ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/229
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. އިސްމާޢީލް ނާޠިޤް، 2021/HC-A/229
Maldives Indastrial Fisheries Company Limited v. Ismail Naatiq 2021/HC-A/229 (2021/HC-A/229, High Court of the Maldives, 17 February 2026)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް ވ. އިސްމާޢީލް ނާޠިޤް
މައިގަނޑު ސުވާލު
ކުންފުނީގެ ފައިސާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަކަށް ފޯނުން ގުޅާފައިވުމުގެ މައްޗަށް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުވިތޯއާއި، ވަޒީފާ އިޢާދަކުރުމަށް ޓްރައިބިއުނަލުން ނިންމީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯއާއި، އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައިތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: އަންފެއަރ ޑިސްމިސަލްގެ ނިންމުން ޤާއިމް؛ ވަޒީފާ އިޢާދަކުރުން ބާޠިލުކޮށް 1 އަހަރުގެ މުސާރައާއި ޢިނާޔަތް ބަދަލުގެ ގޮތުގައި
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފަށް ހުށަހެޅުނު ތާރީޚުކަމުގައި ބަލަނީ ނިންމުން ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ފުރަތަމަ މަރުޙަލާގެ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދޭ ފޯމު ހުށަހެޅުނު (ލިބުނު) ތާރީޚެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- މައުޟޫއީ އަދުލުވެރިކަމަކީ ވަޒީފާއިން ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި އަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާވެފައިވުމެވެ. ނޯޓިސް ނުދީ ވަކިކުރެވޭނީ މުވައްޒަފުގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވެ ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށް ފެންނަ ޙާލަތުގައެވެ؛ އެކަށީގެންވާ ސަބަބެއް އޮތްކަމާއި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރިކަން ސާބިތުކުރުމުގެ ޒިންމާ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
- ތުހުމަތުކުރެވޭ ފަރާތަކަށް ހާދިސާއަށް ފަހު ފޯނުން ގުޅާފައިވުމާއި ގުޅުނު ސަބަބު ސާފުނުކުރެވުން އެކަނި، ހާދިސާއާއި މުވައްޒަފާ ގުޅުވައިދޭ އިތުރު ކަމެއް (ފުލުހުންގެ ނުވަތަ އިދާރީ ތަޙުޤީޤުގެ ހޯދުމެއް) ނެތި، ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ނޫނެވެ؛ އެފަދަ ޙާލަތެއްގައި މައުޟޫއީ އަދުލުވެރިކަން ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-33)
- އިޖުރާއީ އަދުލުވެރިކަމަށް ތުހުމަތުގެ މަޢުލޫމާތު މުވައްޒަފަށް ދީ، ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، އިދާރީ ތަޙުޤީޤެއް ކޮށް، ވަކިކުރާނަމަ ސަބަބުތަކާއެކު އެންގުން ލާޒިމުވެއެވެ؛ މައުޟޫއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅޭ ޙާލަތުގައި އިޖުރާއީ އަދުލުވެރިކަން ބެލުމުގެ ބޭނުމެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-38)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާ އިޢާދަކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަކިކުރި މުވައްޒަފަކަށް ދެވޭ އަސާސީ ޙައްލެވެ؛ ނަމަވެސް ވަކިކުރުމަށް މުވައްޒަފުގެ ޢަމަލުން ބައިވެރިވި މިންވަރަށް (29 (ށ)) އަދި ދެފަރާތުގެ މެދުގައި އިޢާދަ ނުކުރެވޭ މިންވަރަށް އިތުބާރު ގެއްލިފައިވުމަށް ރިޢާޔަތްކުރަންވާނެއެވެ؛ އިތުބާރު ގެއްލުނުކަމަށް ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާވާ ބުނުމެއްތޯ ބަލަންވާނެ ކަމަށާއި، ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތް ފަސްޖެހުމަކީ އިޢާދަނުކުރުމަށް މަޤުބޫލު ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-41)
- ވަޒީފާދޭ ފަރާތުގެ ފައިސާ ފޭރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަކާ ގުޅުމެއް ހުރިކަމުގެ ކަންބޮޑުވުމެއް އުފެދި ސާފު ޖަވާބެއް ނުލިބޭ ޙާލަތުގައި، ވަޒީފާ އިޢާދަކުރުމުން ދެފަރާތަށްވެސް ބޭއިންސާފު ކުރިމަތިވެދާނެތީ، ވަޒީފާ އިޢާދަކުރުމުގެ ބަދަލުގައި ވަށައިގެންވާ ޙާލަތުތަކަށް ބަލައި އެކަށީގެންވާ ބަދަލެއް (މި މައްސަލައިގައި 1 އަހަރުގެ މުސާރައާއި ޢިނާޔަތް) ދިނުމަކީ އެންމެ އިންސާފުވެރި ގޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-45)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 20VTR/20/53 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާލެ، އިސްމާޢީލް ނތާޤު (މީގެ ފަހުން "އިސްމާޢީލް ނާތޤި" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް މި ރިޕޯޓުގައި ބަޔާންކުރާ) އެވެ. ކަން ހިނގާފައިވާގޮތް:
2އިސްމާޢީލް ނާތިޤއަކީ، 27 ފެބުރުވަރީ 2014 އިން ފެށިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގައި ވަޒީފާއަދާކުރަމުންދިޔަ ފަރާތެކެވެ . އެގޮތުން އެކުންފުނީގެ އެކި ޑިޕާރޓްމަންޓުތަކުގައި އިސްމާޢީލް ނާތިޤު މަސައްކަތްކޮށްފައިވެއެވެ. އޭގެތެރޭގައި އެކައުންޓްސް ޑިޕާޓްމަންޓްގެ ސީނިއަރ އޮފިސަރ މަޤާމާއި، ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ "ސީނިއަރ އޮފިސަރ" ގެ މަޤާމު އަދާކޮށްފައިވެއެވެ. އަދި 21 ޖަނަވަރީ 2019 އިން ފެށިގެން އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އެކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓުގެ (ހެޑް އޮފީސް) ގެ "ސީނިއަރ އޮފިސަރ" ގެ މަޤާމުގައެވެ. ރަޖިސްޓަރީ ނަންބަރު 173/1993-C އައިޑީމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާގެ ބަޔާން (31 ޖަނަވަރީ 2019) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު HR/CERT/2019/24-134 (30 އެޕްރީލް 2019) ލިޔުން.
3ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓުގައ ވަޒީފި އަދާކުރަމުން ދަނިކޮށް 03 ޑިސެންބަރު 2019 ގައި އޭނާ ވަޒީފާއިން ވަކިކުރއެވި
4ވަޒީފާއިން ވަކިކުރި ސަބަބެއް ކަމގައު ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވަނީ "ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުން ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ޤަބޫލު ކުރެވޭތީވެ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި" މިފަދައިންނެވެ.
5ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ އިސްމާޢީލް ނާތިޤުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އިސްމާޢީލް ނާތިޤުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އިސްމާޢީލް ނާތިޤު މޯލްޑީވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ޖޫނިއަރ އެގްޒެކެޓިވް މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ދަނިކޮށް، 2019 ވަނަ އަހަރުގެ މާރިޗު މަހު 20 ވަނަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ވޭނެއްގައި-2,000,000/ރ. (ދެ މިލިއަން ރުފިޔާ) ގެންދަނިކޮށް، ބަޔަކު މީހުން ވެގެން އެވޭން ހުއްޓުވައި، ގަދަކަމުން އެފައިސާ ފޭރިގަނެފައިވާ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތު ކުރާ ފަރާތެއްގެ ފޯނަށް އިސްމާޢީލް ނާތިޤު ފޯނުން މުޢާމަލާތުކޮށްފައިވާކަމަށް ބެލެވިގެން، ފުލުހުން އިސްމާޢީލް ނތިޤުއާ ސުވާލުކޮށްފައި ވާތީ، 18 ނޮވެނބް ރ 2019 ގައި މިފްކޯއިން އިސްމާޢީލް ނާތިޤުގަ ބަޔާނެއް ނެގުމަށްފަހު، 03 ޑިސެންބަރު 2019 ގައި ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކއި އަދާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު HR/VV/2019/017-134 (02 ޑިސެންބަރު 2019' )ވަޒީފާއިން ވަކިކުރި ޗިޓް' މައްސަލަ ހުށަހަޅާފައިވަނީ 03 މާރިޗު 2020 ގައި އެކީ އެއްފަހަރާ ހޯދުމަށް އެދޭކަމަށެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2020VTR//53 މައްސަލައިންނެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިންމަވާފައިވަނީ އަންނަނިވ ފަދައިންނެވެ. "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އިސްމާޢީލް ނާތިޤު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ ލިމިޓެޑްގެ ޖޫނިއަ އެގްޒެކެޓިވް މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ވޭނެއްގައި -2,000,000/ރ. ( ދެ މިލިއަން ރުފިޔާ) ގެންދަނިކޮށް، ބަޔަކު މީހުން ވެގެން އެ ވޭން ހުއްޓުވައި، ގަދަކަމުން އެފައިސާ ފޭރިގަނެފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ފޯނަށް އިސްމާޢީލް ނާތި ޤުގެ ފޯނުން މުޢާމަލާތްކޮށްފައިވާ ކަމަށް ބެލެވިގެން، އިސްމާޢީލް ނަތީޤުއާ ފުލުހުން ސުވާލުކޮށްފައިވާތީ، 18 ނޮވެންބަރު 2019 ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން އިސްމާޢީލް ނާތިޤުގެ ބަޔާނެއް ނެގުމަށްފަހު، 03 ޑިސެންބަރު 2019 ގައި ޤާނޫނާ ޚިލފަށާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކާއ އަދި އެފަރާތުގެ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްމާޢީލް ނާތިޤު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމާހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި އިސްމާޢީލް ނާތިޤުގެ ފަރާތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ ލިމިޑަށް ރައްދުވާގޮތަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 02 ޑިސެންބަރު 2019 ވަނަ ދުވަހު މައްސަލަ ހުށަހެޅި ފަރާތަށް ރައްދުކޮށްފައިވާ "ޓަރމިނޭޝަން ނޯޓިސް" ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ހުށަހެޅި ފަރާތް ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށާއި ކުންފުނީގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ކުންފުންޏަށް ގަބޫލުކުރެވޭތީ، ކުންފުންޏާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތީން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުންކަމަށް ބުނެ މި މައްސަލަ ރައްދުވި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖަވާބުދާރިވެފައިވާ އިރު، މައްސަލަހުށަހެޅ ފަރާތި ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރެވިފައި ނުވާތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ ' އަންފެއަރ ޑިސްމިސަލް' (unfair dismissal) އެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) 29 ވަނަ މާއްދާގެ
(ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، ވަޒީފާ އަނބުރާ ރުޖޫޢަކުރުމާ ހަމައަށް ވާ މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި ދެމިހުރިނަމަ ޙައްޤުވާނެ މުސާރައާއި ޢިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް މި މައްސަލަ ރައްދުވި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަން މިއަދު، 20 އޭޕްރީލް 2021 އިން ފެށިގެން (ރަސްމީ ބަންދީ ނޫން) 14 (ސާދަ) ދުވަހުގެ ތެރޭ ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދީ ނޫން) 03 (ތިނެއް) ދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް:
7އިސްމާޢީލް ނާތިޤު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގެ ނިންމުމަށް ވާސިލްވފައިވަނެ އަންނަ ނިވި ސަބަބުތަކުގެ މައްޗަށް ބުރަވެކަން އެ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުން އެނގެއެވެ.
1.7 މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ ފޯނަށް އިސްމާޢީލް ނާތިޤު ގުޅާފައިވަނީ ހާދިސާ ހިނގިތާ 16 (ސޯޅަ) ދުވަސް ފަހުންކަން އެނގެން އޮންނާތީ، އަދި އިސްމާޢިލް ނާތިޤުއާއި ތުހުމަތު ކުރެވުނު ފަރާތާ ދެމެދު ކުރެވުނު މުޢާމަލާތާ ގުޅޭ އެއްވެސް ތަފްޞީލެއް އެނގެން ނެތްއިރު، ހަމަ އެކަނި ގުޅި ގުޅުމެއްގެ މައްޗަށް ބިނާކޮށް، މި އަމަލުގައި އިސްމާޢީލް ނާތިޤު ބައިވެރިވެފައިވާކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން ޤާއިމުނުކޮށް ކަމުގައިވުން،
2.7މި މައްސަލައިގެ ތުޙުމުތުކުރެވޭ ކަންކަމުގައި އިތުރު އެހެން މުވައްޒަފެއްގެ ބަޔާނެއް ނަގާފައިނުވާއިރު، ތަހުގީގު ރިޕޯޓެއް ފަދަ ލިޔުމެއްވެސް ހުށަހަޅާފައިނުވާތީ، އަދި މައްސަލައިގެ އިދާރީ ތަހުގީގެއް ހިންގާފައިނުވާތީއާއި އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީފައިވީނަމަވެސް، ވަޒީފާއިން ވަކިކުރެވުނު ސަބަބެއް ބަޔާންކުރެވިފައިނުވތީ، މި މައްސަލައިގެ އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިނުވނު،
3.7އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން tive fairness)n(substa އަދި އިޖުރާއީ އަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިނުވާތީ، އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރި ކުރުމަކު 'އަންފެއަރ ޑިސްމިސަލް' (unfair dismissal) އެއް ކަމުގައިވުން،
4.7އިސްމާޢީލް ނާތިޤުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީއާއި އިސްމާޢީލް ނާތިޤުގެ ޖިނާއީ އެއްވެސް ކުށުގެ ރިކޯޑެއް ނެތަތީއާއި ދެފަރާތުގެ ދެމެދު އިތުބާރު ގެއްލިފައިވާކަމަށް ބަލަންޖެހޭ ވަރަށް ހެކި ލިބިފައިނުވާތީ، އިސްމާޢީލް ނާތިޤުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުން. މި ކަންކަމެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑގު ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. ވަޒީފއާބެހާ ޓްރައިބިއުނަލްގެ ރިޕޯޓުގެ ނަންބަރު 9.3- ޞަފްޙާ 14 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ނަންބަރު 10.5- ޞަފްޙާ 16 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ނަންބަރު 11- ޞަފްޙާ 17 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ނަންބަރު 11.2- ޞަފްޙާ 17،18
1.8 ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ފައިސާ ފޭރިގަތުމުގެ އަމަލު ހިންގި މީހުންނަށް އިސްމާޢީލް ނާތިޤު ގުޅާފައިވާކަން ފުލުހުންގެ ތަހުގީގށަ ހާމަވެފައިވާތީއާއި، ކުންފުނީގެ މުދާ ފޭރިގަތުމުގައި އޭނާ ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންކަމަށްވާއިރު، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވަނީ މައްސަލައިގެ ވާޤިޢތަކަށާ ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތިކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
2.8 ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.8 ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިނަލްއިން، އިސްތިއުނާފުކުރެވޭ މައްސަލައިގައި ހޯދާދީފައިވާ ޙައްލަކީ ޤާނޫނީ ގޮތުން ރަނގަޅު ޙައްލެއް ނޫންކަމާއި، ވަޒީފާއަށް އަލުން ރުޖޫޢު ކުރުމަށް ކަނޑައަޅައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގެ އަޙްކާމްތަކާއި ޚިލާފަށްކަމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޚުލާސާ:
9ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއު ނާފުކުރާ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެކަމަށެވެ.
10އެގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ފުރިހަމަކުރަންޖެހޭ ލާޒިމް އިޖުރާއަތުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27,30 ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާކަމަށެވެ.
11އެގޮތުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން، ކުންފުނީގެ ފައިސާ ފޭރިގަތް މައްސަލައިގއަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދިޔަ ތަހުގީގން ކުންފުނު ޏްށް ދީފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރުމުގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތް ޙާޟިރުކޮށް ސުވާލުކޮށް 18 ނޮވެނބަރް 2019 ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަޔާނެއް ނެގިފައިވާކަމަށއި، މި ސަބަބުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ އެކަށީގެންވާ ސަބަބެއް ނޫންކަމަށް ބެލެވޭނެ ހަމައެއް ނެތްއިރު، ކުންފުނީގެ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި މަތީ މަރުޙލަ ގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަމުގައެވެ.
12ދެވަނަ ނުކުތަ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/209 ޤަޟިއްޔާގައިވެސް ވަޒީފާއިން ވަކިކުރާ މިފަދަ މައްސަލަތަކުގައި އިދާރީ މިންގަނޑުންކުރާ ތަޙްޤީޤުތައް އާންމު ޖިނާއީ މިންގަނޑަށް މިނެނުކިރޭނެކަމަށް ބަޔާންކޮށްފައިވކަމަށާ އާ، އެހެންކަމުން މި މައްސަލައިގައި ވެސް 18 ނޮވެނބަރް 2019 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ބަޔާނށަ ބަލާއިރު އެފަރާތާމެދ ޝައްކު ކުރެވު ކަންތަކ މެދާ ސުވާލުކޮށް ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވުމަކީ އިތުބާރު ގެއްލޭފަދަ ކަމެއްކަން ބަޔާންކޮށްފައިވުމުން، ވަޒީފާއިން ވަކިކުރި ސަބަބު ސާފުކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގޭކަމަށެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އިޖުރާޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިނެތްކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމއަށަ ރިއާޔަތްނުކޮށްކަމަށެވެ.
13ތިންވަނަ ނުކުތަ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތއާ ކުންފުނީގެ ފައިސާ ފޭރިގަތް މައްސަލައިގައި ތުޙުމަތ ކުރެވު ފަރާތްތަކާއި ގުޅުމެއް އޮތްކަން ކުންފުންޏަށް ޤަބޫލުކުރެވޭ ހާލަތުގައި އެއީ، ކުންފުނީގެ އެފަދަ މަޤާމެއްގައި އެމީހަކު ބެހެއްޓުމަށް ކުންފުނިން އެމީހަކަށި ކުރާ އިތުބާރާއި ޔަޤީންކަން ގެއްލޭފަދަ ސަބބެއްކަމުގައެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަލުން ރުޖޫޢަކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޙައްޤުތަކަށާއި ކުންފުނީގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށްވެސް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ. އަދި އިތުބާރު ގެއްލިފައިވާ މިފަދަ ޙާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައްވެސ އެފަދް ފަރާތްތަކަށް ވަޒީފާ އަނބުރާ ލިބިދިނުން މަނާކުރާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
14އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމުން އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 20VTR/20/53 މައްސަލައިގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް އިޖުރާއީގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ކަންކަން:
15އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ ކުރިއަށް އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. އިޖުރާއީ ނުކުތާގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ހަމަވިފަހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަ މައްސަލައެއް ކަމަށެވެ. ހައިކޯޓަށް އިސްތިއުނާފު ފޯމް ހުށަހެޅި ތާރީޚު ކަމުގައި ބަޔާންކޮށްފައި ވަނީ 12 މެއި 2021 ކަމަށާއި އެ ފޯމް ބަލައިގަތް ތާރީޚެއްކަމަށް ބަޔާންކޮށްފައިވަނީ 23 މާރިޗު 2021 ކަމަށެވެ. އަދި ފޯމް ތައްޔާރުކޮށްފައިވަނީ 14 ޖުލައި 2021 ގައި ކަން އެފޯމަށ ބެލުމުން އެނގެން އޮވެއެވެ. އެހެންނަމަވެސް އެ ތައްޔާރުކޮށްފައިވަނީ 04 މެއި 2021 ގައި ކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން މިމައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ތާރީޚު ކަމަށްވާ 20 އޭޕްރީލް 2021 އިން ފެށިގެން ރަސްމީ (10) ދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލައެއްކަން އިސްތިއުނާފު ފޯމުން ސާފެއް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލައެއް ނޫންކަން ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
16އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާއާ ގުޅޭ ގޮތުން ބުނެފައިވަނީ، މި ދެ ނުކުތާގައި ބަޔާންކުރަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ވާޤޢާތަކަށި މައްސަލަ ނިންމިއިރު، އެޕްލައިނުކުރުމުގެ ސަބަބުން ޚިލާފުވާ ޤާނޫނެއް ނުވަތަ ޝަރުޢީ އުޞޫލެއް ނުވަތަ މަތީ ކޯޓެއްގެ ޙުކުމެއްވެސް ބަޔާންކޮށްފައިނުވާކަމަށެވެ. މި ދެނުކުތާގައި މައްސަލައިގެ ނިންމުން، ޝަރުއީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވާގޮތެއް ބަޔާންކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ހައިކޯޓަށް ބަލައިގަނެވޭނެ ނުކުތާތަކެއް ނޫންކަމަށެވެ.
17މި ބުނެވުނު ކަންކަން ފާހަގަކޮށް އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްދެވުނުކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓަށް ބެލުމުންވެސް އެނގެން އޮންނަކަމަށާއި، އަދި އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްމާޢީލް ނާތިޤުގެ ފަރާތުން ބައެއްކަންކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން 18 ނޮވެނބަރް 2019 ގައި އިސްމާޢީލް ނާތިޤގު ފަރާތުން ދީފައިވާ ބަޔާން ކަމަށް ބުނާ ބަޔާނަށް ބެލުމުންވެސް އިސްމާޢީލް ނާތިޤު ކުރި ކަމަކީ ކޮބައިކަން ސާފުނުވާކަމަށެވެ. އަދި ވަޒީފއިނާ ވަކިކުރި ޗިޓުގައިވެސް އިސްމާޢީލް ނާތިޤ މައްޗަށު ތުހުމަތު ކުރި ޢަމަލާ ގުޅިގެން "ތަހުގީގު" ކޮށްފައިވާކަން އެނގެން 17 ޖަނަވަރީ 2022 ގައި ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި. ނެތްކަމަށެވެ. އަދި އިސްމާޢީލް ނާތިޤގެ މައްޗަށް އިދާރީ ތަހުގީގުއް ހިންގިނަމަ، އެ ގެއްލުނު ކަމަށް ބުނާ ފައިސާ އާއި ގުޅޭގޮތުން އެފައިސާ ގެންދިޔަ މުވައްޒަފުންނާއި ސުވާލުކޮށް ކަމާގުޅޭ ރިޕޯޓެއްވެސް ތައްޔާރުކުރެވިފައިނުވާ ކަމަށެވެ. އަދި މައުޟޫއީ އަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށް އިސްމާޢީލް ނާތިޤު ގެ ފަރާތުން ބުނަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާއިން އިސްމާޢީލް ނާތިޤު ވަކިކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ބުނާފަދަ އެކަށީގެންވާ ސަބަބެއް ދައްކާފައި ނުވުމުގެ ސަބަބުނކަމަށެވެ.
18އިސްމާޢީލް ނާތިޤު ވަޒީފާއަށް އިޢާދަކުރެވޭ ހަމައެއް ނެތްކަމަށާއި އިތުބާރު ގެއްލިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާއާ ޙަވާލާދީ ކަމަށާއި، މިމައްސަލައަށް ބަލާއިރު އިސްމާޢީލް ނާތިޤުގެ މައްޗަށް އޮތް އިތުބާރު ގެއްލޭނެ ސަބަބެއް ނެތްކަމަށާއި، އަދި އެފަދަ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
19އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިންމަވާފައިވާ ގޮތަށް ބަދަލެއް ގެންނަންޖެހޭ ފަދަ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެ ނިންމުމަށް ތާއީދުކޮށްދިނުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން: އިޖުރާއީ ނުކުތާއާ ގުޅޭ:
20ޕްރިސިޑެންސް 1އިސްތިއުނާފ ރައްދުވު ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް" މެއިލްގެ ޒަރީޢާއިން 04 މެއި 2021 ގައި ފޮނުވާފައިވާކަމަށެވެ.
21މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި އިރު އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއަތު ހަމަޖެހިފައިވާ ގޮތުން އިސްތިއުނާފަށް ހުށަހެޅުނު ތާރީޚުކަމުގައި ބަލަނީ، އެނިންމުމެއް ނިންމި ކޯޓު ނުވަތަ ޓްރައިބިއުނަލކަށަ ފުރަތަމް މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދޭ ފޯމު ހުށަހެޅުނު ތާރީޚެވެ. މިމައްސަލައަށް ބަލާއިރު މި މައްސަލައިގެ އިސްތިއުނާފު ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 05 މެއި 2021 ގައި ލިބިފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު L/95/2021/73-200 (10 މެއި 2021) ސިޓީ އާއި އަދި އެ ސިޓީގައި އެޓޭޗްކުރެވިފައިވާ ލިޔުމަށް ބެލުމުން އެނގެއެވެ. އެހެންކަމުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައެވެ. މައްސަލައިގައި ގތޮ ކަނޑައަޅަންޖެހޭ ކަންތައްތައް:
22ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ އިސްތިއުނާފުކށޮ ހުށަހަޅާފައިވް މި ޤަޟިއްޔާގައި ތެރެއިން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަންތައްތަކަކީ:
(ހ) އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން އަދި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން ނުވަތަ ނޫންކަން؛ 17 ޖަނަވަރީ 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި.
(ށ)ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި ދީފައިވާ ޙައްލަކީ ޤާނޫނީ ގޮތުން ރަނގަޅު ޙައްލެއްތޯ ނުވަތަ ނޫންތޯ؛ މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލުން
23ޕްރިސިޑެންސް 2މައުޟޫއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި އަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ.
24މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކެއް، ވަޒީފާއާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން އެނގެން އޮވެއެވެ. އެގޮތުން ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އޭނަގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެކަމެއް ނޫންކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތްތަކުގައެވެ.
25އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކުގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އަދި ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ޙާލަތްތަކުގައި ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ އަދުލުވެރި ސަބަބެއް އޮތްކަމާއި، އެކަމުގައި މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
26މ މައްސަލައިގައި އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލި ފިޝަރިޒް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާއިން ވަކިކުރި ޗިޓު ގައި ބަޔާންކޮށްފައިވަނީ؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިރު) ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 އިސްމާއިލް މަސްޢޫދު ވ. ހައުސިންގ ޑިވެޕޮލްމަންޓ ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ) އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/22 ޤަޟިއްޔާ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/22 ޤަޟިއްޔާ މޯލްޑީވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު HR/VV/2019/017-134 (02 ޑިސެމްބަރު 2019) "ވަޒީފާއިން ވަކިކުރި ޗިޓް" "ކުންފުނީގެ ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުން ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ޤަބޫލު ކުރެވޭތީވެ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި ދެންނެވީމެވެ." މިފަދައިންނެވެ.
27އިސްވެ ބުނެވުނު ސަބަބު ކުންފުނިން އެފަދައިން ފާހަގަކޮށްފައިވާއިރު، މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަށްޓަކައި، މައްސަލައިގައި ކަންހިނގއަދިޔ ގޮތަ ބލެ ނ މުހިންމު ކަމުގައި ދެކެމެވެ.
28އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓަށް ބަލާއިރު، އެ ޗިޓުގައި ވަޒީފާއިން ވަކިކުރެވުނުކަމަށ ބަޔާންކޮށްފައިވް އިބާރާތް އިން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވުނު ސަބަބާއި، އެއީ ކޮންކަމަކާ ގުޅިގެންކަން އެންމެ ރަނގަޅަށް ސާފުވާނެގޮތަށް ބަޔާންކޮށްދީފައިނުވާކަން ދެނެގަނެވެއެވެ.
29ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބުކަމުގައި ފެންނާންއޮތީ އަންނަނިވި ސަބަބެވެ. އެއީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ވޭނެއްގައި މިފްކޯގެ -/2،000،000ރ. (ދެމިލިއަން ރުފިޔާ) ގެންދަނިކޮށް ބަޔަކު މީހުން، އެވޭން ހުއްޓުވައި ގަދަކަމުން އެ ފައިސާ ފޭރިގެންފައިވ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ފުލުހުން ތުހުމަތުކުރާ ފަރާތެއްގެ ފޯނަށް އިސްމާޢލީ ނާތިޤގު ފޯނުން އެ ހާދިސާ ހިނގައިދިޔަތާ 16 (ސޯޅަ) ދުވަސް ފަހުން މުޢާމަލާތް ކޮށްފައިވާކަމަށް ބެލެވިގެން، އިސްމާޢީލް ނާތިޤު އާއި ފުލުހުން ސުވާލުކޮށްފައިވއިރު، އެ މައްސަލާގައި ތުހުމަތުކުރެވުނު ފަރާތަކަށް ގުޅަންޖެހުނު ސަބަބު ސާފުކޮށްދެވިފައިނުވާތއާއީ އެކަމާގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ "ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުން ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ގަބޫލުކުރެވޭތީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި ދެންނެވީމެވެ." ބަޔާނެއް ނެގުމަށްފަހު، އެ މައްސަލާގައި ތުހުމަތުކުރެވުނު ފަރާތަކަށް ގުޅާފައިވ ސަބަބާ އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ނުފެންނާތީއެވެ.
30ހަމައެހެންމެ، އެ ހާދިސާ ހިނގައިދިޔަ ވަގުތު އިސްތިއުނާފު ރައްދުވާ ފަރާތް ޑިއުޓީގައި އުޅުނުކަން އެނގޭނެ އޮތުމާއި، މޯލްޑިވްސ ޕޮލިސް ސަރވިސްއިން ކުރި ތ ހަގީގުން، އެ ހާދިސާއަކީ، މިފްކޯގެ މުވައްޒަފެއް ނުވަތަ ފައިސާ ހިފައިގެންދާކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން އެ މައުލޫމާތު، އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދިނުމުން ހިނގާފައިވާ ކަމެއްކަމަށް ފާހަގަކޮށްފައިވާތީ އެކަންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ރިއާޔަތްކޮށްފައިވާކަން އެނގެއެވެ.
31ޕްރިސިޑެންސް 3ބަޔާންވެދިޔަ ނުކުތާތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިއާޔަތްކުރުމުގައި، އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސ ޕޮލިސް ސަރވިސްއަށް އިސްމާޢި ލީ ނާތިޤު ގެ ފަރާތުން ދީފައިވާ ބަޔާނުގައި، މައްސަލައިގެ ތުޙުމަތ ކުރެވުނު ފަރާތެއްގެ ފޯނަށް އިސްމާޢީލް ނާތިޤު، ގުޅާފައިވާކަމަށް ބުނެފައިވާތީއާއި، އެބަޔާނުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން 18 ނޮވެމްބަރު 2019 ތާރީހުގައި ކުރެވުނު އިދާރީ ތަހުގީގުން އިސްމާޢލީ ނާތިޤު، ފޭރުނު މައްސަލައިގައި ތުހުމަތުކުރެވުނު ފަރާތާއި އެއްވެސް ގުޅުމެއް އޮތްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބުރަވެވެންނެތަތީ، ކުންފުނީގެ ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް ގުޅާފައިވަނީ އެ ހާދިސާ ހިނގި ތާރީހުގެ 16 (ސޯޅަ) ދުވަސް ފަހުން ކަން އެނގެން އޮތަތީ، ހަމައެކަނި ތުހުމަތކުރެވު ފަރާތުގެ ފޯނަށް އިސްމާޢލީ ނާތިޤު މުޢާމަލާތުކުރިކުރުމަކ އެއީ މަދަނީ މިންގަނޑުން ކަމެއް ސާބިތުވާ މިންވަރުގެ އެކަށީގެންވާ ހެކި ކަމަށް ބުރަވެވެން އޮތް ކަމަށް ނުދެކޭކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ބަޔާންކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9 . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9.1
32އިސްމާޢލީ ނާތިޤު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުކޮށް، ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކަށް، އެ ހާދިސާ ހިނގި ތާރީހުގެ 16 (ސޯޅަ) ދުވަސް ފަހުން ގުޅާފައިވާ ސަބަބެއް އިސްމާޢލީ ނާތިޤު ފަރާތުން ތހުގީގަ ށ ސާފުކޮށް ނުދެވުމަކީ އެއީ ހަމައެކަނި އެ ސަބަބގު މައްޗަށް ބިނާކޮށް އިސްމާޢލީ ނާތިޤު ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއް ކަމަކަށްނުދެކެމެވެ. މި ހާލަތުގައި، ހިނގަދިޔަކަމަށ ބުން ހާދިސާއާއި އިސްތިއުނާފު ރައްދުވާ ފަރާތާ ގުޅުވައިދެވޭ ކޮންމެވެސް ކަމެއް ފެންނަން އޮންނަންވާނެއެވެ. އަދި ހާއްސަކޮށް ފައިސާ ފޭރުނު މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދިޔަ މައްސަލައެއްކަން މައްސަލައިގެ ލިޔުންތަކުން އެނގޭއިރު، ތަހުގީގުގެ ހޯދުންތަކުން، އެފަދަކަމެއް ދެނެގަނެވިފައިވޭތޯ ބެލުން، ނުވަތަ ކުރެވުނު އިދާރީ ތަހުގީގުނ އެފަދް ކަމެއް ދެނެގަނެވިފައިވޭތޯ ބަލައި، މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމުގައ އެއި ބުރަދަންދެވިފައިވާ ކަމެއްކަމުގައި މި ހާލަތުގައި ވާންޖެހޭނެކަމުގައި ދެކެމެވެ. އެހެންނަމަވެސް، އެފަދަ ކަމެއް މި މައްސަލާގައި ދެނެގަނެވިފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން، މި ކޯޓުގައި ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިނުވާކަން މައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެއެވެ.
33އިސްވެ ބުނެވުނު ކަންކަން އެހެން ހުރުމުން އިސްމާޢލީ ނާތިޤު ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމުގައި ނުދެކެމެވެ.
34ޕްރިސިޑެންސް 4އ ޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރކުރުނި އަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުމެވެ. އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު ޙާލަތުގައި ބެލެވޭނެ ހާލަތްތައޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 (ރީތިރަށ ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒް) ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
35ހަމައެހެންމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ވ. އަޙުމަދު ވާޞިފް ޤަޟިއްޔާގައި އިޖުރާއީ އަދުލުވެރިކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލަކީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމާއި، އެގޮތުން މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމާގުޅޭ މަޢުލޫމާތު އެ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދިނުމަށްފަހު ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދިނުމެވެ.
36މި މައްސަލައި ގައި ޓްރައިބިނަލްއިން ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމުގައެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރެވިފައިވޭތޯ ބަލަން ނުޖެހޭކަމަށް މަތީ މަރުހަލާގެ ކޯޓެއްގެ ގަޟއްޔާއަކި ހަވާލާދީ ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވެއެވެ.
37އެހެންނަމަވެސް، ޚުލާސާކޮށްނަމަވެސް، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުމުގެ ގޮތުން ބަލައި، މި މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާ . އެއީ :
1. މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމާކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުރި ތަފްސީލުތަކާއެކު) އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދީ،
2. އެ ތުހުމަތަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުމަށްފަހު،
3. އެ މައްސަލައެއް އިދާރީ ތަޙުޤީޤުކުރުމަށްފަހު،
4.ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭ ޝަރުޠު ފުރިހަމަވާކަމަށް އެ ތަހުޤީޤަށް ފެނި، އެ މުވައްޒަފަކު ވަކިކުރުމަށް ނިންމައިފިނަމަ، އެ މުވައްޒަފަކު ވަކިކޮށްފައިވާކަން ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވާނަމައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ސިވިލް ސަރވިސް ކޮމިޝަން(މޯލްޑިވްސ ކަރެކްޝަނަލް ސަރވިސް ) ވ. އަޙްމަދު ވާޞިފް) ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ސިވިލް ސަރވިސް ކޮމިޝަން(މޯލްޑިވްސ ކަރެކްޝަނަލް ސަރވިސް) ވ. އަޙްމަދު ވާޞިފް) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ މާއްދާގެ (ބ) . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ "މައްސަލައިގައި ފާހަގަކުރެވުނުކަންކަން" ގެ 10.1 ވަނަ ނުކުތާ އިސްމާޢީލް ނާތިޤުއަށ ކުރެވުން ތުހުމަތުގެ މަޢުލޫމާތާ ގުޅިގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދީފައިވީނަމަވެސް އިސްމާޢީލް ނާތިޤުއަށ ކުރެވުން ތުހުމަތު ގުޅިގެނާ އިސްމާޢީލް ނާތިޤުގެ ބަޔާނެއް ނެގުމުގެ އިތުރުން، އިތުރު އެއްވެސް މުވައްޒަފެއްގެ ބަޔާނެއް ނަގާފައިނުވާކަމަށާއ އަދި ތަހުޤީޤު ރިޕޯޓެއް ތައްޔާރުކޮށްފައިވާކަނ އެނގެން ނެތުމުގެ އިތުރުން، ވަޒީފާއިން ވަކިކުރިއިރު، ވަޒިފާއިން ވަކިކުރި ސަބަބު އަންގާފައި ނުވުމުގެ މައްޗަށެވެ.
38ވަޒީފާއާބެހޭ ޓްރައިބުނަލް އިން ފާހަގަކޮށްފައިވާގޮތަށް، މައުޟޫއީ އަދުލުވެރިކަން ގާއިމުނުވާކަމަށް ކަނޑައެޅޭ ހާލަތުގައި، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން، އިޖުރާއީ އަދުލުވެރިކމަ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފއިވަނަ ރަނގަޅަށް ކަމަށް އަހުރެނ ދެކެމެވެ.
39މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އިއާދަކުރުމަށެވެ.
40ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވާ ޙާލަތުގައި ލިބިދެވޭ އެއް ޙައްލަކީ ވަޒީފާއިން އިއާދަކުރުމެވެ. އަދި ވަޒީފާ އިޢާދަކޮށްދިނުނ ނުވަތް އެމުވައްޒަފަކު އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލުކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް އެފަދައިން އަމަލުކުރުމުގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވުނު ޙާލަތަށާއި ވަޒީފާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ "މައްސަލައިގައި ފާހަގަކުރެވުނުކަންކަން" ގެ 10.5 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/37 ޤަޟިއްޔާ ވަކިކުރުމަށް މެދުވެރިވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އެ މުވައްޒަފު ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންޖެހޭކަނ ވަޒީފާއާބެހް ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ.
41ހަމައެއާއެކ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކާއި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ޙާލަތުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން ހިމެނެއެވެ. އަދި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ޙާލަތްތަކުގެ ތެރޭގައި މުވައްޒަފު ކުރި ޣައިރު ސުލޫކީ ޢަމަލަކީ އެފަދަ ފުރަތަމަ ޢަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތްތަކާއި، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަނުކޮށްފިނަމ އެއަ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނެ ހާލަތްތައް ހިމެނެއެވެ. އެގޮތުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނީތޯ ނުވަތަ ބަދަލުދޭނީތޯ ކަނޑައަޅުމުގައި އެ މައްސަލައި ގައި ހިމެނޭ ޚާއްސަ ޙާލަތުތަކާއި ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން މުވައްޒަފުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯ ބަލަންވާނެކަމަށާއި، ވަޒީފާއިން ވަކިކުރާ މުވައްޒަފަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތުން ފަސްޖެހުމަކީ ވަޒީފާ އިއާދަނުކުރުމަށ އޮތް މަޤުބޫލު ސަބަބެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ އިސްމާޢީލް ނާތިޤުގެ ވަޒީފާ އިޢާދަކުރުމަށް ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟
42ޕްރިސިޑެންސް 6ކުރިންވެސް ބަޔާންކުރެވުނު ފަދައިން، ދެފަރާތުގެ މެދުގައި އޮތް ގުޅުން ހީނަރުވެ އިތުބާރު ގެއްލިފައިވާކަމަށް ކުންފުނިން ފާހަގަކުރާ ސަބަބަކީ، ފޭރުމުގެ ހާދިސާގައި ތުޙުމަތު ކުރެވިފައިވާ މީހަކަށް އހާދިސ ހިނގާ ތާރީޚުގެ 16 (ސޯޅަ) ދުވަސް ފަހުން އިސްމާޢީލް ނާތިޤުގެ ފޯނުން ގުޅާފައި އޮތުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުކޮށް ތުޙުމަތ ކުރެވުނު ކަންކަމާއި ގުޅިގެން ސުވާލުކުރުމުން އިސްމާޢީލް ނާތިޤގު ފަރާތުން ތުޙުމަތުކުރެވިފައިވ ފަރާތުގާ ފޯނަށް ގުޅަން ޖެހުނު ސަބަބު ސާފުކޮށްދީފައިނުވމެވެ.
43ފޭރުމުގެ ހާދިސާ ހިނގި ތާރީޚުގެ 16 (ސޯޅަ) ދުވަސް ފަހުން އެ ހާދިސާގައި ތުޙުމަތު ކުރެވިފައިވާ މީހަކަށް ގުޅާފައިވުމަކީ، އަދި އެ ގުޅި ސަބަބު ސާފުކޮށްދެވިފައިނުވުމަކީ، އެ ހާދިސާގެ ތުހުމަތާ އިސްތިއުނާފު ރައްދުވަ ފަރާތާ ގުޅުވައިދޭ އެއްވެސް އިތުރުކަމެއް ނެތި، ދެފަރާތުގެ މެދުގައި އޮތް ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ނުވަތަ އިތުބާރު ގެއްލޭފަދަ ޙާލަތެއް ކަމަކަށް، އިސްމާޢީލް ނާތިޤުގެ ނިސްބަތުން ބަލާއިރު ޤަބޫލެއްނުކުރެވެއެވެ. އެހެންނަމަވެސް ވަޒީފާދޭ ފަރާތުގެ ނިސްބަތުންވެސް މިކަމާމެދު ނަޒަރުކުރު ން މުހިންމު ކަމުގައި ދެކެމެވެ.
44އެގޮތުން ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ފޭރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ފޯނަށް، އެ ހާދިސާ ހިނގައިދިޔަތާ 16 (ސޯޅަ) ދުވަސް ފަހުން ގުޅާފައިވާކަން ފުލުހުންގެ ތަހުގީގަށް ހާމަވެ، އެކަން ކުންފުންޏަށް އެންގުމުންނެވެ. މިފަދަކަމެއ ކުންފުންޏަށް އެނގުމުން، އިތުރަށް އިންޓަރނަލް ތަހުގީގެއްކޮށް، ވަށައިގެންވާ ކަންކަން ބަލާފައި ނުވިނަމަވެސް، ކުންފުނީގެ ކަންބޮޑުވުމަކަށް އޮންނާނީ، އެ ކުންފުނީގެ ފައިސާތަކެއް ފޭރުމުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކާއި ގުޅުންހުރި ފަރާތެއްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވުމުގެ ކަންބޮޑުވުމެވެ. އެކަމާގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތާ ކުރެވުނު ސުވާލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެވުމަކީ، އެ ފޯނު ކޯލާއި ގުޅިގެން ސުވާލުކުރމާދެމެދު ހިނގާފައިވާ މުއްދަތަށް ބަލާއިރު އެކަށީގެންވާ ކަމެއް ކަމުގައި ބެލިނަމަވެސް، އެކަމުގެ ސާފު ޖަވާބެއް މައްސަލައިގެ ޒާތާއި ބާވަތުން ލިބިގެން މެނުވީ އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކުރިން އޮތް އިތުބާރު ކުރެވޭނެ ފަރާތެއްކަމުގައި ނުވެދާނެއެވެ. އެހެންކަމުން މި ހާލަތުގައި، ވަޒީފާދޭ ފަރާތުގެ ނިސްބަތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރިން ކުރަމުން އައި އިތުބާރު ކުރެވުމުގެ ފުރުސަތު ކުޑަވުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އިއާދަކުރިނަމަވެސް، ވަޒީފާދޭ ފަރާތުން ޝައްކުގެ ނަޒަރަކުން އިސްތިއުނާފު ރައްދުވާ ފަރާތާމެދު ދެކުމުގެ ފުރުސަތު އެބައޮތެވެ. މިފަދަ ހާލަތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އިއާދަކުރިނަމަވެސް، އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް، ވަޒީފާގެ ކުރިއެރުން ލިބުމާއި، ކުންފުނީގެ ފައިސު އާ ބެހޭ އާ އްވެސ މަސައްކަތެއް ހަވާލުކުރުމގު އ ގޮންޖެހުންތަކެއް ހުރެދާނެކަން އެނގޭއިރު، ވަޒީފާ އިއާދަކޮށްފިނަމަ އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށްވެސް ބޭއިންސާފާ ކުރިމަތިލާން ޖެހިދާނެކަމުގައި އަންދާޒާކުރެވޭ ހިނދު، މި ހާލަތުގައި ވަޒީފާ އިއާދަކުރުމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ.
45އެހެންކަމުން، ވަޒީފާ އިއާދަކުރުމަށާއި، އަދި ވަޒީފާ އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، މައްސަލައިގެ ވަށައިގެންވާ ހާލަތްތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަށީގެންވާ ބަދަލެއް ލިބިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދު ގޟިއްޔަ ގެ 26 ވަނަ ނުކުތާއަށް ރިއާޔަތްކޮށް، އިސްމާޢީލް ނތިޤާ އަށު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ނިސްބަތުން 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެމެވެ.
46އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2020 މައްސަލައިގެ ނިންމުމުގައި، އިސްމާޢީލް ނާތިޤު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުވާކަމަށ ކަނޑައަޅާފައިވް ބަޔަށް ތާއީދުކޮށް މި މައްސަލަ ނިންމަން ފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/18 ގަޒިއްޔާ
47އަދި އިސްމާޢީލް ނާތިޤުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށާއި، އަދި ވަޒީފާ އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ބައި ބާތިލުކަމުގައި ކަނޑައަޅައި، މައްސަލައިގެ ވަށައިގެންވާ ހާލަތްތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަށީގެންވާ ބަދަލެއް ލިބިދިނުމުގެ ގޮތުން، އޭނާއަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ނިސްބަތުން 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ހައްގވާކަމަށް ކަނޑައަޅައު މި މައްސަލި ނިންމަން ފެނެއެވެ.
48މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.
49މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.
50މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) (1) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ސުޕްރީމް ކޯޓު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓު 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިރު)
- ސުޕްރީމް ކޯޓު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓު 2019/SC-A/22
- ސުޕްރީމް ކޯޓު 2014/SC-A/08 (ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ވ. އަޙްމަދު ވާޞިފް)
- ސުޕްރީމް ކޯޓު 2021/SC-A/37 (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް)
- ސުޕްރީމް ކޯޓު 2024/SC-A/18 (ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދު، ނުކުތާ 26)
- ހައިކޯޓު 2010/HC-A/24 (ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޛް)
- ހައިކޯޓު 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު ޝީނާ މުޙައްމަދު، މަޢާޝާ ލުޠުފީ، ލެކްޒަވީ ޗެމްބަރސ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މޫސާ ޢާލިމް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް