ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/162
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ވ. ޢަބްދުﷲ ޞަބާޙް، 2019/HC-A/162
Dipaatment of Neshanal Rejistreyshan v. Abdhuﷲ Sabaah 2019/HC-A/162 (2019/HC-A/162, High Court of the Maldives, 31 October 2021)
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ވ. ޢަބްދުﷲ ޞަބާޙް
މައިގަނޑު ސުވާލު
އުފަން ތާރީޚު ކަނޑައަޅައިދިނުމަށް ކުރި ދަޢުވާ ސިވިލް ކޯޓުން ސާބިތުނުވާކަމަށް ނިންމުމަށްފަހު، ހަމަ އެ މައުޟޫޢުގައި ވިލުފުށި މެޖިސްޓްރޭޓް ކޯޓުން އުފަން ތާރީޚު ކަނޑައަޅައި ކުރި ޙުކުމަކީ ސުޕްރީމް ކޯޓުގެ 2011/SC-CJ/03 ގެ އުޞޫލާއި ޚިލާފަށް، އެއް މަރުޙަލާގެ ކޯޓުތަކުން ތަފާތު ޙުކުމް ކުރުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣްލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8) ސުޕްރީމް ކޯޓުގެ 03/2016 ޢާންމު ސިޓީ (މައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރެވުނު؛ 03 އޮކްޓޫބަރު 2021 ގައި އުވާލެވިފައި) ގައިވާ ގޮތުން، އުފަން ތާރީޚު ބަދަލުކުރުމުގެ މައްސަލަތަކުގައި ބަލަންވާނީ އުފަން ތާރީޚު އަންގައިދޭ ރަސްމީ ލިޔުމަކަށެވެ؛ ތަފާތު މަޢުލޫމާތު ހުރި ގިނަ ލިޔުން ހުރިނަމަ އެންމެ ޞައްޙަކަން ބޮޑު ލިޔުމަށެވެ؛ ޝަރީޢަތުން އުފަން ތާރީޚާމެދު ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއް ހުރިނަމަ އެ ލިޔުމުގެ މައްޗަށެވެ؛ ރަސްމީ ލިޔުމެއް ނެތްނަމަ ހެކިބަހުގެ މައްޗަށެވެ. ނަމަވެސް ރަސްމީ ލިޔުމެއްގައިވާ ޢުމުރަކީ އަޞްލު ޢުމުރު ނޫންކަން ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (ބޭބެއަށްވުރެ ކޮއްކޮ ދޮށިވުން، މައިންބަފައިންނާއި ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން ފަދަ)، ސަބަބުތައް ބެލުމަށްފަހު ހެކިބަހުގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15) ދަށުކޯޓަށް ހުށަހެޅި މައުޟޫޢުގެ މައްޗަށް ހެކިން ޙާޟިރުކޮށް މައުޟޫޢުގައި ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާއީ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުތަކުން ޢަމަލުކުރާ އުޞޫލެއް ނޫނެވެ. އިސްތިއުނާފީ މަރުޙަލާގެ ޢާންމު އުޞޫލަކީ ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާ އަޞްލަކަށް ބަލައިގެން މައްސަލައިގައި ފައިޞަލާކުރުމެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) (އަޣްލަބިއްޔަތު) ސިވިލް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ހެއްކެއް ހުށަނާޅާތީ ކަމަށް ވާއިރު، ހުށަހެޅުނު ހެކިތަކާއި ހެކިބަހަށް ރިޢާޔަތްކޮށް ވިލުފުށި މެޖިސްޓްރޭޓް ކޯޓުން އުފަން ތާރީޚު ކަނޑައެޅުމަކީ އެއް މަރުޙަލާގެ ކޯޓުތަކުން އެއް ކަމެއްގައި ތަފާތު ޙުކުމް ކުރުމާއި އެއް ކޯޓެއްގެ ޙުކުމުގެ ބާރު ކެނޑޭގޮތަށް އެހެން ކޯޓަކުން ޙުކުމް ކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ 2011/SC-CJ/03 ގެ އުޞޫލާ ޚިލާފު ޙުކުމެއް ކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) (އަޣްލަބިއްޔަތު) ޙުކުމާ އެއްގޮތަށް އުފަންދުވަހުގެ ސެޓްފިކެޓް ބަދަލުކޮށް، އޭގެ އަޞްލާއެކު ކަނޑައެޅިފައިވާ އުޞޫލުން އައި.ޑީ ކާޑުގެ މަޢުލޫމާތު ބަދަލުކުރުމަށް ހުށަހެޅުމަކީ ކުރިން ކުރެވުނު ޙުކުމާ ތަޢާރުޟުވާ ކަމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21) (އަޤައްލިއްޔަތުގެ ރައުޔު - ފަނޑިޔާރު މުޙައްމަދު ނިޔާޒް) ޕަބްލިކް ޕޮލިސީގެ ގޮތުން، އެއް މައުޟޫޢެއްގައި ދަށު މަރުޙަލާގެ ދެ ކޯޓަށް ދިއުމަކީ ކޯޓުތަކުގެ ތަރުތީބާ ޚިލާފު ކަމެކެވެ؛ އެއް ކޯޓުން ފަރުވާ ނުލިބުމުން ހަމަ އެ މައުޟޫޢު ހިފައިގެން އެހެން ކޯޓަކަށް ދެވޭނަމަ ޚުޞޫމާތްތަކަށް ނިމުމެއް ނާންނާނެއެވެ. ނިންމުމާ ހިތްހަމަނުޖެހޭނަމަ ހޯދަންޖެހޭނީ އިސްތިއުނާފުގެ ފަރުވާއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25) (އަޤައްލިއްޔަތުގެ ރައުޔު) މައިންބަފައިން ކައިވެނިކުރުމުގެ ކުރީގެ ތާރީޚެއްގައި ދަރިއަކު އުފަންވުމަކީ ޝަރުޢީ ހަމައިން މުސްތަޙީލު ކަމެއް ކަމުން، އެފަދަ ތާރީޚެއް ޞައްޙަ ތާރީޚެއް ކަމަށް ބެލިގެން ނުވާނެއެވެ؛ ނަމަވެސް އޭގެ ޙައްލަކީ ފުރަތަމަ ޤަޟިއްޔާ އިސްތިއުނާފުގައި (ހެކި އަލުން ވަޒަންކޮށް ނުވަތަ އައު ހެކިތަކާއެކު) ބެލުމެވެ.
މައްސަލައިގެ ޚުލާޞާ : 1- މިއީ، ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓް ގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޢަބްދު ﷲ ޞަބާޙް، ބްލޫބާރޑް . މައްސަލައިގައި ކަން ހިނގާފައިވާގޮތް : 2- ޢަބްދުﷲ ޞަބާޙަށް ސަރުކާރުން ދޫކޮށްފައިވާ އެކި ލިޔުންތަކުގައި ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަސް އެކިގޮތަށް ޖަހާފައިވާތީ، ޢަބްދު ﷲ ޞަބާޙަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަދައިދީފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގައި ޖަހާފައިވާ ތާރީޚާއި ޢަބްދުﷲ ޞަބާޙް ގެ އުފަންދުވަހުގެ ސެޓްފިކެޓު ގައި ޖަހާފައިވާ ތަފާތު ދެ ތާރީޚަކީ ޢަބްދު ﷲ ޞަބާޙް ގެ މައިންބަފައިން ކައިވެނިކުރުމުގެ ކުރީގެ ތާރީޚެއްކަން އެ ދެ މީހުންގެ ކައިވެނީގެ ސެޓްފިކެޓުން އެނގެން އޮތުމުންނާއި، ޢަބްދުﷲ ޞަބާޙް ގެ އުފަންދުވަހަކީ، ޢަބްދުﷲ ޞަބާޙގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓްގައާއި ޢަބްދުﷲ ޞަބާޙގެ ސްކޫލް ލީވިންގް ސެޓްފިކެޓުގައިވާ ތާރީޚުކަމުގައިބުނެ، ޢަބްދު ﷲ ޞަބާޙް ގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓާއި ޢަބްދު ﷲ ޞަބާޙް ގެ ސްކޫލް ލީވީންގް ސެޓްފިކެޓުގައިވާ ތާރީޚަކީ ޢަބްދުﷲ ޞަބާޙގެ އުފަންދުވަސް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު N/91/278-A ނަންބަރު 2215/Cv-C/2012 ޤަޟިއްޔާއިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މައްޗަށް ޢަބްދު ﷲ ޞަބާޙް ދަޢުވާ ހުށަހެޅިއެވެ . މި ދަޢުވާ އެ ކޯޓަށް ހުށަހަޅާފައިވަނީ، 23 ޑިސެންބަރު 2012 ގައެވެ . 3- އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގައި ޢަމަލުކުރާ އުޞޫލުން، ރަނގަޅު މަޢުލޫމާތު އޮތް އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލާއެކުދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަ ށ ހުށަހެޅުމުން، އެހެން ފަރާތް ތަކެކޭވެސް އެއްފަދައިން ޢަބްދު ﷲ ޞަބާޙް އެދޭ ފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަން ތާރީޚު ބަދަލުކޮށްދޭނެކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނން ބުނެފައިވާ ކަމަށާއި، ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓް އަދި ސްކޫލް ލީވިންގް ސެޓްފިކެޓަކީ އެ ފަދަ ލިޔުންތައް ދޫކުރެވޭ މަޤްޞަދަށް ރިޢާޔަތްކުރާއިރު، އެ ލިޔުންތަކުގެ ޒާތުން އެ ލިޔުންތައް ނިސްބަތްވާ ފަރާތުގެ އުފަންދުވަހުގެ ޞައްޙަކަން ކަނޑައެޅުމަށް ބޭނުންކުރެވިދާނެ ބުރަދަންހުރި ލިޔުންތަކެއް ކަމުގައި ޝަރީޢަތުން ނުދެކޭތީއާއި، ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙް ބުނާފަދައިން ޢަބްދުﷲ ޞަބާޙގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓާއި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އޮންނަ ފަދައިން 29 މެއި 1974 ގައިކަން ސާބިތުކުރުމަށްޓަކައި ޢަބްދުﷲ ޞަބާޙގެ ފަރާތުން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ ޢަބްދުﷲ ޞަބާޙގެ ދަޢުވާ ސާބިތުނުވާކަމަށެވެ . ޙުކުމްކުރައްވާފައިވަނީ 5 ފެބުރުވަރީ 2013 ގައެވެ . 4- ޢަބްދުﷲ ޞަބާޙަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަދައިދީފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގައި ޢަބްދުﷲ ޞަބާޙގެ އުފަންތާރީޚް ކަމަށް ޖަހާފައިވާ 29 މެއި 1971 ތާރީޚާއި، ކޮޅުމަޑުލު އަތޮޅު އޮފީހުން ޢަބްދު ﷲ ޞަބާޙަ ށ ހަދައިދީފައިވާ އުފަންދުވަހުގެ ސެޓްފިކެޓު ގައި ޢަބްދުﷲ ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާ ނަންބަރު N/91/278-A )08 ޖޫން 1991( ޞަބާޙް ގެ އުފަން ތާރީޚުކަމަށް ޖަހާފައިވާ 29 މެއި 1972 ތާރީޚާއި، މި ތާރީޚްތަކަކީ ޢަބްދުﷲ ޞަބާޙގެ މަންމައާއި ބައްޕަ ކައިވެނިކުރުމުގެ ކުރީގެ ތާރީޚްތަކެ އްކަން އެ ދެ މީހުންގެ ފުރަތަމަ ކައިވެނީގެ ސެޓްފިކެޓު ގައި ކައިވެނިކޮށްދިން ތާރީޚްކަމަށް ޖަހާފައިވާ 10 އޮގަސްޓް 1972 މި ތާރީޚުން އެނގޭތީ، ޢަބްދު ﷲ ޞަބާޙް ގެ އުފަންތާރީޚަ ކ ޢަބްދުﷲ ޞަބާޙގެ ސްކޫލް ލީވިންގް ސެޓްފިކެޓާއި، ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓް ގައި ޢަބްދުﷲ ޞަބާޙގެ އުފަންތާރީޚް ކަމުގައި ބަޔާންކޮށްފައިވާ 29 މެއި 1974 މި ތާރީޚްކަމުގައި ކަނޑައަޅައިދިނުމަށް އެދި ތ.ވިލުފުށި ކައުންސިލް ގެ މައްޗަށް ޢަބްދުﷲ ޞަބާޙގެ ފަރާތުން 23 ފެބުރުވަރީ 2014 ގައި ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ . މި ދޢުވަ އެ ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާއިންނެވެ . މިއީ، އިޝާރާތްކުރެވުވުނު ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓް ނަންބަރު 12/N2C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބަޔާންކޮށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލޭ އިސްތިއުނާފީ ޤަޟިއްޔާއެކެވެ . ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް 5- ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 12/N2C/2014 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވަނީ، ]ތ.ވިލުފުށީ ބުލޫބާޑް ޢަބްދު ﷲ ޞަބާޙަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން )ދިވެހި ދައުލަތުން ( ހައް ދަ ވައި ދެއްވާ ފައިވާ ނަމްބަރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ޢަބްދުﷲ ޞަބާޙގެ އުފަންތާރީޚް ކަމަށް ޖަހާފައިވާ 29 މެއި 1971 ތާރީޚަކީ ޢަބްދު ﷲ ޞަބާޙް ގެ އުފަންތާރީޚް ނޫންކަމަށާއި، ޢަބްދުﷲ ޞަބާޙގެ އުފަން ތާރީޚަކީ އޭނާގެ ސްކޫލް ލީވިންގް ސެޓްފިކެޓާއި، އޭނާގެ ޖީސީ އޯލެވެލް ސެޓްފިކެޓްގައި އޭނާގެ އުފަންތާރީޚް ކަމުގައި ބަޔާންކޮށްފައިވާ 29 މެއި 1974 މި ތާރީޚްކަމުގައި ކަނޑައަޅައިދެއްވުން އެދި ތ.ވި ލުފުށީ ކައުންސިލްގެ )ދިވެހި ދައުލަތުގެ ( މައްޗަށް ޢަބްދުﷲ ޞަބާޙގެ ފަރާތުން ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި، ޝަރީޢަތަށް ލިބިފައިވާ ބަޔާންތަކާއި، ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލާއިރު، ތ.ވިލުފުށި ބުލޫބާޑް ޢަބްދު ﷲ ޞަބާޙް އަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނު ން )ދިވެހި ދައުލަތުން ( ހައްދަވައި ދެއްވާފައިވާ ނަމްބަރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ޢަބްދުﷲ ޞަބާޙގެ އުފަންތާރީޚްކަމަށް ޖަހާފައިވާ 29 މެއި 1971 ތާރީޚަކީ ޢަބްދު ﷲ ޞަބާ ޙު ގެ އުފަންތާރީޚު ނޫންކަމަށާއި، މީނާގެ އުފަންތާރީޚަކީ 29 މެއި 1974 ކަން ފާހަގަކުރެވުނު ނުކުތާތަކުގެ 7ވަނަ ނަމްބަރަށް ރިޢާޔަތްކޮށް، މިމައްސަލާގެ ހެކިންގެ ހެކިބަހުގެ އިތުރުން ދަޢުވާލިބޭ ވިލުފުށީ ކައުންސިލް އިދާރާގެ ވަކީލްގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިއު ންތަކުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، ތ.ވިލުފުށީ ބުލޫބާޑް ޢަބްދުﷲ ޞަބާޙް ގެ އުފަންތާރީޚަކީ 29 މެއި 1974 ކަމުގައި ޙުކުމްކޮށް މިގޮތުގެ މަތިން މިމައްސަލަ ނިންމީއެވެ [. މިފަދައިންނެވެ . އިސްތިއުނާފީ ނުކުތާ ތައު: 6- ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި 02 )ދޭއް( ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . ފުރަތަމަ ނުކުތާއަކީ : ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ، އެއްކަމެއްގައި އެއް މަރުޙަލާއެއްގެ ކޯޓުތަކުން ތަފާތު ޙުކުމްކުރުމާއި، އެއް ކޯޓުން ކޮށްފައިވާ ޙުކުމެއްގެ ބާރު ކެނޑޭގޮތަށް ނުވަތަ ޙުކުމަށް އަސަރުފޯރާ ފަދަގޮތަކަށް، އެ މަރުޙަލާގެ އެހެން ކޯޓަކުން ޙުކުމް ކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-CJ/03 އަމުރުގައި ބަޔާންކުރައްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ކޮޅުމަޑުލު ވިލުފުށި، ބްލޫބާރޑް، ޢަބްދުﷲ ޞަބާޙގެ އުފަންތާރީޚާ ގުޅޭގޮތނު އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ޙުކުމެއް ކުރައްވާފައިވަނީ، އެ މައުޟޫޢުގައި ނިންމަވާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމާ ތަޢާރުޟުވާގޮތަށް ކަމަށްވާތީ ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 77ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތަށް، އިސްވެ ދެންނެވުނު ދެ ޙުކުމުގެ ތެރެއިން ތަންފީޛުކުރަންވީ ކޮން ޙުކުމެއްކަން ތަންފީޛީ އިދާރާތަކަށް ސާފުނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . އިސްތިއުނާފުކުރާފަރާތުން އެދިފައިވގޮތ: 7- ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގެ އިސްތިއުނާފުގައި ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ؛
7.1- ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާއިން ޙުކުމް ކުރައް ވާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އުފަންތާރީޚާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ކަންކަމަށް އަސަރުކުރާ ގޮތަށް ކަމަށްވާތީ، ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅުއްވައި ދެއްވައި،
7.2- ނުވަތަ، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅިއްޖެ ހިނދެއްގައިވެސް ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް މިހާރު ޢަމަލުކުރަންޖެހޭ ތަނެއް އަދި އެޙުކުމުގައި ތަންފީޛުކުރަންޖެހޭ ކަމެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވައި، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމަށް ހުރަހެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވައި، މައްސަލާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކޮށްދެއްވުމެވެ . އުފަން ތާރީޚު ނުވަތަ ޢުމުރު ބަދަލުކުރުމަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލު: )މައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ އުޞޫލު ( 8- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/2016 ޢީނާ މ ސިޓީގައި )މި ޢާންމު ސިޓީ ވަނީ 03 އޮކްޓޫބަރު 2021 ގައި އުވާލެވިފައެވެ (. އުފަން ތާރީޚު ނުވަތަ ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށްފައިވެ އެވެ . އެގޮތުން އެފަދަ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމުގައި ބަލަންވާނީ )ހެއްކާބެހޭ ޤާނޫނުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ( އުފަން ތާރީޚު އަންގައިދޭ ރަސްމީ ލިއުމެއް އޮތްނަމަ އެ ލިއުމަށް ކަމަށާ އ، އުފަންދުވަސް އަންގައިދޭ އެއް ލިއުމަށްވުރެ ގިނަ ލިއުން ހުރެ އެ ލިއުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، ބަލަންވާނީ އެ ން މ ޞައްޙަކަންބޮޑު ލިއުމަށްކަމަ ށ އ، ނަމަވެސް އޭގެ ތެރެއިން އެއް ލިއުމަކީ އޭގެ މައްޗަށް ބިނާކޮށް ޝަރީޢަތުން އުފަންތާރީޚާމެ ދ ގޮތެއް ކަނޑައަޅާފައިވާ ލިއުމެއްނަމަ، އުފަން ތާރީޚު ކަނޑައަޅާންވާނީ ޝަރިޢަތުން ގޮތެއް ކަނޑައަޅާފައިވާ ލިއުމުގެ މައްޗަށް ބިނާކޮށްކަމަށާ އ، އަދި އުފަން ތާރީޚު އަންގައިދޭ ރަސްމީ އެއްވެސް ލިއުމެއް ނެތްނަމަ، އުފަން ތާރީޚާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ ހެކިން ގެ ހެކބަހުގި މައްޗަށް ބިނާކޮށްގެންކަމަ ށ އ، މިއީ، މިފަދަ މައްސަލަތަކުގައި ޢާންމުކޮށް ބަލަންޖެހޭ އުޞޫލުކަމަ ށާއި، ނަމަވެސް، އުފަން ތާރީޚު ބަދަލުކުރުމާ ގުޅޭ މިފަދަ މައްސަލަތަކުގައި، ބޭބެ އަށްވުރެ ނުވަތަ ދައްތައަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން ފަދަ، ރަސްމީ ލިއުމެއްގައި އޮތް ޢުމުރަކީ އަސްލު ޢުމުރު ނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ، އެފަދަ މައްސަލަތަކުގައި ޢުމުރާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބުތަކަށް ބެލުމަށްފަހު ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެންކަން އެ ޢާން މ ސިޓީއަށް ބެލުމުން އެނގެން އޮވެއެވެ . ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައވި ގޮތް: 9- އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޞަބާޙަށް ސަރުކާރުން ދޫކޮށްފައިވާ އެކި ލިޔުންތަކުގައި ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަސް އެކިގޮތަށް ޖަހާފައިވާތީ، ޢަބްދު ﷲ ޞަބާޙަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަދައިދީފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގައި ޖަހާފައިވާ ތާރީޚާއި ޢަބްދުﷲ ޞަބާޙގެ އުފަންދުވަހުގެ ސެޓްފިކެޓު ގައި ޖަހާފައިވާ ތަފާތު ދެ ތާރީޚަކީ ޢަބްދު ﷲ ޞަބާޙް ގެ މައިންބަފައިން ކައިވެނިކުރުމުގެ ކުރީގެ ތާރީޚެއްކަން އެ ދެ މީހުންގެ ކައިވެނީގެ ސެޓްފިކެޓުން އެނގެން އޮތުމުންނާއި، ޢަބްދުﷲ ޞަބާޙގެ އުފަންދުވަހަކީ ޢަބްދު ﷲ ޞަބާޙް ގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓްގައާއި ޢަބްދުﷲ ޞަބާޙިގެ ސްކޫލް ލީވންގް ސެޓްފިކެޓުގައިވާ ތާރީޚުކަމުގައި ބުނެ، އެ ތާރީޚަކީ ޢަބްދުﷲ ޞަބާޙގެ އުފަންދުވަސް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް، ޢަބްދުﷲ ޞަބާޙގެ ފަރާތުން 23 ޑިސެންބަރު 2012 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ . 10- ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވަމުން، އެ މައްސަލަ ބެލި ފަނޑިޔާރު އަންނަ ނިވި ފަދައިން ފާހަގަކޮށްފައިވެއެވެ . ]ޢަބްދުﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞެބާޙްގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ދިވހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އުފަންދުވަހުގެ ތާރީޚްގެ ގޮތުގައި ބަޔާންކޮށްފައިވާ ދުވަހަކުންކުރެ ދުވަހެއްގައި ކަމަށްވާނަމަ، ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙްގެ މައިންބަފައިން ކައިވެނިކޮށްފައިވާ ކަމަށް އެ ދެމަފިރީންގެ ކައިވެނީގެ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ދުވަހުގެ ކުރިންކަމާއި؛ ޢަބްދުﷲ ޞަބާޙް އުފަންވެފައިވަނީ، ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓްއާއި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އުފަންދުވަހުގެ ތާރީޚްގެ ގޮތުގައި ބަޔާންކޮށްފައިވާ ދުވަހު ކަމުގައިވާނަމަ، ޢަބްދު ﷲ ޞަބާޙް ނަންބަރު N/91/278-A އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙްގެ މައިންބަފައިން ކައިވެނިކޮށްފައިވާކަމަށް އެ ދެމަފިރީންގެ ކައިވެނީގެ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ދުވަހުގެ ފަހުންކަމުން، ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ . އލެވެލޯ ސެޓްފިކެޓްއާއި ސްކޫލް ލީވިންގް ސެޓްފިކެޓް ގައިވާ ފަދައިން 29 މެއި 1974 ގައި ކަމަށްވުމުގެ އިޙްތިމާލު ބޮޑުހިނދު، ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓް އަދި ސްކޫލް ލީވިންގް ސެޓްފިކެޓަކީ އެފަދަ ލިޔުންތައް ދޫކުރެވޭ މަޤްޞަދަށް ރިޢާޔަތްކުރާއިރު، އެ ލިޔުންތަކުގެ ޒާތުން އެ ލިޔުންތައް ނިސްބަތްވާ ފަރާތުގެ އުފަންދުވަހުގެ ޞައްޙަކަން ކަނޑައެޅުމަށް ބޭނުންކުރެވިދާނެ ބުރަދަންހުރި ލިޔުންތަކެއް ކަމުގައި ޝަރީޢަތުން ނުދެކޭކަމާއި؛ ޢަބްދުﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙް ބުނާ ފަދައިން ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓްއާއި ސްކޫލް ލީވިންގް ސެޓްފިކެޓުގަ އ އޮންނަ ފަދައިން 29 މެއި 1974 ދުވަހުގައި ކަން ޘާބިތުކުރުމަށްޓަކައި ޢަބްދު ﷲ ޞަބާޙްގެ ފަރާތުން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން [ މިފަދައިން ބަޔާންކޮށްފައިވެއެވެ . 11- ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއް ވާފައިވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގައި ޢަމަލުކުރާ އުޞޫލުން، ރަނގަޅު މަޢުލޫމާތު އޮތް އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭ ޝަނ ށ ހުށަހެޅުމުން، އެހެން ފަރާތްތަކެކޭވެސް އެއްފަދައިން ޢަބްދު ﷲ ޞަބާޙްއެދޭ ފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަން ތާރީޚު ބަދަލުކޮށްދޭނެކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނން ބުނެފައިވާ ކަމަށާއި ؛ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓް އަދި ސްކޫލް ލީވިންގް ސެޓްފިކެޓަކީ އެފަދަ ލިޔުންތައް ދޫކުރެވޭ މަޤްޞަދަށް ރިޢާޔަތްކުރާއިރު، އެ ލިޔުންތަކުގެ ޒާތުން އެ ލިޔުންތައް ނިސްބަތްވާ ފަރާތުގެ އުފަންދުވަހުގެ ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާ ޞައްޙަކަން ކަނޑައެޅުމަށް ބޭނުންކުރެވިދާނެ ބުރަދަންހުރި ލިޔުންތަކެއް ކަމުގައި ޝަރީޢަތުން ނުދެކޭތީއާއި، ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙް ބުނާފަދައިން ޢަބްދުﷲ ޞަބާޙގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓާއި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އޮންނަ ފަދައިން 29 މެއި 1974 ގައިކަން ސާބިތުކުރުމަށްޓަކައި ޢަބްދުﷲ ޞަބާޙގެ ފަރާތުން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ ޢަބްދުﷲ ޞަބާޙގެ ދަޢުވާ ސާބިތުނުވާކަމަށެވެ . އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ 5 ފެބުރުވަރީ 2013 ގައެވެ . 12- އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޞަބާޙގެ އުފަން ތާރީޚާ ގުޅޭގޮތުން، ޢަބްދުﷲ ޞަބާޙގެ ފަރާތު ން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި އިސްވެ ބަޔާންވެދިޔަ މައްސަލައި ގައި އެދިފައިވަނީ، ޢަބްދުﷲ ޞަބާޙގެ އުފަން ތާރީޚަކީ، ޢަބްދުﷲ ޞަބާޙގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓްގައާއި ޢަބްދުﷲ ޞަބާޙގެ ސްކޫލް ލީވިންގް ސެޓްފިކެޓުގައިވާ ތާރީޚުކަމުގައި ކަނޑައަޅައި ދިނުމަށް ކަން، ސިވިލް ކޯޓުގެ ނަންބަރު -2215/Cv C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ޢަބްދުﷲ ޞަބާޙގެ ފަރާތުން އެދިފައިވާ ފަދައިން، ޢަބްދު ﷲ ޞަބާޙް ގެ އުފަން ތާރީޚްގެ ގޮތުގައި ޢަބްދުﷲ ޞަބާޙގެ ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓްގައާއި ޢަބްދުﷲ ޞަބާޙާގެ ސްކޫލް ލީވިންގް ސެޓްފިކެޓުގައިވާ ތާރީޚުކަމުގައި ކަނޑައަޅައި ދީފައިނުވަނީ، ޖީ .ސީ .އީ . އޯލެވެލް ސެޓްފިކެޓއި އަދި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އުފަންދުވަހުގެ ތާރީޚްގެ ގޮތުގައި ޖަހާފައި ހުންނަ ތާރީޚަކީ، ރަސްމީގޮތުން މީހެއްގެ އުފަންދުވަސް ކަނޑައެޅޭނެ ޤާނޫނީ ހެއްކެއްކަމުގައި ބެލެވެން ނެތަތީކަމާއި، އެކަން ދައުލަތުންވެސް ފާހަގަކޮށްފައިވާކަމާއި، އެގޮތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގައި ޢަމަލުކުރާ އުޞޫލުން، ރަނގަޅު މަޢުލޫމާތު އޮތް އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަ ށ ހުށަހެޅުމުން، އެހެން ފަރާތްތަކެކޭވެސް އެއްފަދައިން ޢަބްދު ﷲ ޞަބާޙްއެދޭ ފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަން ތާރީޚު ބަދަލުކޮށްދޭނެކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނން ބުނެފައިވާކަން އެނގެން އޮވެއެވެ . 13- ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުން ބުނެފައި ވާ ގޮތުން، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަބްދު ﷲ ޞަބާޙް އެދިފައިވާ ފަދައިން އެފަރާތުގެ އުފަން ތާރީޚް ކަނޑައަޅައި ނުދިނުމުން، ދެން އެފަރާތަށް ޢަމަލުކުރަން އޮތްމަގަކީ އިސްތިއުނާފުގެ މަގުކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާ ހިފައިގެން އަންނަންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމާއި، އެއްވެސް ޙާލެއްގައި ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގައި ޢަބްދު ﷲ ޞަބާޙް ދަޢުވާކޮށްފައިވާ މ އުޟޫ ޢގެ މައްޗަށް ހަމަ އެމަރު ޙަ ލާގެ އެހެން ކޯޓަށް އެ ދަޢުވާ ހިފައިގެން ނުދެވޭނެ ކަމަށެވެ . 14- އިސްވެ ބަޔާންކުރެވުނު ފަދައިން، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން، ޢަބްދު ﷲ ޞަބާޙްގެ ދަޢުވާގައި އެދިފައިވާ ފަދައިން އެ ޤަޟިއްޔާގައި ޢަބްދު ﷲ ޞަބާޙްގެ އުފަން ތާރީޚް ބަދަލުކޮށްފައިނުވަނީ، ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ ޢަބްދު ﷲ ޞަބާޙް ބުނާ ފަދައިން ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓްއާއި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އޮންނަ ފަދައިން 29 މެއި 1974 ދުވަހުގައި ކަން ޘާބިތުކުރުމަށްޓަކައި ޢަބްދު ﷲ ޞަބާޙްގެ ފަރާތުން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީކަން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 15- ދަށުކޯޓަށް ހުށަ ހެޅި މައުޟޫ ޢު ގެ މައްޗަށް ހެކިން ޙާ ޟި ރުކޮށް، މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާއީ ޙާ ލަތެއްގައި މެނުވީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލެއް ނޫނެވެ . އިސްތިއުނާފީ މަރުޙަލާގެ ޢާންމު އުޞޫލަކީ، ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާއަކީ އަޞްލެއް ކަމަށް ބަލައިގެން މައްސަލައިގައި ފައިޞަލާކުރުމެ ވެ . 16- އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ބެލުމުން، އިސްތިއުނާފު ކުރެވިފައި މިވާ ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގެ މައުޟޫ ޢު ގެ މައްޗަށް އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ، އެއްކަމެއްގައި އެއް މަރުޙަލާއެއްގެ ކޯޓުތަކުން ތަފާތު ޙުކުމްކުރުމާއި، އެއް ކޯޓުން ކޮށްފައިވާ ޙުކުމެއްގެ ބާރު ކެނޑޭގޮތަށް ނުވަތަ ޙުކުމަށް އަސަރުފޯރާ ފަދަގޮތަކަށް، އެ މަރުޙަލާގެ އެހެން ކޯޓަކުން ޙުކުމް ކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-CJ/03 އަމުރުގައި ބަޔާންކުރައްވާފައިވާ އުޞޫ ލާ ޚިލާފަށް ކުރައްވާ ފައިވާ ޙުކުމެއް ކަމަށް ނުބެލެވެއެވެ . އިސްތިއުނާފު ކުރެވިފައިމިވާ ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާގައި، ޢަބްދު ﷲ ޞަބާޙްގެ އުފަންތާރީޚަކީ 29 މެއި 1974 ކަން، ކަނޑައަޅާފައިވަނީ، ޝަރީޢަތަށް ހުށަހެޅުނު ހެކިތަކާއި އަދި ޝަރީޢަތަށް ޙާ ޟި ރުކުރެވުނު ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ . އަދި ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާގެ ޙުކުމަކީ، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގެ ބާރު ކެނޑޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫނެވެ . ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގެ ޙުކުމާއެކު، ޢަބްދު ﷲ ޞަބާޙްގެ މައްޗަށް އޮތީ، އެ ޙުކުމާ އެއްގޮތަށް އުފަންދުވަހުގެ ސެޓްފކެޓި ހެއްދުމެވެ. އެއަށްފަހު، އެ އުފަންދުވަހުގެ ސެޓްފިކެޓާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުމެވެ . އެހެނީ، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގައި ދައުލަތުން )ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން( ވެސް ބުނެފައިވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގައި ޢަމަލުކުރާ އުޞޫލުން، ރަނގަޅު މަޢުލޫމާތު އޮތް އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަ ށ ހުށަހެޅުމުން، އެހެން ފަރާތްތަކެކޭވެސް އެއްފަދައިން ޢަބްދު ﷲ ޞަބާޙްއެދޭ ފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަން ތާރީޚު ބަދަލުކޮށްދޭނ ކަމަށެވެ. އެހެން ކަމުން، އަޞްލަކީ ޢަބްދުﷲ ޞަބާޙްގެ އުފަންތާރީޚް ބަދަލުކޮށް އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި އޭގެ އަޞްލާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުމުން، އެ ޙާ ލަތުގައި އެއީ، ކޮޅުމަޑުލު ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ ގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ބެލޭނެ ހަމަ އެއް ނެތު މެވެ . އެ ހިނދު އެކުރެވޭ ކަމަކީ އައި .ޑީ ކާޑު ހެދުމަށް ނުވަތަ ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުން އެ ކަން ކުރުމެވެ . އަދި އެއީ، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ ޙުކުމާ ތަޢާރުޟުވާނެ ކަމެއްވެސް ނޫނެވެ .
17- މި މައްސަލައިގައި މި ކޯޓުން ބަލަންޖެހޭ ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާއާއި ކޮޅުމަނޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 12/N2C/2014 ޤަޟިއްޔާ އާ މި ދެ ޤަޟިއްޔާއަކީ ތ.ވިލުފުށި، ބްލޫބާޑް ޢަބުދު ﷲ ޞަބާޙް ހުށަހެޅި އެއް މައުޟޫޢެއްގައި ބަލާފައިވާ ދެ ޤަޟިއްޔާ ތޯ ނުވަތަ ނޫންތޯއެވެ . ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާ : 18- ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގެ މައުޟޫޢަށް ބަލާއިރު އެ ޤަޟިއްޔާގެ ޚުލާޞާގައި ބަޔާން ކޮށްފައިވަނީ؛ ]މިއީ، ތ.ވިލުފުށި /ބްލޫބާޑް )ބެންކޮކް /ތައިލެންޑް ( ޢަބްދު ﷲ ޞަބާޙް )ދ.ރ.( އަށް ސަރުކާރުން ދޫކޮށްފައިވާ އެކި ލިޔުންތަކުގައި ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަސް އެކިގޮތަށް ޖަހާފައިވާތީއާއި، ޢަބް ދަﷲ ޞަބާޙަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ހަދާދީފައިވާ ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑު )ނަންބަރު ( ގައި ޖަހާފައިވާ ތާރީޚާއި ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަހުގެ ސެޓްފިކެޓް )ނަންބަރު A-N/91/278( ގައި ޖަހާފައިވާ ތަފާތު ދެ ތާރީޚަކީ ޢަބްދު ﷲ ޞަ ބާޙްގެ މައިންބަފައިން ކައިވެނި ކުރުމުގެ ކުރީގެ ތާރީޚެއްކަން އެ ދެ މީހުންގެ ކައިވެނީގެ ސެޓްފިކެޓް )ނަންބަރު 2-24-92/16( އެނގެން އޮތުމުންނާއި، ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަ ހަކީ ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓްގައާއި ޢަބދް ﷲ ޞަބާޙްގެ ސްކޫލް ލީވިންގް ސެޓްފިކެޓުގައިވާ ތާރިޚު ކަމުގައި ބުނެ، ބުނެވުނު ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓާއި ޢަބްދު ﷲ ޞެބާޙްގެ ސްކޫލް ލީވިންގް ސެޓްފިކެޓުގައިވާ ތާރީޚަކީ ޢަބްދު ﷲ ޞަބާޙްގެ އުފަންދުވަސް ކަމުގައި ކަނޑައަޅައިދިނުން އެދި، ޢަބްދު ﷲ ޞަބާޙްގެ ފަރާތުން ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން )ދިވެހި ދައުލަތް ( ގެ މައްޗަށް ދަޢުވާ ކުރުމުން ބެލުނު މައްސަލައެކެވެ ". މިފަދައިންނެވެ. ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު :12/N2C/2014 ޤަޟިއްޔާ : 19- ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/N2C/2014 ޤަޟިއްޔާގެ މައުޟޫޢަށް ބަލާއިރު އެ ޤަޟިއްޔާގެ ޚުލާޞާގައި ބަޔާންކޮށްފައިވަނީ؛ ]މިއީ ތ.ވިލުފުށީ ބްލޫބާޑް ޢަބްދު ﷲ ޞަބާޙްއަށް ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން )ދިވެހި ދައުލަތުން ( ހައްދަވައި ދެއްވާފައިވާ ނަންބަރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ޢަބްދު ﷲ ޞަބާޙްގެ އުފަންތާރީޚްކަމަށް ޖަހާފައިވާ 29 މެއި 1971 ތާރީޚާއި، ކޮޅުމަޑުލު އަތޮޅު އޮފީހުން އޭނާއަށް ހައްދަވައި ދެއްވާފައިވާ ނަންބަރު A-N/91/278 )08 ޖޫން 1991( އުފަންދުވަހުގެ ސެޓްފިކެޓްގައި އޭނާގެ އުފަން ތާރީޚްކަމަށް ޖަހާފައިވާ 29 މެއި 1972 ތާރީޚާއި، މިތާރީޚް ތަކަކީ އޭނާގެ މަންމަ އާއި ބައްޕަ ކާވެނި ކުރުމުގެ ކުރީގެ ތާރިޚް ތަކެއްކަން އެ ދެ މީހުންގެ ފުރަތަމަ ކާވެނީގެ ސެޓްފިކެޓް )ނަންބަރު :16/72-24-2( ގައި ކާވެނިކޮށްދިން ތާރީޚް ކަމަށް ޖަހާފައިވާ 10 އޮގަސްޓް 1972 މި ތާރީޚުން އެނގޭތީ، ޢަބްދު ﷲ ޞަބާޙުގެ އުފަންތާރީޚަކީ އޭނާގެ ސްކޫލް ލީވިން ސެޓްފިކެޓާއި، އޭނާގެ ޖީސީ އޯލެވެލް ސެޓްފިކެޓްގައި އޭނާގެ އުފަންތާރީޚްކަމުގައި ބަޔާންކޮށްފައިވާ 20 މެއި 1974 މިތާރީޚް ކަމުގައި ކަނޑައަޅައި ދެއްވުންއެދި ތ.ވިލުފުށީ ކައުންސިލްގެ )ދިވެހި ދައުލަތުގެ ( މައްޗަށް ޢަބްދު ﷲ ޞަބާޙުގެ ފަރާތުން ދަޢުވާކޮށް ހުށަހެޅުމުން ބަލައި ދެވުނު މައްސަލައެވެ .[ މިފަދައިންނެވެ . މަތީގައިވާ ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއްމައުޟޫޢެއްތޯ ބެލުން : 20- މަތީގައި ބަޔާންކު ރެވުނު ދެ ޤަޟިއްޔާގައިވެސް ޢަބްދު ﷲ ޞަބާޙް އެދިފައިވަނީ އޭނާއަށް ދިވެހި ދައުލަތުން ހަދައިދީފައިވާ ނަންބަރު : ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ޖަހާފައިވާ އޭނާގެ އުފަންތާރީޚަކީ ޞައްޙަ އުފަންތާރީޚެއް ނޫންކަމަށް ބުނެ، އޭނާގެ ޞައްޙަ އުފަންތާރީޚަކީ އޭނާގެ ސްކޫލު ލީވިން ސެޓްފިކެޓާއި، އޭނާގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓްގައި ބަޔާންކޮ ށްފައިވާ 29 މެއި 1974 ގެ ތާރީޚް ކަމުގައި ޝަރީޢަތުން ކަނޑައަޅައި ދިނުމެވެ. އެހެންކަމުން، މަތީގައި ބަޔާނެކުރެވުނު ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއްމައުޟޫޢެއް ކަމާމެދު ބަހުޘެއް އޮތް ކަމަށް އަހުރެން ނުދެކމެ ވެ . އެއް މައޟޫއެއް ދަށު މަރުޙަލާގެ ދ ކޯޓަށް ހުށަހެޅު ން: 21- ދެން ބަލަންޖެހޭ ނުކުތާއަކީ އެއް މަޢުޟޫއެއް ދަށު މަރުޙަލާގެ ދެ ކޯޓަށް ހުށަހެޅިދާނެ ތޯއެވެ؟ ޕަބްލިކް ޕޮލިސީ ބަޔާން ކުރާ ގޮތުން، އެއް މައުޟޫޢެއްގައި ދަށު މަރުޙަލާގެ ދެ ކޯޓަށް ދިއުމަކީ ޢަދުލު އިންޞާފުގެ ނިޒާމުގައި ކޯޓުތަކުގެ ތަރުތީބު އެކަށައެޅިފައިވާ ގތޮ ޚިލާފު ގޮތެކެވެ . އެހެނީ، އެއް މައުޟޫޢެއްގައި ދަށު މަރުޙަލާގެ އެއް ކޯޓުން އޭނާ އެދޭ ފަރުވާ ނުލިބުމުން އެ ފަރުވާ ހޯދުމަށް ހަމަ އެމައުޟޫޢު ހިފައިގެން ދެވޭގޮތަށް އޮވެއްޖެނަމަ، ޚުޞޫމާތްތަކަށް ނިމުމެއް ނާންނާނެއެވެ . 22- ޢަބްދު ﷲ ޞަބާޙް 23 ޑިސެންބަރު 2012 ގައި ފުރަތަމަ މިމައުޟޫޢު ހުށަހެޅީ ސިވިލް ކޯޓަށެވެ . މި ދަޢުވާ ރައްދުކޮށްފައިވަނީ ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން )ދިވެހި ދައުލަތް ( އަށެވެ . ކޯޓުގައި ދިވެހި ދައުލަތް ތަމްސީލު ކުރީ ބަންޑާރަ ނައިބު އޮފީހުން ޑެޕިއުޓީ ސްޓޭޓް އެޓަރނީއެކެވެ . އެ ކޯޓުން މި މައުޟޫޢުގައި 05 ފެބުރުއަރީ 2013 ގައި ޙުކުމްކޮށް ގޮތެއް ކަނޑައެޅިއެވެ . ސިވިލް ކޯޓުން ކަނޑައެޅީ ޢަބްދު ﷲ ޞަބާޙް އުފަންވެފައިވަނީ، ޢަބްދު ﷲ ޞަބާޙްގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓް އާއި ސްކޫލް ލީވިންގް ސެޓްފިކެޓުގައި އޮންނަ ފަދައިން 29 މެއި 1974 ގައި ކަން ސާބިތުކުރުމަށްޓަކައި ޢަބްދު ﷲ ޞަބާޙްގެ ފަރާތުން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ޢަބްދު ﷲ ޞަބާޙްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތުނުވާކަމުގައި ކަނޑައަޅައި ޙު ކުމް ކޮށެވެ . އެހެންކަމުން، ޢަބްދު ﷲ ޞަބާޙް ދަޢުވާ ކުޅަ މައުޟޫޢު އޭނާގެ ޖީ .ސީ .އީ އޯލެވެލް ސެޓްފިކެޓް އާއި ސްކޫލް ލީވިންގ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ސާބިތު ނުވާކަމަށް މިވަނީ ދަށު ކޯޓަކުން ފައިޞަލާކޮށް ނިންމާފައެވެ . 23- ޢަބްދުﷲ ޞަބާޙް ދަޢުވާކޮށް ހުށަހެޅި މ މައުޟޫޢު ސިވިލް ކޯޓުން ސާބިތު ނުވާކަމަށް ޙުކުމް ކުރުމުން، އޭނާ ދެން މި މައުޟޫޢު ހުށަހަޅާ ފައިވަނީ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށެވެ . ދަޢުވާ ރައްދު ކޮށްފައިވަނީ ކޮޅުމަޑުލު ވިލުފުށި ކައުންސިލް އިދާރާ )ދިވެހި ދައުލަތް ( އަށެވެ . ކޯޓުގައި ދިވެހި ދައުލަތް ތަމްސީލކުރު ކައުންސިލް އިދާރާގެ މުނިސިޕަލް ސަރވިސް އޮފިސަރ އެވެ . ބަންޑާރަނައިބުގެ ފަރާތނު ބަހެއް ބުނިކަން އެނގޭކަށް ނެތެވެ . ވިލުފުށި މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، މިމައްސަލައިގެ އަސްލަށް ދަޢުވާލިބޭ ވިލުފުށި ކައުންސިލްގެ އިދާރާގެ ފަރާތުން ޝަރީޢަތުގެ މަޖުލީހަށް ޙާޟިރުވި އެ އިދާރާގެ މުނިސިޕަލް ސަރވިސް އޮފިސަރ އިންކާރުކޮށްފައި ނުވުމާއެކު، ހެކިންގެ ހެކިބަހުގެ އިތުރުން ދަޢުވާލިބޭ ވިލުފުށީ ކައުންސިލް އިދާރާގެ ވަކީލްގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިއުން ތަކުން ތ.ވިލުފުށީ ބުލޫބާޑް ޢަބދް ﷲ ޞަބާޙްގެ އުފަންތާރީޚަކީ 29 މެއި 1974 ކަމުގައި ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ޙުކުމް ކޮށެވެ . 24- ސިވިލް ކޯޓު ގެ ބ ޔާންވެދިޔަ ޤަޟިއްޔާއާއި ވިލުފުށި ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، އެއް މައުޟޫޢެއްގައި ދެ ގޮތަކަށް ޙުކުމްކޮށްފައިވާކަން ސާފުވެއެވެ . އެހެންކަމުން، މިއީ ހުއްދަ ކުރެވިދާނެ ކަމެއް ކަމަށް ނުދެކެވެ . ޙައްލު : 25- ޢަބްދު ﷲ ޞަބާޙް ބަޔާންކުރާ ގޮތުން، އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ބަޔާންކުރާ އުފަންތާރީޚާއި އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި ބަޔާންކުރާ އުފަންތާރީޚަކީވެސް ތަފާތު ދެ ތާރީޚެކެވެ . އަދި އެ ދެ ތާރީޚަކީވެސް އޭނާގެ މަންމަ އާއި ބައްޕަ ކާވެނިކުރިކަން އެނގެން އޮތް ތާރީޚަށްވުރެ ކުރީގެ ތާރީޚެކެވެ . އެހެންކަމުން، ޢަބްދުﷲ ޞަބާޙްގެ މަންމަ އާއި ބައްޕަ ކާވެނި ކުރުމުގެ ކުރީގެ ތާރީޚެއްގައި ޢަބްދު ﷲ ޞަބާޙް އުފަންވުމަކީ ޝަރުޢީ ހަމައިން މުސްތަޙީލު ކަމެކެވެ. އެ ތާރީޚަކީ ޔަޤީނާ ގާތަށް ޞައްޙަ ތާރީޚެއް ކަމަށް ބެލިގެން ނުވާނެއެވެ . ހަމައެއާއެކު އޭނާގެ އުފަންތާރީޚްކަމަށް ރަސްމީ ގޮތެއްގައި ރެކޯޑްކުރެވިފައިވާ އެހެން ބައެއް ލިޔުންތައް ފެންނާން އެބަހުއްޓެވެ . ވީމާ، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޢަބްދު ﷲ ޞަބާޙުގެ ފަރާތުން އެދެންޖެހޭނީ ސިވިލް ކޯޓުގެ ނަންބަރު 2215/Cv-C/2012 ޤަޟިއްޔާގައި ހުށަހެޅުނު ހެކިތައް އަލުން ވަޒަންކޮށް ނޫނީ އައު ހެކިތަކެއް ހުރިނަމަ، އެފަދަ ހެކިތަކާއި އެ ޤަޟިއްޔާ އިސްތިއުނާފުން ބަލައި ދިނުން ކަމަށް އަހުރެން ދެކެ މެވެ . ނުބައެއްގެ ތެރެއިން ނުބައެއް ރަނގަޅު ކުރެވިދާނެ ކަމަށް ނުދެކެވެ . 010 - 0\¢ uI=<- 1.0N "0... \I\ ,.,~~ "II ~,I)'\ ,,., ot.,"'\"\"~1)\\I;,~'I\· '"01., \~ot.,\~ "i.."<>.,"\"~ ,..,'\'':--. "0..,ol' ~:-. ('.11.0 o..,,\'I '1\\ '\\ L "' \'I <>.,~ I "\\I)ot.,,,""' "Q.)~~ OQ.j~\OQ.jol "'\ ":\"\ "\"<~"""\ )(~ "<>.,"0...ol \Q1)'1\"'I\ ~~ l)t\"\ ,,, ':\ "\\I;,1)'1\ \~1).'1\''I\ '\)\ ~.,, o..,, '\ t..~ <~,t.. ll \ "0...'".. \~1)\"i.. 1)'1\"ll\Q\l \1\"'\)ot., ,,ot.,.. ~~ \Q'"01.,"""~ .. ~I;,1)'1\\-l ,, ........('.1~ ('.1u ....__('.10 ..........q- ~., ., ., ., ""Ql\"~ • I
1).)"'\"\"\ 1)~\'" ""' "\ll"l"'\ ot.,\~ot.,\~ "i.."<>.,"\"~ot.,~I;,\Q ,.,~~''\"~"i.. "i.."<>.,"\"~ ,..,\\~:\ "0..,or' ~\' ~~ '1\\ O\~~ ~~ '"Ill., "\:~''i.."'Iii or' ~s1)'1\ ,, ........('.1~ ('.1u ....__('.10 ..........q-"\\Q1)1\\l., .. "Q.j~~ OQ.j\1\OQ.jol "'\ ":\"\ "\'""<~""" h \'I L ., ., '\)\ ~.,, o..,, ot.,"0..,"i.. .. ~~ \I) '"01.,"""~ ~o...~ ':'\~<>.,1)'1\'\"~ ,.,''!;,1)'1\ ,, "'I\ 01.,h 1)\\I;,,, ~~'"1)'1\ .. ~~''\"~"i.. ~~':'\~ '"''\ "\ ., '\ '1\\ L ., '1\\'I ., .... \ · \ '"" ''Iii\<I \~ 1)\"\\I;,I)'\'\I) ''Iii .. "\ '" .. Ol\"\ ,, ':". "II ,.,"Q.)~~\\\ .. \!'\)1)'1\~\ .. ~I;,1)'1\\ ,, '"I)) ~~ "i.. '\\ t.. Q .'\ ., \~'\)\ ., !;,<~,t.. ,, '1\\ ., \\ ~' -l "'., \ "0..,"'\ Ill.,)(~1)'\""" :'\~ ~ "~1)'\"~"'; \~\Q ,, 1)'1\ ,, \~ '1\\ !;, L "'., \ t ~ ~ ( I "'\ "\~I;, ':". "\'" ~I;,o~'\~\'<) ot., H"" "ll,, "l "\ ,, ':". ~' '\~ '1\\ '1\' !;,<~,t.. I ·l ;~ ~ •\' "" ., "' '" ~~\ '\ ~ ~ 0 ""0\· .~ -~· ~ -~' ~~ .) ~ \ '\, ,., ,,('I") _,"'I.. •)''I~ \,'" '\"' \\ _,~"\I·~ ,,-~' ~ . i ·- ..c: t a~'\1 a _, ·- <2@):.cfn t 0\ -~ 00 ui5 ~> ~ ; a c: ui5 000>~> ..'\ H
- ސުޕްރީމް ކޯޓުގެ 2011/SC-CJ/03 އަމުރު
- ސުޕްރީމް ކޯޓުގެ ޢާންމު ސިޓީ ނަންބަރު 03/2016 (03 އޮކްޓޫބަރު 2021 ގައި އުވާލެވިފައި)
- ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ (ޢާންމު ސިޓީގައި ހަވާލާދީފައިވާ ގޮތުން)
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް