ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/064
ފާޠިމަތު ނާޡިމާ ވ. 1. ޢަބްދުއްރަޙީމް މުޙައްމަދު، 2021/HC-A/064
Fathimath Naazimaa v. 1. Abdul Raheem Mohamed 2021/HC-A/064 (2021/HC-A/064, High Court of the Maldives, 25 November 2021)
ފާޠިމަތު ނާޡިމާ ވ. 1. ޢަބްދުއްރަޙީމް މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ވަޞިއްޔަތް ޤަބޫލުކުރި ފަރާތްތަކަށް ވަޞިއްޔަތުން ދީފައިވާކަން ސާބިތުވާ ކަމަށާއި، ވަޞިއްޔަތް ޤަބޫލުނުކުރި ދަރިއަށް އެ ވަޞިއްޔަތުން ލިބިގެން ނުވާ ކަމަށް ފެމިލީ ކޯޓުން ނިންމިއެވެ.
ދެ ބަނޑަށް ދަރިން ލިބިފައިވާ ބައްޕައަކު، އެއް ގޯއްޗެއް ދެވަނަ އަނބިމީހާއާއި އެ ބަނޑުގެ 5 ދަރިންނަށާއި، އަނެއް ގޯތީގެ އޭނާގެ ބައި ފުރަތަމަ ބަނޑުގެ ދަރިއަށް ވަޞިއްޔަތުން ދިނުމަށް ފެމިލީ ކޯޓަށް ހުށަހެޅިއެވެ.
ބިމާބެހޭ ޤާނޫނުގެ 17(ރ) ގައިވާ ދެ ޙާލަތުގެ ބޭރުން އިޢްތިރާޟު ބަލައިނުގަނެ ވަޞިއްޔަތް ޤާއިމްކުރި ކަމަށާއި، އަޑުއެހުންތަކަށް ނުގޮވާތީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާ ޚިލާފު ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ. ހުރިހާ ދަރިންނަށް ވަޞިއްޔަތުން ދީފައިވާތީ އިޢްތިރާޟުގެ ޙައްޤެއް ނެތް ކަމަށާއި ނުކުތާތަކަކީ ބުރަދަނެއް ހުރި ނުކުތާތަކެއް ނޫން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުންޏެވެ.
މައިގަނޑު ސުވާލު
ބައްޕަ ވަޞިއްޔަތުން ދޭ ގޯތިތަކުގެ ތެރެއިން އެއް ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ނަމަވެސް، އެހެން ގޯއްޗެއް ވަޞިއްޔަތުން ލިބޭ ދަރިއަކަށް ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޞިއްޔަތަށް އިޢްތިރާޟުކުރުމުގެ ޙައްޤު ލިބޭތޯ؛ އަދި ފެމިލީ ކޯޓުގައި ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ލިބިފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިސްތިއުނާފުކުރި ދަރިއަކީ ވަޞިއްޔަތުން ލިބޭ ފަރާތެއް ކަމަށްވާތީ 17(ރ) ގެ ދަށުން އިޢްތިރާޟުގެ ޙައްޤެއް ނުލިބެއެވެ؛ ގޯތިތައް ޖުމްލަ ގޮތެއްގައި ބަލާއިރު ބޭއިންޞާފެއް ނެތެވެ؛ ވަކީލަކާއެކު ބަޔާން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވާތީ ޝަރީޢަތް ޢަދުލުވެރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ޙައްޤު ގެއްލޭ ގޮތަށް ނިންމާފައިވާ ކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުން އިސްތިއުނާފަށް ހުއްދަކުރާ މިންގަނޑަށް ނުވާޞިލުވެވޭނެއެވެ؛ އިސްތިއުނާފުކުރާ ފަރާތުން އެކަމުގައި އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބުނެދޭންވާނެއެވެ. ޤާނޫނީ ބަހުޘު ސާފުކޮށް އުފައްދާފައިވާނަމަ، އޭގެ ބުރަދަން ދެނެގަނެވޭނީ ނުކުތާއާމެދު ފައިޞަލާކުރުމުން ކަމަށްވާތީ އިސްތިއުނާފު ބަލައިގަނެވޭނެއެވެ.
- ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ވަޞިއްޔަތުން ދެވޭނީ ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
- ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގެ ދަށުން އިޢްތިރާޟުކުރުމުގެ ޙައްޤު ލިބޭނީ ވަޞިއްޔަތުން ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަށެވެ؛ ވަޞިއްޔަތުން ލިބޭ ފަރާތެއްގެ ގޮތުގައި ހިމަނާފައިވާ ދަރިއަކަށް އެ ވަޞިއްޔަތަށް އިޢްތިރާޟުކުރުމުގެ ޙައްޤެއް ނުލިބެއެވެ.
- ވަޞިއްޔަތުގެ މައްސަލަތަކުގައި ފަނޑިޔާރު ބަލަންވާނީ ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވާ ގޯތިތަކަށް ޖުމްލަ ގޮތެއްގައެވެ؛ ކޮންމެ ގޯއްޗަކީ ވަކި ވަޞިއްޔަތެއްގެ ގޮތުގައި ނޫނެވެ. ގޯތިތަކުގެ ބޮޑުމިނާއި ކޮންމެ ފަރާތަކަށް ލިބޭ ނިސްބަތަށް ބަލާއިރު ބޭއިންޞާފެއް ނުފެންނަނަމަ ވަޞިއްޔަތް ޤާއިމްވެއެވެ.
- ފެމިލީ ކޯޓުގައި ޤާނޫނީ ވަކީލަކު ޢައްޔަނުކޮށް ވާހަކަ ދެއްކުމާއި ބަޔާން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވާނަމަ، ބައެއް އަޑުއެހުންތަކަށް ނުގޮވުނު ނަމަވެސް ޝަރީޢަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތަށް ޢަދުލުވެރިކަމާއި ހާމަކަމާއެކުއެވެ.
3މި މައްސަލައަކީ، ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާ ނިމުނުގޮތާމެދު ހިތްހަމަ ނުޖެހިގެން، ފާޠިމަތު ނާޡިމގާ ފަރާތނު އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޢަބްދުއްރަޙީމް މުޙައްމަދު އާއި އާމިނަތު ޒުބައިދާ އާއި ޢާއިޝަތު ހައިފާ އާއި އަޙްމަދު އަމީން އާއި މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އާއި އަޖުނާ ޢަބްދުއްރަޙީމް އާއި ރައްޔާ ޢަބްދުއްރަޙީމގް މައްޗަށް ރައްދުވާގޮތަށް ބަލާފައިވަ މައްސަލައެކެވެ.
3. ޢަބްދުއްރަޙީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ 022 އަކަފޫޓު ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޢަބްދުއްރަޙީމް މުޙައްމަދުގެ އަނބި އާމިނަތު ޒުބައިދާ އާއި ޢަބްދުއްރަޙީމް މުޙައްމަދުގެ ދަރީން ކަމުގައިވާ ޢާއިޝަތު ހައިފާ އާއި އަޙްމަދު އަމީން އާއި މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އާއި އަޖުނާ ޢަބްދުއްރަޙީމް އާއި ރައްޔާ ޢަބްދުއްރަޙީމްއަށް، އަދި ފެމިލީ ކޯޓުގެ ނަންބަރު: 1672/Fm-C/2019 ޤަޟިއްޔާއިން ޢަބްދުއްރަޙީމް މުޙައްމަދަށް ލިބިފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން ޢަބްދުއްރަޙީމް މުޙައްމަދަށް ލިބިފައިވާ ބައި ޢަބްދުއްރަޙީމް މުޙައްމަދުގެ ދަރި ފާޠިމަތު ނާޡިމާއަށް، ޢަބްދުއްރަޙީމް މުޙައްމަދު ދުނިޔޭގައި ނެތްދުވަހަކުން، ވަޞިއްޔަތުން ދިނުމަށް އެދި ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލައެއެހުށަހެޅިއެވެ. ފެމިލީ ކޯޓުގ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ވަޞިއްޔަތް ލިބޭ ފާޠިމަތު ނާޡިމާ ފިޔަވައި ޢަބްދުއްރަޙީމް މުޙައްމަދުގެ ދެންތިބި 5 ދަރީންނާ އަނބިމީހާ އެ ވަޞިއްޔަތް ބަލައިގަނެ ޤަބޫލުކޮށް ފައިވެއެވެ. އަދި ފާޠިމަތު ނާޡިމާ އެ ވަޞިއްޔަތަށް އިޢުތިރާޟުކުރިއެވެ. ވަޞިއްޔަތް ޤަބޫލުކުރި ފަރާތްތަކަށް އެ ވަޞިއްޔަތުން ދީފައިވާކަން ޘާބިތުވާކަމަށާއި، ފާޠިމަތު ނާޡމާއަށި އެ ވަޞިއްޔަތުން ލިބިގެންނުވާކަމަށް ފެމިލީ ކޯޓުން ކަނޑައަޅާފައިވެއެވެ. މިއީ ފާޠިމަތު ނާޡިމާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފީ މައްސަލައެވެ. ފެމިލީ ކޯޓުގެ ނިންމުން:
2ފެމިލީ ކޯޓުގެ ނަންބަރު: C/2020-Fm858/ ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމުން، މާލެ […] ޢަބްދުއްރަޙީމް މުޙައްމަދު (އައިޑީ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ 022 އަކަފޫޓު ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޢަބްދުއްރަޙީމް މުޙައްމަދުގެ އަނބި […] މަންޒިލް އައިމިނަތު ޒުބައިދާ (އައިޑީއާއި ޢަބްދުއްރަޙީމް މުޙައްމަދުގެ ދަރީން ކަމުގައިވާ […] ޢާއިޝަތު ހައިފާ (އައިޑީއާއި، އަޙްމަދު އަމީން (އައިޑީއާއި، މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް (އައިޑީއާއި، އަޖުނާ ޢަބްދުއްރަޙީމް (އައިޑީއާއި، ރައްޔާ ޢަބްދުއްރަޙީމް (އައިޑީއަށް އަދި ފެމިލީ ކޯޓުގެ ނަންބަރު: 1672/Fm-C/2019 ޤަޟިއްޔާއިން […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން ޢަބްދުއްރަޙީމް މުޙައްމަދަށް ލިބިފައިވާ 322 އަކަފޫޓުގެބައި ([…] ) ޢަބްދުއްރަޙީމް މުޙައްމަދުގެ ދަރި […] ފޠާ މަތި ނާޡިމާ (އައިޑީއަށް ވަޞިއްޔަތުން ދިނުމަށްއެދި ހުށަހަޅާފައިވާ މި މައްސަލާގައި ވަޞިއްޔަތްލިބޭ ފޠާ މަތު ނ ޡިމާ ފިޔަވާ ދެންތިބި 5 ދަރީންނާ އަނބިމީހާ މިވަޞީއްޔަތް ބަލައިގެން ޤަބޫލުކޮށްފައިވާތީ، […] ޢަބްދުއްރަޙީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ 022 އަކަފޫޓު ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޢަބްދުއްރަޙީމް މުޙައްމަދުގެ އަނބި […] މަންޒިލް އައިމިނަތު ޒުބައިދާ އާއި ޢަބްދުއްރަޙީމް މުޙައްމަދުގެ ދަރީން ކަމުގައިވާ […] ޢާއިޝަތު ހައިފާއާއި، އަޙްމަދު އަމީންއާއި، މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމްއާއި، އަޖުނާ ޢަބްދުއްރަޙީމްއާއި، ރައްޔާ ޢަބްދުއްރަޙީމް އަށްވަޞިއްޔަތުން ދީފައިވާކަން ޝަރީޢަތަށް ޘބިތުވާކަމަށާއި، ފާޠިމަތު ނ ޡާމާ މިވަޞިއްޔަތް ގަބޫލުކޮށްފައި ނުވާތީ ފޠާ މަތު ނ ޡާމާއަށް މިވަޞިއްޔަތުން ލިބިގެން ނުވާކަމަށް ކަނޑައަޅައި، ބޭންކް އޮފް މޯލްޑިވްސް ޕލކގައި ރަހުނުކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އިމާރާތްތަކުގެ، ރަހުނު ފިލިވައިފުމަށްދާންދެން ބޭންކް އޮފް މޯލްޑިވްސް ޕލކގެ ރަހުނު އެއްބަސްވުމާއި އެއްގޮތަށް އެތަންތަނުގެ ރަހުނު ދެމިއޮންނާނޭ ކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތު ތ ކ އާ، އެނުކުތތަކާ ށ ދީފައިވާ ރައްދު:
1. ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ފާޠިމަތު ނާޡިމާގެ ފަރާތުން 02 (ދޭއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. މގޮތުނި ފާޠިމަތު ނާޡިމާގެ ފަރާތުން ހުށަހަޅާފައިވާ،
(ހ) ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ބިމާބެހޭ ޤާނޫނުގާ 3 ވަނަ މާއްދާގައި ބިމާއި ގޯއްޗާބެހޭ އެންމެހައާ މުޢާމަލާތްތައް ކުރަންވާނީ ބިމާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތަށްކަމަށް ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ބިމާއި ޢިމާރާތުގެ ރަޖިސްޓްރީ އޮންނަ ކޮންމެ ގޯއްޗަކީ ވަކި ތަނެއް ކަމަށްވާހިނދު، އަދި އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވޢާ ދުގި 3 ވަނަ މާއްދާގެ ދަށުން ހިބައިން ނުވަތަ ނުވަތަ ވަޞިއްޔަތުން ދިނުމަށް އިޢުތިރާޟްކުރާނަމަ، އެ އިޢުތިރާޟް ބަލައިނުގަނެވޭނީ ދެ ޙާލަތެއްގައިކަމަށް ބަޔާންކޮށްފައިވަނިކޮށް، އެ ދެ ޙާލަތުގެ ބޭރުން އެހެން ޙާލަތެއްގެ މައްޗަށް ބަލައިގެން […] އެވެކިޔާ ބަންޑރާ ގޯތީގައިވާ 022 އަކަފޫޓު ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ އެގޯތީގެ މިލްކުވެރިފަރާތް، ޢަބްދުއްރަޙީމް މުޙައްމަދުގެ އަނބި އައިމިނަތު ޒުބައިދާއާއި ޢަބްދުއްރަޙީމް މުޙައްމަދު ގެ ދަރިން ކަމުގައިވާ ޢާއިޝަތު ހައިފާއާއި، އަޙުމަދު އަމީންއާއި، މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމްއާއި، އަޖުނާ ޢަބްދުއްރަޙީމްއާއި، ރައްޔާ ޢަބްދުއްރަޙީމަށް ވަޞިއްޔަތުން ދިނުމަށް ކަނޑައަޅާ ފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ޤާނޫނު އަސާސީގާ13 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށި ނުޖެހި ހާމަކަމާއެކުގައި ކަމަށ ބަޔާންކޮށްފައިވަނިކޮށް އެ މާއްދާއާ ޚިލާފަށް ފާޠިމަތު ނާޡިމާގެ ބަޔާންނެގުމުގެ ޝަރީޢަތުގެ އަޑުއެހުމާއި ޙުކުމްކުރި ދުވަހުގެ ޝަރީޢަތުގެ މަޖިލިސް ފިޔަވައި ދިން ބޭއްވުނު އަޑުއެހުންތަކަށް ޙާޟިރުވުމަށް ފާޠިމަތު ނާޡިމާއަށް އަންގާފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތްކަމުގައިވ ފާޠިމަތު ނާޡިމާގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު 23 (ދޭއް) ނުކުތާއަކީ ވެސް ޤާނޫނީ ގޮތުން ބުރަދަނެއް ހުރި ނުކުތާތަކެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި، އެއީ އެ ދެ ނުކުތާގައިވެސް ޤާނޫނަކާ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ފެމިލީ ކޯޓުން ކުރި ކަމެއް ބަޔާންކޮށްފައިނުވާ ކަމަށާއި، އަދި ދަށު ކޯޓެއްގެ ޙުކުމެއް މަތީ ކޯޓެއްގައި އިސްތިއުނާފުކުރާއިރު އެ ޙުކުމެއް އިސްލާމީ ޝަރީޢަތާ ނުވަތަ ޤާނޫނަކާ ޚިލާފުވާ ގޮތެއް ބަޔާންކުރަންޖެހޭ ކަމަށާއި، މި އިސްތިއުނާފަކީ އޭގެ ޒާތުން ހައިކޯޓަށް ބަލައިގަނެގެން ކުރިއަށް ގެންދެވިދާނެ އިސްތިއުނާފެއް ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އަދި ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ބިމާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވޢާ ދުގި 3 ވަނަ މާއްދާ އާ ޚިލާފަށް މި މައްސަލަ ނިންމާފައިވާ ކަމަށް ބުނުމަކަ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، އެއީ ޢަބްދުއްރަޙީމް މުޙައްމަދު ގެ އެއްވެސް ދަރިއަކު މި ވަޞިއްޔަތުން އިސްތިސްނާކޮށްފައިނުވާތީ ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފާޠިމަތު ނާޡިމާއަކީ ބިމުގެ ތަނަވަސްކަން ނެތް ފަރާތެއް ކަމަށް ބުނެ އިޢުތިރާޟުކުރާ ކަމަށްވާނަމަ، މި މައްސަލައަކީ ބިމުގެ ތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން ޢަބްދުއްރަޙީމް މުޙައްމަދު ހުށަހަޅަފައިވާ މައްސަލައެއް ކަމަށާއި، ދެ ބަނޑުގެ ކުދިން އެއްތަނެއްގައި އުޅެންޖެހިއްޖެ ކަމަށްވާނަމަ މަޞްލަޙަތު ގެއްލިގެންދާނެ ކަމަށާއި، އެހެންކަމުން މި މައްސަލައަކީ ޢަބްދުއްރަޙީމް މުޙައްމަދު ދުނިޔޭގައި ނެތް ތަނެއްގައިވެސް ޢަބްދުއްރަޙީމް މުޙައްމަދގު ދަރީން ދުނިޔޭގައި އުޅޭނީ ހިތްހަމަޖެހިގެން އެމީހުންގެ މަޞްލަޙަތު ކުރިއަރުވައިގެން ކަން ކަށަވަރުކުރުމަށްޓަކައި ކަން އެނގޭ ކަމަށެވެ. އަދި ފާޠިމަތު ނާޡިމާއަށް އޭނާގެ ބައްޕަ އެދުނު ގޮތަށް ވަޞިއްޔަތް ޤަބޫލުނުކުރުމަކީ އެހެން ކުދިންގެ ޙައްޤުތައް ގެއްލެންޖެހޭނެ ސަބަބެއް ނޫންކަމަށެވެ. އަދި ފެމިލީ ކޯޓުން މައްސަލަ ބެލިއިރު ޢަދުލުވެރި ޝަރީޢަތެއްގެ ޙައްޤު ދީފައިނުވާ ކަމަށް ބުނާއިރު، މި މައްސަލަ ޢަބްދުއްރަޙީމް މުޙައްމަދު ހުށަހެޅީ އަމިއްލައަށް ފެނިގެން އެއްވެސް ކުއްޖެއްގެ ބަހެއް ހޯދުމާ ނުލައި ކަމަށާއި، ކުދިންނާ މަޝްވަރާކުރުމަކީ ޢަބްދުއްރަޙީމް މުޙައްމަދުގެ މައްޗަށު ލާޒިމު ކަމެއް ނޫން ކަމަ ށާއި، މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ޙާޟިރުވުމަށް ފާޠިމަތު ނާޡިމާއަށް ޗިޓު ރައްދުނުކުރެވުނު ކަމަށާއި، އެދުވަހުގެ އަޑުއެހުމުގައި ދެންތިބި ކުދިންނަށް ފެންނަ އެއްޗެއް ބުނުމުގެ ފުރުޞަތު ދެވުނު ކަމަ ށާއި، އަދި އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ނާޡިމާގެ ޙާޟިރުގައި އިތުރު ޝަރީޢަތެއް ބޭއްވޭނެ ކަމަށް އިޢުލާނު ކުރެވުނު ކަމަށާއި އޭގެ ފަހުން ޝަރީޢަތެއް ބާއްވައި އެ ޝަރީޢަތުގައި ފާޠިމަތު ނާޡިމާގެ ފަރާތުން ވަކީލަކާ އެއްކޮށް ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނުމުން، ތިންވަނަ އަޑުއެހުމެއްވެސް ބޭއްވި ކަމަށާއި، ފާޠިމަތު ނާޡިމާގެ ފަރާތުން ބަޔާނެއްވެސް ހުށަހެޅި ކަމަށާއި، އަދި މައްސަލައިގައި އިތުރު އަޑުއެހުމެއްވެސް ބޭއްވުނު ކަމަށެވެ. އަދި ފެމިލީ ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށާއި، މި މައްސަލައަކީ ހައިކޯޓުން ބަލަންޖެހޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި މ މައްސަލަ ބާޠިލުކުރުމަށް ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން އެދިފައިވެއެވެ.
6އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ އާމިނަތު ޒުބައިދާ އާއި ޢާއިޝަތު ހައިފާ އާއި އަޙްމަދު އަމީން އާއި މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އާއި އަޖުނާ ޢަބްދުއްރަޙީމް އާއި ރައްޔާ ޢަބްދުއްރަޙީމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އެ ފަރާތްތަކުން ޤާނޫނީ ގޮތުން ފާހަގަކުރަން ހުރީ ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން ފާހަގަކުރި ކަންކަން ކަމަށާއި، މި މައްސަލަ ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ ހުރިހާ ކުދީ ންނަށް އެކަކު އަނެކަކާ މައްސަލަ ނުޖެހި ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށާއި، ވަޞިއްޔަތުން ފާޠިމަތު ނާޡިމާއަށް ލިބޭ މިންވަރަށް ވުރެ އެ ފަރާތްތަކަށް ލިބޭ ވަރު ކުޑަކަމަށާއި އެ ފަރާތްތަކަށް އެ ގޮތްވެސް އެންމެ ރަނގަޅު ކަމަށެވެ. އަދި ފާޠިމަތު ނާޡިމާގެ ފަރާތުން ބިމާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) މާނަކުރަނީ ރަނގަޅަށް ނޫން ކަމަށާއި، އެ މާއްދާގެ (ހ) ގައިވަނީ ވަޞިއްޔަތުން ނުލިބޭ ފަރާތްތަކުން އިޢުތިރާޟުކުރާ ވާހަކަ ކަމަށާއި އެހެންނަމަވެސް ފާޠިމަތު ނާޡިމާއަކީ ވަޞިއްޔަތުން ލިބޭ ފަރާތެއް ކަމަށެވެ. އަދި ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން އިޖުރާއީ ގޮތުން ފާހަގަކުރި ކަންކަން ފާހަގަކުރާކަމަށާއި، މި މައްސަލައަކީ ބެލޭ މައްސަލައެއް ކަމަށްވާނަމަ، ފެމިލީ ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ އާމިނަތު ޒުބައިދާ އާއި ޢާއިޝަތު ހައިފާ އާއި އަޙްމަދު އަމީން އާއި މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އާއި އަޖުނާ ޢަބްދުއްރަޙީމް އާއި ރައްޔާ ޢަބްދުއްރަޙީމްގެ ފަރާތުން އެދިފައިވެއެވެ.
3މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ތިމަންނަގެ ޙައްޤު ގެއްލޭގޮތަށްކަމަށް ނުވަތަ ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލެއް ނުވެވޭނެއެވެ. އިސްތިއުނާފުކުރުމަށް އެދޭ ފަރާތުން އެ ނުކުތާ ފާހަގަކުރުމުގެ އިތުރުން އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބުނެދޭންވާނެއެވެ . މި މައްސަލައިގައި އިސްތިއުނާފުކުރާ ފާޠިމަތު ނާޡިމާގެ ފާރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭ ގެ ބިމާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) އަށެވެ. އެ މާއްދާއާ ޙަވާލާދީ ފާޠިމަތު ނާޡިމާ އުފައްދާފައިވާ ޤާނޫނީ ބަހުސް ސާފުއެވެ. އެ ޤާނޫނީ ބަހުސްގައި ހުރި ޤާނޫނީ ބުރަދަނަކީ ކޮބައިކަން އެނގިގެންދާނީ އެ ނުކުތާއާމެދު ފައިޞަލާކުރު މުން ކަމަށްވާތީ، މި އިސްތިއުނާފ ބަލައިގަނެ، މި އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.
0. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބއަ އ ވަޞިއްޔަތުން ދެވޭނެ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އިސްތިއުނާފުކޮށްފައިވާ ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާގައި ޢަބްދުއްރަޙީމް މުޙައްމަދު ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވަނީ އޭނާގެ އަނބި އައިމިނަތު ޒުބައިދާ އަށާއި ޢަބްދުއްރަޙީމް މުޙައްމަދގު ދަރިން ކަމުގައިވާ ފާޠިމަތު ނާޡިމާ އަށއާ ޢާއިޝަތު ހައިފާ އަށާއި އަޙުމަދު އަމީން އަށާއި މަރްޔަމް ޔުމްނާ ޤާނޫނު ނަންބަރު: 22/2010 ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-L/87 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާޅުކޮށްފައިވާ ރައުޔުގެ 32 ވަނަ ނަންބަރުގައި. ޢަބްދުއްރަޙީމްއށާއ އަޖުނާ ޢަބްދުއްރަޙީމް އށާއަ ރައްޔާ ޢަބްދުއްރަޙީމް އަށެވެ. މިއީ ޢަބްދުއްރަޙީމް މުޙައްމަދގު ހުރިހައި ދަރިންނެވެ.
3. ޢަބްދުއްރަޙީމް މުޙައްމަދު އަށް ދަރިން ލިބިފައިވަނީ ދެ ބަނޑަށެވެ. ފުރަތަމަ ބަނޑުން ޢަބްދުއްރަޙީމް މުޙައްމަދުއަށ ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެ ދަރިއަކީ ޢަބްދުއްރަޙީމް މުޙައްމަދުގެ އެންމެ ދޮށީ ދަރިފުޅު ފާޠިމަތު ނާޡިމާ އެވެ. ދެވަނަ ބަނޑުން ޢަބްދުއްރަޙީމް މުޙައްމަދުއަށ 25 ދަރިން ލިބިފައިވެއެވެ. އެ ދަރިންނަކީ ޢާއިޝަތު ހައިފާ އެއާ އަޙުމަދު އަމީން އެއާ މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އެއާ އަޖުނާ ޢަބްދުއްރަޙީމް އެއާ ރައްޔާ ޢަބްދުއްރަޙީމް އެވެ. މި ދަރިންގެ މަންމައަކީ އައިމިނަތު ޒުބައިދާ އެވެ.
32ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާގައި ޢަބްދުއްރަޙީމް މުޙައްމަދު ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވަނީ މި ދެ ބަނޑުގެ ދަރިންނަށް ވަކިން އުޅެވޭ ގޮތަށެވެ. މިގޮތުން ޢަބްދުއްރަޙީމް މުޙައްމަދު ގެ ދޮށީ ދަރިފުޅު ފާޠިމަތު ނާޡިމާ އަށް ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވަނީ […] އެވެކިޔާ 322 އ ކަފޫޓގު ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަ ލެވެ. ޢަބްދުއްރަޙީމް މުޙައްމަދުގެ އަނބި އައިމިނަތު ޒުބައިދާ އަށާއި އެ ބަނޑުން ޢަބްދުއްރަޙީމް މުޙައްމަދު އަށް ލިބިފައިވާ 25 ދަރިން ކަމުގައިވާ ޢާއިޝަތު ހައިފާ އަށާއި އަޙުމަދު އަމީން އށާއަ މަރްޔަމް ޔުމްނާ ޢަބްދުއްރަޙީމް އަށާއި އަޖުނާ ޢަބްދުއްރަޙީމް އަށާއި ރައްޔާ ޢަބްދުއްރަޙީމް އަށް ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވަނީ […] އެވެކިޔާ 022 އަކަފޫޓު ގެ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލެވެ. މިއީ އެ ވަޞިއްޔަތުން ލިބޭ މީހުންގެ ނިސްބަތުން ކޮންމެ މީހަކަށް 133.33 އަކަފޫޓގު ބަންޑާރަ ބިން ހިމެނޭ ގޯއްޗެކެވެ.
33ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާގައި ޢަބްދުއްރަޙީމް މުޙައްމަދު ވަޞިއްޔަތުން ދިނުމަށް ހުށަހެޅި ގޮތަށް ދިނުމަށް އިޢްތިރޟާކޮށްފައިވަނީ ހަމައެކަނި ޢަބްދުއްރަޙީމް މުޙައްމަދުގެ ދޮށީ ދަރިފުޅު ފާޠިމަތު ނާޡިމާ އެ ވެ. ފާޠިމަތު ނާޡިމާ މި ވަޞިއްޔަތަށް އިޢްތިރޟާކޮށްފައިވަނީ […] އެވެކިޔާ ގތިނޯ ލިބޭ ފަރާތްތަކުގެ ތެރޭގައި ފާޠިމަތު ނާޡިމާ ހިމަނާފައިނުވާތީއެވެ.
33. ދެން މި މައްސަލައިގައި ބަލަން މިޖެހެނީ ފާޠިމަތު ނާޡިމާ އަށް އެ ވަޞިއްޔަތަށް އިޢްތިރާޟުކުރުމުގެ ޙައްޤު ލިބގެންވޭތޯއެވި. މީގެ ޖަވާބު ހޯދުމަށްޓަކައި ބަލާލަން މިޖެހެނީ ޤާނޫނު ނަންބަރު : 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) ގެ 33 ވަނަ މާއްދާގެ (ރ) އަށެވެ . އެ އަކުރުގައި ލިޔެފައިވަނީ، "މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަން ހުރިނަމައެވެ. އަދި، މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަމެއް ނެތްނަމަ، ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ދިނުމާމެދު، އެފަރާތްތަކުގެ އިޢްތިރާޟެއް ނެތްނަމައެވެ. ނަމަވެސް ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ފަރާތުގެ ދަރިން ނުވަތަ އެމީހެއްގެ މަރުވެފައިވާ ދަރިންގެ އުފަންދަރިންނަށް ދޭ ޙާލަތުތަކުގައި ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިޢްތިރާޟްކުރި ކަމުގައިވިޔަސް މިބުނި މީހުންނަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަކަށް މި މާޢްދާ ހުރަހެއް ނާޅައެވެ." މިއަކުރުގައި އިޢްތިރާޟް ކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ބައެއް ކަންކަން ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 3 ވަނަ ނަންބަރުގައި ތަކުރާރުކޮށްފައި. މިފަދައިންނެވެ. އިސްތިއުނާފުކޮށްފައިވާ ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާގައި ޢަބްދުއްރަޙީމް މުޙައްމަދު ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވަނީ ފާޠިމަތު ނާޡިމާ ހިމެނޭ ގޮތަށް އޭނާގެ ހުރިހައި ދރަންނަށއި އޭނާގެ އަނބާ އައިމިނަތު ޒުބައިދާ އ ށެވެ. އެހެންކަމުން މި ވަޞިއްޔަތުން ލިބޭ ފަރާތެއްގެ ގޮތުގައި ފާޠިމަތު ނާޡިމާ ހިމަނާފައިވާތީ، ފާޠިމަތު ނާޡިމާ އަށް މި ވަޞިއްޔަތަށް އިޢްތިރާޟކުރުމުގު ޙައްޤު ލިބިފައިވާކަމަށް ނުދެކެމެވެ. މިފަދަ މައްސަލަތަކުގައި ފަނޑިޔާރު ބަލަންވާނީ ވަޞިއްޔަތުން ދިނުމަށް ހުށަހަޅާފައިވާ ގޯތިތަކަށް ޖުމްލަ ގޮތެއްގައެވެ. ކޮންމެ ގޯއްޗަކީ ވަކި ވަޞިއްޔަތެއް ގޮތުގައެއް ނޫނެވެ. އަދި މި ގޯތިތަކުގެ ބޮޑު މިނަށާއި، މި ވަޞިއްޔަތުން ލިބޭ ފަރާތްތަކަށް ލިބިގެންދާ ނިސްބަތަށް ބަލާއިރުގައި، މި ވަޞިއްޔަތކުރުމުގައް ފާޠިމަތު ނާޡިމާ އާމެދު ބޭއިންޞފުން ޢަމަލުކޮށްފައިވާކަމަށާ ނުދެކެމެވެ.
32. ފެމިލީ ކޯޓުގެ ނަންބަރު : 858/Fm-C/2020 ޤަޟިއްޔާ ގައި ފާޠިމަތު ނާޡިމާއަށް ޤާނޫނީ ވަކީލެއް ޢައްޔަނުކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި ފާޠިމަތު ނާޡިމާގެ ފަރާތުން 33 އޮކޓޫބަރް 3232 ގައާއި 20 ނޮވނެ ބަރް 3232 ގައި ބަޔާން ހުށަހަޅާ ފައިވެއެވެ. މި ބަޔާންތަކުގައި ފާޠިމަތު ނާޡިމާގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކޮށްފައިވެއެވެ. މިހެންކަމުން އެ މައްސަލައިގެ ޝަރީޢަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތަށް ޢަދުލުވެރިކަމާއި ހާމަކަމާއެކުކަމަށް ދެކެމެވެ.
31. ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން ފެމިލީ ކޯޓުގެ ނަންބަރު: 858/Fm-C/2020 ޤަޟިއްޔާ ގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ، (ހ) އާއި (ރ)
- ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (އިސްތިއުނާފާބެހޭ މާއްދާ)
- 2019/SC-L/87 (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު)
- ބެންޗު
- ހާތިފް ޙިލްމީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް