތީ.
7.2. ދަށުކޯޓުގެ ނަންބަރު 2024/xxx11/ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 7/2025 )ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު( ގެ ދަށުން މިހާރު އުވާލާފައިވާ ޤާނޫނެއްގެ ދަށުން ކޮށްފައިވާ ދަޢުވާއަކަށްވެފައި،ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި އެ ކުށް ތަޖުރީމުކޮށްފައިނުވާތީ.
7.3. ބެންދުގައ ހޭދަވި މުއްދަތާއި، ދަޢުވާކޮށްފައިވާ ކުށުގެ ތެރެއިން ޚާއްސަ ޤާނޫނުގައި އެގޮތުގެ މަތިން ކުށެއްގެ ގޮތުގައި ތަޖުރީމު ކޮށްފައިނުވާނަމަ، ބަންދުގައި ހޭދަކުރާ މުއްދަތު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވާތީ.
8މި ހުށަހެޅުމާ ގުޅިގެން ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާއެއް ތިރީގައި ބަޔާންކުރަމެވެ.
8.1. ބްރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދެ ދަޢުވާގެ ކުށުގެ އަދަބަށް ބަލާއިރު، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދީފާނެކަމުގ ބިރުދެއްކުމުގެ ކުށުގެ އަދަބަކީ 6 މަހާއި 18 މީހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ އަދަބަކީ 3 އަހަރާއި 5 އަހަރު ދެމދެ ގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވަތީ، ދެ ދަޢުވާގެ އަދަބުގެ މުއްދަތަށް ބަންދުގައި އޮތްކަމަށް ނުބެލެވޭ ކަމަށާއި، ޤާނޫނުއސާސީގ 59 ވަނަ މާއްދާގެ މަންފާ އަޙްމަދު ހަފީޡަށް ލިބޭނެކަމަށެވެ. މީގެފަހުން "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު " ކަމަށް ބުނެފައި.
8.2. މްހާރ ބަންދާމެދު ގޮތެއު ނިންމުމުގައި ބަލަންޖެހޭނީ އުވިދިޔަ ޤާނޫނުގައި އޮތް ކުށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ތަޖުރީމުކޮށްފައިވޭތޯ ކަމަށެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރ ހިންގަނީ އުޅުމުގެ ދަޢުވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫނެވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވެނ މާއްދާގަ )ހ(ގ 3 ވަނަ ނަންބަރަށް ފެތޭކަމަށާއި، އެ މާއްދާގެ )ސ( ގައި އެފަދަ ކުށެއް ކުރަން އުޅުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާކަމަށެވެ.މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދީފާނެކަމެގ ބިރުދެއްކުމުގެ ދަޢުވެ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ )ހ(ގެ )5( ވަނަ ނަންބަރަށް ފެތޭ ކަމަށާއި، ވީމާ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވެސް މި ކުށްތައް ތަޖުރީމުކުރެވިފައިވާ ކަމަށެވެ.
8.3.ބަންދުގައ ހުރި ސަބަބު އެގޮތުގައި ދެމިއޮތްތޯ ބެލުމުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވުނ މާއްދާގަ )ނ( ގައި ބުނާ ޙާލަތްތައް ވުޖޫދުވެ އޮތްތޯ ބަލަންޖެހޭ ކަމަށެވެ. އެ ޤާނޫނުގެ ދަށުން ބަންދު މުރާޖަޢާކްރެވެން ނެތަތީ، އެ މާއްދާގެ ދަށުނ އަޙްމަދު ހަފީޡު ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
9ބަންދު މުރާޖަޢާކުރުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިސްތިއުނާފުކޮށްފައިވާ ނިންމުމުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "އިސްވެބަޔާންކުރެވުނ ކަންކަނު އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 7/2025 )ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު( ގެ 58 ވަނަ މާއްދާގެ )ހ( )ށ( އަދި )ނ(ގެ 1 ވަނަ ނަންބަރާ 2 ވަނަ ނަންބަރާ އަދި 3 ވަނަ ނަންބަރަށް އަށް ރިޢާޔަތްކޮށް، އަޙްމަދު ހަފީޡު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސީލާމަތަށ ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި މިމައްސަލައިގެ ހެކިބަސްދޭން ތިބިފަރާތްތަކަށް ނުފޫޒުފޯރުވަފާނެކަމަށް ބެލެވޭތީ، ××××××××××××××× ކޯޓުގެ ނަންބަރު: 2024/xxx10/ އާއި 2024/xxx11/ ޤަޟިއްޔާގެ ޝަރީޢަތް ނިމެންދެން އަޙްމަދު ހަފީޡު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ."
10މި ނިންމުމަށް ވާސިލުވުމަށް ރިޢާޔަތްކޮށްފައިވާ ކަންކަމަށް ނަޒަރުކުރާއިރު، ފާހަގަކުރެވޭ ކަންކަން ޚުލާސާކޮށް ތިރީގައި ބަޔާންކުރަމެވެ.
10.1. އުވާލެވިފައިވާ ޤާނޫނުން ދަޢުވާކޮށްފައިވާ ކުށްތައް ތަޖުރީމުކުރާ އެހެން ޤާނޫނެއް ވުޖޫދުގައި ނެތުމުން ބަންދުން މިނިވަން ކޮށްދިނުމަށް އެދިފައި ވީނަމަވެސް، އަޙްމަދު ހަފީޡު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ ކުށްތަކަކީ މިހާރު އަމަލުކުރަމުންދާ ގޭންގުތަކުން ހިނގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ތަޖުރީމްކޮށްފައިވާ ކުށްތަކެއްކަން އެ ޤާނޫނުގެ 33 ވަނަ މާއްދާގެ އަކުރުތަކަށް ބެލުމުން އެނގޭކަމަށެވެ.
10.2. ޤާނޫނެއް އުވިދިޔުމުނ ނުވަތް ޤާނޫނަކުން މުއްތަހަމަށް ލުޔެއް ލިބެންޖެހޭނަމަ މައްސަލައިގެ ޝަރީޢަތް ނިންމާ ޙުކުމްކުރާއިރު އެކަމަކަށް ރިޢާޔަތްކުރަންވާނެކަން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށާއި، މި މައްސަލައާ ގުޅިގެން ކުށް ސާބިތުވްޙލަތުގައި އެ މާއްދާއިން ލިބޭ ނަފާ ލިބިދިނުމަށް އެދުމުގެ ފުރުސަތު އޮތްކަމަށް ދެކޭކަމަށެވެ.
10.3. އަޙްމަދ ހަފީޡު ޝަރީޢަތު ނިމެންދެން ބަންދުކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނި މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށ ފެންނާތީ އެ މާއްދާގެ )ހ( ގެ ދަށުން ކަމަށެވެ. މީނެބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލާއިރު މިހާރ އަމަލު ކުރަމުންދާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވެނ މާއްދާގަ )ށ( ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ކަނޑައެޅުމާއެކު ބަންދުކުރެވިފައިވާ ކުށްތަކަކީ އެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވަ ކުށްތަކަކަށްވާނަމަ އަދި އެފަދަ ކުށެއް ކުރި ކަމަށް ނުވަތަ ބައިވެރިވިކަމަށް ބެލެވޭ މިންވަރަށް ހެކް ހުރިނަމަ ބަންދުކުރެވިދާނެކަމށ އޮންނަކަމަށެވެ.ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އިރު ދަޢުވާ އުފުލާފައިވާ ކުށާ ގުޅޭ ހާދިސާއަށް ރިޢާޔަތްކޮށުވަޒަނ ކޮށްފައިވާކަން ޝަރީޢަތް ނިމެންދެނ ބަންދުކުރުމަށް ނެރެފައިވާ އަމުރުން އެނގެންއޮންނަކަމަށެވެ. ދަޢުވާކޮށް ބަންދުކޮށްފައިވާ ޤާނޫނ އުވިދިޔަނަމިވެސް، މިހާރު މި ކުށް ތަޖުރީމުކޮށްފައިވ ޤާނޫނުގާ ދަށުން ބަންދުކުރުމުގައި ބަލަންޖެހެނީ ކުރިން ބަންދުކުރއިރުވެސ ވަޒަންކުރި ކަންކަން ކަމަށެވެ.
10.4. އަޙްމަދު ހަފީޡުގެ ހައްޔަރާއި ބަންދުގެ ރެކޯޑަށް ބަލާއިރު މީނާއަކީ ކުށުގެ ވެށީގައި ތަކުރާރުކޮށް ކުށްކުރާ ފަރާތެއް ކަމަށްވުމުގެ އިތުރުނަމައްސަލައިގ ހުރާ ހެކިތަކަކީ އަޙްމަދު ހަފީޡަށް ބާރު ފޯރުވޭނެ ހެކިތަކެއްކަމަށް ބެލެވޭތީ، މިފަދަ ކުށްތަކަކީ ނުރައްކާތެރި މުޖުތަމަޢަށް އޭގެ އަސަރު އިންތިހާއަށް ފޯރާފަދ ކުށްތަކެއްކަމުން ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށްނުރައްކަލެއ ކުރިމަތިވެދާނެ ކަމަށް ބެލެވޭކަމަށާއި، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށ ފެންނަކަމަށެވެ.
11އަޙްމަދު ހަފީޡުގެ ފަރާތުން، ދަށުކޯޓުގެ ނަންބަރ AM/2025/02/xxx )13 ނޮވެންބަރު 2025( ބަންދު މުރާޖަޢާކޮށް ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި 03 )ތިނެއް( ނުކުތާ ހުށަހަޅާ އްނުކުތތައ ތަފްޞީލުކޮށްފައިވެއެވެ.
12އިސްތިއުނާފީފުރަތަމަ ނުކުތާގައި ބަޔާންކުރަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ދަށުކޯޓުގެ ނަންބަރު 2024/xxx10/ ޤަޟިއްޔގާ އަދަބުގެ މުއްދަތު ބަންދުގައި ހޭދަކޮށްފައި ވީނަމަވެސް އެކަމަށް ރިޢާޔަތްކުރުމެއްނެތި ހަވާލާދެވުނު ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނާ ޚިލާފަށްބަންދ ނުކުރުމުގެ ޙައްޤު ގެއްލޭގޮތަށް އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
13މި ނުކުތާގެ ތަފްޞީލުގައި އަޙްމަދު ހަފީޡުގެ ފަރާތުނ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
13.1.ދަށުކޯޓުގެ ނަންބަރު 2024/xxx10/ ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ ކުށުގެ އަދަބަކީ 18 މަސްދުވަސް ކަމަށާއި، އެ މުއްދަތު މިހާރު ފާއިތުވެފައިވާތީ، އެ ޤަޟިއްޔާއާ ގުޅިގެން ބަންދުނުކުރެވޭނެ ކަމަށާއި، އެއީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ.އަދި ކުށުގެ އަދަބުގެ މުއްދަތަށް ބަންދު މުރާޖަޢަކުރުމުގައި ރިޢާޔަތްކޮށްފައިނުވުމުނ ދެން ހުރް ދަޢުވާތަކުގެ ކުށުގެ އަދަބު މުއްދަތު ހަމަވުމުންވެސް ބަންދު މުރާޖަޢާކުރުމުގެ ހައްޤު ގެއްލިފައިވާކަމަށެވެ.
13.2.ދަށުކޯޓުގެ ނަންބަރު 2024/xxx10/ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2 ވެނ މާއްދާގަ ދަށުން ކޮށްފައިވާ ދަޢުވާއަކަށްވާތީ، އެ ޤާނޫނުގެ 16 ވަނަ މާއްދާ އެ ކުށުގެ ތުހުމަތުގައި ބަންދުކުރުމަށް ނުހިނގާނެ ކަމަށއާ، އެ ޙާލަތުގައި އަމަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް
14އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ދަށުކޯޓުގެ ނަންބަރު 2024/xxx11/ ޤަޟިއްޔާއިން ދަޢުވާކުރެވުނު ކުށުގެ ޢަމަލު އަދި އެ ކުށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ތަޖުރީމުކުރެވިފައ ނެތި ހިނދު، ދަޢުވާގެ އަމަލާއ ކުށް ހަވާލާދެވުނު ޤާނޫނުގެ 33 ވަނަ މާއްދާގައި ތަޖުރީމު ކުރެވިފަ އިވަކުން އެ މާއްދާގެ އަކްރެތަކަށ ބެލުމުން އެނގޭކަމުގައި ބަޔާންކޮށް، ހަވާލާދެވުނު ޤާނޫނުގެ 58 ވަނަ މާއްދާއާ ހަވާލާދީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލި އެނިންމުނ ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށެވެ. ޤާނޫނު ނަންބަރ 12/2016. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި.
15މި ނުކުތާގެ ތަފްޞީލުގައި އަޙްމަދު ހަފީޡުގެ ފަރާތުނ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1.ދަށުކޯޓުގެ ނަންބަރު 2024/xxx11/ ޤަޟިއްޔާގެ ކޮށްފައިވާ ދަޢުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާއަކަށްވާއިރު، މިހާރު މ ޤާނޫނި އުވާލާފައިވާތީއެއެމިހާރު ތަޖުރީމުކޮށްފައިވާ ކުށެއް ނޫން ކަމަށެވެ. އެގޮތުން، އެ ދަޢުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުނ ކޮށްފައިވް ދަޢުވާއަކަށް ވާއިރު، އެ ކުށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނެންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މއްދާގައާ ތަޖުރީމުކޮށްފައާވާކަމި ށ އިސްތިއުނާފުކޮށްފައިވ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގެ ކޮން އަކުރެއްގައިކަން ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށެވެ.
15.2.ވީމާ، އަޙްމަދު ޙަފީޡު ބަންދުގައި ހުންނަނީ ކޮން ކުށަކާ ގުޅިގެންކަން ސާފުނުވާކަމަށާއި، އަދި ނިންމުމުގައި ތަފްޞީލު ބަޔާންކޮށްފައިނުވުމުނ ޤާނޫނުއަސާސީގް 42 ވަނަ މާއްދާއިން ލިބިދީފައިވާ ހައްޤު ގެއްލިފައިވާކަމަށެވެ. އަދި، ޙުކުމުގައި ސަބަބު ބަޔާންކުރަންޖެހޭކަމަށ ސުޕްރީމް ކޯޓުގް ނަންބަރު 2020/SC-A/100 )އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން( ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފުވާކަމަށެވެ.
15.3.އަދި، މައްސަލައިގާ ޝަރީޢަތުގެ މަރުހަލާގައި ސުވާލުކުރަންވީ ކޮން ޤާނޫނެއްގެ ދަށުން ކަމާ މެދު އޮޅުންއަރާކަމަށާއ، އިބްތިދާއީ މަރުހަލާގައި އިއްވާފައިވާ ޙައްޤުތަކުގެ މަޤްސަދު ގެއްލޭ ކަމަށެވެ.
16އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާއާ ހަވާލާދީ އިސްތިއުނާފުކުރުމަށ އެދް ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ Principle of Non-retroactivity "ރަޖުޢީކޮށް ޤާނޫން ނުހިންގުމުގެ މަބްދަޢު" އާ ޚިލާފަށްކަމަށެވެ.
17މި ނުކުތާގެ ތަފްޞީލުގައި އަޙްމަދު ހަފީޡުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
17.1.މި މައްސަލައިގާ އަޙްމަދު ހަފީޡު ބަންދުކުރި ފަހުން ވުޖޫދުވެފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާއާ ހަވާލާދީ ބަންދުކުރުމަށް އަމުރުކޮށްފައިވކަމަށެވެ.
17.2.ދ ވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/23 )ދައުލަތް ވ. ޙަސަން ޢަބްދުﷲ އަދ އިތުރު ފަރާތްތައް( ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7 ވަނަ ނަންބަރުގެ )ރ( ގައި ރަޖުޢީކޮށ ޤާނޫން ތަޠުބީޤުކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، ދަށުކޯޓުގެ ނަންބަރ 2024/xxx10/ ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ ކުށަކީ ޚާއްސަ އިޖުރާއަތުގެ ދަށުން ބަންދުންދޫކުރުމުގެ ހައްޤު ހަނިކޮށްފައިވާ ކުށަކަށް ނުވާތީ، ބަންދުކުރި އިޖުރާއަތަކީ މުއްތަހަމަށް ބުރަ އިޖުރާއަތެއް ކަމަށެވެ.
17.3.އަދި، ދަށުކޯޓުގެ ނަންބަރު 2024/xxx11/ ޤަޟިއްޔާގެ ދަޢުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަން މާއްދާގަ ދަށުން ކޮށްފައިވާ ދަޢުވާއަކަށް ވާއިރު، އެ ކުށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ތަޖުރީމުކޮށްފައާ ނ ވ ތ،މައްސަލައިގެ ތުހުމަތު ނެތިގެންދާކަމަށެވެ. މުއްތަހަމު ކުށްކުރި އިރު ނެތް ޤާނޫނަކަށް ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަމަށެވެ.
18އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި، ދަށުކޯޓުގެ ނަންބަރު 2024/XXX10/ ޤަޟިއްޔާއާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާއާ ހަވާލާދީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި،
19އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި، ދަށުކޯޓުގެ ނަންބަރު 2024/XXX11/ ޤަޟިއްޔާއާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާއާ ހަވާލާދީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި،
20އިސްތިއުނާފުކޮށްފައިވ ނިންމުނާ ބާޠިލުކޮށް، ތުހުމަތުކުރެވޭ ފަރާތް ބަންދުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އިޖުރާއަތެއްގެ ދަށުން ކަމުގައިވާތީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްދިނުމަށް ނުވަތަ، ދިވެހިރާއްޖޭގެ ހައިކޯޓުން ކްނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢްޔަތްކޮށ ދަށުކޯޓަށް ހުށަހެޅި އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމާއި އެ ހުށަހެޅުމަށް ދައުލަތުން ދީފައިވާ ރައްދުގެ މައްޗަށ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ދަށުކޯޓަށް ތަހުވީލުކޮށްދިނުމަށް އެދޭކަމަށެވެ.
21އިސްތިއުނާފީ ފުރަތަމު ނުކުތާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
21.1.މި މައްސަލައަކީ އިސްތިއުނާފީ އޮޅި ގިރާކުރާ މައްސަލައެއް ނޫންކަމަށެވެ. ސަބަބަކީ އަދަބު ކަނޑައަޅާނީ ކޮން ޤާނޫނަކުންތޯ ބަހުސް ކުރުމަކީ ބަންދު މުރާޖަޢާކުރުމުގެ މަރުހަލާގައި ކުރެވޭނެ ބަހުސަކަށް ނުވާތީ ކަމަށެވެ. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލު ން އަދަބު ކަނޑައެޅުމުގެ މަރުހަލާގައި މި ބަހުސް އިސްތިއުނާފުކުރާ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
21.2.ދެ ޤާނޫނުގައިވެސް ބަންދުކޮށްފައިވާ ފަރާތެއް ބަންދުން ވީއްލުމުގެ ހައްޤުވަނީ ހަނިކޮށްފައި ކަމަށާއި، ވީމާ، ބުރަ އިޖުރާއަތެއް ކަމަށް ބުނާ ބަހުސް ކުރުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި އަޙްމަދު ހަފީޡު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އަމުރު އަޙްމަދު ހަފީޡުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަމަށެވެ.
22އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
22.1.ދަށުކޯޓުގެ ނަންބަރު 2024/xxx11/ ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ ކުށް ތަޖުރީމުކޮށްފައިނުވާ ކަމަށް ބުނި ނަމަވެސް، ދައުލަތުން ދެކޭ ގޮތުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި އެ ކުށް ތަޖުރީމްކޮށްފައިވާ ކަމަށެވެ. މި މަރުހަލާގައި ސީދާ ކޮން ކުށެއްކަން ބަޔާންކޮށް ތަފްޞީލުކޮށްފިނަމަ މައްސިލައިގ މައުޟޫޢުގެ ތެރެއަށް ވަދެވިދާނެ ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ އަސާސީ ހައްޤަކަށ އުނިކަމެއް އައިސްފައިނުވާކަމަށެވެ. މ މަރުހަލާއަކީ އެކަމުގެ ތަފްޞީލު ކޯޓުން ކަނޑައަޅަންޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ.
22.2.ދަށުކޯޓަށ ހުށަހަޅާފައިވް ބަންދާ މުރާޖަޢަކުރުމަށ ހުށަހެޅް ހުށަހެޅުމުގެ ރައްދުގައި ދައުލަތުން ހުށަހެޅި ފޯމުގައި ތަފްޞީލުކޮށް ގޭންގުތެކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަން މާއްދާގައި މި ކުށްތައް ތަޖުރީމުކޮށްފައިވ ގޮތާ ތަފްޞީލުކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން އެ ކުށް ތަޖުރީމުކޮށްފައިނުވާކަމަށ ބުން ބުނުން ފިޔަވާ އިތުރު ތަފްޞީލެއް ހށަހަޅާފައިނުވާކަމަށެވެ.
23އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
23.1.އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ ޤަޟިއްޔާއަކީ ބަންދާގުޅޭ މ ޙިލަތަށް ތަޠުބީޤުކުރެވޭނެ ޤަޟިއްޔާއެއް ނޫންކަމަށެވެ. އެ ޤަޟިއްޔާގައި ބަޔާންކުރަނީ ފަހުން އަންނަ ޤާނޫނުން ބޮޑު އަދަބެއް ކަނޑައެޅުމުން ކުރިމަތިވާ ޙާލަތެއްގެ ވާހަކަ ކަމަށެވެ.
23.2.އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި އަދަބާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާފައިނުވާކަމަށެވެ. އެ ނިންމުމުގައި ބަލާފައިވަނީ ހަމަ ޙަޤީޤަތުގައިވެސް ދަޢުވާކޮށްފައިވާ ކުށް އުވިފައިވޭތޯ ކަމަށެވެ. އަދި ދ ޤާނޫނުގައި ބަންދުގެ އިޖުރާއަތު އަޅާކިޔުމަށްފަހު، ދަޢުވާ ކޮށްފައިވާ ކުށުގެ ތުހުމަތުގައިވާ މީހާ ހުންނަންޖެހޭނީ ބަންދުގައިކަން ސާފުވާކަމަށެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުން of Principle Non-retroactivity އާ ޚިލާފުކަމަށް ނިންމޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
24އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާއަކީ އިސްތިއުނާފީ އޮޅި ގިރާކުރެވޭ ނުކުތާއެއް ނޫންކަމަށް ކަނޑައަޅައި، އިސްތިއުނާފުކޮށްފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
25މި މައްސަލގައާއަޙްމަދު ހަފީޡުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތގައާ އިސްތިއުނާފި ބަހުސެއް ނެތްކަމަށް ބުނެ ދައުލަތުން ބުނާ ބުނުމާމެދު އެންމެ ފުރަތަމަ ގޮތެއް ނިންމަންޖެހޭ ކަމުގައި ދެކެމެވެ.
26އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި ޚުލާސާ ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ މަސްދަރުތަކަކާ ހަވާލާދީ ފާހަގަކުރަނީ އިސްތިއުނާފުކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އެއީ ޤަޟިއްޔާގެ ކުށުގެ އަދަބު ނިމިފައިވާ ކަމަށާއި، ދެވަނަ ކުށިކީ މިހާރު ތަޖުރީމުކޮށްފައިވާ ކުށަކަށް ނުވާތީ އ ކުށުގެ ތުހުމަތު ނެތިގެން ގޮސްފައިވާ ކަމަށެވެ. ދައުލަތުގެ ބަހުސަކީ މި ކުށްތައް އަލަށް ވުޖޫދުވި ޤާނޫނެއްގައި ތަޖުރީމުކޮށްފައިވާ ކަމަށެވެ. އަދި މިއީ ބަހުސެއް ނެތް ނުކުތާތަކެއް ކަމަށެވެ. ހުށަހެޅިފައިވާ އިސްތިއުނިފަށާއި، ދައުލަތުގެ ރައްދަށާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މ މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ.
27އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީތިނ ނުކުތާއަށް ނަޒަރުކުރާއިރުފާހަގަވާ އެއްކަމަކީ، އިސްތިއުނާފުކުރާ ފަރާތުން އެއް "ޚަޞާމތަކާ" ގުޅިގެން އެކި ގޮތްގޮތަށް ޤާނޫނީ ބަހުސް ފަރުމ ކޮށްފައިވާކަމެވެ. ސާފު ސީދާކޮށް އިސްތިއުނާފުކުރާ ފަރާތުގެ ބަހުސަކީ ކޮބައިކަން އެނގެން ނެތި ނަމަވެސް، މަސްހުންވްފައިވާ ބަހުސްތަކުގެ ތެރެއިން މި މައްސަލައިގާ ޖަވާބު ދޭންޖެހޭ ސުވާލުތަކަކީ ކޮބައިކަން އަހުރެންނަށ ދެނެގަނެވުނު ގޮތަށް ތިރީގައި ބަޔާންކުރަމެވެ.
27.1. ބްރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރި ފަރާތާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އެ ޤާނޫނު އުވުމުގެ ސަބަބުނ މިހާރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ތުހުމަތު ނެތި ގޮސްފައވޭތ ؟
27.2. ބަރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢތަ ނިމެންދެން ބަންދުކޮށްފައިވާއިރު، ބަންދު މުރާޖަޢާކުރުމުގއި ބަލަންޖެހޭ ކަންކަމަކީ ކޮބައިތޯ؟
27.3. އިސްތިއުނާފުކޮށްފައިވާ ނިންމނު، ސަބަބު ބަޔާންކުރުމުގެ އުޞޫލާއުރަޖުޢީކޮށްޤާނޫނ ނުހިންގުމުގެ މަބްދޯއއާ ޚިލާފުވޭތޯ؟ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރު ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އެ ޤާނޫނު އުވުމުގެ ސަބަބުން މިހާރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ތުހުމަތު ނެތި ގޮސްފައިވޭތޯ؟
2825 އޮގަސްޓު 2025 ގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ ޤާނޫނުގެ 99 ވަނި މާއްދާގަ ދަށުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ މިހާރު އުވާލެވެފައިވާ ޤާނޫނކވެ.
29އިސްތިއުނާފުކުރ ފަރާތާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 07 އެޕްރީލް 2024 ދުވަހު، އޭނާގެ އަނބިމީހާ ބަދިގޭގައ ހުއްޓި ތިލައިގާ 3 އާންޗި ހުންނަވަރުގެ ވަޅިއެއް އަނބިމީހާގެ ކަރާ ދިމާލަށް ދިއްކޮށްގެން ހުރެ، "މަރާލާނީއޭ" ބުނެފައިވިކަމަށާއ، އެއަށްފަހު ތިލައިގައ 7 އިންޗި ހުންނަވަރުގެ ވަޅިއެއް ހިފައިގެން، އޭނާގެ އަނބިމީހާ ފަހަތުން ދުވެފައި ގޮސާ، އަނބިމީހާ ލައިގެން ހުރި ހެދުމުގެ ގިރުވާނުގައ ހިފައި ފާރާ ދިމާލަށް ކޮށްޕާލައި ވައްޓާލާފައިވާކަމަށާއި، ވެއްޓިފައި އޮއްވާ އަނބިމީހާގެ ބޮލ ދިމާލަށް ތިލއިގައ 7 އެންޗި ހުންނަވަރުގެ ވަޅިއެއް ދިއްކުރުމަށްފަހު "ވާހަކަދައްކާށޭ، އެހެންނޫނީ މަރައޭ ލާނީ" ބުނެ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅެފައިވާކަމަށާއި، މީނާގެ އަނބިމީހާގެ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމަށް ބިރުދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
30މި މައްސަލއަ ގުޅިގެން އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށްފައިވަނީ 08 އެޕްރީލް 2024 ދުވަހުއެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނ 09 އެޕްރީލް 2024 ދުވަހުއެވެ. މި މައްސަލި ގއ ދައުލަތުން ދަޢުވާ ކޮށްފައިވަނީ 05މޭ 2024 ދުވަހުއެވެ. މައްސަލައާ ގުޅިގެނ 4 ދަޢުވާއެއް އުފުލާފައިވާއިރު، މި މައްސަލައިގެ މައުޟޫޢުއ ގުޅިގެނާ ބަހުސްކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ދައުލަތުގެ ދަޢުވާ ފޯމަށް ބަލައި ހާދިސާގެ ތަފްޞީލުތައް ޚުލާސާކޮށް ބަޔާންކޮށްފައި. އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގ ބިރުދެއްކުމުގެ ދަޢުވާއާއި، އެ ޤާނޫނގ 9 ވަނަ މާއްދާގެ )ހ( އާއި )ނ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުންތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރ ހިންގަނީ އުޅުމުގެ ދަޢުވްއ ގުޅިގެން ދަށުކޯޓުގައި ކުރިއަށް ދ ޤަޟިއްޔާތަކާ ގުޅިގެނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ ގޮތުންނެވެ.
31އިސްތިއުނާފުކުރި ފަރާތުގާ ބަހުސަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގ ޤާނޫނެ މިހާރު އުވާލާފައިވާތީ، އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި މި ކުށް ތަޖުރީމުކޮށްފިއިނުވާތީ، މިހާރު މި ކުށުގެ ތުހުމަތު ނެތިގޮސްފައިވާ ކަމަށާއި، މި ކުށާ ގުޅިގެން ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެގޮތުން، މި ބަހުސް ހުށަހަޅަނީ ހަމައެކަނި ބިރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނގ 9 ވަނަ މާއްދާގެ )ހ( އާއި )ނ( އާ ހަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުންތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާއާ ގުޅިގެންބަލަމުންދ ޤަޟިއްޔާއާ ގުޅޭގޮތުން ނެވެ. މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގ ބިރުދެއްކުމުގެ ދަޢުވާއާ ގުޅިގެން ހުށަހަޅާ ބަހުސަކާ،ކުށަށް ކަނޑައެޅިފައިވާއަދަބުގ މުއްދަތު ހަމަވެފައިވާތީ އެ ދަޢުވާއާ ގުޅިގެން ބަންދުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ހުށަހަޅާ ބަހުސެވެ. ދެވަނަ ސުވާލަށ ޖަވާބުދެމުން އ ބަހުސަށް ނަޒަރުކުރުމަށް ގަސްތުކުރަމެވެ.
32ޕްރިސިޑެންސް 1ޢާންމު އުސޫލުން ޤާނޫނު އުވުމުގެ ސަބަބުން އައިސްދާނ ކަމަށެ ބެލެވޭ ނަތީޖާ އާ ޤާނޫނުގެ ދަށުން އުފުލިފައިވާ އެންމެހާ ދަޢުވްތކަށްވެސީ އަންނާނެތެ، ދެ މައްސަލައިގެ ތުހުމަތަށް ޖުމްލަކޮށް ނަޒަރުކޮށް ޤާނޫނު އުވުމުގ ސަބަބުން އަސަރެއް ކުރާނެތޯ ބަލާނަމެވެ.
33ޕްރިސިޑެންސް 2ހާދިސާ ހިނގާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ވުޖޫދުގައިވަނިކޮށް، އެ ޤނޫނުނ ކުށް ތަޖުރީމުކޮށްފައިވަނިކޮށެވެ. އަދި، ބަންދުކުރުމަށް އަމުރުކޮށްފައި ވަނީވެސ ޤާނޫން ވުޖޫދުގައިވަނިކޮށެވެ.
34ޤާނޫނެއް ބާޠިލުވެއްޖެ ހިނދެއްގައި، އެހެންގޮތަކަށް މާނަނުކުރެވޭހާ ހިނދަކު، ހިންގާފައިވާ އެއްވެސް ތަޙުޤީޤެއް، ނުވަތަ ޤާނޫނީ މަސައްކަތްތަކެއް، ނުވަތަ ޝަރުޢީ މަސައްކަތްތަކެއްނެތި ގޮސްފައި ނުވާކަމުގައި ޤަބޫލުކުރަންވާނެކަނ ޤާނޫން ނަންބަރު 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގެ 19 ވަނަ މާއްދާއިން އެނގެންއޮވެއެވެ.
35ބިރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ބާޠިލުވި ނަމަވެސް، ބުނެވިދިޔަ ފަދައިން ހިންގާފައިވާ އެއްވެސް ތަޙުޤީޤެއް، ނުވަތަ ޤާނޫނީ މަސައްކަތްތަކެއް، ނުވަތަ ޝަރުޢީ މަސައްކަތްތަކެއް ނެތިގޮސްފައިނުވާކަމށަޤަބޫލުކުރނު ނޫން އެހެންގޮތަކަށް މާނަކުރެވޭނެ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވެއެވެ.
36ވީމާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ބާޠިލުވި ނަމަވެސް، އެ ޤާނޫނަށް ޢަމަލުކުރަމުންދިޔައިރު ހިނގި ހާދިސާއަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތް ބަންދުކޮށްފައިވާއިރު، އެ ޤާނޫނު ބާޠިލުވެފައ ވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ތުހުމަތަކަށ ބަދަލެއް އަންނާނެ ކަމަށް ނުދެކެމެވެ. 19 ވަނަ މާއްދާގެ )ށ( ގެ 5 ވަނަ ނަންބަރު. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ބަންދު މުރާޖަޢާކުރުމގައި ބަލަންޖެހޭ ކަންކަމަކު ކޮބައިތޯ؟
37މި މައްސަލގައާދެން އުފެދޭ ސުވާލަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން ބެލެވޭ ޤަޟިއްޔާއެއްގައި، ބަންދު މުރާޖަޢާކުރުމުގައ ބަލާނީ ކޮން ކަންކަމެއްތޯއެވެ.އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ކުށް ތަޖުރީމުކޮށްފައ ނުވާތީ ބަންދު މުރާޖަޢާކުރުމެއްވެސް ނޯންނާނެ ކަމަށެވެ. އެހެނީ ތުހުމަތުވެސ ނެތް ކަމަށެވެ. ދައުލަތުގެ ބަހުސަކީ މި ކުށްތައް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ މާއްދާއެއްގައި ތަޖުރީމުކޮށްފައިވާތީ، ދެން ބަންދުކުރުމުގައި ޢަމަލުކުރަންޖެހޭނީ އެ ޤާނޫނުގެ ދަށުނ
38ޕްރިސިޑެންސް 3ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު( )މީގެފަހުން "ޢިރުފާން ތަޤިއްޔު ޤަޟިއްޔ" ކަމަށް ބުނެފައި( ޤުޟިއްޔާގައި ބަޔާންކޮށްފައިވަނީ،ބަންދު މުރާޖަޢާ ކުރުމުގައި ފަނޑިޔާރު ތަޠުބީޤުކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/93 )ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( )މީގެފަހުން "ޝަހީބް ޤަޟިއްޔި" ކަމަށް ބުނެފައި( ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ހަމަތައް ކަމަށެވެ. އޭގެ މާނައަކީ ފަނޑިޔާރު ބަންދު މުރާޖަޢާ ކުރުމުގައް ވސެބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ 4 ޙާލަތުންކުރެ ޙާލަތެއް އޮތްތޯ ނުވަތަ ނެތްތޯކަމަށެވެ.
39ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 )ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް( )މީގެފަހުން "ބިޝާރު ޤޟިއްޔަ" ކަމަށް ބުނެފައި( ޤިޟިއްޔާގައާ،ޝަހީބް ޤަޟިއްޔާއާ ހަވާލާދީ ބަޔާންކޮށްފައިވަނީ، ބަންދު މުރާޖަޢާކުރުމުގެ ޓެސްޓަކީ މުއްތަހަމު ކުށް ކުރި ކަމަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށ ހެކް ހުރިނަމަ، ދެން ބަލަންޖެހޭނީ ޤާނޫނުއަސސީގ 49 ވަން މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫނިތާކަމަށެވެ. އަދި ބަންދު މުރާޖަޢާކުރާއިރު ބަންދުކުރި ޙލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތްތަކުންކުރާ ފުރަތަމަ ބަންދުކުރި އިރު ވުޖޫދުވެފައި ހުރި ކަމަށް ހަވާލާދިނޯޙ ލަތުތަކަށް ބަދަލުއިސްފައިވޭތ
40ވީމާ، މި މައްސަލައިގާ ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭނީ ޝަރީޢަތް ނިމެންދެން ބަންދުކުރި އިރު އޮތް ޙާލަތަށް ބަދަލެއް އައިސްފައިވޭތޯއެވެ. މިފަދައިން ބަލާއިރު ރިޢާޔަތްކުރަންޖެހޭނީ ފުރަތަމަ ބަންދުކުރި އިރު ވުޖޫދުވެފައި ހުރިކަމަށް ހަވާލާދިންޙާލަތުތަކަށް ބަދަލުއިސްފައިވޭތޯކަނާބިޝާރު ޤަޟިއްޔގައާ ކަނޑައަޅާފައިވި އުޞޫލަށް ބެލުމުން އެނގެއެވެ.
41ޕްރިސިޑެންސް 4ބަންދު މުރާޖަޢާކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދަޢުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއ ވަންދެން ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށްވާއިރު، ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އިމައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލު ކަމަށާއި، ބަންދުގައި ދިގު މުއްދަތެއް ހޭދަވެނަމަވެސް މުޖުތަމަޢެށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނަ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫންކަމަށްޢިރުފާން ތަޤިއްޔު ޤިޟިއްޔގައ ބަޔާންކޮށްފައިވެއެވެ.
42އިސްތިއުނާފު ކޮށްފައިވާ ނިންމުމަށް ބަލާއިރު އެ ނިންމުމުގެ 7 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، "އަޙްމަދު ހަފީޡުގެ ހައްޔަރާއި ބަންދުގެ ރިކޯޑަށް ބަލާއިރު މީނާއަކީ ކުށުގެ ވެށީގައި ތަކުރާރުކޮށް ކުށްކުރާ ފަރާތެއްގެ ގޮތުގައެ ތުހުމަތުކުރެވި ފަރާތެއް ކަމަށްވުމުގެ އިތުރުން ދަޢަވާ އުފުލިފައިމިވާ ކުށްތަކާއި ގުޅުންހުރި ދ ދަޢުވާގައި ހުރި ހެކިތަކަކީ ތުހުމަތުކުރެވޭ ފަރާތުގެ ބާރު ފޯރުވޭނެ ހެކިތަކެއްކަމަށް ބެލެވޭކަމަށާއި، މިފަދަ ކުށްތަކަކީ ނުރައްކާތެރު، މުޖުތަމަޢުއަށް އޭގެ އަސަރު އިންތިހާއަށް ފޯރާފަދަ ކުށްތަކެއްކަމުން ތުހމަތުކުރެވ ފރާތަ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭކަމަށާއި، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޮރ ވަފާނ ކަމަށެ ޝަރީޢަތަށް ފެންނަކަން." މިފަދައިންނެވެ.
43އިސްތިއުނާފުކުރި ފަރާތާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހއްކާއެޤަރީނާ ލިބިފައިވާތީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވުނ މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ އ މާއްދާގެ )ހ( ގެ ދަށުންނެވެ.
44ޕްރިސިޑެންސް 5އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގައިވާ ކަންކަން ވަޒަންކޮށް، އެ މާއްދާގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ، ބަންދު މުރާޖަޢާކުރުމުގައި ބަލަން ޖެހޭ ޓެސްޓާ ޚިލިފަށެ ކަން، ކުރިން މިފާހަގަކުރ ކަންކަމަށް ބެލުމުން އެނގެއުވެ. އެހެނީ، މި މައްސަލައިގެ ތުހުމަތަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ތުހުމަތަކަށް ވެފައި އެ ތުހުމަތު ފިލައިގޮސްފއިނުވާއިރު، ދެން ވަޒަން ކުރަންޖެހޭނީ ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު ވުޖޫދުވެފައި ހުރި މި ރިޕޯޓގު 28 ވަނަ ނުކުތާއިން 36 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް. ކަމަށް ހަވާލާދިންޙްލަތުތަކަށް ބަދަލައޭ އޯއިސްފައިވތޯނުވަތަ ނޫންތް ކަމަށ ވާތީއެވެ. އެހެނަސް، އިސްތިއުނާފުކޮށެ ފައްވާ ނިންމުމުގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކޮށްފައެއ ނުވެއެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 7 ވަނަ ނުކުތާއަށާއި، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރްޙލަތަށ ބަދަލެއް އައިސްފައިނުވާކަނ އެނގެއެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުން، ސަބަބު ބަޔާންކުރުމުގެ އުޞޫލާއި، ރަޖުޢީކޮށް ޤާނޫނު ނުހިންގުމުގެ މަބްދއއަ ޚިލާފުވޭތޯ؟
45އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 )ދައުލަތް ވ. ޙަސަން ޢަބްދު ﷲ އަދި އިތުރު ފަރާތްތައް( ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7 ވަނަ ނަންބަރުގެ )ރ( ގައި ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވ އުޞޫލާ ޚިލާފަށާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. މި ބުނުމަށް ދައުލަތުގެ ރައްދަކީ ހަވާލާދީފައިވާ ސުޕްރު މ ކޯޓުގް ޤަޟިއްޔާއަކީ މައުޟޫޢީ ޤަޟިއްޔާއަކަށްވެފައި ހުށަހެޅިފައިވާ މައްސަލައަކީ ބަންދު މުރާޖަޢާކުރުމުގެ މަރުހަލާގެ ނިންމުމަކަށްވާތީ، އެ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށެވެ.
46އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ބަންދު މުރާޖަޢާކުރުމަށް ހުށަހެޅި ފޯމުގައި މިހާރު ބަންދުކޮށްފައިވ ކުށާ ތަޖުރީމުކޮށްފައިނުވ ކަމަށާ ބުން ބަހުސްކޮށްފައިވެއެވެ. މި ބަހުސާ ގުޅިގެން ދަށުކޯޓުން ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށެކޮށްފައިވާ ދަޢުވާތައް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ކަމަށާއި، އެގޮތުން އެ ޤާނޫނުގެ ނުރައްކާތެރި ކުށްތަކާ ގުޅޭ ބައިގެ ތެރޭގައި މި ކުށްތައް ބަޔާންކޮށްފައިވާކަން އެ ޤާނޫނުގެ 33 ވަނަ މާއްދާގެ އަކުރުތަކަށް ބެލުމުން އެނގޭކަމަށެވެ.އިސްތިއުނާފުކުރ ފަރާތުގާ ބަހުސަކީ،ދަޢުވާކޮށްފައިވާ ކުށާ ތަޖުރީމުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަން މާއްދާގަ ކޮން އަކުރެއްގައިކަން ބަޔާންކޮށްފައި ނުވާތީ، އިސްތިއުނާފުކޮށްފައިވާ ނިންމި ނ ޙުކުމުގައި ސަބަބު ބަޔާންކުރަންޖެހޭކަމަށ ކަނޑައަޅާފައިވް އުޞޫލާ ޚިލާފުކަމަށެވެ. ދައުލަތުގެ ޖަވާބަކީ، މި މަރުހަލާގައި އެމިންވަރަށް ތަފްޞީލް ކުރަން ނުޖެހޭކަމަށެވެ.
47ޕްރިސިޑެންސް 6ފުރަތަމް ސުވާލާއި ދެވަނަ ސުވާލުގެ ޖަވާބުގައި ބަޔާންކޮށްފައިވާ ފަދައިން، މި މައްސަލައިގާ ތުހުމަތެއް އޮތްތޯ ވަޒަންކުރުމަށް،ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރުޖޫޢަވާންޖެހޭ ސަބަބެއް ނެތްއިރު، އަދި މި މަރުހަލާގައި އެ ޤާނޫނަށް ރިޢޔަތްކުރަންޖެހޭ ސަބަބެއް ނެތުމުން، އެ ޤާނޫނަށް ރިޢާޔަތްކުރިކުރުން އޭގެ ޒާތުން ގޯސްކަމަށްވާތީ، ސަބަބު ސާފު ނުވުމުގެ މައްޗަށ ނަޒަރުކޮށް މި މައްސަލައިގާ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުދެކެމެވެ.
48ޕްރިސިޑެންސް 7އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/23 )ދައުލަތް ވ. ޙަސަން ޢަބްދު ﷲ އަދި އިތުރު ފަރާތްތައް( ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމުގައި ޢަމަލޫކު ރ އުޞ ލާ ގުޅޭގޮތުން ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުމާ ގުޅޭ ޤަޟިއްޔާއަކަށްވާތީ، މި މައްސަލައަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކުރެވޭނެ ކަމކށް ނުދެކެމެވެ.
49ނަމަވެސް، މި ރިޕޯޓުގެ ދެވަނަ ސުވާލުގެ ޖަވާބުގައި ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނ މާއްދާގަ ދަށުން އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ބަންދު މުރާޖަޢާކުރުމުގެ އުޞޫލާ ޚިލާފަށް ކަމަށް ދެކެމެވެ. އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 4 ވަނަ ނުކުތާ.
50××××××××××××××××××××××××× ކޯޓުގެ ނަންބަރު AM/2025/02/xxx އަމުރަކީ،އެކޯޓުގެ ނަންބަރ MA/2024/03/xxx ކޯޓު އަމުރު މުރާޖަޢާކުރުމަށް އެދި އަޙްމަދު ޙަފީޡުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބެލުނު މައްސަލާގައި ކޮށްފައިވާ އަމުރެއްކަން އެނގެއެވެ. ނަމަވެސް އެމައްސަލާގައި ނަންބަރ MA/2024/03/xxx އަމުރު މުރާޖަޢާކޮށް އުއަމުރު ދަމަހައްޓަން ނުވަތަ ނިމުމަކަށް ގެންނައުމާ މެދު ވަކިގޮތެއް ކަނޑައަޅާފައެއް ނެތެވެ. އޭގެ ބަދަލުގައި ޤާނޫނު ނަންބަރ 2025/7 )ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު( ގ 58 ވެނ މާއްދާގަ )ހ( )ށ( އަދި )ނ(ގ 1ވަނަ ނަންބަރާއި 2ވަނަ ނަންބަރާއި 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އަޙްމަދު ޙަފީޡް ބަންދުގައި ބެހެއްޓުމަށެމުޅިން އްއަމުރިއ ކޮށްފައް ވަނީއެވެ. އެ އަމުރަކީ ބަންދު އަމުރު މުރާޖަޢާކުރުމުގައ ގެންގުޅެންޖެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ނުދެކެމެވެ.އަދި މޙި ލަތުގައި ނަންބަރ MA/2024/03/xxx ކޯޓު އަމުރަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ވެސް ނުދެކެމެވެ.
51ބުނެވިދިޔ ކަންކަނަ އެފަދައިން ހުރުމުން، ދަށުކޯޓުގެ ނަންބަރު AM/2025/02/xxx )13 ނޮވެންބަރު 2025( ބަންދު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލުކުރުމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
52މ މައްސަލައިގައި ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔަށް ތާއިދުކުރަމެވެ.
53މ މައްސަލައިގައި ފަނޑިޔާރި އިބްރާހީމު މާހިރުގެ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 58 ވަނަ މާއްދާ، 33 ވަނަ މާއްދާ، 99 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ (ށ) (5)
- ސުޕްރީމް ކޯޓުގެ 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ސުޕްރީމް ކޯޓުގެ 2011/SC-A/23 (ދައުލަތް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު ފަރާތްތައް) (ތަޠުބީޤު ނުކުރެވޭ ކަމަށް ފަރަގުކޮށް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޝާން ޞާލިޙް މުޙައްމަދު
- ބެންޗު
- ފަނޑިޔާރު އިބްރާހީމް މާހިރު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު އިބްރާހީމް މާހިރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް