ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/188
މުޙައްމަދު ޢަބްދުއްރައްޒާޤު ވ. އޮޑިޓަރ ޖެނެރަލްގެ އޮފީސް، 2022/HC-A/188
Mohamed Abdhurazaaqu v. Oditar General's Office 2022/HC-A/188 (2022/HC-A/188, High Court of the Maldives, 22 September 2026)
މުޙައްމަދު ޢަބްދުއްރައްޒާޤު ވ. އޮޑިޓަރ ޖެނެރަލްގެ އޮފީސް
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ މުވައްޒަފު ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމަކީ މަތީ ކޯޓުތަކުގެ ސާބިޤާތަކާ (ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (2)) ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އަޣުލަބިއްޔަތުން އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން (ވަކިކުރި ސަބަބަކީ އެކަށީގެންވާ ޢަދުލުވެރި ސަބަބަކަށްވުން) އާއި އިޖުރާއީ ޢަދުލުވެރިކަން (ތުހުމަތުގެ މަޢުލޫމާތު ދީ ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން) ޤާއިމުވެފައިވޭތޯ ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-13 - ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ހުރެގެންނެވެ؛ ކޮންމެ misconduct އަކީ ނޯޓިސް ނުދީ ވަކިކުރުން ހުއްދަވާ ކަމެއް ނޫން، gross misconduct ކަމަށް ބެލެވޭނީ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުމުން ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15، 19 - ފަނޑިޔާރު ޢަބްދުއްރައޫފު؛ ޕެރ. 56-57 - ފަނޑިޔާރު އިސްމާޢީލް ޝަފީޢު)
- ވަކިކުރި ސަބަބު ވަޒީފާދޭ ފަރާތުން ސާބިތުކުރަންވާނީ މަދަނީ މިންގަނޑު (ބޮޑަށް ބުރަވެވޭ މިންގަނޑު) ން ނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26 - ފަނޑިޔާރު ޢަބްދުއްރައޫފު؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/maldives_airports_company_limitedu_v_jaabiru_abdul_rahman_2018_SC_A_49/"><bdi class="salj-latin" dir="ltr">2018/SC-A/49</bdi></a>)
- ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާން މަދުވެގެން: ތުހުމަތުގެ މަޢުލޫމާތު ދިނުން، ޖަވާބުދާރީވުމުގެ ފުރުޞަތު (އެހީތެރިއަކާއެކު) ދިނުން، އިދާރީ ތަޙްޤީޤެއް ކުރުން، އަދި ވަކިކުރި ސަބަބާއެކު އެންގުން ފުރިހަމަވާންޖެހޭ؛ ޖަވާބުދާރީވުމުގެ ފުރުޞަތުގެ މިންވަރު ކަނޑައެޅެނީ ޙާލަތާއި ތުހުމަތުގެ ޠަބީޢަތަށް ބަލައިގެންނެވެ؛ މި މައްސަލައިގައި ތަޙްޤީޤަށް ބަޔާން ނަގައި ދިފާޢުގެ ފުރުޞަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭ (ހުރިހާ ފަނޑިޔާރުން އެއްބަސް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-36، 54؛ <bdi class="salj-latin" dir="ltr">2010/HC-A/208</bdi>، <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/qasim_moosa_v_civil_savirs_commission_2021_SC_A_20/"><bdi class="salj-latin" dir="ltr">2021/SC-A/20</bdi></a>)
- ފަނޑިޔާރުންގެ ޤާނޫނަކީ ފަނޑިޔާރުންނަށް ހިނގާ ޤާނޫނެއް ކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އެ ޤާނޫނުގެ 'ފަނޑިޔާރު' ގެ މާނާގައި ނުހިމެނޭތީ، ޓްރައިބިއުނަލްގެ ނިންމުމެއް ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (2) އާ ޚިލާފުކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއް އެ އަސާސުގެ މައްޗަށް ކުރިއަށް ނުގެންދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-53 - ފަނޑިޔާރު ޙަސަން ޝަފީޢު)
- އިސްތިއުނާފީ ކޯޓަކީ ފުރަތަމަ މަރުޙަލާގެ ދައުރު އަދާކުރާ ކޯޓެއް ނޫނެވެ؛ ހެކި ވަޒަންކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤު/މާނަކުރުމުގައި ގޯހެއް ހެދިއްޖެނަމަ މެނުވީ ބަދަލެއް ނުގެނެވޭނެއެވެ؛ 23 (ހ) ގައިވަނީ ސަބްޖެކްޓިވް ޓެސްޓެކެވެ: މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނޭ ސަބަބުތައް އެކަށީގެންވާ ސަބަބުތަކަށް ބިނާވެފައިވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-65 - ފަނޑިޔާރު އިސްމާޢީލް ޝަފީޢު)
- ދަށުމަރުޙަލާގައި ބަހުސްނުކޮށް ނިންމާފައިނުވާ ކަމެއް (މިސާލު ބަދަލުގެ މިންވަރު) އިސްތިއުނާފީ މަރުޙަލާގައި ނަގައި ނިންމުމަކީ އިސްތިއުނާފުގެ ޢާންމު އުޞޫލާ ޚިލާފު ކަމެކެވެ؛ ބަދަލު ކަނޑައަޅުމުގައި ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައިވާ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-43 - ފަނޑިޔާރު ޢަބްދުއްރައޫފުގެ ޚިލާފު ރައުޔު)
މައްސަލައިގެ ތަޢާރަފު:
1މި އީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް ހުޅުމާލެ ފްލެޓް 02-2-105 / މުޙައްމަދު ޢަބްދުއްރައްޒާޤު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފި ރައްދުވަ ފަރާތަކާ އޮޑިޓަރ ޖެނެރަލްގެ އޮފީހެވެ.
2މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ޢަބްދުއްރައްޒާޤަކީ، 29 އޮކްޓޫބަރު 1987 އިން ފެށިގެން 23 ސެޕްޓެންބަރު 2021 ގެ ނިޔަލަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގއަ ވަޒީފާއަދާކޮށްފައިވާ ފަރާތެކެވެ. އެއޮފީހުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިއިރު، އެއޮފީހުގައި މަސައްކަތް ކުރާތާ 34 އަހަރު ވެ ފައިވެއެވެ.
3އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ -/9044,399.ރ (ސާޅީސްހަތަރުހާސް ތިން ސަތޭކަ ނުވަދިހަނުވަ ރުފިޔާ ނުވަދިހަ ލާރި) ގެއްލުނު މައްސަލަ 08 ސެޕްޓެންބަރު 2021 ގައި އެއޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް ހުށަހެޅިފައިވެއެވެ.
4އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ އިންޓެގްރިޓީއާ ގުޅޭ މައްސަލައެއް ހުށަހެޅި ބަލަމުންދާތީ، އެމައްސަލަ ބަލއަ ވަކި ގޮތަކަށް ނިމެންދެން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން 12 ސެޕްޓެންބަރު 2021 އިން ފެށިގެން ވަޒީފއަށާ ނުނިކުމެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] މަޑުކރުމަށު އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު HRCE/INDIV/2021/41-7 ނޯޓުން މުޙައްމަދު ޢަބްދުއްރައްޒާޤަށް އަންގާފައިވެއެވެ.
5މި މައްސަލައިގައި އެކޮމިޓީނަ ކުރަމުން ދިޔަ ތަޙްޤީޤަށް އެއޮފީހުގެ މުވައްޒަފނ ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެގޮތުން، މުޙައްމަދު ޢބްދުރައްޒާޤަ 12 ސެޕްޓެމްބަރު 2021 ގައި އެ ކޮމިޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
6އެ ކޮމިޓީން ތަޙްޤީޤުކުރި މައްސަލައިގައި ދެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް 22 ސެޕްޓެމްބަރު 2021 ގައި ނިންމާފައެވެ. އެދެމުވައްޒަފުންނަކީ، އެ އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ މުޙައްމަދު ޙަމްދޫނއާ މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ޢަބްދުއްރައްޒާޤުއެވެ. މުޙައްމަދު ޙަމްދޫނަށް ލިޔުމުން ނަސޭހަތް ދިނުމަށް ނިންމި އިރު، މުޙައްމަދު ޢބްދުއްރައްޒާޤަ، ވަޒީފާއާބެހޭ ޤާނޫނުގެ ގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނޯޓސި ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވެއެވެ.
7އަދި 23 ސެޕްޓެންބަރު 2021 އިން ފެށިގެން މުޙައްމަދު ޢަބްދުއްރައްޒާޤު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮފިސަރެއްގެ މަޤާމުން ވަކިކޮށްފައިވާކަން އެއޮފީހުގެ ނަންބަރު L/2021/12HRCE/VV-7 "ވަޒީފާއިން ވަކިކުރެއްވި ކަމުގެ ލިޔުން" އިން އަންގާފައިވެއެވެ.
8މުޙައްމަދު ޢަބްދުއްރައްޒާޤު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮފިސަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 23 ސެޕްޓެންބަރު 2021 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާދިން ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭއިންސާފުން ކަމަށްވާތީ، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކި 2 ޤާނޫނު ނަންބަރު 2008/2 އަންފެއަރ ޑިސްމިސަލް dismissal) (unfair އެއްގެ ގޮތުގައި ކަނޑައަޅާދިނުމަށާއި، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރި ޢަދުލުވެރި ހަމައަކުން ނޫންކަމަށްވާތީ މުޙައްމަދު ޢަބްދުއްރައްޒާޤަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރާ ތާރީޚާ ހަމައަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ މުސާރައާއި އެހެނިހެން އެލަވަންސްތަކުގ ގޮތުގައެ ކުރިން ދެވެމުންދިޔަ އުޞޫލުން ފައިސާ ދޫކުރުމަށާއި މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާނުލައި ކަމަށްވާތީ އެކަމަށްޓަކައި މުޙައްމަދު ޢަބްދުއްރައްޒާޤަށ ލިބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޙައްޤުވާ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއެވެ.
9މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްގައިވާ ފަދަ ޙާލަތެއް މެދުވެރިވެ، އެކަށީގެންވަ ސަބަބެއް އޮވެގެންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވޭތީއާއި، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ވާކަމަށް ބުރަވެވޭތީ،މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ވަޒިފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލައިގެ ރިޕޯޓް އިސްތިއުނާފީ ނުކުތާތައް
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން 02 (ދޭއް) ނުކުތއެއާ ހުށަހަޅާފައިވެއެވެ. އެއީ؛
1.4- މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ޤާނޫނީ އުޞޫލުތަކާއި ވަޒީފާއާބެހޭ ޤާނޫނު ތަޠުބީޤު ކުރާއިރު، މުޙައްމަދު ޢަބްދުއްރައްޒާޤު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރުމެއް ނެތި ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައި ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހު ކަމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއާއި، ޒީބާ ޢަތ މުޙައްމަދާ ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީހާ ޖަމާލް ޤަޟިއްޔާފަދަ މައްސަލަތަކުގައި އެކަށައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
2.4- މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނޫންކަން އެނގެން އޮތްއިރު، އަދި އިސްތިއުނާފުކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/14-CS/7201 ޤަޟިއްޔާ ފަރާތް ވަޒީފާއިން ވަކި ކޮށްފައިވަނީ ވަޒިފާއާބެހޭ ޤާނޫނުގެ 19، 21 އަދި 23 ވަނަ މާއްދާއާ ޚިލާފަށާ އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމެއް ނެތި ކަމަށްވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހު ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއާއި، މޯލްޑިވްސް ޓްރާންސްޕޮޓ އެންޑް ކޮންޓްރެކްޓިން ގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ އެޓަނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާ އާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަޝްފާޤު ވަޙީދު ޤަޟިއްޔާ ފަދަ މައްސަލަތަކުގައި އެކަށއަޅާފައިވ އުޞޫލުތަކާ ޚިލާފަށް ކަމަށްވާތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
5. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މި މޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެ ނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
1.5- އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށްފަހު އެ ފަރާތަށް ދީފައިވާ ޗިޓުގައި "ޢަމަލެއް" ބަޔާންކޮށްފައިވުމުން، އެ ބަހުން ދޭހަކޮށްދެނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަކި ޢަމަލެއްގެ ސަބަބުން ކަމަށްވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރިސިޝަނ މެރިން ޕވޓ ލޓޑ ވ. ޢަބްދުއްރައްޒާޤު ޢަލީ ޤަޟިއްޔާ މި މައްސަލައަށް ތަޠްބީޤްކުރާއިރ އިސްތިއުނާފުކުރު ފަރާތް ވަޒީފާއިން ވަކިކުރި ސބަބަ ފިޔަވައި އެހެން ސަބަބުތަކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައި ވީނަމަވެސް އެ ސަބަބުތަކަށް ރިޢާޔަތެއް ނުކުރެވޭނެކަމާއި އެހެންކަމުން މި މައްސަލާގައި ބަލަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަޒީފާއިން ވަކިކުރި ޢަމަލަކީ ޙަޤީޤަތުގައިވެސް ހިނގާފައިވާ ޢަމަލެއްތޯ އާއި އެއީ ނޯޓިހެއް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާފަދަ ސަބަބެއްތޯކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
2.5- ހާދިސާ ހިނގި ދުވަހު އިސްތިއުނާފުކުރާ ފަރާތުގެ ސުޕަރވައިޒަރާއި އޮފީހުގެ އެހެން މުވައްޒަފުންގެ ސަމާލުކަމަށް އެކަން ގެނަސްފައިވާނެކަމާއި އެފައިސާ ތަކަކީ ރެކްރިއޭޝަނަލް ކްލަބްގެ ފައިސާތަކެއްކަން އެނގުމާއެކު އެކަމާ ޙަވާލުވެހުރި މުވައްޒަފަށްވެސ އެކަން އަންގާފައިވާނެކަމާއި އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ތެދުވެރިކަމާ އަމާނާތްތެރިކަން ނެތިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތާމެދު މި މައްސަލައިގެ ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަމާއި އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށްވާތީ މުވައްޒަފަކާމެދު އިދާރީ ފިޔަވަޅެއް އަޅާފައިވުމަކީ މި މައްސަލާގައި އެއަށް ބުރަވެވޭނެ ކަމެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
3.5- އިސްތިއުނާފުކުރާ ފަރާތާ ން އިސްތިއުނާފުރައްދުވ ފަރާތުގާ ހިއުމަން ރިސޯސް ސެކްޝަންގެ އެތިކްސް ކޮމިޓީން ބަޔާނެއް ނަގާފައިވާއިރު އެ ބަޔާނު ގައި ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެފަދަ އެއްވެސް ޢަމަލެއް އޭނާކޮށްފައިވާކަމަށް ބަޔާންކޮށްފައިނުވާނެކަމާއި އިސްތިއުނާފުކުރާ ފަރާތާ ނ އެފަދް ޢަމަލެއްކުރިކަނ ވަޒީފާއާބެހް ޓްރައިބިއުނަލްގައިވެސ މަދަން މިންގަނޑުން ސާބިތުކޮށްދެވިފައިނުވާކަމާއި ރެކްރިއޭޝަން ކްލަބްގެ ފައިސާއަކަށް އެއްވެސް ފަރާތަކުން ޚިޔާނާތްތެރިވެގެނ ތުހުމަތެއް ކުރެވިފައި ނެތްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާއި ހިއުމަނަ ރިސޯސް ސެކްޝަންގެ އެތިކްސް ކޮމިޓީގެ ތަޙުޤީޤީ ރިޕޯޓުންވެސް އިނގޭކަމާއި ހުށަހެޅުނު މައްސަލައަކީ ފައިސާ ގެއްލުނު މައްސަލައެއްކަން އެނގޭކަމާއި ވުމާއެކު މި މައްސަލައާ ގުޅިގެން އެންމެ ހަރުކަށި ފިޔަވަޅު އަޅާ ފައިވަނީ އެފައިސާގެ ބެލެހެއްޓުމުގެ ޒިންމާއެއްވެސް ނެތް ފަރާތެއްކަމަށްވާ އިސްތިއުނާފުކުރާ ފަރާތަށްކަމަށް ފާހަގަކުރެއެވެ.
4.5- އިސްތިއުނާފުކުރާ ފަރާތާ ނ ފައިސާއަށް ޒިންމާވެ ފައިސާ ދައްކަނު ނިންމީ އަމިއްލައަށް ކަމަށާއި، އެއީ ފައިސާތައް ލާފައިވާ ސިޓީއިރު ގެއްލުންކަމަށްވުމާއި، އެންމެ ބޮޑަށް އޮތް އިހުތިމާލަކީ ސާފުކުރާ މީހުން އެކަން ކުރުންކަމާއި ނަމަވެސް އެކަން ސާބިތު ކުރެވެން ނެތުމުން އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް އެ ޒިންމާ އުފުލީކަން އެނގޭކަމއ އެއި މުވައްޒަފަކީ ވަޒީފާއިން ވަކިކުރަންޖެހޭ މިންވަރުގާ ގްރޮސް މިސްކޮންޑަކްޓަކަށް ފެތޭނެ އަމަލެއް ނޫންކަން އެނގޭކަމާއި ފައިސާތައް ފެނުނު ދުވަހު ކޮވިޑް- 19 ޙާލަތާ ގުޅިގެން ރަސްމީކޮށް އޮފީސް ބަންދުކޮށް، އޭގެ ފަހުން މުޅި މާލެ 45 ދުވަހުގެ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެކަމުގެ ހަނދާނެއް އިސްތިއުނާފުކުރާ ފަރާތުން ނެތްކަމާއި ވަކި ވާހަކައެއް އޮފީސް ވައިބަރ ގްރޫޕްގައި ނުލިޔެގެން އެކަމަކީ އިސްތިއުނާފުކުރާފަރާތް ވަޒީފާއިން ވަކކި ރ ސަބަބުކަމަށްވާއިރު ފައިސާތަކަށް އިހުމާލުވި ފަރާތުން އެ ފައިސާތަކާބެހޭ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގޭތޯ ނުވަތަ މަޢުލޫމާތެއް ލިބުނުތޯ ވައިބަރ ގްރޫޕްގައި ނުލިއުމުން އެ މައްސަލަ ބަލާފައިނުވާކަން ފާހަގަކުރެއެވެ.
5.5- އިސްތިއުނާފުކުރާ ފަރާތުން ޚިޔާނާތެއް ވެފައުނުވާކަމާއި ވަޒިފާދޭފަރާތަށ ގެއްލުންތަކެއް ލިބިދާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެކަމާއ ފައިސި ފެނުނުކަން ސުޕަރވައިޒަރަށް އެންގުމަށްފަހު ޙާލަތާއި ވަގުތަށް ބަލާއިރު އެ ފަރާތާއި ފެނުނު އެންމެ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކުގައިކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީހާ ޖަމާލް ޤަޟިއްޔާގައި ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އެ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވާކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވއްޒަފަކަ ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފު ކުރި ޢަމަލަކީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް (misconduct gross) ކަމަކަށްވާނަމަކަމަށާއި، މުވައްޒަފު ކުރި ޢަމަލަކީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުކަމެއްކަމަށްވާނަމަ، ނުވަތަ އެކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމަކަށް ވާނަމަ ނުވަތަ އެކަމަކީ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ އެ ޢަމަލަކީ ނޯޓިސް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭފަދަ ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލިދާނެކަމަށް އެ ޤޟިއްޔާގައަ ބުނާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
6.5- އިސްވެ ދެންނެވުނު އަސާސްތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އިސްތިއުނާފުކުރާ ފަރާތުން ފައިސާއާމެދު ޢަމަލުކޮށްފައިވާ ގޮތުން އަދި އެފައިސާ ގެއްލުމުން އެކަމަށް ޒިންމާވެ އެފައިސާ އަނބުރާ ދައްކަން ފަށާފައިވަނިކޮށް އެފަރާތް ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމާފައިވާ ނިންމުމަކީ، ނޯޓިސް ދިނުމެއްނެތި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރާފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް އެފަރާތުން ކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫންކަން ސާފުކޮށް އެނގޭކަމއާ އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 3.2 ގެ ޖަދުވަލު 5 ގެ 3 ގެ (ނ) ގައިވާގޮތަށް މުވައްޒަފަކު އެ ޙާލަތާއި ވަގުތުގައި ޢަމަލުކުރާނެ އެންމެ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުކަމާއި، ލޮކްޑައުން ތެރޭގައިވެސް ސާފުކުރާ މީހުން އޮފީސްތެރެއަށް އައިސް ސާފުކުރާނެތީ އެފައިސާ ގެއްލުމުގެ އިހުތިމާލު އޮތްކަމާއި ފައިސާ ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން އަންގާފައިނުވާތީ، އެފަރާތާމެދ ފިޔަވަޅު އަޅާ ކަމުގައިވާނަމަ، ފައިސާއާއި ޒިންމާވާންޖެހޭ ފަރާތްކަމުގައިވާ މުޙައްމަދު ޙަމްދޫން އަތުން އެފައިސާ ގެއްލިފައިވާކަން މުޙައްމަދު ޙަމްދޫންވެސް އޮފީހުގެ ވެރިންނަށް އަންގާފައިނުވުމުން، އެފަރާތުންވެސް، ޢަމަލުކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 3.2 ގެ ޖަދުވަލު 5 ގެ 3 ގެ (ނ) ގައިވާގޮތަށް މުވައްޒަފަކު އެ ޙލަތާއ ވަގުތުގައި ޢަމަލުކުރާނެ އެންމާ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ކަމަށް ބެލެވިގެން ނުވާނެކަމަށް ފާހަގަކުރެއެވެ.
7.5- އިސްތިއުނާފުކުރާ ފަރާތް ވަޒީފާގައި ބަހައްޓައިފިނަމަ ވަޒީފާދޭފަރާތަށް ނުވަތަ ތަނަށް ގެއްލުމެއްވާނެކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރެވޭ މި މައްސަލާގައި ސާބިތު ކޮށްދެއްވިފއަ ނުވާކަމާއި އިސްތިއުނާފުކުރި ފަރާތުން ބުނާބުނުމެއް ފިޔަވައި އިސްތިއުނާފުކުރާ ފަރާތުން ވަޒީފާދޭފަރާތަށް ނުވަތަ ތަނަށް ގެއްލުމެއްވާނެކަން ބަޔާންކުރާ އެއްވެސް ޢަމަލެއް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ފެނިފައިވާކަމަށް ބަޔާންކޮށްފައެއްނުވެއެވެ. ވަޒީފާގައި އިތުރަށް މުވައްޒަފަކު ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތަކީ ކޮބައިކަން ކަނޑައަޅާ ޓެސްޓަކީ "އެކަށީގެންވާ ހަމަތަކަށް" ބެލުންކަމާއި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއަކާ ގުޅިގެން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ، އެމްއޭސީއެލް ވ. އާދަމް ޒަމީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާނެކަމާއި، އަދި ހަމައެއާއެކު، ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެންކަމާއި، ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމައެވެ. ދެންނެވުނު ފަދަ އެއްވެސް ސަބަބެއް މި މައްސަލާގައި ނެތްކަން ސާފުކޮށް އެނގޭތީ މި މައްސަލައަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާ މައްސަލައެއްކަން ބަޔާންކުރެއެވެ.
8.5- މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާދިން ފަރާތުން ތަބާވުމަށް ފަހުގައިތޯއާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކަށް އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހުގައިތޯ ކަށަވަރުކުރަން ޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއެއް ކަމުގައިވާ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި އެނގެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ހިނގާދިޔަ ކަންތައްތަކަށް ރިޢާޔަތް ކުރުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހުގައި ނޫންކަން ވަރަށް ސާފުކޮށް އެނގޭކަމާއި އިސްތިއުނާފުކުރާ ފަރާތާމެދު އަޅާފައިވާ ފިޔަވަޅު އަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ އަދި 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށް އެފަރާތުން ބަޔާންކުރެއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
6. އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 247/VTR/2021 މައްސަލައަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަމަށްވާތީ އެމައްސަލައިގެ ނިންމުން ބާޠިލުކޮށްދެއްވައި، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާދިން ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭއިންސާފުން ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން އެއީ އަންފެއަރ ޑިސްމިސަލްއެއްގ ގޮތުގައެ ކަނޑައަޅުއްވައި ދެއްވައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރި ޢަދުލުވެރި ހަމައަކުން ނޫންކަމަށްވާތީ މުޙައްމަދު ޢަބްދުއްރައްޒާޤު އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރ ތާރީޚާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުގެ މުސާރައާއި އެހެނިހެން އެލަވަންސްތަކުގ ގޮތުގައެ މީގެ ކުރިންވެސް ދެވެމުންދިޔަ އުސޫލުން ފައިސާ އެފަރާތަށް ދޫކުރުމަށާއި އެ ފައިސާ އެކީ އެއްފަހަރާ އިސްތިއުނާފުކުރާ ފަރާތަށް ދެއްކުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ މައްޗަށް އަމުރު ކޮށްދެއްވައި މައްސަލަ ނިންމައިދިނުމަށެވެ.
7. އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.7- މައްސަލަގައި ހެކި ބަޔާން ނެގުނު އަދި ކޮމެޓީ މަރުހަލާގައި ބަޔާން ނެގުނު އެންމެހާ ފަރާތްތަކުގެ ބަޔާންތަކަށް ބަލާއިރުވެސް، ފާހަގަވާ މުހިންމު އެއްކަމަކީ އަބްދުއްރައްޒާޤ އަކް އޮޑިޓަރ ޖެނެރަލް އޮފީހުގައި ހުރިހާ އެސެޓްތަކެއ ފިޒިކަލް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ޔުނިޓްގައި މަސައްކަތް ކުރާ ފަރާތެއްކަމާއި، އޮފީހުގެ އެންމެ ރައްކާތެރިކޮށް ހުންނާނީ ތިޖޫރީއާ ސްޓޮކް ރޫމާ، ކަބަޑުތައް ކަމަށާއި، އެ ކަބަޑުތަކުގައި ތަޅުދަނޑިވެސް ހުންނާނެ ކަމަށާއި، އަދި އޮފީހުގައި ތަޅުލެވޭ ގިނަ ތަންތަނުގެ ތަޅުދަނޑި ހުންނާނީ އަބްދުއްރައްޒާޤް އަތުގައިކަމެވެ.
2.7- އޮޑިޓަރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރާ މުޙައްމަދު ހަމްދޫންގެ ބަޔާނަށް ބަލާއިރު އަބްދުއްރައްޒާޤް ގެ ފަރާތުން ގެއްލުނު ފައިސާއާމެދު އެކި ގޮތްގޮތަށް އެކި މީހުން ކައިރި ވާހަކަ ދައްކާފައިވާކަމާއި އަބްދުއްރައްޒާޤ ޢަމަލުތަކުން އެފަރާތުގެ ތެދުވެރިކަމާއެކު މަސައްކަތްކޮށްފައިނުވާކަން ސާބިތުވާއިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ އެންމެ މުހިންމު އެއް މިނިވަން މުއައްސަސާކަމަށްވާއިރު، އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ހުންނަޖެހޭ އެންމެ އަސާސީ އެއް ސުލޫކީ މިންގަނޑަކީ ތެދުވެރިކަމާއެކު މަސައްކަތްކުރންކަމާއު މުވައްޒަފެއް މި ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ ދައުލަތުގެ މިފަދަ މިނިވަން މުއައްސަސާއަކާމެދު ސުވާލު އުފެދޭނެކަމެވެ.
3.7- ޢަބްދުއްރައްޒާޤް ގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ ބިނާކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު މައްސަލައާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ވުމަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި ވަޒީފާއާބެހޭ ޓްރިއިބިއުނަލްގެ ނިންމުން މި އިސްވެ ދެންނެވުނު މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގައ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމާ ތަފާތުވާ ގޮތއެ ނުވަތަ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ އާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދެވިފައި ނުވާކަމެވެ.
4.7- އަދި ޢަބްދުއްރައްޒާޤުގެ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު މައްސަލަ އަށް ބަލާއިރު، އެ މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ނިންމާފައިވާ ނިންމުމެއްކަމާއި އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމާ ގުޅޭ ނިންމުމެއް ކަމުން، މި ދެ މައްސަލާގައި ބަލާފައިވަނީ ތަފާތު ދެ ޤާނޫނީ ނުކުތާއެއްކަމުން، ވަޒީފާއާބެހޭ ޓްރިއިބިއުނަލ އިން އިސްތިއުނާފު މިކުރެވޭ މައްސަލަ ނިންމިއިރު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ކަމަށް ބެލެވޭނެ ޤާނޫނީ އަސާސެއް ނެތްކަމެވެ.
5.7- ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުގެ އަދަދަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު މައްސަލާގައި ކަނޑައަޅާފައިވާ ހަމައިގެ ތެރެއިން ނަގައިދެވޭނެ ފައިސާއަކަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ އެއްވެސް ހުށަހެޅުމެއްގައި އެފަރާތުން ނަގާދިނުމަށް އެދޭ ފައިސާތަކަކީ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ނަގައިދެވޭނެ ފައިސާއެއް ކަން ބަޔާންކޮށްދީފައިނުވާކަމެވެ.
8. އިސްތިއުނާފުރައްދުވާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނަންބަރު 247/VTR/2021 ގެ ނިންމުން ބާޠީލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ، މައްސަލާގައި ޙުކުމް ކޮށްދިނުމަށެވެ.
9. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 21VTR/20/247 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
10. ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެކޯޓަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮވެއެވެ. މި މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ވަޒީފާއަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތައް ބިނާކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވާ ކަމަށް ބުނެއެވެ.
11ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭ ކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި fairness) (substantive އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމްވެފައި އޮތްތޯ ބަލަންޖެހެއެވެ .
12މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ އުސޫލު ނުވުމަކީ، ނުވަތަ އެ މުވައްޒަފެއް ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކަނޑައެޅުނު ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބއ ކަމަށް ބެލެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢމަލެއަ ކޮށްފައިވާ ނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާ ނަމަ، ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުން އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވެއެވެ.
13އިޖުރާއީ ޢަދުލުވެރި ކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާޢަތަކީ ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ . މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ.
14ޕްރިސިޑެންސް 2ނޯޓިސް ދިނުމަކާއި ނުލާ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
(ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. ޢަދުލުވެރި ސަބަބެއް އޮތް ކަމަށް ބެލެވިދާނެ ދެ ޙާލަތެއް މި މާއްދާގައި ބަޔާންކުރެއެވެ. އެއީ؛
1.14- ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން.
2.14- ޚިޔާނާތެއް ވެފައިވުން.
15މި މާއްދާގެ ދަށުން ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އެ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކި ކުރުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވެއެވެ. މި މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް (gross misconduct) ވާނަމައެވެ. ފާޅުކަން ބޮޑު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ އަންޖަލީން މޭރީ ނާޒިއު) ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓސ ލިމިޓެޑް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް) ޤަޟިއްޔާ ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށް ވާނަމައެވެ. މިގޮތުން ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވެފައި ވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބާރާއި އަމާނަތްތެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީ ގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފުވެފައި ވާނަމަ، އެޢަމަލަކީ ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްދަވެދާނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލަކަށް ވެދާނެއެވެ.
16ހުށަހެޅިފައި މިވާ މައްސަލައިގައި އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޢަބްދުއްރައްޒާޤު، ވަޒީފާއިން ވަކި ކުރުމުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހުކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީހާ ޖަމާލް ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒީބާ ޢަތ މުޙައްމަދާ ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މައްސަލަތަކުގައި އެކަށައަޅުއްވާފައިވ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
17ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ؛ ފަނޑިޔާރުންގެ 5. (ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ނިންމުންތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޙުކުމްތަކާއި، ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. އަމުރުތަކުގެ އަސްލު
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ. (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް. (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން.
18އެއްކަހަލަ މައްސަލަތަކާމެދު ޢަމަލު ކުރަންވާނީ އެއްގޮތކަ ށ (treat like cases alike) ކަމުގައި، އޮންނަ ޤާއިދާއަކީ ގޮތް ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަ ނުވުމާއި، ނަޒާހަތްތެރި ކަމާއި، އެއްގޮތް ކުރުމާއި ގުޅުވާ، އިންސާފު ޤާއިމު ކުރުމުގެ މުހިންމު އަދި މައި ދައުރެއް އަދާކުރާ ޤާއިދާއެއް ކަމުގައިވިޔަސް އެއްގޮތް މައްސަލަތަކުގައި އެއް ނިންމުމަކަށް ވާސިލްވުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލްންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެއީ އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލު ކުރުމުގައި، ކޮންމެ މައްސަލައެއްގެ ވާޤިޢާތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހު subjective application އެއް ބޭނުންކޮށް، ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކާއި މައްސަލަތަކުގެ އަލީގައި، ގޮތެއް ކަނޑައެޅުންކމަށް ބަޔާންކޮށްފައިވަ އެވެ.
19އިސްވެ ފާހަގަ ކުރެވުނު ފަދައިން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދަ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި، ޢަދަލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކުރުނ ނުވަތް ޚިޔާނާތެއް ވެފައިވާ ޙާލަތުގައި ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް 20 19 ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް އާއި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ މުވައްޒަފަކު ކުރި ޢަމަލަކީ ދެފަރާތުގެ މެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމަށް ވާނަމަ ކަމަށް ބަޔާންކޮށް އެފަދަ ޢަމަލުތަކުގެ ގޮތުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.19- ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވުން، ނުވަތަ؛
2.19- އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމަށްވުން، ނުވަތަ؛
3.19- އެކަމަކީ އެމުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފުކަމެއް ކަމަށްވުން، މިއެވެ.
20ހުށަހެޅިފައި މިވާ، މައްސަލައިގައި މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކި ކށޮ ފައިވަން މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސިފަނެތްކަން ހާމަކޮށްދޭ ޢަމަލެއް ފެނިފައިވުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ނޫންކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އެގްޒެކްޓިވް ކޮމިޓީއަށް ޤަބޫލުކުރެވިގެނީ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2021/12/LHRCE/VV-7 "ވަޒީފާއިން ވަކިކުރެއްވި ކަމުގެ ލިޔުން" (23 ސެޕްޓެންބަރު 2021) އަށް ބެލުމުން އެނގެން އޮވެއެވެ.
21އިސްތިއުނާފުކުރާ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ވަޒީފާއަދާކުރަމުން ދިޔައިރު، އެފަރާތުގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސިފަނެތްކަމަށް ނިންމި ނިންމުން ބިނާކޮށްފައިވާ ޙާދިސާ ހިނގާފައިވާ ގޮތް، އޮޑިޓަރ ޖެނެރަލް އޮފީހނ ތަޙްޤީޤުކޮށް އެކުލަވާލާފައިވު 'ރެކްރިއޭޝަން ކްލަބުގެ ފައިސާ ގެއްލުނު މައްސަލަ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއިން ބެލުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓް' ގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ޕްރިންޓިންގ އޭރިއާއިން އިސްތިއުނާފުކުރާ ފަރާތުން ނެގި، މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ 90/44,399ރ. (ސާޅީސްހަތަރުހާސ ތިން ސަތޭކަ ނުވަދިހަނުވާ ރުފިޔާ ނުވަދިހަ ލާރި)، ވެރިފަރާތާއި ޙަވާލުނުކޮށް އަހަރެއްހާ ދުވަސް ހޭދަކޮށް، އެފައިސާ އެއްފަހަރާ ވެރިފަރާތަށް ރައްދުކޮށްފައި ނުވުމަކީ އިސްތިއުނާފުކުރާ ފަރާތް އެފައިސާގައި ޖެހިފައިވާކަމަށް ބެލެވޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
22އިސްތިއުނާފުކުރާ ފަރާތަށް ފެނުނު ފައިސާއަކީ ކޮން ފަރާތަކުން ބަހައްޓާފައި ހުރި ކޮން ފައިސާތަކެއް ކަމާއި ފައިސާތަކުގެ އަދަދެއް ވެސް އެފަރާތަށް އޭރު ނޭނގޭ ކަމަށް އިސްތިއުނާފުކުރާ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް ދީފައިވާ ބަޔާނުން އެނގެއެވެ. އަދި މި މައްސަލައާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ސުޕަރވައިޒަރު ކަމުގައިވާ މުޙައްމަދު ޒަބީނށް މި ފައިސާތައް ފެނުނުކަނަ އިސްތިއުނާފުކުރާ ފަރާތުން އެންގިކަމަށް މުޙައްމަދު ޒަބީންގެ ފަރާތުން މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދީފައިވާ ހެކިބަހުން އެނގެން އޮވެއެވެ.
23ވަޒީފާއަދާކުރާ މާޙައުލުގައި ފެންނަ ތަކެއްޗާމެދު ޢަމަލުކުރާނެ ވަކި ޚާއްޞަ އުޞޫލެއް ޤާއިމުކޮށްފައިނުވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވެއެވެ. ނަމަވެސް އެފަދައިން ފެންނަ ތަކެއްޗާމެދު ޢަމަލު ކުރަމުން އަންނަ އުޞޫލަކީ އޮފީހުގެ ވައިބަރ ގުރޫޕުގައި އެކަމުގެ މައުލޫމާތު ހިއްސާކުރުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އެފަދައިން ޢަމަލުކޮށްފައި ނުވުމުން އެފަރާތުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއްކަމަށް ބުރަވެވޭ ކަމއާ އެފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވޫ ކަމަށް ޓްރައިބިއުނަލުން ނިންމާފައި ވެއެވެ.
24ޕްރިސިޑެންސް 3މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ޤާނޫނުގައި އިސްތިޤުރާރު ވެފައި ވެއެވެ.
25ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތޙަލ ގޮތެއު ކަމަށް ނުބެލެވޭނަމަ، އެތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެކަމާއި ހަމައެގޮތަށް ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނޭ ތިން ގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން އެ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައި ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ފާހަގަ ކުރައްވާފައި ވެއެވެ.
26އެހެންކަމުން ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް އެންމެ ގާތް ގޮތަކީ ކަން ވުމަށްވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
27ހުށަހެޅިފައިމިވާ މައްސަލައިގައި ރަސްމީ ސިފައެއްގައި މިފަދަ ކަންކަން ރިޕޯޓުކޮށް، މައުލޫމާތު ހިއްސާ ކުރުމުގެ ޚާއްޞަ އުޞޫލެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމްކޮށްފައި ނެތްކަމަށް ޚުދު އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އެއްބަސްވާ ކަމާއި، މުޙައްމަދު ޢަބްދުއްރައްޒާޤަށް އޮފީހުގެ ތެރެއިން، ވެރިފަރާތެއ އެނގެން ނެތް ފައިސާތަކެއް ހުރި ސިޓީ އުރައެއ ފެނުމުން އެކަން އޭނާގެ ސުޕަވައިޒަރަށް އަންގާފައިވާކަން އެނގޭއިރު، އޭނގާ ފަރާތުން އޮފީހުގެ ވައިބަރ ގްރޫޕްގައި އެވާހަކަ ނުލިޔާކަމަށ ބުން އެފަރާތުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފައްދައި މުޙައްމަދު ޢަބްދުއްރައްޒާޤު އެއޮފީހުގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާ ކަމަށް ނިންމައި، އޭނާގެ ވަޒީފާއިން ވަކިކުރުމަކީ އިސްވެ ބަޔާން ކުރެވުނު، އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް 23 22 ކޯޕަރޭޝަން ލިމިޓެޑް އާއި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމަށް (މިރިޕޯޓުގެ 19 ވަނަ ޕެރެގްރާފުގައި) ފުރިހަމައަށް ރިޢާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ) ޤަޟިއްޔާގެ 40 އަދި 41 ވަނަ ނަންބަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ
28އިސް ތިއުނާފުކުރާ ފަރާތަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތެއްނޫން ކަމާއި އަދި އެފަރާތަކީ އެ އޮފީހުގެ ރެކްރިއޭޝަނަލް ކްލަބްގެ ފައިސާއަށް ޒިންމާވާން ޖެހޭ ފަރާތެއްވެސ ނޫންކަމަށް އިސްތއުނާފުރައްދުވާ ފަރާތުން އެއްބަސްވެއެވެ. އިސްތިއުނާފުކުރާ ފަރާތަށް ފެނުނު ފައިސާގެ މަޢުލޫމާތު އެފަރާތުގެ ސުޕަރވައިޒަރާއި ހިއްސާކުރިކަމަށް އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތުންވެސް އެއްބަސްވެއެވެ. އިސްތިއުނާފުކުރާ ފަރާތަށް ފެނުނު ފައިސާތަކ ގުޅާ ގޮތުނު އޭނާ ޢަމަލުކޮށްފައިވަނީ އެހާލަތުގައި ޢާންމު މީހަކު ޢަމަލުކުރާނެ އުސޫލުން ކަމަށް ބެލެވެން އޮތުމާއި އެޙާލަތުގައި އޭނާގެ ނުބައި ނިޔަތް އަދި އެފައިސާއަށް އޭނާ ޚިޔާނާތްތެރިވެފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވާތީ އެފަރާތުން އޙެ ލަތުގައާ ޢަމަލުކޮށްފައިވާ ގޮތގައު ނުބައިނިޔަތެއް އޮތްކަމަށް ބެލެވޭނެ ތަނެއް އޮތްކަމަކަށް އަހުރެންނަށް ބުރއެއަ ނުވެވެއެވެ. މީގެ އިތުރުން އިސްތިއުނާފކުރު ފަރާތުން އަމިއްލައަށް އިސްވެ، ގެއްލިފައިވާ ފައިސާ އަނބުރާ ރެކްރިއޭޝަނަލް ކްލަބްގެ ފައިސާއާ ޒިންމާވާންޖެހޭ މުވައްޒަފަށް ދައްކަން އެއްބަސްވެ އެފައިސާ ދައްކަމުން ދިޔަކަމަށް ތަޙްޤީޤަށް އެމުވައްޒަފު ދިން ބަޔާނަށް ބެލުމުން އެނގެން އޮތަތީ، އިސްތިއުނާފުކުރާ ފަރާތުގެ ނުނިޔަތެއް އޮތްކަމަށް ބުރޮ އެއް ނުވެއެވެ.
29އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތް ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ މައްސަލައިގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް ކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ.
30ޕްރިސިޑެންސް 4އިޖުރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާޢަތަކީ ޢަދުލުވެރި އިޖުރާޢަތަކަށް ވުމެވެ. ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި އިޖުރާއީ ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީނާ މޭރީ ނާޒިއު) ޤަޟިއްޔާ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާކަމަށް ޢާންމު ޙާލަތްތަކުގައި ބެލެވޭނީ އެންމެ ކުޑަމިނުން އަންނަނިވި ފަދައިން ވަޒީފާދޭ ފަރާތުން ޢަމަލުކޮށްފައިވާނަމަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެއީ؛
1.30- މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމާބެހޭ މަޢުލޫމާތު، އެއިރަކު ދެވެން ހުރި ހުރިހާ ތަފުޞީލަކާއެކު، އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުމަށްފަހު؛
2.30- އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަށް ދިނުމަށްފަހު އަދި އެފަދަ ފުރުޞަތެއްގައި އެ މުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމަށް އެދިއްޖެނަމަ އެ ފުރުޞަތު ދިނުމަށްފަހު؛
3.30- އެ މައްސަލަ އިދާރީ ގޮތުން ތަޙްޤީޤު ކުރުމަށްފަހު؛
4.30- ވަޒިފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެ ކުރެވޭ ތަޙްޤީޤަކަށް ފެނި، އެމުވައްޒަފަކު ވަކިކުރުން ނިންމައިފި ނަމަ، އެ މުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައި ވާނަމައެވެ.
31ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން) ޤަޟިއްޔާގައި، ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުޞަތު ދެވޭ މިންވަރު ކަނޑައެޅޭނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތަށް އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބަލައިގެން ކަމާއި، ކޮންމެ ޙާލަތެއްގައި ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނު ކަމުގައި ވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލު ކުރެވިދާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
32އެހެންކަމުން، މުވައްޒަފެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން، އެ މުވައްޒަފެއްގެ މައްޗަށް ތުހުމަތެއް ކޮށްފައިވާކަން އެންގުމާއި، އެކަމާ ގުޅޭ ގޮތުން ތަހުޤީޤެއް ހިންގާކަން އެ މުވައްޒަފާއި މުޢާމަލާތް ކުރުމާއި، މުވައްޒަފާމެދު ކުރެވޭ ތުހުމަތާ ގުޅިގެން އޭނާއާ ސުވާލުކުރެވިފައި އޮތުމަކީ ވަޒީފާދޭ ފަރާތުން އެންމެ ކުޑަމިނުން ކުރަންޖެހޭ ކަންކަމެވެ.
33މި މައްސަލައިގައި މުޙައްމަދު ޢަބްދުއްރައްޒާޤު، އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގެ ކުރިން ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) އިސްތިއުނާފުރައްދުވާ ފަރާތުން ޤާއިމުކޮށްފައި ވޭތޯ ބ ލާއިރު، އޮޑިޓަރ ޖެނެރަލް އޮފީހުގެ ރެކްރިއޭޝަން ކްލަބްގެ ފައިސާތަކެއް ގެއްލުނު މައްސަލައިގައި އެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 12 ސެޕްޓެންބަރު 2021 ގައި، މުޙައްމަދު ޢަބްދުއްރައްޒާޤި ހާޒިރުކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމާއި، އެއީ އިދާރީ ގޮތުނާ ހިންގި ތަޙްޤީޤެއްކަން އެނގެއެވެ.
34އަދި މުޙައްމަދު ޢަބްދުއްރައްޒާޤު ދީފައިވާ ބަޔާނުން އެފަރާތާއިމެދު ތުހުމަތުކުރެވިފައިވަނީ ކޮން ހާދިސާއަކާއި ގުޅިގެންކަމާއި ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިފައިވާކަމާއި މިއީ ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި ދީފައިވާ ބަޔާނެއްކަން އެނގެން އޮވެއެވެ.
35އަދި މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރެވިފައިވަނީ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރި ކަމާއި، އަމާނާތްތެރިކަމުގެ ސިފަނެތްކަން ހާމަކޮށްދޭ ޢަމަލެއް ފެނިފައިވުމާއިއެކު، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ނޫންކަމަށް ފެނިގެނކަން އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 2021/12/LHRCE/VV-7 "ވަޒީފާއިން ވަކިކުރެއްވި ކަމުގެ ލިޔުން" (23 ސެޕްޓެންބަރު 2021) އަށް ބެލުމުން އެނގެން އޮވެއެވެ.
36އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، މައްސަލަ ރައްދުވި ފަރާތާ ގ ވަޒީފާއިން މައްސަލަ ހުށަހަޅާ ފަރާތް ވަކިކުރުމުގެ ކުރިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) މައްސަލަ ރައްދުވި ފަރާތުން ޤާއިމުކޮށްފައިވާކަމަށް އަހުރެންނަށް ބުރަވެވެއެވެ.
37މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދެނީ އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާދިން ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމެއްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭއިންސާފުން ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން އެއީ އަންފެއަރ ޑިސްމިސަލްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރި ޢަދުލުވެރި ހަމައަކުން ނޫންކަމަށްވާތީ މުޙައްމަދު ޢަބްދުއްރައްޒާޤަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރ ތާރީޚާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުގެ މުސާރައާއި އެހެނިހެން އެލަވަންސްތަކުގެ ގޮތުގައި ލިބެމުންދިޔަ ފައިސާ އެފަރާތަށް ދޫކުރުމަށާއި އެ ފައިސާ އެކީ އެއްފަހަރާ އިސްތިއުނާފުކުރާ ފަރާތަށް ދެއްކުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
38ޕްރިސިޑެންސް 7ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙއްލަކަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢކުރަ ނ ކަމާއި، މިތަނުގައި އަސާސީ ޙައްލުގެ މާނައަކީ، އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢކުރަ ނ ކަމާއި، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާ ގައި ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރު އަޅާ ބައެއް ޙާލަތްތަކަކީ (1) މުވައްޒަފކުރު ޣައިރު ސުލޫކީ އަމަލަކީ، އެފަދަ ފުރަތަމަ ޢމަލުކަމަށަ ވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެމައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތައް؛ (2) މުވައްޒަފުގެ ހުރި ޚާއޞް ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން؛ (3) މުވައްޒަފު ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙލަތުތައާ ކަމަށްވެސް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
39ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައި ވެސް އެމައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްސަ ޙލަތްތައާ ވަޒަންކޮށްގެން ވަޒީފާއަށް އަނބުރާ ރުޖޫޢކުރާނީތަ ނުވަތަ ބަދަލުދިނުމަށް އަމުރުކުރާނީތޯ ކަނޑައެޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއޞް ޙާލަތތު ކަކާއަ ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެ ކަމަށާއި، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ޙަޤީޤަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ. އަދި އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުން އީޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒފަ ކަންކުރި ގޮތުން ވަޒީފާ ދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލަންޖެހޭނެއެވެ.
40ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރައާއި އިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ، ކޮންމެހެން ލާޒިމުކަމެއް ނޫންކަމަށާއި، އަދި އެފަދަ ޙާލަތެއްގައި ނަގައިދޭނެ އަދުލުވެރި މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/35 ޤަޟިއްޔާ (އާމިނަތު އަރީޖްޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާ ގައި ބަޔާންކށްފައިވޮ އެވެ.
41ވަޒީފާއިން ވަކިކުރުމުން ބަދަލު ނަގއަ ދިނުމުގި އ ރިޢާޔަތްކުރަންވީ ކަންކަމުގަ ތެރޭގައި (1) އަދާކުރި ވަޒީފާގެ ބާވަތް؛ ( 2) ވަޒީފާގައި ހޭދަކުރި މުއްދަތު؛ (3) ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތް؛ (4) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް؛ (5) މުވައްޒަފުގެ އުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނ ކަނެ ނުވަތް ނޫންކަން؛ (6) ވަޒީފާއިން ވަކިކރެވުމުގައު މުވައްޒަފުގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮތްކަން ނުވަތަ ނޫންކަން؛ (7) ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފު އެޅި ފިޔަވަޅުތަކާއި އާމްދަނީ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަންކަން؛ (8) ނަގައިދެވޭ ބަދަލުގެ ސަބަބުން ނުޙައްޤު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން؛ ( 9) ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަން ނުވަތަ ނޫންކަން؛ (10) ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އެއިގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަނ ނުވަތް ނޫންކަމުގެ މައްޗަށް ބަލަންވާނެއެވެ.
42ހުށަހެޅިފައި މިވާ މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ފެނިފައިނުވާކަމަށް ބުރަވެއެވެ. އަދި އެފަދަ ޢަމަލެއް މުޙައްމަދު ޢަބްދުއްރައްޒާޤު ކުރިކަމަށް މަދަނީ މިންގަނޑުން އިސްތިއުނާފރައްދުވު ފަރާތށަ ސާބިތުކޮށްދެވިފައިނުވާތީ، މުޙައްމަދު ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާ، ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަޟިއްޔާ އަދި މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށްވާތީ މުޙައްމަދު ޢަބްދުއްރައްޒާޤު ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް ރުޖޫޢަކުރަންޖެހޭކަމަށ އަހުރެންނަށް ފެނެއެވެ.
43އަދި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރ ތާރީޚާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުގެ މުސާރައާއި އެހެނިހެން އެލެވަންސްތަކަށްވާ ފައިސާ ނަގައިދޭ ނ ޖެހޭކަމަށް ދެކެމެވެ. މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހު ޤާނޫނާ އެއްގޮތަށް ކަމުގައި ކަނޑައަޅާފައިވެއެވެ. އެޙާލަތުގައި އޭނާއަށް ބަދަލެއް ނަގައިދިނުމާގުޅޭ ބަހުސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރެވިފައި ނުވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދެފަރާތުން ވާހަކަ ދެކެވި ގޮތެއް ނިންމާފައިނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުހަލާގައި އެނުކުތާ ނަގައި ގޮތެއް ނިންމުމަކީ އިސްތިއުނާފުކުރުމުގެ ޢާންމު އުސޫލާ ޚިލާފު ކަމެއްކަމުގައިވާތީ، މި ރިޕޯޓުގެ 41 ނަންބަރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުޙައްމަދު ޢަބްދުރައްޒާޤަށ ބަދަލް ނަގައިދިނުމާގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހުވީލކުރަންޖެހު ކަމުގައި ދެކެމެވެ.
44ޕްރިސިޑެންސް 5މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 02 (ދޭއް) އިސްތިއުނާފީ ނުކުތާއެވެ. އެ ދެނުކުތާއަށް ބަލާއިރު، އެ ދެނުކުތާގައި ލިޔެފައި އޮތީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކެއް ބަޔާންކުރުމަށްފަހު އެ ނިންމުންތަކާ ޚިލާފަށް ޓްރައިބިއުނަލުން ޢަމަލުކޮށްފައިވާތީ، އެއީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އާ ޚިލާފު ނިންމުމެއްކަމަށެވެ.
45އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ލިޔެ ބަޔާންކޮށްފައި އޮތްއިރު، އެ ދެނުކުތާތަކުގައިވެސް ފާހަގަކޮށްފައިވަނީ އެއް ޤާނޫނީ ނައްސެކެވެ. އެއީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އެވެ.
46އިސްތިއުނާފުކޮށް ހުށަހަޅާފައި އޮތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމެއްކަމުގައިވާއިރު، އެ ނިންމުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 އާ ޚިލާފުކަމަށް ބުނެ އިސްތިއުނާފު ހުށަހަޅާފައި އޮތުމުން އެކަން އިސްތިއުނާފުކުރާ ފަރާތުގެ ސަމާލުކަމަށް ގެނެވި، އެކަމާގުޅިގެން މި ކޯޓުން ސުވާލުކުރެވިފައިވެއެވެ.
47ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅި ހުށަހެޅުމުގައި ފަނޑިޔާރުންގެ ޤާނޫނަށް ޙަވާލާދެވިފައި އޮތަތީ، އެކަން އިޞްލާޙްކުރުމުގެ ފުރުޞަތަކަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައެއްނުވެއެވެ. ފަނޑިޔާރުންގެ ޤާނޫނަށް ޙަވާލާދެވިފައި އޮތް އޮތުން އެއީ ކުށެއްކަމުގައި ބަލައި ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައެއްވެސްނުވެއެވެ. އެހެންކަމުން، ފަނޑިޔާރުންގެ ޤާނޫނަށް ޙަވާލާދެވިފައި އޮތް އޮތުން އެއީ ރަނގަޅު ޙަވާލާދިނުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން އިޚްތިޔާރުކޮށް އެ ގޮތުގައި އިސްތިއުނާފުކުރިއަށ ގެންދިއުމަށް އެދޭކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
48އިސްތިއުނާފުކުރާ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ޢިބާރާތްކޮށް ހުށަހެޅިގޮތަށް މި އިސްތިއުނާފުކުރިއަށް ގެންދިއުމަށް ބަލާއިރު، އަހުރެންނަށް ފާހަގަވާ ފުރަތަމަ ކަމަކީ، ފަނޑިޔާރުންގެ ޤާނޫނަކީ، ފަނޑިޔާރުންގެ މައްޗަށް ހިނގާ ޤާނޫނެއްކަމެވެ. އަހުރެންނަށް ފާހަގަވާ ދެ ވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ފަނޑިޔާރުން ހިމެނޭ ކޯޓެއް ނޫންކަމެވެ. އަހުރެންނަށް ފާހަގަކުރެވޭ ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޓްރައިބިއުނަލެއްކަމެވެ.
49ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ވަނީ: "(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް (3) ވަކި ފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން." މިފަދައިންނެވެ.
50ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އިން އެ ޤާނޫނަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުސޫލުތަކާއި، މުސާރައާއި އިނާޔަތާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނުކަން އެނގެއެވެ.
51ހަމައެހެންމެ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ފަނޑިޔާރުންގެ މާނަ ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން އޭގެ ތެރޭގައި ހިމަނާފައިނުވެއެވެ.
52އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މި އިސްތިއުނާފ ދީ ނުކުތެ ޑްރާފްޓްކޮށްފައ އޮތި ގޮތުން، އެގޮތުގައި ކުރިއަށް ގެންގޮސް މައުލޫއީ ގޮތުން ގޮތް ކަނޑައެޅިދާނެ އެއްވެސް ޤާނޫނީ ހަމައެއް މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނެތްހިނދު، މި އިސްތިއުނާފު ހުށަހެޅިފައިވާ ޤާނޫނީ އަސާސްގެ މައްޗަށް މި އިސްތިއުނާފު ކުރިއަށް ގެންދެވިދާނެ އެއްވެސް ޖާގައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
53އެހެންކަމުން، މި އިސްތިއުނާފުގެ މައްޗަށް ބަލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމަން ފެނެއެވެ.
54މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފައިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުކަމަށް ފަނޑިޔާރު ޢަބްދއްރު އަފު އިބްރާހީމްގެ ރައުޔުގައި ބަޔާންކޮށްފައިވާ ބަޔަށް އަހުރެން ވެސް ތާއީދުކުރަމެވެ. ނަމަވެސް، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ފަނޑިޔާރު ޢަބްދުއްރއަފް އިބްރާހީމް ބަޔާންކޮށްފައިވާ ކަންކަމާ މެދު އަހުރެންގެ ހިޔާލު ތަފާތެވެ. ސަބަބުތައް ދަންނަވާލާނަމެވެ.
55މުޙައްމަދު ޢަބްދުއްރައްޒާޤު ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލެމުގައ މަތި މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ޓްރައިބިއުނަލުން ރިއާޔަތްކޮށްފައި ނުވާކަމަށެވެ. މުޙައްމަދ ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީ ނޯޓިހެއް ދިނުމެއް ނެތިއެވެ. މުޙައްމަދު ޢަބްދުއްރައްޒާޤު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ބަހުސަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ. ވ. ފާޠިމަތު މަލޙީ ޖަމާލް މައްސަލައިގައި ގައިރ ސުލޫކު އަމަލަކީ ކޮބައިކަން ބަޔާންކޮށްދީ ތަފްސީލުކޮށްދީފައިވާއިރު، އެފަދަ ކަމެއް މި މައްސަލައިގައި ހިނގާފައި ނުވާކަމަށެވެ. މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަހުސަކީ އޭނާގެ ކޮށްފައިވާކަމަށް ބަޔާންކުރާ އަމަލަކީ ގައިރ ސުލޫކު އަމަލެއްގެ ގޮތުގައި ބެލެވޭނެ އަމަލެއް ނޫންކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ގަޒިއްޔާ
56ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދުލުވެރި ސަބަބެއް އޮވެގެންނެވެ. އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ހާލަތެއްގައެވެ. އެއީ:
1.56- ފާޅުކަން ބޮޑު ގައިރ ސުލޫކު އަމަލެއް ކުރުން.
2.56- ހިޔާނާތެއް ވެފައިވުން.
57ފާޅުކަން ބޮޑު ގައިރު ސޫލޫކ އަމަލަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ. ވ. ފާޠިމަތު މަލީޙާ ޖަމާލް މައްސަލައާ ހަވާލާދީ ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 19 ވަނަ ނުކުތާގައި ތަފްސީލުކޮށްދެއްވާފައިވާތީ، އެކަން ތަކުރާރުކުރަން ގަސްދެއް ނުކުރަމެވެ.
58މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤު ކޮށްފައިވާ އަމަލަކީ އޭނާގެ އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ސިފަ ނެތްކަން ހާމަކޮށްދޭ ފަދަ އަމަލެއްކަމަށްވާތީ، އެއީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ފަދަ ހާލަތެއް ކަމަށެވެ. މި ނިންމުމަށް ވާސިލުވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަށާއި މައްސަލައިގެ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްފައި ވެއެވެ.
59މި އިސްތިއުނާފީ ނުކުތާގައި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަހުސަކީ އޭނާގެ އަމަލަކީ ނުވަތަ އޭނާ އަމަލުކުރި ގޮތަކީ ފާޅުކަންބޮޑު ގައިރ ސުލޫކު އަމަލެއް ނޫން ކަމަށެވެ. މި އަމަލަކީ ފާޅުކަންބޮޑު ގައިރު ސުލޫކީ އަމަލެއްކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމާފައި ވާ ސަބަބުތަކަށް ރިއާޔަތްކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
60ފުރަތަމަ ކަމަކަށް، މި މައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ތަހުގީގަށް މުޙައްމަދު ޢަބްދުއްރައްޒާޤު ދީފައިވާ ބަޔާނުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްފައި ވެއެވެ. އެގޮތުން، 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، ކޯވިޑް-19 ގެ ބަލިމަޑުކަމ ގުޅިގެނާ ގައުމު ލޮކްޑައުންގެ ހާލަތަށް ގެނައި ދުވަހު އޮފީހުގެ ޕްރިންޓިންގ އޭރިއާގައ ފައިސި ހުރާ ސިޓި އުރައެއ ނެގިކަމަށް އޭނާ އިގުރާރުވެފައި ވެއެވެ. އެ ސިޓީއުރަ ފެނުމުން އޭނާގެ މެނޭޖަރ މުޙައްމަދު ޒަބީން އަދި އޮފީސް އެސިސްޓަންޓް ޢަބްދުއްސަމީޢު ޢަލީއަށް ދެއްކިކަމަށް ބުނެފައި ވެއެވެ. މި ވާހަކަ ބުނުމުން އެ ފައިސާ ހުރި ތަނުގައި ބެހެއްޓުމަށް މުޙައްމަދު ޒަބީން ބުނިކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް، އެ ފައިސާ އެ ތަނުގައި ނުބަހައްޓާ، އަދި އިތުރު މީހެއް ކައިރީ މި ވާހަކަ ނުބުނެ، އޭނާ އޮފީހުގައި ފައިލުމަށް ބޭނުންކުރާ ގޮނޑީގައި އޮތް ބާލީހެއްގެ ދަށުގައި އެ ސިޓީއުރަ ބޭއްވިކަމަށް ބުނެފައި ވެއެވެ. އެއަށްފަހު އެ ފައިސާއަށް ވީ ގޮތެއް ނޭނގޭކަމާއި އެ ފައިސާގެ މަތިން ހަނދާން ނެތްކަމަށް މި ބަޔާނުގައި މުޙައްމަދު ޢަބްދުއްރައްޒާޤު ބުނެފައި ވެއެވެ.
61މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއީން ވަކިކުރަންޖެހޭ ފަދަ ގައިރ ސުލޫކު އަމަލެއްކޮށްފައި ނުވާކަމަށް ދެކޭ ސަބަބުތައް އިސްތިއުނާފު ފޯމުގައި ބަޔާންކޮށް އަދި އެކަންކަން ޝަރީއަތުގެ އަޑުއެހުމުގައި ތަފްސީލުކޮށްދީފައި ވެއެވެ. މުޙައްމަދު ޢަބްދުއްރައްޒާޤު ފާހަގަކުރާ ގޮތުގައި ހިޔާނާތުގެ އަމަލެއް އޭނާ ކޮށްފައެއް ނުވެއެވެ. އަދި ވަޒީފާދޭ ފަރާތަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި، އޭނާ އަމަލުކުރީ އޭނާއަށް ފެނުނު ގޮތުގައި އެ ހާލަތުގައި އަމަލުކުރަން އެންމެ ރަނގަޅު ގޮތށަ ކަމަށެވެ. ފައިސާ ފެނުނުކަން އޭނާގެ ސުޕަވައިޒަރ މުޙައްމަދު ޒަބީންއަށް އެންގި ކަމަށާއި، މުޙައްމަދު ޙަމްދޫން ފައިސާގެ ވާހަކަ މުޙައްމަދު ޢަބްދުއްރައްޒާޤު ގާތުގައި އެހުމުން، ގެއްލުނު ފައިސާ އަނބުރާ ރައްދުކުރުމުގެ ގޮތުން ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާތީ، މިކަމުން ވެސް އޭނާ އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައިކަން އެނގޭކަމަށް ބަޔާންކޮށްފައި ވެއެވެ.
62ޕްރިސިޑެންސް 6މި ނުކުތާގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެނީ މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާ ދޭ ފަރާތުން މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމި ނިންމުން ނިންމާފައިވަނީ މި ނުކުތާގައި މުޙައްމަދު ޢަބްދުއްރައްޒާޤު ހަވާލާދީފައިވާ ގަޒިއްޔާތަކާއި މައުލޫއީ އަދުލުވެރިކަން ގާއިމުވޭތޯ ބެލުމުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. އިސްތިއުނާފީ ކޯޓަކީ ފުރަތަމަ މަރުހަލާގެ ކޯޓު ނވަތު ޓްރައިބިއުނަލްގެ ދައުރު އަދާކުރާ ކޯޓެއް ނޫނެވެ. މައްސަލައާ ގުޅޭ ވާގިއާތަށ ފަނޑިޔާރް ނުވަތު މައްސަލަ ބައްލަވާ މެންބަރުގެ ކުރިމައްޗަށް ހުށަހެޅުމުން ހުށަހެޅޭ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ގުޅުންހުރި ގާނޫނުތައް އަދި މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތައް ތަތުބީގުކުރުމުގެ މަސައްކަތަކީ އިސްތިއުނާފީ ކޯޓުގެ ދައުރެއް ނޫނެވެ. އެހެން ނަމަވެސް، ހެކި ވަޒަންކުރި ގޮތް، ނުވަތަ ގާނޫނު ތަތުބީގުކުރުމުގައ ނުވަތި މާނަކުރުމުގައި ގޯހެއް ހެދިފައިވާނަމަ އެކަމެއް މަތީ މަރުހަލާ ކޯޓުތަކުގައި އިސްތިއުނާފު ކުރެވިދާނެއެވެ.
63މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާއިން ވަކިކުރުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށ ޓްރައިބިއުނަލުން ނިންމާފައިވާ ސަބަބުތަކަށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ އަމަލެއްކޮށްފައިވާކަމަށް ވަޒީފާދޭ ފަރާތަށް ގަބޫލުކުރެވިފައިވާކަމަށް ބަޔާންކުރެއެވެ. ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަކީ ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރާ ހާލަތުގައި ރިއާޔަތްކުރަންޖެހޭ ކަންކަމެވެ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ސަބްޖެކްޓވި ޓެސްޓެކެވެ. ސަބަބަކީ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ނޯޓިހެއް ނުދީ، ވަޒީފާ އަދާކުރާ ފަރާތެއް ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަހުލާގު އެކަށީގެންނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުގައިކަމަށް ބަޔާންކުރާތީ އެވެ. ވަޒީފާ އަދާކުރާ ފަރާތް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ވަޒީފާ ދޭ ފަރާތުގެ ވިސްނުމުގައި ރަނގަޅު ގޮތްކަމަށް ނުފެންނަކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުށަހަޅާފައިވާނަމަ، އަދި އެކަންކަމުގެ މައްޗަށް ބިނާކޮށް ވަޒީފާ ދޭ ފަރާތުން ނިންމާ ނިންމުމަކީ އެކަށީގެންވާ ސަބަބުތަކެއް ގެ މައްޗަށް ބިނާވެފައިވާ ނިންމުމަކަށް ވާނަމަ، އެ މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުކަމަށް ބެލެވޭނެއެވެ.
64މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަހުގީގަށ އެކް ފަރާތްތަކުން ދީފައިވާ ބަޔާންތަކުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބުތަކެއް މައްޗަށް ބިނާކޮށް، މުޙައްމަދު ޢަބްދުއްރައްޒާޤު ވަޒީފާގައި އިތުރަށް ބަހައްޓަން ނުފެންނަކަމަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރުމުންކަން ސާފެވެ. މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަޔާނަށް އެކަނި ބެލި ނަމަވެސް އޭނާގެ އަމަނާތްތެރިކަމާއ ތެދުވެރިކަމާއި ހެޔޮ ނިޔަތާ މެދު ސުވާލު އުފެދޭ ގޮތަށް އޭނާގެ އަމަލުތައް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ފައިސާ ނެގިކަމަށް އިގުރާރުވެ، އެ ފައިސާ އޭނާގެ ސުޕަވައިޒަރ މުޙައްމަދު ޒަބީންއަށް ދެއްކުމުން އެ ފައިސާ ހުރި ތަނުގައި ބެހެއްޓުމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ގާތުގައި ބުނުމުން ވެސް، އޭނާ އެ ފައިސާ އެ ތަނުގައި ނުބަހައްޓާ އޮފީހުގައި އޭނާ ގެންގުޅޭ ބާލިހެއްގެ ދަށުގައި ފައިސާ ބެހެއްޓިކަމަށާއި އޭގެ ފަހުން ފައިސާގެ މަތިން ހަނދާން ނެތްކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ. މި ހާދިސާ ހިނގީ 2020 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އެ ދުވަހަށްފަހު މުޙައްމަދު ޙަމްދޫން މި ފައިސާއާ ބެހޭގޮތުން ސުވާލުކުރުމާ ހަމައަށް އެއްވެސް މީހެއްގެ ގާތުގައި މި ފައިސާގެ ވާހަކަ ދައްކާފައި ނުވާކަން އޭނާގެ ބަޔާނުން އެނގެއެވެ. އަދި، އެއީ ކާކުގެ ފައިސާއެއްކަން ބަލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިއީ އަމަނާތްތެރި މީހެއްގެ އަމަލުތައް ހުންނާނެ ގޮތްކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ވިސްނާއިރު އަހުރެންނަށް ގަބޫލެއް ނުކުރެއެވެ. މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަހުސަކީ ފައިސާ ފެނުމުން އެ ވާހަކަ އޭނާގެ ސުޕަވައިޒަރ މުޙައްމަދު ޒަބީން ގާތުގައި އޭނާ ބުނެފައިވާތީ، އެކަމުން ވެސް އޭނާގެ ތެދުވެރިކަން ހާމަވާ ކަމަށެވެ. ނަމަވެސް، މުޙައްމަދު ޢަބްދުއްރައްޒާޤު އަމަލުކުރީ އެ ފައިސާއާ މެދު އޭނާގެ ސުޕަވައިޒަރ ބުނި ގޮތަށް ނޫންކަން މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބަޔާނުން ސާފުކޮށް އެނގެއެވެ. އަދި އެ ފައިސާ ބެލެހެއްޓުމާ އޭނާ އަމިއްލައަށް ހަވާލުވުމަށްފަހު ދެން އެ ފައިސާއަށް ވީގޮތް ނޭނގޭކަމަށް ބުނެ، އެ ފައިސާގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ނުދައްކާ ހުރި ހުރުމަކީ އޭނާގެ ތެދެވެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ސަބަބެކެވެ.
65އެހެންކަމުން، މި މައްސަލައިގައި މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށ ޓްރައިބިއުނަލުން ނިންމް ނިންމުން ބިނާކޮށްފައިވަނީ މައްސަލައިގެ ތަހުގީގުގައި ދީފައިވާ ބަޔާންތަކަށް ރަނގަޅަށް ރިއާޔަތްކުރުމަށް ފަހުކަމަށް އަހުރެން ދެކެމެވެ. މި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކުރުމުން، މައުލޫއީ އަދުލުވެރިކަން މި މައްސަލައިގައި ގާއިމުވެފައިވާކަމަށ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށް އަހުރެން ދެކެމެވެ.
66މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19، 21 (ހ) އަދި 23 (ހ)، (ށ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1 (ށ)، 3 އަދި 5 ވަނަ މާއްދާގެ (ހ) އަދި (ށ) (2)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ހައިކޯޓު 2013/HC-A/142 (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ވ. އިސްމާޢީލް މަސްޢޫދު)
- ހައިކޯޓު 2011/HC-A/134
- ހައިކޯޓު 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް)
- ސުޕްރީމް ކޯޓު 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ވ. ފާޠިމަތު މަލީހާ ޖަމާލް)
- ސުޕްރީމް ކޯޓު 2014/SC-A/27، 2014/SC-A/30 (އިސްމާޢީލް މަސްޢޫދު ވ. HDFC)
- ސުޕްރީމް ކޯޓު 2019/SC-A/85
- ސުޕްރީމް ކޯޓު 2017/SC-A/38، 2017/SC-A/36
- ސުޕްރީމް ކޯޓު 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ވ. އަންޖަލީނާ މޭރީ ނާޒިއު)
- ސުޕްރީމް ކޯޓު 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އާދަމް ޒަމީލް)
- ސުޕްރީމް ކޯޓު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓު 2021/SC-A/28 (MIRA ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް)
- ސުޕްރީމް ކޯޓު 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓު 2019/SC-A/35 (އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓު: މޯލްޑިވްސް އެއަރޕޯޓްސް ވ. އަޝްފާޤު ވަޙީދު؛ ޢަލީ ވަޙީދު ވ. MNDF؛ މުޙައްމަދު ނަދީމް ވ. CSC (ނަންބަރު ނުފެނޭ)
- ހައިކޯޓު: ޒީބާ ޢަތާ މުޙައްމަދު ވ. ACC؛ MTCC ވ. އަޙްމަދު މުޙައްމަދު؛ ޕްރިސިޝަން މެރިން ވ. ޢަބްދުއްރައްޒާޤު ޢަލީ (ފަރާތްތަކުގެ ހުށަހެޅުމުގައި)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު އަޒުމީ، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޙަސަން ޝަފީޢު، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- އެބައޮތް
- ވަކި ރައުޔު
- ޙަސަން ޝަފީޢު، އިސްމާޢީލް ޝަފީޢު