ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/294
އަޙްމަދު ފިރާޝް ވ. ޙަސަން އިޤުބާލް، 2019/HC-A/294
Ahmed Firaash v. Hassan Iqubaal 2019/HC-A/294 (2019/HC-A/294, High Court of the Maldives, 24 October 2022)
އަޙްމަދު ފިރާޝް ވ. ޙަސަން އިޤުބާލް
މައިގަނޑު ސުވާލު
ދެފަރާތުގެ އެއްބަސްވުމުގައިވާ މާލީ އިންސެންޓިވާއި ލަސްވާ ދުވަސްތަކުގެ ޖޫރިމަނާ (ޑިލޭ ޑެމޭޖަސް) ނަގައިނުދިނުމަށް ސިވިލް ކޯޓުން ނިންމީ އެއްބަސްވުމަށް ރިޢާޔަތްނުކޮށް ނުވަތަ އެއްބަސްވުމާ ޚިލާފަށްތޯ؛ އަދި އެ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރިއަށް ގެންދެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފީ ދަޢުވާ ފޯމް ބާޠިލު، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަކި ކަމަކަށް ރިޢާޔަތްކުރިކުރުން ގޯސްކަމަށް ބުނުމާއި ވަކި ކަމަކަށް ރިޢާޔަތް ނުކުރާކަމަށް ބުނުމަކީ ދެކަމެއް؛ ދަށުކޯޓުން އެއްބަސްވުމަށް ރިޢާޔަތްކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތްނަމަ، އެއްބަސްވުމަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާ ބަލައިނުގަނެވޭނެއެވެ.
- އެއްބަސްވުމެއް ނުވަތަ އެއްބަސްވުމުގެ ވަކި މާއްދާއެއް ތަންފީޒުކުރުމަށް ހުރަސްއެޅޭ ސަބަބެއް ހުރިނަމަ، އެއްބަސްވުމުގައި ވަކި ގޮތަކަށް ލިޔެފައި އޮތްނަމަވެސް، އެ އެއްބަސްވުމެއް ނުވަތަ މާއްދާއެއް ތަންފީޒުކުރަން ނުޖެހޭނެކަމަށް މައްސަލައިގެ ވާޤިޢާތަކާއި ޤާނޫނީ ނުކުތާތަކަށް ބަލައި ޤާނޫނީ ހަމަތަކުގެ މަތިން ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެފަދަ ހުރަސްއެޅޭ ޙާލަތެއް އޮތްތޯ ވަޒަންކުރަނީ ކޯޓުންނެވެ.
- ދެފަރާތެއްގެ މެދުގައި އެއްބަސްވުމެއް އޮތް ނަމަވެސް، އެ އެއްބަސްވުމަކީ ޤާނޫނާ ޚިލާފު އެއްބަސްވުމެއްނަމަ، އެ އެއްބަސްވުން ތަންފީޒުކޮށް ނުދިނުމަށް ކޯޓުން ނިންމިދާނެއެވެ.
- ދަށުކޯޓުން އެއްބަސްވުމުގެ މާއްދާތައް ތަންފީޒުކޮށްނުދޭން ނިންމި ޤާނޫނީ އަސާސް (ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ މާއްދާއެއް) ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ އަސާސަކީ ޤާނޫނާ ޚިލާފު އަސާސެއްކަމަށް ބުނެ ޝަކުވާކުރުމެއްނެތި، ހަމައެކަނި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނަގައިނުދިނުމުގެ ޝަކުވާ ހުށަހަޅާނަމަ، އެއީ ޤާނޫނީ ބަހުސެއް ހިމެނޭ އިސްތިއުނާފީ ނުކުތާއެއް ނޫނެވެ.
- ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ސަބަބެއް ނެތްނަމަ، އިސްތިއުނާފީ ދަޢުވާ ފޯމު ބާޠިލުކުރެވޭނެއެވެ.
3މިއީ، ސިވިލް ކޯޓގު ނަންބަރު C/2018-5/Cv623 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހއ.އިހަވަންދޫ/ އާޒާދީބަހާރު، އޙަ މަދް ފިރާޟް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، […] / ޙަސަން އިޤުބާލް އެވެ.
3. ސިވިލް ކޯޓަށް އަޙްމަދު ފިރާޟ ހުށަހަޅާފައިވް ދަޢުވާފޯމުގައި މައްސަލާގައި ކަންހިނގާފައިވާ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
8.4 […] / ޙަސަން އިޤުބާލ ވިޔަފާރިއެއް ކުރުމަށް މާލް އެހީތެރިކމަ ށ އެދުމުން، ހއ.އިހަވަންދޫ/ އާޒާދީބަހާރު، އަޙްމަދު ފިރާޟް އޭ ނާއަށ އެކަން ކޮށްދިނުމަށް ގަސް ދުކޮށް، ފައިނޭންސް ކޮށްދިނުމާއި މާލީ އިންސެންޓިވެއ ދިނުމަށް ދެފަރާތް އެއްބަސވް 8242 ސެޕްޓެނބަރް 28 ވަނަ ދުވަހު […] / ޙަސަން އިޤުބާލ އާއް ހއ.އިހަވަންދޫ އާޒާދީބަހާރު/ އަޙްމަދު ފިރާޟް އާ ދެމެދު އެއްބަސްވުމެއް ވެވިފައިވެއެވެ.
8.8 އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޙަސަން އިޤުބާލް ފެއްޓުމަށް ގަސްދުކޮށްފައިވާ ވިޔަފާރިއަށް ފައިނޭންސް ކޮށްދިނުމުގެ ގޮތުން 120,000.00ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) އެއްބަސްވުމުގައި ސޮއިކުރެވުނު ވަގުތު ޙަސަން އިޤުބލުއަށާ އަޙްމަދް ފިރާޟް ދީފައިވެއެވެ. އައި.ޑީ.އައި.ޑީ.
8.2 އެއްބަސްވުމުގެ 2.4 ވަނަ މާއްދާގެ ދަށުން، އިސްވެ ބުނެވުނު 120,000.00ރ. (އެއްލައްކަ ވިހިހާސް ރުފިޔާ)، 8242 ޑިސެމްބަރު 28 ވަނަ ދުވަހުގެ ކުރިން، ޙަސަން އިޤުބާލްގެ ފަރާތުން އަޙްމަދު ފިރާޟްއަށް އަނބުރާ ދޭންޖެހެއެވެ. އަދި އެ ތާރީޚުގައި ފައިސާ އަނބުރާ ނުދެއްކިއްޖެނަމަ، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 122.22ރ. (ހަތްސަތޭކަ ރުފިޔާ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށް އެއްބަސްވުމުގެ 2.8 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
8.1 އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނުދެވި ވަނީ ކުރެވުނު ވިޔަފާރިއަށް ގެއްލުންވެގެނ ނުވަތް އެހެންވެސް އެއްވެސް ސަބަބަކާ ހުރެ ކަމަށް ބުނުމުގެ ޙއްޤަ ބޮރޯވަރއަށް ލިބިގެން ނުވާކަމާއި، އެއްވެސް ޝަރުޠެއްނެތި ބޮރޯވަރގެ ފަރާތުން ލެންޑަރއަށް ލިބެންޖެހޭ ފައިސާ ދޭންޖެހޭނެކަމަށް އެއްބަސްވުމުގެ 2.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
2ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޙަސަން އިޤުބާލް ދައްކަންޖެހޭ ފައސި ދައްކާފައިނުވާކަމަށް ބުނެ އަޙްމަދު ފިރާޟް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މިއީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާ އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލެވޭ ޤަޟިއްޔާއެކެވެ.
1. އަޙްމަދު ފިރާޟްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވަނީ: "މިމައްސަލައަކީ، […] ޙަސަނު އިޤުބާލ ވިޔަފާރިއެއް ކުރުމަށް މާލް އެހީތެރިކަމަކަށ އެދުން ހިނދު، ހއ.އިހަވަންދޫ އާޒާދީބަހާރު އަޙް މަދު ފިރާޟ އޭނާއަށް އެކަންކޮށްދް ނުމަށް ގަސްދުކޮށް، ފައިނޭންސް ކޮށްދިނުމާއި މާލީ އިންސެންޓިވެއ ދިނުމަށް ދެފަރާތުން އެއްބަސްވި 28 ސެޕްޓެމްބަރ 8242 ވަނަ ދުވަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް […] ޙަސަނު އިޤުބާލް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ފިރާޟްއަށް ލިބެންވާ ފައިސ ލިބިދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާދައްކާފައި ނުވާ މުގެ ސަބަބުން ދުވހުނ ދުވަހަށް އަރަމުންދާ ޖ ރިމަނާ ފައިސ […] ޙަސަނު އިޤުބާލްގެ އަތުން ލިބިދިނުމަށް އެދި ހއ.އިހަވަންދޫ އާޒާދީބަހާރު އަޙްމަދު ފިރާޟ ހުށަހަޅް މައްސަލައެވެ." މިފަދައިންނެވެ.
5ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ: "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު […] ޙަސަނު އިޤުބާލްއާއި ހއ.އިހަވަންދޫ އާޒާދީބަހާރު އަޙްމަދު ފިރާޟްއާއި ދެމެދު28 ސެޕްޓެމްބަރ 8242 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން އަނބުރާ ދައްކާގޮތަށް […] ޙަސަނު އިޤުބާލ އަށް ހއ.އިހަވަންދޫ އާޒާދީބަހާރު އަޙްމަދު ފިރާޟ -120,000/ (އެއްލައްކަ ވިހިހާސް ރުފިޔާ) ދީފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މިފައިސާގެ އެއްވެސް މިންވަރެއް ޙަސަން އިޤުބާލުގެ ފަރާތުން އަޙްމަދު ފިރާޟްއަށް އަނބުރާ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ މިފައިސާ -120,000/ (އެއްލައްކަ ވިހިހާސް ރުފިޔާ) އާއި ދަޢުވާލިބޭ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޤާނ ނ ޚިދުމަތް ހޯދުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ -30,000/ (ތިރީސްހާސް ރުފިޔާ) އާއި އެކުޖުމްލަ -150,000/ (އެއްލައްކަ ފަންސާސްހާސް ރުފިޔާ)އަކީ ހއ.އިހަވަންދޫ އާޒާދީބަހާރު އަޙްމަދު ފިރާޟް (އައިޑީއަށް […] ޙަސަނު އިޤުބާލް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ އަޙްމަދު ފިރާޟްއަށް ލިބިދިނުމުގެ ގޮތުން 41 މާރިޗް 8242 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 28 (ދޭއް) މަސްދުވަހުގެ ތެރޭގައި މިފައިސާ -150,000/ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދަޢުވާލިބުނު […] ޙަސަން އިޤުބާލް (އައިޑީކާޑު ނަންބަރ ) އަށް އަންގައި ދަޢުވާލިބޭ ޙަސަން އިޤުބާލުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
6އިސްތިއުނާފުކުރާ އަޙްމަދު ފިރާޟްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާ ތަކާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:
2.4 ދަޢުވާގައި ނަގައިދިނުމަށް އެދިފައިވާ މާލީ އިންސެންޓިވް ނަގައި ދޭން ނުޖެހޭކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމަށް ރިޢާޔަތްކުރުމަކާ ނުލައކަމަށ ބުން ހުށަހެޅި ނުކުތާ؛ އާއި
2.8 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ދަރަނީގެ މުޢާމަ ލާތެއ ކަމުގައް ކަނޑައަޅާ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ޑިލޭ ޑެމޭޖަސް ނުވަތަ ޖޫރިމަނާގެ ފައިސާ ނަގައނި ދިނުމަށު ކަނޑައަޅާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ދަޢުވާގައި ނަގައިދިނުމަށް އެދިފައިވާ މާލީ އިންސެންޓިވ ނަގައިދޭން ނުޖެހޭކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާ
3"ފައިނޭންސް ކޮށްދިނުމާއި، ވިޔަފާރި ހިންގާ މުއްދަތުގައި މާލީ އިންސެންޓިވ އެއް ދިނުމަށް ވާ އެއްބަސްވުން" މި ނަމުގައި އަޙްމަދު ފިރާޟް އާއި ޙަސަން އިޤުބާލްއާ ދެމެދު 28 ސެޕްޓެނބަރް 8242 ގައި ވެފައިވާ އެއްބަސްވުމަކީ، ޙަސަން އިޤުބާލް ކުރަ މުން ގެންދާ ނުވަތަ ކުރުމަށް ގަސދުކޮށްފައިވާ ވިޔަފާރިއަށް އަޙްމަދް ފިރާޟްގެ ފަރާތުން ފަންޑުކޮށްދީ، އެ ފައިސާއިން ވިޔަފާރިން ލިބޭ ފައިދާގައި އަޙްމަދު ފިރާޟް ހ އްސާވުމުގެ ނިޔަތުގައި ކުރެވިފައިވާ އެއްބަސް ވުމެއްކަނ އެއްބަސވުމުގް ސުރުހްއަށާއި، އެއްބަސްވުމުގެ 1،2،5،2 އަދި 2 ވަނަ މާއް ދާއަށ ބެލުމުން އެނގޭކަމަށާއި، އަދި އެއްބަސްވުމުގައި ސޮއިކުރާ ހިނދު ޙަސަން އިޤުބާލް ކ ރަމުންގެންދ ނުވަތާ ކުރަން ގަސދުކުރާ ވިޔަފާރިއަށް ފައިނޭންސްކުރުމަށްޓަކައި، 222.22،482ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) ދީފައިވާކަމާއި، މި ފައިސާއިން ކުރެވޭ ވިޔަފާރިން ލިބޭ ފައިދާގެ މާލީ އިންސެންޓިވްގެ ގޮތުގައި 482،222.22ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) އަޙްމަދު ފިރާޟްއަށް ދޭންޖެހޭކަން ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނިކޮށް، ސިވިލް ކޯޓުގު ނިންމުމުގެ 1 (ހަތަރެއް) ވަނަ ނުކުތާގައި، އެއްބަސްވުމުގެ ދަށުން ދކޮށްފއިވާ ފައިސާއިން ވިޔަފާރިއެއަ ކޮށްފައިވާކަން ނުވަތަ ވިޔަފާރިއެއްކޮށްގެން އެ މިންވަރަށް ޙަސަން އިޤުބާލްއަށް ފައިސާ އެއްވެފައިވާކަން ސާބިތުވާފަދ ކާފަ ހެއްކެއް ނެތި އެ ޢަދަދު ނަގައިދެވެންނެތްކަމަށް ކަނޑައަޅާފައިވަނީ، ޙަސަން އިޤުބާލްގެ ފަރާތުން ގަސް ދުގައި ކޯޓަށް ހާޒިރުވެފައިނުވާ ހާލުވެސް އެ ފަރާތަށް ފައިދާވާ ގޮތަށްކަމަށް އަޙްމަދު ފިރާޟްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
8ފައިސާދޭން އެދި ފައިވާނީ، ޙަސަން އިޤުބާލްވެސ އެގޮތަށް އެއްބަސްވެފައިވާތީ އާއި އެއްބަސްވުމުގެ މައްޗަށް ބަލައި ކަމަށްވާއިރު، އެއްބަސްވުމުގައިވާ މާލީ އިންސެންޓިވ ދިނުމަށް ޙަސަން އިޤުބާލް އިންކާރުކޮށްފައި ނުވަނީސް އެއްބަސްވުމުގެ ދަށުން ދިން ފައިސާއިން ވިޔަފާރި ނުކުރާކަން ދޭހަވާ އެއްވް ސ ކަމެއް މައްސަލާގައި ފެންނަންނެތީސް ވިޔަފާރއެއި ކޮށްފައިވާކަން އެނގެން ނެތްކަމަށާއި، ވިޔަފާރިން ފައިދާއެއް ވެފައިވާކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ހެއްކެއް ނެތިކަމަށާއި، އަދި އެ ފައިސާ ނަގައިދިނމަށު ހުއްދަނުކުރާ ޤާނޫނީ ނުވަތަ ޝަރުޢީ އުޞ ލަކީ ކޮބައިކަން ބަޔާންނުކޮށްކަމަށ އަޙްމަދް ފިރާޟްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
3. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މާލީ އިންސެންޓިވ ނަގައިދިނުމަށް އެއްބަސްވެފައިވަނީ އެއްބަސްވުމުގެ ދަށުން ދ ކުރެވުނު ފައިސާއިން ވިޔަފާރިކޮށް ފައިދާވާ ޙާލަތުގައި އެ ފައިދާގެ މައްޗަށް ބިނާކޮށް ނންކަނ ޙަސަން އިޤްބާލްގެ ފަރާތުން އަޙްމަދު ފިރާޟްއަށް 22 އޯގަސްޓް 8242 ގައި -220,000/ރ. (ދެލައްކަ ވިހިހާސް ރުފިޔާ) ގެ ޗެކެއް ދ ކޮށްފައިވުމުން ސާފުވާކަމާއި، އެ ޗެކަކީ ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރުމަށް މަޝްވަރާކުރެވެމުން ދިޔައިރު މި މުޢާމަލާތަށް ޔަޤީންކަން ދިނުމުގެ ގޮތުން އަދި އެއްބަސްވުމުގައ ބަޔާންކުރި ފައިސާ އަޙްމަދު ފިރާޟްއަށް ދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ދކޮށްފައިވ ޗެކެއްކަމުން، މާލާއިންސެންޓިވ ދިނުމަށް ޙަސަން އިޤުބާލް އެއްބަސްވެފައިވަނޭ ވެސް ވިޔަފަރިކޮށްގެނ ލިބް ފައިދާއިން އެ ޢީ ދަދު ދިނުމުގެ ވިސްނުމުގައް ނޫންކަން ސާފުވާތީ، ދެފަރާތުން އެއްބަސްވެފައިވާ މާލީ އިންސެންޓިވި ޙަސަން އިޤުބާލްގެ އަތުން ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނނ އަސާސެއްގެ މައްޗަށް ބިނާކުރުމެއްނެތްދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްނުކޮށް ކަމަށ އަޙްމަދު ފިރާޟްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ދަރަނީގެ މުޢާމަލާތެއް ކަމުގައި ކަނޑައަޅާ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ޑިލޭ ޑެމޭޖަސް ނުވަތަ ޖޫރިމަނާގެ ފައިސާ ނަގައނި ދިނުމަށު ކަނޑައަޅާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ
32.އެއްބަސްވުމުގެ 2.2 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނުދެވިވަނީ ވިޔަފާރީގައި ގެއްލުންވެގެންކަމަށ ނުވަތް އެހެންވެސް ސަބަބަކާހުރެ ކަމަށް ބުނެ ފައިސާ އަޙްމަދު ފިރާޟްއަށް ނުދިނމުގު ޙައްޤު ޙަސަން އިޤުބާލްއަށް ލިބިގެން ނުވާކަމާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ފައިސާ އެއްވެސް ޝަރުޠެއް ނެތި ދޭންޖެހޭނަކަމަށ ދެފަރާތުން އެއްބަސްވެފައިވަނިކޮށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްވެސް ފައިސާއެއް އެއްބަސްވުމުގައި ބުނެފައިވާ މުއްދަތު ފަހަނައަޅާދިޔައިރުވެސް ދައްކާފައިނުވާކަމާއ އަދި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުނުއިރުވެސް އެ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިނުވަނީސް ޖ ރިމަނާ ފައިސާއަށް ދެފަރާތުން އެއްބަސްވެފައިވީނަމަވެސް، ޝަރީޢަތްކުރުމާބެހޭ ޤވާއިދަ 2 ގެ 24 ވަނަ މާއްދާއާ ޙަ ވާލާދީ ޖޫރިމަނާގެ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނންކަމަށ ކަނޑައަޅާފައިވަނީ މި މުޢާމަލާތަކީ ދަރަނީގެ މުޢާމަލާތެއްގެ ގޮތުގައި ބަލައިގެން ކަމަށްވާއިރު، އެއްބަސްވމަށު ރަނގަޅަށް ބަލައިފިނަމަ މިއީ ދަރަނގީ މުޢާމަލާތެއް ނންކަނ ސާފުވާން ކަމާއި، ވިޔަފާރިއެއް ކުރުމަށް ފަނު ޑުކޮށްދް އާވިޔަފާރިނ ލިބް ފައިދާގައި ހިއްސާވި މަށް އެއްބަސްވުން ދަރަނީގެ މުޢޭމަލާތެއްގައ ނުހިމެނނެކަމަށ އަޙްމަދް ފިރާޟްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
33.ޖ ރިމަނާގެ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާކަމާއި، ޖ ރިމަނާ ފައިސާއަކީ، އެއްބަސްވުމެއްގެ ދަށުން އެ އެއްބަސްވުމުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުކަމާއި، މި ބަދަލު ވާންޖެހޭނީ ކުރިއާލައި ކަނޑައެޅިފައިވާ އަދި އެ ބަދަލު ނަގައިދިނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވެވިފައިވާ ބަދަލަކަށްކަމާއި، އަދި އެއްބަސްވުމުގެ ބައިވެރިންނަށް މި ބަދަލު ވަޒަންކޮށް މި ބަދަލު ނަގައިދިނުމަށް އެއްބަސްވުމުގެ ބާރާއި ފުރިހަމަ އިޚްތިޔާރު ލިބިގެންވާކަމާއި، އަދި މި ބަދަލު ވާންޖެހޭނީ އެއްބަސްވުމުގެ ދށުނަ މަތިކުރެވުނު އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބޭނެ ގެއްލުމަކާ އެކަށޭނަ މުނާސަބު ބަދަލަކަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި އެ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް އެއްބަސްވުމަށްފަހު، އެއްބަސްވުމުގައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާކަމާއި، މިފަދަ ޙާލަތުގައި ނަގައިދެވޭނެ ބަދަލަކީ ކޮބައިކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި، އެއީ ލަސްވާ ކޮންމެ ދުވަހަކަށް ދުވަހކަށަ -700/ރ. (ހަތްސަތޭކަ ރުފިޔާ) ގެ ރޭޓުން އަޙްމަދު ފިރާޟްއަށް ދިނުންކަމަށާއި، މި ބަދަލަކީ މުޢާމަލާތާ އެކަށޭނަ މުނާސަބު ބަދަލެއްކަން އެނގެން އޮންނައިރު، މި އުޞޫލަށް ރިޢާޔަތްކުރުމެއްނެތި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ދަރަނީގެ އެއްބަސްވުމެއްކަމަށް ބަލައި އެއްބަސްވުމުގެ ދަށުން އަޙްމަދު ފިރާޟްއަށް ލިބެންވާ ފައިސާ ނަގައިނުދިނުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުނާތަކަށް ދަށް މަރުޙަލާގެ ކޯޓުތަކުން ޢަމަލުކުރުމަށް އޮންނަ އުޞލެޚިލާފަށްކަނ އަޙްމަދު ފިރާޟްގ ފަރާތުން ފާހަގަކޮށްފައިވެއެވެ.
33.އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެޤަޟިއްޔާގައި ޖ ރިމަނާ ފައިސެއާއި މާލީ އިންސެންޓިވ ނަގައިދޭން ނުޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވާ ދެއްވައި، އ ޙުކުމުގެ އެބައި ބާޠިލްކޮށް،އެއްބަސްވުމުގެ ދަށުނ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ ޖ ރިމަނާ ފައިސި އާއި މެލީ އިންސެންޓިވްގެ ޢަދަދަކީ ކޮބައިކަން ކަނޑައަޅުއްވައ ދެއްވައި އ ފައިސާ އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށްދެއްވުމަށް." މިފަދައިންކަން އެނގެން އޮވެއެވެ.
32މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އަޙްމަދު ފިރާޟްގެ ފަރާތުން އެދިފައިވަނީ، ދެފަރާތަށްވެސް ރިޢާޔަތްކޮށް، އަޙްމަދު ފިރާޟްއަށ ލިބުން ގެއްލުމަށް އެކަށީގެންވާ މިންވަރެއްގެ ޖރިމަނާއެއ ނުވަތް އޭގެން ބައެއް ވިޔަސް ލިބޭނެފަދަ ގޮތަކަށް މައްސަލަ ނިންމައިދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި މައިގަނޑު ކަންކަން
31. ދަށުކޯޓުގެ ނިންމުން ގޯސްނންކަމަށާއި، އަދި ފައިސާ ނުދެއްކި މިހާދުވަސް ވެފައިވުމުން ދަށު ކޯޓުން ނަގާދީފައިވާ ފައިސާގެ އިތުރުންވެސް ފައިސާ ދޭންޖެހޭނެކަމަށް ގަބ ލުކުރާކަމަށ ޙަސަން އިޤުބާލް ފާހަގަކޮށްފައިވެއެވެ. އަދި އިސްތިއުނާފު ނުކުތާތަކާ ގުޅިގެން ފާހަގަކުރާނެ ވަކިކަމެއް ނެތްކަމަށވެސް ޙަސަން އިސްތިއުނާފު ފޯމުގެ 42 ވަނަ ނަންބަރު މިއީ 25 އޮކްޓބަރޯ 8288 ގައި އޮތް ޝަރީޢަތުގެ މަޖިލިހުގައި އެދުނު ގޮތް އިޤުބާލްގެފަރާތުން ބުނެފައިވެއެވެ. އޭގެ އިތުރުން، ދެފަރާތުން ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުމަށް ބޭނުންވާކަމަށް ބުނެފައިވެސް ވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން
51.އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމަށް ސިވިލް ކޯޓުން ރިޢާޔަތްކުރިކުރުން ގޯސްކަމަކަށް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދޢުވާގައަ ނަގާދިނުމަށް އެދިފައި ވ މާލާ އިންސެންޓިވ ނަގައިދޭން ނުޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކުރުމެއް ނެތިކަމަށެވެ.
51.ވަކި ކަމަކަށް ރިޢާ ޔަތް ކުރިކުރުނ ގޯސްކަމަށް ބުން ބުނުމާއި ވަކި ކަމަކަށް ރިޢާޔަތް ނުކުރާކަމަށް ބުނާ ބުނުމަކީ ދެކަމެއް ކަމުގައި އަހުރެން ދެކެމެވެ.
51.ސިވިލ ކޯޓުން ޙުކުމް ކުރުމުގައި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
51.އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ބަލައިގަނެވެނ އޮތް ނުކުތާއެއް ކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، ރިޢާޔަތް ނުކުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ އެއްބަސްވުމަށް ރިޢާޔަތްކޮށްފައިވާކަން ސާފުކޮށް އެނގެން އޮތަތީއެވެ. ސިވިލް ކޯޓުގެ ނަންބަރު 3625/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 2 ވަނަ ނަންބަރުގެ (ހ) އިން (ބ) އަށް، ޞަ ފުހާ ނަންބަރު 2-5 އަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ދަރަނީގެ މުޢާމަލާތެއް ކަމުގައި ކަނޑައަޅާ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ޑިލޭ ޑެމޭޖަސް ނުވަތަ ޖޫރިމަނާގެ ފައިސާ ނަގައނި ދިނުމަށު ކަނޑައަޅާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނާ ބުނުން
51.އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ދަރަނީގެ މުޢާމަލާތެއްކަމުގައި ކަނޑައަޅައި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ޑިލޭ ޑެމެޖާސް ނުވަތަ ޖޫރިމަނާގެ ފައިސާ ނަގައިނުދިނުމަށް ކަނޑައަޅާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށެވެ.
02.އެއްބަސްވުނ ނުވަތް އެއްބަސްވުމުގަ ވަކި މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ، އެއްބަސްވުމުގައި އަދި ވކަ ގޮތަކަށް ލިޔެފައި އޮތެއްކަމަކު އެ އެއްބަސްވުމެއް ނުވަތަ އެއްބަސްވުމުގެ ވަކި މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޒުކުރަން ނުޖެހޭނެކަމަށް، އެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތަށާއި ހުށަހަޅާ ޤާނޫނީ ނުކުތާތަކަށް ބަލައި، ޤާނޫނީ ހަމަތަކުގެ މަތިން ނިންމުމުގެ އިޚްތިޔާރަކީ ކޯޓަށް ލިބިފައިވާ އިޚްތިޔާރެއްކަމުގަ އ އަހުރެން ދެކެމެވެ. ސަބަބަކީ، އެ އެއްބަސްވުމެއް ނުވަތަ އެއްބަސްވުމުގެ ވަކި މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޒކުރަނ ހުރަސް އ ޅޭފަދެ ޙާލަތެއް ނުވަތަ ޙާލަތްތަކެއް އޮތްތޯ ވަޒަންކުރަނީ ކޯޓުން ކަމުގައިވާތީއެވެ. މިސާލަކަށް ދެފަރާތެއްގެ ދެމެދު އެއްބަސްވުމެއް އޮތް ނަމަވެސް އެ އެއްބަސްވުމަކީ ޤާނޫނާ ޚިލާފު އެއްބަސްވުމެއް ކަމުގައިވާނަމަ އެ އެއްބަސްވުމެއް ތަންފީޒުކޮށް ނުދިނުމަށް ކޯޓުން ނިންމިދާނެކަމަށް އަހުރެން ދެކެމެވެ.
5ސ ވިލް ކޯޓުގެ ނިންމުމުގައި އެ ކޯޓުން އެ އެއްބަސްވުމުގެ މާއްދާތައް ތަންފީޒުކޮށް ނުދޭން ނިންމި ޤާނޫނީ އަސާސް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 2 ގެ 24 ވަނަ މާއްދާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
00. އިސްތިއުނާފުކުރެ ފަރާތުގާ ޝަކުވާއަކީ އެ ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ކުރާ ޝަކުވާއެއް ނޫނެވެ. ނަމަވެސް، އެ ފަރާތުގެ ޝަކުވާއަކީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނަގާދީފައިނުވާކަމަށ ބުން ސިވިލް ކޯޓުގެ ނަންބަރު 3625/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 2 ވަނަ ނަންބަރުގެ (ނ)، ސަފުހާ ނަންބަރު 2 ކުރް ޝަކުވާއެކެވެ. އެހެންކަމުން، މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުގެ ޤާނޫނީ ބަހުސެއް އޮތްކަމަކަށ ނުފެނެއެވެ.
32.އެހެންކަމުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މި އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދެވިދާނެކަމަކަށް އަހުރެންނުދެކެމެވެ. ވީމާ، މި އިސްތިއުނާފީ ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭކަމުގައި އަހުރެންދެކެމެވެ.
31. ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
35ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
36.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނ ނ ނަންބަރު 8284/28 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 821 ވަނަ މާއްދާގެ (ހ) ޤާނ ނ ނަންބަރު 8284/28 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 821 ވަނަ މާއްދާގެ (ށ) ޤާނ ނ ނަންބަރު 8284/28 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 821 ވަނަ މާއްދާގެ (ނ)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ މާއްދާއެއް (ސިވިލް ކޯޓުން ބިނާކުރި މާއްދާ؛ ލިޔުމުގައި '2 ގެ 24 ވަނަ މާއްދާ' – އަދަދުތައް ފޮންޓުން އޮޅިފައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު؛ ލިޔުމުގައި '8284/28' އަދި '821' ގޮތަށް އޮޅިފައި)
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް