ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/429
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް، 2019/HC-A/429
Global Vings Private Limited v. Ministry of Finance 2019/HC-A/429 (2019/HC-A/429, High Court of the Maldives, 8 December 2022)
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް
މައިގަނޑު ސުވާލު
ގްލޯބަލް ވިންގްސް އާއި ދައުލަތާ ދެމެދު ވެފައިވާ ސީ.އެސް.އާރު އެގްރީމެންޓް ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެނެވިފައިވާކަމަށް ކަނޑައަޅައި، އެގްރީމެންޓް ބާޠިލުކުރުމާބެހޭ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފު ކަމެއްތޯ، އަދި އެ އެއްބަސްވުމަށް ޢަމަލުކުރުމަށް ދައުލަތަށް އެންގޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ގޮތުން އެގްރީމެންޓެއް ބާޠިލުކުރެވޭނީ، އެގްރީމެންޓުގައި ވަކިގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށް، ނުވަތަ ބައިވެރިންގެ ބާރު ނުފޯރާ ހާދިސާއެއް މެދުވެރިވެގެން، ނުވަތަ ބައިވެރިން އެއްބަސްވެގެން، ނުވަތަ އެގްރީމެންޓް ޣައިރު ޤާނޫނީވެގެން، ނުވަތަ މުއްދަތު ހަމަވެގެން، ނުވަތަ އަނބުރާ އިޢާދަނުކުރެވޭފަދަ ޚިލާފުވުމަކުން ބައިވެރިއަކު އެގްރީމެންޓާ ޚިލާފުވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
- ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް ބައިވެރިން އެއްބަސްވެގެން ބޭނުންވާ ހިނދެއްގައި ނިމުމަކަށް ގެނައުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއިން ހުއްދަކުރާ، އެއްބަސްވުމެއް ނިމުމަކަށް ގެނެވޭނެ ހާލަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- އެގްރީމެންޓް ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެނެސްފައިވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވިގެން މައްސަލަ ނިންމާ ހާލަތުގައި، އެގްރީމެންޓް ބާޠިލުކުރީ އެގްރީމެންޓުގައި ބާޠިލުކުރުމަށް ކަނޑައަޅާފައިވާ މާއްދާއާ އެއްގޮތަށްތޯ ފަނޑިޔާރު ބަލަން ނުޖެހޭނެއެވެ؛ އެހެންކަމުން އެ މާއްދާއަށް ރިޢާޔަތްނުކުރުމަކީ ޤާނޫނީ ކުށެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް އެއްފަރާތުން ހުށަހެޅި ހުށަހެޅުންތައް (ކުރީގެ އެއްބަސްވުން ބާޠިލުކޮށް އައު އިންތިޒާމެއް) އަނެއްފަރާތުން ލިޔުމުން ޤަބޫލުކޮށް، އެ ލިޔުންތަކާމެދު އިންކާރުކޮށްފައި ނުވާނަމަ، ކުރީގެ އެއްބަސްވުން އުވިގެންދެއެވެ؛ އަދި އުވިފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް ޝަރީޢަތުން އެންގޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
4މިއީ، ސިވިލް ކޯޓގު ނަންބަރު 3542/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)އެވެ.
2މައްސަލާގައި ކަންހިނގާފައިވާގޮތް ކަމަށް ސިވިލް ކޯޓަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުގައި ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
0. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދި 41 ޑިސެމްބަރު 2844 ގައި ހދ.ނޮޅިވަރަމުގައ ފެނާއި ނަރުދަމާ ގާއިމްކޮށް އަދި ހދ.ނޭކުރެންދޫ ގައި ނަރުދަމާ ގާއިމްކުރާގޮތަށް ނ.އަތޮޅު އޮއިވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށް، ނަންބަރު CSR/2011/WS008 އެއްބަސްވުން ވެފައިވެއެވެ.
1. އެއްބަސްވުމުގެ ދަށުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަދާކުރަން ޖެހޭ ކަންކަން، ބަޔާންކޮށްފައިވާ ތާރީޚުތަކަށް ނިނމް ކަމާބެހޭ ދަޢުލަތުގެ އިދާރާތަކަށް ހުށަހަޅަމުން ދިޔަކަމާއި، އެއްބަސްވުމުގެ ދަށުން ހދ.ނޮޅިވަރަމް އަދި ހދ.ނޭކުރެންދޫގައި ކުރަންޖެހޭ ސާރވޭތްއްކޮށ ޑީޓެއިލް ޑިޒައިންއާއި ބީ.އޯ.ކިއު އަދި އެ ދެރަށުގައި މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް، 2842 އެޕްރީލް މަހުން ފެށިގެން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މި މަޝްރޫޢާބެހޭ ރަޖިސްޓްރޭޝަން ނަންބަރު 0473/2010-C އެއްވެސް ކަމެއްގައި އެއްބާރުލުން ދީފައިނުވާކަމާ އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
1. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލްކޮށްފައިނުވާ އެއްބަސްވުމަކަށްވާއިރު، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްއަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދީފައިނުވާތީ އެ ކުންފުންޏަށާއި، ޕްރިންސިޕަލް އިންވެސްޓަރުންނާއި ޕްރޮޖެކްޓްގައި ޝާމިލްވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީއާއި، އެއްބސަ ވުމް އެއްގޮތަށް އެ ކުންފުންޏަށް ރިސޯޓެއް ތަރައްޤީ ކުރު މަށް ލީސްރެންޓްގެ ބަދަލުގައި ހިންގަންޖެހޭ މަޝްރޫޢަށް ކުންފުނިން ޚަރަދުކޮށް ހެޑްލީސް އެގްރީމެންޓަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ އެންމހެ އ މަސައްކަތްކޮށް، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ނ.އަތޮޅު އޮރިވަރުގައި ރިސޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާރޓްސ އެންޑް ކަލްޗަރާއ އަދި ކަމާބެހޭ ވުޒާރާތަކުގައި އެތަކެއް ސިޓީ އާއި މެއިލްގެ ޒަރީއާއިން އެދިފައިވާނެކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރެއެވެ.
6އެއްބަސްވުމާއި ގުޅިގެން އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ގޮތުގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ޚަރަދުގެ ތަފްސީލްގ ގޮތުގައެ ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. އެޑްމިނިސްޓްރޓޭ ވ ޚަރަދު:
6.4. މުވައްޒަފުންގެ މުސާރައިގެ ގޮތުގައި US$ 1,238,035.02 (އެއްމިލިއަން ދެލައްކަ ތިރީސް އަށްހާސް ތިރީސް ފަހެއް ޑޮލަރު ދެ ސެންޓް)
6.2.މުވައްޒަފުންގެ ކެއުމުގ ޚަރަދުގެ ގޮތުގައި US$ 227,626.46 (ދެލައްކަ ހަތާވީސްހާސް ހަސަތޭކަ ސައްބީސް ޑޮލަރު ސާޅީސް ހައެއް ސެންޓް)
6.0.ކުންފުނި ހިންގުމަށް، ކުންފުނީގެ ފަރާތުން މި މަސައްކަތަށް ކުއްޔަށްހިފު ޢިމާރާރަށްއެރި ކުލީގެ ގޮތުގައި 69,455.25 US$ (ފަސްދޮޅަސ ނުވަހާސް ހަތަރުސަތޭކަ ފަންސާސްފަސް ޑޯލަރު ފަންސަވީސް ސެންޓް)
6.1. އޮފީހުގެ ކަރަންޓް އަދި ފެން ބިލުގެ ގޮތުގައި US$ 20,233.46 (ވިހިހާސް ދުއިސައްތަ ތެއްތިރީސް ޑޮލަރު ސާޅީސް ހައެއް ސެންޓް)
6.1.އިންޓަރނެޓް އަދި މުޢާސަލާތީ ޚިދުމަތްތަކަށް 40,466.93 US$ (ސާޅީ ސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް ޑޮލަރު ނުވަދިހަ ތިނެއް ސެންޓް)
6.6.ސްޓޭޝަނަރީގެ ގޮތުގައި US$ 37.937.74 (ތިރީސ ހަތްހާސް ނުވަސަތޭކަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު ހަތްދިހަ ހަތަރެއް ސެންޓް)
6.1.ދަތުރުފަތުރަށް ޚަރަދުކުރި 77,821.01 US$ (ހަތްދިހަ ހަތްހާސް އަށްސަތޭކަ އެކާވީސް ޑޮލަރު އެއް ސެންޓު)
6.0.އެޑްމިނިސްޓަރ ޚަރަދުގެ ގޮތުގައި US$ 68,093.39 (ފަސްދޮޅަސ އަށްހާސް ނުވަދިހަ ތިނެއް ޑޮލަރު ތިރީސް ނުވައެއް ސެންޓް) މަސައްކަތް ކުރުމަށްޓަކައި ކުރެވުނު ބޮޑެތި ޚަރަދު:
6.2. ބިލްޑިންގ ސައިޓް ޤާއިމްކުރުނަށްޓަކައި 72,957.20 US$ (ހަތްދިހަ ދެހާސް ނުވަސަތޭކަ ފަންސާސް ހަތެއް ޑޮލަރު ވިހި ސެންޓް)
6.48. މަސައްކަތް ކުރުމަށްޓަކައި ޤާއިމްކުރެވުނު ޕަވަރހައުސްއަށް US$ 22,697.80 (ބާވީސްހާސް ހަސަތޭކަ ނުވަދިހަ ހަތެއް ޑޮލަރު އަށްޑިހަ ސެންޓް)
6.44. ފަވަރހައުސްގެ ކަރަންޓް ވައިރުކުރުމަށް 40,856.03 US$ (ސާޅީ ސްހާސް އަށްސަތޭކަ ފަންސާސް ހައެއް ޑޮލަރު ތިނެއް ސެންޓް)
6.42. އަރާފޭބުމަށް ވަގުތީ ޖެޓީއެއް ގާއިމްކުރުމަށް US$ 7,500.00 (ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އެއްބަސްވުމާއި ގުޅިގެން ހދ.ނޮޅިވަރަންފަރާއި ހދ.ނޭކުރެންދޫގައ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ޚަރަދު:
6.40. ހދ.ނޮރިވަރމްފަރުގައި ކޮންސެޕްޓް ޑިޒައިނަކުރުމަށް US$ 30,523.35 (ތިރީސްހާސް ފަސްސަތޭކަ ތޭވީސް ޑޮލަރު ތިރީސް ފަސް ސެންޓް)
6.41. ހދ.ނޭކުރެންދޫގައި ކޮންސެޕްޓް ޑިޒައިންކުރުމަށް 29,297.67 US$ (ނަވާވީސްހާސް ދުއިސައްތަ ނުވަދިހަ ހަތެއް ޑޮލަރު ފަސްދޮޅަސް ހަތެއް ސެންޓް)
6.41. އެއްބަސްވުމުގެ ދަށުން އިންވެސްޓް ކުރުމަށްޓަކައި ކޮށްފައިވާ ޚަރަދު US$ 162,446.41 (ސަތޭކަ ފަސްދޮޅަސް ދެހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޑޮލަރު ސާޅީސް އެކެއް ސެންޓް)
6.46. ރިސޯޓް ހިންގައިގނެ 48 (ދިހައެއް) އަހަރު ދުވަހުގެ ފައިދާގެ ގޮތުގައި 0.00,54US$ 11,150 (އެގާރަ މިލިއަން އެއްލައްކަ ފަންސާސްހާސް ފަސްސަތޭކަ ސާޅީސް އެމެރިކާ ޑޮލަރު) (ރިސޯޓް ތަރައްޤީކުރުމަށް އެއްބަސްވުމާއި އެއްގޮތަށް އަމަލުކޮށްނުވާތީ)
6.41. ގެއްލުމުގެ ބަދަލުގެ ގޮތުގައި 87.7113,296,4 US$ (ތޭރަ މިލިއަން ދެލައްކަ ނުވަދިހަ ހަހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތެއް ޑޮލަރު ހަތްދިހަ އެކެއް ސެންޓް)
1. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލުކޮށްދިނުމަށާއި، ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރުމުން އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 3542/Cv-C/2018 ޤަޟިއްޔާގައި ބަލާފައިވެއެވެ. މިއީ އެ ޤަޟިއްޔާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެވެ.
0. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ އާއި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 41 ޑިސެން ބަރް 2844 ވަނަ ދުވަހު ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ ހދ.ނޮޅިވަރަމުގައި ފނާއެ ނަރުދަމާ ގާއިމްކޮށް އަދި ހދ.ނޭކުރެންދޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރާގޮތަށް ނ.އަތޮޅު އޮރް ވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށ ވެފައިވް އެއްބަސްވުމާއި އެއްގޮތަށް ދިވެހި ދަޢުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން) އިން ޢަމަލުކޮށްފައިނުވާތީ، އެ އެއްބަސްވުމާއި އެއެ ގޮތަށް ޢަމަލުކޮށްދިނުމަށާއި، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގި ބަދަލުހި ދުމަށްއެދ މިނިސްޓްރީ އޮފް ފނޭންސ އެންޑް ޓްރެޜަރީގެ މައްޗަށ ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
2. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން (ސީ.އެސް.އާރު އެގްރީމެންޓް) ސަރުކާރުގެ ސިޔާސަތަށް އައި ބަދަލަކާއި ގުޅިގެން އިތުރަށް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިންމުމާއި ގުޅިގެން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި، ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލޗަރއާއި ދެމެދް ވާހަކަދެކެވި ބަޔާންވެދިޔަ އެއްބަސްވު މަކީ މިހާރު ވުޖޫދުގައި ނެތް އެއްބަސްވުމެއްކަމުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގާނެތަނެއް ނެތްކަމަށާއި، އަދި އެއްބަސްވުމަކީ ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެވިގެނ ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމެއްކަމުން އެއެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކރު މުނު ދަޢުވާކުރާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާއާއި، އެއްބަސްވުމުގައިވާ ގޮތުގެމަތީން ރިސޯޓް ތަރައްޤީކުރާނެ ރަށެއް ނުވަތަ ރަށްތަކެއ ޙަވާލުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3542/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
48.އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާ ތަކާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
48.4. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 41 ޑިސެމްބަރު 2844 ގައި ވެފައިވާ ނަންބަރު CSR/2011/WS008 އެއްބަސްވުމާއި އެއްގޮތަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް، އއްބަސްވުނެ ނިމުމަކަށް ގެންނާނެގޮތް، އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެކަންކަމަށް ރިޢާޔަތްކުރުމެއްނެތި، މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
48.2. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑއާ ދެމެދު 41 ޑިސެނބަރް 2844 ގައި ވެފައިވާ ނަންބަރު CSR/2011/WS008 އެއްބަސްވުމާއި އެއްގޮތަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް، ސަރުކާރުގެ ސިޔާސަތަށް އައި ބަދަލަކާއި ގުޅިގެން ވަކި ޝަރުޠުތަކެއް ކަނޑައަޅައި މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސ އެންޑް ކަލްޗަރއިން އެ ކުންފުންޏަށް ފޮނުވާފައިވާ ނަންބަރު MBR/PRIV/2013/942-88 (42 ޖޫން 2840) ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް އެ މިނިސްޓްރީން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިނުވާއިރު، މިދެފަރާތުގެ ދެމެދު ފަހުން އެހެންގޮތަކަށް އެއްބަސްވެގެން ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއް ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 24/1 (ކޮންޓްރެކް ޓާބެހޭ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އުޞޫލަށް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ
44.ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަވުމުގެ 2 ވަނަ މާއްދާގައި "ޖަދުވަލު 2 ގައި ހިމެނިފައިވާ ހުށަހެޅުމަށް، ސީ.އެސް.އާރު މަޝްރޫޢުއަށް ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ކަނޑައަޅާފައިވާ ހދ.ނޮޅިވަރަމްގައި ފެނާއި ނަރުދަމ ނިޒާމާ އަދި ހދ.ނޭކުރެންދޫގައި ނަރުދަމ ނިޒާމާ ޤާއިމްކުރުމަށެވެ. އަދި މި މަޝްރޫޢު ހިންގުމަށް ޕްރޮޕޯނަންޓަ އެއްބަސްވެއެވެ." މިގޮތަށް ބަޔާންކޮށްފައިވާކް މަށާއި، އެއްބަސްވުމުގެ ދަށުން ޢް މަލީ މަސައްކަތް ފެށުމަށްޓަކައި ކުންފުނީގެ ޕްލިމިނަރީ ޑިޒައިން ރިޕޯޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓަށް ހުށަހެޅިފައިވާކަން އެ މިނިސްޓްރީގެ ނަންބަރ FS1/PRIV/2012/43-381 (46 ޖަނަވަރީ 2842) އިން އަންގާފައިވާކަމަށާއި އަދި އެއްބަސްވުމާއި އެއްގޮތަށް ހދ.ނޭކުރެންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ ޕްރިލިމިނަރީ ޑިޒައިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓުނ އެޕްރޫވް ކުރެވިފައިވާކަމަށް އެ މިނިސްޓްރީގެ ނަންބަރު FS1/PRIV/2012/161-138 (80 ފެބުރުވަރީ 2842) ސިޓީން އެ ކުންފުންނަށް އަންގާފައިވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
42.އެއްބަސްވުމުގެ ޖަދުވަލު 0 ގައި ހިމެނޭ ވޯކްޕްލޭނާ އެއްގޮތަށް އަދި ޖދުވަލަ 1 ގައި ހިމެނިފައިވާ ސީ.އެސް.އާރ މަޝްރޫޢު ފުރިހަމަކުރަންޖެހޭ ފެންވަރާއި މިންގަނޑަށް ހުށަހަޅާފައިވާނެކަމަށާއި، އަދި އެ ޑޮކިއުމަންޓްތައް ހުށަހެޅުމާއި ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްގެ ނަންބަރު FS1/PRIV/2012/182-138 (24 ފެބުރުވަރީ 2842) ސިޓީ އަދި އެ މިނިސްޓްރީގެ ނަންބަރު -138 FS1/PRIV/2012/173 (24 ފެބުރުވަރީ 2012) ސިޓީ މި ކުންފުންޏަށް ފޮނުވާފައިވާކަމަށާއި، އެދެސިޓީގައި، ފައިނަލް ލޮކޭޝަން ހުށަހަޅާއިރު ކައުންސިލް އިދާރާގެ ހުއްދައާއެކު މިނިސްޓްރީއަށް ހުށަހެޅުމަށް ފާހަގަކޮށްފައިވާތީ، ނޭކުރެންދޫ ކައުންސިލް އިދާރާގެ ނަންބަރު (S)268/56/2012/57 (28 މާރިޗް 2842) އަދި ނޮޅިވަރަމު ކައުންސިލްގެ އިދާރާގެ ނަންބަރު (S)264/GW/2012/61 (28 މާރިޗް 2842) ސިޓީއިން އެކުންފުނިން ހުށަހެޅި ގޮތަށް މަސައްކަތް ކުރުމުގެ އިއުތިރާޟެއ ނެތްކަމަށް އަންގާފައިވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.
40.ސީ.އެސް.އާރު އެގްރީމެންޓްގެ 1 ވަނަ މާއްދާގައި އެގްރީމެންޓްގައި ސޮއިކުރާތާ 08 (ތިރީސް) ދުވެހުގެ ތެރޭގައި ސީ.އެސް.އާރު ކޮމްޕޯނަންޓްގެ ޕްރިލިމިނަރީ ޑިޒައިންއާއި އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީ.އައި.އޭ) ފާސްކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެކަމަށާއި، އެ ކުންފުނިން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް އިތުރު ބަދަލެއް ގެންނަން ޖެހޭތީ އެބަދަލުގެނެސް ކަނޑައެޅިފައިވެ41 (ސާދަ) ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއަށް ހުށަހަޅާފައިވާނެކަމަށާއ، ދެރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމާގެ ކޮންސްޓްރަކްޝަން ވޯކް ޕްލޭން ހުށަހެޅުމަށއާ ޑޮކިއުމަންޓް ހުށަހެޅުމުގެ ކުރިން އީ.ޕީ.އޭ އާއެކު މަޝްވަރާކުރުމަށް މިނިސްޓްރީގެ ނަންބަރު -138 FS1/PRIV/2012/408 (82 އެޕްރީލް 2842) ސިޓީއިން އެ ކުންފުންޏަށް އަންގާފައިވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
41.އެގޮތުން، އީ.ޕީ.އޭ އާއެކު މަޝްވަރާކުރެވި ދެރަށުގެ ފެނާއި ނަރުދަމ ނިޒާމާ ޤއިމުކުރުމުގާ މަސައްކަތް ކުރެވި އެ އެޖެންސީގެ ނަންބަރު ADMIN/PRIV/2012/450-203 (41 އޮކްޓޯބަރު 2842) ސިޓީއިން މަޝްރޫއު ހިންގާ ފަރާތުން ހުށަހަޅާފައިވާ އީ.އައި.އޭ ރިޕޯޓުގެ ޑިސިޝަނ ސްޓޭޓްމަންޓް އާއް އެޕްރޫވް ކުރެވިފައިވާ މަޝްރޫޢުގެ ރިޕޯޓު ކޮޕީ ފޮނުވާފައިވާކަމަށް އެ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށާއި، އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން އެ ކުންފުނިން ކުރަމުން ދިޔަކަމާއި، އެގޮތުން، ޑީޓެއިލް ޑްރޮއިންގ، ޕްރޮޖެކްޓް ޑިޒައިން، ބިލް އޮފް ކުއަންޓިޓީސް (ބީ.އ.ކިއު) އަދ ކޮންސްޓްރަކްޝަން ވޯރކ ޕްލޭން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްގެ ހުއްދައަށް އެދި ހުށަހެޅުނުކަމަށާއި ޑީޓެއިލް ޑްރޯވިންގ އަށް ދީފައިވާ ކޮމެންޓާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.
41.އެއްބަސްވުމުގެ 6،1،1،0، އަދި 41 ވަނަ މާއްދާގައި ބުނާ ކަންކަން އެ ކުންފުނީގެ ފަރާތުން ފުރިހަމަ ކޮށްފައިވާނެ ކަމަށާއި، އެހެންކަމުން އެއްބަސްވުން ބާޠިލްކުރެވޭނެ ސަބަބެއް ދެއްކިފައިނެތްއިރު، އެއްބަސްވުމަށް އިތުރު އެހެން ބަދަލުތަކެއް ގެނެސް އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ޤާނޫނީ އެއްވެސް ބާރެއްނެތްކަމަށ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
46.އެއްބަސްވުމަށް ހުރަސްއެޅި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ބޮޑެތި ގެއްލުން ވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި އެތަކެއް ފަހަރު އެދިފައިވާނެކަމަށާއި، އެގޮތުން، އޭރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރގެ ފަރާތުން ހުށަހެޅީ ވަކި ޝަރުޠުތަކެއް މަތިކޮށް ނ.އޮރިވަރުގައި ޓުއަރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވޭނެކަމަށާއި އަދި ލީސް އެކުއިޒިޝަން ކޯސްޓްގ ގޮތުގައެ %28 (ވިހި އިންސައްތަ) އެ ކުންފުނީގެ ފަރާތުން ސަރުކާރަށް ދެއްކުމަށާއި، ލީސްއެގރީމެންޓްގައި ސޮއިކުރުމަށްފަހު، ސޮއިކުރާ ތާރީޚުން ފެށިގނެ 42 (ބާރަ) މަސްދުވަހުގެ ތެރޭގައި %08 (އަށްޑިހަ އިންސައްތަ) ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކުމަށްކަމަށާއި، މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް އެ ކުންފުނިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން % 28 (ވިހި އިންސައްތަ) ދެއްކުމަށް މީރާއަށް ދިޔުމުން އެ ފައިސާ މީރާއިން ބަލައިނުގަތީ އެކަން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރއިން ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން އެ އޮތޯރިޓިއަށް އަންގާފައިނުވާތީކަމަށާއި، އެހެންކަމުން އެ ފައިސާ ދެއްކޭނެ ގޮތެއް އެ ކުންފުންޏަށް އޭރު ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.
41ލީސް އެކުއިޒިޝަން ކޯސްޓްގ ގޮތުގައެ ނ.އޮރިވަރ ގުޅިގެނާ މީރާއަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަށަވަރުކުރުމުގެ ގޮތުން ފޮނުވީ ސިޓީގެ ޖަވާބުގައި އެ އޮތޯރިޓީގާ ނަންބަރު RNT/NTR/2019/01-1001593/LTR (46 ޖުލައި 2842) ސިޓީން ޖަވާބުދީފައިވަނީ، އެ ކުންފުންނާއި ނ.އޮރިވަރު ހަވާލުކުރެވިފައިވާކަން އަންގާފައިނުވާކަމަށްބުނ ކަމަށެ ބަޔާންކޮށް، ފައިސާ ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް މީރާއަށް އެކަން އ ންގާފައިނުވާތީ، ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން، ޤާނޫނު ނަންބަރު 24/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ "ކޮންޓްރެކްޓްގެ ދަށުން ލާޒިމްކުރާ ކަންތައްތައް އޭގެ ބައިވެރިން އެއްބަސްވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެ ނެވިދާނެއެވެ." މިފަދައިން އޮންނަ އޮތުމަށް ދައުލަތުން އަމަލުކޮށްފައިނުވާކަމަށާއި، މައްސަލައަށް ހައްލެއް ލިބިފައިނުވާތީ، އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށ ސިޓީއަކުން އެކަން އެން ގ މުން އެ މިނިސްޓްރީގެ މެންޑޭޓްގައ ހިމެނި ކަމަކަށް ނުވާތީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރއަށ ހުށަހަޅައިގެން ކުރިއަށް ދިއުމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
40. ދައުލަތުން ހުށަހެޅި "ހެކިންގެ ލިސްޓް"ގައި ހުށަހަޅާފައިވި ލިޔުންތަކަކީ ކޮންކަމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކެއްކަނ އެނގެން ނެތްކަމަށާއި، އެލިޔުންތަކަކީ، މައްސަލަ ހައްލުކުރުމަށްޓަކައި ބަދަލުކޮށްފައިވާ ލިޔުންތަކެއްމަށާއި، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަސަރުކުރާނެފަދަ ގޮތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ގަބޫލުކުރެވޭނެ ކަންކަން ނޫންކަމަށާއި، ދައުލަތުން އޮޅުވާލަން މަސައްކަތް ކޮށްފައިވާކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ "ހެކިންގެ ލިސްޓް" ގެ އެގްޒިބިޓް 2 އަދި 0 ގެ ގޮތުގައި ހުށަހަޅާފައިވަ ސިޓީ އެކުންފުންޏާއި ހިއްސާކުރުމަށް ޢޛުރުވެރިވެފައިވާކަމަށާއު ތަކުރާރުކޮށް އެދުމުންވެސް އެ ސިޓީތައް ލިބިފައިނުވާކަމަށާއި، އެއްބަސްވުމާ ގުޅިގެން ދެފަރާތުގެ ދެމެދު ބަދަލުކުރެވުނު ލިޔުންތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގައި ނެތުމަކީ ބޮޑެތި ސުވާލުތައް އުފެދިގެން ދިޔަކަމެއްކަމަށ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
42.އެއްބަސްވުން ބާޠިލްކުރެވޭނެކަމަށް އެއްބަސްވުމުގައި ވަކިގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށް ނުވަތަ އެއްބަސްވުމުގެ ބައިވެރިންނަށް ބާރު ނުފޯރާ ހާދިސާއެއް މެދުވެރިވެގެން ނުވަތަ އެގްރީމެންޓް ނިމުމަކަށް ގެނައުމަށް އެގްރީމެންޓްގެ ބައިވެރިން އެއްބސްވަ ގެނ ނުވަތް އެގްރިމެންޓް ޣައިރު ޤާނޫނީ ވެގެން ނުވަތަ އެގްރީމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިއާދަނުކުރެވޭފަދަ ޚިލާފުވުމަކުން އެގްރީމެންޓްގެ ބައިވެރިއަކު އެންރީމެ ންޓާއި ޚިލާފުވެގެން އެގްރީމްންޓެއް ބާޠިލްކުރެވިދާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ދެފަރާތެއްގެ ދެމެދުގައިވާ އެގްރީމެންޓެއް ބާޠިލްކުރުމަށް ނުވަތަ ބާޠިލްވެއްޖެކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ އެ އެގްރީމެންޓް ބާޠިލްކުރުމަށް ނުވަތަ ބާޠިލްވެއްޖެކަމަށް ކަނޑައެޅުމުގައި އަމަލުކުރުމަށް އެގްރީމެންޓްގެ ދެބައިވެރިންގެ މެދުގައި އެއްބަސްވެފައިވަނީ ކޮންގޮތަކަށްތޯކަމާއ އަދި އެގްރީމެންޓެއް ބާޠިލްކުރުމަށް ނުވަތަ އެގްރީމެންޓެއް ބާޠިލްވެއްޖެކަމަށް ކަނޑައެޅުމުގް އ އަމަލުކުރުމަށް އެގްރީމެންޓްގެ ދެބައިވެރިންގެ މެދުގައި އެއްބަސްވެފައިވަނ ކޮންގޮތަކަށްތޯކަމާއި، އަދި އެގްރީމެންޓް ބާޠިލްވެއްޖެކަމަށިބުނެ ހުށަހަޅާ ސަބަބަކީ އެގްރީމެންޓްގެ ދަށުނ އެގްރީމެންޓ ބާޠިލްކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމެއްތޯއާއް އެގްރީމެންޓާއި ޚިލާފުވާ ކުރިކަމަށް ބުން އަމަލަކީ އެގްރިމެންޓްގެ ދެވަނަ ބައިވެރިޔާ ގަސްދުގައި ކުރިކަމެއްކަން ނުވަތަ ނޫންކަން ކަމުގައިކަމާއި މީގެ އިތުރުން ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއްގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް އަދާކުރަންޖެހޭ ޒިންމަ ތައް އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދަނީނަމަ، އެއީ އެއްބަސްވުމެއް ނިމުމަކަށް ގެނެވިދާނެ ހާލަތެއް ކަމަށް ބެލެވުނު ނަމަވެސް އެސަބަބަށްޓަކައިވެސ އެއްބަސްވުން ބާޠިލްކުރަންޖެހޭފަދ ޒިންމާއެއްކަން ނުވަތް ނޫންކަން ދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމުގ މައްޗަށު ބެލުމުން ދެނެގަނެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/182 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 40 ވަނަ މާއްދާގައި އެއްބަސްވުން ބާޠިލް ކުރެވިދާނެގޮތްތައް ކަނޑައަޅާފައިވާކަމާއި، އަދި އޭގެ ފަހުން ދެފަރާތުން އެއްބަސްވެފއިވަ ކަންކަމަށްވެސް ދައުލަތުން ޢަމަލުކޮށްފައި ނެތްކަންވެސ ވަރަށް ސާފުކޮށް އެނގޭކަމަށް ގްލޯބަލް ވިންގްސަ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
28. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "އިސްތިޢުނާފުކުރާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރ 3542/Cv-C/2018 ޤަޟިއްޔާއިން އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި ދެއްވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު41 ޑިސެމްބަރު 2844 ވަނަ ދުވަހު ސޮއިކުރެވުނު CSR/2011/WS008 (ސީ.އެސް.އާރު އެގްރީމެންޓް) އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މައްޗަށް އަންގާ ޢަމުރުކޮށްދިނުމާއެކު، އެއްބަސްވުމުގައިވާ ގޮތުގެމަތީން ތަރައްޤީކުރާނ އެ ބޮޑު މިނުގެ ރަށެއް ނުވަތަ ރަށްތަކެއް މި ކުންފުންޏާއި ޙަވާލުކޮށްދިނުމަށް އަންގާ މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
24.ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރާ ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރެވުނު އުސޫލު 22 ސެޕްޓެމްބަރު 2844 ގައި، ގެޒެޓްކުރެވިފައިވާކަމަށާއި، އެއީ ރާއްޖޭގެ ރަށްރަށުގައި ރިސޯޓު ނުވަތަ ސިޓީ ހޮޓެލް ނުވަތަ ޔޮޓް ބަނދަރު ފަދަ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ތަންތަން ތަރައްޤީކުރުމަށް އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލުކުރަން ނިންމާފައިވާ އުސޫލު (ސީ.އެސް.އާރު އުސޫލު)އެއް ކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މި އުސޫލުގެ ދަށުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމެއް ހިންގާ މީހުން ދިރިއުޅޭ ރަށެއްގައި އުމްރާނީ މަޝްރޫއެއ ތަރައްޤީކޮށް ނިންމުމަށްޓަކައި އެއްބަސްވުމެއް ވާންވާނެކަމާއި، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުން، ސަރުކާރާއެކު ދެވަނަ އެއްބަސްވުމެއްވެ ސަރުކާރުގެ %1 ޙިއްސާ ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދައި، އަދި އެ ކުންފުންޏާއެކު ރިސޯޓު ތަރައްޤީކޮށް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކިރެވޭނ ކަމަށެ ބަޔާންކޮށްފައިވާކަމަށވެސް ފާހަގަކޮށްފައިވެއެވެ . ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 48 ވަނަ ނަންބަރު
22.ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ އުމްރާނީ މަޝްރޫއު ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރަންވާނީ ރިސޯޓް ތަރައްޤީ ކުރުމަށް އެދޭ ފަރާތުންކަމާއި، އެ މަޝްރޫއު ފުރިހަމަކުރުމަށް ބޭނުންވާ ހުއްދަތައް ސރުކާރުގަ ކަމާބެހޭ އިދާރާތަކުން ހޯދާތާ 68 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މަޝްރޫއު ފުރިހަމަ ކުރަން ބޭނުންވާނެ އެންމެހައި ތަކެތި އެ މަޝްރޫޢު ހިންގަން ހަމަޖެހިފައިވާ ރަށަށް ގެންގޮސް މަސައްކަތް ފަށަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، މަސައްކަތް ފެށުމަށްފަހު ސަރުކާރާއެކު ދެވަނަ އެއްބަސްވުމެއްވެ ސަރުކާރުގެ %1 ޙިއްސާ ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދާ އަދި އެ ކުންފުންޏާއެކު ރިސޯޓު ތަރައްޤީކޮށް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެގޮތަށް އެއްބަސްވުމެއް ވވުނެ ކަމުގައި ވީނަމަވެސް، އުމްރާނީ މަޝްރޫއާ ގުޅިގެން ފޮނުވަންޖެހޭ ޕްރޮގްރެސް ރިޕޯޓުތައް މަހުން މަހަށް ފޮނުވަންވާނެކަމާއި، މިފަދައިން އަމަލުނުކުރާނަމަ އެއްބަސްވުން އުވާލުމުގެ ޙައްޤު ދައުލަތަށް ލިބޭކަމަށް ބަޔާންކޮށްފައިވެއެވެ.
20.އެއްބަސްވުމުގެ ދަށުން ސީ. އެސް. އާރު މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގއަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވަކަމަށް އިސްތިއުނާފު ފޯމުގެ ޞަފްހާ 6 ގެ 0 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީނަމަވެސް އެ ހުއްދަ ދޫކޮށްފައިނުވާކަމަށާއި، ސަރުކާރު ބަދަލުވުމާ ގުޅިގެން ސީ. އެސް. އާރ އުސޫލުގެ ދަށުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ތަރައްޤީ ކުރުމަށް 22 ސެޕްޓެމްބަރު 2844 ގައި އެކުލަވާލާފައުވާ އުސޫލު މުރާޖައާކުރުމަށް ނިންމާފައިވާތީ އެ އުސޫލުގެ ދަށުން އަމިއްލަ ފަރާތްތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސީ. އެސް. އާރު މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލެވިފައިވާކަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގގެ ނަންބަރު (IUL)100NP/PRIV/2012/1 އިއުލާން އިން އަންގާފައިވާނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
21.ސީ. އެސް. އާރު އެގްރީމެންޓް ކުރިއަށް ގެންދިއުމުގައި ހުއްޓުމެއް އައިސްފައިވާތީ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ ނަންބަރު 2013-008-OR-GW (21 މާރިޗް 2840) ސިޓީން މި މަޝްރޫޢުކެ ރިއަށް ގެންދެވޭންގޮތެއި ދައްކައިދިނުމަށ އެދިފައިވާކަމާއި، އެސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރގެ ނަންބަރު MBR/PRIV/2013/563-88 (0 އެޕްރީލް 2840) ސިޓީއިން ހުށަހެޅުމެއް (offer cash) އެއް ހުށަހަޅާފައިވާނެކަމަށް ދައުލަތުން ފާހަގަކުރެއެވެ. އެގޮތުން، އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢު ހިންގުމުގެ ބަދަލުގައި ސަރުކާރަށް ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ފައިސާގެ އަދަދެއް ދެއްކުމަށާއި ސީ. އެސް. އާރު އެގްރީމެންޓް ބާޠިލްކުރަން އެއްބަސްވުމުން، އައު އެއްބަސްވުމުގެ ދަށުން ސަރުކާރާއެކު ސަރުކާރުގެ %48 ޙިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދާ ލީސް އިކުއިޒިޝަން ކޮސްޓްގެ %28 ޖޮއިންޓް ވެންޗަރ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން ސަރުކާރަށް ދެއްކުމަށާއި އަދި ބާކީ %08 އަށްވާ ބައި ދައްކާނީ ކުއްޔަށްދެވޭ ރަށުގެ ލީސް އެގްރީމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން ބާރަ މަސްދުވަހުގެ ތެރޭގައި ކަމާއި އަދި މި ޖޮއިންޓް ވެންޗަރ ކުންފުންޏާއެކު ރިސޯޓް ތަރައްޤީކޮށް ކުއްޔަށްދިނުމަށް ލީސް އެގްރީމެންޓްގައި ސޮއިކުރެވޭނެކަމާއި، އަދި ރަށުގެ ލީސް އެގްރީމެންޓްގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 06 މަހުގެ ތެރޭގައި ރިސޯޓް ތަރައްޤީކޮށް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ސީ. އެސް. އާރު އެގްރީމެންޓް ބާޠިލްކޮށް އިސްވެ ބުނެވުނު ކަންކަމަށް އެއްބަސްވާނަމަ އެކަން 41 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެންގުމަށް ބަޔާންކޮށްފައިވާނެ ކަމަށާއި، މިސިޓީގެ ޖަވާބުގައި 41 އެޕްރީލް 2840 ގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި އެކުންފުނީގެ ނަންބަރު 2013-009-OR-GW ސިޓީއިން، ދައުލަތުން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައިވާކަމަށް ދައުލަތުން ފާހަގަކުރެއެވެ.
21.ސީ. އެސް. އާރު އެގްރީމެންޓް ބާޠިލްވެފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަމަލުކޮށްފައިނުވާތީ ނޫންކަމަށާއި ނަމަވެސް އެގްރީމެންޓްގެ ބައިވެރިން އެގްރީމެންޓް ނިމުމަކަށް ގެނައުމުން ކަމަށާއި، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނވެސު ބަލައިގަނެފައިވާ ކަމަކަށްވާއިރު، އެގްރީމެންޓްގެ 40 ވަނަ މާއްދާއަށް ސިވިލް ކޯޓުން ރިޢާޔަތްކުރަން ނުޖެހޭނެތީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަންނަންޖެހޭ ސަބަބެއް ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
26.ދއުލަތަށަ ލިބެންޖެހޭ ފައިސާ އާންމު އުސޫލުން ބަލައިގަންނަނީ މީރާއިން ކަމަށާއި، ވަކި ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްކަން މީރާއަށް އެނގިފައިނުވާނަމަ، އެފައިސާ ދައްކަން ދާ ފަރާތަކުން އެކަން އަންގައިދޭ ލިޔުމެއް މީރާއަށް ހުށަހެޅުމުން މީރާއިން އެ ލިޔުން އެންޓްރީކޮށް ލިޔުން ދޫކޮށްފައިވާ އިދާރާއަކުން އެ ފައިސާ ބަލައިގަންނަޖެހޭކަން ކަށަވަރުކޮށް، ފައިސާ ބަލައިގަންނަކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު MBR/PRIV/2013/563-88 އަދި MBR/PRIV/2013/942-88 ސިޓީ މީރާއަށް ހުށަހަޅާ ނ.އޮއިވަރުގެ ލީސް އެކއިޒިޝަނު ކޮސްޓްގެ ގޮތުގައި %28 ފައިސާ ދައްކަން މަސައްކަތްކުރިނަމަ އެފައިސާ ބަލައިގަނެފައިވާނެކަމަށާއި، ނަމަވެސް، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވާކަން އެފަރާތުން ހުށަހެޅި ލިޔުމަކުން އދ މީރާގެ އެއްވެސް ރެކޯޑަކުން ނުދައްކާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
21. އދާރި އޮޅުމަކުން މީރާއިން ފައިސާ ބަލައިގަނެފައިނުވާކަމަ، މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެކަން އަންގައި ފައިސާ ދެއްކޭނެ މަގު ހޯދުމުގެ ފުރުސަތު އޮތްކަމަށާއި، ފައިސާ ބަލައިނުގަތްކަމުގެ ޝަކުވާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ކަމަށާއި، ކޭޝް އެގްރީމެންޓްގެ ކަންކަން ބަލަމުންދާ ވުޒާރާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ކަމުން، އެ މައްސަލަ ހައްލުކުރުމުގެ ކަންކަން އެ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގާފައިވާކަން އިސްތިއުނާފު ފޯމުގެ 2 ވަނަ އިސްތިއުނާފީ ނުކުތާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި، އެގޮތަށް އެކަން ހައްލުކުރުމަށް މަސައްކަތްކޮށްފައިވާކަން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެއްވެސް ލިޔުމަލުން އެނގެން ނެތްކަމަށާއި، ކޭޝް އެގްރީމެންޓްގެ ދަށުން ދައުލަތަށް ލީސް އެކުއިޒިޝަން ކޮސްޓް ދެއްކޭނެ އެންމެހާ މަގެއް ބަންދުކޮށްފައިވާކަނަށް ނުވަތަ އެއްބަސްވުމާއި ދައުލަތުން ޚިލާފުވީކަމަށް ބުނެވޭނެ ހަމައެއް ނެތްކަމށަ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
20.މރާގީ ނަންބަރު RNT/NTR/2019/01-1001593/LTR ސިޓީއަކީ 1 ޖުލައި 2842 ގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު GW/MIRA/2019/15 ސިޓީގެ ޖަވާބުގައި މީރާއިން ފޮނުވާފައިވާ ސިޓީއެއްކަމަށާއި، އެސިޓީގައި، ނ.އޮރިވަރު، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން މީރާއަށް އަންގާފައިނުވާކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން، 2840 ވަނަ އަހަރު އެކުންފުނިން ދައްކަން މަސައްކަތްކުރި ފައިސާ ދެއްކިފައިނުވަނީ އިސްވެ ބުނެވުނު ސިޓީގައި ބުނެފައިވާ ސަބަބު މެދުވެރިވެގެން ކަމަށް ދައުލަތުން ނުދެކޭކަމަށާއި، މީރާގެ ސިޓީގައި ބަޔާންކޮށްފައިވަނީ ސިޓީ ފޮނުވި ތާރީޚުގައި ނ.އޮރިވަރުގެ ހާލަތާ ގުޅޭގޮތުން މީރާއަށް އެނގިފައިވާ މައުލޫމާތު ކަމަށްވާތީކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
22.ނ.އޮރިވަރު ލީސް އެކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވިތާ ގާތްގަނޑަކަށް ދޮޅު އަހަރުވީފަހުން، އެ ފައިސާ ނުދައްކާ ކޭޝް އެގްރީމެންޓާ ޚިލާފުވެފައިވާތީ ނ.އޮރިވަރުވަނީ 21 ފެބުރުވަރީ 2841 ގައި އެހެން ފަރާތަކަށް ދޫކޮށްފައިކަމަށާއި، ފައިސާ ދައްކަން އެއްބަސްވިތާ 6 އަހަރު ފާއިތުވެފައިވާއިރު، މީރާގައި ނ.އޮރިވަރާ ގުޅޭގޮތުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް އޮތްކަމުގެ ރެކޯޑު ނޯންނާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
08.އ ސްތިއުނާފީ ދެވަނަ ނުކުތާގެ 6 ވަނަ ނަންބަރުގައި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކި ލިސްޓްގެ 2 ވަނަ އެގްޒިބިޓް 2 އަދި 0 ވަނަ އެގްޒިބިޓް ހުށަހަޅާފައިވަނީ ކޮންކަމެއް ސާބިތުކޮށްދޭންކަން ނޭނގޭކަމަށާއި އެ ލިޔުންތައް ހުށަނާޅައި ކަންތައްތަކެއް އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ގްލޯބަލް ވިންގްސްގެ ފަރާތުން ފާހަގަކޮށްފައިވާކަމަށާއި، އެގްޒިބިޓް 2 އަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138/AS2/32/2018/263 (22 އޮކްޓޫބަރު 2840) އަދި އެގްޒިބިޓް 0 އަކީ މިނިސްޓްރީ އޮފް އެންވަޔަރަމންޓްގަ ނަންބަރު ENV/32/2019/03-438 (6 ޖަނަވަރީ 2842) ސިޓީކަމަށާއި، މިސިޓީތަކަކީ، ގްލޯބަލް ވިންގްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައީއިމިނިސްޓްރަ ގައީ ހުރިނަމެ އެޓަރން ޖެނެރަލގް އޮފީހަށްފޮނުވައިދިނުމަށެ އެދުމުން އ މިނިސްޓްރީތަކުގައެ ހުރުލިޔިކިޔުންތަކާއެކާ ޖަވާބުގައް ފޮނުވާފައިވި ސިޓީތަކެއް ކަމަށާއި، އަދި އެއީ ވަކި ކަމެއް ސާބިތުކުރުމަށް ހެކި ލިސްޓްގައި ހިމަނާފައިވާ ސިޓީތަކެއް ނޫންކަމަށާއި، މައްސަލާގައި ބެލެވުނު އެއްވެސް ޤާނޫނީ ނުކުތާއަކާ އެ ސިޓީތަކުގައި ވާ ވާހަކައަކާ ގުޅުމެއް ނެތްކަމަށާއި އެ ސިޓީތައް އެގްޒިބިޓްގެ ގޮތުގައި ހިމެނިފައިވަނީ އޮޅުމަކުންކަމަށާއި، އެހެންކަމުން، ކޯޓަށް އެސިޓީތައް ހުށަހަޅާފައިނުވަނީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވ.
4އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "ދީ އުލަތުނ އެދެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 3542/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ބާޠިލްކުރާނެ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މޭރުމުން ފައިޞަލާ ކުރަނިވި ޙުކުމެއް ނެރުއްވައިދެއްވައި، މި މައްސަލަ ވެވަޑައިގަތް އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަވައިދެއްވުމެވެ ." މިފަދައިންކަން އެނގެން އޮވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން އެއްބަސްވުމުގެ40 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން
02. ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާ ދައުލަތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: Termination of the Agreement އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 1 ވަނަ ނަންބަރު
18. This Agreement shall be terminated if the Proponent fails to comply with Clauses 3, 4, 5, 6 and 17 of this Agreement. This Agreement shall also be terminated if the CSR project is not fully mobilized within 60 )Sixty( days of the date of approval for mobilization by the Proponent’s negligence.
00. ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. ދައުލަތުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، ބުނެވުނު އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ 40 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް މެދެވެރިވެގެން ނޫންކަމަށެވެ. ނަމަވެސް، އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ ދެފަރާތުން އެގޮތަށް އެއްބަސްވެގެން ކަމަށާއި، އަދި މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނު ބަލައިގަނެފައިވާ އުސޫލެއް ކަމަށެވެ.
01.ސިވިލ ކޯޓުން މި މައްސަލަ ނިންމުމުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވަނީ ދެފަރާތުން އެއްބަސްވެގެން އެގްރީމެންޓް ބާޠިލްކޮށްފައިވާކަމަށް ބެލެވެން އޮތަތީކަނ ސިވިލް ކޯޓުގެ 3542/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގެ
(ނ) އިން އެނގެއެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ: "މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރގެ ނަންބަރު MBR/PRIV/2013/563-88 (80 އެޕްރީލް 8402) ސިޓީން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން އެސިޓީގެ ޖަވާބުގައި ދަޢުވާކުރާ ފަރާތުން އެމިނިސްޓްރީއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2013-009-OR (41 އެޕްރީލް 2840) ސިޓީގައި ދައުލަތުން ހުށަހެޅި ހުށަހެޅުން އެއްކޮށް ޤަބޫލުކުރާކަމަށް ބަޔާންކޮށްފައިވާކަން އިސްވެދެންނެވުނު ސިޓީން އެނގެން އޮންނަކަމާއި، އަދި ދައުލަތުގެ ފަރާތުން ސީ.އެސް.އާރ އެގްރީމެންޓު ނިމުމަކަށް ގެނައުމަށް ހުށަހަޅައި ދަޢުވާކުރާ ފަރާތަށް ފޮނުވި ސިޓީގައި ދައުލަތުން ހުށަހަޅާފައިވާ ކަންކަން ޤަބޫލުކުރާކަން ގްލޯބަލްވިންގްސ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2013-009-OR (41 އެޕްރީލް 2840) ސިޓީން އެންގެވުމާއި ގުޅިގެން، ފަހުން މިއެއްބަސްވެވުނ ގޮތުގު މަތީން ދަޢުވާކުރާ ފަރާތާއި ދިވެހިސަރުކާރާއި ދެމެދު ހަދާ ޖޮއިންޓް ވެންޗަރ ކުންފުންޏަށް ނ.އޮރިވަރު ކުއްޔަށް ދޫކުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ލީސް އެކްއިޒިޝަން ކޯސްޓްގެ ޢަދަދު ބަޔާންކޮށް އެފައިސާގެ ތެރެއިން 20% (ވިހި އިންސައްތަ) މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓިއަށ ދެއްކުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ކަލްޗަރގެ ނަންބަރު MBR/PRIV/2013/942-88 (42 ޖޫން 2840) ސިޓީން ދަޢުވާކުރާ ފަރާތަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، އިސްވެ ބަޔާންކުރެވުނު ސިޓީތަކާމެދު ދަޢުވާކުރާ ފަރާތުން އެއްވެސް ޝައްކެއް އުފައްދާ އިންކާރުކޮށްފައި ނުވުމާއެކު، ޤާނޫނު ނަންބަރު 24/1 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ "ކޮންޓްރެކްޓެއްގެ ދަށުން ލާޒިމްކުރާ ކަންތައްތައް އޭގެ ބައިވެރިން އެއްބަސްވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ." މިފަދައިން ކަމަށްވުމުން މިދަޢުވާ އެމައްޗަށް ބިނާވެގެންވާ ސީ.އެސް.އާރު އެގްރީމެންޓަކީ މިދެފަރާތުގެ ދެމެދު ފަހުން އެހެންގޮތަކަށް އެއްބަސްވެގެން ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއް ނޫންކަމަށް ބަލާނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ."
01. އެގްރީމެންޓެއް ބާޠިލްކުރެވޭނެ ހާލަތްތައް ކޮންޓްރެކްޓާބެހޭ ޤާނޫނު ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. އެ ޤާނޫނގު 44 ވަނަ މާއްދާގެ (ހ) އާއި، 41 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އާއި، 22 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެގްރީމެންޓް ބާޠިލް ކުރެވޭނެ ހާލަތް ތަކަކީ ކޮބައިކަން އެނގެއެވެ. އެގޮތުން، އެގްރީމެންޓް ބާޠިލްކުރެވޭނީ އެގްރީމެންޓްގައި ވަކިގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށކަމާއް، ނުވަތަ އެގްރީމެންޓުގެ ބައި ވެރިންގެ ބާރު ނުފޯރާ ހާދިސާއެއް މެދުވެރިވެގެން ނުވަތަ އެގްރީމެންޓް ނިމުމަކަށް ގެނައުމަށް އެގްރީމެންޓްގެ ބައިވެރިން އެއްބަސްވެގެން ނުވަތަ އެގްރީމެންޓް ޣައިރު ޤާނޫނީވެގެން ނުވަތަ އެގްރީމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިޢާދަނުކުރެވޭފަދަ ޚިލާފުވުމަކުން އެގްރީމެންޓްގެ ބައިވެރިއަކު އެގްރީމެންޓާއި ޚިލާފުވެގެން އެގްރީމެންޓް ބާޠލުކުރެވިދާނެކަނި އިސްވެ ހަވާލާދެވުނު މާއްދާތަކުން އެނގެއެވެ.
6އިސްވެ ފާހަގަކުރި ކަންކަމަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 40 ވަނަ މާއްދާއަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެނެސްފައިވާކަމަށް މައްސަލަ ބެލި ފަނޑިޔާރަށް ގަބޫލުކުރެވޭތީކަން އެނގެއެވެ. މިއީ، އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ހާލަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނނޫ ގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ކޮންޓްރެކްޓެއްގާ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސް ވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ.
(ށ) މިފަދް ކޮންމީ އެއްބަސްވުމއާ އޮންނަންވާނެ ގާނޫނު އެއްގޮތްވާގޮތުގެ މަތިންނެވެ."
01. ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ގޮތުގައި، އެއްބަސްވުމުގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ، ހުށަހެޅި ނުކުތާއާ ގުޅިގެން ތަފްސީލީ ގޮތެއްގައި އެ ފަރާތުން އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ކުރުމަށް ކޮށްފައިވާ ކަންކަން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އެގްރީމެންޓް ދެފަރާތުން ނިމުމަކަށް ގެނެސްފައިވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ގަބޫލުކުރެވިގެނ އެގޮތަށް މައްސަލް ނިންމަ ހާލަތުގައި، އެގްރީމެންޓް ބާޠިލްކުރީ އެގްރީމެންޓްގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތަށްތޯ ނުވަތަ ނޫންތޯ ފަނޑިޔާރު ބަލަން ނުޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ރަނގަޅު ޤާނޫނީ ބަހުސެއް އޮތްކަމަކަށް ނުފެނެއެވެ. އެގްރީމަންޓް ނިމުމަކަށް ގެނެވިފައިވާކަމަށް ޝަރީޢަތުނެ ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގަ24 ވަނަ މާއްދާގެ (ހ) ގައާ ބަޔާންވެގެންވްގޮތ ޚިލާފަށް ކަމަށް ބުނާ ބުނުން
00.ސިވިލ ކޯޓުގް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގެ (ނ) (މިރިޕޯޓުގެ 01 ވަނަ ނަންބަރުގައި ނަކަލުކުރެވިފައި) އިން ދެފަރާތުގެ ދެމެދުގައިވާ ސީ.އެސް.އާރު އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ، ކޮންޓްރެކޓާބެހް ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދެފަރާތުގެ ދެމެދުގައި 41 ޑިސެމްބަރު 2844 ގައި ވެފައިވާ އެއްބަސްވުމަކީ 2840 ވަނަ އަހަރު ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގާނެތަނެއް ނެތްކަމަށް ދަށު ކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރގެ ނަންބަރު MBR/PRIV/2013/563-88 (80 އެޕްރީލް 2840) ސިޓީގައި، ކުރިން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް 1 (ފަހެއް) ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މި ސިޓީގެ ޖަވާބުގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 41 އެޕްރީލް 2840 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2013-009-OR-GW ސިޓީގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރގެ ހުށަހެޅުންތައް ގަބޫލުކުރާކަމަށް ބަޔާންކޮށްފައިވުމުން، ކުރިން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އުވުނީކަމަށް އަހުރެންނަށްވެސް ގަބޫލުކުރެވެއެވެ. އެހެންކަމުން، ސިވިލް ކޯޓަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައިވާ ގޮތަށް އެއްބަސްވުމަށް ޢަމަލުކުރަން އަންގާނެ ހަމައެއް އޮންނާނެ ކަމަކަށް ނުދެކެމެވެ.
02. ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 3542/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ޤަޟިއްޔާ ނިންމަން ފެނެއެވެ.
18.އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.
14.އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.
12.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 08 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2824/02 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 201 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2824/02 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 201 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2824/02 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 201 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)، 15 ވަނަ މާއްދާގެ (ހ)، (ށ) ގެ 1 އަދި 2 ވަނަ ނަންބަރު، (ނ)، އަދި 22 ވަނަ މާއްދާގެ (ހ) (ނަންބަރުތައް ޔަޤީން ނޫން - ނޯޓް ބައްލަވާ)
- ދެފަރާތުގެ ދެމެދު ވެފައިވާ CSR/2011/WS008 އެގްރީމެންޓްގެ 18 ވަނަ މާއްދާ (Termination of the Agreement)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އީމާނު ހާނީ، މުޙައްމަދު ޒަޔާން ޢަބްދުﷲ، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް