ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/103
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި، 2026/HC-A/103
Name withheld v. Name withheld 2026/HC-A/103 (2026/HC-A/103, High Court of the Maldives, 10 September 2026)
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި
މައިގަނޑު ސުވާލު
ޙަޟާނަތުގެ މައްސަލައެއްގެ ތެރެއިން ނެރުނު ވަގުތީ އަމުރެއް މުރާޖަޢާކޮށް ބާޠިލުކުރުމުގައި، އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަމަށް ފެމިލީ ކޯޓުން ކަނޑައެޅީ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ވަގުތީ އަމުރު މުރާޖަޢާކުރުމުގެ އުޞޫލުތަކާ އެއްގޮތަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ވަގުތީ އަމުރު މުރާޖަޢާކުރި ނިންމުން ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރު ނެރުމުގައި ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ އުޞޫލުތަކާއި ނެކްސްބިޒް (2012/SC-A/21) ގައިވާ އުޞޫލުތަކަށް ރިޢާޔަތްކުރަންވާނެއެވެ؛ ކުދިން ޝާމިލުވާނަމަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށްވެސް ރިޢާޔަތްކުރަންވާނެ ކަމަށާއި، މި އުޞޫލު ވަގުތީ އަމުރު މުރާޖަޢާކުރުމަށްވެސް ތަޠުބީޤުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 47)
- ވަގުތީ ފިޔަވަޅެއްގެ ޙާލަތު ބަދަލުވެގެން ނުވަތަ ކުރީގެ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުރެއްޖެނަމަ، އެ ނިންމުން ނިންމި ކޯޓަށް އެ ނިންމުން ބަދަލުކުރެވިދާނެއެވެ. (2019/HC-S-A/15) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-44)
- ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ މުރާޖަޢާގެ އިޖުރާއަތު ޚާއްޞަވަނީ ޣައިރު ޙާޟިރުގައި ނެރޭ އަމުރުތަކަށް ނަމަވެސް، ޚަޞްމުންގެ ޙާޟިރުގައި ނެރުނު އަމުރެއް މުރާޖަޢާކުރުމުގައި 77 (ބ) ގައިވާ ސަބަބުތަކެއްވޭތޯ ބެލުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-46)
- ކުއްޖާގެ މަޞްލަޙަތު ވަޒަންކުރަންވާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 (ށ) ގައިވާ ކަންކަމަށް ބަލައި، ކޮންމެ ކުއްޖެއްގެ ޙާލަތު ވަކިން subjective މިންގަނޑަކުންނެވެ؛ އެ ލިސްޓަކީ exhaustive ލިސްޓެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50، 52-53)
- ވަގުތީ އަމުރުގެ ނުވަތަ އޭގެ މުރާޖަޢާގެ މަރުޙަލާގައި ކުއްޖާގެ މަޞްލަޙަތު ވަޒަންކުރާނީ މައުޟޫޢީ މައްސަލައަށް ނުފީނައި އެހިނދު ފާޅުވާ ޙަޤީޤަތްތަކާއި، ކަމާބެހޭ ފަންނީ އިދާރާ (ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް) އިން ދޭ މަޢުލޫމާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 70-73)
- ވަގުތީ އަމުރެއްގައި ކުއްޖާގެ މަޞްލަޙަތު ވަޒަންކޮށް ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ، މުރާޖަޢާގައި އެއާ ތަފާތު ގޮތެއް ކަނޑައަޅާނަމަ މަޞްލަޙަތު ބަދަލުވި ސަބަބު ނުވަތަ އައު ޙާލަތު ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 82)
- ކުއްޖާގެ މަޞްލަޙަތު ވަޒަންކުރި އިދާރާއިން ފާހަގަކުރި ކަންކަން ބަދަލުވިކަން ދައްކާ އައު މަޢުލޫމާތެއް ނެތި، ކުރީގެ ނިންމުމުގެ އެއް ސަބަބު (މާމަގެ ވިސާގެ ޙާލަތު) ބަދަލުވުމުގެ މައްޗަށް އަމުރު ބާޠިލުކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އެކަށީގެންވާ ގޮތުގައި ރިޢާޔަތްކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 83-84، 90)
- ޙާލަތު ބަދަލުވުމަކީ ކުއްޖާގެ މަޞްލަޙަތަށް މަޢުނަވީ ގޮތުން ސީދާ އަސަރުކުރާ ޖައުހަރީ ބަދަލެއް ކަމުގައި ވާންވާނެއެވެ؛ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ބަދަލަށް އެދޭ ފަރާތުންނެވެ؛ ވަގުތީ ޙަޟާނަތުގެ މުރާޖަޢާއަކީ އިސްތިއުނާފީ ނަޒަރަކުން ކުރާ މުރާޖަޢާއެއް ނޫނެވެ؛ އަމުރު ތަންފީޒުނުކޮށް އޭގެ މުރާޖަޢާއަށް ހުށަހެޅުން ބަލައިނުގަނެވޭނެއެވެ (ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނުގެ ތާއީދީ ރައުޔު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 93-94، 97، 99-100)
1މިއީ ފެމިލީ ކޯޓުގެ ނަންބަރ 1677/Fm-C/2025 ޤަޟިއްޔާގައި، އެ ކޯޓުން 22 ޖަނަވަރީ 2026 ގައި ނެރެފައިވާ ނަންބަރު B4/2026/2 "ވަގުތީ އަމުރު" މުރާޖަޢާކުރުމަށްފަހު، އެ ކޯޓުނ 15ފީ ބުރުވަރ 2026 ގައި ނަންބަރު B4/2026/8 "ވަގުތީ އަމުރު މުރާޖަޢާކުރި ގޮތް" އިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ xxxx xxxxxx )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ކުއްޖާގެ މަންމަ"( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ xxx xxx )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ކުއްޖާގެ ބައްޕަ" ( ގ މައްޗަށެވެ.
3އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެ މީހުން 03 މާރިޗް 2016 ގައި 4 3 ކައިވެނިކޮށް، މި ކައިވެންޏަށް 03 )ތިނެއް( ދަރިން ލިބިފައިވެއެވެ. xxxxxxx ޕާސްޕޯޓު ނަންބަރު: xxxxxxxxx ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: xxxxxxxx މިކަން ފެމިލީ ކޯޓުގެ ނަންބަރ 1172/Fm-C/2025 "ވަރިސާބިތުކުރުން" ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 1 ވަނަ ނުކުތާއިނުއެނގެއެވެ. މި ނުކުތާގައި ބަޔާންކޮށްފައިވަނީ މައްސަލައިގެ ފޯމާއެކު ހުށަހަޅާފައިވާ، ފެމިލީ ކޯޓުގެ ނަންބަރ xxxxxxx "ރާއްޖެއިން ބޭރުގައި ކުރާ ކާވެނި ރަޖިސްޓްރީ ކުރިކަމުގެ ސެޓްފިކެޓް" ކޮޕީއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދވު ފަރާތާ ދެމެދު 22 އޮކްޓބަރޫ 2015 ގައި ކައިވެނި ކޮށްފައިވާކަމަށާއި، މިއީ މި ދެ މީހުންގެ ފުރަތަމަ ކައިވެނިކަމށއި، 03 މާރިޗް 2016 ގައި މި ކައިވެނި ރަޖިސްޓަރީކޮށްފައިވާ ކަމުގައެވެ. މިކަން ފެމިލީ ކޯޓުގެ ނަންބަރ 1172/Fm-C/2025 "ވަރިސާބިތުކުރުން" ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނުކުތާއިންނާއި ޙުކުމުން އެނގެއެވެ.
4އިސްތިއުނާފު ރައްދުވާ ފަރާތނު، އިސްތިއުނާފުކުރާ ފަރާތް، 28 ނޮވުނެ ބަރް 2023 ގައި ވަރިކޮށްފައިވާކަނ މި ދެ މީހުންގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ފެމިލީ ކޯޓުގެ ނަންބަރ 1172/Fm-C/2025 ޤަޟިއްޔާއިން 10 ސެޕްޓެންބަރު 2025 ގައި ކަނޑައަޅައި، މައްސަލަ ނިންމާފައިވެއެވެ.
5އިސްވެ ބަޔާންކޮށްފައިވާ ވަރި ސާބިތުކުރެވުނު ޤަޟިއްޔާގައި، ކުދިންގެ ޚަރަދާއި ކުދިންގެ ޙަޟާނަތާއި ގުޅޭ ވާހަކަތައް ދެކެވިފައިވާހިނދު، 03 )ތިނެއް( ކުދިންގެ ތެރެއިން ހަގު ދަރިފުޅު xxxxxx xxxx )އުފަން ތާރީޚް: 29މޭ 2020( ހުރީ ކުއްޖާގެ ބައްޕަގެ ގާތުގައިކަން އެނގެއެވެ. މި ސަބަބަށްޓަކައި ކޯޓު މެދުވެރިކޮށް ކުއްޖާގެ ޚަރަދު ކަނޑައަޅާފައެއްނުވެއެވެ.އަދި ކުއްޖާގެ ޙަޟާނަތު ލިބިގަތުމަށް އެ މައްސަލައިގައި ކުއްޖާގެ ބައްޕަގިފަރާތުނ އެދުން ނަމަވެސް، ކުއްޖާގެ ޙަޟާނަތާމެދު ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިނުވާތީ، ވަރި ސާބިތުކުރެވުނު ޤަޟިއްޔާގެ ތެރެއިން، މި ކުއްޖާގެ ޙަޟާނަތާމެދ ގޮތެއު ކަނޑައަޅާފައިނުވާކަން އެނގެއެވެ.
6މި ދެ މީހުންނަށް ލިބިފައިވާ 03 )ތިނެއް( ކުދިންގެ ތެރެއިން ހަގު ދަރިފުޅުގެ ޙަޟާނަތު ލިބިގަތުމަށް އެދި ކުއްޖާގެ މަންމަ ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ބަލަމުންދަނީ އެ ކޯޓުގެ ނަންބަރ 1677/Fm-C/2025 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރަކަށް ކުއްޖާގެ މަންމަ އެދުނެވެ.
7ވަގުތީ އަމުރަކަށް އެދިފައިވަނީ، ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށުގައި ކުއްޖާ ދިރިއުޅެމުން ދަނިކޮށް، ކުއްޖާގެ ބައްޕަ ޖަލު ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލަށް ގެންގޮސްފައިވތެކަމަށާއި، އ ވަގުތު މިކަން ފެމިލީ ކޯޓުގެ ނަންބަރ 1172/Fm-C/2025 "ވަރިސާބިތުކުރުން" ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 19 ވަނަ ނުކުތާއިންނާއި، ޙުކުމުން އެނގެއެވެ. މި ނުކުތާގައި ބަޔާންކޮށްފައިވަނީ، ދެ މީހުންނަށް ލިބިފައިވާ 03 )ތިނެއް( ކުދިންގެ ތެރެއިން ހަގު ދަރިފުޅު ހުރީ ކުއްޖާގެ ބައްޕަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގާތުގައިކަން ދެ ފަރާތުގެ ބަހުން އެނގޭކަމުގައެވެ. މި ޙާލަތުގައި، ކުއްޖާގެ ޚަރަދު ކުއްޖާގެ މަންމާއަށް )އިސްތިއުނާފުކުރް ފަރާތަށް( ރައްދުކުރާނެ ތަނެއް ނެތްކަމުގައެވެ. މިކަން ފެމިލީ ކޯޓުގެ ނަންބަރު 1172/Fm-C/2025 "ވަރސާބިތުކުރުން" ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގި 20 ވަނަ ނުކުތާއިންނާއި، 21 ވަނަ ނުކުތާއިންނާއި، ޙުކުމުން އެނގެއެވެ. ކުއްޖާ ދިރިއުޅެމުންދަނީ ކުއްޖާގެ މާމަ )ކުއްޖގާ ބައްޕަ ފަރާތު މާމަ( އާއެކު ކަމަށްވާއިރު، ކުއްޖާގެ މާމައަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއްކަމުން، މި ކުއްޖާއަށް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ ކުއްޖާ އެންމެ ކުޑައިރުއްސުރެ ބަލަމުންގެންދ ކުއްޖާގެ މަންމައާ ޙްވާލުކުރުން ކަމުގައިވާތީ، ކުއްޖާގެ ޙަޟާނަތު ވަގުތީގޮތުން ކުއްޖާގެ މަންމައަށް ޙަވާލުކޮށްދިނުމަށށެވެ.
8ޖަވާބުގައި، ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީ، ކުއްޖާގެ މަންމަގެ އުޅުމާއި އަޚްލާޤަށް ބަލައި ކުއްޖާގެ މަންމައާ ޙަވާލުކުރުމަށް އިންކާރުކުރާކަމަށާއި، ކުއްޖާގެ ބައްޕަގެ ބެލުމުގެދަށަށް ކުއްޖާ ގެނެވުނީވެސް ކުއްޖާގެ މަންމަގާޢމަލުތައ ހުރް ގޮތުނި ކުއްޖާގެ މަޞްލަޙަތުގައިކަމަށާއި، ކުއްޖާ ހުރެ ރައްކާތެރި މާހައުލެއްގައިކަމަށާއި، މި ވަގުތު ކުއްޖާ ބަލަހައްޓަމުންދަނީ ކުއްޖާގެ މާމަކަމަށާއި، ކުއްޖާގެ މާމައަކީ ވިސާނެތ ރާއްޖޭގައި އުޅޭ މީހެއްގެ ގޮތުގައި ލޭބަލް ނުކުރެވޭނެކަމަށާއި، ކުއްޖާގެ ބައްޕަގެ މަންމަ ރާއްޖޭގައި އުޅޭތާ 42 )ސާޅީސް ދޭއް( އަހަރު ވެއްޖެކަމަށާއި، ވިސާގެ މުއްދަތު ހަމަވުމުން ވިސާ އައު ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ކަންކަން ކުރަމުންދާކަމަށާއި، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފށ ގެން ކުދިންގެ ކަންކަން ބަލަހައްޓަމުންދަނީ ކުއްޖާގެ ބައްޕައާއި، ކުއްޖާގެ ބައްޕަގެ މަންމަކަމަށާއި، އަމުރު ނެރުމާމެދު ކުއްޖާގެ ބައްޕަ އިންކާރުކުރާކަމުގައެވެ.
9ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރާމެދު ގޮތެއް ނިންމާފައިވަނީ 22 ޖަނަވަރީ 2026 ގައި ފެމިލީ ކޯޓުގެ ނަންބަރު B4/2026/2 "ވަގުތީ އަމުރު" އިންނެވެ.މ ނިންމުމުގއި،ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް މެދުވާރެ ކޮށް ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމަށް ކުއްޖާގެ ބައްޕައަށް އަންގައި، ޙަޟާނަތުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމާއި ހަމައަށ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ބަލައި މޮނީޓަރ ކުރަމުން ގެންދިޔުމަށާއ އަދި މި މުއްދަތުގައި ކުއްޖާ މޮނީޓަރ ކުރަމުން ގެންދާނެ ގޮތުގެ ޕްލޭން މ ކުއްޖާގެ މަންމައާ ޙަވާލުކުރެވޭ ތާރީޚުން ފެށިގެން 03 )ތިނެއް( ދުވަހުގެ ތެރޭގައި ޝަރީޢތަށ ހިއްސާކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ މައްޗަށް އަންގާފައިވެއެވެ.
10މި ނިންމުން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
10.1. އަމުރަށް އެދުމުގެ ޙްއިސިއްޔަތާއި، އަމުރަށް އެދުމުގެ ޙައްޤު އަމުރަށް އެދް ނ ފަރާތަށު ލިބިގެންވާކަމީ ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތް ކަމެއްކަން
10.2. އަމުރު ނެރުމާމެދު ގޮތެއު ކަނޑައަޅާއިރު، ކުއްޖާ ހުރި ޙާލަތާއި ކުއްޖާގެ މަޞްލަޙަތަށާއި ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައިތޯ ކަށަވަރުކުރުމަކީ ޤާނޫނު ނަންބަރ 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( )މީގެ ފަހުން "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު"( ގ 8 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޝަރީޢަތުން ދެނެގަންނަންޖެހޭ ކަމެއްކަން
10.3. ކުއްޖާގެ ބައްޕައަކީ ކްރިމިނަލް ކޯޓު ގެ ނަންބަރ 666/CR-C/2025 ޤްޟިއްޔާއިނަ 03 )ތިނެއް( މަހާއި 18 )އަށާރަ( ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ޙުކުމްކުރުމާ ގުޅިގެނ 11 ޑިސެންބަރު 2025 އިންފެށިގެން ޖަލުގައި ޙުކުމް ތަންފީޒކުރަމުންދާ ފަރާތެއްކަން
10.4. ކުއްޖާ ބަލަހައްޓަމުން ގެންދާ ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ، މިވަގުތު ދިވެހިރާއްޖޭގެ އިމިގްރޭޝަނ ޤާނޫން ޚިލާފަށާ ދިވެހިރާއްޖޭގައި އުޅޭ ފަރާތެއްކަމަށާއި، އިމިގްރޭޝަން ޤާނޫނ ޚިލާފަށް ވިސާނެތި އުޅޭ ބިދޭސީ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަކީ ކްއްޖާގ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތްކަމަށް ނުދެކޭކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަޔާންކޮށްފައިވާކަމަށުއި، އެހެންނަމަވެސް ކުއްޖާ މިހާރު ދިރިއުޅެމުން އަންނަ މާހައުލު )ކުއްޖާގެ ބައްޕަ ފަރާތު މާމައާއި ބައްޕަ ފަރާތް އއިލާއާއެކު އުޅޭ މާހައުލު( އަށް އެކި ފަހަރު މަތިން ޒިޔާރަތްކުރެވިފައިވާކަމްށައި، މި މާހައުލުން ކުއްޖާގެ ރައްކާތެރިކަމާ ގުޅިގެނ ކަންބޮޑުވުމެއް ފާހަގަކުރެވިފައިނުވާކަމްށއި، މި މާހައުލަކީ އެ އުމުރުގެ ކުއްޖެއް ދިރިއުޅުމަށް އެކަށޭނެ ކުއްޖާގެ އަސާސީ ބޭނުންތައް ފުއްދެނ ހުރް މާހައުލެއްކަމަށ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަޔާންކޮށްފައިވާކަނ
10.5. ކައްޖާގ މަންމަގެ ބެލުމުގެ ދަށާގުއި ކުއްޖާ ހުއްޓާ، ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެވުނީ ކުއްޖާގެ މަންމަގެ ޢަމަލުތައް ހުރި ގޮތުންކަމަށާއި، އެގޮތުން ކުއްޖާ އެކަނި ގޭގައި ބެހެއްޓުމަށްފަހު ގިނަ ވަގުތު ކުއްޖާގެ މަންމަ ބޭރުގައި ހޭދަކުރާކަމަށާއި، ޖެންޑަރ މިނިސްޓްރީއިން ކުއްޖާ އުޅެމުންދިޔަ ގެއަށް )މަންމައާއެކު( ޒިޔާރަތްކުރިއިރު ކުއްޖާ އެކަނ ބަހައްޓާފައި ކުއްޖާގެ މަންމަ ބޭރުގައި އުޅުމުން، އެކި ފަހަރު ކުއްޖާގެ މަންމައަށް ގުޅުމުންވެސް، ކުއްޖާގެ މަންމަ އަނބުރާ އައިސްފައިނުވާތީ، ކުއްޖާގެ ބައްޕައަށް ގުޅުމުން، ކުއްޖާގެ ބައްޕަ ގޮސް، ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެވުނުކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވާއިރު، ކުއްޖާގެ ބައްޕަ ފާހަގަކޮށްފައިވާ ފާދައިނ އެކަން ހިނގާފައިވާކަމުށްއި، ކުއްޖާގެ ޙާލަތު ވަޒަންކުރުމުގ ގޮތުނެ ކުއްޖާ އުޅޭ )ކުއްޖާގެ މަންމައާއެކު ދިރިއުޅެމުންދިޔަ( މާހައުލަށ ޒިޔާރަތްކުރެވުނުކަމްށް އ، އެ ޒިޔާރަތުގައި ކުއްޖާއާ ގުޅިގެން ކަންބޮޑުވުން އުފެދޭ ކަންތައްތަކެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަކުރެވުނުކަނ
10.6. އެގޮތުން އެ މާހައުލަށް ޒިޔާރަތްކޮށަދޮރުގައ އެއި ފަހަރު ޓަކި ޖެހުމުން ދޮރު ހުޅުވާފައިވަނީ ކުއްޖާކަމަށާއި، ކުއްޖާ ހުރީ އެކަނިކަމަށާއި، ކުއްޖާއާއެކު ކޭސްވޯކަރުން ގިނަ ވަގުތުތަކަށް މަޑުކުރިނަމަވެސް، ކުއްޖާގެ މަންމަ އައިސްފައިނުވާތީ، ކުއްޖާގެ މަންމައާ ވާހަކަދެކެވުނުކަމާ އ،ށ ކުއްޖާގެ މަންމަ އެ ސަރވިސްއަށް ދޮގު މަޢުލޫމާތު ދީފައިވާކަން ފާހަގަކުރެވުނުކަމްށީއި، އެގޮތުން ކުއްޖާގެ މަންމަ ހުރީ ގޭގައިކަމަށް އެ ފަރާތުން މަޢުލޫމާތު ދިން ކަމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން މަޢުލުމާތު ދީފައިވާކަން
10.7. ކުއްޖާގެ މަންމަ ގެއަށް އައި ސަފައިނުވުމުން، ކުއްޖާގެ ބައްޕައަށް ގުޅުމުން ކުއްޖްގެ ބައްޕަ އައިސް، ކުއްޖާ ގެންދިޔަކަމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަޢުލޫމާތު ދީފައިވާކަން
10.8. ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ފަރާތަކަށްވާތީ، އެފަދަ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތް ނޫންކަމަށް އެ ސަރވިސަސްއަށް ޤަބޫލުކުރެވޭތީ، ކުއްޖާ އެ މާހައާލުނ ވަކިކޮށް ކުއްޖާގެ މަންމައަ ޙާވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމެށާއި، ކުއްޖާގެ މަންމަގެ ކައިރިއަށް ކުއްޖާ ދާން އިންކާރުކޮށް، ރޮއެ، ރުޅި ގަދަވެ، ކުއްޖާގެ މާމަގެ ގައިގައި ތަޅު ހެދިކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަކުރެވުނުކަމަށް އ ސަރވިސްއިން މަޢުލޫމާތު ދީފައިވާކަން
10.9. ކުއްޖާއާމެދު ގޮތެއް ނިންމަންޖެހޭނީ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށާވުމުން، އަމުރަށް އެދިފައިވާ ފަރާތުގެ ޙާލަތަށް ނަޒަރުކުރާއިރު، ކުއްޖާގެ ބައްޕައަކީ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާމީހެއްކަމަށުއި، އަދި ކުއްޖާ ބަލަހައްޓަމުންދާ ކުއްޖާގެ ބައްޕަ ފަރާތް މާމައަކީ ވިސާގެ މުއްދަތު ހަމަވެ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އެވަގުތު އުޅެމުންދާ ފަރާތެއްކަން
10.10. ކުއްޖާގެ މަންމައާ ޙަވާލުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަސައްކަތްކުރާ ޙާލަތުގައި، ކުއްޖާގެ ރައްކާތެރިކަމާއި މަޞްލަޙަތަށް މިހިނދަށް އެންމެ ރަނގަޅު ގޮތަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ބަލައި މޮނިޓާ ރ ކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރ ކުރާގޮތަށް ކުއްޖާގެ މަންމައާ ޙަވާލުކުރުންކަނ
11މި ނިންމުން މުރާޖަޢާކުރުމަށް އެދި ކުއްޖާގެ ބައްޕަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅިއެވެ.
12ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން އެދޭ ސަބަބުތަކަކީ،
12.1. ކުއްޖާގެ މަންމައާއެކު ކުއްޖާ އުޅެން ޖެހިލުންވެ، ނުފޮނުވުމަށ އެދް ރޮއެ ކުއްޖާ އެދެމުންދިޔުން
12.2. ކްއްޖ ހުރާ ގޭގައި ކުއްޖާއާއެކު ދިރިއުޅޭ ކުއްޖާގެ ކަންކަން ބެލެހެއްޓުމުގައި ކުއްޖާގެ ބައްޕައަށް އެހީތެރިވާ ކުއްޖާގެ ބައްޕަ ފަރާތު މާމަގެ ޕާސްޕޯޓު އާކުރުމ ގުޅިގެނާ ވިސާ އަލުން ޖަހަނ ޖެހިފައި އޮތް އޮތުން އެއީ "އިމިގްރޭޝަން ޤާނޫން ޚިލާފަށް ރާއްޖާ އެތެރެވެ އުޅޭ ބިދޭސީއެއްކަން" ދޭހަވާ މޭރުމުން ލިޔުންތައް ހުރި ހުރުމަކީ ކަމުގެ ޙަޤީޤަތަށް ނުވާއިރު، އަދ އެއީ އިމިގްރޭޝަންގެ ބަހަށް ނުވާއިރު، ކުއްޖާއަށް ރައްކާތެރި މާހައުލެއްގައ އުޅުމުގްރަހުމަތުން ކުއްޖާ ބޭރުވާނޭހެން ކުއްޖާގެ މާމަގެ ވިސާއާ ގުޅުވާފައިވުމުން، ކުއްޖާގެ މާމަގެ ވިސާ އާކުރަނ އެ ޕްރޮސެސް ކުރިއަށް ގޮސްފައި އޮތްކަމި ށީއާ، ކުއްޖާގެ މާމަގެ ވިސާ އާކުރަނ ޖެހުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމއާގުޅިގެންކަމަށަ އ، މިކަންކަން ސާފުނުކޮށް މައްސަލަ ނިންމާފައިވާކަން
12.3. ކުއްޖާގެ މަންމަގެ ކައިރިއަށް ދިޔުމަށް ދެކޮޅު ހަދާ ރޯރުއި މަކީ،ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރް ނ ކަމަކަށްވާތީ، ކުއްޖާގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ކުއްޖާގެ ޙަޟާނަތުގ މައްސަލެ ނިމެންދެން ކުއްޖާއަށް ރައްކާތެރި ކުއްޖާ ހިތްހަމަޖެހޭ ތަނެއްގައި ހުރުން މުހިންމުކަން
13އަމުރު މުރާޖަޢކުރުމަށ ހުށަހެޅިދާނެކަމަށް ނުދެކޭކަމަށާއި، ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު އާއި ގަވާއިދު ނަންބަރު 2022/R-99) ޢުއިލާއާބެހޭ ގަވާއިދު( )މީގެ ފަހުން "ޢާއިލާއާބެހޭ ގަވާއިދު"( ގައް ވަގުތީ އަމުރު މުރާޖަޢާކުރަން ހުށަހަޅަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާއިރު، ޙާލަތު ބަދަލުވެފައިވާކަމަށް ބުނެ ހުށަހެޅި ލިޔުމުގެ ތާރީޚަށް ބަލާއިރު، އެ ލިޔުމުގައި ފެށޭ ތާރީޚުކަމަށް 06 ޖަނަވަރީ 2026 ލާޔެފައިވާކަމަށއި، އެހެންކަމުން އަމުރު ނެރުމުގެ ކުރިން އަމުރު ރައްދުވާ ފަރާތަށް )ކުއްޖާގެ ބައްޕައަށް( އެ ލިޔުން ހުށަހެޅުމުގާފުރުޞަތު ލިބިއޮވެމެ، އެއިރު ހުށަނާޅާ މިހާރު ހުށަހެޅިދާނެކަމަށް ޤަބޫލުނުކުރެވޭކަމަށއި، ކުއްޖާގެ ބައްޕަގެ ފަރާތުން އަމުރާ އެއްގޮތަށް ޢަމަލުނުކޮށް، ޝަރީޢަތުގެ ވަގުތު ނަގާލުމަށްޓަކައ ކުރެވި މަސައްކަތެއްކަމަށް ދެކޭ ކަމަށާއި، މިއީ abuse of process ކަމަށް ޤަބޫލުކުރާކަމަށް ބުނެ އަމުރު މުރަޖަޢާކުރުމަށ އެދް ހުށަހެޅުމުގެ ޤާނޫނީ އަސާސެއްނެތްކަމަށް ކުއްޖާގެ މަންމަގެ ފަރާތުން ޖަވާބުގައި ބުނެފައިވެއެވެ.
14ފެމިލީ ކޯޓުގެ ނަންބަރ B4/22026/2 ވަގުތީ އަމުރު މުރާޖަޢާކުރުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ފެމިލީ ކޯޓުގެ ނަންބަރ B4/2026/8 "ވަގުތީ އަމުރު މުރާޖަޢާކުރި ގޮތް" ނިންމާފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރ B4/22026/2 ވަގުތު އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅައި، އެ ކޯޓުގެ ނަންބަރ B4/22026/2 ވަގުތީ އަމުރު ބާޠިލުކޮށެވެ.
15މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
15.1. ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އަމުރު ނެރުނުއިރު ރިޢާޔަތްކުރި މައިގަނޑު 02 )ދޭއް( ކަމުގެ ތެރެއިން އެއް ކަމުގެ ޙާލަތު ބަދަލުވެފައިވަ ކަމަށް ބުނެ ކަމުން، އަމުރު މުރާޖަޢާކުރަންޖެހޭ ކަމުގައި ދެކޭކަމެށަ އ، އެގޮތުން މި މުރާޖަޢާގައި ޝަރީޢަތުގެ ކުރިމަތީގައ އޮތި ކުރިން އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވޭތޯ ކަނޑައެޅުންކަމާއި،ށ ނުވަތު ކުރިން އަމުރު ނެރެން ނިންމި ނިންމުން ބިން ކުރި ސަބަބަށް އަސަރުކުރާނެފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާފައިވޭތޯ ބެލުންކަނ
15.2. އަމުރު ނެރުމުގައި ރިޢާޔަތްކުރި މައިގަނޑު ނުކުތާތަކުގެ ތެރެއިން ކުއްޖާގެ ބައްޕަ ފަރާތު މާމަގެ ވިސާގެ ޙާލަތު ބަދަލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގައި، އަމުރު މުރާޖަޢާކުރުމަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ކުއްޖާގެ މާމަގެ ވިސާގެ ޙާލަތު ބަދަލުވެފާއިވާތީކަމްށީއި، ޝަރީޢަތަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ކުއްޖާގެ މާމަގެ ވިސާ ލިޔުމެއް ހުށަހަޅާފައިވާކަމަށާއި، އެ ފަރާތަކީ foreigner widow visa ގައަ ރާއްޖޭގައި އުޅޭ ފަރާތެއްކަމަށާއި، އެ ވިސާ ފެށޭ ތާރކީޚީ 06 ޖަނަވަރީ 2026 ކަމށަ އ، މުއްދަތު ހަމަވާ ތާރީޚަކީ 05 ޖަނަވަރީ 2031 ކަމާއި،ށ ކުއްޖާގެ މާމައަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅޭ ފަރާތެއްކަމަށް ބުނެފައިވާ ބުނުމަށް އަމުރާ ނެރުނުއިރު ރިޢާޔަތްކޮށްފައިވަނެއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރުގ ނަންބަރ 482-CFPS/146/2025/35 )24 ޑަސުންބެ ރ 2025( ސިޓީން ދީފައިވާ މަޢުލޫމާތުގެ މައްޗަށްކަމުގައިވާއިރު، ފެމިލީ ކޯޓުގެ ނަންބަރ B4/22026/2 ވަގުތީ އަމުރު ނެރުނުއިރު ކުއްޖާގެ މާމަ ދިވެހިރާއްޖޭގެ ޤާނޫނަޚިލާފަށް އުޅެމުންދިޔަނަމަވެސް، މިހާރު ކުއްޖާގެ މާމައަކީ ވިސާގައި ހުރި ފަރާތެއްކަމްށިއި، އަދި މިކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވސްގެ ނަންބަރ 482-RFS/146/2026/6 ) 08 ފެބުރުވަރީ 2026 ( ސިޓީގައި ބަޔާންކޮށްފައިވުމުން، އަމުރު ނެރުނުއިރު އޮތް ޙާލަތެއް ބަދަލުވެފައިވާކަނ
15.3. ކްއްޖާގ މަންމަގެ އަޚްލާޤީ މިންގަނޑު ހުރި ގޮތްކަމަށް ބުނެ ހުށަހެޅި ނުކުތާގައި، މިއީ އަމުރު ނެރުނުއިރ ޙާލަތު ބަދަލުވެގެން ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާފަދަ އިތުރުކަމެއް ނުވަތަ ސަބަބެއްކަމަށް ޝަރީޢަތުން ނުދެކޭތީ، އެކަން މ މަރުޙަލާގައި ބަލައިގަނެވިދާނެކަމަށް ނުދެކޭކަން
15.4. ކުއްޖާގެ މަޞްލަޙަތުކަމަށ ބުން ހުށަހެޅި ނުކުތާގައި،ކުއްޖާއާ ގުޅާ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަޞްލަޙަތާޙެމާޔަތްކުރުމަށްކަމަށއި، އެގޮތުން ކުއްޖާގެ މަޞްލަޙަތުގައިގޮތެއް ނިންމާއިރު އެ ކުއްޖާ ހުރި ޙާލަތާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރަންވާނެކަމަށ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަން މާއްދާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އެކި މަރެޙްލާތަކުގައި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި ކުއްޖާ ހުރިއިރު ކުއްޖާގެ މަޞްލަޙަތުގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށީއި، އަދި ކުއްޖާގެ ބައްޕަ ފަރާތު މާމައާއެކު ކުއްޖާ ދިރިއުޅެމުން އަންނަ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލެއް ކަމުގައިވީނަމަވެސް ކުއްޖާގެ ބައްޕަ ފަރާތު މާމައަކ އިމިގްރޭޝަން ޤާނޫނަޚިލާފަށް އުޅެމުންދާ ފަރާތެއްކަމުން އެ ފަރާތުގެ ބެލުމުގެ ދަށުން ކުއްޖާ ބެހެއްޓުމކާއެންމެ އެދެވޭގޮތްނޫންކަމުން މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރކަމަށާއި، އެހެންނަމަވެސް، ކުއްޖާގެ މަންމަ ކައިރިއަށް ދާން ކުއްޖާ އިންކާރުކޮށް ހަދާކަމަށ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރ 482-CFPS/146/2026/2 ސިޓީގައި ބަޔާންކޮށްފައިވާއިރު، މިހާރު ކުއްޖާ ދިރިއުޅެމުން އަންނަ މާހައުލާއި )ކުއްޖާގެ ބައްޕަ ފަރާތު މާމައާއެކު ދިރިއުޅޭ މާހައުލު( ކުއްޖާގެ މަންމަ ކުއްޖާ ގޮވައިގެން އުޅެން ގަސްތުކުރ މާހައުލަކީ ކުއްޖާގެ އެންމެހައި އަސާސީ ބޭނުންތަކެއް ފުރިހަމަކުރެވެނ ހުރް ކުއްޖްގ ރައްކާތެރިކަމަށ ހުރަސް އެޅޭ އެއްވެސްކަމެއް ފާހަގަކުރެވިފައިވާ މާހައުލެއްނޫންކަމަށ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރ 482-RFS/146/2026/6 )08 ފެބުރުވަރީ 2026( ސިޓީގައި ބަޔާންކޮށްފައިވާކަނ
15.5. ފެމިލީ ކޯޓުގެ ނަންބަރު B4/22026/2 ވަގުތީ އަމުރުނެރުނުއިރ އޮތު ޙާލަތް ބަދަލުވެފައިވާ މި ޙާލަތުގައި، ކުއްޖާގެ މަޞްލަޙަތަކީ ކުއްޖާގެ ރައްކާތެރިކަމަށް އިހުމާލުވުމުގެ ތުހުމަތުތަކެއް އޮތް ފަރާތަކާއެކު ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ބެހެއްޓުމަށްވުރެ، ކުއްޖާ އެބަޔެއްގ ބެލުމުގެ ދަށުގައި ހުންނަ ހުރުމުގައި ކުއްޖާގެ ރައްކާތެރިކަމާއި ސަލާމަތަށް ކަންބޮޑުވާފަދަ ކަންތައްތަކެއް ފާހަގަކުރެވި ތުހުމަތުތަކެއް ކުރެވިފައިނުވާ، ކުއްޖާއަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަމާއި ޙިމާޔަތްދެވޭނެފަދަ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ހުރުންކަނ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
16ފެމިލީ ކޯޓުގެ ނަންބަރު B4/2026/8 "ވަގުތީ އަމުރު މުރާޖަޢާކުރި ގޮތް" އެ ކޯޓުން ނިންމާފައިވާ ނިންމުނިޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދް އިސްތިއުނާފުކުރާ، ކުއްޖާގެ މަންމަގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި 01 )އެކެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކާ ؛
16.1. ފެމިލީ ކޯޓުގެ ނަންބަރ B4/2026/8 ވަގުތީ އަމުރު މުރާޖަޢާކުރި ގޮތުގައި، އަމުރުނެރުނު ޙާލަތު ބަދަލުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ، ގަވާއިދު ނަންބަރު 2022/R-102) ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދެ( )މީގެ ފަހުން " ފެމިލީ ކޯޓުގ ޢާއިލީ އިޖުރާއަތުގެ ގަވާއިދެ"( ގ 75 ވަނަ މާއްދާގެ )ހ( އާއި )ޅ( އަދި )ކ( ގެ () 8 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރ 4/2000 )އޭ އިލާއާބެހޭ ޤާނޫނާ ( )މީގެ ފަހުން "އާއިލާއާބެހޭ ޤާނޫނު"(ގ 40 ވަނަ މާއްދާއާއި އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2010/13 ) ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނ( )މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު"(ގ 5 ވަނަ މާއްދާގެ )ހ( އާއި )ށ( ގެ 1 ވަނަ ނަންބަރުއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/112 ޤަޟިއްޔާ އާއުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/162 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޞްލާއި ޚިލާފަށް، ކުއްޖާގެ މ ޞލަޙަތަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމެއްނެތި، އ ޙައްޤުތަކަށް އުނިކަންލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
17މި ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރތުނުބުނެފައިވަނީފެމިލީ ކޯޓުން ވަގުތީ އަމުރު ނެރުމުގައި ކުއްޖާ އޭރު ދިރިއުޅެމުންދިޔަ ޙާލަތަށް ރިޢާޔަތްކޮށްފައިވާކަމަށެއި، މިގޮތުން،ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުއްޖާގެ ޙާލަތާއި ކުއްޖާގެ މުޞލަޙަތުޝަރީޢަތުން ދެނެގަތުމުގެ ގޮތުން، ސާފުކުރެވުނު މަޢުލޫމާތުން، ކުއްޖާގެ ބައްޕައަކީ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަން އެނގޭކަން ފާހަގަކޮށްފައިވާކަމުގައެވެ. މި ވަގުތީ އަމުރު މުރާޖަޢާކުރިއިރުވެސް މި ޙާލަތު ބަދަލުވެފައިނުވާކަމަށާއި، ކުއްޖާގެ ޒިންމާ ކުއްޖާގެ ބައްޕަ ނެގުމަށް ޤާނޫނީ ހުރަސްތަކެއްވާކަމަށާއި، ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރުނުއިރުވެސް، އަދި އެއަމުރ މުރާޖަޢާކުރިއިރުވެސް މި ޙާލަތު ބަދަލުވެފައިނުވާކަމުގައެވެ.
18ފެމިލީ ކޯޓުން ވަގުތީއަމުރު ނެރުމުގައި، އިތުރު ކަމެއްގެ ގޮތުން، ކުއްޖާގެ ބައްޕަ ފަރާތު މާމަ، ދިރިއުޅެމުންދިއައީ، ޤާނޫނާއި ޚިލާފަށް، ވިސާއެއްނެތިކަން، ޝަރީޢަތުން ސާފުކުރެވުނު މަޢުލޫމާތުން ހާމަވެފައިވާކަމަށާއި، މި ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާފައިވަނީ، ކުއްޖާގެ ބައްޕަ ފަރާތު މާމައަށް ވިސާ ލިބިފައިވާކަމަށް ބުނެ ކަމުގައިވާއިރު، މިއީ މި މައްސަލައާ ގުޅުން ހުރިކަމެއްނޫންކަމުގައެވެ. ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ކޯޓު އަމުރަށް އެދުނުއިރު، ކުއްޖާހުރީ، ކުއްޖާގެ ބައްޕަގެ ބެލުމުގެ ޒިންމާގައިކަމުށްވާއިރު، ކުއްޖާ ބެލުމުގެ ޒިންމާ އަދާކުރަމުންދަނިކޮށް، ޖިނާއީ ޙުކުމެއް، ކުއްޖާގެ ބައްޕަގެ މައްޗަށް އައުމުން، ކުއްޖާގެ ހަޟާނަތ ވަގުތީގޮތުންޙާއްޤުވ ފަރާތަކާ ކޮބައިތޯކަމުގައެވެ. އަދި ކުއްޖަގެ ބައްޕަ ޖަލު ޙުކުމެއް މިހާރުވެސް އަދާކުރަމުންދާއިރު، އެ ޙާލަތަށް ބަދަލެއްއައިސްފައިނުވާއިރު، ކޯޓުން ކޮށްފައިވާ އަމުރެއް މުރާޖޢ ކުރުމުގައި، ވަކި ޙާލަތެއް އުފަންކޮށް، އަދި ޙާލަތު ބަދަލުވެފައިވާކަމަށް، މި ޙާލަތުގައި ނިންމިދާނެ ޤާނޫނީ ހަމައެއްއޮތްކަމަކަށް ނުދެކޭކަމުގައެވެ.
19ވަގުތީ އަމުރު މުރާޖަޢާކުރުމުގައި، ކުއްޖާ ބަލަހައްޓަމުންދާ،ބައްޕަ ފަރާތުގަ މާމައަށް ކުއްޖާ ބެލުމުގެ ޒިންމެޙ ވާލުކުރެވޭނ މޭރުމަކުން، ކުއްޖާގެ މާމަގެ ފަރާތުން އެއްވެސް ހުށަހެޅުމެއްނެތީސް، ކުއްޖާގެ ޒިންމާތައް އެފަރާތުގެ ބެލުމުން ކުރިއަށް ގެންދިއުމަށް ނިންމުމަކީ، އާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާއާ ކުއްޖާގެ މާޞާލަޙާތާއި ޙިލާފަށް ނިންމފައިވ ނިންމުމެއްކަމުގައެވެ.
20ކަޑަކުދިންގެޙއްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގަ )ހ( ގައި، ކުއްޖާއާގުޅޭ ކަންކަމުގައި، ކުއްޖާގެ މްޞަ ލަޙަތަށް އިސްކަންދޭންވާނޭކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިގޮތުން ކުއްޖާ މިވީހާތަނަށް ކުއްޖާ މަންމައާއެކު ދިރިއުޅެމުން ގޮސްފައިވާކަމެށައި، ކުއްޖާގެ ބައްޕަގެ މަންމައަކީ ދިވެއްސެއްނޫނަކަމޭށައި، އަދި އުމުރުން ދުވަސްވެފައިވުމުން ކުއްޖާ ބެލުމުގައި ދޭންޖެހޭ އަޅާލުން ނުދެވޭނެކަމަށާއި، ކުއްޖާގެ ބައްޕަގެ އަނިޔާވެރިކަން ކުއްޖާއަށް ފެނިފައިވާކަމިށްއ އަދި ކުއްޖާއަކީ ޤުރުއާނާއި ސކޭޓް ކުލާސްތަކަށ ގަވާއިދުން ދިޔަ ކުއްޖެއްކަމުން، އެފަދަ ކަންކަމަކީ، ކުއްޖާއަށް ކޮންމެހެން ބޭނުންވާ އުނގެނުމުގު ހައްޤެއްކަން ފާހަގަކުރާކަމުގައެވެ.
21މި މާއްދާއާ ޙަވާލާދީ، ކޯޓުން ކުއްޖާގެ މަޞްލަޙަތާމެދ ގޮތެއު ކަނޑައަޅާފައިވަނީ، 2022 ވަނަ އަހަރު ޑިސެންބަރުގައި، ދިވެހިރާއްޖެއަށް އައުމާ ހަމައަށްމ މުއްދަތުގައި ކުއްޖާ ދިރިއުޅެމުން ގޮސްފައިވަނީ، ކުއްޖާގެ މަންމަ ކައިރީގައިކަމށާއި،އެދުވަސްތަކުގައ އެންމި ފަހަރަކު މެނުވީ ކުއްޖާގެ ބައްޕަ ބައްދަލުކުރުމަށް ކަޒަކިސްތާންއަށް އައިސްފައަނުވާކަމުގެ މައްޗަށް ރިޢާޔަތްނުކޮށްކަމުގައެވެ. ކުއްޖާ ބަލާފައިވަނީ، ކުއްޖާގެ މަންމަކަމުން، ކުދިން ބެލެހެއްޓުމުގައި، އެންމެ މީޞު ލަޙަތު ބޮޑުގޮތަކ ކުއްޖާގެ މަންމަގެ ގާތާހުރުންކަމަށް ރިޢާޔަތްކުރަންޖެހޭނެކަމެށަ އ، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު 2023/HC-A/112 ޤަޟިއްޔާގެ 38 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަމެއް ކަމުގައިވާއިރު، މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
22ކުއްޖާގެ މަޞަ ލެޙަތަށް ރިޢާޔަތްކުރުމުގައި، ކުޑަކުދިންގިޙއްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ޙާލަތަށް ރިޢާޔަތް ކުރުމަށް ލާޒިމްކޮށްފައިވާކަން ފާހަގަކުރެވޭއިރު، މިއާ ގުޅިގެން ކޯޓުން ގޮތް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2023/HC-A/112 ޤަޟިއްޔާ ގ 38.4 ވަނަ ނުކުތގައާ ކަނޑައަޅާފައިވި އޞޫލ ޚިލާފަށްކަމުގައެވެ.
23ކުދިންގެ ކުރިމަތީގައި، ކުއްޖާގެ މަންމައަށް އަނިޔާކޮށް، ބައްޕައެއްގެ ހުންނަންޖެހޭ އަޚްލާޤީ މިންގި ނުޑުން ބޭރުން، މަންމައަށް އިހާނެތިކޮށް ކުދިންގެ ކުރިމަތީގައި ކޮށްފައިވާ މާހައުލަކާއ ގުޅިންހުރި ފަރާތެއްގެ ބެލުމުގެދަށުގައި ކއްޖ ބޮޑުވުމަކީ، އެންމެ ރަނގަޅުގޮތުގައި ކުދިން ތަރުބިއްޔަތު ކުރެވިދާނޭކަމަކަށް ނުދެކޭކަމުގައެވެ.
24ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރ 482-RFS/146/2026/6 )08 ފެބުރުވަރީ 2026( ސިޓީޙަ އްސާކުރުމުން، އެ ސިޓީއާމެދު ވާހަކަދެއްކުމުގެ ފުރުޞަ ތ ޝަރީޢަތުން ދީފައިނުވާކަމީ ށ އ، ސިޓިގައ ހުރި ކަންބޮޑުވުންތައް އީމެއިލްގެ ޒަރިއްޔާއިން ޙެއްސާކުރުމުން، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވަނެދިވެހިރާއްޖޭގެފަނޑިޔާރުންގ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އާއި )ށ( ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމުގައެވެ.
25ކުއްޖާއަށް ރަނގަޅު މާހައުލަކީ ކޮބައިކަމާއި އަދި ކުއްޖާގެ އަމިއްލަ ވަންތަކަން ހުރިނެތް މިންވަރު ކަނޑައެޅުމުގައި، ކަމާބެހޭ މީހެއްގެ އެހީތެރިކަން ހޯދުމެއްނެތި، ކުއްޖާ ދިރުއުޅުމަށް އެކަށޭނުމާހައުލު ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2023/HC-A/112 ޤަޟިއްޔގާ 36 ވަނަ ނުކުތި އަދ 37 ވަނަ ނުކުތގައާ ކަނޑައަޅާފައިވި އާޞލ ޚިލާފަށްކަމުގައެވެ.
26އިސްތިއުނާފުކުރު ފަރާތުން އެދިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރ B4/2026/8 ވަގުތީއަމުރު މުރާޖަޢާކޮށްފައިވާ ޙުކުމުބްޠިލުކަމަށ ކަނޑައަޅައި، ފެމެލީ ކޯޓުގެ ނަންބަރ B4/2026/2 ވީގަތ އަމުރުގައިވާ ކަންކަން، ގިނަވެގެން 24 )ސައްވީސް( ގަޑިއިރު ތެރޭގައި ތަންފީޒުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައްޗަށ އަމުރުކޮށް، އަދި އަމުރު ތަންފީޒުކުރުމަށް ހުރަސްއަޅާ ފަރާތްތަކުގެ މައްޗަށް ތަޙްޤީޤުކޮށް، އެފަރާތްތަކަށް ޤާނޫނުގައިވާ ގޮތުގެމަތިން، ދިޢަވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް މައްސަލަ ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
27އިސްތިއުނާފުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީފެމިލީ ކޯޓުގެ ވަގުތީ އަމުރު މުރާޖަޢާކޮށްފައިވަނީ ކުރިން ވަގުތީ އަމުރު ނެރެފައިވާ ސަބަބުތައް ބަދަލުވެފައިވާތީކަމަށާއި، މިގޮތުން އަމުރު މުރާޖަޢާ ނިންމުމުގައިވެސް ބަޔާންކޮށްފައިވާ ފަދައިން ވަގުތީ އަމުރު ނިންމާފައިވަނީ މައިގަނޑު
02 )ދޭއް( ކާމަކަށްކަމުށަ އ، އެއީ ކުއްޖާގެ ބައްޕަގެ ޖަލު ޙުކުމަށާއި، އަދި ކުއްޖާގެ ބައްޕަ ފަރާތް މާމަގެ އިމިގްރޭޝަން ސްޓޭޓަސްއަށ ރިޢާޔަތްކޮށްގެނކަމުގައެވެ.
28ވަގުތީ އަމުރު މުރާޖަޢާގައިބަޔާންކޮށްފައިވަނީ މި ސަބަބުތަކުގެ ތެރެއިން ކުއްޖާގެ ބައްޕަ ފަރާތް މާމަގެ އިމިގްރޭޝަން ސްޓޭޓަސް ބަދަލުވެފައިވާކަމަށާއި، އެފަރާތަކީ 2031 އ ހަމައަށް ޞައްޙަ ވިސާއެއ އޮވެގެން ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ފަރާތެއްކަމަށާއި، މިހެންކަމުން ވަގުތީ އަމުރު ނެރެނއިރ އޮތު ޙާލަތް ބަދަލު ވެފައިވާކަމުގައެވެ.
29ވަގުތީ އަމުރު މުރާޖަޢާގައި ކުއްޖާގެ މަޞްލަޙަތު ފަނޑިޔާރު ކަނޑައަޅާފައިވާ ގޮތް ސާފުކޮށް ފަހު ދެ ޕެރެގްރާފްގައި ބަޔާންކޮށްފައިވާކަމަށާއި، މިގޮތުން، ކުއްޖާއާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމަށާއި، މިހާރު ކުއްޖާ ދިރިއުޅެމުން އަންނަ މާހައުލާއި )ކުއްޖާގެ ބައްޕަ ފަރާތުގެ މާމައާއެކު ދިރިއުޅޭ މާހައުލު( ކުއްޖާގެ މަންމަ ކުއްޖާ ގޮވައިގެން އުޅެން ގަސްދުކުރާ މާހައުލުއަކީ ކުއްޖާގެ އެންމެހައި އާސާސީ ބޭނުންތަކެއ ފުރިހަމަކުރެވެނ ހުރް ކުއްޖާގެ ރައްކާތެރިކަމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް ފާހަގަކުރެވިފައިވ މާހައުލެއް ނޫންކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވާކަމަށާއި، ފެމެލީ ކޯޓުގެ ނަންބަރ B4/2026/2 ވަގުތީ އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާ މިޙާލަތުގައި، ކުއްޖާގެ މަޞްލަޙަތަކީ ކުއްޖާގެ ރައްކާތެރިކަމަށް އިހުމާލުވުމުގެ ތުހުމަތުތަކެއް އޮތް ފަރާތަކާއެކު ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ މޮނީޓަރިންގ ޕަ ލޭނެއްގެ ދަށުން ބެހެއްޓުމަށްވުރެ، ކުއްޖާ އެބަޔެއްގ ބެލުމުގެ ދަށުގައި ހުންނަ ހުރުމުގައި ކުއްޖާގެ ރައްކާތެރިކަމާއި ސަލާމަތށި ކަންބޮޑުވާފަދަ ކަންތައްތަކެއް ފާހަގަކުރެވި ތުހުމަތުތަކެއް ކުރެވިފައިނުވާ، ކުއްޖާއަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަމާއި، ޙިމާޔަތް ދެވޭނެފަދަ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ހުރުންކަމަށ ޝަރީޢަތަށް ޤަބޫލުކުރެވޭކަމުގައެވެ.
30މިކަންކަމަށް ބަލާއިރު، ފެމެލީ ކޯޓުގެ ނިންމުމަކީ، ފެމެލީ ކޯޓުގެ ކުރީގައި ނިންމި ނިންމުމުގެ ޙާލަތު ބަދަލުވެފައިވާ މިޙާލަތުގައި ކުއްޖާގެ މަޞްލަޙަތަކީ ކުއްޖާގެ ރައްކާތެރިކަމަށް އިހުމާލުވުމުގެ ތުހުމަތުތަކެއ އޮތް ފަރާތަކާއެކު ފެމެލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއި ޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުގައި ބެހެއްޓުމަށްވުރެ، މިހާރުވެސް ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއް ކަމުގައިވާތީ އާއި ކުއްޖާގެ ރައްކާތެރިކަމާއި ސަލާމަތް ކަންބޮޑުވ ފަދަ ކަންތައްތަކެއް ފާހަގަކުރެވި ތުހުމަތު ކުރެވިފައިނުވާ މާހައުލެއްގައި ބެހެއްޓުމަށް ކަމުގައެވެ.
31ކުއްޖާގެ މަންމަ ގާތުގައި ކުއްޖާ ދިރިއުޅުނުއިރު ކަންބޮޑުވ ކަންކަނާ ފާހަގަކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ ވަގުތީ އަމުރުގެ ނިންމުމުގައިވެސް ބަޔާންކޮށްފައިވާކަމަށާއި، އއރ ފެމެލީ ކޯޓުން ކުއްޖާގެ މަންމައ ކުއްޖާ ޙަވާލުކުރުމުގެ އަމުރެއް ނެރެދީފައިވަނީ ކުއްޖާގެ ބައްޕަ ފަރާތުގެ މާމަގެ ވިސާ ހަމަވެ، ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާކަމަށް ޤަބޫލުކުރެވިގެންކަމަށާއި، އެހެންނަމަވެސް މި ޙާލަތު ބަދަލުވެފައިވާތީ އާއި ފެމެލީ ކޯޓުގެ ވަގުތީ އަމުރު ނިންމާމުގައިވެސް ކުއްޖާގެ މަންމަ ގާތުގައި ކުއްޖާ ދިރިއުޅުނުއިރު ކަންބޮޑުވ ކަންކަނާ ފާހަގަކުރެވިފައިވާތީ ކުއްޖއަށީމަޞްލަޙަތު ބޮޑުގޮތަކްއަދ ރައްކާތެރިކަން ބޮޑު ގޮތަކީ ކުއްޖާގެ ބައްޕަ ފަރާތުގެ މާމަގެ ގާތުގައި ހުރުންކަމަށ ނިންމާފައިވާކަމުގައެވެ.
32މި މައްސަލައިގައި ފަނޑިޔާރުގެ ނިންމުން ނިންމާފައިވަނީ ކުއްޖާހުރ ޙާލަތަށާއި ވަށައިގެންހުރި އެންމެހައި ކަންކަމަށް ރިޢާޔަތްކޮށްކަމަށާއި، މިގޮތުން ކުއްޖާގެ މަންމަގެ ގާތުގައި ހުރި ހުރުމުގައ ދިމާވި ކަންކަމަށާއި، ކުއްޖާގެ ޢަމަލުތަކަށާއި، ކުއްޖާ ހުރި މާހައުލަށާއ އަދި އެ މްހުއުލުނ ކުއްޖާއަށް ލިބޭނެ ރައްކާތެރިކަމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވާކަން އެނގޭކަމަށާއި، މިޙާލަތުގައި ފަނޑިޔާރު މައްސަލަ ނިންމާފައިވަނީ ކުޑަކުދިންގެ ޙައްޤުތެއް ރައްކާތެރިކުރުމުގ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކުއްޖާގެ މަޞްލަޙަތަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެންކަމުގައެވެ.
33ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/112 ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވަނީ ކުއްޖާގެ މަޞްލަޙަތު އިސްކުރުން ކަމުގައިވާއިރި،މ މައްސަލި ނިންމާފައިވަނީ މި އުޞޫލުގެ ދަށުންކަމަށާއި، މި ޤަޟިއްޔާއާ ފެމެލީ ކޯޓުގެ ނިންމުން ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމުގައެވެ.
34ހެކިތަކުން ވަކި ދޭހައެއް ނެރެ ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް އިސްވެ ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޙަވާލާދީ ގޯސްވާގޮތެއް އިސްތިއުނާފުގައި ބުނެދެވިފައިނުވާކަމަށާއި، ހަމައެކަނި އެފަރާތުން ރިޢާޔަތްކުރަން ބޭނުންވާ ކަންކަމަށް ރިޢާޔަތްނުކޮށް އޮތުމަކީ ދަށު ކޯޓުގެ ނިންމުން ގޯސްވާނެ ގޮތެއް ނޫންކަމުގައެވެ.
35އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ފެމެލީ ކޯޓުގެ ނަންބަރު B4/2026/8 ނިންމުން ދަމަހައްޓައި، އެ އަމުރު ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށެވެ.
36މި އިސްތިއުނާފުގައި ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ ފެމިލީ ކޯޓުގެ ނިންމުމުގައި އަމުރު ނެރުނު ޙާލަތު ބަދަލުވެފައިވާކަމަށް ކޯޓުން ކަނޑައަޅާފައިވަން ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ރިޢާޔަތނުކޮށްކަމުގައެވެ. އަދި އިސްތިއުނާފީ ނުކުތާގައި ހިމަނާފައިވާ ޤާނޫނީ ނައްސުތައްވެސް ބިނާވަނީ އެކަމުގެ މައްޗަށެވެ. މިގޮތުން އެ ނިންމުން،
36.1. ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ )ހ(، )ޅ( އަދި )ކ( ގެ 8 ވަނަ ނަންބަރާއި ޚިލާފުކަމަށާއި،
36.2. އެއިލާއާބެހޭ ޤާނޫނުގާ 40 ވަނަ މާއްދާއާ ޚިލާފުކަމަށާއި،
36.3. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޚިލާފުކަމަށާއި،
36.4. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އާއި )ށ(ގެ (1) ވަނަ ނަންބަރއ ޚިލާފުކަމަށި އާ، އަދ
36.5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/112 އާއިދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބރ 2021/HC-A/162 ޤަޟިއްޔާގައ ކަނޑައަޅާފައިވި އާ ޞު ލާއި ޚިލފުކަމުގައ ކުއްޖާގެ މަންމަގެ ފަރާތުން ބުނެއެވެ.
37އެހެންކަމުން، ބަޔާންކޮށްފައިވާ ޤާނޫނީ ނައްސުތަކާއި، ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ އަލީގައި، މި އިސްތިއުނާފުގއްޝަރީޢަތު ނިޖަވާބުދޭންޖެހޭ ސުވާ ލަކީ، ފެމުލީ ކޯޓުގ ވަގުތީ އަމުރު މުރާޖަޢާކޮށް އެ ކޯޓުން ނިންމި ނިންމުމުގައި ވަގުތީއަމުރ ނެރުނު ޙާލަތު ބަދަލުވެފައިވާކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރުމެއްނެތިތއެވެ.
38މިއީ ފެމިލީ ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއް މުރާޖަޢާކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމުން، އިލީއ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމާއި، އެ އަމުރު މުރާޖަޢާކުރުމުގެ އިޖުރާއަތު ބަޔާންކުރަމެވެ.
39ފެމިލީ ކޯޓަށް ހުށަހެޅި ފައިސަލާކުރެވޭ މައްސަލަތަކުގައި، ވަގުތީ އަމުރާއި ގުޅޭ ނައްސުތައް ބަޔާންކުރަނީ ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގްބާރަވަނަ ބައިގައެވެ. މިގޮތުން، ވަގުތީ އަމުރަކީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ނިމުމުގެ ކުރިން ކޯޓުނ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމާށް ބެލެވޭ ސަބަބެއް ހުރުމާއެކު، އެކަމާ ގުޅިގެން ކަމެއް ކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅެކެވެ.
40އިއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެންޖެހޭތޯ ބަލައި، އެ އަމުރެއް ނެރުމަކީ އެ މައްސަލައިގައި އޮތް އެންމެ އަދުލުވެރި ގޮތްކަމަށ ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އާޚްތިޔާރްއއިލީ އިޖުރާއަތުގެ ތެރެއިން ކޯޓުތަކަށް ލިބިގެންވެއެވެ. ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ )ހ( ގައި މިފަދައިން ބަޔާންކުރާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ޚާއްޞަ އުސޫލު ނަންބަރ 2022/G-26 "މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލު"ގެ 71 ވަނަ މައްދާގެ )ހ( ގައި މިފަދައިން ބަޔާންކުރެއެވެ. ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ )ޅ( އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލުގެ 71 ވަނަ މައްދާގެ )ޅ( ގައި މިފަދައިން ބަޔާންކުރެއެވެ.
41ޕްރިސިޑެންސް 1ވަގުތީއަމުރުގެ ހުށަހެޅުންތަކާމެދާގޮތެއް ކަނޑައެޅުމުގައިއިއިލީ އިޖުރާއަތުގައި ބަޔާންކުރާ އުޞޫލުތަކަށް ރިޢާޔަތްކުރުމުގެ އިތުރުން، ވަގުތީ އަމުރު ނެރުމުގައުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން )މީގެ ފަހުން "ނެކްސްބިޒް" ޤަޟިއްޔާ( ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، ވަގުތީ އަމުރެހުށަހެޅުމުގައި ކުދިން ޝާމިލުވާނަމަ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށްވެސް ރިޢާޔަތްކުރަންވާނެއެވެ.
42މާ މައްސަލައިގައި ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ މިކަންކަމަށް ރިޢާޔަތްކޮށްގެންކަން އެ ވަގުތީ އަމުރަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން، ވަގުތީ އަމުރު ނެރެފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމުގެ ޖަދަލެއްމި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުނ ހުށަހަޅާފައެއްނުވެއެވެ.
43ޕްރިސިޑެންސް 2އަމުރު މުރާޖަޢކުރުމުގާމައުޟޫޢީގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު،ވަގުތީ ގޮތެއްގައި އަޅާފައިވާ ފިޔަވަޅެއްގެ ޙާލަތު ބަދަލުވެގެން ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުރެއްޖެނަމަ، އެކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، ދަށު ކޯޓުން ކުރިނުނިންމާފައިވ ނިންމުނާ އެ ކޯޓުން ބަދަލުކރުމަކ ކުރެވިދާނެކަމެއްކަން މި ކޯޓުގެ ނަންބަރު 2019/HC-S-A/15 ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ކަނޑައަޅާ ފައިވެއެވެ.
44މީގެ އިތުރުން، މި ކޯޓުގެ ނަންބަރު 2021/HC-A/97 ކްރިސްޓީނާ ކޮރެއްޓޯ ވ. އިބްރާހީމް ޞާލިޙްޤަޟިއްޔާގައިވަނީ، ވަގުތީ އަމުރު ނެރެނުއިރ އޮތު ޙާލަތް ބަދަލުވެއްޖެނަމަ، ކުރިން ނިންމާފައިވާ ނިންމުން ރިވިއުކުރުމަށް އެ ނިންމުން ނިންމި ކޯޓަށް ހުށަހެޅުމުގެ ޙައްޤު މިކަން މި ކޯޓުގެ ނަންބަރ 2023/HC-A/165 )ސްޓޭޓް ބޭންކް އޮފް އިންޑިޔާ )މާލެ ބްރާންޗް( ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 5 ފަރާތެއް( ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. ލިބިގެންވާކަމަށާއި،ކޯޓުން މި ބާރު ބޭނުންކުރުމުގައި އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި ޒާތަށާއ ބާވަތަށާއި ޙާލަތަށާއި މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބަލައި، ވަގުތީ އަމުރެއް ނުވަތަ ފިޔަވަޅެއް އެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރެއްކަން، މި ކޯޓުގެ ނަނރުބ 2015/HC-A/67 ސަކީނާ ޙަސަން ވ. މުޙައްމަދު ޙަނީފް ޤަޟިއްޔާގައި މި ކޯޓުން ކަނޑައަޅާފައިވެއެވެ.
45ޕްރިސިޑެންސް 3އްއިލީ މައްސަލައެއްގައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖަޢާކުރެވޭނެ ޙާލަތްތައާ ފެމިލީ ކޯޓުގ ޢާއިލީ އިޖުރާއަތެގެ ގަވާއިދަގައި ބަޔާންކުރާއިރު، އެ އިޖުރާއަތު ޚާއްޞަކޮށްފައިވަނީ މައްސަލައިގެ ޚިޞްމެއްގެ ޣައިރު ޙޟރުގައި ނެރެފައިވާ އަމުރުތަކަށެވެ. މިގޮތުން، ޣައިރު ޙޭޟާރުގައ ނެރި އަމުރެއް، އެ އަމުރު ރައްދުވާ ފަރާތަށް ލިބުމުން، އެ އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅިދާނެކަމަށ ބަޔާންކުރެއެވެ. އަދި ޚަޞްމެއްގެ ޣައިރްޙާޟުރުގައި ނެރެފައިވާ އެފަދަ އަމުރެއް މުރާޖަޢާކުރުމަށް އެދި ހުށަހެޅޭނީ، ޣައިރު ޙާޟިރުގައާއަމުރެއ ނެރެދިނުމަށް ހުށަހެޅް ހުށަހެޅުމުގައި ހާމަކުރަންޖެހޭ ޙަޤީޤަތެއް ހާމަނުކޮށް އޮތްނަމަ، ނުވަތަ އަމުރަށް އެދިފައިވާ ފަރާތުން އެ އަމުރުގައިވާ ޝަރުޠަކާ ޚިލާފުވެފައިވާނަމަ، ނުވަތަ މައްސަލައިގެ ޙާލަތަށް ބަދަލު އައިސްފައިވާނަމަ، ނުވަތަ އަމުރެއް ނެރެދިނުމަށަމައްސަލައިގެ ޙާލަތު ތަންދޭކަމަށް ނުފެންނަނަމަ، ނުވަތަ އަމުރު ނެރެދިނުމަށްފަހ އަމުރަށ އެދުން ފަރާތުނު މައްސަލް އަވަހަކަށް ކުރިއަށް ގެންދިއުމަށް ފިޔަވަޅު ނާޅާނަމަ، ނުވަތަ އަމުރު ނެރުމުގެ ސަބަބުން ޙައްޤުނޫން ބުރައެއް އެއްވެސް ފަރާތަކަށް އުފުލަން ޖެހިފައިވެނަމަކަނ ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރެއެވެ. މިކަން ފާހަގަކޮށްފައިވަނީ މި ކޯޓުގެ ނަންބަރު 2014/HC-A/132 )މުޙައްމަދު އަސްލަމް ވ. ބިއޯނ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާ ޙަވާލާދީއެވެ. ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 77 ވޫނ މާއްދާގަ )ރ( އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞލުގ 73 ވަނަ މާއްދާގެ )ރ( ގައި މިފަދައިން ބަޔާންކުރެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލުގެ 73 ވަނަ މާއްދާގެ )ބ( ގައި މިފަދައިން ބަޔާންކުރެއެވެ.
46މ އިސްތިއުނާފުގައި ހިމެނެނީ ވަގުތީ އަމުރެއް މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުން ކޯޓުން ނިންމި ނިންމުމެއްކަމުގައިވާއިރު، އަދި މި ވަގުތީ އަމުރު ކޯޓުން ނެރެފައިވަނީ މައްސަލައިގެ ޚަޞްމުންގެ ޙާޟުރުގައިކަމުން، އެއް ޚަޞްމުގެ ޣައިރަ ޙާޟިރާގައި ނެރެފައިވާ އަމުރު މުރާޖްޢކުރުމަށ ކަނޑައެޅިފައިވ އިޖުރާއަތާ އަކުރުން އަކުރަށް ތަޠުބީޤުވާނެކަމަކަށް ނުދެކެމެވެ. އެހެނަސް، ޙަޞްމުންގަޙާޟާރުގައި ނެރެފައިވާ ވަގުތީ އަމުރެއް މުރާޖޢެކުރުމަށ އެދް ހުށަހަޅި ހުށަހެޅުމުގައި، މި ކޯޓުގ ނަންބަރު 2019/HC-S-A/15 ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު ޤަޟިއްޔާގައިވާ ޙާލަތެއް މެދުވެރިވެފައިވޭތޯ ބެލުމުގެ އިތުރުން،ފެމިލީ ކޯޓުގެޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރާ ސަބަބެއްވޭތޯ ބެލުމުގައި ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
47މީގެ އިތުރުން،މި ނިންމުމގ 22 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ވަގުތީ އަމުރެއް ނެރެދިނުމަށ އެދް ހުށަހަޅި ހުށަހެޅުންތަކުގައި، ކުޑަކުދިން ޝާމިލުވާނަމަ، އެކަމާ މެދު ގޮތެއް ނިންމުމުގައޫކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެޤާނނުގ 8 ވަނަ މާއްދާއަށް ރިޢަޔާތްކުރަންޖެހޭނެކަން ފާހަގަކޮށްފައިވާނެއެވެ. މި އުޞޫލު އަމުރު މުރާޖަޢާގެ މައްސަލަތަކަށްވެސ ތަޠުބީޤުވާނެއެވެ.
48އެހެނީ،ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކރުމަށްކަމުގައިވާތީއެވެ.
49ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މައްދާއަކީކުޑަކުދިންގެ ޙައްޤުތައް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން އަސާސީ އެއް މާއްދާއެވެ. މި މާއްދާގައިވަނީ،ދައުލަތުގެ އިދާރާތަކުންވިޔަސ ނުވަތް ޝަރުޢީ ކޯޓުތަކުންވިޔަސ ނުވަތް ރައްޔިތުންގެ މަޖިލީހުންވިޔަސ ނުވަތް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސ ނުވަތް ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކރުމަށްކަމުގައެވެ.
50ޕްރިސިޑެންސް 4ކުއްޖާގެ މަޞްލަޙަތަށް އިސެކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ، އ ކުއްޖަކު ހުރި ޙާލަތަށާއި، އެ ކުއްޖާއާ ގުޅުވައިގެން ހުރި ވަށައިގެންވާ ކަންކަމަށް ރިޢްޔަތްކޮށް، ކޮންމެ ކުއްޖެއްގެ ޙާލަތު ވަކިން ވަޒަންކޮށް ނިންމާ ނިންމުމެކެވެ. މިކަން ސާފުވަނީ މި މާއެދަގ )ށ( އިންނެވެ. އެހެންކަމުން، އާންމު މިންގަނޑަކުން ކުއްޖާގެ މަޞްލަޙަތު ވަޒަންކުރުމުގއީއެ ނިންމުމެއް ބިނާވާ ކުއްޖާގެ ޙާލަތާއި، ވަށައިގެންވާ ކަންކަން ދެނެގަނެ، ނިންމުން ނިންމަންޖެހެނީ subjective މިންގަނޑަކުން އެކަންކަން ވަޒަންކުރުމަށްފަހުއެވެ. މިކަން މި ކޯޓުގެ ނަންބަރު 2025/HC-A/124 ޤަޟިއްޔާގައިވެސް އަހްރެން ބަޔާންކުރީމެވެ.މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ނަންބަރ 2025/SC-A/54 މުޙައްމަދު ވ. ޢާއިޝަތުޤަޟިއްޔާއިންވެސް ދެނެގަނެވެއެވެ. އެ ޤަޟިއްޔާގައިވަނީ، ކޮންމެ ކުއްޖަކާ ގުޅޭގޮތުން ގޮތެއް ނިންމަންޖެހެނީ ވަކިވަކިން އެ ކުއްޖާގެ މަޞްލަޙަތަށް އިސްކުރެވިގެންކަމުގައެވެ.
51މި ކޯޓުގެ ނަންބަރު 2023/HC-A/112 ޤަޟިއްޔާއަކާ ކުޑަކުއްޖަކީ ހިމެނޭއުއިލ މައްސަލައަކީ ގެޅންހުރި ވަގުތީ އަމުރެއްގެ އިސްތިއުނާފުގެ މައްސަލައަކަށްވާއިރު، އެ މައްސަލައިގައި ކުއްޖާގެ މަޞްލަޙަތ ބޮޑު މަންމައާއި ބައްޕަގެ ތެރެއިން ކާކުގެ ކައިރީގައި ހުރުމުންތޯ ބެލުމުގައި،ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މައްދާގައިވާ އުޞޫލުތައް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ މިމައްސަލައިގ ratio ކަމުގައި ބެލެވެއެވެ.
52އެއްވެސ ފަރާތަކުން ވަކް ކަމަކާ ގުޅޭ ގޮތުން ކުއްޖާގެ މަޞްލަޙްތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ އާންމު މިންގަނޑު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ.
53މިއީ އާންމު މިންގަނޑެކެވެ. މިއީ exhaustive list އެއްނޫނެވެ.މީގެ މާނައަކީ،ކުދިންގެ ޙާލަތަށް ބަލައި، މި މިންގަނޑުގައި ބަޔާންކުރާ ކަންތައްތަކުގެ އިތުރުން، އިތުރު ކަމަކަށް ނުވަތަ ކަންކަމަށް ރިޢާޔަތްކުރަންޖެހިދާނއެވެ.އެއީ ކުދިންގެ ޙާލަތަށާއި، އަދި ވަށައިގެންވާ ކަންކަމަށް ބިނާވާ ކަމުވެ.ކ މީގެ އިތުރުން، ބަޔާންކރެވިދިޔިމިންގަނޑުތަކަށް ބުރަދަންދިނުމުގައި ބަލަންވާނީ، އެ މިންގަނޑު ކުއްޖާގެ ޙާލަތާއި ގުޅޭ މިންވަރެވެ. އެ ޙާލަތަކާ ގުޅޭ ނިސްބަތަށެވެ. މި މިންގަނޑު ތަޠުބީޤުކުރުމުގައ މ މިންގަނޑުގައި ބަޔާންކުރާ އާންމު މަޤްޞަދަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
54މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ބަހުސަކީ، ފެމިލީ ކޯޓީގެ ވަގުތީ އަމުރު މުރާޖަޢާކުރުމުގައި، ވަގުތެއަމުރ ނެރުނު ޙާލަތު ބަދަލުވެފައިވާކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ރިޢާޔަތްކޮށްފައިނުވާކަމުގ ބަހުސެވެ.
55މިގޮތުން،ދަށު ކޯޓުގު ނިންމުން ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ )ހ( އާއި )ޅ( އަދި )ކ( )8( ވަނަ ނަންބަރާއިޚިލާފކަމަށް އިސްތިއުނާފުކުރާ ފަރާތުނު ބުނެއެވެ. )ށ(8 ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސ ގޮތެއް ނިންމަންވާނީ، އެކުއްޖަކ ހުރު ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. އެގޮތުން، އެއްވެސް ފަރާތަކުން ވަކި ކަމްކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އަންނަނިވި ޢާންމު މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. (1) ކުއްޖާ އެކަމާމެދު ދެކޭ ގޮތް؛ (2) ކުއްޖާގެ އަމިއްލަވަންތަކަން ؛ (3) ކުއްޖާ ޢާއިލީ މާޙައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން؛ (4) ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން؛ (5) ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤު؛ (6) ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤު ؛ (7) ކުއްޖާގެ އިޖްތިމާޢީ ނުވަތަ އެނޫންވެސް ޙާލަތު . ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ނ( މި ނައްސަކީ ވަގުތީ އަމުރުގެ ތްޢަރީފާއީ، ވަގުތީ އަމުރަކަށް އެދިއްޖެނަމަ އެފަދަ އަމުރެއް ނެރެންޖެހޭތޯ ބަލައި އެ އަމުރެއް ނެރުމަކީ އެންމަޢި ދުލުވެރިގޮތްކަމަށ ކޯޓަށް ފެންނަނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވާކަމާއ، ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ޤަބޫލުކުރެވޭ ސަބަބެއް އޮތްނަމަ ވަގުތީ އަމުރަކަށް އެދި ހުށަހެޅިދާނެކަމަށް ބަޔާންކުރާ ނައްސުތަކެވެ.
56މި މައްސަލައިގައި ފެމިލީ ކޯޓުގެ ނަންބަރު B4/2026/2 ވަގުތީ އަމުރު ނެރުމުގައިފެމިލީ ކޯޓުގ ޢާއިލީ އިޖުރާއަތުގެ ގަވާއިދުގެ 75 ވެނ މާއްދާގަ )ހ( އަދި )ޅ( އަށް ޙަވާލާދީފައިވެއެވެ. އަދި އޭގެ އިތުރުން ވަގުތީ އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނެކްސްބިޒީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައްވެސް ތަޠުބީޤުކޮށްފައިވެއެވެ. މިކަމާމެދު ބަހުސެއްނެތެވެ. އަދި މިއީ އިސްތިއުނާފުކުރެވިފައިވާ ނިންމުމެއްވެސްނޫނެވެ.
57މި ވަގުތީ އަމުރު މުރާޖަޢާކުރުމަށް އެދި ކުއްޖާގެ ބައްޕަ ފަރާތުން ހުށަހެޅުމުން، އެކަމާމެދު ގޮތެއް ނިންމމުގައު މި ކޯޓުގެ ނަންބަރ 2019/HC-S-A/15 ޙުސައިން ހަމްދާނވް . މުޙައްމަދު ޒިޔާދު ޤަޟިއްޔާގެ އަލީގައި ވަގުތީ އަމުރު މުރާޖަޢާކުރެވޭނެ ޙާލަތްތައް އެ ނިންމުމުގައި ބަޔާންކޮށޯ، އ މުރާޖަޢާގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވޭތޯ ކަނޑައެޅުންކަމުގައި ބަޔާންކުރެއެވެ.
58ފެމިލީކޯޓގު ނަންބަރު B4/2026/2 ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވަނީ 02 )ދޭއް( ކަމަކަށްކަން އެނގެއެވެ. އެއީ ކުއްޖާގެ ބައްޕައކަ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ފަރާތެއްކމަވެ. އެ ޙާލަތު ބަދަލުވެފައިނުވާކަން ވަގުތީ އަމުރު މުރާޖަޢާކުރުމުގައިވެސް ފާހަގަކޮށްފައިވެއެވެ. ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވާ ދެވަނަ ކަމަކީ، ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ ދިވެހިރާއްޖޭގ އިމިގްރޭޝަން ޤާނޫނުއ ޚިލާފަށާ ވިސާނެތ ދިވެހިރާއްޖޭގައި އްޅޭ ބިދޭސީ ފަރާތެއްކަމުން، އ ފަރާތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތްކަމަށް ނުދެކޭކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބުނާ ބުނުމެވެ. ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާފައިވަނީ މި ޙާލަތު ބަދަލުވެފައިވާކަމަށް ބުނެއެވެ.
59މިއީ އިތުރު ކަމެއްގެ ގޮތުގައި ވަގުތީ އަމުރުގައި ފާހަގަކުރިކަމެއްކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނި ނަމަވެސް، މިކަން ބިނާކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަމެއްގެ މައްޗަށެވެ. އެ ފަރާތިން ވަގުތީ އަމުރަށް އެދި ހުށަހެޅ ފޯމުގައި ބަޔާންކޮށްފައިވަނީ ކުއްޖާ މިހާރު ހުރީ އިންޑޔެރައްޔިތެއްކަމުގައިވާ ކުއްޖާގެ ބައްޕަ ފަރާތު މާމަގެ ބެލުމުގެ ދަށުގައކަމުގައެވެ. އަދި ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ އިމިގްރޭޝަން ޤާނޫނއާ ޚިލާފަށް ރާއްޖޭގައި އުޅޭ ފަރާތެއްކަމުގައިވެސ ބުނެފައިވަން އިސްތިއުނާފުކުރާ ފަރާތުންނެވެ.
60ވަގުތީ އަމުރު ނެރުމުގައި ކޯޓުން މިކަމަށް ރިޢާޔަތްތެރިކަނ ދީފައިވާކަން ކަށަވަރުވެގެންދަނީ، ވަގުތީ އަމުރުގައ ވަކި ސުރުހީއެއްގެ ދަށުން މިކަން ފާހަގަކޮށް، މިކަން ވަޒަންކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ބަހެއްވެސް ހޯދާފައިވާތީއެވެ. އެހްންކަމުން، މިއީ ވަގުތީ އަމުރު ނެރުމުގައި އިތުރު ކަމެއްގެ ގޮތުގައި ފާހަގަކުރިކަމެއ ކަމުގައް އިސްތިއުނާފުކުރި ފަރާތުނ ބުނިނަމަވެސް، މިއީ ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރެއިން މައިގަނޑު ކަމެއްގެ ގޮތުގައި ޝަރީޢަތުން ފާހގަކުރިކަމެއ ކަމުގައް ދެކެމެވެ.
61އެހެންކަމުން، ވަގުތީ އަމުރު މުރާޖަޢާކުރުމުގައި ކުއްޖާގެ ބައްޕަ ފަރާތު މާމަގެ އިމިގްރޭޝަންގެ ޙާލަތު ބަދަލުވެފައިވާކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގެ މައްޗަށް، މި ޙާލަތަށް ވަގުތީ އަމުރުގެ މުރާޖަޢާގައި ރިޢާޔަތްކުރުމަކީ ޢަމަލުކުރެވޭ އުޞޫލއ ޚިލާފަށް ފެމިލީ ކޯޓުން ކޮށްފައިވާކަމެއް ކަމުގައި ނުދެކެމެވެ. މިކަން އެނގެން މި މަޢުލޫމާތަކީ ކުއްޖާގެ މަންމަގެ ފަރާތުން ލިބިފައިވާ މަޢުލޫމާތެއްކަމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސގ ނަންބަރު 482-CFPS/146/2026/2 ސިޓީގައި ބަޔާންކޮށްފައިވާތީއާއި، މިކަމާ ގުޅިގެން ފެމިލީ ކޯޓުގައި 19 ޖަނަވަރީ 2026 ގައި ބޭއްވުނު އަޑުއެހުމުގައި ވާހަކަދައްކާފައިވާތީއެވެ.
62ކޯޓުން ވަގުތީ އަމުރު ނެރުމަށްފަހު، ކުއްޖާގެބައްޕ ފަރާތަ މާމަގެ އިމިގްރޭޝަންގެ ޙާލަތު ބަދަލުވެފައިވާކަން ސާފެވެ. އެހެނީ، ކުއްޖާގެ ބައްޕަ ފަރާތު މާމައަކ 06 ޖަނަވަރީ 2026 އިން ފެށިގެން visa widow foreigner ގައް ދިވެހިރާއްޖޭގައި އުޅޭ ފަރާތެއްކަން އެނގޭތީއެވެ. އެހެންކަމުން، އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަން ދެކޭކަމުގައި ފެމިލީ ކޯޓުނ ބަޔާންކޮށްފައިވަނީ އެކަނ ރަނގަޅަށް ވަޒަންކުރުމަށްފަހު ކަމުގައި ދެކެމެވެ.
63ވަގުތީ އަމުރު މުރާޖަޢާކުރުމުގައި ބެލިގެންދަނީ، ވަގުތީ ގޮތެއްގައި އަޅާފައިވާ ފިޔަވަޅެއްގެ ޙާލަތު ބަދަލުވެފައިވޭތޯ ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އިތުރު ކަމެއް ނުވަތް ސަބަބެއް އޮތްކަމުގެ ހެކި ހުރުމުގެ މައްޗަށްކަން ފާހަގަކުރެވިއްޖެއެވެ. މިކަންކަމުގެ އިތުރުން،ފެމިލީ ކޯޓުގްޢާއިލީ އިޖުރާއަތުގައި އަމުރު މުރާޖަޢާކުރެވޭނެ ސަބަބުތައް ބަޔާންކޮށްފައިވާއިރު، އެކަމަކީވެސް މި ބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްތެރިކަންދެވިދާނެ ކަންކަން ކަމުގައިވެސް އިސްވެ ބަޔާންކުރެވިއްޖެއެވެ. މިކަންކަމުގެ އިތުރުން، ކުދިން ޝާމިލުވާ އެއިލ މައްސަލަތަކަށް ޚާއްޞަވާ ޙާލަތެއް އެބަވެއެވެ. އެއީ، އިސްވެ ބަޔާންކުރި ފަދައިން ވަގުތީ އަމުރުގެ ހުށަހެޅުމާއިމެދ ނުވަތު އަމުރަ މުރާޖަޢާގެ ހުށަހެޅުމާއޫ މެދު ގޮތެއް ނިންމުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނނުގ 8 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެވެ.
64ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުއްޖާ އުފަންވީއްސުރެ ކުއްޖާ ދިވެހިރާއްޖެ އައުމާ ހަމައަށް ކުއްޖާ ބަލަހައްޓާފައިވަނީ ކުއްޖާގެ މަންމަކަމާމެދު ދެބަސްވުމެއްނެތެވެ. ކުއްޖާ ދިވެހިރާއްޖެ އައިސްފައިވަނ 2025 ވަނަ އަހަރުގެ އޮގަސްޓްމްހަކަމުގައި ދެ ފަރާތުނ ބުނެއެވެ. އެއިރު ކުއްޖާ އުޅުނީ ކުއްޖާގެ މަންމައާއި ކުއްޖާގެ ބައްޕަގެ ކައިރީގައި، ދެ ފަރާތުގެ ބެލުމުގެ ދަށުގައެވެ.
65މި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން،ދ ފަރާތުގެ ވަރިސާބިތުކުރެވުނު ޤަޟިއްޔާއިން އެނގޭ ޙަޤީޤަތެއްވެއެވެ. އެއީ ދެ މީހުންގެ ވަރި 10 ސެޕްޓެންބަރު 2025 ގައާ ސާބިތުކުރެވުނުއިރު، ކުއްޖާ ހުރީ ކުއްޖާގެ ބައްޕަގެ ކައިރީގައިކަމެވެ. އެހެނީ، އެ ޤަޟިއްޔާގައި ދެ މީހުންނަށް ލިބިފައިވާ ކުދިންގެ ޚަރަދާއި ކުދިންގެ ޙަޟާނަތާއި ގުޅޭ ވާހަކަތައް ދެކެވިފައިވާހިނދު، ދެ މީހުންނަށް ލިބިފައިވާ ކުދިންގެ ތެރެއިން ހަގު ދަރިފުޅު ހުރީ ކުއްޖާގެ ބައްޕަގެ ގާތުގައިކަމުން، ދޮށީ ދެ ކުދިންގެ ޚަރަދު ކޯޓު މެދުވެރިކޮށް ކުއްޖާގެ މަންމައަށް ދިނުމަށް ކަނޑައެޅިނަމަވެސް، ކުއްޖާ ހުރީ ކުއްޖާގެ ބައްޕަގެ ކައިރީގައިކަނ ފާހަގަކޮށް މި ކުއްޖާގެ ޚަރަދު ކަނޑައަޅާފައިނުވާތއެވެ.
66އޭގެ ފަހުން ކުއްޖާގެ މަންމަ ގާތު ކުއްޖާ އުޅެފައިވާކަން އެނގެއެވެ. އެހެނީ، ކުއްޖާގެ ޙާލަތު ވަޒަންކުރުމުގ ގޮތުނެ ކުއްޖާގެ މަންމަ އުޅޭ މާހައުލަށް ޒިޔާރަތްކުރެވުނުކަމި ށއި، މި ޒިޔާރަތުގައ ކުއްޖާއ ގުޅިގެނާ ކަންބޮޑުވުން އުފެދޭ ކަންތައްތައަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަކުރެވުނުކަމށްއި،ކުއްޖާ އެކަނި ބަހައްޓާފައި ކުއްޖާ މަންމަ ބޭރަށް ގޮސްފައިވާކަމށް އ، ކުއްޖާ ހުރީ ގޭގައި އެކަނި ކަމުން އަދި ކުއްޖާގެ މަންމަ ގެއަށް އައިސްފައިނުވާތީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާތީ، ކުއްޖާގެ ބައްޕައާ ވާހަކަ ދެއްކުމުން، ކުއްޖާގެ ބައްޕަ އައިސް ކުއްޖާ ގެންގޮސްފައިވާކަނ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރ 482-CFPS/146/2025/20) 01 ސެޕްޓެންބަރު 2025( ސިޓީގައި ފާހަގަކޮށްފައިވާތީއެވެ.
67އެއަށްފަހު، ކުއްޖާ އުޅެމުންދިޔައީ ކުއްޖާގެ ބައްޕަ ފަރާތު މާމައާއެކު ކަމުގައިއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާގެ ބައްޕަ ފަރާތު މާމައާއެކު ކުއްޖާ މިކަން ފެމިލީ ކޯޓުގެ ނަންބަރ 1172/Fm-C/2025 "ވަރިސާބިތުކުރުން" ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 19 ވަނަ ނުކުތާއިންނާއި، ޙުކުމުން އެނގެއެވެ. މި ނުކުތާގައި ބަޔާންކޮށްފައިވަނީ، ދެ މީހުންނަށް ލިބިފައިވާ 3 )ތިނެއް( ކުދިންގެ ތެރެއިން ހަގު ދަރިފުޅު ހުރީ ކުއްޖާގެ ބައްޕަ، އިސްތިއުނާފު ރައްދުވް ފަރާތުގާ ގޮތުގައިކަން ދެ ފަރާތުގެ ބަހުން އެނގޭކަމުގައެވެ. މި ޙާލަތުގައި، ކުއްޖާގެ ޚަރަދު ކުއްޖާގެ މަންމަ، އިސްތިއުނާފުކުރާ ފަރާތަށް ރައްދުކުރާނެ ތަނެއް ނެތްކަމުގައެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު CFPS/146/2025/35-482) 24 ޑްސެ ނބަރ 2025( ގެ ސިޓީ އުޅޭ މަހައުލަކީ އެ އުމުރުގެ ކުއްޖެއް ދިރިއުޅުމަށް އެކަށޭނެ، ކުއްޖާގެ އަސާސީ ބޭނުންތައް ފުއްދެނ ހުރި މާހައުލެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
68އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ހަވާލާދެނީ މި ކޯޓުގެ ނަންބަރު 2023/HC-A/112 ޤަޟިއްޔާއަށެވެ. މިގޮތުން ފެމިލީ ކޯޓުގެ ނިންމުމުގައިކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރުމުގައި ބުނެވިދިޔ ޤަޟިއްޔާގެ 36 ވަނަ ނުކުތާއާއި، 37 ވަނަ ނުކުތާއާއި، 38.4 ވަނަ ނުކުތާއާ ޚިލާފވެފައިވާކަމުގައ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
69މިހިސާބުން އުފެދޭ ސުވާލަކީ، ވަގުތީ އަމުރު އަދި ވަގުތީ އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި ކުއްޖގ މަޞްލަޙަތު ވަޒަންކުރާނީ ކޮން މިންގަނޑަކުންތޯ، މިއެވެ.
70ޕްރިސިޑެންސް 5އާންމު އުޞޫލެއްގެ ގޮތުން، ކުއްޖާގެ މަޞްލަޙަތު ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭނީކުޑަކުދިންގ ޙައްޤުތައް ރައްކާތެރިކެރމުގ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައިވާ ކަންކަމަށް ކަމުގައިވާއިރު، ވަގުތީ އަމުރެއްގައިވެސް، ނުވަތަ ވަގުތީ އަމުރުގެ މުރާޖަޢާއެއްގައިވެސް، މައްސަލައިގައި އެހައތަނަށ އެނގެނެ ހުރް ކަންކަމުގެ މައްޗަށް،އެ މާއްދާގައިވާ ކަންކަން ތަޠުބީޤުކުރީވެން އެހިނދު އޮތ މިންވަރަށް ތަޠުބީޤުކުރުމަކީ ކުއްޖާގެ މަޞްލަޙަތު ވަޒަންކުރުމުގައި ގެންގުޅެވިދާނ އެއެ ހަމައެވެ. މައުޟޫ ޢަމައްސަލައެއް ފައީޞި ލާކުރުމުގެ ކުރިން، މިކަން އެންމެ ފުންކޮށް ވަޒަންކުރުމަކީ ކުރެވޭނެކަމެއްނޫނެވެ.
71ވަގުތީ އަމުރާއި މެދު ގޮތެއް ކަނޑައެޅުމުގައި، ނުވަތަ ވަގުތީ އަމުރެއް މުރާޖަޢާކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްގައި ގޮތެއް ކަނޑައެޅުމުގައި، ބަރޯސާވާނީ އެހިނދު ފެންނަން ހުރި ހަޤީޤަތްތަކަށާއި، އަދ ލިބިފައިވާ މަޢުލޫމާތަށެވެ.އެއީ ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތކާއާ،އެކަމާގުޅޭ ގޮތުން އިދރާތަކުގައިވާ ރިކޯޑުތަކާއި އަދީކުދިންގެ ޙާލަތު އެހިނދު ވަޒަންކުރުމުގައި ޗައިލްޑް އެންޑް ފެމިލީ މިކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރ CFPS/146/2025/35-482) 24 ޑިސެންބަރު 2025( ގެ ސިޓީއާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރު 482-RFS/146/2026/6 )08 ފެބރުވަރު 2026( ގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. ޕްރޮޓެކްޝަން ސަރވިސް އިން ފާހަގަކުރާ މަޢުލޫމާތަކއިމަރުޙަލާގައި ގޮތެއް ކަނޑައެޅުމަށް ކޯޓުން ބޭނުންކުރެވޭނެ މއ ވަސީލަތްތަކެވެ.މިގޮތުން، ކުދިންގެ މައިންބަފައިންނާއެކު ކުރެވިފައިވާ މުޢާމަލާތްތަކާއި، ކުދިންގެ ޙާލަތާއި، ކުދިންގެ އުމުރާއި، މައިންބަފައިންގެ ޢަމަލުތަކުން ކްދ ންނަށް އަސަރުކޮށްފައިވާ މިންވަރުން ކުދިންގެ ވިސްނުންހުރިގޮތާއި،އާއިލާ މާހައުލުގައި ދެމިހުރުމުގެ މުހިންމުކަމާއި،އްއިލީ މެންބަރުންނާ ކުއްޖާއާމެދު އޮންނަ ގުޅުމާއި، އެގުޅުން ދެމެހެއްޓުމުގެ މުހިންމުކަން، މިކަންކަން ވަޒަންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެހިނދު ފާހަގަކުރާ ކަންކަމަކީ ޝަރީޢަތަށް ހަރުދަނާގޮތެއްގައި ބުރަވެވޭފަދަ މަޢުލޫމާތެތަކެވެ. އެހެނީ، އ މަޢުލޫމާތަކީ ކުދިންނާ ގުޅުމެއްނެތް، އަދި އެކަމުގައި އެ ފަރާތުގެ ވަކި މަޞްލަޙަތެއްނެތް، ކަމުގެ ފަންނީ ރްއޔެއގެ މައްޗަށް ބިނާވާ މަޢުލޫމާތުތަކަށްވާތީއެވެ.
72ކުއްޖެއްގެ މަޞްލަޙަތީހިމެނޭ މައުޟޢޫމައްސަލައެއްގެ ތެރެއިން ކުއްޖާއާ ގުޅޭ ގޮތުން ވަގުތީ ނިންމުމެއް ނިންމުމުގައި އަދި ވަގުތީ ނިންމުން މުރާޖަޢާކުރުމުގައިވެސީކުއްޖާގެ މަޞްލަޙަތު ވަޒަންކުރާނީމައުޟޢޫ މައްސަލައަށް ނުފީނައި، އެހިނދު މަތިމަތިން ފާޅުވާނ ހުރް ޙަޤީޤަތްތަކުގެ މައްޗަށެވެ.ވަގުތީ އަމުރަށް އެދޭ މަރުޙަލާގައި ނުވަތަ ވަގުތީ އަމުރުގެ މުރާޖަޢާ މަރުޙަލާގައިވެސް ދ ފަރާތުނ ހުށަހަޅް ހެކިތައް ވަޒަންކުރުމަށް ޚަޞްމުންގެ ކިބައިނިދަށ ކޯޓުގައު ނުވަތި އިސްތިއުނާފަ ކޯޓގައު އެދުމަކީ އާންމުކޮށޫކަން ހިނގާގޮތްކަމުގައިވީނަމަވެސް، ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ މައުޟިޢ ގައި ހިމެނޭ ކަންކަމުގެ ތެރެއަށް އެ މަރުޙަލާގައިނުވަތަ އިސްތިއުނާފީ މަރުޙަލާގައު ވަދެ، އެ މައްސަލައިގެ މައުޟެޢޫގައި ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ހެކިތަކުގެ މައްޗަށް ބަސްބުނުމަކީ، މައުޟޫޢީ މައްސަލައަށް ހިޔަނިއެޅި ވަގުތީ މަރުޙަލާގައި، މައުޟޢޫ މައްސަލައަށް ގޮތެއް ކަނޑައެޅުމެވެ. މި މޭރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/54 )މުޙައްމަދު ވ. ޢާއިޝަތު( ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
73ބަޔާނވެދިޔް ކަންކަމުންފާހަގަވާ ކަންކަމަކީ، ކުއްޖާގެ މަޞްލަޙަތު ދެނެގަންނަންޖެހޭނީ އެހިނދު ފާޅުވާނ ހުރް ޙަޤީޤަތްތަކުގެ މައްޗަށްކަމެވެ. ކުއްޖާގެ މަޞްލަޙަތު ދެނެގަތުމުގައި ކަމާބެހޭ ފަންނީ ވުޒާރާއިން އެހިނދު ދޭ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމެވެ. އެ މަރުޙަލާގައި ކުއްޖޫގ މަޞްލަޙަތު ވަޒަންކުރާނީ މައުޟޢްމައްސަލައަށް ނުފީނައި، އެހިނދު މަތިމަތިން ފާޅުވާން ހުރި ޙަޤީޤަތްތަކުގެ މައްޗަށްކަމެވެ. އެކަންކަމުގެ މައްޗަށް،ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރުކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ގުޅުވައި ގޮތެއް ނިންމަންވާނެއެވެ.
74މި އިސްތިއުނާފުގައި އޮތް ސުވާލަކީ ކުއްޖާގެ މަޞްލަޙަތާއި ގުޅުވައިގެން އޮތް ސުވާލެއް ކަމުގައިވާތީ، ފެމިލީ ކޯޓުގިވަގުތީ އަމުރު މުރާޖަޢާކޮށް ނިންމްނިންމުމުގައީކުއްޖާގެ މަޞްލަޙަތާއި ގުޅުވައިގެން ވަގުތައަމުރ ނެރުނު ޙާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އިސްވެ ބަޔާނވެދިޔް މިންގަނޑުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ.
75ފެމިލީ ކޯޓުގެ ނަންބަރު B4/2026/2 ވަގުތީ އަމުރުގައި، ކުއްޖާގެ މަޞްލަޙަތު ވަޒަންކޮށްފައިވަނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އެއީ އެ އިދާރާގެ ނންބަރ 482-CFPS/146/2025/35 ސިޓީއާއި އެ އިދާރާގެ ނަންބަރު 482-CFPS/146/2026/2 ސިޓީއާއި، 19 ޖަނަވަރީ 2026 ގައި އެ ވުޒާރާއިން ޝަރީޢަތަށް ދީފައިވާ މަޢުލޫމާތުގެ މައްޗަށެވެ. މި މަޢުލޫމާތުގެ އަލީގައި، އ ކޯޓުން ފާހަގަކޮށްފައިވަނީ:
75.1. ކުއްޖާ މަންމައާއެކު ދިރިއުޅެމުންދިޔަ މާހައުލަށް ޒިޔާރަތްކުރެވުނުކަމިށަ އ، އެ ޒިޔާރަތުގައ ކުއްޖާއާ ގުޅިގެން ކަންބޮޑުވުން އުފެދޭ ކަންތައްތައް ފާހަގަކުރެވުނުކަނ
75.2. ކުއްޖާއާ ދެކެވުނު ވާހަކައިން ކުއްޖާ އެކަނި ބަހައްޓާފައި ކުއްޖާގެ މަންމަ ބޭރަށް ގޮސްފައިވާކަމް ށއި، ކުއްޖާގެ މަންމަ އެ ސަރވިސްއަށް ދޮގު މަޢުލޫމާތު ދިންކަން
75.3. ކުއްޖާގެ މަންމަ ގެއަށް އައިސްފައިނުވުމުން، ކުއްޖާގެ ބައްޕައާ ވާހަކަ ދެއްކުމުން ކުއްޖާ ބައްޕަ އައިސް ކުއްޖާއާ ޙަވާލުވިކަން
75.4. ކުއްޖާގެ ބައްޕައާ އެ ވުޒާރާއިން ކުއްޖާ ޙަވާލުނުކުރާކަމަށާއި، ކުއްޖާ އެކަނި ހުރުމުން ކުއްޖާގެ ބައްޕައަށް ގުޅުމުން ކުއްޖާގެ ބައްޕަ އައިސް ކުއްޖާ ގެންދިޔައީކަނ
75.5. ކުއްޖާގެ ބައްޕައަކީ މި ވަގުތު )އެހެނީ ސިޓތައީ ތައްޔާރުކުރިއިރު( ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަން
75.6. ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ އިމިގްރޭޝަން ޤާނނާއޫޚިލާފަށް އުޅޭ ފަރާތެއްކަމެށައި، އ ފަރާތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތް ކަމުގައި ނުވާތީ ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަނ
75.7. ކުއްޖާގެ މަންމަގެ ކައިރިއަށް ކުއްޖާ ދާން އިންކާރުކުރިކަން
75.8. ކުއްޖާގެ މަންމަގެ ފަރާތުން މިހާރު އެ ސަރވިސްއަށް އެއްބާރުލުން ލިބޭކަން
75.9. އެ ސަރވިސްގެ ބެލުމުގެ ދަށުން ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރެވޭ ޙާލަތުގައި، ކުއްޖާ މޮނިޓަރކުރުމުގެ ޕްލޭނެއް ހެދިގެންދާނެކަނ
75.10.ކުއްޖާގެ ބައްޕަ ފަރާތު މާމައަކީ އިމިގްރޭޝަން ޤާނޫނއްޚިލާފަށް އުޅޭ ފަރާތަކަށްވާތީ، އެ ފަރާތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތް ނޫންކަން
75.11. އެ ސަބަބުގެ މައްޗަށް، ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމުށާއި، އެކަމަށް ކުއްޖާގެ ބައްޕަ ފަރާތްއް އިލާގެ ފަރާތުނ އިންކާރުކުރާކަން
76މ މަޢުލޫމާތުތަކުގެ އަލީގައި، ފެމިލީ ކޯޓުގެ ނަންބަރ B4/2026/2 ވަގުތީ އަމުރުންނިންމ ނިންމުމަކީ، ކުއްޖާ އުޅޭ މާހައުލުން ވަކިކޮށް، ކުއްޖާގެ މަންމައާ ޙަވާލުކުރުމަށްޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިނ މަސައްކަތްކުރި ޙާލަތުގައި، ކުއްޖާގެ ރައްކާތެރިކަމާއި މަޞްލަޙަތަށް އެހިނދަށް އެންމެ ރަނގަޅު ގޮތަކް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިންކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރކުރ ގޮތަށާ ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލކރުންކަމުގައެވެ.
77މި ވަގުތީ އަމުރު ނެރުނު ތާރީޚަކީ 22 ޖަނަވަރީ 2026 އެވެ. އެއިރުޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިނިމަސައްކަތްކުރަމުން ދިޔައީ ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމަށްކަނ އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާގެ ރައްކާތެރިކަމާއި މަޞްލަޙަތަށް އެހިނދަށް އެންމެ ރަނގަޅު ގޮތަކް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރކުރާގޮތަށް ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލކރުންކަން ފާހަގަކޮށްފައިވެއެވެ.
78އެއަށް ފަހުފެމިލީ ކޯޓުންކުއިޖާގެ ބައްޕަ ފަރާތު މާމައަކީ އިމިގްރޭޝަން ޤާނޫނާ އެއްގޮތަށް ދިވެހިރާއްޖޭގައްދިރިއުޅެމުންދާ ފަރާތެއްތޯ ކަމާގުޅޭ އިދާރާ މެދުވެރިކޮށް ސާފުކޮށްދިނުމަށާއި، އަދ ކުއްޖާ ސްކޫލަށް ދޭތޯ ނުވަތަ ނޫންތޯ ބަލައިދިނުމަށާއ އަދި ކުއެޖްގެ މަޞްލަޙަތުގައި މިވަގުތު އެންމެ ރަނގަޅުގޮތަކީ ކޮބައިކަން ކޯޓަށް ޙިއްސާކޮށްދިނުމަށް އެދިޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސއަށ 29 ޖަނަވަރީ 2026 ގައި ފެމިލީ ކޯޓުން ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީ ފޮނުވާފައިވަނ ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކުއްޖާގެ ޙާލަތު ނުވަތަ ކުއްޖާއާ ގުޅޭ ގޮތުން ކަންހިނގާފައިވާގޮތް ބެލުމށްކަން އެ ސިޓީއިން އެނގެނަ އޮވެއެވެ.
79މ ސިޓީގެ ޖަވާބުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިނ 08 ފެބރުވަރު 2026 ގައި ފޮނުވާފައިވާ ސިޓީގައި ކޯޓާޙއްސާކޮށްފައިވާ މަޢުލޫމާތުގައި އަންނަނިވ ކަންކަން ފާހަގަކޮށްފައިވެއެވެ.
79.1. ކުއްޖާގެ ބައްޕަ ފަރާތު މާމަ ރާއްޖޭގައި ހުރީ "ފޮރިނަރ ވިޑޯވިސާ" ގައި ކަމިށައި، މ މުއްދަތު ހަމަވާ ތާރީޚަކީ 05 ޖަނަވަރީ 2031 ގައިކަން
79.2. 2015 އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން، އެ ދިރާސ އަހަރީ ސްކޫލަށް ހާޒިރުވާންޖެހޭ 87 ދުވަހުގެ ތެރެއިން 65 ދުވަހު ކުއްޖުސްކޫލަށް ޙާޟިރވެފައިވާކަނ
79.3. 2026 ވަނަ އަހަރު ދިރާސީ އަހަރު ފެށުނު ފަހުން ކުއްޖާ ސްކޫލަށް ގޮސްފައިނުވާކަމަށާއި، ކުއްޖާގެ gastroenteritis” “acute ހުރުމުގެ ސަބަބުން 01 ފެބުރުވަރީ އިން 05 ފްބުރުވަރިއަށީ ސްކޫލަށްޙާޟް ރުވުމަށް އިސްތިސްނާވުމަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައިވާކަނ
79.4. ކުއްޖާ މިހާރު ދިރިއުޅޭ މާހައުލުން ކުއްޖާގެ އެންމެހާ އަސާސީ ބޭނުންތަކެއް ފުރިހަމަކުރެވެން ހުރިކަމާއި، ކުއްޖާގެ ރައްކާތެރިކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާކަނ
79.5. ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލަކީވެސް ކުއްޖާގެ އެންމެހާ އަސާސީ ބޭނުންތަކެއް ފުރިހަމަކުރެވެނ ހުރް މާހައުލެއްކަމަށާއި، އެ މާހައުލުންވެސް ކުއްޖާގެ ރައްކާތެރިކަމަށް ހުރަސްއަޅާކަމެއް ފާހަގަކުރެވިފައިނުވާކަނ ފެމިލީ ކޯޓުގެ ނަންބަރު B4/459/2026/7-146) 29 ޖަނަވަރީ 2026( ސިޓީ
79.6. ކުއްޖާގެ ބައްޕަ ހުރީ ކުއްޖާގެ މަންމައަށް ގެވެށި އަނިޔާ ކުރިކަމުގެ ކުށް ސާބިތުވެ ޖަލު ބަންދެއަގައެކަމަށްވުމާއެކު، ކުއްޖާގެ މަޞްލަޙް ތުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި ހުރުންކަނ
80ވަގުތީ އަމުރު މުރާޖަޢާކުރުމުގައި ކުއްޖާގެ މަޞްލަޙަތު ދެނެގަތުމުގައިޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ 08 ފަބްރރީވު 2026 ގެ ސިޓީއަށްކޮންމެވެސް މިންވަރަކަށްފެމިލީ ކޯޓުނެ ރިޢާޔަތްކޮށްފައިވާކަން ވަގުތީ އަމުރު މުރާޖަޢާކުރުމުގެ ނިންމުމުން އެނގެއެވެ. އެއީ،އ ސިޓީއާ ޙަވާލާދަމިހާރު ކުއްޖާ އުޅޭ މަހައުލަކީ ކުއްޖާގެ އެންމެ އަސާސީ ބޭނުންތައް ފުރިހަމަކުރެވެނ ހުރި މާހައުލެއްކނ ކޯޓުން ބަޔާންކޮށްފައިވާތީއެވެ. އެހެނަސް، މި ސީޓީގައ ބަޔާންކުރި އިތުރު ކަމެއް އެބަވެއެވެ. އެއީ،ކުއްޖާ ގޮވައިގެން ކުއްޖާގެ މަންމަ ދިރިއުޅެން ގަސްދުކުރާ މާހައުލަކީވެސް ކުއްޖާގެ އެންމެހ އަސާސާ ބާނުންތައް ފުރިހަމަކުރެވެނ ހުރް މާހައުލެއްކަމެށުއި، އެ މާހައުލުންވެސް ކުއްޖާގެ ރައްކާތެރިކަމަށް ހުރަސްއަޅާކަމެއް ފާހަގަކުރެވިފައިނުވާކަމަށާއި، ކުއްޖާގެ ބައްޕަ ހރެކުއްޖާގެ މަންމައަށް ގެވެށި އަނިޔާ ކުރިކަމުގެ ކުށް ސާބިތުވެ ޖަލު ބަންދުގައި ކަމަށްވުމާއެކު، ކުއްޖާގެ މަޞްލަޙަތުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި ހުރުންކަމުގައ ފާހަގަކުރެވޭކަން ބަޔާންކޮށްފައިވާކަމެވެ.
81ކްއްޖާގ މަންމަގެ ފަރާތުން ހުށަހެޅިވަގުތީ އަމުރާމެދު ގޮތެއް ނިންމިއިރުވެސް ފާހަގަވާ، އެހެނަސް މ އަމުރި މުރާޖަޢާކުރިއިރު، ކުއްޖގީމަޞްލަޙަތާ ގުޅުވައިގެން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމެއްވެސް އެބަވެއެވެ. އެއްޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިނިމަސައްކަތްކުރަމުން ދިޔައީ ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމަށްކަމަށާއި، ކުއްޖާގެ ރައްކާތެރިކަމާއި މަޞްލަޙަތަށް އެހިނދަށް އެންމެ ރަނގަޅު ގޮތަކީ،ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރކުރާގޮތަށް ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލީކު ރުންކަން ވަގުތީ އަމުރުގައި ފާހަގަކޮށްފައިވާހިނދު، އެ ޙާލަތު ބަދަލުވިގޮތެވެ.
82ޕްރިސިޑެންސް 6ވަގުތީ އަމުރަށް އެދި ހުށަހެޅުމުން ކުއްޖގާމަޞްލަޙަތު ވަޒަންކޮށް ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ، ވަގުތީ އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި މަޞްލަޙަތާ ގުޅުވައިގެން އެނޫން ގޮތެއް ކަނޑައަޅާނަމަ، މަޞްލަޙަތު ބަދަލުވި ސަބަބެއް ނުވަތަ އައު ޙާލަތެއް އުފަންވެފައިވާނަމަ، އެކަމެއް ބަޔާނކުރަންވާނެއެވެ.
83ޕްރިސިޑެންސް 7މ މައުސަލައިގައި ނެރް ފައިވާ ވަގުތީ އަމުރުގައި ކުއްޖާގެ މަޞްލަޙަތަށް އެހިނދަށް އެންމެ ރަނގަޅު ގޮތަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސިއިން ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމަށް މަސައްކަތްކުރާ ޙާލަތުގައްޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ މޮނީޓަރިނާ ގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރކުރަގޮތަށް ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުންކަމުގައި ޝަރެޢީތުން ޤަބޫލުކޮށް، އެގޮތުގެ މަތިން ވަގުތީ އަމުރު ނެރެދީފައިވެއެވެ. މިކަން ނިންމުމުގައި ބަރޯސާވެފައިވަންޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސެއިން ދީފައިވާ މަޢުލޫމާތަށެވެ. ވަގުތީ އަމުރު މުރާޖަޢާކުރިއިރު ބަދަލުވި ޙާލަތަކީ ކުއްޖާގެ ބައްޕަ ފަރާތު މާމަގެ ވިސާއާ ގުޅުވައިގެން އޮތް ޙާލަތެވެ. ކުއްޖާގެ މަޞްލަޙަތު ވަޒަންކުރި އިދާރާއިން ކުއްޖާގެ މަޞްލަޙަތާ ގުޅުވައިގެން ފާހަގަކޮށްފައިވާ ކަންކަން ބަދަލުވެފއިވކަން އެނގޭނެ އައު މަޢުލޫމާތެއްނެތެވެ.އެހެނީ، މުރާޖަޢާކުރުމަށް އެދި ހުށަހެޅި ހުށަހެޅުމ ގުޅިގެނާ ފެމިލީ ކޯޓުނ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިންމަޢުލޫމާތު ސާފުކުރުމުން، އެހިނދު އެ އިދާރާއިން ދީފައިވާ މަޢުލޫމާތަކީވެސް ކުއްޖާގެ މަޞްލަޙަތުގައި އެވަގްތށ އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަގެ ބެލުމުގައި ދަށުގައި ކުއްޖާ ހުރުންކަމުގައެވެ.
84ޗައިލްޑް އެން ޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިންހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުއްޖާގެ މަންމަ، ކުއްޖާ ގޮވައިގެން ދިރިއުޅުނު މާހައުލުން ކަންބޮޑުވުން އުފެދޭ ކަންކަން ހުރިކަމަށް ފާހަގަކޮށްފައިވަނީ އެ ސަރވިސްއިން 01 ސެޕްޓެންބަރު 2025 ގައި ފޮނުވާފައިވާ ސިޓީގައެވެ. އަދި ކޯޓުން ވަގުތީ އަމުރު ނެރުމުގެ ކުރިން 24 ޑިސނެ ބަރް 2025 ގައި ފޮނުވާފައިވާ ސިޓީގައި ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަންޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިންފާހަގަކޮށްފައިވެއެވެ. އަދި ވަގުތީ އަމުރު ނެރުނު ފަހުން އަދި މުރާޖަޢާ ނިންމުން ނިންމުމުގެ ކުރިޔަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ފެމިލީ ކޯޓަށް 08 ފެބރުވަރު 2026 ގެ ސިޓީއިން ހިއްސާކޮށްފައިވާ މަޢުލޫމާތަކީ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމައާ ކުއްޖާ ޙަވާލުކުރުން ކަމުގައެވެ. ކުއްޖާގެ މަޞްލަޙަތާއި ގުޅުވައިގެން ފެމިލީ ކޯޓުންއައު ނިންމުމެއް ނިންމުމުގައި، އެހެނީ، ކުއްޖާގެ މަންމަ ކުއްޖާއާ މެދު އިހުމާލުވުމުގެ ތުހުމަތުތަކެއް އޮތްކަމުގެ މައްޗަށް، ވަގުތީ އަމުރު ނެރުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަމަށިވަގުތ އަމުރުގެ މުރާޖަޢާގައިކަނޑައަޅާފައިވަނީ ކުއްޖާގެ މުޅި ޙާލަތަށާއި، ދައުލަތުގެ އިދާރާތަކުން ދީފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށްގެންކަމުގައި ނުދެކެމެވެ. އަދްކުއްޖާގެ މަޞްލަޙަތާއި ގުޅުވައިގެން ވަގުތީ އަމުރުގައ ނިންމި ނިންމުނި ބަދަލުވި ސަބަބެއްނުވަތ ބަދަލުވި ޙާލަތެއް ނުވަތަ ނިންމި ނިންމުމަށް އަސަރުކުރުވަނާވި ފަދަ އައު ކަމެއް ނުވަތަ އައު ހެއްކެއް ހުރިނަމަ އެކަމެއް ވަގުތީ އަމުރުގެ މުރާޖަޢާ ނިންމުމުން ސާފެއްނޫނެވެ.އެހެންކަމުން،ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމުގައީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައިވާކަން މިހިނދު ބެލެވޭކަށްނެތެވެ.
85ކުއްޖާ ސްކޫލަށް ނުފޮނުވާކަމުގައި ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެނި ބޭއްވުން ފެމިލީ ކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވެއެވެ. މިކަމުގެ ޖަވާބުގައި ޝަރީޢަތުން އެ އަޑުއެހުމުގައި ފާހަގަކޮށްފައވަނީ އެ އަޑުއެހުމަކާ ވަގުތީ އަމުރު މުރާޖަޢާކުރުމަށް ހުށަހެޅުމއާގުޅިގެން ބޭއްވޭ އަޑުއެހުމެއްކަމަށާއި، މައްސަލައިގެ މައުޟޢ ގުޅިގެނު ވާހަކަދެއްކުމުގެ ފުރުޞަތު މައްސަލައިގެ މައުޟޢޫ ގައި ވާހަކަދެކެވޭހިނދ ދޭނެކަމުގައެވެ.
86މިކަން މި ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޙަވާލާދީ، ކުއްޖާ ސުކޫލަށ ފޮނުވުމަށް ކުއްޖާގެ ބައްޕަ ފަރާތު މ މ އިހުމާލުވެފައިވާކަން ޝަރްޢީތުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވަނެދިވެހިރާއްޖޭގެފަނޑިޔާރުންގ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އާއި )ށ( ގެ (1) ވަނި ނަންބަރއާ ޚިލާފަށްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާތީއެވެ.
87ދާވެހިރާއްޖޭގެފަނޑިޔރުންގ ޤާނޫނުގެ 5 ވަނަ މައްދާގެ )ހ( ގައި ބަޔާންކޮށްފައިވަންފަނޑިޔާރުންގ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށކަމުގައެވެ. ޤާނޫނުއަސާސީއާއ ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމުގައެވެ. އަދި އ މާއްދާގީ)ށ( ގައި ބަޔާންކޮށްފައިވަނެމި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމުގައެވެ. އެގޮތުން އެ މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމުގައެވެ.
88މި ނިންމުމުގައި ތަކުރާރުކުރަންޖެހޭ އެއްކަމަކީ، ކުރިމަތީގައި އޮތީ ދަށު ކޯޓުގައި ހިނގަމުންދާ ޙަޟާނަތުގެ މައްސަލައިގެ ތެރެއިން ނެރެފައިވާ ވަގުތީ ނިންމުމެއްކަމެވެ.ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އަދި )ށ( ގެ ) 1( ވަނަ ނަންބަރާޙަވާލާދީ، ފެމިލީ މި މައްސަލައާ ގުޅިގެން ފެމިލީ ކޯޓުގައި ބޭއްވުނު 4 ވަނަ ޝަރީޢަތުގެ އަޑުއެހުމުގައި މިފަދައިން ބަޔާންކޮށްފައިވެއެވެ. ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ކުއްޖާ ސްކޫލަށް ނުފޮނުވާކަމަށެބުނ ކުއްޖާގެ މަންމަގެ ފަރާތުނ ފާހަގަކުރި ކަންކަމީ، މި ނިންމުމުގެ 72ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މައްސަލައިގެ މައުޟޫޢުގައި އެ ފަރާތަށް ފާހަގަކުރްވޭނެ، އަދި އެކަމާ ގުޅޭ ގޮތުން ބަހުސްކުރެވޭނެ ކަންކަން ކަމުގައިވާތީ، އެކަމުގެ މައްޗަށް، ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުނެދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އަދި )ށ( ގެ )1( ވަނަ ނަންބަރާ ޚިލާފުކަމަކަށް ނުދެކެމެވެ.
89ފެމިލީ ކޯޓުގެ ނަންބަރު B4/2026/2 ވަގުތީ އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، އެ ކޯޓުން ނިންމި ނަންބަރ B4/2026/8 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމުގައި، ވަގުތީ އަމުރު ނެރުނުއިރު ކުއްޖާގެ ބައްޕަ ފަރާތު މާމަ ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް ދިރިއުޅެމުންދިޔަނަމަވެސް، ކުއްޖާގެ ބައްޕަ ފަރާތު މާމައަކ foreigner widow visa ގައާ ހުރި ފަރާތެއްކަމަށއި، އެ ވިސާގެ މުއްދަތު ހަމަވާ ތާރީޚަކީ 08 ޖަނަވަރީ 2031 ކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހެވުޒާރާގެ ޗައިލްޑުއެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަންބަރ 482-CFPS/146/2026/5 ސިޓީގައި ބަޔާންކޮށްފައިވާތީ، ވަގުތީ އަމުރު ނެރުނުއިރު ރިޢާޔަތްކުރި މި ޙާލަތު ބަދަލުވެފައިވާކަމަށް ފެމިލީ ކޯޓުން ކަނޑައަޅާފައިވަނީ މި ކޯޓުގެ ނަންބަރ 2019/HC-S-A/15 ޙުސައިން ހަމްދާނވް . މުޙައްމަދު ޒިޔާދު ޤަޟިއްޔާގައި ބަޔާންކުރާ ވަގުތީ އަމުރު މުރާޖަޢާކުރުމުގެ އުޞޫލުގެ ތަރަހައިގެ ތެރެއިން ކަމުގައި ދެކެމެވެ.
90ފެމިލީ ކޯޓުގެ ނަންބަރު B4/2026/2 ވަގުތީ އަމުރުގައި ކުއްޖާގެ މަޞްލަޙަތުވަޒަންކުރިއިރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަރޯސާވެ، ކުއްޖާކުއްޖާގެ މަންމައާ ޙަވާލުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަސައްކަތްކުރާ ޙާލަތުގައި، ކުއްޖާގެ ރައްކާތެރިކަމާއި މަޞްލަޙަތަށް މިހިނދަށް އެންމެ ރަނގަޅު ގޮތަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުއްޖާގެ ޙާލަތު ބަލައި މޮނިޓާރ ކުރެވޭނެ މޮނިޓަރިންގ ޕްލޭނެއްގެ ދަށުން ކުއްޖާ މޮނިޓަރ ކުރާ ގޮތަށް ކުއްޖާގެ މަންމައާ ޙަވާލުކުރުންކަމަށ ކޯޓުން ކަނޑެއަޅާފައިވާހިނދު، މި ނިންމުމުގެ 83 ވަނަ ނުކުތާއާއި 84 ވަނަ ނުކުތާގައިވާ ފަދައިންވަގުތީ އަމުރު މުރާޖަޢާކުރުމުގައި ކުއްޖާގެ މަޞްލަޙަތާ ގުޅުވައިގެންޗައިލްޑ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސިއިން ދީފައިވާ މަޢުލް މާތަށް ރިޢާޔަތްކޮށްފައިވާކަމުގައ ނުދެކެމެވެ. އަދި ވަގުތީ އަމުރު މުރާޖަޢާކުރިއިރު ކުއްޖާގެ މަޞްލަޙަތާއި ގުޅުވައިގެން ނިންމި ނިންމުން ބިނާކޮށްފައިވާއަސާސް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިވާކަމުގައި ނުދެކެމެވެ.މ ސަބަބަށްޓަކައ ފެމިލީ ކޯޓުގެ ނަންބަރ B4/2026/8 ވަގުތީ އަމުރު މުރާޖަޢާކުރި ގޮތް ބާޠިލުކަމަށް ކަނޑައަޅަން ފެނެއެވެ.
91ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދުކުރުމާއެކު ތިރީގައި މި ބަޔާންކުރާ ކަންކަން ފާހަގަކުރަމެވެ.
92ބަލަންޖެހޭ ނިސްބަތުގައި ފަރަގު ހުއްޓަސް، މައުލޫއީގޮތުން ހަލޯނަތު ކަނޑައެޅުމެކޭ އެއްފަދައިން ވަގުތީ ހަލޯނަތުކަނޑައެޅުމުގައ އަދި ވަގުތީ ހަލޯނަތުގ އަމުރެ މުރާޖައާކުރުމުގައ ވެސި ކޯޓުން އެންމެ ބޮޑު އަހައްމިއްޔަތެއ ދޭން ޖެހެނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމުގައި ޙަޟާނަތ ގުޅާ ވަގުތީ އަމުރަށް 'ވަގުތީ ޙާޟާނަތުގ އަމުރު' މިފަދައިން، ގާނޫނު ނަންބަރު 2012/03 )ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު(ގެ 31 ވަނަ މާއްދާގެ )ޅ( ގައި އިޝާރާތްކޮށްފައިވެއެވެ. ވީހިނދު، ވަގުތީ ހަލޯނަތު މުރާޖައާކުރުމުގައި ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއ ދޭން ޖެހެނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.
93ޕްރިސިޑެންސް 8މ ގޮތުގެމަތިން ބަލާއިރު ހާލަތު ބަދަލުވުމަކީ، ކުއްޖާގެ ހާލަތަށް، ބޭނުންތަކަށް، ނުވަތަ މައިންބަފައިންގެ ކިބައިގައި ކުއްޖާގެ ބޭނުންތައް ފުއްދައިދިނުމަށ ހުރް ގާބިލުކަމަށ ބަދަލެއް އައިސްފައިވުމާއެކު، އެ ބަދަލަކީ ކުއްޖާއަށް އޭގެ ސަބަބުން މްއނަވީ ގޮތެއްގައި ސީދާގޮތުން އަސަރުކުރާ ބަދަލަކަށްވުމެވެ. އެހެނީ،ހާލަތު ބަދަލުވެއްޖ ކަމަށެ ކޯޓުން ބަލައިގަންނަން ވާނީ، ކުއްޖާގްއެންމެ މަތްމަސްލަހަތަށުމައުނަވީ ގޮތުނ އަސަރްކުރަނިވި ޖައުހަރީ ބޮޑު ބަދަލެއް ކުރިމަތިވެފައިވާކަން ސާބިތުކޮށްދިނުމުންނެވެ. މިކަން ސާބިތުކޮށްދިނުމުގެ ގާނޫނީ ބުރަ އުފުލަން ޖެހޭނީ ވަގުތީ ހަލޯނަތު ބަދަލުކުރަން އެދި ހުށަހަޅާ ފަރާތުންނެވެ.
94ވަގުތު ހަލޯނަތގެ އަމުރުބަދަލުކުރުމަށް ހުށަހެޅުމަކީ ކޯޓުން ނެރެފައިވ އަމުރާމެދު އިސްތިއުނާފީ ނަޒަރަކުން ހިންގާ މުރާޖާއަކަށ ވެގެން ނުވާނެއެވެ. އެހެނީ، ވަގުތީ ހަލޯނަތގ އަމުރެ ބަދަލުކުރުމުގެ މުރާޖައާ ވާން ޖެހޭނާ،ކޯޓުން ނެރެފައިވުއަމުރަކީ ސައްހަ ރަނގަޅު އަމުރެއްކަމުގައި ބަލައިގަނެ އަމުރު ތަންފީޒުކުރާ ފަހުން ދިމާވާ ނުވަތަ ފާހަގަވާ މުޅިން އައު ކަންކަމުގެ މައްޗަށް ބިނާކުރާ ކަމަކަށެވެ.
95ކުއްޖާގެ ހަލޯނަތ ގުޅާ ގޮތުން އަދި އެއީ ވަގުތީ ހަލޯނަތުކަމުގައި ވިޔަސް، ކުޑަކުދިންގެ އެންމެ މަތީ މަސްލަހަތު ގުޅިފައިވާ މި ޒާތުގެ ކަންކަމުގައި، ނިމުމެއް ނެތް ސަރިޔަތަށް މަގެނުހުޅުވުމާއި، ކޯޓުން ނެރޭ އަމުރުތަކުގެ ގަރާރުކަން ނެގެހެއްޓުމުގެ މައްޗަށް ސަމާލުކަންދިނުމަކީ ކުއްޖާގެ ދިރިއުޅުމުގެ ހަމަޖެހުމާއި ނަފުސާނީ ހިމޭންކަނ ދެމެހެއްޓުމަށް ލޮރޫރަތްތެރވެގެންވިކަމެކެވެ. ވަގުތީ ހަލޯނަތުގެ އަމުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ކޯޓުން ލުއި ގޮތެއްގައި ބަލައިގެން ވާނެ ކަމެއް ނޫނެވެ. އިންސާނީ ހަޔާތުގެ ހަގީގަތަކީ އަބަދުވެސް ބަދަލުވަމުން ދައުރުވަމުން ދިއުންކަމަށްވުމާއެކު، ބަދަލުވާ ކޮންމެ ކަމަކުންކޯޓުގ އަމުރެ ބަދަލުކުރަންޖެހޭކަމަށް ބަލަންފަށައިފިނަމަ، ކުއްޖާގެ މުޅި ހަޔާތް ވޭތިކުރަނ ޖެހޭނީ ނިމުމެއް ނެތް ސަރިޔަތެއްގެ މަތީގައެވެ.
96ވަގުތީ ހަލޯނަތުގެއަމުރު ނެރުމުގައި ކޯޓުން ބަލަން ޖެހޭ މިންގަނޑުގެ މައްޗަށް ރިއާޔަތްކޮށް ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އެންމެ ރައްކުއު ތެރޭ ގޮތި ކޯޓުން ކުރިން ކުރް ވަގުތީ ހަލޯނަތުގެ އަމިރަގައ އެ ވަނީ ކަނޑައަޅއ ފައެވެ. އެއީ، ކުއްޖާގެ ހަލޯނަތާމެދު މައުލޫއީގޮތުންކޯޓުން ހުކުމްކުރަންދެން ކޯޓުން ކަނޑައެޅި ޝަރުތާ އެއްގޮތަށް މަންމައއެކ ކުއްޖާ ހުރުމެވެ.މ ހާލަތުގައި ވަގުތީ ހަލޯނަތުގެ އަމުރު ބަދަލުކުރުމަށް ހުށަހަޅާމުރާޖައާއެއާއަސާސީ ގޮތެއްގައި ބިނާވާން ޖެހޭނީ، މަންމައާ ކުއްޖާ ހަވާލުކުރާ ފަހުން ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އުނިކަން އަންނަފަދަ ކަމެއް ނުވަތަ ކޯޓުނ ކުޅަ ޝަރުތާ ހިލާފުންވުން ފަދަ ކަމެއް ހިނގައިފި ކަމުގެ މައްޗަށެވެ. އަދި މަންމަގެ ކިބައިން ކުއްޖާ ވަކިކޮށް ވަކި އާހެން މީހަކާ ކުއްޖާ ހަވާލުކުރުމުގައ ނުވަތި އެހެން ހާލަތަކަށް ކުއްޖާ ގެންދިއުމުގައި ކުއްޖާގ އެންމެ މަތީ މަސްލަހަތު ގުޅިފައިވާ ހާއްސަ މުހުތާދއް އޮތްކަމުގެ މައްޗަށެވެ.
97ވަގުތީ ހާލޯނަތ ކަނޑައެޅިއިރު ކޯޓުނު ރިއާޔަތްކުރި ކަމަކަށް އޭގެ ޒާތުން ބަދަލެއް އައުމަކީ ވަގުތީ ހަލޯނަތު އަލުން ބަލައި އަލުން ކަނޑައަޅަން ޖެހޭފަދަ އެކަށީގެންވާ ގާނޫނީ ސަބަބަކަށް ކޮންމްފަހަރަކު ވާކަށް ނުޖެހެއެވެ. އަދިހަމަ، ވަގުތީ ހަލޯނަތު ބޭނުންވާ ފަރާތެއްގެ ދިރިއުޅުމުގެ އާންމު ހާލަތަށް އަންނަ ހެޔޮ ކޮންމެ ބަދަލަކީ ވަގުތީ ހަލޯނަތުގ އަމުރެ ބަދަލުކުރަން ޖެހޭ ޖާއިޒު ސަބަބަކަށް ވެސް ކޮންމެހެން ވާކަށް ނުޖެހެއެވެ. ކޯޓުން ބަލަން ޖެހެނީ އަންނަ ބަދަލެއްގްސަބަބުން ކުއްޖާގެ އެންމެ މަތީ މަސްލަހަތަށުމައުނަވީ ގޮތުން އަސަރު ކުރަނިވި ޖައުހަރީ ބޮޑު ބަދަލެއް ކުރިމަތިވޭތޯއެވެ.
98މަމަގ ވިސާގެ ހާލަތު ބަދަލުވުމަކީ މާމަގެ ހާލަތަށް އައި ހެޔޮ ބަދަލކަ ށ ވެދާނެއެވެ.އެކަމަކު އެކަމަކީ ކުއްޖާގްއެންމެ މަތްމަސްލަހަތަށުމައުނަވީ ގޮތުނުއަސަރާކުރަނިވި ޖައުހަރީ ބޮޑު ބަދަލަކަށްވ ގޮތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބަޔާންކޮށްދެވޭ ތަނެއް ނުފެނެއެވެ. ވަގުތީ ހަލޯނަތ ކަނޑައެޅުމުގައި ކޯޓުން ކުރިން ރިއާޔަތްކުރި ކަމެއް ބަދަލުވުމުން، މަންމަގެ ކިބައިން ކުއްޖާ ވަކިކޮށް، ކުއްޖާ އެހެނ ވަކި ހާލަތަކަށް ބަދަލުކުރުމުގައި އޮތް، ކުއްޖާގެ އެންމެ މަތީ މަސްލަހަތާ ގުޅިފައވ ލޮރޫރަތަކީ ކޮބައިކަން ބަޔާންކޮށްދެވިފައިވާ ތަނެއް ނުފެނެއެވެ. ކޯޓުގެ އަމުރާ އެއްގޮތަށް ކުއްޖާ މަންމައާ ހަވާލުކޮށްފައި ނުވާ ހިނދު، ކޯޓުން ކަނޑައެޅި ގޮތް ތަންފީޒުކުރުމަށްފަހު ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އުނިކަމެއް އައިކަމުގެ މައްޗަށް ޝަކުވާއެއް ކުރިމަތިވާނެ ހާލަތެއް ވެސި މ މައްސަލާގައި އޮތީކީ ނޫނެވެ.
99ވަގުތީ ހަލޯނަތު ކަނޑައަޅުމުގ އެންމެ ބޮޑު މަގުސަދަކީ، މައުލޫއީ ހުކުމެއް ކުރެވެންދެން ކުއްޖާގެ އެންމެ މަތީ މަސްލަހަތު ރައްކައުތެރިކޮށ ހާލަތް ވަކި ގޮތެއްގައި ދެމެހެއްޓުމެވެ. ވަގުތަގޮތުން ކުއްޖާ މަންމައާ ހަވާލުކުރަން ކޯޓުން އަމުރުކުރުމާއެކު، ގާނޫނީ ގޮތުން ކުއްޖާގެ އަސްލު ހާލަތު ނުވަތަ 'ސްޓެޓަސް ކޯ' ބިނާވީނީ އެ އަމުރުގެ މައްޗަށެވެ. އެހެންކަމުން، 'ހާލަތު ބަދަލުވުން' މާނަކުރަނީ ޖެހޭން،އަމުރު ތަންފީޒުވެ، ކުއްޖާ މަންމައާ ހަވާލުކުރާ ހިސާބުން ފެށިގެން، ކުއްޖާގެ އެންމެ މަތީ މަސްލަހަތަށުމައުނަވީ ގޮތުނިއަސަރ ކުރަނިވްފަދަ ކަމެއް ހިންގިކަމުގެ މައްޗަށެވެ. އަމުރު ތަންފީޒު ވެސް ނުކުރަނީސް، ނުވަތަ މަންމައާ ކުއްޖާ ހަވާލު ވެސް ނުކުރަނީސ، މާމަގެ ވިސާ ކަންތައް ހައްލުވެއްޖެކަމުގެ މައްޗަށް ވަގުތީ ހަލޯނަތގެ އަމުރްމުރާޖައާ ކުރަން ހުށަހެޅުން ކޯޓުން ބަލައިގަނެގެނ ވާން ކަމަކަށްވެސުއަހުރެން ނުދެކެމެވެ. އަމުރު ތަންފީޒުނުކޮށް އަމުރު މުރާޖައާކުރަނ ހުށަހެޅުމަކީ އުސޫލެއްގެ ގޮތުން ގާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ހާލަތު ބަދަލުވިކަން ފެށޭހިސާބ ނުވަތު ބޭސްލައިން އެހައިރުން ވުޖޫދު ނުވާތީއެވެ.
100އަނެއްކޮޅުން، ވަގުތީ ހަލޯނަތުގ އަމުރެ މުރާޖައާ ކުރަން ހުށަހަޅާފައި ވަނީ ކޯޓުގެ އަމުރަށް ކިޔަމަންވެ ކުއްޖާ މަންމައާ ހަވާލުނުކޮށް ހުރެކަން އެނގެން އޮތްހިނދު، ކޯޓުގެ އަމުރަށް ގޮންޖެހުމަށްފަހ 'ނުސާފު އަތަކައިގެން' (Clean Hands Doctrine) އްދާލަތަށް ހާޒިރުވކަނ ވެސް އެއް ކޯޓުނި އިސްވެ ރިއާޔަތްކުރަން ޖެހޭނެ ކަމެކެވެ. އެހެނީ މި ފަދަ ކަންކަމަކީ ސަރިޔަތުގ ނިޒާމުގެ ބޭނުން ނަހަމައިން ހިފުމަށް ޖާގަ ހުޅުވޭނެ ކަންކަމަށް ވާތީއެވެ.
101ވީމާ، ފެމިލީ ކޯޓުގެ ނަންބަރު B4/2026/8 ވަގުތީ އަމުރު މުރާޖާކުރ ގޮތި ބާތިލުކަމަށް ކަނޑައަޅަން އަހުރެން ވެސް ތާއީދުކުރަމެވެ.
102ފުނޑިޔާރުޙުޒައިފ މުޙައްމަދާ އަދި ފަނޑިޔާރެޢަބްދުލްމާނިޢު ޙސައިނު ގ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 (ހ)، (ށ)، (ނ) ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-102 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 75 (ހ)، (ޅ)، (ކ)(8) އަދި 77 (ރ)، (ބ) ވަނަ މާއްދާތައް
- އުޞޫލު ނަންބަރު 2022/G-26 (މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލު) ގެ 71 އަދި 73 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 (ހ) އަދި (ށ)(1)
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުގެ ޙަވާލާ)
- ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 31 (ޅ)
- 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- 2025/SC-A/54 (ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި)
- 2019/HC-S-A/15 (ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު)
- 2021/HC-A/97 (ކްރިސްޓީނާ ކޮރެއްޓޯ ވ. އިބްރާހީމް ޞާލިޙް)
- 2023/HC-A/165 (ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. ގަސްވެލި އައިލެންޑްސް)
- 2015/HC-A/67 (ސަކީނާ ޙަސަން ވ. މުޙައްމަދު ޙަނީފް)
- 2014/HC-A/132 (މުޙައްމަދު އަސްލަމް ވ. ބިއޯން ޕްރައިވެޓް ލިމިޓެޑް)
- 2023/HC-A/112
- 2025/HC-A/124
- 2021/HC-A/162 (އިސްތިއުނާފުކުރި ފަރާތުގެ ޙަވާލާ)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޢަބްދުއްރައޫފު އިބްރާހީމް