ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/108
މުޙައްމަދު ޢަބްދުﷲ ވ. ޝަރީފާ އިބްރާހީމް އަދި އިބްރާހީމް ޔޫސުފް، 2023/HC-A/108
Mohamed Abdhuﷲ v. Shareefaa Ibrahim and Ibrahim Yoosuf 2023/HC-A/108 (2023/HC-A/108, High Court of the Maldives, 30 June 2026)
މުޙައްމަދު ޢަބްދުﷲ ވ. ޝަރީފާ އިބްރާހީމް އަދި އިބްރާހީމް ޔޫސުފް
މައިގަނޑު ސުވާލު
ބިމުގައި އިމާރާތްކޮށް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގެ ދަށުން ދަޢުވާކުރުމުގެ ޙައްޤު އުފަންނުވަނީސް ދަޢުވާ ހުށަހެޅިތޯއާއި، އެއްބަސްވުމުގައި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ގޮތް ބަޔާންކޮށްފައިވާއިރު ކުއްޔަށްހިފި ފަރާތް ޚިލާފުވުމުން ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށްތޯއާއި، ޢިމާރާތް އަގުކޮށް ބަދަލުގެ މިންވަރު ކަނޑައެޅީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: އެއްބަސްވުން ބާޠިލުކުރުން ޤާއިމް، ގެއްލުމުގެ ބަދަލު ނަގައިދިން ބައި ބާޠިލު، ބަދަލަށް ވަކި ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލި
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމާ ގުޅޭ ޚުޞޫމާތެއް ޙައްލުކުރުމަށް ފުރަތަމަ ވާހަކަދެއްކުން ލާޒިމުކުރާ މާއްދާއަކަށް ދަށުކޯޓުން ރިޢާޔަތްކޮށް، ދެފަރާތުގެ ދެމެދު ބަދަލުކުރެވުނު ސިޓީތަކުން ޙައްލެއް ނުލިބޭކަން ފެންނަ ޙާލަތުގައި ޙައްޤު ދިފާޢުކުރުމަށް ކޯޓަށް ދިއުމަކީ ލިބިގެންވާ ޙައްޤެއްކަމަށް ކަނޑައަޅާފައިވާއިރު، ދަޢުވާކުރުމުގެ ޙައްޤު އުފަންނުވަނީސް ދަޢުވާކުރީކަމަށާއި އެ ނުކުތާއަށް ރިޢާޔަތް ނުކުރާކަމަށް ބުނާ އިސްތިއުނާފީ ނުކުތާ ޤަބޫލުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28)
- އެއްބަސްވުން ދެމިއޮތްހައި ހިނދަކު އެއް ފަރާތުގެ ޙައްޤުތައް އަނެއް ފަރާތަށް ނިގުޅައިނުގަނެވޭނެކަމަށް ބުނާ މާއްދާއަކީ އެއްބަސްވުން ދެމިއޮންނަ ޙާލަތުގައި ބައިވެރިން ޢަމަލުކުރަންޖެހޭ މާއްދާއެކެވެ. އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ކޯޓުން އެ މާއްދާ ތަޠުބީޤުކުރަންޖެހޭ ޤާނޫނީ އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ސަރުކާރުގެ ޤަވާޢިދަކާ ތަޢާރުޟުވާ ބައެއްގެ ސަބަބުން މުޅި އެއްބަސްވުން ބާޠިލުނުވާނެކަމަށް ބުނާ މާއްދާއަކީ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާއެއް ނޫނެވެ. ބައިވެރިއަކު ޚިލާފުވެއްޖެކަމަށް ކޯޓުން ކަނޑައަޅާ ޙާލަތުގައި އެ މާއްދާއަށް ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނޯޓިސްދީގެން ނުވަތަ އިންވެސްޓްމަންޓުގެ ބަދަލު ދީގެން އެއްބަސްވުން ބާޠިލުކުރެވޭނެ ގޮތް ބަޔާންކުރާ މާއްދާތަކަކީ ކުއްޔަށްހިފާ ނުވަތަ ކުއްޔަށްދޭ ފަރާތަކުން އެއްބަސްވުން ބާޠިލުކުރަން ބޭނުންވާ ޙާލަތުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ. އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް (ޙަވާލުކުރަންޖެހޭ ފްލޯރތައް ނިންމުން) ނުކޮށް ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކޯޓުން އެއްބަސްވުން ބާޠިލުކުރުމުގައި އެ މާއްދާތަކަށް ޢަމަލުކުރަންޖެހޭ ޤާނޫނީ އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-34)
- އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި ހަމަ އެ މައްސަލައިގެ ތެރެއިން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އޭރު ޢަމަލުކުރަމުން ދިޔަ ގޮތެއް ނަމަވެސް، ޚަޞްމުންނަށް ގެއްލުމުގެ ބަދަލާ ގުޅިގެން ވާހަކަދައްކައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދޭން ޖެހޭކަން ޠަބީޢީ އިންސާފުގެ ހަމަތަކުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ދަޢުވާކުރި ފަރާތުން ޢިމާރާތް އަގުކޮށް ޢިމާރާތުގެ އަގު ޢިމާރާތްކުރި ފަރާތަށް ނަގައިދިނުމަށް އެދިފައިނުވާއިރު، އަގު ކޮމިޓީގެ ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ޚަޞްމުންނަށް ނުދީ ގެއްލުމުގެ ބަދަލު ކަނޑައެޅުން ބާޠިލުވާނެއެވެ. އެފަދަ ޙާލަތެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ހުށަހެޅުމުގެ ފުރުޞަތު ޚަޞްމުންނަށް އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-39)
1މިއީ، ސިވިލް ކޯޓގު ނަންބަރު 943/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢވު ރައްދުވާ ފަރާތް ތަކަކީ، […] / ޝަރީފާ ޢަބްދުﷲ އަދި […] / އިބްރާހީމް ޔޫސުފް އެވެ.
2މި ޤަޟިއްޔާއަކީ، މި ކޯޓުގެ ނަންބަރު 2017/HC-A/148 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި، […] / ޙަބީބު ޔާ ސުފް 14 ޖ ން 2019 ގައި ނިޔާވެފައިވާތީ، އެ ޤަޟިއްޔާ ކުރިއަށް ގެންދެވެން ނެތުމުން، ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކުރުމުން، […] / ޙަބީބު ޔާ ސުފްގެ ވާރިސުން ހިމަނާ އަލުން މައްސަލަ ހުށަހެޅުމުން ބަލާ ޤަޟިއްޔާއެވެ.
3[…] / ޙަބީބު ޔާ ސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވާ ކިޔާ ބަންޑާރަ ގޯތީގައި މީލާދީ 22 (ބާވީސް) އަހަރު ދުވަހުގެ މުއްދަތަށް ސ. ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ކުއްޔަށް ހިފައި އެތަނުގައި 10 (ދިހައެއް) ބުރީގެ ޢިމާރާތެއްކޮށް، ކުއްޔަށްހިފި މުއްދަތު ހަމަވަންދެން ޢިމާރާތުގެ ބޭނުންހިފަމުން ދާނެގޮތާމެދު ދެފަރާތުގެ މެދުގައި 9 ޖުލައި 2012 ގައި އެއްބަސްވުމެއް ވެވުނެވެ. އައި.ޑީ.އައި.ޑީ.ކާޑު ނަންބަރު […] އައި.ޑީ.ކާޑު ނަންބަރު […] އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚަކީ، 07 ނޮވެންބަރު 2012 ކަމަށް އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
4އެއްބަސްވުމުގެ 4 ވަނަ މާއްދާއާއި، 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޔަށްދިން ފަރާތަށް ދޭންޖެހޭ ފްލޯރތައް ނިންމާފައިނުވާތީ، ކުއްޔަށްހިފި ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ އަލްމަރްޙ މާ ޙަބީބު ޔާ ސުފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާއިންނެވެ.
5މިއީ ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
6[…] / ޙަބީބު ޔާ ސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައި މީލާދީ 22 (ބާވީސް) އަހަރު ދުވަހުގެ މުއްދަތަށް ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ކުއްޔަށް ހިފައި އެތަނުގައި 10 (ދިހައެއް) ބުރީގެ އާ އިމާރާތެއްކޮށް ކުއްޔަށްހިފި މުއްދަތު ހަމަވަންދެން އިމާރާތުގެ ބައިތަކުގެ ބޭނުން ހިފަމުންދާނޭ ގޮތަކާމެދު ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަބްދުﷲ ޢަމަލުކޮށްފައިނުވާތީ، އެއްބަސްވުން ބާޠިލުކޮށް އެއްބަސްވުމުގެ ދަށުން ޙަބީބު ޔާ ސުފަށް ލިބެންޖެހޭ ބަދަލު ލިބިދިނުމަށް އެދި ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ޙަބީބު ޔާ ސުފްގެ ފަރާތުން ދަޢުވާކޮށްފައިވެއެވެ.
7ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، "ދެންފަހެ، އިސްވެބުނެވުނު ކަންކަން އެހެން ހުރުމުން، […] / މާލެ ޙަބީބާ ޔޫސުފް (ދރކ ނަންބަރު ) އާއި ސ.ހިތަދޫ / ލިލީމާގެ މުޙައްމަދު ޢަބްދުﷲ (ދރކ ނަންބަރު ) އާއި ދެމެދު 07 ނޮވެންބަރު 2012 ގައި ވެފައިވާ ނަންބަރު 356/2012-C/C-Cv "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރިމަންޓް" އާއި އެއްގޮތަށް މުޙައްމަދު ޢަބްދުﷲ ޢަމަލުކޮށްފައި ނުވާކަން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، […] / މާލެ ޙަބީބު ޔާ ސުފްއާއި ސ.ހިތަދޫ / ލިލީމާގެ މުޙައްމަދު ޢަބްދުﷲ އާއި ދެމެދު 07 ނޮވެންބަރު 2012 ގައި ވެފައިވާ ނަންބަރު 356/2012-C/C-Cv "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރިމަންޓް" ބާޠިލުކޮށް، މި އެގްރިމެންޓްވީ އިރު ދެފަރާތުން ތިބި ޙާލަތަށް ރުޖ ޢަ ކުރުމުގެ ގޮތުން […] އެވެކިޔާ ގޯތީގައި ދަޢުވާލިބޭ ސ.ހިތަދޫ / ލިލީމާގެ މުޙައްމަދު ޢަބްދުﷲ ކޮށްފައިވާ ޢިމާރާތުގެ އަގުގެ ގޮތުގައިޖެހޭ 3,533,025/82ރ. (ތިންމިލިއަން ފަސްލައްކަ ތިރީސްތިންހާސ ފަންސަވީސް ރުފިޔް އަށްޑިހަދެލާރި) ގެ ތެރެއިން އެއްބަސްވުމުގެ ދަށުން މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޙަބީބު ޔާ ސުފްއަށް ލިބިދޭންޖެހޭ -347,000/ރ. (ތިންލައްކަ ސާޅީސްހަތްހާސް ރުފިޔާ) އުނިކުރުމުން ޖެހޭ 3,186,025/82ރ. (ތިންމިލިއަން އެއްލައްކަ އަށްޑިހަ ހަހާސް ފަންސަވީސް ރުފިޔާ އަށްޑިހަދެލާރި) މުޙައްމަދު ޢަބްދުﷲ އަށް ލިބިދިނުމުގެ ގޮތުން މި ފައިސާ މިއަދުން (28 ޑިސެންބަރު 2016 އިން) ފެށިގެން 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ މިންވަރު ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާސްކުރުމަށް ދަޢުވާކުރާ […] / މާލެ ޙަބީބާ ޔޫސުފްއަށް އަންގައި ޙުކުމް ކޮށްފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
8އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތޮ ތަކަކީ؛
1.8 ސިވިލް ކޯޓުގެ ނަންބަރު 2016C/-943/Cv ޤަޟިއްޔާގައި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރުމުގެ ޙައްޤު އުފަންވަނީ އެ އެއްބަސްވުމުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާޢަތު ފުރިހަމަކޮށްގެން ކަމަށްވާއިރު، އެ ޤަޟިއްޔާގެ ދަށުން އުފުލާފައިވާ ދަޢުވާއަކީ އެކަންކަން ފުރިހަމަނުކޮށް އުފުލާފައިވާ ދަޢުވާއަކަށްވާތީ، އެކަން ޝަރީޢަތުގައި ފާހަގަކުރުމުންވެސ އެކަމަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.8 ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 25، 26، 27 އަދި 28 ވަނަ މާއްދާގައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ގޮތް ބަޔާންކޮށްފައިވާއިރު، އެކަންކަމާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާގެ ޙުކުމުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3.8 ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން (ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 356/2012-C/C-Cv) ގެ ދަށުން ހަދާފައިވާ ޢިމާރާތް އަގު ކުރުމަށް ދަޢުވާކުރާ ފަރާތުން ދަޢުވާގައި އެދިފައި ނުވަނީސް، ދަޢުވާނުކުރާ ކަމަކަށް ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
4.8 ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން (ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެގްރީމަންޓް ނަންބަރު 356/2012-C/C-Cv) ގައި ކުއްޔަށްހިފާ ފަރާތުން އަމިއްލަ ޚަރަދުގައި ހަދާފައިވާ ބައިތަކަކީ ނުވަތަ ފްލޯރ ތަކަކީ ކުއްޔަށްހިފާ ފަރާތުގެ އިންވެސްޓްމަންޓެއް ކަމަށް ބުނެފައިވީނަމަވެސް، ދަޢު ވާގައި ބުނާ ޢިމާރާތް އަގު ކުރުމަށް ޝަރުޢީ އަގު ކޮމިޓީއަށް ފޮނުވުމުގައާއި، އެކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަސް ބުނުމުގެ އެއްވެސް ފުރުސަތެއް ނުދީ، މައްސަލައިގައި ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި،
5.8 ދަޢުވާގައި ބުނާ ޢިމާރާތަކީ ކުއްޔަށްހިފާ ފަރާތުން އަމިއްލަ ޚަރަދުގައި ކުރަހައިގެން، ހުއްދަތައް ނަގައިގެން، ޢިމާރާތުގެ ބީ.އޯ.ކިއު ހަދައިގެން ވަކި އިންތަކަކާއި މިންތަކަކަށް އަދި ވަކި ކޮލިޓީއަކަށް ކުރާ މަސައްކަތް ކަމުން، މިއިން އެއްވެސް ލިޔުމެއް ހޯދުމަކާ ނުލައި އަދި އެއިން ލިޔުމަކަށް ރިޢާޔަތްކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ކަންކަން
1.9 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެއްބަސްވުމުގެ ބައިވެރިއެއް އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެކަން ވާހަކަ ދައްކައިގެން ހައްލުކުރުމަށް އޮންނަކަމާއި، އެގްރީމެންޓް ބާޠިލުކޮށް ކުރިއަށް ހިނގަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނެސް އެގްރީމެންޓް ބާޠިލުކުރުމަށް އެއްވެސް މާއްދާއަކުން ޖާގަ ދީފައިނުވާކަން، އަދި ހައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހެޅުމަކާނުލައި، ކޯޓަށް މައްސަލަ ހުށަހެޅުމުން، މިކަމަކީ އެއްބަސްވުމުގެ 33 ވަނަ މާއްދާ އަދި 27 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން.
2.9 އެއްބަސްވުމަކާމެދު ދެފަރާތުން ޚިލާފު އުފެދިގެން އިންސާފު ހޯދުމަށް ހުށަހެޅޭހިނދު އުފެދިގެން އުޅޭ ޚުސ މާތު ހައްލު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލެއް އެއްބަސްވުމުގައި އޮތްތޯ ބަލަންޖެހޭކަމާއި، އެއްބަސްވުމެއްގެ މައްޗަށް ދެ ޚަސްމުންނަށް ފަރުވާދޭއިރު އެ ފަރުވާއެއްގެ އަސާސީ މަޞްދަރަކަށްވާނީ (އަލް ޢަޤްދު ޝަރީޢަތުލް މުތަޢާގިދައިން) ގެ ޝަރުޢީ އުޞ ލުގެ ދަށުން، އެއްބަސްވުން ކަމަށްވާއިރު، މި މައްސަލައިގައި، ޙުކުމް ކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންވެފައިވާ ގޮތާ ޚިލާފަށް ކަމަށް އެނގެން އޮންނައިރު، ޙުކުމަށް ވާސިލުވެފައިވާ ސަބަބުތަކުގެ ތެރޭގައި ހުރި ނުކުތާތަކުގެ ތެރެއިން (ނ) ގައި ދެފަރާތެއްގެ ދެމެދުގައި ވަކިގޮތަކަށް އެއްބަސްވެވި ކޮންޓްރެކްޓެއް ޞައްޙަވުމުގެ ޝަރުތުތަކާއެކު ކޮންޓްރެކްޓެއް ހެދިއްޖެނަމަ އެކޮންޓްރެކްޓް ހެއްކެއްގެ ގޮތުގައި ފުދޭކަމއި އާ ދެފަރާތަށް ކޮންޓެރެކްޓްގައި ވާގޮތަށް ޢަމަލުކުރުން ލާޒިމްވާކަން ބަޔާންކުރުމަށްފަހު، އިސްވެބަޔާންކރެވުނު ޝަރުޢީ އޞު ލާ ޚިލާފަށް އެ އުޞ ލ ތަޠުބީޤުނުކޮށް ޙުކުމްކޮށްފައިވާކަން.
10އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ކަންކަން
1.10 ޢިމާރާތް ނުނިމޭނަމަ ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވާ މާއްދާއަކީ، އެއްބަސްވުމުގެ 4 ވަނަ މާއްދާކަމާއި، އެ މާއްދާގައިވަނީ 6 ވަނަ ފްލޯރ އާއި 7 ވަނަ ފްލޯރ އަދި ޢިމާރާތުގެ ޓެރަސް ޙަވާލުނުކުރެވި ލަސްވާ މުއްދަތުގައި ކޮންމެ މަހަކު، 10,000ރ. (ދިހަހާސް ރުފިޔާ) ކުލީގެ ގޮތުގައި ދައްކަންޖެހޭ ކަމަށާއި، އަނެއް މާއްދާއަކީ އެއްބަސްވުމުގެ 3 ވަނަ މާއްދާކަމާއި، އެ މާއްދާގައި ބުނެފައިވަނީ ޢިމާރާތް ތަޅާލާ އަލުން ޢިމާރާތްކޮށް އެފަރާތުން ބޭނުންވާ ފްލޯރތައް ޙަވާލުކުރެވެންދެން ދިރިއުޅުމަށް 2 ކޮޓަރީގެ އެޕާޓްމަންޓްއަކާއި -/2000ރ. (ދެހާސް ރުފިޔާ) ދައްކަންޖެހޭކަމާއި، މިގޮތުން ޢިމާރާތްކުރުމުގެ މުއްދަތުގައި ދައްކަންޖެހޭނީ -/2000ރ. (ދެހާސް ރުފިޔާ) ކަމާއި، މުއްދަތު ފާއިތުވުމުން އިތުރު ފްލޯރ އާއި ޓެރަސް ޙަވާލު ނުކުރެވޭނަމަ އިތުރަށް ދިނުމަށް ކަނޑައެޅިފައިވަނީ -/10,000ރ. (ދިހަހާސް ރުފިޔާ) ކަމާއި، މިގޮތުން ބަލާއިރު، މުއްދަތު ފާއިތުވުމަށްފަހު، ޖުމްލަ ދައްކަންޖެހޭނީ -/30,000ރ. (ތިރީސްހާސް ރުފިޔާ) ކަމާއި، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރާ ޙާލަތުގައި އެކަމަށް ޕެނަލްޓީއެއް ކަނޑައެޅިފައިވާނަމަ އެފަދަ ޙާލަތެއްގައި ޖާއިޒުވަނީ އެޕެނަލްޓީ ތަންފީޒުކޮށްދިނުން ކަމަށްވާއިރު، އަދި އެޕެނަލްޓީ ދެޚަސްމުންވެސް އެއްބަސްވެ ތަންފީޒުކުރަމުން ދަނިކޮށް، އަދި މި މައްސަލައިގައި އެޕެނަލްޓީއަށްވުރެ އިތުރަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދައްކާކަން ސާބިތުވާއިރު، އެއްބަސްވުމާ އިސްތިއުނާފުކުރާ ފަރާތުން ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ހަމައެކަނި އިމާރާތުގެ ފްލޯރތައް ޙަވާލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކަންކޮށްފައި ނުވާކަމުގެ މައްޗަށް އެކަނި ބުރަދަންދީގެންކަމާއި، އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، ޢަމަލުކުރަން އޮތް އެއްބަސްވުމުގެ އުސ ލ އެއްފަރާތްކޮށްފައި ކަމަށްވާއިރު، ކޮންޓްރެކްޓްގެ ޚުސމާތުތައް ހައްލުކުރުމުގައި ޢަމަލު ކުރަންޖެހޭ (އަލް ޢަޤްދު ޝަރީޢަތުލް މުތަޢާގިދައިން) ގެ އުޞޫލުން ބޭރުނަ ޙުކުމްކޮށްފައިވާކަން.
2.10 އެއްބަސްވުމުގެ 32 ވަނަ މާއްދާގައި، ކުއްޔަށްހިފި ފަރާތުން އަމިއްލަ ޚަރަދުގައި ޢިމާރާތްކޮށްފައިވާ ޢިމާރާތުގެ ބައިތަކަކީ ކުއްޔަށްހިފި ފަރާތުގެ އިންވެސްޓްމަންޓެއްކަމަށް ބުނެފައި އޮންނައިރު، އެގްރީމެންޓް ބާޠިލުކުރިއިރު، އެ ޙައިސިއްޔަތު ދިނުމަކާނުލައި، ކުއްޔަށްހިފި ފަރާތުގެ ކިބައިން އެ އިންވެސްޓްމަންޓް ނަޤުލުކޮށްދޭފަދަ ޙާލަތެއްގައި އެކަމާއި ގުޅޭގޮތުން ބަސްބުނުމުގެ ފުރުޞަތު އޮންނަންޖެހޭއިރު، އެ މާއްދާއިން ކަނޑައަޅައިދީފައިވާ ޙައްޤަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމަކާނުލައި، އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތުގައި ހަދާފައިވާ ފްލޯރތަކާއި ކުއްޔަށްދީފައިވާ ތަންތަނުގެ އެއްބަސްވުމުގެ ޙުރުމަތަށް ބެލުމެއްވެސ ނެތް އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އިންސާފުގެ އުޞޫލުން އެކަށީގެންވާ މުއްދަތެއް ދިނުމަކާނުލައި އަދި އެ ޢިމާރާތަކީ މިހާރުވެސް ކޮންކްރީޓް ޝީޓެއ އަޅަން ތައްޔާރުކޮށް ނިމިފައިވާ ތަނެއްކަން ޝަރުޢީ އަގު ކޮމިޓީގެ ރިޕޯޓުން އެނގެން އޮތްއިރު، އެތަނުގައިހުރި އިސްތިއުނާފުކުރާ ފަރާތުގެ ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ތަކެތި ގެންދިއުމަށްވެސް އެއްވެސް ވަގުތެއް ދިނުމަކާނުލައި އެކީ އެއްފަހަރާ ޢިމާރާތް ވަގުތުން ވަގުތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުގެ ނުރުހުމުގައި ނަގުލުވާގޮތަށ މައްސަލައިގައް ޙުކުމްކޮށްފައިވާއިރު، ޢިމާރާތަށް ޝރުޢަ އަގު ކޮމިޓީން ކަނޑައެޅި އަގުވެސ ބައިބަޔަށް ބަހައިގެން ދައްކަން ލާޒިމް ކުރިކުރުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ފައިސާގައި ލޯނެއް ނެގުމެއްނެތި ކޮށްފައިވާ މިލިއަނުގެ އިންވެސްޓްމަންޓެއް އިސްތިއުނާފު ރައްދުވާ ފަރާތަށް އިންޓަރެސްޓަކާއ ނުލައި އެކި އެއްފަހަރާ ލިބިދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް މީހެއްގެ މުދަލެއް އޭނާގެ ނުރުހުމުގައި ނާއިނސާފުން ހުއްދަ ނުކުރެވޭފަދައަކުނ އެކް އެއްފަހަރާ އެކަށީގެންވާ ބަދަލަކާއި ނުލއަ ނަގައިދިނންކަން. އެއްބަސްވުމުގެ 32 ވަނަ މާއްދާގެ މައިގަނޑު މަޤްޞަދަކީ ލޯނަކާ ނުލއަ އިސްތިއުނާފުކރު ފަރާތާ ނ ޢިމާރާތްކޮށްފައިވަނިކޮށް އެފަރާތުގެ އަތުން އެ ޢިމާރާތް އެކީ އެއްފަހަރާ އެއްވެސް އިތުރު ބަދަލެއް ނެތި ނަގައިދިނުން ކަމަށްވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އޭނާއަށް މާލީގޮތުން ނުކުރެވޭނެފަދަ އިންވެސްޓްމަންޓެއް ހިލޭ މާލީ އިދާރާތަކުން ދ ކުރާ އިންޓަރެސްޓް ލޯނު ނެގުމަކާއި ނުލއަ ލިބިގަތުން ހުއްދަވިޔަނުދިނުން ކަމަށްވާއިރު، އިސްވެބަޔާންކުރެވުނު މާއްދާއިން ކަށަވަރުކުރި ޙައްޤަށް އުނިކަން އަންނަ ގޮތަށް އެ މާއްދާގެ މާނައާއި މަޤްޞަދަށް ވެސް ރިޢާޔަތްކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާކަން.
3.10 މިފަދަ މައްސަލަތައް ނިންމުމުގައި، ޝަރުޢީ އަދި ޤާނޫނީ ފުރުޞަތު އިންސާފުގެ ހަމަތަކުން ޢިމާރާތް ކުރާ ފަރާތަށް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން އަމިއްލަ ފައިސާގައި ޢިމާރާތެއް ކުއްޔަށްހިފާ ބިމުގައި ހަދާނެ އެއްވެސް ސަބަބެއް ނެތް ކަމަށްވާއިރު، އެއްބަސްވުމުގައި ޢިމާރާތަކީ ކުއްޔަށްހިފާ ފަރާތުގެ އިންވެސްޓްމަންޓެއްގ ގޮތުގައެ ލިޔެ ބަޔާންކޮށް އެފަރާތުގެ ނުރުހުމުގައި ޝަރުޢީ ކޯޓަށް އެއްބަސްވުމުގައި ބަޔާންނުކުރާ ފަދައަކުން ބާޠިލުކުރުމަށް އެދުމުން ކުއްޔަށް ހިފައިގެން އަމިއްލަ ފައިސާގައި ޢިމާރާތް ހެދި ފަރާތުގެ އެ ޢިމާރާތް ބިމުގެ ވެރިފަރާތާއި އެކީ އެއްފަހަރާ ޙަވާލކުރު ޙާލަތުގައި އެ އިމާރާތުގެ މިހާރުގެ މާކެޓްގެ އަގަށް ބަލާއިރު، މިލިއަނުން ގުނާއިރު އެފަދަ ޢަދަދެއްގެ ފައިސާ ބިމުގެ ވެރިފަރާތުގެ ބިމުގެ މިލްކުވެރިކަމުގެ ޙައްޤު އިސްކޮށްގެނ ބައިބަޔަށް ދިނުމަށް ޢިމާރާތްކުރި ފަރާތުގެ ނުރުހުމުގައި އެއްވެސް އިތުރު ބަދަލަކާ ނުލައި ނިންމާ ނިންމުމަކީ ނާއިންސާފުން އަނެކާގެ މުދާ އެކަށީގެންވާ ބަދަލަކާއި ނުލއަ ނެގުންކން.
4.10 ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވޭ ނުކުތާތަކުގެ (ކ) ގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ދަށުކޯޓުގެ މުޅި ނުކުތާއަކީ ޤާނޫނީ ގޮތުން މުޅިން ނުބައި ތަރުޖީހެއްގެ މައްޗަށް ގެންނަވާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމަށާއި، ޢިމާރާތް މުއްދަތަށް ނުނިމިއްޖެނަމަ ޢަމަލުކުރަންވީ ގޮތް ދެ ޚަސްމުންނަށް އެނގިފައި އޮވެ، ކުލި ދައްކަމުން ދަނިކޮށް، ޝަރީޢަތުން ކަނޑައަޅާފައިވަނީ ޙަޤީޤަތް ނޫންކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ އިންވެސްޓްމަންޓް އެއްފަހަރާ އަދާކުރުމަށް އޮތް 28 ވަނަ މާއްދާއަކީ ނާއިންސާފު މާއްދާއެއްކަމަށް ކަނޑައެޅުމުގައި އޮޅުން އަރާފައިވާކަން.
5.10 އެއްބަސްވުމުގެ 28 ވަނަ މާއްދާ އިސްލާޙުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދުވަހަކުވެސް ހުށަހަޅާފައި ނުވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އަދި ޝަރީޢަތުންވެސް އެ މާއްދާގެ އިންސާފާމެދު ބަސްބުނުމަށް އެއްވެސް ފުރުޞަތެއް ދީފައިނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ނާއިންސާފު މާއްދާއެއް ކަމަށް ބުނެފައިނުވާއިރު، ޝަރުޢީ ކޯޓުން ޙުކުމް ކުރިއިރު ޙުކުމުގައި އެ މާއްދާއަކީ ނާއިންސާފު މާއްދާއެއްކަމަށް ކަނޑައަޅާފައިވަނީ އިންސާފުން ބޭރުން ޝަރީޢަތްކުރުމާބެހޭ އުސލުތަކާއި ޚިލާފަށް އެއް ޚަސްމަކަށް ޝަރީޢތުނަ އޭނާއަށް ނުވެސް އެނގޭ ކަމެއްގެ މައްޗަށް އޭނާގެ ފަރާތަށް ކޯޓުން ލެނބި އޭނާގެ ވަކީލު އަދާކުރަންޖެހޭ ޑިއުޓީ ކޯޓުން އަދާކޮށް، އަދި ކޯޓުގެ މި ނިންމުމަށް ޤާނޫނީގޮތުން ރައްދުދިނުމުގެ ފުރުސަތު ނުދީ ނިންމާފައިވާ ނިންމުމަކީ ޤާނޫނީގޮތުން އިނގިރޭސިވިލާތުގައި ވެސް ނާއިންސާފު މާއްދާތަކާމެދު ޢަމަލުކުރަމުން އަންނަ އުޞ ލުކަމަށް ފާހަގަކޮށްފައިވުމަކީ ކަނޑައެޅިގެން ވަރަށް ބޮޑަށް އޮޅުންތަކެއް ހުރި ނުކުތާއއެ ކަން.
6.10 ލޯނު ނެގުމަކާނުލައި، އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާއިރު، ޢިމާރާތް އެއްފަހަރާ ބިމުގެ ވެރިފަރާތަށް ހަވާލުކޮށް ޢިމާރާތުގެ އަގު ބައި ބަޔަށް ބަހައިގެން ދައްކާގޮތަށް ކަނޑައަޅާނަމަ އެކަމަކީ ޢިމާރާތްކުރުމުގެ ސިނާޢަތަށްވެސ ހުރް ވަރަށް ނުރައްކާތެރި އުޞ ލެއްކަމާއި، އެއްބަސްވުން ބާޠިލުކުރެވޭއިރު މިލިއަނުން އަރާ ޢިމާރާތެއް އެއްފަހަރާ ލިބޭއިރު އަނެއްފަރާތަށް އެ ޢަދަދުގެ ފައިސާ އޭގެ ޚަރަދުގެ ނިސްބަތުން ބައިބަޔަށް ކުދި ޢަދަދު ތަކުން އަދާކުރާ ގޮތަށް ޝަރުޢީ ގޮތުން އުޞ ލެއް އިސްތިޤްރާރު ކުރުމަކީ އިސްވެބުނެވުނު އެއްވެސް މީހަކަށް އަނެކާގެ ޚަރަދުގައި ނާއިންސާފުނ އެއްވެސް މަންފާއެއް ލިބުމެއް ޝަރުޢީ ގޮތުން ހުއްދަ ކޮށްގެން ނުވާނެކަމަށް އޮންނަ އޮތުމާއި ކަނޑައެޅިގެން ޚިލާފުވުމުގެ އިތުރުން ޢިމާރާތްކުރުމުގެ ސިނާޢަތަށްވެސް މިފަދަ އުސޫލުން ލޯނާ ނުލާ އިންވެސްޓްކުރާނެ މީހުން މަދުވެ އިންވެސްޓަރުން ޖެހިލުންވާފަދަ މާހައުލެއް އުފެދޭ ހާލަ ތަކަށް ވާނެތީ، ހިނގަމުންމިދާ މައްސަލައިގައި އިސްވެ ބުނެވުނު ޝަރުޢީ އުސލަށާއ އަދި ޞިނާޢަތުގެ މުސްތަޤުބަލު ނެގެހެއްޓޭ ފަދައަކުން ޙުކުމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަން.
11އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ކަންކަން
1.11 ދަޢުވާއެއް ހުށަހެޅުމުން ފުރަތަމަވެސް ބަލަންޖެހޭ ކަމަކީ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ކަމަކީ، ޖާއިޒް ކަމެއްތޯއާއި، އެދޭ ކަމެއްގެ ބޭރުން، ދަޢުވާކުރާ ފަރާތަށް ނޭނގޭ ފަދައަކުން، އެފަރާތަށް ބުރަތަކެއް އުފުލަންޖެހޭ ގޮތަށް މައްސަލަ ނިންމަންވާނީ، ކަނޑައެޅިގެން އެ އުފުލަންޖެހޭ ބުރައަކީ އޭނާއަށްވެސް އެނގޭ އަދި އެކަމަށް އެދިގެން ހުށަހެޅިފައިވާ ކަމަކަށް ވެގެންކަމަށާއި، އިސްތިއުނާފު ކޮށްފައިމިވާ މައްސަލައިގައި، ޢިމާރާތް އަގުކޮށް އަގު ބަލަން އެދި، އަގު އަދާކުރަން އެދޭގޮތްވެސް ހާމަކޮށްފައިނުވަނީސް، ޝަރީޢަތުން އެތަން އަގުކޮށް، އެ އަގު އަދާކުރުމަށް ވަކިގޮތެއް ކަނޑެ އަޅާފައިވަ އިރު، އެކަނޑައެޅި ގޮތާ ބެހޭގޮތުން ދެ ޚަސްމުން ކުރެ އެއްވެސް ޚަސްމަކަށް އެއްޗެއް ބުނުމުގެ ފުރުޞަތު ދިނުމަކާނުލައި މި އެގްރީމެންޓް ވީއިރު ދެފަރާތުން ތިބި ހާލަތަށް ރުޖޫޢަކުރުމުގެ ގޮތުން ކަމަށް ކަނޑައަޅާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް 3.1 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް ލާޒިމްކޮށް އަދި އެ ދަރަނި އަދާކުރުމަށް 9 މަސްދުވަސް ދިނުމުން، މަހެއްގެ މައްޗަށް 3.5 ލައްކަ ރުފިޔާ އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓަށް ދައްކަން މައްސަލަ ނިންމާފައިވާއިރު މި ދރަނަ ދެއްކުމަކީ އެފަރާތަށް ޤާބިލުކަން ލިބިފައިވާ ކަމެއްތޯ ސުވާލު އުފެދޭކަން.
2.11 އެގްރީމެންޓް ކުރުމުގެ ކުރިން ތިބިގޮތަށް ރުޖޢަކުރުންކަމަށް ޙުކުމްގައި ބަޔާންކޮށްފައިވީނަމަވެސް، އެގްރީމެންޓްވުމުގެ ކުރިން ޒަމާނީ ފެންވަރަށް ހަދާފައިވާ ޢިމާރާތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނެތްކަމާއި، އަދި 3 ފްލޯރ ކުއްޔަށް ދީގެން އާމްދަނީ ހޯދޭނެފަދަ ވަޞީލަތެއް އެފަރާތަށް ލިބިގެންނުވާކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތަށް ބަލާއިރު، އެގްރީމެންޓް ވުމުގެ ކުރިން އެފަރާތުގެ އަތުން މިލިއަނުނ ފައިސާތަކެއް ޚަރަދުވެފައި ނެތްކަމާއި، އަދި އެފައިސާ އެއްވެސް ބަދަލަކާ ނުލައި އިސްތިއުނާފު ރައްދުވާ ފަރާތަށް އެކީ އެއްފަހަރާ ދިނުމެއް ނެތްކަމާއި، އަދި އެފަދަ ގޮތަކަށް އިސްތިއުނާފުކުރާ ފަރާތުގެ ފައިސާ ގެއްލި ދިއުމުން ބޮޑު މާލީ ގެއްލުމެއް ލިބިފައިނެތްކަން އެނގެން އޮތްއިރު، ޙުކުމުގައި އެގްރީމެންޓް ކުރުމުގެ ކުރިން ތިބި ޙާލަތަށް ރުޖޢަކޮށްދޭ ޙުކުމެއް ކަމަށް ކަނޑައަ ޅ ނަމަވެސް ޙަޤީޤަތަކީ މުޅިން އާކަންތައްތަކެއްގެ މައްޗަށް ދަޢުވާގައި އެދިފައިނުވާ ފަދައަކުން ދެ ޚަސްމުންނަށްވެސް އިންސާފު ލިބުމަށްވުރެ އަދި ކުރިން ތިބި ޙާލަތަށް ރުޖޫޢަވުމުގެ ބަދަލުގައި އިތުރު ބުރަތަކެއް އުފުލަންޖެހުނު ޙުކުމެއްކަން އެނގެން އޮތްއިރު، ޝަރުޢީ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން އެދިފައިނުވާ ފަދައަކުން ޙުކުމެއް ކުރެވޭނީ އެކަމަށް ދެފަރާތުގެ ބަހެއް އޮވެގެން ކަމަށް އޮންނަ އުޞޫލާ ވެސް ޚިލާފަށް މައްސަލަ ނިންމާފައިވާކަން.
12އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ކަންކަން
1.12 ދެ ޚަސްމުންގެ މެދުގައި ޢިމާރާތުގެ އަގާމެދު އެއްވެސް ދެބަސްވުމެއް ނ ނ އަގަކީ ކޮބައިކަމާމެދު ވާހަކަ ދެކެވިފައި ނުވާއިރު، ޝަރުޢީ ކޯޓުން ދެ ޚަސްމުންގެ އެއްވެސް މިފަދަ ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، ޝަރުޢީ އަގު ކޮމިޓީއެއް އެ އިމާރާތަށް ފޮނުވާ އެ ކޮމިޓީއަށް ފެންނަ އަގެއް ކަނޑައަޅާ އެ އަގަކީ އެއީ ސައްޙަ އަގުކަމަށް ޙުކުމްކޮށްފައިވަނީ، މަދަނީ މައްސަލަ ބަލއަ ނިޔާ ކަނޑައަޅާއިރު، ޝަރުޢީ ކޯޓުން ގޮތެއް ނިންމަނީ ދެ ޚަސްމުންނަށް ވަކި ކަމަކަށް އެއްބަސްނުވެވޭ ކަންކަމުގެ މައްޗަށް އިންސާފުގެ ތަރާދުން ކިރާ މިނުމަށްފަހު އެ މައްސަލައިގައި އެންމެ އިންސާފުވެރި ގޮތަކީ މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތް ނުވަތަ މައްސަލަ ރައްދުވާ ފަރާތުން އެދުނު ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ކަމަށްވާއިރު، ހިނގަމުންދާ އިސްތިއުނާފީ މައްސަލައިގައި ދަށު ކޯޓުގައި އެއްވެސް ޚަސްމަކު ޢިމާރާތުގެ އަގުކރުމުށް އެދިފައި ނުވާއިރު، ޝަރުޢީ އަގު ކޮމިޓީން ޢިމާރާތް އަގުކުރުމަށ ނިންމް އެ މައްޗަށް ޙުކުމްކުރުމަކީ މަދަނީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އިސވް ބަޔާންކުރެވުނު އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަން.
2.12 ޢިމާރާތުގެ އަގު ކަނޑައެޅުމަށްޓަކައި ރަސްމީ ލިޔުންތައް ޢިމާރާތްކުރާ ފަރާތުގައި ހުންނައިރު، މި މައްސަލައިގައި ބުނާ ޢިމާރާތުގެ އެންމެހާ ރަސްމީ ލިޔުންތައް ހުރިއިރު، އެފަދަ އެއްވެސް ލިޔުމެއް ޝަރީޢަތަށް ހުށަހަޅަން ޝަރީޢަތުން އަންގާފައި ނުވާއިރު، ޝަރީޢަތުގެ ހުރިހާ އަޑުއެހުންތައް ނިމި ޚުލާސާ ބަޔާން އިއްވާ ނިމުނުއިރުވެސް، ޝަރީޢަތުން ޢިމާރާތް އަގުކުރަނ އުޅޭކަން އެއްވެސް ޚަސްމަކަށް އެނގިފައި ނެތްއިރު، މައްސަލައިގެ ޙުކުމްކުރަން އޮތް ދުވަހު ޝަރީޢަތް ކެންސަލް ކުރުމަށްފަހު ކުއްލިއަކަށް އޭގެ ދުވަސްތަކެއް ފަހުން އިސްތިއުނާފުކުރާ ފަރާތަށް ޢިމާރާތަށް ޝަރުޢީ އަގު ކޮމިޓީ ދާނެކަމަށް އަންގާ ޝަރުޢީ އަގު ކޮމިޓގީ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓާމެދވެސު އެއްވެސް އެއްޗެއް ބުނުމަށް އިތުރަށް އެއްވެސް ޝަރީޢަތެއް އަދި ބަޔާނެއް ބަދަލުކުރުމެއް ނެތި އޭގެ ދުވަސްތަކެއްފަހުން ކުއްލިއަކަށް ކޯޓަށް ހާޟިރުކޮށް ޝަރުޢީ އަގު ކޮމިޓީގެ ރިޕޯޓުގައިވާ ޢަދަދަށް ޢިމާރާތް އަގުކޮށް މައްސަލަ ނިންމާފައިވަނީ މިފަދަ މައްސަލަތަކުގައި ޝރުޢަ އަގކުމިޓީނ ކަނޑައަޅް އަގުތަކުގެ މައްޗަށް ޚަސްމުންނަށް ބަސްބުނުމުގެ ފުރުޞަތުނދު މައްސަލީ ނިންމުމކަ އުސޫލާއި ޚިލާފު ކަމެއްކަން 2013/HC-A/153 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 3.4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާއިރު، މަތީ މަރުހަލާގެ ކޯޓުން ކަނޑައަޅާފައިވާ ނުކުތާއަށް ރިއާޔަތްނުކޮށ ދަށް ކޯޓުން މައްސަލަ ނިންމާފައިވާކަން.
3.12 ޝަރުޢީ އަގުކޮމިޓއީ ން ކަނޑައެޅި އަގަކީ އެކަށީގެންނުވާ ކުޑަ އަގެއްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް އުނިކަން އަންނަގޮތަށް އެފަރާތުގެ މުދަލެއް ނުއަގުގައި އަގުކޮށްގެން މައްސަލަ ނިންމާފައިވާކަމަށް ޤަބލުކުރެވޭކަމާއި، ޝަރުޢީ އަގުކޮމިޓީގެ އަގާމެދު ޤނނީގޮތުން ފުރިހަމަކުރަންޖެހާ އިޖުރާއަތްތައް ފުރިހަމަނުކޮށް މައްސަލަ ނިންމާފައިވު މުގެ ސަބަބުން މައްސަލައިގެ ޙުކުމް ބިނާކޮށްފައިވާ އެއް މަޞްދަރަކީ ޝރުޢަ އަގުކޮމިޓީގެ ރިޕޯޓުކަނ އެނގެން އޮންނައިރު، އެ ރިޕޯޓުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި އެ މައްޗަށް ބިނާކޮށްފައިވާ ޙުކުމްގެ ޞައްޙަކަމާމެދު ސުވާލަ އުފެދިފައިވާ ކަމެއްކަން.
13އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ކަންކަން
1.13 ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ކޮންމެ ރައްޔިތަކާމެދ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ލިބިގެންވާކަން އެނގެން އޮންނައިރު، ޢަދުލުވެރި އަޑުއެހުމެއް ބިނާވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި، ދަށު ކޯޓުގެ ޝަރީޢަތަށް ޢިމާރާތުގެ ބީ.އޯ.ކިއު އާއު އަދި ކުރެހުން އެއްވެސް އަޑުއެހުމަކަށް ހުށަހަޅަން އަންގާފައި ނުވާކަމާއި، އެއިން ކަމަކާބެހޭގޮތުން ހުރިހާ އަޑުއެހުންތައް ނިމި ޚުލާސާ ބަޔާން ހުށަހެޅި އިރުވެސް އެއްވެސް ޚަސްމަކު އަދި ޝަރީޢަތުންވެސް އެއްވެސް އެއްޗެއް ބުނެފައިނެތީސް، ޙުކުމްކުރަން އޮތްދުވަހު، ޙު ކުމް ކުރުން ކެންސަލް ކުރުމަށްފަހު، އިތުރު އެއްވެސް އެންގުމަކާނުލައި ޝަރުޢީ އަގު ކޮމިޓީ ޢިމާރާތަށް ހާޟިރުވާނެކަން އިސްތިއުނާފުކުރާ ފަރާތަށް އެންގުމަށްފަހު އެތަނަށް އެކޮމިޓީ ދިޔައިރު، ޢިމާރާތުގެ ކުރެހުމެއް ކަމަށް ބުނާ ކުރެހުމަކާ އަދި އެހެނިހެން ލިޔުންތައް އެފަރާތުގެ އަތުގައި ހުރުމުން ޝަރީޢަތުން ބޭރުން ކޯޓުން ޚަސްމުންނާއި ނުލާ ލިޔުންތައް ހޯދާފައިވަނީ ކޮންގޮތަކަށްކަމާއިމެދު ޤާނ ނ ގޮތުން ސުވާލު އުފެދޭއިރު، އެލިޔުންތަކަކީ ދަޢުވާގެ އުންޞުރެއް ސާބިތުކުރުމަށް ހޯދުނު ލިޔުމެއްކަމުގައިވާނަމަ އެފަދަ ލިޔުމަކަށް ބަސްބުނެ ތައުނު ކުރުމުގެ ފުރުޞަތާއި ނުލާ ޚަސްމުންނަށް ސިއްރުން ޝރީޢަތުނަ ބޭރުން ކޯޓުން ލިޔުންތައް ހޯދާ އ މައްޗަށް ޙުކުމް ބިނާކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާ ޚިލާފަށް ޢަދުލުވެރި އަޑުއެހުމެއްގެ އުންޞުރުތައް ފުރިހަމަނުވާ ފަދައަކުން ހިންގާފައިވާ ޝަރީޢަތެއްކަމަށް ކަނޑައެޅޭތީ ހިންގަމުންމިދާ އިސްތިއުނާފީ މައްސަލައިގައި ދަށު ކޯޓުން އިސްވެ ދެންނެވުނު ޒަމާނުއްސުރެން އިސްތިޤްރާރު ކުރެވިފައިވާ ޢަދުލުވެރި ޝަރީޢަތުގެ އުޞ ލާއި ޚިލާފށަ މައްސަލް ނިންމާފައިވަ ކަން.
14ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞލުތަކާއ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައިދީ، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 356/2012-C/C-Cv އެގްރީމަންޓާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ދެފަރާތަށް އަންގައި އެގޮތުގެ މަތިން ޙުކުމްކޮށް މައްސަލަ ނިންމައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ.
15އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ތިރީގައިވާ ކަންކަން
1.15 ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 2 އަހަރާއި 6 މަސް ފާއިތުވެގެންދިޔައިރުވެސް، ޢިމާރާތުގެ މަސައްކަތް ނިމުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، އެތައް ފަހަރަކު ބައްދަލުކޮށް، އަދި ފޯނު މެދުވެރިކޮށް ވާހަކަ ދައްކާފައިވާނެކަމާއި، 1 ޑިސެންބަރު 2015 ގައި އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ ސިޓީން ވެސް އެކަން ސާބިތުވާކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެންމެ ފުރަތަމަވެސް އަދި ސިވިލް ކޯޓށަ މައްސަލް ހުށަހަޅަންދެންވެސް ޢަމަލުކުރަމުންދިޔައީ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި، އެއްބަސްވުމުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ވާހަކަ ދައްކައިގެން ޙައްލު ނުލިބިގެން 7 މޭ 2015 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފަންގިފިލާތަކުގެ މަސައްކަތް ނުނިމި، އެފަންގިފިލާތައް ނުލިބިގެން އޭގެ 1 އަހަރު ފަހުން، 8 މޭ 2016 ގައި އެއްބަސްވުމާ އެއްގޮތަށް މައްސަލަ ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން.
2.15 ޝަރުޢީ ޤާއިދާއެއް ކަމުގައިވާ "އަލް ޢަޤްދު ޝަރީޢަތުލް މުތަޢާގިދައިން" ގެ ޝަރުޢީ އުސޫލުގެ ދަށުން ދެބައިވެރިންގެ ޙަކަމަކަށްވާނީ އެ އެއްބަސްވުންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަމަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ ދެފަރާތގު ދެމެދުވެފައިވާ އެއްބަސްވުމަށާއި، އެއްބަސްވުމުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި މައްސަލައަކަށްވާތީ، އެ މައްސަލައަށް ފައިސަލާކުރަނިވި ޙުކުމެއކޮށްފައިވާކަން.
16އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ތިރީގައިވާ ކަންކަން
1.16 އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުން ބާޠިލުކުރުމަށް ސިވިލް ކޯޓުގައި އެދިފައިވާނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުއްޔަށްހިފިފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން އިސްތިއުނާފުކުރާ ފުރަ ތ ން ފުރިހަމަކޮށު ފައިނުވާތީކަން.
2.16 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޙައްމަދު ވ މުޙައްމަދު ޢބްދަ ﷲ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 47 ވަނަ ނުކުތާގައި، "އަޙްމަދ މުޙައްމަދު އާއު މުޙައްމަދު ޢަބްދުﷲ އާ ދެމީހުން ދެމެދު ވެވުނު އެގްރީމެންޓުގެ މަޤްޞަދަށް ބަލާއިރު، މިއީ، އަޙްމަދު މުޙައްމަދުގެ ގޯއްޗެއްގައި އިންވެސްޓްކޮށް ޢިމާރާތްކުރުމަށް މުޙައްމަދު ޢަބްދުﷲ ވެފައިވާ އެގްރިމެންޓެއްކަން އެނގެއެވެ. 2021/SC-A/61 އެގްރިމެންޓުގެ ދެފަރާތަށް ލިބޭ މަންފާ ކުރުކޮށް ބުނާނަމަ، ތަން އަމިއްލަ ޚަރަދުގައި ޢިމާރާތްކުރާ ފަރާތުގެ ހައިސިއްޔަތުން މުޙައްމަދު ޢަބްދުﷲ އަށް ތަނުގެ ހަ ފްލޯރ 35 އަހަރު ދުވަހުގެ ތެރޭގައި އެކި މުއްދަތަކަކަށް ބޭނުންކުރުމުގެ ޙައްޤު ލިބިފައިވާއިރު، ކޮންޓްރެކްޓްވި ތާރީޚުގެ 18 (އަށާރަ) މަސް ފަހުން، […] ގެ ހަވަނަ ފްލޯރ، ހަތްވަނަ ފްލޯރ އަދި ޓެރަސް ފްލޯރ ގޯތީގެ ވެރިފަރާތް އަޙްމަދު މުޙައްމަދު އާ ހަވާލުކުރެވި، ޢިމާރާތުގެ ދެން ހުރި ފްލޯރތައް 35 އަހަރު ދުވަހުގެ ތެރޭގައި އެކި މުއްދަތުތަކުގައި ފަހަރަކު ފްލޯރއެއް އަޙް މަދު މުޙައްމަދުއަށް ލިބިގެންދިޔުމެވެ." އިސްތިއުނާފު ކޮށްފައިމިވާ ޤަޟިއްޔާގައިވެސް ކަންހިނގާފައިވަނީ މިގޮތަށް ކަމަށާއި، ޙަބީބު ޔާ ސުފ އާއް މުޙައްމަދު ޢަބްދުﷲ އާ ދެމީހުން ދެމެދު ވެވުނު އެއްބަސްވުމުގެ މަޤްޞަދަށް ބަލާއިރު، މިއީ ޙަބީބު ޔާ ސުފްގެ ގޯއްޗެއްގައި އިންވެސްޓްކޮށް ޢިމާރާތްކުރުމަށް މުޙައްމަދު ޢަބްދުﷲ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށާއި، މި އެއްބަސްވުމުގައިވެސް ދެފަރާތަށް ލިބޭ މަންފާއަކީ ތަން އަމިއްލަ ޚަރަދގައު ޢިމާރާތް ކުރާ ފަރާތުގެ ހައިސިއްޔަތުން މުޙައްމަދު ޢަބްދުﷲ އަށް ޢިމާރާތުގެ ވެރި ފ ރާތާ ހަވާލަ ކުރަންޖެހު ފަންގިފިލާ ފިޔަވައި އެހެން ހުރިހާ ފަންގިފިލާއެއް 22 އަހަރު ވަންދެން މުޙައްމަދު ޢަބްދުﷲ ބޭނންކުރަނު ލިބުންކަމށާއި، އެއްބަސްވުމުގައި އެގޮތަށް އޮތަ ނަމަވެސް، ގްރައުންޑް، އެއްވަނަ އަދި ދެވަނަ ފަންގިފިލާ ކުއްޔަށްދީގެން މިހާރުވެސް މަންފާ ހޯދަމުންދަނީ މުޙައްމަދު ޢަބްދުﷲކަން.
3.16 އިސްތިއުނާފު ރައްދުވާ ފަރާތާ ސިވިލް ކޯޓުން ހަވާލުކޮށްފައިވަނީ 10 ބުރީގެ ޢިމާރާތެއް ނޫންކަމާއި، ސިވިލް ކޯޓުން ޙުކުމްކުރިއިރު، މަންފާއެއް ލިބޭ ގޮތަށް އެ ޢިމާރާތުގައި ހުރީ ހަމައެކަނި އެ ޢިމާރާތުގެ ގްރައުންޑް ފްލޯރ ކަމަށާއި، ކޮމްޕްލީޓްކޮށްފައިވާ ކަމަށް ބުނާ 1 ވަނަ ފަންގިފިލާއާއި 2 ވަނަ ފަންގިފިލާވެސ ހުރް ކުރެހުމާ ޚިލާފަށްކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އެ ޢިމާރާތާ ހަވާލުވެ އެ ޢިމާރާތް ނިންމަންޖެހޭނަމަ ކުރަންޖެހެނީ ޚަރަދުތަކެއްކަމަށާއި، އަދި އެ ޚަރަދުތަކުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތަށް އެ ޢިމާރާތުން ލިބުނު އެއްވެސް މަންފާއެއް އުނިކުރުމަކާނުލާ، ސިވިލް ކޯޓުން ބަދަލު ނަގައިދީފައިވާކަން.
4.16 މިހާލަތުގައި، ޢިމާރާތްކުރުމުގެ ސިނާއަތުގައ މަސައްކަތްކުރި ފަރާތްތައް ޒިންމާދާރުކޮށް ޢާންމު ރައްޔިތުންނަށް ގެންލުންނުވާ ގޮތަކަށް އެ ސިނާޢަތުގައ ހަރަކާތްތެރިވި ފަރާތްތައް ޢަމަލުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށްވާއިރު، ނިކަމެތި ރައްޔިތުންތަކެއް މަގމަތިވާގޮތަށު އެ ސިނާއަތުގައ ހަރަކާތްތެރިވި ފަރާތެއްވާނަމަ އެފަރާތަކަށް ބަދަލެއް ދޭއިރު، އެ ޢިމާތާރަކުން ލިބުނު މަންފާއަކަށވެސ ރިޢާޔަތްކުރަންޖެހޭކަމަށް ދެކޭކަން.
5.16 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ އަކީ މި މައްސަލައިގައި ހިމެނޭ އެންމެހައި ވާޤިއާތަކާ އެއްފަދަ މައްސަލައެއްކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއޔާގް އިސްތިއުނާފެ ރައްދުވު ފަރާތަކާ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 45 ވަނަ ނުކުތާއިން ފެށގެނި 52 ވަނަ ނުކުޓާގެ ނިޔަލަށް ހުރި ނުކުތާތަކުގެ ތެރެއިން މި މައްސަލައަށް ތަޠުބީޤުކުރެވެނ ހުރް ނުކުތާތައް ނަކަލުކޮށްފައިވާނެ ކަމަށާއި، އަދި އެއިން ކޮންމެ ނުކުތާއަކާ މި މައްސަލައާ ހުރި ގުޅުން ބަޔާންކޮށްދީފައިވާނެކަން.
17އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ތިރީގައިވާ ކަންކަން
1.17 ކޯޓުން ބަދަލުގެ ގޮތުގައި ނަގައިދިން ޢަދަދު ނަގައިދީފައިވަނީ، އެ ޢިމާރާތް ކުއްޔަށްދީގެން އިސްތިއުނާފުކުރު ފަރާތަށް ލިބުނު މަންފާ އުނިކުރުމަކާ ނުލައިކަމަށާއި، މިގޮތުން ޢިމާރާތުގެ ގްރައުންޑް، އެއްވަނަ އަދި ދެވަނަ ފަންގިފިލާއިން މަންފާ ލިބެމުންދިޔަކަމާއި، އެފަންގިފިލާ ތަކުން މަންފާ ލިބިގެންދިޔައީ އިސްތިއުނާފުކުރާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ސަބަބުން ކަމަށްވާތީ، މަންފާގެ ގޮތުގައި ލިބިފައިވާ ޢަދަދެއް އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގިފައިނުވާތީ، އެ މަންފާ އުނިކޮށް ބަދަލު ނަގައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭކަމާއި، ސިވިލް ކޯޓުގައި މި ނުކުތާއަށް ވާހަކަ ދައްކަން ފުރުޞަތު ލިބިފައިނުވަނީ، އަގުކުރުމަށްފަހު، ޝަރީޢތުގަ މަޖިލީހެއް ބާއްވާފައިނުވާތީ ކަން.
18އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ތިރީގައިވާ ކަންކަން
1.18 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/61 ޤަޟިއްޔާ (އަޙްމަދ މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 59 ވަނަ ނުކުތާއިން 61 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލައިގައިވެސް، ޝަރުޢީ އަގު ކޮމިޓީގެ ރިޕޯޓާ ގުޅިގެން ކަން ހިނގާފައިވަނީ ސުޕްރީމް ކޯޓުގެ ހަވާލާދީފައިވާ ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތަށްކަން އެނގޭއިރު، އަގު ކޮމިޓީގެ ރިޕޯޓަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިނުވާތީ އިސްތިއުނާފުކުރާ ފަރާތަށް އެ ޢިމާރާތުން ލިބުނު އަދި ލިބެމުންދާ މަންފާ އުނުކޮށްފައިނުވާކަމަށާއި، އެހެންކަމުން އެކަމުގެ ގެއްލުން ލިބިފައިވަނީވެސް އިސްތިއުނާފު ރައްދުވާ ފަރާތަށްކަމަށާއި، މިހާރުވެސް ހަދާ ނުނިމި ހުރި ޢިމާރާތަކުން އިސްތިއުނާފުކުރާ ފަރާތަށް މަންފާ ލިބެމުންދާކަން.
2.18 އެހެންކަމުން، ދަށު ކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ އޮތް އޮތުމަށް ބަދަލުގެންނަންޖެހޭކަމަށާއި، އެފަރާތަށް ގެއްލުމެއް ވެފައިވާނަމަ، އެގެއްލުމެއްގެ ބަދަލު ހޯދުމަށް ވަކި ދޢުވައެއް ކުރުމުގެއް ޙާއްޤު ލިބެންޖެހޭކަން އެނގެން އޮންނަކަން.
19އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ތިރީގައިވާ ކަންކަން
1.19 އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، ޢިމާރާތްކުރަންވާނީ ދެފަރާތުން އެއްބަސްވާ ކުރެހުމެއްގެ މައްޗަށް ބިނާކޮށްކަމަށާއި، މިކުރެހުމަކީ ފާސްކޮށްފައިވާ ކުރެހުމަކަށ ވާންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ޢިމާރާތުގެ 1 ވަނަ ފަންގިފިލާއާއި، 2 ވަނަ ފަންގިފިލާއަށް ގެނެސްފައިވާ ބަދަލަކީ ޢިމާރާތުގެ ވެރިފަރާތާ މަޝްވަރާކޮށް އަދި ފާސްކޮށްފައިވާ ކުރެހުމެއް ނނކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އެ ކުރެހުން ސިވިލް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން 17 ނޮވެންބަރު 2016 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރްޗަރ އަށް ލިޔެ އެމިނިސްޓްރީގެ ނަންބަރު LBS/INDIV/2016/944-138 (MSL) (21 ނޮވެންބަރު 2016) ސިޓީއިން ޖަވާބު ދީފައިވަނީ، "ހ.ޖޯޖެޑްވިލ އެވާ ކިޔާ ގޯތީގައި 10 ބުރިއަށް ހަދަމުންދާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) އާއި ދެވަނަ ފަންގިފިލާ (ސެކަންޑް ފްލޯރ) ގެ އާކިޓެކްޗަރަލް ޑްރޯވިންގ އަށް އިޞްލާހެއ ގެނެސްފައިވާކަން މި މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގޭކށަ ނެތް" މިފަދައިން ކަމުން، އިސްތިއުނާފު ކުރާ ފަރާތުން […] އެވާ ކިޔާ ގޭގައި ކޮމްޕްލީޓްކޮށްފައިވާކަމަށް ބުނާ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހަދާފައިވަނީ ޢިމާރާތްކުރުމާބެހޭ ޤަވާއިދާ ޚިލާފަށްކަމަށާއި، އަދި އެގޮތުން ކުރެހުމެއް އަމިއްލައަށް ބަދަލު ގެނެސް ދައުލަތުގެ މުއައްސަސާއަކަށް އޮޅުވާލައިގެން (ޢިމާރާތުގެ މިންތަކަށް ބަދަލުގެނެސް) ކުރެހުމެއް ކުރަހައި ކުއްޔަށް ދީފައިވާކަން.
20[…] އެވާ ކިޔާ ގޯތީގައި 10 (ދިހައެއް) ބުރީގެ ޢިމާރާތުގެ ކުރެހުން ހުށަހެޅުމަށްޓަކައި 7 ދުވަހުގެ ފުރުޞަތެއް 26 އޮކްޓޫބަރު 2016 ގައި އިސްތިއުނާފު ރައްދުވާ ފަރާތަށްދީފައިވާކަމަށާއި، މިގޮތުން 27 އޮކްޓޫބަރު 2016 ގައި ފާސްކޮށްފައިވާ ކުރެހުން އސްތިއުނާފި ރައްދުވު ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާނެކަމަށާއި، އަދި 10 ނޮވެންބަރު 2016 ގައި ޝަރުޢީ އަގުކޮމިޓީ […] އެވާ ކިޔާ ގޯތީގައި ހަދަންފަށާފައިވާ ޢިމާރާތަށް ހާޟިރުވެފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހާޟިރުގައިކަމަށާއި، އަދި އެ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ އަދި 2 ވަނަ ފަންގިފިލާ ކރެހުމު ޚލި ފަށާ ހަދާފައިވާތީ އެކަން އިސްތިއުނާފު ރައްދުވާ ފަރާތުން ސާފުކުރުމުން އެދުވަހު ފާސްކޮށްފައިވާ ކުރެހުން އޮންނާނެ ކަމަށް ބުނެފައިވާކަމާއި، އެ ކުރހުނ ސިވިލް ކޯޓަށް ހުށަހަޅަން ޝަރުޢެ އަގުކޮމިޓީގެ މެންބަރުން ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވާކަމާއި، އެގޮތުގެ މަތިން ފާސްކޮށްފައިނުވާ ކުރެހުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާކަން.
21ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސލުތަކ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/61 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތަށް ނަގައިދީފައިވާ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ދެފަރާތުންކުރެ ފަރާތެއްގެ ބަހެއްނެތިކަމަށްވާތީ، އެބައި ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/61 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުން ބާޠިލުކުރުމުން ގެއްލުމެއް ވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް އެދޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
22މި މައްސަލައަކީ، އަލްމަރްޙ މާ ހަބީބް ޔާ ސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] ކިޔާ ގޯތީގައި ޢިމާރާތެއް ކުރުމާ ގުޅޭގޮތުން މުޙައްމަދު ޢަބްދުﷲ އާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެވެ. ބުނެވުނު އެއްބަސްވުމުގެ މުއްދަތަކީ، މީލާދީ 22 (ބާވީސް) މަސްދުވަހެވެ. މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން […] އެވާ ކިޔާ ބަންޑާރަ ގޯތީގައި 10 (ދިހައެއް) ބުރީގެ ޢިމާރާތެއްކޮށް ކުއްޔަށް ހިފި މުއްދަތު ހަމަވަންދެން ޢިމާރާތުގެ ބޭނުން ހިފަމުންދާނެ ގޮތާމެދު މި އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވެއެވެ.
23އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި ޙަބީބު ޔާ ސުފްގެ ފަރާތުން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާ ސިވިލް ކޯޓުން ނިންމީ މުޙައްމަދު ޢަބްދުﷲ އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލުކުރަންޖެހޭކަމަށާއި، މުޙައްމަދު ޢަބްދުﷲ ޢިމާރާތުގެ ބައެއް ނިންމާފައިވާތީ އެ ތަނުގެ އަގު ޙަބީބު ޔާ ސުފްގެ ފަރާތުން އޭނާއަށް ދިނުމަށެވެ.
24މި އިސްތިއުނާފުގައި ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައްކަމަށ އަހުރެންނަށް ފާހަގަވާ ކަންކަމަކީ؛
1.24 ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ، ދަޢުވާކުރުމުގެ ޙައްޤު އުފަންވެފައިނުވަނީސތް؟ ؛ އާއި
2.24 އެއްބަސްވުން ނިމުމކަ ށ ގެނެވޭނެގޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމާ ޚިލާފަށްތޯ؟ ؛އަދި
3.24 ޢިމާރާތް އަގުކޮށް، އަގު ކަނޑައަޅާ ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ؟ އެވެ. ދަޢުވާކުރުމުގެ ޙައްޤު އުފަންވެފައިނުވާކަމަށ ބުން ބުނުން
25މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ އެއްބަސްވުމުގެ ދަށުން، ދަޢުވާކުރުމުގެ ޙައްޤު އުފަންނުވަނީސް ކުރި ދަޢުވާއެއްކަމަށް ބަޔާންކޮށް އެއްބަސްވުމުގެ 33 ވަނަ މާއްދާ ފާހަގަކުރުމުންވެސ އެކަމަށް އެ ކޯޓުން ރިޔާޢަތްކޮށްފައިނެތް ކަމަށެވެ.
26ޕްރިސިޑެންސް 1އެއްބަސްވުމުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މި އެގްރިމެންޓުގެ މާއްދާއަކާއި ނުވަތަ އެގްރިމެންޓުން ބަޔަކާއި ކުއްޔަށް ދިން ފަރާތުން ނުވަތަ ކުއްޔަށް ހިފި ފަރާތުން ޚިލާފުވެއްޖެ ހިނދެއްގައި އެންމެ ފުރަތަމަވެސް އެކަން ޙައްލުކުރުމުގެ ގޮތުން ދެފަރާތުގެ މެދުގައި ވާހަކަދައްކާނީއެވެ.ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލެއް ނުހޯދިއްޖެނަމަ، އެގްރީމެންޓާއި އެއްގޮތަށް މައްސަލަ ނިންމައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނީއެވެ."
27ސިވިލް ކޯޓުން އެއްބަސްވުމުގެ 33 ވަނަ މާއްދާއަށް ރިޔާޢަތްކޮށްފައި ނެތްކަމަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ބުނިނަމަވެސް، ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (އ) ގައި އަންނަނިވި ފަދައިން ބަޔާންކޮށްފއިވާކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. "ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައިވެފައިވާ އެއްބަސްވުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ސިޓީ ބަދަލުކުރެވިފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތްހިނދު، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމާ ގުޅިގެން އުފެދޭ ޚުސ މާތެއް ޙައްލުކުރުމުގައި އިސްކަންދޭނެ ތަރުތީބެއްގ ގޮތުގައެ ވާހަކަ ދެއްކުން އެއްބަސްވުމުގައި ބަޔާންވެފައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުން އެކަންކަމަށް ޙައްލެއް ލިބިދާނޭކަމަށް ނުފެންނަ ޙާލަތުގައި، އެއްބަސްވުމުގެ ބައިވެރިއަކު އެފަރާތެއްގެ ޙައްޤު ދިފާޢު ކުރުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހެޅުމަކީ އެފަރާތަކަށް ޝަރީޢަތާއި ޤާނ ނ އިމުގެ ތެރެއިން ލިބިގެންވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ."
28އެހެންކަމުން، ދަޢުވާކުރުމުގެ ޙައްޤު އުފަންނުވަނީސް ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ކަމަށް ސިވިލް ކޯޓުގައި ފާހަގަކުރުމުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ބުނާ ބުނުމަކީ ކަމުގެ ޙަޤީޤަތާ އެއްގޮތް ބުނުމެއް ނންކަނ އިސްވެ ބަޔާންކުރެވުނު ޢިބާރާތުން އެނގެން އޮވެއެވެ. ވުމާއެކު، މުޙައްމަދު ޢަބްދުﷲ ފާހަގަކުރާ ނުކުތާ އޭނާއާ އެއްކޮޅަށް ނިންމިދާނެ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނާ ބުނުން
29މި ނުކުތާގައި މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެއްބަސްވުމުގެ 25، 26، 27 އަދި 28 ވަނަ މާއްދާގައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ގޮތް ބަޔާންކޮށްފައިވާއިރު އެ މާއްދާތަކާ ޚިލާފަށްކަމަށެވެ.
30ޕްރިސިޑެންސް 2އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މި އެގްރިމަންޓުގައި ސޮއިކޮށް، އެގްރިމެންޓް ޢަޤުދުކުރުމަށްފަހު، އެގްރިމަންޓް ދެމިއޮތްހައި ހިނދަކު ކުއްޔަށްހިފި ފަރާތުގެ ޙައްޤުތައް ނިގުޅައިގަތުމުގެ އެއްވެސް އިޚްތިޔާރަކާ ބާރެއް ކުއްޔަށްދިން ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އަދި ކުއްޔަށް ދިން ފަރާތުގެ ޙައްޤުތައް ނިގުޅައިގަތުމުގެ އެއްވެސް އިޚްތިޔާރަކާ ބާރެއް ކުއްޔަށްހިފި ފަރާތަކަށްވެސް ލިބިގެނެއް ނުވެއެވެ." މިފަދައިންނެވެ. މި މާއްދާއަކީ، އެއްބަސްވުން ދެމިއޮންނަ ޙލަތުގައާ އެއްބަސްވުމުގި ދެބައިވެރިން ޢަމަލުކުރަންޖެހޭ މާއްދާއެއްކަން މި މާއްދާގެ ޢިބާރާތުން އަހުރެންނަށް ސާފުވެއެވެ. އެހެންކަމުން، އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރމަށ ކޯޓަށް ހުށަހަޅައިގެން މައްސަލް ކުރިއަށްދު ޙާލަތުގައި ޝަރީޢަތުން މި މާއްދާއަށް ޢަމަލުކުރަންޖެހޭ ނުވަތަ މި މާއްދާ ޝަރީޢަތުން ތަޠުބީޤުކުރަންޖެހޭ ޤާނޫނީ އަސާސެއް މި އިސްތިއުނާފުގައި މުޙައްމަދު ޢަބްދުﷲއަށް ބުނެދެވިފައިވާކަމަށ އަހުރެން ނުދެކެމެވެ.
31ޕްރިސިޑެންސް 3އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މ އެގްރީމެންޓުގައި ކުއްޔަށްހިފި ފަރާތުންނާއި ކުއްޔަށްދިން ފަރާތުން ސޮއިކުރުމަށްފަހު، ސަރުކާރުގެ ޤަވާޢިދެއް މި އެގްރީމެންޓުގެ ބަޔަކާ ތަޢާރުޟުވާކަން އެނގިއްޖެނަމަ، އެފަދަ ކަމެއްގެ ސަބަބުން މުޅި މި އެގްރިމެންޓް ބާޠިލެއް ނުވާނެއެވެ. އަދި އެފަދަ ތަޢާރުޟެއް ހުރި ބައިތައް އިޞްލާޙުކޮށް، ކުއްޔަށްހިފި ފަރާތާއި ކުއްޔަށްދިން ފަރާތުން ސޮއިކުރުމަށްފަހުގައިވެސް މި އެގްރިމެންޓް އުވާނުލުމަށ ދެފަރާތުން އެއްބަސްވެއެވެ." މިފަދައިންނެވެ. މި މާއްދާއަކީ، އެއްބަސްވުމުގެ ބައިވެރިއެއް އެއްބަސްވުމާ ޚިލާފުވާ ޙާލަތުގައި ޢަމަލުކުރާނާ ގޮތް ބަޔާންކުރާ މާއްދާއަކަށް ނުވާއިރު، ޝަރީޢަތުން އެއްބަސްވުމުގެ ބައިވެރިއެއް އެއްބަސްވުމާ ޚިލާފުވެއްޖެކަމަށް ކަނޑައަޅާ ޙާލަތުގައި މި މާއްދާއަށް ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އަސާސެއްވެސް މި އިސްތިއުނާފުގައި މުޙައްމަދު ޢަބްދުﷲއަށް ބުނެދެވިފައިވާކަމަށ އަހުރެން ނުދެކެމެވެ.
32ޕްރިސިޑެންސް 4އެއްބަސްވުމުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މި އެގްރިމެންޓުގެ މުއްދަތު ހަމަވުމުގެ ކުރީން މި އެގްރިމެންޓް ބާޠިލު ކުރުމަށް ކުއްޔަށްހިފި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، 03 މަސްދުވަހުގެ ނޯޓިސްއެއް ލިޔުމަކުން ދިނުމަށްފަހު، މި އެގްރީމެންޓުގެ 16 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށްދީ، ނިންމައި، ޞުލްޙަވެރިކަމާއެކު މި އެގްރީމެންޓް ބާޠިލުކުރެވިދާނެއެވެ."
33އަދި އެއްބަސްވުމުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "މި އެގްރިމެންޓުގެ މުއްދަތު ހަމަވުމުގެ ކުރީން މި އެގްރީމެންޓް ބާޠިލުކުރުމަށް ކުއްޔަށްދިން ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ކުއްޔަށްހިފި ފަރާތުން މި އެގްރިމެންޓުގެ ދަށުން ކުރަން ކަނޑައަޅާފައިވާ އިންވެސްޓްމަންޓުގެ ބަދަލު (ކުއްޔަށްހިފި ތަނުގައި ކުރާ އައު ޢިމާރާތަށް ޚަރަދުވާނެ ފައިސާއާއި، އެ ޢިމާރާތުގައި ކުއްޔަށްހިފި ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ބައިތައް ކުއްޔަށްދީގެން ލިބޭނެ މަންފާގެ ބަދަލު) އެއްފަހަރާ ދިނުމަށްފަހު، މި އެގްރިމެންޓް ބާޠިލުކުރެވިދާނެއެވެ." މިފަދައިންނެވެ. މިއީ ކުއްޔަށްހިފާ ފަރާތުން ނުވަތަ ކުއްޔަށްދޭ ފަރާތުން އެއްބަސްވުން ބާޠިލުކުރަން ބޭނުންވު ޙާލަތުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތެއްކަން އެ މާއްދާތަކުން އެނގެއެވެ.
34ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ޢިމާރާތްކޮށްފައިނުވާތީއާއި، އެއްބަސްވުމުގެ 4 ވަނަ މައްދާއާއި 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފްލޯރތައް ނިންމާފައިނުވާތީކަނ އެނގެން އޮންނައިރު، ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކުރުމުގައި އިސްވެ ބަޔާންކުރެވުނު މާއްދާތަކާ އެއްގޮތަށް ޝަރީޢަތުން ޢަމަލުކުރަންޖެހޭ ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާނެ ހަމައެއް އޮތްކަމަށް އަހުރެން ނުދެކެމެވެ. ވުމާއެކު، މުޙައްމަދު ޢަބްދުﷲ ފާހަގަކުރާ ނުކުތާ އޭނާއާ އެއްކޮޅަށް ނިންމިދާނެ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
35ޕްރިސިޑެންސް 6މައްސަލައިގައި ހިމެނޭ ދެފަރާތުންވެސް މި ކޯޓުގައި ބުނެފައިވަނީ، ސިވިލް ކޯޓުން އަގު ކޮމިޓީއެއް ޢިމާރާތަށް ގޮސް ތައްޔާރުކުރި ރިޕޯޓާ ގުޅޭގޮތުން ޝަރީޢަތެއް ބާއްވާ އެ ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުސަތު ޚަޞްމުންނަށް ދީފައިނުވާކަމެވެ.
36ދަޢުވާގައި ޙަބީބު ޔާ ސުފްގެ ފަރާތުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވެއެވެ. އެހެންނަމަވެސް، ޢިމާރާތް އަގުކޮށް، ޢިމާރާތުގެ އަގު ޢިމާރާތްކުރި ފަރާތށަ ނަގައިދިނުމަށް އޭނާގެ ފަރާތުން އެދިފައިނުވެއެވެ.
37ޕްރިސިޑެންސް 5މަދަނީ މައްސަލަތަކުގައި އޭރު ޢަމަލުކުރަމުން ދިޔަގޮތަށް ބަލާއިރު، އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި، ހަމަ އެ މައްސަލައިގެ ތެރެއިން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ ޢަމަލުކުރަމުންދިޔަ ގޮތެކެވެ. ނަމަވެސް، އެ ޙާލަތުގައިވެސް، ޚަޞްމުންނަށް ގެއްލުމުގެ ބަދަލާ ގުޅިގެން ވާހަކަ ދައްކާ ހެކި ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭނެކަން ޠަބީޢީ އިންސާފުގެ ހަމަތަކަށް އެކަނި ބެލުމުންވެސް އެނގެއެވެ.
38އެހެންކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި، މުޙައްމަދު ޢަބްދުﷲ އަށް ލިބެންޖެހޭ ޢަދަދެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކޮށް، ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ވަކި ދަޢުވާއެއް މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އެދޭނަމަ އެ ދަޢުވާއެއް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.
39އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 943/Cv-C/2016 ޤަޟިއްޔާގައި ޙަބީބު ޔާ ސުފްއ މުޙައްމަދާ ޢަބްދުﷲ އާ ދެމެދުވި "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށްހިފުމުގެ އެގްރިމަންޓް" އާ މުޙައްމަދު ޢަބްދު ﷲ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، އެ އެގްރިމަންޓް ބާޠިލުކަމަށް ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކޮށް، އެ ޤަޟިއްޔާގައި މުޙައްމަދު ޢަބްދުﷲއަށް ގެއްލުމުގެ ބަދަލު ނަގައިދީފައިވާގޮތ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެމެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅަންޖެހޭކަމަށްވެސ އަހުރެން ދެކެމެވެ.
40އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
41އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
42މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ 7 6 ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) N0 N---C')::r::u~ 0 00 °'N
1)1\.. .. :I. 'i
0)"'\"\"\ 0\ \ ""l"\)( ", 0\\~O\\~ "\"O..."\"~at.,''a:.'II \ "~\ ''\"~"\ "\"O..."\"~\',\\"'.\ "O...al ~)' 0\":\ \,'\ "l '\\"l \ \\ ~\~ ,,,o'\"l ~~ ,, \ "\,,----''\ I)"'I.I~~ \ ''a:.0 ,,.,""'"O'\-M u ut:!0 ......'-0 "\'II at.,'\ ""l"&J~~ 0\ \,l \\ IIII 'i '\ o..., .,., \ '\ "l \ L ;>I o...,L \I "\\ a,\ "'\ ,, = O&J0\"'\ o.,", ""l~~ oi_;\" o,"~ 0 \I\\I'\ ,,"\ ~} \I\\I'\-,., ":\"'\":\ ,, -·1 :..\011\ "\\ o,\ "'\ ""l,, '\ 'i ' \ \, \ ,., 5, '\ o..., ' ,. '\ 'i '\\\I\, \ ""l"&J~~ 0\ a)x~ \I\ 0\\ "'"""-. \.,., \~ "' \.,., \~ 0\\ \~"\ \I 0 0\"'\ "'0',"' "O... \ :~''\ - ~"\011\ o...,L ',, '\ \ ..... \ '\ ~\ II &J \, ~\I'' :\ -\ ,. \ \' ""l"\\~a,,l \ ''O... \ 0\h \ ~.,''I:, "'"0... ''\ a..,"'I.I~~ \ ''I:, o, ,,.,""'"O'\ -M u uN0 ......'-0 "\\ 0\ ,, ~~ "l '\ \\:\ '' "l\\I ~ o..., \ ,,"l L ;>I II \I \ ll\\ \~ '-" ;~\\ 0\\' "~'"\ ol ,l 0\\ ol ,, ll\ ol \~~~ ol\ 0\\' 0\--- M If)MM 0~N-If)00N '\ \, .,., 0... :\ \ \, '.\\I\ :\ \,'\ \, ~ ~ \ \I \ \ ""'"M t--0 0-0 :I\"'I.I0\:i:i-, 0\\' 0:\"l ~\ ''II \ 0\"\~~ ""l-•~:..\011\ "\\ a,\ "'\ \\"'"°'\ \.,., \~ "' \.,., \~ ~ I II 'i ,. '\ 'i 5, '\ \ ..... \ \I \ \\ 0\\' \~~~"'o, 0\\' 0\--- M ......00'-0~N-If)00N :I\"'I.I0\"'\"\"~"' '-""~'"\ al ,,oi_\\al ,, \~~~ 0\--- .,., \,'\ \, ~ \, \ ..... l \, \ \ \I ll x~ \I 0\"\><, 0)(' \ ,,\' \.,., \~ 0\\ "\ -·1:..\011\ "\\ a,\ "I\ '-" ;~ \\ 0\\ ,,~'"\ ol ,l 0\\ ol \\ \\ _) ~\ II \ \\:\ ..... \ '\ :\ ,. '\ 'i \, .,., \ O...i :\ \ \ "&J~~\\\ ""l:l'IJ0\''\ "0... ,\' \.,., \~ 0\\ \~Oi_)(' "'"lo,\ ""l"'\"\"~"O...~~ "' 0\\ ":\~, ~~ \II ""l"'\"\a,""l '\'' "l \ :i-,, 5, ..... \ '\ 'i \ '\ \ \ \ "O..."'\ 0\h a'\"~"'i ,\' ,.,., \~ 0\"'"l,, a, ""l"\ \ ""lat.,"\\I \ "II '\,l a,\ :\\I '' ..... \ '\\ '' \i'I.I,'\ a:, .,.,\ :\ \, '\ .,,"':I. 01\.. .. '~ ,,~a:.o,1,'"" :I. "'i I\\ ~ l\ ' ~ J \ ( ) ",. ~~":\~~-- "\\I~ \ ",. ,l \ ~~ \ "\ \ 0\ ,l"'i "\\I \ \, \ :\ :\"'1. \ 'i .,.,\ :\ \Ji'\ '' a:, .,.,\ :\ 0 ,l''\--- \, MM 'D~ •l o'.\• :'\- MMNV)0 N°' '.\ ~:'\")'•~~\-~' •~~f\·~ I\~ ,, ,..,"\:~-'" ~~,\\ ""I~'IJo"i;''\\'-~' \\ :.c ~ ai',lo, "°' .StE@)J ..c o "I\ ~ ~ u0 ;::l'-+'-Oil0>E > .. (J 0~ ~ 0> E > _\~' h
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) (ކުރީގެ ޤަޟިއްޔާ 2017/HC-A/148 ގެ ދަޢުވާ ފޯމު ބާޠިލުކުރުމާ ގުޅޭ ގޮތުން)
- ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 356/Cv-C/2012 އެއްބަސްވުމުގެ 25، 26، 27، 28 އަދި 33 ވަނަ މާއްދާ
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް