ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/40
މުޙައްމަދު ޔަމާނީ ޖައުފަރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/40
Mohamed Yamaanee Jaufaru v. Prosecutor General 2025/HC-B12/40 (2025/HC-B12/40, High Court of the Maldives, 27 November 2025)
މުޙައްމަދު ޔަމާނީ ޖައުފަރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ދެމެދު ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުން ހެދުމުގެ ކުރިން ފުލުހުން ހޯދި ހެކި ޤާނޫނާ ޚިލާފު ހެކިކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ހައިކޯޓަށް އިސްތިއުނާފުކުރެވޭ ބާވަތުގެ ނިންމުމެއްތޯ، އަދި އެއީ 2022/SC-A/77 ޤަޟިއްޔާއާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ މައްސަލައެއްކަމަށް ކަނޑައަޅައި ނިންމި (ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ނުގެނެސް)
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅައި، ހެކީގެ ޞައްޙަކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، ތަފްޞީލީ ގޮތެއް ނުނިންމައި އެ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއްކަމުގައި ބަލައިގަނެ، އޭގެ ޞައްޙަކަމާމެދު ގޮތް ކަނޑައަޅަންވާނީ މައުޟޫޢީ ޝަރީޢަތުގެ ތެރޭގައެވެ؛ ޝަރީޢަތުގެ ކުރިން ހެއްކެއް ބަލައިގަތުމަކީ ތަޢުނުކުރުމުގެ ފުރުޞަތު ނެތް މުޠުލަޤު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–24، <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/ismail_ifhaam_mohamed_v_prosecutor_general_s_office_2022_SC_A_75/"><bdi class="salj-latin" dir="ltr">2022/SC-A/75</bdi></a> ގެ 36 އަދި 40 ވަނަ ޕެރެގްރާފް)
- ހެކި ބަލައިގަތުމަށް ޝަރީޢަތުގެ ކުރިން ނިންމާ ނިންމުމާމެދު މައުޟޫޢީ ޝަރީޢަތުގެ ތެރެއިން ތަޢުނުކުރުމުގެ ފުރުޞަތު ލިބޭތީ، އެފަދަ ނިންމުމަކާ ގުޅޭ އިސްތިއުނާފީ ނުކުތާތަކަކީ ހައިކޯޓުގެ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–28، ފަނޑިޔާރު ޙުސައިން މަޒީދު)
- 2022/SC-A/77 ޤަޟިއްޔާގައި ތަޙްޤީޤު ބާޠިލުވީ ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރި ޢަމަލުތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އެއްވެސް ދައުރެއް ނެތި ފުލުހުން އެކަނި ތަޙްޤީޤުކުރުމުންނެވެ (nemo judex in causa sua)؛ ކޮމިޝަނުން މައްސަލަ ތަޙްޤީޤުކުރަން ނިންމައި، ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ނަގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަން ނިންމީ ކޮމިޝަނުން ކަމަށްވާނަމަ، ފުލުހުން ހޯދި ލިޔެކިޔުންތައް ކޮމިޝަނުން ބޭނުންކުރުމަކީ އެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31–35، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ)
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނީ ބާރު ލިބިގެންވާ އެހެން އިދާރާއެއްގައި ހުރި މަޢުލޫމާތު ކޮމިޝަނުގެ ތަޙްޤީޤަށް ބޭނުންކުރެވިދާނެއެވެ؛ މި މާއްދާގެ މާނައިގެ ތެރޭގައި ހެކިންގެ ބަޔާން ހިމެނޭތޯ ފަދަ ސުވާލުތަކާމެދު ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހައިކޯޓުން ގޮތެއް ކަނޑައެޅިއްޖެނަމަ 2022/SC-A/75 އަދި 2022/SC-A/85 ގައި ކަނޑައެޅުނު އުޞޫލު ތަޠުބީޤުކުރުމުގެ ފުރުޞަތު ގެއްލިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 37)
- ހެއްކެއް ޝަރީޢަތަށް ބަލައިގަތުމުގެ އާންމު އުޞޫލަކީ ވަކި ކަމެއް ސާބިތުކުރުމަށް ހަރުދަނާ ނުވަތަ މައްސަލައާ ސީދާ ގުޅުންހުރި ހެއްކެއް ބަލައިގަތުމެވެ؛ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާ ގޮތަކަށް ދަށުކޯޓަށްވެސް އިސްތިއުނާފީ ކޯޓަށްވެސް ގޮތެއް ނުނިންމޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40–41، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ)
1މިއީ ކްރިމނަލި ކޯޓުގް ނަންބަރ 145-B3/SHN/(686,687,688-2023)/2025/4 ނިންމުން އިސްތިއުނާފުކުރުމަށް މާލެ، […] މުޙައްމަދު ޔަމާނީ ޖައުފަރުގެ ފަރާތުން ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަށެވެ.
2މ މައްސަލައަކީ ޖިންސީ ގޯނާގޭކ ށެއްގެ ދައުވާ ހިމެނާމައްސަލައަކ ގުޅިގެނާ ނިންމާފައިވާ ނިންމުމެއްގެ އިސްތިއުނާފު ކަމަށްވާތީ، މައްސަލައިގައި އަނިޔާލިބުނު ފަރާތްތައް ދަނެގަނެވިދާނެ ފަދަ އެންމެހާ މައުލޫމާތު މި މައްސަލަ ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.
3ދިވެހި ފުލުހުންގެ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިސްފަރާތެއްގ ގޮތުގައެ ސަބްއިންސްޕެކްޓަރުއޮފ ޕޮލިސް މުޙައްމަދު ޔަމާނީ ޖައުފަރު)ސ.ނ 1784( ހުރެ، މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ އަންހްންފުލުހުންތަކަކަށައެކި ދުވަސްތަކުގެމަތިނ ޖިންސީގޯނ އާއާ ޖިންސީ ފުރައްސާރެކުރަކަމުގާމައްސަލައކި ގުޅިގެންދިވެހި ފުލުހުންގެ ޚީދުމަތުން އ މައްސަލެ ތަހުޤި ޤުކުރަން ފްށްއެވެ. އެގޮތުނެދިވެހި ފުލުހުންގެ ޚިދުމަތުން އަނިޔާލިބުނުކަމަށ ބުން ފަރާތްތަކުގެ ބަޔާނުގެ އިތުރުން ހެކި ހޯދާފައިވެއެވެ.
4ންމަވެސްދިވެހި ފުލުހުންގެ ޚިދުމަތުނެއެ މައްސަލައިގައި ދައުވާ ކުރުމަށްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ މައްސަލައަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުޤީޤުކުރަންޖެހޭ މައްސަލައެއް ކަމަށް ލަފާދީފައިވާތީ، މައްސަލަ ތަހުޤީޤުކުރުމަށް އެ ކޮމިޝަނަށް ފޮނުވުމަށްޓަކައި މައްސަލައިގެ އެންމެހާ ލިޔެކިޔުންތަކުގެ އަސްލު ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑަށް ފޮނުވައި، މައްސަލަ ފައިލު ކުރެވިފައިވާކަން 29 ޖަނަވަރީ 2023 ދުވަހު މުޙައްމަދު ޔަމާނީ ޖައުފަރަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައިވެއެވެ.
5އެއަށްފަހު އެ މައްސަލަ ތަހުޤީޤުކުރުމާ ގުޅޭގޮތުން 17 އެޕްރީލް 2023 ދެވަހުދިވެހި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝްނ ދެމެދާ ޖޮއިންޓް އިންވެސްޓިގޭޝނ އެއްބަސްވުމެއް ވެފައިވެއެވެ.
6މި އެއްބަސްވުމުގެ 3 ވާނަ މާއްދާގަ )ހ( ގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި،ތަހުޤީޤުގެ އެންމެހާ މަރުހަލާތަކުގައި އެ ކޮމިޝަނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މައްސަލައާ ގުޅިގެން ހޯދާ އެންމެހައި މައުލޫމާތުތަކާއި، ލިޔެކިޔުންތަކާއި އަދި ރިޕޯޓްތައް އ ކޮމިޝަނަށް ހަވާލުކުރުން ހިމެނެއެވެ.
7މީގެ އިތުރުން އެއްބަސްވުމުގެ 3 ވަނަ މާއްދާގެ )ށ( ގެދަށުން ލީޑިންގ އިންވެސްޓިގޭޓަރުގ ދައުރު އަދާކުރަންޖެހެނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށެވެ.އަދ މައްސަލައި ގުޅިގެނާ ތަހުޤީޤުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމީއި، ތަހުޤީޤަށްފަހު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރަންޖެހިއްޖެނަމަ، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ޒިންމާވެސް އޮތ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށެވެ.
8އެގޮތުން އެ އއްބަސްވުމަށްފަހ މައްސަލު ތަހުޤީޤުކޮށެ، ގޮތް ނިންމއ، މުޙައްމަދް ޔަމާނީ ޖައުފަރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ ކޮމިޝަނުނނވެ. . މި މައްސަލައިގައި ހިމެނޭ ދިވެހި ފުލުހުންގެ ޚިދުމަތުގެ "މައްސަލަ ނިމުނުގޮތުގެ ލިޔުން"
9އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މުޙައްމަދު ޔަމާނީ ޖައުފަރުގެ މައްޗަށް 3 ދައުވާއެއް ކުރެވުނެވެ.
10އެ ދައުވާތަކާގުޅގެނި މުޙައްމަދު ޔަމާނީ ޖައުފަރުގެ ފަރާތުން ދަށުކޯޓުގައިޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.
11އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި މައްސަލައިގެ ދައުވާ ބިނާކޮށްފައިވާ ތަހުޤީޤަކ ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 159 ވަނަ މާއްދާ އާއި، 160 ވަން މާއްދާގަ ދަށުން ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއެކު ވެފައިވާ ޖޮއިންޓް އިންވެސްޓިގޭޝަނުގެ ބޭރުން، އެ ތަހުޤީޤުކުރުމުގެ އިޚްތިޞާޞް ނެތި ފުލުހުން ހިންގާފައިވާ ތަހުޤީޤެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދައުވާ ބާޠިލުކުރުމަށާއި، ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގެ ކުރިން ހޯދާފައިވާ ހެކި/ ބަޔާންތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
12ދަށުކޯޓުން ނަންމާފައިވަނި މުޙައްމަދު ޔަމާނީ ޖައުފަރުގެ ފަރާތުން ހުށަހެޅި ހުށަހެޅުނު ބަލައިނުގަތުމަށެވެ. އެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ. . ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ހުށަހެޅި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
12.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އަށާއި، ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ 159 ވަނަ މާއްދާ އާއި 160 ވަނަ މާއްދާއަށް ބެލުމުންވެސް، ޖޮއިންޓް އިންވެސްޓިގޭޝަނުގެ ކުރިން މައްސަލައަކާ ގުޅިގެން ހަދާ ހެއްކެއް ފަހުން ބޭނުންނުކުރެވޭނެކަމަށ ބަޔާންކޮށްފައިނުވުމާއި ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަންޖެހޭ ވަކި ވަގުތެއް އެ ޤާނޫނީ މާއްދާތަކުގައި ނެތުން.
12.2. ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ 160 ވަން މާއްދާގެ )ބ( ގައި ޖޮއިންޓް އިންވެސްޓިގޭޝަން ހިންގުމުގެ ނަތީޖާއަކީ ފުލުހުންނާ ބައިވެރިވި އިދާރާތަކަށް އިޚްތިޞާޞް ލިބިދިނުމާއެކު، ޤާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުޤީޤަށް ލިބިދިން ންކަން އެނގެނެ އޮތް އިރު، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ސަބަބުން ފުލުހުންނަށް ކުރިން ހޯދިފައިވާ ހެކި އެއްފަރާތްކުރަންޖެހޭކަން މި މާއްދާއިން ދަލާލާތުކުރާކަމަށް ނުބެލެވމާއި،ހަމައެހެންމެ ހެކި ހޯދަންޖެހެނީ ޖޮއިންޓް އިންވެސްޓިގޭޝަން އެކުލަވާލެވިގެންކަންވެސ ދޭހަނުވުން.
12.3. ޤާނޫނު ނަންބަރު 2015/27 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަން މާއްދާގަ )ށ( ގައި އެ ކޮމިޝަނުގެ ތަހުޤީޤަށް ބޭނުންވާ މައުލޫމާތެއް ޤާނޫނީ ބާރު އޮތް ތަހުޤީޤީ މުއައްސަސާއެއްގައި ހުރިކަމަށް ޤަބޫލުކުރެވޭނަމަ އެފަރާތަކަށް ލިބިފައިވާ މައުލޫމާތު ހޯދުމަށް އެދުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވުން.
12.4. ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވި ކަންކަމަށް ބަލާއިރު، މައްސަލައާ ގުޅިގެން ހޯދާ އެންމެހައި މައުލޫމާތުތަކާއި، ލިޔެކިޔުންތަކާއި އަދި ރިޕޯޓްތައް އެ ކޮމިޝަނަށް ހަވާލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވެފައިވާކަން އެނގެން އޮތުން.
12.5. ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމަށްފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި އިދާރާތައް މެދުވެރިކޮށް މައުލޫމާތު ހޯދާފައިވުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނެއްވެސް ނަގާފައިވާއިރު، ތަހުޤީޤުގައި ފުރިހަމަކުރަންޖެހޭ ކަންކަން އެ ކޮމިޝަނުން ފުރިހަމަކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތުން، މިއެވެ.
13މ މައްސަލައިގައި ހުށަހަޅާފައިވަނީ އަންނަނިވި 02 )ދޭއް( އިސްތިއުނާފީ ނުކުތއެވެ. • ފުރަތަމަ ނުކުތާ އަކީ:ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމް ޚިލާފަށާ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް )2022/SC-A/77( މައްސަލައިގައި ކަނޑައަޅާފައިވާ ތަހުޤީޤުކުރުމުގައި ދުރުހެލިވާންޖެހޭ އުސޫލުތަކާ ދުރުހެލިނުވެ ހިންގާފައިވާ ތަހުޤީޤެއްކަން އެނގޭއިރު، އެކަމަށް ރިޢާޔަތްނުކޮށް ކްރިމިނަލް ކޯޓުން ހުށަހެޅުމާމެދު ގޮތް ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ނޭޝަނަލް އިންޓްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަން މާއްދާގަ )ށ( އާ ޚލާފަށި ކްރިމިނަލް ކޯޓުން އާ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
14އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރެފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޖޮއިންޓ އިންވެސްޓިގޭޝަނެއް ހިންގުމަށް އެއްބަސްވުމަށްފަހު މި މައްސަލައިގެ ތަހުޤީޤުގައި، އެ އައްބަސްވުމުގ ކުރނި ފުލުހުން ނަގާފީއިވާ ތަހުޤީޤު ބަޔާންތަކާއި ހެކި ބޭނުންކޮށްފައިވަނީ އަދި ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނ އުސޫލުތަކ ޚިލާފަށާ ކަމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުގެ އިތުރުން މައްސަލައިގައި އަނިޔާލިބުނު ކަމަށް ބުން ފަރާތްތަކަކީ އެއިރު ފުލުހުން ކަމަށްވާއިރު، ފުލުހުންގެ ހެކި އެ ހުރިގޮތަށީމި މައްސަލައިގައި ބޭނުންކުރުމަކ މަސްލަހަތު ފުށުއެރުމެއް އޮތް ކަމެއް ކަމަށާއެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމުހައިމިން ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ )ށ( އާ ޚިލާފު ކަމެއް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހޯދި ވކަ ހެއްކެއް ނުވަތަ އެ ކޮމިޝަނުގެ ވަކި ތަހުޤީޤެއް ނެތް ކަމަށެވެ.ދަށުކޯޓނު މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ދަށުކޯޓުގެ ނިންމުން ބާޠިލްކޮށްދނުމަށެވެ.
16ޖަވާބުގައި ދައުލަތުން ފާހަގަކުރި ފުރަތަމަ ކަމަކީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤަޟިއްޔއަށާ ރިޢާޔަތްކޮށް ބަލާއިރެއސްތިއުނާފުކުރެވޭނ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. ހަމައެހެންމެ އިސްތިއުނާފީ 2 ނުކުތާއަކީވެސް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫންކަމަށެވެ. މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން އިޖުރާއީ ނުކުތާ އެމޭރުމުން ހުށަހަޅާ ކަމަށެވެ.
17އެގޮތުން ފުލުހުންގެ ފަރާތުން ހޯދި ހެކިތައް ހިއްސާކުރުމަކީ ޖޮއިންޓް އިނވެސްޓިގޭޝަންގެ އެއްބަސްވުމުގް 3 ވަނަ މާއްދާގައިވެސް އޮތް ކަމެއް ކަމަށާއި، އެ ހެކިތައް މައްސަލައިގެ ތަހުޤީޤުގައި ބޭނުންކުރުމަކީ އެއްވެސ ޤާނޫނީ ހަމައަކާ ޚިލާފު ކަމެއް ކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެނުދެވޭ ކަމަށެވެ. އަދި ދަށުކޯޓުގެ ނިންމުން އެއްވެސް ޤާނޫނީ އުސޫލަކާ ޚިލާފުވާގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވާކަމަށެވެ.
18ދައުލަތުން އެދިފައިވަނީމި މައްސަލައަކީ އިސްތިއުނާފި އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށ ކަނޑައަޅައިދީ މައްސަލަ ނިންމައިދނުމަށެވެ.
19ދައުލަތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤަޟިއްޔާއަށް ރިޢާޔަތްކޮށްބަލާއިރު، ހެކީގެ ސައްހަކަމާމެދ ސުވާލު އުފައްދާއަޝަރީޢަތުގެ ކުރިން ހުށަހަޅްއެފަދްހުށަހެޅުމަކ ގުޅިގެނާ ހެކް ބަލައިގަތުމަށް ނިންމާ ނިންމުމަށް މައުޟޫޢީ މައްސަލައިގެ ތެރެއިން ތައުނުކުރުމުގެ ފުރުސަތު އޮތްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުނީމިއީ އިސްތިއުނާފުކުރެވިދާނެ ބާވަތް މައްސަލައެއު ކަމަށް ނުދެކތޭ އެގޮތުގެ މަތިން އިޖުރާއީ ނުކުތާ ހުށަހަޅާ ކަމަށެވެ.
20ޖާވާބުގައ އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ޤާނޫނީ ގޯސް ހުރުމުން ކަމަށާއި، ދައުލަތުން ފާހަގަކުރާ އެ ޤަޟިއްޔުޖަވާބުފޯމުގައި ނެތުމުން، އެ ޤަޟިއްޔއާމެދާ ވަކި ޖަވާބެއް ދެވެން ނެތް ކަމަށެވެ.މ މައްސަލައިގައި 02 )ދޭއް( އަޑުއެހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވިފައިވާއިރު، ފުރަތަމަ އަޑުއެހުމުގައިވެސް ދައުލަތުގެ ފަރާތުންއިސްމާޢީލ އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤަޟިއްޔާއަށް ރިޢާޔަތްކޮށް އިޖުރާއީގޮތުން މި ނުކުތާ ފާހަގަކޮށް ޝަރީޢަތުގައި ވާހަކަދައްކާފައިވެއެވެ. އަދި ދެވަނަ އަޑުއެހުމެއް ބޭއްވުނީވެސް މި ޤަޟީއްޔާގައު ވާ އުސޫލަށާއި، ޖަވާބު ފޯމުގައި ހުރުވާހަކަތަކަށް ރައްދާދިނުމުގެ ފުރުޞަތު އިސްތިއުނާފކުރު ފަރާތަށް ދިނުމަށެވެ. އަދި އެފަދައިން އެ ފުރުޞަތު ދެވިފައިވެއެވެ.
21ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤީޟިއްޔީއަކާޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅޭ އިސްތިއުނާފ ޤަޟިއްޔާއެކެވެ. ޖިނާއީ މައްސަލައެއްގައި، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމަށް ބުނެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެ ހެއްކަކާމެދު ޢަމަލުކުރާނެގޮތް އެ ޤަޟިއްޔާގއްކަނޑައަޅުއްވާފައިވެއެވެ. އެގޮތުނެ އަންނަނިވި ފަދައިން އެ ޤަޟިއްޔާގެ 40 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވެއެވެ. " ހެއްކެއް އެއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ބުނެ، ޝަރީޢަތުގެ ކުރީ މަރުހަލާގައި ހުށަހަޅައިފިނަމަ، އަދި އަމުދުން މިކަމާމެދު މައްސަލައިގެ ދެފަރާތު ދެމެދު ޚިލާފުވުންތަކެއް އުޅޭނަމަ، އެ ހެއްކަކާ މެދު އިތުރު ގޮތްތަކެއް ކަނޑައެޅުމެއް ނެތި، އެ ހެއްކަކެއެއީ ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއް ކަމުގައި ވާންޖެހެއެވެ. އަދި އެފަދަ ހެއްކެއްގެ ސައްޙަކަމާމެދު މައުލޫއީ މައްސަލައިގެ ތެރޭގައި ގޮތް ކަނޑައަޅަންވާނެއެވ".
22މީގެ އިތުރުން 36 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވަނީ ޝަރީޢަތުގެ ކުރީގެ މަރުހަލާގައި "... ހެއްކެއް އެއް ބަލައިގަނެވިދާނެ ހެއްކެއްކަމަށް ފަނޑިޔާރަކު ކަނޑައެޅުމުގެ ނަތީޖާއަކީ، ޝަރީޢަތް ފެށިގެން ކުރިއަށްދާއިރު، އެ ހެއްކެއް އެއީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމަށް ނިންމުމެވެ. އެ ހެއްކެއްގެ ސައްޙަކަމާމެދު މުތުލަޤަށ ނިންމް ނިންމުމެއް ނޫނެވެ. ނުވަތަ އެ ހެއްކެއް އެއީ ތައުނުކުރެވުމުގެ ފުރުސަތެއްނެތި އޮތްގޮތަށް ބަލައިގަންނަޖެހޭ ހެއްކެއްކަމުގައިވެސ ކަނޑައެޅިގެން ދިޔުމެއްނޫނެވ." މިފަދައިންނެވެ.
23އެހެންކަމުން ޤާނޫން ޚިލާފަށާ ހެކް ހޯދާފައިވާކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ކަން ކުރަން އޮތ ގޮތަކީ އެ ހެއްކަކާމެދ އިތުރު ގޮތްތަކެއް ކަނޑައެޅުމެއް ނެތައެ ހެއްކަކީ އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭ ހެއްކެއް ކމުގައަ ބަލައިގަތުން ކަން އެނގެއެވެ. މިއީ ތައުނުކުރުމުގެ ފުރުސަތު ނެތް މުޠުލަޤު ނިންމުމެއް ނޫން ކަމާއި،މައުޟޫޢީ މައްސަލައިގެ ތެރޭގައި އެފަދަ ހެއްކެއްގެ ސައްހަ ކަމާމެދު ގޮތް ކަނޑައަޅަންވާނެ ކަން އެނގެއެވެ.
24މ މައްސަލައިގައި މިއޮތީ، ޤާނޫނީ ހަމަތަކާ ޚިލާފަށް ހޯދި ހެކިތަކަކަށް ބިނާކޮށް ތަހުޤީޤު ހިންގާފައިވާކަމްށ ބުން ހެކި އެއްފަރާތްކޮށްދިނުމަށ އެދް ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމެކެވެ. އެ ހެކި ބަލައިގަތުމަށުދަށ ކޯޓުނު ވަން ކަނޑައަޅާފައެވެ.ޝަރީޢަތުގެ ކުރީގެ މަރުހަލާގައި ދަށުކޯޓުގެ ފަނޑިޔާރު ނިންމި އެ ނިންމުމަކީ މައުޟޫޢީގޮތުން މައްސަލަ ކުރިއަށް ދާއިރު އެއަށް ތައުނުކުރުމުގެ ފުރުސަތު އޮތ ނިންމުމެކެވެ.
25ޕްރިސިޑެންސް 2އެގޮތުން މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވމު ޚިލާފަށާ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް )2022/SC-A/77( މައްސަލައިގައި ކަނޑައަޅާފައިވާ ތަހުޤީޤުކުރުމުގައި ދުރުހެލިވާންޖެހޭ އުސޫލުތަކާ ދުރުހެލިނުވެ ހިންގާފައިވާ ތަހުޤީޤެއްކަން އެނގޭއިރު، އެކަމަށް ރިޢާޔަތްނުކޮށް ކްރިމިނަލް ކޯޓުން ހުށަހެޅުމާމެދު ގޮތް ނިންމާފައިވު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
25.1. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ 2 ކަމެކެވެ. ފުރަތަމަ ކަމަކީ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމާ ޚިލާފަށް ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގާފައިވާއިރު އެކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމެވެ.ދެން އޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް )2022/SC-A/77 ( މައްސަލައިގައި ކަނޑައަޅާފައިވާ ތަހުޤީޤުކުރުމުގައި ދުރުހެލިވާންޖެހޭ އުސޫލުތަކާ ދުރުހެލިނުވެ ހިންގާފައިވާ ތަހުޤީޤެއްކަން އެނގޭއިރު، އެކަމށްވެސ ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމެވެ. އެގޮތުން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި، އަނިޔާލިބުނު ކަމަށް ބުނާ ފަރާތްތަކަކީ ފުލުހުން ކަމަށްވާއިރު ފުލުހުން މި މައްސަލަ ތަހުޤީޤުކޮށް ހެކި ހޯދުމަކީ މަސްލަހަތު ފުށުއެރުން އޮތް ކަމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
25.2. މިނުކުތާގައ އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރާ ކަންކަމަކީވެސް ހަގީގަތުގައި މައްސަލައިގެ ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބާރުދިނުމުގ ގޮތުނެ ފާހަގަކުރާ ކަންކަން ކަމުގައިވާތީ، މިކަންކަމަކީވެސް ދަށުކޯޓުގައި މައުޟޫޢީ މައްސަލައިގެ ތެރެއިން އެ މައްޗަށް ތއުނ ކުރުމުގު ފުރުސަތު އޮތް ކަންކަމެވެ.
26ދެވަނަ އިސްތިއުނާފަ ނުކުތާވެސް ގުޅެނީ ތަހުޤީޤުގައ ހެކި ހޯދާފައިވާ ގޮތުގެ މައްޗަށެވެ. އެކަންކަމަކީވެސް ދަށުކޯޓުގައި އެ މައްޗަށް ތައުނުކުރުމުގެ ފުރުސަތު އޮތް ކަންކަމެވެ.
27އެހެންކަމުން މި މައްސަލައިގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ދަށުކޯޓުން ނިންމި ނިންމުމަކީ ޙަޤީޤަތުގައި އިސްތިއުނާފުކުރެވޭނ ބާވަތުގެނިންމުމެއް ނުންކަނޫއިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު ސާފެވެ.އެއީ އެކަންކަން ތައުނުކުރުމުގެ ފުރުޞަތު މައްސަލައިގެ މައުޟޫޢުގެ ތެރެއިންދަށުކޯޓުގައ ލިބިގެންދާނެތީއެވެ. އެހެންކަމުނ މިއީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމުގައި ނުދެކެމެވެ.އަދ މި މައްސަލގައ ހުށަހެޅުނު އިސްތިއުނާފު ނުކުތާތަކާހެއްކާމެދ ދަށު ކޯޓުނު ނިންމް ނިންމުމާމެދު ސުވާލު އުފައްދާ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކެއް ކަމަށް ވާތީ، އްނުކުތާތަކަށް މި އިސްތިއުނާފުގައި ރިޢާޔަތްކުރެވިދާނެ ޤާނޫނީ ޖާގައެއވެސ ނެތެވެ.
28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މިއީއިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
29މިމައްސަލައިގައި ހުށަހެޅިފައިވާކްރިމިނަލް ކޯޓުގެ"ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށުހެޅުންތައ ހުށަހަޅް ފޯމު" އަށް ބެލުމުން މައިގަނޑު 2 ބެހުޘެއ ހުށަހަޅާފައިވް ކަމުގައި ފާހަގަކުރެވެއެވެ. އެއީ ތަޙު ޤީޤުކުރުމުގ އިޚްތިޞާޞް ނެތި ފުލުހުން ހިންގާފައިވާ ތަޙުޤީޤެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދައުވާ ބާޠިލުކުރުމަށާއި، ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގެ ކުރިން ހޯދާފައިވާ ހެކި/ ބަޔާންތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ކަނޑައަޅައިދިނުމަށ އެދުނު އެދުމެކެވެ.
30އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، އުފައްދާފައިވާ ބަހުޘަކީ، މިމައްސަލަ ތަޙްޤީޤުކުރުމުގައި ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމާ ޚިލާފަށް ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް މައްސަލައިގައި ކަނޑައަޅާފައިވާ ތަޙުޤީޤުކުރުމުގައި ދުރުހެލިވާންޖެހޭ އުޞޫލުތަކާ ދުރުހެލިނުވެ ހިންގާފައިވާ ތަޙުޤީޤެއްކަން އެނގޭއިރު، އެކަމަށް ރިޢާޔަތްނުކޮށް ކްރިމިނަލް ކޯޓުން ހުށަހެޅުމާމެދު ގޮތް ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ބަހުޘެވެ.
31ޕްރިސިޑެންސް 3މިގޮތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރެވޭ ޖިނާއީ ކުށް ބިނާވަނެ،އެފަރާތްތަކުން ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރި ޢަމަލުތަކެއްގެ މައްޗަށް ކަމަށްވެފައި، ފުލުހުންގެ ފަރާތުން ކުރާ އެފަދަ ޢަމަލުތައް ފުލުހުންގެ ފަރާތުން އެކަން ތަޙުޤީޤު ކުރުމުގައި މަސްލަޙަތު ފުށުއެރުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، އެފަދަ ކަންކެނ ބެލުމަށް ފާރަވެރި އިދާރާއެއް ޤާއިމުވެ އޮވެމެ، އެ އިދާރާގެ ބަހެއް ނެތި އެފަދަ ތަޙުޤީޤެއް ހިންގުމަކީ އެންމެ އެދެވޭ ގޮތެއް ނޫންކަމަށެވެ. އެއީ، ފުލުހުން އެކަނި ކުރާ އެފަދަ ތަޙުޤީޤެއްގައި ވަކިފަރާތަކަށް ބުރަވުމުގ ނުވަތަ ބަލަންޖެހި ނުބަލާ ކަންތައްތަކެއް ހުރުމުގެ އިޙްތިމާލު އޮތުމުންކަމަށާއި އަދ،މުއައްސަސާއެއްވިޔަސް، އަމިއްލަ މަސްލަޙަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ގޮތް ނުނިންމުމަކީ )nemo judex in causa sua،( ހުރިހާ ޤާނޫނީ ނިޒާމެއް ބަލައިގެންފައިވާ ގޮތުންވެސެތަބް ޢީ ޢަދާލަތުގެ )natural justice( އަސާސީ އުޞޫލެއްކަމަށެވެ.
32މިމައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިޚްތިޞާޞެއްއ އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިޚްތިޞާޞް ހިނގާ މައްސަލައެއްކަމާމެދު ބަހުޘެއް ނެތެވެ. އަދި މިމައްސަލައިގައި މިދެފަރާތުގެ ދެމެދުގައި ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމެއް ހެދިފައިވާކަމާއި މެދު ވެސް ބަހުޘެއް ނެތެވެ. މިމައްސަލައިގއަ އުފެދިފައވާ ސުވާލަކީ، މިއެއްބަސްވުން އެކުލަވާލުމަށް ފަހު،ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަރާތުން އެއްވެސް ހެއްކެއްގެ ބަޔާނެއް ނަގާފައިނުވާތަ،މިމައްސަލައަކީ އެކޮމިޝަނުން ތަޙްޤީޤުކޮށްފައިނުވާ މައްސަލައެއް ކަމށާއ، މިހެންވުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި އެއްކިބާވުމަށް ބާރުއެޅި މަސްލަޙަތު ފުށުއެރުންތަކުން އެއްކިބާނުވެ ތަޙްޤީޤު ހިންގިފައިވ ކަމަށާ ބުން އުފައްދާފައިވާ ބަހުޘެކެވެ.
33ސޕްރީމު ކޯޓުގް އިސްވެ ޙަވާލާދެވުނު ޤަޟިއްޔާއަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ނުކުތާގައި ފާހަގަކުރާ މައިގަނޑު އުޞޫލަކީ، ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި،ފުލުހުންގެ ފަރާތުން އެކަނި ތަޙްޤީޤުކޮށް ފުލުހުންގެ އެފަދަ ޢަމަލުތައް ބަލާ ފަރާތުގެ ބަހެއް ނެތި މައްސަލައެއް ނިންމާނަމީ،ވަކި ފަރާތަކަށް ބުރަވުމުގެ އިޙްތިމާލެއް އޮވެދާނެތ، މިބާވަތުގެ މައްސަލައެއްގައި އެފަދަ ފަރާތެއްގެ ބަސް ހޯދުން / ބައިވެރިވުން އޮތުން ތަބީޢީ ޢަދާލަތުގެ އުޞޫލުތައް ލާޒިމުކުރާ ކަމަށް ފާހަގަކުރާކުރުމެވެ.
34ޕްރިސިޑެންސް 4އެމައްސަލައިގައ މުޅި ތަޙްޤީޤު އެއްކޮށް ބާޠިލުވެފައިވަނ އިންޓެގްރިޓީ ކޮމިޝަނުގެ އެއްވެސް ދައުރެއް ނެތި މައްސަލަ ތަޙްޤީޤުކޮށްފައިވާތީއެވެ. އެއާ ޚިލާފަށް،މިމައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ދައުރެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ވެސް އެއްބަސްވެއެވެ. މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި މިއެއްބަސްވުން ވުމުގެ ކުރިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މައސަލް ތަޙްޤީޤުކުރަން ނިންމާފައިވާކަން އެނގެއެވެ. އަދި އެކޮމިޝަނުގެ ތަޙްޤީޤަށް އިސްތިއުނާފުކުރާ ފަރާތުގެ ބަޔާން ނަގާފައިވެއެވެ. މައްސަލައިގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށް ނިންމާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންކަން އެނގެއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ )ށ( ގައި އެކޮމިޝަނުން ހިންގާ ތަޙްޤީޤުގެ ބޭނުމަށް ޤާނޫނީ ބާރު ލިބިގެންވާ އެހެން އިދާރާއެއްގައި ހުރި މަޢުލޫމާތު ބޭނުންކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، މިމައްސަލައިގައި ހިމެނޭ ޖޮއިންޓް އެއްބަސްވުމުގައުދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައްސަލައާ ގުޅިގެން ހޯދާ އެންމެހައި ލިޔެކިޔުންތަކާއި ރިޕޯޓުތައް ޙަވާލުކުރުން ހިމެނޭ އިރު، މިލިޔެކިޔުންތައް ހޯދާފައިވާ ކްރިމިނަލް ކޯޓުގެ ނިންމުމުގެ 15.2 އަދި 15.3 ކްރިމިނަލް ކޯޓުގެ ނިންމުމުގެ 15.10 ކްރިމިނަލް ކޯޓުގެ ނިންމުމުގެ 15.9 ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއާއި ދެމެދު ހެދިފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުން، 17 އޭޕްރީލް 2023 ކަން އެނގެއެވެ. މީގެ ތެރޭގައި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި ސީސީޓީވީ ފުޓޭޖް ހިމެނޭ ސީޑީއާއެ،މޮބައިލް ފޮރެންސިކް ރިޕޯޓް ފަދަ ލިޔެކިޔުންތައް ހިމެނޭކަން ފާހަގަކުރެވެއެވެ. ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގ 3 ވަނަ މާއްދާގެ )ހ( ގެ 2 ވަނަ ނަންބަރުގައި މައްސަލައާއި ގުޅިގެން ހޯދަންޖެހޭ އިންޓެލިޖެންސް، ފޮރެންސިކް އެނަލިސިސް ފަދަ މަޢުލޫމާތު ހޯދައިދިނުން ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވާ ކަންތައްތަކުގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.
35އިސްތިއުނާފުކުރ ފަރާތުގާ މައިގަނޑު ބަހުޘަކީ،ދެފަރާތުގެ ދެމެދުގައި އޮތް ތަޙްޤީޤު އެއްބަސްވުމުގައި ލީޑިންގ އިންވެސްޓިގޭޓަރެއްގެ ދައުރު އަދާކުރުމާއި،މައްސަލައިގައި ސުވާލުކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި،ބަޔާން ނެގުމަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަރާތުން އަދާކުރަންޖެހޭ ދައުރެއް ކަމަށާއި، އެއްބަސްވުމުގެ ތަރަހައިގެ ބޭރުން ފުލުހުންގެ އިދާރާއިން ޙާޟިރުކޮށް ނަގާފައިވާ ހެކިބަޔާންތަކަށ ތަޙްޤީޤް ބިނާކުރުމުން އުފައްދާ ބަހުޘެކެވެ. މިއީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެފަރާތުގެ ދައުރު އަދާކޮށްފައިވާ ގޮތާ މެދު އުފައްދާފައިވާބަހުޘެކެވެ. މިލިޔުންތައް މިގޮތުގައި ބޭނުނ ކުރުމަށް ނިންމާފައިވަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންނެވެ. މިއީ، ފުލުހުން އެފަރާތުގެ އަމިއްލަ ތަޙްޤީޤީ ހޯދުންތައް ބޭނުންކުރުމަށް ނިންމި ނިންމުމެއް ކަމުގައިނުވާއިރު، މިއީ އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކުރުސުޕްރީމ ކޯޓުގް ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިވާ އަމިއްލަ މަސްލަޙަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ގޮތް ނިންމުމުގެ އުޞޫލު nemo judex in causa sua)( އާ ޚިލާފު ނިންމުމެއް ކަމުގައި ނުބެލެވެއެވެ.
36އިސްތިއުނާފ ދީ ނުކުތާގައިވެސް އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ،ފުލުހުންގެ އިދާރާއިނ ކޮށްފައިވް ތަޙްޤީޤެއްގައި ހިމެނޭ ބަޔާންތައް ހަމަ އެގޮތަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބޭނުންކޮށްފައިވުމުން، މިއީ އެކަށީގެންވާ މިންވަރުގެ ތަޙްޤީޤެއް ކުރުމެއް ނެތި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާއެއްކަމަށް ބުނެ އުފައްދާ ބަހުޘެކެވެ. ޤާނޫނާ ޚިލާފު ހެކި ކަމަށ ބުނެ މިމަރުޙަލާގައި އުފައްދާ ބަހުޘު ގުޅިގެނާ ޢަމަލުކުރަންވީ ގޮތް ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
37އެގޮތުން، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ، ސުވާލު އުފެދޭ ހެއްކަކީ ގުޅުންހުރި ހެއްކެއްކަމުގައިވާނަމަ، އެހެކި ބަލައިގަތުމަށާއ، މައްސަލަ މައުޟޫއީގޮތުން ބެލުމުގެ ތެރޭގައި ހެއްކާ މެދު ތައުނުކުރުމުގެ ފުރުސަތު ދިނުންކަން ސާފެވެ.އެހެންކަމުން، މިއިސްތިއުނާފުގައި، ޖޮއިންޓް އެއްބަސްވުމުގ ތަރަހައިން ބޭރުން ހެކިތައް ހޯދާފައިވާކަމަށް ބުނެ އުފައްދާ ބަހުޘާއ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތުގެ މާނައިގެ ތެރޭގައި ހެކިންގެ ބަޔާން ހިމެނޭތޯ އުފައްދާ ސުވާލު މެދާ މިކޯޓުން މިހިނދުގައި ގޮތެއް ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުގް އިސްމާޢީލް އިފްހާމް މުޙައްމަދ 23 22 ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސި ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ މިޢުޝާރު ޞާލޙ ޤަޟިއްޔާގައިކަނޑައެޅުނ އުޞޫލު ތަޠްބީޤުކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެކަމުގައި ބެލެވެއެވެ.
38އިސްވެ، ބުނެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3/SHN/(686,687,688-2023)/2025/4 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އަކީ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުހައިމިން އަދި އިތުރު 7 ފަރާތެއް ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. އަދި ހެއްކާމެދު ދަށުކޯޓުން ނިންމި ނިންމުމާމެދު ސުވާލީއުފައްދާ ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު މިކޯޓުން މިހިނދުގައި ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ނެތުމުން، އެއީ އިސްތިއުނާފ އޮޅިގަނޑު ގިރާނުކުރާ ބަހުސެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
39ހެކި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތް ނިންމުމުގައި، ހެކި ހޯދުނު ގޮތާއި، ހެކި ހޯދި ފަރާތަށް އެކަމުގެ މައްޗަށް އޮތް ގާނޫނީ ހައިސިއްޔަތާއި، އަދި ހެކި ހޯދައި ތަހުގީގު ކުރުމާގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގެ ދަށުން ހެކިހޯދިދާނެ ގޮތްތަކާއި، ބަލައިނުގަތުމަށް އެދި ހުށަހެޅި ހެކިތައް ހޯދުމުގައި އަމަލުކޮށްފައިވާގޮތަށް ބަލައި ނިކުންނާނެ ނަތީޖާއާއި، އަދި ހެކި ހޯދާފައިވަނީ ގާނޫނީގޮތުނ ސައްހަ މަގަކުންތޯ ދެނެގަތުމުގެ މައްޗަށް ނުކުތާތަކެއް ފާހަގަކޮށް ނިންމުމަކަށް ވާސިލުވެފައިވާކަނ އެނގެން އޮވެއެވެ.
40ޕްރިސިޑެންސް 5ހެއްކެއް ޝަރީއަތަށް ބަލައިގަތުމުގެ އާންމު އުސޫލަކަށް ވާންޖެހޭނީ، ކޮންމެ ހެއްކެއް އެއީ މައްސަލައިގައ ވަކި ކާމެއ ސާބިތުކުރުމަށް އޮތް ހަރުދްނާ ހެއްކެއްކަމަށް ބެލެވޭނަމަ، ނުވަތަ މައްސަލައާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީއަތުން ގަބޫލުކުރާ ހެއްކެއްކަމަށް ވެގެންދިއުންކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
41އެގޮތުން، ދަށު ކޯޓުން ހެކި ބަލައިގަތުމަށް ނިންމާފައިވީނަމަވެސް، ދެންނެވުނު ބީދައިން ހެކިތައް ހޯދުނުގޮތާއި، އެހެކިތަކުގެ ގާނޫނީ ސައްހަކަމާގުޅޭގޮތުނ ނުކުތާތަކެއް ފާހަގަކޮށް، ހެކި ބަލައިގަތުމަށް ނިންމި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ 75)-A-(2022/SC ގެ 39 ވަނަ ޕެރެގްރާފް ނިންމުމަށް ވާސިލުވެފައިވަނީ އެ ތަފްސީލުތަކުގެ މައްޗަށް ބުރަވެ ކަމުގައިވާހިނދު، އެކަން ކުރެވިފައިވަނީ ރަނގަޅަށ ކަމުގައް ނުދެކެމެވެ. "އެ ހެއްކަކީ މަތިމަތިން ބަލައި ބެލުމުގައި ޝަރީއަތަށް ގަބޫލުކުރެވިދާނ ހެއްކެއް ކަމުގައިވާއިރު، އެ ހެއްކަކީ ގާނޫނާ ހިލާފަށް ހ ދާފައިވާ ހެއްކެއްކަމަށް ދެފަރާތުގެ ދެމެދު ހިލާފު އުފެދިފައިވާނަމަ، އެކަމާމެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީއަތުގެ ތެރެއިން" ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔްގައި ކަނޑައަޅާފައިވެއެވެ. އަދި ޝަރީއަތުގެ ކުރިއަށް ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުލޫއަށް ސީދާ އަސަރުކުރާފަދަ މޭރުމަކުން ދަށު ކޯޓަށްވެސް އަދި އިސްތިއުނާފީ ކޯޓުތަކަށްވެސް ގޮތެއް ނުނިންމޭނެކަމަށް އިސްވެ ހަވާލާދެވުނު ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސުޕެރީމ ކޯޓުން ބަޔާންކޮށްފައިވާއިރު، އަދި އެފަދައިން ގޮތް ނިންމުމުން، "މައްސަލައިގެ ހަގީގީ ޝަރީއަތް ފެށެންވާއިރަށ ގޮތެއް ކަނޑައަޅާނީ ކަންކަން ނެތިދާނެކަމަށާއ ނުވަތި ޝަރީޢަތަކާ ނުލައި މައްސަލައިގެ ހުކުމަކާ ހަމައަށް ވާސިލުވެވިދާނެކަމަށާއި، މިއާ ޖިނާއީ އިޖުރެއަތު ގާނޫނުގައި ޝަރީޢަތަށް ގަބޫލުނުކުރެވޭނެ ހެކި ކަނޑައެޅުމުގެ މަގްސަދު އެއްގޮތްވާ ގޮތުގެމަތީން ނެރެވޭ މާނަކުރުމެއް ކަމުގައި ނުދެކޭކަމަށްވެސް އެ ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.
42ދށަ ކޯޓުގު ނިންމުމަށް ބަލާއިރު، ބަޔާންވެދިޔަ ފަދައިން، ހެކި ހޯދުނު ގޮތާއި، ހެކި ހޯދި ފަރާތުގެ ގާނޫނީ ހައިސިއްޔާތާއެ،ވެފައިވާ ޖޮއިނ އިންވެސްޓިގޭޝަން އެއްބަސްވުމަށް ބަލާއިރް ހުށަހެޅުމުގައި ބަޔާންކޮށްފައިވެ ހެކިތަކުގެ ގާނޫނީ ނަތީޖާއަކީ ކޮބައިކަމާއި މިފަދަ ކަންކަން ކަނޑައަޅާފައިވުމުން، މައްސަލައިގެ އަސްލު ޝަރީއަތް ފެށި، އެ ހެކިތަކުގެ ސައްހަކަމާމެދު ސުވާލެއް އުފައްދާހިނދު އީކަންކަމަށް ޝަރީއަތުގެ ކުރިން ހުށަހަޅް ހުށަހެޅުމެއްގައި ގޮތް ކަނޑައެޅިފައިވާނަމަ، އެކަމުގައި ޝަރީޢަތުން ކަނޑައަޅާނެ ގޮތް އެއޮތީ ކުރިން ކަނޑައެޅިފައެވެ. އެކަމުގައި ޝަރީޢަތުން ރިޢާޔަތްކުރާނެ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް އެކަމަށް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76، 117 އަދި 119 ވަނަ މާއްދާގެ (ހ) ގެ (3)
- ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ 159 އަދި 160 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ)
- ދިވެހި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ދެމެދު ވި ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމުގެ 3 ވަނަ މާއްދާ (17 އޭޕްރީލް 2023)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އަދި އިތުރު 7 ފަރާތެއް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/85 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މިޢުޝާރު ޞާލިޙު) ޤަޟިއްޔާ
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ