ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/244
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. އާޘިމް ހަބީބް، 2024/HC-A/244
Fuel Supplies Maldives Pvt Ltd v. Aathim Habeeb 2024/HC-A/244 (2024/HC-A/244, High Court of the Maldives, 11 May 2025)
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. އާޘިމް ހަބީބް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން، 147/VTR/2024 މައްސަލަ ނިމެންދެން އެ މަޤާމަށް އެހެން މީހަކު ޢައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރު ނެރުނެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އިންވެސްޓިގޭޝަން ސްޕެޝަލިސްޓުގެ މަޤާމު ރިޑަންޑަންޓްވީކަމަށް ބުނެ 2024 އޮގަސްޓުގައި މުވައްޒަފު ވަކިކުރުމުން، ޤާނޫނާ ޚިލާފަށް ވަކިކުރިކަމަށް ބުނެ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި، މައްސަލަ ނިމެންދެން މަޤާމަށް މީހަކު ޢައްޔަނުނުކުރުމަށް ވަގުތީ އަމުރަކަށް އެދުނެވެ.
ކުންފުނިން ބުނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގައި 'ނުވަތަ' ހުރުމުން އެހެން އެކަށީގެންވާ ވަޒީފާއެއް ދެވިދާނެތީ އެ މާއްދާ މާނަކުރުމުގައި ގޯހެއް ހެދިކަމަށާއި، ނެކްސްބިޒް ޝަރުޠުތައް ފުރިހަމަނުވާކަމަށާއި، ވަޒީފާއަކީ މުއްދަތު ހަމަވި އެއްބަސްވުމެއްކަމަށެވެ. މުވައްޒަފު ބުނީ އަމުރު ނުނެރެފިނަމަ މަޤާމަށް މީހަކު ނަގައިގެން އޭނާގެ ޙައްޤު ގެއްލިދާނެކަމަށެވެ.
މައިގަނޑު ސުވާލު
ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފެއްގެ މައްސަލަ ބަލަމުންދަނިކޮށް، އޭނާގެ މަޤާމަށް އެހެން މީހަކު ޢައްޔަނުނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު ވަގުތީ އަމުރުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރުމުގައި ގޯހެއް ހަދާފައިވޭތޯ، އަދި އެ އަމުރަކީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ޤަޟިއްޔާއާއި އެސް.ޕީ.އެޗް ޤަޟިއްޔާގެ ޝަރުޠުތަކާ އެއްގޮތްވާ އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ވަގުތީ އަމުރު ޤާއިމް
ރުޖޫޢަކުރުމަކީ އަސާސީ ޙައްލުކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ޓްރައިބިއުނަލުގެ މާނަކުރުމުގައި ގޯހެއް ނެތްކަމާއި، މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަމާއި، މަޤާމަށް މީހަކު ނެގިއްޖެނަމަ ރުޖޫޢަ ތަންފީޛުކުރުމަށް ހުރަސްއެޅޭތީ ބެލެންސް އޮފް ކޮންވީނިއަންސް މުވައްޒަފާ ދިމާއަށް ބުރަވާކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 (ށ) ގެ ދަށުން އޭނާ ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުމެވެ (ސުޕްރީމް ކޯޓުގެ 2018/SC-A/49 އާއި އެއަށްފަހުގެ ޤަޟިއްޔާތައް)؛ ނަމަވެސް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތައް ހުރެދާނެތީ، އެ އަމުރު ނެރުމުގެ ކުރިން އެކަން ޢަމަލީ ގޮތުން ކުރެވޭތޯ ބަލަންވާނެއެވެ؛ ޓްރައިބިއުނަލުން ފުރަތަމަ ބަލަންވާނީ އޭނާ ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށްކަމަށް ބުނުމަކީ ޤާނޫނީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-43)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (2022/R-14) ގެ 16 (ހ) ގެ ދަށުން، ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލައިގެ ފަރާތެއްގެ މަޞްލަޙަތަށް އުނިކަމެއް ލިބިދާނެކަމަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44)
- ސުޕްރީމް ކޯޓުގެ 2021/SC-A/21 (ނެކްސްބިޒް) ގެ ދަށުން ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކަކީ: (1) އެދޭ ފަރާތަށް ޤާނޫނީ ސިފަތު/ހައިސިއްޔަތު ލިބިގެންވުން، (2) ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުކޮށް ޤާއިމުވުން، (3) އަމުރު ނުނެރެ ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުމެވެ؛ މި ޝަރުޠުތައް ފުރިހަމަވޭތޯ ބަލާއިރު ބެލެންސް އޮފް ކޮންވީނިއަންސް، ސްޓޭޓަސް ކޯ ދެމެހެއްޓުން، ޙުކުމުގެ ބޭނުން ކެނޑިދާނެތޯ، އަދި ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއެއްތޯ ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-46)
- ބެލެންސް އޮފް ކޮންވީނިއަންސް ވަޒަންކުރުމުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ލިބޭ ގެއްލުމަށް ބަލައިގެން ނުވާނެ، ހުރިހާ ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންވާނެއެވެ (2020/SC-A/101)؛ ގެއްލުމާއި އުނދަގޫ ދެފަރާތަށް އެއްވަރުނަމަ ސްޓޭޓަސް ކޯ ދެމެހެއްޓުމަށް ބަލަންވާނެއެވެ (2018/HC-A/305). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47 ފުޓްނޯޓު)
- މުވައްޒަފުގެ މަޤާމަށް އެހެން މީހަކު ޢައްޔަންކޮށްފިނަމަ ރުޖޫޢަކުރުމުގެ އަމުރު ތަންފީޛުކުރުމަށް ހުރަހެއް އެޅިދާނެތީ، ވަގުތީ އަމުރު ނުނެރެފިނަމަ މުވައްޒަފަށް އިޢާދަ ނުކުރެވޭ ގެއްލުމެއް ލިބިދާނެއެވެ؛ މަޤާމަށް މީހަކު ނުނަގާކަމަށާއި އަމުރުން ގެއްލުމެއް ނުވާނެކަމަށް ވަޒީފާދޭ ފަރާތުން ބުނާ ޙާލަތުގައި ބެލެންސް އޮފް ކޮންވީނިއަންސް ބުރަވަނީ މުވައްޒަފާ ދިމާއަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-55)
- ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ފައިޞަލާކުރެވޭއިރު ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެނިއްޖެނަމަ، ވަގުތީ އަމުރު ނެރުމުގެ ބާރު ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2024/36 )30 ސެޕްޓނެ ބަރް 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓްރީ ނަންބަރ C-358/2000( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އެފް.އެސް.އެމް(" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ގދ. ފިޔޯރީ، ކެކުރި،ޢާޡިމް ޙަބީބު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އާޡިމް ޙަބީބް"( ގެ މައްޗަށެވެ.
3ޢާ ޡިމްޙަބީބު ފިއުލް ސަޕްލައިސް މޯލްޑީވްސް ޕްރައިވެޓްލިމޓެޑްގައި ދާއިމީ އިންވެސްޓިގޭޝަން ސްޕެޝަލިސްޓްގެ މަޤާމްއަދާކުރަމުންދް ނިކޮށެއޭނާގ މަޤާމު ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން ރެޑަންޑަންޓްވެފައިވާ ކަމުގައި ބަޔާންކޮށް، ޢޡިމްޙަބީބު ވަޒީފާއިން ވަކިކުރެވުނުކަން 22 އޮގަސްޓް 2024 ގައި އާޠިމް ޙަބީބްއަށް ކުންފުނީގެ ނަންބަރު FSM-HR-T/2024/078 ވަޒީފާއިން ވަކިކުރިކަމުގެ ޗިޓުން އަންގާފައިވެއެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު T/2024/078-HR-FSM )22 އޮގަސްޓް 2024( "ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް" އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 30 ސެޕްޓެންބަރު 2024ގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް"ގެ 1 ވަނަ ނުކުތާ
4ޢާ ޡިމްޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ އެފް.އެސް.އެމްއަށް ރައްދުވާގޮތަށް 12 ސެޕްޓެންބަރު 2024 ގައި ޢާޡިމް ޙަބީބްވަޒީފާއާބެހޭޓްރައިބިއުނަލަށ މައްސަލް ހުށަހެޅިއެވެ. މި މައްސަލަ އެ ޓްރައިބިއުނަލުން ބަލަމުންދަނީ އެ ޓްރައިބިއުނަލްގެ ނަންބަރ 147/VTR/2024 މައްސަލައިގެ ގޮތުގައެވެ.
5ބަޔާންކުރަނިވިމައްސަލަ ޢާޡިމް ޙަބީބުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށިހުށަހަޅައި، މ މައްސަލައާއެކު ވަގުތީ އަމުރެއް ނެރެދިނުމަށް ޢާޡިމް ޙަބީބުގެ ފަރާތުނ އެދިފައިވެއެވެ. މިގޮތުން ޢާޡިމް ޙަބީބްގެ ފަރާތުނ ވަގުތީ އަމުރެއްނެރެދިނުމަށ އެދިފައިވަނޫވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ފައިސަލާކޮށް މައްސަލައިގައި މައުޟޢްގޮތުނ ވަކް ގޮތެއް ކަނޑައަޅަންދެން، ޢޡިމާޙަބީބު އަދާކުރަމުންދިޔަ މަޤާމަށް އެހެން ފަރާތެއްޢއްޔަންކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށް އެފް.އެސް.އެމްއަށާއި ކަމާގުޅޭ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.
6މ ވަގުތީ އަމުރަށް އެދުމުގައި ޢާ ޡިމ ޙަބީބުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
6.1. މި މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން ގަވާއިދު ނަންބަރު 2021/R-63 )ވަޒީފާއާބެހޭ އާންމު ގަވާއިދު( ގައި ބަޔާންކޮށްފައިވ 12 )ބާރަ( މަސްދުވަހުގެ މުއްދަތު ހަމަވެއްޖެނަމަ، އެފަދަ ޙާލަތެއްގައި ރިޑަންޑަންޓްކުރެވޭ މަޤާމަށް މީހުން ޢައްޔަންކުރުމަށް ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެއްޖެކަމަށް ނިންމުމުގެ ފުރުޞަތު އޮތްކަމަށާއި، އެފް.އެސް.އެމްއިން އެފަދައިން ނިންމައިފިނަމަ،އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ، ޢާޡިމްޙަބީބު ވަޒީފާ އަދާކުރަމުންދިޔަ މަޤާމަށް އެހެން މީހަކު ޢައްޔަންކުރުމަށް އެފް.އެސް.އެމއަށް ފުރުޞަތު ފަހިވެގެންދިޔުންކަނ. ވަޒީފާއާބެހޭ ޓްރައިބިއުލަނަށް ޢާޡިމް ޙަބީބުގެ ފަރާތުން ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު" ގެ 12 ވަނަ ނުކުތާ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 30 ސެޕްޓެންބަރު 2024 ގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ގެ 6 ވަނަ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 30 ސެޕްޓެންބަރު 2024 ގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ގެ 4 ވަނަ ނުކުތާ އާއި 5 ވަނަ ނުކުތާ
6.2. އެފަދަ ނިންމުމެއް ނިންމުމަކީ އަދި ތަންފީޒުކުރުމަކީ އެކަމުގެ ސަބަބުން ހުށަހެޅިފައިވާ މައްސަލައިގައް ނިންމި ނިންމުނާ ތަންފީޒުކުރުމަށް ހުރަސްއެޅި، އެ ނިންމުމުގެ ބާރު ކެނޑި، މުޅި މައްސަލަ ފައިސަލާކުރުމުގެ ބޭނުން ކެނޑިގެން ހިނގައިދާނެކަމެއްކަނ.
6.3. މީގެ އިތުރުން ޢޡިމާޙަބީބުއަށ ޤާނޫނުން ކަށަވަރުކޮށްދޭ އަދާލަތުގެ ހަމަތަކާ ގުޅިގެން އުފެދޭ ޙައްޤުތައް ލިބިދިނުމުގައި ހުރަސްތަކެއް ކުރްމާ ތިވެދާނެ ކަމެއްކަމަށާއި، އެފަދަ ޙާލަތެއް މެދުވެރިވުމަކީ ޢޡިމްޙަބީބުއަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމަކަށް ވާނެކަން.
6.4. ރިޑަންޑަންސީގެ ސަބަބުން ޢޡިމާޙަބީބު ވަޒީފާއިން ވަކިކްށޮފައިވާކަމަށް އެފް.އެސް.އެމްގެ ފަރާތުނ ބުނެފައިވާތީ، އެ މަޤާމު އިތުރަށް ބޭނުންނުވާކަމަށް އެފް.އެސް.އެމްއިން ބުނާތީ، މި މައްސަލަ ޢޡިމ ޙަބީބުއާ އެއްކޮޅަށް ނިމޭ ޙާލަތުގައި އެފް.އެސް.އެމްގެ މަޤާމު ނެތްކަމަށް ބުނެ އެ ނިންމުން ތަންފީޒުކުރުން ލަސްކުރުމުގެ ފުރުޞަތު އޮތްކަން.
7ޢާ ޡިމް ޙަބީބުގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރާއި ގުޅިގެން، އެފް.އެސް.އެމްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
7.1. މ މައްސަލައިގައި ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ނުދެކޭކަމަށާއި، ވަގުތީ އަމުރު ނެރުމާއި ގުޅޭ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)މީގެ ފަހުން " ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން(" ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަސާސީ ޝަރުޠުތައް ފުރިހަމަނުވާކަން.
7.2. ޢާ ޡިމ ޙަބީބުއާއި އެފް.އެސް.އެމްއ ދެމެދާ ވެފައިވަނީ 01 )އެކެއް( އަހަރުގެ ވަޒްފާގ އެއްބަސްވުމެއކަމަށާއި، މި މުއްދަތު ހަމަވެފައިވާކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 30 ސެޕްޓެންބަރު 2024 ގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ގެ 4 ވަނަ ނުކުތާ އާއި 7 ވަނަ ނުކުތާއިން ފެށިގެން 11 ވަނަ ނުކުތާގެ ނިޔަލަށް އެ އެއްބަސްވުން އައުކުރަނ ބޭނުންނުވާކަން ޢާ ޡިމް ޙަބީބުއަށް އަންގާފައިވާނެކަމަށާއި،މި މަޤާމު އިތުރަށް ނުބޭއްވުމަށް ނިންމާފައިވާތީ، ޢޡިމުޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ނިންމައި ވަޒީފާ އަނބުރާ ދިނުމަށް ޢަމަލުކުރާނީ ކޮން ޤާނޫނީ ހަމައަކުންކަމާމެދ ބަހުސް އުފެދޭކަން.
7.3. ޢާ ޡިމްޙަބީބު އަދާކުރި މަޤާމަށް މީހަކު ނެގުމަށް އެފް.އެސް.އެމްއިން ބޭނުންނުވާތީ އެ މަޤާމަށް މީހަކު ނަގާނެ ޙާލަތެއްނެތްކަނ.
7.4. ޢާ ޡިމީޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތުގައިކަމަށްވާތީ، އަދި އޭނާ ވަޒީފާ އަދާކުރި މަޤާމަށް މީހަކު ނެގުމުގެ މަސައްކަތްވެސް ކުރަމުންނުދާތީ، އޭނާ އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެގެން ގެއްލުމެއްނުވާނެކަނ.
7.5. ވަގުތީ އަމުރެއް ނުނެރެފިނަމަ ޢާ ޡިމ ޙަބީބުއަށް ގެއްލޭނެ ޙައްޤެއް އަދި މަޞްލަޙަތެއް ނެތްކަން.
7.6. ޢާ ޡިމީޙަބީބުއަށ ޤާނޫން ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢަޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް ނެތްކަމށާއި،އޭނާއަކީ މި ވަގުތީ އަމުރަށައެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ބެލެވެން ނެތްކަމށާއި،އަދި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޢ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއްވެސް ނެތްކަން. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރާއި މެދު ނިންމިގޮތް
8މ ވަގުތީ އަމުރާއި ގުޅިގެން ޓްރައިބިއުނަލްގެ ނަންބަރ 200-VTR/VA/2024/36 )30 ސެޕްޓެންބަރު 2024( ނޭންމުމުނ ނިންމާފައިވަން ވަޒީ ފާއާބެހ ޓްރައިބިއުނަލްގެ ނަންބަރ 147/VTR/2024 މައްސަލައިގެ މައޟު ޢުގައްފައިޞަލާކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އެފް.އެސް.އެމްގައި ޢާޡިމް ޙަބީބު ވަޒީފާ އަދާކުރަމުންދިޔަ އެ ކުންފުނީގެ އިންވެސްޓިގޭޝަން ސްޕެޝަލިސްޓުގެ މަޤާމަށް އެހެން ފަރާތެއް ޢައްޔަންކުރުމުގެ އެއްވެސް މައްސައްކަތެއ ކުރިއަށް ނުގެންދިއުމަށް އެފް.އެސް.އެމްގެ މައްޗަށާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށެވެ.
9މި ނިންމުމަށް ވާސިލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންނަނިވި ކަންކަމަށް ބުރަވެފައިވެއެވެ.
9.1. ވަގުތީ އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްބިޒ ލިމިޓެޑް )އޮސްޓްރޭލިއާ(ވ . އެންޓި ކޮރަޕްޝަން ކޮމިޝަންޤުޟައްޔާއިން އިސްތިޤެރާރުވެފައިވ ޤާނޫނާ އުޞޫލުތަކުގިތެރޭގައި ހިމެނޭ އެއް އަޞްލަކީ، މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައިއަސްލުމައްސަލައިގައ ހިމެނޭ މައީ ޟޢަ ހައްޤަށ ނުވަތް ޤާނޫނަ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ލިބިގެންނުވާކމަށާއި، އެހެންނޫންނަމަ އެ މައްސަލަ ބެލުމުގެ ކުރިން އެ މައްސަލަގައި ހިމެނޭ މައޟު ޢިޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ކުރިއާލައެދާއިމޮޙިމާޔަތް ދެވުނުކަމަށ ވާނެކަމަށް ވެސް ދިވެހިރާއްޖޭގ ސޕްރީމު ކޯޓުގް އިސްވެ ބަޔާންކށްފައިވޮ ޤަޟިއްޔާގައިކަނޑއަޅާފައިވާކަނަ .
9.2. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލޫމައީޟު ޢާދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އެއްވެސް ފަރާތަކަށް ނުރައްކަލެއް އަދި ގެއްލުމެއް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލައި ނުރައްކަލްއި ގެއްލުން ވަޒަންކުރުމުގައ ބޭނުންކުރި ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުކަމަށުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނޓ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނޓ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް" ( ޤޟަ އްޔާގައި ކަނޑައަޅާފައިވާކަމށާއި،ވަގުތީ އަމުރު ނެރުމަކާނުލައި އަސްލޫމައާޟުޢ ދަޢުވީ ލަސްވެގެން ހނގައްޖެނަމ ކުރިމަތިވެދާނެކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 30 ސެޕްޓެންބަރު 2024 ގެ "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ގެ 4 ވަނަ ނުކުތާ އާއި 12 ވަނަ ނުކުތާއިން ފެށިގެން 17 ވަނަ ނުކުތާގެ ނިޔަލަށް ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެކަމަށާއި، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގައި މައްސަލައިގައަހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭކަމަށް އެ ޤި ޟްއްޔާގައ ކަނޑައަޅާފައިވާކަނ.
9.3. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރ 147/VTR/2024 މައްސަލައަކީ އެފް.އެސް.އެމްގައި ޢޡިމްޙަބީބުއަދާކުރަމުންދިޔަ ވަޒީފާއިން އޭނާވަކިކުރުމ ގުޅިގެނާ އެ ކުންފުންޏަށް ރައްދުވާގޮތަށް ޢޡިމ ޙަބީބުހުށަހަޅާފައިވާ މައްސަލައަކަށްވާތީ،ޢޡިމީޙަބީބުނެރެދިނުމަށް އެދިފައިވާ ފަދަ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު އަދި ހައިޡިއްޔަތު އޭނާއަށް ޤާނޫނީގޮތުން ލިބިގެންވާކަމުގައި ބެލެވޭކަން.
9.4. އެފް. އެސް.އެމްގައްޢ ޡިމިޙަބީބުއަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރާ އިޢާދަކޮށްދިނުމަށް މ މައްސަލައިގައި ޢާޡިމް ޙަބީބު އެދިފައިވހިނދު،ޢާޡިމޮ ޙަބީބުވަޒީފާއިން ވަކިކީށީ ފައިވަނ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ފެނިއްޖު ހިނދެއްގައި،ވަޒީފާއާބެހޭ ޓްރައިބިއުނަލނު އަމުރެއް ނެރުމުގައި ފުރަތަމާބަލަންވާނީޢޡިމު ޙަބީބުވަޒީފާއިން ވަކިކުރިއިރު ހުރް ވަޒީފާގައި އަލުންބެހެއްޓުމަށކަނ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ށ( އަށް ރިޢާޔައްކުރުމުން އެނގެން އޮތުމުން،ޢޡިމޭޙަބީބުއަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވާކމުގައ ދެކޭކަން.
9.5. ވަޒީފާއިން ވަކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައެޅޭ ޙާލަތުގައި، ވަޒީފާއަށް އަނބުރާ އިއާދަކުރުން ފިޔަވައި ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެން ފަރުވާއެއް އޭނާއަށް ލިބިދިނުމުގެ އިޙްތިމާލާއޮތްއިރު،އެކަށީގެންވާ ސަބަބެއް ނެތި ވަޒީފޭއެނ ވަކިކުރުމުން މުވައްޒަފަށް ލިބިދޭ ޤާނޫނި ޙައްލުތައް ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދަ އަމުރެއް ނެރޭއިރުބަލަންޖެހޭކަމަށް އެމާއްދާގައ ބަޔާންކުރާ ކަންކަމަކީ މައްސަލަ މައް ޟޫޢީގޮތުންބަލައިގެން މެނުވީ ފައްޞަލާކުރެވޭނެ ކަންކަމެއި ނޫންކަން.
9.6. އެފް.އެސް.އެމްގައި ޢާޡިމް ޙަބީބު އަދާކުރަމުންދިޔަ ވަޒީފާއަކީ މުއްދަތު ކަނޑައެޅިފައިވާ ވަޒީފާއެއްކަމާމެދު މި މައްސަލައިގައި ޚިލާފު އުފެދިފައިވާތީ، އެ ކަމަކީ މިމައްސަލ މައުޟޫޢީގޮތުން ބެލުމަށްފަހު ފައިސަލާކުރަންޖެހަ ކަމެއްކަމަށާއި،އަދި އެކަމާ މެދު އެ މަރުޙަލާގައި ގޮތެއް ކަނޑައަޅައިފިނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަނާޤަޝިއްޔާގައި ބަޔާންކޮށްފައިވޭފަދައިނ މައްސަލް ބެލުމުގެ ކުރިން މައްސަލައިގައ ހިމެނި މައުޟޫޢަހައްޤަށ ނުވަތް ޤާނޫނަ މަރުކަޒަކަށް ކުރިއާލައި ދާއިމީ ޙިމާޔަތް ދެވުނީކަމުގައި ބެލެވޭނެކަމަށާއި، ވަޒީފާއާބެހް ޓްރައިބިއުނަލުން މި މައްސަލަ މައުޟޫޢީގޮތުން ބެލުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވާނަ މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، އެފް.އެސް.އެމްގައި ޢޡިމްޙަބީބު އަދާކުރަމުންދިޔަ ވަޒީފާއަށް އެހެން ފަރާތެއް ޢައްޔަންކޮށްފިކަމުގައިވާނަމަ، އެފަދަ އަމުރއެ ތަންފީޒުކުރުމަށް ދަތިވެގެންދާނެތީ،ޢޡިމި ޙަބީބުއެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީދަޢުވާ ކުރިއަށްގެންގޮސްފިނަމަ އޭނާއަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތްކަމުގައި ބެލެވޭކަނ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 200-VTR/VA/2024/36 "ވަގުތީ އަމުރަށް އެދުނު މައްސަލައިގައް ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ނިންމުންއިސްތިއުނާފުކުރުމަށ އެދީއެފް.އެސް.އެމްގެ ފަރާތުން ހުށަހަޅާފައިވަނީ 02 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
10.1. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނި މާއްދާ މާނަކުރުމުގައި ގޯހެއްހަދާފައިވާކަމަށ ބުން ހުށަހެޅި ނުކުތާއާއި، އަދ
10.2. ވިގުތ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަނެޤަޟިއްޔާގައ ކަނޑައަޅާފައިވި ޝަރުޠުތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްއެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނޓ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/71 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރ( ވ. ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާއި، އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ ވަގުތީ އަމުރެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްސީލުކުރަމުން އެފް.އެސް.އެމްގެ ފަރާތުން ބުނެފައިވަނީވަޒީފާއާބެހ ޤާނޫނުގެ 29 ވަނަ މާއްދާގެ )ށ( އާ ޙަވާލާދީ ވަޒީފާއާބެހާޓްރައިބިއުނަލްގެ ނިންމުމުގައި އެކަށީގެންވާ ސަބަބެއ ނެތް ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލުތައް ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، ވަޒީފާއިންވަކިކޮށްފައިވަނީއެކަށީގެންވުސަބަބެއ ނެތިކަމަށް ފެނިއްޖެ ހިނދެއްގައި ވަޒީފާއާބެހޭ ޓްރައިބިއނަލުނެއަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އޭނާ ވަޒީފާއިން ވަރިކުރިއިރ ހުރު ވަޒީފާގައި އަލުން ބެހެއްޓުމަށްކަނ ވަޒީފާއާބެހް ޤާނޫނުގެ 29 ވަނަ މާއްދާގެ )ށ( އަށް ރިޢާޔަތްކުރުމުން އެނގެން އޮންނަކަމުގައެވެ.
12އެހެނަސް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނި މާއްދާގަ )ށ( އެއްކޮށް ކިޔުމުން ދޭހަވަނީ އެހެން މާނައެއްކަމަށާއި، އެ މާއްދާގައި "ނުވަތަ" ބޭނުންކޮށްފައިވުމުން އެ މުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ އެ ވަޒީފާއާގުޅޭ ނުވަތަ އެނޫންވެސް އނާއ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެކަން އެނގޭކަމުގައެވެ.
13މ މައްސަލި ބެލުމުގައި ފުރަތަމަ ބަލަންވާނީ "އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް" ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، މިގޮތަށް މާނަކުރުމުގެ ޖާގައެއްނެތްކަމުގައެވެ.
14ވަޒީފާއާބެހޭ ޤާނޫނުގެ 29 ވުނ މާއްދާގަ ދަށުން އަމުރެއް ނިރެމުގައި ބަލަންޖެހޭކަމަށް އެމާއްދާގައ ބަޔާންކުރާ ކަންކަމަކީ މައްސަލަ މައުޟޫޢޫގޮތުނ ބަލައިގެން މެނުވީ ފައިސަލާކުރެވޭނެކަމެއް ނޫންކަމަށް ނިންމުމުގައި ފާހަގަކޮށްފައިވާއިރު، ވަޒީފާ އަނބުރާ އިއާދަކުރުމަށް ނިންމޭނީ މައްސަލަ މައުޟޢޫ ގޮތުން ބަލައިގެންކަމުގައެވެ.
15ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/12 އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާޤަޟިއްޔާގައ މައްސަލި ހުށަހަޅަ ފަރާތަށް ޙައްލެއް ހޯދައިދެވޭނީ އެ މުއްވަޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ސާބިތުވެއްޖެނަމަކަމަށާއި،ވަޒީފާރުޖޫއަކުރުމުގޫ ޙައްލަކީ، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވ އަސާސީ ޙައްލުކަމުގައިވީނަމަވެސް، ވަޒީފާއަށް ރުޖާ އެ ނުކުރެއްވިއްޖެ ޙާލަތުގައި އެ ވަޒީފާއާ އެއްފެންވަރެއްގ ވަޒީފާއެއް ދިނުމަކީ އަދުލުވެރި ޙައްލެއް ކަމުގައި ފާހަގަކޮށްފައިވާކަމުގައެވެ.
16އެހެންކަމުން، އޭނާ ހުރި މަޤާމު ނޫން އެހެން މަޤާމެއް ދިނުމަށް ހުރަހެއް ނެތްކަން ވަޒީފާއާބެހޭ ޤާނނުގ 29 ވަނަ މާއްދާ އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގޭކަމުގައެވެ.
17ދެވަނަ އިސްތިއުނާފީ ނުކުތާތަފްސީލުކުރަމުން އެފް.އެސް.އެމްގެ ފަރާތުން ބުނެފައިވަނީ ވަގުތީ އަމުރަކީ ނުވަތަ ވަގުތީ ފިޔަވަޅަކީ މައުޟޢްހައްޤަށް ޤަޟާއީހިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައ ވީހައިވެސ ކުޑަކުރުމަށް އަޅާ ފިޔަވަޅެއްކަމުގައެވެ.
18އަމުރަކަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ 03 )ތިނެއް( ޝެރުޠ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގް ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަނީ ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް ނިންމާފައިވަނީ ވަޒފާއާބެހ ޤާނޫނުގެ 29 ވަން މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، އެފް.އެސް.އެމުގައ ޢާޡިމް ޙަބީބްއަދާކުރަމުންދިޔަ ވަޒީފާއަށް، އޭނ އަނބުރާ އިއާދާ ކޮށްދިނުމުގެ އަމުރެއް ނެރެދިނުމުގެ އިހުތިމާލު އޮތުމުންކަމަށާއި، އެހެނ ފަރާތެއް އެ މަޤާމަށްޢޫއްޔަންކޮށްފިނަމ އެފަދަ އަމުރެއް ތަންފީޒުކުރުމަށް ދަތިވެގެންދާނެތީކަމަށާއި، ވަގުތީ އަމުރެއް ނެރުމަކާނުލައި އަސްލު މައުޟޢޫ ދަޢުވި ކުރިއަށް ގެންގޮސްފިނަމަ އޭނާއަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތްކަމުގައި ބަލައިގެންކަމުގައެވެ.
19މިފަދައިން ނިންމާފައިވަނީ އެފް.އެސް.އެމްގެ ފަރާތުން ވަގުތީ އަމުރުގެ ޖަވާބުގެ 04 ވަނީ ނުކުތާގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްނުކޮށްކަމުގައެވެ. އޭނާ ހުރި މަޤާމަށް އިއާދަނުކުރެވުނ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައ ކަނޑައަޅާފައިވި ވަގުތާ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢޮ ދަޢުވާ ލަސްވެގެން ހިނގައްޖެނަމ އިއާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ޙާލަތެއް އަތް މައްސަލައެއްކަމަށް އެފް.އެސް.އެމްގެ ފަރާތުން ޤަބޫލުނުކުރާކަމުގައެވެ.
20ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނޓ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/71 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރ( ވ. ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާއާ ޙަވާލާދީ ބަޔާންކޮށްފައިވަނީ ވަގުތީ އަމުރަކަށް އެދިފައިވުމަކީ އޭގެ ޒާތުގައި އެފަދަ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނޫންކަމަށާއީމ، މައްސަލައަށް ބަލާއިރު ވަގުތީ އަމުރެއް ނެރެ ނުދީ ޢާޡިމް ޙަބީބުއަށް ގެއްލޭނެ ޙައްޤެއް ނެތްކަމަށާއި، ނުވަތަ އިއާދަ ނުކުރެވޭނެ ގެއްލުމެއް ނެތްކަމުގައެވެ.
21ޢާޡިމް ޙަބީބުހުރި މަޤާމު ނޫނަސް، އެ މަޤާމާ އެއްވަރުގެ އެހެން މަޤާމެއް ދީފިނަމަޢާޡިމް ޙަބީބުއަށ ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމުގައެވެ. ޢާޡިމް ޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެ ކަނޑައަޅް ޙާލަތުގައި، އޭނާ ހުރި މަޤާމާ އެއްވަރގު އެހެން މަޤާމެއް ދެވިދާނެކަންވެސް ވަޒީފާއާބެހޭ ޤާނޫނަށ ބެލުމުން އެނގޭކަމގައެވ.
22އެހެންކަމުން،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުޠެއް މި މައްސަލައިގައި ފުރިހަމަނުވާއިރު، އެފަދަ އަމުރެއް ނެރެދެވޭނެކަމަށް އެފް.އެސް.އެމްގެ ފަރާތުން ޤަބޫލުނުކުރާކަމުގައެވެ.
23އިސްތިއުނާފުކުރާ އެފް.އެސް.އެމްގެ ފަރާތުގެ އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 147/VTR/2024 މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ އަމުރު ބާޠިލުކުރުމަށެވެ.
24ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިޢާޡިމެޙަބީބުގީފަރާތުނ ބުނެފައިވަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށާއި، މި މައްސަލައިގައެވަޒީފގާއެއްބަސްވުމަކ ދާއިމީ އެއްބަސްވުމެއްކަމާމެދު ސުވާލު އުފެދިފައިވޭއިރު،ވަޒީފާއާބެހޫޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ އެކަމާމެދު ފައިސަލާކުރަނިވި ގޮތެއް ނިންމޭނީ މައްސަލަ މައުޟޢޫގޮތުން ބަލަމުންދާއިރުކަމަށާއި، މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން އެކަމާމެދު ވަގުތީ އަމުރެއްގެ ތެރެއިން ގޮތެއް ނިންމުމަކީ ކުރިއާލާ މައްސަލަ ބެލުމުގެ ކުރިން މައްސަލައިގެ މައުޟޢްޙައްޤަކަށ ނުވަތް ޤާނޫނަ މަރުކަޒަށް ދުރާލާ ހިމާޔަތް ދިނުން ކަމުގައެވެ.
25މައުޟޫ ޢެގޮތުނ މައްސަލް ބެލުމުގައި ވަޒީފާއާބެހޭ އެއްބަސްވުމާއި ގުޅޭ ގޮތުން އޮތް ޚިލާފމެދު ދާ ފަރާތުން ބަހުސްކޮށް، އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއްކަމަށް ނިންމުމުގެ އިހުތިމާލު އޮތްކަމަށާއި، އެ ޙާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ގޮތުން ލިބިދޭން ފަރުވާގެ ތެރޭގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ވަޒީފާ އިއާދަކުރުން ހިމެނޭކަމަށާއި، އެހެންކަމުން ވަގުތީ އަމުރު ނުނެރުމަކީ އެ ޙައްޤަށް އުނިކަން އަންނާނެކަމެއްކމުގައި ފާހަގަކޮށްފައިވާކަމުގައެވެ.
26އެހެންކަމުން، މި ކަންކަމަށް ރިޢާޔަތްކުރުމުން، އިސްތިއުނާފުކުރެވޭ ވަގުތީ އަމުރު ނެރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކޮށްފައިވަނީ ގސްކޮށްކަމުގައި ބެލޭނެ ސަބަބެއް ނެތްކަމުގައެވެ.
27ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިޢާޡިމުޙަބީބ ފަރާތުނު ބުނެފައިވަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/287 ދިގުފަރު އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ތަހްސީނު ޤަޟިއްޔާގައިވަނީ އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ނަގައިދިނުމުމުގައ އެންމި އަދުލުވެރި ބަދަލަކީ އެ މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުންކަމަށާއި، މި މައްސަލައިގައި ވަގުތީ އަމުރު ނެރެފައިވ ނ ޢޡިމުޙަބީބު އަދާކުރި ވަޒީފާއަށް މުވައްޒަފަކުޢުއްޔަންނުކރުމަށްކަމަށާއި، އެއްވެސް ޙާލެއްގައި ވަގުތީ އަމުރު ނެރެފައިވަނީ ވަޒީފާގެ އެއްބަސްވުމާއި ގުޅޭ ގޮތުން ނޫންކަމުގައެވެ.
28މ ވަގުތީ އަމުރު ނެރެފައިވަނީ އެފް.އެސް.އެމްގެ ފަރާތުން އެ ފަރާތަށް މި ވަގުތީ އަމުރު ނެރުމުގެ ސަބަބުން ގެއްލުމެއްނުވާނެކަމަށ މައްސަލް ބަލަ މަޖިލީހުގައި ބުނެފައިވާތީކަމަށއި،އެ ފަރާތުން ބުނެފައިވަނީ އ މަޤާމު ރިޑަންޑަންޓްކޮށްފައިވާތީ އެ މަޤާމަށް މީހަކު ނުނެގޭނެކަމަށާއި، މަޤާމަށް މީހަކު ނުނެގުމަށް އަންގައި ވަގުތީ އަމުރެއް ނެރުނުކަމުގައިވީނަމަވެސް ނތީޖައެއް ހާސިލުނުވާނެކަމުގައެވެ. އެހެންކަމުން، މަޤާމަށް މީހަކު ނަގާފާނެކަމުގެ ބިރު ނުވަތާއިޙްތިމާލ އޮތް ޢޡިމ ޙަބީބުއަށް ކަމުގައެވެ. އެ ފަރާތުގެ ޙައްޤު ހިމާޔަތްކުރެވެނ އޮތް އަމުރެއް ނެރެގެންކަމުގައެވެ.
29މ މައްސަލައިގައި ޢޡިމާ ޙަބީބުއަށ ޤާނޫން ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޢޫ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އެބަ އޮތްކަމަށާއި، އެހެނީ އެ މަޤާމަށް މީހަކު ނެގުމުގެ އިޙްތިމާލެއޮތުމުންކަމަށާއި، ވަގުތީ އަމުރެއް ނުނެރީއަސްލު މައުޟޢޫދަޢުވާ ލަސްވުމަކީ އެ މަޤާމަށް އެހެން މީހަކުޢއްޔަންކުރުމުގ ފުރުޞަތު ލިބިދޭނެކަމެއްކަމަށާއި، އެކަމުގެ ސަބަބުން ޢޡިމާ ޙަބީބުގެ ޙައްޤު ގެއްލިގެންދާނެކަމަށާއި، އެއީ އެ ފަރާތަށް ލިބޭނެ ގެއްލުމެއްކަމުގައެވެ.
30އެހެންކަމުން، ވަގުތީ އަމުރު ނެރެފައިވަނީ މަތީ މަރުޙަލާގެކޯޓުތަކުގ ނިންމުންތަކާއި ޚިލާފަށްކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތްކަމުގައެވެ.
31އިސްތިއުނާފު ރައްދުވާ ޢާޡިމް ޙަބީބުގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 147/VTR/2024 މައްސަލައިގެ ވަގުތީ އަމުރު ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
32މ އިސްތިއުނާފުގައި އެފް.އެސް.އެމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު 02 )ދޭއް( ކަމަކާ ގުޅިގެންނެވެ. އެއީ
32.1. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރުމުގައި ވަޒީފާއާބެހް ޓްރައިބިއުނަލުން ގޯހެއް ހަދާފައިވޭތޯއާއި، އަދ
32.2. ވަގުތީ އަމުރު ނެރެފައިވަނީ ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަންޤަޟިއްޔާއާއި،އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނޓ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑެޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގ◌ ދްވެހ ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރ( ވ. ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރުމުގައި ގޯހެއް ހަދާފައިވޭތޯ
33މ ނުކުތާގައިއެފް.އެސް.އެމްގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގި)ށ( ގައު"ނުވަތަ" ބޭނުންކޮށްފައިވުމުން މުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ އެ ވަޒީފާއާގުޅޭ ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެކަން އެ މާއްދާ އެއްކޮށް ކިޔުމުން ދޭހަވކަމުގައެވެ.
34އެހެނަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުނީ މި މާއްދާއަށް ޙަވާލާދިނުމުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށް ގެންވާ ސަބަބެއް ނެތިކަމަށް ފެނިއްޖެ ހިނދެއްގައި ވަޒީފާއާބެހޭ ޓްރައިބިއނަލުންއަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އޭނާ ވަޒީފާއިން ވަރިކުރިއިރ ހުރު ވަޒީފާގައި އަލުން ބެހެއްޓުމަށްކަނ މި މާއްދާއަށް ރިޢާޔަތްކުރުމުން އެނގެން އޮތްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކުރިނަމަވެސް، ޤާނޫނާއި ޚިލާފަށް މީހަކުވަޒީފާއިން ވަކިކުރާ ޙާލަތުގައި،އޭނުހުރި މަޤާމު ނޫން އެހެނީ މަޤާމެއް ދިނުމަށް ހޫރަހެއ ނެތްކަން ވަޒެފާއާބެހޭ ޤާނނުގ 29 ވަނަ މާއްދާއިން އެނގޭކަމުގައެވެ.
35ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދގާ )ހ( ގައިވަންމުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށާވަޒީފާއާބެހިޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައެ ބިއުނަލުނ އަމުރް ނެރެންވާނކަމުގައެވެ. އެއީ،
1. އްމުވައްޒަފަކ ކުރިނު އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛
2. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވ ނުވަތާ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ޝަރުޠުތަކާއި މާއްދާތަކަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛
3. މި ޤާނޫނުގެ 29 ވަނަ މާއްދާގެ )ރ( ގައިވާ ގޮތުގެމަތިން، ބަދަލުދިނުމަށް އަމުރުކުރުން؛ މިއެވެ.
36ޕްރިސިޑެންސް 1ވަޒީފާއާބެހޭޓްރައިބިއުނަލުނ އަމުރެއް ނެރުމުގައި، ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށކަމަށާއި، ނުވަތަ އެވަޒީފާއާގުޅޭ، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފީއެއްގައި ބެހެއްޓުމަށެކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ. މިފަދައިން ބެލުމުގައި، ވަޒީފާއިން ވަކިކުރެވުނު ޙާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވ މުވައްޒަފަކީ ކުރު ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މެންވަރަށ ރިޢާޔަތް ކުރަންވާނެކަމުގައި އްމާއްދާގައި އިތުރަށް ތަފްޞީލުކޮށްފައިވެއެވެ.މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހުނީ، އޭނާގެވެސ ކޮންމެވެސް މިންވަރެއްގެ ހިއާސާއެއްއޮތްކަމަށ ނުވަތް ކޮންމެވެސް ވަރަކަށް އޭނާ ފަހިކޮށްދިން ކަމެއްގެ ސަބަބުންކަމަށް، ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެމުވައްޒަފަކަށް ވަޒީފާ އަނބުރާ ދިނުމަށްކުރާ އަމުރުގެ ތެރޭގައި، އެމުވައްޒަފަކުއުފުލަންޖެހޭ ކޮންމެވެސް މިންވަރެއްގެޢުޤޫބާތެއްވެސ ހިމެނިދާނެކަނ އ މާއްދާގެ )ނ( އަށް ބެލުމުން އެނގެއެވެ.
37އިސްވެ ފާހަގަކޮށްފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާޙަވާލާދީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވަނޫވަޒީފާއިން ވަކިކޮށްފައިވަނީމައުޟޢ އަދުލުވެރިކަން ޤއިމުނުކޮށް އެކަށީގެންވާ ސަބަބެއް ނެތިކަމަށާފެނިއްޖެނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށްކަނ އީ މާއްދާގެ )ށ( އަށް ރިޢާޔަތްކުރުމުން އެނގެން އޮންނަ ކަމުގައެވެ. އެފް.އެސް.އެމްގެ ފަރާތުން އުފައްދާ ޖަދަލަކ އ މާއްދާ މާނަކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިފަދައިން ބަޔާންކުރާ ކުރުމެވެ.
38ބުނެވިދިޔަމާއްދާއަށް މަތީ މަރުޙލާގަ ކޯޓުތަކުން ދީފައިވާ ތަރުޖަމާއަށް ބަލާއިރު،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންކުރަނީ ވަޒިފާއާބެހޭ ޤާނޫނުގެ 29 ވަނީ މާއްދާގަ )ށ( އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުންކަމަށާއި،މ މާއްދާގައި ބުނު އަސާސާ ހައްލުގެ މާނައަކީ އިސްތިސްނިޙާލަތެއްނެތްނަމަ، އެ މުވައްޒަފަކު ވަކިކުރި އިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުންކަމަށާއި، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުންކަމުގައެވެ.
39މިގޮތުން ވަޒީފާއިން ވަކިކުރި އިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ހައްލެއް ކަމުގައިވާ، ވަކިގޮތަކަށޢްމަލުކުރުމުގ އަމުރެ އެއާ ސިފައެއްގެ އަމުރެއްކަމަށާއި، އެހެންކަމުން އަދާލަތުގެ ހައްލެއް ކަމުގައިވާ، ވަކިގޮތަކަށްޢްމަލުކުރުމުގ އަމުރެ އެއްފަދައިން، ވަޒީފާއިން ވަކިކުރިއިރ ހުރު ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ބައެއް ޙާލަތްތައް ހުންނާނެކަމަށާއި، އެކަނ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވެނ މާއްދާގަ )ށ( ގެ ފަހު ޖުމްލައިން ސާފުކޮށް އެނގޭކަމުގައި މި ޤަޟިއްޔާގައި ބަޔާންކުރެއެވެ.
40އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފުން، އަދާކުރަމުންދިޔަ ވަޒީފް އަށް ރުޖޫއަކުރުމަކާ އެ ފަރާތަށް ދެވޭ އަސާސީ ހައްލުކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ މައްސަލަތަކުގައި ފާހަގަކޮށްފައިވެއެވެ.މިއީ މިހާރުޤާނޫނީ ދުސްތޫރުގައ އިސްތިޤްރާރުވެފައިވ ހަމައެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު( ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/67 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. މުޙައްމަދު ޢަބްދު ﷲ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/35 )އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/12 )އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދަރާ( ޤަޟިއްޔާ ފާހަގަކުރަމެވެ.
41ބަޔާންކުރަނިވި ޤަޟިއްޔާތަކުން ހާމަވެގެން ދަނީ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެ ފަރާތުން ވަޒެފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފްއަށް ރުޖޫއަކުރުމަކީ، އ ފަރާތަށަ ދެވޭ އަސާސީ ޙައްލުކަމުގައިވީނަމަވެސް، މިފަދައިންޢިމަލުކުރުމަށް ހުރަސްއަޅާ ބައެއް ޙާލަތްތައް ހުންނާނެކަމުގައެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރއިރ ހުރު ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމީގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ އެކމަކަޢަމަލީގޮތުން ކުރެވެން އޮތް ކަމެއްތޯ ބލަންވާނެކަމުގައެވެ.
42މާގޮތުންވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކަށްއަލުން ވަޒީފާ ދިނުމުގައި ހުރަސްއަޅާ އަދި ބާރުއަޅާ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.މިކަމަށް ވަޒފާއާބެހީ ޓްރައިބިއުލްގެ ނިންމުމުގައިވެސް ޙަވާލާދެއެވެ.
43އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 200-VTR/VA/2024/36 ވަގުތީ އަމިރަށު އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ގުޅު ގޮތުން އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަންކަމުގައި ޤާނޫނީ ގޯހެއް އޮތްކަމަށް ނުދެކޭހިނދު، މއ މަތީ މަރޙަލާގ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި އެއްފަދައަކުން ދީފައިވާ މާނަކުރުމެއް ކަމުގައި ދެކެމެވެ. މި އުޞޫލުވަނީ އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/36 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު( ޤަޟިއްޔާގައި ތަޠުބީޤުކުރައްވައި، އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގައި ބެލުނު އެތަކެއް މައްސަލަތަކުގައި، މިންގަނޑެއްގެ ގތުގައ ބޭނުންކުރެވިފައިވެއެވެ. މިކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/36-200 )30 ސެޕްޓެންބަރު 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލނު ނިންމް ގޮތް" ނިންމުމުގެ 15 ވަނަ ނުކުތާގައި ޙަވާލާދެއެވެ. އަދި މިކަންބެލެވިގެންދާނީ މައުޟޢޫ މައްސަލައިގެ ތެރެއިންކަންވެސް މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ. މަތީ މަރި ޙު ލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާއި ޚިލާފުވޭތޯ
44ޕްރިސިޑެންސް 2ވަގުތީ އަމުރު ނެރުމުގެ ބާރު ވަޒީފާއާބެހޭ ޓީ ރައިބިއުނަލްށް ލިބިދެނީ ގަވާއިދު ނަންބަރ 2022/R-14 ވަޒީފާއާބެހޭ ޓްރައިބއުނަލްގ ގަވާއިދެ )މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު"( ގެ 16 ވަނ މާއްދާގަ )ހ( އިންނެވެ. އެމާއްދާގައިވަނީވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަޞްލަޙަތަށް އުނިކަމެއް ލިބިދާނެކަމަށް، މައްސަލޭ ބަލަ މަޖިލީހަށް ފެނިއްޖެނަމަ، މައްސަލައިގެ ވާޤީޢާތުތަކަށ ރިޢާޔަތްކޮށް ވަގުތީ އަމުރެއް ނެރުމުގެ އިޚްތިޔާރު، ވަޒީފާއާބެހޭ ޓރައިބިއުނަލަށް ލިބިގެންވކަމުގައެވެ.
45ޕްރިސިޑެންސް 3ވަގުތު އަމުރެއް ނެރުމުގައި ބަލަންޖެހޭ އާންމްޝަރުޠުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.އެ ޝަރުޠުތަކަކީ:
1. ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،
2. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،
3. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.
46ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ މައިގަނޑު ކަންކަމަކީ:
1. ބޯލެންސ އޮފް ކޮންވީނިއަންސްއަށް ބަލައި، އެންމެހާ ފަރާތްތަކަށް ލިބޭ ގެއްލުން ވަޒަންކުރާއިރު، ބެލެންސް އޮފް ކޮންވީނިއަންސް ބުރަވަނީ ކޮން ފަރާތަކަށްތޯ؛
2. މައްސަލައިގެ މައުޟޫއާމެދު ގޮތެއް ނިންމުމުގެ ކުރިން ޚުޞޫމާތު އުފެދުމާއި ހަމައަށް އޮތް ޙާލަތު ނުވަތަ ސްޓޭޓަސް ކޯ ދަމަހައްޓަން ޖެހޭތޯ؛
3. އިސްތިއުނާފ ކާމިޔާބު ވެއްޖެނަމަ، އިސްތިއުނާފީ މަރުޙަލާއިން ކުރެވޭ ޙުކުމުގެ ބޭނުން ކެނޑި ބޭކާރުވެގެން ހިނގައިދާނެތި ؛ އަދ
4. ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއަކަށް ވާނެތޯއެވެ.
47ޕްރިސިޑެންސް 4ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރުނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރާ ޝަރުޠުތަކަށް ޙަވާލާދީފައިވެއެވެ.މ މައްސަލައިގައި އިސްތިއުނާފުކުރި އެފް.އެސް.އެމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި އުފައްދާ ޖަދަލުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަންޤަޟިއްޔާގައި ބަޔާންކުރާ ޝަރުޠުތައް ކޯޓުން ރިޢާޔަތްކުރަންޖެހޭނެ ކަންކަން ކަމުގައި މި ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް މި ކޯޓުގެ ނަންބަރު 2022/HC-A/173 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރ 95-B6/CHT/2022/5323 )09 ނޮވެންބަރު 2022( އަމުރުގައިވެސް ޙަވާލާދީފައިވެއެވެ. ބެލެންސް އޮފް ކޮންވީނިއަންސްއަށް ބެލުމުގައި ޢަމަލުކުރާނެ ގޮތާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 )އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސް )މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް(( ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ހަމައެކަނި އަމުރަށް އެދް ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށްނުވާނެކަމަށާއި، ބެލެންސް އޮފް ކޮންވީނިއަންސް (balance of convenience) ޓެސްޓުގައި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެކަމުގައެވެ. މައްސަލައިގައް ހިމެނި އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރުމުގައި، ގެއްލުމާއި އުދަނގޫ ދެފަރާތަށްވެސް އެއްމިންވަރަކަށ ލިބޭނެކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ކޯޓުން ބަލަންޖެހޭނީ ދަޢުވާ އުފުލުނު ކަންތައް ނުވަތަ ޚުޞޫމާތު އުފެދުމާއި ހަމައަށް އޮތް ޙްލަތުގައ ނުވަތި މިހާރު އެއޮތް ޙާލަތުގައި ބޭއްވުމުގެ މައްޗަށ (maintain the status quo) ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/305 )ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު( ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ކަމުގައި މި ނިންމުމުގެ 54 ވަނަ ނުކުތާގައި ބަޔާންކުރާ ޝަރުޠުތަކުގެ ތެރެއިން 2 ވަނަ ޝަރުޠާއި އަދި 3 ވަނަ ޝަރުޠާއިގުޅިގެން ނިންމާފައިވާ ނިންމުމަށް ކަމަށްވުމުން،މި އިސްތިއުނާފުގެ ބޭނުމަށް ޖަވާބެއްދޭނީ މ 02 )ދޭއް( ޝީރުޠުގައިވާ ކަންކަމާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެ ނިންމުނާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާއި ފުށުއަރާތޯ ނުވަތަ ނޫންތޯއެވެ.
48ޕްރިސިޑެންސް 5މި 02 )ދޭއް( ޝަރުޠުގެ ތެރެއިން، ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙީތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއ ގުޅިގެނި ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޢަ އަދުލުވެރިކަން ޤާއިމުނުކޮށް އެކަށީގެންވާ ސަބަބެއް ނެތިކަމަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރތަމަބަލަންވާނީ އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރީ ވަޒީފާގައި އަލުން ބެހެއްޓުމެށްކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަން މާއްދާގަ )ށ( އަށް ރިޢާޔަތްކުރުމުން އެނގެންއޮތުމުން، ޢާޡިމޫޙަބީބީ އަށު ޤާނުނީގޮތުން ހިމާޔަތްލިބެންޖެހޭ މައުޟޢޫ ޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމުގައި ދެކޭ ކަމުގައެވެ.
49އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފުން، އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމަކީ އެ ފަރާތަށް ދެވޭ އަސާސީ ހައްލުކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކުން އެނގޭހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ގުޅޭ ގޮތުން އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަންކަމުގައި ޤާނޫނީ ގޯހެއް އޮތްކަމަށް ނުދެކޭކަން އިސްވެ ބަޔާންކުރެއްވިއްޖެއެވެ. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން
50ޢާޡިމްޙަބީބުއަށް ޤާނުނީގޮތުން ހިމާޔަތްލިބެންޖެހޭ މައުޟޫޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އިޙްތިމާލްފާޅުކަނ ބޮޑް ގޮތެއްގައި ޤާއިމުވެގެންވކަމަށާވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ވާސިލުވި ސަބަބުތައް މަތީ މަރުޙަލާގީކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ތައާރުޟުވޭތޯ ބަލާއިރު، ވަޒްފާއާބެހޭ ޓްރައިބިއުނަލަށް ޢާޡިމް ޙަބީބުހުށަހަޅާފައިވާ މައްސަލައިގައި ޢާޡިމް ޙަބީބުއަދާކުރަމުންދިޔަ މަޤާމ ނުވަތު އެ މަޤާމާ އެއްވަރުގެ މަޤާމެއް ހަމަޖައްސްއްދިނުމަށ ޢާޡިމްޙަބީބުގެ ފަރާތުނ އެދިފައިވެއެވެ.
51މ ޙާލަތުގައި އެފް.އެސް.އެމްގައި ޢާޡިމް ޙަބީބުއަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރާ އިއާދަކުރުމަށް އަމުރު ނެރުމުގެ އްޙްތިމާލަ އޮތްއިރު، އޭނާ އަދާކުރަމުންދިޔަ މަޤާމަށް އެހެން ފަރާތެއޢާ އްޔަންކޮށްފިނަމަ، އެފަދަ އަމުރެއް ތަންފީޒުކުރުމަށް ދަތިވނެކަނ ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
52މ ޙާލަތުގައި ފެންނަން އޮތް ޙަޤީޤަތަކީ ޢާޡިމާޙަބީބު ގެ ފަރާތުން އެދޭ ކަންތައްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ ލިބުމަށް އެދިފައިވާއިރު، މި މައްސަލައިގައި ގޮތެއް ނިމޭއިރު ވަޒީފާ އަނބުރާ އިއާދަކުރުމަށ ނިމިގެންދްޙާލަތެއްގައި އެ މަޤާމަށް މީހަކު ނެގުމުގެ ފުރުޞަތު ފަހިވެފައި އޮވެމެ، އަދި އެ މަޤާމަށް މީހަކު ނެގިފައިވުމަކީ އެފަދަ ނިންމުމެއް ތަންފީޒުކުރަން އެޅިދާނެ ހުރަހެއް ކަމެވެ.
53ޢާޡިމް ޙަބީބުހުށަހެޅ ހުށަހެޅުމުގައި އޭނާ އެދުނު ފަދައިން ވަގުތީ އަމުރެއް ނެރުމަކާނުލައި އެ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވާނެ ނުރައްކަލުގެ މައްޗަށް ރިޢާޔަތްކޮށްފައިވާ ގޮތާއި އެކަނ ވަޒަންކުރެވިފައިވ ގޮތަށާ ބަލާއިރު، އެފް.އެސް.އެމްގައ ޢާޡިމް ޙަބީބުއަދާކުރި ވަޒީފާއަށް އޭނާ އަނބުރާ އިއާދަކޮށްދިނުމުގެ އަމުރެއް ނެރުމުގެ އިޙްތިމާލައޮތްއިރު، އެ ވަޒީފާއަށް އެހެން ފަރާތެއް ޢްއްޔަންކޮށްފިނަމަ، ޢާޡިމެޙަބީބެއަށް އިއަދާނުކުރެވޭނު ގެއްލުން ލިބުމުގް ފުރުޞަތު އޮތްކަމަށާއި، ޢާޡިމް ޙަބީބުއެދިފައިވާ ފަދަ ވގުތަ އަމުރެއް ނެރެދީގެން އެފް.އެސް.އެމްއަށ ގެއްލުމެއް ނުވާނެކަމަށް އެފް.އެސް.އެމްއިން ބުނެފައިވާތީ، މި ޙާލަތުގައި ޢާޡިމް ޙަބީބުއެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދިނުމަކީ އެންމެ އަދުލުވެރި ގޮތްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
54ޕްރިސިޑެންސް 6ވަގުތީ އަމުރަށް އެދޭ ޙާލަތުގައި އެ ފިޔަވަޅު ނާޅައިފިނަމަ، މައްސަލަ ފައިސަލާކުރެވޭއިރު އެ ޙުކުމުގެ މަޤްޞަދު ހާސިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހަރުއްޖެއްނަމަ، ނުވަތަ މައްސަލައިގެ ހިމެނޭ ދެ ފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ، ވަގުތީ އަމުރު ނެރުމުގެ ބާރު ލިބިގެންވެއެވެ.
55ބިލެންސ އޮފް ކޮންވނީއެންސްގެ މިންގަނޑުން ގެއްލުން ވަޒަންކުރާއިރު، ޢާޡިމް ޙަބީބުވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތުގައިކަމަށްވާތީ އެ މަޤާމަށް މީހަކު ނެގުމުގެ މަސައްކަތް ކުރަމުންނުދާތީ، ޢާޡިމް ޙަބީބުއެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީގެން އެފް.އެސް.އެމްއަށް ގެއްލުމެއު ނުވާނެކަމަށް އެފް.އެސް.އެމް އިން ބުނެފައިވާއިރު، ވަގުތީ އަމުރު ނެރެނުދީފިނަމަ ޢާޡިމްޙަބީބި އަށު ޤާނޫނުން ކަށަވަރުކޮށްދީފައިވާ އަދާލަތުގެ ހަމަތަކާއި ގުޅިގެން އުފެދޭ ޙައްޤުތައް ލިބިދިނުމުގައި ހުރަސްތަކެއް ކުރިމަތިވެ، އިއާދަނުކްރެވޭ ފަދަ ގެއްލުމެއް ލިބްދާނެކަމަށ ޢާޡިމް ޙަބީބުބުނެފައިވެއެވެ. އެހެންކަމުން، ދެ ފަރާތުގެ ބެލެންސް އޮފް ކޮންވންއެންސްގެ ޙާލަތު ވަޒަންކުރާއިރު، ޢާޡިމްޙަބީބއަށު ލިބިދާނެ ގެއްލުން މި ޙާލަތުގައި ބޮޑުކަމަށް ދެކެމެވެ.
56އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފުކުރެވެފައިވި ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރ 200-VTR/VA/2024/36 )30 ސެޕްޓެންބަރު 2024( ނިންމުމަކީ، ވަގުތީ އަމުރު ނެރުމުގައި މަތީ މަރޙަލާގާ ކޯޓުތަކުން ކަނޑައަޅާފައިވެއުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމުގައި ދެކެމެވެ.
57އިސްވެ ބާޔާންކުރަނިވަ ކަންކަމަށް ބިނާކޮށް، އިސްތިއުނާފުކޮށްފައިވ ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 200-VTR/VA/2024/36 )30 ސެޕްޓެންބަރު 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
58ފަނޑިޔާރް ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
59ފަނޑިޔާރު ޙުޒައިފާ މުޙައްމަދގު ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
60މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި،އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައ މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ށ)، 29 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު)ގެ 16 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2021/R-63 (ވަޒީފާއާބެހޭ އާންމު ގަވާއިދު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 268 ވަނަ މާއްދާ، 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/67 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/35 (އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/12 (އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ)
- ހައިކޯޓުގެ ނަންބަރު 2015/HC-A/71 (ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ) ވ. ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ ނަންބަރު 2018/HC-A/305 (ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު)
- ހައިކޯޓުގެ ނަންބަރު 2018/HC-A/287 (ދިގުފަރު އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ތަޙްސީނު)
- ހައިކޯޓުގެ ނަންބަރު 2022/HC-A/173 (ނަންބަރު 95-B6/CHT/2022/5323 އަމުރު)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އާދަމް ޝަރީފް
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް