ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/167
މުޙައްމަދު ޢަލީ ވ. ޕްރިމިއަރ ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް، 2020/HC-A/167
Mohamed Ali v. Primiar Propartees Private Limited 2020/HC-A/167 (2020/HC-A/167, High Court of the Maldives, 11 December 2024)
މުޙައްމަދު ޢަލީ ވ. ޕްރިމިއަރ ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
އެޕާޓްމަންޓެއް ގަތް ފަރާތުގެ މައްޗަށް ކޮމަން އޭރިއާ މެއިންޓެނަންސް ފީ، ޖޫރިމަނާ އަދި ވަކީލު ފީ ދައްކަން ސިވިލް ކޯޓުން ކުރި ޙުކުމަކީ، ކުރީގެ ޤަޟިއްޔާއަކަށް ތަބާނުވުމާއި، ލިޔުންތަކަށް ދިފާޢުގެ ފުރުޞަތު ނުދިނުމާއި، ހެކިން ޙާޟިރުނުކުރުމާއި، އެއްބަސްވުމެއް ނެތި ވަކީލު ފީ ނަގައިދިނުމުގެ ސަބަބުން ޤާނޫނާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކުރަނީ އެ ކޯޓުން ނުވަތަ މަތީ ކޯޓަކުން ކުރިން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކުރުމެވެ؛ އެއީ ތަބާވުން ލާޒިމު ނިންމުންތަކެއްކަމަށް އެ މާއްދާގައި ބަޔާންކޮށްފައިނުވާތީ، ކޯޓުގެ ކުރީގެ ނިންމުމަކާ އެއްގޮތް ނުވުމަކީ އެކަނި، އެ މާއްދާއާ ހަވާލާދީ ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19–21)
- ދަށުކޯޓުން ލިޔުންތަކެއް ބަލައިގަނެ ދިފާޢުގެ ފުރުޞަތު ނުދިންކަމަށް ބުނާނަމަ، ކޮން ލިޔުމެއްތޯއާއި، އެ ލިޔުމުގެ ސަބަބުން ޙުކުމަށް ކޮށްފައިވާ އަސަރު ކޮބައިތޯ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭންޖެހެއެވެ؛ އެކަން ނުކޮށް ޤާނޫނީ ގޯހެއް ދައްކައިދެވިފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22–25)
- ޚަޞްމަކު ޙާޟިރުކޮށްދިނުމަށް އެދޭ ހެކިންނަށް ނުވަތަ ހުށަހަޅާ ހެއްކަކަށް ރިޢާޔަތް ނުކުރަން ނިންމާނަމަ، އެ ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ؛ ދަށުކޯޓުން އެ ސަބަބު ބަޔާންކޮށްފައިވާނަމަ، ނިންމުމުގެ ނަތީޖާ ބަދަލުވާނެ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27–30)
- މަތީ މަރުޙަލާގެ ނިންމުންތަކާ ހަވާލާދީ ޤަޟިއްޔާތަކުގައިވާ އުޞޫލުތައް ބުނެދިނުމަކުން ނުފުދޭނެއެވެ. ދަށުކޯޓުގެ ނިންމުން އެ އުޞޫލުތަކާ ޚިލާފުވާ ގޮތާއި، އޭގެ ނަތީޖާއާއި، ޙުކުމަށް އަސަރުކުރި މިންވަރު ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އިސްތިއުނާފީ މަރުޙަލާއަކީ ދަޢުވާ އަލުން ބަލާ ނުވަތަ ހެކި އަލުން ވަޒަންކުރާ މަރުޙަލާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31–33)
- މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެއްބަސްވުމެއްގައި ޤާނޫނީ ވަކީލު ފީއާ ބެހޭގޮތުން އެއްބަސްވެފައިނުވާ ޙާލަތުގައި ވަކީލު ފީ ނަގައި ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34–35)
- ދެފަރާތުގެ ދެމެދުގައި ސީދާ އެއްބަސްވުމެއް ނެތް ނަމަވެސް ކޮލެޓެރަލް އެގްރީމެންޓްގެ މަފްހޫމުގެ ދަށުން ފަރާތެއް ޤާނޫނީގޮތުން ބަނދެވޭ ޙާލަތުގައި، ވަކީލު ފީއާ ބެހޭ ސުވާލުގައި ބަލަންޖެހޭނީ ފުރަތަމަ އެއްބަސްވުން ވެވުނު ފަރާތްތަކުގެ އެއްބަސްވުމުގައި (އޭގެ ބައެއްގެ ގޮތުގައިވާ ހިންގާ ގަވާއިދުވެސް ހިމެނޭ) ވަކީލު ފީއާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށެވެ؛ އެފަދަ އެއްބަސްވުމެއް އޮތްނަމަ ވަކީލު ފީ ނަގައިދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36–40)
މައްސަލައިގެ ތަޢާރުފު:
1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-24/Cv ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ގއ.ކޮލަމާފުށި / އައްސޭރިވާދީ، މުޙައްމަދު ޢަލީ (އައިޑީކާޑު ނަންބަރު […]) (މީގެ ފަހުން "މުޙައްމަދު ޢަލ" ނުވަތަ "އިސްތިއުނާފުކުރީ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 158/2014-C) (މީގެ ފަހުން "ޕްރިމިއަރ ޕްރޮޕަޓީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެ ވެ.
2އަމީން ކޮންސްޓްރަކްޝަން (މީގެ ފަހުން "އަމީން ކޮންސްޓްރަކްޝަން") އާއި މުޙައްމަދު ޢަލީ އާދެމެދު ހުޅުމާލެ ލޮޓް ނަންބަރު 23-N2 ގައި ތަރައްގީކުރި "އަމީން އެވެނިއު" ގެ ބްލޮކް C ގެ ނަންބަރު C203 އެޕާޓްމަންޓް ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި 05 ޑިސެންބަރު 2016 ވަނަ ދުވަހު ސޮއިކުރެވިފައިވެއެވެ.
3އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 15 މެއި 2018 ގައި "އަމީން އެވެނިއު ބްލޮކް C މެނޭޖް ކުރުމުގެ އެއްބަސްވުން" ވެފައިވެއެވެ. މި އެއްބަސްވުމަކީ ހުޅުމާލެ ލޮޓް ނަންބަރު 23-N2 ގައި "އަމީން އެވެނިއު C" ގެ ނަމުގައި ތަރައްގކޮށްފައިވާ ކޮންޑޮމީނިއަމީ ބިލްޑިންގގެ މެއިންޓަނަންސ އާއް މެނޭޖްމަންޓް ބެލެހެއްޓުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްކަން އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮވެއެވެ.
4އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ ލޮޓް ނަންބަރު 23-N2 ގައި ތަރައްގީކުރި "އަމީން އެވެނިއު" ގެ ބްލޮކް C ގެ ނަންބަރު C203 އެޕާޓްމަންޓް ގަތް ފަރާތުން "އަމީން އެވެނިއު" ގެ ކޮމަން އޭރިއާގެ މެއިންޓެނަންސް ފީ ގެ ގޮތުގައަ 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ 16,101/40ރ. (ސޯޅަހާސް އެއްސަތޭކަ އެއްރުފިޔާ ސާޅީސްލާރި) ދައްކާފައިނުވާތީ، އެ ފައިސާއާއި، މެއިންޓެނަންސްގ ގޮތުގައެ ދައްކަންޖެހި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާކަމުގައިވާ 1,932/16ރ. (އެއްހާސް ނުވް ސަތޭކަ ތިރީސް ދެ ރުފިޔާ ސޅޯލާރި) އާއި، މިފައިސާ ހޯދަން މައްސަލަ ކޯޓަށް ހުށަހަޅަންޖެހުމުނ ވަކީލުންނަށް ދައްކަންޖެހުނު ފައިސާކަމުގައިވާ -8,480/ (އަށްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) އާއެކު ޖުމްލަ 20,648/80ރ. (ވިހިހާސް ހަސަތޭކަ ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) ޝަރީޢަތް މެދުވެރިކޮށް ހޯދުމަށާއި، "އަމީން އެވެނިއު" ގެ ބްލޮކް C ގެ ނަންބަރު C203 އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން "އަމީން އެވެނިއު" ގެ ބްލޮކް C ގެ ކޮމަން އރިއާގޭ މެއިންޓަ ނަންސް ފީއަކީ އެޕާޓްމަންޓް ގަތް ފަރާތުން ދާއިމަށްވެސް ދައްކަންޖެހޭ ފީއެއްކަމަށް ކަނޑައަޅއަ ދިނުމަށާއި، އެ ފައިސާ ނުދައްކައިފި ޙާލަތެއްގައި "އަމީން އެވެނިއު" ގެ ބްލޮކް C ގެ ކޮމަން އޭރިއާގައި ހިމެނޭ ޚިދުމަތްތައް ނުވަތަ އެފަދަ ޚިދުމަތްތަކުންކުރެ ޚިދުމަތެއް ކަނޑާލުމުގެ އިޚްތިޔާރު "އަމީން އެވެނިއު" ގެ ބްލޮކް C ގެ ކޮމަން އޭރިއާގެ މެއިންޓެނަންސް ބަލަހައްޓާ ފަރާތަކަށް ލިބިގެންވާކަމށަ ކަނޑައަޅައިދިނުމަށް އެދި ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން މުޙައްމަދު ޢަލީގެ މައްޗށަ ދަޢުވާކޮށް ސިވިލް ކޯޓަށް މައްސަލް ހުށަހެޅިއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 9HD/201-C-Cv/24 ޤަޟިއްޔއަށާ ބެލިއިރު އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްސޭރިވާދީ، މުޙައްމަދު ޢަލީގެ މައްޗަށް ދަޢުވާކޮށް ހުށެހެޅި މި މައްސަލާގައި، އަމީން އެވެނިއު C މެނޭޖްކުރުމުގެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، ދަޢުވާކުރާ ފަރާތުން ދެމުންގެންދާ ކޮމަން އޭރިޔާ މެއިންޓެނަންސް ޚިދުމަތުގެ އަގަކީ ދައުވާލިބޭ ފަރާތުން ދައިވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމާއި، މި ގޮތުން ކޮމަން އެރިޔާ މެއިންޓނަންސެ މަހުފީގެ ގޮތުގައި 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް، ކޮމަން އޭރިޔާ މެއިންޓނަންސެ ފީއަށް -34,503/ރ (ތިރީސްހަތަރުހާސް ފަސްސަތޭކަ ތިންރުފިޔާ) އާއި، އެފީ ނުދައްކައި އޮތުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 4,141/36ރ (ހަތަރުހާސް އެއްސަތޭކަ ސާޅީސް ރުފިޔާ ތިރީސް ހަލާރި) އާއި، ވަކީލު ފީއަށް -/8,480ރ (އަށްހާސް ހަތަރުސްތޭކ އަށްޑިހަ ރުފިޔާ) އާއެކު ޖުމްލަ 36/47،123ރ (ސާޅީސްހަތްހާސް އެއްސަތޭކަ ތޭވީސް ރުފިޔާ ތިރީސްހަލާރި) ވާކަމާއި، އަދި މި ބުނެވުނު ފައިސާ އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރޢަތަށީ ސާބިތުވާކަމަށް ކަނޑައަޅައި، ހުށެހެޅިފައިވާ މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދި ދަޢުވާކުރި ފައިސާގެ ތެރެގައި ހިމެނެނީ ކމަނޮ އޭ ރިޔާ މެއިންޓެނެންސް ފީގެ ބައި ކަމުގައިވާތީ، ދަޢުވާކުރާ ފަރާތުން 15 ޖުލައި 2019 ގައި (ޚުލާސާ ބަޔާނާއެކު) ހުށެހެޅި ސްޓޭޓްމެންޓްގައި ހިމަނާފައިވާ އިންޝުއަރެންސް ފައިސާއާމެދު މި މައްސަލާގެ ތެރޭގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށާއި، އަދި މި ދައުވާއަކީ ދެމުންދާ ޚިދުމަތެއްގެ ތެރެއިން ދީ ނިންމާ ޚިދުމަތެއްގެ އަގު ހޯދުމަށްކުރެވޭ ދަޢުވާއެއްކަމުގައި ވީހިނދު، މުސްތަޤުބަލުގައި ދޭންހުރި ޚިދުމަތަކާ ގުޅޭގޮތުން މި ދަޢުވާގެ ތެރޭގައި ގޮތެއް ކަނޑައަޅަން ނުޖެހޭ ސަބަބައްޓަކައި، ދަޢުވާކުރާ ފަރާތުން މި މައްސަލާގެ ދަޢުވާ ފޯމުގެ 12.2 ވަނަ ނަންބަރުގައި އެދިފައިވާ ފަދައިން ކަނޑައަޅާނޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވުނު 47,123/36ރ (ސާޅީސްހަތްހާސް އެއްސަތޭކަ ތޭވީސް ރުފިޔާ ތިރީސްހަލާރި) ދަޢުވާކުރާ ފަރާތަށް ލިބި ދިނުމުގެ ގޮތުން 04 ފެބްރުއަރީ 2020 އިން ފެށިގެން 03 (ތިނެއް)، މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް ޖެހޭ ފައިސާގެ މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް، މި ދަރަނި ޚަލާސްކުރުމަށް ދަޢުވާ ލިބުނު އައްސޭރިވިދާ، މުޙައްމަދު ޢަލީއަށް އަންގައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
6ސިވލި ކޯޓުގް ނަންބަރު HD/2019-C-24/Cv ޤޟިއްޔަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވނަ އަންނަވިނި 04 (ހަތަރެއް) ނުކުތާއެ ވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.6- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ އެ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަ ކުން ކޮށްފައިވާ ޙުކުމަށް ރިއާޔަތްކުރަންވާނ ކަމަށެ ބަޔާންކޮށްފައިވަނިކޮށް، އެ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން ކުރިން ނިންމެވި އެކޯޓުގެ ނަންބަރު HD/2018-C-52/Cv1 ޤަޟިއްޔާ (މިހާރަ ހައިކޯޓުގައި އިސްތިއުނާފް ހިނގަމުންދާ މައްސަލައެއް) އާއި ދާދި އެއްގޮތަކަށް މި މައްސަލަ އޮއްވައި، ބުނެވިދިޔަ ޤަޟިއްޔާގައި ކޯޓުން ނިންމެވި ނިންމެވުމާއި ވަރަށް ބޮޑަށް ތަފާތުކޮށް މި މައްސަލަ ނިންމާފައވާކަމަށި ބުނެ ހުށަހެޅި ނުކުތާއާއި،
2.6- ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދުތަކާއިގުޅޭ ބައެއް ލިޔެކިޔުންތަކެއް މައްސަ ލައިގެ ޚުލާސާ ބަޔާން ހުށެހެޅި ދުވަހު ޕްރިމިއަރ ޕްރޮޕްޓީ ޕވޓ ލޓޑ އިން ކޯޓަށް ހުށެހެޅުމުން، އެ ލިޔުންތަށް ބަލައިގެން އެ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވަނީ އެ ލިޔުންތަކާ ބެހޭގޮތުން މުޙައްމަދު ޢަލީ އަށް ދިފާޢަ ހެކި ހުށެހެޅުމަށް ފުރުސަތު ނުދީކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
3.6- އަމީން އެވެނިއު ބްލޮކް C މެނޭޖްކުރުމުގެ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމުގެ ބައިވެރިންނކަ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ އަމީނާ ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއި ޕްރިމިއަރ ޕްރޮޕަޓީ ޕވޓ ލޓޑ ކަމަށް ބަޔާންކޮށްފައިއޮތްހިނދު، އަދި އެއެއްބަސްވުން މާނަ ކުރުމުގެ މާއްދާގެ ދަށުންވެސް އެއްބަސްވުމުގެ ބައިވެރިއަކަށް މުޙައްމަދު ޢަލީ ނުވާއިރު، މުޙައްމަދު ޢަލީ އާއަ އަމީން ކޮންސްޓަރަކްޝަން ޕވޓ ލޓޑ އާދެމެދު 05 ޑިސެންބަރު 2016 ދުވަހު ސޮއިކުރެވިފައިވާ އެޕާޓްމެންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ (ހ) ގައި އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑ އިން އަމީން އެވެނިއުގެ ބްލޮކް ސީ ގެ މަސައްކަތް ނިމި އެޕާރޓްމެންޓް މުޙާއްމަދު ޢަލީ އާއި ހަވާލުކުރާ ދުވަހުން ފެށިގެން ފުރަތަމަ 2 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށް ބަޔާންކޮށްފައިވާހިނދު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑ އިން ބްލޮކް ސީގެ މަސައްކަތް ނިންމާފައި ނުވާކަމަށް ފާހަގަކޮށް އެކަން ޘާބިތުކުރުމަށް ހެކި ހުށެހެޅި ނަމަވެސް ޝަރީއތުނަ އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައަ ނުވި ކަމަށާ ބުން ހުށަހެޅި ނުކުތާއާއި،
4.6- ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2009/HC-A/348 ގަޟިއްޔާގައި ވަކީލު ފީ ނެގުމާބެހޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް މި ޤަޟިއްޔާގައި ވަކީލު ފީ ދއްކުމަށެ ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޚުލާސާ
7ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު HD/2018-C-152/Cv ޤަޟިއްޔާއާއި އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއަކީ އެއްބާވަތެއްގެ ދެ ދައުވާކަމަށްވާއިރު، އަދި ދެ މައްސަލައިގއަވެސ އެއް ހެކިތަކެއް ހުށަހަޅާފައިވަނިކޮށް މި ދެ މައްސަލައިގެ ނިންމުން ވަރަށް ބޮޑަށް ތަފާތުކޮށް ނިންމަވާފައިވާކަމަށެވެ.
8ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މައްސަލައިގެ ޙުލާސާ ބަޔާން ހުށަހެޅި ދުވަހު ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ހުށަހެޅި ލިޔުންތައް ޝަރީޢަތުން ބަލައިގަނފައިވީނަމަވެސެ އެލިޔެކިޔުންތަކާ ބެހޭގޮތުން ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ދިފައިނުވާކަމަށެވެ.
9ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ޢަލީ އާއި ދެމެދު 5 ޑިސެންބަރު 2016 ވަނަ ދުވަހު ސޮއިކޮށްފައިވާ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ (ހ) ގައި ވަނީ އަމީން އެވެނިއުގެ ބްލޮކް C ގެ މަސައްކަތް ނިމި އެޕާޓްމަންޓްތައް ގަންނަ ފަރާތާއި ޙަވާލުކުރާ ދުވަހުން ފެށިގެން ފުރަތަމަ 2 އަހަރު ވަންދެން ތަނުގެ ކަންކަން މެނޭޖްކޮށް ބަލަހައްޓާނީ ވިއްކާ ފަރާތުން ނުވަތަ އެ ފަރާތުން އެކަން ޙަވާލުކުރާ ފަރާތަކުންކަމަށެވެ. މި މާއްދާއަށް ބެލުމުން އެނގެނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މުޙައްމަދު ޢަލީގެ މައްޗަށް މި މާއްދާ ތަންފީޒުކުރެވޭނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިލްތިޒާމްތައް އެފަރާތުން ފުރިހަމައަށް އަދާކުރުމަށްފަހުގައިކަމަށެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިއިން އެއްވެސް ކަމެއް ފުރިހަމނުކުރަ ޙާލުގައި މުޙައްމަދު ޢަލީގެ ފަރާތުން މިކަންކަން ސާބިތުކުރުމަށް ދަށުކޯޓުގައި ހުށަހެޅުމަށް އެދިފައިވާ އެއްވެސް ހެއްކެއް ޙާޒިރުކޮށްދީފައިނުވާކަމަށެވެ. އެހެން ކަމުން އަމީން ކޮންސްޓްރަކްޝަން އިން ޕްރިމިއަރ ޕްރޮޕަޓީ އާއި ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އަމީން ކޮންސްޓްރަކްޝަން އިން ޕްރިމިއަރ ޕްރޮޕަޓީއ ޙަވާލުކުރާ ޒިންމާއެއްގެ ދަށުން މުޙައްމަދު ޢަލީ އަށް ނޭނގޭ މުޢާމަލާތެއްގައި މުޙައްމަދު ޢަލީ ޒިންމާވާން ނުޖެހޭނެކަމަށެވެ.
10ހަތަރުވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޢަލީ އާއި ޕްރިމިއަރ ޕްރޮޕަޓއީ ދެމެދު ގަނެވިއްކުމުގެ އެއްބަސްވުމެއް ފިޔަވައި އެހެން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތްއިރު އަދި ވަކީލުފީ ދެއްކުމާއި ބެހޭ ގޮތުންވެސް އެއްވެސް ލިޔެކިޔުމެއް ނެތްއިރު ވަކީލު ފީ ނަގައިދިނުމަށް މި މައްސަލައިގައި ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2009/HC-A/348 ގަޟިއްޔާގައި ވަކީލު ފީ ނެގުމާބެހޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލާއި ޚިލާފަށްކަމަށެވެ.
11މުޙައްމަދު ޢަލގީ ފަރާތުން އެދެނީ ސިވިލް ކޯޓުގި ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގެ ދަށުނާ އަމީން އެވެނިއު ބްލޮކް C ގެ ކޮމަން އޭރިޔާގެ މެއިންޓަނެ ންސް ފީ އާއި، އެފީ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާއި، ޤާނޫނީ ވަކީލްގެ ފީ ޕްރިމިއަރ ޕްރޮޕަޓީ އަށް ދެއްކުމަށް ޝަރީއަތުން އަންގާފައިވަނީ ރަނގަޅަށްނޫންކަމަށް ކަނޑައަޅުއްވައި ދެއްވައި، ސިވލި ކޯޓުގް ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގައި ދަށުކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ
12އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފްކުރެ ވފައިމިވި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤނޫނުގާ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި މައްސަލައާއި އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިންކޮށްފައިވ ޙުކުމާ ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަކަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިއޮތް އޮތުމާއި ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، އެފަދައިން ހަމައެކަނި ބަޔާންކޮށްފައިއޮތް އޮތުމުގެ އިތުރުން މި ދެމައްސަލައިގައި ޙުކުމަކަށް ވާސިލްވމުން ތަފާތުވެފައިވަނު ކޮންކަމެއްތޯ ނުވަތަ އިސްވެ ބަޔާންކުރެވިފައިވާ ޤާނޫނާއި ޚިލާފުވެފައިވަނީ ކިހިނެއްތޯ ނުވަތަ ޤާނޫނާ ޚިލާފުވަނީ ކޮން ގޮތަކަށް ބަޔާންކޮށް އެއްވެސް ތަފްސީލެއް އިސްތިއުނާފްކުރާ ފަރތުނާ ބަޔާންކޮށްފައިނުވާއިރު، ޤާނޫނީ އަސާސެއް ނުވަތަ ބުރަދަނެއް ހުރެ އިސްތިއުނާފް ކުރާ ފަރާތުން ފާހަގަކުރާ ނުކުތާއެއް ނޫންކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައާ ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިނުވކަމަށެވެ. އަދ ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ޚުލާޞާ ބަޔާނާއެކު އިތުރަށް ހުށަހެޅި ލިޔުންތަކެއްކަމަށް އެ ރިޢާޔަތްކުރާ ލިޔުމަކީ، މައްސަލައިގެ ބާވަތުގެ ގޮތުން ދަޢުވާ ފޯމު ސިވިލް ކޯޓަށް ހުށަހެޅުނު ދުވަހުން ފެށިގެން ޝަރީޢަތަށް ޖަވާބުދާރީވާ ނުވަތަ ހާޟިރުވާ ކޮންމެ ދުވަހަކު ދައުވާކުރެވިފައިވާ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކައިފައިވޭތޯ ނުވަތަ ނުވޭތޯ ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅިފައވި އެންމެ ފަހުގެ އެކައުންޓްސް ސްޓޭޓްމަންޓްތައްކަމަށެވެ.
14އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ބުނެފައިވަނީ، ގަނެވިއްކުމުގެ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ (ހ) ގައި ވަނީ އަމީން އެވެނިއުގެ ބްލޮކް C ގެ މަސައްކަތް ނިމި އެޕާޓްމަންޓްތައް ގަންނަ ފަރާތާއި ޙަވާލުކުރާ ދުވަހުން ފެށިގެން ފުރަތަމަ 2 އަހަރު ވަންދެން ތަނުގެ ކަންކަން މެނޭޖްކޮށް ބަލަހައްޓާނީ ވިއްކާ ފަރާތުން ނުވަތަ އެ ފަރާތުން އެކަން ޙަވާލުކުރާ ތިންވަނަ ފަރާތަކުންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުންވެސް ރިޢާޔަތްކުރައްވާ HD/2018-C-152/Cv ޤަޟިއްޔާއަކާ ހައިކޯޓުގެ ނަންބަރު 2019/HC-A/402 ޤަޟިއްޔާއިން ޕްރިވިޓީ އޮފް ކޮންޓްރެކްޓް އަދި ކޮލެޓްރަލް އެއްބަސްވުމުގެ މަހްފޫމަށް ރިޢާޔަތް ކުރައްވައި ބަޔާންކުރައްވާފައިވަނީ، ބުނެވިދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް ކޮލަޓްރަލް އެގްރީމެންޓްގެ މަފްހޫމްގެ ދަށުން އަޙްމަދު ފިރާޤްއާއި ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑއާ ދެމެދި ސީދާ ވަކި އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވި ނަމަވެސް އެކަމަކީ އިސްވެ މި ބުނެވުނު އެއްބަސްވުންތަކުގެ ސަބަބުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ އިސްތިސްނާ ޙާލަތެއްކަން ފެންނަން އޮތުމުން ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އަމީން އެވެނިއު މެނޭޖްކުރުމުގެ އެއްބަސްވުމަށް ޢަމަލުކުރުމަށް އަމީން އެވެނިއު ބްލޮކް A ގެ ނަންބަރ 8A40 އެޕާޓްމަންޓް ގަތް އަޙްމަދު ފިރާޤަށް ލާޒިމްވާނެކަން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެފައިވާކަމަށެވެ. އެހެންކަމުން ޕްރިމިއަރ ޕްރޮޕަޓއަކީ ގަނެވިއްކުމުގެ އެއްބަސްވުމުގެ ބައިވެރިއެއކަމުގައް ނުވިޔަސް، މިއީ ކޮލަޓްރަލް އެއްބަސްވުމެއް އުފަންވާ ހާލަތެއްކަމަށްވާތީ އިސްތިއުނާފުކުރާ ފަރާތކަ ޒިންމާ ކުރެވޭނެ ފަރާތެއްކަން ޝައްކެއްވެސ ނެތް މިންވަރަށް ސާބިތުވާކަމަށެވެ.
15އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ބުނެފައިވަނީ، ވަކީލް ފީއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ނަގައިދެވޭނެ ފައިސާއެއް ނޫންކަމުގައި ބަޔާންކޮށްފައިވީނަމަވެސް، މިއީ އިސްތިއުނާފުކުރާ ފަރާތަށް ފޯރުކޮށްދީފައިވާ ޚިދުމަތކަށަ ނުލިބިވާ ފައިސާ ހޯދުމަށް ކޯޓުން ބޭރުގައި ދެވުނު އެކި ފުރުސަތުތަކުގައްޔާއ ޤާނޫނި ނޯޓިސް ދވުމެށފަހުވެސ ފައިސް ދައްކާފައިނުވާތީ، މިފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި މިކަން ސާބިތުކުރުމަށްޓަކައި ސިވިލް ކޯޓަށް ޤާނޫނީ ވަކީލާއެކުވެފައިވާ އެއްބަސްވުންތަކާއި ޤާނޫނީ ވަކީލަށް ފައިސާ ދައްކާފައިވާކމުގަ ހެކި ހުށަހަޅާފައިވާކަމަށެވެ.
16ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން އެދެނީ ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވައި ދެއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް އިސްތިއުނާފީ ފުރަތަމަ ނުކުތާ
17އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުން މައްސަލަ ނިންމިހިނދު އެކޯޓުގެ ނަންބަރު HD/2018-C-152/Cv ޤަޟިއްޔާއަށް ތަބާވެފައިނުވާކަމަށާއި، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދގާ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ކަމެއްކަމުގައެވެ.
18ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 5 (ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ . (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް. (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން.
19ޕްރިސިޑެންސް 1ބަޔާންވެދިޔަ މާއްދާއަށް ބަލާއިރު، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދގާ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އެކޯޓަކުނ ނިންމް ނިންމުމަކަށް އެކޯޓުން އެހެން މައްސަލަތައް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭވާހަކައެވެ. އެފަދަ ނިންމުމަކީ ތަބާވުން ލާޒިމުވާ ނިންމުންތަކެއް ކަމަށް އެމާއްދާގައި ބަޔާންކޮށްފައިނުވެއެވެ.
20އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤާނޫނީ މާއްދާގައި، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާގޮތަށް، "ތަބާވުން ލާޒިމު" ކޮށްފައި ނުވުމުން، އެފަދައިން، އެކޯޓުން ނިންމާ ނިންމުމަކަށް ތަބާނުވުމަކީ އެމާއްދާއާއި ޙަވާލާދީ ޤާނޫނީގޮތުން ގޯހެއް ހަދާފައިވާކަމަށް ކަނޑައެޅިދާނެފަދަ ނުކުތާއެއްކަމުގައި ނުދެކެމެވެ.
21ހަމައެހެންމެ، އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރެވޭ މައްސަލަ އެކޯޓުގެ އެހެން މައްސަލައެއް ނިމިފައިވާ ގޮތާ އެއްގޮތް ނުވުމަކީ ނުވަތަ އެފަދަ ނިންމުމަށް ތަބާވެފައި ނުވުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރަށް ރިއާޔަތްކޮށް، ޤާނޫނީގޮތުން ހަދާފައިވާ ގޯހެއްކަމަށް ބުރަވެވޭފަދަ ބަހުސެއް އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ބަޔާންކޮށްދފައިނުވާހިނދު، މި ނުކުތާއަކީ އިސްތިއުނާފު ނުކުތާތަކުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއެއްކަމުގައި ނުދެކެމެވެ.
22ޕްރިސިޑެންސް 2އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ސިވިލްކޯޓުގައި ކުރިއަށް ދިޔައިރު، ޚުލާސާ ބަޔާން ހުށަހެޅި ދުވަހު، އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކެއް ބަލައިގަނެ އެލިޔުންތަކަށް ރިޢާޔަތްކޮށްފައިވަނީ، އެލިޔުންތަކާބެހޭގޮތުން ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ނުދީކަމުގައެވެ.
23މިފަދައިން ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާގޮތަށް ހުށަހެޅިފައިވަނީ ކޮން ލިޔުންތަކެއްކަމެއ ނުވަތް ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ނުލިބިއޮތީ ކޮން ލިޔުންތަކެއްގެ މައްޗަށްކަމެއް ނުވަތަ އެލިޔުންތަކުގެ ސަބަބުން ޙުކުމަށް ކޮށްފައިވާ އަސަރަކީ ކޮބައިކަމެއް އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްދީފައިނުވެއެވެ.
24ހަމައެހެންމެ، އިސްތިއުނާފު ރައްދުވާ ފަރާތުން މިނުކުތާގައި ބުނެފައިވަނީ، ޚލާސު ބަޔާނާ ހުށަހެޅް ދުވަހު އިތުރު ލިޔުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އެހާތަނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އަދާހަމަކުރެވިފައިވާ ސްޓޭޓްމެންޓެއް ކަމަށާއި، އެއީ ފަނޑިޔާރުގެ އިޒުނައާއެކު ކޮންމެ އަޑުއެހުމެއްގައިވެސް ހުށަހަޅަމުންއައި ލިޔުމެއްކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނިބުނުމާމެދ އިސްތިއުނާފުކުރު ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކިއެއްޗެއް ބުނެފައިނުވެއެވެ.
25އެހެންކަމުން، ދަށުކޯޓުން މައްސަލަ ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް އެނގޭނެފަދަ ބަހުސެއް މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތަށް ހުށަހެޅިފައިވާކަމުގައި ނުދެކެމެވެ.
26އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، އަމީން އެވެނިއުގެ ބްލޮކް C ގެ މަސައްކަތް ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ނިމިފައިނުވާކަން ސާބިތުކުރުމުގެ ގޮތުން ހެކިން ހުށަހެޅި ނަމަވެސް އެކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ. އަދި ހެކިން ހާޒިރުކޮށްދީފައިނުވާކަމުގައެވެ.
27ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މުސާ ޤަޟިއްޔާއާ ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް ފަދަ ޤަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ފަދައިން މައްސަލައެއްގައި ޚަޞްމުން ޙާޟިރުކޮށްދިނުމަށް އެދޭ ހެކިން ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލާ ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ. އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މުސާ ޤަޟިއްޔާގެ ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާ ފާހަގަކޮށްފައިވަނީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސ ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި، ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގައި ފަނޑިޔާރު ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
28މި އުސ ލުތައް މި މައްސަލައަށް ތަޠުބީޤުކުރުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގެ ނިންމުމުގައި މުޙައްމަދު ޢަލީގެ ފަރާތުން ހުށަހެޅި ޝަފހަ ހެކިން ޙާޟިރުނުކުރަން ނިންމި ސަބަބުތައް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
29އެގޮތުން، މުޙައްމަދު ޢަލީގެ ފަރާތުން ހެކިން ހުށަހަޅާފައިވަނީ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑުގެ މެއިންޓެ ނަންސ މަސައްކަތް ނިންމާފައިނުވާކަނ ސާބިތުކުރުމަށް ކަމަށްވެފައި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަށް މުޙައްމަދު ޢަލީގެ ފަރާތުން އިންކާރުކުރި މައިގަނޑު ސަބަބުކަމުގައި އެ ޤަޟިއްޔާގައި ފެންނަން އޮތީ، ދައުވާކުރުމުގެ ޙައިސިއްޔަތު ނުވަތަ ދައުވާގައި ހިމެނޭ ފައިސާއަށް އެދުމުގެ ޤާނޫނީ ޙައިސިއްޔަތު ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާމެދ ސުވާލު އުފައްދައި އެ މައްޗަށް ކުރި އިންކާރުކަން 2017/SC-A/26 2011/HC-A/192 2017/SC-A/26 ދަޢުވާގެ ޖަވާބު ފޯމުގެ 6 ވަނަ ނަންބަރުން އެނގެން އޮންނާތީ، ހެކި ހުށަހެޅުނު ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު ޢަލީގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ޙޒާރުކޮށްފައިނުވާކަނ ދަށް ކޯޓުގު ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
30ސިވިލް ކޯޓުގެ ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގެ ނިންމުމަށް ވާސިލުވެފައިވަނީ މައްސަލައިގެ ޚަޞްމުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެންކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، މި އިސްތިއުނާފީ މައްސަލައިގައި މުޙައްމަދު ޢަލީ ހުށަހަޅާފައިވާ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނިންމުމުގެ ނަތީޖާ ބަދަލުވާނެ ގޮތެއް ނުވަތަ ކުޅަ ދަފްޢު ސާބިތުވާނެގޮތެއް މުޙައްމަދު ޢަލީ ގެ ފަރާތުން ސާފުކޮށްދީފައެއް ނުވެއެވެ.
31ޕްރިސިޑެންސް 4ބަޔާންކުރެވުނު ކަންކަމަށްބަލާއިރު، ސިވިލް ކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުވާގޮތެއް ބުނެދިނުމެއް ނެތި، މަތީ މަރުހަލާގެ ނިންމުންތަކަކާ ޙަވާލާދީ، މިފަދަ މައްސަލަތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކެއް ހުރިކަން ބަޔާންކޮށްދިނުމަކުން ނުފުދޭކަމާއި، އިސްތިއުނާފީ ނުކުތާތައް ބަލައިގަތުމުގެ ތްރެޝްހޯލްޑް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގެ 10 ވަނަ ޕެރެގްރާފުގައި، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބުނަންވާނެކަނ އެނގެން އޮތްނަމަވެސް، އެފަދަ ސަބަބުތައް ނުވަތަ ދަށު ކޯޓުން ހަދާފައިވާ ގޯހާއި އެފަދަ ނުކުތާއެއްގެ މައްޗަށް އޮތް ޤާނޫނީ ބަހުސެއް ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތަކުގައި ހުށަހެޅިފައިވާކަމަށް ނުފެންނާތީ، އިސްތިއުނާފީ ފުރަތަމަ ނުކުތާއިން ފެށިގެން ތިންވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގައި އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ބަހުސެއް އޮތް ކަމުގައި ނުދެކެމެވެ. ސިވިލް ކޯޓުގެ ނަންބަރު HD/2019-C-24/Cv ގެ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ(ވ) ގައި. . ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ
32މަތީ މަރުހަލާގެ ނިންމުތަކާ ޙަވާލާދީ އިސްތިއުނާފު ކުރާނަމަ، ހަމައެކަނި އެ ޤަޟިއްޔާތަކުގައި ހުރި އުސޫލުތައް ބުނެދިނުމުގެ ބަދަލުގައި، ދަށު ކޯޓުން މައްސަލަ ނިންމުމުގައި އެ އުސޫލުތަކާއި ޚިލާފވު ގޮތާއި، އޭގެ ނަތީޖާއާއި، އެކަމުގެ ސަބަބުން ޙުކުމަށް އަސަރުކޮށްފައިވާ މިންވަރު ބުނެދޭންވާނެއެވެ. އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފީ މަރުޙަލާއަކީ، އިސްތިސްނާއެއް ނެތި، ފުރަތަމަ މަރުހަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުހަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި އުންސުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވުމ ގުޅާ އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫނެވެ. އެކަން ކުރަންޖެހޭނީ ޝަރީޢަތްކުރާ (Trial Court) ކޯޓުތަކުންނެވެ.
33ދަށު ކޯޓުން މައްސަލަ ނިންމުމުގައި އެފަދަ އުސޫލުތަކާއި ޚިލާފުގޮތާއި، ޚިލާފުވެފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ބަޔާންކުރުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން އެނގެން އޮވެއެވެ.
34ޕްރިސިޑެންސް 5އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ވަކީލުފީ ނަގައިދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ ފަދައިން އެއްބަސްވުމާއި ގުޅޭގޮތުން ޝަރުޢީ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމަށް ހިނގާނެ ޚަރަދުތައް އަނެއް ފަރާތުން ނެގޭނެ އިންތިޒާމަކަށ އެއްބަސްވުމުގް ދަށުން އިސްތިޤުރާރުވެފައި ނެތް ޙލަތެއްގައާ . ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ ޢަބްދު ﷲ ރަޝާދު ވ. ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން މައްސަލައިގައި ހިމެނޭ އަނެއް ޚަސްމުގެ އަތުން ވަކީލު ފީ ނެގުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެކަމަށާއި، މިފަދަ އެއްބަސްވުމެއް ނެތް ޙާ ލަތުގައި ވަކީލު ފީ ނަގައި ނުދެވޭނެކަމަށް އިސްވެ ބުނެވުނެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ވަކީލު ފީ ނަގައިދީފައިވާކަމަށެވެ.
35މަތީގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި، އަދި އޭގެފަހުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/402 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/60 ޤަޟިއްޔާ އަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިފަދަ މުޢާމަލާތްތަކުގައި ޤާނޫނީ ވަކީލު ފީ އާބެހޭގޮތުން އެއްބަސްވެފައިނުވާ ޙލަތުގައާ ފީ ނަގައިދިނުން ނޯންނަކަން އެނގެއެވެ.
36ޕްރިސިޑެންސް 6މި މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދުގައި ސީދާވަކި އެއްބަސްވުމެއް ވެފައިނުވިނަމަވެސް، "ކޮލަޓެރަލް އެގްރިމެންޓް" ގެ މަފްހޫމަށް ރިޢާޔަތްކޮށް، ބަޔާންކުރެވުނު އެއްބަސްވުންތަކަކީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ޤާނޫނީގޮތުން ބަނދެވޭގޮތަށ ވެފައިވް އެއްބަސްވުންތަކެއްކަމަށ ސިވިލް ކޯޓުގް ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މިއީ އިސްތިއުނާފު ކޮށްފައިވާ ކަމެއްވެސް ނޫނެވެ.
37ކޮލަޓެރަލް އެގްރިމެންޓްގެ މަފްހޫމަށް ބެލިނަމަވެސް، މިހާލަތުގައި، ފުރަތަމަ އެއްބަސްވުންވެވުނު ފަރާތްތަކުގެ (އިސްތިއުނާފުކުރާ ފަރާތާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) އ ވެވުނު އެއްބަސްވުމުގައި ވަކީލު ފީއާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ބަލަންޖެހެއެވެ. އަޙްމަދު ފިރާޤު ވ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ([2024] SC 18)
38އެގޮތުން ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ، އަމީން އެވެނިއު ހިންގާ ގަވާއިދު 41 ވަނަ މާއްދާގައި ވަކީލުފީއާގުޅޭ މާއްދާއެއް ހިމެނިފައިވެއެވެ. އެމާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. "ގަވާޢިދ ޚިލާފުވާ އަދި އެ ޚިލާފުވުން މަތީ ދެމިހުންނ ނަމަ އެކަން ހުއްޓުވުމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، އަދި ޤާނޫނީ ވަކީލުންގެ އަގު ހޯދުމުގެ ދަޢުވާ ވެރިފަރާތުގެ މައްޗަށް އުފުލުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވެއެވެ."
39އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މަތީގައި ބަޔާންވެދިޔަ ބޯޑު ޤާއިމުކުރެވެންދެން، ތަން ބެލެހެއްޓުމުގެ ޒިންމާ އޮންނާނީ ވިއްކާފަރާތުން ނުވަތަ 13 12 އެފަރާތުން ޙަވާލުކުރާ ފަރާތަކުން ކަމަށް އެ އެއްބަސްވުމުގެ 29 އަދި 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތާއި، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތާއެވެ. 29 ވަނަ މާއްދާ. ގަންނަ އެޕާޓްމަންޓް ޙަވާލުވާ ދުވަހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މި އެއްބަސްވުމުގެ ޖަދުވަލު 7 ގައިވާ ހިންގާ ގަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން އަމީން އެވެނިއު ގެ ބްލޯކް C ގެ އެންމެހާ ކަންކަންހިންގާ ބެލެހެއްޓުމަށްޓަކައި ބޯޑެއް ޤާއިމުކުރަންވާނެއެވެ. 30 ވަނަ މާއްދާ.
(ހ) މި އެއްބަސްވުމުގެ 29 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އަމީން އެވެނިއު ގެ ބްލޯކް C ގެ މަސައްކަތް ނިމި އެޕާޓްމަންޓްތައް ގަންނަފަރާތްތަކާ ޙަވާލުކުރާ ދުވަހުން ފެށިގެން ފުރަތަމަ 2 (ދޭއް) އަހަރު ވަންދެން ތަނުގެ އަންނަނިވި ކަންކަން މެނޭޖްކޮށް ބަލަހައްޓާނީ ވިއްކާ ފަރާތުން ނުވަތަ އެފަރާތުން އެކަން ޙަވާލުކުރާ ފަރާތަކުންނެވެ.
1. އާންމު ތަންތަނުގެ މެއިންޓެނެންސް
2. ސިކިއުރިޓީ
3. އާންމު ތަންތަނުގެ ސާފުތާހިރުކަން
4. އާންމު ތަންތަނުގެ ފެނާއި ކަރަންޓާއި އަދި އެނޫންވެސް އެހެނިހެން ޚަރަދުތައް
5. އިންޝޫރެންސް
(ށ) އިންޝޫރަންސް ފިޔަވައި، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކަންކަން ކުރުމަށްޓަކައި މެނޭޖްމަންޓް ފީއެއްގ ގޮތުގައެ ނަގާނީ ސްކެއަރ ފޫޓަކަށް މަހަކު 2 (ދޭއް) ރުފިޔާއެވެ.
(ނ) މުޅި އިމާރާތުގެ އިންޝޫރެންސް ނެގުމަށް ހިނގާ ޚަރަދު، ސްކެއަރ ފޫޓަކަށ ބެހުމަށް ފަހު ޖެހޭ ނިސްބަތުން ގަންނަފަރާތުން ދައްކަންވާނެއެވެ.
(ރ) ފުރަތަމަ 2 (ދޭއް) އަހަރު ނިމުމަށް ފަހު މެނޭޖްމަންޓް ފީގެ ގޮތުގައި ނަގާ ފައިސާ އާއި އަދި ސިންކިންގ ފަންޑަށް ނަގާ ފައިސާ ކަނޑައަޅާނީ، މި އެއްބަސްވުމުގެ 29 ވަނަ މާއްދާގައި ޙަވާލާދެވިފައިވާ ބޯޑުންނެވެ.
40އަދި ބަޔާންވެދިޔަ އެއްބަސްވުމަކީ، ކޮލަޓެރަލް އެގްރިމެންޓްގެ މަފްހޫމަށް ރިޢާޔަތްކޮށް އިސްތިއުނާފު ކުރާ ފަރާތް ޤާނޫނީގޮތުން ބަނދެވޭގޮތަށ ވެފައިވް އެއްބަސްވުންތަކެއްކަމުން، އަމީން އެވެނިއު ހިންގާ ގަވާއިދު 41 ވަނަ މާއްދާއާއި، އިސްތިއުނާފު ކުރާ ފަރާތާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 29 އަދި 30 ވަނަ މާއްދާއާއި، އިސްތިއުނާފު ރައްދުވާ ފަރާތއާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެފައިވާ "އަމީން އެވެނިއު C މެނޭޖްކުރުމުގެ އެއްބަސްވުން" އަށް ރިޢާޔަތްކޮށް ޤާނޫނީ ވަކީލު ފީ އާގުޅޭގޮތުން މި މައްސަލައިގައި އެއްބަސްވުމެއް އޮތްކަން އެނގެން އޮތުމުން، ޤާނޫނީ ވަކީލުފީ ނަގައިދެވިދާނެކަމުގައި ދެކެމެވެ.
41ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-24/Cv ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
42ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
43ފނޑިޔާރަ މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
44މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ)(2)
- ސުޕްރީމް ކޯޓުގެ 2017/SC-A/26 (މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ)
- ހައިކޯޓުގެ 2011/HC-A/192 (މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން)، ޕެރ. 10
- ސުޕްރީމް ކޯޓުގެ 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ 2009/HC-A/348 (ޢަބްދުﷲ ރަޝާދު ވ. ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން)
- ހައިކޯޓުގެ 2019/HC-A/402 (އަޙްމަދު ފިރާޤު ވ. ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2021/SC-A/60 (މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް، [2024] SC 18)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 268 އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް