ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/196
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. ޙަސަން ފަތުޙީ، 2021/HC-A/196
Fuel Supplies Maldives Pvt Ltd v. Hassan Fathuhee 2021/HC-A/196 (2021/HC-A/196, High Court of the Maldives, 22 June 2026)
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. ޙަސަން ފަތުޙީ
މައިގަނޑު ސުވާލު
ކަސްޓަމަރަށް ތެޔޮ މަދުން ޑެލިވަރީކޮށް ބާޖުގައި ތެޔޮ އިތުރުވެ، މީޓަރުގެ ސީލް ކެނޑިފައިވާ ހާދިސާއެއްގެ ސަބަބުން ބާޖުގެ ފަޅުވެރިއަކު ނޯޓިސް ނުދީ ވަކިކުރުމުގައި، ބޮޑަށް ބުރަވެވޭ މިންގަނޑުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ، އަދި ޓްރައިބިއުނަލުން ވަޒީފާއަށް ރުޖޫޢުކޮށް މުސާރަ ނަގައިދިނުމަށް ނިންމި ނިންމުން ދެމެހެއްޓޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު (ޓްރައިބިއުނަލްގެ ނިންމުން މުޅިން ބާޠިލު)
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރި ސަބަބަކީ އެކަށީގެންވާ ޢަދުލުވެރި ސަބަބަކަށް ވުމެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 21 (ހ) އަދި 23 (ހ)). އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރި އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ؛ އޭގެ ތެރޭގައި ތުހުމަތުގެ މަޢުލޫމާތު ދެވެން ހުރި މިންވަރަކަށް ދިނުމާއި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-13)
- ކޮންމެ ޣައިރު ސުލޫކީ ޢަމަލަކުން ނޯޓިސް ނުދީ ވަކިކުރުން ހުއްދަ ނުވެއެވެ. ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ނަމައެވެ؛ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ގޮތުން ޚިލާފުވުން ފަދަ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ވަކިކުރުމަށް ބިނާކުރި ތުހުމަތުތައް ވަޒީފާދޭ ފަރާތުން ސާބިތުކުރަންޖެހޭނީ ޖިނާއީ މިންގަނޑުން ނޫން، މަދަނީ މައްސަލަތަކުގެ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ. ހެކިތައް ވަޒަންކޮށް، ކަންވެފައިވާ ގޮތްކަމަށް ވެދާނެ ގޮތްތަކުން ކަންވުމާ އެންމެ ގާތް ގޮތް ފަނޑިޔާރު ކަނޑައަޅަންވާނެއެވެ (2018/SC-A/49 ގެ 40-41). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23)
- ޚިޔާނާތުގެ ޢަމަލުތަކަށް ސީދާ ހެކި ހޯދުމަކީ އުނދަގޫ ކަމަކަށްވާތީ، ހަމައެކަނި އެކަކުގެ ބަޔާނަށް ބުރަވުން އިންސާފުވެރި ނުވިޔަސް، ވާޤިޢާ ކަށަވަރުކުރާ ހެއްކަށް ބާރުދޭ ޤަރީނާތަކާއި އެހެން ހެކި ހުރިނަމަ އެ ޤަރީނާ ބޭނުންކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ބާޖުގެ ތެޔޮ ދޫކުރުމުގައި ފަޅުވެރިން ސީދާ ބައިވެރިވާއިރު، މީޓަރުގެ ސީލް ކެނޑުން ފަދަ ކަންކަން ހިނގާނީ އެ ހުރިހާ ފަރާތެއްގެ އެނގުމުގެ ތެރެއިން ކަމަށް ބެލެވޭތީ، މަދަނީ މިންގަނޑުން އިހުމާލާއި ޚިޔާނާތް ސާބިތުވާނަމަ އެއީ 23 (ށ) (2) ގައިވާ ޢަމަލެއް ކަމުގައި، ވަކިކުރުމަށް ޖާއިޒު ސަބަބެއް ވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
- ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާން އެންމެ ކުޑަމިނުން: ތުހުމަތުގެ މަޢުލޫމާތު ދިނުން، ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން، އިދާރީ ތަޙުޤީޤު ކުރުން، އަދި ވަކިކުރި ސަބަބުތަކާއެކު އެންގުން ލާޒިމެވެ (2010/HC-A/208). ޖަވާބުދާރީވުމުގެ ފުރުޞަތުގެ މިންވަރު ބަލަނީ ޙާލަތާއި ތުހުމަތުގެ ޠަބީޢަތަށެވެ (2021/SC-A/20)؛ ތަޙުޤީޤު ހިނގާކަން ސާފުކޮށްދީ ނަގާ ބަޔާނަކީ ޖަވާބުދާރީވުމުގެ ފުރުޞަތެއް ކަމަށް ބެލެވޭނެ ކަމަށާއި، ތަޙުޤީޤު ރިޕޯޓަށް ޖަވާބުދާރީވުމަށް އިތުރު ފުރުޞަތެއް ދޭންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ (2021/HC-A/258,259؛ 2022/HC-A/35). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-35)
- މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ކަނޑައެޅުމުން، ވަޒީފާއަށް ރުޖޫޢުކުރުމާއި މުސާރައާއި އިނާޔަތް ނަގައިދިނުމުގެ ނިންމުންވެސް ބާޠިލުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
1މި އީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފކުރުމަށު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފުރައްދުވި ފަރާތަ ކ ތ.އޮމަދޫ / މޫންލައިޓް، ޙަސަން ފަތުޙީއެވެ.
2ޙަސަން ފަތުޙީ، 26 މާރިޗު 2013 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ އަދާކުރަމުންދަނިކޮށް އެއްވެސް އެއްޗެއް އެންގުމަކާނުލައި 28 އޮކްޓޫބަރު 2019 ގައި، ވަޒީފާއިން ވަކިކޮށްފައިވާތީ، ޙަސަން ފަތުޙީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒިފާއިން ވަކިކރު އިރި އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އަނބުރާ އިޢާދަކޮށްދިނުމަށާއި، ފާއިތުވެގެން ދިޔަ ދުވަސްތަކުގެ މުސާރަ ނަގައިދިނުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙަސަން ފަތުޙީ މައްސަލަ ހުށަހެޅިއެވެ . އެމައްސަލަ ބަލއަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 12/VTR/2020 ގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލައިގެ ރިޕޯޓު ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލަ ނިންމާފައިވަނީ؛ "…މައްސަލަ ހުށަހެޅަ ފަރާތި ކުންފުންޏަށް ޚިޔާނާތްތެރި ވެފައިވާކަން މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން ސާބިތުވނާ ނެތްކަމާއި، 20 އޮކްޓޫބަރު 2019 ގައި ހިނގާފައިވާ ޙާދިޘާއަކީ ސީދާ މައްސަލަ ހުށަހެޅި ފަރާތުގެ އިޙުމާލުގެ ސަބަބުން ހިނގާފައިވާ ޙާދިޘާއަކަށް ނުވަތީ، މައްސަލަ ހުށަހެޅި ފަރާތަކީ 2013 ވަނަ އަހަރނު ފެށިގެން މައްސަލަ ރައްދުވި ކުންފުނީގައި މަސައްކަތްކުރަމުން އައި ފަރާތަކަށްވެފައި، އެފަރާތް ވަޒީފާއަދާކުރި މުއްދަތުގައި ޚިޔާނާތްތެރިވެ އިޙުމާލުވުމުގެ ސަބަބުން މައްސަލަ ރައްދުވި ފަރާތަށް ގެއްލުމެއްވެފައިވާކަން އެނގެންނެތަތީ، މައްސަލަ ހުށަހެޅި ފަރާތަކީ މަސައްކަތުގެ އޚަ ލާޤް ރަނގަޅު މުވައްޒަފެއްކަމަށް ޤަބޫލު ކުރެވޭ ކަމާއި، އިސްވެ ބަޔާން ކުރެވުނު ކަންތައްތައް މިފަދައިން ހުރުމުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޙާލަތެއް މެދުވެރިވެފައިނުވާތީ، އެފަރާތް އަދާކުރަމުން ދިޔަ ވަޒީފާއިން ވަކި ކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމު ކުރުމެއްނެތި ކަމަށް ބުރަވެވޭ ސަބަބަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައި ކަނޑައަޅާ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޙަސަން ފަތުޙީ އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، ޙަސަން ފަތުޙީއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ޙަސަން ފަތުޙީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އެފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައަށްވާ -/2،500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި، އޮންބޯޑް އެލަވަންސްގެ ގޮތުގައި ދުވާލަކަށް ޖެހޭ -/80ރ. (އަށްޑިހަ ރުފިޔާ) އާއި، ހާޑްޝިޕް އެލަވަންސްގެ ގޮތުގައި ލިބޭ -/125ރ. (ސަތޭކަ ފަންސަވީސް ރުފިޔާ) އާއި، ފިކްސްޑް އޯޓީ އެލަވަންސް ގެ ގޮތުގައި ލިބޭ - /256ރ. (ހަހާސް ފަންސަވީސް ރުފިޔާ) އާއެކު ޖުމުލަ -/9150ރ. (ނުވަހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) މިއަދު (18 އެޕްރީލް 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ޙަސަން ފަތުޙީއަށ އެކް އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުބި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކޮށް، މި މައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ .
4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން 03 ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ؛
1.4- އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައޟު ޢޫ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތިކަމަށް ނިންމާފައިވަނީ ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި، ހެކިތަކަށް އެކަށީގެންވާ ބުރަދަނެއް ނުދީ، މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ޢަމަލުކުރާ ސާބިތުކުރުމުގެ މިންގަނޑުތަކާއި ޚިލާފަކަމަށް ބުނެ ހުށަހެޅި ނުކުތާ؛
2.4- މަތީ މަރުހަލާގެ ކޓޯތަކުނ ނިންމް ނިންމުންތަކަކާ ދަށު މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކނު އެއަށް ޢަމަލުކުރަންޖެހޭ ނިންމުންތަކެއް ކަމަ ށްވާއިރު، އިސްތިއުނާފުރައްދުވ ފަރާތާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އިޔާދަކޮށްދިނުމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި، މަތީ މަރުޙަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
3.4- އިސްތިއުނާފުރައްދުވާ ފަރާތަށް ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން އަނބުރާ އިޔާދަކުރުމާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދީފައިވަނީ މިބާވަތުގެ މައްސަލަތަކުގައި މަތީ މަރުޙަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލައިގެ ރިޕޯޓު އިސްތިއުނާފީ ނުކުތާތަކާ ގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
5މި މައްސަލަ އިސްތިއުނާފުކުރާފަރާތުން އިސްތިއުނާފކުރުމަށް ހުށަހަޅު ނުކުތާތކުގަ ތަފްސީލތައު އިސްތިއުނާފު ފޯމުގައި ބަޔާންކރުމަށު ފަހު، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް އެނުކުތާތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެތަފްސީލުތަކަކީ މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނި އެރިޕޯޓާއެކު ދޫކުރެވޭނެ ލިޔުންތަކެއް ކަމަށްވާތީ، އެ ތަފްޞީލުތައް މިތަނުގައި ބަޔާންކުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނާތީ އެކަންކަން ޚލު ޞާ ގޮތެއްގައި ބަޔާންކުރަމެވެ.
1.5- މައު ޟޫޢު ޢަދުލުވެރިކަމަކީ މުވައްޒަފު ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާއި ލައިގެން ކަމުގައިވުން ކަމުގައިވާއިރު، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ކުންފުނީގެ "ބޮލިކެ ބާޖު" އުޅަނދުން 20 އޮކްޓޫބަރު 2019 ވަނަ ދުވަހު ކ.ހިންމަފުށީގައި ހުންނަ ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކޮށްފައިވާ ތެޔޮ ޑެލިވަރީގައި އެތަނަށް ތެޔޮ އަޅަންޖެހޭ މިންވަރަށް ތެޔޮ ޑެލިވަރީ ކޮށްދީފައިނުވާތީ އެފަރާތުން ކުރި ޝަކުވާއަކާ ގުޅިގެން އިސްތިއުނާފކުރު ފަރާތުން އިދާރީ ގޮތުން އެމައްސަލަ ބެލިއިރު، ކަސްޓަމަރަށް ފޯރުކޮށްދޭންޖެހޭ ޢަދަދަށް ތެޔޮ ފޯރުކޮށްދެވިފައިނުވާ ކަމަށާއި އަދި ބާޖުގައި ހުރި ތެލުގެ މިންވަރު މިނެކިރިއިރު ހުންނަންޖެހޭ މިންވަރަށް ވުރެ 1480 ލީޓަރު ޑީސަލް އިތުރުވެފައިވާ ކަމއާ ތެޔޮ ދޫކުރުމަށް ބަހައްޓާފައި ހުންނަ މީޓަރުގައި އަޅުވާފައި ހުރި "ސެކިއުރިޓީ ސީލް" ކަނޑައިގެން ގޮސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމާއި މިކަމަށް އިސްތިއުނާފުރައްދުވާ ފަރާތުންވެސް އިޢުތިރާފު ވެފައިވާކަން ބަޔާންތަކުން އެނގެން އޮންނަ ކަމާއި، އިސްތިއުނާފުރައްދުވާ ފަރާތަކީ "ބޮލިކެ ބާޖު" ގެ ފަޅުވެރިއަކަށްވެފައި، ކަސްޓަމަރަށް ތެޔޮ ދޫކުރުމާއި މީޓަރު ބެލުމާއި، މީޓަރު އޮޕަރޭޓް ކުރުމާއި، މީޓަރު ކްލޯޒް ކުރުމާއި، ތެޔޮ ޓޭންކުތައް ބަލައި އަދި ބަންދުކުރުން ފަދަ މަސައްކަތް ކުރާ ފަރާތްތަކަކީ ބާޖުގެ ކްރޫނ ނުވަތް ފަޅުވެރިން ކަމުގައި ވެފައި ތެޔޮ ޑެލިވަރީ ކުރާއިރު، ނޭދެވޭ ޢަމަލެއް ހިނގާނަމަ ފަޅުވެރިންނަށް ވެސް އެނގޭނެ ކަމާއި އެފަދަ ކަމެއް ހިނގާނަމަ ކުންފުނީގެ ފިއުލް ޑެލިވަރީ ޕްރޮސިޖާއާ އެއްގޮތަށް އަމަލުކޮށް އެފަދަ ކަންކަން ރިޕޯޓްކުރުމަކީ ފަޅުވެރިންގެ ޒިންމާއެއްކަމަށް ވީހިނދު މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން އެކަން ކުންފުނީގެ ސަމާލުކަމަށް ގެންސްފައިނުވާތީ އެފަރާތުގެ އޚިލޞާތެރި ކަމާމެދު ތުހުމަތު އުފެދޭ ކަމާއި، ބާޖުގެ އެންމެހައި ފަޅުވެރިންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަސްޓަމަރަށް އޮޅުވާލާފއިވާކަނަ، މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު އެކަށީގެންވާ ހަމަތަކުން ބުރަވެވޭ ކަމާއި، އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމްކޮށްފައިވާކަނ މަދަން މިންގަނޑުން ބުރެވެވުނު ނަމަވެސް ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅުއްވާފައި ވަނީ، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެންމެހާ ހެކިތަކާއި ވަށައިގެންވާ ކަންކަމަށް އެކަށީގެންވް ބުރަދަނެއް ނުދީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
2.5- އިޖުރާއީ ޢަދުލުވެރިކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތާ ސުވާލުކޮށް، ޖަވާބުދާރީވާން ފުރުސަތު ދީ، ތުހުމަތު ކުރެވުނު ކަންކަން އިދާރީ ގޮތުން ބަލައި، ހޯދުނު ހޯދުންތަކެއްގެ މައްޗަށް ބިނާކޮށްގެންކަމާއ އިސްތިއުނާފުރައްދުވި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާއިރު ޓްރައިބިއުނަލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަނ ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވް ހަމައަކާ މަދަނީ މިންގަނޑަށްވުރެ ބޮޑަށް ޖިނާއީ މައްސަލަތަކުގެ ތޙްޤީޤަ ކުރާއިރު ޢަމަލުކުރާ މިންގަނޑުގައު ކަމަށި ދެކޭ ކަމާއި، ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އިސްތިއުނާފުރައްދުވާ ފަރާތަށް ފުރުޞަތު ދެވި، އެފަރާތުން ޖަވާބުދާރީވެ ބަޔާނެއް ދީފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމާއި، މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށްކަން އެނގޭކަމާއި ޓްރައިބިއުނަލުން ބަލަންޖެހޭނީ މި މިންގަނޑުން ކަމާއި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކިކުރާއިރުވެސް އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް މިންގަނޑަށް ކުށް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެކަމަށް ހައިކޯޓުގެ ނަންބަރު 2010/HC-A/26 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އޮންނަކަމާއި، މި މައްސަލާގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތައް އެކަށީގެންވާ މިންވަރަށް ވަޒަން ނުކޮށް ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
3.5- ވަޒީފާ އަނބުރާ އިއާދަކުރުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ވަނީ ގައިޑްލައިނެއް ކަނޑައަޅާފައިވާ ކަމާއި ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅފާނ ނުވަތެ ވަޒީފާއަށް ރުޖޫއަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތް ކަމަށާ ބެލެވިދާނެ ބައެއް ހާލަތްތައްވެސް މިޤަޟިއްޔާގައި ބަޔާންކޮށްފައިވާނެ ކަމާއި އެ ޙާލަތްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ އިއާދަ ނުކުރެވޭ ވަރަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން އޮންނަކަމާއި މި އުޞޫލު ހުށަހެޅިފައިމިވާ މައްސަލައަށް ތަތުބީޤުކުރާއިރު އިސްތިއުނާފުރައްދުވ ފަރާތަކާ ކުންފުންޏަށް މަކަރުހަދައި އޮޅުވާލުމުގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ބުރަވެވިގެން ވަޒިފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށް ވާއިރު ދެފަރާތުގެ ދެމެދު އޮތް އިތުބާރު އެއްކޮށް ގެއްލިފައިވާތީ، މިފަދަ ޙާލަތެއްގައި މުވައްޒަފަކު ވަޒީފާއަށް ރުޖޫޢަކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަން އެނގެން އޮންނާތީ ޓްރައިބިއުނަލްގެ ނިންމުމަކީ މަތީ މަރުހަލާގެ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފު ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ.
4.5- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހައި މުސާރަ އާއި އިނާޔަތްތައް އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫންކަމަށް ބަޔާންކޮށްފައިވާ ކަމާއި ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު ވަޒީފާ އަލުން ދިނުމާމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި، އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތް ނޫންކަމާއި އެމީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގސްފައިވާނަމޮ އެކަމަށާއި އާންމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒިފާއެއ ހޯދުމަށް ހޭދަވާނެކަމަށް ޤަބޫލުކުރެވޭ މުއްދަތަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކުރާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އަދި މިކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާ ކަމއާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރަން ޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިހުމާލެއް އޮގެންތޯ ބަލަންޖެހޭކަމާއި ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ ބަލަންޖެހޭކަން ބަޔާންކުރާކަމަށް އެފަރާތުން ފާހަގަ ކުރެއެވެ. މި ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް މި މައްސަލައަށް ތަތުބީޤުކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ މިންވަރު އެނގޭނެ އެއްވެސް ހެއްކެއް އެފަރާތުން ހުށަހަޅާފައިނުވާ ކަމާއި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ގއްލުނެ ތަކެއް ވެފައިވާނަމަ އެކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފުރައްދުވ ފަރާތުގާ ޒިންމާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ބެއްލެވި މެންބަރުގެ އަމިއްލަ ރައުޔަށް ބިނާކޮށް، އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ޓްރައިބިއުނަލުން ސާފުކުރަންޖެހޭ ކަންކަން ސާފުނުކޮށް ކަމާއި ޓްރައިބިއުނަލުން މިގޮތަށް ކަނޑައަޅާފައިވަނީ މަތީ މަރުޙަލާގެ ނިންމުންތަކާއި ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
6އިސްތިއުނާފުކުރާ ފަރާތުން އެދެނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ވާކަން ކަނޑައަޅުއްވައ ދެއްވައި، އިސްތިއުނާފު ރައްދުވާ ފަރާތަށް އއިދަކޮށްދީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރ ދުވަހާ ހަމައަށް މުސާރައާ އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް މައްސަލަ ނިންމައިދިނުމަށެވެ.
7އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ޚުލާޞާ ގޮތެއްގައި ބަޔާންކުރަމެވެ.
1.7- މި މައްސަލާގައި އިސްތިއުނާފުރައްދުވ ފަރާތުގާ އިހުމާލެއް ވާކަން އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަނ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަމާއި އިސްތިއުނާފުރައްދުވ ފަރާތަކާ ބާޖުގައި ތިބި ފަޅުވެރިންގެ ތެރެއިން އެކަކު ކަމާއި އެހެންކަމުން ތެޔޮ ޑެލިވަރީ ކުރުމުގައި ނޭދެވޭ ޢަމަލެއް ހިނގާފައިވުމަކީ ހަމަ ޔަޤީނުންވެސް އިސްތިއުނާފުރައްދުވ ފަރާތުގާ އިހުމާލެއް އޮތްކަން ދައްކުވައިދޭ ކަމެއް ނޫންކަމާއި ތެޔޮ ހަމައަށް ލިބިއްޖެކަމަށް ކަސްޓަމަރުގެ ފަރާތުން ޑެލިވަރީ ނޯޓުގައި ސޮއިކޮށޯ ފަހުން އެފަރާތުން ތެޔޮ މަދުކަމަށ ބުން އީމެއިލްއެއ ފޮނުވުމުން އިސްތިއުނާފުކުރާ ފަރާތުން ސއިޓަށަ ގޮސް ތެލުގެ އަދަދު ބަލައި ޗެކުކޮށްފައިނުވާ ކަމާއި އީމެއިލްގައި ބުނެފައިވާ ބުނުމުގެ ޙަޤީޤަތް ނުބަލައި އިސްތިއުނާފުރައްދުވާ ފަރާތަށް ޚިޔާނާތުގެ ތުހުމަތު ކޮށްފައިވަނީ އިސްތިއުނާފުރައްދުވ ފަރާތާ ހުރި މަގާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ކަމަކަށް ބިނާކޮށްފައި ނޫންކަމާއި އެމަސްއޫލިއްޔަތުތަކަކީ ބޯޓުގެ ކެޕްޓަންގެ މަސްޢޫލިއްޔަތުތަކެއް ކަމާއި އެއީ އިސްތިއުނާފުރައްދުވ ފަރާތުގާ މަސްއޫލިއްޔަތުތަކަށް ނުވާތީ އެއީ ސީދާ އެފަރާތުގެ އިހުމލާ ން ދިމާވި ހާދިސާއެއްކަމަށް ބުރަ ނުވެވޭނެކަމަށް ޓްރައިބިއުނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާނެ ކަމާއި އެހެންކަމުން މި މައްސަލާގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހުގައި ކަމަށް އިސްތިއުނާފުރައްދުވ ފަރާތާ ން ބުނެއެވެ.
2.7- އަދި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތާ ސުވާލުކޮށް ޖަވާބުދާރީވާން ފުރުޞަތު ދިނުމަށްފަހުކަމަށ ބުނެފައިވިޔަސް އިސްތިއުނާފުރައްދުވާފަރާތާ ސުވާލުކޮށްފައިވަނީ ހަމައެކަނި ހާދިސާގައި ކަން ހިނގިގޮތް ބލުމަށްޓަކައިކަނެ ޓްރައިބިއުނަލްގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމާއި މައްސަލަ ތަހުގީގު ކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބަލައި ހޯދާފައިވަނީ ކަސްޓަމަރަށް ތެޔޮ ޑެލިވަރީ ކޮށްފައިވަނީ މަދުން ކަމާއި ތެޔޮ ބާޖުގައި ހުންނަންޖެހޭ ވަރަށްވަރު ގިނައިން ތެޔޮ ހުރިކަންކަމެވެ. ނަމަވެސް އެކަމުގައި އިސްތިއުނާފުރައްދުވ ފަރާތުގާ އަތެއް އޮތްތޯ ބެލުމަށްޓަކައި އެފަރާތާ ސުވާލުކޮށް އެކަމަށް ޖަވާބުދާރީ ވުމަށް ފުރުސަތުދީ އެފަރާތުގެ އިހުމާލުވުން އޮތީ ކިހާވަރަކަށްތޯ ބަލަން ތަޙުޤީޤުކުރަންޖެހޭ ކަމާއި މިކަންކަން ޓްރައިބިއުނަލުންވެސް ފާހަގަކޮށްފައިވާތީ މިމައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ބުނާބުނުމަކީ އެއްވެސް ބުރަދަނެއް ނެތް ބުނުމެއްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
3.7- އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މުވައްޒަފަކު ވަޒީފާއަށް އަލުން ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކަށް މި މައްސަލާގައި އަލިއަޅުވާލާފައި ނުވާ ކަމަށާއި މި މައްސަލާގައި ކަންހިނގާދިޔަ ގޮތުން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ ހަޤީޤަތެއް ނެތް ބުނުމެއް ކަމާއި އިސްތިއުނާފުރައްދުވ ފަރާތުގާ ޒިންމާތަކެއް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމަކީ އެފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމށަ ނވާތު އެފަރާތާއި މެދު ފިޔަވަޅު އެޅިގެނ ނުވާނެކަން އެނގެން އޮންނާތީއާއި އިސްތިއުނާފުރައްދުވާ ފަރާތުގެ އެއްވެސް އިހުމާލެއް އޮތްކަން ސާބިތުނުކޮށްދެވޭއިރ އިސްތިއުނާފުކުރު ފަރާތުންކުރާ ޝައްކެއްގެ މައްޗަށް ބިނާކޮށް ކުންފުންޏާ މުވައްޒަފާ ދެމެދު އިތުބާރު ގެއްލިފައިވާކަމަށް ބުނިކަމުގައި ވިޔަސް، މިހާލަތުގައި ހަގީގަތުގައިވެސް ދެފަރާތުގެ ދެމެދު އޮންނަންޖެހޭ އިތުބާރު ގެއްލޭކަމަށް ގަބޫލުކުރާނެ ޖާގައެއް ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ. އަދި މި މައްސަލައިގެ ތެރެއިން ވަޒީފާއިން ވަކިކުރި އެހެން ފަޅުވެރިއެއްގެ ވަޒީފާ ރުޖޫޢަކޮށްފައިވާއިރު މި މައްސަލާގައި އިސްތިއުނާފުރައްދުވާ ފަރާތުގެ ވަޒީފާ ރުޖޫޢަނުކުރެވެންވީ ސަބަބެއް ނެތްކަމަށްވެސ އެފަރާތުން ބުނެއެވެ.
4.7- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 އަދި 2018/SC-A/49 ޤަޟިއްޔާގައިވާ ގޮތަށް މިމުއްދަތުގައި އިސްތިއުނާފުރައްދުވާ ފަރާތަށް ބަދަލުގެ ގޮތުގައި ނަގައިދޭންޖެހޭ މިންވަރު ކަނޑައަޅާނީ ޓްރައިބިއުނަލް ނުވަތަ ކޯޓުންކަމާއ މި ގޮތުނި މި ޙާލަތުގައި ކަންހިނގާފައވި ގޮތަށާ ބަލައި ރިޢާޔަތްކުރަންޖެހޭ އެކިއެކި ކަންކަންކަމަށް ޓްރައިބިއުނަލްގެ ރިޕޯޓުގައި އަލި އަޅުވާލާފައިވާނެކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ. އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް:
8އިސްތިއުނާފރައްދުވު ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމައި ދިނުމަށެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލައިގެ ނިންމުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، މި ޤަޟިއްޔާގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ނުކުތާތަކަކީ:-
1.9- އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރުމެއ ނެތިކަމަށް ނިންމާފައިވަން ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި ހެކިތަކަށް އެކަށީގެންވާ ބުރަދަނެއް ނުދީތޯ އާއި، މަދަނީ މައްސަލަތައް ސާބިތުކުރުމުގައި އަމަލުކުރާ ސާބިތުކުރުމުގެ މިންގަނޑުތަކާއި ހިލާފަށތް ނުވަތަ ނޫންތޯ؛
2.9- ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަން ނުވަތަ ނޫންކަން؛
3.9- އިސްތިއުނާފުރައްދުވ ފަރާތާ ށ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ މިންވަރަކީ، މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފު ނިންމުމެއްތޯ ނުވަތަ ނޫންތޯ؛ މިއެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 12/VTR/2020 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް ފިއުލް ސަޕްލައިސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
11ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (fairness substantive) އިޖުރާއީ ޢަދުލުވެރިކަން (rocedural fairnessp) ޤާއިމްވެފައި އޮތްތޯ ބަލަންޖެހެއެވެ .
12މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށް ވުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ، ނުވަތަ އެ މުވައްޒަފެއް ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމށަ ބެލެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަން ބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައި ވާނަމަ ނުވަތަ ޚިޔާނާތެއްވެފައި ވާނަމަ، ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުން އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ.
13އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާޢަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ . މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ އަންޖަލީން މޭރީ ނާޒިއު) ޤަޟިއްޔާ ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ.
14ޕްރިސިޑެންސް 2ނޯޓިސް ދިނުމަކާއި ނުލާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވިދާނެ ދެ ޙާލަތެއް މި މާއްދާގައި ބަޔާންކުރެއެވެ. އެއީ؛
1.14- ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން.
2.14- ޚިޔާނާތެއް ވެފައިވުން.
15މި މާއްދާގެ ދަށުން ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އެ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވެއެވެ. މި މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް (misconduct gross) ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. މިގޮތުން ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވެފައިވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބަރާއި އަމާނތްތެރިކަނާ ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީ ގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވެފައިވާނަމަ، އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަވެދާނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލަކަށްވެދާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓސ ލިމިޓެޑް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް) ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 (ބޭންކ އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް) ޤަޟިއްޔާ
16މި މައްސަލާގައި އިސްތިއުނާފރައްދުވު ޙަސަން ފަތުޙީ ވަޒިފާއިން ވަކިކޮށްފައިވަނީ، 20 އޮކްޓޫބަރު 2019 ވަނަ ދުވަހު، އޭނާ ކްރޫއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ "ބޮލިކެ ތެޔޮ ބާޖު" އިނު ކ.ހިންމަފުށީ ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޑެލިވަރީ ކޮށްދީފައިވާ ޑީސަލް މަދުކަމަށް ބުނެ އެކަން ރިޕޯޓް ކުރުމާ ގުޅިގެން އެކަން ތަހުޤީޤު ކުރުމަށްފަހު، ކ.ހިންމަފުށްޓަށ ޑީސަލް ޑެލިވަރީ ކޮށްދިނުމުގައި އޮޅުވާލައި އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރި މަޞްލަޙަތަށް ބުރޫއަރާ ގޮތަށް އަދި ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ފަދައިން މަސައްކަތް ކޮށްފައިވާތީ، އެފަދަ މުވައްޒަފެއް ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏާއި ކުންފުނީގެ މުދަލަށް ގެއްލުންވެދާނެ ކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަމުގައި، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މި ތުހުމަތާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމަށާއި، ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ހެކިތަކުގެ މައްޗަށް ބަލައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.16- އިސްތިއުނާފުރައްދުވާ ޙަސަން ފަތުހީ ތަޙުޤިޤަށް ދީފައިވާ ބަޔާން: އިސްތިއުނާފުރައްދުވާ ފަރާތުން މި މައްސަލައިގެ ތަޙްޤީޤަށް 22 އޮކްޓޫބަރު 2019 ގައި ދީފައިވާ ބަޔާނުގައި، ތެޔޮ ޑެލިވަރީ ކުރުމުގެ ކުރިން އެކަމަށް ޚާއްޞަ ކުރެވިފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާނެ ކަމަށާއި، މިފަދަ ކަމެއް ދިމާވުމުން އޮފީހަށް އެންގުމަކީ ބާޖުގެ ކެޕްޓަން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، ބާޖުގެ މީޓަރުގައި ޖަހާފައިވާ ސީލް ކަނޑައިގެން ގޮސްފައިވާކަން އެފަރާތަށް އެނގިފައިނުވާ ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުގެ އިތުރުން އެހެން ފަރާތްތައް ވްސ ތެޔޮ ޑެލިވަރީ ކުރުމުގެ މަސައްކަތުގައި ބައިވެރިވެ ކަމަށާއި، ތެޔޮ ޑެލިވަރީ ކުރުމަށްފަހު ބާޖު ކ.ތިލަފުއްޓަށް އައިސް ހުސްކުރި ކުރުމުގައި 1480 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަ) ލީޓަރު ޑީސަލް އިތުރުވެފައިވާކަން ފާހަގކުރެވިފައިވަ ކަމަށއާ ޑީސަލް އިތުރުވެފައިވަނީ ކީއްވެގެންކަން ނޭނގޭކަމަށާއި ފަހަރެއްގައި މީޓަރުގެ މައްސަލއަކަށްވަ ސ ވެދާނެކަމަށާއި، އެކަން އެނގޭނީ މީޓަރު ޗެކްކުރުމުން ކަމަށް ބުނެފައިވެއެވެ. އެބަޔާން ނެގުމުގެ ކުރިން ޤާނޫނުން ޙަސަން ފތުހީއަށް ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްފައިވާކަން އެބަޔާނުނ އެނގެން އޮވެއެވެ.
2.16- ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާން: އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ ބަޔާނުގެ 11 ވަނަ ނަންބަރުގައި، "ތެޔޮ ލޯޑްކުރުމާއި ދޫކުރުމުގައި ކުންފުންޏަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުން" އަދި ވަޒީފާ ބަޔާނުގެ 12 ވަނަ ނަންބަރުގައި "އުޅަނދުގެ އެއްވެސް އެސެޓެއ ހަލާކުކޮށް ނުހެދުމާއި، އުޅނަ ދުގެ އެއްވެސް އެސެޓެއ އުޅަނދުން ބާލައިގެން ނުގެންދިއުން، އަދި މިފަދަ ކަމެއް އެހެން ފަރާތަކުންވެސް ކޮށްފިނަމަ އެކަން ލޮޖިސްޓިކްސް އަށް އަވަހަށް ރިޕޯޓުކުރުން" މިފަދައިން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ނޯޓިސް ދިނުމެއް ނެތި ވަޒީފާ އަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ
4.3 ގެ (ކ) ގައި ބަޔާންކުރާއިރު، އެ ޙާލަތްތަކުގެ ތެރޭގައި ކުންފުނީގެ މުދަލަކުން ނުވަތަ ފައިސާއިން ވައްކަންކުރުމާއި އެއްވެސް މުވައްޒަފަކު ކުންފުނީގެ މުދަލަކަށް ނުވަތަ އިމާރާތަކަށް ގަސްތުގައި ގެއްލުންދިނުމާއި، އަދި ކުންފުނީގެ މުވައްޒަފަކު ކުންފުނީގެ އަގު ވެއްޓޭފަދ ނުވަތަ ކުންފުންޏަށް ހުތުރުނަން ލިބޭފަދަ އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލެއްކުރުން ހިމެނެއެވެ. އަދި ކުންފުނީގެ މުދަލަށް ޚިޔާނާތްތެރިވެއްޖެނަމަ، އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
3.16- ފިއުލް ސަޕްލައިސްގެ ނަންބަރު 50608667 ޑެލިވަރީ ނޯޓް: ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ފަރާތުން ހުށަހަޅާފައިވާ ނަންބަރު 50608667 ޑެލިވަރީ ނޯޓަކީ 20 އޮކްޓޫބަރު 2019 ވަނަ ދުވަހު ބޮލިކެ ބާޖުނ ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 20،000 (ވިހި ހާސް) ލީޓަރުގެ ޑީސަލް ޑެލިވަރީގެ ޑެލިވަރީ ނޯޓެއްކަމާއި އެ ޑެލިވަރީ ނޯޓްގެ ރިމާކްސްގައި އަތުލިޔުމުން “Physically only” hundred eight thousand eighteen only received މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންނަމވަސ ޙަސަން ފަތުޙީގެ ފަރާތުންވެސް އިސްވެ ބަޔާންކުރެވުނު ނަންބަރު 50608667 ޑެލިވަރީ ނޯޓް ހުށަހަޅާފައިވާ ކަމާއި މި ޑެލިވަރީ ނޯޓުގައިވާ ހުރިހާ ތަފްސީލުތައް ފިއުލް ސަޕްލައިސް އިން ހުށަހެޅި ޑެލިވަރީ ނޯޓާ އެއްގޮތްވި ނަމަވެސް ރިމާކްސްގ ގޮތުގައެ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަނ އެނގެން އޮވެއެވެ. މިކަމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރިމާކްސްގައިވ ބަޔަކާ އަތުލިޔުމުން ލިޔެފައިވާ ބަޔަކަށްވާތ އެއީ ބެސްޓް އޮއިލް ކުންފުންޏަށް ތެޔޮ ޑެލިވަރީކޮށްދިނުމަށްފަހު އެކުންފުނިން ޑެލިވަރީ ނޯޓަށް ގެނެސްފައިވާ އުނި އިތުރުކުރުމެއްކަން ފާހަގަކުރެވޭ ހިނދު، ޑެލިވަރީ ނޯޓަކީ ތެޔޮ ޑެލިވަރީކުރެވޭ ވަގުތު ދެވޭ ނޯޓަކަށްވެފައި، ފަހުން މި ނޯޓަށް ބަދަލު ގެނައުމަކީ ޑެލިވަރީ ނޯޓު ދިނުމުގެ މަޤްޞަދު ގެއްލޭ ޢަމަލަކަށްވާތީ، ޚިދުމަތް ދިނުމަށްފަހު ދޭ ޑެލިވަރީ ނޯޓުގައި ޞައްޙަކަމަށް ސޮއިކޮށް މިފަދަ އުނިއިތުރު ކުރުމެއް ނުގެނެވޭނެ ކަމަށް ބުރަވެވޭ ކަމަށެވެ.
17އިސްވެ ބަޔާންކުރވިދިޔެ ކަންކަމަށް ބަލާއިރު، 20 އޮކްޓޫބަރު 2019 ގައި ކ.ހިންމަފުށި ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތޔެ ފޯރުކޮށްދިނުމުގައި، ޑެލިވަރީ ކޮށްދީފައިވާ ޑީސަލް މަދުވާ ކަމަށް އެކުންފުނިން ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް އެންގުމާ ގުޅިގެން އެމައްސަލަ އިދާރީ ގޮތުން ތަޙުޤީޤުކުރއިރި ބޮލިކެ ތެޔޮ ބާޖުގެ މީޓަރު ސީލް ކަނޑައިގެން ގޮސްފައިވާ ކަމާއި ޑެލިވަރީއަށް ފަހު ބާޖުގައި ހުރި ޑިސަލް މިނާ ނިމުނުއިރު، އެބާޖުގައި ހުންނަންޖެހޭ ވަރަށްވުރެ 1480 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަ) ލީޓަރު އިތުރަށް ހުރިކަން ފާހަގަކުރެވިފައި ވާކަން އެނގެއެވެ.
18މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހެއްކެއްގެ ގޮތުގައި ޙާޒިރުކުރެވުނ އިބްރާހީމު ޝާޒްގެ ހެކިބަހަށް ބަލާއިރު، ބެސްޓް އޮއިލް ކޮންޕެނީއަށް ތެޔޮ ފޯރުކޮށްދިނމުގައު މައްސަލި އުޅޭ ކަމަށް ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ބެލުމަށްޓަކައި "ބޮލިކެ ތެޔޮ ބާޖް" އަރައި، ބާޖްގެ ކުރޫންގެ ހާޒިރުގައި އެކަން ބެލިއިރު، ބާޖުގައި ހުންނަންޖެހޭ ވަރަށްވުރެ އިތުރަށް ތެޔޮހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބާޖުގެ މީޓަރުގައި ޖަހާފައިވާ ސީލްކަނޑައިގެން ގޮސްފައިހުރ ކަމާއި އެކަން ކެޕްޓަން އަދި ކުރޫންވެސް އަންގާފައިނުވކަމަށާ ބުނެފައިވެއެވެ.
19ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތަކީ ބާޖުގެ ފަޅުވެރިއަކަށް ވެފައި، އެފރަ ތުގެ މައްޗަށް ޚިޔާނާތުގެ ތުހާ މުތުކޮށް އިހުމާލުވެފައިވާ ކަމަށް ބަޔާންކޮށްފައި ވަނީ އެފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ގުޅުންހުރި ކަންކަމަށް ބިނާކޮށްގެން ނޫން ކަމާއި، ތެޔޮ އަޅަންޖެހޭ ޢަދަދު ކަށަވަރު ކުރުމާއި ފިއުލް ބެލެންސް ހުރިވަރު ކަށަވަރު ކުރުމާއި، ސީލް ހުރިތޯ ބަލައި، ސީލް ނެތްކަމުގައި ވާނަމަ އެކަން ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް އެންގުމާއި، އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ވަގުތުން ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް އެންގުން ފަދަ ކަންކަމަކީ ބާޖު ކެޕްޓަން ނުވަތަ އެވަގުތަކު އިސްކޮށް ހުރި ފަރާތެއްގެ ޒިންމާއެއް ކަމަށާއި އެފަރާތުގެ ވަޒީފާގެ ބަޔާނުގައިވާ ގޮތުގެ މަތިން އެފަރާތް ތަބާވާންޖެހޭނީ ބޯޓުގެ ކެޕްޓަންގެ އެންގުމަށް ކަމާއި އެއީ އެފަރާތުގެ މަސްޢޫލިއްޔަތު ކަމާއި، ބެސްޓް އޮއިލް ކޮމްޕެނީ އަށް ތެޔޮ ޑެލިވަރީ ކުރުމުގައި އެފަރާތުން ޢަމަލުކޮށްފައިވާނީ ކެޕްޓަންގެ އިރުޝާދަށްކަނ އެނގެން އޮވެ ތުހުމަތު ކުރެވިފައިވާ ކަންކަމަކީ އެފަރާތުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަށް ނުވުމުގެ މައްޗަށެވެ.
20ދެފަރާތުގެ ދެމެދު އޮތް ވަޒިފާގެ އެއްބަސްވުމަށް ބަލާއިރު، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއި، މާފުނުކުރެވޭ ފަދަ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ އޭނާ ވަޒީފާގައި ހުރުމުން ކުންފުންޏަށް ލިބިދާނެ ބޮޑު ގެއްލުމެއް ތަޞައްވަރުކުރެވިއްޖެ ހިނދެއްގައި ނުވަތަ ކުންފުނީގެ މުދަލަށް ނުވަތަ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުކުރެވޭފަދަ ހެއްކާއި ޤަރީނާ ލިބިއްޖެނަމަ އެއްވެސް އެންގުމަކާ ނުލާ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާކަމަށް ބަޔާންކުރެއެވެ. މިގޮތުން، ކުންފުނީގެ މުދަލަކަށް ނުވަތަ ފައިސާއިން ވައްކަން ކުރުމާއި، މުވައްޒަފަކު ކުންފުނީގެ މުދަލަކަށް ނުވަތަ ޢމާރާތަކަށި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9.13 ނުކުތާ ގަސްދުގައި ގެއްލުން ދިނުމާއި، ކުންފުނީގެ މުވައްޒަފަކު ކުންފުނީގެ އަގުވެއްޓޭފަދ ނުވަތަ ކުންފުންޏަށް ހުތުރު ނަން ލިބޭފަދަ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލެއް ކުރުމަކީ އެއްވެސް ނޯޓހެއި ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވެއެވެ.
21ޕްރިސިޑެންސް 3މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވަޒީފާދޭފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށް ދޭންޖެހޭނީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ޤާނޫނުގައި އިސްތިޤުރާރުވެފައިވެއވެ.
22ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެތަނުން އެއްގޮތަކީ ވުން މާދުރު ގޮތެއްކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތްކަމަށް ބެލެވިދާނެ ކަމާއި ހަމަ އެގޮތަށް ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތްކަމަށް ވެދާނޭ ތިން ގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން އ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައި ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ) ޤަޟިއްޔާގެ 40 އަދި 41 ވަނަ ނަންބަރު
23އެހެންކަމުން ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް އެންމެ ގާތް ގޮތަކީ ކަން ވުމަށް ވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
24ޕްރިސިޑެންސް 4މިފަދަ ޚިޔާނާތުގެ ޢަމަލުތަކާ ގުޅޭ ސީދާ ހެކި ހޯދުމަކީ މުސްތަހީލު ކަމެކެވެ. މިފަދަ ޢަމަލުތަކާގުޅޭ ގޮތުން ވަކި މީހަކު ދޭ ބަޔާން އެކަނި އޮންނަ ޙާލަތުގައި އެކަމަށް އެކަނި ބުރަވެ ކުންފުންޏަށް ގެއްލުންކުރުވަނިވި ޢަމަލެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭކަމަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވެދާނެއެވެ. އެހެނަސް ކުންފުންޏާ ދެކޮޅަށް ހިންގާފައިވާ ޢަމަލަކާގުޅޭ ގޮތުން އެކެއްގެ ބަހެއް އޮވެފައި ނުވަތަ ވާޤިއާއެއް ކަށަވަރުކުރުމަށް ހެކި އޮވެފައި އެއަށް ބާރުދޭ އެހެނިހެން ކަންކަން އެކުލެވޭ ޤަރީނާތައް ނުވަތަ ހެކިތައް ހުރިނަމަ އެފަދަ ޤަރީނާތައް ނުވަތަ ހެކިތައް ސީދާ ހެއްކަށް ބާރުދިނުމަށް ބޭނުންކުރެވިދާނެއެވެ.
25އިސްތިއުނާފުރައްދުވާ ފަރާތުން ޑެލިވަރީ ނޯޓަށ ރިޢާޔަތްކޮށް ތެޔޮ މަދުން ޑެލިވަރީކޮށްފައިވާކަން އެކަށީގެންވާ މިންވަރަށް އިސްތިއުނާފުކުރާ ފަރާތުން ޔަޤީންކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލާގައި ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކުގައި ތަފާތަކީ ރިމާކްސް ގައި ތެޔޮ މަދުން ލިބިފައިވާކަން ފާހަގަކޮށް އަތުލިޔުމުން ލިޔެވިފައިވާ ލިޔުންކޮޅެއްކަން އެނގެއެވެ. ޑެލިވަރީ ނޯޓުގައި ޞައްޙަކަމަށް ސޮއިކޮށެ މިފަދަ އުނިއިތުރު ކުރުމެއް ނުގެނެވޭނެ ކަމަށް، ޓްރައިބިއުނަލުން ބަޔާންކޮށްފައި އޮތް ނަމަވެސް ބޮލިކެ ބާޖުގައި ހުންނަންޖެހޭ މިންވަރަށް ވުރެ 1480 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަ) ލީޓަރު ތެޔޮ އިތުރުވެފައިވާ ކަމަށް، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އިދާރީ ތަޙްޤީޤުން ސާބިތުވެއެވެ. އަދި، މިކަމަށް އިސްތިއުނާފުރައްދުވާ ފަރާތުންވެސް އެއްބަސްވާކަން އެފަރާތުން ތަޙުޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ. އެހެންކަމުން، 20 އޮކްޓޫބަރު 2019 ގައި، ބެސްޓް އޮއިލް ކޮމްޕެނީ އަށް ބޮލކި ބާޖުން ތެޔޮ ޑެލިވަރީކޮށްފައިވަނީ ކުރަންޖެހޭ ޢަދަދަށް ވުރެ މަދުންކަމަށް ބުރަވެއެވެ.
26ޕްރިސިޑެންސް 5ބާޖުގެ މަސައްކަތްތައް ރޭވިފައިވ ގޮތަށާ ބަލާއިރް ބާޖުގައި ފަޅުވެރިންނާއި ކެޕްޓަންއެއް ހުންނައިރު، ބާޖުގެ ތެޔޮ ޑެލިވަރީ ސިސްޓަމްގައި މައްސަލައެއް އުޅޭނަމަ ނުވަތަ މީޓަރުގެ ސީލް ކެނޑުން ފަދަ ކަންކަން ދިމާވާނީ އެހުރިހާ ފަރާތްތަކުގެ އެނގުމާއި ފެނުމުގެ ތެރެއިންކަމަށް ޤަބޫލުކުރެވެއެވެ. ތެޔޮ ދޫކުރުމުގެ މަސައްކަތުގައި، ތެޔޮ ޓްރާންސްފަރ ކުރުމަށްޓަކައި ހޮޅިގުޅުމާއި، މީޓަރު ޗެކް ކުރުން ފަދަ ކަންކަމުގައި، ފަޅުވެރިން އެކަމުގައި ޝާމިލުވާ ފަޅުވެރިންގެ ސީދާ ބައިވެރިވުން އޮންނަކަން އިސްތިއުނާފުރައްދުވ ފަރާތުގާ ވަޒީފާ ބަޔާނަށާއި ފިއުލަ ސަޕްލައިސް މޯލްޑިވްސްގެ ފިއުލް ޑެލިވަރީ ޕްރޮސީޖަރ އަށް ރިޢާޔަތްކުރުމުން އެނގެއެވެ. އެހެންކަމުން، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުން ވަޒީފާއަދާ ކުރުމުގައި އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާކަން އެނގޭހިނދު، ވަޒީފާއާބެހޭ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަމާއި، ޙަސަން ފަތުޙީ ޚިލާފުވެފައިވާކަން އަހުރެންނަށް ޤަބޫލު ކުރެވެއެވެ.
27މިޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެކެވެ. ޙަސަން ފަތުހީ މިފަދަ ޢަމަލެއް ކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ދެކޭ ހިނދު މިފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އޭނާގެ ސަބަބުން ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި އަދި ޙަސަން ފަތުހީގެ މައްޗަށް ސާބިތުވެފައިވާ ޢަމަލުގެ ބާވަތަށް ބަލާއިރު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުފެންނަ ކަމަށް، ފިއުލް ސަޕްލައިސްއިން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ޖާއިޒު ސަބަބެއްގެ މައްޗަށް ކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ. ޙަސަން ފަތުހީ ވަޒީފާއިން ވަކި ކުރުމުގައި ފިއުލް ސަޕްލައިސްއިން މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް އަހުރެން ދެކެމެވެ.
28ޕްރިސިޑެންސް 6އިޖުރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާޢަތަކީ ޢަދުލުވެރި އިޖުރާޢަތަކަށް ވުމެވެ. ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް،ޢާންމު ޙާލަތްތަކުގައި ބެލެވޭނީ އެންމެ ކުޑަމިނުން އަންނަނިވި ފަދައިން ވަޒީފާދޭ ފަރާތުން ޢަމަލުކޮށްފައި ވާނަމަކމަށަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެއީ؛
1.28- މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމާބެހޭ މަޢުލޫމާތު، އެއިރަކު ދެވެން ހުރި ހުރިހާ ތަފުޞީލަކާއެކު، އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުމަށްފަހު؛
2.28- އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަށް ދިނުމަށްފަހު އަދި އެފަދަ ފުރުޞަތެއްގައި އެ މުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމަށް އެދިއްޖެނަމަ އެ ފުރުޞަތު ދިނުމަށްފަހު؛
3.28- އެ މައްސަލަ އިދާރީ ގޮތުން ތަޙްޤީޤު ކުރުމަށްފަހު؛
4.28- ވަޒިފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެ ކުރެވޭ ތަޙްޤީޤަކަށް ފެނި، އެމުވައްޒަފަކު ވަކިކުރުމަށް ނިންމައިފިނަމަ، އެ މުވައްޒަފަކު ވަކި ކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވާނަމައެވެ.
29ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން) ޤަޟިއްޔާގައި ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުޞަތު ދެވޭ މިންވަރު ކަނޑައެޅޭނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތަށް އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބަލައިގެން ކަމާއި، ކޮންމެ ޙާލަތެއްގައި ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނު ކަމުގައިވިޔަސް، ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލުކުރެވިދާނެ ކަމުގައި ބަޔާންކުރެއެވެ. ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީނާ މޭރީ ނާޒިއު) ޤަޟިއްޔާ
30އެހެންކަމުން މުވައްޒަފެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތެއްކޮށްފައިވާކަން އެންގުމާއި، އެކަމާ ގުޅޭގޮތުން ތަހުޤީޤެއް ހިންގާކަން އެ މުވައްޒަފާއި މުޢާމަލާތް ކުރުމާއި، މުވައްޒަފާމެދު ކުރެވޭ ތުހުމަތާއި ގުޅިގެން އޭނާއާ ސުވާލު ކުރެވިފައި އޮތުމަކީ ވަޒީފާދޭ ފަރާތނު އެންމެ ކުޑަމިނުން ކުރަންޖެހޭ ކަންކަމަވެ.
31ހުށަހެޅިފައި މިވާ މައްސަލާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައި ނުވާކަމަށް ނިންމާފައިވަނީ، ޙަސަން ފަތޙުގެ ފަރާތުން 22 އޮކްޓޫބަރު 9201 ގައި ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި އެފަރާތާމެދ ކުރެވުނު ތުހުމަތުތަކުގެ މަޢުލޫމާތު އެފަރާތަށް ދީފާއިވާކަނ އެނގެން ނެތްކަމާއި ބަޔާނުގައި ހަމައެކަނި ބަޔާންކޮށްފައިވަނީ ހާދިސާ ހިނގި ދުވަހު ކަންހިނގާފައިވާ ގޮތްކަމާއި އެހެންކަމުން އެއީ ޙަސަން ފަތުޙީއަށް ޖަވާބުދާރީވާން ދެވުނު ފުރުޞަތެއް ކަމުގައި ބުރަނުވެވޭކަމަށް ޓްރައިބިއުނަލްގެ ރިޕޯޓުން އެނގެން އޮވެއެވެ.
32މިކޯޓުގެ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ނިއުޝާދު ޢަލީ އަދި އަޝްރަފް މުޙައްމަދު ޤަޟިއްޔާގައި، އިދާރީ ތަޙްޤީޤަށް އިސްތިއުނާފުރައްދުވާ ފަރާތްތައް ދީފައިވާ ބަޔާނަކީ، އެފަރާތްތަކުގެ މައްޗަށް ތަޙްޤީޤެއް ހިނގަމުންދާކަން އެފަރާތްތަކަށް ސާފުކޮށްދެވި، އެއަށް ޖަވާބުދާރީވުމުގެ ގޮތުން ދީފައިވާ ބަޔާނެއް ކަމާއި، އެހެނީ އެބަޔާނުގައި ކަން ހިނގާދިޔަކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތައް ދެކުނު ގޮތް ބަޔާންކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފުރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅާފައިވެއެވެ.
33އަދި މި ކޯޓުގެ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޖިނާޙް މަންޞޫރު ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރުމުގެ ކުރިން ތަޙުޤީޤު ފުރިހަމަކޮށް ވަކި ރިޕޯޓެއް ތައްޔާރުކޮށް، ނުވަތަ އެފަދަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 10.1 ނުކުތާ -ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2021/HC-A/258,259 ޤަޟިއްޔާގެ ޝަރިޢަތ ނިމުން ގޮތުގު ރިޕޯޓުގެ 40 ވަނަ ޕެރެގްރާފްގައި. ތަޙްޤީޤެއްގެ އެންމެފަހު ނިން މުންތައ ނުވަތް ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވާން އިތުރު ފުރުޞަތެއް ދޭންޖެހޭކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ބަޔާންކޮށްފައިވެއެވެ.
34ޙަސަން ފަތުޙީގެ ފަރާތުން ދީފައިވާ ބަޔާނށަ ނަޒަރުކުރާއިރު، އެ ބަޔާނަކީ 20 އޮކްޓޫބަރު 2019 ގައި ކ.ހިންމަފުށީ ބެސްޓް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ޑެލިވަރީ ކުރުމުގައި ކަސްޓަމަރަށް ޑެލިވަރީކޮށްފައިވާ ތެޔޮ މަދުވުމާއ ގުޅިގެނި ނަގާފައިވާ ބަޔާނެއް ކަމާއި އެ ބަޔާނުގައި އެހާދިސާ ހިނގާދިޔަގޮތެ އިސްތިއުނާފުރައްދުވާ ފަރާތނު ކިޔައިދީފައިވާކަން އެނގެއެވެ. އަދި މި ބަޔާނަކީ އެއްވެސް މީހެއްގެ ބިރުދެއްކުމއެ އަދި ނުފޫޒެއްނެތި އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ބަޔާނެއް ކަމާއި، އެބަޔާން ނެގުމުގެ ކުރިން ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން އެބަޔާނުން އެނގެން އޮވެއެވެ.
35މީގެ އިތުރުން ނޯޓިސް ދިނުމެއް ނެތި ވަޒީފާ އަދާކުރާ ފަރާތެއް ވަޒީފާއިން ވަކި ކުރެވިދާނެ ޙާލަތްތައް ވަޒީފާގެ އެއްބަސްވުމުގެ 4.3 ގެ (ކ) ގައި ބަޔާންކުރާއިރު، އެ ޙާލަތްތަކުގެ ތެރޭގައި ކުންފުނީގެ މުދަލަކުން ނުވަތަ ފައިސާއިން ވައްކަން ކުރުމާއި އެއްވެސް މުވައްޒަފަކު ކުންފުނީގެ މުދަލަކަށް ނުވަތަ އިމާރާތަކަށް ގަސްތުގައި ގެއްލުން ދިނުމާއި، އަދި ކުންފުނީގެ މުވައްޒަފަކު ކުންފުނީގެ އަގު ވެއްޓޭފަދ ނުވަތަ ކުންފުންޏަށް ހުތުރު ނަން ލިބޭފަދަ އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލެއް ކުރުން ހިމެނެއެވެ. އިދާރީ ތަޙުޤީޤަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ބަޔާނަކީ، އެފަރާތުގެ މައްޗަށް ތަޙުޤީޤެއް ހިނގަމުންދކާ ން އެފަރާތަށް ސާފުކޮށްދެވި، އެއަށް ޖަވާބުދާރީވުމުގެ ގޮތުން ދީފައިވާ ބަޔާނެއްކަން ސާފެވެ. އެއީ އެބަޔާނުގައި ކަން ހިނގައިދިޔަ ކަމަށް އިސްތއުނާފި ރައްދުވާ ފަރާތުން ދެކުނު ގޮތް ބަޔާންކޮށްދީފައިވާތީއެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތް 28 އޮކްޓޫބަރު 2019 ގައި ވަޒީފާއިން ވަކިކޮށް ފޮނުވާފައިވާ ޗިޓުގައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/35 ޤަޟިއްޔާގެ ޝަރިޢަތ ނިމުން ގޮތުގު ރިޕޯޓުގެ 47 ވަނަ ޕެރެގްރާފްގައި. ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ. މިކަންކަމަށް ރިޢާޔަތްކުރާއިރު އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
36ޕްރިސިޑެންސް 7އިސްވެ ދިޔަ ސަބަބުތައް އެހެންހުރުމުން، ޙަސަން ފަތުޙީ ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލް ކުރަންޖެހޭ ކަމުގައި ދެކެމެވެ. އަދި މިފަދައިން ނިންމުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އިސްތިއުނާފުރައްދުވ ފަރާތަކާ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމަށް ނުބެލުމަށާއި އެފަރާތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވާ ނިންމުންވެސް ބާޠިލުވާނެއެވެ.
37އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 12/VTR/2020 ނިންމުން ބާޠިލްކުރުމަށް އަހުރެންނަށް ފެނެއެވެ.
38މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
39މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (2)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ގެ 40 އަދި 41
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީނާ މޭރީ ނާޒިއު)
- 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2010/HC-A/208 (އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް)
- 2021/HC-A/258,259 (ފިއުލް ސަޕްލައިސް މޯލްޑިވްސް ވ. ނިއުޝާދު ޢަލީ އަދި އަޝްރަފް މުޙައްމަދު)
- 2022/HC-A/35 (ފިއުލް ސަޕްލައިސް މޯލްޑިވްސް ވ. މުޙައްމަދު ޖިނާޙް މަންޞޫރު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ އަމީރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ، ވަކީލު ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް