ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/141
ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަބޫބަކުރު ޢަބްދުއްރަޙްމާން، 2023/HC-A/141
Litas Maldives Private Limited v. Abubakr Abdul Rahman 2023/HC-A/141 (2023/HC-A/141, High Court of the Maldives, 20 July 2026)
ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަބޫބަކުރު ޢަބްދުއްރަޙްމާން
މައިގަނޑު ސުވާލު
ކޮވިޑް-19 ގެ ސަބަބުން ރިޑަންޑަންޓްކޮށް ވަކިކުރި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމަށް ޓްރައިބިއުނަލުން އަމުރުކުރުމުގައި 2018/SC-A/49 ގެ އުޞޫލުތަކާއި 2012/SC-A/05 ގެ އުޞޫލާ ޚިލާފުވިތޯ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ތަޠުބީޤުކުރިގޮތް ރަނގަޅުތޯ، އަދި ވަޒީފާއަށް ރުޖޫޢަކުރާ ތާރީޚާ ހަމައަށް މުސާރައާއި ޢިނާޔަތް ނަގައިދިނުމަކީ ނުޙައްޤު މުއްސަނދިކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަށް އިސްތިއުނާފުގައި ނުކުތާއެއް ހުށަނާޅާނަމަ، ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯއާއި އިޖުރާއަތު ޞައްޙަތޯ އިސްތިއުނާފުގައި ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވޭ އެންމެ އަސާސީ ޙައްލަކީ ކުރިން ހުރި ވަޒީފާއަށް ރުޖޫޢަކުރުމެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ))؛ ޓްރައިބިއުނަލުން ފުރަތަމަ ބަލަންވާނީ ރުޖޫޢަކުރުމަށް ކަމަށާއި، އިތުބާރު ގެއްލުން، ދިގު މުއްދަތެއް ފާއިތުވުން، ވިޔަފާރީގެ ކުޑަބޮޑުމިން އަދި ވިޔަފާރީގެ ޙާލަތު ގޯސްވުން ފަދަ ހުރަސްތަކަށް ރިޢާޔަތްކުރަންވާނެއެވެ (2018/SC-A/49). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-16)
- ވަކިކުރިއިރު އިޤްތިޞާދީ ޙާލަތު ރަނގަޅުވުމުން ވަޒީފާ އަނބުރާ އޮފަރކުރާނެކަމަށް ވަޢުދުވެފައިވާއިރު، ކުންފުނީގެ މާލީ ޙާލަތު ދަށްވިކަން ދަލީލުކުރާ ލިޔެކިޔުމެއް ނުވަތަ ބޯޑުގެ ޤަރާރެއް ހުށަނާޅާ ޙާލަތުގައި، ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމުން ޚާއްޞަ ޤާނޫނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރުޖޫޢަކުރަން ޓްރައިބިއުނަލުން ނިންމުމަކީ 2018/SC-A/49 ގެ އުޞޫލުތަކަށް ރިޢާޔަތްނުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20)
- ޤާނޫނެއް ހިނގަނީ އާންމުކޮށް ޢަމަލުކުރަން ފެށުމަށްފަހު ހިނގާ ކަންކަމަށް (prospective) ނަމަވެސް، ފަހުން ހިނގާނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާނަމަ ކުރީގެ ކަންކަމަށްވެސް ހިނގާނެއެވެ (retroactive)؛ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ވ) ގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-22)
- ޤާނޫނުއަސާސީ، ޤާނޫނުތައް، ގަވާއިދުތަކާއި ޤާނޫނީ ބާރުލިބިފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރުން/މެންބަރުންގެ މަސްއޫލިއްޔަތެއް ކަމުން، ޚަޞްމަކު ފާހަގަނުކުރި ޤާނޫނަށް ރިޢާޔަތްކޮށް ތާރީޚު ކަނޑައެޅުމަކީ 2012/SC-A/05 (ލިޔުމަކާ/މަޢުލޫމާތަކާ މެދު ބަސްބުނުމުގެ ފުރުޞަތު) ގެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުކުރާއިރު ގެއްލުނު މުސާރައާއި ޢިނާޔަތް ދިނުމަކީ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއް ނަމަވެސް، މުޅި މުއްދަތުގެ ފައިސާ ދިނުން ލާޒިމެއް ނޫނެވެ؛ ނުޙައްޤު މުއްސަނދިކަމެއް ނުލިބޭނެ ގޮތަށް، އެހެން އާމްދަނީއާއި ގެއްލުން ކުޑަކުރުމުގެ ވާޖިބު (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާ) ފަދަ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ (2019/SC-A/36، 2019/SC-A/27، 2019/SC-A/30). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- ދަށުކޯޓެއްގެ ނިންމުމަކީ ޤާނޫނީ ގޯހެއްކަމަށް ހަމައެކަނި ބުނުމުން ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރިކަމަށް ބުނުމުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރެއެވެ؛ ޓްރައިބިއުނަލުގެ ނިންމުމުން ނުޙައްޤު މަންފާއެއް ލިބޭ ގޮތެއް ސާފުކޮށްނުދެވޭ ނުކުތާއަކާ މެދު ހައިކޯޓުން ގޮތެއް ކަނޑަނާޅާނެއެވެ (2019/SC-L/91). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 21VTR/20/86 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމށަ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައ އިސްތިއުނާފުރައްދުވާ ފަރާތކަ އއ.ތޮއްޑޫ/ކާމަރަގަގަސްދޮށުގެ އަބޫބަކުރު ޢަބްދުއްރަޙްމާން އެވެ.
2އަބޫބަކުރު ޢަބްދުއްރަޙްމާން،27 ނޮވެންބަރު 2018 އިން ފެށިގެން، ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި، ބޯޓު ކެޕްޓަނެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް،20 އެޕްރީލް 2020 ގައި ސިޓީއެއް ފޮނުވަ ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވާކަމަށ ބުން ވަގުތީ ގޮތުން އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއިން ނުކުތުމަށް މަޑުޖައްސާލުމަށް off)-lay (temporary ނިންމާފައިވާކަން އަންގާފައިވަނިކޮށް، ކުންފުނީގައި ލ- އޮފް ކުރި އެހެން ބައެއް މުވައްޒަފުންނަށް ވަޒީފާދީ، އެއްބަސްވެފައިވާ ގޮތަށް އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއަށް ނެރެފައިނުވާތީއާއި ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރިއިރު ލިބިދެވޭނޭކަމަށް ބަޔާންކުރާ މުސާރައާއި އިނާޔަތްތައް ނުދީ، ތަފާތުކޮށްފައިވާތީ، މައްސަލަ ރައްދުވި ފަރާތުން 20 އެޕްރީލް 2020 ގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ވަޒީފާއަށް ނުކުތުން މަޑުޖައްސާލުމަށް އެންގި މުއްދަތު ނިމުމަކަށް އައިސްފައިވާތީ އެސިޓީގައި އެއްބަސްވެފައިވާ ގޮތަށް އަބޫބަކުރު ޢަބްދުއްރަޙްމާން އަދާކުރަމުން ދިޔަ ވަޒީފާއަށް ނެރުމަށް އަމުރުކޮށް ދިނުމަށާއި، އެ މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް ރަޖިސްޓްރީ ނަންބަރު 0122/0700-C ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] ނަންގަވައި ދެއްވުމަށާއި، އެހެން މުވައްޒަފނު ނާއި ތަފާތުކޮށް އެފަރާތާ މެދު ޢަމަލުކޮށްފައިވާތީއާއި އަދި ވަޒީފާއަށް ނެރުން ލަސްކޮށްފައިވާތ ލިބުނީ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށާއި ސިޓީގައި މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް ވަޢުދުވެފައިވާ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް އަމުރުކޮށްދިނުމަށް އެދި ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް އަބޫބަކުރު ޢަބްދުއްރަޙްމާނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ބަލައި ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 86/VTR/2021 މައްސަލައިގައެވެ.
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލަ ނިންމާފައިވަނީ؛ "…މައްސަލަ ހުށަހެޅަ ފަރާތި ވަޒީފާއިން ވަކިކުރެވިފައިވަނީ ރިޑަންޑަންސީ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (fairness substantive) އަދި އިޖުރާއީ ޢަދުލުވެރިކަން (fairness procedural) ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (dismissal unfair) އެއްގެ ގޮތުގައި ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށާއި، 13 މޭ 2022 އިން ފެށިގެން، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރާ މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ފައިސާއިން އެފަރާތް ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދަކީ ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހެޅި އަބޫބަކުރު ޢަބްދުއްރަޙްމާންއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަން މިއަދު (01 ނޮވެންބަރު 2022) އިން ފެށިގެން (ރަސްމީ ބަންދުނޫން) 30 (ތިރީސް) ދުވަހުގެތެރޭ ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 03 (ތިނެއް) ދުވަހުގެތެރޭ ވަޒީފާއާބހެ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ލިޓަސް މޯލްޑިވްސް ޕްރައިވޓެ ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުގެ އިއްތިފާޤުން މި މައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ .
4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލަ އިސްތިއުނާފުކުރުމަށް ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތއެއާ ހުށަހަޅާފައިވެއެވެ. އެއީ؛
1.4ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަ ކޮށްދިނުމަށް އަމުރު ކޮށްފައިވަނީ، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމާ ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާއާއި، އެކޯޓުގާ ނަންބަރު 2012/SC-A/05 (ދަޢުލަތް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
2.4ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކޮށްދޭ ތާރީޚާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަންގަވައި ދެއްވާފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތަށް Enrichment Unjust އެއް ލިބޭ ގޮތަށް ކަމަށްވާއިރު،މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު މި މައްސަލައިގެ އިސްތިއުނާފު ފޯމުގެ 6 ވަނަ ނަންބަރުގައި ގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 3 ނުކުތާއެއް ހުށަހަޅާފައިވެއެވެ. 6.1 އަދި 6.3 ގައި ފާހަގަކޮށްފައިވަނީ އެއް ކަންތައްތަކެއް ކަމުގައިވާތީ މި ދެނުކުތ ޝަރީޢަތާ ނިމުނުގޮތުގެ ރިޕޯޓުގައި ލިޔެވިފައިވަނީ އެއް ނުކުތާއެއްގެ ގޮތުގައެވެ. މުސާރައާއި އިނާޔަތްތައް އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ މައްސަލަތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ނަގައިދީފައިވާ ފައިސާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތކުގަ ތަފްސީލތައު އިސްތިއުނާފީ ފޯމުގައި ބަޔާންކރުމަށު ފަހު، އެނުކުތާތަކާ ގުޅޭ ގޮތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އވާހަކަތަކުގެ ތަފްސީލުތަކަކީ މި މައްސަލަ ނިންމުމަށްފަހު ދޫކުރެވޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނި ދޫކުރެވޭނެ ލިޔުންތަކެއް ކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ އަންނަނިވި ޕެރެގްރާފުތަކުގައި ބަޔާންކުރަމެވެ.
1.5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި، ވަޒީފާ އަނބުރާ ރުޖޫޢަކޮށް ދިނުމަށް ހުރަސް އަޅާނެ ސަބަބުތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ؛ (1) އަނބުރާ އިއާދަ ނުކުރެވޭ މިންވަރަކަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން، ( 2) ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރު ކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައވިން (3) ވަޒީފާދޭ ފަރާތާ ގެ ވިޔަފާރީގެ ކުޑަބޮޑުމިން އަދި (4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން، މި ސަބަބުތައް ކަމާއި އެ ޤަޟިއްޔާގައި ވަޒީފާ ރުޖޫޢަ ކުރުމުގެ އަމުރެއް ނެރުމުގެ ގޮތުން އެއީ ކުރެވެން އޮތްކަމެއްތޯ ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެ ކަންކަމަށް މި މައްސަލަ ނިންމުމުގައި ޓްރައިބިއުނަލުން ބަލާފައި ނުވާކަމެވެ.
2.5ކޮވިޑް -19 ގެ ހާލަތާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ކުރަމުން ގޮސްފައިވާ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ހެކިންގެ ހެކިބަހުން ސާފުކޮށްދީފައި ވީނަމަވެސް ޓްރައިބުނަލުނ މައްސަލް ނިންމުމުގައި މިކަންކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމާއި ކުންފުނީގެ ޙާލަތު ދަށްވުމުގެ ސަބަބުން ކުންފުނީގެ ބައެއް ވިޔަފާރިތައް ހުއްޓާލުމާއެކު މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހުނު ކަމާއި އެ މުވައްޒަފުންގެ ބަދަލުގައި އެހެން މުވައްޒަފުން ނަގާފައިނުވާނެ ކަމާއި ކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވާކަން ކުންފުނީގެ އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުންނާނެ ކަމާއި އެ މައުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭނުންވާ ނަމަ އޮޑިޓް ރިޕޯޓްތައް ހުށަހަޅާނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަމެވެ.
3.5ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައި ދިނުމާ ގުޅޭ ގޮތުން އަމަލު ކުރަންޖެހޭ އުޞޫލުތައް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ކަމާއި އެ ޤަޟިއްޔާގައި މުވައްޒަފަކަށް ގެއްލިފައިވާ އެންމެހައި މުސާރައާއި އިނާޔަތްތައް އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމް ކަމެއްނޫން ކަމާއި ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރު ކުރާއިރު ވަޒީފާ އަލުން ދިނުމާ ދެމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރު ކުރުމުގައި އެ މުވައްޒަފަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާ ނަމަ ނަގައި ދޭނެ މުސާރަ އާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތް ކުރަންވާނެ ކަމާއި އާންމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ގަބޫލު ކުރެވޭ މުއްދަތަށްވެސް ރިޢާޔަތްކުރެވިދާނެ ކަމަށް ބަޔާން ކުރާކމެވެ.
4.5ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާއަށް ޙަވާލާދީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ރުޖޫޢަކުރުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން އެފަރާތް އަލުން ވަޒީފާ ހަމަޖެހޭ ތާރީޚާއި ހަމައަށް ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސް މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު، ބާކީ ދޭންޖެހޭ އަދަދަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ 2019/HC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ގޯސްކޮށް ތަޠުބީޤުކޮށްގެން ކަމެވެ.
5.5ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރު ކުރައްވާފައިވަނީ، މައްސަލައިގެ ޚުލާޞާ އަޑުއެހުމަށްފަހުގައި ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބުރަވެ ހުރެގެންކަނ ވަޒީފާއާބެހް ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، އެމަޢުލޫމާތުގައ ހިމެނި ނުކުތާއަކީ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކުންވެސް އެނުކުތާގެ މައްޗަށް ބަޙުޘްކުރެވިފައިވާ ނުކުތާއަކަށް ނުވާތީ ޓްރައިބިއުނަލުން ނިންމުމަށް ވާސިލްވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/05 (ދިވެހި ދައުލަތް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކމެވެ.
65މ މައްސަލައި ގުޅިގެނާ ފުރަތަމް އަޑުއެހުން ބާއްވައި އިސްތިއުނާފު ހުށަހަޅެމުމަށްފަހު 20 މެއި 2025 ގައި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ޖަވާބު ހުށަހެޅުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިތުރު ކަންކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެއް ޙާލަތަކަށް، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) މި ދެ ޤާނޫނު ތަޠުބީޤުކޮށްފައިވާ ކަމާއި ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގައި މިއީ ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ސިއާ ހްތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކިވަކި ފަރުދުންނާއި އާއިލާތަކަށް ވިޔަފާރިތަކުން އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށާއި ދަޢުލަތް ހިންގުމުގެ ނިޒާމް މެދުކެޑުމެއ ނެތް ކުރިއަށް ގެންދިއުމަށް މަގުފަހު ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާޢަތްތަކަށް މިހާރުން މިހާރަށް ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް އެކަން ކަމާ ގުޅޭ ގޮތުން އަމަލުކުރާނެ ޚާއްސަ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނުކަމަށް ބަޔާންކޮށްފައި ވާކަމާއި އެޤާނޫނަށް ޢަމަލުކުރަން ފށުމަށެ ފަހުގައި އެޤާނޫނުގެ މުއްދަތުގެ ތެރޭގައި އަމަލުކުރަން ޖެހޭނީ އެޤާނޫނަށް ކަމަށާއި އެހިސާބުން އެ ޤާނޫނުގައި ރިފަރކޮށްފައ ހުރި އެހެން ޤާނޫނު ތަކުގެ ހުރި އުސޫލުތައް ސަސްޕެންޑް ވާނެކަމެވެ.
75ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގައި ވަޒީފާއިން މުވައްޒަފުން ވަކިކުރުމާއި ގުޅޭ އުސޫލުތައް އެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި އެ ޤާނޫނުގައި ހުރި އުސޫލުތައް މި މައްސަލައަށް އެޕްލައި އެޕްލައި ކުރުމަށްފަހު އޭގެ ތެރެއިން ފުރިހަމަނުވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ވަޒީފާއާއި ބެހޭ ޤާނޫނަކަށް ރުޖޫޢަ ނުވެވޭނކަމާއެ، ސަބަބަކީ މިދެޤާނޫނަކީ ތަފާތު ދޙެ ލަތަކަށާ ފާސްކުރެވުނު ދެ ޤާނޫނެއްކމާއި، އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ދެ ޤާނޫނުގައި ހުރި އޞުލުތައ އެއް މައްސަލައިގް އެއެ ހާލަތަކަށް ތަޠުބީޤު ކުރި ކުރުމަކީ ޤާނޫނީ ގޮތުން ހެދިފައި އޮތް ވަރަށްބޮޑު ގޯހެއް ކ މެވެ.
85މިކަންކަން ކުރިން ފާހަގަ ނުކޮށް މި މަރުޙަލާގައި ފާހަގަ ކުރެވިދާނެތޯ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާގައި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނެއްގައި ކަމެއް ފެންނަން އޮއްވާ ޚަސްމުންގެ ފަރާތުން އެކަން ފާހަގަ ނުކުރިކަމުގައި ވިޔަސް އެކަންކަމަށް ރިޢާޔަތްކޮށް އެކަމާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު ޚސްމުންނަށަ ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާތީ މި މައްސަލައިގައި ވެސް މިއޮތީ ފާޅުކަން ބޮޑު ގޯހެއްކަ މެވެ.
95މައްސަލައެއްގައި ތަޠުބީޤު ކުރެވޭނީ ކޮން ޤާނޫނެއްތޯ ބަލާނީ އިސްތިއުނާފީ މަރުޙަލާގައި ނޫން ކަމާއި އެކަން ކުރާނީ ދަށު ކޯޓު ނުވަތަ ޓްރައިބިއުނަލްގައި ކަމާއި މިހާލަތުގެ މައްޗަށް ބިނާކޮށް މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލށ އަލުން ތަހްވީލަ ކުރެވެން ޖެހޭނެ މައްސަލައެއްކަ މެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
6. އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުރައްދުވާ ފަރާތުން އަދާ ކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
7. އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފާހަގަކޮށްފައިވާ ކަންކނަ ޚުލާޞާ ގޮތެއްގައި އަންނަނިވި ޕެރެގްރާފުތަކުގައި ބަޔާން ކުރަމެވެ.
1.7އިސްތިއުނާފުކުރާފަރާތުނ ހުށަހަޅާފައިވް އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މިންވަރަށް ތަފްޞީލުކޮށް ދެވިފައިވާ އިސްތިއުނާފީ ނުކުތާތަކެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ވަޒީފާ އަނބުރާ ރުޖޫޢަކުރުމުގެ އަމުރެއް ނެރުމުގެ ކުރިން އެއަމުރެއ ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާ ރުޖޫޢަ ކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބެލުމުގެ އުޞޫލަކީ މީގެ ކުރިން އެއްވެސް މިންވަރަކަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައިނުވާތީ މި މަރުޙަލާގައި އެނުކުތާ ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިގެންނުވާކަމާއ އަދި ބަހުސްގެ ބޭނުމަށް އެ އުޞޫލު ތަތުބީޤުކުރި ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އެއުޞޫލާ ފުށުނާރާކަމާއި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ނަގައި ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނާބުނުން ފިޔަވައި، އެއުޞޫލާ ޚިލާފުވި ގޮތެއް އެފަރާތަށް ބުނެދެވިފައި ނުވާކަމެވެ.
2.7ދ ވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް (2019/SC-L/133) ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުސޫލަށް ބަލާއިރު, އެމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކީ ސިވިލް ކޯޓާއި ހައި ކޯޓުގެ މަރުޙަލާގައި ފާހަގަކޮށްފައިވާ ކަމަކަށް ނުވެފައި، އަދި ކުރިން ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއެއް ކަމުގައި ނުވާތީއާއި އެ ކޯޓުން މައްސަލަ ނިންމުމުގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިވާ ނުކުތާތަކެއް ކަމުގައި ނުވާތީ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް އެކޯޓުން ބަލައި ނުގަތުމަށް ނިންމާފައިވާ ކަމާއި، އެހެންކަމުން،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ، ވަޒީފާ އަނބުރާ ރުޖޫޢަ ކުރުމާ ގުޅޭ އުޞޫލާއި މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމާ ގުޅޭ ގޮތުން، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅއްވު ފައިވާ އުޞޫލާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ މިމަރުޙަލާގައި އަލަށް ފާހަގަ ކުރާ ކަންކަން ކަމުގައިވާތީ އެކަންކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް ނުދެކެ ކޭ މެވެ.
3.7އ ސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ކޮވިޑް-19 ގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރިއަށް ލިބިފައިވާކަމަށް ބުނާ ގެއްލުން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ފުރިހަމއަ ށ ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާއިރު، ޓްރައިބިއުނަލުން ރިޢާޔަތް ނުކުރަނީ ކޮން ހެކިތަކަކަށް ކަމާއި އެފަރާތުން އެބުނާ ގޮތް ރަނގަޅުވަނީ ކީއްވެގެންކަން ބުނެދީފައިނުވާތީ މިނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ވ. އިބްރާހީމް ޖިހާދު -(2019/SC L/91) ޤަޟިއްޔާގައި ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަ ކުރާ މިންގަނޑަށް ވާސިލްވާން ޖެހޭކަމަށް ބަޔާންކޮށް ކަނޑައަޅުއްވާފައިވާ އުޞޫލާއި އެކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލް ޙަމީދު [2021] SC 58 ޤަޟިއްޔާގައި، ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާއާ ޙަވާލާދީ ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވަނީ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަން ބުނެ ދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއް ކަމަށް ބަޔާންކުރަން ޖެހޭނެކަމަށް ބުނެ ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން ބަލައިގަނެވިދާނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަމެވެ.
4.7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ބައެއް ވިޔަފާރިއަކީ ކުޑަ ވިޔަފާރިއެއް ކަމުގައިވާނަމަ، މުވައްޒަފު އައުމުގެ ސަބަބުން މުވައްޒަފަކު އިތުރުވުމުން ޚަރަދު ބޮޑުވާ ގޮތް ދިމާވުމާއި، ޚާއްޞަ ގޮތެއްގައި ކުރިން އެ މުވައްޒަފު ހުރި ވަޒީފާއަށް އެހެން މުވައްޒަފަކު ނަގާފައިވު މުގެ ސަބަބުން ވަޒީފާ ރުޖޫޢަކުރުމަށް އުނދަގޫ ވެދާނެކަމަށް ފާހަގަކޮށްފައިވީނަމަވެސް ވަޒީފާދޭ ފަރާތަކީ ބޮޑު ވިޔަފާރިއެއް ނަމަ އެއީ އެހާ ބޮޑު މައްސަލައަކަށް ނުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޓްރައިބިއުނަލްގެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ހެކިވެރިން ދިން ބަޔާންތަކަށް ބަލާއިރު، އެފަރާތުގެ ވިޔަފާރިއަކީ ނިސްބަތް ބޮޑު ވިޔަފާރިއެއްކަން އެނގޭކަމާއި އެގޮތުން ލިޓަސް ގްރޫޕުގެ ދަށުން އިތުރު 7 (ހަތެއް) ކުންފުނި ހިނގަމުންދާކަމާއި އިސްތިއުނާފުރައްދުވ ފަރާތާ އަދާކުރަމުން ދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައި ވުމުން އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑު މިނަށް ބަލައި އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ ރުޖޫޢަކުރަން ނުޖެހޭ ސަބަބެއްނެތް ކަމެވެ. ޤާނޫނު ނަންބަރު 2010/13 އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް:
8. އިސްތިއުނާފުރައްދުވާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 ޤަޟިއްޔާ އިން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނަ މަށެވެ.
9. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޤާނޫނީ ނަޒަރަކުން ވިސްނައި ބލެ އިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވި ފައި ވެއެވެ. އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުން ލިބިދެވޭ ހއްލަ
10މި މައްސަލަ އިގައ އިސްތިއުނާފުރައްދުވި ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރިއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފަރާތުގެ ވަޒީފާގައި ތިބި މުވައްޒަފުން މަދު ކުރުމަށް ނިންމުމުން ކަމށަ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކުރިކަން އަންގު އ 20 އޭޕްރީލް 2020 ގައި، ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ، "މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ފެތުރިފައިވާ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލި (ކޮވިޑް- 19) ގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، ހީނަރުކަމާއި، ލޮޅުން މިވަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަށްވެސް ތަހައްމަލް ކުރަންޖެހިފައެވެ. ކުދި، މެދުފަންތ އަދި ބޮޑެތި އެންމެހައި ވިޔަފާރިތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ކުންފުޏެއ ނުވަތް ވިޔަފާރި ނަފާ ހޯދާ ވިރަފާރިއެއް ހުއްޓުމަކަށް ނުގެނެސް ސަލާމަތުގެ އައްސޭރިއަކަށް ވާޞިލުވުމަށްޓަކައި އެކުންފުންޏަކުނ ނުވަތް ވިޔަފާރިކުރާ ފަރާތެއްގެ ހައިސިއްޔަތުން ތަފާތު ގިނަ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ވަގުތެކެވެ. މިހާލަތަކީ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ކަންކަމާއި، ކުންފުނި ހިންގުމުގެ އަސާސީ ޚަރަދުތަކާއި، ކުންފުނި މާލީ ގޮތުން ހަރުދަނާ ކުރުމާއި، އަދި ކުންފުނީގެ ނަތީޖާ ހާސިލުކުރެވޭ ފަދަ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްކަން ތިޔަ ފަރާތުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ކަން މިހެން ހުރުމާއެކު ކުންފުނީގެ މުވައްޒަފުން މަދުކޮށް ކުންފުނީގެ ޚަރަދު ބަރަދުގެ އެންމެހައި ކަންކަން ފޫބެއްދެން ނެތްއިރު، މިކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި ވަޒީފާއަދާކުރަމުން ގެންދާ މުވައްޒަފުން މަދުކުރަމުން އަންނަ މިޙާލަތުގައި ތިޔަފަރާތ މިކުންފުނިން ވަކިކުރެވިފައިވާ ވާހަކަ ހިތާމައާ އެކު ދަންނަވަމެވެ. މިހާލަތުން ޤައުމު އަރައިގަނ ޤައުމުގެ އިޤްތިސާދުގެ ކަންކަން ރަނގަޅުވެ، އަދި ކުންފުނީގެ ކަންކަން ކުރިއެކޭ އެއްގޮތަށް އައިސްފިނަމަ ތިޔަފަރާތް މިކުންފުނީގައި އަދާކުރަމުން އައި ވަޒީފާގެ މަޤާމަށް އަލުން އެނބުރި އައުމަށް ކުންފުނީގެ ފަރާތުން ތިޔަފަރާތަށ ވަޒީފާއަށް އަނބުރާ އައުމަށް އޮފަރ ހުށަހަޅާނެ ކަމާއި އެއޮފަރ ޤަބޫލުކުރުމާއި ނުކުރުން ތިޔަފަރާތުގެ އިޚްތިޔާރަށް ދޫކޮށްލާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ." މި ފަދައިންނެވެ. މި ސިޓީގައި އިސްތިއުނާފުރައްދުވާ ފަރާތށަ ވަޒީފާ އަލުން އޮފަރ (އައުމުގެ ފުރުސަތު) ދޭނެކަމށަ ބަޔާންކޮށްފައިވާތީ، އެފަރާތުން ވަޒީފާއަށް ނުކުންނަން އަންގާނެ ދުވަހެއް އޮޅުން ފިލުވުމގު ގތޮ ނ އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް 20 ޖަނަވަރީ 2021 ގައި ސިޓީއެއް ފޮނުވާފައިވާކަމާއި، އެސިޓީގއ އިސްތިއުނާފުކުރި ފަރާތުގާ މާލެ ޙާލަތު ރަނގަޅުވެ އިސްތިއުނާފުރައްދުވ ފަރާތާ އެއް ޙާލަތެއްގައި ތިބި މުވައްޒަފުން ވަޒީފާއަށް އަނބުރާ ނެރެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ވައުދުވެފައިވާ ފަދައިން އެހެން މުވައްޒަފުންނާ އެއްގޮތަށް އިސްތިއުނާފުރައްދުވާ ފަރާތްވެސް ވަޒީފާއަށް ނުކުންނަންވީ ދުވަހެއް އަންގައި ދިނުމަށް އެދިފައިވެއެވެ. މިސިޓީއަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބއެ ދިންކަން އެނގޭކަށް ނެތެވެ.
11މި ދެފަރާތުގެ ދމެދެ ބަދަލުކުރެވިފައިވާ އިސްވެ ބޔާންވަ ދިޔަ ސިޓީތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާއިން އިސްތިއުނާފުރައްދުވ ފަރާތާ ވަކިކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ދައްވަމުންދާތީ އެކަން ރަނގަޅު ކުރުމަށްޓަކައި އެފަރާތުގެ ވަޒީފާގައި ތިބި މުވައްޒަފުން މަދުކުރުމަށް ނިންމިނިންމުން ތަންފީޒުކުރުމުގެ ގޮތުންކަމާއި، އެގޮތުން މުވައްޒަފުން ވޒީފާއިނަ ވަކިކޮށްފައިވަނީ އިޤްތިޞާދީ ޙާލަތު ރަނގަޅުވުމުން ވަޒީފާއަށް އައުމަށް އޮފަރ ދޭ ގޮތަށްކަމު ގައިވީނަމަވެސ އެއިން އެއްވެސް ފަރާތަކަށް ވަޒީފާގެ އޮފަރ ދީފައިނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަމާއި، އިސްތިއުނާފުރައްދުވާ ފަރާތުން 20 ޖަނަވަރީ 2021 ގައި އެފަރާތުގެ ވަޒީފާއަށް ނެރުމުގެ ކަންތައްތައް އޮތް ގޮތެއް ސާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް ސިޓީ ފޮނުވުމާ ހަމައަށް އެފަރާތް ވަޒީފާއިން ވަކިކުރިކުރުމާ ގުޅޭގޮތުން މުޢާމަލާތެއް އަދި ޝަކުވއެއާ ކޮށްފައިވާކަން އެނގެން ނެތްކަމާއި، އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާއާގުޅޭގޮތުން ޝަކުވާ ކޮށްފައިވަނީ އެފަރާތަށް ވަޒީފާގެ އޮފަރ ނުދިނުމުން ކަމަށް ބެލެވެން އޮންނަކަމެވެ.
12މި މައްސަލައިގެ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާ ކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަ ކުރުމަށާއި މިމައްސަލަ ހުށަހެޅި ފަރާތަކީ ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް ކަމުގައި ނުބެލުމަށާއި، 13 މެއި 2022 އިން ފެށިގެން މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އެފަރާތް ވަޒީފާއިން ވަކިކުރިއިރު، އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާއިން ވަޒީފާއިން ވަކިކުރި އިރުގައި، ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނި ކުރުމަށްފަހު ޖެހޭ ޢަދަދު އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ކަމަށެވެ.
13ޕްރިސިޑެންސް 1މި މައްސަލަ އިސްތިއުނާފުކުރުމަށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތައް ބިނާކޮށްފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތުން އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިއާދަކުރުމަށާއި އެފަރާތް އަދާކުރަމުން ދިޔަ ވަޒީފާގެ މުސާރައާއި އިނާޔަތްތައް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުން ޤާނޫނާ ޚިލާފުވާކަމަށް ބުނެ، އެކަމުގެ މައްޗަށކް ނ ފާހަގަ ކުރެވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމުމުގައި ނުވަތަ އެ ނިނމްމށް ވާޞިލުވަމަށްޓަކައި ބޭނުންކުރި އިޖުރާޢަތުން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިނިންމުން ޤާނޫނާ ނުވަތަ ގަވާއިދާ އަދި އުޞޫލަކާ ޚިލާފުވާ ކަމަށްބުނެ އިސްތިއުނާފުކުރުމަށް އެއްވެސް ނުކުތާއެއް ހުށަހަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްތއޯ އާ، އެކަންހިނގާ ދިޔަ ގޮތުގެ އިޖރާޢަތު ޞައްޙަތޯ، މިޤަޟިއްޔާގައި ބަލަ ފައިނުވާނެއެވެ.
14ޕްރިސިޑެންސް 2މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުވެއްޖެނަމަ އެ މައްސަލަ ހުށަހަޅާ ފަރާތަށް، ތިން ބާވަތެއްގެ ޙއްލަ ނަގައި ދިނުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ؛
(ހ) އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ
(ށ) މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
(ނ) ބަދަލުދިނުން، އެވެ.
15އެކަށީގެންވާ ސަބަބެއްނެތި ވަޒިފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު، އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަކުރުންކަމާއި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނާ އަސާސީ ޙައްލުގެ މާ ނައަކ އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެމުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަކުރުން ނުވަތަ އެނޫން ވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުންކަމަށް، ދިވެހިރާއްޖޭގެ ސުޕްރމީ ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅު އްވާފައިވެއެވެ. އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނ ނުވަތެ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތް ކަމެއްކަމަށް ބެލެވިދާނެ ޙާލަތްތަކެއް ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން، ފާހަގަކުރައްވާފައިވާ ޙާލަތްތަކުގެ ތެރޭގައި (1) އިޢާދަ ނުކުރެވޭނޭ މިންވަރަކަށް ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛ (2) އިޢާދަކުރެވޭއިރު އެދެމެދުގައި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛ (3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން (4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން، ހިމެނެއެވެ. އަދި ވަޒީފާ އިއާދަ ނުކުރުމަށް ބާރުއަޅާ ޙާލަތްތަކެއް ވާފަދައިން، ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރު އަޅާ ޙާލަތުތަކެއްވާކަމަށް ވެސް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން، ކަނޑައަޅުއްވާފައިވާ ޙާލަތްތަކަކީ (1) މުވައްޒަފުކުރި ޣައިރު ސުލޫކީ އަމަލަކީ، އެފަދަ ފުރަތަމަ އަމަލުކަމަށް ވެފައި، އެހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެމައްސަލައިގެ އެންމެ އެކަށީގެންވާ ޙައްލަކީ އެމުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތައް؛ (2) މުވައްޒަފުގެ ހުރި ޚާއްޞަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށްވުން؛ (3) މުވައްޒަފު ވަޒީފާއަށް ރުޖޫޢު ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ ޢަމަލުތައް ބަލައި ގަތުންކަމަށ ދޭހަވާން ޙާލަތުތައް؛ މިއެވެ.
16މިމައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމް ކުރުމެއްނެތިކަމާއި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމާއި، އަދި ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލއެ (unfair dismissal) ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ. މިފަދަ ޙާލަތުގައި ވަޒީފާ އަދާކުރާ ފަރާތަށް ލިބިދެވޭނެ ފަރުވާތކުގަ ތެރޭގައި، އެމުވައްޒަފަކު އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ ކުރިން އަދާކުރަމުން ދިޔަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/HC-A/49 ޤަޟިއްޔާ ބާވަތު ވަޒީފާއެއްގައި ނުވަތަ އެފަދަ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް ނުވަތަ/އަދި އެމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ބަދަލއެ ދިނުމަށް އަމުރުކުރުން ހިމެނޭކަ ނ ވަޒީފާއާބެހް ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކާމާއި، އެގޮތުގެމަތިން އަމުރެއް ނެރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށްކަމާއި، އެފަދައިން ބެލުމުގައި ވަޒީފާއިން ވަކިކުރެވުނު ޙާލަތުތަކަށާއި ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުންކަމަށް ވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަންވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
17މި މައްސަލަ އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތުގެ ވަޒީފާ އަލުން އަނބުރާ ރުޖޫޢުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި، މުވައްޒަފަކު ވަޒީފާއަށް އިއާދަކުރުމުގައި ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެންނެތުމުގެ މައްޗަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މިމައްސަލަ ނިންމުމުގައި އެކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިއާޔަތްކޮށްފައިނުވކަމަށެވެ.
18ޕްރިސިޑެންސް 3މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަ ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އެފަރާތް ވަޒީފާއިން ވަކިކުރިކަން އަންގައި، 20 އޭޕްރީލް 2020 ގައި އިސްތިއުނާފުކުރާ ފަރާތުން ފޮނުވި ސިޓީގައި ޤައުމުގެ އިޤްތިސާދުގެ ކަންކަން ރަނގަޅުވެ، ކުންފުނީގެ ކަންކަން ކުރިއެކޭ އެއްގޮތަށް އައިސްފިނަމަ، އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއަށް އެނބުރި އައުމަށް އޮފަރ ކުރާނެކަމަށް (ފުރުސަތު ދޭނެކަމަށް) ބަޔާންކޮށްފައި އޮތްއޮތުމަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ޙާލަތު ކުރިއެކޭ އެއްގޮތަށް އައިސްފައިވަނީ ކޮން ތާރީޚެއްގައިކަން އެނގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/HC-A/49 ޤަޟިއްޔާ ނެތުމުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ޢަމަލު ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، ކޮވިޑް-19 ގެ ސަބަބުންކަމަށް ބަޔާންކޮށް މުވައްޒަފެއްގެ މުސާރައިން އުނިކުރުން ނުވަތަ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުންފަދ ކަންތައްތައަ ވަޒީފާދޭ ފަރާތްތަކަށް ކުރެވިދާނެކަމުގައި ނުދެކޭތީ، އެޤާނޫނަށް ޢަމަލުކުރާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އިސްތިއުނާފުކުރާ ފަރާތުގެ ޙާލަތު ކުރިއެކޭ އެއްގޮތަށް އައިސްފައިވާކަމަށް ބަލައި، އެތާރީޚުން ފެށިގެން އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއަށް ރުޖޫޢުކުރަން ފެނިގެންކަނ ވަޒީފާއާބެހް ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 14.1 އަދި 14.2 ޕެރެގްރާފުން އެނގެން އޮވެއެވެ.
19މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ، ކޮވިޑް -19 އާ ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ ޙާލަތު ރަނގަޅުވުމުނ އަލުން ވަޒީފާއަށް ނުކުތުމަށް އޮފަރ ދޭނެކަމުގެ ޔަޤީންކަން ދިނުމަށްފަހުގައި ކަމާއި، ވަޒީފާ އަދާކުރުމުގައި އަޚްލާޤީ މައްސަލައެއް ދިމާވެގެން ނުވަތަ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމެއް ކޮށްގެން ސުލޫކީ މައްސަލައެއް ބަލައި އެޅި ފިޔަވަޅެއްގެ ގޮތުން ނޫންކަން އެނގެއެވެ. މި މައްސަލަ ނިންމުމުގައި މުވައްޒަފަކު ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިޢާޔަތް ކޮށްފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ރަނގަޅު ނުވާކަމަށް އެފަރާތުން ބުނިކަމުގައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ދަށްވެފައިވާކަން ދަލީލުކޮށްދޭ އެއްވެސް ލިޔެކިޔުމެއް އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވާކަމާއި އެޙާލަތާއ ގުޅިގެނި ކުންފުނީގެ މުވައްޒަފުން ނެގުމުގެ ސްޓްރަކްޗަރގައ ހިމެނި އޮނިގަނޑަށް ބަދަލެއް ގެނެސްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމާއި މުވައްޒަފުން މަދު ކުރުމަށް ކުންފުނީގެ ބޯޑުން ފާސ ކުރެވުން ޤަރާރެއް ހުށަހަޅާފައިނުވާކަމަށް ފާހަގަކޮށްފައިވާކަން އެނގެން އޮތްނަމަވެސް، އެފަރާތުގެ ވޔިފރިއާ ކ ކުޑަ/ބޮޑު ވިޔަފާރިއެއްތޯ ބަލާފައިވާކަން އެނގޭކަށް ނެތެވެ.
20ކުރިންވެސް ބަޔާންކރު ފަދައިން، މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢުކުރުމަށް ނިންމުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތުގު މާލީ ޙާލަތު ދަށްވެފައިވޭތޯ ބަލާފައިވާ ކަމާއި އަދި އިސްތިއުނާފުކުރާ ފަރާތުގެ ޙާލަތު ހުރިނެތ ގޮތް ބަލާފައިވާކަން އެނގެން އޮންނާތީ، ކޮވިޑް-19 ގެ ޙާލަތު ނިމުމަކަށް ގެނައި ތާރީޚުން ފެށިގެން ކޮވިޑް -19 އާ ގުޅިގެން ޢަމަލުކުރުމަށް ފާސްކޮށްފައިވާ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން އެފަރާތުގެ މާލީ ޙާލަތު ރަނގަޅުވެފައިވާކަމަށް ބަލައި، އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއަށް ރުޖޫޢުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އޞޫލުތަކަށު މުޅިން ރިޢާޔަތްނުކޮށްކަމަށް ބެލޭނެ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ.
21ޕްރިސިޑެންސް 4އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ރިޑަންޑަންޓްކޮށްފއިވަނަ، ކޮވިޑް-19 ގެ ޙާލަތުގައި ދިމާވި އިޤްތިސާދީ ދަތި ޙާލަތާ ގުޅިގެން ކަމަށްވާއިރު، ކޮވިޑް- 19 އާ ގުޅިގެން ދިމާވާ އެކިއެކި ކަންކަމުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތކެއަ އެކަށައަޅައި ފާސްކޮށްފައިވާ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 އަކީ ކޮވިޑް-19 ގެ ޙާލަތުގައި ވަކިވި ކ ފަރުދުންނާއި ޢާއިލާތަކާއި ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖރާއަތުތަކަށު ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭ ގޮތުން ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތަކާއި އިޖްރާޢާތު ބަޔާންކޮށްފައިވް ޤާނޫނެކެވެ. އެޤާނޫނަށް ޢަމަލުކުރވެ މުއްދަތަކީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 އަށް ޢަމަލު ކުރަން ފަށާފައިވަނީ، 22 ސެޕްޓެންބަރު 2020 ގައެވެ. ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ 12 މާރިޗް 2020 އިން ފެށިގެނކަމް އާ އެޙާލަތު ނިމުމަކަށް އައިކަން އިޢުލާންކޮށފައިވަން 13 މާރިޗް 2022 ގައިކަން އެނގެއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 20 އޭޕްރީލް 2020 ގައިކަ މަށްވާތީ، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތގު މުއްދަތުގެ ތެރޭގައިކަމަށް ވީނަމަވެސް، އެއީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަން އެނގެއެވެ. އެޤާނޫނަށް ޢަމަލުކުރެވޭނެ މުއްދަތު ކަނޑައަޅފައިވަނާ "ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު" މިގޮތަށެވެ. އހެންކަމުނެ އެޤާނޫނު ފާސްވުމުގެ ކުރިން، ކޮވިޑް-19 ގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންކަމުގެ މައްޗަށްވެސް އެޤާނޫނު ހިނގާނެކަން އެނގެއެވެ. ޤާނޫނަށް ޢަމަލުކުރުމުގެ ޢާންމު އުސޫލަކީ އެޤާނޫނއެ ފާސްވެ ޢަމަލުކުރަން ފެށުނު ފަހުން ހިންގާ ކަންކަމުގެ މައްޗަށް އެޤާނޫނު ހިނގުން (prospective) ކަމާއި، އަދި އެޤާނޫނަށް ޢަމަލުކުރަނަ ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ނުހިނގުން (retrospective) ކަމުގައި ވީނަމަވެސް، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނު ހިނގި ނެކަމަށާ އެޤާނޫނުގައި ކަނޑައަޅާފައިވާނަމަ، އެޤާނޫނަށް ޢަމަލުކުރަނޫ ފެށުމުގެ ކުރީގެ ކަންކަމުގެ މައްޗަށް އެޤާނޫނު ހިނގާނެއެވެ.(retroactive)
22މިމައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކުރިއިރު، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ފާސްވެ ޢަމަލުކުރަން ފެށފައިނުވާތީ އެފަރާތް ވަޒީފާއިން ވަކިކުރުމުގައި ޢަމަލި ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020)ގެ 3 ވަނަ މާއްދާގައި ކުރެ ވޭނީ، އެއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކާއި ގަވާއިދުތަކަށް ކަމަށް ޤަބޫލުކުރެވެއެވެ. ކޮވިޑް-19އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުލި ނުރައްކަލުގެ ޙާލަތުގައިވެސް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުއްދަކުރާ ފިޔަވަޅުތައް އެޅުމަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ހުރަސް ނާޅާކަމަށް އެޤާނޫނުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވުމުން ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ވަޒީފާއާބެހޭ ޤާނޫނު ގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ.
23ޕްރިސިޑެންސް 5ކޮވިޑް -19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 13 މާރިޗް 2022ގއ އުވާލުމާގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ޢަމަލުކުރުން ނިމުމަކަށް އަންނަ ތާރީޚުން ފެށިގެން އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ ރުޖޫޢުކުރުމަށް ކަނޑައަޅާފައިވަ ކަން އެނގެއެވެ. ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިސްފައިވަނީ މި މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހަޅައި އަޑުއެހުންތައް 07 މާރިޗް 2022 ގައި ނިމުނުކަން އިޢުލާނުކުރި ފަހުން ކަމާއި، އޭގެ ފަހުން ހިނގާ ކަމަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކުރާ ނަމަ އެކަމާގުޅޭ ގޮތުން ވާހަކަ ދައްކައި ބަސްބުނުމުގަ ފުރުސަތު ދޭންވާނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/05 (ދަޢުލަތް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ބެލުމުން އެނގޭއިރު، މި މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް އެފުރުޞަތު ނުދީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ މަދަނީ މައްސަލައެއްގެ ޙުކުމަށް ވޞާ ލުވުމަށްޓަކައި އެމައްސަލަ ބަލާ ފަނޑިޔާރި ހޯދު ލިޔުމެއް އަދި މަޢުލޫމާތެއް މީހަކަށް ގެއްލުން ލިބޭ ގޮތަށް މާނަ ކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބިތު ކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗަށް ބުރަވާ ޙާލަތުގައި އެލިޔުމަކާ މެދު ނުވަތަ އެ މަޢުލޫމާތަކާ މެދު އެފަރާތެއް ދެކޭގޮތް ބަޔާންކުރުމުގެ ފުރުސަތު ދިނުމަކީ އެމައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް ކަމަށް ބަޔާންކުރާ އުޞޫލެވެ. އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ އަނބުރާ ރުޖޫޢުކުރާނެ ތާރީޚެއް ނިންމުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވާޞިލުވި ސަބަބުތައް މިރިޕޯޓުގެ 18 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފއަ އެވަނީއެވެ. އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއަށް ރުޖޫޢުކުރާނެ ތާރީޚު ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާއިން ވަކިކުރުމުގައި އިޤްތިޞާދީ ޙާލަތު ރަނގަޅުވުމުން އަނބުރާ ވަޒީފާދޭނެކަމަށް އިސްތިއުނާފުކުރާ ފަރާތނު ދީފައިވާ ޔަޤީން ކަމާއި، އިޤްތިޞާދީ ޙާލަތު ރަނގަޅުވީ ވަގުތު ހުށަހަޅާފައިވާ ލިޔުންތަކުން ކަނޑައެޅެން ނެތުމުން، ކޮވިޑް -19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އަންނަ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ބެލުމަށްފަހު އެތާރީޚު އެއީ އެފަރާތުގެ އިޤްތޞި ދީ ޙާލަތު ރަނގަޅުވީ ތާރީޚުކަމުގައި ބަލައި އެތާރީޚުނ ފެށިގެން ވަޒީފާއަށް އަލުނާ ރުޖޫޢުކުރުމަށްކަން އެނގެއެވެ. އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާއަށް ރުޖޫޢުކުރުމުގައި ޓްރައިބިއުނަލުން އިތުރު ލިޔުމެއް ނުވަތަ ހެއްކެއް އަދި މައުލޫމާތެއްވެސް ތިންވަނަ ފަރާތެއްގެ ކިބައިން ހޯދާފައިވާކަން އެނގޭކަށް ނެތެވެ. އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ކަނޑައެޅޭ ޙާލަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އެފަރާތް އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢުކުރުމަށކް ނ ވަޒީފާއާބެހް ޤާނޫނގު 29 ވަނަ މާއްދާގެ (ހ) އާއި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅފައިވާތީއާއާ، މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި އަދި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމެއްނެތިކަމަށް ކަނޑައެޅޭ ޙާލަތެއްގައި، އެފަރާތް އަލުން އަނބުރާ ވަޒީފާއަށް ރުޖޫޢުކުރުމށަ އެންމެ އިސްކަމެއް ދންޖޭ ހޭއިރެ، ކޮވިޑް-19 އާ ގުޅިގެން ފާސްކޮށްފައިވާ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ކޮވިޑް-19ގެ ޙާލަތު ނިމުމަކަށް ގެނެސް ކޮށްފައިވާ ޢާންމު އިޢުލާނަށް ރިޢާޔަތްކޮށް، އެޙާލަތް ނިމުމަކަށް ގެނައި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަކޮށް އެތާރީޚުން ފެށިގެން އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢުކުރުމަށް ނިންމުމުން، އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތްކަމަށް ނބެލެވު އެވެ. ޤާނޫނުއަސާސީއާއި ޤާނޫނުތކަ އ އެޤާނޫނުތަކުގެ ދަށުނާ ހަދާފައިވާ ޤަވާއިދުތަކާއ ޤާނޫނި ބާރު ލިބިފައިވާ އުޞޫލުތަކަށް މައްސަލަތައް ނިންމުމުގައި ރިޢާޔަތްކުރުމަކީ މައްސަލަ ބަލާ މެންބަރުން/ ފަނޑިޔާރުނގް މަޤާމުގެ މަސްޢޫލިއްޔަތތަކުގު ތެރޭގައި ހިމެނޭ ކަމެއްކަން އެނގޭއިރު، ހުށަހެޅިފައިވާ މައްސަލައއްގައެ ޚަޞްމަކު ވަކި ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ބަޔާންކޮށްފައިވާ އުޞޫލެއް އަދި ކަމެއް ފާހަގަ ނުކުރުމަކީ، މައްސަލަ ބަލާ މެންބަރު/ފަނޑިޔާރަށް ފާހަގަވާ ކަންކަމަށް ރިޢާޔަތްނުކޮށް އެސަބަބަށްޓަކައި ދޫކޮށްލނު ހުއްދަވާނެ ހަމައެއްނޫންކަން މިކޯޓުގެ ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. ރިސްޒާޑް ލުރެ ންސް މަޖޫސްކީ ޤަޟިއްޔއިނާ އެނގެން އޮންނާތީ، މި މައްސަލަ ނިންމުމުގައި އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ ރުޖޫޢުކުރުމަށް ތާރީޚު ކަނޑައެޅުމުގައި، ކޮވިޑް-19 އާ ގުޅިގެން ފާސްކޮށްފައިވާ ޚާއްޞަ ޤާނޫނަށް ރިޢާޔަތްކުރުމަކީ، ދަޢުލަތް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފު ކަމެއް ކަމކަ ށ ނުފެނެއެވެ.
24ޕްރިސިޑެންސް 6ބޭއިންސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލު ދިނުމާ ގުޅޭ ގޮތުން، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަދަލުގެ މިންވަރު ކަނޑައަޅާނެ ހަމަތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު، އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއް އިނާޔަތްތައް އެޓްރައިބިއުނަލުން ނުވަތަ އެކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި އިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/67 ޤަޟިއްޔާ ނިމުނު ގޮތުގެ 43 ވަނަ ޕެރެގްރާފް ނަގައި ދިނުމަކީ ކޮންމެހެން ލާޒިމު ކަމެއްނޫން ކަމަށއާ ލިބި ގެއްލުން ކުޑަކުރުމުގެ މަސްޢޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓު ނ އަމުރް ކުރާއިރު، ވަޒީފާ އަލުން ދިނުމާ ދެމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަކަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމާއި ޚާއްޞަކޮށް އެމީހަކު އެހެން ވަޒީފާއެއް އަދާ ކޮށް ނުވަތަ އެނޫން ވެސް ގޮތަކނު އމާދަނއެއީ ހޯދަމުން ގޮސްފައިވާނަމަ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކށްފައިވޮ އެވެ.
25މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރި ކަމާއި، މައުޟޢޫ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި، ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންތައްތކެއަ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި (ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް؛ (ށ) ވަޒީފާގައި ހޭދަކުރި މުއްދަތު؛ (ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުން ދިޔަ މުސާރަ އާއި އިނާޔަތް؛ (ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު އަމަލުތައް ހުރި ގޮތް؛ (ބ) މުވައްޒަފުގެ އުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެ ކަން ނުވަތަ ނޫންކަން؛ (ޅ) ވަޒީފާއިން ވަކި ކުރެވުމުގައި މުވައްޒަފުގެ ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮތްކަން ނުވަތަ ނޫންކަން؛ (ކ) ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފު އެޅި ފިޔަވަޅުތަކާއި އާމްދަނީ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަންކަން؛ (އ) ނަގައިދެވޭ ބަދަލުގެ ސަބަބުން ނުޙައްޤު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން؛ ( ވ) ބަޔާންވެ ދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު، ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރެވޭތީކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ ބެލުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
26މީގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އެއިގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަނ ނުވަތް ނޫންކަމުގެ މައްޗަށް ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅއްވު ފައިވެއެވެ.
27ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލއަ ގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ.އަސްފާޤު ވަޙީދު ޤަޟިއްޔާއަށް ޙަވާލާދީ ކަނޑައަޅފައިވަނާ މައްސަލީ ހުށަހެޅަ ފަރާތް ވަޒީފާއިން ވަކިކުރެވުނުއިރު، ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާކަމަށް ބުރަވެވޭތީ، މައްސަލައިގައި އެންމެ ޢަދުލުވެރި ގޮތަކީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ރުޖޫޢަ ކުރުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން އެފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް އެފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުން ދިޔަ މަޤާމުގެ މުސާރައާއި، އިނާޔަތްތަކަށްވާ ފައިސާއިން ވަޒީފާއިން ވަކިކުރިއިރުގައި، ނޯޓިހުގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހުޖެހޭ އަދަދަކީ، ލިޓަސް މޯލްޑިވްސްއިން މައްސަލަ ހުށަހެޅި ފަރާތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށެ ވެ.
28ދިވެހރާއްޖޭގި ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމިއިރު، އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢުކޮށްދޭ ތާރީޚާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަންގަވައި ދެއްވާފައިވަނީ އެފަރާތަށް އަންޖަސްޓް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 14.3 ޕެރެގްރާފްގައި އެންރިޗްމަންޓެ އ ލިބް ގޮތަށް ކަމަށްވާއިރު، އެއީ މުސާރައާއި އިނާޔަތްތައް ނަގައިދިނުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ނަގައިދީފައިވާ ފައިސާއެއަ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. މިނުކުތާގެ ތަފްސީލުކޮށް ދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔއާއާ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ޤަޟިއްޔާ އަށް ޙަވާލާދީފައި ވީ ނަމަވެސް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުނު ބުނެފައިވެއެވެ. މިނުކުތާގެ ރައްދުގައި އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އެއުޞޫލާ ފުށުނާރާ ކަމާއި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނާބުނުން ފިޔަވައި، އެއުޞޫލާ ޚިލާފުވި ގޮތެއް އެފަރާތަށް ބުނެދެވިފައި ނުވާކަމއާ އަދި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ މި މަރުޙަލާގައި އަލަށް ފާހަގަކުރާ ކަންކަން ކަމުގައިވާތީ އެކަންކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް ނުދެކޭކަމެވެ.
29ޕްރިސިޑެންސް 7ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ. އެއީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކޮށްދޭ މާއްދާއެވެ. މި މާއްދާގެ މަފްހޫމް އިތުރަށް ތަފްޞީލު ކޮށްދީފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓޑެ ޤަޟިއްޔާ ގެ ނިންމުމުގައެވެ. އެ ނިންމުމުގައި ބަޔާންވެފައިވަނީ، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލު ނުވެވޭ ކަމަށެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގެ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ، ނުވަތަ ހައްޤުތައް ގެއްލިފައިވާ ކަމަށް ބުނާ ބުނުމުގެ، ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެ ކަމަށްވެސް އިބްރާހީމް ޖިހާދު މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.
30ބަޔާންވެދިޔަ އުޞޫލަށް ރިއާޔަތްކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢުކުރާ ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ނަގައިދިނުމަކީ އެފަރާތަށް ދެވޭ ނުޙައްޤު މަންފާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް އެގޮތަށް ނިންމުމުން އެފަރާތަށް ނުޙައްޤު މަންފާ ލިބޭ ގޮތެއް ސާފުކޮށްދެވިފައިނުވާތީއާއި އެފަރާތުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތައް ތަޠްބީޤުކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމުމުގައި ޤާނޫނީ ގޮތުން ގޯސްހަދާފައިވާ ގޮތެއް އަދި އެނިންމުން ޤާނޫނީ ގޮތުން ގޯސްވަނީ ކޮން ގޮތަކަށްކަން އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާއަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ގިރާކުރެވިފައިވާ ނުކުތާއެއް ކަމުގައިނުވާތީ އެނުކުތާއާމެދު މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމަކަށް ނުފެނެއެވެ.
31އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލަ އިސްތިއުނާފުކުރުމަށް ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
32މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
33މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
34މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)(1)، (ށ)، (ރ)
- ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 3 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ވ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ 2012/SC-A/05 (ދައުލަތް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް)
- ސުޕްރީމް ކޯޓުގެ 2019/SC-A/30 (މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. އިބްރާހީމް ޖިހާދު)
- ހައިކޯޓުގެ 2022/HC-A/67 (ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. ރިސްޒާޑް ލުރެންސް މަޖޫސްކީ)
- ސުޕްރީމް ކޯޓުގެ 2020/SC-A/44 - އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި
- ސުޕްރީމް ކޯޓުގެ 2019/SC-L/133 (ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ވ. މަޝޭ އިންވެސްޓްމަންޓް) އަދި [2021] SC 58 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު) - ރައްދުވާ ފަރާތުން ހަވާލާދީފައި
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ - ރައްދުވާ ފަރާތުން ހަވާލާދީފައި
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝިހާމް، މުޙައްމަދު ނާފިޒު، ލޫޠު މުޙައްމަދު، އާރު .އެންޑް ކޯ އެޓަރނީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޒުލައިޚާ އިބްރާހީމް
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް