ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/307
މުޙައްމަދު ޞާދިޤު ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 2021/HC-A/307
Mohamed Saadhiqu v. Fuel Supplies Maldives Private Limited 2021/HC-A/307 (2021/HC-A/307, High Court of the Maldives, 31 January 2024)
މުޙައްމަދު ޞާދިޤު ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ތެލުގެ ވިޔަފާރިއަށް ޕަރސަނަލް ގެރެންޓީ ދީ އުޅަނދެއް ސެކިއުރިޓީއަކަށް ބެހެއްޓި އެއްބަސްވުމުގައި، ކުރީގެ ދަރަނީގެ މިންވަރު ހާމަނުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12، 13، 16 ވަނަ މާއްދާގެ ދަށުން ޙަޤީޤަތް އޮޅުވާލުމެއްތޯ، އަދި ދަށުކޯޓުން އެ ދިފާޢަށް ގޮތެއް ނުނިންމުމުގެ ނަތީޖާ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތަކީ ޚަޞްމުން ހުށަހަޅާ ހެކި ވަޒަންކޮށް ފަނޑިޔާރަށް ބުރަވެވޭ ގޮތަކަށް ގޮތް ނިންމުމެވެ؛ ހުށަހެޅުނު ހެކި، އެ ހެކި ވަޒަންކުރި ގޮތާއި ނިންމުމަށް ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު އުންސުރެކެވެ. އެހެންކަމުން، ފަރާތަކުން ހުށަހެޅި ދިފާޢަކަށް ގޮތެއް ނުނިންމައި ސަބަބު ބަޔާން ނުކުރުމަކީ ގޯސް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-32، 43)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޙަޤީޤަތް އޮޅުވާލުން ފުރިހަމަވުމަށް، (1) ޙަޤީޤަތާ ޚިލާފު ކަމެއް ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުން ނުވަތަ ވަކާލާތުކުރުމާއި، (2) އެކަމުގެ މައްޗަށް އިތުބާރުކޮށްގެން އަނެކަކު ކޮންޓްރެކްޓެއްގައި ބައިވެރިވުން ފުރިހަމަވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36)
- ޙަޤީޤަތް އޮޅުވާލުމުގެ ދިފާޢު ލިބިގަތުމަށް، އޮޅުވާލި ޙަޤީޤަތް ދިފާޢު ނަގާ ފަރާތަށް ބަސްބުނެ (express) ނުވަތަ ޢަމަލުން (implied) ބަޔާންކޮށް ނުވަތަ ދައްކައިދީފައިވާކަމުގެ ހެކި ހުންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- ޢާންމު އުޞޫލުން ހާމަނުކުރާ/ފޮރުވާ/ހަނުހުރި ކޮންމެ ވާޤިޢާއެއް ޙަޤީޤަތް އޮޅުވާލުމަކަށް ނުބެލެވޭނެއެވެ؛ ހަނުހުރުން އޮޅުވާލުމަކަށް ބެލެވޭނީ ހާމަކުރުމުގެ ޒިންމާ (duty to inform) އޮންނަ ޙާލަތްތަކުގައެވެ. އެފަދަ ޒިންމާ އުފެދެނީ ޒިމްނީ ޝަރުޠަކުން، ނުވަތަ އިތުބާރުގެ މައްޗަށް ބިނާވާ (uberrimae fidei) އެއްބަސްވުންތަކުގައި، އާންމުކޮށް އެއް ބައިވެރިއަކު ހާމަނުކޮށްފިނަމަ އަނެކާއަށް ނޭނގޭނެ މަޢުލޫމާތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-40)
- ގެރެންޓީ އެއްބަސްވުމެއްގައި ކްރެޑިޓަރަށް (ލެންޑަރަށް) ދަރަނިވެރިޔާގެ ދަރަނީގެ މިންވަރު ގެރެންޓަރަށް ހާމަކުރުމުގެ ޒިންމާއެއް ނޯންނާނެއެވެ؛ އެއީ ގެރެންޓަރު އަމިއްލައަށް ކަށަވަރުކުރަންޖެހޭ މަޢުލޫމާތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42)
- ޙަޤީޤަތް އޮޅުވާލުމުގެ ދިފާޢު ސާބިތުކުރުމުގެ ޒިންމާ އޮތީ އެ ދިފާޢު ނަގާ ފަރާތުގެ މައްޗަށެވެ؛ އެ ޒިންމާ އަދާނުކުރެވޭނަމަ، ދަށުކޯޓުން ދިފާޢަށް ގޮތެއް ނުނިންމި ނަމަވެސް ނިންމުމަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި ދަށުކޯޓުން އެއްބަސްވުން މާނަކުރި ގޮތަށް އިސްތިއުނާފުގައި ޠަޢުނު ނުކުރާނަމަ އެކަމެއް ހައިކޯޓުން ބަދަލު ނުކުރާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ގއ.ވިލިނގިލި / ހާރޓް، މުޙައްމަދު ޞާދިޤު (އައިޑީކާޑ ނަންބަރު: 126193A)ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފ ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 358/2000-C) އެވެ.
2ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަކީ ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ތެލުގެ ވިޔަފާރި ކުރަމުން އައި ފަރާތެކެވެ. މި ދެމެދު ކުރެވުނު ތެލުގެ ވިޔަފާރީގެ މުޢާމަލާތްތަކަށް ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި) ވާކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ.
3މި ދެމެދުގައި ކުރަމުން އައި ތެލުގެ ވިޔަފާރިއާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އެކި ފަހަރު މަތިން ދޫކޮށްފައިވާ ތެލަށްވާ ފައިސާ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާތީ، މި ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ މުޙައްމަދު ޞާދިޤއާ ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޕަރސަނަލް ގެރެންޓީ ދޭ އެއްބަސްވުމެއްގައި 21 އޮކްޓޯބަރު 2017 ގައި ސޮއިކުރިއެވެ.
4އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 19C/20-1084/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެކިފަހަރު މަތިން ދޫކޮށްފައިވާ ތެލަށްވ ފައިސާ ދައްކާފައިނުވާތީ، ކްރެޑިޓަށް ނަގާފައިވާ ތެލުގެ ބާވަތްތަކަށް ދައްކަންޖެހޭ އެންމެހާ ފައިސާއާއި، އިންވޮއިސްއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ގއ. ވިލިނގިލި/ ހާރޓް، މުޙައްމަދު ޞާދިޤުގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
5ސިވިލް ކޯޓުގެ ނަންބަރު: 1084/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކަށް ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާކަމަށ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައްވީސ ރުފިޔް ފަންސާސް ނުވަލާރި) ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވާތީ، މި ފައިސާއަކީ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، މިދަޢުވާގައި ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ފައިސާއަކީ ޕެނަލްޓީ ކްލޯޒްއެއްގެ ދަށުން ނަގައިދިނުމަށް އެދިފައިވާ ފައިސާއަކަށްވާތީ މި ފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށާއި، އަދި މި ދަޢުވާގައި ރިޓަރނ ޗެކް ފައިން ޗާޖުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ދައްކަންޖެހުނު ފައިސާއެއްކަންވެސް އަދި އެ ފައިސާ ދެއްކިކަންވެސް އެނގޭނެ ހެއްކެއް ހުށަހަޅާފައިނުވާތީ އެ ފައިސާ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ 15,756,924.59ރ. (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައްވީސ ރުފިޔް ފަންސާސް ނުވަ ލާރި) ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 18 އޮގަސްޓް 2021 މި ތާރީޚުން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުން ގޮސް 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި މި ދަރަނި ޚަލާޞްކުރުމަށް ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި ޤަޟިއްޔާ ބިނާކޮށްފައިވާ މުޢާމަލާތާ ގުޅިގެން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ވައިޓް ސާފަރ" އެވެ ކިޔާ ދޯނި (ރަޖިސްޓަރީ ނަންބަރު P-02 01-P2471B) ކޮލެޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބާއްވާފައިވާތީ، މި ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ވިއްކާލުމަށް އެދުމުގެ ޙައްޤު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ގއ.ވިލިނގިލި / ހާރޓް، މުޙައްމަދު ޞާދިޤުގެ ފަރާތުން 01 (އެކެއް) ނުކުތާ ހުށަހަޅައި އެ ނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާއާ ކ؛
6.1- އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި (ރަޖިސްޓްރީ ނަންބަރު P-01 02-P2471B) ކޮލެޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބޭއްވުމާއި ގުޅޭގޮތުން، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑް (އިސްތިއުނާފު ރައްދުވާ ފަރާތް) އާއި އިސްތިއުނާފު ކުރާ ފަރާތް ހިމެނޭގޮތުން، 21 އޮކްޓޫބަރު 2017 ގައި ސޮއިކޮށްފައިވާ "އަނބުރާ ނުގެންދެވޭ ޕަރސަނަލް ގެރެންޓީދޭ އެއްބަސްވުން" މިނަމުގައި ވެފައިވާ އެއްބަސްވުމަކީ، އިސްތިއުނާފު ކުރާ ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއްކަމުން އެ އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި އެ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށްވެފައިވާ ކޮންޓްރެކްޓެއްކަމުނ އެއް ބާޠިލު ކޮންޓްރެކްޓެއްކަމުގައ ބެލެވޭނެކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، އެދި އެކަމަށް ރިޢާޔަތްނުކުރި ސަބަބު ބަޔާންކުރުމެއްނެތި މައްސަލަ ނިންމަވާފައިވުން؛ ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
7މި މައްސަލައިގައި، ހުށހެޅަ ލިޔުންތަކަށާއި އިސްތިއުނާފަ ކުރު ފަރާތާއި އިސްތިއުނާފު ރައްދުވި ފަރާތނު ދެއްކި ވާހަކަތަކަށް ޝަރުޢީ އަދ ޤާނޫނީ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އެގޮތުގައި ހުރިކަމަށް އަހަރެންނަށް ޤަބޫލު ކުރެވެއެވެ.
8އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރތުނާ ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ކޮލެޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބޭއްވުމާއި ގުޅޭގޮތުން، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އިސްތިއުނާފުކުރާ ފަރާތް ހިމެނޭގޮތުން، 21 އޮކްޓޯބަރު 2017 ގައި ސޮއިކޮށްފައިވާ "އަނބުރާ ނުގެންދެވޭ ޕަރސަނަލް ގެރެންޓީދޭ އެއްބަސްވުން" މި ނަމުގައި ވެފައިވާ އެއްބަސްވުމަކީ، އިސްތިއުނާފުކުރާ ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި އެ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށްވެފައިވާ ކޮންޓްރެކްޓެއްކަމުން އެއީ ބާޠިލު ކޮންޓްރެކްޓެއްކަމުގައި ބެލެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާއިރު އެކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށެވެ.
9މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭނީ ދެފަރާތު ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއް ފަރާތުން އަނެއް ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެންތޯ (misrepresentation) އާއި، އެފަދަ ކޮންޓްރެކްޓަކީ ބާޠިލު ކޮންޓެރެކްޓެއްކަމަށް ބެލެވޭނެކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށފައިވާއިރް އެކަމަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވޭތޯއެވެ. (ރަޖިސްޓްރީ ނަންބަރު P-01 02-P2471B) ޤާނޫނު ނަންބަރު 91/4
10ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި، އެފަދަ ހުށަހެޅުމަކީ، އޮޅުން ނުފިލާ ގޮތަކަށް ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެ ހުށަހެޅުން ވާންވާނީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ކަމަށާއި، ހުށަހެޅުމަށްޓަކައި ދެވޭ ދަޢުވަތު އެއީ ހުށަހެޅުމެއް ކަމަށް ބަލައިގެން ނުވާނެކަމަށެ ވެ.
11ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ، އިސްވެ މިދެންނެވުނު ޤާނޫނީ ހަމަތަކުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލާގެ ވާޤިޢާތަކަށް ބަލާއިރު، މި މައްސަލާގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލަޔަނ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އަދި މުޙައްމަދު ޞާދިޤު ސޮއިކޮށް 21 އޮކްޓޯބަރު 2017 ތާރީޚުގައި އެއްބަސްވުމެއްވެފައިވާކަމާއި، މި އެއްބަސްވުމަކީ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން މުޙައްމަދު ޞާދިޤު އާއި މި ދެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްކަމަށް މި އެއްބަސްވުމުގެ ތއަ ރަފުގައި ބަޔާންކޮށްފައި ވާކަމާއި، މި އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ކޮލަޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބޭއްވުމަށް މި އެއްބަސްވުމުގައި އެއްބަސްވެފައިވާކަން އެއްބަސްވުމަށް ބެލުމަށް އެނގެއެވެ.
12މިދެންނެވި އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެންވެފައިވާ އެއްބަސްވުމެއްކަމަށް އިސްތިއުނާފުކުރާ މުޙައްމަދު ޞާދިޤުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާނެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ޙަޤީޤަތް އޮޅުވާލުން
13ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ ބިރެއް ދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރިކުރުވާފައިވާ ކޮންޓްރެކްޓަކީ، އެ މީހެއްގެ ނުވަތަ އެ ބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ.
14އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގް 13 ވަނަ މާއްދާގެ ދަށުން އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއްކަމަށް ބަޔާންކޮށްފައިވެއެވެ.
15ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުން (fradulent misrepresentation) ތަކަށެވެ. ޤާނޫނުގެ 16 ވަނަ މާއްދާގެ އިބާރާތުން، އެ މާއްދާ ބޭނުންކުރާ ފަރާތަކުން އަންނަނިވި ކަންކަން ސާބިތުކޮށްދޭން ޖެހެއެވެ. (1) ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން ( a false reperesentation) (2) އެއީ ޙަޤީޤަތާ ޚިލާފު ނުވަތަ އެއްޗަކުން އެކަމެއް ހުށަހަޅަ މީހަކަށް އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން (3) އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓެއްގެ ބައިވެރިވުން.
16ބަޔާންވެދިޔަ ކަންކަން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޝަރީޢަތުގައި ސާބިތުކޮށްދެވިއްޖެނަމަ، އެއްބަސްވުން ބިނާވަނީ މަކަރުވެރި ގޮތަކަށް ޙަޤީޤަތާ ޚިލާފު އޮޅުވާލާ އޮޅުވާލުންތަކެއްގެ މައްޗަށްކަން ކަނޑައެޅިދާނެއެވެ. އަދި ކޮންޓްރެކްޓް ބާޠިލުކަމަށް ކަނޑައެޅިދާނެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމެއް މި މައްސަލައިގައި ހިނގާފައިވޭތޯ.
17ހުށަހެޅިފައި މިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުން ބިނާވަނީ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން މުޙައްމަދު ޞާދިޤު އާއި މި ދެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ކޮލަޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބއްވާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރީ ޙަޤީޤަތް އޮޅޭފަދަ ޙާލަތެއްގައި ހުރެގެން ކަމަށެ ވެ.
1821 އޮކްޓޯބަރު 2017 ގައި ސޮއިކޮށްފައިވާ މި އެއްބަސްވުމަށް ބަލާއިރު، ދެބަސް ނުވެވޭނެ އަންނަނިވި ޙަޤީޤަތްތައް ފާހަގަކުރަމެވެ. (1) މި އެއްބަސްވުމަކީ، ލަޔަންޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ ގއ. ވިލިނގިލި، ހާރޓް މުޙައްމަދު ޞދިޤާ އާއި ފިއުލް ސަޕްލައާ ސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މ 3 (ތިނެއް) ފަރާތުގައި ވެވިފައިވާ ޕަރސަނަލް ގެރެންޓީ އެއްބަސްވުމެއްކަން. (2) މި އެއްބަސްވުމުގެ ދަށުން ސެކިއުރިޓީއެއްގެ ގޮތުގައި އިސްތިއުނާފުކުރާ ގއ. ވިލިނގިލި، ހާރޓް މުޙައްމަދު ޞދިޤްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރ. ނަންބަރާ P-01 02-P2471B އުޅަނދު ބާއްވާފައިވާކަން. (3) އެ އެއްބަސްވުމަކީ، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރީގައި ލަޔަނާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރް ތުން ފިއުލާ ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިއްބައި ދިނުމުގެ ޔަޤީންކަން ކަށަވަރު ކުރުމުގެ ގޮތުން، ވެފައިވާ އެއްބަސްވުމަކަށް ވާއިރު، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާއި ހަމައަށް، 15,756,924.59 (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި)ގެ ތެލުގެ ވިޔަފާރި ކްރެޑިޓަށްކޮށް، އެ ފައިސާ ދައްކާފައިނުވާއިރު، އެ ފައިސާގެ އަދަދު އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުގައި ހާމަކޮށްދީފައި ނުވުން.
19ކަންމިހެން އޮތްއިރު، 21 އޮކްޓޯބަރު 2017 ގައި ސޮއިކޮށްފައިވާ އިސްވެ ބުނެވުނު އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތް ސޮއިކޮށްފައިވަނީ ޙަޤީޤަތް އޮޅިފައިވާ ޙާލަތެއްގައި ހުރެގެންތޯ ބަލާއިރު،
2021 އޮކްޓޯބަރު 2017 ގައި ސޮއިކޮށްފައިވާ އެއްބަސވުމުގް މަޤްޞަދަކީ، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރީގައި ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތާ ނ ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކާފައިނުވާ ފައިސާ ދެއްކުމުގެ ސެކިއުރިޓީއެއްގެ ގޮތުގައި ވެފައިވާ އެއްބަސްވުމަކަށްވާއިރު، އެ އެއްބަސްވުމުގެ އަސްލު މަޤޞްދުކަމަށް ބެލެވޭ، އެ އެއްބަސްވުމުގައި ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ފިއުލް ސަޕްލައި ސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވެއެވެ.
21މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަސްދަރަކީ ޢަޤުދ ކޮންޓްރެކްޓު ކަމާއި، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓަކީ ޠަބަޢީ ނުވަތަ މަޢުނަވީ ޝޙަޞުންގެ މެދުގައި އޭގެ ޝަރުޠުތަކާއި ރުކުންތައް ފުރިހަމަވެގެން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް އޮންނަ އެއްބަސްވުމެއް ކަމަށް ވާންވާނެއެވެ. އެހެންކަމުން މިގތަށޮ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ އެއްބަސްވުމެއްނަމަ، އެއްބަސްވުމެއްގެ މަޤޞްދާއ އެއްބަސްވުމުގި ބައިވެރިން އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.
22ފިއުލް ސަޕްލައި ސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލަޔަނ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑއާ އިސްތިއުނާފު ކުރާ ފަރާތާ، މި ތިން ފަރާތުގެ މެދުގައި އެއްބަސްވުމެއް ވެފައިވަނީ ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/213 ޤަޟިއްޔާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމުގެ ގޮތުން ކަމަށްވާއިރު، ކްރެޑިޓަށް ނަގާފައިވާ ތލެ ގެ ފައިސާ ދައްކަންދެން އިސްތިއުނާފު ކުރާ ފަރތައާވެސް އިލްތިޒާމުތަކެއ އޮތްކަން އެބައެނގެއެވެ. އެހެންކަމުން މިޙާލަތުގައި ޒިންމާއެއާ އިސްތިއުނާފ ކުރާ ފަރތުގާ މައްޗަށް ފުރޮޅިފައިވާނަމަ، އެފަރާތަށް އޮތް ޒިންމާ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ. އަދި އެފަދައިން އެއްބަސްވުމުގައި ބަޔާންކުރެވިފއަ ނެތްނަމަވެސް، އެފަރާތަށް ކްރެޑިޓަށް ނަގާފައިވާ ފައިސގާ ޢަދަދު ބުނެދީ، އަދި ރަހުނު ކުރިނަމަވެސް އިތުރަށް ތެލުގެ ވިޔަފާރި ކުރިޔަށް ނުގެންދެވޭނެކަން ބުނެދީ އެކަންކަން ފަހުމްވާ ވަރަށް އިސްތިއުނާފު ކުރާ ފަރާތަށް ސާފުކޮށްދިނުމަކީ އިސްތިއުނާފ ރައްދުވާ ފަރާތުގެ ޒިންމާއެއްކަމަށް ދެކެމެވެ. އަދި މީގެއިތުރުންވެސް، މި އެއްބަސްވުން ވެފައިވަނީ، ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ދޫކުރެވޭނީ އިތުރު ސެކިއުރިޓީއެއް ގެނައުމުންކަމަށ ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އެންގުމުންކަމަށް ވާއިރު، މި އެއްބަސްވުން ވެވުނު ފަހުންވެސް، ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާކަން ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން ސާފުވެއެވެ.
23ކަންމިހެން އޮތުމުންނާއި، ދެފަރާތުން މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައްވެސް އިސްތިއުނި ފ ރައްދުވު ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ބެލޭނެ ހަމައެއްނެތެވެ. އަދި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުވެފައިވާ މި އެއްބަސްވުމުގައި ހަމަ ޙޤީޤަތުގައިވެސަ އިސްތިއުނާފު ކުރާ ފަރާތަށް ޙޤީޤަތްއޮޅަ ކަންތައްތަކެއް ހުރިކަން ޤަބޫލުކުރެވެއެވެ.
24އެހެންކަމުން، ކޮންޓްރެކްޓބެހާ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމެއް މި މައްސަލައިގައި ހިނގާފައިވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރާ ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެން އޭނާ ބައިވެރިކުރުވާފައިވާ އެއްބަސްވުމެއްކަމުން، މި އެއްބަސްވުމަކީ އިސްތިއުނާފު ކުރާ ފަރާތް އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ އެއްބަސްވުމެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން ނެތެވެ.
25އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، 21 އޮކްޓޯބަރު 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ދެކެމެވެ. ނިންމަން ފެންނަގޮތް:
26ބުނެވިދިޔަ ކަންކަން އެގޮތަށް ހުރުމުން، 21 އޮކްޓޫބަރު 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށްވާތީ، ސިވިލް ކޯޓގު ނަންބަރު 1084/Cv-C/2019 ޤަޟިއްޔާ ބިނާކޮށްފައިވާ މުޢާމަލާތާ ގުޅިގެން މުޙައްމަދު ޞާދިޤުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ވައިޓް ސާފަރ" އެވެ ކިޔާ ދޯނި (ރަޖިސްޓްރީ ނަންބަރު P-01 02-P2471B) ކޮލެޓްރަލް ސެކިއުރިޓީއެއްގެ ގޮތުގައި ބޭއްވުމަށާއި، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން "ވައިޓް ސާފަރ" އެވެ ކިޔާ ދޯނި ވިއްކާލުމަށް އެދުމުގެ ޙައްޤު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލކުރަންޖެހޭކަމަށް ދެކެމެވެ. ފނޑިޔާރަ ފާޠިމަތު ފަރްހީޒާގެ ރައުޔު؛
27މި އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާއަކީ، މިމައްސަލައިގައި ހިމެނޭ "އަނބުރާ ނުގެންދެވޭ ޕަރސަނަލް ގެރެންޓީދޭ އެއްބަސްވުން" އަކީ، ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ދަށު ކޯޓުގައި ފާހަގަކޮށްފައިވާއިރު، އެކަމަށް ރިއާޔަތްނުކޮށް އަދި ރިއާޔަތްނުކުރި ސަބަބުވެސް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިނުވުމެވެ. އެއްބަސްވުން ނަންބަރު: 2017/57-CON އިސްތިއުނާފީ ނުކުތާ
28މައްސަލައާ ގުޅިގެން ދަށު ކޯޓަށް މުޙައްމަދު ޞާދިޤު (މީގެ ފަހުން "އިސްތިއުނާފު ކުރާ" ނުވަތަ "ގެރެންޓަރ") ގެ ފަރާތުން ހުށަހެޅި ޖަވާބގައު ފާހަގަކޮށްފައިވަނީ، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ 15,756,924.59 (ފަނަރަ މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ފަންސާސް ނުވަލާރި)އާ ގުޅިގެން އެފަރާތުގެ ނަމުގައި ރަޖިސްޓަރކޮށްފައިވާ ވައިޓްސްޓާރ ސެކިއުރިޓީ ކޮލަޓަރެލް އެއްގެ ގޮތުގައި ބަހައްޓާފައި ނުވާނެ ކަމަށެވެ. އަދި މުޙައްމަދު ޞާދިޤުގެ ފަރާތުން 21 އޮކްޓޫބަރު 2017 ގައި ސޮއިކޮށްފައިވާ ގެރެންޓީ އެގްރީމަންޓަކީ، އެ ތާރީޚްގެ ފަހުން ލަޔަން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ލަޔަން ޓްރޭޑިންގ" ) ނުވަތަ އިސްތިއުނާފު ކުރާ ފަރާތާއި ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން އެފް.އެސް.އެމް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) ހިނގާ ތެލުގެ މުޢާމަލާތްތަކަށް ދީފައިވާ ގެރެންޓީއެއް ކަމަށާއި، އަދި ދަ ޢުވ އުފުލިފައިވާ މުޢާމަލާތްތަކަށް މިއެއްބަސްވުން ތަޠްބީޤުކުރެވޭނަމަ، އެކަން ހާމަކުރުމުގެ ޒިންމާއޮތް އިސްތިއުނާފު ރައްދުވާ ފަރާތާއި ލަޔަން ޓްރޭޑިންގ ގެ ފަރާތުން އެކަން ފޮރުވފައާވާތީ، ބުނެވުނު އެއްބަސްވުމަކީ، ޙަޤީޤަތް އޮޅުވާލައިގެން މަކަރާއި ހީލަތުން ބަނދެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެދޭ ފަރުވާއެއްގެ ގޮތުގައި، މިއެއްބަސްވުން ބާޠިލްކޮށް ކަނޑައަޅައިދިނުމަށް އެދިފައިވުމުގެ އިތުރުން ދަޢުވާގައި ބުނާ މުޢާމަލާތްތަކުގެ ސެކިއުރިޓީގެ ގޮތުގައި އުޅަނދު ވިއްކާނުލެވޭނެ ކަމަށް ކަނޑައަޅއަ ދިނުމަށި އެދިފައިވެއެވެ.
29ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، ދަޢުވާގައި ހުށަހެޅިފައިވާ މ ޢު މަލާތްތަކަށް ސުވާލު އުފެދިފައިވާ އެއްބަސްވުން ތަޠްބީޤުކުރެވޭނެކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވެއެވެ. އެގޮތުން، ފަނޑިޔާރު މައިގަނޑު ތިން ކަމަކަށް ބަލާފައިވެއެވެ. އެއީ؛ ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދައުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު – މުޙައްމަދު ޞާދިޤު (ރަޖިސްޓްރީ ނަންބަރު P-01 02-P2471B)
29.1. އެއްބަސްވުމުގެ ތައުރީފުގައ އެއި އިސްތިއުނާފީ ރައްދުވު ފަރާތާއި ލަޔަން ޓްރޭޑިންގްއާ ދެމެދު ކުރަމުންދާ ތެލުގެ ވިޔަފާރިއަށް ގެރެންޓީ ދިނުމަށް ވެވޭ އެއްބަސްވުމެއް ކަމަށް ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވިފައިވާކަން މުޙައްމަދު ޞާދިޤަށ އެނގޭކަން ދޭހަވާކަން؛
29.2. ސެކިއުރިޓީއެއްގެ ގޮތުގައި މުދަލެއް ބެހެއްޓުމުގެ ބޭނުމަކީ ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި އެފައިސާ ހޯދުމަށްޓަކައި އމުދެ ވިއްކައިލުނ ނުވަތް ފައިސަ ލިބެންޖެހޭ ފަރާތުގެ ނަމަށް އެ މުދައު ބަދަލުކުރުން ކަމަށްވާތީ، ކްރެޑިޓަށް މުދާ ދޫކުރުމަށްފަހު ލިބެންޖެހޭ އަގު ނުލިބި ވަނިކޮށް، ކުރަމުންއައި މުޢާމަލާތަކާ ގުޅިގެން ސެކިއުރިޓީއެއް ބެހެއްޓުމަށްވާ އެއްބަސްވުމަކީ، ކުރީގެ މޢު މަލާތްތަކާ ށ ވަކިން އޮތް އެއްބަސްވުމެއްކަމުގައި ބެލެވޭނީ، އައު މުޢާމަލާތެއްގެ މައްޗަށް އޮތް އެއްބަސްވުމެއްކަން އެއްބަސްވުމުން ދޭހަވާނަމަކަން
29.3. ގެރެންޓީ އެއްބަސްވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތާއި ލަޔަން ޓްރޭޑިންގްއ ކުރަމުންދާ ވިޔަފާރިއަށް އިޝާރާތްކޮށްފައިވާތީ، ކުރީގެ މުޢާމަލާތްތަކާއި އެއްބަސްވުމުގެ ފަހުން ކުރާ މުޢާމަލާތް ވަކި ނުކުރެވޭނެކަން މިއެވެ.
30އެހެންނަމަވެސް، މިގޮތަށް އެއްބަސްވުން މިމު ޢާ މަލާތްތަކަށް ތަޠްބީޤުކުރެވޭކަމަށް ބެލެވޭ ޙާލަތެއްގައި އެއްބަސްވުމަކީ ޙޤީޤަތަ އޮޅުވާލައިގެން ބަނދެވިފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، އެއްބަސްވުން ބާޠިލު ކޮށްދިނުމަށް އެދިފައިވާ އެދުމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ.
31ޕްރިސިޑެންސް 1ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސާފުން ޝަރީޢަތް ކުރެވުމުގެ ނަންބަރު 2020/SC-A/100 ޙައްޤު ކަށަވަރުކުރެވޭނީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ހާމަކަމާއެކު ޝަރީޢަތެއް ކުރެވިގެން ކަމަށާއި، ޝަރީޢަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާއެއްގައި ޚަސްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް، އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު، އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢުވާއާ މެދު ގޮތް ނިންމުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފަނޑިޔާރު ނިންމާ ނިންމުމަކީ، ހެއްކާއި ޤަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާ އެކުގައިކުރި ޙުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ، ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި އެ ޙުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުންކަމަށާއި، އަދި މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤުގެ މައިގަނޑު އުންސުރުކަމަށ ފަނޑިޔާރް ޙުސްނުއްސުޢޫދުގެ ރައުޔުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.
32އެހެންކަމުން މިމައްސަލައިގައި ދަށު ކޯޓުން މުޙައްމަދު ޞާދިޤު ހުށަހެޅި ދިފާއަށ ޝަރީޢަތުން ގޮތެއް ނިންމާފައި ނުވަނީ ގޯސްކޮށްކަމުގައި ދެކެމެވެ.
33ކޮންޓްރެކްޓާބެހޭ ޤާނޫނގު 21 ވަނަ މާއްދާގައި ބިރުދައްކައިގެން، ނުވަތަ ޙަ ޤީޤަތ އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛު ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރިކުރުވާފައިވާ ކޮންޓްރކެ ޓަކް، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫންކަމަށް ބަޔާންކުރެއެވެ. އަދި މިފަދައިން އަމިއްލަ އިޚްތިޔާރުގައި ނޫން ގޮތަކަށް ކޮންޓްރެކްޓުގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރކެ ޓެއް ކަމަށް އެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
34ދަށު ކޯޓުގައި މުޙައްމަދު ޞާދިޤުގެ ފަރާތުން ވަކާލާތކޮށްފައިވަނު، މި އެއްބަސްވުމުގެ ދަށުން އެފަރާތުން ގެރެންޓީދޭ މުޢާމަލާތްތަކުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތާއި ލަޔަން ޓްރޭޑިންގ އިން ކުރިން ކޮށްފައިވާ މުޢާމަލާތްތަކެއްވާކަމާއ އެއި ކިހާވަރެއްކަން ބުނެ ނުދިނުމަކީ ޙަޤީޤަތް އޮޅުވާލުން ކަމަށެވެ.
35ޕްރިސިޑެންސް 2ސުވާލަކީ ކޮންޓްރްޓުއަލް ޤާނޫނުގައި ޙަޤީޤަތް އޮޅުވާލުމަކީ ކޮބައިތޯއެވެ. މިސުވާލުގެ ޖަވާބު ލިބެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއިންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ޙަޤީޤަތް އޮޅުވާލުން 16- ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތަށް، ނުވަތަ އެމީހަކު ޤަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ.
36މި މާއްދާ މާނަކޮށްދެމުނ ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސ) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ފަނޑިޔާރު މޙަ ޒާ ޢަލީ ޒާހިރު ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބަލާއިރު، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައި ދެރުކުނެއް ފުރިހަމަވާން ޖެހޭނެކަމަށެވެ. އެއީ (1) "ކޮންޓްރެކްޓްގައި ބައިވެރިވި މީހަކަށް އެނގޭގޮތުން، ނުވަތަ އެ މީހަކު ޤަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުން ނުވަތަ ވަކާލާތު ކުރުމެވެ. އަދި (2) އެ ފަދައިން ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވުމެވެ."
37ޙުސްނުއްސުއޫދުގެ "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" 22 ފޮތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގު 16 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ޙަޤީޤަތް އޮޅުވާލުމަކީ އެއްބަސްވުމެއް ވެވޭއިރ އެއު ފަރާތުން އަނެއް ފަރާތަށް ގެއްލުމެއް ދިނުމުގެ ނުވަތަ އަމިއްލަ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކަމެއްކުރުންކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ކަމެއް އޭގެ އަސްލާ ޚިލާފަށް އަނެކާއަށް ބަޔާންކޮށް ނުވަތަ ދައްކައިދިނުމަކީ، ޙަޤީޤަތް އޮޅުވާލުމުގެ ސަބަބުން އެއްބަސްވުމަށް ރުހުން ދިނުމެވެ. 2020/SC-A/69 2020/SC-A/69 ޕެރެގްރާފް 31 ޙުސްނުއްސުޢޫދު (2016). ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން.މޯލްޑިވްސް ލޯ އިންސްޓިޓިއުޓް.ޞ115 އބޙ
38ޕްރިސިޑެންސް 3ޙަޤީޤަތް އޮޅުވާލުމުގެ ދިފާއު ލިބިގަތުމުގައި، އޮޅުވާލި ޙަޤީޤަތް ދިފާއު ނަގާ ފަރާތަށް ބަޔާންކޮށް ނުވަތަ ދައްކައިދީފައި އޮންނަންޖެހެއެވެ. މިގޮތުން، ދައްކާ ވާހަކައަކުން (express) ނުވަތަ )implied) ޢަމަލުން ވެސް ޙަޤީޤަތެއް އޮޅުވާލެވިދާނެއެވެ. އެހެންކަމުން، އެއްބަސްވުމުގެ ބައިވެރިޔާއަށް ޙަޤީޤަތެއް އޮޅުވާލައި ބަޔާންކޮށް ނުވަތަ ދޭހަކޮށްދިނުމުގ ގޮތުނެ ކުރް ކޮންމެވެސް ކަމެއް އަންގައިދޭ ކަމެއްގެ ހެކި ހުންނަންޖެހެއެވެ.
39ޕްރިސިޑެންސް 4ޙަޤީޤަތެއް އޮޅުވާލުމުގެ މާނައިގެ ތެރޭގައި އަސްލާ ޚިލާފަށް ޙަޤީޤަތެއް ބަޔާންކޮށްދިނުން ހިމެނޭ ފަދައިން ޙަޤީޤަތެއް ބަޔާންކޮށްނުދިނުނ ނުވަތް ފޮރުވުން ނުވަތަ ހަނުހުރުނ ވެސް އޮޅުވާލުމުގެ މާނައިގެ ތެރޭގައި ހިމެނޭ ޙާލަތްތަކެއް ހުރެއެވެ. ޢާންމު އުޞޫލުން ބަޔާންކޮށްނުދޭ / ފޮރުވާފައިވާ / ހަނުހުރި ކޮންމެ ވާޤިއާއަކީ، ޙޤީޤަތަ އޮޅުވާލުމަކަށް ނުބެލެވޭނެއެވެ. ކަމެއް ހާމަނުކުރުމަކީ، އޮޅުވާލުމެއް ކަމަށް ކޮންޓްރެކްޓް ލޯގައި ޢާންމު އޞު ލުނ ބަލާނީ، ސުވާލު އުފެދިފައިވާ ޙަޤީޤަތް ހާމަކޮށްދިނުމުގެ ޒިންމާ )inform to duty) އެއްބަސްވުމުގެ ބައިވެރިޔާގެ މައްޗަށް އޮންނަ ޙާލަތްތަކުގައެވެ.
40މިފަދަ ޒިންމާއެއް އުފަންވެދާނެ ތަފާތު ޙާލަތްތަކުގެ ތެރޭގައި އެއްބަސްވުމުގެ (implied) ޒިމްނީ ޓަރމްއެއްގ ގޮތުގައެ ސުވާލު އުފެދިފައިވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޤާނޫނީ އިލްތިޒާމު އޮންނަ ޙލަތްތާ ކާއަ އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާވާ އެއްބަސްވުންތައް )UBERRIMAE FIDEI( ހިމެނެއެވެ. އާންމުކޮށް މިގޮތަށް ހާމަކުރމުގު ޒިންމާ އޮންނާނީ، ކޮންޓްރެކްޓްގެ ބާވަތުން ކޮންޓްރެކްޓެއްގެ އެއްބައިވެރިއަކު ހާމަކުރުމުން ނޫނީ ނޭނގޭނެ މަޢުލޫމާތުތައް ހާމަކުރުމުގައެވެ. Lau Hee Teah v Hargill Engineering Sdn Bhd 1980 1 MLJ 145 މިސާލަކަށް މުދާ ވިއްކުމުގެ ގާނޫނުގެ ވަނަ މާއްދާގެ ދަށުން ވިއްކާ މުދަލަކަށް ތިންވަނަ ފަރާތެއްގެ ޙަ އްޤެއ އޮތް ކަން އެއްބަސްވުމުގެ ކުރިން ހާމަކޮށްފައިނުވާނަމަ ވިއްކާ މުދަލަކީ ތިންވަނަ ފަރާތުގެ މަސްލަޙަތެއް ނެތް މުދާ ކަމުގައި ބެލެވޭނެއެވެ. In certain contracts (contracts of marine, fire, and life insurance, contracts for the sale of land, for family settlements, and for the allotment of shares in companies) in which one of the parties is presumed to have means of knowledge not accessible to the other, that party is bound to treat the other with uberrima fidei, and tell him every thing which may be supposed to affect his judgment.
41ޕްރިސިޑެންސް 5މި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ހާމަކުރުމުގެ ޒިންމާއެއް އޮންނާނެ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނި ނަމަވެސް އެޒިންމާ އުފެދިގެން އަންނަ ގޮތެއް ސާފެއް ނޫނެވެ. ވަކިން ޚާއްސަކޮށް ޓްރައިޕާޓީ ގެރެންޓީ އެއްބަސްވުމެއްގައި މި ހާމަކުރުމުގެ ޒިންމާ އޮތީ ލެންޑަރ ކަމުގައި ބަޔާންކޮށްފައިވާ އެފް.އެސް.އެމް އަށް ކަމަށް ނުވަތަ ލަޔަން ޓްރޭޑިންގ އަށް ކަމެއް ސާފު ނުވާއިރު، މިއިސްތިއުނާފު ހުށަހެޅުމުގައި ލަޔަން ޓްރޭޑިންގ ހަސްމެއްގ ގޮތުގައެ ހިމަނާފައިނުވާކަން ފާހަގަކުރެވެއެވެ.
42މި ޓްރައޕާޓި އެއްބަސްވުމަށް ބަލާއިރު، މިއީ ގެރެންޓީ ދިނުމުގެ އެއްބަސްވުމެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ އެފް.އެސް.އެމް އަކީ ކްރެޑިޓަރއެވެ. މިހައިޘިއްޔަތުން ހާމަކުރުމުގެ ޒިންމާއެއް އޮތްތޯ ބަލާއިރު، މިބާވަތުގެ ކޮންޓްރެކްޓުއަލް މުޢާމަލާތްތަކުގައި އަރަނިވެރިޔާގެ ދަރަނި ހުރި މިންވަރެއް ބުނެދިނުމުގެ ޒިންމާ މުއައްސަސާތަކަށް އޮންނަކަމުގައ ނުބެލެވި ކަމަށް މިމައޟުއުގައި އެހެން ޤައުމުތަކުން ނިންމާފައިވާ ނިންމުންތަކުން ފާހަގަކުރެވެއެވެ. މިގޮތުން ބޭންކުން ނަގާ ލޯނުތަކުގައި ސެކިއުރިޓީ ނުވަތަ ޝުއަރިޓީދޭ ފަރާތަކަށް ލޯނަ / ކްރެޑިޓް ނަގާ ފަރާތުގެ ދަރަނީގެ މިންވަރަކީ ކޮބައިކަން ބުނެދިނުމުގެ ޒިންމާއެއް ނޯންނާނެ ކަމަށާއި, މިއީ ގެރެންޓަރެއްގެ ހައިޘިއްޔަތުން އެފަރާތުން އަމިއްލައަށް ކަށަވަރު ކުރަންޖެހޭ މޢަ ލޫމާތެއް ކަމގައު ކަނޑައަޅާފައިވެއެވެ. ނިންމަން ފެންނަގޮތް:
43ޕްރިސިޑެންސް 6މި މައްސަލައިގައި ދަށު ކޯޓުގައި މުޙައްމަދު ޞާދިޤު ހުށަހެޅި ދިފާއަށ ޝަރީޢަތުން ގޮތެއް ނިންމާފައިނުވާއިރު، އެކަމުގެ ސަބަބު ވެސް ބަޔާންކޮށްފައިނުވަނީ، ރަނގަޅަށް ނޫން ކަމަށް ކަނޑައަޅަން ފެނެއެވެ. އެހެންނަމަވެސް، މަތީގައި ބުނެވުނު ސަބަބުތައް އެހެން ހުރުމުން މިމައްސަލައިގައި ކޮންޓްރެކްޓަކީ، ޙަޤީޤަތް އޮޅުވާލުމުގެ ސަބަބުން ވެފައިވާ ކޮންޓްރކެޓެއްކަން މުޙައްމަދު ޞދިޤުއަށ ދަށް ކޯޓު މަރާޙލާގައާއ އަދި މިކޯޓުގައ ވެސި ބުނެދީ މިބާވަތުގެ ދިފާއެއ ސާބިތުކުރުމަށް އޮތް ޒިންމާ އަދާކުރެވިފައިވާކަމަށް ނުފެންނާތީއާއި، ސިވިލް ކޯޓުގެ Imperial Bank of India v. Avanasi Chettiar(1838) 4 M. & W. 519: 150 E.R. 1534 A.R Krishnaswami Aiyar and another versus The Travancore National Bank, Ltd, represented by Messrs. J.V. Pirrie and C.Gill, Provincial offiical Liquidators and another MLJ 424 1 (1940) ނިންމުމުގައި ކޮންޓްރެކްޓް މާނަކޮށް ދަ ޢވާގައ ހިމެނި މުޢާ މަލާތްތަކަށ ވެސް އެއްބަސްވުން ތަޠްބީޤުކުރެވޭނެ ކަމަށް ނިންމި ނިންމުމަށް މިއިސްތިއުނާފުގައި ތައުނު ކޮށްފައިނުވާތީ، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު: 1084/Cv-C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. ފނޑިޔާރަ މުޙައްމަދު ސަލީމްގެ ރައުޔު؛
44ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
45މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މި ކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) 202 1/ 1-IC-A /307 20 ~ ,,,, ,, :,~:, 0 ,,~:,:, o .,,.,,,, o,,,,,.,,.,, :,:,c.:,o~.,,, ,o ' .J'.? A_,I.J'~V _,1/"A.J"-.A VA.?~ ✓ /"A_r_,IA .A.J"OPOP- /".J'~V/".,,,,OP .J'-A ,,,,,,,,,,,,, .,,,,,. ,,,, ,, ,, 1084/Cv-C/2019 :,,, ,, 0/::, 0 ,~o ,, <. ox~ C. ~:,:, ~ ,,,,, ~,,,,.,,,:, 0:, ~.,; <.:, ~ :, .,, o.,,:, /.r"" .r.? .?.,,.,.,,.,,, .S.,,,,A~..S,, A ' .rV/"OP,, ,;.~J:; .S .J" V /" .J'A_,l,, ,,J, ✓ .r ✓ .,,.,.,.,~.,, .s J_r,_,-J,, _r.?A ✓..? <. ,, :, (? ,, '" 0~ <. ,, ,, 0/ 0/ / 0 t. 0 '.,,,,,,,, :,:, ~ ,, :, ,, //UC. 0.,, 0 <. /"",, ,,A.Sf!!VA ,, ✓ .S cA~./.f'_r,, ,, /-A.?.?,, ,r,?V.J"/" A o:,o:,- .,,.,.,,., .s _rA,, .-?~~ .r.,I ✓ c _,.,_,.,_,., .s ~ ~ o:,:, .,,,.,,,,.,, .,,, o:>;o .,,,,,,,,. ,, , ,?V.,/. .A,,J,.A t./"V /".J".,,,,.AOP/AA .S ✓/c.? ,,,, .,,, ~.,, :,o:,:, .,., .. 0 _. =~V,?V.,< A/• .,,,,A~.S.? , , , , 0 ,,,,,, :, / 0/:, :, ; 0 .?/- _r.?A ✓..? ~,/1 t./"_,1 /"A ~ ,, ,,
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ސުޕްރީމް ކޯޓު 2020/SC-A/69 (އަމާނާ ތަކާފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް)، ޕެރ. 31
- ހައިކޯޓު 2016/HC-A/213 (އިޚްތިލާފީ ރައުޔުގައި)
- Lau Hee Teah v Hargill Engineering Sdn Bhd [1980] 1 MLJ 145
- Imperial Bank of India v. Avanasi Chettiar
- A.R. Krishnaswami Aiyar v. The Travancore National Bank Ltd (1940) 1 MLJ 424
- (1838) 4 M. & W. 519: 150 E.R. 1534
- ޙުސްނުއްސުޢޫދު (2016)، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް
- ބެންޗު
- ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ޙުސައިން ޝަހީދު