ސައިޓޭޝަން ކޮޕީ ކުރުމަށް
[2026] SC 06
ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި، [2026] SC 06 (2025/SC-A/54)
Name withheld v. Name withheld [2026] SC 06 (2025/SC-A/54, Supreme Court of the Maldives, 8 March 2026)
ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން ވަގުތީ އަމުރު މުރާޖަޢާކުރުމުގައި ކުއްޖާ މަންމަ ކައިރީގައި ބެހެއްޓުމަށް ނިންމިއެވެ. ހައިކޯޓުން އެ ނިންމުން ދެމެހެއްޓިއެވެ.
ކުއްޖާގެ މައިންބަފައިންގެ ކައިވެނި ރޫޅުމަށްފަހު، ކުއްޖާގެ ޙަޟާނަތުގެ މައްސަލަ ފެމިލީ ކޯޓުގައި ހިނގަމުންދާއިރު، ވަގުތީ އަމުރަކުން ކުއްޖާ މަންމަ ކައިރީގައި ބެހެއްޓުމަށް ނިންމެވުނެވެ.
ބައްޕަ ބުނީ، ކުއްޖާއަށް ޕަނިޝްމަންޓް ލިބުމުގެ އިހްތިމާލު އޮތުމުން ހައިކޯޓުގެ ނިންމުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފުކަމަށާއި، ހެކި އަލުން ވަޒަންކުރުމަށެވެ. މަންމަ އެދުނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
މައިގަނޑު ސުވާލު
ކުއްޖާ މަންމަ ކައިރީގައި ބެހެއްޓުމުގެ ވަގުތީ އަމުރު ދެމެހެއްޓި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްތޯ، އަދި ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހެކި ސުޕްރީމް ކޯޓުން ވަޒަންކުރެވޭނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް؛ ހައިކޯޓުގެ ނިންމުން ދެމެހެއްޓުނު
ހުށަހެޅި ކަންކަމުން ކުއްޖާ މަންމާގެ ކިބައިން ވަކިކުރަންޖެހޭ ސަބަބެއް ނުފެނުނެވެ. ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހެކި ސުޕްރީމް ކޯޓުން ވަޒަންކުރުމަކީ އެ މައްސަލައިގައި އިންސާފު ގާއިމުކުރުމުގެ ދޮރު ބަންދުކުރުމެވެ. ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވުމާއި ބެހޭ ސަބަބެއް ނެތުމުން، އިސްތިއުނާފަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ބެލޭނެ އިސްތިއުނާފެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންމެ ކުއްޖަކާ ގުޅޭގޮތުން ގޮތެއް ނިންމަންޖެހެނީ ވަކިވަކިން އެ ކުއްޖާގެ މަސްލަހަތަށް އިސްކުރެވިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، އެ އުމުރުގެ ތުއްތު ކުއްޖެއްގެ މަސްލަހަތު އޮތުން އެންމެ ގާތީ ހުރިހާ ހާލަތެއްގައި އެ ކުއްޖާގެ މަންމަ ކައިރީގައި ހުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ މައުޟޫޢުގައި ހިމެނޭ ކަންކަމުގެ ތެރެއަށް ވަދެ، އެ މައްސަލައިގައި ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ހެކިތަކެއްގެ މައްޗަށް ބަސްބުނެ، އެ ހެކިތައް އިސްތިއުނާފީ މަރުޙަލާގައި ވަޒަންކުރުމުގެ ނަތީޖާއަކީ ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައަށް ހިޔަނިއެޅި އެ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް އޮތް ދޮރު ބަންދުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ސުޕްރީމް ކޯޓަށް ހުށަހަޅާ އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮތުން ލާޒިމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- 2018/SC-A/49 (ޖާބިރު ޢަބްދުއްރަޙްމާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ)
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް