ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/426
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވ. ޑރ. ޙަސަން ސަޢީދު، 2019/HC-A/426
Dr. Mohamed Jameel Ahmed v. Dr. Hassan Saeed 2019/HC-A/426 (2019/HC-A/426, High Court of the Maldives, 30 March 2023)
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވ. ޑރ. ޙަސަން ސަޢީދު
މައިގަނޑު ސުވާލު
ހުޅުމާލޭ ބިމެއްގެ ހަމަހަމަ މިލްކުވެރިކަމާ ގުޅޭ އެއްބަސްވުންތަކާ ޚިލާފުވެއްޖެކަމަށް ބުނެ ހުށަހެޅި ދަޢުވާގައި، އެއްބަސްވުމާ ޚިލާފުވިތޯ ނުބަލައި ބިމުގެ ރަޖިސްޓްރީ އަނެއް ފަރާތުގެ ނަމުގައި އޮތުމަށް ބިނާކޮށް ސިވިލް ކޯޓުން ދަޢުވާ ނިންމުން ޞައްޙަތޯ؛ އަދި ތަދައްޚުލް ނުކުރުވުމާއި ދަޢުވާއަށް ސުކޫތުވުމާ ގުޅޭ އިސްތިއުނާފީ ނުކުތާތައް ބަލަންޖެހޭތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުން ތަދައްޚުލުވުމަށް ހުއްދަ ނުދިން ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ތަދައްޚުލް ނުކުރުވި ސަބަބު ބަޔާންކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- އިސްތިއުނާފުކުރާ ފަރާތުގެ ބުނުމަށް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ހުށަނާޅައި ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއަކާމެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-33)
- ދަޢުވާލިބޭ ފަރާތުން ހުށަހެޅި ބަޔާނުގައި އެއްބަސްވުމާ ޚިލާފުވެފައި ނުވާކަމަށް ބުނެ ދަޢުވާއަށް އިންކާރުކޮށްފައިވާނަމަ، އެ ފަރާތް ދަޢުވާއާ ގުޅިގެން ސުކޫތުވެފައިވާކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
- އެއްބަސްވުމާ ޚިލާފުވުމުގެ މައްޗަށް ހުށަހަޅާ ދަޢުވާއެއްގައި، ދަޢުވާލިބޭ ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ނުބަލައި، ހަމައެކަނި އެހެން ޤަޟިއްޔާއެއްގެ ދަށުން ބިމުގެ ރަޖިސްޓްރީއެއް ހައްދާފައި އޮތުމުގެ މައްޗަށް ބިނާކޮށް މައްސަލައިގައި ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-37)
- ދަޢުވާގެ ޞީޣާއާއި، އެދިފައިވާ ޤާނޫނީ ފަރުވާއާއި، ދަޢުވާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް ދަށުކޯޓުން މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައަޅާފައިނުވާއިރު، އެކަންކަމާމެދު ފުރަތަމަ މަރުޙަލާގެ ކޯޓުން ގޮތް ކަނޑައެޅުމުގެ މަޞްލަޙަތު ބޮޑުވާތީ، މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-39)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ސިޔާޒް، އަލްއުސްތާޒް ޢަބްދުﷲ ޗެމްބަރސް، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާއިޝަތު އިބްތިހާލް، ޗެމްބަރސް އިން
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް