ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/570
ކ. ގުރައިދޫ ކައުންސިލް ވ. މުޙައްމަދު އިބްރާހީމް، 2016/HC-A/570
K. Guraidhoo Council v. Mohamed Ibrahim 2016/HC-A/570 (2016/HC-A/570, High Court of the Maldives, 28 February 2019)
ކ. ގުރައިދޫ ކައުންސިލް ވ. މުޙައްމަދު އިބްރާހީމް
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ކައުންސިލުގެ ނިންމުން ބާޠިލުކޮށް، 1 މަސްދުވަހުގެ ތެރޭގައި 50x40 ފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް ދިނުމަށް ކައުންސިލަށް އަމުރުކުރިއެވެ.
1991 ގައި ރަށު އޮފީހުން ދިރިއުޅެން 2 އަހަރު ދީ ބަންޑާރަ ގޯއްޗެއް ޙަވާލުކުރިއެވެ. ފާރު ރާނައިގެން ހުއްޓައި 1995 ގައި އެ ބިން އިންޖީނުގެ އެޅުމަށް ސަރުކާރަށް ނެގިއެވެ. ބަދަލުގައި ގޯއްޗެއް ނުލިބި، 2015 ގައި ކައުންސިލުން އެ ގޯތި ބާޠިލުކަމަށް ކަނޑައެޅިއެވެ.
ދައުލަތުން ބުނީ ޙުކުމް ކުރީ ގޯތި ދޫކުރި ދުވަސްވަރު ޢަމަލުކުރި ގޮތާ ޚިލާފަށް ކަމަށާއި، ފަހުން ހެދި ބިމާބެހޭ ޤާނޫނު ރެޓްރޮސްޕެކްޓިވްކޮށް ތަޠްބީޤުކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
1991 ގައި ދޫކޮށް، ދިރިއުޅެން ނުފަށައި ހުއްޓައި ސަރުކާރުގެ ބޭނުމަށް ނެގި ބަންޑާރަ ގޯއްޗެއްގެ ބަދަލުގައި ގޯއްޗެއް ދޭންޖެހޭތޯ، އަދި އެ ގޯތި ބާޠިލުކަމަށް ކައުންސިލުން ނިންމި ނިންމުން ބާޠިލުކުރުން ރަނގަޅުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
އޭރު ޢަމަލުކުރި ޤާނޫނުތަކުގެ ދަށުން ދިރިނޫޅޭ ގޯތި ސަރުކާރަށް ނެގޭ ކަމަށާއި، ބަދަލުގައި ގޯއްޗެއް ދޭންޖެހޭކަމަށް ނައްޞެއް ނެތުމުން ކައުންސިލުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ މުޢާމަލާތްތަކުގައި ޢަމަލުކުރެވޭ ޢާއްމު އުޞޫލަކީ އެ މުޢާމަލާތެއް ނިމެނީ އެއިރެއްގައި އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން ޢަމަލުކުރެވެމުންދިޔަ ޤާނޫނުތަކުގެ އިމުގެ ތެރޭގައިކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާ ހަމައަށް، މީހުން ދިރިނޫޅޭ ބަންޑާރަ ގޯއްޗާ ގުޅޭގޮތުން ޢަމަލުކުރާނެ އުޞޫލެއް ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާއިރު، އެކަށީގެންވާ އިމާރާތެއް ނުހަދައި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނަކީ މީހުން ދިރިނޫޅޭ ގޯތިތަކާ ގުޅޭގޮތުން ޢަމަލުކުރަމުން ދިޔަ ޤާނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދިރިއުޅެން ފަށަން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ އިމާރާތެއް ކޮށް މީހުން ދިރިއުޅެން ނުފަށާ ގޯއްޗެއް، އޭރު ޢަމަލުކުރަމުންދިޔަ ޤާނޫނުތަކާ އެއްގޮތަށް ސަރުކާރަށް ނެގުމުގައި، އެފަދައިން ނެގޭ ގޯއްޗެއްގެ ބަދަލުގައި ގޯއްޗެއް ދޫކުރަންޖެހޭކަމަށް އޭރުގެ ބިމާ ގުޅޭ ޤާނޫނުތަކުގައި ނައްޞެއް ނެތްނަމަ، ބަދަލުގައި ގޯއްޗެއް ދޭންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޤާނޫނު ނަންބަރު 72/15ޖ. (އެކަށީގެންވާ އިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 68/4ޖ. (ޢާއްމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ)
- 2008/SC-C/02
- 2011/HC-A/210
- ބެންޗު
- ޢަލީ ސަމީރު، ޝުޖާޢު ޢުޘްމާން، ޙަސަން ޢަލީ
- ޚިލާފު ރައުޔު
- ނެތް