ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/39
ނިޒާރު އަޙްމަދު ވ. ޒުލައިޚާ އަޙްމަދު، 2019/HC-A/39
Nizar Ahmed v. Zulaikhaa Ahmed 2019/HC-A/39 (2019/HC-A/39, High Court of the Maldives, 30 August 2021)
ނިޒާރު އަޙްމަދު ވ. ޒުލައިޚާ އަޙްމަދު
މައިގަނޑު ސުވާލު
މ.އޮކްސިޑެންޓަލްވިލާ ގޯތީގައި އިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ 01 ސެޕްޓެންބަރު 2016 ގެ އެއްބަސްވުމުގައިވާ 12 މަސްދުވަހުގެ ތެރޭގައި ފުލޯތައް ނިންމައި ޙަވާލުނުކުރުމަކީ، ބޭންކް ލޯނު ނުލިބުމުގެ ޙާލަތުގައި، އިންވެސްޓަރ އެއްބަސްވުމާ ޚިލާފުވުމަކަށް ވެ، އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއްތޯ؛ އަދި ގޯތީގެ ހުރިހާ ވެރިން ބައިވެރިނުވެ ދަޢުވާކުރުމާ ބެހޭ ނުކުތާ ފުރަތަމަ ފަހަރަށް އިސްތިއުނާފީ މަރުޙަލާގައި ނެގޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އަޣުލަބިއްޔަތުގެ ރައުޔު (ދަށުކޯޓުގެ ޙުކުމް ބަދަލުކުރި)
ކަނޑައެޅުނު އުޞޫލުތައް
- ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލުކުރެވޭނެ ގޮތް އެއެއްބަސްވުމުގައި ކަނޑައަޅާފައިވާނަމަ، އެއެއްބަސްވުން ބާޠިލުކުރެވޭނީ އެގޮތަކަށެވެ؛ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެއްބަސްވުމެއް ނިމުމަކަށް އައިސްދާނީ ބައިވެރިންގެ ބާރު ނުފޯރާ ޙާދިސާއަކުން، ބައިވެރިން އެދިގެން، އެއްބަސްވުން ޣައިރު ޤާނޫނީވެގެން، މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިޢާދަނުކުރެވޭ ފަދަ ޚިލާފުވުމަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- އެއްބަސްވުމެއް ބާޠިލުކުރުމަށް ހުށަހަޅާ މައްސަލައެއްގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ ބާޠިލުކުރުމުގައި ޢަމަލުކުރުމަށް ބައިވެރިން އެއްބަސްވެފައިވާ ގޮތާއި، ހުށަހަޅާ ސަބަބަކީ އެއްބަސްވުމުގެ ދަށުން ބާޠިލުކުރުމަށް އެއްބަސްވެފައިވާ ސަބަބެއްތޯ އާއި، ޚިލާފުވިކަމަށް ބުނާ ޢަމަލަކީ ޤަޞްދުގައި ކުރި ކަމެއްތޯ އެވެ؛ ޒިންމާތައް އަދާނުކުރުމަކީ އާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމެއް ނިމުމަކަށް ގެނެވިދާނެ ޙާލަތެއް ނަމަވެސް، އަދާނުކުރި ޒިންމާއަކީ އެއްބަސްވުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއްތޯ ދެނެގަނެވޭނީ އެއްބަސްވުމަށް ރިޢާޔަތްކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ކޮންޓްރެކްޓުގެ ބައިވެރިއަކު ކުރަންޖެހޭ ކަމެއް ކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް ކަމާއި، އެއާ ޚިލާފަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ދުލެއްދީފިނަމަ ނުވަތަ އެހެން ގޮތަކަށް އެއްބަސްވެއްޖެނަމައެވެ؛ ކަމެއް ވުމަށް ނުވަތަ ޝަރުޠެއް ފުރިހަމަވުމަށް ފަހު ޢަމަލުކުރަންޖެހޭ ކޮންޓްރެކްޓަކަށް، އެކަމެއް ވުމުގެ ނުވަތަ ޝަރުޠު ފުރިހަމަވުމުގެ ކުރިން ޢަމަލުކުރާކަށް ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ބޭންކް ލޯނު ނަގައިގެން އިމާރާތް ނިންމުމަށް ވެފައިވާ އެއްބަސްވުމެއްގައި ލޯނު ނުލިބިއްޖެ ޙާލަތުގައި ޢަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައި ނުވާނަމަ، ލޯނު ނުލިބޭ ޙާލަތުގައި އަމިއްލަ ޚަރަދުގައި ނުނިމިހުރި ބައިތައް ނިންމައި ޙަވާލުކުރުމަށް އިންވެސްޓަރގެ ނުރުހުމުގައި ލާޒިމްކުރެވިދާނެ ކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 26)
- ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެން ކަމުން، ދަޢުވާކުރާ ފަރާތްތަކަށް ދަޢުވާކުރުމުގެ ހައިސިއްޔަތު (އެއްބަސްވުމުގެ ހުރިހާ ބައިވެރިން އެކުގައި ދަޢުވާނުކުރުން) އާ ބެހޭ އިޖްރާއީ ދިފާޢު ދަށުކޯޓުގައި ނަގާފައި ނުވާނަމަ، އެ ނުކުތާ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މައްސަލައެއް ބަލަމުންދާއިރު ޝަރީޢަތުން ސާފުކުރަންޖެހޭ ނުވަތަ ކަށަވަރުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް ސާފުކޮށް ޔަޤީންކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- އާންމު އުޞޫލެއްގެ ގޮތުން މަދަނީ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ކަމާއި، ދަޢުވާރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ ނުވަތަ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢު ކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 3084/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމށަ ބުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް، ޏ.ފުވައްމުލަކު/ދޫޑިގަން. ނިއާ، ނިޒާރު އަޙްމަދގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތްތކަ ކ، […] / ޒުލައިޚާ އަޙްމަދުއާ އެގޭ ޝަރީފާ އަޙްމަދުއާ ޢާއިޝަތު އަޙްމަދުއާ ޒަހރީ އަޙްމަދުއާ ފިޢުލިއްޔާ އަޙްމަދާއި ޔުމްނާ އަޙްމަދާ މި 6 (ހައެއް) މީހުންނެވެ.
3މި މައްސަލައަށް […] މުޙައްމަދު ރަޝީދު ތަދައްޚުލްވެފައި ވެއެވެ. ފާހަގަ ކުރެވުނު ނުކުތާތައް:
4ސިވިލް ކޯޓުގެ ނަންބަރު 3084/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ […] ޒުލައިޚާ އަޙްމަދާއި، އެގޭ ޝަރީފާ އަޙްމަދާއި، ޢާއިޝަތު އަޙްމަދާއި، ޒަހރާ އަޙްމަދާއި، ފިޢުލިއްޔާ އަޙްމަދާއި، ޔުމްނާ އަޙްމަދާއި، މުޙައްމަދު ރަޝީދާއި، އިސްމާޢީލް ރަޝީދާއި، ޏ.ފުވައްމުލައް/ދޫޑިގަން.ނިއާ، ނިޒާރު އަޙްމަދާ ދެމެދު ވެފައިވާ އެއްބަސްވުމާ ނިޒާރު އަޙްމަދު ޚިލާފުވެ، އެ އެއްބަސްވުމުގެ ދަށުން ނިޒާރު އަޙްމަދު އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ނުކޮށް އެއްބަސްވުމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނާޖާއިޒް ފައިދާތަކެއް ހޯދަމުންދާތީއާއި، އެއްބަސްވުމުގެ މަޤްޞަދާ ޚިލާފަށް އެއްބަސްވުމުގެ ދަށުން ޒުލައިޚާ އަޙްމަދާއި، ޝަރީފާ އަޙްމަދާއި، ޢާއިޝަތު އަޙްމަދާއި، ޒަހީރާ އަޙްމަދާއި، ފިޢުލިއްޔާ އަޙްމަދަށް ލިބެންޖެހޭ ޙއްޤުތަކުނަ އެފަރާތްތައް މަޙްރޫމް ކުރަމުންދާތީއާއި، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ނިޒާރު އަޙްމަދުގެ ކިބައިން ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިޖާބާ ދީފައިނވު ތ، […] ގޯއްޗާއި ޢިމާރާތުގެވެރި ފަރާތްތަކއާ ނިޒާރު އަޙްމަދާ ދެމެދު 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި، އެ އެއްބަސް ވުމުގެ ދަށުން ނިޒާރު އަޙްމަދަށް ކުއްޔަށް ދީފައިވާ […] އެވެކިޔާ ގޯތި ދަޢުވާކުރާ ފަރާތްތަކާ އަނބުރާ ޙަވާލުކުރުމަށް އަންގައި ޙުކުމްކޮށް ދިނުމަށް އެދި […] /ޒުލައިޚާ އަޙްމަދާއި، އެގޭ ޝަރީފާ އަޙްމަދާއި، ޢާއިޝަތު އަޙްމަދާއި، ޒަހީރާ އަޙްމަދާއި، ފިޢުލިއްޔާ އަޙްމަދުގެ ފަރާތުން ނިޒާރު އަޙްމަދުގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
5އެ ޤަޟިއްޔާގައި ސިވިލ ކޯޓުން ޙުކުމް ކޮށްފައިވަނީ، ޒުލައިޚާ އަޙްމަދުއާއި، ޝަރީފާ އަޙްމަދުއާއި، ޢާއިޝަތު އަޙްމަދުއާއި،ޒަހީރާ އަޙްމަދާއި،ފިޢުލިއްޔާ އަޙްމަދުގެ ފަރާތުން ޏ.ފުވައްމުލައް/ދޫޑިގަން. ނިއާ، ނިޒާރު އަޙްމަދުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތްތައް ހިމެނޭ ގޮތުން ދަޢުވާލިބޭ ފަރާތާއެކު 01 ސެޕްޓެމްބަރު 2016ގައި "ޢިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުން" މިނަމުގައި ވެފައިވާ އެއްބަސްވުމުގެ 1 ވަނަ ނަންބަރާ ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަން އެނގެން އޮންނާތީ، މި ބުނެވުނު އެއްބަސްވުން ބާޠިލްކޮށް، 27 ނޮވެންބަރު 2018 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި […] އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުން ދަޢުވާލިބޭފަރާތުގ ބެލުމުގެ ދަށުގައި ހުރި އެންމހައެ ފްލޯރއެއްގައިވ އުފުލާ މުދަލާއި މީހުން އެތަނުން ނެރެ، ތަން ހުސްކުރުމަށް ދަޢުވާލިބުނު ނިޒާރު އަޙްމަދަށ އަންގައި، ދަޢުވާލިބފަރާތުނ މިހާތަނަށް […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުން ޙާޞިލުކޮށްފައިވޭ މަންފާ އުނިކޮށް، އެފަރާތުން ޢިމާރާތަށް ކޮށްފައިވާ ޚަރަދު ލިބި ގަތުމަށް […] އެވެކިޔާ ގޯތީގެ ބެހެނވެރިންގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ދަޢުވާލިބފަރާތަށް ލިބިގެންވޭ ކަމަށާ ކަނޑައަޅައެވެ.
6ސިވިލް ކޯޓުގެ ނަންބަރު 3084/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ޏ.ފުވައްމުލަކު/ ދޫޑިގަން.ނިއާ ނިޒާރު އަޙްމަދގު ފަރާތުން 4 (ހަތަރެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކގުޅާ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ:-
1.6 އެއްބަސްވުމުގެ ދަށުން އިސްތިއުނާފރައްދުވު ފަރާތްތަކުން ކުރަން ލާޒިމްވާ ކަންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވިފައިނުވާ ކަމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގެ ދަށުން ވަކި ކަމެއް ފުރިހަމަވުމުން ނުވަތަ ވަކި ޝަރުޠެއް ފުރިހަމަވުމުން ޢަމަލުކުރަން އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރަނޖޭހޭނީ އެކަމެއް ނުވަތަ އެ ޝަރުޠެއް ފުރިހަމަވުމުން ކަމުގައި ބަޔާންކޮށްފައި ވުމާއި، އެއްބަސްވުން ބާޠިލުކުރުމަށް އިސްތިއުނާފރައްދުވާ ފަރާތުން ހުށަހެޅި ޙަޤީޤަތްތކަކަ އެކަން މެދުވެރިވުމުގައި އެފަރާތުގެ އިހުމާލު އޮތުމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތަކަށް ވާއިރު އެކަމަށް ކޯޓނު ރިޢާޔަތް ކޮށްފައި ނުވުން؛
2.6 ބާޠިލު ކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުމަކީ އިސްތިއުނާފކުރު ފަރާތާއި، މައްސަލަ ހުށަހެޅާ ފަރާތްތަކާ އަދި މައްސަލައަށް ތަދައްޚުލްވި ފަރާތްތައް ފިޔަވައި އެއްބަސްވުމުގެ ބައިވެރިންގެ ތެރޭގައި އިތުރު މީހުން ހިމެނޭ އެއްބަސްވުމަކަށް ވާއިރު، އަދި އެފަރާތްތަކަކީ މައްސަލަ ހުށަހެޅި ފަރާތްތަކާ އެއް މިންވަރަކަށް އެއްބަސްވުމުގައި ޙިއްޞާ އޮތް ފަރާތްތަކެއް ކަމާއި، އަދި އެފަރާތްތަކުން މާލީ ޒިންމާ އުފުލަންޖެހޭ ގޮތަށް ޝަރީޢަތުން ޙުކުމް ކުރުމުގައި އެއްބަސްވުމުގެ ހުރިހާ ބައިވރިނެ ގ ބަސް ހޯދާފައި ނުވުން؛
3.6 އެއްބަސްވުމުގެ ދަށުން މައްސަލަ އިގެ ޙުކުމް ކުރުމުގައި ޝަރީޢަތުން ރިޢާޔަތްކޮށފައިވް ލިޔުންތަކުގެ ތެރޭގައި މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހުށަހެޅިފައި ނުވާ، އަދި ދަޢުވާކުރާ ފަރާތުންނާއި އިސްތިއުނާފުކުރާ ފަރާތުން އެ ލިޔުމަކާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިދީފައިނުވާ ލިޔުމެއް ހިމެނެ ކަމާއި، މިފަދަ ލިޔުމަކށ ބިނާކޮށް މައްސަލަ އިގެ ޙުކުމްކުރުން ޤާނޫނަ އަސާސީގެ އިންސާފުވެރި ޝަރީޢަތެއު ކުރެވުމުގެ ޙައްޤާއި، އަދި މަދަނީ މައްސަލަތައް ބެލުމުގެ އިޖްރައާތުތަކާ ޚިލާފުވުން؛
4.6 އެއްބަސްވުމުގެ ދަށުން އެގްރީމެންޓް ނިމުމަކަށް އަންނަ ޙާލަތުގައި ޢަމލުކުރުމަށަ އެއްބަސްވެފައިވާ އުޞޫލުތަކަށް ކޯޓުން ރިޢާޔަތްކޮށްފައި ނުވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގެ ދަށުނާ ކޮންޓްރެކްޓަކީ ދެ ފަރާތުން ޢަމަލުކުރުމަށް އެއްބަސްވެފައިވާ ގޮތްކަމާއި، އެގޮތުން ކޮންޓްރެކްޓް ނިމުމަކަށް ގެނައުން ނުވަތަ ބާޠިލުކުރާ ޙާލަތުގައިވެސް ޢަމަލު ކުރާންވާނެ ވަކިގޮތެއް ކޮންޓްރެކްޓެއްގައި ބަޔާންކޮށްފައި ވާނަމަ ޢަމަލު ކުރަންޖެހޭނީ އެގޮތަކަށް ކަމާއި، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި މިކަމަށް ރިޢާޔަތް ކޮށްފައި ނުވުމުގެ ސަބަބުން ޢަދުލު އިންސާފު ގެއްލިފައިވުން. މިނުކުތތަކެވެ. މިނުކުތާތަކުގ ތަފްސީލުގެ ގޮތުގައި ނިޒާރު އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް:
7މަތީގައި ބުނެވިދިޔަ ނުކުތާތައް ހުށަހެޅުމަށްފަހު މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
1.7 […] ގައި އިމާރާތްކުރުމަށް ދެފަރާތުން އެއްބަސްވެފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމާއި، ލޯނު ނެގުމަށްޓަކައި އިމާރާތުގެ ރަޖިސްޓްރގީ އަސްލއާ ގޯތީގެ ވެރިފަރާތްތަކުން އެހެން ބޭންކުތަކާއި މާލީ އިދާރާތަކާ މެދުގައި ކޮށްފައިވާ މުޢާމަލާތްތަކުގެ ކޮޕީތައް ބޭނުންވާ ކަމަށާއި ގޯތީގެ ރަޖިސްޓްރީއާއި ގޯތީގެ ވެރިފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީތައް ލިބުމުން އެއްބަސްވުމުގެ ދަށުން ލޯނު ނެގުމަށް ބޭންކަށް ހުށަހަޅާފއިވާނ ކަމަށެ ބުނަ ފައިވާކަން؛
2.7 ލޯނަށް އެދި ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހެޅުމުން ގޯތީގެ ވެރިފަރާތްތަކުން އެހެންމާލީ އިދާރާތަކާ އަދި ބޭންކު އޮފް މޯލްޑިވްސްއާއެކު ކޮށްފައިވާ މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެކަން ޙައްލުކުރުމަށްފަހު ލޯނަށް އެދި ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަންގާފައިވާ ކަމާއި އެކަމާ ގުޅިގެން ގޯތީގެ ވެރިފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް 04 ޖޫން 2017 ގައި ގޯތީގެ ވެރިފަރާތްތަކަށް އަންގާފައިވާކަމަށް ބުނެފައިވާކަން؛
3.7 ގޯތީގެ ވެރިފަރާތްތަކުން ފޯރުކޮށްދޭންޖެހޭ ލިޔުންތަކާއި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް 23 އޮކްޓޫބަރު 2017 އަށް އަދި މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއި ހަމައަށްވެސް ފުރިހަމަކޮށްދީފައިނުވާކަމަށް
4.7 ބޭންކުން ލޯނަށް އެދި ހުށަހަޅަންޖެހޭ މުއްދަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީ ލިޔުންތައް ހަމަވުމުން ކޮންމެ ވަގުތެއްގައިވެސް ލޯނަށް އެދި ހުށަހެޅުމުގެ ޙައްޤު ޢިމާރާތްކުރާފަރާތަށް ލިބިގެންވާކަމަށް
5.7 އިމާރާތް ކުރުމަށް ލޯނު ނެގުމަށްޓަކައި ގޭގެ ވެރިފަރާތްތަކުން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށް ނުދިނުމުގެ ސަބަބުން އިމާރާތްފުރިހަމަކުރަން އެއްބަސްވެފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ފުރިހަމަ ނުކުރެވޭނެ ކަމާއި އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާއަށް ރިޢޔަތްކޮށާ އެއްބަސްވުން ބާޠިލްކުރެވޭނެ ސަބެބެއްނޫނ ކަމަށް ބުނެފައިވާކަން؛
6.7 ގޯތީގެ ވެރިފަރާތުގެ ގޮތުގއަ 08 (އަށެއް) މީހުން ތިބި ކަމާއި، އަދި އިމާރާތް ކުރުމުގެ އެއްބަސްވުމަކީ އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމަކށަ ވާއިރު، އެއިގެ ތެރެއިން ވަކިބަޔަކަށ ވަކިވަކިން އެއްބަސްވުން ބާޠިލްކުރުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމާއި އެއްބަސްވުން ބާޠިލްކުރުމަށް ދަޢުވާ ކުރެވޭނީ އެ އެންމެން އެގޮތަށް އެދޭނަމަ ކަމަށްވާއިރު، މި މައްސަލައިގައި ދަޢުވާކުރުމުގެ ޙައްޤު އެ ފަރާތްތަކަށް ލބިގެންނުވާކަމަށް ބުނެފައިވާކަން؛
7.7 މައްސަލަ ނިންމު މުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ސިޓް އީ ގުޅާ ގޮތުން ވާހަކަ ދައްކައި ޙަޤީޤަތް ހާމަކޮށް ނަފީ ކުރުމުގެ ފުރުސަތު ލިބިނުވާ ލިޔުމެއްކަމަށްވާތީ އެލިޔުމުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމަކީ އިންޞާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤަށް ހުރަސްއެޅި މަދަނީ މައްސަލަތައް ބެލުމުގެ އިޖްރާއާތާ ޚިލާފު ޙުކުމެއް ކަމަށް ބުނެފައިވާކަން؛
87 އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތާއި ބާޠިލްކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާކަމާއި އެއްބަސްވުން ބާޠިލްކުރެވުނު ކަމުގައިވީނަމަވެސް ކުއްޔަށްހިފާފަރާތަށް ގެއްލިގެން ނުދާނެ ޙައްޤުތަކެއް ވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެކަންތައްތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާކަން. މި މައްސަލައިގެ އިސްތިއުނާފުރައްދުވާފަރާތްތަކުން ދައްކާފައިވާ ވާހަކަތައް:
8. މި މައްސަލައިގެ އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
1.8 އެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ލޯން ނެގިފައިނުވަނީ އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދޭންޖެހޭ އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވަތަ އިހު މާލުވުމުގ ޢަމަލެއްގެ ސަބަބުންނޫން ކަމާއި ލޯނު ނުލިބުނާ އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމަށް ދަށު ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށް ބުނެފައިވާކަން؛
2.8 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ނެގުމަށް ބޭނުންވާ ގޯތީގެ ރަޖިސްޓްރީގެ އަސްލާއި އައި. ޑީ. ކާޑުތަކުގެ ކޮޕީ އާއި އަދި އިތުރަށް ބޭނުންވާ ކަމަށް ބުނި ލިޔުންތައް އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކޮށްފައިވާނެ ކަމަށާއި، ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެދުމުން ޝަރީފާ އަޙްމަދު ހުޅުމާލެއިން ގަނެފައިވާ ފުލެޓަށ އެހާތަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަން ބަޔާންކޮށް 10 ޖުލައި 2017 ގައި އެޗް. ޑީ. ސީން ދީފައިވާ ސިޓީ އިސްތިއުނާފުކުރާފަރާތާ ޙަވާލުކޮށްފައިވާނެ ކަމަށާއި އަދި އޭގެއިތުރުން ޝަރީފާ އަޙްމަދު ބޭންކް އޮފް މޯލްޑިވްސްގައި ލޯނެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާތީ ބޭންކް އޮފް މޯލްޑިވްސްގައި އެފަދަ ލޯނެއް ނެތްކަމަށް ބަޔާންކޮށް 18 އޮކްޓޫބަރު 2017 ގައި އެބޭންކުން ދީފައިވާ ސިޓީ އިސްތިއނާފުކުރާފަރާތު ޙަވާލުކޮށްފައިވާނ ކަމަށެ ބުނެފައިވާކަން؛
3.8 ލޯނު ހަމަނުޖެހިގެން އުޅެނީ އިސްތިއުނާފުރައްދުވާފަރާތްތަކުގެ ސަބަބުންކަމަށް އިސްތިއުނާފުކުރާފަރާތުން ކުރާ ތުހުމަތަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުގެމަތިން ނަގަންޖެހޭ ލޯނު ބޭންކުން ލިބިފައިނުވަނީ އިސްތިއުނާފުކުރާފަރާތުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޗެކުތަކެއް ބައުންސްވެގެން ލޯނު ލިބުމުގެ ދޮރު ބަންދުވެގެން ކަމަށާއި ލޯނު ނުލިބިގެން އުޅެނީ އެއްވެސް ޙާލެއްގައި އިސްތިއުނާފުރައްދުވާފަރާތްތަކުން ދޭންޖެހޭ ލިޔުމެއް ނުދީގެންނޫން ކަމަށއާ އަދި އެކަން އިސްތިއުނާފުކުރާފަރާތުން 26 އެޕްރީލް 2018 ގައި ދަށު ކޯޓަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމަށް
4.8 އެއްބަސްވުމުގައި ވަކި ތާރީޚެއްގެ ކުރިން ލޯނު ނެގުން ޝަރުޠުކޮށްފައނުވި ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭ ގައި އިސްތިއުނާފުރައްދުވާފަރާތްތަކަށް ލިބެންޖެހޭ ފުލޯތައް ޙަވާލުކުރަންވާނީ ކަމަށެ ބުނެފައިވާކަން؛
5.8 ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/CREDIT/2018/211 ސިޓީއަކީ 28 މާރިޗް 2018 ގެ ސިޓީއެއް ކަމާއި އެސިޓީގައި ކްރެޑިޓް ކާޑާއި ލޯނު ރަނގަޅަށް ގސްފައިވަނޮ ފާއިތުވީ 06 (ހައެއް) މަސްދުވަސް ކަމުގައި ބަޔާންކޮށްފައި އޮތުމުން އެސިޓީގައި އިޝާރާތްކޮށްފައި އެވަނީ 28 މާރިޗް 2018 ގެ ފަހަށް (2018 މާރިޗް އިނާ 2017 އޮކްޓޫބަރު) ކަމުގައިވާތީ 01 ސެޕްޓެންބަރު 2016 އިން 01 ސެޕްޓެންބަރު 2017 އަށް އިސްތިއުނާފުކުރާ ފަރތުގާ މާލެ މުޢާމަލާތްތައް ހިނގާފައިވަނީ ރަނގަޅަށްކަނާ އެސިޓީން ދޭހަ ނުވާކަމަށް ބުނެފައިވާކަން؛
6.8 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ގޮތަށް އެމާއްދާގައި ނެތް ކަމަށާއި އިމާރާތުގައި ނުނިމި ހުރި ބައިތައް ނިންމުމަށް އެއްބަސްވެފައި ވަނީ ލޯނު ނަގައިގެންކަމުގައި ވާއިރު، ލޯނު ނުލިބުމުން އެތަނުގެ ފުލޯތައް ދިގު މުއްދަތަކަށް ދީ އެޑްވާންސަށް ފައިސާ ނަގައިގެން އިސްތިއުނާފުކުރާ ފަރާތުން ހިންގާފައިވާ ޢަމަލަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) އާ ޚިލާފު ޢަމލުތަކެއ ކަމަށް ބުނެފައިވާކަން؛
7.8 މި މައްސަލައިގެ ދަޢުވާ މައްސަލަ ހުށަހެޅިފަރާތްތަކަށް ނުކުރެވޭނެ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއކަ ދަށު ކޯޓުގައި ނަގާފައިވާ ނުކުތާއެއް ކަމުގައިނުވާތީ އިސްތިއުނާފީ މަރުހަލާގައި އެނުކުތާ ނަގައިގެން ވާހަކަ ނުދެއްކޭނެކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނނޫ ) ގެ 32 ވަނަ މާއްދާގެ
(ހ) އަށް ރިޢާޔަތްކުރުމުން އެނގޭކަމަށް ބުނެފައިވާކަން؛
8.8 މައްސަލަ ނިންމުމުގައި ދަށު ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ރިޢާޔަތްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2018/1778 (01 ނޮވެންބަރު 2018) ސިޓީއަކީ ދެޚަޞްމުންގެ ފަރާތުން ކޯޓުގައި އެދިގެން ހޯދާފައިވާ ލިޔުމެއްކަމަށާއި، މައްސަލަ ބެލުމުގައި ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން ހޯދާ ލިޔުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު އިސްތިއުނާފުކުރާފަރާތަށް ލިބިދީފައި ނުވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާއަށް ރިޢާޔަތްކޮށް ދަށު ކޯޓުގެ ޙުކުމް ޞައްޙަނޫން ކަމަށް ބެލެވޭނެ ސަބަބެއްނޫން ކަމަށް
98 ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުން ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލއެއްކަމަށަ ވާއިރު، މުޅި އެއްބަސްވުން ބާޠިލްކުރެވޭ ޙާލަތުގައިވެސް ބާޠިލްނުވެ ދެމި އޮންނާނެ އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤެއް ވާނަމަ އެކަން ދަށު ކޯޓުގައި ފާހަގަ ކުރުމަކީ އިސްތިއުނާފުކުރާފަރާތަށް ލިބިގެންވާ ޙައްޤެއްކަމުގައި ވާއިރު، އެކަންކަން ދަށު ކޯޓުގައި ފާހަގަ ކޮށްފައާ ނުވާކަމާއި އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް އެނުކުތާތަކަކ އިސްތިއުނާފީ މަރުހަލާގައި ނެގޭނެ ނުކުތާތަކެއް ނޫންކަމަށާއި އެއްބސްވުމުގަ 11،13 އަދި 15 ވަނަ މއްދާގައާ ބަޔާންކޮށްފައިވާ ޙާލަތްތަކަކީ ލނޯ ނަގައިގެން ޢިމާރާތްކުރާ ޙާލަތުގައި ޢަމަލުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ މާއްދާތަކެއް ކަމުގައިވާތީއާއި މިޢިމާރާތްކޮށްފައިވަނީ ލޯނު ނުނަގައި ކަމުގައިވާތީ އެމާއްދާތައް މި މައްސަލައަށް މިހާރު ތަޠްބީޤު ނުކުރެވޭނެކަމަށް ބުނެފައިވާކަން. މި މައްސަލައަށް ތަދައްޚުލްވެފައިވާ […] މުޙައްމަދު ރަޝީދު ދައްކާފައިވާ ވާހަކަ:
9. […] ގޯތީގައި ޢިމާރާތްކުރުމާ ގުޅޭ ގޮތުން ނިޒާރު އަޙްމަދާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ދަށު ކޯޓުގައި މައްސަލައެއް ހިންގިކަން އެނގިފައިނުވާކަމަށާއި އެކަން އެނގުނީ އެއްބަސްވުން ބާޠިލްކުރިފަހުން ނިޒާރު ބުނުމުންކަމަށާއި،[…] ގޯތީގައި ވާ އިމާރާތަކީ ބޭންކުން ލޯނު ނުނަގއަ ނިޒާރު އަޙްމަދުގެ ފަރާތުން ޚަރަދުކޮށްގެން ކޮށްފައިވާ އިމާރާތެއް ކަމަށާއި،އެއްބަސްވުން ބާޠިލްކުރުމަކީ އެންމެ އިންޞާފުވެރިގޮތް ނޫންކަމަށާއި، މުޙައްމަދު ރަޝީދު އެދެނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްނުކޮށް ސުލްހަވެރި ޙައްލެއް މި މައްސަލައިގައި ލިބުންކަމަށ މުޙައްމަދް ރަޝީދުގެ ފަރާތުން ބުނެފައިވެއެވެ.
10މި މައްސަލަ ސުލްހަވެރި ކަމާއެކު ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމާއި އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ ޑްރާފްޓް އެއްބަސްވުމެއްގެ ކޮޕް މިކޯޓަށް ހުށަހަޅާފައިވާ ކަމާއި ނަމަވެސް، އެޑްރާފްޓް އެއްބަސްވުމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޤަބޫލުކޮށް ސޮއި ކޮށްފައިވާ އެއްބަސްވުމެއް ނޫނެވެ. އިމާރާތްކުރުމަށް ޙަވާލުކުރެވުނު ތަނާއި ވެރިފަރާތް:
11[…] ކިޔާ ގޯއްޗަކީ، 1766.68 އަކަފޫޓުގެ ބަންޑާރަ ގޯއްޗެކެވެ. އެގޯތި ރަޖިސްޓްރީކޮށްދީފއިވަނަ […] އިސްމާޢީލް ރަޝީދާއި އެގޭ ޒުލައިޚާ އަޙްމަދާއި ޢާއިޝަތު އަޙްމަދާއި ޝަރީފާ އަޙްމަދާއި ޒަޚީރާ އަޙްމަދާއި ފިޢުލް އްޔި އަޙްމަދާއި ޔުމްނާ އަޙްމަދާއި މުޙައްމަދު ރަޝީދގު ނަމު ގައެވެ. މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ޙަވާލުކުރެވިފައި ވަނީ ބުނެވުނު […] ކިޔާ ގޯއްޗެވެ. އިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުން:
12[…] ގޯތީ ގައި އިމާރާތްކުރުމާއި ކުއްޔަށް ދިނުމާގުޅޭ ގޮތުން އެގޯތީގެ ވެރިފަރާތްތަކާއި ނިޒާރު އަޙްމަދާ (އިންވެސްޓަރ) ދެމެދު ދެ އެއްބަސްވުމެއް ވެވިފައިވެއެވެ. އެތަނުން ފުރަތަމަ އެއްބަސްވުމަކީ 08 ޖޫން 1120 ގައި ވެފައިވާ އެއްބަސްވުމެވެ. އަދި ދެވަނެ އެއްބަސްވުމަކީ އޭގެ 50 (ފަހެއް) އަހަރާއެ 2 (ދޭއް) މަހާއި 22 (ބާވީސް) ދުވަސް ފަހުން، 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ އއްބަސްވުމެ ވެ. މިދެ އެއްބަސްވުމުގެ ތެރެއިން ފުރަތަމަ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ ފުރަތަމަ އިންވެސްޓަރ ޚަރަދުތަކެއް ކުރުމަށްފަހު، ގޯތީގެ ބައިތައް ފުރިހަމަ ކުރެވެމުންދާ ވަރަކުން ބިލްކުރުމުން އެބިލްތަކަށް ނިޒާރު އަޙްމަދު (އިންވެސްޓަރ) ފައިސާ ދެއްކުމަށެވެ.ޢިމާރާތުގެ ތިރީބުރިއާއި ފުރަތަމަ ބުރި ނިންމައާ ނިޒާރު އަޙްމަދާ ޙަވާލުކުރުމަށް އެއްބަސްވެފައިވާ މުއްދަތުގައި، ޙވާލުނުކުރެވިއްޖަ ނަމަ، އެގޯއްޗާއި އެންމެހައި ތަކެތި ނިޒާރު އަޙްމަދާ ޙަވާލކުރަންވާނެ ކަމާއި، މިގޮތުން ނިޒާރު އަޙްމަދާ ގޯތި ޙަވާލުކުރުމުން އިމާރާތް ކުރުމަށް ލޯނު ނެގުމުގެ އިޚްތިޔާރު (އިންވެސްޓަރަށް) ލިބިގެންވާ ކަމާއި، ލޯނު ނެގުމަށް އިންވެސްޓަރ އިޚްތިޔާރުކޮށްފިނަމަ - ޕަވަރ އޮފް އެޓަރނީ 26 ސެޕްޓެންބަރު 2007 އެކަމުގައި ގޯތީގެ ވެރިފަ ރާތްތަކުނ އެއްބާރުލުން ދޭންވާނެއެވެ. އަދި ދެވަނަ އެއްބަސްވުމުގައި ވަނީ ފުރަތަމަ އެއްބަސްވުމުގެ ދަށުން އިންވެސްޓަރގެ އަމިއްލަ ޚަރަދުގައި (ލޯނު ނުނަގައި) ކޮށްފައިވާ މަސައްކަތްތަކުގެ އިތުރަށް އިމާރާތުގައި ނުނިމި ހުރި މަސައްކަތް ބޭންކުން ލޯނެއް ނަގައިގެނެ ފުރިހަމަ ކުރުންމަށްކަން އެނގެއެވެ. މިދެ އެއްބަސްވުމުގެ ދަށުން އިންވެސޓަރަށް ބޮޑެތި ޙައްޤުތަކެއް ލިބިދީފައިވާއިރު، ފުރަތަމަ އެއްބަސްވުމުގައ ހުރި ބައެއް ޙައްޤުތަކަށް ދެވަނަ އެއްބަސްވުމުން އިޞްލާޙު ގެނެސްފައިވާކަން ފާހަގަ ކުރެވެއެވެ. މި މައުޟޫޢާއިގެނ އިތުރަށް ކުރިއަށް ދިއުމުގެ ކުރިން މިދެ އެއްބަސްވުމުގައި މި މައްސަލައާގުޅޭ ގޮތުން ހުރި މުޙިއްމު މާއްދާތަކުގައި ބުނާ އެއްޗަކަށް ބަލައި ލުމަކީ މުހިއްމު އަދި ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. ފުރަތަމަ އެއްބަސްވުން:
13[…] ގޯތީގައި 10 (ދިހައެއް) ބުރީގެ އިމާރާތެއް ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީކޮށްދީފައިވާ ފަރާތްތަކުން ޕަވަރ އޮފް އެޓަރނީ ލިބިގެން […] މުޙައްމަދު ރަޝީދާއި ޏ.ފުވައްމުލަކު، ދޫޑިގަން، އެދުރުގެ/ނިޒާރު އަޙްމަދު (އިންވެސްޓަރ) އާ ދެމެދު 08 ޖޫން 2011 ގައި "އިމާރާތް ކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުން" (ފުރަތަމަ އެއްބަސްވުން) ވެވިފައި ވެއެވެ. ބުނެވިދިޔަ އެއްބަސްވުމަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެ ވެއެވެ.
1.13 މިއެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށްޓަކައި އިންވެސްޓރަ އެންމެ ފުރަތަމަ ޚަރަދު ކުރާނީ އިމާރާތް ކުރުމަށް އެކުލަވާލެވިފައިވާ ބީ. އޯ. ކިޔޫ. ގެ %30 (ތިރީސްއިންސައްތަ) ކަމާއި، މަސައްކަތްތައް ފުރިހަމަ ކުރެވެމުންދާ ވަރަކުން އެފައިސާ ޢިމާރާތުގެ ވެރިފަރާތުން އިމާރާތްކުރާ ފަރާތަށް ބިލް ކުރުމުން، އެބިލްތަކަށް ފައިސާ ދެވޭނެ ކަމާއި، މިގޮތުން އިންވެސްޓަރ ދައްކަންޖެހޭ ފައިސާ ދައްކާނީ ކުރެވޭ މަސައްކަތްތަކަށް ބިލްކުރުމުން ކަމާއި، ސްޓްރަކްޗަރ ހެދުމަށް ބޭނުންވާ ތަކެތި ފިޔަވައި ދެން ބޭނުންވާނެ (ފިނިޝިންގ) ތަކެތި ސަޕްލައި ކުރާނީ ޢިމާރާތުގެ ވެރިފަރާތުގެ ޚަރަދުގައި އިންވެސްޓރކަމަ އާ، މގޮތުނި، ސަޕްލައިކޮށްދޭ މުދަލާއި ތަކެތި ބީ. އޯ. ކިޔޫގައވާ އަގުތަކަށި ވުރެ ބޮޑުވެގެން ނުވާނެ ކަމާއި، މި މުދާތަކަށ ފައިސް ދައްކާނީ އިމާރާތުގެ ވެރިފަރާތުން ކަމާއި، މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި އިމާރާތުގެ ތިރީ ބުރިއާއި ފުރަތަމަ ބުރީގެ މަސައްކަތް ނިންމައި އިންވެސްޓަރާ ޙަވާލު ކުރަންވާނެކަން؛
2.13 ޢިމާރާތަށް އިންވެސްޓަރކުރާ ޚަރަދުތަކަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަކީ:-
1.2.13އެއްބަސްވުމުގެ ދަށުން ކުރެވޭ އިމާރާތުގެ 10 (ދިހައެއް) ބުރީގެ ތެރެއިން ފުރަތަމަ ބުރި އިންވެސްޓަރގެ ނަމަށް އިމާރާތުގެ މުއްދަތަށް ރަޖިސްޓްރީކޮށްދިނުން؛
2.2.13އޭގެ އިތުރުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުންނާއި އިމާރާތކް ރ ފަރާތުން ކުރާ އިންވެސްޓްމަންޓްގެ ބަދަލެއްގެ ގޮތުގައި އިމާރާތުން 02 (ދޭއް) ބުރި އިންވެސްޓަރަށް 22 (ބާވީސް) އަހަރު ދުވަހުގެ މުއްދަތަށް ދިނުން؛ އެވެ.
3.13 އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ފަރާތުން އިންވެސްޓްކުރާ ފައިސާ ޚަރަދުކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އިންވެސްޓަރާ ޙަވާލުކުރަންޖެހޭ ދެބުރީގެ މަސައްކަތް ނިންމައި އިންވެސްޓަރާއި ޙަވާލު ނުކުރެވިއްޖެ ނަމަ، ނުވަތަ އެނޫން ގޮތަކަށް އިމާރާތުގެ މަސައްކަތް ހުއްޓިއްޖެނަމަ އެއެއްބަސްވުމުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތާއި ގޯއްޗާއި އެންމެހައި ތަކެތި އިންވެސްޓަރަށ ބަދަލުވެގެން ދާނެކަމާއި އޭގެ ފަހުން އިމާރާތް ކުރުމަށް އެކުލެވިފައިވާ ބީ. އ.ކިޔޫ. ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް ފުރިހަމަކޮށް ނިންމުމަށް އިންވެސްޓަރ އެއްބަސްވެފައިވާ ކަމާއި، މިފަދަ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި އިމާރާތް ފުރިހަމަ ކުރުމަށްޓަކައި ގޯތި މޯގޭޖްކޮށް ނުވަތަ އެހެންވެސް ގޮތަކަށް މިގތީގައޯ އިމާރާތް ތަރައްޤީ ކުރުމަށްޓަކައި އިންވެސްޓަރ ލޯނު ނެގުމަށްޓަކައި އިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރަންޖެހޭނެ ކަމާއި، އަދި އެގޮތުން ނަގާ ލޯނާގުޅޭ ފައިސާ ދައްކާނީ އިންވެސްޓަރކަން؛
4.13 އެއްބަސްވުމުގެ ދަށުން ކުރެވޭ 10 (ދިހައެއް) ބުރީގެ އިމާރާތުގެ 2 (ދޭއް) ފަންގިފިލާ އިމާރާތުގެވެރި ފަރާތުން އިންވެސްޓަރަށް މިލްކް ކޮށްދޭންވާނެ ކަމާއި އަދި އިތުރު 04 (ހަތަރެއް) ފަންގިފިލާ 30 (ތިރީސް) އަހަރު ދުވަހަށް އިންވެސްޓަރާ ޙަވާލުކުރެވޭނެ ކަމާއި، އިމާރާތުގެ ވެރިފަރާތާ ޙަވާލުކުރެވނޭ ބާކީވާ 04 (ހަތަރެއް) ފަންގިފިލާކަން؛
5.13 މިއެއްބަސްވުމުގ މުއްދަތުގެ ކުރިން އެއްބަސްވުން އުވާލުމަށް އިމާރާތުގެ ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އިމާރާތްކުރުމަށް އިންވެސްޓރ ޚަރަދު ކޮށްފައިވާ ފައިސާ އެކަ އެއްފަހަރީ އިންވެސްޓަރަށް ދޭންޖެހޭނެ ކަމއާ އަދި އެއެއްބަސްވުމުގެ މަޤްޞަދު ޙާޞިލްނުވެ ޢިމާރާތްކުރުމަށް ޚަރަދުކުރަންޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޚަރަދުކުރި ޖުމްލަ ފައިސާގެ %30 (ތިރީސް އިންސައްތަ) އިތުރަށް އިންވެސްޓަރަށް ދޭންވާނެ ކަމާއި، މިގޮތުން އެއްބަސްވުން އުވާލެވޭނ ޝަރުޢީ ކޯޓެއްގެ ޙުކުމަކުން އިންވެސްޓްރަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެފައިސާ އެއްފަހަރާ ދައްކައި ނިމުމަށްފަހގައި ކަމާއު އެގޮތުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި އެފަރާތް ތަމްސީލުކުރާ ވަކީލުންނަށް ދޭންޖެހޭ ފީ ހިމެނޭކަން؛
6.13 އިމާރާތުގެ ވެރިފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ކުރިކަމެއްގެ ސަބަބުން ނުވަތަ ނުކޮށްދޫކޮށްލި ކަމެއްގެ ސަބަބުން ލޯނު ނެގުމަށް ހުރަސްއެޅި ލޯނު ނުލިބިއްޖެނަމަ، އިމާރާތް ހުއްޓާލުމުގެ ފުރިހަމަ އިޚްތިޔާރު އިންވެސްޓަރަށް ލިބިގެންވާކަމާއި، މިގޮތުން ހުއްޓާލައިފިނަމަ އެއްބަސްވުމަށް ޢަމަލުނުކުރީ އިމާރާތުގެ ވެރިފަރާތުން ކަމުގައާ ބެލެވޭނެކަން؛
7.13 އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލު ކުރާނީ ފުރަތަމަ ދެފަރާތުން ވާހަކަދައްކައިގެން ކަމާއި އެގޮތުން ޙައްލު ނުކުރެވިއްޖެނަމަ ތންވަނި ފަރާތެއް މެދުވެރިކޮށް ޙއްލަ ކުރެވޭތޯ މަސައްކަތްކުރަންވާނެ ކަމާއި އެގޮތަށް ޙައްލު ނުލިބިއްޖެނަމަ ކޯޓަށް ހުށަހަޅައިގެން މައްސަލަ ނިންމުން. ދެވަނަ އެއްބަސްވުން:
14މ މައްސަލައިގައި ދަޢުވާކޮށްފައިވަނީ […] ޓލްވިލަ ގޯތީގައި 10 (ދިހައެއް) ބުރީގެ އިމާރާތުގައި ފުރިހަމަ ނުކުރެވިހުރި ފުލޯތަކުގެ މަސައްކަތް ނިންމު މަށްޓަކައި ނިޒާރު އަޙްމަދު (އިންވެސްޓަރ) އާއި […] ކިޔާ އިމާރާތާއި ގޯތީގެ ވެރިފަރާތްތަކާ ދެމެދު 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ "އިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުން" (ދެވަނަ އެއްބަސްވުން) ގެ ދަށުން ކަމާއި، ބުނެވި ދިޔަ އެއްބަސްވުމަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
1.14 ބުނެވިދިޔަ އެއްބަސްވުމަކީ ފުރަތަމަ އެއްބަސްވުމުގެ ދަށުން އިންވެސްޓަރގެ އަމިއްލަ ޚަރަދުގައި އިމާރާތާއި ގޯތި ރަހުނު ނުކޮށް އިންވެސްޓަރުގެ އަމިއްލަ ޚަރަދުގައި އިމާރާތުގައި ނިންމާފައިވާ މަސައްކަތްތަކުގެ އިތުރުން އިމާރާތުގައި ނުނިމި ހުރިމަސައްކަތ ލޯން ނަގައިގެން ނިންމުމަށާއި ފުރަތަމަ އެއްބަސްވުމުގެ ދަށުން އިންވެސްޓަރަށް ލިބިދީފައިވާ ބައެއް ޙައްޤުތައް އިޞްލާޙުކުރުމާބެހޭ ގޮތުން ވެވިފައިވާ އެއްބަސްވުމެއްކަން އެނގެއެވެ. އެ އެއްބަސްވުމުގެ ފެށުމުގެ (ބ) ގައި މަސައްކަތް ކަމަށް ބަޔާންކޮށްފައިވަނީ؛ "މ.އޮކްސިޑެންޓަ ލްވިލ އެވާ ކިޔުނު ގޯތީގައި ހުރި 10 ބުރީގެ އިމާރާތް އިންވެސްޓަރާއި މީގެ ކުރިން ގޭގެ ވެރިފަރާތާ ދެމެދު އެއްބަސްވެވި އެއްބަސްވުމުގެ ދަށުން އިންވެސްޓަރ އަމިއްލަ ޚަރަދުގައި ތިރީ ދެބުރި ކޮންޕްލީ ޓްކޮށް އިމާރާތުގެ ކޮންކްރީޓްގެ އެންމެހައި މަސައްކަތްތަކާއި އެންމެހައި ރޭނުމާއި ސިމެންތީގެ މަސައްކަތް ނިންމާފައިވަނިކޮށް އެއްބަސްވުމުގައި ދޭންޖެހޭ ރަހުނު ނުދީވަނިކޮށް އިމާރާތުގެ ވެރިފަރާތްތަކުން ޝަރީޢަތަށް ހުށަހަޅައިގެން އިންވެސްޓަރަށް ކުރީގެ އެއްބަސްވުމުން ލިބެންވާ ބައެއް ޙައްޤުތައް އުނިކުރުމަށްފަހު، މިވެވޭ އެއްބަސްވުމާ އެއްގޮތަށް އިންވެސްޓަރ މިހާހިސާބަށ ކޮށްފައިވް މަސައްކަތުގެ އިތުރަށް ނުނިމިހުރި މަސައްކަތް ނިންމުމަށްޓަކައި ލޯނު ނަގާ ނުނިމިހުރި މަސައްކަތް ނިންމުން". މިގޮތަށެވެ.
2.14 މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން އިމާރާތްކުރެވޭ 10 (ދިހައެއް) ބުރީގެ ތެރެއިން 07،08،09 އަދި 10 މި ހަތަރު ފުލޯ މީލާދީން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންޕްލީޓްކށޮ އިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށް އިންވެސްޓަރ އެއްބަސްވާކަމަށާއި ނަމަވެސް މަޤްބޫލު އުޒުރެއް މެދުވެރިވެގެން ނުވަތަ ސަރުކާރުން ލިބެންޖެހޭ ޚިދުމަތެއް ލިބުން ލަސްވެގެން ނުވަތަ ގުދުރަތީ ކާރިޘާއެއްގެ ސަބަބުން އިމާރާތް ހެދުމަށް ސީދާ ހުރަސްއެޅޭފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އިމާރާތުގެ ވެރިފަރާތްތަކަށް ލިބެންވާ ފުލޯތައް ލިބު ން ލަސްވުމަކީ މަޤްބޫލު އުޒުރެއްކަމަށް އިމާރާތުގެ ވެރިފަރާތްތަކުން ޤަބޫލު ކުރަންވާނެ ކަމާއި މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އިންވެސްޓަރ ލިޔުމަކުން އެކަން ޢިމާރާތުގެ ވެރިފަރާތްތަކުން ޢައްޔަންކުރާ ފަރާތަކަށް އެކަން އަންގަންވާނެކަން؛
3.14 މިއެއްބަސްވުމުގެ ދަށނު އިންވެސްޓަރ ކުރާޚަރަދުތަކުގެ އަގު ގޯތީގެ ވެރިފަރާތްތަކުން އިންވެސްޓަރަށް ދައްކަންވާނެ ކަމާއި އެގޮތުން އެޚަރަދުގެ އަގު ގޯތީގެ ވެރިފަރާތްތަކުން އިންވެސްޓަރަށް ދައްކާނީ:-
1.3.14އިމާރާތްކުރެވޭ 10(ދިހައެއް) ބުރީގެ ތެރެއިން 06 ވަނަ ބުރި މިއެއްބަސްވުމުގެ ދަށުން މިއެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުގެ މުއްދަތަށް އިންވެސްޓަރަށް ދީގެން؛
2.3.14އިމާރާތުގެ 10 (ދިހައެއް) ބުރީގެ ތެރެއިން 01،02،03،04، އަދި 05 މިފަސް ފލު މިވެވޭ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް އިންވެސްޓަރަށް ދީގެން؛ އެވެ.
4.14 "ޢިމާރާތުގެ ނުނިމި ހުރި ފިނިޝިންގ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުން ލޯނު ނެގުމަށްޓަކައި މިއެގްރީމަންޓްގައ ސޮއިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންވެސްޓަރ ބޭންކުން ލޯނު ނެގުމަށްޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުންތައް (ގޯތީގެ ރަޖިސްޓްރީފަދަ އެންމެހައިތަކެތި) އިންވެސްޓަރާ ޙަވާލުކުރުމަށް ޢިމާރާތާއި ގޯތީގެ ވެރިފަރާތުން އެއްބަސްވެއެވެ. ހަމައެހެންމެ ލޯނު އެގްރީމަންޓުގައި ސޮއިކުރުމަށް ބޭންކުން އަންގާ ތާރީޚުގައި ޢިމާރާތާ ގޯތީގެ ވެރިފަރާތްތަކުން ލޯނު އެގްރީމަންޓްގައ ސޮއި ކުރުމަށް އެއްބަސްވުމެވެ."
5.14 އިންވެސްޓަރ ރަހުނު ހިފިފަރާތަށް ދައްކަންޖެހޭ ލޯނުގެ ފައިސާ ނުދެއްކިގެން ނުވަތަ ލޯނު އެއްބަސްވުމާ ޚިލާފުވެ ނުވަތަ ހަމަޖެހިފައިވާ ގޮތަށް ލޯނު ނުދައްކައިގެން ބޭންކުން ލޯނު ޑީފޯލްޓް ރަސްމީ ނޯޓިހެއް ރަހުނު ދޭފަރާތްތަކަށް ފޮނުވައިފިނަމަ ނުވަތަ ރަހުނު ގެއްލޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ލިޔުމަކުން އެކަން އިންވެސްޓަރަށް ރަހުނު ދޭފަރާތުން އަންގާތާ 3(ތިނެއް) މަސްދުވަހުގެ ތެރޭގައި އިންވެސްޓަރ ލޯނު - މިނުކުތާގައި ބަޔާންކޮށްފައިވަނީ މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެކަން އޮތްގޮތް ހާމަކުރުމުގެ ގޮތުންނެވެ. މިގޮތަށް މިރިޕޯޓުގައި ބަޔާންކޮށްފައި އޮތުމަކީ އެއެއްބަސްވުމުގައިވ މުއްދަތާ ޤާނޫނު ގޮތުން ޞައްޙަ ކަމަށް ބެލެވޭނެ ކަމެއްނޫނެވެ. އިންޓަރެސްޓް ޢަދަދު ދައްކާ ޚަލާޞްނުކޮށްފިނަމަ އ އެގްރީމަންޓްގެ 13 އަދި 15 ވަނަ މާއްދާ ފިޔަވައި ދެންހުރި މާއްދާތައް ކޯޓު މެދުވެރިކޮށް ބާޠިލްކުރުމުގެ އިޚްތިޔާރު ރަހުނުދޭފަރާތަށް ލިބިގެންވެއެވެ.
6.14 އެގްރީމަންޓުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެއެގްރީމަންޓުގެ 11 ވަނަ މާއްދާގެ ދަށުން އެއެގްރީމަންޓުގެ 13 އަދި 15 ވަނަ މާއްދާ ފިޔަވައި ދެންހުރި މާއްދާތައް ބާޠިލްކުރުމުގެ އިޚްތިޔާރު ޢިމާރާތާއި ގޯތީގެ ވެރިފަރާތްތަކަށް ލިބިދީފައި ވީނަމަވެސް، ޢިމާރާތާއި ގޯތީގެ ވެރިފަރާތްތަކުން ލޯނު އަދާކޮށް ނިމުމުން އިންވެސްޓަރ ޢިމާރާތް ހެދުމަށް ޚަރަދުކުރި ފައިސާ ރިކަވަރ ކުރުމަށްޓަކައި އަނބުރާ އިންވެސްޓަރުގެ އަތުން އަތުލި އެންމެހައި ފްލޯތައް ޢިމާރާތާއި ގޯތީގެ ވެރިފަރާތްތަކުން އިންވެސްޓަރަށް ޙަވާލުކުރަންވާނެ ކަމާއި މިގޮތުން އިންވެސްޓަރ ޢިމާރާތް ހެދުމަށް ޚަރަދުވި ކަމަށް އަންދާޒާކުރެވޭ ޢަދަދަކީ 10،635،831.00ރ (ދިހަމިލިއަން ހަސަތޭކަތިރީސްފަސްހާސް އައްސަތޭކަ ތިރީސްއެއްރުފިޔާ) ކަމަށް އެއްބަސްވުމުގައި ހިމެނޭ އެންމެހައި ފަރާތްތަކުން ޤަބޫލުކުރާ ކަމަށެވެ.
7.14 އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެއެގްރީމަންޓުގެ 11 ވަނަ މާއްދާގެ ދަށުން އެއެގްރީމަންޓުގެ 13 އަދި 15 ވަނަ މާއްދާ ފިޔަވައި ދެންހުރި މާއްދާތއ ނިމުމަކަށް އައަ ނަމަވެސް މިއެގްރީމަންޓުގައ ސޮއިކުރި ތާރީޚުން ފެށިގެން 6 ވަނަ ފުލޯ 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރުމުގެ ޙައްޤު އިންވެސްޓަރަށް ލިބިގެންވާ ކަމަށެވެ.
8.14 މި އެއްބަސްވުމާގުޅިގެން ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް އުފެދިއްޖެނަމަ އެކަމެއް ވާހަކަ ދއްކައިގެނަ ޞުލްޙަވެރިކަމާއެކު ޙައްލުކުރެވޭތޯ ދެފަރާތުން މަސައްކަތް ކުރަންވާނެ ކަމަށާއި އަދި ދެފަރާތް ސީދާ ވާހަކަ ދައްކައިގެން ޙައްލުނުކުރެވިއްޖެނަމަ ދެފަރާތް އިތުބާރުކުރާ މީހަކު މެދުވެރިކޮށް މައްސަލަ ޙައްލުކުރެވޭތޯ - އެއްބަސްވުމުގެ 11 ވަނަ މާއްދާ ދެފަރާތންވެސު މަސައްކަތްކުރަންވާނެކަމއާ މިގޮތުން ޙައްލެއް ނުލިބިއްޖެނަމަ ކޯޓަށް ހުށަހަޅައިގެން އެމައްސަލައެއް ނިންމުން؛
15[…] އޭކިޔާ ބަންޑާރަގޯތގައީ 10 (ދިހައެއް) ބުރީގެ އިމާރާތެއް ކުރުމަށް ނިޒާރު އަޙްމަދު ކުރާ ޚަރަދަކީ ގޭގެ ވެރިފަރާތްތަކުން އޭނާއަށް ދައްކަންޖެހޭ ޚަރަދުތަކެއް ކަމާއި އެޚަރަދު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވަނީ އެޢިމާރާތުގެ ފުރަތަމަ ބުރިން ފެށިގެން 6 (ހައެއް) ވަނަ ބުރިއާ ހަމައަށްހުރި ފުލޯތައް ބޭނުންކޮށް މަންފާ ހޯދުމުގެ ފުރުޞަތު ނިޒާރު އަޙްމަދަށް ދީގެންނެވެ. އަދި ގޯތީގެ ވެރިފަރާތްތަކަށް އެޢިމާރާތުނެ ލިބެނީ އެޢިމާރާތުގެ 7 (ހަތެއް) އިން ފެށިގެން 10 (ދިހައެއް) އަށް ހުރި ފުލޯތަކެވެ. އެއިމާރާތުން ނިޒާރު އަޙްމަދަށް ލިބޭ ފުލޯތަކުގެ މަސައްކަތް ނިމި އެފުލޯތަކުގެ ބޭނުން/މަންފާ ނިޒާރު އަޙްމަދު ހޯދަމުންދާ ކަމާއި ނަމަވެސް، ގޯތީގެ ވެރިފަރާތްތަކަށް ލިބޭ ފުލޯތަކުގެ މަސައްކަތް ނިމިފައިނުވާކަން މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ ދެވަނަ އެއްބަސްވުމަށް ބެލުމުން އެނގެއެވެ. ގޯތީގެ ވެރިފަރާތްތަކުގެ ތެރޭގައި ހިމެނޭ 5 (ފަހެއް) ފރާތުނަ މި މައްސަލައިގައި ދަޢުވާ ހުށަހެޅި މައިގަނޑު ސަބަބަކީ އެއިމާރާތުނ އެފަރާތްތަކަށް ލިބެންޖެހޭ ފުލޯތައް އެއްބަސްވުމުގައި ބުނެފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނިންމައި ޙަވާލުކޮށްފައިނުވތާ ކަނީ އެނގެއެވެ. އެމުއްދަތުގައި އެފުލޯތައް ވެރިފަރާތްތަކާ ޙަވާލުކޮށްފައިނުވުމަކީ އިންވެސްޓަރ އެއްބަސްވުމާ ޚިލާފުވުންކަމުގައ ބަލައި އެއްބަސްވުން ބާޠިލްކުރަންޖެހޭ ސަބަބެއްކަމަށް މި މައްސަލައިގައި ދަޢުވާކުރި (ދަށު ކޯޓުގައު ތަދައްޚުލްވިފަރާތ ހިމެން ގޮތުން) ޢިމާރާތާއި ގޯތީގެ ވެރިފަރާތްތަކުން ދެކެއެވެ. - އެއްބަސްވުމުގެ 22 ވަނަ މާއްދާ އެއްބަސްވުން ބާޠިލްކުރުން:
16ޕްރިސިޑެންސް 1ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބޠާ ލ ކުރެވޭނެ ގޮތް އެއެއްބަސްވުމގައު ކަނޑައަޅާފައިވާނަމަ އެއެއްބަސްވުން ބާޠިލްކުރެވޭނީ އެގޮތަކަށެވެ.އެއްބަސްވުމުގ ބައިވެރިންގެ ބާރު ނުފޯރާ ޙާދިސާއެއް މެދުވެރިވެގެން ނުވަތަ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެއެއްބަސްވުމުގެ ބައިވެރިން ބޭނުންވެގެން ނުވަތަ އެއެއްބަސްވުން ޣައިރު ޤާނޫނީވެގެން ނުވަތަ މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިޢާދަނުކުރެވޭ ފަދަ ޚިލާފުވުމަކުން އެއެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބޠާ ލ ކުރެވިދާނެކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނ) އިން އެނގެއެވެ. މި މައްސަލައިގައި އެއްބަސްވުން ބާޠިލްކޮށްދިނުމަށް އެދިފައިވަނީ އެއެއްބަސްވުމާ ނިޒާރު އަޙްމަދު ޚިލާފުވެފައިވާކަމަށް ދެކިގެންކަން އެނގެއެވެ.
17ޕްރިސިޑެންސް 2ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠލުކުރުމަށި ނުވަތް ބޠާލުވެއްޖެކަމަށ ބުން ހުށަހަޅާ މައްސަލަތަކުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ އެއެއްބަސްވުން ބާޠިލުކުރުމަށް ނުވަތަ އެއްބަސްވުމެއް ބޠާލުވެއްޖެ ކަމަށް ކަނޑައެޅުމުގައި ޢަމަލު ކުރުމަށް އެއެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވެފައިވާ ގޮތަކީ ކޮބައިކަމެވެ. އަދި އެއްބަސްވުން ބޠާލުވެއްޖެ ކަމަށް ބުނެ ހުށަހަޅާ ސަބަބަކީ އެއެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާޠިލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ސަބަބެއްތޯ އާއި، އެއްބަސްވުމާ ޚިލާފުވެ ކުރިކަމަށް ބުނާ ޢަމަލަކީ އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާ ޤޞަ ދުގައި ކުރިކަމެއްކަން ނުވަތަ ނޫންކަން ކަމުގައިކަމާއި، އާންމު އުޞޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް އަދާކުރަންޖެހޭ ޒިންމާތައް އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނދަނީނަމު، އެއީ އެއްބަސްވުމެއް ނިމުމަކަށް ގެނެވިދާނެ ޙާލަތެއް ކަމަށް ބެލެވިދާނެ ކަމާއި، އެހެންނަމަވެސް، އެސަބަބަށްޓަކައި އެއްބަސްވުމަކީ ބާޠިލު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެމާއްދާގެ (ނ) އަދި އެޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާއި، 22 ވަނަ މާއްދާގެ (ހ) އެއްބަސްވުމެއްކަމަށް ކަނޑައަޅާއިރު، އެއްބަސްވުމުގެ ދަށުން އަދާނުކުރި ޒިންމާއަކީ، އެ ސަބަބށްޓަކައަ އެއްބަސްވުން ބޠާ ލ ކުރަންޖެހޭފަދަ ސަބަބެއްކަން ނުވަތަ ނޫންކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް ދަނެގަނެވިދާނެ އެވެ.
18[…] ކިޔާ ގޯއްޗާއި ޢިމާރާތްތަކުގެ ވެރިފަރާތަކާއި ނިޒާރު އަޙްމަދ ދެމެދާ ވެފައިވާ އިސްވެ ބަޔާންކޮށްފައިވާ ދެވަނަ އެއްބަސްވުމަށް ބަލާއިރުވެސް ޢިމާރާތުން ގޯތީގެވެރިފަރާތްތަކަށ ލިބް ހަތަރު ފުލޯގެ މަސައްކަތް ނިންމައި އެފުލޯތައް އިމާރާތުގެ ވެރިފަރާތްތަކާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަވާލުނުކުރެވުމަކީ އެއްބަސްވުން ބާޠިލްކުރެވޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެއްބަސްވުން ބާޠިލްކުރެވޭ ސަބަބެއް ކަމުގައި ދެވަނަ އެއްބަސްވުމުގައި (މިރިޕޯޓުގެ 14.5 ގައި) ބަޔާންކޮށްފައިވަނީ އިމާރާތްކުރުމަށް ނަގާ ލޯނަށް ދައްކަންޖެހޭ ފައިސާ ރަހުނު ހިފާފަރާތަށް ނުދެއްކިއްޖެ ޙާލަތެއްގައި ބޭންކުން ލޯނު ޑިފޯލްޓްވެފައިވާ ކަމުގެ ނޯޓިސް ގޭގެ ވެރިފަރާތްތަކަށް ރަހުނު ހިފިފަރާތުން ފޮނުވުމުން، އެލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނިޒާރު އަޙްމަދަށް އަންގައި ދެވޭ މުއްދަތުގައި އެފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި ކަމާއި، އެގޮތުން ބާޠިލްކުރާ ޙާލަތުގައިވެސް އެއެއްބަސްވުމުގެ 13 ވަނަ މާއްދާއާއި 15 ވަނަ މާއްދާ ބާޠިލްނުވެ އޮންނާނެ ކަމާއި އަދި ޑިފޯލްޓްވި ލޯނަށް ދައްކަންޖެހޭ ފައިސާ ހަމަވުމުން އެއްބަސްވުމުގެ ދަށުން އިންވެސްޓަރު އިމާރާތަށް ކޮށްފައިވާ ޚަރަދު ކަވަރު ކުރުމުގެ ގޮތުން އެފަރާތަށް ލިބިގެންވާ ފުލޯތައ އަލުން ހަވާލު ކުރަންވާނެކަން އެނގެއެވެ.
19[…] ގޯތީގައި ނުނިމި ހުރި ފުލޯތައ ނިންމުމަށް ވެވުނު އެއްބަސްވުމަކީ (ދެވަނަ އެއްބަސްވުން) ބޭންކުން ލޯނު ނަގައިގެން އިމާރާތުގެ މަސައްކަތް ފުރިހަމަ ކުރާގޮތަށް ވެފައިވާ އެއްބަސްވުމެކެވެ. އެއެއްބަސްވުމުގައި ސޮއިކުރާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ލޯނު ނެގުމަށް ބޭނުންވާ ލިޔުންތައް ހައިކޯޓުގެ ނަންބަރު 2A/13-2015/HC ޤަޟިއްޔާ ([…] ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ގޯތީގެ ވެރިފަރާތްތަކުގެ އައިޑެންޓިޓީކާޑްގެ ކޮޕީ) ނިޒާރު އަޙްމަދާ ޙަވާލުކުރަންޖެހޭ ކަމާއި ގޯތީގެ ވެރިފަރާތުން ލިޔުންތައް ޙަވާލުކުރުމުން ލޯނު ނެގުމަށްޓަކައި ފޯމު ފުރައި ބޭންކަށް ހުށަހެޅި ކަމަށާއި އެހުށަހެޅުމުގެ މައްޗަށް ބަލައި ގޯތީގެ ވެރިފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުން އެހެން މާލީ އިދާރާތަކާ އަދި ބޭންކު އޮފް މޯލްޑިވްސްއާއެކު ކޮށްފައިވާ މުޢާމަލާތްތަކުގެ މަޢުލޫމާތު ހުށަހެޅުމަށް ބޭންކުން އެންގުމުން އެމަޢުލޫމާތު ދިނުމަށު ގޯތީގެ ވެރިފަރާތްތަކަށް ނިޒާރު އަޙްމަދުގެ ފަރާތުން އަންގާފައިވެއެވެ. އެގޮތަށް އެންގުމުން ގޯތީގެ ވެރިފަރާތްތަކުގެ ތެރޭގައި ހިމެނޭ ޝަރީފާ އަޙްމަދު ހުޅުމާލެއިން ގަނެފައިވާ ފުލެޓަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ކަމަށް 10 ޖުލައި 2017 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަޜޭޝަނ ލިމިޓެޑް (އެޗް. ޑީ.ސީ) އިން ދީފައިވާ ސިޓީއާއި ބޭންކް އޮފް މޯލްޑިވްސްގައި ޝަރީފާ އަޙްމަދު ލޯނެއް ނެތްކަމަށް އެބޭންކުން 18 އޮކްޓޫބަރު 2017 ގައި ދީފައިވާ ސިޓީ ނިޒާރު އަޙްމަދާ ޙަވާލުކޮށްފައިވެއެވެ. ލިޔުންތައް ހަމަކޮށް ލޯނު ނެގުމަށް ބޭންކަށް ހުށަހެޅި ކަމުގައިވީނަމަވެސް އެލޯނު ލިބިފައިނުވާ ކަމާއި، އެލޯނު ލިބިފައިނުވަނީ ނިޒާރު އަޙްމަދާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރުމުން ކަމަށާއި އެހެންކަމުން އެލޯނު ނުލިބުމުގެ ޒިންމާ ނިޒާރު އަޙްމަދުގެ ފަރާތުން އުފުލަންޖެހޭނެ ކަމަށް މި މައްސަލަ ހުށަހެޅި […] ގޯތީގެ ވެރިފަރާތްތަކުން ބުނެފައިވެއެވެ. އިމާރާތުގައި ނުނިމި ހުރި ބައިތައް ފުރިހަމަ ކުރުމަށް ނަގަން ބުނެފައިވާ ލޯނު ނުލިބިއްޖެ ޙާލަތުގައި ޢަމަލުކުރާނެ ގޮތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި އެލޯނު ނުލިބިއްޖެ ޙާލަތުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފުލޯތައް ނިންމައި އެއްބަސްވުމުގައި ބުނެފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުކުރުން ނިޒާރު އަޙްމަދުގެ މައްޗަށް ޝަރުޠުކޮށްފައިވާކަން އެނގޭކަށްވެސް ނެތެވެ.އިމާރާތުގެ ނުނިމިހުރި ފުލޯތައް ނިންމައި 12(ބާރަ) މަސްދުވަހުގެ ތެރޭގައި ޢިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށް ބަޔާންކޮށްފައިވީ ނަމަވެސް މަޤްބޫލު އުޒުރެއް މެދުވެރިވެގެން ނުވަތަ ސަރުކާރުން ލިބެންޖެހޭ ޚިދުމަތެއް ލިބުން ލަސްވެގެން ނުވަތަ ގުދުރަތީ ކާރިޘާއެއްގެ ސަބަބުން އިމާރާތް ހެދުމަށް ސީދާ ހުރަސްއެޅޭފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އިމާރާތުގެ ވެރިފަރާތްތަކަށް ލިބެންވާ ފުލޯތައ ލިބުން ލަސްވުމަކީ މަޤްބޫލު އުޒުރެއްކަމަށް އިމާރާތުގެ ވެރިފަރާތްތަކުން ޤަބޫލު ކުރަންވާނެ ކަމާއި މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އިންވެސްޓަރ ލިޔުމަކުން އެކަން ޢިމާރާތުގެ ވެރިފަރާތްތަކުން ޢައްޔަންކުރާ ފަރާތަކަށް އެކަން އަންގަންވާނެ ކަމަށް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު، އެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ލޯނު ނެގުމުގައި ހުރަސްތަކެއް މެދުވެރިވެފައި ވަނީ އިމާރާތުގެ ވެރިފަރާތްތަކުގެ އެއްބާރުލުން ނުލިބުމާއި، އެއިގެ ތެރެއިން ދެފަރާތެއްގެ ލޯނު ޑިފޯލްޓްވެފައިވުމުގެ ސަބަބުން ކަމަށް 08 ނޮވެންބަރު 2018 ގައި، ނިޒާރު އަޙްމަދުގެ ފަރާތުން ޢިމާރާތުގެ ވެރިފަރާތްތަކަށް ސިޓީއަކުން އަންގާފައިވާކަން އެނގެއެވެ.
20ޕްރިސިޑެންސް 3ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަމެއް ކުރަންވާނީ އެ ކޮންޓްރެކްޓުގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި އެއާ ޚިލާފު ގޮތަކަށް ޢަމަލު ކުރެވޭނީ އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މއްޗަށަ ލާޒިމްވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލު ކުރުމަށް އެއްބަސްވެއްޖެ ނަމައެވެ. ކަމެއް ވާހިނދު ނުވަތަ ޝަރުޠެއް ފުރިހަމަވުމަށް ފަހު ކޮންޓްރެކްޓަކަށް ޢަމަލު ކުރަންޖެހޭނަމަ، އެކަމެއް ވާހިނދު ނުވަތަ އެޝަރުޠެއް ފުރިހަމަވުމަށް ފަހުގައި މެނުވީ ކޮންޓްރެކްޓަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
21ޕްރިސިޑެންސް 4[…] ގޯތީގައި އިމާރާތް ކުރުމަށް ވެވުނު ދެވަނަ އެއްބަސްވުމުގެ މަޤްޞަދަކީ ބޭންކުން ލޯނު ނަގައިގެން އެއިމާރާތުގެ ނުނިމި ހުރި ބައިތައް ނިންމުންކަން އޮޅުމެއްނެތި އެނގެއެވެ. ކޮންމެ ސަބަބަކާ ހުރެގެން ނަމަވެސް އެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ލޯނު ބޭންކުން ލިބިފައިނުވާކަން އެނގެއެވެ. ގޯތީގެ ވެރިފަރާތްތަކުން ދެކެނީ ލޯނު ނުލިބުނީ ނިޒާރު އަޙްމަދުގެ ސަބަބުން ކަމުގައިވާތީ ނުނިމި ހުރި މަސައްކަތް ނިންމައި ފުލޯތައް - ޤާނޫނު ނަންބަރު 91/4 (ކޮންޓްރެޓާބެހޭޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ރ) ގައި. އެއްބަސްވުމުގައިވާ ގޮތުގެމަތިން އެފަރާތްތަކާ ޙަވާލުކުރުމުގެ ޒިންމާ ނިޒާރު އަޙްމަދުގެ ފަރާތުން އުފުލަންޖެހޭނެއެވެ. ގޯތީގެ ވެރިފަރާތްތަކުން އެގޮތަށް ދެކުނުކަމުގައި ވީނަމަވެސް، ބޭންކުން ނަގަންޖެހޭ ލނޯ ނުލިބޭ ޙާލަތެއްގައި ނުނިމިހުރި ބައިތައި ފުރިހަމަ ކުރުމަށް ނިޒާރު އަޙްމަދުގެ މައްޗަށް މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުން ލާޒިމްކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ރިޢާޔަތްކޮށް ބޭންކުން ލޯނު ނުލިބޭ ޙާލަތުގައި ނިޒާރު އަޙްމަދުގެ އަމިއްލަ ޚަރަދުގައި އެއިމާރާތުގެ ނުނިމި ހުރި ބައިތައް ފުރިހަމަކޮށް ގޯތީގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށް ނިޒާރު އަޙްމަދުގެ މައްޗަށް އޭނާގެ ނުރުހުމުގައި ލާޒިމްކުރެވިދާނެ ކަމަކަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ދަށު ކޯޓުގައި ނަގާފައިނުވާ ނުކުތާ އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަތުން:
22[…] ގޯއްޗަކީ 8 (އަށެއް) ފަރާތެއްގެ މައްޗަށް ރަޖިސްޓްރީކޮށްދީފައިވާ ގޯއްޗެކެވެ. އެގޯތީގައި އިމާރާތްކުރުމާގުޅޭ ގޮތުން ނިޒާރު އަޙްމަދާއެކު އެއްބަސްވުމެއް ވެވިފައިވަނީ އިމާރާތާއި ގޯތީގެ ވެރިފަރާތްތަކުގެ ގޮތުގައި އެފަރާތްތައް އެކުގައިކަމާއި ވަކިވަކިން ނޫންކަމެވެ. މި މައްސަލައިގައި ދަށު ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ އެއިގެ ތެރެއިން 5 (ފަހެއް) މީހުންގެ ފަރާތުން ކަމާއި އަދި އެކަކު ދަށު ކޯޓުގެ ޤަޟިއްޔާއަށް ތަދައްޚުލްވެ ދަޢުވާކުރިފަރާތްތަކުގެ ދަޢުވާގައި ބައިވެރިވެފައިވާކަން އެނގެއެވެ. އަދި އެގޯތީގެ ވެރިފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެފަރާތެއް އެމައްސަލައިގެ ދޢުވާގައަ ބައިވެރިވެފައިނުވާކަން އެނގެއެވެ. އެގޯތީގެ ވެރިފަރާތްތަކަށް ވަކިވަކިން ދަޢުވާކުރެވިދާނެ ކަމާމެދު ދަށު ކޯޓުގެ ޤަޟިއްޔާގައި ނިޒާރު އަޙްމަދުގެ ފަރާތުން އިޢުތިރާޒުކޮށްފައިނުވާތީ އެނުކުތާއާމެދު ދަށު ކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ.
23ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް މައިގަނޑު އަސާސެއްގެ ގޮތުގައި ބަލައިގެންކަމާއި ނަމަވެސް، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފީ މަރުހަލާގައި ހުށަހެޅުމަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު ލިބިގެންވކަނާ ޤާނޫނުނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނ) ގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގޭއިރު،މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެއްބަސްވުމުގެ ބައިވެރިން އެކުގައި ދަޢުވާކޮށްފައި ނުވާކަމަށް ބުނެ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަކީ އެމައްސަލައިގައި ދަޢުވާކުރާ ފަރާތްތަކަށް އެދަޢުވާކުރުމުގެ ހައިސިއްޔަތު/ޙައްޤު ލިބިގެންވާ ކަމާމެދު އިޖްރާއީ ގޮތުން ނަގާފައިވާ ދިފާޢެއް ކަމުގައިވާއިރު، އެނުކުތާ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖްލީހުގއަ ނަގާފައިނުވާތީ ބުނެވިދިޔަ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެނުކުތާ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށް ނުދެކެމެވެ.
24ޕްރިސިޑެންސް 6މި މައްސަލައިގައި އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން ބޭންކުން ނަގަންޖެހޭ ލޯނު ނެގުމަށް ނިޒާރު އަޙްމަދުގެ ފަރާތުން 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ބޭންކު އޮފް މޯލްޑިވްސްއަށް ރިއަލް އެސްޓޭޓް ލޯނަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ކަމާއި ލޯނު ދޫކުރުމުގައި ބޭންކުން ބަލަންޖެހޭ ކަންތައްތައް ބެލިއިރު، އެއެޕްލިކޭޝަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ފުރިހަމަ ނުވާތީ ނިޒާރު އަޙްމަދު އެދިފައިވާ ގޮތަށް އެލޯނު ދޫކުރެވެނ ނެތްކަމަށް ބޭންކުން ނިންމާފައިވާކަން ދަށް ކޯޓުގު ރިޕޯޓުގައި ހިމެނިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2018/1778 (01 ނޮވެންބަރު 2018) ސިޓނީ އެނގޭކަމާއި އެސިޓީއަކީ އެލޯނާގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކޯޓުން ފޮނުވި ސިޓީއެއްގެ ޖަވާބުގައި ބޭންކުން ފޮނުވާފައިވާ ސިޓީއެއްކަން އެނގެއެވެ. މައްސަލައެއް ބަލަމުންދާއިރު ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ނުވަތަ ކަށަވަރު ކުރަންޖެހޭ ކަމެއް އޮތްކަމަށް ފާހަގަ ކުރެވޭނަމަ އެކަމެއް ސާފުކޮށް އަދި ކަށަވަރުކޮށް ޔަޤީންކުރުމަކީ އެމައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ. މި މައްސަލައިގައި ނިޒާރު އަޙްމަދަށ ބޭންކުން ލޯނު ދޫނުކުރުމަށް ނިންމި ކަމުގައި ވީނަމަވެސް، ނިޒާރު އަޙްމަދާއި ބޭންކު އޮފް މޯލްޑިވްސްއާ ދެމެދު 28 މާރިޗް 2018 އިން ފެށިގެން ފާއިތުވެފައިވާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި ހިތްހަމަޖެހޭ ގޮތެއްގައި މުޢާމަލާތްކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/CREDIT/2018/211 ސިޓީގައި ބަޔާންކޮށްފައި ވެއެވެ. މި ސިޓީއަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްއާއި ނިޒާރު އަޙްމަދ ދެމެދާ ހިތްހަމަޖެހޭ ގޮތަކަށް މުޢާމަލާތްކުރެވިފައިވާ މުއްދަތަކީ 2018 ވަނަ އަހަރުގެ ކުރީކޮޅާއަ 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބެލެވެން އޮވެއެވެ. އަދި ނިޒާރު އަޙްމަދު އެދިފައިވާ ލޯނު ދޫނުކުރުމަށް ބޭންކުން ނިންމާފައިވަނީ 01 ނޮވެންބަރު 2018 ގައި ކަމަށްވާތީ އެތާރީޚުގައި ނުވަތަ އެދުވަސްވަރު ނިޒާރު އަޙްމަދާ ބޭންކު އޮފް މޯލްޑިވްސްއާ ދެމެދު މުޢާމަލާތްކުރެވިފައި އޮތްގޮތް އެސިޓީން ދޭހަވާ ކަމަކަށް ނުފެނެއެވެ. އަދި ނިޒާރު އަޙްމަދު ހުށަހެޅި ރިއަލ އެސްޓޭޓް ލޯން ނުދިނުމަށް ބޭންކުން ނިންމީ އޭނާގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކުރެވިގެން ނުވަތަ އިހުމާލެއްގެ ސަބަބުންކަނވެސް އެސިޓީން ދޭހައެއް ނުވެއެވެ.
25ޕްރިސިޑެންސް 7ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ދަޢުވާ ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެދަޢުވާއެއް ކުރި ފަރާތަކުން ކަމާއި، އަދި ސާބިތުކޮށްދޭންޖެހޭ މިންވަރަކަށް އެކަން ހިނގާފައިވާކަމަށް ޝަރީޢަތަށް ބޮޑަށް ބުރަވެވޭ މިންވަރު ކަމާއި، މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެމައްސަލައެއްގެ ދަޢުވާކުރާފަރާތުން ކަމާއި، ދަޢުވާކުރާފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާރައްދުވާފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތގު މަސްއޫލިއްޔަތެއް ކަމާއި، ދަޢުވާއެއްގައި އެއް ޚަސްމު އަނެއް ޚަސްމު ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭފަރާތަކީ އެދަފްޢެއކުރް ފަރާތުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަ ޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
26މ މައްސަލައިގައި […] ކިޔާ ގޯއްޗާއި ޢިމާރާތުގެ ވެރިފަރާތްތަކާއި ޏ.ފުވައްމުލައް/ދޫޑިގަން. ނިއާ، ނިޒާރު އަޙްމަދާ ދެމެދު 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމާ ނިޒާރު އަޙްމަދު ޚިލާފްވެ، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް އެއްބަސްވުމުގެ މަޤްޞަދާ ޚިލާފަށް އިމާރާތުގެ މަންފާ ހޯދަމުންދާއިރު، އެއެއްބަސްވުމުގެ ދަށުން އިމާރާތުގެ ވެރިފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްދފައިނުވާތީ އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި ދިނުމަށަ އެދި ދަޢުވާކޮށްފައި ވެއެވެ. އެދަޢުވާގައި ނިޒާރު އަޙްމަދގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަކު އެއެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމާރތުގައާ ނުނިމި ހުރި ހަތަރު ފުލޯ (07 އިން 10 އަށް) އެއްބަސްވުމުގައި ސޮއިކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު އިމާރާތުގެ ވެރިފަރާތްތކަ ޙަވާލުކޮށްފައިނުވާތީކަން އެނގެއެވެ. އެފުލޯތައ ނިންމުމަށް އެއްބަސްވެފައިވަނީ ބޭންކުން ލޯނު ނަގައިގެންކަމާއި، އެއެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ލޯނު ނުލިބޭ ޙާލަތުގައި އެފުލޯތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތެއް އަދި ނިންމުމުގެ ޒިންމާ ނަގާނެ ފަރާތެއް ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން، ބޭންކް ލޯނު ނުލިބޭ ޙާލަތުގައި ވެރިފަރާތްތަކާ ޙަވާލުކުރަންޖެހޭ ފުލޯތާ އ ޙަވާލުކުރުމުގެ ޒިންމަ ނިޒާރު އަޙްމަދު އުފުލަންޖެހޭ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ. އަދި އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން 12 (ބާރަ) މަސްދުވަހުގެ ތރޭގައެ އެފުލޯތައް ނިންމައި އިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުނުކުރެވުމަކީ ދެފަރާތުގެ ދެމެދުގައި ވެފއިވަ ދެވަނަ އެއްބަސްވުން ބާޠިލް ކުރެވޭނެ ސަބަބެއްކަމުގައި ބަޔާންކޮށުފައެއްވެސް ނުވެއެވެ. އެއްބަސްވުން ބާޠިލް ކުރެވޭނީ ނިޒާރު އަޙްމަދު ޢިމާރާތަށް ކޮށްފައިވާ ޚަރަދުގެ ބަދަލު، އެޢިމާރާތުނ އޭނާއަށް ލިބިފައިވާ ފުލޯތައް ބޭނުންކޮށްފައިވާ މުއްދަތަށޭ ވ ފައިސާ ކެނޑުމަށްފަހު، ބާކީ ފައިސާ އޭނާއަށް ދިނުމަށްފަހުގައިކަން އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެފުލޯތައް ނިންމުމަށްޓަކައި ބޭންކުން ނަގަންޖެހޭ ލޯނު ލބިފައިނުވަނި ނިޒާރު އަޙްމަދު އެއެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކަމަށް ކަނޑައަޅައި އެއެއްބަސްވުން ބާޠިލްކުރުމަށާއި، އެ އިމާރާތުން ނިޒާރު އަޙްމަދަށް ލިބިފައިވާ ބައިތަކުގައި އޭނާގެ ފަރާތުން ތިބި މީހުންނާ ތަކެތި ހުސްކޮށް އެއިމާރާތް އިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށާއި ނިޒާރު އަޙްމަދު އެއިމާރާތަށ ކޮށފައިވް ޚަރަދުގް ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކެމެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔު:
27ހުށަހެޅި ފައިވާ އިސްތިއުނާފީ މައްސަލައިގެ މައުޟޫއަކީ […] އެވާ ކިޔާ ބަންޑާރަ ގތީގޯ ވެރިފަރާތްތަކާއި (އޮކްސިޑެ ންޓަލްވިލާގެ މިލްކުވެރިން) ނިޒާރު އަޙްމަދާއި (ނިޒާރު) ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، އިންވެސްޓަރުގެ ޙައިޞިއްޔަތުން ނިޒާރު އަޙްމަދގު އަމިއްލަ ޚަރަދުން […] ކިޔާ ގޯތީގެ ފުރަތަމަ ދެބުރި ޢިމާރާތް ކުރުން ހިމެނޭ ގޮތަށް އުފެދިގެން ދިޔަ އެބަސްވުމަކާއ އަދި އެއެއްބަސްވުމުގެ ފަހުން ވެވުނު ދެވަނަ އެއްބަސްވުމަކާއި ގުޅިފައިވާ މައުޟޫއެކެވެ.
28އކްސިޑޮންޓަލްވިލާގެ މިލްކުވެރިންނާއި ނިޒާރު އާދެމެދު ވެފައިވާ ފުރަތަމަ އެއްބަސްވުމުގައި " މިއެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށްޓަކައި އިންވެސްޓަރ އެންމެ ފުރަތަމަ ޚަރަދު ކުރާނީ އިމާރާތް ކުރުމަށް އެކުލަވާލެވިފައިވާ ބީ.އޯ.ކިޔޫ.ގެ %30 (ތިރީސްއިންސައްތަ)..." ކަމަށް ބަޔާންކޮށް އެޚަރަދު ކުރީ ނިޒާރުކަމަށް ދެކި އެއީ ޙަޤީޤަތްކަމަށ ދެކިގެން މިމައުޟޫއު ކުރިއަށް ގެންދަން ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2018/HC-A/43 ނަންބަރު ޤަޟިއްޔާ ގައި […] ނިޒާރު ކޮށްފައިވާ ޚަރަދާއި ގުޅޭ ގޮތުންބަޔާން ކޮށްފައިވެއެވެ؛ މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު [2018] އެޗް .ސީ-އޭ 43. އޮކްސިޑެންޓަލްވިލާ އާ ގުޅޭ:
23. […] ނިޒާރު އަޙްމަދާއި އެގޯތީގެ ވެރިފަރާތާއި ދެމެދު އެއްބަސްވުމެއް ވެވިގެން، ދިގުމުއްދަތަކަށް ހަދާ 10 ބުރީގެ ޢިމާރާތެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މިޢިމާރާތަކީ، އެއްވެސް ގޮތަކުން، ވާދީ ނުވަތަ ވާދީގެ ވެރިންނާއި ދެމެދު އެއްބަސްވުމެއް ވެވިގެން ހަދާ ތަނެއް ނޫނެވެ. މިޢިމާރާތް ކުރުމަށް ވާދީގ ވެރިފަރާތުގެ ސޮޔާއި ނުލާއ ހަމައެކަނި ނިޒާރު އަޙްމަދު ހުއްދަދީގެން، -/8،501،698ރ (އައްމިލިޔަން ފަސްލައްކަ އެއްހާސް ހަސަތޭކަ ނުވަދިހައަށެއް) ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެފައިސާ ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްޞީލު ޑޮކިއުމެންޓްތަކާއެކު ޝެޑިއުލް ބީ ގައި ގެނެސްދީފައިވެއެވެ. އަދި ޝެޑިއުލް ބ ގައީ ހިމެނިފައި ނުވި އިތުރު އެހެން ޕޭމަންޓް ވައުޗަރ ތަކެއްވެސް ހިމެނިފައިވެއެވެ. މިޑޮކިއުމެންޓްތަކަށް މިކޯޓުން ބެލިއިރު، އޮކްސިޑެންޓަލްވިލާ ޢިމާރާތް ކުރުމުގައި ހަމައެކަނި ޚަރަދު ކޮށްފައިވަނީ ވާދީހާޑްވެއަރ 01 ގެ އެކައުންޓްތަކުން ނޫންކަމާއި މީގެ އިތުރުން، ވާދީ ޓްރޭޑާރސްގެ އެކައުންޓްތަކުންވެސް ހޭދަކޮށްފައިވާކަނ އެގެން އޮވެއެވެ. ކުރިން ބަޔާން ކުރިހެން، މިދަޢުވާއަކީ، އިސްތިއުނާފް ކުރާ ފަރާތުގެ އަމިއްލަ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ވާދީހާޑްވެއަރ01 އަކުން ޚިޔާނާތްތެރިވެފައިވާކަމަށް ބުނެ ހުށަހެޅި ދަޢުވާއެއް ކަމަށްވާތީ، މިދަޢުވާގެ ތެރެއިން ވާދީ ޓްރޭޑާރސްގެ އެކައުންޓްތަކުން ޚިޔާނާތްތެރިވެފައިވާކަމަށް ފެންނަން އޮތް ބައި އުނިކުރަންޖެހެއެވެ. މިފަދައިންނެވެ. ކަމެއްގެ ޙަޤީޤަތާއި ގުޅޭ ގޮތުން ކޯޓުން ބަލާއިރު، އެކަމެއްގެ ޙަޤީޤަތާއި ގުޅޭ ގޮތުން އެއްޤަޟިއްޔާގައ ބަޔާނި ކުރް ގޮތާއި ދިމާ އިދިކޮޅަށް ހަމަ އެޙަޤީޤަތ އެހެން ޤަޟިއްޔާއެއްގައި ސާބިތު ކުރެވިދާނެ ކަމަށް ބުރައެއް ނުވެއެވެ. އެހެނީ ކަމެއްގެ ޙަޤީޤަތަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. ކަމެއްގެ ޙަޤީޤަތާއި ގުޅޭ ގޮތުން ތަފާތު ރިވާޔަތްތައް ހުރެދާނެއެވެ. ނަމަވެސް ޤަޟިއްޔާއެއްގައި ކުރިން ކަނޑައެޅިފައިވާ ގޮތާއި ދިމާ އިދިކޮޅަށް އެޙަޤީޤަތ އެހެން ޤަޟިއްޔާގައި ބަޔާން ކުރެވިދާނެ ކަމަށް ނުދެކެވެ. އެހެންކަމުން، އިސްތިއުނާފް ކުރެވިފައިވާ ޤަޟިއްޔާގައި […] ޢިމާރާތާ ކުރުމުގައި އިސްވެސްޓަރުގެ ޙައިޞިއްޔަތުން ޚަރަދު ކުރި ފަރާތަކީ ނިޒާރުކަމަށ ބުން އެޙަޤީޤަތުގެމައްޗަށް މިޤަޟިއްޔާ ކުރިއަށް ގެންދެވޭނެ ކަމަށް އަހުރެން ނުދެކެވެ.
29ބަޔާންވެދިޔަ ސަބަބު އެހެން އޮތުމުން، މިޤަޟިއްޔާގައި ނިޒާރު އަޙްމަދާއި އޮކްސިޑެންޓަލްވިލާގެ މިލްކުވެރިންނާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު އިތުރަށް ބަހެއް ބުނަންޖެހޭ ކަމަށް ނުދެމެވެ. އެހެނީ ހައިކޯޓުގެ ޤަޟާއީ ނިންމުމަކުން މިހާރުވަނީ […] ވިލާއަށް ނިޒާރު ކޮށްފައިވާ ޚަރަދުތަކާއިމެދ ގޮތެއު ނިނުމުގެ ފުރުޞަތު މުޙައްމަދު އަޙްމަދު ދީދީއަށް ދީފައެވެ. ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައި އޮތީ؛ "ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: 2450/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އިސްތިއުނާފ ކުރް މުޙައްމަދާ އަޙްމަދު ދީދީގެ ފަރާތުން، ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާއާއެކު ހުށަހަޅާފައިވާ އޮޓިޑް ރިޕޯޓާއި އެރިޕޯޓާއިއެކު ހުށަހަޅާފައިވާ ސަޕޯޓިންގ ޑޮކިއުމެންޓްތަކަކީ، ހުށަހަޅާފައިވާ ދަޢުވާ ސާބިތު ކުރުމަށް ކޯޓަށް ބަލައިގަނެވޭނެ ހެކިތަކެއް ކަމަށްވާތީ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފް ކުރާ މުޙައްމަދު އަޙްމަދު ދީދީގެ އަމިއްލަނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވާދީހާޑްވެއެރ 01 ގެ އެކައުންޓްތަކުން ކޮށްފައިވާ މުޢާމަލާތްތަކާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކުނ ކޮށްފައިވް މުޢަމާލާތްތައް ވަކިކޮށް މިމުޢާމަލާތާއި ގުޅިގެން އެހެން ޤަޟިއްޔާއަކުން އެފައިސާއެއް ނަގައިދިނުމަށް ޙުކުމްކޮށްފައިވާ ފައިސާ/ތައް ނުހިމެނޭގޮތަށް އަދި އެހެން ޤަޟިއްޔާއަކުން ނަގައިދީފައިވާ ފައިސާއެއް ހޯދުމަށް ކުރެވޭ ދަޢުވާއެއް ތަކުރާރު ނުވާނެހެން، އެފައިސާ ހޯދުމަށް ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފ ކުރް މުޙައްމަދާ އަޙްމަދީދީއަށް އޮތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. ވީމާ، މިހާރު ހިންގޭ ޤަޟިއްޔާއެއްގައި […] ޢިމާރާތާ ކުރުމުގައި ނިޒާރުގެ އަމިއްލަ ޚަރަދުކަމަށް ބާރުލިބޭ ގޮތަށް މިކޯޓުން ނިންމުމެއް ނިންމުކަކީ ކުރީގެ ޙުކުމުން އެކަމަށް ހުރަސް އަޅާ ކަމެވެ. ވީމާ، […] ޢިމާރާތް ކުރުމުގައި އިންވެސްޓަރުގެ ހައިޞިއްޔަތުން ނިޒާރުގެ އަމިއްލަ ޚަރަދުގައި މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު [2018] އެޗެ.ސީ -އޭ 43.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު، އަދި (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އަދި 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2010/SC-A/02
- ހައިކޯޓުގެ ޤަޟިއްޔާ 2018/HC-A/43 (މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު) — ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި
- ހައިކޯޓުގެ ޤަޟިއްޔާ 2015/HC-A/132 (ޕެރ. 19 ގެ ފުޓްނޯޓު؛ ނަންބަރު ސާފުނޫން)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ސަމީރު
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒް